Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ… 20

Ushaali Level 810 Stories100 Comments100 Stories500 Comments
November 25, 2016 8 Mins Read
15 Comments

ރީތިކޮށް އެނދުގައި ލެގިލުމަށްފަހު ތުރުރުރުއަޅާ ހާލުގައި ލޫކް ގެ މެސެޖް ހުޅުވާލިއެެވެ.

“އަލްޔާ! އަހަރެމެން ދެމީހުން ދޭތެރޭގައި ހިނގާދިޔަ ކަންތަކަކީ އެއްގޮތަކަށް ވެސް އަހަރެމެން ކޮށްގެންވާނޭ ކަމެއް ނޫން. އަދި ވީ ކަމެއް ނުވާކަމަކަށް ވެސް ނުވާނެ. އަދި އެކަންތަކުގައި އަހަރެން ކުށްވެރިވާ ކަމަށް އަލްޔާ އަށް ގަބޫލުކުރެވޭނަމަ އެކަމަށް އަހަރެން މާފަށް އެދެން… އެކަމަކު ބުނެފާނަން. ވެދިޔަ ކަންތަކުގައި އަހަރެމެން ދެމީހުން ވެސް ކުށްވެރިއެއްނުވޭ. ކުށްވެރިވަނީ ހަމައެކަނި ހާލަތު. މަށަށް އެނގޭ އަލްޔާ އަމިއްލަ ނަފްސު ކުށްވެރިކޮށް ސަޖޫ ކައިރީގައި ވަރަށް ވާހަކަދެއްކި ކަން ވެސް. އެކަމު ދެރަނުވޭ… ފާފައެއް ކުރެވުނިއްޔާ އެކަމަށް ތައުބާ ވުން ވެސް އޮވޭ. އަހަރެން މިހިރީ ތައުބާވެގެން. ހަމަ މިފަދައިން އަލްޔާ ވެސް ކަންތައްކުރާނެ ކަން އެނގޭ. އެކަންތައް އިތުރު މީހަކަށް ކިޔާ ނުދީ އަހަރެމެން ތިން މީހުންގެ މެދުގައި ސިއްރެއްގެ ގޮތުގައި ބޭއްވުން އަހަރެން ވަރަށް ބޮޑަށް އެދެން. އެކަމަކު އަލްޔާ ކިތަންމެ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް އެރޭގެ އެވަގުތުކޮޅު އަހަރެންގެ ހިތުން ފިލައިގެން ނުދާނެ. އަހަރެން މިދުނިޔޭން އެންމެ ހިތްހަމަޖެހޭނެ ދުވަހަކީ އަހަރެން އެންމެ ލޯބިވި އަންހެންކުއްޖާ އަހަރެންގެ މިއަތުގެ ހިމާޔަތުގެ ދަށަށް އަންނާނެ ދުވަސް. އެކަމަކު އެދުވަހާއި ޖެހެންދެން އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅަކީ އެރޭގެ އެވަގުތުކޮޅު ކަމުގައި ވެ ނިމިއްޖެ. އަހަރެން މިއަދު މިރަށުން ފުރައިގެން މިދަނީ އަހަރެންގެ ރަށަށް. އަންނަން ކޮންމެހެން ޖެހިއްޖެ ހާލަތެއްގައި ނޫނީ އަހަރެން އެނބުރި ނާންނާނަން. އަހަރެންގެ މައްޗަށް ހިތް ބުރަނުކޮށް އަހަރެންނަށް މާފްކޮށްދޭނެ ކަމަށް ހީކުރަން….. ލޫކް”

މެސެޖް ކިޔާ ނިމުމާއެކު އަލްޔާ އަށް ރޮވުނެވެ. އޭނާ ލޫކަށް އަބަދުވެސް މާފްކުރާނެއެވެ. ލޫކަށް ހިތް ބުރަ ކުރާނީ ކޮން ހިތަކުން ހެއްޔެވެ؟ އެއަށްވުރެ މާބޮޑަށް އޭނާގެ ހިތުގައި ވަނީ ލޫކަށްޓަކައި ލޯބި އުފެދިފައެވެ. މެސެޖްގައި ލޫކް ދައްކާފައި ހުރި ކޮންމެ ވާހަކައެއް އަލްޔާ އަށް ހީވީ އޭނަ ކައިރީގައި އިނދެގެން ކަންފަތް ބުޑުގައި ކިއިހެންނެވެ. އިސާހިތަކު އަލްޔާގެ ދެލޯ ފުރުނެވެ. ދެލޯ މަރާލަމުން ފޯނު އަނގައާއި ކައިރިކޮށްލާ ލޫކް ފޮނުވާލި މެސެޖްގައި ތުންފަތް ޖައްސާލިއެވެ. އެހިތަށް ހިތްހަމަޖެހުން ލިބުން އޮތީ މިފަދަ ގޮތަކަށެވެ.

 

ބަތޫލާއި އާދަނު ހަވީރު އަންނަ ބޯޓުން ރަށަށް އަންނާތީ ރެއަށް ރަނގަޅު ކެއުމެއް ތައްޔާރު ކުރުމުގައި ޝަރީފާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައިރު ކުޑަމަނިކެ ވެސް ދިޔައީ ޝަރީފާ އަށް އެހީތެރިވަމުންނެވެ. ރަފީފާ ވެސް މިކްސަރުން މިރުސްގަނޑެއް ފުނޑަން ހުއްޓެވެ. ކުޑަކުޑަ ޔޫޝައު ފާރުގައި އިން ހޯނަކަށް އިލޮށްޓަކުން ގޯނާކުރުމުގައި އުޅެއެވެ.

“ދަރިފުޅާ ނަމަނަމަ ހޯނުގައި އަތްނުލައްޗެ. ތިރިއަށް ވައްޓާލާފައި މަރާލަބަލަ” ޔޫޝައުގެ ހަރަކާތްތަކަށް ބަލަމުންދިޔަ ކުޑަމަނިކެ ބުންޏެވެ.

“ނޫން މާމާ.. ޔޫއްކޮއަކަށް ނުކެރޭނެ މާމާ… ކްލާސް ކުދިން ބުނި ދިރޭއެއްޗެހި ނުމަރާށޭ. ޔޫއްކޮ ބިރުގަނޭ މަރަން” އިލޮށި އެއްލާލުމަށްފަހު ކުޑަމަނިކެ ކައިރިއަށް ދުވަމުން އައިސް ޔޫޝައުގެ ޅަ އަޑުން ބުންޏެވެ.

“ނޫނޭ ދޫނީ… ހޯނު މެރިޔަކަސް ފާފައެއް ނުލިބޭނެ. ހޯނަކީ އިބްރާހީމްގެފާނު އަލިފާން ގަނޑަށް އެއްލާލި ވަގުތު އޭގެ ހުޅުގަނޑު ބޮޑުކުރުމަށް އެއަލިފާނަށް ފުމުނު އެއްޗެއް” ރަފީފާ ލޯތްބާއެކު އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. މަސައްކަތުގައި އުޅުނު ޝަރީފާ ވެސް ހީލަމުން އެއީ ތެދެއް ކަމުގައި ބުންޏެވެ.

ބޭރުން މީހަކު ސަލާމް ގޮވާލި އަޑަށް ހުރިހާ މީހުންގެ ސަމާލުކަމަށް އެކަން އައެވެ.

“ވައަލައިކުމުއް ސަލާމް” ކުޑަ ތުވާލިކޮޅަކުން އަތް ފުހަމުން ބަދިގެއިން ނިކުތް ޝަރީފާ ސަލާން ބަލައިގަތެވެ. ރަފީފާ ވެސް ބޯދިއްކޮށްލާ އައީ ކާކުތޯ ބަލާލިއެވެ. ސިޓިންގްރޫމް ދޮރުމަތީގައި ހުރި ޒުވާނާ ފެނިފައި ޝަރީފާ އޭނާގެ ފައިން ފެށިގެން މައްޗަށް ބަލާލިއެވެ. ހިކި އިސްކޮޅުން ދިގު ޒުވާނާ ހުރީ އަޅި ކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވައިގެންނެވެ. ބޮލުގެ އިސްތަށިގަނޑު ކަނދުރާއާއި ހަމައަށް ހުރިއިރު ބޮލުގައި ވަނީ ކަޅުކުލައިގެ ތޮތްޕެއް އަޅާފައެވެ. ތޮފީގެ ނިތްގަނޑު މައްޗާއި ހަމައަށް އަވިއައިނު ޖައްސާލާފައި ހުރިއިރު ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.

“ކޮންބޭފުޅެއްތޯ ތީ…” ޝަރީފާ އަދަބު އިހުތިރާމާއެކު އަހާލިއެވެ. އެހާ މާތްބަހުން ވާހަކަދެއްކުމުން ޒުވާނާ ކުޑަކޮށް ރަކިވާ ގޮތް ވިއެވެ.

“މީ… ބޭބީ ހޯދަންވެގެން…..” ބުނަން ނުބުނަން ހުރެފައި ވެސް ޒުވާނާގެ އަސްލު ބޭނުން ޝަރީފާ އަށް އޮޅުންފިލުވާ ދިނެވެ.

“ކީކޭ ބޭބީއޭ… ކާކު ބުނީ މިގޭގައި ބޭބީ އުޅެއޭ…” ދެއުކުޅުގައި އަތް ވިދެލަމުން ޝަރީފާ ބުންޏެވެ.

“ޝިޓް” ޒުވާނާ އަމިއްލަ ނަފްސަށް ބުނެލިއެވެ.

“ބަލަ ސޮރާ ހަމައިގަތަ ތިހުރީ.. ރަނގަޅު ގެއަކަށްތަ އައިސްގެން ތިއުޅެނީ. މިގޭގައި ނެތް ތިހެން ކިޔާ މީހަކު. ދޭ… ދޭ….” ޝަރީފާގެ ބަސްމަގާއި ރާގު ހުރި ގޮތުން ޒުވާނާ ކައިރިއަށް ހިނިއަންނަ ގޮތް ވުމުން ކުޑަކޮށް އަނގަ ހަރަކާތްކޮށްލިއެވެ.

“މަށަށް މަލާމާތްކޮށްފަ ހެނީ ދޯ…. މަ ފެންނަނީ ޖޯކަރެއްހެންތަ. ނޫނީ މަމި ނަށަނީތަ މިތާ ހުރެ. ނިކަން ހުރެބަލަ” އެންމެ ކައިރިން އަތުގައި ޖެހުނު ފޮޅާ ފިހިނގަނޑު ހިފައިގެން ޒުވާނާ އާއި ދިމާލަށް ޝަރިފާ ދާން ފެށިއެވެ.  ޒުވާނާ ބިރުން ހުރެ ސޮރީ އޭ ކިޔަމުން ފަހަތަށް ދަމުން ގައިގަ ހުރި ބާރަކަށް ދުއްވައިގަތެވެ. ޒުވާނާ ފަހަތުން ޝަރީފާ ވެސް ބޮޑުމަގު ހުރި ގޮތަށް ދުވަމުން ދިޔައެވެ. އެންމެ ފަހަށް ޝަރީފާ މަޑުޖެހުނީ ވަރުބަލިވީ ވަރުން ނޭވާ އުތުރިއަރާހެން ހީވުމުންނެވެ. އޭރު ޒުވާނާ އެމަގުު ފަސްދީ ޖެހިގެން އޮތް މަގަށް އަޅައިފިއެވެ.

“ބަލަ ޝަރީފާ ތިޔޯ… ދޮންދޫނި އަންނަ މޫސުން އަދި ނާދޭއެއްނު ފިހިގަނޑު ހިފައިގެން ނިކުމެ ފައިވާނަކަށް ވެސް ނާރާ ތިހެރީ” މަގުމަތިން ދިޔަ އަބްދުﷲ އަށް ޝަރީފާ ފެނުމުން ބުންޏެވެ.

“އާ… އެހެންޏާ ފަހެ… ފާޑެއްގެ މީހަކު މަށަށް މަލާމަތް ކުރީމަ އެސޮރު ގައިގަ ތަޅައިގަންނަން ނިކުތީ” އަބްދުﷲ އާއި އެއްވަރަށް ހިނގަމުން އަނބުރާ ގެއަށް އަންނަމުން ޝަރީފާ ބުންޏެވެ.

 

ހެނދުނުން ފެށިގެން އުޑުމަތި ބަނަކޮށް އޮތުމަށްފަހު ދުވަހުގެ އިރުއޮށްސުނު ތަނާހެން ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ. މަޑުމަޑުން ވާރޭ ބޯ ކުރަމުން ގޮސް ރޭގަނޑު ދިހައެއް ޖެހުމާއި ހަމައަށް އާދައިގެ ވަރަކަށް ވާރޭ ހިފަހައްޓާލިއެވެ. ވައި ވެސް ވެހެމުންދާ ވާރޭ އަށް އުނިކަމެެއް ނާންނާނޭ ފަދަ ގޮތަކަށް ރާގު އަޅުވަމުން ދިޔައެވެ.

އިޝާނަމާދުކޮށްގެން ކޮޓަރިން ނިކުތް އަލްޔާ އަށް ސިޓިންގްރޫމުން މަރުހަބާ ކިއީ އެކަނިވެރިކަމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝައިމް ވެސް ނަމާދުކޮށްގެން އައިސް ކުޑަކޮށް ނިދާލާނަމޭ ބުނެ ގެސްޓްރޫމަށް ދިޔަފަހުން އެތައް އިރެއް ވެއްޖެއެވެ. ޝެނާގެ ކޮޓަރީ ދޮރު ހުޅުވާލިއިރު ޒޫނީ އަށް ގާތުން ދިނުމަށްޓަކައި ޝެނާ އޮތީ އެނދުގައި އޮށޯވެގެންނެވެ. އަލްޔާ ފެނުމުން ހީލާފައި ކޮޓަރި ދޮރުކައިރިކޮށްލަން އެދުނެވެ. ފޫހިކަމާއެކު އަލްޔާ ދެން ދިޔައީ ޝައިމް މިހާރު ނިދާކަމަށް ބުނާ ގެސްޓްރޫމަށެވެ.

މަޑުމަޑުން ކޮޓަރި ދޮރުހުޅުވާލުމާއެކު އަލްޔާގެ ނޭފަތުގައި އައިސް ޖެހުނީ ޝައިމް ބޭނުންކުރާ ސެންޓްުގެ ވަހެވެ. ކޮޓަރީގައި ދިއްލާފައި ހުރި ބޮކީގެ ފަނޑުއަލީގެ ތެރެއިން އެނދުގައި މުޅި ހަށިގަނޑުގައި ކުއިލްޓް އަޅައިގެން އޮތް ޝައިމް ފެނުނެވެ. އެގޮތަށް މުޅި ހަށިގަނޑު ފޮރުވައިގެން ޝައިމް އޮންނާނީ ވަރަށް ފިނިވީމައޭ ހިތާ ކޮޓަރީގައި ޖަހާފައި ހުރި ފަންކާ ނިއްވާލުމަށްފަހު މަޑުމަޑުން ނިކުމެ ދޮރު ލައްޕާލުމަށްފަހު ދެން އަލްޔާ މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ.

ހޫނު ދެކޮފީމަގު ހިފައިގެން އައިސް ސިޓިންގްރޫމް ކުޑަމޭޒު މަތީީގައި ބެހެއްޓުމަށްފަހު ދެން ދިޔައީ އެކުގައި ކޮފީ ބުއިމަށް ޒީޝާން ބަލައެވެ. މަޑުމަޑުން ޒީޝާންގެ ކޮޓަރީ ތަޅުގައި ހިފާ އަނބުރާލުމާއެކު ވަރަށް ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރީގައި ދިއްލާފައިވާ ލައިޓްގެ ހުދު އަލިން އަލްޔާގެ ލޮލަށް ވެސް އުނދަގު ވާކަހަލަ ގޮތެއް ވިއެވެ. ނަމަވެސް އެތެރޭން ޒީޝާން ފެންނަން ނެތުމުން ފާހާނާ ކައިރިއަށް ޖެހިލީ ޒީޝާން އުޅެނީ ފާހާނާއިގާ ކަމަށް ޔަގީންކޮށްގެނެވެ.

ފާހާނާއިގެ ދޮރުގައި ޖަހާލުމަށް އަލްޔާގެ އަތް ނެގި ވަގުތު ހުއްޓުމެއް އައީ އެތެރޭން އިވެމުންދިޔަ އަޑެއްގެ ސަބަބުންނުެވެ. އިތުރަށް ޔަގީންކޮށްލުމަށްޓަކައި ކަންފަތް ދޮރާއި އިތުރަށް ކައިރިކޮށްލިއެވެ. އެއީ ހަމަ ޒީޝާން ހެއްޔެވެ؟ އެކަހަލަ އަޑެއް ޒީޝާން އެލައްވަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ….. ނޫނެކެވެ. ޒީ އަކީ އެހާ ގޯސް ކުއްޖެއް ނޫނެވެ. އެތެރޭގައި ޒީ އާއި އެކު އިތުރު މީހަކު އެބަ އުޅޭއެވެ. އެކަމަކު ކާކު ހެއްޔެވެ؟ އަނެއްކާ ޒީ ބިޓެއް ގެންގުޅެނީ ހެއްޔެވެ؟ ވެދާނެއެވެ. މިގެއަށް އެމީހަކަށް ވަދެވޭނީ ޒީ އެމީހަކު ވެއްދީމައެވެ. އަނެއްކާ މިކަން ދޮންތަ އާއި ޝައިމް އަށް އެނގުނީއްޔާ ނުކުންނާނީ ކޮންކަހަލަ ނަތީޖާ އެއް ކަމެއް ވެސް އެނގެނީއެއް ނޫނެވެ.

އެންމެ ފަހުން އަލްޔާ އެތަނުން ދިޔައީ އެއަޑު އެއްކޮށް ކެނޑި ހިމޭންވުމުންނެވެ. ކޮޓަރި ދޮރުލައްޕާލާފައި ގޮސް ގޮނޑީގައި އިށިންއިރު ވެސް އަލްޔާގެ ވިސްނުމާއި ގުޅިފައިވަނީ އެކަންތަކެވެ.

ފާހާނާއިގެ ދޮރު ހުޅުވާލާފައި ނިކުތް ޝައިމް ހުރީ ހުސް ބޮކްސާ ކޮޅުގައެވެ. ކޮނޑުމަތީގައި އޮތް ނިދަންލާން ގެންގުޅޭ ހަރުވާޅު ދެފަޔަށް މަހާލުމަށްފަހު ނިކުންނަން އުޅުނު ވަގުތު އެއީ ފާހާނާ ދޮރު ހުޅުވާލުމަށްފަހު ޒީޝާން ނިކުތް ވަގުތެވެ. މެއާއި ހަމައިން ތުވާލި އޮޅާލއިގެން ނިކުތް ޒީޝާންގެ ދެލޮލުގައި ވީ ކަރުނައެވެ. ޝައިމް އަށް ކަރުނައިން ފުރިފައިވީ ދެލޮލަކުން ބަލާލުމާއެކު ފެންނަ ކަމަކަށް ނުހެދިއެވެ. އެނދުގައި އިސްޖެހިފައި އިން ޒީޝާން ދޮރުން ނިކުންނަން ދިމާކުރި ޝައިމް އަށް ގޮވާލިއެވެ. އެހިނދު ޝައިމް ގެ ފިޔަވަޅަށް ހުއްޓުމެއް އައެވެ.

“އަހަރެން ބުނި ބަސް އަނބުރާ ގެނެސްފިން. މިބުނީ ކުރިން ބުނިން އަހަރެންނަށް އަހަރެންގެ ހައްގު ނުދީފިއްޔާ ލައި އަށް ހުރިހާ އެއްޗެއް ކިޔާދީފާނަމޭ. އެކަމަކު އެހެނެއްނޫން. ޝައި ނުޖެހޭނެ މަޖުބޫރުން ކަމެއް ކުރާކަށް. އެކަމަކު ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަންވާނެ. އަހަރެމެންނަކީ އިންސާނުން. އަހަރެމެން ނުވާނެ ޖަނަވާރު އުސޫލުން ކަންކުރާކަށް” ޒީޝާން އަށް ރޮވުނެވެ. އެއީކީ އޭނާ ޝައިމް އާއި މުހާތަބް ކުރަން ބޭނުންވީ ގޮތެއް ނޫނެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ކަމެއް އިސްލާހްކުރަން ބޭނުންވެއްޖެނަމަ ވާހަކަދެއްކުމުގެ ރާގަށް ބަދަލު ގެންނަން ވެސް ޖެހޭފަހަރު އާދޭއެވެ.

ޒީޝާންގެ ވާހަކަތަކަށް ޝައިމް ގެ ފަރާތުން އެއްވެސް ޖަވާބެއް ނުދީ އޭނާ ނިކުމެގެން ސިއްރު ފިޔަވަޅުތަކެއްގައި ވަނީ ގެސްޓްރޫމަށެވެ. ކޮޓަރީގައި އިނދެރޮމުން ދިޔަ ޒީޝާނަށް ރޮއެގެން ކަމެއް ހައްލު ނުވާނޭކަން އެނގި ކަރުނަތައް ފޮހެލިއެވެ. އަނބުރާ ފާހާނާ އަށް ވަނީ އަލުން ފެންވެރުމަށެވެ.

މަޑުމައިތިރި ކަމާއެކު ކޮފީބޯން އިން އަލްޔާ ސިހުނީ އުފާވެރި ހިނިތުންވުމެއްގައި ކުރިމަތީގައި ހުއްޓުނު ޒީޝާން ފެނިފައެވެ. އަލްޔާ ޒީޝާނަށް ބަލާލީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އިސްތަށިގަނޑުގެ ކޮޅުން އަދިވެސް ފެނުގެ އަސަރު ހުރުމުން ފެންވެރީ ދާދި ދެންމެއަކު ކަން އަލްޔާ އަށް އެނގުނެވެ.

“އައްދޭ މީހަކަށް އަންގާވެސް ނުލާ އެކަނި ކޮފީ ބޮނީތަ. މި މަށަށް ދޯ… ހިހޫ ވެސް ވެފަ މިހިރީ. މިއަންނަނީ ހޫނުކޮށްލައިގެން” އެތަނުގައި ހުރި ކޮފީތަށި ހިފައިގެން ބަދިގެއަށް ވަދެ އަލުން ކޮފީ ގިރައިގެން ނިކުތް ޒީޝާން އަލްޔާ ކައިރީގައި އިށިންއިރު ވެސް އަނގައިން ވަނީ ލަވައެއްގެ ރާގު އަޅުވާފައެވެ.

“ހާދަ ވިއްސާރައޭ ދޯ. ލައި ހިއެއް ނުކަރުވާތަ އަތްކުރު ޓީޝާޓް ލާފައި ހުރިއިރު” އަލްޔާ އަށް ބަލާލަމުން ޒީޝާން ސުވާލުކުރިއެވެ.

“ނުކަރުވާ. ޒީ ހީކަރުވަނީތަ. ތިވާނީ މިގަޑީގައި ފެންވެރީމަ ވީ ގޮތް ކަމަށް. ކޮންކަމެއް ކޮށްލާފައި މިގަޑީގަ ފެންވެރީ” އަލްޔާ ޒިޝާންގެ މޫނަށް ބަލަން އިނދެ ސުވާލުކުރިއެވެ.

“މި….މީ… ކަމެއްނުވޭ.. ހަމަ ހިތަށްއެރީ…..” ޒީޝާނަށް ވާހަކަދެއްކުނީ ވެސް ހުއްޓަމުންނެވެ.

“ދެންމެ ދިޔައިން ޒީ ގެ ރޫމަށް. ކޮފީބޯން ބަލާ… ފާހާނާއިގަ ދޯ އުޅުނީ… މަށަށް އިވުނޭ އަޑެއް… އެއީ ކޮންއަޑެއް؟ މިބުނީ މަށަށް އިވުނޭ ޒީ ގެ އަޑު. މަށަށް އެނގޭ އެއީ ކޮންކަހަލަ އަޑެއް ކަން. އެކަމު ޒީ ފާހާނާއިގަ އެއަޑު އިވުނު ސަބަބެއް ނޭނގޭ” އަލްޔާ ވާހަކަދައްކަމުން ދިޔައިރު ޒީޝާން އިނީ އިސްޖަހާލައިގެނެވެ.

“ހެހެހެ… އިވުނުދޯ…. އެހެންވީމަ ލައި ދޯ އޭރުގަ ކޮޓަރިއަށް ވަނީ… މަށަށް އެހެން ހީވިއޭ… އެއަޑު އެއީ މަށަށް މާބޮޑަށް ފިނިވީމަ ވީ ގޮތެއް ކަންނޭނގެ” ޒީޝާން އަލްޔާ އާއި ހަތަރުކަޅި ހަމަނުކޮށް ޖަވާބުދިނެވެ.

“އެހެންތަ. ފިނިވީމަ އެއަޑުލައްވާތަ؟ އަދި ކިރިޔާ މަށަށް މިއެނގުނީ…. ޒީ ޕްލީޒް. މަށަށް ހުރިހާ ކަމެއް ވެސް އެނގިއްޖެ. އެއްޗެއް ނުވިސްނެން މަށަކީ ކުޑަކުއްޖެއް ނޫން. އަދިވެސް މަސައްކަތް ތިކުރަނީ މަށަށް ސިއްރުކުރަންތަ” މފަހަރު އަލްޔާ ސީދާ މައުލޫއަށް ދިޔައެވެ. އިސްޖަހާލި ޒީޝާނަށް ރޮވެނީއެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ތެދަށް ބުނެފިނަމަ އޭނާ އަށް އިތުރަށް ޝައިމްގެ އަންބެއްގެ މަގާމުގައި ނީނދެވޭނެއެވެ.

“ޒީ! ޒީ ގެ ތި ހަމަހިމޭންކަމުން މިހާރު މަށަށް އެނގިއްޖެ ކަންތައްގަނޑެއް ހިނގާކަން. ދެން ބުނެބަލަ އެއީ ކާކުކަން. އޭރުން މަށަށް ވެސް އެހީތެރިކަމެއް ވެދެވޭނީ” އަލްޔާ އޭނާގެ އަޑަށް މަޑުމައިތިރިކަން ގެންނަމުން ބުންޏެވެ.

ލައި އަށް މަށަށް ވެވޭނީ ކޮން އެހީތެރިކަމެއް ހެއްޔެވެ؟ ހުދު ލައި ތިވަނީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައެވެ. ޒީޝާން ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.

“ވަރަށް ބޮޑަށް ސޮރީ ލައި. އެެއީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް. އޭނަ ކޮންމެރެއަކު މިގެއަށް އަހަރެން ކައިރިއަށް އާދޭ. އޭނަ މިގެއަށް ވައްދަނީ އަހަރެން. އެފަޅީ ބަންދުކޮށްފައި އެހުރި ދޮރުން. ލައި! ކީއްކުރާނީ މީ މަށަށް ހުރި ގޮތް. އޭނަ އަހަރެން ކައިރިއަށް އަންނަނީ ހަމަ އެންމެ ބޭނުމަކު. އޭނަ އަހަރެންދެކެ ލޯތްބެއް ނުވޭ. އެކަމަކު އަހަރެން ބޭނުމެއްނުވޭ ހުސްއަތާ އޭނަ ފޮނުވާލާކަށް. އޭނަ ވަރަށް ލޯބިވޭ ޒާން އާއި ޒައިނީ ދެކެ” ޒީޝާން އިނީ އަލްޔާ އަށް ކުޑަކުޑަ ދޮގެއް ހެދުނީތީ އިންތިހާ އަށް ދެރަވެފައެވެ. ނަމަވެސް ހަގީގަތަށް ކިޔާދެވުނީތީ އުފާވެސް ވެފައެވެ.

“އެކަމު ޒީ ބޭނުމީ ތިގޮތަށް ފާފަ ކުރަންތަ. ތީކީ އަދި ރަނގަޅުގޮތެއް ނޫން. ޒީ ވިސްނާލަބަލަ. މިރޭ މިއެނގުނީ މަށަށް. މާދަމާ ދޮންތަ ނޫނީ ޝައިމް އަށް އެނގުނިއްޔާ ކިހިނެއްވާނީ. އޭރުންވެސް ހަމަ ލަދު ގަންނާނީ ޒީ” ޝައިމް ގެ ނަން ބުނުމާއެކު ޒީޝާނަށް އިތުރަށް ރޮވުނެވެ. ފާފައެއް ނުކުރަމޭ ލައި ކައިރީގައި ބުނަން ކިތަންމެހާ ވެސް ބޭނުމެވެ. އެމީހަކީ ލައި ގެ ވެސް ފިރިމީހާ އޭ ބުނަން ވެސް ބޭނުމެވެ. ނަމަވެސް މި ހަގީގަތް ލައި އަށް އެނގޭ ހިނދު ލައިގެ ހިތަށް ކެތްވާނެ ހެއްޔެވެ؟

“ޒީ އަދިވެސް ވަގުތު އެބައޮތް. މިކަމާއި ރަނގަޅަށް ވިސްނާފައި ގޮތެއް ނިންމާ. މަށަށް އެނގޭ އެއްޗަކީ ލައި ތީ އެހާ ނުވިސްނޭ ކުއްޖެއްނޫން ކަން. ތިހެން އުޅެނިކޮށް ކައިވެނިން ބޭރުން ބަލިވެއިނިއްޔާ ކިހިނެއް ހަދާނީ. މިހެން ހިތަށް އެރިތަ ޒީ އެންމެފަހަރަކު ވެސް” ޒީޝާންގެ ކޮނޑުގައި އަތް އަޅުވާލަމުން އަނެއް އަތުން ޒީޝާންގެ ދެލޯ ފޮހެލަދެމުން އަލްޔާ ވާހަކަދެއްކީ ނިކަން ލޯތްބާއެކުއެވެ.

ޒީޝާން ކަރުނަތައް ފޮހެލުމަށްފަހު އެކަމާއި ވިސްނާނެކަމަށް ބުންޏެވެ. ރޭގެ ބާކީ ވަގުތު ތަކުގައި ޒީޝާނާއި އަލްޔާ ދެއެކުވެރިންފަދައިން ފިލްމު ބެލުމާއި ސަކަރާތުގައި އެތަނުގައި ހޭދަކުރިއެވެ.

 

ދެދުވަސް ފަހެވެ. މެންދުރުގެ އެންމެ ހޫނުގަދަވި ވަގުތު މެންދުރަށް ކެއްކުމަށްފަހު ޒީޝާން ސިޓިންްގްރޫމުގައި ޖައްސާލީ އިންގްލިޝް ވާހަކަ ފޮތެއް ހިފައިގެންނެވެ. ޝައިމް އާއި އަލްޔާ ވަޒީފާ އަށް ދިޔުމުން ގޭގައި އެވަގުތު ތިބީ ޝެނާ އާއި ޒީޝާން އެކަންޏެވެ. ދުވަހަކީ ޒޫނީ އަށް ވެކްސިން ދިން ދުވަހަކަށް ވުމާއެކު ޒޫނީ ހުން އައިސް ރޯވަރުން ޝެނާ އަށް ކޮޓަރިން ނިކުމެވޭ ވަރެއް ވެސް ނޫނެވެ. ނުކުމެވުނަސް ޒީޝާން އެކަނިން އުޅޭހާ ވަގުތެއްގައި ޝެނާ ކޮޓަރިން ނުނިކުންނާނެކަން ޒިޝާނަށް އެނގެއެވެ.

އެތައްއިރަކު ރުއިމަށްފަހު ޒޫނީ އަށް އަރާމުގައި ނިދާލެވުމުން ޝެނާ ނިކުތީ ޒޫނީގެ ބުށްދަޅު ހުސްވެފައި ހުރުމުން ކަންމަތީ ފިހާރައަށް ދިޔުމަށެވެ. ސިޑިން ފައިބައިގެން އައިރު ސޯފާގައި އޮތް ޒީޝާން ފެނި ޝެނާގެ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. އެހިނދު ފައި އޮޅިގެން ސިޑިތަކުގެ މަތިން ޝެނާ ވެއްޓުނެވެ.

އެވަގުތު ޝެނާ އަނގައިން މަންމާއޭ ކިޔާ ހަޅޭއްލަވާގަތް އަޑަށް ސޯފާގައި އޮތް ޒީޝާނަށް ވީގޮތެއް ވެސް ނޭނގުނެވެ. އެދިމާލަށް ދުއްވައިގަނެވުނީ ގައިގާ ހުރި ބާރެއްލާފައެވެ. ނަމަވެސް އެވަގުތު އެއީ ތިރީގައި ޖެހުނު ޝެނާ ހަބަރުހުސްވި ވަގުތެވެ. ޝެނާގެ ހަޅޭކުގެ އަޑަށް ކޮޓަރީގައި އޮތް ޒޫނީ ވެސް ރޮއެގަތް އަޑު އިވުނެވެ.

ކުރާނެ ކަމެއް ނޭނގިގެން ޒީޝާނަށް ރޮވެމުން ދިޔައެވެ. ސޯފާއިން ގެނައި ކުޝަންއެއް ޝެނާގެ ބޯދަށަށް ލައްވާލުމަށްފަހު ފެންތައްޓެއް ހިފައިގެން އައިސް ލޯތްބާއެކު ޝެނާގެ މޫނުގައި ހާކަމުން ދިޔައެވެ. އޭރު ޝެނާގެ ނިތްކުރިމަތިން ބޮޑު ތަންގަނޑެއް ދުޅަވެ އަރަމުން ދިޔައެވެ. ގައިދަށުވެފައި އޮތް އަތުގައި ވެސް ހުޅުމަތިން ވަނީ ދުޅަވެފައެވެ.

ޒީޝާން އެހާލުގައި ތެޅެނިކޮށް މަތީބައިގާ އުޅޭ ފަހީމާ ބަނބުކެޔޮ ބޮނޑިބަތް ހިފައިގެން އެބަޔަށް ވަދެވުނުކަން އެއީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ޝެނާ އޮތް ގޮތާއި ޒީޝާން ރޯވަރު ފެނުމުން ފަހީމާގެ ދެލޯ މުދުނަށް އެރިއެވެ. ވަގުތުން އެމްބިއުލާންސަށް ގުޅާ ޝެނާ މަރުކަޒަށް ގެންދިޔައެވެ. ޝެނާ ގޮވައިގެން ފަހީމާ ދިޔުމުން ޒީޝާން ދުއްވައިގަތީ ކޮޓަރީގައި އޮވެ އެވަގުތު ރޮމުންދިޔަ ޒޫނީ މަސަލަސް ކުރެވޭތޯއެވެ.

ޝެނާ ހޭއަރާފައިވީ ނަމަވެސް އަތުގައި ރިހޭ ވަރުން ތެޅި ފޮޅެނީއެވެ. އެވަގުތު މަރުކަޒުގައި އޮންޑިއުޓީގައި ޑޮކްޓަރެއް ނެތުމުން ފަހީމާ ހަޅޭއްލަވަން ފެށިއެވެ. ނަރުސްކުއްޖެއް އަތުން ތަދު ކަނޑުވާ ބޭސްގުޅައެއް ޝެނާ އަށް ކާންދީގެން ފަހީމާ ޝެނާ ގެންދިޔައީ އެރަށު ބޮޑުގޭ ހައްވައިދީ ކައިރިއަށެވެ. އެއީ އެއަތޮޅުގައި ވެސް ހުރި އެންމެ ނަން މަޝްހޫރު ދިވެހިބޭސް ވެރިޔާއެވެ.

ޝެނާ އަތަށް ބަލާލުމަށްފަހު އެންބުރިފައި ހުރި ހުޅު މަގާމަށް ގެންނަން ހައްވައިދީ އަށް ވީ ވަރަށް ފަސޭހަ ކަމަކަށެވެ. އަތުގެ ރިހުން މަޑުވީ ހައްވައިދީ ގޮތްގޮތަށް ތެޔޮ ދަމަން ފެށުމުންނެވެ. ގެއަށްދާން ނިކުތް ޝެނާ އަށް ކުއްލިއަކަށް ޒޫނީ މަތިން ހަނދާންވިއެވެ. ވެއްޓެންދިޔަ ވަގުތު ޝެނާގެ ކަންފަތުގައި ޒޫނީ ރޮއެގަތް ޖެހުނެވެ. ނަމަވެސް ދެން ކަންތައްވީ އެއްވެސް ގޮތެއް ޝެނާ އަށް ނޭނގއެވެ.

“ފަހިއްތަ ތިގެއަށް ދިޔައިރު ޒީ އުޅުނު ހާލު. މީހަކު ދެރަވެގެން ރޯނެ އެމަންޖެ ރޯއެވަރު ފެނިފައި. ޝަހާދަތްކިޔާފައި މިބުނީ އެކޮއި… ފަހިއްތަ އާއި އެކޮއި ހަވާލުކޮށްފައި ޒީ ދިޔައީ ކުޑަމަންޖެ މަސަލަސް ކުރެވޭތޯ” ޝެނާގެ އަތުގައި ހިފާލައިގެން ހުރެ އެގެއިން ނިކުންނަން އައި ފަހީމާ ބުންޏެވެ.

ޝެނާ އަށް ކިޔާނެ އެއްބަހެއް ވެސް ނޭނގުނެވެ. އެއްވެސް ސަބަބަކާއި ނުލާ މިހުރިހާ ދުވަހު އެމީހަކަށް ނަފްރަތު ކުރަމުން އައި ޒީޝާން މިއަދު ޝެނާ މީހެއްގެ އެހީތެރިަކަމަށް ބޭނުންވި ވަގުތު އެދައްކަދިނީ ކޮންފަދަ މާތް ނަމޫނާ އެއް ހެއްޔެވެ؟ ޝެނާ އަމިއްލަ ނަފްސަށް މަލާމާތް ކުރިއެވެ.

“ޝައިމް ނާދޭތަ” ޝެނާ އަހާލިއެވެ.

“ފަހިއްތަ އަށް ހީވަނީ ޒީ ގުޅީމަ ހެން އެއައީ. މިގެއަށް އައިއްސަ ފަހިއްތަ އެކޮއި ރަނގަޅޭ ބުނީމަ އެދިޔައީ. މީޓިންގްއެއްގަ އިނދެފަޔޯ މިއައީ” ފަހީމާ ޖަވާބުދިނެވެ.

ސިޓިންގްރޫމުގައި ޒޫނީ އަތްމައްޗަށް ލައިގެން މަޑުމަޑު ނާނާއެއް އަޅުވަމުން ދިޔަ ޒީޝާނަށް ހުއްޓުމެއް އައީ ކުރިމަތީގައި އައިސް ހުއްޓުނު މީހަކު ފެނިފައެވެ. ބިރުގަތް ވަރުން އަތުގައި އޮތް ޒޫނީ ވެސް ދޫވާން އުޅުނު ކަހަލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޝެލީން 7

Next

ރިޔާޝާ (29ވަނަ ބައި)

Next
November 25, 2016

ރިޔާޝާ (29ވަނަ ބައި)

Previews
November 24, 2016

ޝެލީން 7

15 Comments!

  1. Ushaali says:
    November 25, 2016 at 11:39 am

    huriha kudinnah barakaaitheri hukuru dhuvahakah edhen…. 🙂 ushaaly ah miulheny varah dheragotheh dhimaavegen. mi vahaka liye ninmaafa episode thah vaki koffa lap ga hutta miulheny konmes gothakah lap format vegen. vahaka aai adhi enoon ves muhimmu liyekiyunthah gellijje… 🙁 🙁 🙁 ehenvyma alun episode thah liyamun midhany. kuda laskameh ayas evves kuhjjeh hiyy bura nukurache. ushaaly ah vevunu emme avahaeh kuraanan….
    mi baives thi huriha kudhinnah kamudhaane kamah heekuran… 🙂

  2. Herrr says:
    November 25, 2016 at 11:49 am

    Me first dho

    1. Herrr says:
      November 25, 2016 at 12:02 pm

      Vvvv nice.. ekam lai aa luke ge bai madhuveema ehaa furihama eh nun… mi vaahaka ah v inthizaaru kureveyne. Hageegaiy engun lasvaathy ves….

  3. julie says:
    November 25, 2016 at 11:49 am

    Varah varah reethi story.. Plx next part avahah up kohdhehchey plx plx

  4. Noo says:
    November 25, 2016 at 11:51 am

    Yes varah reethi masha allah…

  5. Aathu says:
    November 25, 2016 at 12:10 pm

    Zoonyge dad aee dhw.

  6. mai says:
    November 25, 2016 at 12:47 pm

    Varah nice

  7. Emneez says:
    November 25, 2016 at 12:49 pm

    Saim Haadha nulafaalhey dw ?
    Story varah reethi ????

  8. Navya says:
    November 25, 2016 at 1:45 pm

    Vaahaka v habeys ❤❤

  9. faidhaS says:
    November 25, 2016 at 2:07 pm

    Stoty reethi ekamu thilibunu habarun vvvv 🙁

  10. mixoo says:
    November 25, 2016 at 2:12 pm

    Mivaahaka varah reethi bayakah aissi mihaaru.?
    inthizaaru mikuranee.??

  11. Mithuru says:
    November 25, 2016 at 8:47 pm

    Alhe…mivaahakaige bathalaa Alya e ee govaafa huri kujjehbaa???
    Evves kameh dhen engey kamakah nyveyviyyaa… firimeehaa nidhaa thanuga meehaku neh kameh ves neygunu…e dhen boduvaru…
    Anyway story hama habeys ????

  12. xenn says:
    November 26, 2016 at 12:19 am

    Dhen shaim bust kohbaaa lai ah..avahah

  13. Korakali. says:
    November 26, 2016 at 1:54 pm

    Meevx alhe story ehtha ushaali. ???

  14. Shaff says:
    November 26, 2016 at 4:50 pm

    Alheyyy. V v v reethi mivaahaka. Dhnn lai ah ingen v ey shaim ge kanthaah. N luk ah lai libunyym v reethi vaane . Best story adhi mihaathanah kiyunu

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 21←


All Right Reserved!