ތާޝާ (19ވަނަ ބައި)
އެންމެފަހުން ތާޝާ އިލްޔާސްގެ ދަރިޔަކަށް ބަލިވެއިނީއެވެ. ތާޝާގެ ނިކަމެތިކަމާއި މެދު އަހަރެން ހަމްދަރުދީވެ ދެރަވެސްވިއެވެ. އަހަރެންގެ ލޯބި އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ތާޝާ އަހަރެންނަށް ކިތަންމެ ވަރަކަށް ފިލަން އުޅުންކަމުގައިވިޔަސް އަހަރެން ތާޝާ ހޯދާނަމެވެ.
މުޅި މާލެ ވަށާ އަވީގައި ސައިކަލު ދުއްވިއްޖެއެވެ. ނަމަވެސް ހިތުގައި އަނދަމުން މިދާ އަލިފާންގަނޑު ނިވޭ ގޮތެއްނުވިއެވެ. މަގު މެދުގައި ސައިކަލު މަޑުކޮށްލީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އިނާޝާއެވެ. ނަމަވެސް އަހަރެން ފޯނު ކަނޑާލުމަށްފަހު އޮފީހަށް މިސްރާބުޖެހީމެވެ. މިހުރިހާ ކަމެއްގައި އަހަރެންނަށް އެންމެ ގޯސްވީ އިނާޝާއެވެ. އިނާޝާ އަހަރެންނަށް ކުރިން ހުރިހާ ވާހަކައެއް ކިޔާދިންނަމަ މިއަދު ތާޝާ ހުންނާނީ އަހަރެންގެ މީހެއްގެ ގޮތުގައެވެ. އެކަމަކު މިހާރު ތާޝާ ހޯދަން އަހަރެންނަށް ޖެހޭނީ ރިޒާނާއާއި ކުރިމަތިލާށެވެ. އެއީ ވެސް ފިސާރި އަންހެނެކެވެ. މިހުރިހާ ކަަމަކާ ވިސްނިވަރަކަށް ބޮލުގެ ރިހުން އިތުރުވަމުން ދިޔައެވެ.
އެދުވަހު އެކީ އަހަރެން ވިސްނީ ތާޝާއާއި ދިމާވާނެ ގޮތެކެވެ. އެންމެ ފަސޭހައިން އެކަން ވާން އޮތީ އިނާޝާ މެދުވެރިކޮށެވެ. ނަމަވެސް މިހާރު އަހަރެން އިނާޝާގެ އެއްވެސް އެހީތެރިކަމެއް ބޭނުމެއްނޫނެވެ. އެރޭ އަަހަރެން ވަރަށް ދުރަށް ވިސްނީމެވެ. އެންމެ ފަހުން އަހަރެންނަށް އެންމެ ރަގަޅު ގޮތައް ކަންތައްތައް ގެންދަން ނިންމީމެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. ހެނދުނުގެ ވަގުތު އެކީ އަހަރެން ދުއްވާލަން ޖެހުނީ މަސައްކަތުގައެވެ. އޮފީހުގެ އަހަރީ ދުވަސް ފާހަގަ ކުރަން ހަމަޖެހިފައިވާތީ ކުރަންހުރި މަސައްކަތް ވަރަށްވެސް ގިނައެވެ.
“އަސީލް އަހަރެންނަށް ކަމެއް ކޮށްދީބަލަ!” ވަގުތެއް ލިބުމުން އަހަރެން އަސީލް ކައިރީގައި އެދުނީމެވެ. ވަގުތުން އަސީލް ކޮންކަމެއްހޭ އަހައިލިއެވެ. އަސީލް ކައިރީ އަހަރެން އެދުނީ ރިޒާނާގެ ނަމްބަރު ހޯދައިދިނުމަށެވެ. އަޞުރު ނަމާދަށް ގޮވަންވާއިރަށް ރިޒާނާގެ ނަމްބަރު އިނީ އަހަރެންގެ ފޯނުގައި ސޭވް ވެފައެވެ. އޮފީހުން އަވަދިވެގެން ގެޔަށް އާދެވުންއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. ފެންވަރާލައިގެން ނިކުމެ އެނދުމަތީ ފައިވަށްކޮށްލައިގެން އިށީންދެލައި ހަމަޖެހިލީމެވެ. އަދި ފޯނު ނެގުމަށްފަހު ރިޒާނާގެ ނަމްބަރު ހޯދައިލީމެވެ. ނަމްބަރަށް ބަލަން ކުޑަ އިރުކޮޅަކު އަހަރެން އިނީމެވެ. ގުޅައިގެން ކިޔާނެ އެއްޗެހި ހިތުތެރޭ ރާވައިލީމެވެ. ވަރަށް ވިސްނުމަށްފަހު އަހަރެން ރިޒާނާގެ ނަމްބަރަށް ގުޅައިލީމެވެ. ދެފަހަރަކު ރިންގު ވުމަށްފަހު ފޯނުނެގުމަށްފަހު އަންހެނަކު “ހަލޯ” އޭ ބުނެލި އަޑު އިވުނެވެ. އަޑުން އެއީ ކާކުގެ އަޑެއްކަން އަހަރެންނަށް ފާހަގަވިއެވެ. އެއީ އަހަރެންނަށް އޮޅޭނެ އަޑެއް ނޫނެވެ.
“އަހަރެން ވަރަށް ވިސްނިން ތާޝާ ޑީ ގްރޭޑް ކުއްޖަކަށް ވާންވީ ކީއްވެގެންތޯ! ވިސްނާ ވިސްނާ ބޮލުން ދެ އިސްތަށި…. އުުހުނ ތިން އިސްތަށި ފޭބިފަހުން ވިސްނުނީ އަސްލުވެސް އެއީ ހަމަ ޑީ ގްރޭޑް ކުއްޖެއްކަން!” އިތުރު ބަހެއްވެސް ނުބުނެ އަހަރެން ބުނެލީމެވެ. އަހަރެންގެ އަޑު އިވުމުން އެކޮޅުން ހީލި އަޑު އިވުނެވެ.
“މާޒް! އަހަރެން ހިޔެއް ނުކުރަން ގުޅާނެ ކަަމަކަށް… ދެން އެކަމަކު އުފާ ވެއްޖިން މާޒް އަށް އަހަރެން ދެއްކި ވާހަކައިން އެއްޗެއް ވިސްނުނުކަން!” ހުނުމުގެ ތެރެއިން ރިޒާނާ ބުނެލިއެވެ.
“ތާޝާ އަކީ އަސްލުވެސް އަހަރެންނަށް ޑިޒާވްވާ ވަރު މީހެއް ނޫން! ޝީ އިސް ސޯ ޗީޕް..” އަހަރެން ބުނެލީމެވެ.
“މާޒް ތިފަދަ ގޮތަކަށް ވިސްނުމަކަށް ދާން ޖެހުނު ސަބަބަކީ ކޮބާ؟ އައި މީން މޯޓިވޭޝަން އަކީ ކޮބާ؟” ރިޒާނާ އަހައިލިއެވެ.
“ރިޒާނާގެ ދުލުން ބޭރުވި ބަސްތައް!” އަނގަޔަށް ގޮތެއް ހަދާލަމުން އަހަރެން ބުނެލީމެވެ. އެހާ ހިސާބުން އަހަރެންގެ މޮޅު ވާހަކައިން ރިޒާނާ ހައްލައިލީމެވެ. އަދި ހިތާ ދެކޮޅަށް ނަމަވެސް ތާޝާ އޭ ކިޔައިގެން ވަރަށް ހަޑިކޮށް އަހަރެން ވާހަކަ ދެއްކީމެވެ. އެއްގޮތަކަށްވެސް އަހަރެން ބޭނުންވެގެންނެއް ނޫނެވެ. ނަމަވެސް އެގޮތަށް ކަންތައް ނުކޮށް ތާޝާއާއި ހިސާބަށް ވާސިލް ވެވެން ނެތީމައެވެ. އެހުރިހާ ވާހަކައެއް ދެއްކިއިރު އަހަރެންގެ ހިތް ތޮރުފަމުން ދިޔައެވެ. ރިޒާނާއާއި ދޭތެރޭ އާދަޔާ ހިލާފު ރުޅިވެރިކަމެއް އަހަރެންގެ ހިތުގައި އުފެދުނެވެ.
އެދުވަހަށްފަހު ރިޒާނާ އަހަރެންނަށް ވަރަށް ގިނައިން ގުޅައެވެ. އަހަރެން ކުރި އެންމެ ފޯނު ކޯލަކުން ހުރިހާ ކަމެއްވެސް ވަރަށް ފަސޭހައިން ބަދަލުވެގެން ދިޔައެވެ. އިނާޝާވެސް ދުރު ދުރުން އަހަރެންނާއި ރިޒާނާގެ ގުޅުން ބަދަހިވާތަން ބަލަމުން ދިޔައެވެ. އެތައް ފަހަރަކު އަހަރެން ކައިރީ އަހަން އުޅޭހެންވެސް ހީވެއެވެ. ނަމަވެސް މިހާރު އިނާޝާ އަހަރެންނާ ވާހަކަ ދައްކަން ފަސްޖެހެއެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަހަރެންނާއި އިނާޝާގެ ގުޅުންވެސް ދަނީ ހީނަރު ވަމުންނެވެ. އަހަރެން އެކަމާ އަޅާނުލިޔަސް އިނާޝާ އަހަރެންނަށް ބަލާގޮތުން އެކަމާ ހިތާމަ ކުރާކަން އަހަރެންނަށް އިނގެއެވެ.
ހުކުރު ދުވަސްކަމުން މިއަދު އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ.
“ކޮންމެ ހުކުރު ދުވަހަކު މެންދުރުވީރުން އަހަރެން މިޖެހެނީ ގޮވާން އަންނަން… މާޒް ތީ ކުޑަކުއްޖެއްތަ؟ ތެދުވޭ ހަމަމިހާރު މޫނު މައްޗައް ފެން ބާލިދީއެއް ނާޅަނިސް!” މަންމަ ހަޅޭތްލަވަމުން ދިޔައެވެ. އަހަރެން ގުޑައިވެސްނުލާ މޫނުމަތީ ބާލީސް އަޅައިގެން އޮތީމެވެ.
“މާޒް” އަހަރެންނަށް ފުންމައިގެން ތެދުވެވުނީ ބައްޕަގެ ބަރު އަޑު ޖެހުމުންނެވެ. އަވަސްކޮށްލައިގެން އަހަރެން ފެންވަރައިގެން ހުކުރަށް ދިޔައީމެވެ. ބައްޕަގެ އަޑު އެއްފަހަރު ޖެހޭއިރަށް އަހަރެންނަށް ހީވާނީ ފޫކޮޅަށް ކައްޓެއް ހެރޭ ހެންނެވެ. އެހާވެސް ބިރުވެރިއެވެ. ހުކުރުން އައިސް ކައިގެން އަހަރެން ޓެރަސްއަށް ނިކުމެލީ ކުޑަކޮށް ފިނިކޮށްލާށެވެ. މިހެން ހުއްޓައި އަހަރެންގެ ފޯނަށް މެސެޖެއްއައެވެ.
“މިރޭ ރޭގަނޑުގެ ކެއުން މީގޭގަ! އަންނާނެ ކަމަށް އުންމީދުކުރަން….” އަހަރެން މިހުރިހާ ދުވަހު އިންތިޒާރު ކުރަމުންދިޔަ ކަންތައް ވާން އެޅޭތީ އަހަރެންނަށް ހީލެވުނެވެ. ރިޒާނާ އަހަރެންނަށް މިހާ އަވަހަށް ގެޔަށް ދައުވަތު ދޭނެކަމަކަށް އަހަރެން އެއްގޮތަކަށްވެސް އުންމީދެއް ނުކުރަމެވެ. އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯނަށް މީހެއްގެ ހިޔަންޏެއް އެޅުނީމައެވެ. އަހަރެން ބަލައިލިއިރު ކުރިމަތީ ހުރީ އިނާޝާއެވެ. އިނާޝާގެ ދެލޯ ހުރީ އަހަރެންގެ ފޯނު ސްކްރީނަށެވެ.
“މާޒް! މިހާރު ކޮން ކަމެއް ކުރާން ތިއުޅެނީ؟” އިނާޝާ ވަރަށް ޖެހިލުންވެހުރެ އަހައިލިއެވެ.
“އަހަރެން ކޮންމެ ކަމެއް ކުރިޔަސް އިނާ އާ ބެހޭ ކަމެއް ނޫން!” ވަރަށް ހަރުކަށިކޮށް އަހަރެން ބުނެލީމެވެ. އަހަރެން އެހެން ބުނުމުން ބަހެއްވެސް ނުބުނެ އެތަނުން ދިޔައެވެ. ބަޔެއްފަހަރު އަހަރެންނަށްވެސް އަހަރެން ކުރަން މިއުޅޭ ކަމެއް ނޭންގެއެވެ. ރިޒާނާގެ ވާހަކަ ހުންނަގޮތުން އޭނަ އަހަރެންނާ އަޅައިގަނެފަ ހުންނަހެންވެސް ހީވެއެވެ. އަނެއްކާ ނައްޓާނުލެވޭ ވަރަށް ރިޒާނާ އަހަރެންނާ ފާވެގަތިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއީ ނުފޫޒު ވަރުގަދަ އަންހެނެކެވެ. މިހުރިހާ ކަމަކާމެދު ނުވިސްނައި އެންމެ ފިޔަވަޅެއްވެސް ކުރިޔަށް އެޅޭކައްނެތެވެ. ނަމަވެސް އަހަރެންނަކީ ޒުވާނެކެވެ. އަހަރެންގެވެސް ހިއްސުތައް ސަލާމަތުން އެބަހުއްޓެވެ. ރިޒާނާއަކަށް އަހަރެންނަކާ އެހާ ފަސޭހައިން ނުކުޅެވޭނެއެވެ.
އެރޭ އަހަރެން ވަރަށް ނަލަ ހެދިލައިގެން ރިޒާނާގެ ގެޔަށް ދިޔައީމެވެ. އަހަރެން ދިޔައިރު ރިޒާނާ ހުރީ ގޭ ދޮރުމަތީއެވެ. އަހަރެން ފެނުމުން ހުރިހާ ދަތެއް ދައްކައިގެން ހުރެ އަހަރެންނާއި ސަލާމް ކޮށްލުމަށްފަހު އެތެރެޔަށް ވެއްދިއެވެ. މިރޭ ގޭގެ ފެންޑާ ކުރީ ދުވަހާ ހިލާފަށް ބޮޑުހެން ހީވިއެވެ. އެއީ ގޮނޑިތަކާއި މޭޒުތައް ނެތީމައެވެ. ގޭގެ ފެންޑާ ހީވަނީ ސުކޫލެއްގެ އެސެމްބްލީ ހޯލް ހެންނެވެ. އެހާވެސް ބޮޑުވެފައި ރީއްޗެވެ. ހަތަރު ފަރާތު ބިތުގެ ފަޅުކަން ފިލުވަން ތަފާތު ވައްތަރުގެ ކުރެހުން ހަރުކުރެވިފައިވެއެވެ. މިގޭ މީހެއްގެ ފޮޓޯ ފެނޭތޯ އަހަރެން ވަރަށް ބެލީމެވެ. ނަމަވެސް މުޅިންވެސް ހުރީ އެކި ކަހަލަ މަންޒަރުތައް އެކުލެވޭ ކުރެހުންތަކެވެ. އަދި ގޭގެ އެކި ހިސާބުގައި މާޓުކުރިތައްވެސް ބަހައްޓައިގައި ހުއްޓެވެ. ރިޒާނާގެ ފަހަތުން ހިނގަމުން ދިޔައިރު އަހަރެން ފަރާތް ފަރާތައް އެނބުރި ހޯދަމުން ދިޔައީ ތާޝާގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް ކާކޮޓަރިއާ ހަމަޔަށް ދެވުންއިރު ތާޝާގެ ހިލަމެއްވެސް ނުވިއެވެ. ކާކޮޓަރިއަށް ވަތްއިރު އަނެއްކާވެސް އަހަރެން އާޝޯޚް ވެގެން ދިޔައެވެ. ރެސްޓޯރެންޓަކުންވެސް މިހާ ބައިވަރު ކާ އެއްޗެހި އެއްފަހަރާ ނުފެންނާނެއެވެ. އެކި ކަހަލަ ބާވަތްތަކުގެ ކާތަކެތިން މުޅި މޭޒުވަނީ ފުރާލާފައެވެ. މީ ހަަމަ އަހަރެންނަށް ދައުވަތު ދޭން ކޮށްލައިފައި ހުރި ވަރުހެއްޔެވެ؟ އަހަރެން އިނީ ދެލޯ ބޮޑުވިގޮތަށް އެސްފިޔަ ޖަހައިލަންވެސް ނޭންގިފައެވެ.
“މާޒް އިށީންދޭ! މީ ހަމަ މާޒްއަށް ހާއްސަކޮށް ތައްޔާރުކޮށްފަ ހުރި ތަކެތި..” އަހަރެން ސިއްސައިގެން ދިޔައީ ރިޒާނާ ވާހަކަ ދެއްކުމުންނެވެ. އަހަރެން މަޑުމަޑުން ކައިރީގައި ހުރި ގޮނޑީގައި އިށީންދެލީމެވެ.
“ހާދަ ބީރައްޓެހިކޮށް ތިއިނީ؟ ކާން ފަށާބަލަ!” މިހެން ބުނުމަށްފަހު ރިޒާނާ އަހަރެން ކައިރިޔަށް އައިސް ތައްޓަކަށް އެކި ވައްތަރުގެ ކާއެއްޗެހި އަޅައިދިނެވެ. އަހަރެން އިނީ ކާންވެސް ނުކެރިފައެވެ. ރިޒާނާވެސް އަހަރެންގެ ކުރިމަތީ ހުތި ގޮނޑީގައި އިށީންދެ ހަަމަޖެހިލައިގެން ކާން ފެށިއެވެ.
“މިގޭ މީހުން ކޮބާ؟” ސެލެޑް ކޮޅަކުން ރަހަބަލާލަމުން އަަހަރެން ބުނެލީމެވެ.
“މިގޭ ކުދިންވީ މެލޭއަށް ގޮސް ޑޮކްޓަރަށް ދައްކަން! ދެން އުޅޭނީ މަގޭ ފިރިމީހާ.. އޭނަ ބަލި އެނދުގަ އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ!” ރިޒާނާ ޖަވާބުދިނެވެ. އެއިރުވެސް އަހަރެން ހިތް އެދެމުން ދިޔައީ ތާޝާ ދެކިލުމަށެވެ.
“ތާޝާތަ ތި ހޯދަނީ؟” އަހަރެން ސިއްސައިގެން ދިޔައީ ރިޒާނާ އެހެން އަހައިލުމުންނެވެ. އަހަރެން ވަގުތުން އިސްޖަހައިލީމެވެ. އަނގައިންވެސް ނުބުނެ އަހަރެން ކަމުންދިޔައީމެވެ. މިއަންހެން މީހާޢަށް އަހަރެންގެ ހިތުގައިވާ އެއްޗެހިވެސް އެނގެނީ ހެއްޔެވެ؟ އަހަރެންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ރިޒާނާވެސް އެހެން ވާހަކައެއްފެށިއެވެ. ބަޔެއްފަހަރު ރިޒާނާ އަނގައިން ނުބުނެ އިންނަންފެށުމުން އަހަރެން ބަލައިލަމެވެ. ކޮންމެ ފަހަރަކުވެސް ރިޒާނާ އިންނަނީ އަހަރެންނަށް ބަލާށެވެ. އަހަރެން ހަމަ ބަލައިލާއިރަށް އިސްޖަހާލުމަށްފަހު ކާން ފަށައެވެ. ކައި ނިމިގެން އަހަރެން ގޮވައިގެން ރިޒާނާ ނިކުތީ އެންމެ ފުރަތަމަ އަހަރެންނާއި ރިޒާނާ ބައްދަލުވި ބަގީޗާ ތެރެއަށެވެ. އެތާ މޭޒު ދޮށުގައި ތިބެގެން އަހަރެމެން ވަރަށް ވާހަކަ ދެއްކީމެވެ. ކުއްލިއަކަށް އަހަރެންގެ އިތުރުން ރިޒާނާ ސިއްސައިގެން ދިޔައީ ބަގީޗާގެ އެންމެ ކައިރިޔަށްވީ ކޮޓަރިން ބާރު އަޑުފަށްގަނޑެއް އިވުމުންނެވެ. އެއަޑަށް ރިޒާނާގެ މޫނުމަތީގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ. އަދި ހަމަ އެއާއިއެކު ތެދުވެގެން އެދިމަޔަށް ހިނގައިގަތެވެ. އަހަރެންވެސް ވާނުވާ ބަލައިލަން ރިޒާނާގެ ފަހަތުން ހިނގައިގަތީމެވެ. އެކޮޓަރިޔަށް ވަދެގެން ދިޔައިރު ރިޒާނާ ހުރީ ކޮންމެވެސް އަންހެން ކުއްޖެއްގެ އިސްތަށިގަނޑުގައި ހިފައިގެންނެވެ. އަހަރެންނާއި ފުރަގަސްދީގެން ހުރުމުން މޫނެއް ނުފެނެއެވެ. ކައިރީ ހުރި އެނދުމަތީ ދެބައި އުމުރުގެ ފިރިހިނެއް އޮތެވެ. ތަޅަންމަތީ ތަބަކަކާއި ކާތަކެތީގެ އިތުރުން ތަޅައިގެންގޮސްފައިވާ ތަށިތައް އެކިދިމަދިމާލުގައި ހުއްޓެވެ. ހީވާގޮތުން ދެންމެ އިވިގެންދިޔައީ މިތަކެތި ވެރޭ އަޑެވެ.
“ކަލޭ ކައިރީ ބުނަން މިގޭގަ ހުންނާނީ މަގޭ މުދަލޭ! މީ ކަލޭ ބައްޕަ ގަނެފަ ހުންނަ އެއްޗެހިތަ؟” އެއަންހެން ކުއްޖާގެ ބޮލަށް ކުއްލިޔެއް ޖަހައިލަމުން ރިޒާނާ ބުނެލިއެވެ. ވަގުތު އެއަންހެންކުއްޖާ “އާހ” އޭ ކިޔައި ރޮއެގަތެވެ. އެ ގިސްލުމުގެ އަޑުން އެއީ ކާކުކަން އަހަރެންނަށް އިނގުނެވެ. އެވަގުތު އަހަރެންގެ މޭކަރައިގެން ދިޔައެވެ. ރިޒާނާގެ އަތް ފޮޅުވައިލާން ފިޔަވަޅެއްވެސް ނެގުނެވެ. ނަމަވެސް ކެތް ކޮށްލީ މިގަޑީގައި އަހަރެން ކަމެއް ކޮށްފިނަމަ އަހަރެންގެ ހިތް ރިޒާނާގެ ކުރިމަތީ ބޭޒާރުވެދާނެތީއެވެ. ކުއްލިއަކަށް ރިޒާނާ ތާޝާގެ މޫނު އަހަރެންނާއި ދިމާލަށް އަނބުރާލިއެވެ. އަހަރެން ފެނުމުން ތާޝާގެ ރަތްވެފައިވައިވާ ދެލޯ އިންތިހާޔަށް ބޮޑުވެގެން ދިޔައެވެ. މުޅިމޫނުމަތި ވަނީ ކަރުނުން ތެތްވެފައެވެ. ދެލޯވަނީ ދުޅަވެ ރަތްވެފައެވެ.
“މާޒް! އާހް!” ތާޝާ އަހަރެންނާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. އެވަގުތު ރިޒާނާ އަތު ހުރި ބާރެއްލާފައި ކައިރީ ހުރި ސޯފާ މައްޗައް ތާޝާ ކޮށްޕައިލިއެވެ. އެހުރި ބާރުމިނުގައި ތާޝާގެ މޫނު ގޮސް ޖެހުނީ ސޯފާގެ އަތްގަނޑުގައެވެ. އެވަގުތު ވަރަށް ބާރަށް ތާޝާ ރޮއެގަތެވެ. އެއިރު އެނދުމަތީ އޮތް ފިރިހެން މީހާގެ ލޮލުންވެސް ކަރުނަ އަންނަމުންދިޔައެވެ.
“މީ..މީ ކޮންކަމެއް؟” އަހަރެންނަށް ބުނެލެވުނެވެ. އެވަގުތު ތާޝާވެސް ބޯހިއްލާލައިފައި އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. ރިޒާނާ އަހަރެން ކައިރިޔަށް ޖެހިލިއެވެ.
“މުސްކުޅި ފިރިހިނެއް ނުބެލެހެއްޓޭ އަންހެނެއްމީ! ކާން ގެނައްޔާ ތަށިތައް ތަޅާނެ…އެންމެ ދުވަހެއްވެސް ނުދޭ މި ސުންޕާ އަތުން މިގޭ އެއްޗެއް ހަލާކުނުވާ!” އަނެއްކާވެސް ރިޒާނާ ތާޝާގެ އިސްތަށިގަނޑުގައި ހިފައިލިއެވެ. މިވަގުތު ތާޝާ އެދެމުންދާނީ އަހަރެންގެ ހިމާޔަތްތެރިކަން ކަން ޔަގީނެވެ. ހުރިހާ ކަމެއް ބަލަން ހުރުމުން އަހަރެންނާއި މެދު ތާޝާގެ ހިތުގައި ވާނެ އެއްޗެއް އެއްގޮތަކަށްވެސް ނޭންގެއެވެ. މިއަދު އަހަރެންނަކީ ވެސް ތާޝާގެ ކުއްވެރިއަކީމެވެ. އަހަރެންގެ ހިތައް ތަދުވިވަރުން ރިޒާނާގެ އަތުގައި ހިފަހައްޓައިލީމެވެ. ސިހުނު ވަރުން ރިޒާނާ ކުއްލިއަކަށް އަހަރެންނަށް ދެލޯ ބޮޑުކޮށްލާފައި ބަލައިލިއެވެ.
“ބަހައްޓާ ދެން! ހިނގާ ދާން…” އަހަރެން ބެލީ އަވަހަށް ރިޒާނާގެ އަތްދަށުން ތާޝާ ސަލާމަތް ކުރެވޭތޯއެވެ. އަހަރެން ހަމަ މިހެން ބުނުމާއި އެކީ ރިޒާނާ ހީލުމަށްފަހު ތާޝާގެ އިސްތަށިގަނޑުން އަތް ނައްޓުވާލިއެވެ. އެޔާއިއެކު ވަރު ދޫވެގެން ސޯފާ މައްޗައް ތާޝާ ދެމުނެވެ. އެމަންޒަރު ފެނިފައި އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ކެތްކޮށްލައިގެން ކަރުނަތައް ހިންދައިލީމެެވެ. ތާޝާ އެއިރުވެސް ބަލަމުން ދިޔައީ އަހަރެންގެ މޫނަށެވެ. ރިޒާނާ އަހަރެންގެ އަތުގައި ހިފާލިއެވެ. އަދި އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ދޮރުމައްޗައް އަރައިފައި އަނެއްކާވެސް ރިޒާނާ ކޮޓަރިޔަށް ނަޒަރު ހިންގާލިއެވެ.
“އަހަރެން އަންނަން ވާއިރަށް މިތަން ސާފުކުރޭ! މުޑުދާރު އަންހެނާ… އެއްކަމެއްވެސް ރަގަޅަށް ނުކުރެވޭ!” މިހެން ކިޔާ ހަޅޭތްލަވާގަތުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ރިޒާނާ ނިކުތެވެ. އެކޮޓަރިން ހަމަ ނިކުމެވުމާއި އެކީ އަހަރެން ރިޒާނާގެ އަތް ފޮޅާލީމެވެ.
“ދެރަވީތަ ތާޝާ އެހެން ފެނުނީމަ؟” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ރިޒާނާ ބުނެލީމެވެ. އަދި ވަރަށް ބާރަށް ހީގަތެވެ. މަސްނޫއީ ހިނިތުންވުމެއް ދިނުމަށްފަހު އަހަރެން ދަނީ ކަމަށް ބުނެ އެގެއިން ނިކުތީމެވެ. އެގެއިން ހަމަ ނިކުމެވުމާއިއެކު އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އަހަރެން މީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ ތާޝާ އަހަރެންނަށް މިހާރު ނަފްރަތު ކުރާނެކަން ޔަގީނެވެ. ނަމަވެސް މިނޫންގޮޮތެއްވެސް މިއަދަކު ނެތެވެ.
“ފޮގިވްމީ ތާޝާ” އަހަރެންނަށް ބުނެލެވުނެވެ. (ނުނިމޭ)
12
12 Comments
Comments are closed.
Yey me first dhw
Warah reethi. When is next part?
Alhe thaasha ah dhera gotheh nahadhahchey pls.
Thaasha ah kihineh thi hadhanee mihaaru? Mi vaahaka varah reethi❤❤
Alhe thashaa ah thihen nahadhaba plx…bt mi story vvvvvv reethi…keep it up…
Salhi… 😉
Maasha ALLAH VVV reethi next episode ge inthixaaruga hureemey…..
Vvvvvvvvvvv reethi. Mirey genesbala aneh part pls.?
Alhey mivanee kihinehbaa dhoa….. Avas koh up kohdhehchey ingey ifaau
Salhi mi vaahaka❤
Next part avax.. Waiting 🙁
Mirey mikiyaalee mi vaahaka…..vaahaka vvvv reethi…..thasha fakeeru ulhey haalun hama rovey……aneh bayah inthixaaru kuran…..