Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (29ވަނަ ބައި)

Saandy
November 25, 2016
8 Mins Read
55 Views
76 Comments

ފަޔާޒް ވަޅުލައި ކަންތައްތައް ކުރުމުގައި ޖުމާންގެ އެހީތެރިކަން ރިޔާޝާއަށް ވަރަށް ބޮޑަށް ލިބުނެވެ. ރިޔާޝާ ގޮވައިގެން އެހުރިހާ ތަނަކަށް ގޮސް ހެދީ ޖުމާނެވެ. މޫނު ދައްކާ ހަދާފައި ފަޔާޒް ވަޅުލުމުންވެސް ރިޔާޝާ މަޑުކުރީއެވެ. ރަތީބާ ދާން ބުނުމުންވެސް އޭނާ އިރުކޮޅަކުން ދާނަން ކަމުގައި ބުނެ ރަތީބާ ފޮނުވާލީއެވެ. ރަތީބާ ދަމުން ޖުމާން ގާތުގައި ރިޔާޝާ ގާތުގައި މަޑުކޮށްލަދިނުމަށް އެދުނެވެ. ޖުމާން ރިޔާޝާ ގާތުގައި ގެއަށް ދާން އެދުމުންވެސް އޭނާ ގެއަށްދާ ޚިޔާލެއް ނުކުރިއެވެ. އެހެންކަމުން ޖުމާން ރިޔާޝާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. އެގެ ސަހަރާއާއި ކައިރިވީމައެވެ. އެގެއަށް ގޮސްފައި ރިޔާޝާ އެގޭގައި އިންކަން ރަތީބާއަށް އެންގިއެވެ. އަދި މިރޭ ރިޔާޝާ ގެއަށް ދާނެ ވާހަކަވެސް ބުންޏެވެ. ރިޔާޝާ ޖުމާންއާއެކު ކާރުގައި ދިޔައީ ގެއަށެވެ. އޭރު ގަޑިން ނުވަގަޑި ބައިވެ ބޮޑުވެއްޖެއެވެ. އޭނާ ޖުމާންއަށް ޝުކުރު އަދާކޮށްފައި އެތެރެއަށް ވަނީ މޫނުމަތިން ހަމަޖެހޭކަން ދައްކަމުންނެވެ. ނަމަވެސް އޭނާ ގޭތެރެއަށް ވަދެ ފިޔާޒާގެ ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އޭނާގެ ކަންފަތުގައި ޖެހުނު އަޑަކުން އޭނާއަށް ހުއްޓުން އެރިއެވެ.

“ނޫން ތީ ފިޔާއްކޮގެ ޑެޑީއެއް ނޫން.” ފިޔާޒާ ބުނި އަޑު އިވުނެވެ. “މީ ފިޔާއްކޮގެ ޑެޑީއޭ. ބަލާބަލަ.” ފިޔާޒާގެ މޫނުގައި ހިފާ އަޔާޒާއި ދިމާއަށް އަނބުރާލާފައި ބުނެލިއެވެ. ރިޔާޝާ އަޑު އަންނަ ދިމާ ފާހަގަކޮށްގެން ދިޔައެވެ. އެއަޑު އައީ ބަދިގެ ތެރެއިންނެވެ. ރިޔާޝާ ބަދިގެ ދޮރުމައްޗަށް އެރިއިރު ފިޔާޒާ އުނގަށްލައިގެން އިނދެ ކޮންމެވެސް އެއްޗެއް ކާންދެވޭތޯ އުޅެއެވެ. އޭނާ ދިޔައީ އޭނާއަކީ ފަޔާޒް ކަމަށް ފިޔާޒާއަށް ބުނެދޭން މަސައްކަތް ކުރަމުންނެވެ. “ފިޔާޒާ! އާދޭ މިކޮޅަށް.” ރިޔާޝާ ބާރަށް ބުނެލުމުން ފިޔާޒާ އަޔާޒްގެ އުނގުން ފުންމާލައިގެން އައެވެ. ރިޔާޝާ ފިޔާޒާ އުރާލައިގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ފިޔާޒާ ނިންދަވާފައި ނުކުތްއިރު އަޔާޒް އިނީ ސިޓިންގރޫމްގައެވެ. އޭރު ރަތީބާ ގެޔަކު ނެތެވެ. އޭނާ ފިހާރައަކަށް ދިޔައީ އަޔާޒްއާއި ފިޔާޒާ ހަވާލުކޮށްފައެވެ. ފަޔާޒް މަރާލީ އަޔާޒް ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ.

“މީހުން މަރާ މީހާ! ކަލޭ ކީއްކުރަން މިގެއަށް ތިއައީ؟ ލަދުކުޑަ. ނިކުމޭ މިގެއިން!” ރިޔާޝާ ހަޅޭއްލަވައިގަތެވެ. ފަޔާޒް މަރާލިފަހުން އޭނާ އަޔާޒަށް ކުރާ ނަފުރަތު ވަކިން ބޮޑުވިއެވެ. “ރުޅި ނާދޭ. އަހަރެން މިއައީ ރިޔާޝާއަށް އެއްޗެއް ހިފައިގެންނޭ.” އަޔާޒް އެހެން ބުނެފައި ޖީބުން ނެގީ ކުޑަކުޑަ ފޮށްޓެކެވެ. އަދި ފޮށި ނަގާ ހުޅުވާލިއިރު އޭގައި ވަނީ ޖަވާހިރު ޖެހި އަނގޮޓިއެކެވެ. “މީ އެންގޭޖްމަންޓް ރިންގް. ރިޔާޝާގެ ޢިއްދަ ހަމަވީމަ އަހަރެމެން އިންނާނީ.” އަޔާޒް ބުނެލިއެވެ. “ލަދުކުޑަ ފިރިހެނާ.” ރިޔާޝާ އެހެން ބުނެފައި އަޔާޒްގެ އަތުގައި ޖަހާ އޭނާ އަތުގައި އޮތް އަނގޮޓި ލާފައިވާ ފޮށި ވިއްސާލިއެވެ. “ރިޔާޝާ ބުނީމެއްނު ތީ މީހެއްގެ އަނބިމީހާއޭ. އެކަމަކު މިހާރު ތީ މީހެއްގެ އަނތްބެއް ނޫނެއްނު. އޭނަ މަރުވެއްޖެއެއްނު.” “މަރުވީކީ ނޫން. ކަލޭ އޭނަ މަރާލީ.” ރިޔާޝާ ބުނެލިއެވެ. “އަހަރެންނާ ކައިވެނި ކުރޭ!” އަޔާޒް ދީވާނާއެއް ފަދައިން ބުނެލިއެވެ.

“ކަލޭ ހީކުރީ މިހެދުމަކީ ހަމައެކަނި ނަމަކަށް ލީ ހެދުމެއް ކަމަށްތަ؟ މިހެދުމުން ދޭހަކޮށްދެނީ ފަޔާޒް މަރުވިޔަސް އޭނާއާއި އަހަރެންގެ ގުޅުން ކިހާ ވަރުގަދަކަން.” ރިޔާޝާ ލައިގެންހުރި ހުދު ކުލައިގެ ދޯޕައްޓާ ހެދުމަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “މީ ހަމައެކަނި ހެދުމެއް ނޫން. ހުވަފަތް އަނތްބެއްގެ ގަހަނާވެސްމެ.” ރިޔާޝާ އަނެއްކާވެސް ބުނެލިއެވެ. “ތި ގަހަނާއިން ޒީނަތްތެރިވެގެން މުޅި އުމުރު ބޭކާރުކޮށްލުމަކީ މޮޔަ ކަމެއް ރިޔާޝާ. މިދުނިޔޭގައި އެކަނިމާއެކަނި ދިރިއުޅުމަކީ ވަރަށް ދަތިކަމެއް.” އަޔާޒް މަސައްކަތްކުރީ ރިޔާޝާއަށް ވިސްނައިދޭށެވެ. “އަހަރެންގެ ފިރިމީހާގެ ހަނދާންތައް އަބަދުވެސް އަހަރެންނާއި އެކުގައިވޭ. އަހަރެންގެ ދަރިޔަކު އެބަހުރި. ލޯބިވާ މައިދައިތައެއް އެބަހުރި.” މިވަރުން އަހަރެންނަށް ފުދޭ.” ރިޔާޝާ ހުރީ އޭނާގެ ގޮތުގައެވެ. “އެކަމަކު އަހަރެން، ރިޔާޝާ ހުވަފަތް އަންހެނެއްގެ ގޮތުގައި މުޅި އުމުރު ހޭދަކޮށްލާކަށް ބޭނުމެއްނޫން. އަހަރެން ރިޔާޝާ ދެކެ ވަރަށް… ވަރަށް ލޯބިވޭ.” އަޔާޒް ބުނެލިއެވެ. “ތީ ލޯތްބެއް ނޫން. ކަލޭގެ ވަޙްޝިކަން.” ރިޔާޝާ ދަތްތަކަށް ބާރުލާފައި އެހެން ބުނެލުމުން އަޔާޒް ބަލާލީ ރުޅިވެރިކަމާއެކުއެވެ.

“ކީކޭ ތިބުނީ؟ ވަޙްޝިކަން؟” ރިޔާޝާގެ ކައިރިއަށް ހުއްޓިފައި އަޔާޒް އަހާލިއެވެ. “އާނ އާނ. ވަޙްޝިކަން.” ރިޔާޝާ ހަޅޭއްލަވައިގަތެވެ. ދެމީހުން ދެމީހުންނަށް ބަލަން ތިބީ ރުޅިވެރި ނަޒަރަކުންނެވެ. “ނޫން ރިޔާޝާ! ތިހެން ނުބުނޭ. ތިހެން ނުބުނޭ. އަހަރެން މިވަނީ ތެދުވެރި ލޯތްބެއް. އަހަރެންގެ ލޯތްބަށް ފުރަގަސްނުދީ. އެންމެ ފަހަރަކު ނަމަވެސް އަހަރެންދެކެ ލޯބިވެޔޭ ބުނޭ.” “އަހަރެން ކަލެއަށް ނަފުރަތުކުރަން.” ރިޔާޝާ އަޑަށް ބާރުލާފައި ބުނެލިއެވެ. “އެންމެ ފަހަރަކު އަހަރެންދެކެ ލޯބިވެޔޭ ބުނޭ.” އަޔާޒް މޮޔައަކު ފަދައިން ބުނަމުން ދިޔައެވެ. “ގޮތްކުޑަ ފިރިހެނާ! މިތަނުން ދާންއުޅޭ!” ރިޔާޝާ ހަޅޭއްލަވައިގަތެވެ. “ހަމަ އެންމެ ފަހަރަކު.” “ކިތަންމެ ވަރަކަށް ކިޔަސް އަހަރެން އެހެނެއް ނުބުނާނަން. އަހަރެން ކަލެއަށް ނަފުރަތުކުރަން.” ރިޔާޝާގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ. “ހަމަ އެންމެ ފަހަރަކު އަހަރެންދެކެ ލޯބިވެޔޭ ބުނޭ.” އަޔާޒް އެހެން ބުނުމަށްފަހު ރިޔާޝާގެ މޫނުމަތީގައި ބޮނޑިއެއް އެޅިއެވެ.

ރިޔާޝާގެ މޫނުގައި ތަޅަމުން ގޮސް އަނގަމަތި ފަޅައިގެން ގޮސްފިއެވެ. ކާޕެޓް މައްޗަށް ވައްޓާލާފައިފައިން ރިޔާޝާގެ ކޮނޑާއި ދިމާލުން ޖެހިއެވެ. އަދި ދަމާފައި ގެންގޮސް ފާރުގައި ލައްކޮށްލިއެވެ. އޭރު ރިޔާޝާ ދިޔައީ އޭނާ ދޫކޮށްލުމަށް އެދި ހަޅޭއްލަވަމުންނެވެ. “އެންމެ ފަހަރަކު އަހަރެންދެކެ ލޯބިވެޔޭ ބުނޭ.” “ނޫން.” ރިޔާޝާ ހަޅޭއްލަވައިގަތެވެ. އެވަގުތު އަޔާޒް ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ. ރިޔާޝާ އިނީ ގައިގައި ރިއްސާވަރުން ގުޑާވެސް ނުލެވިފައެވެ. އަޔާޒް ބަދިގެއިން ނުކުތީ ބޮޑު ވަޅިއެއް ހިފައިގެންނެވެ. އެތަން ފެނިފައި ރިޔާޝާ ބިރުން ރޫރޫ އަޅައިގަތެވެ. އަޔާޒް ގޮސް ހުއްޓިލީ ގޭ ފޯނު ކައިރިއަށެވެ. އަދި ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު އެގޭގައި މާރާމާރީއެއް ހިންގާ ކަމަށް ބުނެ އަވަހަށް އައިސްދިނުމަށް އެދުނެވެ. އޭނާއަކީ އެގޭ ދޮރުވާނަކަށް ހުންނަ މީހާކަމަށްވެސް ބުންޏެވެ. ފޯނު ބާއްވާފައި އަޔާޒް ރިޔާޝާއާއި ދިމާއަށް އަންނަން ފެށުމުން ރިޔާޝާ ލޫދިގަތެވެ. ނަމަވެސް އަޔާޒް އޭނާގެ ފައިގައި ހިފަހައްޓާފައި ގެނެސް އަތުގައި ހިފައި ނަގާ ފާރުގައި ލައްކޮށްލިއެވެ.

“ނޫން އަޔާޒް! އަހަރެން ދޫކޮށްލާ!” ރިޔާޝާ ރޮމުން ބުނެލިއެވެ. އޭނާ ހީކުރީ އަޔާޒް އެއުޅެނީ އެވަޅި އޭނާ ގަޔަށް ހަރާލަން ކަމަށެވެ. އޭނާ އިނީ ބިރުން ހަލާކުވާވަރު ވެފައެވެ. އަޔާޒް އޭނާގެ ދެއަތުގައި ހިފަހައްޓާފައި ދަތްތަކަށް ބާރުލަމުން ބުނެލިއެވެ. “އަހަރެން ކިހިނެއް އެހާ ފަސޭހައިން ރިޔާޝާ ދޫކޮށްލާނީ؟ އަހަރެން އަދިވެސް ލޯބިވަނީ ރިޔާޝާދެކެ.” ރިޔާޝާ އަޔާޒްގެ އަތުން އޭނާގެ އަތް ދަމައިގަނެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަޔާޒް އެހެން ބުނެފައި އަޔާޒް ކުއްލި ހަރަކާތަކާއެކު ވަޅި ރިޔާޝާގެ އަތަށް ލާ ހިފެހެއްޓިއެވެ. އަދި ވަޅި ގެނެސް އޭނާގެ ނިތުގައި ޖައްސާފައި ލޯ ކައިރިން ވަޅި ގެނެސް ހުއްޓާލީ ތުންފަތް ކައިރިއަށެވެ. އޭރު އަޔާޒްގެ މޫނުގައިވާ ޒަޚަމުން ލޭތައް އޮހެމުން ދިޔައެވެ. އަދި ރިޔާޝާގެ އަތުން ދޫކޮށްލިއެވެ. ރިޔާޝާ އިނީ ވަޅި އަތުން ދޫކޮށްލަންވެސް ނޭނގިފައެވެ. އޭނާ އަޔާޒަށް ބަލަން އިންދާ ޕޮލިހުން އައިސް ވަނެވެ. “ކިހިނެއްތޯ ވީ؟” ޕޮލިސް އޮފިސަރ ސުވާލުކުރީ އަޔާޒްއާއެވެ. “ރިޔާޝާ އަޅުގަނޑަށް ހަމަލާ ދިނީ.” އަޔާޒް ވޭނީ އަޑަކުން ބުންޏެވެ. “އަހަރެން އެއްވެސް ކަމެއް ނުކުރަން. އެއްވެސް ކަމެއް ނުކުރަން.” ރިޔާޝާ ރޮމުން ރޮމުން ބުނެލިއެވެ. ނަމަވެސް ރިޔާޝާ އަތުގައި ވަޅި އޮއްވާ ފެނުމުން ޕޮލިހުން ދިޔައީ އޭނާ ގޮވައިގެންނެވެ.

**********

———- ކޯޓް ތެރެ ———-

ރިޔާޝާ ހުރީ މައްސަލައިގެ ޝާމިލްވާ ދެމީހުން ތިބެން ހަދާފައިވާ ކޮށިގަނޑު ތެރެއިން އެއް ކޮށިގަނޑު ތެރޭގައެވެ. “މިއަދުގެ މި ޝަރީއަތުގެ މަޖިލީހަކީ އަލްފާޟިލާ ޢާއިޝަތު ރިޔާޝާ، އަލްފާޟިލް އަޙްމަދު އަޔާޒަށް ހަމަލާ ދިންކަމަށް ބުނާ މައްސަލައިގެ ޝަރީއަތް.” ޣާޒީ ބުނެލިއެވެ. “އަޅުގަނޑު މިމައްސަލައާއި ގުޅޭގޮތުން ސުވާލުކުރެއްވުމުގެ އިޒްނައަކަށް އެދެން.” ވަކީލް ޣާޒީ ކިބައިން ހުއްދައަށް އެދުމުން ޣާޒީ ކުރިއަށް ގެންދިއުމަށް އެދުނެވެ. އެއާއެކު އަޔާޒް އޭނާއަށް ހުރި ކޮށިގަނޑާއި ދިމާއަށް ދިޔައީ ރިޔާޝާގެ ކައިރިން ލާފައެވެ. ރިޔާޝާ ހުރީ ރުޅިވެރިކަމާއެކު އަޔާޒަށް ބަލާށެވެ. އަޔާޒް ގޮސް ކޮށިގަނޑަށް ވަނުމާއެކު ވަކީލް އަޔާޒްގެ ގާތަށް ޖެހިލިއެވެ. “އަޔާޒް! އަޔާޒް އޭނަ ދަންނަންތަ؟” ވަކީލް ސުވާލުކުރިއެވެ. “އާނ. ވަރަށް ރަނގަޅަށް ދަންނަން. އެއީ ޢާއިޝަތު ރިޔާޝާ. އަޅުގަނޑުގެ ބޭބެ އަޙްމަދު ފަޔާޒްގެ އަންހެނުން.” އަޔާޒް ބުނެލިއެވެ. “ހޫމް. އެންމެ ރަނގަޅު. އަޔާޒްއާއި ރިޔާޝާގެ އޮތީ ކޮން ގުޅުމެއް؟” ވަކީލް އަހާލިއެވެ. “ރިޔާޝާއަކީ އަޅުގަނޑުގެ ބޭބެގެ އަންހެނުންނަށްވިޔަސް ރިޔާޝާއާއި އަޅުގަނޑާއި ދޭތެރޭ އޮތީ އާދައިގެ ގުޅުމެއް ނޫން. ދެޖިސްމުގެ ގުޅުމެއް.” އަޔާޒް ބުނެލިއެވެ.

“އަޔާޒް! ތިވަރުގެ ބޮޑު ދޮގެއް ނުހަދާ! ތިދޮގުގެ ސަބަބުން ކަލޭ މުޅި އުމުރަށް ލަދުގަންނަން ޖެހޭނެ.” ރިޔާޝާ ހަޅޭއްލަވައިގަތެވެ. “އަޔާޒް! އެހެންވިއްޔާ ޝަރީއަތުގައި ބުނެދީބަލަ ރިޔާޝާ އަޔާޒަށް ހަމަލާދިން ގޮތް.” ވަކީލް ބުންޏެވެ. “އޭނަ އަޅުގަނޑު ކައިރީ އެދުނީ އެރޭ އެގެއަށް އައިސްދިނުމަށް. އެގެއަށް ދެވުނުކަން އެއީ އަޅުގަނޑަށް ހެދުނު ވަރަށް ބޮޑު ގޯހެއް. އަޅުގަނޑު ދިޔައިރު އޭނާ ހުރީ އަޅުގަނޑުގެ އިންތިޒާރުގައި. އަޅުގަނޑު ދިޔުމުން އޭނަ ފުރަތަމަވެސް އަޅުގަނޑު ގައިގައި ބައްދައިގަތީ. ދެން އަޅުގަނޑަކީ ހިއްސުތައް ސަލާމަތުން ހުރި ފިރިހެނަކަށް ވީތީ އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓީ. ވާނެ އެއްޗެއް ވީފަހުން އޭނަ ނެގީ އެންގޭޖްމަންޓް ރިންގޭ ކިޔާފަ ކުޑަ ފޮއްޓެއް. އޭނަ އެދުނީ އޭނައާއި ކައިވެނިކުރަން. އަޅުގަނޑު ކިހިނެއްތޯ އެކަން ކުރާނީ؟ އޭނަ އެއިނީ ޢިއްދައިގައި. އެހެންނޫނަސް އަޅުގަނޑުގެ ފަހަރިއާއި އަޅުގަނޑު ކައިވެނިކުރާނީ ކިހިނެއްތޯ؟” އަޔާޒް ވާހަކަ ދައްކަދައްކާ ހުރެފައި ރިޔާޝާއަށް ބަލާލިއިރު އޭނާގެ ދެލޯ ފުރިގެން ބަންޑުންވާން ފަށައިފިއެވެ.

“އަނެއްކޮޅުން އޭނައަކީ ކައިވެނި ކޮށްގެން ހުރެ ހިލޭ ފިރިހެނުންނާއެކު ގުޅުން ހިންގާ މީހެއް. އެހެންވީމަ އަޅުގަނޑާއި ކައިވެނިކޮށްފައި އެހެން މީހަކާއެކު އެފަދަ ގުޅުމެއް ނުހިންގާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެއް ނޫންތޯ؟ އަޅުގަނޑު ސާފު ބަހުން ކައިވެންޏާއި އިންކާރުކުރިން. އެހެންވެ އޭނަ އަޅުގަނޑަށް ހަމަލާ ދިނީ.” އަޔާޒް ވާހަކަދައްކާ ނުނިމެނީސް ރިޔާޝާ ހަޅޭއްލަވައިގަނެފައި ކޮށިތެރެއިން ނުކުމެގެން ގޮސް އަޔާޒްގެ ގަމީހުގައި ހިފާ ތަޅުވައިގަތެވެ. “އަހަރެން ކަލޭ ދިރިހުއްޓާ ދޫކޮށެއް ނުލާނަން.” ރިޔާޝާ އަޔާޒްގެ ގައިގައި ތަޅައިގަތްތަނާ އަންހެން ދެ އޮފިސަރަކު އައިސް ރިޔާޝާ އަޔާޒާއި ދުރުކުރުވިއެވެ. އަދި ވަކީލުގެ އެދުމުގެ މަތިން، އެގެއަށް ދިޔަ ޕޮލިސް އޮފިސަރުންވެސް އެމީހުންނަށް ފެނުނު މަންޒަރު ކިޔައިދިނެވެ.

“އަޔާޒްގެ ވާހަކައިންނާއި ފެނިފައިހުރި ހެކިތަކަށް ބަލާފައި މިހާރު އަޅުގަނޑުމެންނަށް މިވަނީ ނަތީޖާއަކާ ހަމައަށް އާދެވިފައި. ހެކިތަކާއި އަޔާޒްގެ ވާހަކައާއި ދެކޮޅަށް ރިޔާޝާއަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާތީ ރިޔާޝާ އަޔާޒަށް ހަމަލާ ދިނީ ކަމުގައި ނިންމާ ތިން އަހަރަށް ރިޔާޝާ ޖަލަށް ލުމަށް ހުކުމް ކުރަން.” ޣާޒީ ހުކުމް އަޑު އިއްވުމުން ރިޔާޝާއަށް ރޮއިގަނެވުނެވެ. ނޫން ޣާޒީ. ތިހެން ނުހަދާ. އަޅުގަނޑު އެއްވެސް ކުށެއް ނުކުރަން. ދެފައިގައި ހިފާ އާދޭސްކުރަން. އަޅުގަނޑުގެ މައުސޫމު ދަރިފުޅަށްޓަކައިވެސް ތިހެން ނުހަދާ. އަޅުގަނޑު ކުށެއް ނުކުރަން.” ރިޔާޝާ ރޮއިރޮއި އިންދާ ދެއަންހެން ފުލުހުން ވެގެން އޭނާ ނެގިއެވެ. އަދި އޭނާގެ އަތުގައި ބިޑި އަޅުވައިގެން ގެންދަން ފެށިއެވެ. އޭނާ ގޮވައިގެން ޕޮލިހުން ނުކުތްއިރު ދޮރު ކައިރީގައި ފިޔާޒާ އުރައިގެން ހުރި ރަތީބާ ފެނިފައި ރިޔާޝާއަށް އިތުރަށް ރޮވުނީއެވެ. އޭނާއަށް ރިޔާޝާދެކެ ރުޅި އާދެވުނީ އަޔާޒަށް ހަމަލާ ދިނީތީއެވެ.

ރިޔާޝާ ގޮވައިގެން އެ ދެއަންހެން ޕޮލިހުން ތަންކޮޅަކަށް ދިޔަތަނާ ފިޔާޒާގެ އަޑު އިވިފައި ރިޔާޝާގެ ދެފައިގައި ހީވީ ބިމުގައި ތަތްލިހެންނެވެ. ފިޔާޒާ ދުވެފައި އައިސް ރިޔާޝާ ގާތުގައި ނުދިއުމަށް ބުންޏެވެ. ރިޔާޝާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ކިތަންމެ ބޭނުންވި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އޭނާގެ ހިތުގައިވި ހުރިހާ ޝަކުވާއެއް ބޭރުވީ ކަރުނައިގެ ސިފައިގައެވެ. “މަންމީ! ނުދޭ!” ފިޔާޒާ ރިޔާޝާގެ ފައިގައި ބެއްދިއެވެ. ރިޔާޝާ ހުރީ ކުރިއަށް ދާން ނުކެރިފައެވެ. “ހިނގާ.” ޕޮލިސް އޮފިސަރ އޭނާގެ އަތުގައި ހިފާ ދަމާފައި ގެންދަން ފެށުމުން ފިޔާޒާ ވެއްޓުނީއެވެ. ރިޔާޝާއާއި އެއްވަރަށް ފިޔާޒާ ފަހަރުން ދެމެމުން އައީ ރިޔާޝާގެ ފައިގައި ހިފަހައްޓައިގެން އޮތުމުންނެވެ. ރިޔާޝާގެ ހިތަށް ތަދުވި ނަމަވެސް އޭނާއަކަށް ދެއްކޭނެ ބާރެއް ނެތެވެ. ވަކި ހިސާބަކުން ރަތީބާ އައިސް ގަދަކަމުން ފިޔާޒާގެ އަތް ރިޔާޝާގެ ފައިން ނައްޓުވާލާފައި އުރާލިއިރުވެސް ފިޔާޒާ ރިޔާޝާއަށް ގޮވަމުން ދިޔައެވެ. ރިޔާޝާ ގެންގޮސް ޕޮލިސް ޖިޕަށް އެރުވުމުން ރަތީބާވެސް ފިޔާޒާ ގޮވައިގެން ގެއަށް ދިޔައީއެވެ.

**********

ޕޮލިސް ޖިޕް މަޑުކޮށްލީ ބޮޑު ރަށެއް ވަރުވާ ތަނަކަށެވެ. ޖިޕުން ފޭބުމާއެކު ރިޔާޝާ ގޮވައިގެން ޕޮލިސް އޮފިސަރ ގޮސް ވަނީ ޖަލު ބަލަހައްޓާ މީހާގެ ކެބިންއަށެވެ. އޭރު އެތާގައި އަންހެނަކު ސިނގިރޭޓެއް ޖަހާލައިގެން ބޮޑު ގޮނޑީގައި ވެޑުވިފައި އިނެވެ. ރިޔާޝާ އިސްޖަހާލައިގެން ހުރީއެވެ. ރިޔާޝާ ގާތުގައި މަޑުން ހުރުމަށް ބުނެފައި އޭނާގެ ފައިލު ހިފައިގެން ގޮސް ޖަލު ބަލަހައްޓާ މީހާގެ އަތަށް ދީފައި ޕޮލިސް އޮފިސަރ އެނބުރި ދިޔައީއެވެ. ފައިލަށް ބަލާލާފައި އެއަންހެންމީހާ ވަރަށް ފުންކޮށް ރިޔާޝާގެ ފައިން ފެށިގެން ބޮލަށް ބަލާލިއެވެ. އަދި އެތެރެއަށް ދަމާލި ސިނގިރޭޓުގެ ދުންތައް ބޭރަށް ދޫކޮށްލަމުން ތެދުވެ ރިޔާޝާއާއި ދިމާއަށް ހިނގައިގަތެވެ. “ބަލާ ބެލުމަށް ވަރަށް މައުސޫމު ވައްތަރު ޖަހާ. އެކަމަކު މިއުޅޭ އެންމެ ނުލަފާ މީހުންނަށްވުރެވެސް ނުބައި. އިއްދައިގައި އިނދެ ހިލޭ ފިރިހެނުންނާ ގުޅުން ބާއްވަނީ.” ޖަލު ބަލަހައްޓާ މީހާ އެހެން ބުނެލުމުން ރިޔާޝާއަށް ބަލާލެވުނީ ރުޅި އައިސްގެންނެވެ. “ފާޑަކަށް ބަލަހައްޓައިގެން އެބަހުއްޓެއްނު. ކަލޭގެ ތި ބެލުން ތިރިކޮށްލަންވީތަ؟” އެއަންހެންމީހާ އެހެން ބުނުމަށްފަހު އޭނާ ބޯން ހުރި ސިނގިރޭޓު ބުރި ރިޔާޝާގެ އަތުގައި ޖެއްސުމާއެކު ރިޔާޝާ ހަޅޭއްލަވައިގަތެވެ.

އެއާއެކު ރިޔާޝާގެ މޫނުގައި ބޮނޑިއެއް އަޅާފައި ހަޅޭއްނުލެވުމަށް އެއަންހެންމީހާ ބުނެލިއެވެ. “ބުނަން. މި ޖަލުގެ ތެރޭގައި އަހަރެންގެ ކައިރީގައި އެކަކަށްވެސް ގަދަކަމެއް ނުދެއްކޭނެ އިނގޭ. އަހަރެން ބުނާ ކޮންމެ ކަމެއްވެސް ޖެހޭނީ ކުރަން.” ރިޔާޝާގެ އިސްތަށިގަނޑުގައި ހިފާ އެހެން ބުނެފައި ރިޔާޝާ ކޮއްޕާލިއެވެ. ރިޔާޝާއަށް މޭޒުގައި ހިފެހެއްޓުނުކަމުން ނުވެއްޓި ސަލާމަތްވިއެވެ. އެއަންހެންމީހާ އަނެއްކާވެސް އައިސް ރިޔާޝާގެ އިސްތަށިގަނޑުގައި ހިފާފައި އޭނާ ގެންގުޅޭ ދަނޑިބުރި ނެގިއެވެ. “ގަދަކަން ދައްކަން މަސައްކަތް ކޮށްފިއްޔާ ވަރަށް ވޭން އަޅާނެ.” ދަނޑިބުރި ރިޔާޝާގެ ކޯތާފަތުގައި ޖައްސާލިއެވެ. “ތިހެދުން ބާލާ.” އެއަންހެންމީހާ އެހެން ބުނެލުމާއެކު ރިޔާޝާއަށް ބޭއިޚްތިޔާރުގައި ބޯހޫރާލެވުނެވެ. “ނުބާލާނަންތަ؟ ކަލޭގެ ލޯބިވެރިޔާއަށް ހުރިހާ އެއްޗެއް ދެއްކިއިރަކު ލަދެއް ނުގަނެއެއްނު.” އެހެން ބުނެފައި ދަނޑިބުރިން ރިޔާޝާގެ ކޮނޑުމަތީގައި ބޮނޑިއެއް އެޅިއެވެ. އަދި ރިޔާޝާގެ ހެދުމުގެ ކޮނޑުމަތީގައި ހިފާ ޖެހި ލަތްކަކާއެކު ހެދުން ވީދާލިއެވެ. ދެން އޭނާ އެއްލީ ހުދުކުލައިގެ ދޯޕައްޓާ ހެދުމެކެވެ. އެއީ ޖަލުގައި ތިބޭ ކުށްވެރިންގެ ހެދުމެވެ.

ޖަލު ބަލަހައްޓާ މީހާ އަންގާލުމާއެކު އެ ކެބިންއަށް ވަދެގެން އައީ ޖަލުގައި ތިބީ ސާރީއެއް އަޅައިގެން ހުރި އަންހެނެކެވެ. އޭނާ ރިޔާޝާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ބޮޑު ގޯތި ތެރެއިން ލާފައި ދިޔައިރު ރިޔާޝާ ހައިރާންވެގެން ކޮޅުކޮޅަށް ލޯ ހިންގަމުން ދިޔައެވެ. ބޮޑެތި ފާރުތަކުގެ ކުލަ ކަޅުކުލައަށް ބަދަލުވެފައި ހުއްޓެވެ. ނަމަވެސް ގޯތިތެރޭގައި ހުރި ބޮޑެތި ގަސްތަކުން އެންމެ ފަތެއް ބިންމައްޗަށް ވެއްޓިފައެއް ނެތެވެ. ސާރީ އަޅައިގެން ހުރި އަންހެންމީހާ ރިޔާޝާ ގޮވައިގެ ގޮސް ގޭޓެއްގެ ދޮރު ހުޅުވާލިއިރު ކުރިއަށް ދާންއޮތީ އަނދިރިކޮށް އޮތް ހިމަ މަގެކެވެ. ގޭޓް ހުޅުވާލުމާއެކު ރިޔާޝާއާއި ހަވާލުވާން އަނެއްކާވެސް ސާރީއެއް އަޅައިގެން ހުރި އަންހެނަކު އައެވެ. އެމީހާ ރިޔާޝާ ގޮވައިގެން އެއަނދިރި މަގުން ދާތާ ފަސްވަރަކަށް މިނެޓް ފަހުން ޖަލުގެ ގޮޅިތައް ފެންނަން ފެށިއެވެ. އޭރު މީހުންތައް ތޭރިތައް ކައިރިއަށް އައިސް ބަލަން ތިބި ގޮތުން ހީވަނީ އޭނާއަށް މަރުޙަބާ ކިޔަން އައިހެންނެވެ. އެމީހާ ގޮސް ގޮޅިއެއްގެ ދޮރު ހުޅުވަން ފެށުމުން ރިޔާޝާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ހައިރާންވެފައި ބަލަން ހުއްޓާ ކުއްލިއަކަށް އެމީހާ ރިޔާޝާގެ އަތުގައި ހިފާ ގޮޅީގެ ތެރެއަށް ކޮއްޕާލާފައި ދޮރުގައި ތަޅު އަޅުވާފައި ގޮސްފިއެވެ. އެމީހާ ދިޔުމުން ރިޔާޝާއަށް ދޮރުގައި ލެނގިލެވުމާއެކު އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ.

އޭރު އެގޮޅީގައި އިތުރު ދެ އަންހެނަކު ތިއްބެވެ. އެތަނުން އެއް އަންހެނަކު އައިސް ރިޔާޝާގެ ކޮނޑުގައި ހިފަހައްޓާލާފައި ވާހަކަދައްކަން ފެށީ ވަރަށް އޯގާތެރިކޮށެވެ. “ނުރޮއި. ހިތްވަރުކުރޭ! އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރި އެއްވެސް މީހަކު މިޖަލުގެ ތެރޭގައެއް ނޫޅޭ. އެހެންވީމަ ތިކަރުނަތަކަކީ ބޭކާރު އެއްޗެއް.” އެއަންހެންމީހާ ރިޔާޝާގެ އަތުގައި ހިފައިގެން ގެނެސް ތިރީގައި ބޭންދިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު ބޮލުގައި ފިރުމާލާފައި އަހާލިއެވެ. “ތީ ކޮން ކުށެއްގެ ސަޒާއެއް؟” “ތުހުމަތެއް. އަހަރެން ކުރި ކަމެއް ނޫން އެއީ.” ރިޔާޝާއަށް އަނެއްކާވެސް ރޮވުނެވެ. “އަހަރެންގެ ނަމަކީ ނިޝާ. އަހަރެން އެބަ އަންނަން.” ނިޝާ ތަޢާރަފުވެލިއެވެ. އަދި ގޮސް އެނބުރި އައީ ފެންތައްޓެއް ހިފައިގެންނެވެ. “މީ އަހަރެމެންގެ ތަޤުދީރު. އަހަރެންގެ ފިރިމީހާގެ މަންމަ އަހަރެންނާ ނުޤަބޫލުވީ. އޭނަ އަހަރެންނާ ކައިވެނިކުރީތީ އެމައިދައިތަ އަހަރެންގެ ފިރިމީހާ މަރާލީ. އަދި އެކަން އެޅުވީ އަހަރެންގެ ބޮލުގައި. އަހަރެންނަށް މިލިބެނީ އެކަމުގެ ސަޒާ.” ފެންތަށި ދިއްކޮށްލަމުން ނިޝާ ކުރުގޮތަކަށް އޭނާ އެތަނަށް އަންނަން ޖެހުނު ގޮތް ކިޔައިދިނެވެ. “ކޮން ނަމެއް ކިޔަނީ؟” “ރިޔާޝާ.” ރިޔާޝާ އޭނާގެ ނަން ބުނެދިނެވެ.

“އަހަރެމެން ނިކަމެތިންނަށް ވީކަން އެއީ އަހަރެމެންގެ ބަދުނަސީބު.” ނިޝާ ބުނެލިއެވެ. “މީ އަމިއްލަ އެދުމުން ފޯވެފައިހުރި ނުލަފާ އިންސާނެއްގެ އަނިޔާވެރިކަން. އޭނަ އަހަރެންގެ ލޮލު ކުރިމަތީ އަހަރެންގެ ފިރިމީހާ… އޭނަގެ ބޭބެ މަރާލީ. އަދި ޝަރީއަތުގެ ކުރިމަތީ އަހަރެން ބަދުނާމުކޮށްލީ އެއްވެސް އަސްލެއްނެތް ވިޔާނުދާ ހުތުރު ވާހަކަތަކަކުން. އަހަރެން އެކަމާ ފާޅުގައި ދެކޮޅު ހެދިން. އެކަމަކު އެމީހުން އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑެއް ނޭހި. އެމީހުން އަހަރެންނާ އަހަރެންގެ ދަރިފުޅު ވަކިކޮށްލީ އެއްވެސް ރަހުމެއްނެތި. އަހަރެންގެ ހިތަށްއަރާ މީގަ އަހަރެންގެ ކުށަކީ ބޮބައިބާއޭ. އެދަރިފުޅުގެ ކުށަކީ ކޮބައިބާއޭ.” ރިޔާޝާ ރޮމުން ވާހަކަދެއްކިއެވެ. “ކޮންތާކު އެދަރިފުޅު ހުންނަނީ؟” ނިޝާ އަހާލިއެވެ. “އަހަރެންގެ މައިދައިތަ ކައިރީ.” ރިޔާޝާ ބުނެލިއެވެ.

**********

“ދަރިފުޅާ ފިޔާ! ދެން މި ބުއްތަށި ބޯލާ އަވަހަށް.” ރަތީބާ އުޅުނީ ފިޔާޒާ ކިރުތަށި ނުބޮއިގެންނެވެ. “ނޫން މާމާ. ފިޔާއްކޮ ނުބޯނަން. ފިޔާއްކޮ ބުއްތަށި ބޯނީ މަންމި އަތުން. މާމާ! މަންމި ގެނޭ.” ފިޔާޒާ ބުއްތަށި ނުބޯންވެގެން ގަދަ ހަދަމުން ދިޔައެވެ. “ދަރިފުޅާ! ދަރިފުޅު ތިހެން އުޅެނިކޮށް ބަލިވެދާނެ. އޭރުން މަންމި ކިހާ ދެރަވާނެ. މަންމި ވަރަށް އަވަހަށް އަންނާނެޔޭ. ދެން އަވަހަށް މި ބޯލާ.” އެތައް ވާހަކައެއް ދެއްކުމުން ފިޔާޒާ ކިރުތަށި ބޯލިއެވެ. “މީ ހާދަ ބަސްއަހާ ކުއްޖެކޭ.” ފިޔާޒާގެ ތުން ދޮއްވާލަމުން ރަތީބާ ބުނެލިއެވެ. އަދި ފިޔާޒާ ގޮވައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ ފިޔާޒާ ނިންދަވާށެވެ. ރަތީބާ ފިޔާޒާ ނިންދަވާފައި ނުކުތީ އަޔާޒް ގެއަށް ނާންނާތީއެވެ. އޭނާ ބޭރަށް ނުކުމެ ސިޓިންގރޫމްގައި އިންނަތާ އެތައް އިރެއް ވީފަހުން އަޔާޒް އައިސް ގެއަށް ވަނެވެ. “އަޔާޒް! މަންމަ ބޭނުން ދަރިފުޅާ ވާހަކައެއް ދައްކާލަން.” ރަތީބާ އެހެން ބުނެލުމުން އަޔާޒް މަޑުކުރިއެވެ. “ދަރިފުޅަށް ހީވޭތަ ކަންތައް ތިކުރެވުނީ ރަނގަޅަށްހެން. ފިޔާޒާއާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލިނަމަ.” “މަންމަ އަބަދުވެސް ވިސްނަންވަނީ ފަޔާޒްގެ މީހުންނާ ދޭތެރޭތަ؟ އަހަރެން މީ އެއްވެސް މީހެއް ނޫންދޯ؟ އެންމެ ފުރަތަމަވެސް ރިޔާޝާ އަހަރެން ބުނި ގޮތް ހެދިނަމަ ނުވީސް ދޯ މިހެންނެއް؟” އަޔާޒް ބުނެލިއެވެ. “ކީކޭ؟ ރިޔާޝާ ކޮންގޮތެއް ހެދީތަ؟” އަޔާޒަށް މިބުނެވުނީ ބުނަން ނުވާވަރުގެ އެއްޗެއްކަން ވިސްނުނީ ރަތީބާގެ އަޑު އިވިފައެވެ.

(ނުނިމޭ)

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ވާލޯބި އެނގޭނަމަ… 20

Next

ޢަޞްރު (ހަތްވަނަ ބައި)

Next
November 25, 2016

ޢަޞްރު (ހަތްވަނަ ބައި)

Previews
November 25, 2016

ވާލޯބި އެނގޭނަމަ… 20

76 Comments

  1. Rosy says:
    November 25, 2016 at 5:33 pm

    Vvvvv hadi thihan hadima..
    foohi vaja kiyan.vas..

    1. Saandy says:
      November 25, 2016 at 6:37 pm

      އޯހ ސޮރީ… އެކަމު ޝުކުރިއްޔާ މިބައި ކިޔާލީތީ… އުންމީދުކުރަން ވާހަކަ ނިމެންދެން ކިޔާލާނެ ކަމަށް

  2. mixoo says:
    November 25, 2016 at 5:33 pm

    Not bad saandy..
    im waiting for the next part

    1. Saandy says:
      November 25, 2016 at 6:38 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 30ވަނަ ބައި ގެނެސްދޭނަން

  3. ...... says:
    November 25, 2016 at 5:42 pm

    Haadha dhera gothekey dw riyaashaa ah evy…bt story v v v reethi…nxt part ah eba inthixaaru kureveyy

    1. Saandy says:
      November 25, 2016 at 6:39 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 30ވަނަ ބައި ގެނެސްދޭނަން

  4. sweety says:
    November 25, 2016 at 5:44 pm

    foohi mihaaru….

    1. Saandy says:
      November 25, 2016 at 6:39 pm

      ޝުކުރިއްޔާ ވާހަކަ ކިޔާލީތީ

  5. Saani says:
    November 25, 2016 at 5:48 pm

    V salhi vaahaka. Mahsalaaky riyaashaa jalah lyma

    1. Saandy says:
      November 26, 2016 at 3:32 pm

      ޝުކުރިއްޔާ! 3 އަހަރަކަށްނު ޖަލަށް ލީ… އެތަނުން އަދި ސަލާމަތްވާނެ ކަމަށް ބަލަމާ… ވަރަށް އުފާވެއްޖެ ސާނިއަށް ވާޙަކަ ކަމުދިޔައިމަ

  6. Rifa says:
    November 25, 2016 at 5:51 pm

    Midhen alhe vaahakaeh tha..heevanee hindhee filmeh ge scene eh hen..

    1. Saandy says:
      November 25, 2016 at 6:40 pm

      ޝުކުރިއްޔާ ވާހަކަ ކިޔާލީތީ… ފިލްމު ހަދަނީވެސް ވާހަކަ ލިޔެފައެއް ނޫންތަ؟

  7. Maree says:
    November 25, 2016 at 6:11 pm

    Reethi hama next part konirakuntha

    1. Saandy says:
      November 25, 2016 at 6:42 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 30ވަނަ ބައި ގެނެސްދޭނަން

  8. Dhondhooni. says:
    November 25, 2016 at 6:55 pm

    Cheedhi v v hadhi…mihaaru miveegothun mivaahaka kiyanves v v foohi..varah hadhi..

    1. hadi says:
      November 26, 2016 at 1:23 pm

      dhw.. assu ves hama

    2. Saandy says:
      November 26, 2016 at 3:09 pm

      ޝުކުރިއްޔާ މިބައި ކިޔާލީތީ

    3. Saandy says:
      November 26, 2016 at 3:09 pm

      އުންމީދުކުރަން ވާހަކަ ނިމެންދެން ކިޔާލާނެ ކަމަށް

  9. Naadhee says:
    November 25, 2016 at 7:07 pm

    Mihaaru haadha dhera vaahen mivanee.dhen kome parteh ves genes dhenee kurin part ge bai v bodah laafa.but vaahaka reethi

    1. Saandy says:
      November 26, 2016 at 3:10 pm

      ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ ނާދީއަށް ވާހަކަ ކަމުދިޔައިމަ

  10. Navya says:
    November 25, 2016 at 7:24 pm

    Haadha asarugadha ? reethi mibaives

    1. Saandy says:
      November 26, 2016 at 3:11 pm

      ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ ނަވްޔާއަށް ވާހަކަ ކަމުދިޔައިމަ

  11. Kiyaa Meehaa says:
    November 25, 2016 at 9:12 pm

    V salhi… vaahakaige kuri maraanulaabala nikan… Saandy enme furathamaves bunefaehnu othy Hindi filmeh aslakah balaigeney mivaahaka liyefa miothy… hama hajam nuvegen e ulheny ehaa varah ehchihi kiyaairuves Saandy haasnuve vaahaka kuriah gendhaathy… Kiyaa Meehaa bunaany Saandy hama thigothuga kuriah dhaashey… Keep it up!! ???

    1. Saandy says:
      November 26, 2016 at 3:12 pm

      ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ ކިޔާ މީހާއަށް ވާހަކަ ކަމުދިޔައިމަ

  12. Aisha says:
    November 25, 2016 at 9:19 pm

    V reethi.. ekam Riyaashaa ah thi hadhany haadha dhera gothekey.. Amish aa kuka ah bunelan beynumee aharemennah ingeyey Saandy mivaahaka liyefa iny kon Hindi filmeh balaigenkan.. ekam falhaa aruvaeh nulan dho.. Saandy enme furathamaves buni evaahaka.. kiyan foohivanyaa nukiyun buhdhiveri ehen meehunge interest nagaanulaa

    1. Saandy says:
      November 26, 2016 at 3:14 pm

      ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ އައިޝާއަށް ވާހަކަ ކަމުދިޔައިމަ

  13. Copy says:
    November 25, 2016 at 9:30 pm

    Kobaa that mahssala akee copy eh veema hushama copy copy nukuraa meehehneiy dhen vaki Saandy kureematha mahssalayakee dhen thi haafoohivanyaa nukiyaa Saandy nubuneydho ey naage vaahaka kiyaashey

    1. Saandy says:
      November 26, 2016 at 3:15 pm

      ޝުކުރިއްޔާ ކޮޕީ

  14. Aisha says:
    November 25, 2016 at 9:35 pm

    Meege 28th part in feshigen aslu ebunaa filmakun nagaafa ineeves… eyge kury baithah ehgothehves noon… it’s not a 100% copy… I want to tell it’s inspired ey…

    1. Saandy says:
      November 26, 2016 at 3:15 pm

      ރަނގަޅު ވާހަކައެއް އައިޝާ ތިބުނީ

  15. Ami says:
    November 25, 2016 at 9:47 pm

    Varah hadi mihaaru mi story

    1. Saandy says:
      November 26, 2016 at 3:16 pm

      ޝުކުރިއްޔާ ވާހަކަ ކިޔާލީތީ

  16. Hingaa says:
    November 25, 2016 at 10:42 pm

    Thee Hindi drama ehge copies eh dhe

    1. Saandy says:
      November 26, 2016 at 3:18 pm

      ޑްރާމާއެއް ނޫން… ފިލްމެއް… 100% ކޮޕީއެއްވެސް ނޫން… 28ވަނަ ބައިން ފެށިގެން އެފިލްމުން ނަގާފަ އިންނާނީވެސް

  17. Boa Halaaku says:
    November 26, 2016 at 1:09 am

    Vaahaka v reethi. Vaahaka hadi meehun nukeema nimuny. Konhaa vaahakaeh. Saandy!! Hama thi hiyyvaruga gos Saandy raavaafa oiy gothah story ninmaalaa. Keep it up!!

    1. hadi says:
      November 26, 2016 at 11:53 am

      hadi viyya vaany hadi kamah

    2. Saandy says:
      November 26, 2016 at 3:21 pm

      ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ ބޯ ހަލާކުއަށް ވާހަކަ ކަމުދިޔައިމަ

  18. Anonymous says:
    November 26, 2016 at 1:31 pm

    ahannah heevanee mi vaahaka reethi kamun hama hajamnuvegen hen thi ulhenee kithamme hadhi as nukiyaanuhurevey dho kaaku bunee copy vaahaka kiyaashey kithamme jeyvias saandy ge azumakah badhalehnnaannaane aslu hadhi ey thibunanee saandy mivaahaka huttaalaanekamatha

    1. Saandy says:
      November 26, 2016 at 3:23 pm

      ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ އެނޮނީމަސްއަށް ވާހަކަ ކަމުދިޔައިމަ

  19. shiffy says:
    November 26, 2016 at 1:49 pm

    Dhivehin kon iraku saaree laanfeshee and dhivehi sagaafathuga onna gothe noon firmeehaa maruveema adhi hudhu ledhun lun… dhivehi vaahaka eh vehjjeyaa hindhi nukoh veehaa ves dhivehi kohliyaa rangalhu

    1. Saandy says:
      November 26, 2016 at 3:30 pm

      ޝުކުރިއްޔާ ޝިފީ! ޝިފީއަށް ތިއޮތީ ވަރަށް ބޮޑަށް އޮޅިފައެއްނު… އަލުން ކިޔާލަބަލަ… މިހާރު ރިޔާޝާމެން އެއުޅެނީ އިންޑިޔާގައި… އިންޑިޔާ ޖަލުގައި އުޅޭ އަންހެން މުއައްޒަފުން ސާރީ އަޅައިގެން އެއުޅެނީ… އިންޑިޔާގައި އުޅޭ ވަރަށް ގިނަ ދިވެހިން އެގޮތަށް އުޅޭ އެތަނުގެ ސަޤާފަތާ އެއްގޮތަށް… އެންޑް ޕްލަސް މީ ހަޤީޤީ+ޚިޔާލީ ވާހަކައެއް… މިހާރު މިދަނީ ހިންދީ ފިލްމަކުން ނަގާފައިން އިން ބައެއް

    2. Saandy says:
      November 26, 2016 at 3:34 pm

      ރިޔާޝާ އުޅެނީ ދޯޕައްޓާ ހެދުން ލައިގެން… އުންމީދުކުރަން ޝިފީއަށް މިހާރު ވާނުވާ އޮޅުންފިލައިފި ކަމަށް… އަދި ވާހަކަ ނިމެންދެން ކިޔާލާނެ ކަމަށް

  20. Herrr says:
    November 26, 2016 at 6:19 pm

    Nice ekam haadha dhera gothekea mivy.. waiting saandy mirey dho next

    1. Saandy says:
      November 26, 2016 at 8:54 pm

      ޝުކުރިއްޔާ! ސޮރީ ހަރ… މިރޭ އަޕެއް ނުކޮށްދެވޭނެ… ސާންޑީ މިރޭ ވަރަށް ބިޒީ… އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  21. Ifyy says:
    November 26, 2016 at 11:02 pm

    Kureega baithakaa evves kahala gulhumeh neh. V foohi kiyan. Kykurantha dhen copy kuranee. Saandy amilla hiyaalah reethi vaahaka eh liyebala. Humdinger style veema evves gothakah kamaku nudhey. ?

    1. Ifyy says:
      November 26, 2016 at 11:03 pm

      Hindi style*

    2. Saandy says:
      November 26, 2016 at 11:42 pm

      ޝުކުރިއްޔާ ތިޔަ ދިން ޚިޔާލަށް… އެކަމަކު ސާންޑީ ބުނެލާނީ… މީގެ ކުރީ ބައިތައް ކިޔާލާފަ އޮތްނަމަ ނުބުނާނެއޭ މީ އަމިއްލަ ޚިޔާލު ނެތް ވާހަކައެކޭ… އަދި އެންމެ ދެބައިގައި ކޮޕީވެފަ އެއިނީ… އެވެސް އަދި މީގެ ޙަޤީޤީ ހާދިސާގަވެސް އެގޮތަށް ހިނގާފަ އޮތީމަ އެހެން އެއޮތީ… އަކުރުން އަކުރަކަށް ނޫން ޑައިލޮގުތައްވެސް ހުންނާނީ… މިވާހަކަ ކަމުނުދާ ކުދިންނަށް ބުނެލަން ބޭނުންވަނީ ތިކުދިންނަށް ކަމުދާނެ ކަހަލަ ވާހަކައެއް ގެނެސްދޭން މަސައްކަތް ކުރާނަމޭ

    3. Ifyy says:
      November 27, 2016 at 12:46 pm

      Kureega baithah reechey saandy amilla ah hiyaalah liyuniima.. mihaaru copy akah vefa hindi style veema kamaku nudhey mi bunee.. reethi vaahaka eh genesdhehchey.. saandy v molhu vaahaka liyan.

    4. Saandy says:
      November 27, 2016 at 11:15 pm

      ޝުކުރިއްޔާ އިފީ

  22. raf says:
    November 26, 2016 at 11:32 pm

    kobaa tah thibunaa film akee…..saandy kantha veegoy v sakaray dhw….ayaz ge nubaaka maa hedi dhw….rag mihurii bunaane eche neygifa…den rangalhuvaanii ratheba ah ayaz hurihaa vaahaka ey kiyaa deyne kama…saandy mivaahaka nimeyiru riyaasha fada nikamethi kujaka rangalhu gothe hadaa dechey….

    1. raf says:
      November 26, 2016 at 11:37 pm

      raf mihurii binaane eche ney gifa..***

      saandy kobaa tha bad boy ;P mibaaga comment nukurey dhw…. 😀 kobaa tha 30 vana baa…

    2. raf says:
      November 26, 2016 at 11:39 pm

      saandy thibunaa film aka kiyanii ko nametha…??

    3. Saandy says:
      November 26, 2016 at 11:44 pm

      ޝުކުރިއްޔާ ރަފް! ކުރިއަށް ހުރި ބައިތައް ކިޔާލީމަ އިނގޭނެ ވާގޮތް

    4. Saandy says:
      November 26, 2016 at 11:45 pm

      ރަފް! ބޭޑް ބޯއީގެ ޚަބަރެއް ނެތް
      އިރާދަކުރެއްވިއްޔާ މާދަމާ މެންދުރު ފަހު 30ވަނަ ބައި ގެނެސްދޭނަން

    5. BaD bOy says:
      November 27, 2016 at 10:30 am

      Pis pis pis raf maalahun nehnu BB mathin hadhaanvy ?? anyways thanks..

  23. BaD bOy says:
    November 27, 2016 at 10:23 am

    Mihaaru dhaagoiy BBah varah kamudhey vvvvv reethi… saandy dhen innaany 3 aharufas dho!! Kobaa tha next part??

    1. raf says:
      November 27, 2016 at 7:43 pm

      lol bad boy…..nuney raf belin bad boy ge comment e inthoo ekam nethee ma ahaalii…

    2. raf says:
      November 27, 2016 at 7:45 pm

      saandy kobaatha next part….????ha lahey….:( 🙁 🙁

    3. raf says:
      November 27, 2016 at 7:51 pm

      saandy mihaaru menduru fasvegen higaje vaahakage den oybaa kiyan v v beynun avaha up kodeeba

    4. Saandy says:
      November 27, 2016 at 11:09 pm

      ޝުކުރިއްޔާ ބޭޑް ބޯއީ… މިއަދު ނެޓްވޯކް މައްސަލަ ދިމާވެގެން އަޕްކޮށްނުދެވުނީ… ވަރަށް ބޮޑަށް ސޮރީ… އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

    5. Saandy says:
      November 27, 2016 at 11:11 pm

      ވަރަށް ބޮޑަށް ސޮރީ މިއަދު ވާހަކަ ގެނެސްނުދެވުނީމަ… ނެޓްވޯކް މައްސަލައާހެދި އަޕްކޮށްނުދެވުނީ… އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  24. Marixx says:
    November 27, 2016 at 12:30 pm

    upload kurun lasvaathy v dheravey. vaahaka ehaa reethi v ma cant wait to read the next part.

    1. Saandy says:
      November 27, 2016 at 11:12 pm

      ޝުކުރިއްޔާ! ބައެއް ފަހަރު ކުދިކުދި މައްސަލަތައްވެސް ދިމާވާނެ… އިރާދަކުރެއްވިއްޔާ މާދަމާ 30ވަނަ ބައި އަޕްކޮށްލަދޭނަން

  25. Shiya says:
    November 27, 2016 at 3:16 pm

    Saandy next part up kurany when???

    1. Saandy says:
      November 27, 2016 at 11:13 pm

      އިރާދަކުރެއްވިއްޔާ މާދަމާ (ހޯމަ) ދުވަހު އަޕްކޮށްލަދޭނަން

  26. someone says:
    November 27, 2016 at 8:26 pm

    saandy thee male ge fahaa saandy tha…

    1. Saandy says:
      November 27, 2016 at 11:14 pm

      ނޯ

  27. raf says:
    November 27, 2016 at 8:42 pm

    saaaaandy vaahakaaaa kobaaaaaaa……..??????????????????????

    1. Saandy says:
      November 27, 2016 at 11:16 pm

      އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  28. sha says:
    November 27, 2016 at 10:03 pm

    Haadha lasveyjje vaahaka…
    VaahakA varah reethi

    1. Saandy says:
      November 27, 2016 at 11:14 pm

      ޝުކުރިއްޔާ ޝާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  29. Saandy says:
    November 27, 2016 at 11:20 pm

    ވާހަކައިގެ އިންތިޒާރުގައި ތިބި ކުދިންނަށް
    ވާހަކައިގެ އާ ބައި ގެނެސްދިނުން ލަސްވާތީ ނިހާޔަތަށް މާފަށް އެދެން… މިއަދު ގެނެސްދޭން ހަމަޖެއްސި ބައި ގެނެސްނުދެވުނީ ނެޓްވޯކް މައްސަލައަކާ ހެދި… އިރާދަކުރެއްވިއްޔާ މާދަމާ ހަވީރު 4-6 އާ ދޭތެރޭ ވާހަކަ އަޕްކޮށްލަދޭނަން… އުންމީދުކުރަން ތިހުރިހާ ކިޔުންތެރިން އިންތިޒާރު ކުރާނެ ކަމަށް

  30. raf says:
    November 28, 2016 at 1:35 pm

    mihaaru raf inthizaaruge gita kulhen fashan mijehunii dhw…..haada digu inthizaare key eii saandy……….

    1. Saandy says:
      November 28, 2016 at 6:00 pm

      ޝުކުރިއްޔާ ރަފް… މިހާރު އަޕްކޮށްލާފަ އިންނާނީ

  31. someone says:
    November 28, 2016 at 1:39 pm

    enmenge samaalukama male ge ma. dilbahaaru maguga in geye rove v boda andaa eba be careful every friends…… 🙂

  32. raf says:
    November 28, 2016 at 1:40 pm

    ann dhw someone eii raf mengey kaariey every one be careful.. 🙂 🙁

Comments are closed.

All Right Reserved!