Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (ހަތަރުވަނަ ބައި)

Shax Lyn
November 27, 2016
9 Mins Read
83 Views
10 Comments

“އުލް… ޕްލީސް ކޯލް އިކާން.. އައި ނީޑް ޓު ޓޯކް ޓު ހިމް…” ތާރާގެ ވާހަކަ ދެއްކުމުގައި އުފާވެރިކަމެއް ނެތް ކަހަލައެވެ. ވެގެން އުޅޭ ގޮތެއް އުލްފާއަކަށް ނަގައެއް ނުގަނެވުނެވެ. އުލްފާގެ ފޯނުން އިކާނަށް ގުޅާލަމުން އެފޯނު ސްޕީކަރަށް ލީ ތާރާގެ ނިޔަފަތީގައި ޖައްސާފައި ހުރި ކުލަތައް ރަނގަޅަށް ނުހިކޭތީއެވެ. ފޯނު ދެބުރަކަށް ރިންގް ވީފަހުން އިކާން ފޯނު ނަގައިފިއެވެ.

“އުލް.. ކިހިނެއްވީ ތި ގުޅީ… އައިމް ގެޓިންގް ރެޑީއޭ… ހީކުރީ ދޯ އަހަރެން ލަސްވެދާނޭ… ކޮބާތަ ތާރާ؟…” އިކާންގެ ފިރިހެންވަންތަ އަޑު ތާރާގެ ކަންފަތުގައި ޖެހުމާއެކީ އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“އިކާން… އައިމް ސޯ ނާވަސް…” ތާރާގެ އަޑުގައި ކުޑަ ތުރުތުރެއް ހުއްޓެވެ. އޭނާ ހާސްވެ ބިރުގަންނަނީއެވެ.

“ކިހިނެއްވީ؟… ދިސް އިޒް ޔޯ ޑްރީމެއްނު… އަ ބިގް ވެޑިން… ޖަސްޓް ފެމިލީ އެންޑް ފްރެންޑްސް… ނޫންތަ؟…” އިކާންގެ އަޑުގައިވަނީ ހައިރާންކަމެވެ. ތާރާއަށް އަންނަމުން ދިޔަ ބަދަލުގެ ހަގީގަތް އިކާނަކަށް ނަގައެއް ނުގަނެވުނެވެ.

“ހެއި އިކާން… ޝީޒް ގެޓިން ރެޑީ… ގާރލްސް ވީމާ ވެޑިންގް ދުވަހު ވަރަށް ނާވަސް ވާނެ… އަހަންނަށް ވެސްވީ ހަމަ އެހެން… ޑޯންޓް ވޮރީ… ޓައިމަށް އަހަރެމެެން ރެޑީވެގެން ނުކުންނާނަން…” އުލްފާ އެ ފޯނަށް ވާހަކަ ދައްކާ ނިންމާލުމަށްފަހު ފޯނު ކަނޑާލަމުން ތާރާއާ ދިމާއަށް ބަލާލިއެވެ. ތާރާގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލައެއް ފެންނަން ނެތުމުން ކަމެއް ގޯސްވެއްޖެކަން އުލްފާއަށް ނަގައިގަނެވުނެވެ. ކަމެއް ނުވެ ތާރާ އެހެން ނީންނާނެކަން އެނގުމުން ކަމުގެ ހަގީގަތް އޮޅުންފިލުވަން އުލްފާ ބޭނުންވިއެވެ.

“ތާރާ.. ކިހިނެއްތަ ވީ؟… ދެން ވެޑިންގަށް އޮތީ ބާކީ ތިން ގަޑިއިރު… ވަޓް އާ ޔޫ ރިއަަލީ ތިންކިންގް.. ތިގޮތަށް ވާހަކަ ދެއްކީމަ އިކާން ހީކޮށްފާނެ އެހެންގޮތަކަށް… ބުނެބަލަ ތި ވެގެން އުޅޭ ގޮތެއް؟… އަދިވެސް އެއްކަލަ ކަންތަކާތަ ތި ވިސްނަނީ… ދެޓް އެކްސް އޯ ބިޗް…”

އުލްފާގެ އަނގައިން ނުކުތް ބަސްތަކުން ތާރާގެ މޫނު ރަތްވެގެން ދިޔަތަން އުލްފާއަށް ފެނުނެވެ. “ޔާ.. ދެޓް އެކްސްއޯ އަކީ ކާކުތޯ ބަލަން އަހަރެން ވަރަށް މަސައްކަތް ކޮށްފިން… އޭނަގެ ނަންބަރގެ އެއްވެސް ތަފްސީލެއް ނުހޯދުނު… ނޭނގެ، އަހަރެން ބިރުގަންނަނީ… ހިތަށް އަރަނީ މި މެރިއޭޖް ވާރކް ކުރާނެހޭ… ތާރާއަށް މިހެން ޝައްކު ކުރެވެންޏާ މިކައިވެނި ސްމޫތުކޮށް ދާނެތަ؟… އައި ޑޯންޓް ނޯ އައިމް ރިއަލީ ނާވަސް އެންޑް ސްކެއަރޑް.. ސްކެއަރޑް އޮފް ލޫސިންގް ހިމް…” ނުރޮއެ ވޭތޯ މަސައްކަތް ކުރަމުން ލޮލުގެ އެސްފިޔަތައް ހަލުވިކަމާއެކު ތާރާ ތަޅުވާލިއެވެ.

ތާރާއަށް ކުރަމުން ދިޔަ އިހްސާސްތައް ދެނެގަންނަން އުލްފާއަށް ނޭނގުނު ނަމަވެސް މިވަގުތު ތާރާ ހަމައަކަށް އަޅުވަން އޭނާއަށް ޖެހެއެވެ. ޖެނިފާ ކުރި މޭކަޕް ހަރާބު ވެދާނެތީއެވެ.

“އޯގޯޑް… ނެގެޓިވްކޮށް ނުވިސްނަބަލަ ތާރާ… މެރިއޭޖްގެ ވާހަކަ ދެއްކީމަ އިކާން އެހާ ފަސޭހައިން އެއްބަސް ވުމުންވެސް އެބަ އިނގޭ ދޯ ތާރާއާ އޭނަ މެރީކުރަން ބޭނުންވެފަ ހުރިކަން.. ބަލަ އެއީ މަޝްހޫރު މީހެއް… ކިހާ ކުދިންނެއް އިކާނާ ހެދި އުޅެނީ… އެ ވެދާނެދޯ އިކާންއާ ހެދި އުޅޭ ފޭނަކަށްވެސް… އެނަންބަރު ފާހަގަ ކުރަން އެކްސްއޯ އިކާން ޖެހީ ކަމަށްވެސް… ތާރާ ކައިރީ އަހަރެން ބުނިން ނިކަން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާށޭވެސް…”

ކޮޓަރި ވަށާ ހިނގަމުން އުލްފާ ވާހަކަ ދައްކަމުން އައިސް ހުއްޓުނީ ތާރާގެ ފަހަތުގައެވެ. ކުރިމަތީ ހުރި ލޯގަނޑުން އުލްފާއަށް ތާރާގެ މިލާފައިވާ މޫނު ރީއްޗަށް ފެނެއެވެ.

“އައިނޯ އޭނައަކީ ފޭމަސް މީހެއްކަން.. އެކަމަކު ނޭނގެ ކީއްވެކަމެއް އަހަރެންގެ ހިތް ބިރުގަންނަނީ… އިކާން އަހަރެން ދުކޮށްލައިފިއްޔާ ޔޯ.. އަހަރެން މޮޔަވެދާނެ…” މޭގައި އަތް ޖައްސާލަމުން ތާރާ އެހެން ބުނިއިރު އަރުތެރޭގައި އޭނާގެ އަޑު ފިތުނު ކަހަލައެވެ. ހިންދިރުވާލަމުން ލޯގަނޑުން އުލްފާއާ ދިމާއަށް ތާރާ ބަލާލިއެވެ.

“އިކާންއަކީ މަޝްހޫރު މީހަކަށް ވީއިރު އޭނަ ބޭނުން ކޮންމެމީހެއް ހަމަ ލިބޭނެ.. އޭނަ އެހާ ސްމާޓްވެފަ ރީތި… ބަޓް ހީ އިޒް ޗޫސިންގް ޔޫ… މުޅި ވެޑިންގް އެކީ ޕްލޭންކުރަން އެދިނީ ތާރާގެ އަތް މައްޗަށް… ވެޑިންގް ޑޭޓް.. ވެނިއު.. ތީމް.. ކާޑް… އީވަން ހަނީމޫންވެސް… ސޯ އޭގެންވެސް އެނގެނީ އިކާން ލޯބިވާވަރެއް ނޫންތަ… ދެން އެކަމާ އެހާ ނުވިސްނާ… އެންޑް ޕްލީސް ނުރޯތި… ޔޫލް ރުއިން ދަ މޭކަޕް…” އުލްފާ ދައްކަމުން ދިޔަ ވާހަކަ ނިންމާލި އިރު އެތަނަށް ޖެނިފާ ވަނެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަމުން ޖެނިފާ އާ ދިމާއަށް ބަލާލީ ތާރާ ކައިވެނީގެ ހެދުން ލާން ހިނގާށޭ އޭނާ ބުނެލުމުންނެވެ. ޖެނިފާ އެގޮތަށް ބުނީ އިސްތަށިގަނޑު ހެދުމުގެ ކުރިން ހެދުން ލައިފިއްޔާ ފަސޭހަ ވާނެތީއެވެ.

އެކޮޓަރީގައިވާ ޑަބަލް ބެޑް މަތީ ފަތުރާލައިފައިވާ ކައިވެނީގެ ހެދުން ނަގަމުން ތާރާ ކައިރިއަށް އުލްފާ އައިސް ހުއްޓުނެވެ. “އަހަރެންގެ ވެޑިންގް ގަ އަހަރެން ބޭނުންވި ގޮތަށް އެއްވެސް ކަމެއް ވިތަ؟… އަހަރެން ހާދަ ރުޅިއެއް އަޔޭ… ބަޓް ލުކްއެޓް ޔޫ.. ޔޫ ހޭވް ޕްލޭންޑް ޔޯ އޯން ވެޑިންގް.. އަސްލު އިކާން ލަވްސް ޔޫ އަލޮޓް…”

ހެދުން ލައި ނުމުމުން ތާރާއާ ދިމާއަށް އުލްފާ ރަނގަޅަށް ބަލާލިއެވެ. ހިނިތުންވަމުން ވަރަށް ރީއްޗޭ ބުނެލުމަށްފަހު އުލްފާ އަތުގައި އޮވެ ވައިބްރޭޓްވަމުން ދިޔަ ފޯނު ނަގާ “ވަން މިނެޓްއޭ” ބުނެ އެކޯލަށް އޭނާ ޖަވާބު ދިނެވެ.

ވެޑިން ޑްރެސްއާ އެކީ ތާރާ ގޮނޑީގައި އިށީނދެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ސިކުނޑީގައި ފުނި ޖެހެމުން ދިޔަ ހިޔާލުތަކާ ދުރަށްދާން އޭނާ މަސައްކަތް ކުރިއެވެ.

“ތާރާ.. އަހަރެން ވަރަށް އަވަހަށް އެބައަންނަން… ސެންޓަރ ޕީސްތައް އައިސްގެން އެގުޅީ… ޖެނިފާ… މޭކް ހާރ ހެއަރ އޭޒް ވީ ހޭވް ޑިސްކަސްޑް… ވަރަށް އަވަހަށް މިއަންނަނީ… އިނގޭ…” އުލްފާ އެ ކޮޓަރިން ނުކުތުމުން ތާރާ ބަލާލީ ކުރިމަތިން ފެންނަން ހުރި ލޯގަނޑަށެވެ. ގަދަކަމުން ހިނިތުންވާން އޭނާ މަސައްކަތް ކުރިއެވެ. “ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!…”

*** *** *** *** *** ***

އިކާން ހުރީ އޭނާގެ ގޭގައެވެ. ކައިވެންޏަށް ތައްޔާރުވާން މާ ބޮޑު މަސައްކަތެއް އޭނާ ނުކުރެއެވެ. އިކާންގެ ބައްޕަމެންގެ އެދުމަށް ގެއަށް ގެނައި މޭކަޕް ކުރާ މީހާ އިކާންގެ އިސްތަށިގަނޑު ހަދާލުމަށްފަހު އޭނާ ދިޔައީ އެގޭ އެހެންކުދިންގެ މޭކަޕް ކޮށްދިނުމަށެވެ. ބެލްކަންޏަށް ނުކުމެ ބޭރު ބަލަން ހުރި އިކާނަށް ފެންނަމުން ދިޔައީ މާލެ ސިޓީގެ ހަލަބޮލި މަގުތަކެވެ. ދުއްވާ އެއްޗެތިން މަގުތައް ފުރި ބާރުބޮޑުވެފައިވާ ތަނެވެ. އިރުއޮއްސެމުން ދިޔަވަގުތު ކަމުން އުޑުމަތިން ފާޅުވަމުން ދިޔަ އޮރެންޖް އަލިކަމަށް އޭނާގެ ނަޒަރު ހުއްޓުނެވެ.

ހިނދުކޮޅަކު އެހެން ހުރުމަށްފަހު އިކާންގެ ފޯނަށް ބަލާލީ އޭނާއަށް މީހަކު މެސެޖެއް ކޮށްފައިވޭތޯ ޔަގީންކޮށްލާށެވެ. އިކާން އިންތިޒާރު ކުރަމުން ދިޔައީ އޭނާއަށް މީހަކު ގުޅާތޯއެވެ.

“ދެން އޭނަ ގުޅާއިފިއްޔާ ތި ކައިވެނި ނުކުރާނަމޭތަ ތި ހިތަށް އަރަނީ؟… އޭރުން ތާރާ ފަކީރަށް ވާނެ ގޮތް ވިސްނާލަބަލަ!… ދެހިޔާލެއްގައި ހުރި އިރު ތާރާ ކައިވެނި ކުރަން ހިނގާށޭ ބުނީމަ އާނއެކޭ ބުނީ ކީއްވެ؟… އިކާން ދެކެ ތާރާ ވަނީ ތެދުވެރި ލޯބި… އިކާން އެވަރުންވެސް ތިއުޅެނީ ކިހިނެއް؟… އިކާން ތި ލޯބިވާ މީހާ ބޭނުމީ އިކާނެއް ނޫން… އެކަން އިކާނަށް ގަބޫލު ނުކުރެވެނީ ކީއްވެ؟…” އިކާންގެ ސިކުނޑީގައި އެނބުރެމުންދިޔަ މޮޔަ ހިޔާލްތަކަށް ވިސްނައިދޭން އޭނާގެ ޒަމީރު މަސައްކަތް ކުރަމުން ދިޔައެވެ.

އިކާންގެ ހިތް އެދެނީ އެހެން ގޮތެކެވެ. ނަމަވެސް އިކާންގެ ސިކުނޑި ބުނަނީ މުޅިން އެހެން ވާހަކައެކެވެ. ބެލްކަނީގައި ހުރެ ކޮޓަރިއާ ދިމާއަށް އިކާން އެނބުރިލިއެވެ. ބެލްކަނީގައިވާ ކުޑަ ފާރު ބުރީގައި ލެނގިލައިގެން ހުރި އިރު އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން ހުރި ކޮޓަރީގައިވާ ކިންގް ސައިޒްގެ އެނދަށެވެ. އޭނާގެ ހަނދާނަށް އައީ މީގެ ދިހަ ދުވަސް ކުރީގެ ރެއެކެވެ.

*** *** *** *** *** ***

އެ އަންހެން ކުއްޖާގެ ފަހަތުން އިކާން ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައިވާ ފަނޑު އަލިކަމުގެ ތެރޭގައި އެ އަންހެން ކުއްޖާ ފެންނަލެއް ވަރަށް ރީއްޗެވެ. އިކާންގެ ހިތް އެދެމުން ދިޔައީ އޭނާގެ ގަތަށް ދާށެވެ. ނަމަވެސް އޭނާގެ ހިތަށް ވިސްނައިދޭން އޭނާ މަޖްބޫރު ކުރުވިއެވެ.

އެނދުގައި އިށީނދެގެން އިނދެ އަންނާށޭ ބުނާ ފަދައަކުން އެ އަންހެން ކުއްޖާ އަތް ހަނާއަޅާލިއެވެ. އިކާން ކުރިއަށް ހިނގައިގަންނަމުން އެނދު ކައިރީ ހުރި ގޮނޑި މަތީގައި އަޅުވައިފައިވާ ޓީޝާޓް ގަޔަށް މަހާލިއެވެ. އެއަށްފަހު އެ ގޮނޑީގައި އިށީނދެ ކުރިއަށް ގުދުވެލަމުން ކަކޫ މަތީ ދެއަތް ވިއްދާލިއެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބަ އޮތް….” ފުން ނޭވާއެއް ބޭރުކޮށްލަމުން އިކާން މިހެން ބުނުމުން އެ އަންހެން ކުއްޖާގެ ނިތައް ރޫގިނަ ކޮށްލިއެވެ. “ކޮން ވާހަކައެއް؟… އިކާން ކަމެއް ބޭނުމިއްޔާ ބުނޭ…” އިކާން ކައިރިއަށް ޖެހެން އެނދުމަތިން ތެދުވަމުން އެ އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ.

“ނޫން… އެއްވެސް ކަމެއް ބޭނުމެއް ނޫން… އަސްލު ކައިވެނިކުރަން ހަމަޖެއްސި ވާހަކަ ބުނިން ދޯ… ބޭނުމެއް ނޫންތަ އަހަރެންގެ ވާންއުޅޭ ވައިފްއާ މީޓްކޮށްލަން… ފްރެންޑް ވެލަން…” އެ އަންހެން ކުއްޖާގެ ހިތުގެ ކަނެއްގައި އިކާނަށް ހާއްސަ މަގާމެއް އޮތްތޯ ޔަގީން ކުރަން އިކާން ބޭނުންވިއެވެ.

“ވައި… އަހަރެން ބޭނުމެއް ނޫން އިކާންގެ ޕާސަނަލް ލައިފްގެ ކަންތައްތަކާ ބެހޭކަށް…” އެއަންހެން ކުއްޖާ ވާހަކަ ދެއްކަމުން އައިސް އިކާންގެ ކޮނޑުގައި ހިފާލިއެވެ. އެ ވަގުތު އޭނާގެ އަތުގައިވާ ފޯނު ރިންގް ވުމުން ފޯނު ކަންފަތުގައި ޖަހާލުމަށްފަހު އިޝާރާތުން އިކާން ގާތު ވާހަކަ ނުދައްކައްޗޭ ބުނެލިއެވެ. އެ ފޯނަށް ޖަވާބު ދިނުމަށްފަހު އެ އަންހެން ކުއްޖާ އަނެއްކާ ވާހަކަ ދެއްކިއެވެ.

“އަސްލު ވަރަށް ބޮޑަށް މިސްވީމަ މިއައީ… ބަޓް މިހާރު ދާން ޖެހިއްޖެ… ނިއު ކްލައިންޓެއް އެ ގުޅީ… ސޯ އިކާން ބިޒީ ފިލީމަ ކޯލްމީ އިނގޭ…” މިހެން ބުނެ އެ އަންހެން ކުއްޖާ އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. އޭނާ ނުކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަން އިން އިކާނަށް އެ އަންހެން ކުއްޖާ ވަނީ ލޯބި ނޫންކަން ޔަގީން ވިއެވެ.

*** *** *** *** *** ***

އެ ކޮޓަރީގެ ދޮރާ ދިމާއަށް ނަޒަރު ހުއްޓައިގެން ހުރި އިކާނަށް ބޯ ހޫރާލެވުނެވެ. ހިތާ ސިކުނޑީގެ މިހަނގުރާމައަށް ލުޔެއް ހޯދުމަށް ބެލްކަނި ފާރުބުރިމަތީ އޮތް ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނަގާ އިކާންގެ ތުނބުގައި ޖަހާލިއެވެ. ސިނގިރޭޓް ރޯކޮށްލަން ލައިޓަރު ނަގާ އަޅާލަން އުޅުނު ވަގުތު ވެޑިންގްއަށް ތައްޔާރުވެގެން ހުރިކަން ހަނދާންވުމުން އެ ސިނގިރޭޓް ބެލްކަނިން ބޭރަށް ހޫރާލިއެވެ.

އެ ދުވަހަށްފަހު އެ އަންހެން ކުއްޖާ އިކާނަށް މެސެޖެއް ނުކުރެއެވެ. އިކާންވެސް އެނާއަށް ގުޅާކަށް ބޭނުމެއް ނުވިއެވެ. އިކާން ބޭނުންވީ އެކަމުން ދުރަށް ދާށެވެ. ތާރާއާ އެކީ ރަނގަޅު ދިރިއުޅުމެއް ބިނާ ކުރުމުގެ އުންމީދުގައެވެ. އޭނައާ ނުލާވެސް އިކާނަށް އުޅެވިދާނެއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.

ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުން އިކާން ބެލްކަނިން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނީ އަލީޝާއެވެ.

އިކާންއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އަލީޝާގެ އަނގަވަނީ ހުޅުވިފައެވެ. “ދޮންބެ.. ޔޫލުކް ހޮޓް… ވާވް…. ތާރާ ހޭނެތޭނެ… މަގުމަތިން ދާ ކިތަންމެ ކުއްޖެ ދޮންބެ ފެނިފަ ހޭނެތޭނެ…” އިކާންގެ ކުރިމައްޗަށް ހުއްޓެމުން ވާހަކަ ދެއްކި އަލީޝާގެ ލޯ ހޯދަމުން ދިޔައީ އިކާންގެ ރީތި ހިނިތުންވުމެވެ.

އަލީޝާ ބަލަން ހުރިކަން އިކާނަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ކަރުކެހިލަމުން އިކާން ހިނިތުންވާން މަސައްކަތް ކުރީ އަލީޝާއަށް ކަމެއް ފާހަގަ ވެދާނެތީއެވެ. “ކޮބާތަ މަންމަމެން؟.. އެންމެން ތައްޔާރު ވެ ނިމުނީތަ؟… 8 ޖަހަންވާއިރަށް އެންމެން ދާން ވާނެ…”

*** *** *** *** *** ***

ކައިވެނީގެ ހެދުމުގައި ހުރި ތާރާ ދޮރާއި ދިމާލަށް ބަލާލިއެވެ. ދޮރު ހުޅުވާލާފަ އެތެރެއަށް ބޯ ދިއްކޮށްލި ތަހުމީނާ އާ ޒުމްރާ ފެނުމާއި އެކު ލައިގެން ހުރި ހުދު ކުލައިގެ ހެދުމުގެ ތިރީބައި އަތުން އުފުލާލައިގެން އައިސް އެމީހުން ކުރިމައްޗަށް ތާރާ ހުއްޓުނެވެ.

“ދަރިފުޅާ… ވަރަށް ބޮޑަށް ސޮރީ… ދައްތަ ހުރީ މި ވެޑިންގްގެ ހުރިހާ ތައްޔާރީއެއްގަ ބައިވެރިވާން… ބަޓް.. އާރޖަންޓް ކަމެއް ޖެހިގެން ލަންކާއަށް ދާން ޖެހުނީ… މިއަދު މާލެ މިއައީވެސް ވެޑިންގް އޮތްކަން އިނގޭތީ…” ތާރާގެ ބުރަކަށީގައި ފިރުމަމުން ޒުމްރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

“އިޓްސް އޯކޭ… ދައްތަމެން ބިޒީވާނެކަން އިނގޭ… ވެޑިންގްއަށް އައިމަ ތާރާ ވަރަށް ހެޕީ ވެއްޖެ… ގެއަށް ފޮނުވި ވެޑިންގް ކާޑް ދެކުނިންތަ؟… ލަންކާގަ ހުރިވާހަކަ ބޭބެ ބުނީމަ ދައްތައަށް ވައިބާރވެސް ކުރިން…” ތާރާ ވާހަކަ ދައްކަމުން ދިޔަ އިރު އެހެންޏާ ތާރާ ވާހަކަ ދައްކާ ގޮތާ ހާސްބައި ތަފާތެވެ.

“އާން… ދައްތަ އެ ކާޑް ދެކުނިން.. އަސްލުވެސް ވަރަށް ރީތި… އެންޑް ލުކް އެޓްޔޫ… ހާދަ ލޯތްބޭ… ވަރަށް ލޯބި… ދައްތަ މައްޗަށްވެސް އަދި ނުދަން… ޓެރަސްގަ ދޯ އެންމެންވީ… ތާރާ އާޔޫ އޯކޭ….” ޒުމްރާ ވާހަކަ މެދުކަނޑާލީ ތާރާއަށް ގޮތްތަކެއް ވާކަން އިހްސާސް ވުުމުންނެވެ.

ހަށިފުރާ ފުން ނޭވާތައް ލަމުން ދިޔައިރު ތާރާ ހުރީ އޭނާގެ މޭ ދަށުގައި އަތް އަޅައިގެންނެވެ. އޭނާގެ ދިރިއުޅުމުގަ އަންނާނެ އެންމެ އުފާވެރި ދުވަސް އައިސް ޖެހުނު އިރު ތާރާ ވަނީ އިންތިހާއަށް ހާސްވެ ފިނިވެފައެވެ. އެރެއަށް ހާއްސަ ކުރެވިފައިވާ އޭނާގެ ކައިވެނީގެ ހެދުން ލައިގެން ތާރާ ހުރީ އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް އެންމެ ފުރިހަމައަށް ވެގެންނެވެ. ތާރާގެ ފަން އިސްތަށިގަނޑުން ވަނީ ބޮޑު ހުޅިއެއް ޖަހާފައެވެ. މޭކަޕުން މުޅި މޫނު އުޖާލާ ކޮއްލާފައިވާ އިރު ތާރާ ހީވަނީ ޕަރީއެއްހެންނެވެ.

“ދައްތާ އައިމް ނާވަސް… އޯގޯޑް… ބަނޑަށް އުނދަގޫވޭ އެބަ… އިޒްދިސް ގޭސްޓްރިކް…” ކުޑަކޮށް ގުދުވާން ތާރާ މަސައްކަތް ކުރިއެވެ.  ކޮޓަރީގެ އެއްފަރާތެއްގައި ހުރި ސައިޑް ޓޭބަލްމަތިން ފެންފުޅި ނަގަން ތަހުމީނާ އަވަސް ވެގަތެވެ. ފެންފުޅިި ހިފައިގެން ތާރާ އާ ދިމާއަށް ތަހުމީނާ އެނބުރިލީ އިރު ތާރާ އޯކަށް ދެމިގަތެވެ. ޒުމްރާ އެވަގުތު ހުރީ ތާރާގެ ކުރިމަތީގައި ކަމުން ތާރާއަށް ހޮޑުލެވުނީ ޒުމްރާގެ ގަޔަށެވެ. ތާރާ ލައިގެން ހުރި ވެޑިންގް ޑްރެސްގައި ނުހޭކޭނެހެން ތަހުމީނާ އެހެދުން އެ ފަރާތުން ހިފާ ފައި ދަށުގައި ވާ ބައި ހިއްލާލިއެވެ.

“ސޮރީ.. އައިމް ރިއަލީ ސޮރީ ދައްތާ…” ތާރާއަށް ހޮޑުލެވުނީ ޒުމްރާގެ ގަޔަށްކަން އެނގުމުން އޭނާ އިންތިހާއަށް ދެރަވިއެވެ. ފަކުރުން ހުރެ ނަމަވެސް ޒުމްރާ އެއީ އެހާވަރު ކަމެއް ނޫނޭ ބުނެ ފޯނު ނަގާ އޭނާގެ ގެއަށް ގުޅާލީ އަލަމާރި ތެރޭއިން ކަޅުކުލައިގެ ހެދުން ގެނެސް ދިނުމަށް އެދެމުންނެވެ.

“ދަރިފުޅު މާބޮޑަށް ބިރުގަންނަނީތަ؟… މިއަދު އަދި އެއްވެސް އެއްޗެއް ނުކައި ދޯ ތިހުރީ… މަންމަ އެބަ އަންނަން ޖޫސްތައްޓެއް ހިފައިގެން…. މިތާ މިހިރަ ހޮޑު މައްޗަށް ނާރައްޗޭ… ހަމަޖެހިގެން އެނދުގަ އިށީނދެލާ…” ބަސްއަހާ ކުއްޖެއްހެން ތާރާ އެނދުގައި އިށީދެ ކޮޓަރި ތެރޭގައިވާ ހޮޑުތަކާ ދިމާއަށް ބަލަން އިން އިރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

ތަހުމީނާ ކޮޓަރިން ބޭރަށް ނުކުތް އިރު ޒުމްރާ ހުރީ ބަދިގެ ސިންކު ދޮށުން އޭނާގެ އަތް ދޮންނާށެވެ. “އެމަންޖެ އެއްވެސް އެއްޗެއް މިއަދު ނުކައި އެހުރީ.. މާ ބޮޑަށް އުފާ ވެއްޖިއްޔާ ތާރާ ނުކައި ހުރެދާނެ ކިތަންމެ އިރެއް ވިޔަސް.. އެހެންވެ ކަންނޭނގެ އެ ހޮޑު ލެވުނީ…” ބަދިގެއަށް ވަދެ ތާރާއަށް ޖޫސްތައްޓެއް ހެދުމަށްފަހު ތާރާގެ ކޮޓަރި ސާފުކޮށްލާށޭ ބުނަން ކަމްލާއަށް ތަހުމީނާ ގޮވާލިއެވެ.

“ތާރުގަނޑޫ… އަވަހަށް ޓެރަސްއަށް ހިނގާ… އިކާންމެން އައިއްސި….” ތާރާގެ ކޮޓަރި ދޮރު ހުޅުވާލަމުން އަޒްކާ ވާހަކަ ދެއްކީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އޭރު އެކޮޓަރި ތެރޭ ކަމްލާ ހުރީ މޮޕް ޖަހާށެވެ. އެނދުގައި އިށީނދެގެން ތާރާ އިންއިރު ތަހުމީނާ އުޅުނީ ކުޑަ ސްޕޮންޖް ކޮޅެއް ހިފައިގެން ތާރާގެ ހެދުމުގައި ހުރި ބައެއް ތަންތަންކޮޅު ރީތި ކުރާށެވެ.

“ސިސް… ވާއު.. ޔޫ ލުކް ސޯ ބިއުޓިފުލް.. ހަމަ ހީވަނީ ޕްރިންސަސް އެއް ހެން… ބައިދަވޭ… ކިހިނެއް ހަދައިގެން ތި އުޅެނީ؟…” ތާރާ ކައިރިއަށް އައިސް ހުއްޓެމުން އަޒްކާ ވާހަކަ ދައްކަމުން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.

“މި ނިމުނީއްޔޭ ދޯ…. ތާރާއަށް ހޮޑުލެވުނީޔޭ…. ދެން ތެދުވެބަލަ… މިހާރު އޯކޭ ދޯ…” ތާރާގެ ހެދުމުގެ ފަސްބަޔަށް ބަލާލަމުން ތަހުމީނާ ކޮޅަށް ތެދުވެ ހިންދެމިލިއެވެ.

“ޔޫ ޕިއުކްޑް ޓު ޔޯ ވެޑިންގް ޑްރެސް… އިއޫ…” މޫނަށް ވައްތަރެއް ޖައްސަމުން އަޒްކާ ވާހަކަ ދެއްކި ގޮތުން އަޒްކާއާ ދިމާއަށް ތަހުމީނާ ލޯއަޅާލީ ހިތްހަމަނުޖެހި ހުރެއެވެ. “އަޒްކާ… ދެން ކޮން ވައްތަރެއް ތި ޖައްސަނީ… އެހެންވެސް ވެދާނެ…”

ތަހްމީނާ އެ ކޮޓަރިން ނުކުމެ ޒުމްރާ ގާތަށް އަވަސްވެގަތީ އޭނާ ހަދާ ގޮތެއް އޮޅުން ފިލުވާށެވެ. އޭރު ފޯނުން އެގޭގެ ނޯކަރަކަށް ގުޅައިގެން ޒުމްރާގެ ހެދުން ހުރިތަން ކިޔައިދެމުން ދިޔައެވެ. ޒުމްރާ ފޯނު ބޭއްވުމުން ތަހުމީނާ ވާހަކަ ދެއްކިއެވެ. “އަށެއް ޖަހާއިރު ކައިވެނި ކޮށްދޭ މީހުން އަންނާނެ… އަދި މަޑުކުރަންވީ ދޯ…”

“ނޫން… ތަހުމީނާމެން ދޭ މައްޗަށް… މިހާރު އަށެއް ޖަހަން އެ އުޅެނީ… އަހަރެން އާތިފަށް ދެންމެ ގުޅީމަ ބުނި ކާރުގަ މި ދަނީއްޔޯ އެ ހެދުން ބަލާ.. އާތިފް ހެދުން ގެނައިމަ އަހަރެން މިދަނީ… އަހަރެން އަންނަން ދެން މަޑު ކުރާނެކަމެއް ނެތް… އަހަރެން ރެޑީ ވެގެން ދާނަން.. ޕާޓީ ފެށެން ވާއިރަށް ޔަގީނުންވެސް ދާނަން…” ޒުމްރާ ލައިގެން ހުރި ހެދުން ބޭލުމަށްފަހު ތަހުމީނާގެ އަލަމާރިން ‘ބާތު ރޯބްއެއް’ ނަގާ ގަޔަށް މަހާލިއެވެ.

އެ ކޮޓަރިން ތަހުމީނާ ނުކުތް އިރު އުލްފާ އެ އެޕާޓްމަންޓަށް ވަންނަނީއެވެ. “ދައްތާ.. ކޮބާ ތާރާ؟.. ލަސްވާތީ މިއައީ… ހިނގާ ދާން… ތާރާ… ތާރާ….” ތާރާގެ ކޮޓަރިއާ ދިމާއަށް އުލްފާގެ ފިޔަވަޅު އަވަސްކޮށްލިއެވެ.

*** *** *** *** *** ***

ޓެރަސްމަތީގައި ހުރި ދިގު މޭޒު ކައިރީ ކައިވެނި ކޮށްދިނުމަށް ކޯޓުން އައިސް ތިބި މީހުން އިށީނދެގެން ތިބީ އެންމެންގެ އިންތިޒާރުގައެވެ. އިކާން އާ އެކު ފިޒާމް އަދި އޭނާގެ އެކުވެރި ހައިކަލްވެސް އެމޭޒު ދޮށުގައި އިށީނެވެ. އެއްފަރާތެއްގައި އިކާންގެ އާއިލާ މަޑުކޮށްގެން ތިބި އިރު އެމީހުންގެ ގާތުގައި ސިރާޖް ވާހަކަ ދައްކަން ހުއްޓެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކީ އެންމެންގެ ނަޒަރު ހުއްޓުނީ އެދިމާއަށެވެ. އޭރު ލިފްޓު ތެރެއިން ނުކުމެގެން ތާރާއާ އެކީ ތަހްމީނާއާ އަޒްކާއާ އުލްފާ އައެވެ. އިކާންގެ ކަޅި އަމާޒްވެފައި ވަނީ ތާރާއަށެވެ.

ކައިވެނީގެ ހަފްލާގެ ފޮޓޯ ނަގަން ހުރި ޒުވާނާ އެ ހަފްލާގެ ފޮޓޯތައް ނަގަން ފެށިއެވެ. އިކާނާ ޖެހިގެން ހުރި ހުސް ގޮނޑީގައި އިށީންނަމުން އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ. “ޔޫ ލުކް ބިއުޓިފުލް…” ވައި އަޑުން އިކާން ބުނި ޖުމްލައިން ތާރާގެ ދެކޯ ރަތްވެގެން ދިޔައެވެ. ސިރާޖް އިށީންނަން ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީންނަމުން ތާރާމެންނާ ދިމާއަށް ބަލާލިއެވެ. “ކޮބާ ހިނގާ ފައްޓަމާ…”

އުލްފާއާއި އަޒްކާ ކައިރީ ހުރި ތަހުމީނާ ބަލާލީ އޭނާގެ އަތުގައިވާ ފޯނަށެވެ. އާތިފް ނެތި ކައިވެނި ފަށަން އޭނާ ބޭނުމެއް ނުވެއެވެ. ފޯނުން އާތިފްގެ ނަންބަރަށް ގުޅަމުން ތާރާއާ ދިމާއަށް ތަހުމީނާ ބަލާލިއެވެ. އޭރު ތަހުމީނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވަމުން ދިޔައެވެ.

*** *** *** *** *** ***

“ހަލޯ… މި އަރަނީ ލިފްޓަށް.. ޒުމްރާއަށް ހެދުން ދީފަ މިދަނީ… ދެން މާ ލަހެއް ނުވާނެ…” ތަހުމީނާގެ ކޯލަށް ޖަވާބު ދިނުމަށްފަހު ލިފްޓަށް އަރާ ހަތްވަނަ ބުރިއަށް ދާން އާތިފް ސްވިޗަށް ފިތާލިއެވެ.

އެޕާޓްމަންޓަށް ވަންނަ ދޮރު ހުޅުވާލި އިރު ކަމްލާ ފެނުމުން ޒުމްރާ ކޮބާތޯ އާތިފް އަހާލިއެވެ. ޒުމްރާވީ ތަހްމީނާ މެޑަމްގެ ކޮޓަރީގައޭ ކަމްލާ ބުނުމުން އާތިފް އެކޮޓަރިއާ ދިމާއަށް އަވަސްވެގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޑްރެސިންގް ޓޭބަލް ކައިރީ ރީތިވާން ހުރި ޒުމްރާ އަތަށް އާތިފް އަތުގައި ވާ ހެދުން ދިއްކޮށްލިއެވެ. ޒުމްރާ ހެދުމުގައި ހިފަމުން ހިނިތުންވެލިއެވެ. “އާތީ ދޭ ޓެރަސްއަށް.. އަހަރެން ރީތި ވެލައިގެން މިދަނީ….”

އާތިފް ކޮޓަރިން ނުކުތުމުން ޒުމްރާ އެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ހެދުންލާ ރީތިވެގެން ޒުމްރާ ކޮޓަރިން ނުކުތީ އެއް އަތުން ރިހި ކުލައިގެ ކްލަޗެއް ހިފައިގެންނެވެ. ލިފްޓުގެ އިންތިޒާރުގައި މަޑުކޮށްގެން ޒުމްރާ ހުރީ އަތުގައިވާ ފޯނާ ކުޅޭށެވެ. ލިފްޓްގެ ދޮރު ހުޅުވުމުން ޒުމްރާ ލިފްޓަށް އެރީ ފޯނުގެ ސްކްރީނަށް ބަލަމުންނެވެ. އޭރު ލިފްޓު ތެރޭގައި ހުރި އަންހެން ކުއްޖާއަށް ޒުމްރާ ފެނުމުން ހިނިތުން ވެލަމުން އޭނާ ގޮވާލިއެވެ. “ޒުމްރައްތާ…. ހެއި… ކިހިނެއްތަ؟…”

އިސް އުފުލާލަމުން ލިފްޓުގައި ހުރި އަންހެން ކުއްޖާއަށް ޒުމްރާ ބަލާލިއެވެ. “ޒިވީ… އަޅެ… ހާދަ ބޮޑުވެއްޖޭ.. ކޮން ދުވަހެއް ދިމާ ނުވާތާ…. ކޮބާ މަންމަ؟…”

ޒިވީއަކީ ތާރާއެކޭ ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. ޒުމްރާއާ ތިމާގެ ކުއްޖެކެވެ. ޒިވީއަކީ އިސްކޮޅުން ދިގު ލޫޅާފަތި ރީތި ކުއްޖެކެވެ. ތާރާއެކޭ އެއްވަރަށް ދޮން ވެފައި އޭނާގެވެސް އޮންނަނީ ފަން ދިގު އިސްތަށިގަނޑެކެވެ. މަޑު ފިޔާތޮށި ކުލައިގެ ކުރު ހެދުމާ ގުޅުވާފަ އޭނަ އަރައިގެން ހުރީ ހުދު ކުލައިގެ ހައި ހީލްސް އަކަށެވެ. މަޑު މޭކަޕެއް ކޮށްފައިވާ އިރު އޭނާގެ ފަން އިސްތަށިގަނޑު އޮތީ ނިއުޅުވާލާފައެވެ. އެ އިސްތަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އޭނާގެ ބޮލުގެ އެއްފަރާތަށް ޖަހާފައިވާ ހުދުކުލައިގެ ކާނޭޝަން މަލުންނެވެ.

“މަންމަ އުޅެނީ ބަލިވެ.. އެހެންވެ މަންމަ ކިޔާ ވަރުން މި އައީ… ފައިނަލީ ތާރާ މެރީ ކުރީ ދޯ… ވަރަށް ދުވަސް ވެއްޖެ ދިމާ ނުވާތާ… ތާރާ މެރީ ކުރީ ކޮން ކުއްޖަކާތަ؟… އަޅެ އަަހަރެން ކާޑުވެސް ބަލާ ނުލަން…” ޒިވީގެ ވާހަކަ މެދުކެނޑުނީ ޓެރަހަށް ލިފްޓް އައިސް އޭގެ ދޮރު ހުޅުވުމުންނެވެ.

ކައިވެނީގެ ހަފްލާއަށް އަންނަމުން ދިޔަ މެހެމާނުންނާ ސަލާމްކޮށް ފޮޓޯނަގަން ތިބި އިކާނާ ތާރާގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރިކަމެވެ. މަޑު މިޔުޒިކެއް ޖަހާފައިވާ އިރު އެ މާހައުލު ވަރަށްވެސް ހިތްގައިމެވެ. ފޮޓޯ ނަގަން ހުރި ކެމެރާމަންއާ ދިމާއަށް ބަލާލަމުން އިކާން ހިނިތުންވެލިއެވެ. އެއަށްފަހު ޕާޓިއަށް ވަންނަމުން ދިޔަ މެހެމާނުންނާ ދިމާއަށް އިކާން ބަލާލިއެވެ. ލިބުނު ހައިރާންކަމުން އިކާންގެ ފައިން ވަރު ދޫ ނުވީ ހަމަކިރިޔާއެވެ.

ޒިވީގެ އަތްދަބަހުގައި އޮތް ސިޓީ އުރަ ނަގަމުން ތާރާގެ ދެމަފިރިން ތިބި ދިމާއަށް ހިނގައިގަންނަން އަވަސްވެގަތެވެ. ހިނިތުންވަމުން ކުރިއަށް ފިޔަވަޅު އެޅި ޒިވީއަށް އެވަގުތު ފެނުނީ އަޒްކާއެވެ. އަޒްކާގެ ގައިގައި ބައްދާލަމުން ތާރާމެން ހުރި ދިމާއަށް ޒިވީ ބަލާލިއެވެ. ތާރާގެ މަގަތުގައި ކޯޓް ފަޓްލޫނު ލައިގެން ހުރި އިކާން ފެނުމުން ޒިވީގެ ފިޔަވަޅު ހުއްޓުނެވެ. ކަޅި ޖަހާ ނުލާ އިކާންގެ މޫނަށް ބަލަން ހުރި ޒިވީއަށް މި ހުރެވުނީ ކޮންތާކުކަންވެސް ރޭކާ ނުލާ ކަހަލައެވެ. އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުން އޭރު ވަނީ މިލާފައެވެ.

ތާރާއަށް ކަމެއް ފާހަގަވުމުން އިކާންގެ އަތުގެ މުލައްދަނޑީގައި ހިފާލި އިރުވެސް އިކާންގެ ނަޒަރު ހުއްޓިފައިވަނީ ޒިވީއާ ދިމާއަށެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރުމުން އިކާންގެ ކަންފަތާ ގާތްވަމުން ސިއްރުސިއްރުން ތާރާ އަހާލިއެވެ. “ކިހިނެއްވީ؟… އެއީ ޒިވީ… އޭނަ ދަންނަންތަ؟…”

ތާރާގެ އަޑު ކަންފަތުގައި ޖެހުމުން އިކާނަށް ސިހުމެއް ލިބުނެވެ. ތާރާ ކުރި ސުވާލަށް ޖަވާބު ދެމުން އިކާން ހިނިތުންވާން މަސައްކަތް ކުރިއެވެ.

“އާން.. ވަރަށް ރަނގަޅަށް ދަންނަން..

އެއީ… އެއީ އަހަރެންގެ އެކްސް…”

(ނުނިމޭ)

27
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

އައިޝާ 12

Next

ޝެލީން 10

Next
November 27, 2016

ޝެލީން 10

Previews
November 26, 2016

އައިޝާ 12

10 Comments

  1. Rosy says:
    November 27, 2016 at 1:31 pm

    Omg….vvvv reethi.
    pls thara aaa ikan aa furu nukurachsy….

  2. Rosy says:
    November 27, 2016 at 1:34 pm

    I mean duru nukurachay…

  3. xaf says:
    November 27, 2016 at 1:35 pm

    Alhe haadha kuruhen heeveyeh mibai…
    neyvaa hifahahtailaign huhta eh nimunyvex….
    ehnvma xivi dhw aee ekan ge “XO” akeevex…
    waitin for the nxt part….

  4. Ramy says:
    November 27, 2016 at 3:03 pm

    varah salhi heyo varu hama kiyalan kureh ves noon….Next episode ge inthicxaaruga shax thanx

  5. UlYa says:
    November 27, 2016 at 7:43 pm

    Story hama speechless…..alhe plx zivee aa ikaan aa gulhuvaa…..phuleese plx pleese

  6. Sana says:
    November 28, 2016 at 12:56 am

    Nice

  7. Badboy :p says:
    November 28, 2016 at 3:00 am

    Xivi…. Wow… I like her more than thaaraaa…..

  8. Xai says:
    November 28, 2016 at 7:51 am

    Just WOW ❤❤❤

  9. Herrr says:
    November 28, 2016 at 7:54 am

    Mi vaahaka nehllaaleh adhives lahy.. inthizaaru maa dhiguvany… avahah next part up kohdheeba

  10. naya says:
    March 20, 2017 at 5:59 pm

    Wow v habeys…I like it..

Comments are closed.

All Right Reserved!