Skip to content
އެސްފިޔަ

ޝެލީން 17

ސިޔާޒް ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި އޭނާގެ މޫނަށް ބަލަން އަހަރެންނަށް ހުރެވުނީއެވެ. ކުއްލިއަކަށް ޝިޔާޒްއައިސް އަހަރެންގެ އަތުގައި އޮތްވަޅި އަތުލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ގޮސް ސިޓިންރޫމުގައިހުރި ސޯފާގައި ބޭންދިއެވެ.

” އަލަމް މަރެއްނުވޭތަ؟…އަލަމް މަރެއްނުވޭތަ؟..” ތަކުރާރުކޮށް އަހަރެންނަށް އެސުވާލުކޮށްލެވުނެވެ.

” އާނ..ޝެލީން….އަލަމް މަރެއްނުވޭ!” އަނެއްކާވެސް ޝިޔާޒްބުންޏެވެ.

” އަލަމް މަރުނުވޭތަ؟…އަލަމް ދިރިއެބަހުރިތަ؟…ކޮބާ އަލަމް؟….ކޮބާ؟….އަލަމް ކޮބާހޭ މިހައަނީ!” ސޯފާއިން ފުންމައިގެން ތެދުވެ ޝިޔާޒްގެ ގަމީހު ގިރުވާނުގައި ހިފައި ލަތްކެއް ޖަހަމުން އަހަރެން ހަޅޭއްލަވައިގަތީމެވެ. އެވަގުތު ޝިޔާޒް ސިހިފައި އަހަރެންގެ އަތުގައި ހިފިއެވެ.

” ހަމަޖެހިބަލަ ޝެލީން….އަހަރެން މިއުޅެނީ އަލަމްވީތަން ބުނެދޭން…” ޝިޔާޒް އޭނާގެ ގަމީހުން އަހަރެންގެ އަތް ނައްޓުވާލުމަށްފަހު ސޯފާގައި އަހަރެން ބޭންދިއެވެ.

” ޝެލީން…..އަހަރެންނަކަށް ނޭނގެ އަހަރެން ޝެލީންއަށް މިވާހަކަ ކިޔާދޭނެގޮތެއްވެސް….އަދި ޝެލީން މިކަން ގަބޫލުކުރާނެކަމެއްވެސް…” ޝިޔާޒް ސޯފާއިން ތެދުވެ އަހަރެންނަށް ފުރަގަސްދެމުން ވާހަކަދައްކަން ފެށިއެވެ. އަހަރެން އިނީ ޝިޔާޒް ބުނަން އުޅޭ އެއްޗެއް އަޑުއަހަން ކެތްމަދުވެފައެވެ.

” ޝެލީން އަލަމް މަރެއްނުވޭ….އޭނަ ގަދަވެ ސަލާމަތުން އެބައުޅޭ ސިންގަޕޫރުގަ….” ޝިޔާޒް އަހަރެންނާ ދިމާއަށް އެނބުރިލަމުން ބުންޏެވެ.

” ނޫން ތީ ތެދެއްނޫން…..އަލަމްގެ މަންމަވެސް އަލަމް މަރުވިވާހަކަބުނި…..ޝިޔާޒް ތިއުޅެނީ އަހަރެންނަށް އޮޅުވާލަންތަ؟…..އަހަރެންނަށް އެނގޭ އަހަރެން މަރުވަން އުޅުނީމަ އެކަން ހުއްޓުވަން ހަދާދޮގެއްކަންތީ…..ކޮބާ އަހަރެން މިދުނިޔޭގަ ބެހެއްޓުމުގެ ފައިދާއެއް…..އަދިވެސް އަހަރެންގެ ކިބައިން ޝިޔާޒްގެ ހިތްނުފުރެނީތަ…..” ޝިޔާޒްގެ ވާހަކަތަކުން އަހަރެންގެ ގާތަށް އައީ ރުޅިއެވެ. އޭނާ އެވަރުގެ ބޮޑުދޮގެއް ހެދީތީއެވެ.

” ނޫން ޝެލީން……އަހަރެން މިކިޔެދެނީ ހަމަ ހަޤީޤަތަށް….އަލަމްގެ މަންމަބުނިތަ އަލަމް މަރުވެފަ އޮއްވާ ދުށީމޭ؟…ނުބުނޭދޯ؟….އެމީހުންގެ ލޮލޮކަށް ނުފެންނާނެ އަލަމް މަރުވެފަ އޮއްވައެއް…..އަލަމްގޮވައިގެން ސިންގަޕޫރަށްދިޔައީ އަހަރެން އެކަނި…..އަހަރެންބުނި އެއްޗެއް އެކަނި އެމީހުނަށް އެނގޭނީ….ޝެލީންއަށް ގަބޫލުކުރަން ދަތިވާނެކަންވެސް އެނގޭ..އެކަމު ޕްލީޒް ރަނގަޅަށް އަޑުއަހާތި!” ޝިޔާޒް އާދޭހުގެ ރާގެއްގައި ބުންޏެވެ. އަހަރެން ރުޅިވެރިކަމާއެކު ޝިޔާޒްގެ މޫނަށް ބަލަންއިނީމެވެ.

ޝިޔާޒް ސޯފާގައި އިށީނދެ ހަމަޖެހިލަމުން އޭނާގެ ވާހަކަ ފެށިއެވެ.

********

އަހަރެން އޮފީހުގައި އިންދައި ޝެލީންގެ ބައްޕަގުޅާފައި އަލަމް ހޭނެތިގެން މާލެގެނައި ޚަބަރުދިނެވެ. އަހަރެން އަވަހަށް ހޮސްޕިޓަލަށް ގޮސް އަލަމްގެ މައިންބަފައިންނާ ބައްދަލުކޮށް އަލަމްއަށްވީގޮތް އޮޅުންފިލުވީމެވެ.  އަހަރެން ޑަކްޓަރާއި ވާހަކަދެއްކުމުން އޭނާ ލަފާދިނީ ވީހާވެސް އަވަހަކަށް ބޭރަށް ގެންދިއުމަށެވެ. ބޮލަށް ގެއްލުމެއް ލިބިފައިހުރީކަމަށް ލަފާކުރެވޭކަމުގައިވެސް ބުންޏެވެ. އަހަރެން ވަގުތުން އަލަމް ބޭރަށް ގެންދިޔުމުގެ ކަންތައްތައް ހަމަޖެއްސީމެވެ. އެރޭގެ ދަންވަރު އަލަމް ހޭއެރިއެވެ. ނަމަވެސް އަނެއްކާވެސް ހޭނެތުނެވެ. ވީއެންމެ އަވަހަކަށް އަހަރެން އަލަމްގޮވައިގެން ސިންގަޕޫރަށްދާން ދަތުރު ހަމަޖެއްސީމެވެ. އަހަރެން ބޭނުންވީ އަލަމްގެ ބައްޕަވެސް ގޮވައިގެން ދާށެވެ. ނަމަވެސް އަލަމްގެ ބައްޕަގެ އައިޑީކާޑު ގެއްލިފައި އޮތުމުގެ ސަބަބުން ޕާސްޕޯޓް ހެއްދުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. އެންމެފަހުން އަލަމްގެ ބައްޕަ އެދުނީ އަހަރެން އެކަނި އަލަމް ގޮވައިގެން ދިއުމަށެވެ.

” އައިޑީކާޑް ގެއްލުނީމާ މިހެން މިދިމާވީ….ކާޑް މުއްދަތުވެސް ހަމަވެފަ އޮތީމަ އެވަރުން އެރައްކާކޮށްގެން ނޫޅެވުނީމަ ވީގޮތްމީ…” އަލަމްގެ ބައްޕަ ދެރަވެލާފައި ބުންޏެވެ. އައިޑީކާޑަކީ ކޮންމެމީހަކުވެސް ސަމާލުކަމާއެކީ ގެންގުޅެއްޖެހޭ މުހިއްމު އެއްޗެކެވެ. އޭގެ މުހިއްމުކަން ވިސްނެނީ އެނެތުމުގެ ސަބަބުން މިފަދަކަމެއް ދިމާވުމުންނެވެ. އަލަމްގެ ބައްޕައަށްވެސް މިވީއެފަދަ ގޮތެކެވެ.

އަހަރެން އަލަމް ގޮވައިގެން ސިންގަޕޫރަށް ގޮސް މަޝްހޫރު ނިއުރޮލޮޖިސްޓަކަށް ދެއްކުމުން އެނގުނީ އަލަމްގެ ސިނކުޑީގައި ހީކުރިފަދަ އެއްވެސް މައްސަލައެއް ނެތްކަމެވެ. ނަމަވެސް އަލަމްއަށް ދިމާވެގެން އުޅެނީ މައިގްރެއިންގެ އުނދަގޫކަމެވެ. އަލަމްއާ ޑަކްޓަރ ކުރިސުވާލުތަކައް އަލަމް ދިންޖަވާބުން އަލަމް ހޭނެތެން މެދުވެރިވީ ސަބަބުވެސް އެނގުނެވެ. އަލަމްއަށް އެގޮތަށްދިމާވީ އެދުވަސްވަރު އަލަމް މާގިނައިން ކެފެއިންހުރި އެއްޗެހި ބޭނުންކުރުމާއި މާބޮޑަށް ފިކުރު ކުރުމުގެ ސަބަބުންނެވެ. އެކަންތައްތަކުން އަލަމް ދުރުވުމުން އެބަލިން ރައްކާތެރިވާނެކަމަށް ޑަކްޓަރ ލަފާދިނެވެ. އަލަމްއަށް ވީގޮތް އޮޅުންފިލުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އަލަމްގެ މަންމަމެންނަށް ގުޅާފައި އެޚަބަރުދިނުމަށް އަހަރެން އަވަސްވެގަތީމެވެ. ނަމަވެސް އަލަމް އެކަން މަނާކުރިއެވެ.

” ޝިޔާޒް! އަދި އިހަށް ރަށަށް ނުގުޅާ މަޑުކޮށްލާ! އަހަރެން އެބައޮތް ޝިޔާޒްގާތު ވަރަށްބޮޑު ވާހަކައެއްދައްކަންވެފަ…” އަލަމް އެދުނެވެ. އަހަރެން ހައިރާންވީ ނަމަވެސް އަލަމް ދައްކަން އުޅޭވާހަކައެއް އަޑުއެހުމަށް ތައްޔާރުވީމެވެ. އަހަރެމެންތިބޭ ހޮޓެލްއަށް އާދެވުމުން އަލަމް އޭނާގެ ވާހަކަ ފެށިއެވެ.

” ޝިޔާޒް! އަހަރެން ދެން ރާއްޖެދާކަށް ގަސްތެއް ނުކުރަން….ދެން މިކޮޅުގަ އުޅެންބޭނުމީ…” އަލަމް ހަމަޖެހިލާފައި ބުންޏެވެ.

” ހެހެހެ އަލަމް މިތަނަށް ހިތްޖެހުނީތަ؟….މިތާއުޅެން ބޭނުމިއްޔާ ފުރަތަމަޖެހޭނީ މިތަނުން މީހަކާ އިންނާކަށްނު!..” އަހަރެން މަޖާވެލާފައި ބުނީމެވެ.

” އާނ…ތިވެސް މާދުރުގަ އޮތްކަމެއްނޫން…..އަހަރެންގެ ލޯބިވެރިޔާއަކީ ސިންގަޕޫރުމީހެއް….ޝިޔާޒްހީކުރީ މީސަމާސާއަކަށް ދައްކާ ވާހަކައެއްކަމަށްތަ؟…” އަލަމް ސީރިޔަސްކަމާއެކު އަހާލިއެވެ.

” ވަޓް؟….އަލަމްގެ ލޯބިވެރިޔާއޭ؟….ޝެލީންއެއްނު އަލަމްގެ ލޯބިވެރިޔަކީ….” ހައިރާންވެފައި އަހަރެންނަށް ބުނެވުނެވެ.

” އާނ…އެއީ މާކުރިން…..މިހާރު އަހަރެންގެ ލޯބިވެރިޔަކީ ސާރާކިޔާ ސިންގަޕޫރުކުއްޖެއް….އަހަރެންނަށް ސާރާފެނުނީ މީގެ އަހަރެއްހާ ދުވަސްކުރިން…..އޭރު އަހަރެން އުޅުނީ ސަފާރީގަ…..ފުރަތަމަ ސާރާ ސަފާރީއަށް އައިދުވަހު އޭނަފެނިފައި އާޝޯޚުވެފަ އަހަރެންނަށް ބަލަންހުރެވުނު، އޭނަގެ ރީތިކަމުން…..އަހަރެން ދުވަހަކުވެސް އެހާރީތި އަންހެންކުއްޖެއް ނުދެކެން….ފެނުނު ފުރަތަމަ ވަގުތުވެސް ހިތަށް ގޮތެއްވި…އެރީތި ރަން އިސްތަށިގަނޑާ އެރީތި ނޫބިއްލޫރިކޮޅެއްފަދަ ކަޅިޔާ އެއޮމާން މޫނު ފެނުމުން ހިތަށްއެރި މިއީ ދުނިޔެމަތީގެ ކަމެއްބާއޭ….ހާދަރީއްޗޭ….އަހަރެން ފެނުމުން ހީލިގޮތުން ހަރަކާތެއްވެސް ކުރަންނޭނގިފަ އަހަރެންނަށް ހުރެވުނު….ޝެލީން ފެނުމުންވެސް އަހަރެންނަށް އެފަދަގޮތެއްނުވޭ….އެކަމާ ވަރަށް ވިސްނެންވެސް ވިސްނުނު….ހަފްތާއެއްވާންދެން ސަފާރީގާ ސާރާއުޅުނުއިރުވެސް އަހަރެންނަށް އޭނަފެންނަން ކޮންމެފަހަރަކު މިބުނާގޮތަށް ބަލަން ހުރެވޭ…..އޭނާއަށްވެސް އެކަން ފާހަގަކުރެވުނު….” އަލަމް ކުޑައިރުކޮޅަކަށް އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.

” އެއްރޭ  އަހަރެން ޑެގްމަތީގަ އިންދައި ސާރާއައިސް އެދުނީ އޭނާގެ ކޮޓަރި ފާޚާނާގަ މައްސަލައެއް އުޅޭތީ ބަލާލަ ދިނުމަށް….އަހަރެން ގޮސްބެލިއިރު އެއްވެސް މައްސަލައެއްނެތް….އަހަރެންދާން ހިނގައިގަތުމުން ސާރާ ފަހަތުން އައިސް އަހަރެންގެ ގައިގާ ބައްދާލީ….އަހަރެންނަށް ވީގޮތް ބުނެދޭންވެސް ނޭނގޭ…..އަހަރެން ސާރާއާވީފަރާތަށް އެނބުރުމުން އޭނާ އަހަރެންގެ ތުންފަތުގާ ވަރަށްލޯބިން ކިސްކޮށްލި…އެހިސާބުން ދެހިތުގެ ވިންދުގުޅުނީ….އަހަރެން އެދިއެދި ހުރި ހުރިހާކަމެއް ސާރާގެ ފަރާތުން އެރޭ އަހަރެންނަށް ލިބުނު…..އޭނާ އަހަރެންދެކެ ލޯބިވާކަމަށް އިއުތިރާފްވީ އިރު އެރީތިދެލޮލުން ކަރުނަ އާދޭ…..ހަމަރަނގަޅަށް މިބުނީ ޝެލީންއާއެކު އެހޭދަވީ ދުވަސްތަކުގާ އަހަރެންނަށް އެފަދަ ހިތްހަމަޖެހުމެއް ލިބިފައެއްނުވޭ….ހަޤީޤީ ލޯތަބަކީ ކޮބައިކަން އަހަރެންނަށް ދަސްވީ ސާރާގެ ފަރާތުން..” އަލަމް ސާރާގެ ލޯތްބާމެދު ފަޚުރުވެރިވެފައި ބުންޏެވެ.

” ދެން މިހުރިހާ ދުވަހު ޝެލީންދެކެ ވީ ލޯތްބަކީ ބޭކާރު އެއްޗެއްތަ؟…ޝެލީން އަލަމްދެކެ ވީލޯބީގަ އެއްވެސް އަގެއްނެތީތަ؟…އެއީ ހަމައެކަނި ދެއްކި ހުވަފެންތަކެއްތަ؟” އަލަމްގެ ވާހަކަތަކާމެދު ނުރުހުންވެގެން އަހަރެންނަށް ބުނެވުނެވެ.

” އަހަރެންވެސް ހީކުރިން އަހަރެންނަށް ޝެލީންދެކެ ލޯބިވެވުނުކަމަށް…..ޝެލީންއާ ރައްޓެހިވީވެސް އެހެން ހީކޮށް……އެކަމު ސާރާއާ ބައްދަލުވިފަހުން އަހަރެންނަށް އެނގުނު ލޯތްބަކީ ހަމައެކަނި ދުލުންބުނެލާ ބަހެއްނޫންކަން….އެއީ ދެޖިސްމެއްގެ މެދުގާ ހިއްސާކުރެވޭ އިހުސާސެއްކަން….ހަމައެކަނި ދުލުންބުނެލާބަހެއްގަ އޮތީކޮން އަސްލެއް…..ކޮން އަސަރެއް….އަހަރެން އަބަދުވެސް ބޭނުންވީ ވަރަށް ރޮމޭންޓިކް ރިލޭޝަންޝިޕެއް….އެކަމް ޝެލީންގެ ފަރާތުން އެފަދަ ހިތްހަމަޖެހުމެއް އަހަރެންނަކަށް ނުލިބުނު….އަހަރެންހީކުރީ އެމޮޔަ އަންހެން ކުއްޖާ ހައްލާލައިގެން އަހަރެން ބޭނުންކަމެއް ކުރެވިދާނެކަމަށް…އެކަމު އެއުޅޭ ޔޫނާގެ ބޯބޮޑުކަމުން ޝެލީންއަށް ވިސްނައިދީފި ކަމެއްނުވެގެން އުޅެނިކޮށް….އަދި އެވަރުން ސިއްރުކޮށްގެން އުޅެނިކޮށް ރައްޓެހިވީކަންވެސް ފަޅާއެރީ އެޝެލީންގެ މޮޔަކަމުން….އެކަން އެނގުމާއެކު މަންމެން ހީވީ އުފަލުން އެހެންކަމެއްހެން…..އެކަހެރިކޮށް ބައްދަލުކުރިޔަކަވެސް ނުދިން…..ނުވިތާކަށް ޝެލީންގެ އިތުބާރުހޯދަން ބަސްއަހާމީހަކަށްވެސް ހެދެން މަޖުބޫރުވީ….ހަމަރަނގަޅަށް މިބުނީ ކިތަންމެ ފަހަރަކު ހިތަށްއެރި އަހަރެންގެ ބާރުގެ ބޭނުންކޮށްފަ އެކުއްޖާއަށް ކަމެއްކުރަންވެސް…..އެކަމުވެސް މަސްލަހަތައްޓަކާ ނުކެރުން ކުރާކަށްވެސް…” އަލަމް ހަޤީޤަތް ހާމަކުރިއިރު އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. އަލަމްގެ ކޮންމެ ވާހަކައަކުން އޭނާގެ އަސްލުސިފަ ދިޔައީ ކަޝްފުވެ ހާމަވަމުންނެވެ.

” އަހަރެން ހަމަ ހައިރާންވެއްޖެ….ހިތަށްއަރާ ތީހަމަ އަލަމްބާއޭ…” ބުނާނެ އިތުރު އެއްޗެއް ނޭނގިގެން އަހަރެން ބުނީމެވެ.

” ޝިޔާޒް ތިހާބޮޑަށް ހައިރާންވާވަރު ކަމެއް ވެއްޖެތަ؟….އަހަރެން މިހާމަކުރީ ހަޤީޤަތް….އަހަރެންނާ ސާރާގެ ލޯބީގެ ގުޅުން ފެށުނުގޮތް މިބުނީ…..އެލޯބީގެ ގުޅުންތައް އެއްމަސްދުވަސްވާންދެން ސަފާރީގާ ކުރިޔަށްދިޔަ…..ސާރާ އޭނާގެ އާއިލާއާ އޭނާގެ ދިރިއުޅުމާބެހޭ ހުރިހާކަމެއް އަހަރެންނާ ހިއްސާކުރި……އަހަރެންނާ ކައިވެނިކުރަން ބޭނުންވާ ކަމުގާވެސްބުނި….އަހަރެންވެސް ހުރީ ހަމައެހާލުގަ….ސާރާއާ ނުލާނޫޅެވޭ ވަރުވެފަ……..އަހަރެމެންގެ ލޯބީގެގުޅުން އޭގެ ކުރިބޯށީގަ ހުއްޓާ ޝިޔާޒްމެން ޝެލީގޮވައިގެން ރިޒޯޓަށް ދިޔައީ….ޝެލީ ފެނުމުން އަހަރެންނަށް އެއްވެސް އުފަލެއްނުލިބުނު…..ތިމީހުން ރިޒޯޓަށްދިޔަ ދުވަހުގެ އަނެއްދުވަހު ސާރާ ސިންގަޕޫރަށް އައީ.. ސާރާ އެނބުރި ސިންގަޕޫރަށް އައީމަ އަހަރެން މޮޔަވާވަރުވި….ސާރާ އަހަރެންނަށް ކޮންމެދުވަހުވެސް ގުޅާ….އީމެއިލްކޮށްހަދާ….އަހަރެން ޝެލީގެ ގާތަށް ގޮސް ހާލުބަލާ ވާހަކަދައްކާ ހެދީ މަތިއޮމާން ކޮށްލަން….އެކަމު ޝެލީހުރީ އަހަރެން ފެނިގެން ވަރަށް އުފާވެފަކަން އަހަރެންނަށް އެނގޭ…..އަހަރެންހުރީ ޝެލީއާ ދުރައްދާނެ ބަހަނާއަކަށް ބޭނުންވެފަ……އެހެންހުއްޓާ ނަސީބަކުން ޝިޔާޒް އެކަން ކޮށްދިނީ…” އަލަމް ހީލަމުން ބުނެލިއެވެ

” އޭނ؟…ކީކޭ؟..އަހަރެންނޭ؟” އަހަރެން ހަމަ ރަނގަޅަށްވެސް ހައިރާންވިއެވެ.

” ހާދަހާސްވީ އެހެންބުނީމަ!….ޝިޔާޒްހީކުރީ އުމުރަށްވެސް ޝިޔާޒްކުރިކަންތައް ސިއްރެއްގެ ގޮތުގަ އޮންނާނެކަމަށްތަ؟…..އަހަރެންނަށް ހުރިހާއެއްޗެއްވެސް އެނގިއްޖެ….ޝިޔާޒްމެން ފުރަންއޮތް ދުވަހު އަހަރެން ޝެލީއާ ބައްދަލުކުރަން ދިޔައިރު އޭނާހުރީ އިންތިހާއަށް ރުޅިއައިސްފަ….އަދި އަހަރެންގެ ގަޑި މޫނުމައްޗަށް ހޫރާލާފަބުނީ ކަލޭކުރި ހުރިހާކަމެއްގެ ހެކިމިއޮތީ ފެންނާށޭ…..އެހެންބުނީމަ އަހަރެން ވަރަށް ކަންބޮޑުވި….އެގަޑިއަކީ ސާރާ އަހަރެންނަށް ދިން އެއްޗެއްވީމަ އަހަރެން ހީކުރީ ޝެލީއަށް އަހަރެންނާ ސާރާގެ ހަޤީޤަތް އެނގުނީކަމަށް….ޝެލީދެއްކި ވާހަކަތަކުން އަހަރެންނަށް ހީވީވެސްއެހެން…..ކޮންމެވެސް މީހެއްގެ ފަރާތުން އެކަން އެނގުނީކަމަށް އަހަރެން ޔަޤީންކުރިން…..އަހަރެން ބިރުގަތީ މަންމެނާ ހަމައަށް އެޚަބަރު ހިގައިދާނެތީ…..ސާރާއާ އަހަރެންގެ ގުޅުމަށް ދުވަހަކުވެސް އެމީހުން ގަބޫލު ނުވާނެކަން އަހަރެންނަށް އެނގޭ….އެހެންވެ އަހަރެން ބޭނުންވީ ކޮންމެވެސް ގޮތަކުން ޝެލީއަށް ވިސްނަދޭން….އެކަމު އެފުރުސަތު އަހަރެންނަކަށް ނުލިބުނު….. ޝެލީމާލެދިޔައީމަ، އަހަރެން ތިގެޔަށްވެސް ގުޅިން…..އެންމެ ދުވަހަކު ގުޅުނީ….އެދުވަހު ސަމީރާ ދިނީ އިންޒާރު ނުގުޅާށޭ ކިޔާފަ….އޭގެފަހުން އެނަމްބަރ ހުރީ ކަނޑާލާފަ….އެކަމާހަދާނެ ގޮތެއް ނޭނގިގެން ތިންދުވަސްވާންދެން ރަގަނޅަށް ނުނިދި ނުކެވި، އަހަރެންގެ ހާލަތު ގޯސްވި…. އެންމެފަހުން އަހަރެން އުޅޭހާލުބަލަން ކެތްނުވެގެން އަހަރެންގެ ރޫމްމޭޓް އަހަރެންނަށް ހަޤީޤަތް ކިޔާދިނީ…..އޭނާގެ ފަރާތުން އެނގުނީ ޝެލީއަށް ވީގޮތް…” އަލަމް ހިނދުކޮޅަކަށް އޭނާގެ ވާހަކަ މެދުކަނޑާލާފައި އަހަރެންނާ ދިމާ ބަލާލިއެވެ. އަހަރެންގެ އަނގައިން ބަސްހުސްވެފައި އިނދެވުނީ އަލަމްއަށް ހަޤީޤަތް އެނގުނުކަން އެނގޭތީ ގަތްލަދުންނެވެ.

” ޝިޔާޒް….އަހަރެން ހިޔެއްނުކުރަން ޝިޔާޒްވެސް ތީ ތިފަދަ މީހެއްކަމަކަށް….އީދުގަ ރަށަށްގޮސް އުޅުނުއިރުވެސް އަހަރެންނަށް ހީވީ ޝެލީއާމެދު ޝިޔާޒްގެ ނިޔަތް ރަނގަޅުނޫންހެން…..އެކަމު އެގޮތަށް އަންހެން ކުއްޖެއްގެ ނިކަމެތިކަމުގެ ފައިދާ ނަގާނެއެކޭ ދުވަހަކުވެސް ހިޔެއްނުކުރަން….އަދި އެންމެ ހެއްވާކަމަކީ ސަމީރާ އެބަންގާޅުސޮރަށް ރުފިޔާދީގެން ޝެލީ ރޭޕްކުރަން އުޅުނީމަ….ސަމީރާއަށް އެނގުނީދޯ ޝިޔާޒް ޝެލީއަށް ހިތްކިޔާކަން…އެހެންވެ ޝެލީއަށް އަދަބެއްދޭން އުޅުނީ….އަދި އެކަންވެސް އުޅުނީ އަހަރެންގެ ބޮލުގަ އަޅުވަން…..އަހަރެންގެ ރޫމްމޭޓް ލައްވާ އަހަރެންގެ ގަޑިއާ ސެންޓްފުޅި ވަގަށް ނެގުވީ….ވާއު!…ހަމަ ބްރިލިއަންޓް ޕްލޭން އެއް…ހެހެހެ” އަލަމް މަލާމާތްކޮށްލިއެވެ.

” އާނ! އަހަރެން ޝެލީންދެކެ ލޯބިވާން….އަހަރެންނަށް ފުރަތަމަ ޝެލީންއާމެދު ތަފާތުގޮތަކަށް ދެކެވުނީ އީދުތެރޭގަ ކުލަޖަހަން އުޅުނުދުވަހު….އެދުވަހު ކުލައިން ފޯވެފާ ހުރި ޝެލީން އަހަރެންނާއެކު ވެލިގަނޑުމައްޗަށް ވެއްޓުނު ވަގުތު ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގަ ތަފާތު ގޮތަކަށް ވިންދު ޖަހާލި….އޭގެ ފަހުން އަހަރެންނަށް ޝެލީންއަށް ބެލެނީ ތަފާތު ނަޒަރަކުންކަން ޚުދު އަހަރެންނަށްވެސް އެނގޭ….އަލަމް!….އަހަރެންނަށް އެނގޭ އަލަމް އަހަރެންނާމެދު ދެކޭނެގޮތް…..އެކަމަކު އަހަރެންނަކީ ތިހީކުރާ ކަހަލަ މީހެއްނޫން…..ޝެލީންގެ ފަރާތުން ނާޖާއިޒް ފައިދާ ނަގާނެ ކިތަންމެ ފުރުސަތެއް އަހަރެންނަށް ލިބުނު….އެކަމު އަހަރެން އެގޮތަކަށް ކަންތަކެއް ނުކުރަން….އެއީ އަހަރެން ޝެލީންދެކެ ވީ ހަޤީޤީ ލޯބިކަމަށްވީތީ….އަހަރެންނަކަށް ނޭނގޭ ސަމީރާ ޕްލޭން ރާވައިގެންކަމެއް ރިޒޯޓަށް ދިޔައީކީ…އެކަމް އެއްރޭ ދަންވަރު އަހަރެންނަށް ފެނުނީ އަލަމްގެ ރޫމްމޭޓާ ސަމީރާ ބައްދަލުކުރަނިކޮށް….އެހެންވެ އަހަރެން އަނެއްކާ ސަމީރާއާ ސިއްރުން އޭނައާ ބައްދަލުކުރީމަ އަހަރެންނަށް ސަމީރާގެ ޕްލޭން އެނގުނީ….އޭނާއަށް ދަރިން ނުލިބޭތީ ޝެލީމެދުވެރިކޮށް ދަރިޔަކު ހޯދަން އޭނަބޭނުންވީ…އެއީ ބަންގާޅިއެއްގެ ދަރިޔަކަށްވިޔަސް ސަމީރާއަށް ފަރުވާލެއްނެތް…..އަހަރެން ބޭނުންވީ އެކަން ހުއްޓުވަން….އެކަމު އަހަރެންގެ ހިތަށް އެއަށްވުރެ މޮޅު ޕްލޭން އެއް ވައްދައިދިނީ ޝައިތާނާ…..އަހަރެންނަށް އެނގޭ ޝެލީއާ އަލަމްގެ ގުޅުން…..ދުވަހަކުވެސް އަހަރެންނަށް ޝެލީނުލިބޭނެކަންވެސް އެނގޭ….އަދި ސަމީރާއާއެކު އުމުރު ދުވަހު އުޅުނަސް ދަރިޔަކު ނުލިބޭނެކަންވެސް އެނގޭ….އެހެންވެ އަހަރެން ބޭނުންވީ….ޝެލީންގެ ބަނޑުން އަހަރެންގެ ދަރިޔަކު އުފަންކުރަން…..އޭރުން ތާއަބަދު އަހަރެންގެ ލޯމަތީ ޝެލީންގެ ހަނދާނެއް ހުންނާނެ….އެއީ އަހަރެން އެގޮތަށް ކަންތައްކުރި ސަބަބަކީ…” އަހަރެން ހަޤީޤަތް ހާމަކޮށް އެކަމަށް އިއުތިރާފްވީމެވެ.

” ވާއު!…އެނެދަރ އެމޭޒިންގް ސްޓޯރީ…..ޝިޔާޒްއަށް އަޖާއިބަކަށްވީ އަހަރެން ސާރާދެކެ ލޯބިވާ ވާހަކަ ބުނީމަ….އެކަމު ތިލަވް ސްޓޯރީގެ އަޖާއިބުކަން ވަކި ކުޑަތަ؟…. ނުލާހިކުރީތި ޒުވާން، މުއްސަނދި އަންބަކު ހުއްޓާ، ގެޔަށްގެނައި މޮޔަ އަންހެން ކުއްޖަކުދެކެ ލޯބިވެވުނީ….އަދި އެވެސް އުމުރުން އަށްވަރަކަށް އަހަރު ކުޑަކުއްޖެއްދެކެ…..ގަބޫލުކުރަން ޝިޔާޒްއަކީވެސް ޒުވާން ރީތި ފިރިހެނެއްކަންވެސް…..އެކަމު ޝެލީކަހަލަ މޮޔަ އަންހެން ކުއްޖަކުދެކެ ލޯބިވީތީ ހައިރާންވަނީ….އެވެސް ސަމީރާކަހަލަ ރީތި އަންބަނކު ހުއްޓާ….” އަލަމް އަނެއްކާވެސް ކޮށްލީ މަލާމާތެކެވެ.

” އަލަމް! އަލަމްއަށް ނޭނގުނަސް ޝެލީން އެއީ އަހަރެންގެ އަލަތުލޯބި…..އަލަމްއަށް އަހަރެންގެ ހަޤީޤަތް އެނގޭނަމަ ތިހެނެއް ނުވެސް ބުނާނެ….އަހަރެންނަކީ މިހާރު ރުފިޔާލިބޭ ފޯރާމީހަކަށްވިޔަސް އަހަރެން އުފަންވީ އައްޑު އަތޮޅު މީދޫގެ ވަރަށް ނިކަމެތި އާއިލާއަކަށް…އުފަންވުމާއެކު މަންމަ ނިޔާވެއްޖެ….ބައްޕަ އަކީ ކާކުކަންވެސް އަހަރެންނަކަށް ނޭނގޭ….އުމުރުން އަށް އަހަރުވާންދެން މުސްކުޅި މާމަޔަކުބެލީ….އެމާމަ ނިޔާވީވެސް ހަމަ ކުއްލިއަކަށް….މާމަ ވެއްޓިފަ އޮއްވާ ފެނިގެން، މީހެއްގެ އެހީއެއް ހޯދަން ރޮމުން ރޮމުން މަގުމަތީ ދުވަނިކޮށް ސަމީރާގެ ބައްޕައާ ދިމާވީ….ބޭބެ އެރަށަށް ގޮސް އުޅުނީ ވިޔަފާރި ދަތުރެއްގަ….ބޭބެ މާލެއައީ އަހަރެން ގޮވައިގެން….އަހަރެންނަށް ކިޔަވައިދީ މީހަކަށް ހެދީ ބޭބެ….ކުޑައިރު ސަމީރާ އަހަރެންދެކެ ވަރަށް ރުޅިއާދޭ…..ޕްރައިމަރީ ނިންމިގޮތަށް ސަމީރާ އޭނަގެ މަންމައާއެކު ލަންކާއަށް ކިޔަވަން ދިޔައީ….އޯލެވެލް ކިޔެވުމަށްފަހު އަހަރެން ދިޔައީ މެލޭއަށް….ދެމީހުން ބޮޑުވީ ދެތާއުޅެގެން….ސަމީރާގެ އުމުރުން ފަނަރަ އަހަރުގަ އޭނަގެ މަންމަ ނިޔާވުމުން އޭނަގެ އުޅުން ގޯސްވެ ކިޔެވުން ހުއްޓާލަން ޖެހުނީ…އެކަމާ ދެރަވެގެން ބޭބެ ސަމީރާ މާލެގެނައީ…ދެންވެސް އޭނަގެ އުޅުމެއް ބަދަލެއްނުވި….އަހަރެން ކިޔަވާނިމިގެން މާލެއައުމާއެކި ސަމީރާއަށް އަހަރެން ފެނިގެން އަހަރެންނާ މޮޔަވީ….އެކަމު އަހަރެން ދެކެނީ އެއީ ކޮއްކޮގެ ގޮތުގަ…އެންމެފަހުން ސަމީރާ ބޭނުންގޮތަކަށް އަހަރެން ނުހަދާނެކަން އެނގުނީމަ….އޭނަގެ ބައްޕަގާތު ބުނީ އަހަރެންނާ ކައިވެނިކުރަންބޭނުމޭ….ސަމީރާގެ އާދެހުގެ ސަބަބުން ބޭބެ އަހަރެންގާތު އެދުނީ ސަމީރާއާ ކައިވެނިކުރަން….ބޭބެ ބޭނުންވީ ސަމީރާގެ އުޅުން އިސްލާހުކުރަން…..ކަންތައް ވީގޮތަކީމިއީ…އަހަރެން ކުޑަކޮށްވެސް ސަމީރާދެކެ ލޯތްބެއްނުވަން….” އަހަރެން އަލަމްއަށް އަހަރެންގެ ހަޔާތުގެ ހުރިހާ ހަޤީޤަތެއް ކިޔާދިނިމެވެ.

” ތީގެ މާނައަކީ ޝެލީދެކެ ހަމަ ހަޤީޤަތުވެސް ލޯބިވެޔޭދޯ؟…..ދެން ތިވީ މާރަނގަޅަކަށްނު….ސަމީރާއަށް ދަރިއަކު ނުލިބޭތީ ޝެލީގެ ބޭނުންކުރީ…..ދެން ޝެލީއާ މެރީ ނުކުރީ ކީއްވެގެންތަ؟…އެހެންނަމަ ތިހެން އުޅޭކަށް ނުޖެހުނީހެއްނު….ހަލާލުދަރިއަކު ހޯދުނީހެއްނު…” އަލަމް ބުނެލިއެވެ.

” އަލަމް އަށް އެނގެއެއްނު ޝެލީން ލޯބިވަނީ އަލަމްދެކެކަން…..އެހެންނޫނަސް އަހަރެން ސަމީރާގެ ބައްޕަގާތު ވަޢުދުވީން ސަމީރާއަށް ދެރަގޮތެއް ނަހަދާނަން ކަމަށް…..ކޮންމެގޮތެއްވިޔަސް ސަމީރާ ވަރި ނުކުރާނަންކަމަށް….ސަމީރާ ދުވަހަކުވެސް ގަބޫލެއްނުވާނެ އެހެންމީހަކާ އަހަރެން އިންނާކަށް….އަހަރެންނަކީ ސަމީރާގެ ބައްޕަގެ ދަރަނިވެރިއެއް….އެހެންވީމަ އެބައްޕައަށްޓަކާ އަހަރެން މިކެތްކުރަނީ….އެހެންނޫންނަމަ ސަމީރާ ކަހަލަ ޒީލަގަދަ ،ގޮތްދޫނުކުރާ، އަމިއްލަ އެދުން ބޮޑުމީހަކާ އެކީ އަހަރެން އެންމެ ދުވަހަކުވެސް ނޫޅުނީމުސް….އެބޭބެގެ އިހުސާންތެރިކަމުގެ އަގު އަހަރެން މިއަދާކުރަނީ…..ސަމީރާއަށްވެސް އެނގޭ އަހަރެން ޝެލީންދެކެ ލޯބިވާކަން…އަދި އަހަރެންކަން ޝެލީން ކޮޓަރިޔަށްވަނީވެސް….މިހާރު ޝެލީން އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ….އެކަމު އަހަރެން ބޭނުމެއްނޫން ދުވަހަކުވެސް ޝެލީންއަށް އެކަން އެނގޭކަން….އަހަރެން ބޭނުމީ އަލަމްއާއެކީ ޝެލީން އުފާވެރި ހަޔާތެއް އުޅޭތަން ދެކެން…..އަލަމް ޕްލީޒް!…ޝެލީން ދޫކޮށްނުލާ! ޝެލީން ވަރަށްލޯބިވޭ އަލަމްދެކެ…” އަހަރެން އަލަމްގެ ކޮނޑުގައި އަތްބާއްވާލަމުން އާދޭހާއެކު ބުނީމެވެ.

” ވަރަށްމޮޅު…..ބޭނުން ފުދުނީމަ އަހަރެންގެ ބޮލަށް ޖަހަންވީދޯ؟….ތީތަ ތިބުނާ ލޯތްބަކީ….ކުރީގަ ނަމަ އަހަރެންނަށް އާނއެކޭ ބުނެވުނީސްކަންނޭނގެ….އެކަމު މިހާރު ޝިޔާޒް ބޭނުންކޮށްފަ ހިތްފުރުނީމަ،އަހަރެންވީ މުޅިއުމުރު ދުވަހު ލޯބިދީގެން ގެންގުޅެން….އަހަރެންގެ ލޯބިވެރިޔާ ދޫކޮށްލާފަ އަނެއްކާވެސް ޝެލީއާގުޅެންވީ…..ނުވާނެތިކަމެއް!….ބުނާއަޑުއަހަންތަ ދިވެހި ހަރުބަހެއްގަ އޮންނާނެ އެމީހަކު ކެހި ކަނޑުލެއްގަ ހިތިފިލުވަން ޖެހޭނީ އެމީހެކޭ…..އެހެންވީމަ ޝެލީގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ހަމަ ޝިޔާޒް….އަހަރެންކުރި ކަމެއްނަމަ ޔަގީނުންވެސް ޒިންމާނެގީމުސް….މަށަކީ ޝިޔާޒް ކަހަލަ ބޮޑު ފިނޑިއެއްނޫން….އެކަމު މިހާރު އަހަރެންގެ މުސްތަޤުބަލަކީ ސާރާ….އޭނަ އަހަރެންނާ ބައްދަލުކުރާނެ މިއަދު….އޭރުން އަހަރެން ބޭނުންވާގޮތް ޝިޔާޒްއަށް އަންގާނަން….އަހަރެން ހީކުރަން ޝިޔާޒް އަހަރެންބުނާ ގޮތަށް ކަންތައް ކޮށްދޭނެކަމަށް” އަލަމް އޭނާގެ ވާހަކަ ނިންމާލުމަށްފަހު އަހަރެންގެ ޖަވާބަކަށްވެސް އިންތިޒާރު ކުރުމެއްނެތި ބޭރަށް ނުކުތެވެ. ވިސްނަންވީ އެއްޗެއް ނޭނގިފައި އެއިން ގޮތަށް ސޯފާގައި އަހަރެން އިނީމެވެ.

ބައިގަޑިއިރެއްހައި އިރުފަހުން އަލަމް އައިސް ކޮޓަރިން ވަނެވެ. ފަހަތުން ދޮންބުދެއްފަދަ އަންހެން ކުއްޖަކު ވަނެވެ. އެއީ އަލަމް އެބުނާ ސާރާއެވެ. ތެދެކެވެ. އެއީ ފިސާރި ރީތި އަންހެން ކުއްޖެކެވެ. އެދެލޮލުގައި މީހުން ހައިރާންކޮށްލާފައި ބާރެއްވެއެވެ. ކޮންމެ ފިރިހެނަކުވެސް އެދެލޮލަށް ގެނބިގެން ހިގައިދާނެކަން ކަށަވަރެއެވެ. ރީތިހެދިހުރި ހަށިގަނޑާއި އަންހެން ވަންތަ ވަނާތަކުގެ ފުރިހަމަކަމަކީވެސް ހިތްތައް މަގުން ކައްސުވާލާފަދަ ފުރިހަމަކަމެކެވެ. އަލަމްއަށް ސާރާގެ ޖާދޫގައި ޖެހެވުނު ސަބަބު ދެނެގަންނާކަށް އަހަރެންނަކަށް އުނދަގުލެއް ނުވިއެވެ.

” ޝިޔާޒް…މިއީ ސާރާ…މައި ވޮންޑަފުލް ގާރލް ފުރެންޑް….އެންޑް ދިސްއިޒް މައި ފްރެންޑް ޝިޔާޒް..” އަލަމް ފަޚުރުވެރިކަމާއެކު އަހަރެންނަށް ސާރާ ތަޢާރަފްކޮށްދިނެވެ. އަހަރެން ގަދަކަމުން ހިނިތުންވެލަމުން ސާރާއާ ސަލާމްކޮށްލީމެވެ.

” ޝިޔާޒް…އަހަރެން ބޭނުމެއްނޫން އެނބުރި ރާއްޖެދާކަށް….އަހަރެން ދެން އުޅޭނީ ސާރާއާއެކީ މިޤައުމުގަ….ދެން ޝިޔާޒްކޮށްދޭންވީ ކަމަކީ އަހަރެން ބުނާގޮތެއް ހަދައިދޭންވީ….އަހަރެންބުނާގޮތަށް ގޮސް މަންމަމެންގާތު ބުނަންވީ….” އަލަމް އޭނާ ބޭނުންވާ ގޮތް ހުށަހެޅިއެވެ. އަލަމް ވަރަށް ތަފްސީލުކޮށް ސާރާއާ އޭނާ ރާވާފައިވާ ގޮތް އަހަރެންނަށް ކިޔައިދިނެވެ.

” ވަޓް؟!!….އަހަރެންވީ އަލަމް ދިރިހުއްޓާވެސް އަލަމް މަރުވީއޭބުނަންތަ؟….އެވަރުގެ ބޮޑުއޮޅުވާލުމެއް އޮޅުވާލަންވީތަ؟….މަށަކަށް ނުވާނެތިކަމެއް….އަލަމް އަމިއްލައަށް ގުޅާފަ ބުނަންވީނު މިހުރީ މަރުވެފައޭ….” އަހަރެން ވަގުތުން އަލަމްގެ އެދުމާ އިންކާރުކުރީމެވެ. އޭނާބޭނުންވީ ދިރިހުއްޓާވެސް އޭނާ މަރުވެއްޖެ ކަމުގައި ބުނާށެވެ. ސާރާގެ ލޯބީގާ އަލަމްހުރީ ދީވާނާވެ މޮޔަވެފައެވެ.

” ކަމޯން ޝިޔާޒް….ހަމައެކަނި ގުޅާފަ އެހެން ބުނެލީމަ ނިމުނީ….ދެން މާލެދަމުން އަހަރެން މިދޭ މެޑިކަލް ރިޕޯޓް ގެންގޮސް ދެއްކީމަ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ…” އަލަމް އަހަރެންގެ އަތަށް ރިޕޯޓެއް ދިއްކޮށްލަމުން ބުންޏެވެ. އަހަރެން ހައިރާންހުރެ އޭގައި ހިފާ ބަލާލީމެވެ. އޭގައިވަނީ އަލަމްގެ ސިކުނޑީގެ އޮޕަރޭޝަނެއްކުރެވި ކޯމާއަށް ދިޔަކަމެވެ. އަދި މަރުވިކަން ސާބިތުކުރަން ފުރާފައިވާ ފޯމެއްވެސް އޮތެވެ. އޭގައިއޮތީ ކޯމާއަށް ދިޔަތާ އެއްދުވަސް ފަހުން މަރުވި ވާހަކައެވެ. އެއީ ހުރިހާކަމެއްވެސް ވަރަށް ސާފުކޮށް އެނގޭގޮތަށް ތައްޔާރުކޮށްފައިވަ ރިޕޯޓެކެވެ.

” އެކަމަކު ކިހިނެއް މިރިޕޯޓް ތައްޔާރުކުރީ..؟” އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ.

” ހެހެހެ ރިޕޯޓްދޯ….ސާރާއަކީ ޑަކްޓަރެކޭ….މިބުނީ ފިއުޗަރގާ ޑަކްޓަރެކޭ….އަދި މިހާރު ހަމަ ތަޖުރިބާގެ މަރުހަލާގަ އުޅެނީ…އެހެންވީމަ ތީއެހާބޮޑުކަމެއްނޫނެއްނު……އަހަރެމެން ސިންގަޕޫރަށް އަންނަން އޮތްދުވަހު ސާރާގުޅީމަ އަހަރެން ކިޔާދިނިން ހުރިހާ އެއްޗެއް…..އަނެއްކާ މިކޮޅަށް އައިސްފަވެސް ސާރާއަށްގުޅިން ޝިޔާޒްއަށްނޭނގި…..ހޮސްޕިޓަލް ތެރެއިން އަހަރެންނާ ސާރާ ބައްދަލުކުރި…..އޭނާ މަސައްކަތްކުރަނީ އެތާނގަ…ހެހެހެ…ނޭނގުނުދޯ…” އަލަމް ހުރީ ވަރަށް ހަމަޖެހިފައެވެ.

” އަލަމް ތިހުރީ ސާރާގެ ލޯބީގަ ހަމަރަގަނޅަށްވެސް މޮޔަވެފަ…..އެނގޭތަ އަލަމްއަށް ތިކުރެވޭކަމެއް….އަމިއްލަމީހާ މަރާލަނީތި…ހަމައެކަނި މިއަންހެން ކުއްޖާއަށްޓަކާ…ޝެލީންއާމެދު ނުވިސްނިތާނގަ އަލަމްގެ މައިންބަފައިންނާމެދުވެސް ވިސްނާލިނަމަވެސް ކީއް….ތިހާ އަމިއްލައެދުން ބޮޑުވާކަށްނުވާނެ….ތިވަރުގެ ބޮޑުދޮގެއް ހަދާއިރު ހެއްދެވިފަރާތަށް ބިރުވެތިވެބަލަ!…” އަހަރެން ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ.

” ބުނަން ޝިޔާޒް!….ޝިޔާޒްތީ އަހަރެންނަށްވުރެ މާތްމީހެއް ކަމަށް ދައުވާކުރަންތަ ތިއުޅެނީ؟…ޝެލީންގެ އިތްފަތް ނަގާލިއިރު ތިބުނާ ބިރެއް ޝިޔާޒްވެސް ނުގަންނަމެއްނު…އެއީ ޝިޔާޒް އެކަން ބޭނުންވެފަ ހުރިލެއްބޮޑުވީމަ….މާރީއްޗެއްނޫން ޝިޔާޒްވެސް އަހަރެންނަށް ނަސޭހަތްދޭކަށް….އަހަރެންގެ މަންމައާ ބައްޕަގެ ގޮތްވެސް އެންމެ ރަނގަޅަށް އެނގެނީ އަހަރެންނަށް….އެމީހުން ދުވަހަކުވެސް ސާރާއާ އަހަރެން ގުޅުނަކަ ނުދޭނެ….އަހަރެންނަށް ސާރާއާ ނުލާއުޅެވޭކަށްނެތް….މީގައޮތް އެންމެ ރަނގަޅު ހައްލަކީ ދުނިޔޭގެ ލޯމައްޗަށް އަހަރެން މަރުވުން….އޭރުން ދުވަސްކޮޅަކު ހިތާމަކޮށްފަ އެކަން ހަނދާންނެތިދާނެ…އެކަމަކު އަހަރެން ސާރާއަށްޓަކާ މައިންބަފައިން ދޫކޮށްފަ ފާޅުގަ އަތުވެއްޖެނަމަ އެމީހުންގެ ހިތް ދުވަހަކުވެސް އަހަރެންނަކަށް ހެވެއްނުވާނެ…އަދި ރަށުގެ އެހެންމީހުންވެސް ލައުނަތްދޭނެ…އަހަރެން ބޭނުމެއްނޫން އެހެންވާކަށް….އަހަރެންގެ މަރުގެ ޚަބަރުއަހާފަ އެމީހުން ދެރަވާނެވަރު އަހަރެންނަށް އެނގޭ…އެކަމު ދުވަސްކޮޅަކުން ހަމަޔަކަށް އެޅޭނެ…އެހެންނޫނަސް މިހާރު އެމީހުނަށް އެހެންދަރިޔަކުވެސް ލިބިއްޖެ…އެހެންވީމަ މާބޮޑަށްވެސް އަހަރެންމަތިން ހަނދާން ނައްތާލަން ފަސޭހަވާނެ..” އަލަމް އަނެއްކާވެސް އަހަރެންނަށ ވިސްނަދޭން މަސައްކަތްކުރިއެވެ. އަލަމް ވިސްނަމުން ދިޔައީ ހަމައެކަނި އޭނައާމެދުގައެވެ.

” އަދި އެއްވާހަކަ ބުނަން….ޝިޔާޒްއަށްވެސް މިކަމުން ފައިދާކުރާނެ….ޝެލީ ހީކޮށްގެން އެހުންނަނީ އޭނަ ރޭޕްކުރީ އަހަރެންކަމަށް…..އެހެންވެ އުމުރަށްވެސް އަހަރެންނަށް ނަފްރަތުކުރާނެ…އެކަމުގެ ފައިދާ ޝިޔާޒްއަށްވާނެ…ޝެލީގެ ހިތްރުއްސާފަ އޭނައާ ކައިވެނިކުރަންވެސް ފަސޭހަވާނެ….ނޫންތަ؟….އަދި އެންމެ މުހިއްމު ވާހަކަ ބުނަންތަ….ސާރާ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ….އެހެންވީމަ އެއްވެސް ހާލެއްގަ އަހަރެންނަށް ސާރާ ދޫކޮށްލެވޭކަށް ނެތް….” އަލަމްގެ ފަހު ޖުމްލައިން އަހަރެންނަށް ހުރިހާކަމެއް ވިސްނުނެވެ. ސާރާއަށްޓަކައި އަލަމް އެހުރީ ކޮންމެފަދަ ކަމެއްކުރަންވެސް ތައްޔާރަށެވެ.

” އަލަމް!…މަންމެންނާ ވާހަކަދައްކައިގެން ތިކަމަށް ހައްލެއްހޯދަންވީނު…..އުޅެބޮޑުވި ޤައުމާއި ލޯބިވާ އާއިލާއާ ހުރިހާ އެއްޗެއް ދޫކޮށް ތިގޮތަށް އައުމަކީ މޮޔަކަމެއް…..ފަހުން ހިތާމަކުރަންވެސް ޖެހިދާނެ…ހާލެއްގަ ޖެހޭދުވަހަކުން އެނބުރިދާންޖެހޭނީވެސް އެތަނަކަށްނު!….” އަހަރެން އަނެއްކާވެސް އަލަމްއަށް ވިސްނަދޭން މަސައްކަތްކުރީމެވެ.

” ބުނެފީމެއްނު އަހަރެން އެނބުރިދާކަށް ބޭނުމެއްނޫނޭ….ކޮންމެމީހަކަށްވެސް އެމީހަކު ބޭނުންވާ ތާކު ބޭނުން މީހަކާ އެކު ދިރިއުޅުމުގެ ހައްޤު އޮންނަން ޖެހޭނެ….އެކަމު އަހަރެންނަށް އެނގޭ އެއްޗަކީ ޚުދު އަހަރެންގެ މައިންބަފައިން ނަކަށްވެސް އަހަރެންގެ ހާލަތު ނުވިސްނޭނެކަން…އެމީހުން އެއުޅެނީ އަދިވެސް އެއްޤަރުނު ފަހަތުގަ….ތަރައްޤީއާ ތަހުޒީބާ ކުރިއެރުމަކީ ކޮބައިކަން އެމީހުނަކަށް ނޭނގޭނެ….އަދިވެސް ބޯދާޚިޔާލުތަކަށް ތަބާވެގެން އެއުޅެނީ…..މިކަހަލަ ކުރިއަރާފަވާ ޤައުމެއްގަ އުޅެވެން އޮއްވާ މޮޔައަކު ނޫނީ ދާނެތަ ރާއްޖެތެރޭ ރަށެއްގަ އުޅެން….އަހަރެންނާއެކު ރިޒޯޓްގަ އުޅޭކިތަން ކުދިން އެތިބީ މިފަދަ ޗާންސެއް ނުލިބިފަ….ސާރާއަކީ އަމިއްލަ ގެދޮރުހުރި މުއްސަނދިކުއްޖެއް…..އޭނާބުނީ އަހަރެން ބޭނުމިއްޔާ އިތުރަށް ކިޔަވައިވެސް ދޭނަމޭ….އޭރުން އަހަރެންނަށްވެސް ވަޒީފާލިބޭނެ….އަހަރެމެންގެ ދަރިފުޅާއެކު އުފާވެރި ހަޔާތެއް އުޅެވޭނެ….ރީތިގެދޮރާ، ލޯބިވާ އަންބަކާ ދަރިޔަކު ލިބުމުން ދެން ކޮންކަމެއް އިތުރަށް ބޭނުންވާނީ….އެޔެއްނޫންތަ ކޮންމެމީހަކުވެސް މިދުނިޔެއިން ބޭނުންވެގެން އުޅޭ އެއްޗަކީ….” އަލަމްގެ ވިސްނުންވަނީ މުޅީން ބަދަލުވެފައެވެ. އޭނާވަނީ އަމިއްލަ އެދުމުން ފޯވެފައެވެ.

” އަލަމްއަށް މައިންބަފައިންނަކީ އެއްވެސް ބައެއްނޫންތަ؟…..އަހަރެންނަށް އެނގޭ މައިންބަފައިންގެ ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން…އަލަމްއަށް އެނިޢުމަތް ލިބިފަ އޮތީތީ އޭގެ އަގުވަޒަން ކުރަން ނޭނގިގެން ތިއުޅެނީ….އެކަމަކު ކޮންމެވެސް ދުވަހަކުން އަލަމްއަށް ވިސްނޭނެ….އެދުވަހަކުން އަހަރެންގެ މިބަސް ހަނދާންވާނެކަން ޔަޤީން..” އަހަރެން ރުޅިވެރިކަމާއެކު ބުނީމެވެ.

” ތިދިނީ އިންޒާރެއްތަ؟…ނޫނީ އަހަރެންނަށް ރަނގަޅުގޮތެއްވާތީ ހަސަދަވެރިވެގެން ބަދުދުޢާކުރަނީތަ؟….މައިންބަފައިންގެ ބޭނުންޖެހޭވަރަށްވުރެ އަހަރެން މިހުރީ ބޮޑުވެފަ….ބަލާބަލާ ސާރާއަށް އަދި އެންމެ ބާވީސް އަހަރު….އޭނާ އެކަނިއެއުޅެނީ އަށާރަ އަހަރުވީއްސުރެ…..މައިންބަފައިނަށް ބަރޯސާވެގެން އުޅޭއާދަ އޮންނަނީ ރާއްޖޭގެ….އެހެންވީމަ ދަރިންނަށް މިނިވަންކަމެއްނޯވޭ….އެހެންވީމަ މިގޮތަށް ފިލަންޖެހެނީ….ދެން އަހަރެން ބުނަން އޮތްވާހަކައަކީ ޝިޔާޒް މިކަން ކޮށްނުދިނަސް އަހަރެން އެބުރި ރާއްޖެއަކަށް ނުދާނަމޭ…..އަދި ޝިޔާޒްގެ ބޮޑު ސިއްރު ބޭޒާރުވާން ބޭނުން ނޫންނަމަ މިކަން ކޮށްދޭށޭ….މަށަށް އެނގޭ އެއްޗަކީ ނޫސްތަކުގެ ފަލަސުރުޚީއަށް ޝިޔާޒްގެ ރޭޕްކޭސް އަރަން ބޭނުންނުވާނެކަން….އަދި ޝެލީދެކެ ލޯބިވަންޏާ، އޭނަ ބަދުނާމުވާން ނޭދެންޏާ މިކަންކުރަންވީ…އެހެންނޫނީ އަހަރެންވެސް މަޑަކުން ނުހުންނާނަން….އަހަރެން އަނގަހުޅުވައިފިއްޔާ ގެއްލުންވާނީ ހަމަޝިޔާޒްއަށް….” އަލަމް އޭނާގެ އެންމެ ފަހުގެ ހަތިޔާރު ބޭނުންކުރިއެވެ. އަލަމްގެ ގާތުގައި ކުރި ނުލިބޭނެކަން އެނގުމުން އަހަރެން ހަތިޔާރުބެހެއްޓީމެވެ. އަލަމް މަރުވިކަން އަހަރެން އެމީހުނަށް އެންގިއިރު އަހަރެންގެ ހިތަށްކުރި އަސަރު ބުނެދޭންވެސް ނޭނގެއެވެ. އަލަމްގެ މަރުގެ ހަޤީޤަތަކަކީ މިއީއެވެ.

*********

ޝިޔާޒްގެ ވާހަކަތައް ނިމުނުއިރު އަހަރެންނަށްވަނީ ގިސްލެވިފައެވެ. އޭނާ ދެއްކި ވާހަކަތަކަކީ ހަޤީޤަތެއް ކަމުގައިވިޔަސް އަހަރެން އެކަން ގަބޫކުރާކަށް ބޭނުމެއްނޫނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (35)

  1. Shine

    sorry lasveema….mirey adhi ehbai upkohladheynan insha allah….thikudhinge comments thakah reply nukurevunee maafah edhen…thankolheh busykoh ulhuneema ehen vma…..i will try to reply….enjoy reading

  2. wish

    V v v nice

  3. wish

    Nice story.. Keep it up

  4. xenn

    Nxt part miadhu up kohdhybaaa shine…plzzzzzz

    1. Sanii
      xenn

      Alhe ebuneenu up kuraanamey.
      piss. Kehtherivey. 😉 :*

  5. Ana

    Vvvvvvvv reeeeeethi,speechless!

  6. Sha

    Thank you shine.
    It’s amazing. Every chapter ends up in a climax. Love the suspense you create.

  7. yax

    if that shiyaaz is telling the truth! i will kill alam for sure??????
    si
    shine the story is awosome??????

  8. Ifyy

    Mi dhen vaahaka eh tha.. buhdhi hama nujeheyy kahala kanthah vany.. alam ge mamma aa bappa beynun vaane gaimu ves alam ge maruvefa oiy hashigandu raajje genes moonu dheken.. v hama nujeheyy dhenn..

    1. nathaa
      Ifyy

      keehve hamanujeheny. aharenge v gaaiy rahtehseh maruvi rajjein beyruga. eynage hashigandu nugeney rajjeakah. eynage wife aa brother akaa ekolhuga thibeeves. parents nuvesdhey ekolhakah.eyna valhulee hama ekolhuga. mi ee real lifega hingaafavaakameh. dhen vaahakaehga vma hamanujehen v sababeh neyge

    2. lolaa
      Ifyy

      After all its a story.. who knows hama beynun nuwewesdhaanu..

    3. Ifyy
      Ifyy

      Raajje nugeneyas mainfainbe beynun vaane dho dharifulhu ge moonu balaalan. Abadhuves adu ahany beyruga myhaku niyaavejja ekolhah eyna ge family myhun dhaa vaahaka noony niyaavi meeha ge hashigandu genna vaahaka. Alam beynun vi fake report eh hadhaalan. Alam beynun vi gothah saaraa future doctor akah v. Hurihaa kameh ves ehaa faseyhain alam beynun vi gothah.. emmen dhekey goiy eh goiy nuvedhaane. For me vaahaka evves varakah hama eh nujehey. Feshigen airu hama v salhi

    4. Lix
      Ifyy

      Ifyy beynunvaahaa gothakah ehn meehun liyaa vaahakaiga vaanetha. Thiyey thimeehunge mahsala akee. Eliyun theriyakah ingeynee evaahaka gendhaane gotheh. Comment kuraa gina meehun abadhu goi kiyaatheeve gina faharah hama liyun theriya plan kuri vaahaka mulhin halaahkuvani. Kiyun therin beynunva agoi hadhan ulhegn..enme fahun vaahaka hadivaanee. Kiyanya kiyaanee. Vaahaka mihn hadhaa ehn hadhaa kiyaaneekee nun.

    5. Shine
      Ifyy

      ifyy thi hithah eree hama ragalhah…mireyge partga thiufedhey suvaaluge javaabuves libeynehen heevanee…ekam alam beynuvaahaa gothakah kan kan e vee keehvekan engeynee adhi thankolheh fahun….inthizaarukohlaa

    6. Ifyy
      Ifyy

      Lix. Ifyy ah shine ge vaahaka thah v reethi.. dheevana moya hiyy magey v salhi. Ehfaharaku ves nubunan vaahaka mihen liyaashey ehen liyaashey.. ifyy ah hama mi part hama nujehenee. Evves halaatheh ga liyuntheriya vaahaka huttaalan hiyy varu dhenyky noon

  9. xaf

    alam mee adhi maa nulafaa meeheh dhw….
    varah salhi stry

  10. Shau

    Thanks lovely shine ???????????????

  11. Herrr

    Alhea.. Alam haadha goahey..

  12. zihaan

    Hamajehey e hisaabun kihineh hashigandu raajje gennanee….vaahaka v salhi

  13. mai

    i hate Alam

  14. Anonymous

    Hamajehe, vaahaka veey nice

  15. Sheen

    Enmen alam aai dhimaalah ehchihi nukiyaathi or you will regret it later….he is a very good boy…he made all those lies and did all those things for shelyn…

  16. Ekkala kujjaa

    R u kidding me? Lolx.. alam sheliN ah ranGalhaKah SaraA aA rahTehi v? AaarrGHh.. DhN NeyGe veDhaaNe ehN VeS..

  17. Shine

    he he he comments kiyaafa hevunee ingey….vaahaka ehkoh kiyaa nunimenees baeh kankan ehkoh olhun nufilaa huredhaane….vaahaka hamanujehey kamah bunaa kudhin ves nimeyndhen kiyaalaane kamah ummeedhukuran. BTW mi ee 2014 vana aharu liye post kuri vaahakaeh…vaahaka othee nimifa.. eyru vaahaka kee kudhinves v thafaathu comments thah kuri. ekam i guess nimuneema hama kamudhiya…ehen vma nimeyndhen kiyaalaane kamah heekuran.

  18. Konmes meeheh

    Mee kurin muraasil.com ga kanneyge in story eh..copy kohggen nuliyebala..v foohivey

    1. Admin
      Konmes meeheh

      esfiya ah mivaahaka upload kuranee vaahakaige aslu liyuntheriyaa. ehen veema thats not a problem.

  19. Mi

    Mi site ga tha post kurii shine……

  20. Hagygaiy

    Aslu stry hama v habeys n komme kamevves vaany rangalhakah dhw dhiri ulhumuga adi gandakah fahu usgandeh annaane so emmen evvarevves nuvaane dhw shine keep it up

  21. Maari

    Varah salhi…. I will be waiting for next part tonight
    Mi story ninmafa fashany Kn nameh Kiya story eh tha??

  22. Maari

    Shine ge hurihaa vaahaka thakeh vx varah salhi.. .. You are so talented masha allah

  23. Maari

    Shine ge hurihaa vaahaka thakeh vx varah salhi.. .. You are so talented masha allah 😉

  24. Leybomeehaa

    Meehus ihfureethun ma bohalaaku?

  25. eu

    Wow nice waiting shine

  26. faidhaS

    Alam , dhw bunaane enchenves nei, shelyn ah ragalhu goi ebaoi, dharifulhu diry kiyamun midhani,eyna ge mamma eyna ah eguneema, sameera dhen adhi…….vvv nice

  27. Brainless

    Alheyy e alam haadha goahey..
    Varah foohi veyy alam gandu dheke .
    I thought he loved shelyn truly but eyna aslu beynun vany shelyn ge kibain enme kameh dhw..
    Hurihaa boys aky hama ehkahala baehh..
    Btw story vvvvvv salhi..❤

Comments are closed.