އަހަރެންނަށް ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. ނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އަހަންނަށް އެއްވެސް ތަނެއް ފެންނަވަރެއް ނުވެއެވެ. ކުޑަވެސް އަލި ކަމެއް ފެންނާކަށް ނެތެވެ. އަހަރެން ހިތް ބިރުގަންނަން ފެށިއެވެ. ދުރުން މަންމަގެ އަޑުއިވުނުހެން ހީވެފަ އަހަރެން މަންމައަށް ގޮވާލީމެވެ.
” މަންމާ، ކީއްވެ މިތާ ލައިޓް ނުޖައްސާއެއްކޮށް އަދިރީގަ ތިހިރީ. އަހަރެންނަކަށް އެއްވެސް ތަނެއް ނުފެނޭ. ޕްލީސް ލައިޓް ޖައްސަބަ” އަހަރެން އަދިރީގަ އޮންނަން ބޭނުން ނުވާތީ މަންމަ ކައިރީ ބުނެލީމެވެ.
” ކިކޭ، ލޮލަކަށް ނުފެނޭތަ. ބަލަ މިތާގަ މިހިރީ ހުރިހާ ހޮޅިބުރިއެއްޖައްސާފައޭ. އަނެއްކާ އަނެއްކަންތަކާ މިޖެހުނީ މަގޭ ދަރި މަރައް ތެޅި ތެޅިއޭ އެއޮތީ ކަލެޔާ ހެދި، މަށަށްދެން މަންމަ ނުކިޔާތި ކަލޭ” މަންމަގެ ރަހުމެތްނެތް ބަސްތަކުން އަހަރެން ހިތުގަ ޖެހުނެވެ.
މަންމަ އެ ބުނި އެއްޗާ މެދު ދެވަނަފަހަރަށް އަހަރެންނަށް ވިސްނާލަން މަޖްބޫރުވިއެވެ. މަންމަ ހޮޅިބުރިޖައްސާފައޭ ބުނި އިރު އަހަރެންނަށް އެއްވެސް ތަނެއް ނުފެންނަނީ ކީއްވެބާއެވެ. އަނެއްކާ އަހަރެންގެ ލޮލަށް ކަމެއްވީބާއެވެ. ނޫނެކެވެ. އެހެނެއްނުވާނެވެ. އެނދުންތެދުވަންވެގެން ހަދާލި ގޮތަކުން އަތަށް ކައްޓެއްހެރުނުހެން ހީވިއެވެ. އަނެއްއަތުން އެއަތުގަ ހިފާލީމެވެ. އަހަރެންނަށް މި އޮވެވުނީ ހޮސްޕިޓަލްގަކަން އަހަރެންނަށް އިހްސާސް ކުރެވުނީ އަތުގަ އައިވީ ގުޅާފަ ހުރީމައެވެެ.
” ސިސްޓާ ޔޫ ކާންޓް މޫވް” ކައިރިން އިވުނީ ނަރުހެއްގެ އަޑުކަންނޭންގެއެވެ،
“އައި ކާންޓް ސީ އެނީތިންގް. ކެން ޔޫ ޕްލީސް ސުވިޓްޗް އޮން ދި ލައިޓް” އަހަރެން އަދިވެސް ޤަބޫލް ނުކުރެވިފައިވާ ގޮތަކަށް ބުނެލީމެވެ.
” ވެއިޓް އަ މިނަޓް، އައި ވިލް ކޯލް ދި ޑޮކްޓާރ” އެހެން ބުނުމަށްފަހު ނާސް ދިޔައަޑު އަހަރެންނަށް އިވުނެވެ.
އަހަރެން އިތުރަށް މާޔޫސް ވާ ގޮތްވިއެވެ. ނަރުސް ކުއްޖާ ލައިޓް ނުޖައްސާ ޑޮކްޓަރަށް ގޮވަން އެދިޔައީ ކީއްވެބާއެވެ. ހަމަ އަސްލަށްވެސް އަހަރެންނަށް ލޮލަށް ނުފެންނަނީ ހެއްޔެވެ. އަހަރެންނައް ރޮވޭ ގޮތްވިއެވެ.
“ޔެސް ޔަލްވީ. މިހާރު ކިހިނެތް. ބޮލުގަ ރިއްސާތަ” ކައިރިން އިވުނީ ޑޮކްޓަރގެެ އަޑުކަން އަހަރެންނައް އެނގުނެވެ. ޑޮކްޓާރ ބުނި އެއްޗަކުން އަހަރެން ބޮލުގަ އަތް ޖައްސާލީމެވެ. ނިކުރިމަތިން އޮތީ ބެންޑޭޖް ކޮއްފައެވެ.
” ޑޮކްޓަރ.. ކީއްވެ އަހަރެން މިތަާންގަ މިއޮތީ؟ އަހަރެންނަށް ކިހިނެތްވީ؟ ކީއްވެ އަހަރެންނަށް އެއްވެސް ތަނެއް ނުފެންނަނީ؟” އަހަރެން ހުރިހާ ސުވާލްތަކެއް އެއްފަހަރާ ޑޮކްޓަރާ ކޮށްލީ ޖަވާބް ހޯދަން ބޭނުން ވެފައިވާލެށް ބޮޑުކަމުންނެވެ.
” އެއްވެސް ތަނެއްނުފެނޭތަ” އަހަރެން ކުރި ސުވާލްތަކަށް ޖަވާބް ދިނުމުގެ ބަދަލުގަ ޑޮކްޓާރ އަހަންނާ ކޮއްލީ އިތުރު ސުވާލެކެވެ.
“އާން ނުފެނޭ އެއްވެސް ތަނެއް. ކިހިނެތް މިވަނީ” އަހަރެންނަށް މި ވެގެެން އުޅޭގޮތް ނޭންގޭތީ އަނެއްކާވެސް ސުވާލްކޮށްލީމެވެެ.
” ޑޮކްޓަރ މީނަ ލޮލަށް ނުފެންނަނީ އޭ. އެ ތެދެއްތަ؟ ދެން ދުވަހަކުވެސް ނުފެންނާނެތަ” ކައިރިން މަންމަގެ އަޑު އިވުމުން އަހަރެން ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ.
” ތިކަމާ ބެހޭ ގޮތުން އަޅުގަނޑަށް އެއްޗެއް ދަންނަވާކަށް އަދި ނޭންގެ. ޓެސްޓްތަށް ހަދާލުމަށް ފަހު ވަކި އެއްޗެކޭ ބުނަން އިނގޭނީ. ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ލޮލުގެ ފެނުމަށްވެސް އަސަރު ކުރުން އެއީ އެކަށީގެންވާކަމެއް. އެކަމް މިހާރު ޝީ އިޒް އައުޓް އޮފް ޑޭންޖާ. އެއްވެސް ވަރަކަށް މިއަދު އެކަސިޑެންޓް ވި ހަނދާން އެބަހުރިތަ؟ ” އޯގާތެރި ކަމާއެކު ޑޮކްޓަރ އަހަރެންނާ ސުވާލްކޮއްލިއެވެ.
” އެކްސިޑެންޓ”. އަހަރެން އެއްޗެއް ހަނދާންވޭތޯ މަސައްކަތް ކުރިވަރަކަށް އަހަރެންގެ ބޮލުގެ ރިހުންގަދަވާންފެށިއެވެ.
” މިދެން ކިހާ ދެރަވެއްޖެ ކަމެއް. މަގޭ ދަރިއޮތް ހާލް ފެނޭތަ ކަލެޔާ ހެދި. ސައިކަލާ އެއްޗެސް ދުއްވަން ނޭންގެންޔާ މީސްމީހުންގެ ދަރިން އަރުވައިގެން ނުދުއްވަބަލަ. ކަލޭގެ މަންމައެއް ބައްޕައެއް ދުނިޔޭ ނެތްއިރު އަހަރެން ކޮންތާކުން ލާރި ހޯދައިގެން ކަލެއަށް ހަރަދު ކުރާނީ” މަންމަގެ ރަހުމެތްނެތް ބަސްތަށް ތޫން ތީރުތަކެއް ހެން އަހަރެންގެ ހިތަށް ހެރެމުންދިޔައެވެ.
” ކާމް ޑައުން. މިގަޑީގަ ޕޭޝަންޓާ ތިގޮތަށް މުހާތަބް ކުރުން ރަނގަޅެން ނޫން. ޝީ ނީޑްޓް ރެސްޓް” ޑޮކްޓަރ މަޑުމައިތިރި ކަމާއެކު މަންމައަށް ވިސްނަދޭގޮތަށް ބުނެލިއެވެ.
” މީ އަހަރެންނާ އެއްވެސް ގުޅުމެއް އޮތް މީހެން ނޫން. މީނާގެ ކަމަކު ދެން އަހަރެން ނުހޯދާތި. މީ މަންމައެއް ބައްޕައެއް ނެތް ޔަތީމެއް. ކަލޭމެން ދެން މީނައަށް ހަދާގޮތެށް ހަދާ” ޑޮކްޓަރ ކުރިމަތީ މަންމަ އެފާޑަށް ވާހަކަ ދެއްކުމުން އަހަރެން ދެރަވެ ލަދުވެސް ގަތެވެ.
” މަންމާ” އަހަރެންނަށް އެހެން ބުނެވުމާއެކު ރޮވުނެވެ.
ނުނިމޭ
36 Comments
Comments are closed.
aisoo
December 4, 2016 at 6:41 amReethi feshun. ?
pretty
December 4, 2016 at 9:27 amThank you ❤
nihaal
December 4, 2016 at 8:24 amvvreethi… 2 vana bai vaane dhigu kollan…. salhi feshumeh…. heevey reethi vaane hen…. good luck
pretty
December 4, 2016 at 9:27 amThank you ❤ yes in sha allah next bai dhigukoh genes dheynan ?
dhonkabulo
December 4, 2016 at 9:25 amwow.. varah reethi story eh pretty. feshun hama super. ekam next part dhigukoh genesdhehchey
pretty
December 4, 2016 at 9:28 amThank you ❤
Pinkish
December 4, 2016 at 9:34 amNice…… ❤ next episode dhigukohlahchey. .. ??
pretty
December 4, 2016 at 10:38 amThank you ❤
Shaa xee
December 4, 2016 at 10:19 amFeshun v reethi. Next part kn irakun up koh dheynee?
pretty
December 4, 2016 at 10:39 amThank you ❤ In sha Allah maadhan update kohdheveythw try kuraanan ingey ^-^
~minty~
December 4, 2016 at 10:44 amVrh salhi ? but miah vure dhigu kn genex dhyfiyyr vrh happy vrne…next part avax kohllahchey..?
pretty
December 4, 2016 at 12:26 pmThank you ❤ yah In sha allah next part dhigukoh genesdheynan ?
Navya
December 4, 2016 at 12:03 pmVaahakaige feshun v reethi ❤❤
pretty
December 4, 2016 at 12:27 pmThank you ❤
shahu
December 4, 2016 at 12:08 pmvarah reethi
pretty
December 4, 2016 at 12:27 pmThank you ❤
Princess
December 4, 2016 at 12:30 pmWow.. nice story pretty .
pretty
December 4, 2016 at 2:40 pmThank you Princess ❤
raisha
December 4, 2016 at 12:50 pmnext episode kiyaahithun keikurevenyky nuun. avahah up kohdhehchey
pretty
December 4, 2016 at 2:41 pmThank you Rai ❤
?mixoo
December 4, 2016 at 1:21 pmsalhi feshumeh…
pretty
December 4, 2016 at 2:41 pmThank you MIxoo ❤
Alfa
December 4, 2016 at 2:49 pmreethivaane hen varah heevey.
pretty
December 4, 2016 at 4:17 pmThank you ❤
Ifaa
December 4, 2016 at 8:48 pmvv reethi feshun vx avahah nxt part up koh dheh chey..
pretty
December 5, 2016 at 2:52 pmThank you ❤
Faathee
December 4, 2016 at 10:08 pmV reethi feshun, waiting for next
pretty
December 5, 2016 at 2:52 pmThank you ❤
Nana
December 5, 2016 at 1:07 amVrh salhi feshun.. Waiting for the next part dear..
pretty
December 5, 2016 at 2:52 pmThank you ❤
Faathee
December 6, 2016 at 9:28 pmHei pretty wen next part up kohla dheynee? Vara kiyaa hithunney alhe mi thibee
pretty
December 12, 2016 at 12:51 pmSorry ingey lahun upload kohdhevunyma ?
shiar
December 12, 2016 at 12:40 pmHey hama reethi. Inbah vaalha mikan PRETTY. love yuh .
pretty
December 12, 2016 at 3:32 pmAwwwn Thankx darling.. love you more ❤
me
December 12, 2016 at 1:42 pmBeautiful Ingey dhonthaa.. ?
pretty
December 12, 2016 at 3:32 pmAwwwn Thankx Sis ❤