Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 25

ކުއްލކިއަކަށް ޝައިމް ކޮށްލިކަމަކުން އަލްޔާ ސިހުނެވެ. ހަމައެހާ ބާރަށް ރޮއެ ވެސް ގަތެވެ. ދެން އޭނާ އަށް ކުރެވޭނެ ކަމެއް ނެތެވެ. ޝައިމް އަށް މޮޅު ލިބެނީއެވެ. އޭނާގެ އަތެއް ފައެއް ގުޑާވެސް ނުލިއެވެ. ވީތަދުން އަލްޔާ އަށް ހީވީ އޭނާގެ ކަރު ހަށިގަނޑާއި ވަކިވި ހެންނެވެ.

ހަރުވާޅު އަލްޔާގެ ހަށިގަނޑާއި ވަކި ކުރުމަށްޓަކައި އެވަގުތު ޝައިމް ބޭނުންކުރީ ކައިރީގައި ބާއްވާފައި އޮތް ކަތުރެވެ. ހަރުވާޅުގެ ނާޑުވާއާއި ހިސާބުން ކަފާލުމުގެ ތެރޭގައި ދިޔައީ އަލްޔާގެ ބަނޑާއި ވެސް އެއްކޮށެވެ. އެހިނދު އިހުސާސް ކުރެވުނު ތަދާއެކު އޭނާ މަރުވާނެ ނަމައޭ ހިތަށް އެރިއެވެ.

ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ދޮރުގައި ޝެނާ ތަޅައިގަތް އަޑަށް އަލްޔާގެ ގައިމަތީގައި އޮތް ޝައިމް އަށް ސިހުމެއް ލިބުނެވެ. އަދި ދޮރާއި ދިމާލަށް އެނބުރުލީ ވަގުތު ބަލާ އަލްޔާ ޝައިމްގެ އަތު ތެރެއިން އޭނާގެ ދެއަތް މިންޖުކުރިއެވެ. އަދި ހަށިގަނޑުގައި ހުރި ބާރެއް ލުމަށްފަހު ޝައިމްގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލިއެވެ. އެކަމަށް ނުވިސްނާ ހުރި ޝައިމް ފަހަތަށް އެއްލިގެން ދިޔުމާއެކު އަލްޔާ އެނދުން ތިރިއަށް ފުންމާލިއެވެ.

އޭރު އޭނާގެ ހަރުވާޅުގެ ކަފާލާފައި އޮތް ބައި އޮތީ އެލިފައެވެ. އެންމެ ވަގުތުކޮޅެއް ވެސް ނަގާނުލާ އަލްޔާ ދެފަޔަށް ބާރުލާފައި ގޮސް ބަނީ ފާހާނާއަށެވެ. އޭރުވެސް އޭނާގެ ބަނޑުގައި ކަފައިގެން ގޮސްފައި ހުރި ބޮޑުތަނުން ލޭ އަންނަމުން ދިޔައެވެ.

އެވަގުތުކޮޅު ހަރާބުކޮށްލީތީ ޝައިމް ޝެނާ ދެކެ ވެސް ހިތަހަމަނުޖެހުނެވެ. ނަމަވެސް ދޮންތަ އަށް ވީތީ ގޮސް ދޮރުހުޅުވާލިއެވެ. އެވަގުތު ޝެނާ އެތެރެއަށް ބޯދިއްކޮށްލަމުން ޝައިމް އަށް ބަލާލިއެވެ.

“ދޮންތައަށް ފާޑެއްގެ އަޑއް އިވުނުހެން ހީވީމަ. ހުރިހާ ކަމެއް ރަނގަޅުތަ” ޝެނާ ބުންޏެވެ. އަދި ދިމާލަށް ފެންނަން ހުރި ބޮޑު އެނދު ފެނުމުން ޝެނާ ރަކިވިއެވެ. ހުރިހާ އެއްޗެއް ޝެނާ އަސް ވިސްނުމުން ޝައިމް ކައިރީގައި މާފަށް އެދުމަށްފަހު އެތަނުން ދިޔައެވެ. ޝެނާ ކޮޓަރިއަށް ވަނުމުން ޝައިމް އެތާ ހުންނަން ބޭނުންނުވިއެވެ. އެހެންކަމުން ހުރި ގޮތަށް އޭނާ ވެސް ނިކުމެގެން ދިޔައިއެވެ.

ސައިޑްކަބަޑް މަތީގައި އޮތް ފޯނުން އެލާމްވާ އަޑަށް އަލްޔ ާ އަށް ހޭލެވުނެވެ. އެލާމް އޮފްކޮށްލުމަށްފަހު އަލްޔާ ފޯނު ގަޑިބަލާލިއިރު ފަތިހު ހަތަރެއް ޖެހީއެވެ. އެނދުން ތެދުވުމަށްފަހު ކޮޓަރީގެ ލައިޓް ޖައްސާލިއިރު ޝައިމް އޮތީ ގަދައަށް ނިދާފައެވެ. ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ވުލޫކޮށްގެން ނިކުމެ ގޮނޑީގައި އިނދެ ދަމު ނަމާދު ކުރިއެވެ. އަދި ފަތިސް ނަމާދަށް ބަންގި ގޮވަންދެން ޤުރުއާން ކިޔަވަން އިނެވެ.

އިރު ރަނގަޅަށް ނާރަނީސް އަލްޔާ އެގޭ މީހުންނަށް ސިއްރުން މަރުކަޒަށް ދިޔައެވެ. ބަނޑުގައި ރިއްސާވަރުން ތޑޮކްޓަރަށް ދައްކާ ކަފާލިތަނުގައި ބޭސްއެޅިއެވެ. ތަދު ކެނޑުވުވުމަށް އިންޖެކްޝަން ޖެހިއެވެ. ބޭސްއެޅީ ސަޖޫލް ގެ ރައްޓެއްސަކަށްވާތީ ސަޖޫލަށް އެކަން ސިއްރުކޮށްދިނުމަށް އަލްޔާ އެދުނެވެ.

ގެއަށްދިޔަ މަގުމަތީގައި އަލްޔާ ވިސްނިއެވެ. ޝައިމްދެކެ ފޫހިވިއެއް ކަމަކު އޭނާގެ ހިތުން ޝައިމް އަށް މާފު ކުރިއެވެ. އެހެނީ އޭނާގެ މަންމަ އޭނާ އަށް ދަސްކޮށްދީފައިވަނީ ތިބާގެ މައްޗަށް އަނިޔާވެރިވި މީހާ އަށް މާފުކުރުމަށެވެ. ތިބާ އާއި ގުޅުން ކެނޑި މީހާ އާއި ގުޅުން ބަދަހި ކުރުމަށެވެ. އަދި ތިބާގެ އެދުމަކަށް ފުރަގަސްދިން މީހާ އަށް ތިބާ ގާތަށް އައިސް ކަމަކަށް އެދިއްޖެނަމަ މަރުހަބާ ކިޔުމަށެވެ. ނަމަވެސް މިއަދު ޝައިމް އޭނާ އަށް އެދެއްކީ ޝައިމްގެ ނުފެންނަ ފަޅިއެވެ. އެހެންކަމުން ޝައިމް އާއި އެއްގެއެއްގައި އުޅުނަސް އޭނާ ދެން ދުރުމިނެއް ބަހައްޓާނެއެވެ.

މިވީ ދުވަސްތަކުގައި ޝެނާ ވެސް ވަނީ ނުފެންނަ އިންސާނެއްދެކެ އިންތިހާ އަށް ލޯބިވެފައެވެ. ވައިބައިންނާއި ފޭސްބުކް މެދުވެރިކޮށް އުފެދުނު އެ ގުޅުން ވަނީ ކިތަންމެ ތަނެއް ކުރިއަށް ޖެހިލާފައެވެ. ޝެނާގެ ފުރަތަމަ ފިރިމީހާގެ ނަން މިހާރުގެ ލޯބިވެރިޔާ އަށް ކިޔަސް އެއީ މާބޮޑު ކަމެއް ކަމުގައި ޝެނާ ނުދެކޭއެވެ. ޝެނާގެ ދަރިއަކު ހުންނަ ކަމާއި ޝެނާ އާއި ބެހޭ ގޮތުން އެޒުވާނާ އަށް ކިތަންމެ ކަމެއް އެނގޭއެވެ. އަދި ޝެނާ ނުބުނަނީސް ޝެނާގެ އަމިއްލަ ފޮޓޯތައް ވެސް ވަނީ މެސެންޖާރ މެދުވެރިކޮށް ފޮނުވާފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ޒުވާނާގެ ނަން ނޫން އެއްވެސް އެއްޗެއް ޝެނާ އަށް އެނގިފައެއް ނެތެވެ. ކުޑަމިނުން ޒުވާނާ ހުންނަ ގޮތެއް ވެސް ޝެނާ އަށް ނޭނގޭއެވެ. އެކަމާއި ބެހޭ ގޮތުން ޒުވާނާ އާއި ސުވާލުކުރުމުން ޒުވާނާ ދިން ޖަވާބުން ޝެނާ ހައިރާންވިއެވެ. ޒުވާނާ ޝެނާ ދެކެ ޖެހިލުންވާ ވާހަކަ އެބުނީ ކީއްވެހެއްޔެވެ؟ ޝެނާ އަކީ ޖިންނި އެއް ހެއްޔެވެ؟ ޒުވާނާ ފެންނަ ވަގުތު ޝެނާގެ ހިޔާލު ބަދަލުވެދާނެތީ ހިތް ބިރުގަންނަ ވާހަކަ ބުނުމުން ޝެނާ ހިނިއައެވެ. ނަމަވެސް ވަރަށް އަވަހަށް ޝެނާ އާއި ބައްދަލުކުރާނެ ކަމަށާއި ، އެދުވަސް އެއީ ވަރަށް ހާއްސަ ދުވަހެއް ކަމުގައި ވާނެ ކަމަށް ޒުވާނާ ވަނީ ޝެނާ ކައިރީގައި ބުނެފައެވެ.

 

ދުވަސްތައް ފާއިތުވަމުން ގޮސް އިތުރު އެއްހަފްތާ ފަހެވެ. އެގޮތުން މިއަދު މީ އަފްހަމް އާއި އަދި ހަސަންފުތާއި އަދިި ނައުފާން ކުޑަމަނިކެ އާއި ބައްދަލުކުރުމަށް ގުރައިދު އަށް އައި ދުވަހެވެ. ނަމަވެސް އެމީހުންނަށް ޖެހުނީ އާއިލާ އާއި ބައްދަލުކުރުމަށްފަހު ދުވަހުގެ އިރުއޮށްސުނު ވަގުތު އަނބުރާ ރަށަށް ދިޔުމަށް ފުރާށެވެ.

“މަންމަ ހާސްނުވޭ. އަޅުގަނޑު ޅައެއްޗެއް ނާޅާނަން. އަޅުގަނޑު ނުދާނަން ލައި ހޯދާކަށް އެގެއަށް. އެކަމަކު އަޅުގަނޑު އަތުގައި މިއޮތް ވީޑިއޯ ބޭނުން ލައި އަށް ދައްކަން”  ކުޑަމަނިކެ ލޫކާއި ވާހަކަދައްކަން އިނީ ލޫކް ނިދާ ކޮޓަރީގައެވެ. ލޫކް ގެ ވާހަކަތަކަށް ކުޑަމަނިކެ ވެސް ޝައުގުވެރިކަން ފާޅުކުރިއެވެ. މިހާތަނަށް ލޫކަށް އެނގިފައިވާ ޝައިމްގެ ހުރިހާ ހަގީގަތެއް އޭނާ ވަނީ އޭނާގެ މަންމަ އަށް ކިޔާދީފައެވެ. ޝައިމް ގެ ހަގީގަތް ހެއްކާއިއެކު އަލްޔާ އަށް ހާމަކުރުމަށްޓަކައި ލޫކަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ވެސް އޭނާގެ މަންމައެވެ.

ޒީޝާން އެނބުރި ރަށަށް އައި ދުވަހު ބަނޑުބޮޑުކަން އެނގުމުން ޝައިމް އެކަމާއި އުފާ ފާޅުކުރިއެވެ. ލޯބިން ޒީޝާން އުރާލާ ނިތުގައި ބޮސްދިނެވެ. އެކުގައި ގެނައި ދަރިންނަށް އާ ކޮއްކޮއެއް ލިބެން އުޅޭތީ އެވާހަކަ ތަކުރާރުކޮށް ދެއްކިއެވެ. އަދި މިފަހަރު ޒީޝާން ބަނޑުބޮޑު ކަން އެނގުމުން މިޔާނާ ވެސް ޒީޝާނާ އެކުގައި ވާން ބޭނުންވާތީ އެރަށަށް އައީ ކަމުގައި ބުނެ ޒިޝާން ޝައިމް ހިތްހަމަޖައްސާދިނެވެ.

ޝައިމް އާއި ޒީޝާންގެ ގުޅުން ރަނގަޅުވެފައިވާކަން ޝެނާ އަށް ސިއްރުވެފައިވާތީ ޝައިމް ބޭނުންވީ އުފާވެރި ހަބަރާއި އެއްކޮށް ޝެނާ އަށް ހަގީގަތް ކިޔާދޭށެވެ. އެހެންކަމުން ޝެނާ ކޮޓަރިއަށް ގޮސް ޝައިމް އެވާހަކަ ދެއްކުމުން ޝެނާ އުފަލާއެކު ގަބޫލު ކުރިއެވެ. އަދި އަލްޔާ ވެސް އަންބެއްގެ ގޮތުގައި ބަހައްޓަން ޝެނާ ވަނީ ޝައިމް ކައިރީގައި ބުނެފައެވެ.

ޝައިމް އަލްޔާ ވަރިކުރަން ބޭނުންވާ ވާހަކަ ބުނުމުން ޝެނާ ދިން ޖަވާބުން ޝައިމް ވެސް ފަސް ޖެހުނެވެ. އަލްޔާގެ މައިންބަފައިން ރަށުގައި ނެތި އޭނާ ރަށުތެރެއަށް ދޫކޮށްނުލުމަށް ޝެނާ ނަޞޭޙަތްދިނެވެ. އޭރުން ރަށު މީހުންގެ މަލާމާތާއި ރުޅިވެރިކަން ލިބޭނޭ ބުނެ ޝައިމް އަށް ޝެނާ ވިސްނާދިނެވެ.

 

މަންމަ އާއި ހުރިހާ ވާހަކަތަކެއް ދެއްކި ނަމަވެސް ލޫކް އެއްކަމެއް ކުޑަމަނިކެ އަށް ސިއްރު ކުރިއެވެ. އެއީ މީގެ ދެހަފްތާ ކުރިން ހާލުގައި ޖެހިފައިވާ އާއިލާ އަކާއި ބައްދަލުކުރުމަށް ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެރަށަށް އައިސް ހުރި މިކްހާ ލޫކާއި ބައްދަލުކޮށް ދެއްކި ވާހަކަތަކެވެ. މިކްހާ ލޫކް ކައިރީގައި ލޫކް ގެ ލޯބިވާ ކުއްޖާ އާއި ބެހޭ ގޮތުން ސުވާލުކުރުމުން ލޫކް ވަނީ އަލްޔާގެ ހުރިހާ ވާހަކަތަކެއް ކިޔާދީފައެވެ.

ލޫކް ގެ ފޯނުން ދަތުރު ދިޔަ ދުވަހު ޒުވާން ގުރޫޕް އެއްކޮށް ނަގާފައިވާ ފޮޓޯއިން އަލްޔާ ދައްކާލި ވަގުތު މިކްހާ ލޮލުގައި ޝައިމް އާއި ޒީޝާން އަޅައިގަތުމުން އެދެމީހުންނާއި ބެހޭ ގޮތުން މިކްހާ ސުވާލުކުރުމުން ލޫކް ދިން ޖަވާބު އަހާފައި މިކްހާ ވަނީ ޝައިމް އާއި ޒީޝާން ގެ ހުރިހާ ހަގީގަތެއް ލޫކަށް ކިޔާދީފައެވެ. ޝައިމް ގެ ދެދަރިން ހުންނަ ވާހަކަ އަހާފައި ލޫކް އިނީ ހުޅުވުނު އަނގަ ލައްޕާލަން ވެސް ނޭނގިފައެވެ. އަދި މިހާރު ވެސް ޒީޝާނާއި މިކްހާ އަކީ ދެ ބެސްޓްފްރެންޑް ކަމަށާއި މިހާރު ވެސް ޒީޝާން އިނީ ޝައިމް ގެ ދަރިއަކަށް ބަލިވެ ކަމުގައި ބުންޏެވެ. އެހަގީގަތް ވެސް ލޫކް އަލްޔާ އަށް ކިޔާދޭނެއެވެ.

ރަށުގައި ހުންނަ ހަމައެކަނި ގެސްޓްހައުސްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެތަން ބަލާ ފާސްކުރި ދުވަހު ރޫމަކަށް ޒީޝާން ގައިގާ ބައްދައިގަނެގެން ވަން ޝައިމް ގެ ވީޑިއޯ ވެސް ލޫކް އަލްޔާ އަށް ދައްކާނެއެވެ.

ލޫކް ގެ ހިތުން ޝައިމް އަށް ދެވިފައިވާ ދަރަޖައަށް ކިލަނބުކަމެއް ވެރިވެ އެހިތުގައި އިންތިހާދަރަޖައިގެ ފޫހިކަން އުފެދިފައިވަނީ ލޫކް ގެ ދެެލޯ ފަދައިން އެދޭ ލޯބިވެރިޔާ އަށް ޝައިމް އޮޅުވާލާފައިވާ މިންވަރު ހިތަށް އެރުމުންނެވެ. އަލްޔާ އާއި މެދު ވިސްނި ވަރަކަށް ލޫކް ހިތުގައި ވަނީ މައުސޫމް އަލްޔާ އާއި މެދު ހަމްދަރުދީ އުފެދިފައެވެ.

 

ރަށުގައި ހަދަން ފަށާފައި ހުރި އަލުވިމާގޭގެ ހުރިހާ މަސައްކަތެއް ނިމުމަކަށް އައިސް އެގޭ ދިރިއުޅުވެވޭވަރު ވުމުން އަންނަ ހަފްތާގައި ކުޑަމަނިކެ ގެ އާއިލާ ވަނީ ރަށަށް ބަދަލުވާން ނިންމާފައެވެ. އެހެންކަމުން އޭގެ ކުރިން ލޫކް ބޭނުންވަނީ އަލްޔާ އަށް ޝައިމް އާއި ބެހޭ ގޮތުން ލޫކަށް އެނގިފައިވާ ހުރިހާ ހަގީގަތެއް ކިޔާދޭށެވެ.

ދުވަހުގެ ހަވީރު ވަގުތު މުޝްތަރީގޭ ދޮރުމަތީގައި އޮންނަ ހުސްބިމުގައި އޮންނަ ޖާގައިގާ ހިސާބުގަނޑު މީހުން ތިންމުގޯލި ކުޅެމުން ދިޔަ ވަގުތެވެ. ހުރިހާ އަންހެންވެރިން ކުޅެމުން ދިޔައެވެ. ސަޖޫލްގެ އެތައް އާދޭހަކަށް ފަހު ވެސް އެމީހުންނާއި ބައިވެރިވާކަށް އަލްޔާ އެއްބަހެއް ނުވިއެވެ. އޭނާގެ ބަނޑުގައި ހަލާކުވެފައިވާ ބޮޑުތަންގަނޑު އަދިވެސް ރަނގަޅުނުވާތީއެވެ.

އިރުއޮށްސެން ކައިރިވުމުން ކުޅުން ނިންމާލައި ހުރިހާ މީހުން ޖޯލިތަކުގައި ޖައްސާލައިގެން ތިބި ވަގުތު އެތަނާއި ޕޮލިސް ވެހިކަލް ކައިރިކޮށްލާ ސަޖޫލް ކައިރީގައި އެދުނީ ލޫކަށް ގޮވާދިނުމަށެވެ. ސަޖޫލް އެތެރެއަށް ވަދެގެން ދިޔައީ މިހުރިހާއިރު ކޮޓަރީގައި އަމިއްލަ އަރުވާލެވިގެން އޮތް ލޫކަށް ގޮވުމަށެވެ.

ވެހިކަލުގައި ތިބި ހަތަރު ފުލުހުން ޖޯލީގައި ތިބި އަންހެނުންތަކާއި އަނގަތަޅާލުމަށް ވެހިކަލުން ފޭބިއެވެ. އަދި ޝަރީފާ އާއި ކުޑަކޮށް ދިމާކޮށްލުމަށްފަހު އަލުން ވެހިކަލަށް އަރަން އުޅުނު ވަގުތު ތަނުގެ ހަމަހިމޭންކަން ނަގާލީ ޝަރީފާ އޭނާގެ ގަޔަށް ބާރުލާފައި ފުރަގަސްފަރާތުން ދޫކޮށްލި ގޭސްގަނޑުގެ އަޑުންނެވެ. އަލްޔާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ވެހިކަލް ކައިރީގައި ހުރި ފައިސަލް އާއި އައްޔަ ހޭން ފެށުމުން ޝަރީފާ އެދެމީހުންނަށް ލޯ އަޅާލިއެވެ.

“އައްމަޓަ ސިރި….ހެހެހެހެ……އެއީ ދައްތަ ތަ؟ އައްޔަ އަށް އަނގަމަޑުންލައިގެން ނުހުރެވުނެވެ. ފައިސަލް އާއި އައްޔަ އަދި ވެހިކަލްގެ ބިއްލޫރިގަނޑު ކަހާލައިގެން އެތެރޭގައި ތިބި ދެކުދިންނަށް ވެސް އެ އަޑު އިވި ހޭންފެށިއެވެ.

“ކަލޭމެން ހޭވަރު ކަމެއް ވެއްޖެތަ އަޅެފަހެ. ބަލަ އެއީ ޖަހަން ހުންނަ އެއްޗެއްސޭ” ހުރިހާ ފުލުހުން ހެމުން ވެހިކަލަށް އެރީ ފަހަތަށް އެވަގުތު ބޭރަށް ނިކުތް ލޫކް އެރުމުންނެވެ. ތަން ހަމަހިމޭންވީ އިރު ވެސް ރަފީފާ އުނގުތެރެއަށް ވަދެ ހުރި ޔޫޝައު ޝަރީފާ އަށް މަލާމާތް ކޮށްފައި ހެނީއެވެ.

 

 

ފާހާނައިގެ ފެންމާގަނޑު ދަށުގައި ހުރި ލޫކް ހިތްއަވަސް ވަމުންދަނީ އަލްޔާ އާއި ބައްދަލުކުރުމަށް އެގެއަށް ދާވާގުތު ކައިރިވާތީއެވެ. ޝައިމް އަކީ ހާދަހާ ނުލަފާ އިންސާނެކެވެ. އަލްޔާ ގެ ދިރިއުޅުމާއި އޭނަ އެގޮތަށް އެކުޅެނީ އެފަކީރަށް ކޮން ކުށެއް ކުރެވިގެން ހެއްޔެވެ؟ މިހުރިހާ ކަމެއް އެނގޭ ދުވަހަކުން ލައި އަށް ވާނޭ ގޮތެއް އެނގެނީއެއް ވެސް ނޫނެވެ. ފާހާނާ އިން ނިކުމެ ކުޑަ ގޮތަކަށް ތައްޔާރުވުމަށްފަހު ލޫކް މިސްރާބު ޖެހީ އޭނާގެ ހިތުގައިވާ މަންޒިލަށް ދިޔުމަށެވެ.

 

ޒީޝާނާއި ރޫނާ އަދި ޒާން އާއި ޒައިނީ އެނބުރި އައުމުން ގޭތެރެ އޮތީ ފުދޭ ވަރަކަށް ހަލަބޮލި ކޮށެވެ. ހުރިހާ މީހުން ކައި ނިމުމުން އަލްޔާ ބަދިގެ ސާފު ކުރުމަށްފަހު ކޮޓަރި އަށް ވަންނަން ދިޔަ ވަގުތު ގޭ ބެލް އަޅާލި އަޑު އިވުނެވެ. ނަމަވެސް އެވަގުތު އެންމެ ކައިރީގައި ހުރި ކޮޓަރިން ނިކުތް ޝެނާ އަލްޔާ އަށް ހިނިތުންވުމެއް ދިނުމަށްފަހު ގޭ ދޮރު ހުޅުވަން ދިޔުމުން އަލްޔާ މިސްރާބު ޖެހީ ސިޑިން މައްޗަށް އެރުމަށެވެ.

“ލޫކްތަ… އާދޭ އެތެރެއަށް. އަހަރެމެން ހީކުރީ ކިތަންމެ ދުވަހަކު މިރަށުގައި އުޅުނަސް މިގެއަށް ނާންނާނެ ކަމަށް” ޝެނާ  ލޫކް ގެ ނަން ބޭނުންކުރި އަޑު އިވުމުން އަލްޔާގެ ދެފައިގާ ހީވީ ކަސްތޮޅު އެޅުވިހެންނެވެ. ލަސްލަހުން ފަހަތް ބަލާލީއިރު އަލްޔާ އަށް ބަލަހައްޓައިގެން ހުރީ ލޫކެވެ. ލޫކް ގެ މޫނުމަތިން ސީރިޔަސް ކަން ފާޅުވާން ހުރިއިރު މުށްކަވާލެވިފައިވާ ދެއަތްތިލަ އޮތީ ޖީންސުގެ ޖީބުގައެވެ.

“ލައި މިތާ ލޫކް ކައިރީގައި މަޑުކުރަންވީނުން. ދޮންތަ ކޮޓަރިއަށް ވަންނަމުން ޝައިމް އަށް ގޮވާލާނަން” ޝެނާ ހިނގައިގަތުމުން އަލްޔާ ލަސް ފިޔަވަޅުތަކެއްގައި އައިސް ހުއްޓުނީ ލޫކާއި މާދުރުނޫން ހިސާބެއްގައެވެ.

“ކީއްކުރަން މިގެއަށް ތިއައީ” އަލްޔާ ލޫކާއި ހަރުުކަށިކޮށް ސުވާލު ކުރިއެވެ.

“އަހަރެން މިއައީ އަލްޔާ ހޯދާކަށް ނޫން. ކަމަނާގެ ތެދުވެރި ފިރިމީހާ އާއި ބައްދަލުކުރަން” ހުރި ފިޔަވަޅުމަތީގައި ހުރެ ލޫކް ޖަވާބުދިނެވެ. އަލްޔާ ލޫކަށް ބަލަންހުރި އިރު ހިތުގައި ވަނީ ޝަކުވާއެވެ. އެގެއިން ޝައިމްގެ އަތްދަށުން ސަލާމަތްކޮށްދެން ލޫކް ކައިރީގައި އެދެންވީއޭ ހިތަށް އަރަނީއެވެ.

ނަމަވެސް ކޮންމެސް ކަމެއް ގޯސްވާން އުޅެނީޔޭ އެހިތް ބުނަނީ ކީއްވެކަމެއް ނޭނގެއެވެ. އެތަނުގައި މަޑުކުރަން ބޭނުންނުވާތީ އަލްޔާ އެނބުރި ދިޔުމަށް ހިނގައިގަތް ވަގުތު ގަމީހުގެ ގޮށްތައް އަޅުވަމުން ސިޑިން ތިރިއަށް ފައިބަމުން އަންނަ ޝައިމް ފެނި ހުއްޓުނެވެ.

“ލައި ނުބުނަންތަ ލޫކް ކައިރީގައި އިށީންނަން ވެސް” އަލްޔާ އާއި ހަމަވުމުން ޝައިމް ބުންޏެވެ.އެވަގުތު އަލްޔާ ޝައިމް އަށް ބަލާލީ ނުރުހުންވެފައެވެ. އެރޭގައި ޝައިމް އަލްޔާ އާއި މެދު ކަންތައްކުރި ފަހުން އަލްޔާ ޝައިމް އާއި ވާހަކައެއް ނުދައްކައެވެ. އަލްޔާ ވެސް އިންތިޒާރު ކުރަނީ ޝައިމް ބުނިހެން ޝައިމް އޭނާ ވަރިކުރާނެ ދުވަހަކަށެވެ.

ކުރިމަތިން އަންނަމުން ދިޔަ  ޝައިމް ގެ މޫނު މިވަގުތު ލޫކަށް ފެންނަމުން ދަިޔއީ ނުލަފާ ޝައިތާނެއްގެ ސިފައިގައެވެ. ދަތްކުނޑި ވިކައިގަނެވުނީވެސް އަނގައިން ލެރަހަލާ ވަރަށެވެ.

“އާދެވިއްޖެދޯ. އާދެބަލަ އިށީންނަން. ލައި ލޫކަށް ރަނގަޅު ޑްރިންކެއް ގެނެސްދީބަލަ” ސޯފާގައި އިށީންނަމުން ޝައިމް އަލްޔާ ކައިރީގައި ބުންޏެވެ.

“އަހަރެން މިއައީ އިށީންނާކަށް ނޫން. އަހަރެން ކަލޭ ކައިރިއަށް މިއައީ ސުވާލުތަކެއްގެ ޖަވާބު ހޯދަން” ލޫކްގެ ވާހަކައާއި ރާގު ހުރި ގޮތުން އަލްޔާ ޖެހިލުންވިއެވެ. ލޫކަށް ބަލާލެވުނީ ހާސްވެފައެވެ. ޝައިމް އަށް ވެސް އިންތަނުން ކޮޅަށް ތެދުވެވުނެވެ.

“މިތާ އިށީނދެފަ ވެސް ވާހަކަދެއްކޭނެ. އާދޭ” މޫނުމަތިން ހަމަޖެހޭ ގޮތް ދައްކަމުން ޝައިމް ބުންޏެވެ. ލޫކް ވާހަކަދައްކާ ރާގާއި ބަހުރުވައިން ޝައިމް ހުރީ ވާނުވާ ނޭނގިފައެވެ.

“އަހަރެން ބަލަން ބޭނުމީ ކަލޭ އާއި މިގޭގައި އުޅޭ ޒީޝާނާއި މެދު އޮންނަ ގުޅުމަކީ ކޮންކަހަލަ ގުޅުމެއްތޯ. އެސުވާލުގެ ޖަވާބު ދީފާނަންތަ” ލޫކް އަޑަށް ބާރުލަމުން ބުންޏެވެ. އެހިނދު ޝައިމްގެ އަޑުވެސް ކަރުގައި ތާށިވިިއެވެ. ޖެހިލުންވެ އަތްފައި ތުރުތުރު އަޅަން ފެށިއެވެ. ހިތްއަވަސްވެ ނިތްކުރިމަތިން ދާހިއްލަން ފެށިއެވެ. ގޭތެރޭގައި އަޑުގަދަވާން ފެށުމުން ކޮޓަރިތަކުގައި ތިބި ރޫނާ އާއި ޒީޝާން އަދި ޝެނާ ވެސް ތިރިއަށް ފޭބިއެވެ. ލޫކް ގެ ޖެހިލުން ކުޑަކަމާއިމެދު ދެލޯބޮޑުވެފައި ހުރި އަލްޔާ ބިރުގަތީ އަލްޔާ އަކީ ކާކުކަން މިދަނޑިވަޅު ލޫކް ބުނެފައިނެތީއެވެ. ތަނުގެ ހިމޭންކަން ނަގާލީ އަނެއްކާ ވެސް ލޫކް ގެ އަޑުންނެވެ.

ކިހިނެއްވީ؟ ކީއްވެ ނުބުނެވިގެން ތިއުޅެނީ؟ އަހަރެން ބުނަންވީތަ އެއީ ކާކުކަން” ލޫކް އިއްވާލުމާއެކު އެތަނުގައި ހުރި ޝެނާ އަށް ވީގޮތް އޮޅުންފިލިއެވެ. އޭނާ އަވަސް އަވަހަށް ޝައިމް ކައިރިއަށް ޖެހި ޝައިމްގެ އަތުގައި ހިފާލިއެވެ.

“ކީކޭ ލޫކް ތިކިޔަނީ. ލޫކަށް ކޮން ހައްގެއް އޮތީ މިގެއަށް ވަދެ ތިގޮތަށް އަޑުގަދަ ކުރަން. މިގޭގައި ކުޑަކުދިބަޔަކު ނިދާފައި ތިބީ. އެހެންވީމަ ރަނގޅުވާނީ މިވަގުތު މިގެއިން ދިޔައިއްޔާ” ޝެނާ ރުޅިވެރިކަމާއެކު ލޫކަށް ބަލަން ހުރެ ބުންޏެވެ.

ޝައިމް ހިތްވަރުކޮށްފައި ކުރިއަށް ޖެހުނެވެ.

“ޒީ އަކީ މިގޭގައި އުޅޭ ޒާން އާއި ޒައިނީގެ މަންމަ. އެދެކުދިންނަކީ މިގޭ ދެކުދިން” ޝައިމް ބުންޏެވެ.

“ކީއްވެތަ ޒީޝާނަކީ ތިމަންގެ އަންބެކޭ ބުނަން ނުކެރިގެން ތިއުޅެނީ. އެއީއެއްނު ހަގީގަތަކީ. ކީއްވެ ލައި އަށް އޮޅުވާލައިގެން ތިއުޅެނީ. ކޮބާތަ އޭނަގެ ކުށަކީ” ލޫކް ގެ ރުޅިގަނޑު ދިޔައީ ހިނދުކޮޅަކަށް ފަހު ހިނދުކޮޅެއް ގަދަވަމުންނެވެ. ޝައިމް ހުރީ ލޫކަށް އެހުރިހާ އެއްޗެއް އެނގުނު ގޮތަކާއި މެދު ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. ލޫކް އެހާމަކުރި ހަގީގަތުން އަލްޔާ ދެލޯ ބޮޑުވިއެވެ. އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ ޒީ އަކީ ޝައްޔަމްގެ އަންހެނުންނެވެ.

ޒީޝާން އިސްޖަހާލައިގެން ހުރީ އަލްޔާ ކުރިމަތީގައި ބޭޒާރުވާންފެށުމުން ދެން ކުރާނެކަމެއް ނެތުމުންނެވެ. ޝެނާ ޝައިމްގެ އަތުގައި ހިފާ ބާރުކޮށްލުމާއެކު ބަލާލީ ކަރުނަވީ ދެލޮލުން ޝައިމް އަށް ބަލަހައްޓައިގެން ހުރި އަލްޔާ އަށެވެ. ރޫނާ ރުޅިވެރިކަމާއެކު ލޫކަށް ބަލަންހުރި ގޮތުން ހީވަނީ ބުޅާ މަސްގަނޑަށް ބަލާ ހެންނެވެ.

“ޝައިމް އަހަރެން މިކުރި ސުވާލުގެ ޖަވާބުދީބަލަ” ލޫކް ދެވަނަ ފަހަރަށް ބުންޏެވެ. ޝައިމް އަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ނަމަވެސް އަލްޔާ ކުރިއަށް ޖެހިލާ ގޮސް ހުއްޓުނީ ޒީޝާންގެ ކުރިމަތީގައެވެ.

“ޒީ! ލޫކް އެބުނީ ތެދެއްތަ؟ އަލްޔާ ސުވާލުކުރީ އިސްޖަހައިގެން ރޮވިފައި ހުރި ޒީޝާނާއެވެ. ނަމަވެސް ޒީޝާންގެ ފަރާތުން އަލްޔާ އަށް އެއްވެސް ޖަވާބެއް ނައެވެ.

“ޒީޝާން އަހަރެންގެ ސުވާލަށް ޖަވާބުދީބަލަ” އަޑަށް ބާރުލާފައި އަލްޔާ ސުވާލު ކުރިއެވެ. އެވަގުތު ފެންކަޅިވެފައިވީ ދެލޮލުން ޒިޝާން އަލްޔާ އަށް ބަލާލިއެވެ. ޖަވާބެއް ދިނުމަށް ޒީޝާންގެ އަނގަ ހަރަކާތްކޮށްލި ވަގުތު ވާހަކަދައްކަން ފެށީ ޝެނާ އެވެ.

“އެއީ ދޮގެއް. ޒީ އަކީ ޝައްޔަމްގެ ވައިފް. ލައި މިހާ އަވަހަށް ހިލޭ ފިރިހެނެއްގެ ބަސް ގަބޫލުކޮށް ތިމާދެކެ ހިތާއި ފުރާނައިން ލޯބިވި ފިރިމީހާ އަށް ޝައްކު ކުރަނީތަ” ޝެނާ ހަރުކަށި ކަމާއެކު އަލްޔާ އާއި ދިމާލަށް ބުންޏެވެ.

“ސާބަސް…. ޝައިމް އެކަންޏެއް ނޫން ދޯ ލައި ލޯމަތީގައި ފޮތި އަޅައިގެން މިއުޅެނީ… ގްރޭޓް… މިގޭ ހުރިހާ މީހުން…. ހެހެހެ… ލައި …. މިހާރު ހޭލަންވެއްޖެއްނު” ދެކޮޅަށް ހިނގަމުން ލޫކް އެމީހުންނަށް މަލާމާތް ކޮށްލިއެވެ.

“ލޫކް ލަދެއް ވެސް ނުގަނޭތަ. މިގޭ މީހުންގެ ހުއްދައެއްނެތި މިގެއަށް ވަދެ ތިވައްތަރަށް ވާހަކަދައްކަން ލަދެއް ނުގަނޭތަ. މިހާރު މިގެއިން ނިކުމޭ. އެހެންނޫނީ ގުޅާނީ ފުލުހުންނަށް” ޝެނާ ލޫކަށް އިންޒާރު ދިނެވެ.

“ހެހެހެ… މިއޮތީ ޑިއުޓީ ފޯނު. ގެއަކުން ޝަކުވާއެއް އަޔަސް މިވަގުތު އެޓެންޑްވާން ހުރީ މަށާ ފައިސަލް އާ ދެމީހުން. ފައި އެބައިން މިތާ ބޭރުގަ މަ ނިކުންނަން ދެން. މިގެއަށް ވެސް އަހަރެން މިއައީ އަހަރެންނަށް ލިބިފައި ހުރި މައުލޫމާތު ތަކެއްގެ އަލީގައި އަންހެނަކަށް ނުހައްގުން އަނިޔާތަކެއް ލިބެމުންދާތީ އެކަމުގެ މައުލޫމާތު އޭނާ އަށް ދިނުމަށް. މީހަކު ހައްޔަރު ކުރާކަށް ނޫން” ޖީބުގައި އޮތް ނޫކުލައިގެ ނޮކިއާ ފޯނު ދައްކާލަމުން ލޫކް ޝެނާ ގެ ވާހަކަތަކަށް ފަސްޖެހުމެއް ނެތި ޖަވާބު ދިނެވެ.

“މީ ކާކުގެ ހައިވާނެއްތަ؟ މިހާރު މިގެއިން ނިކުމޭ. ކަލެއަށް ކީއް މިގޭގައި ކޮންމެ ކަމެއްވިއްޔާ” މިހުރިހާ އިރު މަޑުން ހުރި ރޫނާ އަށް އޭނާގެ ދަރިންނަށް ބޭރުން އައި މީހަކު މަލާމާތް ކުރާތަން ބަލަން ހުންނާކަށް ކެތެއް ނުވިއެވެ.

މިޔާނާގެ ވާހަކަތައް ހުރި ގޮތުން އޭނާ ޖެހިލުން ވިއެވެ. ނަމަވެސް ރައްދުގައި އެއްޗެއް ބުނަން ބޭނުންނުވީ އެއީ އޭނާގެ މަންމަ އުމުރުފުރާ މީހަކަށް ވީތީ ކުރެވުނު އިހުތިރާމަކުންނެވެ. އޭރުވެސް އިސްޖަހާލައިގެން ރޯލަރޯލާ އަލްޔާ ހުއްޓެވެ. އެމަންޒަރު ލޫކަށް ފެނުމުން އޭނާ ހިތުގައި ރިއްސައިގަތެވެ. އެންމެން ކުރިމަތީގައި އަލްޔާ އެއަތުތެރެއަށް ގެނެސް ކަރުނަ ފޮހެދެން ބޭނުނވްިއެވެ.

“ލޫކް ޕްލީޒް ލީވް” ޝައިމް ހިމޭންކަމާއެކު ބުންޏެވެ.

“އަހަރެމެންގެ އާއިލީ މައްސަލަތަކުގެ ތެރެއަށް ވަންނާކަށް ލޫކަކާ ނުޖެހޭނެ. ކަމެއް އުޅެންޏާ އެކަމެއް އަހަރެން ހައްލު ކުރާނަން. އެހެންނޫނަސް އަހަރެންގެ އަންބަކީ ކޮންމެ މީހެއް ކަމުގައި ވިޔަސް އެކަމާއި ފާޑުކިޔަން ލޫކް ތީ ކާކު؟ ނުވަތަ ވެއްޓިފައިވާ އަނދަވަޅަކުން އަލްޔާ ސަލާމަތް ކުރަން އެއީ ލޫކް ގެ ކާކު” ރުޅިވެރި ކަމާއެކު ޝައިމް ބުންޏެވެ.

“ބޭނުންތަ އެއީ އަހަރެންގެ ކާކުތޯ ބަލަން. އެއީ…..” ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ލޫކަށް އަލްޔާ އަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު ކަރުނައިން ފުރިގެންވީ ދެލޮަލަކުން އަލްޔާ ލޫކަށް ބަލަން ހުރެ ބޮލުން ކުރި އިޝާރާތަކުން ނޫނެކޭ ބުނަމުން ދިޔައެވެ. އެހިނދު ލޫކް ހިމޭންވިއެވެ.

“ފައިން. ކަލެއަކަށް ހަގީގަތެއް ހާމައެއް ނުކުރެވުނު ދޯ. އަހަރެން ކިޔާދީފާނަން. ކަލޭ އާއި ޒީޝާނަކީ ދެމަފިރިން. ކަލޭމެންގެ ދެދަރިން ވެސް އެބަތިބި. މިހާރު ޒީޝާން އޭނީ ތިންވަނަ ދަރިފުޅަށް ބަލިވެ. ލައި އާއި ކަލޭ އިނީ އޮޅުވާލައިގެން. މިހާރު ވެސް ތިދަނީ ދޮގުހަދާ އޮޅުވާލަމުން. އެފަކީރު މިހުރިހާ ދުވަހު ލޮލާއޮ ބޮލުން އެއަންނަނީ ކަލެއަށް އިތުބާރު ކުރަމުން. މިފަހަކުން ޒީޝާން މާލޭގައި ހުރެފައި މިރަށަށް އައި ދުވަސް އެއީ އަހަރެމެން ގެސްޓްހައުސް ގައި އޮޕަރޭޝަނެއް ހިންގި ދުވަސް. އެދުވަހު ކަލޭ ޒީޝާން ގޮވައިގެން އައި ގޮތަށް ވަނީ ގެސްޓްހައުސް އަށް. ރޫމް ނަންބަރ 100 އަށް. އެތަނަށް ވަންނަމުން ކަލޭމެން ދެމީހުން ޖެހި ސަކަރާތް މިއޮތީ އަހަރެންގެ ފޯނުގަ” ލޫކް ވާހަކަދައްކަމުން އަލްޔާ ކައިރިއަށް ހުއްޓި އޭނާ ފޯނުން ކޮށްފައިވާ ވީޑިއޯ ޕްލޭ ކޮށްލިއެވެ. އެހިނދު އަލްޔާގެ ލޯ ކުރިމަތީގައި ނިއުޅެންފެށި މަންޒަރުތަކުން ބޮލަށް ވެސް އެނބުރުން އަރައިގެން ދިޔައެވެ.

މިހުރިހާ ދުވަހު ލޫކް ދެއްކީ ތެދު ވާހަކަތަކެއް ކަން ގަބޫލުކުރެވުނެވެ. ޝައިމްގެ ނުލަފާކަމާއި މަކަރުވެރިކަން ހިތަށް އެރުމުން އެހިތުގައި އުފެދުނު ރުޅިވެރިކަން އެތައް ގުނައެއް އިތުރުވިއެވެ. ޒީޝާން މަތިން ވެސް މުޅިން ފޫހިވިއެވެ. ލޯބިން އަމިއްލަ ދައްތައެއް ފަދައިން ދެކުނު ޝެނާ ވެސް އޭނާ އަށް އޮޅުވާލާފައިވާ ވަރު ހިތަށް އެރުމުން ހިތުގައި ޖެހުނެވެ.

“ހެހެހެ…. ބޭނުންތަ ބަލާލަން” ޝައިމް އާއި ވީ ދިމާލަށް ފޯނު ދިއްކޮށްލަމުން ލޫކް ބުންޏެވެ. ހަމަ އެހާ އަވަހަށް ހީލާފައި ފޯނު ޖީބަށް ވެސް ލިއެވެ.

އަލްޔާ ކުރިމަތީގައި އެގޮތަށް ޝައިމް ބޭޒާރުވުމުން އޭނާ އަށް ރުޅި އާދެވުނީ ލޫކް ދެކެއެވެ. ރުޅިވެރިކަން އޭނާގެ ބޮލަށް އަރާ ލޫކް ގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ.

“ނޯ…ނޯ……… ތިކުރަނީ ގާނޫނީ ކުށެއް. ފުލުހެއް ގަޔަށް އަތް އިސްކުރަނީ ތި. އަހަރަކާއި ހަތްމަހާއި ހަ ދުވަހުގެ ހުކުމެއް. މަށަށް ބޮޑު އަނިޔާއެއް ވެއްޖެ ނަމަ ހުކުން ހަތަރު އަހަރަށް ދެމިގެންދާނެ” ލޫކް ހީލަމުން އޭނާގެ ގިރުވާނުގައި ހިފާފައި ހުރި ޝައިމްގެ އަތް މަތީގައި އަތް އަޅުވަމުން ޝައިމް ގެ ދެއަތް ނައްޓުވާލިއެވެ.

“އެހެންވިއްޔާ ޝައްޔަމް އަކީ ކާކު؟ އަލްޔާ ލޫކަށް ބަލާލަމުން ބުންޏެވެ.

އަލްޔާގެ މައުސޫމް މޫނުމަތި ފެނުމުން ލޫކް ކައިރިއަށް ހިނިއައެވެ. އެސުވާލު އަލްޔާ އެކޮށްލީ ހާދަ ލޯބިކޮށެވެ.

“ތެދެއް ޝައްޔަމް އެއީ ކާކު؟ އެނގޭ ކުއްޖަކު ޖަވާބު ދީބަލަ” ލޫކް އެންމެންނަށް ބަލާލަމުން ބުންޏެވެެ.

ތަނުގައި ތިބި ހުރިހާ މީހުން ތިބީ ޖެހި އިސް ހިއްލާލަން ވެސް ނޭނގިފައެވެ. ލޫކް ކައިރިއަށް ހިނިއައެވެ.

“ސޯ ސޭޑް. ޝައްޔަމް އެއީ މި ފިލްމުގައި އުޅުނު ހިޔާލީ ކެރެކްޓަރ އެއް” އެއްވެސް މީހަކަށް ނުފެންނާނޭހެން އަލްޔާގެ ދެލޯ ކައިރި ލޯތްބާއެކު ފޮހެލަދެމުން ލޫކް ބުންޏެވެ. އަލްޔާ ލޫކަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

“ލައި! މިއަދު އަހަރެން ވަރަށް އުފާވެއްޖެ. ލައި ގެ ދިރިއުޅުން. ދެން ހަދާނެ ގޮތެއް އެނގޭނީ ލައި އަށް…. ބާއި” ލޫކް އެގެއިން ނިކުމެގެން ދިޔައިރު ވެސް ޝައިމް އަށް ކިޔާނެ އެއްބަހެއް ވެސް ނޭނގުނެވެ. ލޫކް ނިކުމެގެން ދިޔައީ އަލްޔާގެ އެއް އަތް ހިއްލާލުމަށްފަހު އެއަތުގެެ އިނގިލި ތަކުގައި ބޮސްދީފައެވެ. ނަމަވެސް އެމަންޒަރު އެތަނުން އެއްވެސް މީހަކަށް ނުފެނެއެވެ.

ލޫކް ހަމަ ނިކުތުމާއެކު އަލްޔާ ސިހުނީ ނުވިިސްނާ ހުއްޓާ ޝައިމް ކޮށްލި ކަމަކުންނެވެ. އަލްޔާ އަތުގައި ހިފާ ދަމަމުން ކޮޓަރިއަށް ވަދެފައި އެތެރެއިން ތަޅުލިއެވެ. ކޮޓަރި މެދަށް އަލްޔާ ހޫރާލުމަށްފަހު ޝައިމް އަލްޔާ އަށް ބަލާލީ ރުޅިވެރި ލޮލަކުންނެވެ. އަލްޔާގެ ހަށިގަނޑުގައި ރޫރުއަޅައިގަތީ މިވަގުތު ޝައިމް އޭނާ އަށް ކޮންމެފަދަ ގޮތެއް ވެސް ހަދާފަނެތީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (36)

  1. Ushaali

    assalam alaikum… alhamdulillah… ushaali varah balikoh ulhemun ves mi bai liyevi up load ves kurevijje….. dhn in bai ves lasnukoh genesdheynan. insha allah 🙂 🙂
    huriha kudhinnah ves mi bai kamudhaane kamah heekuran 🙂 🙂

  2. alysha

    varah reethi ushaaliii ……. me first tha

  3. yaasha

    V v reethi. Whn next part. Masha allah

  4. Nafu

    Varuh reethi waiting for the next part

  5. xaf

    hama varah salhi

  6. Reader

    Yeyyyyyy…..
    Alyaa salaamaiyh viyyoaa…
    Thank god egadee shenaa e dhorugr taki jehikan…
    Btw dhn vaani kihineh br…
    Ushaa keehve tha emmeh ge hiyyh thalhuvani..
    Anehkr vx hama ekahala thanakan nihamaifi…
    Plx plx… avas kondheythi nxt part..
    Mi bai vrh kuru hn heeve kiyaa hithun ineemr kanneyge…
    Heheh..
    Love it….

  7. thooo

    Omg ma beynunvaagothah mihaaru mivaahaka kiriah modhany . Thanx isali.avahah next part up kohladhy …

  8. blackangel

    ushy sis gws okay..anyways story hama perfect ingey…..varah salhi…

  9. yax

    habarudhaaru e shaim lai gaiga ingilikuri ves gasaalan!!???
    ingili kuri gasailaafiyaa mashah ingey niy hadhaa laane goiy????
    luke thi hedhi goiy hama varah baraabaru ?you deserve a clap?????
    usha lobi den oi bai avas koh dhibala plz plz plz
    mihaaru yax ge ley kekey ehba???????

  10. Mi

    Miyaana akii alyaa ge mom dhw…
    But miyaana ethaa kii kurany .
    Alyaa ge mom men rashaku nethey bunaa adu ivunu..

    1. Ushaali
      Mi

      thankyou mi… mistake eh e’ee. mihaaru rangalhu kollaifin 🙂

  11. lysha

    arrrrg ……….. shaimmmmmmmm i hate u i will kill u

  12. Ushaali

    awwwwnnnn. thankyou so much everybody 🙂 love you all 🙂 next episode liyany mi. maadhan mendhuru fahu upkureveytho balaanan 🙂

  13. Navya

    Gws ushaa… vaahaka vvvvv reethi mihaaru oiy hisaabu. .thnx❤ avahah up kohdhehchey. .

  14. Shaff

    V v v v v reethi mi bai. Cant wait 4 the next part

  15. Ana

    Story hama habeys!shafakillah,thi kura hivvarah hama saabas,bunane ehcheh neh ” A+”?

  16. Look ge Lai

    Yesssss yessss look hama heevee hero eh henn… Btw ushaali thanks lai save kohdhineema. Dhen vess kohdheythi.. Shaim I hate him Shena vess..Waiting for next part.

  17. Look ge Lai

    Ushaali get wel soon

  18. Flower

    Alheyyyyyyy ushaaliii haadha rangalheyyy..gws….vrh ufaavey hama bunaa dhuvahah up kohadheythyyy….i love u sooooo much…ur the best writer n my favourite….plxxxx shaimmm gandu lai ah gotheh hedhiya nudhehcheyyy ngeyyy plxxxxxxx ushaalyyy…ehn noony vaahaka vrh hadi vaane….mihaaru vaahaka dhaa goiy vrh salhi…this is the best storyyy…dhn avahah luk n lai gulhuvaba…ehaa avahah stry nuninmahcheyyy luk n lai ge scenes thah v v v v gina kohfa ngey ninmaanyy plxxxxx…cant wait for the nxt part ???????

  19. hope

    Get well soon. Ushasli v nice story

  20. Luba

    Wow.. V ufaavejjemi part ga hurihaa kameh bust v ma…. Dhn lai hadhaany kihinrh baa..

  21. FR

    Get well soon dear

  22. Zaanaa

    Avas shifaayakah edan

  23. Comment

    U r the best… varah comment nukuran… ekam hama reethi vaahaka bunelaa hiyy vee… i love ur stories… u r the best ushy… cant wait to read next part… plx upload it soon…?

  24. soabi

    Wow brilliant v salhi looku hadaha gadaey dho loabi ge misaaleh waiting for next part ???

  25. faidhaS

    GET WELL SOON, MAASHAA ALLAH VVV reethi, up kureethi thankyou so much

  26. Azu

    Shaimmmmmm?????alya gaiga aiyy nulaathi…..alhe ushaalee…alya ah dhera gotheh nuhadhhchey…vaahaka vvvv reethi……love u ushaalee…???

  27. ?mixoo

    varah reethi mibai
    alhe lai ah dhera gotheh nahadhahchey

  28. Aimsithu

    Miyaanaa or roonaa.. Aslu roonaa dho innaany..

  29. Herrr

    GWS ushaa ah hama saabas. Great writer eh.. mi part ves hama varah reethi… luke gadha… shaim kihinehbaa hadhan e ulheny anehkkaa? Ekam avahah ninmaa nulachey… waiting

  30. Thaa

    Mihaathanah kiyunu enme teethi vaahaka thanx ushaali

  31. Alya

    Heyy usha. Ammata siri aky reethi baheh nun. Ingigen beynun kuri baheh kamah hykuran. Mibaivx hama habeys. Waiting for next part?

  32. Luk

    NOa magey laee.. Shaim eyna ah gotheh hadhaifiyyaa masha vs ingeyne hadhaane goi. Ainbakas hisaabah vure olhuvaalaigen nuvaane.. Ushaali Avaha aneh part genesdhee. Mihaaru maa kurukoh thi genesdhenee vs.

  33. shadows

    kobaa next part avahah genesdeebala kiyaahithun hurevenee eh nooney plase avahah up kohdeebal misotey haa reethi soteyeh adhinukiyan hama vrah habeys keep it up

  34. xaf

    ushaa kobaatha nxt part…. mihaaru kiyaa hithun hurevenykee vex nun…
    plx plx plx thankolhen avax kohdhyba….

  35. nonnx

    where’s the next part of story..waiting waiting for it…:(

Comments are closed.