Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (22ވަނަ ބައި)

Ifaau
December 4, 2016
6 Mins Read
54 Views
12 Comments

“މާޒްއަށް ތި އިވުނީ ހަމަ ރަގަޅަށް… އަހަރެން މާޒް ދެކެ ވަރަށް ލޯބިވޭ!” ރިޒާނާގެ އެޖުމްލައިން އަހަރެންގެ މޭ ނުބައި ކުރަން ފެށިއެވެ. މިއީ މޮޔަ އަންހެނެއް ހެއްޔެވެ؟

“ކަލޭ މޮޔަވީތަ؟” އަހަރެންނަށް ނުބައި ގޮތެއް ވަމުންދިޔައެވެ.
“މާޒް އަކަށް ނޭންގޭނެ އަހަރެން މާޒް ދެކެ ލޯބިވާ ވަރެއް!” ރިޒާނާ އައިސް އަހަރެންގެ ގައިގައި އޮޅުލައިގެތެވެ. ލިބުނު ސިހުމުމާއި އެކު އަހަރެންނަށް ފަހަތައް ޖެހިލެވުނެވެ. ނަމަވެސް ރިޒާނާ އަހަރެންގެ ގައިގައި ހިފަހައްޓާފައި ހުރީ ވަރަށް ބާރަށެވެ. ހައިރާންކަންމަތީ މަންޒަރު ބަލަން ބަހެއްވެސް ނުބުނެ ތާޝާ ހުއްޓެވެ. އަހަރެން ވަރަށް އުނދަގުލުން ރިޒާނާ އަހަރެންގެ ގަޔާއި ވަކިކުރީމެވެ. އަދި ފަހަތަށް ކޮށްޕައިލީމެވެ. އެޔާއިއެކު ރިޒާނާ ގޮސް ޖެހުނީ ކައިރީ ހުރި އެނދުމައްޗަށެވެ.

“މާޒް! އަހަރެންނަށް ތިހެން ނަހަދާ.. މިހުރިހާ ދުވަހަކު އަހަރެންގެ އިހުސާސަތައް ފޮރުވައިގެން ހުރީ ބުނަން ނުކެރިގެން..” އަނެއްކާވެސް ތެދުވެގެން އައިސް ރިޒާނާ އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެން ވަގުތުން އަތް ފޮޅުވައިލީމެވެ.

“ލަދެއް ނުގަނޭތަ ތިމާގެ ދަރިޔެއްވަރުގެ ކުއްޖަކާ ހިތާވާކަށް؟” އަހަރެން ވަރަށް ބާރަށް ބުނެލީމެވެ.

“ހަހަހަހަ ދަރިޔެކޭ؟ މާޒް އަހަރެން އަތުގަ ނެތީ ކޯންޗެއްތަ؟ މާޒްއަށް އަހަރެންގެ މިހުރިހާ އެއްޗެއް.. އަހަރެންނާއި ކައިވެނިކުރޭ!” ރިޒާނާ އަހަރެންނާއި ގާތްވަން މަސައްކަތް ކުރަމުން ދިޔައީމެވެ. އެގޮތައް އަހަރެންނާއި ރިޒާނާ ދުރުކުރަން އުޅުމުގެ ތެރޭގައި އަހަރެންނަށް ރިޒާނާގެ މޫނުމަތީ ވަރަށް ބާރަށް ޖެހިއްޖެއެވެ. ހަމަ އެއާއިއެކު ރިޒާނާގެ މަސްތީކަން ފިލައި ރުޅިގަދަވެގެން ދިޔައެވެ.

“ކަލޭގެ އޮފީހާއި އެކު އަހަރެން ކޮންޓްރެކްޓް މަސައްކަތެއް މިކުރަނީކީ ކޮންމެހެން އަހަރެންނަށް ފައިދާ ކުރާނެތީ އެއްނޫނޭ! ކަލެޔާއި ގުޅުން ބަދަހިކުރަން.. އެކަމަކު ކަލޭ އަހަރެންނަށް އަމިއްލައަށް ގުޅައިގެން އަހަރެންގެ މަސައްކަތް ފަސޭހަކުރީވެސް ހަމަ އަމިއްލަޔަށް… އަހަރެންނަށް ކަލޭ ފުރަތަމަ ފެނުން ދުވަހުވެސް ކަލެޔަށް ހިތްކީ! އެކަމަކު އަހަރެން ކައިރިޔަށް އެންމެ ރުޅިއައީ ކަލޭ މިހުރި ނާސި އަންހެނާއާއި ހެދިގެން އުޅޭތީ…” ރިޒާނާ މިހެން ބުނުމާއި އެކު ދެވަނަ އެތިފަހަރު އަހަރެން ރިޒާނާގެ މޫނުމައްޗައް ފޮނުވާލީމެވެ. ތާޝާއޭ ކިޔައިގެން އެއްޗެހި ކިޔުމީ އަހަރެންނަށް ކެތްވާނެ ކަމެއްނޫނެވެ.

“ތާޝާއާ ނުބެހޭތި!” އަހަރެން އަމުރުވެރި ރާގަކަށް ބުނެލީމެވެ.

“މަގޭ ދަރިޔެއް އެއީ… އަހަރެން ކިޔާނެ އެއްޗެއް ކިޔަސް، ރޮލާ ކެޔަސް ކަލެޔަކާ ނުބެހޭވެ!” ރިޒާނާ އަހަރެންނާއި ހަތަކު ކަޅި ހަމަކޮށްލުމަށްފަހު ބުނެލިއެވެ.

“ދަރިއެކޭ ބުނަން ލަދެއްވެސް ނުގަނޭތަ؟ ލަދުކުޑަ އަންހެނާ!” އަހަރެން ރިޒާނާއަށް މަލާމަތް ކޮށްލީމެެވެ.

“މާޒް ކީއްވެ ތިހެން ތި ކިޔަނީ؟ އަަހަރެން މާޒް ވަރަށް ބޭނުން… އަހަރެން ހާދަ އުފާވެޔޭ މާޒް އަހަރެން ހަމަ ގުޅާލާއިރަށް އަންނާތީ… އަހަރެން އަތުން ހަދާ ކާއެއްޗެހި ކާތި ހާދަ އުފާވެޔޭ! އަހަރެންނަށް އިނގޭ މާޒް މިގެޔަށް އަންނަނީ އަހަރެންނާއި ދޭތެރޭ ކޮންމެވެސް ގޮތަކަށް ދެކޭތީ…ދޯ މާޒް ބުނެބަލަ ދެން؟” ރިޒާނާ މޮޔައެއްހެން އަހަރެންނާއި ވާހަކަ ދައްކަމުންދިޔައެވެ. އަދި އަހަރެންގެ އަތުގައި ހިފާ ތަޅުވަން ފެށިއެވެ. އަހަރެން ހުރީ މި މޮޔަ އަންހެނާ މިދައްކާ ވާހައިން ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މިރޭ ރިޒާނާ އަހަރެންގެ އަތުން މަރުނުވިއްޔާ ދެރައެވެ.

“މާޒް ބުނެބަލަ ދެން!” ރިޒާނާ މިހެން ކިޔައި އަހަރެންގެ އަތުގައި އެލެން ފެށިއެވެ. އައި ރުޅިން އަހަރެން ވަރަށް ބާރަށް އަތް ފޮޅުވައިލީމެވެ. އެޔާއި އެކު ރިޒާނާ ތަޅަންމައްޗައް ވެއްޓިއްޖެއެވެ. ކުޑައިރުކޮޅަކު އެހެން އޮތުމަށްފަހު ރިޒާނާ އަނެއްކާވެސް ތެދުވެއްޖެއެވެ. މިފަހަރު އޭނަގެ މިސްރާބު ހުރީ ތާޝާއާއި ދިމާއަށެވެ. އަހަރެން އަވަސް ފިޔަވަޅުގައި ގޮސް ތާޝާގެ ކުރިމައްޗައް އެރީމެވެ. ރިޒާނާ އަހަރެން ދުރުކުރެވޭތޯ އުޅުނެވެ. ތާޝާ ބިރުން ހުރީ ފުރަގަހުން އަހަރެންގެ ގައިގައި ހިފަހައްޓައިގެންނެވެ.

“ދުރުވޭ… މީ މިނުބައި އަންހެނާގެ ކަމެކޭ… އަހަރެން ކަލޭ މަރާލާނަން މިއަދު!” ރިޒާނާ ތާޝާގެ ކުރިމަތިން އަހަރެން ދުރުކުރެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.

“ކަލޭ ތިހުރީ ހަމައިން ނެއްޓިފަ.. މޮޔަވެފަ…” އަހަރެން ބުނެލީމެވެ. ކުއްލިއަކަށް ރިޒާނާ އެކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ވަގުތުން ތާޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލާފައި އަހަރެންގެ ގައިގައި ބައްދާލައިގެން ރޮމުންދިޔައެވެ. އަހަރެންވެސް ތާޝާގެ ގައިގައި ބައްދާލައިގެން ހުރީމެވެ. މިވަގުތު އަހަރެން ތާޝާ ހުއްޓުވާކަށްވެސް ބޭނުމެއް ނޫނެވެ. އަމިއްލަ މަންމަ މިދެއްކި ވާހަކައިން ތާޝާއަށް އަސަރު ކުރާނެކަން ޔަގީނެވެ. މަންމަ ހޭބަލިވެގެން މިއުޅެނީ އަމިއްލަ ލޯބިވެރިޔާދެކެއެވެ. މިފަދަ ވަގުތަކު ރުއިން ނޫނީ ކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ؟

އަހަރެން މިހެން ހުއްޓައި ކުއްލިއަކަށް ރިޒާނާ ވަޅިއެއް ހިފައިގެން އައިސް ކޮޓަރިޔަށް ވަނެވެ. އަހަރެންގެ އިތިރުން ތާޝާވެސް ދިޔައީ ސިއްސައިގެންނެވެ.

“ދޫކުރޭ އޭނަ ގައިން.. އެހެން ނޫނީ އަހަރެން އަމިއްލަޔަށް މަރުވާނަން…..” ރިޒާނާ އަމިއްލަ ކަރާއި ދިމާގައި ވަޅި ބަހައްޓައިގެން ވާހަކަ ދެއްކިއެވެ. މިމޮޔަ އަންހެނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. ހާލަތައް ވިސްނާފައި އަހަރެން ތާޝާގެ ގައިން ދޫކޮށްލީމެވެ. އަނެއްކާވެސް ތާޝާ އަހަރެންގެ ފުރަގަހަށް ވަނެވެ.

“އޭ.. ކަލޭ ދުރުވޭ އޭނަ ކައިރިން ހަމަމިހާރު…” ތާޝާއާއި ދިމާއަށް ވަޅި ދިއްކޮށްލަމުން ރިޒާނާ ބުނެލިއެވެ. އޭނަގެ ބުއްދި ސަލާމަތުން ހުރި ކަމާއި މެދު އަހަރެންނަށް މިހާރު ޝައްކެވެ. ބިރުން ހުރެ ތާޝާ އަހަރެންގެ ފުރަގަހުން ނިކުމެ އަހަރެންނާއި ދުރުވެލިއެވެ. އެއިރު އަނެއްކާވެސް ވަޅި ހުރީ ރިޒާނާގެ ކަރާއި ދިމާގައެވެ.

“މާޒް ބުނެބަލަ އަހަރެން ދެކެ ލޯބިވެޔޭ.. އަހަރެންނާއި އިންނާނަމޭ…..” ރިޒާނާ އަހަރެންނާއި ކައިރިވެލިއެވެ. އަހަރެން ހުރީ ވަރަށް ހާސްވެފައެވެ. ހިތް އަވަސްވެފައި ހުރިވަރުން އަހަރެން ރިޒާނާގެ އަތުން ވަޅި އަތުލެވޭތޯ އުޅުނީމެވެ. ރިޒާނާ ގަދަހަދަމުން ދިޔައީ އަހަރެންގެ އަތައް ވަޅި ނުދޭށެވެ. މިހެން އޮޅުލަނިކޮށް އަހަރެންނަށް ސިހުމެއް ލިބުނީ ދިލަ ތަދެއްގެ އިހުސާސް ކެރެވުމުންނެވެ. އަހަރެން ބަލައިލިއިރު އަހަރެންގެ އަތްތިލައިގެ ހުދުހަމުން ލޭ އަންނަނީއެވެ. އެމަންޒަރު ފެނިފައި ތާޝާވެސް ކުޑަކޮށް އަހަރެންނާއި ގާތްވެލިއެވެ. ތާޝާ ބަލަމުން ދިޔައީ ލޭއަންނަމުން ދިޔަ އަހަރެންގެ އަތަށެވެ. ނަމަވެސް މިވަގުތު މުހިއްމީ ރިޒާނާގެ އަތުން ވަޅި އަތުލުމަށެވެ. އިތުރު ގޮތެއް ނެތުމުން އަހަރެން ވާހަކަ ދެއްކީމެވެ.

“އާނ.. އަހަރެންވެސް ރިޒާނާ ދެކެ ލޯބިވޭ.. ދެން ވަޅި ގެނޭ އަހަރެން އަތައް!” އަހަރެން ރިޒާނާ ހަމަޔަކަށް އެޅުވުމަށް ބުނެލީމެވެ. ހަމަ ވަގުތުން ރިޒާނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

“އަސްލުވެސްތަ؟” ރިޒާނާ ހެވިފައި އަހައިލިއެވެ. އަހަރެން ބޯ ޖަހައިލީމެވެ. އަހަރެން ވަގުތުން ވަޅީގައި ހިފައިލީމެވެ. ނަމަވެސް ރިޒާނާ އަނެއްކާވެސް ވަޅީގައި ހިފާ ބާރުކޮށްލިއެވެ.

“ބުނޭ އަހަރެންނާއި އިންނާނަމޭ!” ރިޒާނާ ބުނެލިއެވެ. އަހަރެން ހަމަ ހަގީގަތުގައިވެސް ހާސްވެއްޖެއެވެ. މިހެން ހަދައިގެން މިއަންހެނާ އަހަރެންނާއި ކައިވެނިވެސް ކޮށްފާނެއެވެ. ތާޝާ ހުރީ އަހަރެން ދޭނެ ޖަވާބެއްގެ އިންތިޒާރުގައިި އަހަރެންގެ މޫނަށް ބަލާށެވެ. އަހަރެން އެއްފަހަރު ތާޝާގެ މޫނަށް އަނެއްފަހަރު ރިޒާނާގެ މޫނަށް ބަލައިލީމެވެ. ވިސްނާލުމަށްފަހު ވަރަށް މަޑުމަޑުން އަހަރެން ބޯޖަހައިލީމެވެ. ވަގުތުން ރިޒާނާ ވަޅި ތަޅަންމައްޗައް އެއްލައިލިއެވެ. އަދި އަހަރެން ގައިގައި އޮޅުލާ ބާރުކޮށްލިއެވެ.

“އަހަރެންނަށް އިނގޭ މާޒް އަހަރެންނަށް ދެރަގޮތެއް ނަހަދާނެކަން..” ރިޒާނާ ބުނެލިއެވެ. އަހަރެންނަށް ވަރަށް އުނދަގޫވަމުން ދިޔައެވެ. އެހެންކަމުން އަހަރެން މަޑުމަޑުން ރިޒާނާ އަހަރެންގެ ގަޔާއި ދުރުކުރީމެވެ.

“ކީއްވެ ދުރުކުރަނީ؟” ކުޑަކުއްޖެއް ފަދައިން ރިޒާނާ އަހައިލިއެވެ. ތާޝާއަށް އޭރު ގިސްލެވެމުންދިޔައެވެ. އަހަރެން ހަމަ ހަގީގަތުގައިވެސް ރިޒާނާއާއި ކައިވެނި ކުރާކަމަަށް ތާޝާ ހީކުރީ ކަންނޭންގެއެވެ.

“އަހަރެން އެބަ އަންނަން މާޒް ކާނެ އެއްޗެއް ހިފައިގެން އިނގޭ.. އަދި ތިހުރީ މެންދުރު ނުކަޔެއްނު ދޯ؟” ކުއްލިއަކަށް ރިޒާނާ ބުނެލިއެވެ. ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން އަހަރެން “އާނ” އެކޭ ބުނެލީމެވެ. ރިޒާނާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެގެން ދިޔައެވެ. ރިޒާނާ ދިއުމުން އަހަރެން ކޮޓަރީގެ ދޮރު ތަޅުލީމެވެ. އަދި އަވަސް ކޮށްލާފައި ތިރީގައި އޮތް ތާޝާގެ ފޮށި ހުޅުވައިލީމެވެ. އަދި ކޮޓަރިތެރޭ ހުރި ތާޝާގެ ސާމާނުތައް ފޮއްޓަށް އަޅަމުން ދިޔައީމެވެ.

“ކީއްކުރަން ތިއުޅެނީ؟ ބޭނުންވާ ކަންތައް ވެއްޖެ އެއްނު؟” ތާޝާ ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. ތާޝާ ހުރީ އަހަރެން ކަންތައްކުރި ގޮތުން ރުޅި އައިސްފައެވެ. އަހަރެން އަވަސްކޮށްލާފައި ތާޝާގެ އެއްޗެހިތައް އަޅައި ފޮށި ތައްޔާރު ކޮށްލީމެވެ. އަދި ފޮށި ނެގުމަށްފަހު ހިނގައިގަތީމެވެ.

“ހިނގާ އަހަރެންނާއި އެކު ދާން!” އަހަރެން ތާޝާގެ އަތުގައި ހިފައިލުމަށްފަހު ބުނެލީމެވެ. ފިނިފިނި އަތުގައި އަހަރެންގެ އަތް ޖެހުމާއި އެކު ތާޝާ އަހަރެންގެ އަތް ފޮޅާލިއެވެ.

“ކީއްކުރަން؟ މާޒް ތިއުޅެނީ އަހަރެންގެ މަންމައާ އިންނާށެއްނު..” ތާޝާ ބުނެލިއެވެ. އަހަރެން ވަގުތުން ހީލީމެވެ.

“އަދި އެބަ ހެޔެއްނު..” ތާޝާ ހަށަންބަނދެލަމުން ބުނެލިއެވެ. އަދި މޫނު އަނެއް ފަރާތައް ލިއެވެ.

“ޕްލީޒް ދެން ކުޑަ ކުއްޖެއްހެން ނޫޅެ އެ މޮޔަ މީހާ ނާންނަނިސް ހިނގާބަލަ އަހަރެންނާއި އެކު ދާން.. މީގެ އިރުކޮޅެއް ކުރިން ބުނީމެއްނު ތިމަންނަ ގެންދާށޭ!” އަހަރެން މިހެން ބުނުމަށްފަހު ތާޝާ ގެ އަތުގައި ހިފައިގެން ދާން ހިނގައިގަތީމެވެ. ނަމަވެސް ތާޝާ މަޑުކޮށްލިއެވެ. އަދި އެނދުމަތީ އޮތް ފަސްޓް އެއިޑް ފޮށިން ބޭސްމަލަން ކޮޅެެއް ނަގައި އަހަރެންގެ އަތުގައި ބޭސްއަޅައިދިނެވެ. އެޔާއިއެކު އަހަރެން އަނެއްކާވެސް ތާޝާގެ އަތުގައި ހިފައިގެން އަވަހަށް އެތަނުން ދެވޭތޯ ހިނގައިގަތީމެވެ. މިފަހަރު ތާޝާ ގަދަ ހަދާކަށްވެސް ނޫޅުނެވެ. އަހަރެން ފަރުވާތެރިކަމާއި އެކު މީހަކަށް ފެނުމުގެ ކުރިން އެގެއިން ނިކުތީމެވެ. އަދި ސައިކަލަށް އަރާ ތާޝާ ގޮވައިގެން ދުއްވައިލީމެވެ. އެއްއަތުން ފޮށި ހިފައިގެން އިނުމުން އަހަރެން ދުއްވަމުންދިޔައީ ވަރަށް މަޑުންނެވެ. އެވަގުތު ފޯނުވެސް ވައިބްރޭޓް ވަމުންދިޔައެވެ. އަޅައިނުލާ އަހަރެން ދުއްވަމުން ދިޔައީމެވެ. އަހަރެން މަޑުކޮށްލީ އަހަރެން ކުރިން އުޅުން ގޭގެ ދޮރުމަތީއެވެ. އެގެ ފެނުމުން ތާޝާ ފަސްޖެހޭ ގޮތްވިއެވެ. ގެޔަށް ނުވަންނަންވެސް އުޅުނެވެ. ނަމަވެސް އަހަރެންނަށް އިތުބާރުކޮށްފައި އަންނާށޭ ބުނުމުން ދެން އިތުރު އެއްޗެއް ތާާޝާ ނުބުނެއެވެ. އަހަރެން ގޮސް އަހަރެން އުޅުން ބައިގެ ދޮރު ހުޅުވައިލީމެވެ. ތާޝާ ބަލަމުން ދިިޔައީ މީގެ އަހަރެއްހާ ދުވަސް ކުރިން ތާޝާ އުޅުން އެޕާޓްމެންޓަށެވެ. އެއީ އަހަރެމެން ދެމީހުންނަށް އެތައް ހަނދާނެއް ތާޒާކޮށްދިން ވަގުތު ކޮޅެކެވެ. ގޭތެރެޔަށް ވަނުމަށްފަހު އަހަރެން ތާޝާ ގޮވައިގެން ދިޔައީ އަހަރެންގެ ކޮޓަރިއަށެވެ. އެގެޔަކީ އަހަރެންގެ ކާފަގެ ގެކަމުން މިބައިގައި އަހަރެމެން ނޫޅުނަސް ހުންނާނީ ހަމަ އަހަރެމެންނަށެވެ. އިލްޔާސް އުޅުން ބަޔަކީ ކުއްޔަށް ދީފައި ހުންނަ ބަޔެކެވެ. އެބައިގައި މިހާރު އުޅެނީ އެހެން ބަޔެކެވެ. އެހެންކަމުން ތާޝާއަށް މިތާންގައި އެއްވެސް ދަތިކަމަކާއި ކުރިމައްޗެއް ނުވާނެއެވެ.

“މި މާޒްގެ ރޫމް ދޯ؟” ތާޝާ އަހައިލިއެވެ. އަހަރެން ހީލުމަށްފަހު ބޯޖަހައިލީމެވެ.

“ކޮބާ މަންމަމެން؟ އަނެއްކާ މިފަހަރުވެސް މައްސަލައެއް ޖެހިދާނެ.. ބައްޕަ ކައިރީ ބުނެބަލަ އަހަރެން ގެނަ ވާހަކަ..” ތާޝާ ހާސްވެފައި ހުރެ ވާހަކަ ދައްކަމުންދިޔައެވެ. އަހަރެން ހީލުމަށްފަހު އަހަރެމެން މިގޭގައި ނޫޅޭ ވާހަކަ ބުނެލީމެވެ. ތާޝާއަށް މިގޭގައި ހިތްހަމަޖެހިލައިގެން އުޅެވޭނެކަމަށްވެސް ބުނެލީމެވެ. އަހަރެންގެ ވާހަކައިން ތާޝާ ހަމަޔަކަށް އެޅުނެވެ. އެވަގުތު އަނެއްކާވެސް އަހަރެންގެ ފޯނު ވައިބްރޭޓް ވިއެވެ. އަހަރެން ބަލައިލިއިރު ގުޅަނީ މަންމައެވެ.

“މިއަދު ހުކުރުން ފޭބިގޮތަށް ކޮންތާކަށް ވަދެ ތިއުޅެނީ ކާންވެސް ނައިސް؟” އަހަރެން ފޯނު ނެގުމާއިއެކު މަންމަ އެކޮޅުން ބުނެލިއަޑު އިވުނެވެ.

“ރައްޓެއްސަކާ ދިމާވެގެން އެގެޔަށް މިއައީ…” އަހަރެން ދޮގެއް ހަދާލުމަަށްފަހު މަންމަ ހަމަޖައްސައިލީމެވެ. މަންމަ ފޯނު ބޭއްވުމުން އަހަރެން ފޯނަށް ބަލައިލިމެވެ. އޭރު މަންމަ، ބައްޕަގެ އިތުރުން އިޔާޒްވެސް ގުޅާފައި އޮތެވެ. ރިޒާނާވެސް އަހަރެންނަށް އެތައް މެސެޖެއް ކޮށްފައި އޮތެވެ. ދޮގު ހަދާފައި އަހަރެންނާއި ތާޝާ ފިލުމުން ބަދަލު ހިފާނެކަމަށް ބުނެ އިންޒާރު ދީފައި ހުއްޓެވެ. އަދި އަހަރެން ދެކެ ލޯބިވާވަރު ހާމަކޮށްފައިވެސް މެސެޖު ކޮށްފައި ހުއްޓެވެ.

“ތާޝާގެ މަންމަ އެއީ ސައިކޯ އެއްތަ؟” މެސެޖުތައް ބާލާ ނިންމާފައި އަހަރެން އަހައިލީމެވެ. ތާޝާ ހުރީ އަހަރެންގެ މޫނަށް ފާޑަކަށް ބަލާށެވެ. ތާޝާއަށް ވީގޮތް އަހަރެންނަށް އެނގިއްޖެއެވެ.

“ބޭބީ.. އަހަރެން އެހުރިހާ އެއްޗަކަށް އެއްބަސްވީ ރިޒާނާ ކަމެއް ކޮށްފާނެތީއޭ! އަހަރެން ނޫޅެމޭ އަހަރެން މަންމަ ވަރުގެ މީހަކާ ހިތާވެގެންނެއް…” ތާޝާގެ ދަތްދޮޅީގައި ހިފާލަމުން އަހަރެން ބުނެލީމެވެ. ވަގުތުން ތާޝާގެ މޫނު އުޖާލާވެގެން ދިޔައެވެ. އަހަރެންނަށް އެވަގުތު ތާޝާގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމެވެ. ތާޝާ ހީލުމުން އަހަރެން ތާޝާގެ މޫނަށް ވަރަށް ފުންކޮށް ބަލައިލީމެވެ. އެރީތިކަން މިހާކައިރިން ފެނުމުން އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެންފެށިއެވެ. ތާޝާވެސް ބަލަމުންދިޔައީ މަސްތީކަން ފެތުރެމުން އަންނަ އަހަރެންގެ މޫނަށެވެ. ތާޝާގެ ތުނިތުނި ފިޔާތޮށި ތުންފަތް ފެނިފައި އަހަރެން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެން ތާޝާ ކައިރިޔަށް ލަފައިލީމެވެ. އެއްވެސް ބާރެއްނެތި ތާޝާ އައިސް ތަތްވީ އަހަރެންގެ ގައިގައެވެ. އޭރުވެސް އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ތާޝާގެ ތުންފަތަށެވެ. ތާޝާއަށް މިކަން އެނގިގެން ލަދުން އިސްޖަހައިލިއެވެ. އަދި ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ. މިމަންޒަރު ފެނުމުން އަހަރެން ހަމައިން ނެއްޓެން އުޅޭހެން ހީވިއެވެ. ވަރަށް އުނދަގުލުން އަހަރެން ހިންދިރުވައިލީމެވެ.

“އަހަރެންވެސް ބޭނުން ތި ތުންފަތުގަ ދަތް އަޅާލަން..” ވައި އަޑުން އަހަރެން ބުނެލީމެވެ. ވަގުުތުން ތާޝާގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. ތާޝާ އަހަރެންގެ މުލައްދަނޑީގައި ހިފާ ގަމީސް ބޮނޑިކޮށްލަމުން މުށްކަވާލިއެވެ. އަހަރެންވެސް ތާޝާގެ ގައިގައި ހިފާ ބާރުކޮށްލީމެވެ. މިހާރު މިދެމެދުގައި ވައިކޮޅަކަށްވެސް ދަތުރު ނުކުރެވޭނެއެވެ. އަހަރެންނަށް ކެތް ނުވެގެން އެންމެފަހުން ތާޝާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލީމެވެ. އަދި މަޑުމަޑުން ތާޝާގެ ތިރީ ތުންފަތުގައި ދަތް އަޅައިލީމެވެ. އެވަގުތު ތާޝާ ދެލޯ މަރާ ބާރުކޮށްލުމަށްފަހު އަހަރެންގެ ގަމީސް އެޔަށްވުރެ ބޮޑަށް އޭބަގެ އަތުތެރޭ ބޮނޑިކޮށްލިއެވެ. ތާޝާގެ ނޭވާ ފުންވެގެން ދިޔައެވެ. އަދި ހިތް އަވަސްވެފައި ހުރިވަރުވެސް އަހަރެންނަށް އިހުސާސް ވަމުންދިޔައެވެ. ކެތްތެރިކަން ކޮޅުންލައިގެން ގޮސް އެންމެފަހުން އަހަރެން ތާޝާގެ މަޑު ތުންފަތުގައި ބޮސްދިނީމެވެ. ތާޝާވެސް އަހަރެންގެ ހަރަކާތުގައި ބައިވެރިވެލިއެވެ. (ނުނިމޭ)

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ވާލޯބި އެނގޭނަމަ… 24

Next

ލޯބިން ލޯބިވާއޭގެ ކިޔުންތެރިންނަށް

Next
December 4, 2016

ލޯބިން ލޯބިވާއޭގެ ކިޔުންތެރިންނަށް

Previews
December 3, 2016

ވާލޯބި އެނގޭނަމަ… 24

12 Comments

  1. Herrr says:
    December 4, 2016 at 1:35 am

    Me first dho

    1. Herrr says:
      December 5, 2016 at 12:34 am

      Her ah earuves heeviyea e rizaanaa maaz aa hedhi ulheahen chi… bodu muskulhiyeh … haadha lahey up kuraaleh

  2. Shaa says:
    December 4, 2016 at 2:00 am

    wow.. emme important point ah gossa dhw thi nimmaaly.. varah salhi mi part ves..

  3. Aish says:
    December 4, 2016 at 2:42 am

    Eyyy maaz….anekkaa goaheh nuhadhahchey thihen ulhemun goss…avahah nafsu hamayakah alhuvan ulheyy..vvvv reethi mi part vx..kon irakun nxt part???

  4. Ais says:
    December 4, 2016 at 2:58 am

    Warahsalhi

  5. QueenBee says:
    December 4, 2016 at 4:43 am

    Alhey emme naazuku hisaabu?
    Reethi mi part

  6. Navya says:
    December 4, 2016 at 7:52 am

    V reethi mibai..thnx❤❤

  7. Fin says:
    December 4, 2016 at 1:56 pm

    Hadha kurey mi part vx… Dhen madhan noony miadhu upkohdheveytho balache ingey

  8. faidhaS says:
    December 4, 2016 at 2:47 pm

    Maashaa ALLAH vvv reethi

  9. Ekani veriyaa says:
    December 4, 2016 at 3:38 pm

    Vaahaka varah salhi. Ekamu mihaaru dhuvaheh dhuvaheh vaney kuru… Thankoleh dhigukoh upload kuraanama nuney konme dhuvahaku upload kuraanama varah rangalhu vaane kamah feney

  10. Anonymous says:
    December 5, 2016 at 5:41 am

    dhen thi numuneenun hurihaakameh thiothee bulheega mas ganefa vvvvvvv reethi

  11. Mop says:
    December 6, 2016 at 5:39 pm

    Ifa next part Kn irakun??

Comments are closed.

All Right Reserved!