Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 26

ލޫކް ހަމަ ނިކުތުމާއެކު އަލްޔާ ސިހުނީ ނުވިިސްނާ ހުއްޓާ ޝައިމް ކޮށްލި ކަމަކުންނެވެ. އަލްޔާ އަތުގައި ހިފާ ދަމަމުން ކޮޓަރިއަށް ވަދެފައި އެތެރެއިން ތަޅުލިއެވެ. ކޮޓަރި މެދަށް އަލްޔާ ހޫރާލުމަށްފަހު ޝައިމް އަލްޔާ އަށް ބަލާލީ ރުޅިވެރި ލޮލަކުންނެވެ. އަލްޔާގެ ހަށިގަނޑުގައި ރޫރުއަޅައިގަތީ މިވަގުތު ޝައިމް އޭނާ އަށް ކޮންމެފަދަ ގޮތެއް ވެސް ހަދާފަނެތީއެވެ.

“ބުނޭ! ލޫކް އެއީ ކަލޭގެ ކާކު؟ ހަރުކަށިކަމާއެކު ޝައިމް އަލްޔާ އާއި ސުވާލުކުރިއެވެ. މިވަގުތު ފިނޑިވެ ޝައިމް ކުރިމަތީގައި ކުޑަވާން އަލްޔާ ވެސް ބޭނުންނުވާތީ ދެއަތުން ކަރުނަތައް ފޮހެލުމަށްފަހު އައިސް ހުއްޓުނީ ޝައިމް ކުރިމަތީގައެވެ.

“ލަދެއް ވެސް ނުގަނޭތަ މަ ކައިރީގައި ތިހެން އަހާކަށް. ޗި…. އަހަރެން ލަދުގަނޭ ތިފެންވަރުގެ މީހަކަށް އަހަރެންނަށް އިތުބާރު ކުރެވުނީތީ. ލޫކަކީ އަހަރެންގެ ކޮންމެ މީހަކަށް ވިޔަސް ކަލެއަށް ކީތް” އަލްޔާ ޖެހިލުމެއްނެތި ޝައިމް އަށް ޖަވާބުދިނެވެ. ޝައިމް ރުޅިވެރިކަމާއެކު އަލްޔާގެ އަތުގައި ހިފިއެވެ.

“ދޫކޮށްލާ އަހަރެން އަތުން. ކަލޭ ތީ ވަރަށް ފިނޑި ފިރިހެނެއް. ތިމާ ކުޅެމުން އައި ކުޅިގަނޑު ތިމާ ބަދުނާމުވާ ގޮތަށް ނިމުނީމަ އެކަން ހަޖަމު ނުކުރެވުނު ދޯ. އަށްދޯތް…. އަހަންނަށް އެބަ ތަދުވޭ…ދޫކުރޭ…..އަންހެންކަަށް އަތް އިސްކުރާނީ އަންހެންދުޅާ ފިރިހެނުން. ތީ އެކަހަލަ މީހެއް” އަލްޔާ އެންމެ ތަންފުކެއް ވެސް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

“އާނ! އަޑުއަހާ ޒީ އަކީ އަހަރެންގެ އަންހެނުން. ޒާން އާއި ޒައިނީ އަކީ އަހަރެންގެ ލޭ. އަހަރެން ވެސް އަދި ދޮންތަ ވެސް ކަލޭ ހައްދާފައި ބެހެއްޓީ. ކަލެއަށް ކީއްކުރެވޭނީ. ކަލޭ ވަރިއެއް ވެސް ނުކުރާނަން. ހާލުގައި މިކޮޓަރި ތެރޭގައި ކަލޭ ޖެހޭނީ ތެޅިފޮޅެން” ކުއްލިއަކަށް އަލްޔާ އަތް ފުރަގަކުން ލޮކް އަޅުވާ ޝައިމް އާއި ގާތަށް ދަމާލަމުން ބުންޏެވެ. އަދި އެނދާއި ދިމާލަށް އަލްޔާ ކޮށްޕާލުމަށްފަހު ކޮޓަރިން ބޭރުން ތަޅުލާ ޝައިމް ދިޔައެވެ.

އެނދަށް ގުޅަވަރަކަށް ޖެހިފައި އޮތް އަލްޔާ އަށް ރޮވެން ފެށިއެވެ. ފޯނުނަގާ ލޫކަށް ގުލާލިއެވެ. ނަމަވެސް ލޫކް ގެ ނަންބަރަކަށް ނުގުޅެއެވެ. ޕޮލިސް ސްޓޭޝަނަށް ގުޅުމުން ލޫކް ވީ ކަނޑުމަތީ ސީނެއްގައޭ ބުންޏެވެ. ސަޖޫލަށް ގުޅަން އުޅެފައި ވެސް އެމައްސަލަ ގަނޑު ތެރެއަށް އެހެންބަޔަކު ވައްދަން ބޭނުންނުވާތީ އަލްޔާ އެހިޔާލު ދޫކޮށްލިއެވެ.

އެނދުން ތެދުވެ އަލްޔާ ދެކޮޅަށް ހިނގަން ފެށިއެވެ. އެގޮތަށް ޝައިމް އަށް ކަންތައްކުރަން ފުރުސަތުދޭކަށް އަލްޔާ ބޭނުމެއް ނުވިއެވެ. ޝައިމްގެ އަތްދަށުން ސަލާމަތްވާނެ ގޮތަކާއި މެދު ވިސްނަމުން ދިޔައެވެ.

ރޭގަނޑު ދެބައިވެގެން ދިޔައިރު ވެސް އަލްޔާގެ ލޮލަކަށް ނިންޖެއް ނައެވެ. ރޮއެރޮއެ އެދެލޯ ވަނީ ފާރުވެފައެވެ. ބޮލުގައި ތޫނު ރިހުމެއް އުފެދިފައިވިއިރު ދެތުންފަތް ވަނީ ހިކިފައެވެ. ލޫކް ގެ ވާހަކަތައް އަލްޔާ އަށް މިހާރު ވެސް އިވޭ ކަހަލައެވެ

ހިތަށް ކެތްނުކުރެވި ހިތްފަޅައިގެން ހިނގައިދާނޭ ހީވުމުން އަލްޔާ ތެދުވެގެން ގޮސް ފާހާނާ އަށް ވަނެވެ. ވުލޫކޮށްލައިގެން ނިކުމެ ދަމު ނަމާދަށް އެރިއެވެ. ކެތްތެރިކަން ދެއްވާތޯ  ﷲ އަށް ދުއާ ދެންނެވިއެވެ. އެހެނީ އެކަލާނގެ މުސީބާތް ކުރިމަތި ކުރައްވަނީ އެކަލާނގެ ލޯބިވެވޮޑިގެންވާ ފަރާތްތަކަށެވެ.

މިހުރިހާ އިރު ދޮރު ހުޅުވޭނެ އެއްވެސް ގޮތެއް އޮތްތޯ އަލްޔާ ވިސްނާފައެއް ނުވޭއެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑި އަށް އައި ވިސްނުމަކުން އެނދުގައި އޮވެފައި ފުންމައިގެން ތެދުވިއެވެ. އަލަމާރި ހުޅުވާލުމަށްފަހު މަތީ ވަތްގަނޑުގައި ހުރި ކުޑަ ފޮށްޓެއް ނެގިއެވެ. އަދި ފޮށި ގެނެސް އެނދުމަތީގައި ބެހެއްޓުމަށްފަހު ހުޅުވާލިއެވެ. ފޮށި ތެރެ އެއްކޮޅުން އަނެއްކޮޅަށް ބެލިއިރު ވެސް އޭނާ އަށް ތަޅުދަނޑިއެއް ނުފެނުނެވެ.

ލިބުނު މާޔޫސް ކަމުގައި ފޮށި ހުރި ތަނުގައި ބަހައްޓަން އުޅެނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ފޮށީތެރެއިން ނަގާ ތިރީގައި ބެހެއްޓި ދަޅެވެ. އަވަސް އަވަހަށް ދަޅުނަގާ ވަރަށް މަސައްކަތުން އޭގެ މަތި ނެގިއެވެ. އެވަގުތު ލިބުނު ހިތްހަމަޖެހުމުގައި އަލްޔާ އަށް މާތްﷲ ށް ޝުކުރު ކުރެވުނެވެ.

މުޅިގޭ ހުރިހާ ތަނެއްގެ ޑަބަލް ތަޅުދަނޑި އޭގައި އަބަދުވެސް އޮންނާނެ ކަމަށް އެއްދުވަހު އޭނާ ކައިރީގައި ބުނީ ވެސް ޝައިމް އެވެ. ތަޅުދަނޑި ނަގާ އެނދުމަތީގައި ބޭއްވުމަށްފަހު އަލަމާރި އާއި ފާރާއި ދެމެދުގައި ބަހައްޓާފައި ހުރި ބްރީފްކޭސް ނެގިއެވެ. އަދި އަލްޔާގެ ހެދުންތައް އޭގެއަށް އެޅުމަށްފަހު އެވަގުތު ލައިގެން ހުރި ހެދުން ވެސް ބަދަލުކޮށް ފޮށްޓަށް ލިއެވެ.

ޝައިމް ހީކުރަނީ ކީކޭ ހެއްޔެވެ؟ އޭނާ ހީކުރަނީ އޭނާ އަކީ ކަލާނގެ ކަމަށް ހެއްޔެވެ؟ އެއްދޮރު ބަންދުވިއްޔާ އަނެއް ދޮރު ހުޅުވޭނެކަން އެ ފިރިހެނާ އަށް ނޭނގެނީ ހެއްޔެވެ؟ ނުވަތަ އެއީ މޮޅަށް ކިޔަވައިގެން ހުރި ގަމާރަކީ ހެއްޔެވެ؟ އޭނާ ހީކުރަނީ އޭނާ ވަރި ނުކުރިޔަސް އަހަރެން އޭނާ ބުނިހާ ގޮތެއް ހަދައިގެން މިގޭގައި އުޅޭނެ ކަމަށް ހެއްޔެވެ؟ އެހެންވިއްޔާ އެއީ އޭނާ އަށް ކުރެވުނު ކުށްހީއެކެވެ. ބަލިކަށިވެ ފިރިހެންމީހާ ހަދާނެ ގޮތެއް ހަދަން އަމިއްލަ އަށް ފުރުސަތުދީގެން އަހަރެން ނުހުންނާނަމެވެ. އޭނާ މިދަނީ މިގެ ދޫކޮށްފައި ދާށެވެ. އުމުރުގެ ބާކީ ކިތަންމެ ދުވަހެއް އޮތަސް މިގެއާއި ވީ ދިމާލަށް އެނބުރި ބަލައެއް ނުލާނަމެވެ. އޭނާގެ މުސްތަގުބަލަކީ ލޯބިވާ ލޫކެވެ.

ހުޅުވާލި ކޮޓަރި ލައްޕާވެސް ނުލާ ފޮށި ދަމަމުން އަލްޔާ ނިކުތީ ލިބުނު ކާމިޔާބީ އަށް ޝުކުރުކުރާ ހާލުގައެވެ. މަގުމައްޗަށް ނިކުތުމަށްފަހު އޭނާ އަނެއްކާ ވެސް ގުޅާލީ ލޫކް ގެ ފޯނަށެވެ. ނަމަވެސް ލިބުނީ ކުރިން ލިބުނު ޖަވާބެވެ. ދަންވަރުގެ ހަމަހިމޭން ވަގުތު މަގުމަތިން ފަނި ރޯ އަޑު ނޫން އެއްވެސް އަޑެއް ނީވޭއެވެ. އޭނާގެ މިސްރާބަކަށް ވީ އޮއޭސިސް އެވެ.

އޭނާގެ ގެއަކީ އެއީއެވެ. މާދަމާ އޭނާ ހޯދަން ޝައިމް އެގޭ ދޮށަށް އައިއްޔާ ގޭ ދޮށަށް މީހުން އެއްވާވަރު ކުރާނަމޭ އެޭނާގެ ހިތަށް އަރަމުން ދިޔައެވެ. ގެއަށް ވަދެ ދޮރު ތަޅުލުމަށްފަހު އޭނާ ވެއްޓިގަތީ ސިޓިންގްރޫމް ސޯފާއަށެވެ. އޭނާ އަށް ރޮވުނީ ދެނެވެ. މަންމަ އާއި ބައްޕަ މަތިން ހަނދާންކޮށްފައި ހިތްފުރޭ ވަރަށް ރުޔެވެ.

ގޭތެރޭގައި ވެސް އޭނާގެ ސިކުނޑި އަށް ލުޔެއް ލިބޭ ގޮތެއް ނުވުމުން އޭނާ ބޭނުވީ ބޭރަށް ނިކުމެލާށެވެ. ލޫކް ކައިރިއަށް ދާށެވެ. ލޫކް ގެ އަތުތެރޭގައި ރޯލުމަށެވެ. ގެއިން ނިކުމެ އެއްގޯޅި އެޅިތަނާ އޭނާ އަށް ނިކުމެވުނީ ބަނދަރު މައްޗަށެވެ. އެސަރަހައްދު އެއްވެސް ހިސާބަކުން މީހަކު ފެންނަން ނެތަސް އަލްޔާގެ ހިތަށް ކުޑަވެސް ބިރުވެރިކަމެއް ނުވަދެއެވެ. އޭނާ ބޭނުންވީ ހިލަ ގޮނޑިއެއްގައި އިނދެ ކަނޑުމަތީ ސީން ނިންމާފައި އަންނަ ލޫކާއި ބައްދަލުކުރާށެވެ.

ފަތިހު ހަތަރެއް ޖެހުމާއި ގާތްވެފައި ވަނިކޮށް ފަޅު ތެރޭގައިވާ މަސްދޯނިތަކަށް ފަޅުވެރިން މަދުމަދުން އަންނަން ފެށިއެވެ. އަނދިރިކަން ވެރިވެފައިވާ އުޑަށް ބަލަހައްޓައިގެން އިން އަލްޔާ އަތުގައި އޮތް ފޯނަށް ބަލާލުމަށްފަހު އަނެއްކާ ވެސް ލޫކް ގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ފޯން އަދިވެސް އޮތީ ނިވާލާފައެވެ. ނުވަތަ ލޫކް ވީ ހިސާބަކަށް ރޭންޖް ނުލިބެނީއެވެ.

އަނެއްކާ ވެސް އަލްޔާ ޕޮލިސް ސްޓޭޝަނަށް ގުޅާލިއެވެ. ކަނޑުމަތީގެ އެއް ސީން ނިންމާފައި އަނެއް ސީނަށް ލޯންޗު އެޓެންޑްވީ ވާހަކަ ފޯނު ނެގި ކުއްޖާ ބުނުމުން އަލްޔާ މާޔޫސްވެ ކަރު އެލުވާލިއެވެ. ފުލުހުންނަކީ މިކަހަލަ ބައެއް ހެއްޔެވެ؟ ދަންވަރެއް ފަތިހެއް ނޯވޭ ހެއްޔެވެ؟ ގައުމީ ވާޖިބު އަދާ ކުރުމަށްޓަކައި ސައުވީސް ގަޑީރު ރައްޔިތުންނަށް ހިދުމަތ ކޮށްދޭން ޖެހޭ ހެއްޔެވެ؟ އެ ސީނަށް ވެސް ހަމަ ދާންވީ ލޫކް ހެއްޔެވެ؟

ޖެޓީމަތީގައި ދެކޮޅަށް ހިނގަން ހުރި އަލްޔާ ފަތިހަށް މަޑުވަމުން އައި ފިނިފިނި ވައިރޯޅިތަކުން ސަލާމަތްވުމަށްޓަކައި ދެއަތް ދެއަތާއި އެއްކޮށް ހަށިގަނޑުގައި ވަށާލިއެވެ. އަދި ގެއަށް ދިއުން ނޫން ގޮތެއް ނެތިގެން އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ގޯޅިއަކުން ނިކުތް ޕިކަޕެއް ކޮންޓްރޯލް ނުކުރެވި ގޮސް އަލްޔާ ގައިގާ ޖެހި ލުއި ފަތެއްހެން ވިއްސައިގެން ގޮސް ޖެޓީމަތީގައި ޖެހުމަށްފަހު ފަޅުގައި މަހަށް ފުރަން ތައްޔާރަށް އޮތް ދެދޯނި ދޭތެރެއަށް މޫދަށް ވެއްޓުނެވެ. އެވަގުތު އަލްޔާ އަށް މިސްކިތުން ފަތިސް ނަމާދުގެ ބަންގިދިން އަޑު އިވުނުހެން ހީވިއެވެ. ދެން ވީގޮތެއް ނޭނގުނެވެ.

 

ފަތިސް ނަމާދަށް އަރަން ތައްޔާރުވަމުން ދިޔަ ޝަރީފާ އަށް އެވަގުތު ފޯނެއް އައެވެ. އެއް އިސްޓާކީނު ފަޔަށް މެހުމަށްފަހު އަނެއް އިސްޓާކީނު އަތުން ހިފައިގެން ގޮސް މޭޒުމަތީގައި އޮތް ފޯނު ބަލާލިއެވެ. އެއީ މީގެ ކުޑައިރުކޮޅެއް ކުރިން މަހަށް ފުރަން ނިކުތް އާދަނުގެ ފޯނެކެވެ.

އާދަނު މިވަގުތު ގުޅާނީ ކޮންމެސް ކަމެއްގައޭ ހިތަށް އެރުމުން ޝަރީފާ ފޯނު ނެގިއެވެ. ނަމަވެސް އާދަނު ބުނި އެއްޗަކުން ޝަރީފާ އަށް ހީވީ އޭނާ ބީތާވި ހެންނެވެ. ނޭވާ އަވަސްވެ ދެފައި ވެސް ތުރުތުރު އަޅަން ފެށިއެވެ. ފޯނު އަތަށްލައިގެން ރޮމުން ޝަރީފާ ގޮސް ސަޖޫލް ގެ ކޮޓަރީގައި ތަޅައިގަތެވެ.

ނަމާދުކޮށްގެން ސަލާންދިން ސަޖޫލް ކަންބޮޑުވެފައި ދޮރުހުޅުވާލިއިރު ކުރިމަތީގައި އޭނާގެ މަންމަ ރޮވިފައި ހުރިތަން ފެނުމުން ކަންބޮޑުވިއެވެ. އަނެއްކާ ކަމެއް ވީ ހެއްޔެވެ؟ ޝަރީފާ ކައިރީގައި އަހައިގެން ވީކަމެއް އޮޅުން ނުފިލުމުން ޝަރީފާ އަތުގައި އޮތް ފޯނު ސަޖޫލް އަތުލިއެވެ. އަދި އޭނާގެ ބައްޕަ ގުޅާފައި އޮތް ކޯލް ކަނޑާނުލާ އޮތުމުން އޭނާ ކަންފަތުގައި ޖެހިއެވެ.

“ދަރިފުޅު ވަރަށް އަވަހަށް މަންމަ ގޮވައިގެން މަރުކަޒަށް އާދޭ. އަލްޔާ ޕިކަޕެއްގަ ޖެހިފަ މޫދަށް ވެއްޓުނީ. މޫދުން ނެގިއިރު ވެސް ހަރަކާތެއް ނެތް. މަރުވެފަ ކަންނޭނގެ” އާދަނުގެ ވާހަކަތައް އަޑުއަހާފައި ސަޖޫލް ބޮލަށް އެނބުރުންއަރާ ވެއްޓޭގޮތް ވިއެވެ. ނަމަވެސް އޭނާގެ ހަވަނަ ހިއްސު އޭނާ އަށް އަންގާދިނީ މިއީ އޭނާ ހިތްވަރު ކުރަންވީ ވަގުތު ކަމުގައެވެ.

މަރުކަޒުގައި އެވަގުތު އޮން ޑިއުޓީގައި ހުރި ޑޮކްޓަރ އަލްޔާ ހޭއަރާތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ނަތީޖާ ދަނީ ހަމަ ސުމަކުންނެވެ. އެވަގުތު ރަށުގައި އަލްޔާ އަށް ދޭނެ މާބޮޑު ފަރުވާއެއް ނެތުމުން ޑޮކްޓަރ ލަފާ ދިނީ ވަގުތުން ގޮވައިގެން ކައިރި ވޭމަންޑު އަށް ފުރުމަށެވެ. މިހާރު ވެސް މާ ލަސްވެއްޖެ ކަމަށާއި ފާއިތުވެގެންދާ ކޮންމެ މިނިޓަކީ ޕޭޝަންޓުގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ ހުރަހަކަށް ވެގެންދާނެ ކަމަށެވެ.

ހާސްކަމެއްގެ ތެރޭގައި ހުރި ސަޖޫލް ހަދާނެ ގޮތެއް ނޭނގިގެން ދެކޮޅަށް ހިނގަނީއެވެ. ޝައިމް އާއި ޝެނާ އަށް ގުޅުނު އަދަދެއް ވެސް ނޭނގެއެވެ. އެގޭ ދޮރުގައި ޝަރީފާ އަށް ތެޅުނު އަދަދެއް ވެސް ނޭނގެއެވެ. މިހާރު މަރުކަޒު ތެރޭގައި ފުލުހުން ވެސް ހަރަކާތްތެރިވާން ފަށައިފިއެވެ.

ޖެޓީ ކައިރިއަށް ވެއްޓިފައި އޮތް އަލްޔާގެ ފޯނު އާދަނު ސަޖޫލް އަތަށް ދިނެވެ. އަލްޔާ އެވަގުތު ޖެޓިމަތީގައި ހުންނަންވީ ސަބަބެއް ނޭނގި ބޯހާސްވެފައި ހުރި ސަޖޫލް އަލްޔާގެ ފޯނު ހާވަންފެށީ އޭގެން ވެސް ކޮންމެސް އެއްޗެއްް އެނގޭތޯއެވެ. އޭނާ ފުރަތަމަ ވެސް ހުޅުވާލީ ފަސްގަޑި ބައިވީރު ޝައިމް އަލްޔާ އަށް ކޮށްފައި އޮތް މެސެޖެކެވެ.

“މިއަދުން ފެށިގެން ތީ އަހަރެންގެ އަންބެއް ނޫން” އެ ޖުމްލަ ސަޖޫލަށް އެތައް ފަހަރަކު ކިޔުނެވެ. ޝައިމް ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އަލްޔާ ވަރިކޮށްފައި ގެއިން ނެރުމުން ދެން އޭނާ އަށް އަޅާލާނެ މީހަކު ނުވާނެ ކަމަށް ހެއްޔެވެ؟ ނޫނީ އޭނާގެ ފައިބުޑަށް ރޮއެފައި އާދޭސް ކުރަން އަލްޔާ ދާނެ ކަމަށް ހެއްޔެވެ؟ ސަޖޫލަށް ވިސްނާ ވިސްނާ ވެސް ނޭނގުނު ކަމަކީ ޝައިމް އަލްޔާ ވަރިކުރަން ޖެހުނު ސަބަބެވެ.

ސަޖޫލަށް ޝައިމް ދެކެ އަރައިގަތް ރުޅީގައި ވަގުތުން އެގެއަށް ދާން ހިނގައިގަތެވެ. ނަމަވެސް މަޑުޖެހުނީ އަލްޔާ ގެ ހާލު މާބޮޑަށް ގޯސްވަަނީއޭ ޑޮކްޓަރ ބުނުމުންނެވެ.

ހެނދުނު ހަތެއް ޖެހުމާއި ދާދި ގާތްވެފައި ވަނިކޮށް ރަށު ކައުންސިލުންނާއި ފުލުހުން ކުރި މަސައްކަތުން އަލްޔާ ފަރުވާ އަށް ރަށުން ބޭރަށް ފޮނުވާލެވުނެވެ. އެހާ އިރު ވީރު ވެސް ޝައިމްގެ ހަބަރެއް ނުވާތީ އެވާހަކަ ޝަރީފާ ދެއްކުމުން ސަޖޫލް ވަނީ ޝައިމް އަލްޔާ ވަރިކުރި ވާހަކަ ބުނެފައެވެ.

ވޭމަންޑޫގައި ވެސް އަލްޔާ އަށް ދެވޭނެ މާބޮޑު ފަރުވާއެއް ނެތުމުން ދުވަހުގެ މެންދުރުފަސް ވީއިރު އަލްޔާ އެމަޖެންސީކޮށް މާލެ ގެނެވުނެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައި އަލްޔާ އަށް ފަރުވާ ދެމުންދާއިރު ޑޮކްޓަރުން ވަނީ އޭނާގެ އުއްމީދު ވަރަށް ކުޑަ ކަމަށް ބުނެފައެވެ.

ސަޖޫލް ކުރި އެތައް މަސައްކަތަކުން މިޔާނާ އާއި ޢަބްދުއްޝަކޫރަށް ވެސް އަލްޔާގެ އެކްސިޑެންޓްގެ ހަބަރާއި އަލްޔާ އާއި މެދު ޝައިމް ކަންތައްކުރި ގޮތުގެ ވާހަކަ އަންގައިފިއެވެ. ހޮސްޕިޓަލް ބޭރުގައި ޝަރީފާ އާއި ސަޖޫލް އެކަކު އަނެކަކު ގައިގާ ބައްދައިގަނެގެން ރޮވިފައި ތިއްބެވެ. އެވަގުތު އާދަނާއި އެކު ވަދެގެން އައި ބަތޫލް ވެސް މަންމަ އާއި ދޮންތި ގައިގާ ބައްދައިގަނެފައި ރޯން ފަށައިފިއެވެ.

ޑޮކްޓަރުން ލަފާ ދިނީ އަލްޔާގެ ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ވީހާ ވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގެންދިއުމަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އެއް ފައި ވެސް ބިނދިފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަށް އޭނާގެ އޮޕަރޭޝަން ކުރަން ބޭނުންވާކަމަށް ޑޮކްޓަރުން ލަފާދިނެވެ. އެ ހޮސްޕިޓަލުން ވެސް އޮޕަރޭޝަނެއް ކުރެވިދާނެ ކަމަށާއި ނަމަވެސް ވަރަށް ވަރަށް ހާލު ސީރިޔަސް ކަމަށް ބުންޏެވެ.

އޭޑީކޭގެ އައިސީޔޫ ގައި ހޭނާރާ ވެންޓިލޭޓަރ ގައި އެއްދުވަހު އަލްޔާ އޮތުމަށްފަހު ހުރިހާ ޑޮކްޓަރުންގެ ލަފާގެ މަތިިން ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްގެން ވެސް ހާލު ރަނގަޅުވާ ކަމުގެ އެއްވެސް ސިގްނަލެއް ނުލިބުނެވެ. ހޮސްޕިޓަލުގައި އިން ސަޖޫލް ގެ ފޯނު ބެޓްރި ހުސްވެގެން ނިވުނު އިރު ވެސް އޭނާ ފޯނު ޗާޖު ކުރާކަށް ވެސް ހަނދާނެއް ނެތެވެ. ކުއްލިއަކަށް އެގޮތަށް ފުރައިގެން އަންނަން ވުމުން ފޯނު ނޫން އެއްވެސް އެއްޗެއް އޭނާ ނުގެނެއެވެ.

ހޮސްޕިޓަލް ކައިރި ހިސާބަކުން އާދަނު ދުވަހު ކުށްޔަށް ހިފި ކޮޓަރިއަށް ސަޖޫލް ދިޔައީ އާދަނާއި ޝަރީފާ ކިޔާ އާދޭސް ކުރި ވަރުންނެވެ. އޭނާ ފޯނު ޗާޖަރަށް ޖަހާފައި ފޯނު ހުޅުވާލުމާއެކު އެންމެ ފުރަތަމަ ވެސް ގުޅަން ފެށީ ލޫކެވެ. ސަޖޫލް ފޯނު ނަގާފާއި ވެސް ވާހަކަދައްކާނެހާ ހިތްވަރެއް ނުލިބުނެވެ. ލޫކް ހީވީ މޮޔައެއް ހެންނެވެ. ދުވަހަކު ވެސް ފިރިހެނަކު އެގޮތަށް ރޮއެ އަޑު ސަޖޫލް އަހާފައެއް ނުވޭއެވެ.

ސަޖޫލް ލޫކަށް އަލްޔާގެ ހުރިހާ ސްޓޭޓަސް އެއް ކިޔާދިނެވެ. ލޫކަށް ހިތްވަރުދިނެވެ. އަލްޔާ އަށް ބޭނުންވަނީ ހެޔޮއެދޭ މީހުންގެ ދުއާ ކަމުގައި ބުންޏެވެ. އަދި މިއަދު އަލްޔާ ގެ ބައްޕަ އާއި ދެޅިޔަނުންނާއި އޭނާ ބަލާ އަންނަ ކަމަށާއި މިރޭގެ ވަގުތެއްގައި އަލްޔާ ބޭރަށް ފުރުވާލާނެ ކަމަށް ބުންޏެވެ.

ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅު އޮތް ހާލު ފެނި ޢަބްދުއްޝަކޫރަށް އަޑުވީއްލާ ރޮއެގަނެވުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ދަރިފުޅު އެގޮތަށް އެކަނި ދޫކޮށްލާފައި އާދެވުމުން އަމިއްލަ ނަފްސަށް އަޑުލިއެވެ. ޝައިމް އާއި މެދި އެހިތުގައި ނަފްރަތު އުފެދުނެވެ.

ޝަރީފާ އާއި ސަޖޫލް ވެސް ގޮވައިގެން ދުވަހުގެ ހަވީރު ފްލައިޓުން އެމީހުން އަލްޔާގެ ފަރުވާ އަށް ސްރީލަންކާ އަށް ފުރިއެވެ. އަލްޔާގެ ބޭސްފަރުވާ ސިންގަޕޯރ ގައި ކުރަން އާއިލާ އިން ބޭނުންވިޔަސް އެހިސާބަށް ދިޔުމަށް ޑޮކްޓަރުން ރިސްކެއް ނަގާކަށް ބޭނުންނުވިއެވެ.  އާދަނު ވެސް އެކީގައި ދިޔުމަށް ޢަބްދުއްޝަކޫރު އެދުމުން ބަތޫލް މާލޭގައި އެކަނި ބަހައްޓާފައި ދިޔުމަށް އާދަނު އުޒުރުވެރި ވިއެވެ. އަލްޔާ ގޮވައިގެން ސްރީލަންކާ އަށް ދެެވުނު އިރު މިޔާނާ އާއި މުނާ ގެ އިތުރުން ރަތީބާ ވެސް ހުރީ އެތަނުގައެވެ. އަލްޔާ ފެނުމުން މިޔާނާ އެނދުގައި އެލިގަނެގެން އޮވެ ރޮމުން ދިޔައެވެ. އެނދުގައި އޭނާގެ ދަރިފުޅު މުޅި ހަށިގަނޑަށް ގުޅާފައިވާ ހޮޅިތައް ފެނުމުން ހިތްފަޅައިގެން ދިޔައެވެ. އޭނާގެ ދަރިފުޅު އެހާލުގައި ވާތަން އޭނާގެ ލޮލަށް ދެއްކެވުމުގެ ކުރިން މަރުވިނަމައޭ ހިތަށް އެރިއެވެ. ޢަބްދުއްޝަކޫރު ގައިގާ އޮޅުލައިގަނެގެން ހުރެ ޖުނާލް ވެސް އޭނާގެ ދޮންތަ އޮތް ހާލު ފެނި ގިސްލާފައި ރޮމުން ދިޔައެވެ.

 

ދެއަހަރު ފަސް

އަމީނިއްޔާ ސްކޫލުގައި ތަޢުލީމް ހާސިލް ކުރަމުންދާ ކުއްޖަކަށް ސްކޫލް ތެރެއިން ލިބެމުންދާ ޖިންސީ އަނިޔާތަކެއްގެ މައްސަލައިގާ ބާއްވާ ބައްދަލުވުމެެއް އެ ސްކޫލުގެ ކޮންފަރެންސް ހޯލުގައި ފެށިގެން ކުރިއަށް ދަނީއެވެ. މި ބައްދަލުވުމުގައި އަމީނިއްޔާ ސްކޫލް ހިންގެވުމާއި ހަވާލުވެގެން ހުރި އައިމިނަތު އަލްޔާ ޢަބްދުއްޝަކޫރާއި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ބޭފުޅުންނާއި އަދި ކަމާއި ބެހޭ އެހެނިހެން މުޢްއްސަސާ ތަކުން ބައިވެރިވަމުން ދިޔައެވެ. ބައްދަލުވުން ނިމުމުން އަލްޔާ އޭނާ އަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށް ވަންތަނާ އޮފީހުން ގުޅާފައި އެމައްސަލައިގާ އަލަށް އެކުލަވާލާފައިވާ ފުލުހުންގެ ތަހްގީގު ޓީމްގެ އެންމެ އިސްފަރާތް އަލްޔާ އާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން އަލްޔާ އަނބުރާ މިސްރާބުޖެހީ ކޮންފަރެންސް ހޯލަށެވެ.

ޕްރިންސިޕަލް ގެ އިންތިޒާރުގައި އިން ފުލުހުންގެ އަންހެން އޮފިސަރުން ތިއްބެވެ. މައްސަލަ ބަލާ ފަރާތް ޕޮލިސް ސަރޖަންޓް އަހްމަދު ލޫކް ހަސަން އަށް އޭނާ ފަސްދީ ދިޔަ އަންހެންކުއްޖާ ފެނި އިނީ ލޯ އެހެން ދިމާލަކަށް ހިންގާލަން ނޭނގިފައެވެ. އާއެނކެވެ. އެއީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. އޭނާގެ ރެއާއި ދުވާލު އެމީހެއްގެ ހަނދާނުގައި އޭނާގެ ނިދި ނަގާލާފައިވާ އޭނާގެ ލޯބިވާ އަލްޔާ އެވެ. މޫނު ނުފެނުނަސް ފުރަގަހުން ފެނުމުން ވެސް އެކަން ލޫކަށް އެނގިއްޖެއެވެ. ދެލޯ އަނދިރި ވިޔަސް އޭނާގެ ހިތުގެ ވިންދުން ވެސް އަލްޔާ ފާހަގަކުރާނެއެވެ. އަލްޔާ ހަށިގަނޑުގައި ހިފާފައިވާ ލުއިލުއި މީރުވަސް އެއީ ތާއަބަދު އޭނާގެ ނޭފަތުގައި ހަރުލާފައިވާާ ވަހެކެވެ.

އަލްޔާ އަށް ލޫކް ފެނުމާއެކު ހުއްޓުން އެރިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މިއީ ކޮންފަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟ ނޫނީ އިއްތިފާގެއް ހެއްޔެވެ؟ އޭނާ މާލެ އައި ފަހުން މި އިންސާނާ ހޯދަން ކިހާ މަސައްކަތެއް ކުރި ހެއްޔެވެ؟ އޭނާ އަށް ބަލަން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްގެން އޭނީ ހަމަ ލޫކެވެ. އޭނާގެ ހިތުގެ ރަސްގެފާނެވެ. އިސާހިތަކު އަލްޔާގެ ދެލޯ ކަރުނުން ފުރުނެވެ. ލޫކަށް ހިތް ފުރެންދެން ބަލަން އިންނަން ބޭނުންވިިއެވެ. ވަގުތުން އެހަށިގަނޑުގައި އޮޅުލައިގަންނަން ބޭނުންވިއެވެ. ލޫކް ވެސް އިނީ ފެހިކުލައިގެ ޝޯލް ތެރެއިން ފާޅުވާން ހުރީ އަލްޔާގެ ދޮން މޫނަށް ހިތް ފުރެންދެން ބަލަން ބޭނުންވެފައެވެ. ދެއަހަރު ދުވަހުގެ ތެރޭގައި އަލްޔާ އަށް މާބޮޑު ތަފާތެއް އައިސްފައި ނެތަސް ކުރިއަށް ވުރެ ހަށިގަނޑު މަސްޖަހާ ކުލަ އަލިވެފައިވާ ކަން ފާހަގަވޭއެވެ.

ލޫކް އިނީ މިހުރިހާ ދުވަހަކު އަލްޔާ ފިލައިގެން އުޅުނު ސަބަބަކީ ކޮބާތޯ ސުވާލުކުރަން ބޭނުންވެފައެވެ. އިނެދެވުނު ތަނުގެ ގޮތުން އަލްޔާ މޫނުމައްޗަށް ސީރިޔަސް ކަން ގެނެސް މައްސަލަ މިހާރު ކުރިއަށް ގޮސްފައި އޮތް ހިސާބާއި ބެހޭ ގޮތުން ވާހަކަދައްކަން ފެށިއެވެ. ލޫކް ކަޅިޖަހާވެސް ނުލާ އަލްޔާގެ މޫނަށް ބަލަން އިނުމުން ކުޑަކޮށް ރަކިވާ ގޮތް ވިއެވެ. ލޫކް ވާހަކަދައްކަން ފެށުމުން އަލްޔާ ވެސް އިންނަނީ ލޫކަށް ބަލަހައްޓައިގެން ހެވިފައެވެ.

ބައްދަލުވުން ނިމި އަންހެން ދެއޮފިސަރުން އަލްޔާ އާއި ސަލާންކުރިއެވެ. އަދި އެންމެ ފަހަތު ހުރި ލޫކް އަލްޔާ އާއި ސަލާންކޮށްލަން އަތް ނެގިއިރު އަނެއް ދެއޮފިސަރުން އެތަނުން ނިކުންނަނީއެވެ. ލޫކަށް އަލްޔާ އަތުގައި ހިފާލެވުނު ވަގުތު ހިތަށް ވެރިވެގެން ދިޔައީ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނޭފަދަ ޖަޒުބާތެކެވެ. އެއަތުގައި ހިފާލުމަށް އޭނާ ދެއަހަރު އިންތިޒާރު ކޮށްފިއެވެ. ލޫކް އަލްޔާގެ އަތުގައި ހިފައިގެން ހުރެ އަލްޔާގެ އަނެއް އަތުގައި އޮތް އޭނާ މޯބައިލް ފޯނު ނެގިއެވެ. އަދި އަލްޔާ ލައްވާ ޕާސްވޯޑް ޖެހުމަށްފަހު އެ ފޯނުގައި ލޫކް ގެ ނަންބަރ ޖެހުމަށްފަހު އޭނާ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އަލްޔާގެ ފޯނު އަނބުރާ އަތަށް ލައިދިނެވެ.

ލޫކް ގެ ބެލުންތަކުން ލަދުގަތް ވަރުން އޭނާގެ އެސްފިޔަތައް ތިރިކޮށްލި ގޮތް ފެނި ލޫކް ހުރި ދީވާނާ ވެފައެވެ. ވަގުތުން އެދެލޮލުގައި ބޮސްދިނުމަށް ހިތް އެެން ފެށިއެވެ. އަދިވެސް ދެގޮތެއްނުވާ އެލަދުރަކި ކަމެވެ. ލޫކް އަލްޔާގެ މޫނަށް ބަލާލަމުން ހީލިއެވެ. ހިތަށް ކެތްނުވުމުން އަލްޔާގެ އަތްތިލަ ނަގާ ތުންފަތުގައި ޖައްސާލިއެވެ. ލަދުގަނެފައި އަލްޔާ މަޑުމަޑުން އަތްތިލަ ދުރަށް ލުމުން ލޫކް އަލްޔާގެ ކަންފަތާއި ކައިރިވެލާ ލަދުގަތީހެއްޔޭ އަހާލިއެވެ.

ލޫކް ނިކުމެގެން ދިޔުމުން އަލްޔާ އޭނާގެ މޭގައި އަތް އަޅާލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު މަތިން ކަނެއްގައި ހުރި ކެމެރާ އަށް ނަޒަރު ހިންގާލިއެވެ. މިވަގުތު އޭގައި މައްސަލަ ޖެހިފައި ހުރިތީ އަލްޔާ އުފާވިއެވެ. ލޫކް އޭނާގެ އަތުގައި ކިސްކޮށްލި ތަނުގައި އޭނާ ވެސް ތުންފަތް ޖައްސާލިއެވެ. އެތަނުން ނިކުމެގެން ދިޔައީ ދުވަހަކު ވެސް ނުވާ ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ. މާތްﷲ އޭނާގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އެތައް ދުވަހަކަށްފަހު މިއަދު އޭނާގެ ލޯބިވެރިޔާ އާއި އޭނާ ބައްދަލުކުރުވައިފިއެވެ.

މިދުވަހަށް އޭނާ ވެސް ކިހާ އިންތިޒާރެއް ކޮށްފިހެއްޔެވެ. އޭނާ މަރުން ސަލާމަތްވެ ފުރިހަމަ ސިއްހަތެއްގައި ހޮސްޕިަޓލުން ނިކުމެވުނުު ދުވަހު އެންމެ ފުރަތަމަ ވެސް ހިތް އެދުނީ ލޫކް ގެ އަޑު އަހާލުމަށެވެ. އޭނާގެ އެކްސިޑެންޓްގެ ހަބަރު ލިބުމުން ލޫކް ކަންތައްކުރި ގޮތެއް ބަލާލަން އިންތިހާ އަށް ބޭނުންވެފައެވެ. ސަޖޫލް ލޫކް ގުޅާފައި ދެއްކި ވާހަކަތަކާއި ރޮއެވަރު ކިޔާ ދިނުމުން އަލްޔާ ދެރަވިއެވެ. އަވަހަށް ލޫކް ކައިރިއަށް ދިޔުމަށް ހިތްއެދެން ފެށިއެވެ.

ނަމަވެސް ޢަބްދުއްޝަކޫރު އެގޮތެއް ބޭނުމެއް ނުވީއެވެ. އޭނާ ބޭނުންވީ އޭނާގެ ދަރިފުޅު ސިންގަޕޯރ ގައި ހުރެގެން ކިޔެވުން ފުރިހަމަ ކުރުމަށެވެ. އޭނަ އާއި ވަކިން އަލްޔާ އެއްވެސް ތަނަކަށް ފޮނުވާކަށް އެއްބަހެއް ނުވިއެވެ. އަލްޔާ ކިޔަވަން ފެށުމުން ޝަރީފާ ސަޖޫލް ގޮވައިގެން އެނބުރި މާލެ އަވެ. އަދި އާދަނާއި ވާހަކަދައްކައިގެން ރަށުގައި ހަދާފައި ހުރި ގެ ޓީޗަރުންނަށް ކުށްޔަށް ދިނުމަށްފަހު ތަނެއް ހިފައިގެން މާލެ ބަދަލުވީއެވެ. ފުލުހުންނަށް ސިޓީ ފޮނުވައިގެން އޭނާ ވަޒީފާ އިން ވެސް ވަކިވިއެވެ. ސަޖޫލް ވެސް އޭނާގެ ވަޒީފާ ފަސޭހަކަމާއެކު މާލެއަށް ބަދަލު ކުރީއެވެ.

ކިޔެވުން ފުރިހަމަ ކުރުމަށްފަހު އަލްޔާ އޭނާގެ މައިންބަފައިންނާއެކު މާލެ ބަދަލުވެ ވަޒީފާއަށް ދާން ފެށިތާ އަދި ވީ އެންމެ މަހެކެވެ. އޭނާ ގަމު ޕޮލިސް ސްޓޭޝަނަށް ގުޅައިގެން ލޫކް ވީ ހިސާބެއް އޮޅުންފިލުވިއެވެ. އިންވެސްޓިގޭޝަން ކޯސް ހަދައިގެން ލޫކް މާލެ ބަދަލުވި ފަހުން މިހާރު ކިތަންމެ ދުވަހެއް ކަމުގައި އެކޮޅުން އަލްޔާ އަށް މައުލޫމާތު ދިން ކުއްޖާ ބުންޏެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އޭނާ އަންނަނީ ލޫކް ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

ނަމަވެސް ލޫކް ނުފެންނަތާ ގިނަ ދުވަސް ވުމުން އަލްޔާ ހީކޮށްގެން ހުރީ ލޫކް ވެސް މީހަކާ އިނދެގެން ދިރިއުޅުމެއް ފެށީ ކަމުގައެވެ. ނަމަވެސް މިއަދު އޭނާގެ ލޫކް އެއީ ދޮގެއްކަން އޭނާ އަށް ސާބިތު ކޮށްދީފިއެވެ. އުފަލުގެ ކޮޅެއް ނެތެވެ. ދެން މިއަދު ރަނގަޅަށް މަސައްކަތެއް ވެސް ކުރެވޭނެ ކަމެއް ނޭނގެއެވެ.

ވިސްނަމުން އޭނާގެ ކޮޓަރި އަށް ވަންއިރު ވެސް އަލްޔާގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ފޯނަށް މެސެޖެއް އައުމުން އަލްޔާ ބަލާލިއެވެ. ވައިބަރ އިން ލޫކް ފޮނުވާލާފައި އިން މެސެޖް ކިޔާލިއެވެ.

“މާޝާﷲ… މިހާރު ވަކިން ރީތި. މަގޭ ފުރާނަޔާ… މިހުރިހާ ދުވަހު ކޮންތާކު އުޅުނީ” އަލްޔާ ލޫކް ގެ މެސެޖް މަތީގައި އިނގިލި ހާކާލިއެވެ.

“މިއުޅެނީ ހަމަ. ލޫކް ހަނދާންނުވާކަމަށް ހީކުރީ” އަލްުޔާ ރިޕްލައި ފޮނުވާލިއެވެ.

“އަދިވެސް އަހަރެންގެ ހިތުގައި ވަނީ ތި ކުއްޖާގެ ނަން. އަހަރެންގެ ޕްރިންސަސް އަލްޔާގެ ތަސްވީރު. ވަރަށް ވަރަސް ބޭނުން މީޓްކޮށްލަން. އެރޭ ބަތޫގެ ކޮޓަރީ އެނދުގައި އަހަރެންގެ އަތުތެރޭގައި އޮތް އަންހެންކުއްޖާ މަތިން ކިހިނެއް އަހަރެން ހަނދާންނެތޭނީ…..” ލޫކް ގެ މެސެޖުން އަލްޔާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ. އަހަރެން ލަދުނުގަންނާނޭ ގޮތަކަށް ހަމަ އެއްޗެއް ބުނަން ލޫކަށް ނޭނގެނީ ހެއްޔެވެ؟  އަލްޔާ ތުން އަނބުރާލިއެވެ. ނަމަވެސް ހިނިތުންވުމަކާ އެކުުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (42)

  1. Ushaali

    Assalam alaikum huriha kudhin…. miothy part 26. mi bai ves huriha kudhinnah kamudhaane kamah heekuran. dhn in part maadhma dhw 🙂 🙂 …. mi part kiyaafa kudhin kudhin happy vaane kamah heekuran. mistake eh ulhenya angaalache… bye..bye… 🙂 🙂 🙂

  2. xaf

    wow…..
    speechless….

  3. Hunaa

    V. Nice..
    Me first dhw….

  4. pinker

    Bravo…

  5. kayashandy

    masha allah…v furihama strory ei miee…knme part akah reply nukurevunas i read it..☺

  6. Chapii

    Wow

  7. Itwasn'tme

    Awesomee..

  8. rish

    waiting for next paryt………

  9. waroo

    wowwwwwwwww! dhen e shaim gandah kihineh v?

    1. shajool
      waroo

      e kunigandu olhaafa backah jahaaaaa

    2. Bathool
      waroo

      Hmm.. eyna ah ehn hadhaaba dhn.. lol.. randukann..

  10. Aim Sithu

    Varah fakka vaahaka kuriyah dhaa goi

  11. nonnx

    nice wen is next part??waiting for next part plx upload it soon..yuh r best

  12. Look ge Lai

    Hmmm vrh happy vejje.. Dhen inthixaaru mikuranee look n lai ge wedding ah..wow haadha salhi vaaney dhw.. Btw e shaim n his gang konthaakah tha e vanee??? Wel waiting for next part.

  13. lb

    wow …wht a story …seriously …I love it. .eyy stry. super se bohoth upper heyy….hehehehe❤❤❤❤

  14. mixu

    Oh! Me first dhw. V v reethi story

  15. Reader

    Oh god….
    Adhi kiriyaaa story reethi vani e…
    Thnks.
    … vrh vrh vrh reeethi….
    Look ah lai libunee dhwww….
    Wow…love it…?????

  16. Emneez

    Wow story is awesome dhen last ina prt last part ah nuhadhachey ushaali…
    Luke and alyaa ge married life ves kuda koh genesdhechey ingey hehe ??

  17. Flower

    Wowwwww stry hama habeyssss…mihaaru aneh bai kiyaa hithun kehvany eh noon…plxx nxt part avahah up kohdhehcheyy???????????

  18. athoo

    Wow obiness to the Max’s

  19. ?mixoo

    This is so nice….??

  20. Ushaali

    shaim mennah v goi adhi kuriah oi thanugaa engeyne engey…. huriha kudhin keitherivey…. and thanks for da lovely comments 🙂

  21. fathun

    Ma Sha Allah v molhu ushaaly vaahaka liyan, v salhi vaahaka keep it up, thanks for uploading story every day

  22. yax

    usha..usha haadha avas aruvaalaigen thiulheniy!!!!!
    clam down my dear!!!
    love the story?❤?????

  23. Azu

    Ma sha allah….ushaaleeeee….haadha ey reethee vaahaka….love it…❤❤❤❤❤❤

  24. Hassu

    Ma shaa Allah..vvvvv salhi ..ushaa kiyabath haii..they are made for each other dhw?.varah habeyss mi story ..ushaa thii my favorite writer..love Yuh ushaa.mihaafaru hama comment nukoh kehnuvii ? ..adhivs baivaru vahaka up kohdhechey. .waiting for the next part….thankiu ushaa..keep it up

  25. Shahina

    Masha allah speech less.kuriah ohbaige intixaaruga waiting waiting .

  26. hmmm

    Shaim ge bai aslu eha hama eh nujehey. Ei eha dhuvas vy iru zaashan dheke nuvevunu loabeh taslafavy. Bt emme furathama eynage caracter iny varah nice boy eh gothah. Elydheke varah loabivey. Bt edhun nufudhunyma loabi fuhevuny.zaashan Eyna kairiah aima. Ely ah dhethereykantha kuri goives. Bt vahaka totally varah salhi. Maa lahy look ah liben ulheyleh. Waiting for the next part.

  27. Pink

    Wow.
    Vvvv reethi.
    Waiting for next part.

  28. M Shahina Ahmed

    Masha allah

  29. Navya

    Vvv reethi ❤❤❤

  30. Ana

    Wow!superb hama ! Ur’e the perfect writter,thanx a lot 4 ur’e hard work nd uplorded the story every day???waiting…

  31. Shaayaa

    Wow Varah reethi…☺☺☺

  32. Shara

    Vaahaka v reethi!! Hama habeys!!! Ekamaku mi stry ge cover pic change kohlihya v reethi vaane!! Mi cover pic ah chng eh naannaane baa!!?? ???????

    1. fau
      Shara

      Cover pic change vefa eynun eyny

  33. Meeks

    Wow

  34. SoMeOnE

    ushaali please bunedheeba mi vaahakaiga innaanee kithah part tha ?????

  35. Luba

    Lai n luke ge wedding ah dhaan vaane

  36. xaf

    ushaa card fonuvahchey….
    we r ready to go….
    n very excited….

  37. Herrr

    Varah salhi.. cousin bro luke….. avahah up kohlachey

  38. yashaa

    i love this story.

  39. zee

    alhey shaim haadha goahey

Comments are closed.