Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޝެލީން 18

Shine
December 4, 2016
8 Mins Read
93 Views
31 Comments

ޝިޔާޒްގެ ވާހަކަތައް ނިމުނުއިރު އަހަރެންނަށްވަނީ ގިސްލެވިފައެވެ. އޭނާ ދެއްކި ވާހަކަތަކަކީ ހަޤީޤަތެއް ކަމުގައިވިޔަސް އަހަރެން އެކަން ގަބޫކުރާކަށް ބޭނުމެއްނޫނެވެ.

” ހުސްދޮގު….ތީހަމަ ހުސްދޮގު…..އަލަމް ދުވަހަކުވެސް އެކަހަލަ ކަމެއްނުކުރާނެ….އަލަމް ލޯބިވާނީ ހަމައެކަނި އަހަރެންދެކެ….ތިއުޅެނީ އަލަމް ނެތް ދުނިޔޭގަ އޭނަގެ ބޮލުގަ އިލްޒާމެއް އަޅުވައިގެން އަހަރެންގެ ހިތް ލަންބުވަންތަ؟….ޝިޔާޒް ބިރެއްވެސް ނުގަނޭތަ ތިހާބޮޑު ދޮގެއް ހަދާކަށް…އަލަމް މަރުވީމަ އެކަމުންވެސް ފައިދާއެއް ނެގޭތޯތަ ތިއުޅެނީ؟..” ރޮމުން ރޮމުން އަހަރެން ޝިޔާޒްއަށް އެއްޗެހިކީމެވެ.

” ޝެލީން…އަހަރެންނަށް އެނގޭ ޝެލީން ވިސްނާނީ ތިގޮތަށްކަން….ޝެލީން!  ޝެލީން ހީކުރީ އަހަރެންނަށް ވަރަށް ފަސޭހަކަމެއްކަމަށްތަ އެވަރުގެ ބޮޑުދޮގެއް ހަދައިގެން އަލަމްގެ މައިންބަފައިންގެ ހިތުގަޖައްސަން…އަހަރެން ބުނެލާއިރަށް އަލަމް މަރުވީކަމަށް އެމީހުން ގަބޫލުކުރީކަމަށްތަ ހީކުރީ؟….އެމީހުން ހާދަ ޝަކުވާއެއްކުރިޔޭ އެމީހުނަށް އަންގާނުލާ އަލަމް ވަޅުލީއޭ ކިޔައިގެން…ޒުވާން ދަރިޔަކު މަރުވެގެންދިއުމުން އެދަރިފުޅުގެ މޫނުދެކިލަން އެމީހުންވަކި ނޭދޭނެތަ؟ އަހަރެން ހާދަ މަސައްކަތަކުން، ހާދަ ދޮގުތަކެއް ހަދައިގެންނޭ އެމީހުނަށް ވިސްނަދޭން ޖެހުނީ…އަލަމްއަށް ހަޤީޤަތުވެސް ބޮޑުބައްޔެއް ޖެހިފަހުރިނަމަ، އަހަރެން ކިތަންމެ ބޮޑުޚަރަދެއް ކޮށްގެންވެސް އަލަމްއަށް ފަރުވާކުރީމުސް….އަލަމް މަރުވިނަމަވެސް، އަހަރެން އޭނަގެ މައިންބަފައިންނަށް މޫނުވެސް ނުދައްކާ ވަޅުލާހާ ހިތްގަދަ މީހެއްނޫން މީކީ….އެކަމު މަރުނުވާމީހެއް މޫނުދައްކަން އަހަރެން ކިހިނެއް ހަދާނީ….އެމީހުން ރޯތަން ފެނުމުން ހިތަށް ކެތްނުވެގެން ކިތަންމެ ފަހަރަކު ހިތަށްއެރި ހަޤީޤަތް ހާމަކުރަންވެސް…އެކަމު އަލަމްގެ އިންޒާރު ހަނދާންވެފަ އަހަރެންނަށް މަޑުންހުންނަން މަޖުބޫރުވީ…ޝެލީން ގަބޫލު ނުކުރާނެކަންވެސް އެނގޭ…އެކަމަކުވެސް ކަންތައް ހިނގާދިޔަގޮތަކީމިއީ…..މިކަން އަހަރެން ސާބިތުވެސް ކޮށްދޭނަން” ޝިޔާޒް ދެރަވެލާފައި އަހަރެންގެ އަތުގައި ހިފާލިއެވެ.

” ނުކުރާނަން ގަބޫލެއް” ދެންވެސް އަހަރެން ޝިޔާޒްގެ އަތްފޮޅުވާލީމެވެ.

” އަހަރެންނަށް އެނގޭ އަލަމްގެ މައިންބަފައިންނަށް ވިސްނަދިންހެން ޝެލީންއަކަށް ވިސްނަދޭން ފަސޭހައެއް ނުވާނެކަން….އެމީހުން އަހަރެންނަށް ކުރާ އިތުބާރެއްގެ ސަބަބުން އަހަރެން ދެއްކި ވާހަކަތައް ގަބޫލުކުރިނަމަވެސް ޝެލީން ގަބޫލު ނުކުރާނެކަންވެސް އެނގޭ…ޝެލީން އަހަރެންނަށް ކުޑަކޮށްވެސް އިތުބާރެއް ނުކުރަމެއްނު! ޝެލީން މަޑުކުރޭ! އަހަރެން ހެކިދައްކާނަން..” އެހެން ބުނުމަށްފަހު ޝިޔާޒް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާ އަބަދުވެސް ގެންގުޅޭ ލެޕްޓޮޕް ދަބަހުގެ ތެރެއިން އޭނާގެ ފޯނުނެގިއެވެ.

” މިހުރީ ހެކި….މިހިރީ އަލަމްއާ ސާރާ….މިއީ އެމީހުންގެ ގެ…” ޝިޔާޒް އަހަރެންނާދިމާއަށް ފޯނުދިއްކޮށްލުމުން އަހަރެން ޝައްކެއްގެ މަތީހުރެ ބަލާލީމެވެ. ތެދެކެވެ. އެފޮޓާގައިތިބީ އަލަމްއާއި ދޮން އަންހެން ކުއްޖެކެވެ. އަންހެންކުއްޖާ އަލަމްގެ ގައިގާ އޮޅުލައިގެނެގެން ހުރިއިރު އަލަމްހުރީ ވަރަށްލޯބިން އެއަންހެން ކުއްޖާގެ ގައިގާ ބައްދާލައިގެން ހިނިތުންވެފައެވެ. ދެމީހުންތިބީ އެކަކު އަނެކަކަށް ބަލާށެވެ. އެފޮޓޯ ފެނިފައި އަހަރެންގެ ހިތަށް ތޫނުތަދެއްވިއެވެ. ދެންހުރި ފޮޓޯއިން ފެންނަނީ ވަރަށް ޒަމާނީގޮތަށް ހަދާފައިވާ ރީތިގެއެކެވެ.

” މިއީ އަހަރެން އެމީހުނަށް ނޭނގި ނެގި ފޮޓޯއެއް..” ޝިޔާޒް ބުނެލިއެވެ. އަހަރެންނަށް ޝިޔާޒްގެ ވާހަކަތައް ގަބޫލުކުރެވުނެވެ. ރޮމުން ރޮމުން ސޯފާއަށް ތިރިވެވުނީ އަލަމްގެ ބޭވަފާތެރިކަން ހިތަށްއަރާ ވީދެރައިންނެވެ.

” ޝެލީން…ޕްލީޒް ނުރޮއެބަލަ!..” ޝިޔާޒް އަހަރެންގެ ކަރުނަތައް ފުހެދިނެވެ.

” ތީހަޤީޤަތެއްނޫން…..ކިހިނެއް އަހަރެންނަށް އެނގެނީ ތީ ޝިޔާޒް ހަދާފައިން ފޮޓޯއެއް ނޫންކަމެއް..” ދެންވެސް އަހަރެންބޭނުންވީ އެކަމާ އިންކާރުކުރާށެވެ.

” އެންމެ ރަނގަޅު….އަހަރެން ޝެލީން ގޮވައިގެން ސިންގަޕޫރަށްދާނަން…ޝެލީންގެ ލޮލުންދެކެ އަތުން ހިފީމަ ގަބޫލުކުރާނަންތަ؟….” ޝިޔާޒް ވަރަށް ޔަޤީންކަމާއެކު ބުންޏެވެ. އަހަރެން ބޮލުގެ އިޝާރާތުން އާއެކޭބުނި ނަމަވެސް ހިތްއެދުނީ އެއީ ދޮގަކަށް ވުމަށެވެ.

އަލަމްއާބެހޭގޮތުން ޝިޔާޒް ދެއްކި ވާހަކައް އަޑުއިވުމަށްފަހު އެންމެ ހިނދުކޮޅަކަށްވެސް އެޚިޔާލު ހިތުންނުދެއެވެ. އެހާލުގައި ހަފްތާއެއް ވޭތުވެގެން ދިޔަފަހުން ޝިޔާޒް އަހަރެން ގޮވައިގެން ސިންގަޕޫރަށްފުރިއެވެ. ސިންގަޕޫރުގެ ވައިގެ ބަނދަރުގައި ބޯޓްޖެއްސިއިރު، އަހަރެންގެ ހިތުގެ ތެޅުންވަނީ އިތުރުވެފައެވެ. ހޮޓެލަށް ގޮސް އަރާމުކޮށްލުމަށްފަހު ޝިޔާޒް އަހަރެން ގޮވައިގެން އަލަމް އުޅޭކަމަށް ބުނާގެޔަށް ދިއުމަށް ދަތުރުފެށިއެވެ. ކާރަށް އެރީއްސުރެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ. ބައިގަޑިއެއްހާއިރު ދަތުރުކޮށްފައި ކާރުގޮސް މަޑުކޮށްލީ އުސްއިމާރާތްތައް މަދު ރީތި ފެހިކަން ގަދަ ހިސާބެއްގައި ހުރި އިމާރާތެއްގެ ދޮރުމައްޗަށެވެ. އެއީހަމަ ފޮޓޯއިން ފެނުނު އިމާރާތެވެ. ޝިޔާޒް ކާރުން ފައިބައިގެން އައިސް އަހަރެން އިން ފަރާތުގެ ދޮރުފަތް ހުޅުވާލުމުން އަހަރެންވެސް ފޭބީމެވެ. ޝިޔާޒް އެއިމާރާތުގެ ގޯތިތެރެއަށް ވަދެގެން ގޮސް ގޭގެދޮރުމަތީ މަޑުކޮށްލުމަށްފަހު ރަނގަބީލު އަޅާލިއެވެ. އަވަސްވެފައިވާ ހިތަކާއެކު އަހަރެންވެސް ޝިޔާޒްގެ ގާތުގައި މަޑުކޮށްލީމެވެ.

ގިނައިރުތަކެއްނުވެ ދޮރުހުޅުވުނެވެ. ދޮރުމަތީހުރީ އެއްކަލަ ފޮޓޯގައި ހުރިރީތި އަންހެންކުއްޖާއެވެ. އޭނާގެ އުރުގައި ތިންހަތަރު އަހަރަށްދާ ކުޑަ އަންހެން ކުއްޖަކުވެސް އިނެވެ.

” ޔެސް….ހައު ކޭން އައި ހެލްޕް ޔޫ؟…” ސާރާ އަހާލިއެވެ.

” ކޭން ވީ މީޓް އަލަމް!…އައި އެމް ޝިޔާޒް…ޑޯންޓް ޔޫ ރިމެމްބަރ މީ؟…” ޝިޔާޒް އަހާލިއެވެ.

” އޯހް!…ޝިޔާޒް…ކަމްއިން…” ސާރާ އަހަރެމެން ވަންނަން ތަންދެއްކިއެވެ. ހިތް އަވަސްވެފައިވާ ހާލު އަހަރެންގެ ނަޒަރުހޯދަމުން ދިޔައީ އަލަމްއެވެ. ސިޓިންރޫމުގެ ސޯފާގައި އިށީނުމުން ސާރާ އެތެރެއަށް ވަދެގެން ދިޔައެވެ. އިރުކޮޅެއްނުވެ މީހަކު އަންނަ އަޑުއިވިގެން އަހަރެން ފަހަތަށް އެނބުރިބަލާލީމެވެ. އެއާއެކު އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި އަހަރެންނަށް އިނދެވުނެވެ.

” އަލަމް!” މަޑުމަޑުން އަހަރެންނަށް ބުނެވުނެވެ.

” ޝެލީ!..ޝިޔާޒް!” ހައިރާންވެފައި އަލަމްވެސް ބުންޏެވެ. އަލަމް ފެނުމާއެކު ހިތަށްއެރި އެއްޗެހި ގިނަކަމުން އަހަރެންނަށް ވަގުތުން ރޮވިއްޖެއެވެ.

” ޝިޔާޒް!….އެވަރަށް ބުނީމަވެސް ހަޤީޤަތް ފޮރުވައިގެން ދުވަސްކޮޅަކުވެސް ނުހުރެވުނުތަ؟…” އަހަރެންނަށް އެއްވެސް ސަމާލުކަމެއްނުދީ ގޮސް ޝިޔާޒްގެ ކުރިމަތީ ހުއްޓެމުން އަލަމް ހަރުކަށިކަމާއެކު އަހާލިއެވެ.

” އަލަމް! އެއްވެސްކަމެއް އުމުރު ދުވަހު ސިއްރެއްނުވާނެ….އަލަމްއެއްނު އެހެންބުނީވެސް….އަހަރެންނަށް ހަޤީޤަތް ހާމަކުރަން މަޖުބޫރުވީމަ ހާމަކުރީ…..އެހެންނޫންނަމަ ދުވަހަކުވެސް އަލަމްގެ ނަން ދުލުން ކިޔާކަށްވެސް އަހަރެން ބޭނުމެއްނޫން” ޝިޔާޒްވެސް ހަމައެރާގުގައި އަލަމްއަށް ރައްދުދިނެވެ. އަހަރެންހުރީ އަލަމްގެ މޫނަށް ނަޒަރުހުއްޓާލިގޮތަށް ފާޑަކަށް ގަބުވެފައެވެ.

” އަހަރެން ގަބޫލުކުރީ ތިދެމީހުންގެ ލޯބީގެ ހަޔާތް ބަރުބާދުވީ އަހަރެންގެ ސަބަބުންކަމުގަ……….އެކަމުގެ ސަބަބުން ތާއަބަދު ކުށްވެރިއަކު ކަމުގެ އިހުސާސް އަހަރެންނަށް ކުރެވޭ……އަމިއްލަ އެދުން އިސްކޮށް ކުރެވުނު ކުށަށްޓަކާ އެތައް ފަހަރަކު އަމިއްލަ ނަފްސުކުށްވެރިކޮށް އެކުށަށް ތަޢުބާވިން…..އެކަމް ދެކިބަލަ!…. އަލަމް ތިވީ އަހަރެންނަށްވުރެވެސް އަމިއްލައެދުންބޮޑު މަކަރުވެރިއަކަށް…..އަހަރެންގެ ދުލުން ހަޤީޤަތް ކިޔާދިނީމަވެސް ޝެލީންއަށް ގަބޫލެއް ނުކުރެވުނު…..ހަމަސީދާ އިންކާރުކުރީ….އެހެންވެ ހަމަލޮލުން ހަޤީޤަތް ދައްކަން މިގެނައީ….ޝެލީން!…..މިހާރު ޝެލީންއަށް ތިފެންނަނީ އަލަމްގެ އަސްލު ސޫރަ…މިހާރު ގަބޫލުކޮށްފިންތަ ހަޤީޤަތް.؟…މީޝެލީންދެކެ އަލަމްވީ ލޯތްބަކީ…..އަދިވެސް ގަބޫލު ނުކުރެވޭތަ؟…” ޝިޔާޒް ބޭނުންވީ އޭނާބުނީ ތެދުކަން ސާބިތުކޮށްދޭށެވެ.

” ދުނިޔޭގެ އެންމެން އޮޅުވާލާ މަކަރުހެދިޔަސް އަލަމް އެހެން ހަދާނެއެކޭ ދުވަހަކުވެސް އަހަރެންގެ ހިތަކަށްނާރާ…..އެހާވަރަށް އަހަރެން އަލަމްއަށް އިތުބާރުކުރިން…..އަލަމްގެ މަރުގެ ޚަބަރުލިބުމުން އަހަރެން އުޅުނުހާލު އަލަމްއަށް އެނގޭތަ؟…..އަލަމްގެ ހަނދާނުގާ ރޭދުޢާ ގުނަމުންދިޔަ ހިތްދަތިހާލު ތަސައްވުރު ކުރެވޭތަ؟….އަހަރެން އަލަމްގެ ހަނދާނުގާ ކިތައްރޭ ނުނިދާ ހޭލާހުރީ……އަލަމްއަށް ވިސްނޭތަ؟….އަލަމްގެ މައިންބަފައިން ކުރާހިތާމަ އިހުސާސްވޭތަ؟….އެމީހުން އަދިވެސް އަލަމްމަތިން ހަނދާންކޮށްކޮށްފަ ކަރުނައަޅާ…..އެކަރުނަޔާ އަލަމްއަށް ސުވަރުގެ ލިބުމަށްއެދި އެމީހުން އެކުރާ ހެޔޮދުޢާގެ އެއްވެސް އަގެއްނެތެއްނު!…. އަލަމް ތިއުޅެނީ ދުނިޔާގެ އުފަލާ އަރާމުގަ، ޚިޔާލެއް ފިކުރެއްނެތި….ހުރިނުބައިކަން ދެކިބަލަ!….އަހަރެންވީ ސާފުޠާހިރު ލޯބީގެ ބަދަލު އަލަމްއަށް ދޭން އެނގުނު ގޮތަކީވެސް މިއީތަ؟….ބޭވަފާތެރި މަކަރުވެރިޔާ!…އަހަރެން ދުވަހަކުވެސް ކަލެއަށް މާފެއްނުކުރާނަށް…..ދުވަހަކުވެސް ނުކުރާނަން..” އަހަރެންނަށް ކެތްނުވެގެން އަލަމްގެ ކުރިމަތީ ގިސްލާރޯންފެށުމެވެ.

” ޝެލީ…..ކިތަންމެ ރުޅިއަޔަސް އަހަރެން ކުރާނެކަމެއްނެތް…..ޝެލީއާ ރައްޓެހިވެގެން އުޅެމުންވެސް އަހަރެންނަށް ސާރާދެކެ ލޯބިވެވުނީ ޝެލީގެ ލޯބީގަ އުނިކަމެއްހުރީމައެއްނު!…..ޝެލީ އަހަރެންދެކެވީ ހަޤީޤީ ލޯތްބެއްނޫން….އަހަރެންނަށްޓަކާ ޝެލީކޮށްދިނީ ކޮށްކަމެއް…..އެހާމަދުން ބައްދަލުވާއިރުވެސް ހިތްއުފާކޮށްލަނުދެވޭ….ޝެލީހީކުރީ ދުލުކުރިން ލޯބިވެޔޭބުނީމަ ނިމުނީކަމަށްތަ؟…އެއީ މާކުރީޒަމާނުގެ ބޯދާގޮތެއް….މަށަށް އޭރުވެސް އެގޮތް ކަމަކުނުދޭ…. ހިތުގެއެދުންތައް ހާމަނުކޮށް ޝެލީހިތްހަމަ ޖައްސައިދީގެން ރަނގަޅުބޯއީ ފުރެންޑަކަށް ވެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރިން…..އެކަމުގެ ސަބަބުން ކަންނޭނގެ ޝެލީއަށް އަހަރެންދެކެ ތިހާބޮޑަށް ލޯބިވެވުނީވެސް….އޭގެބަދަލުގަ ޝެލީގެ ފަރާތުން އަހަރެންނަށް ލިބުނީ ކޮންހިތްހަމަޖެހުމެއް…..ކޮންއުފަލެއް؟….ހަމަ ޝެލީގެ ސަބަބުން އަހަރެންނާ ސާރާގެ ގުޅުން އުފެދެން ޖެހުނީ……..ސާރާ އަހަރެންދެކެވީ ހަޤީޤީ ލޯބި….އޭނަހުރީ ދީނާއީ ޤައުމުވެސް ދޫކޮށްލަން ތައްޔާރަށް…..އަހަރެންނަށްޓަކާ އެވަރުބޮޑު ޤުރުބާނެއް ވެވޭނެތަ ޝެލީއަށް؟….ޔަޤީން ނުވެވޭނެކަން….އެހެންވެ އަހަރެންނަށް ސާރާދެކެ ލޯބިވެވުނީ…..ސާރާ އަހަރެންނަށްޓަކާ ޤައުމުދޫކޮށްލަން ތައްޔާރަށްހުރިއިރު އަހަރެންނަށް ކީއްވެ އެކަން ނުވާންވީ އަހަރެންވެސް ސާރާދެކެ ލޯބިވާވަރު ސާބިތުކޮށްދޭން ސާރައަށްޓަކާ ހުރިހާ އެއްޗެއް ދޫކޮށްފައި އައިސް މިހުރީ……..މަންމައާއި ބައްޕައަށް ވެގެން ވަންޏާ ޝެލީނޫން މީހަކާ އަހަރެން ގުޅުނަކަ ނުދޭނެ…… މިނޫންގޮތަކަށް ސާރާއާ ގުޅެވެން އަހަރެންނަށް ނެތީ…..އަދިވެސް ޝެލީއަށް ނުވިސްނޭތަ އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާވަރެއް؟….ދެން މިވަރުން ވިސްނެން ވެއްޖެއެއްނު! ތިދެމީހުން ބޭނުމިއްޔާ ރާއްޖެގޮސް ހަޤީޤަތް ހާމަކުރިޔަސް އަހަރެންގެ ފަރުވާލެއްނެތް….އަހަރެން އެނބުރި ރާއްޖެއަކަށް ނުދާނަން….ސާރާއާ ދަރިފުޅާއެކު އަހަރެން މިއުޅެނީ ވަރަށް އުފަލުގަ….” އަލަމް އެއްވެސް ޖެހިލުމެއްނެތި އޭނަގެ ނިންމުން އިއްވާލިއެވެ. ހައިރާންވެ ދެރަވީވަރުން އަހަރެންހުރީ ބަސްހުއްޓިފައެވެ. އެއީ ހަމަ ހަޤީޤީ އަލަމްބާއޭ ނޫނީ އޭނަގެ ސިފައިގާވާ ޝައިތާނެއްބާއޭވެސް ހިތަށްއެރިއެވެ. ކުރިމަތީހުރެގެން އަހަރެން އެވަރަށް ރުއިއިރުވެސް އޭނާގެ ހިތަށް އަސަރެއްވެސް ނުކުރި ވިއްޔާއެވެ.

” ދެން އެހެންވިއްޔާ އެހުރިހާ ދުވަހު އަލަމް އަހަރެންނަށް ގުޅައިގެން ރަނގަޅަށް ކިޔަވާށޭކިޔާ ނަސޭހަތްދީހެދީ ކީއްވެ؟….ރަށުގަ އުޅުނުއިރު އެހާލޯބިން އުޅުނީވެސް ހަމައެކައްޗެއްވެސް އަލަމްގެ ހިތުގަ ނެތީސްތަ؟ އަލަމް އަހަރެންނާމެދު އެއްވެސް ވަރަކަށް ނުވިސްނާ ނަމަ އެހެން ކަންތައްކުރީ ކީއްވެ؟…. ރަށުގާ މަޖާކޮށް އެކީގަ އުޅުނު ދުވަސްތައް އެހާފަސޭހައިން ހަނދާންނެތުނީ ކީއްވެ؟…” ރޮއެ ރޮއެފައި އަހަރެން ޝަކުވާކުރީމެވެ.

” ކަމޯން ޝެލީ!…. ރަށުގާ އުޅުނުއިރު ފެންކުޅިކުޅެ ސަކަރާތްޖެހުން އެއީ ކުޑައިރުގެ މަޖާ…..އެއީ ރަށުގަ އެންމެންވެސް ކުރާކަމެއް…..އެދުވަސްމާޒީވެ ހިނގައްޖެ….ޒަމާން ބަދަލުވެއްޖެ…..ބަތްކައްކާ ކުޅުނު ދުވަސްވަރުގެ ލޯބީގެމަތިން ހަނދާން ނައްތާލާފަ ހަޤީޤަތާކުރިމަތިލާބަލަ ޝެލީ!……އެއީ ނުވިސްނޭއިރު ވެވުނު މޮޔަލޯތްބެއް…..ސާރާ ފެނުމުގެކުރިން އަހަރެންނަށްވެސް ހީކުރެވުނު އަހަރެންނަށް ޝެލީދެކެ ލޯބިވެވުނުކަމަށް…އެހެންވެ އެގޮތަށް ޝެލީއާމެދު ކަންތައްކުރީ…..ޝެލީގެ ފަރާތުން ކަންތައްތަކެއް ބޭނުންވިނަމަވެސް އަހަރެން އަބަދުވެސް ޝެލީއަށް ރަނގަޅުގޮތެއްވާން އެދެން….. އަހަރެން ބޭނުންނަމަ ޝެލީގެ ފަރާތުން ގަދަކަމުންވެސް އުފާހޯދުނީސް….އެކަމު އަހަރެން އެކަން ކުރަން ބޭނުންވަނީ އަންހެން ކުދިންގެ ރުހުމުގަ، ލޯބިން….އެހެންވެ އަހަރެން މަޑުންހުރީ….އެއީވެސް ޝެލީގެ ނަސީބުކަންނޭނގެ….ނޫންނަމަ މިއަދު ޝެލީގެ ދަރިފުޅުގެ ބައްޕަގެ މަޤާމުގާ ހުރީހީ ޝިޔާޒްގެ ބަދަލުގަ އަހަރެން ކަންނޭނގެ……….މިހާރުވެސް އަހަރެން ޝެލީއަށް ދެރަގޮތެއްވާކަށް ނޭދެމޭ…. އެކަމު އަހަރެން މިބުނަނީ އަހަރެން މިހާރު ލޯބިވަނީ ސާރާދެކެއޭ….އުޅެންބޭނުމީވެސް ސާރާއާއެކީގައޭ….ޝެލީ ޖެހޭނީ މިހަޤީޤަތް ގަބޫލުކުރަން…..ޝެލީއަށްވެސް ދެން ރަނގަޅުވާނީ ޝިޔާޒްއާ ގުޅުން….ޝިޔާޒް ޝެލީދެކެ ލޯބިވޭ….ބޭނުމިއްޔާ ކައިވެނިކޮށްގެން ނޫނިއްޔާ ނުކޮށްވިޔަސް ކޮބާ ފަރަޤެއް….މިހާރުވެސް ދަރިޔަކު އެބަހުރި….ދެންވެސް ނީނެއްކަމަކު ތިހެންވެސް އުޅެވިދާނެއްނު..” އަހަރެންނަށް ހީވީ އަލަމް މަލާމާތެއް ކޮށްލިހެންނެވެ. އައިރުޅިން އަތުކުރިއަށްބާރުލާފައި ހޫނުއެތިފަހަރެއް އަލަމްގެ މޫނަށް ވިހެލީމެވެ. އެއަޑަށް ސާރާވެސް ދުވެފައި ނުކުތެވެ. އަލަމްގެ ލޮލުން ރުޅިވެރިކަމާއެކު ބަލާލިގޮތުން ހީވީ އަހަރެން އަންދާ އަޅިއަށް ހަދާލަން އުޅުހެންނެވެ.

” ގެޓް އައުޓް!…” އަލަމް އަމުރުކޮށްލިއެވެ. އަހަރެން ދުވެފައި އެގެއިން ނުކުތްއިރު ރުޅިއާއި ހިތާމައިން މުޅިމީހާ ތުރުތުރު އަޅައެވެ. މަގުހުރިގޮތަށް ދުވެފައި ވަކިހިސާބަކަށް ދިޔަތަނާ މޫނުމައްޗަށް އަނދިރިވެގެން ވެއްޓުނީއެވެ.

އަހަރެން ހޭއެރިއިރު އޮތީ ހޮސްޕިޓަލްގައި އައިވީ ގުޅާފައެވެ. ގަޑިއެއްހާއިރުފަހުން ގެޔަށް ދޫކޮށްލިއެވެ. އެދުވަހު ހަތަރުދަމު، ވިސްނަ ވިސްނާފައި ރުއިން ނޫންކަމެއް އަހަރެންނަކަށް ނުކުރެވުނެވެ. އަލަމްއާއެކު ހޭދަކުރެވުނު ލޯބީގެ ވަގުތުތައް ހަނދާންވެފައި ދެރަވަނީއެވެ. ހަޤީޤަތުގައި އަލަމް މަރުވިނަމަވެސް މިހާރު މިހިތަށް ކުރާ އަސަރެއް ނުކުރީހެވެ. އަލަމް އެހާފަސޭހައިން ހުރިހާކަމެއް ހަނދާންނެތުނީ ކީއްވެބާއެވެ. އަލަމް ދުވަހަކުވެސް އަހަރެންދެކެ ލޯބިނުވޭބާއެވެ؟ އަހަރެން އަލަމްދެކެވީ ތެދުވެރިލޯބީގައި ހަމަ އެއްވެސް ބާރެއްނެތީބާއެވެ؟ އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ.

ސާރާގެ އަވައިގާޖެހި އަލަމްވަނީ ގެއްލިހަލާކުވެފައެވެ. ނޫނީ އަލަމްއަކީ ކުރިންވެސް އެކަހަލަ މީހަކީ ހެއްޔެވެ؟ އޭރު އަހަރެންނަށް އެކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ގާތުގައި އުޅުނަސް އިންސާނުން ދުވަހަކުވެސް ދަހެއްނުވާނެއެވެ. މިދުނިޔެއިން އަހަރެންނަށް ކެހިވެރިކަން ނޫން އެއްޗެއް ނުލިބުނެވެ. ދުނިޔެއަކީ ހަމަ ކެހިވެރި މަކަރުވެރިންގެ މިލްކެކެވެ. އަހަރެންފަދަ މައުސޫމުމީހުންނަށް މިދުނިޔެއިން އެއްވެސް ޖާގައެއްނެތެވެ.

އެދުވަހަށްފަހު އަހަރެންނަށްޓަކައި އަލަމް މަރުވީއެވެ. ދެން ދުވަހަކުވެސް އަހަރެން އަލަމްއަށްޓަކައި ކަރުނައެއް ނާޅާނަމެވެ. އަލަމްގެ ބާބު އަހަރެންގެ ޙަޔާތުން ނިމުނީއެވެ. އެލޯބިވެސް ކަފުންކޮށް ވަޅުލީއެވެ. އެހަނދާންތަކުން ހިތްކުދިކުދި ވީނަމަވެސް މިއަދު އަހަރެން ކެތްކުރާނަމެވެ. އަހަރެން ޝިޔާޒްއާއެކީ އެނބުރި ރާއްޖެއައީ ހިތުގައި އަޒުމެއް ކަނޑައަޅައިގެންނެވެ. އެއީ އަހަރެންގެ ދަރިފުޅު ޝާމިން އަނބުރާ ހޯދުމެވެ. ސަމީރާގެ ގާތަށްގޮސް ސަލާން ޖަހައިގެންވިޔަސް އަހަރެން އެދަރިފުޅު ހޯދާނަމެވެ. މާލެއާދެވުމުން ޝިޔާޒްއާއެކު އަހަރެންވެސް އެމީހުންގެ ގެޔަށްދިޔައީމެވެ. ޝިޔާޒް ގޮސް މަޑުކޮށްލީ އަހަރެން ނުވެސް ދަންނަ ގެޔެއްގެ ދޮރުމައްޗަށެވެ. ހައިރާންވެފައި އަހަރެން ޝިޔާޒް މޫނަށް ބަލާލީމެވެ.

” މިހާރު އެހެން ގެޔެއްގަ އުޅެނީ….ބޭބެބަލިވިފަހުން އުޅެންޖެހުނު ގޮތުން ވިޔަފާރި އަޑިއަޅާލީމަ ބެންކުން ނަގާފައޮތްލޯނު ނުދެއްކިގެން އެމީހުން އެއިމާރާތް ނެގީ….ލޯނުދެއްކުނު ދުވަހަކުން އަލުން އެއިމާރާތް ލިބޭނީ….އެހެންވެ ސަމީރާގެ މަންމަގޭގަ މިހާރުއުޅެނީ….މިއީ ހަމަ ރާއްޖެތެރޭގަ ހުންނަ ކަހަލަ އާދައިގެ ގެޔެއް..” ޝިޔާޒް އޮޅުން ފިލުވައިދިނެވެ. އަހަރެން ޝިޔާޒްގެ ފަހަތުން ގޭތެރެއަށް ވަނީމެވެ. އަހަރެމެން ގޭތެރެއަށް ވަނުމާއެކު ޝާމިންއާއެކު ސިޓިންރޫމުގައި އިން ސަމީރާ ދެލޯބޮޑެވެގެން ދިޔައިރު ހީވަނީ ބިރެއްފެނުނީހެންނެވެ. ޝިޔާޒް ފެނުމާއެކު ޝާމިން ބައްޕީއޭ ކިޔަމުން ދުވެފައި އައިސް ޝިޔާޒްގެ ފައިގާ އޮޅުލައިގަތެވެ. ޝާމިން ފެނުމާއެކު އަހަރެންގެ ހިތް ލޯބިން ފުރުނެވެ. ބޭއިޚުތިޔާރުގައި ޝާމިން އުރާލެވުނެވެ. ސަމީރާ ރުޅިއައިސްގެ އަހަރެންނާ ދިމާއަށް އައިސް އައިސް ހުއްޓައި ޝިޔާޒް ސަމީރާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ.

އިރުކޮޅެއްފަހުން އައިއިރު ސަމީރާހުރީ ހަމަޔަކަށް އެޅިފައެވެ. އަދި އަހަރެންނާ ވާހަކަދައްކާ ހާލުއަހާ ހެދިއިރު ހީވަނީ ގާތްރަހުމަތްތެރިއެއްހެންނެވެ. އަހަރެންގެ ސާމާނުތައް ކޮޓަރިއަށް ވައްދައިދިނީވެސް އޭނާއެވެ. ކުއްލިއަކަށް ސަމީރާ އެހާހެޔޮވީ ސަބަބެއް އަހަރެންނަކަށް ނޭނގެއެވެ. ބައްޕަ ގެއްލުނު ޚަބަރު ފާރޫޤުބެއަށް ލިބުމުން އެކަމާ ވަރަށް ހިތާމަކުރިއެވެ. ރޭގަނޑުގެ ކެއުމަށްފަހު އަހަރެން އޮތީ ކޮޓަރީގައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވާލާފައި ސަމީރާވަނެވެ.

” ޝެލީން….އަހަރެންނަށް އެނގޭ ޝެލީން މިގެޔަށް ތިއައީ ކޮންބޭނުމެއްގަކަން….ޝެލީންގެ ބައްޕައަށް ދިމާވިގޮތުން އަހަރެންވެސް ހިތާމަކުރަން….އެކަމު ޝެލީން ވިސްނާލަބަލަ….ޝާމިން ގޮވައިގެން ރަށަށްދިޔައީމަ ވާނެގޮތް….މިހާރު އަހަރެންގެ ހުރިހާ ރައްޓެހިންނަށްވެސް އެނގޭނެ އަހަރެންގެ ކުއްޖަކު ހުންނަކަން…..ކުއްލިއަކަށް އެކުއްޖާ ގެއްލުނީމަ މީހުން ސުވާލުވެސްކުރާނެ…..ދެން އަނެއްކޮޅުން ޝެލީން ރަށަށްގޮސް އެކަނިމާއެކަނި އެދަރިފުޅުބަލާނީވެސް ކިހިނެއް؟….އެދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދާދެވޭނެތަ؟…..މީހުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތް ކުރެވޭނެތަ؟….ޝެލީންއަށް ކެތްކުރެވުނަސް އެދަރިފުޅު ކިހިނެއް އެކަންކަމަށް ކެތްކުރާނީ…..ކުޑައިރު ނޭނގުނަސް ބޮޑުވީމަ ބައްޕައަކީ ކާކުތޯ އެނގެންވެސް ބޭނުންވާނެ….އޭރުން ޝެލީން ހަޤީޤަތް ކިޔާދީފިނަމަ ޝިޔާޒްދެކެ ރުޅިއަންނާނެ….ނަފްރަތުކުރާނެ…ދެން އެންމެފަހުން ވިޔާނުދާ ގުރޫޕްތަކާ ގުޅިގެން މަސްތުވާއެއްޗެހިފަދަ ނުބައިއާދަތަކުން ހިތްހަމަޖެހުން ހޯދާނީ….ޝެލީން ބޭނުންތަ އެގޮތަށްވާން…..އޭގެބަދަލުގަ މިތާހުރިއްޔާ މަންމަޔާ ބައްޕަގެ ލޯބިލިބިގެން ބޮޑުވާނީ….މުޖުތަމަޢުގަ ޤަދަރުވެސް ލިބޭނެ….ޝާމިންއަށް ރަގަޅުގޮތްވާކަށް ނޭދެންތަ ޝެލީން؟…” ސަމީރާ ދެއްކީ ކަންތައް ހަޤީޤަތުގައިވެސ ވެދާނެ ގޮތުގެ ވާހަކައެވެ. އެއީ ތެދެއްކަން ގަބޫލުކުރަން އަހަރެންނަށް މަޖުބޫރުވިއެވެ. ސަމީރާދެއްކި ވާހަކަތަކަށް އަހަރެން އެއްބަސްވީ ހިތުގެ އަޑިންނެވެ.

ސަމީރާގެ ހިތްހެޔޮކަމާއި ގާތްކަން އަހަރެންނަށް ދުވަސްކޮޅަކަށް ލިބުނެވެ. ނަމަވެސް ޝާމިން އަހަރެންނާ ދޯޅުވާން ފެށުމުން ސަމީރާ އަނެއްކާވެސް މަޑުމަޑުން ބަދަލުވާން ފެށިއެވެ. އަދި ހަމަ މަދުދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ އަސްލު ސިފައަށް ރުޖޫޢަވިއެވެ. އޭނާ އަހަރެންނަށް އިންޒާރުދިނީ ޝާމިންއަށް ދަރިފުޅު ނުކިޔުމަށެވެ. އަދި ޝާމިންއާ ވީހާވެސް ދުރުގަ އުޅުމަށެވެ. ޝާމިން ފެންނަހިސާބުގައި ހުންނަން ބޭނުމިއްޔާ އަހަރެން އުޅެންޖެހޭނީ އޭނަބުނާގޮތެއް ހަދައިގެން ކަމަށްވެސް އިންޒާރުދިނެވެ. ޝިޔާޒްއާ ދުރުގައި އުޅުމަށްވެސް އިންޒާރުދިނެވެ. ކިތަންމެ ހިތްދަތިވީ ނަމަވެސް އަހަރެން އެކަންތައްތަކާ އެއްބަސްވީ ހަމައެކަނި ދަރިފުޅުގެ ހައްޤުޤައެވެ. އެދަރިފުޅު ފެންނަ ހިސާބުގައި ހުންނަން ބޭނުންވާތީއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެގޮތަށް އަހަރެން ހޭނެމުންދިޔައެވެ. ޝިޔާޒް އެތައް ފަހަރެއްގެ މަތިން އެތައްގޮތަކަށް އަހަރެންގެ ކިބައިން މާފަށްއެދި އަހަރެންގެ ކައިވެންޏަށް އެދެމުންދިޔައެވެ. ނަމަވެސް އަލަމްގެ ބޭވަފާތެރިކަމުގެ ވަރުގަދަ ހަމަލާއިން ހިތްވަނީ ޒަޚަމްވެ ކުދިކުދިވެފައެވެ. ވީއިރު އެހެންލޯތްބަކަށް އެހިތުން ޖާގަދެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ އަލަމްގެ ހިތި ހަޤީޤަތް އެނގުމަށްފަހު އަހަރެން ފިރިހެނުންދެކެ މުޅީން ފޫހިވިއެވެ.

ދަރިފުޅު ބޮޑުވަމުންއައީ ސަމީރާގެ ތަރުބިއްޔަތުގެ ދަށުންނެވެ. އެހެންކަމުން އަހަރެންނާމެދު އޭނާ ކަންތައްކުރަނީ ބީރައްޓެއްސަކު ފަދައިންނެވެ. އަހަރެންނަށް ގޮވާހަދަނީވެސް ނަމުންނެވެ. އެދަރިފުޅަށް މިއީ އޭނާގެ ނިކަމެތި މަންމަކަން އެނގޭނެނަމަ އެގޮތަށް ނުގޮވާނެކަން އަހަރެންނަށް އެނގެއެވެ. ސަމީރާ ކިތަންމެ ބޮޑާވެފައި ކިބުރުވެރިނަމަވެސް އަހަރެންގެ ދަރިފުޅުގެ ކިބައިގާހުރީ އޭނަގެ ބައްޕަގެ ސިފަތަކެވެ. އެމަޑުމައިތިރިކަމެވެ. އެރީތިކަމެވެ.

އަހަރުތައް އެގޮތުގައި ވޭތުވަމުން ދެއެވެ. މިހާރު ދަރިފުޅުގެ އުމުރުން ސާދަ އަހަރުވެއްޖެއެވެ. މިވީ ހުރިހާ ދުވަހެއްގައި އަހަރެން ޝިޔާޒްއާ ދުރުގައި އުޅެން ވަރަށް މަސައްކަތްކުރީމެވެ. ދަރިފުޅުގެ މަސްލަހަތައްޓަކައެވެ. އަމިއްލަ ނަފްސުގެ ހައްޤުޤައެވެ. ސަމީރާއާ އޭނަގެ ބައްޕަގެ ހައްޤުގައެވެ. ނަމަވެސް މަޑުމަޑުން އަހަރެންގެ ހިތް ޝިޔާޒްއަށް ލެނބެންފެށީ އަހަރެންނަށް ނުވެސް އެނގިހުއްޓައެވެ. ސަބަބެއް ނެތިއެއްނޫނެވެ. އޭނާގެ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުންނެވެ. އޭނާގެ ކެތްތެރިކަމާއި ސާބިތުކަމުގެ ސަބަބުންނެވެ. އަހަރެން ބަލިވެއްޖެނަމަ އޭނާ ނުނިދާ ހޭލާހުރެއެވެ. ސަމީރާއަށް ސިއްރުންނާ ފާޅުގައި އަހަރެންނާ އަޅާލައެވެ. އެންމެފުރަތަމަ އަހަރެންނަށް ޝިޔާޒްއާމެދު ތަފާތުގޮތަކަށް ވިސްނެން ފެށުނީވެސް އެފަދަ ކަމަކުންނެވެ.

އެއީ ޝާމިންގެ ދިހަވަނަ އުފަންދުވަސް ފާހަގަކުރި ދުވަހުގެ ރެއެވެ. ޕާރޓީގައި ކައިބޮއެހަދަން ގެންގުޅުނު ތަށިތައްދޮންނަން ހުއްޓައި ޝިޔާޒް އައިސް ކާކޮޓަރިއަށްވަނެއެވެ. އަދި އަހަރެންނާ އެހީތެރިވެދިނެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކަ ނުދައްކާތިބެގެން ތަށިދޮންނަމުން ދަނިކޮށް އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. ދެން އަހަރެން ހޭއެރިއިރު އޮތީ އަހަރެންގެ އެނދުގައެވެ. އަހަރެންގެ މަގަތުގައި އިނދެގެން ޝިޔާޒް އަހަރެންގެ މޫނާއި ކަނދުރާގައި ފެންހާކަމުން ދިޔައެވެ. އަހަރެންއޮތީ ވަރަށް ގަދައަށް ހުންއައިސްފައެވެ. ޝިޔާޒް އަހަރެންނަށް ބޭސްދިނުމުން އަހަރެންނަށް ނިދުނީއެވެ.

ދެން އަހަރެންނަށް ހޭލެވުނީ މެންދަމުން އަލިވީފަހުންނެވެ. އޭރު ޝިޔާޒްއިނީ އެނދުކައިރީގައި ހުރިގޮނޑީގައި ނިދިފައެވެ. އޭނާގެ ހިސާބަކަށް ދިގުވެފައިވާ ފަން އިސްތަށިގަނޑު އޮތީ އެގޮތްމިގޮތަށް ހޭވިފައެވެ. އަހަރެން ޝިޔާޒްގެ މޫނަށް ފުންކޮށް ބަލާލީމެވެ. އެއީ ބައްޓަށްރީތި ފިރިހެންވަންތަ މޫނެކެވެ. ތުބުޅިއާއި މަތިމަސް ކޮންމެވެސް ވަރަކަށް ދިގުވެފައި ހުރުމުގެ ސަބަބުން އެރީތިކަމަށް އިތުރުފުރިހަމަ ކަމެއް ގެނުވައެވެ. ކަޅުކަންގަދަ ، ވަރުގަދަ ދެބުމައާއި ބޯއެސްފިޔަތަކެކެވެ. ލޯމެރިފައިވާއިރުވެސް އެމޫނަށް ބަލަން އަހަރެން ޖެހިލުންވިއެވެ. އެންމެފަހުން އަހަރެންގެ ނަޒަރުގޮސް ހުއްޓުނީ ޝިޔާޒްގެ ތުންފަތުގައެވެ. ސިގިރޭޓްފަދަ އެއްވެސް އެއްޗެއް ބޭނުންނުކުރާތީ ތުންފަތުގެ ކުލަވެސް ހުރީ މަޑުފިޔާތޮށި ކުލައެއްގައެވެ. ކަޅުތުނބުޅިއާއި މަތިމަހުގެ ތެރެއިން ފެންނައިރު ނުހަނު ހިތްގައިމެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަން އައީ ރިޒޯޓްގެ ހާދިސާއެވެ. އެރޭ އެތުންފަތުގެ ބީހިލުން ކިތަންމެ ރަނގަޅަކަށްވެސް އަހަރެންނަށްވަނީ އިހުސާސްކުރެވިފައެވެ. އެޚިޔާލު އައުމާއެކު މެޔަށްފިނިވެ، ގައިން ހީބިނަގައިގެން ދިޔައެވެ.

އަހަރެން ޝިޔާޒްގެ މޫނަށް ބަލަން އޮއްވައި ފަތިހުގެ ހަތަރެއްޖަހައި ޝިޔާޒްގެ ފޯން އެލާމްވާންފެށިއެވެ.. އެއާއެކު އޭނާ ސިހިފައި ލޯހުޅުވާލިއެވެ. އަހަރެންވެސް އަވަސް އަވަހަށް އޮށޯވެ ލޯމަރާލިއިރު ހިތުގެތެޅުންވަނީ އިންތިހާއަށް ގަދަވެފައެވެ. ޝިޔާޒް އަހަރެންގެ ނިތްކުރީގައި އަތްޖައްސާލުމަށްފަހު ބޮލުގައި ފިރުމާލާފައި ނުކުމެގެން ދިޔައީއެވެ.

އެދުވަހަށްފަހު ޝިޔާޒްއާމެދު އަހަރެންނަށް ވިސްނެންފެށިއެވެ. ސިއްރު ސިއްރުން ޝިޔާޒްއަށް ބެލެއެވެ. އަހަރެން ކިތަންމެ ނަފްރަތުކުރަން ބޭނުންވިޔަސް މިހާރު އަހަރެންގެ ހިތުގައި ޝިޔާޒްއަށްޓަކައި އާވިންދެއް ޖަހަންފަށައިފިކަން ކަށަވަރެވެ. އަބަދުވެސް ޝިޔާޒް ފެންނާނެ އިރަކަށް އަހަރެންނަށް އިންތިޒާރު ކުރެވެނީ އެހެންވެގެންނެވެ.

މިއަދުމީ އަހަރެންގެ ހަޔާތަށް އުފާވެރިކަމެއް ގެނުވި ދުވަހެކެވެ. އެތައް ދުވަހަކަށްފަހު އަހަރެންގެ ދަރިފުޅު އަހަރެންނާ އިސްވެ ވާހަކަ ދެއްކިއެވެ. އަހަރެން މާގަސްތަކަށް ފެންދޭންހުއްޓައި އޭނައައިސްވަނީ ނުވެސްއެނގިއެވެ. އަހަރެންގެ އަތުން އެދަރިފުޅުގެ ޔުނީފޯމް ތެމުމުންވެސް ރުޅިއެއްނާދެއެވެ. އަދި އަހަރެންނާ ވާހަކަދެއްކީވެސް އެހާހިތްހެޔޮކަމާއެކީގައެވެ.

ސަމީރާ މެލޭޝިޔާއަށް ފުރުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. އޭނާގެ އިންޒާރުތައް ހަނދާންވީ ނަމަވެސް އޭނަނެތުމުން ބިރުވެރިކަމެއް ނެތެވެ. ޝިޔާޒްގެ ކުރިމައްޗަށް އަރަން އަހަރެން ޖެހިލުންވަނީ އަހަރެންގެ ހިތްބޭޒާރުވެދާނެތިއެވެ. އަހަރެން ޝިޔާޒްދެކެ ލޯބިވާކަން އެނގިއްޖެނަމަ ސަމީރާދޫކޮށްލާނެކަންވެސް ޔަޤީނެވެ. ފާރޫޤުބޭބެ ނިޔާވިފަހުން ސަމީރާވެސް އެހުރީ އެކަނިވެރިވެފައެވެ. އަހަރެން ޝިޔާޒްއާ ކައިވެނިކުރަން އެއްބަސް ވެއްޖެނަމަ ސަމީރާދޫކޮށްވެސް އޭނަ އަހަރެންނާ އިންނާނެވެ. އޭރުން އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމަށް ތޫފާނެއް އަންނާނެއެވެ. އެހެންވާކަށް އަހަރެން ނޭދެމެވެ. އެދަރިފުޅު ކިޔަވާ މޮޅުމީހަކަށް ވާންދެން އަހަރެން ކެތްކުރާނަމެވެ.

އެކަމަކު މިހާރު ކެތްކުރަން އުނދަގޫ ވެއްޖެއެވެ. މިއަދުވެސް ކާކޮޓަރީގައި ހުއްޓައި ޝިޔާޒްވަނުމުން އަހަރެންގެ ހިތްތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އެދެލޮލުގެ ނަޒަރުސީދާވުމުން ފިނިވަނީއެވެ. ޝިޔާޒް ދެރަވެފައި އާދޭސްކުރަން ފެށުމުން ހިތަށްތަދުވިއެވެ. ރޮވުނެވެ. ނަފްރަތުކުރާކަން ދައްކައިގެން ޝިޔާޒްގެ ހިތަށް ހާދަވަރަކަށް ތަދުކުރެވިއްޖެއެވެ. އެހާވަރަށް ދެރަވެސް ކުރެވިއްޖެއެވެ. އެއީވެސް އަހަރެންފަދަ އިންސާނެކެވެ. ކެތްވާނީ ވަކިވަރަކަށެވެ. އަހަރެން ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ޝިޔާޒްއަށް މާފުކުރިތާ ކޮންދުވަހެއް ހެއްޔެވެ؟ މިހިތުގައި އެލޯބި އުފެދުނުތާވެސް ކިތަންމެ ދުވަހެކެވެ. ހަމައެކަނި އިޤުރާރު ނުވާކަމެވެ.  މިގޮތުގައި އަހަރެން ކެތްކުރާނީ ކިހާދުވަހަކު ހެއްޔެވެ؟

*********************

ޝެލީންގެ ޑައިރީ ކިޔާނިމުނުއިރު ޝާމިންއަށްވަނީ ހަމަރަނގަޅަށްވެސް ރޮވިފައެވެ. ޝެލީންއަކީ ކާކުކަން އެނގުނުއިރު މިވަނީ އޭނާގެ ހިތް ކުދިކުދިވެފައެވެ. މިހުރިހާ ހިތާމަތަކަށް ކެތްކޮށްގެން ނޯކަރެއްގެ ގޮތުގައި އުމުރު ހޭދައެކުރަނީ އޭނާގެ އުފަން މަންމަކަމެއް ފަހަރެއްގައިވެސް އޭނާގެ ޚިޔާލަށްވެސް ގެނެވިފައެއް ނުވެއެވެ. މިއީ ކިހާބޮޑު ބޭއިންސާފެއް ހެއްޔެވެ؟

މިހުރިހާ ދުވަހު އޭނާ މަންމަ ކިޔައިގެން މިއުޅުނީ އޭނާއާ އެއްވެސް ގުޅުމެއްނެތް ދުރުހިލޭ މީހަކަށެވެ. މުޅި އުމުރު އޭނާ އެއުޅުނީ ޚުދު އަމިއްލަ މަންމައަކީ ގޭގެ ނޯކަރުކަމަށް ހަދައިގެންނެވެ. މަންމައަށް ކުރަންޖެހޭ ޤަދަރާއި އިހުތިރާމުވެސް މިކުރެވުނީ މަންމަގެ އެންމެ ބޮޑު ދުޝްމިނަށެވެ. މިޔަށްވުރެ ވަކީންބޮޑު ބޭއިންސާފަކީ ކޮބާ ހެއްޔެވެ؟ ނަމަވެސް އޭގައި އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ ބައްޕަވެސް އޭނާއަށް ހަޤީޤަތް ފޮރުވީއެވެ. އެންމެ ފަހަރަކުވެސް ޝެލީން އެއީ އޭނާގެ މަންމަކަން ބުނެދިންނަމައެވެ. އެމަންމަގެ ކެތްތެރިކަމަށްޓަކައި ޝާމިންގެ ހިތް ތަޢުރީފުން ފުރުނެވެ.

ޝާމިން ކަރުނަފުލެލާފައި ވިސްނާލިއެވެ. ހަމަޔަޤީނުންވެސް އޭނާ، އޭނާގެ މަންމައަށް އިންސާފުހޯދައިދޭނެއެވެ.  މިހުރިހާ ދުވަހު އޭނާގެ ހައްޤުގައި މަންމަ އުފުލި ވޭނާއި ހިތާމައިގެ ބަދަލު ހޯދައިދޭނެއެވެ. އޭނާގެ ފަރާތުން މަންމައާމެދު ކަންތައް ކުރެވުނު އިނާނެތިކަމަށްޓަކައި މާފަށް އެދޭނެއެވެ. ނަމަވެސް އެމަންމަ އެއުފުލި ހިތާމަތަކުގެ ބަދަލު އޭނާދޭނީވެސް ކޮންފަދައަކުން ހެއްޔެވެ؟ ނޭނގި ނަމަވެސް ޚުދު އޭނާގެ ފަރާތުންވެސް މަންމައަށް ހިތްދަތިކަން ވަނީ ދެވިފައެވެ. އެކަންތައްތައް ހަނދާންވުމުން މިއަދު އޭނާ ދެރަވެއެވެ. އެމަންމަގެ ހިތަށް ކުރާނެ އަސަރު އޭނާއަށް ތަސައްވަރު ކުރެވެއެވެ.

40
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ވާލޯބި އެނގޭނަމަ… 25

Next

މިހިތުގެ ފަސާނާ 28

Next
December 4, 2016

މިހިތުގެ ފަސާނާ 28

Previews
December 4, 2016

ވާލޯބި އެނގޭނަމަ… 25

31 Comments

  1. Shine says:
    December 4, 2016 at 8:54 pm

    hello everyone! diary ves nimunee a….lets see what happen next…..

  2. yaasha says:
    December 4, 2016 at 8:58 pm

    Nimunytha shine. Masha allah. V reethi.

    1. Shine says:
      December 4, 2016 at 9:01 pm

      nooney vaahaka adhi nunimey….

  3. Nizz says:
    December 4, 2016 at 9:01 pm

    Omg hama ragalhahvx rovijje…bt vaahaka v superb..nxt prt vx avax kohdhehchey…keep it up

  4. Emneez says:
    December 4, 2016 at 9:01 pm

    Wow I’m first tha ☺☺☺
    Story is awesome

    1. Emneez says:
      December 4, 2016 at 9:02 pm

      Oops third lol

  5. fai says:
    December 4, 2016 at 9:03 pm

    Vvvv salhi ingey. me kithah vana baa???

    1. Bad Girl says:
      December 4, 2016 at 9:53 pm

      4426.. lol

  6. Baby says:
    December 4, 2016 at 9:06 pm

    Wow. Hama rangalhahvves rivijje.
    Thanks shine. Mipart avahah up kohdhineeyhee.

  7. wish says:
    December 4, 2016 at 9:12 pm

    Amazing story

  8. new says:
    December 4, 2016 at 9:15 pm

    V vv.reethi hama rovijje….shine vareh hamaneh.

  9. Lix says:
    December 4, 2016 at 9:18 pm

    Ahyoa nimuneetha e?

  10. Ana says:
    December 4, 2016 at 9:20 pm

    Aaaah, vvvv salhi, thanks a lot shine+ Haadha haadha asarugadha ey hama asluves rovijje..
    U’re the creative guy …
    Waiting…

  11. xenn says:
    December 4, 2016 at 9:34 pm

    Thank u shine…nxt part vx avahah up kohdhybaa…kiyaa hithun nuhurevey….

  12. Hany says:
    December 4, 2016 at 9:43 pm

    Story v v v reethii… kee it up!!!

  13. Ain says:
    December 4, 2016 at 9:54 pm

    Haadha reechey……. Next part ah vvv inthixar kureveyba

  14. Anonymous says:
    December 4, 2016 at 9:54 pm

    Superb ??

  15. Inu says:
    December 4, 2016 at 10:00 pm

    Woah ?

  16. Sara says:
    December 4, 2016 at 10:04 pm

    Wow

  17. Anonymous says:
    December 4, 2016 at 10:12 pm

    Vvvvvvvvv reethi pls vaahakaiga adhi Alarm ge bai gebaihimanaathi.. Alam kanthah kurigothun eyna ahekamun ibratheh ibenjeheyne.

    1. Shine says:
      December 4, 2016 at 10:15 pm

      yeah ofcourse…. alam ge baeh adhi annaaney….inthizaarukohlaa

  18. Shine says:
    December 4, 2016 at 10:14 pm

    GOOD NIGHT ALL. LOVE YOU bodu bodukoh….maadhama aneh bai..insha allah

  19. xaf says:
    December 4, 2016 at 10:44 pm

    alhe… hama ragalhahvex rovihje….
    waitin for the next part shine…
    avahaa up kohdhehchey….

  20. Nazima says:
    December 4, 2016 at 11:34 pm

    Koba maya hih magey mirey nehtha?

  21. sonaalee says:
    December 4, 2016 at 11:36 pm

    Amazing..

  22. Herrr says:
    December 5, 2016 at 12:01 am

    Wow… varah reethi.. her ah heevany shiyaax shelyn aa innaane hen.. fahun alam ah visnigen shelyn ah maaf ah edheyne hen.. but shely will not… eiy hama firihenun ge goiy.. I hate u alam… good night loabivaa shine

    1. Emneez says:
      December 5, 2016 at 12:05 am

      Herr alam ai dheytherey Haadha hadikoh thi dhekenee maybe he has his own reasons behind the decision he took story nimendhen madhu kohbala opinion eh form kuran ☺☺
      I’m sure dhen u won’t think like that heheh

  23. yax says:
    December 5, 2016 at 6:39 am

    shine i love the story!!!
    may the alam who loved shely rest in peace!!!
    ??????????????????

  24. azuha says:
    December 5, 2016 at 7:21 am

    Wow amazing ???????????

  25. Fathun says:
    December 5, 2016 at 8:27 am

    wooooooooow… story is very interesting

  26. Me says:
    December 5, 2016 at 9:31 am

    Aneii vahaka koba

Comments are closed.

All Right Reserved!