Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޝެލީން 20

Shine Level 6100 Stories10 Stories100 Comments100 Login
December 5, 2016 7 Mins Read
34 Comments

” އަހަރެންނަށް އެނގޭ މަންމަ ހައިރާންވާނެކަން….އެކަމު އަހަރެންނަށް ހަޤީޤަތް އެނގިއްޖެ…..ތިއީ އަހަރެންގެ އަސްލު މަންމަކަންވެސް އެނގިއްޖެ…..އަދި މަންމަގެ ހަޔާތުގާ ހިނގާދިޔަ ހުރިހާ ހިތާމަވެރިކަމެއްވެސް އަހަރެންނަށް އެނގޭ…..މަންމަގެ އުމުރުން ސާދަ އަހަރުން ފެށިގެން މިހާތަނަށް ހިނގި ހުރިހާކަމެއް އަހަރެންނަށް އެނގޭ…..މަންމަގެ ހުއްދަނެތި އަހަރެން މަންމަގެ ޑައިރީކީ…..އެކަމަށްޓަކާ އަހަރެން މިމާފަށް އެދުނީވެސް…..މަންމަ އަހަރެންދެކެ ވާލޯބިން ކުރިކުށެއްވެސް އެނގުމަކާނުލާ މާފުތިކުރީ…..އެކަމު ބައްޕަގެ ފަރާތުން ވެވުނު އެންމެ ކުށަކަށް މުޅި އުމުރުގަ ބައްޕަ މާފަށް އެދެމުންދާއިރު މަންމަ ތިހުންނަނީ މާފު ނުކުރަން….އަހަރެން ނުބުނަން ބައްޕަކުރީ ކުޑަކަމެކޭ…އެކަމަކު ބައްޕަ އެކަމަށް ތަޢުބާވެ، ހިތާމަކުރަމުން ދާވަރު އަހަރެންނަށްވެސް އިހުސާސްކުރެވޭ…..އެވަރަކަށް ކަންނޭނގެ އިންސާނަކަށް އަނެއް އިންސާނެއްގެ ކިބައިން މާފަށް އެދެވޭނީ…..އަހަރެންނަށް އެނގޭ މަންމަވެސް ހިތުގެއަޑިން ބައްޕައަށް މާފުކުރިކަން……ބައްޕަދެކެ ލޯބިވާކަންވެސް އެނގޭ…..އެކަމު ދުލުން އިޤުރާރުވާން ބޭނުންނުވަނީ…..އެވެސް ހަމައެކަނި އަހަރެންނަށްޓަކާ…..އަހަރެންނަށް ދެރައެއް ލިބިދާނެތީ…..އަހަރެންގެ ހަޤީޤަތް އެނގިއްޖެނަމަ މުޖުތަމަޢުގަ އަހަރެންގެ އަގުވެއްޓިދާނެތީ….މަންމަ ކީއްވެ އަހަރެންދެކެ ތިހާލޯބިވަނީ؟…އަހަރެންގެ ފަރާތުން ދުވަހަކު އަޅާލުމެއް ނުލިބުނުއިރުވެސް އަހަރެންނަށްޓަކާ ޒުވާންކަން ޤުރުބާން ކޮށްގެން ތިހުރީ؟…ކީއްވެ؟….މަންމަ ތިގޮތަށް ކަންތައްކުރީމަ އަހަރެން މުޅީން ދަރަނިވެރި ވެއްޖެ…..އަމިއްލަ ނަފްސުގެ ކުރިމަތީ އަގުވެއްޓިއްޖެ….މިހުރިހާ ދުވަހު މަންމައަށް މުޚާތަބުކުރީ ނަމުން….މަންމައަށް އަހަރެންދިނީ ނޯކަރެއްގެ ދަރަޖަ….އަހަރެންމިވީ ކިހާގޯސް ދަރިއަކަށް….” ހިތަށްކުރި އަސަރުން ޝާމިންގެ އަޑުބެދޭގޮތްވިއެވެ.

ޝާމިންގެ ވާހަކަތައް އަޑުއިވިފައި ޝެލީންއަށް ގިސްލާރޮވުނެވެ. މިހުރިހާ ދުވަހު އޭނަ ފޮރުވައިގެން އުޅުނު ސިއްރު ދަރިފުޅަށް ހާމަވީތީ އުފާވެސްވިއެވެ. ނަމަވެސް އެދަރިފުޅުގެ ޝަކުވާތަކައް ދޭނެ ޖަވާބެއް ނެތީތީ އިންތިހާއަށް ދެރަވެސްވިއެވެ. ޝާމިންގެ ހިތުގައި އޭނާގެ ބައްޕައަށް އޮތްލޯބިވެސް ޝެލީންއަށް ހާމަވެގެން ހިނގައްޖެއެވެ. ވީއިރު ދެންއިތުރަށް އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟

ޝެލީން ރޯތަން ފެނުމުން ޝާމިންގެ ހިތަށް ފުންއަސަރެއް ކުރިއެވެ. އޭނަގެ ސަބަބުން އަނެއްކާވެސް މަންމަގެ ހިތުގައި ޖެނުނީއޭ ހީވެ އިންތިހާއަށް ދެރަވިއެވެ.

” މަންމާ! އައިމް ސޮރީ…..މަންމަ ދެރަކުރާކަށް ނޫން އަހަރެން އެހެންބުނީ….މަންމަ އަހަރެންނަށްޓަކާ މިއަދާ ހަމައަށް އުފުލި ހިތާމަތައް އަހަރެންނަށް ފުދޭ…..ދެން ދުވަހަކުވެސް މަންމައަށް އަހަރެންގެ ސަބަބުން ހިތާމަކުރާކަށް ނުޖެހޭނެ…..ދުނިޔޭގެ އެންމެން މަންމައަށް އޮޅުވާލާ މަކަރުހެދިޔަސް އަހަރެން އެހެނެއް ނުހަދާނަން….” ޝާމިން ވަރަށް ލޯބިން ޝެލީންގެ ކަރުނަތައް ފުހެލަދިނެވެ. ޝެލީންއަށް ބޭއިޚުތިޔާރުގައި ޝާމިންގެ ގައިގާ އޮޅުލައިގަނެވުނެވެ. ޝާމިންގެ މޫނުގައި އެތައް ފަހަރަކު ބޮސްދެވުނެވެ.

ދިގު އިންތިޒާރަކަށްފަހު އޭނާއަށް އޭނާގެ ދަރިފުޅު މިލްކުވީއެވެ. އޭނާގެ ކެތްތެރިކަމުގެ ފޮނިމޭވާ ލިބުނީއެވެ.  އޭނާ ތާއަބަދު ކުރަމުން އައި ދުޢާ އިޖާބަކުރައްވައިފިއެވެ. ދެން އިތުރަށް އޭނާގެ ސިއްރު ފޮރުވުމުގެ ބޭނުމެއް ނެތެވެ. އެކަން އެނގެންވީ ފަރާތަށް އެނގި ނިމިއްޖެއެވެ. އޭނާގެ ހަޔާތުގެ ހުރިހާ ސިއްރެއް ދަރިފުޅަށް އެނގުނީތީ އޭނާ ލަދުވެސް ގަތެވެ. އެހާމެ އުފާވެސްވިއެވެ.

” މަންމާ! ދެން މަންމަ ހިތާމަ ނުކުރޭ! މީގެ ފަހުން މަންމަގެ ލޮލުން ހިތާމާގެ އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ދެކޭކަށް އަހަރެން ބޭނުމެއްނޫން…..މަންމަ ދެން ނުރޮއްޗޭ!….އަބަދުވެސް ހިނިތުންވެފަހުރޭ! …..އަހަރެން ބޭނުމީ މަންމައާ ބައްޕަ އުފަލުގަ އުޅޭތަން ދެކެން….އަހަރެންގެ ހަޤީޤަތް އެނގިގެން ދުނިޔެ އަހަރެންނާމެދު ކޮންމެ ގޮތަކަށް ދުށް ނަމަވެސް އަހަރެންގެ ފަރުވާލެއްނެތް….. މަންމަ އުފަލުގަ ހުރުމުން އަހަރެންނަށް ހުރިހާ އުފަލެއް ލިބޭނެ..” ޝާމިން އޭނާގެ ހިތުގައިވާ ޝުޢޫރުތައް މަންމަގެ ކުރިމަތީ ހާމަކޮށްލިއެވެ. ދުނިޔޭގެ ހުރިހާ އުފަލަކުން އެމަންމަގެ އުނގު ފުރާލަދޭން މިއަދު އޭނާ ބޭނުންވެއެވެ. ޝެލީން އޭނާގެ ދަރިފުޅުގެ ވިސްނުންތެރިކަމާމެދު ހައިރާންވިއެވެ.  އެދަރިފުޅު އޭނާދެކެ އެހާ ލޯބިވެދާނެ ކަމަށް އޭނާއަށް ހީކުރެވިފައެއްވެސް ނެތެވެ. ޝާމިންގެ ބޮލުގައި ފިރުމާލަމުން ޝެލީން ހިނިތުންވެލިއެވެ.

******

ރޭގަނޑުގެ ވަގުތެވެ. ކާކޮޓަރީގައި ކާންހަދަން ހުރިއިރު، އެންމެ ފަހަރަކުވެސް ޝެލީންގެ ހިނިތުންވުން ފިލާނުދެއެވެ. މިއަދު ޝެލީންއަށް ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާއަށް ލިބިފައިވާހެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިހުރިހާ ދުވަހު އޭނާ އުފުލި ވޭނާއި ހިތާމައިގެ އަގު މިއަދު އޭނާއަށް ލިބިއްޖެއެވެ.

” ހޭއި މޮމް….ހާދަވަސް ރަނގަޅޭ…..ކުޅުދިޔާވެއްޖެ….ވަރަށް ހައިވެސް ވެއްޖެ….ފަށަންވީދޯ؟..” ކާކޮޓަރިޔަށް ވަންނަމުން ޝާމިން ފަތިވަރެއް އަމުނާލިއެވެ. ޝެލީން ކުޑަކޮށް ހައިރާންވެފައި ޝާމިންއަށް ބަލާލީ ޝާމިން ވާހަކަ ދެއްކިގޮތުންނެވެ. ހީވަނީ އެތައް ޒަމާނެއް ވާންދެން ލޯބިން އެކީއުޅުނު ދަރިއެއްހެންނެވެ. އެއްވެސް ދުރުކަމެއް ނެތެވެ. ޝާމިން ބޭނުންވާ ގޮތަކީވެސް އެއީއެވެ. އޭނާގެ މަންމައަށް ދުރުކަމެއް އިހުސާސް ވިޔަނުދިނުމެވެ. އެމަންމައަށް އޭނަގެ ފަރާތުން މަހުރޫމުވީ ލޯބި އަނބުރާ ހޯދައިދޭން އޭނާހުރީ ވަރުގަދައަށް އަޒުމް ކަނޑައަޅައިގެންނެވެ.

” މޮމް…ކީއްވެތަ ހައިރާންވެފަ ތިހުންނަނީ؟….މަންމައަށް އަދިވެސް އިހުސާސް ނުކުރެވޭތަ މިއީ ހަޤީޤަތްކަމެއް…..މަންމާ! އަހަރެންމީ މިހާރު ސަމީރާގެ ދަރިފުޅު ޝާމިންއެއްނޫން….އަހަރެން މީ މިހާރު މަންމަގެ ދަރިފުޅު ޝާމިން….މީގެ ފަހުން މަންމައަށް އަހަރެންގެ ފަރާތުން އެއްވެސް ދުރުކަމެއް ނުފެންނާނެ…އިރާދަކުރެއްވިއްޔާ އުމުރަށްވެސް އަހަރެން މަންމައާއެކު އުޅޭނީ މިހާލޯބިން….އަހަރެންގެ ހަށިގަނޑުގާ ފުރާނަ ހުރިހާ ހިނދަކު، ދެން މިދަރިފުޅު މަންމައާ ވަތްކެއްނުވާނެ….ހެއްދެވި ފަރާތްނޫން އެއްވެސް ބާރަކަށް ދެން މިދެމައިން ވަތްކެއް ނުކުރެވޭނެ….ޔަޤީންކުރޭ މޮމް….އައި ރިއަލީ ލަވް ޔޫ ސޯމަޗް…” ޝާމިން އޭނާގެ މަންމައަށް ފުރިހަމަ ޔަޤީންކަން ދިނެވެ. ޝެލީން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހިތަށް ލިބުނު އުފާވެރިކަމުން ލޮލުން ކަރުނަވެސް ހިލުނެވެ. ޝެލީން ކަރުނަ ފުހެލަމުން ހިނިތުންވެލިއެވެ.

” ބައްޕަ ގޮވައިގެން އައިސް ދެމީހުން އެއްކޮށް ކާންވީނު!…” ޝާމިން މޭޒުދޮށުގައި އިށީދެ ބަތްއަޅަން ދިމާކޮށްލުމުން ޝެލީން އަހާލިއެވެ.

” މޮމް ދޭބަ ބައްޕަ ބަލާ!…އައި އެމް ވެރީ ހަންގްރީ..” ޝާމިން ބުނެލިއެވެ. ހަޤީޤަތުގައި ޝާމިން ބޭނުންވީ މަންމަ ބައްޕަގެ ގާތަށް ފޮނުވާށެވެ. ޝެލީން ހިނިތުންވެލަމުން ކާކޮޓަރިން ނުކުތެވެ. ޖެހިލުންވެހުރެ ޝިޔާޒްގެ ކޮޓަރި ދޮރުހުޅުވާލިއިރު ޝިޔާޒް އެނދުގައި އޮށޯވެލައިގެން އޮތެވެ. ޝެލީން މަޑުމަޑުން ގޮސް އެނދުކައިރިއަށް ހުއްޓި ބަލާލިއެވެ. ޝިޔާޒްއަށް އޮތީ ނިދިފައިހެން ހީވެއެވެ.  ޝެލީން ކުޑަކޮށް ގުދުވެ ޝިޔާޒްގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެހާގާތުން ޝިޔާޒްގެ މޫނުފެނުމުން އޭނާގެ ހިތުގެ ވިންދު އަވަސްވީ ކުއްލިއަކަށެވެ. ލޯމަރައިގެން އޮވެފައި ޝިޔާޒް ކުއްލިއަކަށް ލޯހުޅުވާލީ މީހަކު އައިހެން ހީވެގެންނެވެ. އެއާއެކު ޝެލީން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ތެދުވެ އެނދާއި ކުޑަތަންކޮޅެއް ދުރަށްޖެހިލިއެވެ.

” ކާން ހަދައިފިން” ޝިޔާޒް ބަލާލިގޮތުން ޖެހިލުންވެ ހުރެ ޝެލީން ބުންޏެވެ. ޝެލީންއަށް ވީގޮތުން ޝިޔާޒްގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ނަމަވެސް ބަހެއްވެސް ނުބުނެ ޝިޔާޒް ތެދުވެގެން ކޮޓަރިން ނުކުތެވެ. ޝެލީންވެސް އޭނާގެ ފަހަތުން ނުކުތެވެ. ދެމީހުން ކާކޮޓަރިއަށް ވަތްއިރު ޝާމިން ކައި ނިންމާލައިގެން ތެދުވަނީއެވެ.

” އަނހާ! ދަރިފުޅު މިހާރު ކައިނިމުނީތަ؟…ހާދަ އަވަހަކަށް..” ޝާމިން ތެދުވެގެން ގޮސް ސިންކްދަށަށް ހުއްޓި އަތްދޮންނަން ފެށުމުން ޝިޔާޒް އަހާލިއެވެ.

” އާނ ބައްޕާ….މިރޭ މާބޮޑަށް ބަނޑުހައިވީ….އެހެންވެ ބައްޕަ ނާންނަނީސް ކާންފެށުނީ…ސޮރީ ބައްޕާ..” ޝާމިން ޖަވާބުދިނެވެ.

” އާ އޯކޭ…ބައްޕަ ކާލަފާނަން އެކަނިވެސް..” ޝިޔާޒް ހިނިތުންވެލިއެވެ. ޝިޔާޒް ހުރީވެސް ޝެލީންއާއެކު އެކަނިވެލަން ބޭނުންވެފައެވެ.

” މޮމް…މޮމް އާ ޑޭޑްއަށް ދިން ޗާންސް އެއް މީ އިނގޭ!…ސޯ ޑޫ ސަމްތިންގް…ސޭ ދެޓް ޔޫ ލަވް ހިމް…މިކަހަލަ ފުރަސަތެއް ނުލިބޭނެ ހިޓްލަރ މޮމް އައީމައެއް…އޯކޭ..” ޝެލީންގެ ގާތަށް ހުއްޓި ސިއްރު ސިއްރުން ޝާމިން ބުންޏެވެ. ޝާމިންގެ ވާހަކަތައް އަޑުއަހާފައި ޝެލީން ދެލޯބޮޑުކޮށްލަމުން ޝާމިންއަށް ބަލާލީ އެކުއްޖާގެ ލާނެއްކަމުންނެވެ.

އޭނަ ދަރިފުޅަކީ މިހާ ލާނެއް ކުއްޖެއް ކަމެއް ކުރިޔަކުން އޭނާއަކަށް ނޭނގެއެވެ. ޝާމިންގެ ވާހަކައިން ޝެލީން ފާޑަކަށް ރަކިވެފައި ހީލިއެވެ. ސުވާލުން ފުރިގެންވީ ނަޒަރަކުން އެދެމީހުނަށް ބަލަން ޝިޔާޒްއިނެވެ. މިއަދު ޝާމިން އުޅޭ އާދަޔާ ޚިލާފުގޮތުން އޭނާ އެހުންނަނީ ހައިރާންވެފައެވެ. މެންދުރުގަޑީގައިވެސް އޭނާގާތު އަހާވެސް ނުލައި ޝާމިން ޕޮލިހަށްވެސް ގުޅައިފިއެވެ. ޝެލީންއާ މެދުވެސް މިއަދު ޝާމިން ކަންތައް ކުރަނީ ވަރަށްވެސް ތަފާތުކޮންނެވެ. ޝާމިން، ޝެލީން ކޮޓަރިއަށް ގެންގޮސްގެން ސިއްރުން ދެއްކި ވާހަކައެއް އޮޅުން ފިލުވަންވެސް އޭނާއެހުރީ ކެތްމަދުވެފައެވެ. ޝެލީން މިއަދު މާއުފާވެފައިހުރިތީ އެކަމުގެ ސިއްރުވެސް އެނގެން ބޭނުމެވެ.

” ވިޝް ޔޫ އޯލް ދަ ބެސްޓް މޮމް” ދަމުން ދަމުންވެސް އިޝާރާތުން ޝާމިން ބުނެލިއެވެ.

ޝާމިން ދިއުމުން ޝެލީންގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ޝެލީން މަޑުމަޑުން ޝިޔާޒްއާ ތަންކޮޅެއް ދުރުގައިހުރި ގޮނޑިއެއްގައި އިށީނެވެ. ހަމަހިމޭން ކަމުގައި ތިބެ ދެމީހުން ކަމުން ދިޔައިރު ސިއްރު ސިއްރުން އެކަކު އަނެކަކަށް ބަލާލައެވެ. ހިތުގައި ސުވާލުތައް އުފެދިފައިވީނަމަވެސް ޝިޔާޒް މަޑުން އިނީ ޝެލީން ކަންބޮޑުވެފައި ހުރިހެން ހީވާތީ ޝެލީންގެ ކެއުމަށް ހުރަސް ނާޅަން ވެގެންނެވެ.

” ނިދުމުގެ ކުރިން އަހަރެންގެ ކޮޓަރިއަށް އައިސްދީފާނަންތަ؟…” ކައިނިމިގެން ކާކޮޓަރިން ނުކުންނަމުން ޝިޔާޒް އަހާލިއެވެ. ޝެލީން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ޝެލީންގެ އިންތިޒާރުގައި ޝިޔާޒް ކޮޓަރި ތެރޭގައި އިންނަތާ އިރުކޮޅެއްފަހުން ލަސްހިނގުމެއްގައި އައިސް ޝެލީން އެކޮޓަރިއަށް ވަނެވެ.

” އިށީނދޭ!” އެނދަށް އިޝާރާތްކުރަމުން ޝިޔާޒް އެދުނެވެ. ޝެލީން ދެބަހެއް ނެތި އެނދުގައި އިށީނެވެ. ޝިޔާޒުވެސް ޝެލީންއަށް ކުރިމަތިލައިގެން އެނދުގައި އިށީނދެ ފުންކޮށް ޝެލީންގެ މޫނަށް ބަލާލިއެވެ.

” އަހަރެން ސުވާލެއް ނުކުރަނީސް ބުނާނީތަ ނޫނީ ސުވާލުކޮށްގެން އޮޅުން ފިލުވަންވީތަ؟..” އިރުކޮޅެއް ފަހުން ޝިޔާޒް އަހާލިއެވެ. ޝިޔާޒް އެބުނި އެއްޗެއްގެ މާނަ ޝެލީންއަށް ވިސްނުނެވެ. އެސުވާލަށް ޖަވާބުދޭނެ ގޮތަކާމެދު އޭނާ ވިސްނާލިއެވެ. ޝިޔާޒް ކުރާނެ ސުވާލެއް ކުރަންދެން އެއްޗެއް ނުބުނެ އިންނާނީ ހެއްޔެވެ؟ ނޫނީ ހަޤީޤަތަށް ކިޔާދޭން ވީ ހެއްޔެވެ؟

” ޝާމިންއަށް ހަޤީޤަތް އެނގިއްޖެ….އަހަރެންނަކީ އޭނާގެ މަންމަކަން އެނގިއްޖެ..” އެންމެފަހުން ޝެލީން ހަޤީޤަތް ހާމަކުރިއެވެ.

” ހަމަ ތެދެއްތަ؟…ކިހިނެއް އެނގުނީ؟ ކީކޭ ޝާމިންބުނީ؟…އޭނާ އަހަރެންދެކެ ރުޅިއައިތަ؟..” ޝިޔާޒް ކަންބޮޑުވެފައި އަހާލިއެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ވިސްނުނީ ދަރިފުޅު އޭނާދެކެ ރުޅިއަތުވެދާނެތީއެވެ. ޝެލީން ޝިޔާޒްއަށް ކަންތައް ވީގޮތް ކިޔާދިނުމުން އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޝާމިން އޭނާއަށް ނަފްރަތު ނުކުރީތީ އޭނާ އިންތިހާއަށް އުފާވިއެވެ. މިހާރު ދެން ސިއްރުކޮށް ފޮރުވާނެ ކަމެއް ނެތެވެ. ޖެހިލުންވެ ބިރުގަންނާނެ ކަމެއްވެސް ނެތެވެ. އޭނާ މިހުރިހާ ދުވަހު ދަރިފުޅަށް ފޮރުވައިގެން އުޅުނު ހަޤީޤަތް އެނގިއްޖެއެވެ. އެދަރިފުޅު އޭނާއަށް މާފްވެސް ކޮށްފިއެވެ. ޝެލީންވެސް އޭނާއަށް މާފްކުރާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

” ޝެލީން ޑައިރީވެސް ލިޔެ އުޅެންތަ؟…އަހަރެން ކިޔާލަން ލިބިދާނެތަ އެޑައިރީ” ވިސްނަން އިނދެފައި ޝިޔާޒް އަހާލިއެވެ.

” ކީއްކުރަން ޑައިރީ..؟” ކަންބޮޑުވެފައި ޝެލީންއަށް އަހާލެވުނެވެ.

” އަހަރެން ބޭނުންވަނީ ތިހިތުގަ އޮތް އެއްޗެއް އެނގެން….ހަމަގައިމުވެސް ހިތުގެ ހުރިހާ ސިއްރުތަކެއް ޑައިރީގަ ހިއްސާކުރާނެ ….އޭރުން އަހަރެންނަށް އެނގޭނެ ޝެލީން އަހަރެންދެކެ ނަފްރަތު ކުރާވަރުވެސް….” ޝިޔާޒްގެ އަޑުގައިވަނީ މޮޅިވެރިކަމެވެ.

ޝިޔާޒް އެވަނީ ޝެލީންގެ ހިތުގެ އަޑުއަހަން ނުހަނު ބޭނުންވެފައިކަން އޭނާއަށް އެނގެއެވެ. މިހާރު ދެން ޝިޔާޒްއަށް އޭނާގެ ހިތުގެ ހާލަތު ސިއްރުކުރުމުގެ ބޭނުމަކީވެސް ކޮބާ ހެއްޔެވެ؟ އޭނާގެ ދަރިފުޅުވެސް ބޭނުންވަނީ އެދެމީހުން ގުޅުމަށެވެ. ވީއިރު އެދަރިފުޅަށްޓަކާވެސް ޝިޔާޒްއަށް މާފްކޮށް އޭނާގެ ހިތުގެ ހާލަތު އަންގަން ބޭނުމެވެ. ނަމަވެސް އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ ހަމަ ހުރެފަ ލޯބިވެޔޭ ބުނާކަށްވެސް ނުކެރޭނެވެ.

ޝެލީން އިސްޖަހައިގެން އިނދެފައި ކުއްލިއަކަށް އިސްއުފުލައި ޝިޔާޒްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޝެލީން އެއްޗެއް ބުނަން އުޅޭހެން ހީވެގެން ޝިޔާޒް ޝެލީންގެ މޫނަށް ބަލަން އިނެވެ. ޝިޔާޒް އެގޮތަށް ބަލަން އިނުމުން އިސާހިތަކު ޝެލީންގެ އަތްފައި ފިނިވެއްޖެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ހިތުގެ ތެޅުންވެސް ދެގުނައަށް އަވަސް ވެއްޖެއެވެ. ޝެލީން އަވަސް އަވަހަށް އިސްޖަހާލިއެވެ. އޭނާއަށް މިވަނީ ކިހިނެއް ހެއްޔެވެ؟ މިހާ ފިނޑިވެގެން އޭނާއަށް ޝިޔާޒްއާ ކުރިމަތި ލެވޭނެ ހެއްޔެވެ؟

” ކިހިނެއްވީ ޝެލީން؟…އެއްޗެއް ބުނަންތަ ތިއުޅެނީ؟…” ޝެލީންގެ ހަރަކާތްތައް ހުރިގޮތުން ޝިޔާޒް ސީރިއަސް ކަމާއެކު އަހާލިއެވެ. ޝެލީންއަށް ބުނާނެ އެއްޗެއް ނޭނގިގެން، ތިރީ ތުންފަތުގައި ދަތްއަޅައިގެން ބުރުގާގެ ކަންގަނޑާ ކުޅެލަކުޅެލާ އިނެވެ.

” ޝެލީން؟!!…ވަޓްސް ރޯންގް؟..” ޝެލީންގެ ގާތަށްޖެހި ކޮނޑުގައި އަތްބާއްވާލަމުން ސިޔާޒް އަހާލިއެވެ. ޝެލީން ކޮންމެވެސް އެއްޗެއް ބުނަން އުޅޭކަން އޭނާއަށް ޔަޤީންވެއެވެ.

” އައި….އައި ލަވް ޔޫ..” ކުއްލިއަކަށް ޝެލީން ބުނެލިއެވެ.

” ކީކޭ؟…ކީކޭ ތިބުނީ….އަދި އެއްފަހަރު ބުނެބަލަ!..ރަނގަޅަކަށް އަޑެއްނީވުނު…” ޝެލީން ބުނި އެއްޗެއް އަޑުއިވުނު ނަމަވެސް ޔަޤީން ނުވުމުން ދެވަނަ ފަހަރަށްވެސް އަޑުއަހަން ޝިޔާޒް ބޭނުންވިއެވެ.

” އައި ލަވް ޔޫ..” ކުރިޔަށް ވުރެވެސް އަވަހަށް އެހެން ބުނެލުމަށްފަހު ޝެލީން ތެދުވެގެން ދުއްވައިގަތެވެ. ޝިޔާޒްވެސް ތެދުވެ ޝެލީންގެ ފަހަތުން ގޮސް އަތުގައި ހިފާ ހުއްޓުވިއެވެ. އަދި ޝެލީންގެ ދެކޮނޑުގައި ހިފައި އޭނާއާ ދިމާއަށް އަނބުރާލުމަށްފަހު ކުޑަކޮށް ގުދުވެ ޝެލީންގެ މޫނަށް ބަލާލިއެވެ. ލަދުން ގޮސް ޝެލީންގެ މޫނުގެ ކުލަބަދަލުވަމުން ދިޔައެވެ.

” އަދިވެސް އަހަރެންނަކަށް ރަނގަޅަކަށް އަޑެއްނީވޭ….ވެދާނެ ކަންފަތުގަ މައްސަލައެއް އުޅެނީކަމަށް…އަދި އެއްފަހަރު ބުނެބަލަ!” ޝިޔާޒް ސަމާސާކޮށްލިއެވެ.

ޝެލީން ރަކިވެގެން ހަދާނެގޮތް ހުސްވިއެވެ. އިސްޖަހައިގެން ހުރެ ދެއަތްދެއަތާއި މޮޑެމުން ދިޔައިރު، ތިރީތުންފަތް ހަފާހަފާ އެތުންފަތުގެ ރަތްކަންވެސް ދެގުނައަށް އިތުރުކޮށްފިއެވެ. އެމަންޒަރު ފެނިފައި ޝިޔާޒްގެ ހިތުގެ ތެޅުމަށް ބަދަލު ގެނުވިއެވެ. ވަގުތުން އެރީތި ތުންފަތުގައި ބޮސްދިނުމަށް ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ނަފްސް ކޮންޓްރޯލް ކުރީ އަނެއްކާވެސް ޝެލީން ހިތްހަމަ ނުޖެހޭފަދަ ގޯހެއް ހެދިދާނެތީއެވެ. ޝިޔާޒް ގުދުވެ ޝެލީންގެ ނިތްކުރީގައި ބޮސްދިނުމަށްފަހު އެމަޑުހަށިގަނޑު މެޔާލާ ބޮނޑިކޮށްލިއެވެ.

ޝެލީންވެސް ހުރީ އެފަދަ ހިމާޔަތަކަށް ބޭނުންވެފައިކަމުން ޝިޔާޒްގެ އުނަގަނޑުގައި ދެއަތުން ވަށާލެވުނީ ބޭއިޚުތިޔާރުގައެވެ. ޒަމާންތަކަކަށްފަހު ދެހިތުގެ ވިންދު އެކުވެއްޖެއެވެ. މިހާރު އެދެހިތުގައި އެއްވެސް ޝަކުވާއެއްނެތެވެ. އެންމެފަހުން ޝެލީން އޭނާއަށް މާފުކުރީއެވެ. އަދި އޭނާދެކެ ލޯބިވާކަމަށް އިއުތިރާފްވެސް ވީއެވެ. މިއަށްވުރެ ބޮޑުއުފަލެއް އޭނާއަށް ލިބިދާނެ ހެއްޔެވެ؟

” އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ މީހަޤީޤަތެއް ކަމަކަށް….އަނެއްކާ މީހުވަފެނެއް ނޫންތަ؟..” ޝެލީން ގަޔާ ދުރުކޮށްލަމުން ޝިޔާޒް އަހާލިއެވެ. ޝެލީން މަޑުމަޑުން ޝިޔާޒްގެ އަތްނަގައި ކުއްލިއަކަށް ބޮޑުވައިއިނގިލީގައި ދަތްއެޅިއެވެ.

” އައުޗް!” ސިހިފައި ޝިޔާޒް އަތްދަމައިގަތެވެ. ހައިރާންވެފައި ޝެލީންގެ މޫނަށް ޝިޔާޒްބަލަންހުރީ ޝެލީން އެފަދަ ލާނެއް ކަމެއްކުރީތީ ޔަގީންނުވެފައެވެ. ޝިޔާޒްއަށް ވީގޮތުން ޝެލީން ބާރަށް ހޭންފެށިއެވެ. ޝިޔާޒް ހައިރާންވެފައި ޝެލީންގެ މޫނަށް ބަލަން ހުއްޓެވެ. މިގޮތަށް ޝެލީން ހެނިކޮށް އޭނާއަށް އެފެނުނީ ހާދަ ދުވަހަކަށް ފަހުއެވެ. ބޭއިޚުތިޔާރުގައި ޝިޔާޒްއަށްވެސް ހެވުނެވެ.

” އަދިވެސް ހާދަލާނެތޭ ދޯ؟….އިނގިލީގަ ދަތްއަޅާ ތަދުވެސް ކޮށްލައިފިޔޭ..” ޝެލީންގެ ގާތަށް ޖެހިލަމުން ޝިޔާޒް ބުންޏެވެ.

” މިއީ ހުވަފެނެއް ނޫންކަން ޝިޔާޒްއަށް ޔަގީންކޮށްދިނީނު…” ލާނެއްގޮތަކަށް ހީލާފައި ޝެލީން ބުންޏެވެ.

” އެހެންތަ؟…އެކަމު އަދިވެސް އަހަރެންނަކަށް ޔަޤީނެއްނުވޭ….އަދި އިތުރަށް ޔަޤީންކޮށްލަން ބޭނުން..” ޝިޔާޒް އަދިވެސް ބޮޑަށް ޝެލީންއާ ގާތްވެލިއެވެ. ކަންބޮޑުވެފައި ޝެލީން ކުޑަކޮށް ފަހަތަން ޖެހިލިއެވެ. ޝިޔާޒް ކުއްލިއަކަށް ޝެލީން ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ.

“މިފަހަރު ހަމަ އަދަބެއްދީފަ ދޫކޮށްލާނީ…” މަޖާވެލާފައި ޝިޔާޒް އެހެން ބުނުމުން ޝެލީން ލޯބޮޑުކޮށްލަމުން ޝިޔާޒްއަށް ބަލާލިއެވެ. ޝިޔާޒް ކުރަން އުޅޭކަމެއް ނޭނގި ހާސްވެގެން ޝެލީންގެ ނޭވާވެސް އަވަސްވިއެވެ. ޝެލީންގެ ނޭވާއެޅޭ ހިސާބަށް ޝިޔާޒް މޫނުގާތް ކޮށްލިއެވެ. ޝެލީންއަށް ދެލޯމަރާލެވުނީ ބޭއިޚުތިޔާރުގައެވެ. އެވަގުތު ޝިޔާޒްގެ ތުންފަތަށް ލާނެއް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ސަމާސާކޮށްލާ ހިތްވިއެވެ. ކުއްލިއަކަށް ޝިޔާޒް ޝެލީންގެ ކޮލިކޮށްޓަން ފެށިއެވެ. ޝެލީން ތެޅިގެންފައި ޝިޔާޒްގެ އަތުތެރެއިން ދެމިގަނެގެން ހެމުން ހެމުން ދުވެފައި ކޮޓަރިން ނުކުމެއްޖެއެވެ.

ކާކޮޓަރިން ފެންފުޅިއެއް ހިފައިގެން ނުކުތް ޝާމިންއަށް ހެމުން ހެމުން ޝިޔާޒްގެ ކޮޓަރިން ނުކުތް ޝެލީން ފެނިފައި ހައިރާންވެގެން ބަލަން ހުއްޓެވެ. ޝާމިން ފެނުމާއެކު ޝެލީން އަވަސް އަވަހަށް ހަމަޖެހޭ ގޮތް ދައްކާލިއެވެ.

” މޮމް!…ހާދަހެޕީވެފަ….ކޮބާ ޚަބަރަކީ؟” ދުވެލާފައި އައިސް ޝެލީންގެ ގާތަށް ހުއްޓެމުން ޝާމިން އަހާލިއެވެ. ޝެލީން ރަކިވީ ނަމަވެސް އެކަން ފޮރުވަމުން ހިނިތުންވެލިއެވެ.

” އައި ޓޯލްޑް ހިމް ދެޓް އައި ލަވް ހިމް….ޔެސް އައި ޑިޑް އިޓް” ހެވިލާފައި ޝެލީން ބުނިލެއް މަޖާކަމުން ހައިރާންވެ، އަނގަހުޅުވިފައި ޝާމިންއަށް ހުރެވުނެވެ.

” އޯހް ރިއަލީ؟…ވާއު..މޮމް ޔޫ އާ ސޯބްރޭވް..އައި އެމް ސޯހެޕީ” ޝާމިން އުފަލުން ގޮސް ޝެލީންގެ ގައިގާ އޮޅުލައިގަތެވެ.

ޝެލީންއާއި ޝާމިން ހީހީފައި އުޅޭ މަންޒަރު ބަލަން ހައިރާންވެފައި ސިޔާޒް އޭނާގެ ކޮޓަރިދޮރުމަތީ ހުއްޓެވެ. ހަމަ އެންމެ ދުވަހެއްގެ ތެރޭގައި ދެމައިންގެ ގާތްކަން އުފެދިފައިވާ މިންވަރު ފެނުމުން ހަޤީޤަތުގައިވެސް އޭނާ ހައިރާން ވެއްޖެއެވެ. ދެމީހުން ވާހަކަ ދެއްކިގޮތުން ހީވީ ގާތްދެރަހުމަތްތެރީން ހެންނެވެ. ޝިޔާޒްއަށް ބޭއިޚުތިޔާރުގައި ހިނިތުން ވެލެވުނެވެ. ލޭގެ ގުޅުމަކީ ކިހާބާރުގަދަ އެއްޗެއްކަން އެވަގުތު ޝިޔާޒްއަށް އިހުސާސް ކުރެވުނެވެ.

” އެކްސް ކިއުޒްމީ!….ފެންފުޅި ލިބިދާނެތަ؟..” ދެމައިންގެ ގާތަށް ހުއްޓެމުން ޝިޔާޒް ޝާމިންގެ އަތުގައި އޮތް ފެންފުޅިއަށް އިޝާރާތް ކޮށްލިއެވެ. ޝާމިންއާއި ޝެލީން ސިހިފައި ޝިޔާޒްއަށް ބަލާލިއިރު ދެމީހުންވެސް ތިބީ ފާޑަކަށް ޖެހިލުންވެފައެވެ. ދެންމެ ޝެލީން ޝާމިންގެ ގާތުގައި ބުނި ވާހަކަ ޝިޔާޒްއަށް އެނގުނުހެން ހީވާތީ އޭނާހުރީ ލަދުގެންފައެވެ. ޝާމިން އުޅުނުގޮތުން ބައްޕަ ހިތްހަމަނުޖެހި ދާނެތީ އޭނާވެސް ހުރީ ކަންބޮޑުވެފައެވެ. ޝާމިން ފެންފުޅިދިނުމުން ޝިޔާޒް ބަހެއްވެސް ނުބުނެ ފެންފުޅި ހިފައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޝެލީންއާއި ޝާމިންއަށް އެކަކު އަނެކެއްގެ މޫނަށް ބަލާލާފައި ހެވުނެވެ.

” ގުޑްނައިޓް މޮމް..” ޝެލީންގެ ކޮލަށް ދޮނެއް ދެމުން ޝާމިން ރޭގަނޑުގެ ވަދާއީ ސަލާމް ކުރިއެވެ. ޝެލީންވެސް ހިނިތުންވެލާފައި ޝާމިންގެ ބޮލުގައި ފިރުމާލިއެވެ. ނިދަން ތިބިއިރު ތިންމީހުންގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. މިރޭމީ އެމީހުންގެ ހިތަށް ފުރިހަމައަށް ހަމަޖެހުން ގެނުވި އުފާވެރި ރެއެކެވެ. އުފާވެރި މުސްތަޤުބަލެއްގެ ފޮނި އުއްމީދުތައް ކުރަމުން ޝެލީންވެސް ދެލޯމަރާލިއެވެ.

******

ޝެލީންގެ ހަޔާތުން ހިތާމައިގެ ބާބުނިމި އުފާވެރިކަން އޭނާއަށް މަރުޙަބާ ކިޔައިފިއެވެ. ޝާމިންއާއި ޝިޔާޒްގެ ފަރާތުން ތާއަބަދު އަޅާލުމާއި ލޯބިލިބެމުން ދިޔައެވެ. ޝާމިން އަބަދުވެސް އޭނާގެ މަންމަގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރެއެވެ. ގިނަ ވަގުތު ޝިޔާޒްވެސް ގޭގައި ހޭދަކުރެވޭތޯ މަސައްކަތް ކުރެއެވެ. ޝެލީންގެ ރައްކަލަކަށް ގޭގެ ސެކިއުރިޓީ ވަރުގަދަކުރިއެވެ. އެންމެ ޒަމާނީ އިލެކްޓްރިކް ހޯމް ސެކިއުރިޓީ ސިސްޓަމެއް ހަރުކުރިއެވެ. މިހާރު ބޭރުގައި ހުންނަނީ ކާކުކަން ނޭނގިގެން ބިރުގަންނާކަށް ނުޖެހޭނެއެވެ.

ސަމީރާގެ މަތިން ކުޑަކޮށްވެސް އެއިން މީހަކު ހަނދާންހުރިހެނެއް ހިއެއްނުވެއެވެ. ސަމީރާ ގެޔަށް ގުޅާގުޅާ ވަރުބަލިވާއިރުވެސް ފޯނުނަގާނެ މީހަކު ނުވެއެވެ. ޝިޔާޒްގެ ފޯނު ނުނަގާތާނގައި ޝާމިންވެސް ފޯނުނަގަނީކީ ނޫނެވެ. ރިފްޝާންއާ ގުޅަންކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ. ވާނުވާއެއްނޭނގި ހާސްކަމާއި ބިރުވެރިކަމުން ސަމީރާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އޭނާގެ ހިތްވަނީ ޝައްކާއި ވަހުމުން ފުރިފައެވެ. އޭނާ ނެތުމުގެ ނާޖާއިޒް ފައިދާ ޝެލީން ނެގީކަމުގައި ހިތްބުނަމުން ދިޔައެވެ. ކޯސްނުނިމުނަސް އަވަހަށް މާލެދާން ވީއެވެ. ނޫންނަމަ އޭނާގެ އަތުން ޝާމިންވެސް ބީވެދާނެކަމުގެ ބިރުހީވެއްޖެއެވެ.

މެންދުރު ވަގުތެވެ. ޝިޔާޒްއާއި ޝާމިން ގެޔަށް އަންނަން ވާއިރަށް ކާންތައްޔާރުކުރުމަށް ޝެލީން އަވަދިނެތި އުޅެއެވެ. ކުއްލިއަކަށް ސެކިއުރިޓީ ސިސްޓަމުން އެލާރމް އެޅުމުން އޭނާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ދޮރާދިމާއަށް ހިގައިގަތެވެ. ދޮރުކައިރީ ހުރި ސްކުރީން އަށް ބަލާލުމާއެކީ ފެނުނު މީހެއްގެ ސަބަބުން ހައިރާންވެފައި ޝެލީންއަށް ބަލަން ހުރެވުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ޢަޞްރު (ބާރަވަނަ ބައި)

Next

ޝެލީން 21

Next
December 6, 2016

ޝެލީން 21

Previews
December 5, 2016

ޢަޞްރު (ބާރަވަނަ ބައި)

34 Comments!

  1. Sara says:
    December 5, 2016 at 6:45 pm

    V v reethi

  2. Shaainn says:
    December 5, 2016 at 7:02 pm

    V reethi. Yes im first dhwww

  3. alu says:
    December 5, 2016 at 7:04 pm

    so nice adhi mirey 1 part genesdhyba

  4. zoo says:
    December 5, 2016 at 7:04 pm

    salhi

  5. eu says:
    December 5, 2016 at 7:08 pm

    Shine. ohhhhh just wow

  6. Amath says:
    December 5, 2016 at 7:16 pm

    Sameera vadaigathy dhw ?, v v v reethi mi part vex??

  7. Anonymous says:
    December 5, 2016 at 7:16 pm

    Wow superb ?

  8. Ekkala kujjaa says:
    December 5, 2016 at 7:21 pm

    Alam o sameeraa?? Right??

  9. Fin says:
    December 5, 2016 at 7:30 pm

    Varah salhi mi part <3 :-*

  10. anikshan says:
    December 5, 2016 at 7:39 pm

    obinoovey

  11. Liny says:
    December 5, 2016 at 7:40 pm

    Nice v

  12. Maari says:
    December 5, 2016 at 7:48 pm

    Varah vvvv salhi mi part
    Mi othy mi site n ky story eh ge hulasa eh.. Me handhaan eh neh e story ge name eh vx e story liyunu writer ge name eh vx… Me varah Kiya hihvegen mi ulheny e story miadhu.. Me ah varah salhi story eh ey.. Ehnvyma ehvvx kujjakah e story ge name viyas e story liyunu writer ge name viyas handhaan huriyyaa bunedhyba.. Plx plx plx
    E story ga ulheny varah boy koh ulhey kujjeh.. Eyna varah molhu vane.. Ehnve eyna fonuvy male eynage dad molhah kiyavadheyn.. Dhen eyna kiyavan huri gey boy eh eyna ah Varah jessun kurane.. Ekm fahun dhe myhun vx ekaku anekaku dheke loabi vany.. Dhen e boy ge dad ah e relationship ingunyma e boy ah force kurane Ehn kujjaka marry kuran.. E force kura kujja varah loabi vane e boy dheke.. Nd they were childhood friends.. Dhen e myhun marry kohgen ulhenikoh e girl pregnant vegen eyna vihan vefa oeh rey ingeyne e boy loabi vany e boy eh hen ulhunu kujja dheke kan.. Ekm e girl vihaumuga maruvany… Dhen e dharifulhu gengulheny e boy ekani.. Some years later dhakkane aneh girl varah molhah kiyavaigen varah bxy koh ulheythan.. Dhen fahun e dhemyhun dhiya vegen marry kura than..

    1. Sujy says:
      December 5, 2016 at 9:42 pm

      Thee laaraa ge story eh…vnews ga abain…:-)

    2. Xaa says:
      December 5, 2016 at 9:42 pm

      Arufeen tha e gal ah kiyany..if so dats lara ge hureeme thihithun jaaga dheytho

    3. Maari says:
      December 5, 2016 at 11:15 pm

      Thank you guys :-*

  13. maree says:
    December 5, 2016 at 7:55 pm

    vv reethi v furihama

  14. Anonymous says:
    December 5, 2016 at 8:03 pm

    Asluves v furihama hama heevee ethaaga hurevunuhen dhen eaailaain sameeraa ah jaagaehnudheythi shine

  15. Nazima says:
    December 5, 2016 at 8:13 pm

    Hureemey thihithun jaaga dheytho laaraage vaahakayeh

  16. Nazima says:
    December 5, 2016 at 8:14 pm

    Varah reethi shine u r the best ?

  17. Maush says:
    December 5, 2016 at 8:42 pm

    Wow v salhi☺

  18. new says:
    December 5, 2016 at 8:45 pm

    V.V.V.reethi

  19. Inu says:
    December 5, 2016 at 10:07 pm

    Wow

  20. Thaany says:
    December 5, 2016 at 10:08 pm

    Wow mi waahaka haadha reehchey

  21. Yaal says:
    December 5, 2016 at 10:23 pm

    Wow..waiting for the next part

  22. Ana says:
    December 5, 2016 at 10:51 pm

    Wow!it’s perfect????

  23. Shine says:
    December 5, 2016 at 11:23 pm

    THANKS ALL….GOODNIGHT

  24. Naadhee says:
    December 5, 2016 at 11:32 pm

    V v reethi

  25. pinker says:
    December 6, 2016 at 7:55 am

    Miadhu 21st vana bai thankolheh avahah up kolla dhehchey shine
    pls….kiya hithun iru iru kolhun up koffi tho eba beley….

  26. Azu says:
    December 6, 2016 at 9:53 am

    Hureeme thihithun jaaga dheytho…v news ah vadhe story bai hulhuvaigen page thah balaalaa….eyrun evaahaka fennaane…..

    1. Ekkala kujjaa says:
      December 6, 2016 at 9:58 am

      I though you were writting a sng.. lo

  27. Anonymous says:
    December 6, 2016 at 10:06 am

    Alhe shine avaskohdheebala eaeee kaakuthobalaa hithun hureveneekeenoon shine avas

  28. azuha says:
    December 6, 2016 at 12:14 pm

    Shine Plx avaha up kodeebala. Vaahakaaa ina pic ga burugaa naalhaathi v sakarai

  29. Dream girl says:
    December 6, 2016 at 12:20 pm

    Shine darlin..story kba

  30. Herrr says:
    December 6, 2016 at 12:23 pm

    E vaany Sameeraa ah.. lovely family. Avas avs

Comments are closed.

Next Episodeޝެލީން 21←


All Right Reserved!