“އައި ކާންޓް މެރީ ޔޫ…” ތުރުތުރުލަމުން ދިޔަ އަޑަކުން މިކްޔާއަށް އެހެން ބުނެވުނީ ނުހަނު އުނދަގުލުންނެވެ.
އެވަގުތު ޝަމާންގެ އަތް މިކްޔާގެ އަތުން ދޫވި ކަމުގެ އިހުސާސްވުމާއެކު އިސްއުފުލާ މިކްޔާ ބަލާލިއެވެ. އެދެމީހުންގެ ފަހަތުގައި އެކޮޓަރީގައި ހުރި ސީމާގެ އަތުގައި ހުރި ފައިލްތައްވެސް ބިންމައްޗައް ވެރުނީ ހަމަ އެވަގުތުއެވެ. މިކްޔާއާއި ޝާމާން އަށް އެކުއެކީ ސީމާއާއި ދިމާއަށް ބަލާލެވުނެވެ. ސީމާ ހުރީ ހަދާނެގޮތެއް ނޭނގިފައި އެދެމީހުންނާ ދިމާއަށް ބަލހައްޓާއިގެންނެވެ. ދާދި ދެންމެ މިކްޔާބުނި އެއްޗަކުން ހައިރާންވީނަމަވެސް ސީމާގެ ހިތުގައި ޝަމާން ހާސިލް ކުރެވިދާނެކަމުގެ އުއްމީދު އާވެލިއެވެ. ސީމާގެ ދެލޮން އެކަމުގެ އުފާވެރިކަން ވިދަމުން ދިޔައެވެ.
މިކްޔާ ސީމާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ކަމެއް ދިރާސާ ކުރާފަދައަކުންނެވެ. އެދެލޮލުގައި ޝަމާންއަށްޓަކައި ފޮރުވިފައިވާ ލޯބި މިކްޔާއަށް ފާޅުވާން ހުއްޓެވެ. އެކަމުގެ ސަބަބުން މިއަދު މިކްޔާގެ ހިތައް އަސަރެއް ނުކުރީ ކީއްވެ ހެއްޔެވެ؟ މިކްޔާގެ ހިތް އެދެނީ އައުފްގެ ހިމާޔަތަށް ދިޔުމަށެވެ. ދިގު އިންތިޒާރަށްފަހުވެސް މިއަދު ޝަމާންގެ ހައްޤަކަށްވުމަށް ފުރަތަމަ ފިޔަވަޅު އެޅުނުކަމުގައި ވިޔަސް މިކްޔާއަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އޭގެ ސަބަބަކަށްވީ އައުފާއި މެދު އުފެދުނު ގާތް ގުޅުމެވެ. ނޭނގި ހުއްޓާ އައުފް އެހިތުން ޖާގައެއް ހޯދައިފިއެވެ. މިއަދު އައުފް ގެއްލި ހިނގައިދާނެ ބިރު މިކްޔާގެ ހިތައް ވެރިވުމާއިއެކު ނިދާފއިވާ ހިއްސުތައް ހޭލައްވާލައިފިއެވެ.
މާހައުލުގެ ނުތަނަވަސްކަމުން ތިންމީހުންނަށްވެސް އުނދަގޫވަމުން ދިޔައެވެ. އިސްވެ ވާހަކަދެއްކީ ސީމާއެވެ.
” އަހަރެން މިފައިލްތައް ނިންމާލާފަ ހަވާލުކޮށްލާނަން..ދެން މިގަޑީގަ ގޮސްލަނީ” އެތަނުން ދުރަށްދާން ބޭނުންވެފައި ހުރި ސީމާ އެހެން ބުނެލުމަށްފަހު ބިންމަތީގައިވާ ފައިލްތައް ނަގައިގެން އެކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
ޝަމާން ދެންވެސް ބަހެއް ނުކިޔާ ހުރީ ބުނާނެ އިތުރު އެއްޗެއް ނުވިސްނުމުންނެވެ. މިގޮތަށް ކަންތައް ވެދާނެ ކަމަށް މާކުރިންވެސް އޭނައަށް ލަފާކޮށްލެވިފައިވީ ނަމަވެސް އެކަމާ ކުރިމަތިލާން ޖެހުމުން ހިތަށް ވަރަށް އަސަރުކޮށްފިއެވެ. އެތައް ޒަމާނަކަށްފަހު އަލަތު ލޯބި ކަމިޔާބުވާން އުޅެފައިވެސް ބީވެގެން ގޮއްސިއެވެ. މިކްޔާގެ އުފަލަކީ އައުފް ކަމުގައިވާނަމަ ޝަމާން އެގޮތާއި ރުހިޤަބޫލުވާނެއެވެ. ނަމަވެސް ހިތުގައި އެތައް ޝަކުވާއެއްވިއެވެ. އެޝަކުވާތައް ދުލާހަމައަށް ގެންނަން ނުކުޅަދާނަވާހާލު ޝަމާން އެތެރެއަށް ވަދެ އެނދުގައި އިށީނެވެ.
ޝަމާންގެ ފަހަތުން އެތެރަށް ވަތް މިކްޔާ ވެސް ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެނދުގައި ޝަމާން ކައިރީގައި އިށީނދެލުމަށްފަހު އެމޫނަށް ބަލާލިހިނދު މިކްޔާގެ ހިތައް ވަރަށް ތަދުވިއެވެ.
“އަހަރެންނަށް އިނގޭ ޝަމާން ވާނެ ދެރަ..އެކަމަކު މިވީހާ ދުވަހު އަހަރެންނަށް އެހީވެ އަޅާލި މީހަކީ އައުފް…އަހަރެންގެ ނުކުޅެދުންތެރިކަމާއެކުވެސް ބަލައިގަތީ ހަމަ އޭނާ..އަހަރެންގެ ޚިދުމަތުގައި ކޮށްދިން ކަންތަކުގެ އަގު އަހަރެންނަށް އަދައެއް ނުކުރެވޭނެ..” މިކްޔާގެ ވާހަކަތައް އަޑުއަހަން އިން ޝަމާން އިސްއުފުލާ މިކްޔާ އާއި ދިމާއަށް ބަލާލީ ދެންމެ އެދެއްކި ވާހަކަތަކަކީ އޭނާއަށް އާ ވާހަކަތަކެއް ވީމައެވެ. މިކްޔާ ނުކުޅެދޭ މީހަކަށްވީ ކޮން އިރަކު ހެއްޔެވެ؟ މިހާރުވެސް އޭނާގެ ކުރިމަތީގައި އެއިނީ ސަލާމަތުންނެވެ.
އެދުވަހުގެ އެކްސިޑެންޓަށްފަހު މިކްޔާ އޭނާގެ ދިރިއުޅުމަށް އައި ހިތާމެރި ދުވަސްތަކާ އެދުވަސްތަކުގައި އޭނާ އުފުލި ވޭނާއި ހިތްދަތިކަން ކިޔައިދިނެވެ. އަދި އޭނާގެ އުފަން މަންމައާއި ބައްދަލުވީ ގޮތާއި އައުފްގެ ފަރާތުން ލިބުނު އޯގާތެރިކަންވެސް ހިއްސާކުރިއެވެ. އެއަށްފަހު އެހިތާމަތަކުން ދުރުވެ އަމިއްލަ ފައިމައްޗައް ތެދުވުނު ގޮތްވެސް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.
އެކޮޓަރީގެ ބޭރުގައި ހުރި ސީމާ އިންތިޒާރުކުރަމުން ދިޔައީ ޝަމާންގެ ފަރާތުން ބަހެއް އިވޭނެ އިރަކަށެވެ. ޝާމާން އެހާ ފަސޭހައިން އޭނާގެ ލޯބި ދޫކޮށްލާނެ ހެއްޔެވެ؟ މިކްޔާގެ ވާހަކަތަކުން އޭނަ އައުފާއިއެކު އުޅެން ބޭނުންވާކަން ދޭހަވެއެވެ. މިހާ ދުވަސް ފަހުން ކުޑައިރުގެ ލޯބި ލިބުމުންވެސް މިކްޔާ އެގޮތަށް އެނިންމީ އެހިތުގައި ފެވިފައިވި ޝަމާންގެ ނަން ފަނޑުވެފައި ވުމުންކަން ޔަޤީނެވެ.
“އަހަރެން އަބަދުވެސް މިހާރުވެސް ލޯބިވަނީ މިކީ ދެކެ…އެކަމެއް ދުވަހަކަކުވެސް ބަދަލެއް ނުވާނެ..މިކީ އަށް އަހަރެންނާއެކީގައި އުފަލުގައި އުޅެވިދާނެ ކަމުގެ ޔަޤީންކަން ނެތިއްޔާ އަހަރެންވެސް ބޭނުމެއް ނޫން ނަމެއްގައި ކައިވެންޏެއް ކޮށްގެން އެކަމުގެ ހިތްދަތިކަމުގައި އުޅޭކަށް..މިކީ ބޭނުންގޮތަކަށް ކަންތައް ކުރަންވީ…އަހަރެން ނެތިން އެއްވެސް ކަމަކަށް ފޯސް ކުރާކަށް..މިކީ އުފަލުގައި އުޅެންޏާ އަހަރެންވެސް ވަރަށް ހިތްހަމަޖޭނެ..” ޝަމާންގެ އަޑުގައިވި އަސަރުން އެކަނިވެސް މިކްޔާއަށް ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު ކުރުވިކަހަލަގެ އިހުސާސެއް ކުރެވުނެވެ.
ސީމާގެ ހިތުގައި އުތުރި އަރަމުންދާ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުދަގޫވަމުންދިޔައެވެ. ޝަމާންގެ ދުލުން ހާމަވި ބަސްތަކުން އެހިތުގައި އާވެފައިވާ ކުޑަ އުއްމީދުވެސް ފަނޑުވެއްޖެއެވެ. ޝަމާން މިކްޔާދެކެ އިންތިހާއަށް ލޯބިވާއިރު އެހިތުން ސީމާއަށް ލިބޭނެ ޖާގައެއް ނޯންނާނެއެވެ. ކޯތާފަތުގައި ބީހިފައިވާ ކަރުނަތައް ފޮހެލަމުން ސީމާ ހިނގައިގަތީ ކޮޓރިއާއި ދިމާއަށެވެ.
**
3 ދުވސްފަސް
ރިޒޯޓްގައި ހޭދަ ކުރެވުނު މަދު ދުވަސްތަކުގައި އެކި މީހުންގެ ދިރިއުޅުމުގައި ތަފާތު ކުލަތައް ޖެހިގެން ދިޔައެވެ. ޒީޝާ ކިތައްމެ ދާން ބޭނުން ނުވިނަމަވެސް މިއަދު އެހުރީ އެނބުރި ގައުމަށްދާން ފުރަން އައިހެވެ. މޫނުމތީގައިވާ ނުރުހުމުގެ ކުލަވަރުން ހިތްހަމަ ނުޖެހިފައިވާކަން ހާމަވެއެވެ. އިރުކޮޅަކާ އަތުގައި އޮތް ފޯނަށް ބަލާލާ ގޮތުން ކޮންމެވެސް މީހެއްގެ ފޯން ކޯލަށް އިންތިޒާރު ކުރާހެން ހީވެއެވެ. މިތަން ފެނިފައި ކައިރީގައި އިން ސޮފިޔާއަށް ބަހެއް ބުނެނުލާ ނީނދެވުނެވެ.
“ޒީ! މާވަރަކަށް ފޯނަށް ތި ބަލަނީޔޯ؟ އަނެއްކާ މާ ހާއްސަ މީހެއްގެ ކޯލެއް އަންނަނީތަ؟” ސަމާސާ ރާގެއްގައި ސޮފިއްޔާ އަހާލިއެވެ.
” ހާދަ ލަސްވަނީ…މިހާރު ކޮންއިރެއް މިތާ މިއިންނަނީ…ވަރަށް ފޫހި ދެން މާކުރިން އެއާރޕޯރޓަށް އައީމަ..” ޒީޝާގެ ޝަކުވާއަކަށްވީ މާކުރިން މާލެ ގެނައުމުންނެވެ. ފުރަން އަދި 1 ގަޑިއިރު އެބައޮތެވެ.
ޒީޝާ ފޯނު ވައިބްރޭޓް ވުމާއެކު އަވަހާ ފޯނަށް ބަލާލިއެވެ. އެހިނދު އޭނާއަށް ފެނުނީ އެންމެ އިންތިޒާރު ކުރަމުންދާ މެސެޖެވެ.
“ހޯޕް ޓް ސީ ޔޫ ސޫން..ޑޯންޓް ފޮގެޓް މީ.. ލަވް ޔޫ ބޭބީ..” އިކުރާމްގެ އެމެސެޖުންވެސް އޭނާ ޒީޝާދެކެ ލޯބިވާ ކަމަށް ޤަބޫލު ކުރެވުނެވެ. ޒީޝާއަށް ނޭނގުނު ކަމަކީ އިކުރާމް ލޯބިވަނީ ހަމައެކަނި އޭނާގެ ޖިސްމުދެކެ ކަމެވެ. ޒީޝާ އަކީ މިދުވަސްކޮޅުގައި އޭނާ އެންމެ “ލޯބިވާ” މީހާއެވެ. މޫސުން ބަދަލުވާ ހަލުވި މިނުގައި އިކުރާމްގެ ދިރިއުޅުމަށް އަންހެނުން އާދެއެވެ. ކޮންމެ މީހެއްގެ ފަރާތުންވެސް އޭނާ ބޭނުންވަނީ އެންމެ ކަމެކެވެ.
ހިނިތުންވެ އިނދެ އެމެސެޖަށް ރިޕްލައި ކޮށްލުމަށްފަހު އިސްއުފުލާލިވަގުތު ކުރިމަތިން ހިނގާފައި އައި ސޫރަފެނި ޒިޝާ ހައިރާން ވިއެވެ.
” މީނަ މިތާ ކީއްކުރަނީ؟” ހައރާންވީ ވަރުން ޒީޝާ އަށް އެހެން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. އެވަގުތު ކައިރީގައި އިންސޮފިއްޔާވެސް އިސްއުފުލާ ބަލާލިއެވެ. އެމޫނުމަތި އުޖާލާވެގެންދިޔައީ ކުރިމަތިން ހިނގާފައި އަންނަ ތިން މީހުންފެނިއެވެ.
މިކްޔާގެ ފަހަތުން ކަހަލަ ގޮތަކަށް އައި ޝަމާން އާއި ސީމާވެސް އައީ ފުރަން ތައްޔާރު ވެގެންކަން އެދެމީހުން ދަމަމުން އައި ފޮށިތަކުންވެސް އިނގެއެވެ.
“އަހަރެމެން ނުލާ ފުރަންތަ ތިއުޅެނީ؟..އެހެންވެ ދޯ މާއަވަހަށް ތި އައީވެސް..؟ ސީމާ އޭނާަގެ މަޖާ ރާނގުގަނޑުގައި ބުނެލިއެވެ.
ސޮފިއްޔާ އަދިވެސް ހުރީ ވާނުވާއެއް ނޭނގިފައެވެ. މައިކަލް ބުނި ގޮތުން ކައިވެންޏަށް ބޭނުންވާ ސާމާނު ގަންނަށް އެމީހުން ސްވިޒްލޭންޑަށް ދަނީއެވެ. މިކްޔާމެން މިދަތުރުގައި ބައިވެރިވާކަމެއް އޭނައަށް އެނގިފައި ނެތެވެ. އެހެން ކަމުން ކުއްލިއަކަށް ތިން މީހުން ފެނުމުން އޭނާ ހައިރާންވީއެވެ.
“ދަރިފުޅުމެންވެސް ނުބުނަމެއްނު އެކޮޅަށްދާ ވާހަކައެއް” ޝަމާން އަށް ހިނިތުންވެލަމުން ސޮފިއްޔާ ބުނެލިއެވެ. މިވީ މަދު ދުވަސްކޮޅުގައި ޝަމާން ވަނީ ސޮފިއްޔާގެ ހިތުން ޖާގައެއް ހޯދާފައެވެ. ޝަމާންގެ އެހުންނަ މަޑުމައިތިރި ގޮތް ސޮފިއްޔާއަށް ވަރަށް ކަމުދިޔައެވެ. އަދި އާލިމާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކަށްވުމުން ސޮފިއްޔާވެސް ދެކެނީ އަމިއްލަ ދަރިއެއްގޮތަށެވެ.
ޝަމާންގެ ފަރާތުން އާލިމާގެ ވާހަކަ އަޑު އަހާފައި ސޮފިއްޔާ ވަރަށް ރޮއެ ހިތާމަކުރިއެވެ. އާލިމާ ކައިރިއަށް ދާން ބޭނުން ވިޔަސް ނުދެވުނީ ޑޮކްޓާރުން އާލިމާއާއި އެއްވެސް މީހަކު ބައްދަލު ނުކުރުމަށް އިލްތިމާސް ކުރުމުންނެވެ. މިދުވަސްކޮޅު އާލިމާގެ ހާލަތުވަނީ ވަރަށް ގޯސްވެ ކަންބޮޑުވާ ހިސާބަށް ގޮސްފައިއެވެ. ނަމަވެސް ޑޮކްޓަރުން އުއްމީދު ކުރަނީ އަދި ރަނގަޅުވާނެކަމަށެވެ. މިކްޔާ އާއި ސޮފިއްޔާގެވެސް ދުޢާއަކީ ކުށެއްނެތް މީހަކަށް އެވަރުގެ ބޮޑު ޝަޒާއެއް ނުދެއްވުމަށެވެ. އަދި ވީހާވެސް އަވަހައަށް އާލިމާ އެކަމުން ސަލާމަތް ވުމަށެވެ.
” މަންމާ އަޅުގަނޑު ގަސްދު ކުރަނީ އެކޮޅުގައި ކައިވެނި ކުރަން..އެހެންވެ ދެން ހަމަ ކުއްލިއަކަށް ހަމަޖެހުނީމަ އަންގާވެސް ނުލެވުނު..އަނެއްކާ ރޭގަ ވަރަށް ބިޒީކޮށްއުޅުނީ.. ސީމާ އާއި ދެމީހުން ޕްރޮޖެކްޓެއް ނިންމާލަން ވެގެން…ފުރުމުގެ ކުރިން ކޮންމެހެންވެސް ނިންމަންޖެހޭކަމެއްވީމަ..ރޭގަ ނުވެސް ނިދުނު..ދެން އެކޮޅަށް ގޮސް ހަމަޖެހިލައިގެން އަރާމު ކޮށްލާނީ…” މާނައިން ފުރިގެންވީ ބެލުމަކުން ޝަމާން އަށް ނަޒަރެއް ދެމުން މިކްޔާ ބުނެލިއެވެ.
މިކްޔާގެ ވާހަކަތަކަށް ސަމާލުވެގެން ހުރި ޒީޝާގެ ހިތަށް ނުބައި ގޮތްތަކެއް ވެގެން ދިޔައެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅެޔޭ ހިތް އެބަ ބުނެއެވެ. ޒީޝާއަށް އެނގޭހާވެސް އެއްޗަކީ އޭނާ ދިރިހުރިހާހިނދަކު އައުފް އެހެން މީހެއްގެ ހައްޤަކަށް ނުވާނެ ކަމެވެ. އެކަމަށްޓަކައި އޭނާ އެވަނީ އިކުރާމްއާއި އަތް ގުޅުވާލެވިފައެވެ. އިކުރާމްގެ އިރުޝާދުގެ ދަށުން ޒީޝާ އޭނާގެ މަޤްސަދު ހާސިލް ކުރާނެއެވެ. ކޮންމެފަދަ ޤުރުބާނީ އެއް ވާންޖެހުނަސް ޒީޝާ ފަހެއް ނުޖެހޭނެއެވެ.
**
އަމާން ދަތުރަކަށްފަހު ހުރިހާއެއްމެނަށްވެސް މަންޒިލަށް ވާސިލް ވެވިއްޖެއެވެ. ވެފައިވާ ވަރުބަލިކަން ފިލުވާލުމަށް ބޭނުންވެފައި ހުރި ޒީޝާ މަޑުކުރުމެއްނެތި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ބާކީ ތިބި މީހުން ސިޓިންރޫމްގައި މަޑުކުރީ ސޮފިއްޔާގެ އެދުމަށެވެ. ކުޑަ އިރުކޮޅެއްފަހުން މަރިޔާ އާއި އެގޭގައިއުޅޭ އެހެން ނޯކަރަކު ހަވީރުގެ ސައި ހިފައިގެން އައެވެ.
ސިޓިން ރޫމްގައި މާ އަޑުގަދަވެގެން ކޮޓަރީގައި އޮތް އައުފް ޓީޝާޓެއް ބޮލަށް މަހާލަމުން ނިކުތެވެ. ސިޑީގެ އެންމެ މަތީ ހަރުފަތުގައި ހުއްޓުމާއެކު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ޝަމާން އާއި ސަކަރާތް ޖަހަމުންދާ މިކްޔާއެވެ. އެމޫނުމަތީގައިވާ ހިނިތުންވުން ފެނި އައުފްގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. ހަމަ އެސިކުންތު ދެލޯ ފެންކަޅިވެސް ވިއެވެ. ތަޤްދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. އޭނާ ދެކެން ބޭނުން ނުވާ މަންޒަރުތަށް ފެންނަމުން އެދަނީ ހިތް ޒަޚަމް ކުރަމުންނެވެ.
މިކްޔާއަށް އައުފް ފެނުމާއިއެކު އަތުގައި ހުރި ކޮފީތަށިވެސް ބަންޑުން ނުވީ ހަމަ ކިރިޔާއެވެ. ޝަމާން ނުހިފެހެއްޓިނަމަ އެހޫނު ކޮފީތަށި މިކްޔާގެ ގަޔަށް ބަންޑުންވާނެއެވެ. މިކްޔާއަވަސް އަވަހާ ނަފްސް ހަމައަކަށް އަޅުވާލަމުން އަނެއްކާވެސް ޝާމާން އާއި ވާހަކަފެށިއެވެ. ތަންކޮޅެއް ދުރުގައި ސީމާ އިނީ ފޭކް ހިނިތުންވުމެއް މޫނުމަތީގައި ކުރަހާލައިގެންނެވެ.
**
ރޭނގަޑުގެ ވަގުތެވެ. އައުފްގެ ލޮލަށް ނިދި ނުލިބިގެން ދެފަރާތަށް ފުރޮޅެމުން ދިޔައެވެ. މިކްޔާގެ ހަނދާންތައް މާބޮޑަށް އުނދަގޫ ކުރަނީއެވެ. އެގޮތުގައި އެތައް އިރަކު އޮތުމަށްފަހު މޮޅު ހިޔާއެއް ސިކުނޑިއަށް އައުމާއި އެކު ބެލްކަންޏަށް ނިކުތެވެ. މިކްޔާގެ ކޮޓަރީގެ ފަނޑު އަލި އެކޮޓަރީ ބެލްކަންޏަށް އެޅިފައިވުމުން އައުފަށް ހީލެވުނެވެ. ސިއްރު ސިއްރުން އެތެރެއަށް ފުންމާލުމަށްފަހު މިކްޔާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އަރާމުކޮށްނިދާފާއި އޮތް މިކްޔާފެނި އައުފަށް މެއާ ދިމާއިން އަތް އަޅާލެވުނެވެ. މި ލޯބި ކުއްޖާ އޭނާގެ ނަސީބަށް ވީނަމަ ކޫރުމެއްވެސް ނޭޅޭނެހާ ލޯބިން ހިތުގައި ފޮރުވާލާނެއެވެ. ހިތް ފުރޭވަރަށް ލޯތްބާ އަޅާލުން ދޭނެއެވެ. އެހެނަސް…….
މިކްޔާ އޮތް އެނދުކައިރީގައި ކުރުކަކޫ ޖަހައިގެން އިށީނުމަށް ފަހު އެމޫނަށް ފުން ނަޒަރެއްދިނެވެ. ދެންމެ ފެންވަރައިގެން އޮތްކަން އެތާޒާ މޫނުމަތިން އެނގެއެވެ. އައުފް ގުދުވެލުމަށްފަހު މިކްޔާގެ ނިތުގައި ބޮސްދިނެވެ. އެވަގުތު މިކްޔާ ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. ދާދި ގާތުގައި އިން އައުފް ފެނުމާއިއެކު މިކްޔާއަށް ސިހުން ލިބި އަނގައިން ތޫލި އަޑެއް ބޭރުވިއެވެ.
އައުފަށްވެސް ހަނށިގަނޑު ބެލެންސްނުކުރެވި މުށިގަނޑުމަތީގައި އިށީނދެވުނެވެ. އެވަގުތު މިކްޔާއަށް ހިލެވުނީ ބޭއިޚްތިޔާރުގައެވެ. އައުފް ބަލާލުމާއެކު ރުޅިއައި ކަމަށް ހެދެމުން ބުމަގޮށްޖަހާލިއެވެ.
” ކީއްކުރަން މިދަންވަރު ހިލޭ އަންނެއްގެ ކޮޓަރިއަށް ވަންނަނީ؟..އެހެން ނޫނަސް އަހަރެން މިއީ މީހެއްގެ ވާން އުޅޭ އަންބެކޭ..ތި ގޮތަށް މި ކޮޓަރިއަށް ވަނުމުގެ ކޮން ހައްޤެއް އޮތީ؟” ހަރުކަށި ރާގެއްގައި މިކްޔާ ސުވާލުކޮށްލީ ހިނިގަނޑު މަތަކުރަމުންނެވެ.
ކުއްލިއަކަށް އައުފް ތެދުވެ މިކްޔާގެ ގައިމައްޗަށްވާގޮތަށް އޮށޯވެލީ އެބާރުގަދަ ދެއަތުން މިކްޔާގެ ދެއަތް ހައްޔަރު ކޮށްލަމުންނެވެ.
މިކްޔާގެ ކަނދުރާގައި އައުފްގެ ތުންފަތް ޖައްސާލުމާއެކު މިކްޔާއަށް ލޯމަރާލެވުނެވެ.
“އަހަރެންގެ ހައްޤަކީ ކޮބާކަން އަންގަންވީތަ؟” ވައިއަޑުން އައުފް އެހެން ބުނެލުމާއިއެކު މިކްޔާގެ ގައިން ހީބިނަގައިގެން ދިޔައެވެ. ހަށިގަނޑަށް ކުޑަލޮޅުމެއް އަރައިގެންދިޔައެވެ.
ބޯ ހިއްލާލުމަށްފަހު އައުފް ބަލާލީ މިކްޔާގެ މޫނަށެވެ. މެރިފައިވާ ދެލޯފެނި އައުފްގެ ތުންފަތްމަތީ ހިތުންވުމެއް ދުވެލިއެވެ. އޭނާގެ ހިތް އެދި ގޮވަމުންދިޔައީ ތުރުތުރު އަޅަމުންދާ މަޑުފިޔާތޮށި ކުލައިގެ ތުންފަތުގެ މީރުކަން ލިބިގަތުމަށެވެ.
2621 Comments
Comments are closed.
i knw its nt long enuf to satisfy such a lovely readers…i truly appreciate all ur support ☺ ❤ hope u all will continue like this until de end…?
please leave ur views abt de story n lemmi knw de mistakes…✌ gnyt all…love you..?✌❤
Habeys
thanks aishoo..☺
Dhen haadha kurey.. varah salhi miharau vaahaka dhaagoii..
thankz Aim Sithu..happy to c ur comment ??
kiyvetha ehaa kury. bunymennu up nukurevigen madu kuri dhuvasthakuga vaahaka liyany ey mi n up kuran fashaa iru daily twce up kuraanamey
mihaar foohi vey eba vaahaka kiyan vx
foohi vanya nukiyaaba.. i just love this story
yeah i wrote few episodes…but it got deleted n i cudnt restore it…hope u ll understand the situation. .?
Varah foohi mivaahakaage nimun shamaan ah mikyaa nulibi maa fahun aaa meehakah mikiyaa mi libunee i hate
But I love it.. mikya n Auf Maa gulhey
life is like this dear…loabivaa meehaa nulibunas hama ufaluga ulheymeehun ulhey…ekan experience kohfa thibey meehunah understand vaane….btw thank u for de comment…☺
omg omg.. alhe wowwwwooo.. haadha reechey mi part.. kayahandy when next part.. please please avas kohdhehchey ingeyy.. love you.. story hama habeysssss !!! ??
omg omg shaa? heheh…happy to c such a lovely comment..?
insha allah soon i ll upload it…keep waiting ☺ ❤ ? ✌
v hadi vejje mihr story… shamaan deserves mikya… shamaan n mikya maa best…
Hehehe. Mau. Ekakuge 1st choice anekakuge last choice ahves vedhaane dho. Seema and shaman, Auf and Miky, egoiy mashah kamudhanee. So Story hama habeyxxxxxx.
Thi hiyaaluga fau vas Booooo aa ebbai. And story varah habbu
story is very nice???
i love you kayashandy ????
thanks for writing, even when it is short or long..
your one of my best writers????
Nice
Nice..kobaa tha next part waiting for that
Kobaaatha next part