“ނަޝް… އަހަރެން ބޭނުން އަންޖޫއާ އިންނަން… ދެއަންބަށް…” ދެއަތް ދެއަތާ މޮޑެމުން ރާހުލް އެހެން ބުނެލީ ޖެހިލުންވެހުރެއެވެ. އިވުނު ވާހަކައާ މެދު ޔަޤީންނުވެ ހުރެ ނަޝްފާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ރާހުލްއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެ މޫނުމަތިން ހިނދުކޮޅަކަށް ހައިރާންކަން ފާޅުވާން ހުއްޓެވެ. އެއަށްފަހު ދެން އެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. “އަސްލުވެސްތަ ރާހުލް؟ ހަމަ އަސްލުވެސްތަ؟” ނަޝްފާ ހިނިތުންވެ ހުރެ ރާހުލްގެ ދެ އަތުގައި ހިފާލަމުން އަހާލިއެވެ. ނަޝްފާ އުޅޭ ގޮތުން […]
އިރުކޮޅެއްވީތަނާ ކުޑަކުއްޖަކު، ރޯއަޑަށް ތެދުވެ އެއަޑު އަންނަދިމާލަށް ބަލައިލީމެވެ. ބަލައިބެލުމަށް 2 އަހަރުވެސް ނުވާ ކުޑަކުއްޖަކު ރޮމުން އަހަންނާދިމާލަށް އަންނަތަންފެނުނެވެ. އަމައެއާއެކު އަހަރެން ގޮސް އެކުއްޖާ އުރާލައި، އެކުއްޖާގެ މައިންބަފައިން ކޮބައިތޯ އެކި ދިމަދިމާލަށް ނަޒަރު ހިންގައިބަލައިލީމެވެ.. ފަހަތުން އަހަރެންގެ ކޮނޑުގައި، މީހަކު އަތްޖައްސާލިއެވެ.. އަހަރެން ފަހަތް އެނބުރި ބަލާލި އިރު އެއީ އަޔާން އެވެ.. އަހަރެން ހުރީ އެވަގުތު ފާޑަކަށް ބޯ އަބުރާތީ، ގެއަށްދާންވެސް ބޭނުންވެފައެވެ.. ނަމަވެސް އެކުޑަކުއްޖާ އޭނާގެ އާއިލާ އާއި ހަވާލުކޮށްފަ […]
ވެހެމުންދާ ވާރެއަކަށް ބެލުމެއްނެތި ހިބާ މަގުއޮތްގޮތަށް ދުވަމުން ދިޔައީ ޔާނިޝް އާއި އޭނާގެ ބައިވެރިން ފަހަތުން އަންނާތީއެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަމުން ގޯޅިއެއް އެޅިވަގުތު ފިރިހެނެއް ގައިގާ ޖެހިފައި ހިބާ ވެއްޓުނެެވެ. ކަޅު ވާރޭ ކޯޓެއްލައިގެން ހުރި އެފިރިހެން މީހާ ވަރަށް ރަނގަޅަށް ހިބާއަށް ބަލާލިއެވެ. ހިބާ ތެދުވަމުން އެހީއަކަށް އަމީހާ ކައިރިން އެދުނެވެ. ނަމަވެސް އެފިރިހެންމީހާ ކަޅިޖަހާވެސް ނުލާ ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އޭރު ޔާނިޝްމެން ދުވަމުން އެދިމާއަށް އާދެއެެވެ. އެމީހާގެ […]
“ކިއާ ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް… އެކަމް ކިއާ ތިކުރީ އެންމެ ރަނގަޅަށް ހުރިހާ ކަމެއްވެސް…. އޭނާއަށް ތި ލޯތްބެއް ހައްޤެއްނޫން ހަމައެހެންމެ ކިއާއަށްވެސް އޭނާ ހައްޤެއްނޫން..” ސަމާހް ބުންޏެވެ. ކިއާރާ ހުމްމް އޭ ބުންޏެވެ.. “ސޭމް އަށް ލޯބި ފާޑެއްގެ އެއްޗަކަށް ވީ ކީއްވެ؟” ކިއާރާ އެހިއެވެ. ސަމާހް ހެމުން ހެމުން ކިއާރާއަށް ބަލައިލިއެވެ. “އެއް ސިޓުއޭޝަންއެއް… އޭޒް ޔޫ…. ލޯބިވާ ކުއްޖާ ލޯބިވަނީ އެހެން ކުއްޖެއް ދެކެ. އެ ހިތް ވަރަށް ކުރިންވެސް ވަނީ […]
ދެމީހުން އޯޑަރ ކުރި އެއްޗިހި މޭޒުމައްޗަށް ގެނެސްދިނުމުން އިކާން އަވަސްވެގަތީ ރޮށިކޮޅަކާއެކު މަސްހުނިކޮޅެއް ޖައްސައިގެން ކާށެވެ. “ދެން އިކާނަށް ޖޮބެއް ލިބިގެން ސެޓްް ވެވުނީމަ ޒިވީ ކައިރިއަށް އެނބުރި ދާނަންތަ؟… މިދެން އަހާލީ އިނގޭ…” އަނގައިގަ ހުރި ކާއެތިކޮޅުތައް ދިރުވާލުމަށްފަހު ފިޒާމް ކުރި ސުވާލަށް ރައްދުދޭން އިކާން ވާހަކަ ދެއްކިއެވެ. “ދެން ދާނަމެކޭ ނޫން.. ބަޓް އަހަރެން ޒިވީ ދެކެ ވަރަށް ލޯބިވިން… އެކަމަކު މަށާ ދޭތެރޭ ޒިވީ ކަންތައް ކުރިގޮތުން މަ ބޭނުންވަނީ ޒިވީ އަހަރެން […]
އެއީ ހުދުކުލައިގެ ހިލަކުނޑިން ފުރިފައިވި ދަންފުޅިއެކެވެ. އޭތި އަގުހުރި ހަދިޔާއަކަށް ވާންވީ ސަބަބެއް ވިސާމަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހަމަ ގައިމުވެސް މިއަށްވުރެ އަގުބޮޑު އެއްޗެހިތައް ބައްޕަ އޭނައަށް ގަނެދީފައިވެއެވެ. އެހެނަސް އެ ސިއްރުވެސް މިއަދު ބައްޕައާއެކީ ވަޅުލެވިގެން ގޮސްފިއެވެ. އެދުވަހު ގެއަށް ދިޔަ ގޮތަށް ވިސާމް އޭނަގެ އަނދިރި ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އަދި އަޑުން އަޑު ނަގައި ރޯންފެށިއެވެ. ބޭރުން އޭނަގެ މަންމަ އޭނައަށް ގޮވާ އަޑު އިވުނެއްކަމަކު އޭނަ އެއަށް އިޖާބަދޭ […]
އަޔާން އަމިއްލަ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާއަށް އިވެމުންދިޔައީ ކިއާރާގެ އަޑެވެ. ކިއާރާ ރުއިރުއިމެވެ. ކިއާރާގެ ކޮންމެ އާދައެކެވެ. އެ ބޮޑު ދެލޮލެވެ. އަޔާން ފުން ނޭވާތަކެއް ލާންފެށިއެވެ. ނޭނގިނަމަވެސް އެ ހިތުގެ މިޝްރާބް ބަދަލުވިއެވެ. އޭނާއަށް ނޭނގުނުކަމުގައިވިޔަސް އަބަދުވެސް އެ ހިތުގެ މިޝްރާބް ބަދަލުކުރަން އުޅެއެވެ. ކިއާރާއަށްޓަކައެވެ. އެ ހިތުގައި ކިއާރާއަށް ދެވުނު މަޤާމުގެ މަތިވެރިކަމުންނެވެ. އޭނާއަށް އެކަން ނޭނގުނަސް އެ ހިތް މިހާރު ތެޅެނީކީ ޝާހީނާއަކަށް ނޫނެވެ. މީގެ އަހަރުތަކެއް ކުރިންވެސް ހިތުގައި އާ […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (4) ގަޔަށް ފިޓް ޓީޝާރޓަކާއި ކަކުލާއި ހަމަޔަށް އަންނަ ސޯޓެއްގައި ޔޫއާން ފެނުމުން ހީވަނީ ކުޅިވަރެއް ކުޅެން ތައްޔާރުވެގެން ހުރިހެންނެވެ. އަރައިގެން ހުރީ ކުޅިވަރު ކުޅޭ ބޫޓަކަށެވެ. ޔޫއާން ޝާޔާ އާއި ކައިރިއަށް އަންނަ ވަރަކަށް ޝާޔާގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ. މަގުމަތީގައި ތިބި މީހުންގެ ނަޒަރު އެދިމާލަށް ހުއްޓިފައި ވުމުން ޝާޔާ ކަންބޮޑުވިއެވެ. ”ހައި.” ޔޫއާން ހުއްޓެމުން ސަލާމަށް އަތްދިއްކޮށްލިއެވެ. ޝާޔާ އަށް ހުރެވުނީ ޔޫއާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ސަލާމަށް އަތްނަގަން […]