ހިތް އެކީ ދެވިއްޖޭ….27
އަޔާން އަމިއްލަ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާއަށް އިވެމުންދިޔައީ ކިއާރާގެ އަޑެވެ. ކިއާރާ ރުއިރުއިމެވެ. ކިއާރާގެ ކޮންމެ އާދައެކެވެ. އެ ބޮޑު ދެލޮލެވެ. އަޔާން ފުން ނޭވާތަކެއް ލާންފެށިއެވެ. ނޭނގިނަމަވެސް އެ ހިތުގެ މިޝްރާބް ބަދަލުވިއެވެ. އޭނާއަށް ނޭނގުނުކަމުގައިވިޔަސް އަބަދުވެސް އެ ހިތުގެ މިޝްރާބް ބަދަލުކުރަން އުޅެއެވެ. ކިއާރާއަށްޓަކައެވެ. އެ ހިތުގައި ކިއާރާއަށް ދެވުނު މަޤާމުގެ މަތިވެރިކަމުންނެވެ. އޭނާއަށް އެކަން ނޭނގުނަސް އެ ހިތް މިހާރު ތެޅެނީކީ ޝާހީނާއަކަށް ނޫނެވެ. މީގެ އަހަރުތަކެއް ކުރިންވެސް ހިތުގައި އާ ވިންދެއް ޖެހުވި އާލިޔާއަށެވެ. މިހާރުގެ ކިއާރާއަށެވެ. ނަމަވެސް އަޔާން އެކަހަލަ އިހްސާސްއެއް އިނގޭވަރަށްވުރެ ހިތާއި ދުރެވެ. އެހިތުގެ އިހްސާސް ތަށް ދެނެގަންނާކަށް މިހާރަކު އޭނާއަށް ނޭނގެއެވެ. އެއީ ލޯބިކަމާއި މެދުވެސް ޝައްކެވެ. އާލިޔާ ހޯދަން އޭނާ އުޅުނީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ހިތަށް ވިސްނައިދިނީ ގެއްލުނު ކުއްޖެއް ހޯދަން ބޭނުންވާކަމުގައި ބުންޏަސް އޭނާ އާލިޔާ ހޯދީ އެ ހިތުގެ ހިތްހަމަޖެހުމަކަށެވެ.
އަޔާން އެ ހުރިހާ ކަމަކާ ވިސްނަން ހަދައިގެން ބޯ ގޮވިއެވެ. ފުން ނޭވައެއް ލަމުން އަޔާން ބޭރަށް ނުކުމެލިއެވެ. އަދި އައި ކާރަށް އަރައިގެން އޭނާ ދިޔައީ ވަކި ދާނެ މިޝްރާބެއް އިނގޭތީކީނޫނެވެ. އޭނާއަށް ވިސްނެނީއެވެ. އެތަކެއް ކަމަކާއެވެ.
ހޯލްތެރެއަށް ވަތް ކިއާރާ ތަންކޮޅެއް މީހުންނާއި ދުރުވިުިއެވެ.. “ހޭ ކިއާ؟” ކިއާރާ ގެ އެއްފަޅިއަކަށް އައިސް ހުއްޓުނު ސަމާހް ކިއާރާއަށް ގޮވާލިއެވެ. އޭނާ ކިއާރާއާއި ވާހަކަ ދައްކަން ބޭނުންވީ ކިއާރާ ސްޓޭޖުން ފޭބިއިރު ހުރިގޮތް އޭނާއަށް ފެނިގެންނެވެ. “ކީކޭ؟ ހުރިހާ ކަމެއް އޯކޭތަ؟ އެން ބައިދަވޭ އަރޫ އެން އޭނާގެ ބޭންޑްގެ ކެއުމުގެ ކަންތަށް ހަމަޖައްސަން ބުނިންތަ؟” ކިއާރާ އެހިއެވެ. ކަމެއްވީހެންވެސް ހީނުވާކަހަލައެވެ.. “ތިކަން ކޮށް ނިމިއްޖޭ އެކަމް ކިއާ ކިހިނެއްވެފަ؟” ސަމާހް އެހެން އެހުމާއި އެކު ކިއާރާ ސަމާހްއަށް ބަލައިލެވުނެވެ. އަދި ހިނިތުންވިއެވެ. “ސޭމް އަނެއް މި… އެބަ އަންނަން އެ ކޮޅުގެ ކަންތަށް ބަލާލާފަ..” ކިއާރާ އެހެން ބުނެފައި ދުރަށް ހިނގައިގަތެވެ. ސަމާހް އޭނާގެ ބޮލުގައި އަތުފުނާ އަޅާލަމުން ހިނިތުންވެވުނެވެ. ކިއާރާ އަކީ ރީތި ކުއްޖެކެވެ. ހިތްހެވެ. އެހާވެސް ރަނގަޅެވެ. އޭނާއާއި ހެދި ހިތްނުލެބޭނެ މީހަކު މަދުވާނެއެވެ. މި ވޭތަކުރި ދުވަސްތަކުގެ ތެރޭގައި އެކުވެރިކަމަށްވުރެ ބޮޑަށް އެހެން ކަމެއް އިހްސާސްވާންފެށިއެވެ. ހުދު އޭނާއަށް ވެސް އެއީ ކީއްވެކަމެއް ނޭނގެއެވެ. ހިތާވީ ފަޅީގައި ދެތިން ފަހަރު ސަމާހް ޖަހާލިއެވެ.
“ކިޓީ.!!! އާދޭ ކާން..” ކާން އިން މައިޝާ ކިއާރާ ބެކްސްޓޭޖަށް ދާތަން ފެނިގެން ގޮވިއެވެ.. ކިއާރާ މައިޝާ ކައިރިއަށް އައިސް އޭނާގެ ކޮލުގައި ހިފައިލަމުން ކާން އިން ޒާއިންއަށް ނަޒަރުހިންގާލިއެވެ. ޒާއިން އެއްޗެއް ނުބުނެ އެ އިންގޮތަށް އިނެވެ. ކިއާރާ ގެ ސަބަބުން އޭނާގެ މޫޑް އޮފް ވީއެވެ. ކިއާރާ ޒާއިންގެ ބޯ ހަޑިކޮށްލަމުން ހޭންފެށިއެވެ.. ޒާއިން ކިއާރާއަށް ބަލައިލާފައި ހިނިތުންވުމެއް އޭނާއަށް ދިނެވެ. “ދެން ކާން އިނދެބަ..” މައިޝާ ބުންޏެވެ. “ނޯ އިޓްސް އޯކޭ.. ފަހުން ކާނަން… ޕާޓީ ނިންމާފަ އެބަ ޖެހޭ ކަމެއްކުރަންވެސް ސޭމްވެސް އެބަ ހުއްޓެއްނު.. އޭނާއާއި އެކު ކާލަފާނަން…” ކިއާރާ ބުނެލިއެވެ. އެއަށްފަހު ދުރަށް ހިނގައިގަތެވެ. ސަމާހް އެތާ ހުރިތަން ފެނުމުން ކިއާރާ އެތަނަށް ޖެހިލާ ޕާޓީ ނިންމާފަ ކުރަން ޖެހޭ ބައެއް ކަންތަށް ބުނެދިނެވެ..
ޕާޓީ ނިމިގެން ދިޔައީ ވަރަށް ހިތްގައިމުގޮތަކަށެވެ. ހަނދާނުން ނުފިލާވަރުގެ ޕާޓީއަކަށް މިކަން ވިއެވެ. ހުރިހާ ޝުކުރެއްވެސް ކިއާރާއަށެވެ. ޒާއިންއާއި މައިޝާ ވަކިން ކާރެއްގައި ދިޔައިރު ފަތުހީމެން އެންމެންވެސް ދިއައެވެ. ފަތުހީ މަޑުނުކުރީ ކިއާރާ ބުނުމުންނެވެ. ލަސްވެފައިވުމާއި އެކު ފަތުހީ ލަހުން ނިދައިފިނަމަ އޮފީހަށް ނުދެވޭނޭބުނެފައެވެ. ކިއާރާ ހޯލްތެރޭ ސަމާހް އާއި އެކީ ކުރަން ބުނި ބައެއް މުހިންމު ކަންތަކުގައި އުޅުނެވެ. “ނަސީބެއް މާ ބޮޑަށް ކެއުންވެސް ވޭސްޓެއްނުވޭ…” ކިއާރާ ބުންޏެވެ. ސަމާހް އެއްބައިވުމުގެ ގޮތުން ބޯ ޖަހާލިއެވެ. “އޯކޭ ދެން ނިމުނީނު ހިނގާދާން..” ސަމާހް އޭނާ ގެނައި ލެޕްޓޮޕް ނަގައިފާ ކިއާރާއާއި އެކީ ހިނގައިގަތެވެ. “ޑްރޮޕްކޮށްދެންވީދޯ؟” ސަމާހް އެހިއެވެ.. “ނޯ އިޓްސް އޯކޭ..” ކިއާރާ އެހެން ބުނެފައި މަގުމަތިން ދިޔަ ޓެކްސީއަކަށް އަތް ހިއްލާލިއެވެ. ސަމާހް ކިއާރާ ދަންދެން ބަލަން ހުރެފައި އޭނާގެ ކާރަށް އެރިއެވެ.
ކިއާރާ ގެއަށް ދިޔައެވެ. ލިބުނު ވަރުބަތްޔާއެކު އޭނާ ފެންވަރާލިގޮތަށް އެނދުމައްޗަށް ދެމުނެވެ.
…….
އޮފީހަށް ކިއާރާ ދިޔައީ ދާހިތަކުންނޫނެވެ. މިއަދަކު ޒާއިން އެއް ނުހުންނާނެއެވެ. ޒާއިން މާލޭގައި ދެދުވަހު ހުރެފައި ފުރާނެއެވެ. ކިއާރާ ގެ ދުވަސް އެކީ ފޫހިކަމާއި އެކު ހޭދަވިއެވެ. އޭނާއަށް ގޮވާލާނެ މީހެއްވެސް ނެތެވެ. ވާހަކައެއް ހިއްސާކޮށްލާނެ އެކުވެރިއެއްނެތެވެ. ކިއާރާ މަސައްކަތުގައި ބުރަވެ އުޅެނިކޮށް އޭނާއަށް އައީ ފޯނެކެވެ. އެއީ ސަމާހް އެވެ. “ހޭ ސޭމް….” ކިއާރާ ބުނެލިއެވެ.
“އާނ ދެން ޕާޓީ ނިމުނީމަ ހަނދާން ނައްތާ ނުލައްޗޭ…”
“ހެހެ އެހެން ހަނދާނެއްނުނެތޭނެއެއްނު… ކިހިނެއްތަ؟ ” އެތަށްއިރަކު ކިއާރާ ސަމާހްއާއި ވާހަކަދައްކަން އިނެވެ. އޭނާ ދައްކާ މަޖާ ވާހަކަތަކުން ކިއާރާ ހެއްވާލައެވެ. “އޭ ބިޒީ ވެއްޖެ…. ބައި އިނގޭ…” ކިއާރާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ދާދި ދެންމެއަކު އޭނާއަށް ހަވާލުކޮށްފައި ދިޔަ ފައިލްއަށް ބަލަންފެށިއެވެ. ފަތުހީ އޮފީހުގައި އިނދެފައި މެންދުރު ހުޅުމާލެ ދިޔައީ ކުޑަ މުހިންމު ކަމަކުއެވެ. އެހެންކަމުން ކިއާރާއަށް މަސައްކަތުގެ ބާރު ބޮޑެވެ. ހަމައެހެންމެ ޝަކޫރުވެސް އޮފީހަށް ނާދެއެވެ. ބޮޑު މީހަކަށް ހުރީ ކިއާރާ އެކަންޏެވެ.
ކިއާރާ އޮފީހުން ނުކުންނަނިކޮށް ޒާއިން ގުޅަންފެށިއެވެ. ކިއާރާ ކައިރިއަށް އައީ ލާނެއް ހިންޏެކެވެ. “ކޮބާ؟ ފަސްޓް ނައިޓް ކިހިނެއް…” ކިއާރާ ފޯނު ނަގާލާފައި އެހެން ބުނެލިއެވެ. އެކޮޅުން ޒާއިން ހޭންފެށިއަޑު އިވުނެވެ. “އިޓް މަސްޓް ބީ ސުޕާރބް ދޯ…އެކަމް ކިއާގެ ދެން އޮތް ދުވަސްތަށް ވަރަށް ފޫހިވާނެ އިނގޭ ޒާން…” ކިއާރާ ބުންޏެވެ. “އާނ އާނ…. އެކަމް އަންނާނަމޭ އަވަހަށް އިން ޝާ ﷲ… މާދަމާ ހެނދުނު އިނީ ފުރުންވެސް.. ކިޓީ އަންނައްޗޭ މިރޭ އެއްކަލަ ސޭމްވެސް ގެންނަންވާނެ.. ޑިނަރ ނައިޓް އަކަށް ދާނީ ދޯ؟” ޒާއިން އޭނާ ރާވަމުން ދިޔަ ކަންތަށް ހިއްސާކުރިއެވެ.. “ޔާ އޯކޭ..” ކިއާރާ ދާދި ފަސޭހައިން އެއްބަސްވިއެވެ. އެހެނީ އެކުވެރިން ދިޔުމުގެ ކުރިން އޭނާ ބައްދަލުވެސް ކުރަން ބޭނުންވެއެވެ. ދެން ފެންނާނީވެސް މަހެއް ފަހުންނެވެ. ކިއާރާ އޮފީހުން ނިކުމެފައި ހިނގައިގަތެވެ.
ކުއްލިއަކަށް ކިއާރާ ގެ ފިޔަވަޅުތަށް މަޑުޖެހުނީ ފަހަތުން މީހަކު ހިނގާފައި އައިހެން އިހްސާސްވެގެންނެވެ. ކިއަރާ ލަސްލަހުން ފަހަތަށް އެނބުރުނެވެ. ކުރިމަތީ ހުރި އަޔާން ފެނި ކިއާރާ ދެތިން ފަހަރު ލޯ މަރާލުމަށްފަހު ހުޅުވާލިއެވެ. އަޔާންގެ މޫނުމަތީ ވަނީ ތަފާތުކަމެކެވެ. ކިއާރާ އިސްޖަހާލައިފައި އަނެއްކާވެސް އެނބުރުނެވެ. އޭނާ މި މިހާރު އެ ލޯތްބަކަށް އެއްވެސް އުއްމީދެއް ކުރާކަށް ބޭނުމެއްނޫނެވެ. މި ލޯބި ފުރިހަމަކުރަންވެސް ބޭނުމެއްނޫނެވެ. މިހާރު އެއީ ކިއާރާގެ ދިރިއުޅުމުގެ ފޮރުވިފައިވާ ސޮފްހާއެކެވެ. އެ ސަފްހާ ހުޅުވައިގެން އޭނާއަށް ލިބޭނެ އެއްޗަކަށް އޮތީ ހަމައެކަނި ވޭނެވެ.
ކިއާރާ މަޑުމަޑުން ހިނގައިގަތެވެ. އަޔާން ކިއާރާ ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. އަދި ފުން ނޭވައެއް ދޫކޮށްލިއެވެ. މާފަށް އެދެން ބޭނުންވިއެއްކަމަކު ދެން ކިއާރާގެ މަގަށް ހުރަސްއެޅޭކަހަލަ ކަމެއް ކުރާކަށް އަޔާން ބޭނުމެއްނޫނެވެ. ދެމީހުންގެވެސް ހަމަހިމޭންކަމުގެ ތެރޭގައި ވަނީ ބޭރަށް އިއްވަން ބޭނުންނުވާފަދަ ހަޅޭކެކެވެ. އެ ހިމޭންކަމުގައި ލޯބި ފޮރުވިގެން ދިޔައީ އެ ލޯބި ހިތު ތެރެން ނުފޮހެވި ހަމައެހެންމެ ދުލުން ބުނެނުދެވޭނެހެންނެވެ.
…
އެރެއެވެ. ކިއާރާ ތައްޔާރުވެލައިގެން ގޭޓް ދޮށުގައި ހުރީ ޒާއިން މެން އަންނާނެ އިރަކަށެވެ. އިރު އިރުކޮޅާ ފޯނަށް ބަލައިލުމަށްފަހު ކިއާރާ މަގުމައްޗަށް ބަލައިލައެވެ. އިސްތަށިކޮޅު އެއްފަރާތްކުރަމުން ކިއާރާ ފޯނުން ޒާއިންގެ ނަމްބަރަށް ގުޅާލަން އުޅުނު ވަގުތަކީ ފަހަތުން މީހަކު އައިސް އޭނާގެ އަނގަމަތީ އަތް އަޅާލިވަގުތެވެ. ކިއާރާ ދެލޯ ބޮޑުކޮށްލާފައި އެ އަތް ދަމައިގަނެވޭތޯ އުޅުނެވެ. ކިއާރާ އެގޮތް މިގޮތް ހަދާފައި އެމީހާގެ މޫނަށް ބަލައިލިއެވވެ. އެއާއި އެކު އެ ބޮޑު ދެލޯ އިތުރަށް ބޮޑުވިއެވެ. “ސޭމް..” ކިއާރާ އަށް ބުނެލެވުނީ ކުރިމައްޗަށް އެރި ސަމާހް އޭނާގެ އަނގަމަތިން އަތް ނެގުމުންނެވެ. ސަމާހް ހޭންފެށިއެވެ. ކިއާރާވެސް ހޭންފަށައިފާ ސަމާހް ގައިގާ ޖެހިއެވެ. “ކޮބާ ޒާން މެން؟ ކޮންއިރަކު މިތަނަށް އައީ ދެން މީ ކޮންކަމެއް؟؟ ކިރިޔާ ބިރުން ހަލާކު ނުވީ..” ކިއާރާ ޝަކުވާކުރިއެވެ. “ހަހަހަ އެއީ ކިއާ ހަދާ އެއްޗެއް ބަލަންށޭ… ހިތަށް އެރީ މީހަކު ކިއާ އެހެން ހަދައިގެން ކިޑްނައިޕް ކުރާއިރު ހަދާނީ ކިހިނެއްބާއޭ.. އެނީވޭ އެމީހުން އަންނާނެ އިރުކޮޅަކުން. އެކަނިން އަންނަންޖެހުނީ އެމީހުން ލަސްވާނޭ ބުނީމަ…” ސަމާހް އެހެން ބުނުމާއި އެކު ކިއާރާ “އޯހް” އޭ ބުންޏެވެ.
އިރުކޮޅެއްވެސް ނުވެ ޒާއިން ގެ ކާރު އައިސް ކިއާރާމެންގެ ކުރިމައްޗަށް ހުއްޓިއެވެ. ކިއާރާއާއި ސަމާހް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. ކިއާރާ ކުރިމަތީ ދުއްވަން އިން ޒާއިން ގެ ބޮލައި ކުޅޭލާފައި މައިޝާ ގައިގާ ކުޑަކޮށް ބައްދާލީ ކުޑަކޮށް ތެދުވެލާފައެވެ. “ދެން މާދަން ދަނީ ދޯ… ހޭވް އަ ގްރޭޓް ޓައިމް ދެއަރ…” ކިއާރާ ބުންޏެވެ. އެމީހުން އަމިއްލަ ވާހަކައިގައި ތިއްބާ އެމީހުން ގެ މަންޒިލަށް ދެވުނެވެ. ހަތަރުމީހުންވެސް ކާރުން ފައިބައިގެން ގޮސް ޑައިނަމޯރ އަށް ވަނެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ޑައިނަމޯރގައި ދިއްލާލެވިފައިވާ ލައިޓްތަށް ވަރަށް ހިތްގައިމެވެ. ޖެހޭ މަޑު ރޯޅިން ތެޅިލާ ފަތްތަކުގެ އަޑާއި ރާޅުގެ އަޑު އިވެމުން ދިޔައީ ޑައިނަމޯރގައި ތިބި މީހުންގެ އަޑުތަކާއި އެކުވެގެންނެވެ.
“ހޭ ޒާން ހަނދާން ނެތުނީއޭ…. ޑޭޑް ޑްރައިވިން ލައިސެންސް ނަގައިދީފަ.. ހަހަހަ… ނައު އައި ކޭން ޑްރައިވް..” ކިއާރާ ބުނެލީ ފޮނިވެލާފައެވެ. “ސީރިއަސްކޮން؟ ކޮންގްރޭޓްސް…..” ޒާއިން ބުނެލީ ކިއާރާގެ ކޮލުގައި ހިފާލަމުންނެވެ. “ޔާ ތެންކްސް.. މިއަދު ލިބުނީވެސް… މާދަން ދުއްވަން ފަށާނަން..” ކިއާރާ ބުންޏެވެ. އޭނާ އިނީ މަލެއް ފޮޅޭހެން ފޮޅިފައެވެ. ކިއާރާގެ މޫނަށް އައިސްފައިވާ ރީތި ހިނތުންވުމަށް ސަމާހް ގެއްލިފައި އިނދެވުނީއެވެ. އެހާވެސް ފުރިހަމައެވެ. އެހާވެސް ޗާލެވެ. އެފަދަ ރީތި ކަމުން ފުރިފައިވާ ކުއްޖެއް ދުވަހަކުވެސް ކުރިމަތިން ދިޔަ ދޭނީ ކާކުހެއްޔެވެ؟ މުޅި އުމުރުދުވަހުވެސް އެހެން ބަލަން ސަމާހް އަށް ހެވެވެ.
އޭރު ޒާއިންއާއި ކިއާރާ ހީހީފައި ތިބީ އެމީހުންގެ ވާހަތަކަށް ގެއްލިފައެވެ. ޒާއިން ކައިރި އިންނައިރު ކިއާރާ ގެ އަސްލު ސިފަ މައިޝާއަށް ފެނެއެވެ. އެ ހަޤީޤީ ރީތި ހިނިތުންވުމެވެ. ދުނިޔެއަށް ފޮރުވައިގެން ގެންގުޅޭ އެ މަޖާ މިޒާޖެވެ. އަސްލު ކިއާރާއެވެ. އެދެމީހުންނަކީ ކިހާ ގާތް ބައެއްކަން މައިޝާއަށް އަބަދުވެސް އިނގެއެވެ. ޒާއިން ކިއާރާގެ ކޮނޑަށް އަތް ވައްޓާލައިގެން އިތް އިރު ކިއާރާ ދައްކަމުން ދިޔަ ފޮޓޮއަށާއި ދައްކަމުން ދިޔަ ވާހަކަތަކުން ޒާއިންވެސް ހީހީފައިއެއްޗެއް ބުނެލައެވެ. ކިއާރާ އިރު އިރުކޮޅާ އޭނާ ގެ ބުމަ ހިއްލާލަމުން އެއްޗެއް ބުނެފައި ހޭންފަށައެވެ. އެއީ މިސާލެއްފަދަ ގާތްއެކުވެރިކަމެކޭ މައިޝާ ހިތަށް އަރައެވެ. ކިއާރާއަށް އެފަދަ ރަހުމަތްތެރިއެއް ލިބުނުކަމީ އޭނާގެ ނަސީބެވެ. މައިޝާއަށް ވުރެވެސް ބޮޑަށް ޒާއިން ކިއާރާ އާއި މެދު ވިސްނާ ހަދައެވެ. ހިނިތުންވުމަކާއި އެކު އެދެމީހުންނަށް ގެއްލިފައި އެތަށް އިރަކު މައިޝާ އިނދެފައި ސަމާހްއަށް ބަލައިލިއެވެ. އޭރު ސަމާހްވެސް އިނީ މޭޒުމަތީ އަތް އަޅާލައިގެން ކިއާރާއަށް ބަލަންށެވެ. އެ ތުންފަތުގައި ވަނީ ރަކި ހިނިތުންވުމެކެވެ. މައިޝާ ކިއާރާއަށް ބަލާލައިފައި އަނެއްކާވެސް ސަމާހްއަށް ބަލައިލެވުނެވެ. ހިސާބަކަށް އޭނާއަށް ކަމެއް ނައގައިގަނެވުނެވެ. މި ތިން ހަފްތާ ތެރޭގައި ހިނގި ހުރިހާ ކަމެއް ފިލްމެއްހެން ކުޅެވިގެންދިޔައެވެ.
ކިއާރާއާއި ސަމާހް އެކީ އެމީހުންގެ ޕާޓީއަށް ރާވަމުންދިޔަ ރޭވުންތަކެވެ. ސަމާހް ކިއާރާއަށް އަޅާލާވަރެވެ. އޭނާ ބަހައްޓާ ގާތްކަމެވެ. މައިޝާ އަމިއްލަ ނަފްސަށް ހިނިތުންވެވުނެވެ. ކޮންމެވެސް މީހަކު ކިއާރާއަށް ޓަކައި ވާނެއެވެ. އެއީ ސަމާހް ބާއެވެ؟. މައިޝާ ސަމާހް ގެ ގައިގާ ކޮށްޓާލިއެވެ. އޭނާ ސިހިފައި މައިޝާއާއި ދިމާ ބަލައިލާފައި އަވަސް އަވަހަށް ނުވާކަމަށް ހަދާލަމުން ދުރަށް ބަލަންފެށިއެވެ.. “ޔޫ ލައިކް ހާރ؟” މައިޝާ މަޑު މަޑުން އެހިއެވެ. އޭނާ އިތުރު ވާހަކައެއްވެސް ނުދައްކާ ސީދާ މައުޟޫއަށް ދިޔައީ ސަމާހް ގެ ޖަވާބަކަށް ކެތްނުވެވޭތީއެވެ. ސަމާހް ގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ހިސާބަކަށް ޖަވާބު ލިބުނުފަދައެވެ. “ދެން ބުނެބަ؟” މައިޝާ ބުންޏެވެ. “ނޭނގެ މައި… އައި ތިންކް އައި ލަވް ހާރ..” ސަމާހް ބުނެލީ ކިއާރާއަށް ބަލާލާފައެވެ. މައިޝާ ފުންނޭވައެއް ދޫކޮށްލިއެވެ. ކިއާރާގެ ހިތްވަނީ ކުދި ކުދިވެފައެވެ. އެ ހިތް ސަމާހްއަށް ގުޅުވައިލެވޭނެބާއެވެ؟ އެ ފުރުސަތު އޭނާއަށް ދޭނެބާއެވެ؟ “މައި އޭނަ ބީ އެފް އެއް……” ސަމާހް އެހެން އަހަނިކޮށް މައިޝާ އޭނާއަށް ބަލައިލީ ދެލޯ ބޮޑުކޮށްލާފައެވެ. އޭނާ ހިންދިރުވާލިއެވެ.
“ސޭމް….. އޭނާ އަކީ ވަރަށް އެހެންކަހަލަ ދިރިއުޅުމެއް އުޅެމުން އައި ކުއްޖެއް… މިހާރި މީ އެވާހަކަ ދައްކާނެ ކަހަލަ ވަގުތެއްނޫން.. ރައިޓް ޓައިމްގައި އެ ހުރިހާ ޖަވާބެއް ވެސް ލިބޭނެ.. އެކަމް ސޭމް އޭނާގެ ކަންތަށް ނޭނގި އޭނާ ނޭނގި ތި ވާހަކަ އޭނާ ކައިރި ނުބުނާތި… ކޮޒް ހަމައެކަނި އޭނާއެއް ނޫން ސޭމްވެސް ސަފަރ ކުރާނެ… ވިސްނާފަ ނޫނީ ސްޓެޕް އެއް ނުނަގާތި… ލޮތްބަކީ ފާޑެއްގެ އެއްޗެއް……. މިއަދު ސޭމްއަށް ކިއާރާ ގެ ތިފެންނަ ސިފައަކީ ކިއާރާގެ ސިފައެއްނޫން.. ކިއާރާގެ އަސްލެއްނޫން.. އެ ހުރިހާ އެއްޗެއް އިނގިގެން ނޫނީ ސޭމް ޕްލީސް ތިކަން ނުކުރާތި…” މައިޝާ ބުނެލީ އިރު އިރުކޮޅާ ކިއާރާ މެންނަށް ބަލާލާފައެވެ. އެމީހުންނަށް އެވާހަކަ އިއްވަން އޭނާ ބޭނުމެއްނުވެއެވެ. ސަމާހް ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެބުނި އެއްޗެއްގެ މާނަތަށް ވަރަށް ފޫނެވެ. “އިނގޭ ވަރަށް ކޮންފިއުސް ވާނެކަން.. ކިއަރާއާއި ގާތްވެވުނު ވަރަކަށް ލިބެން ފަށާނެ ތި ހުރިހާ ސުވާލެއްގެ ޖަވާބެއްވެސް އިނގޭނެ..” މައިޝާ ބުނެލިއެވެ. ސަމާހް ފުން ނޭވައެއް ދޫކޮށްލިއެވެ. ތެދެކެވެ. ލޮތްބަކީ ފާޑެއްގެ އެއްޗެކެވެ. އެއަކީ ވޭންދެނިވި ހަތިޔާރެކެވެ. ހަމައެހެންމެ ހިތުގެ ޝިފާވެސްމެއެވެ.
އިރުކޮޅެއްނުވެ އެމީހުން އޯޑަރ ކުރިއެއްޗެހި އައުމުން އެމީހުން ކެއުމައިގެން ކުރިއަށް ދިޔައެވެ. ކައި ނިމުމާއި އެކު ހަތަރު މީހުން އެކީ ނިކުތެވެ.. “ޒާން މެން ދޭ… ކިއާ ކުޑަކޮށް ލަހުން ދާނީ..” ކިއާރާ ބުންޏެވެ. “ޝުއަރ؟” ޒާއިން އަހާލުމުން ކިއާރާ ބޯޖަހާލިއެވެ. “އައްޗި އެހެންވިއްޔާ ދެ ކަޕްލް ތެރޭ މަ ކުރާނެކަމެއް ނެތް… ސޯ ކިއާ ކައިރި ހުންނާނީ.. ތި މީހުން ދޭ..” ސަމާހްވެސް ބުނީ ވަގުތުގެ ބޭނުންހިފާލަމުންނެވެ. ޒާއިން އެދެމީހުންނަށް ބަލަން ހުރެފައި ބޯ ޖަހާލިއެވެ. ކިއާރާ އައިސް އެދެމީހުންގެ ގައިގާ ބައްދާލީ ދެރަވެފައިހުރެއެވެ.. “ސޭފް ޖާރނީއަކަށް އެދެން… ކަމް ބެކް ސޫން..” ކިއާރާ ބުންޏެވެ.. ދެބައިމީހުން ވަކިވެގެން ދިޔައެވެ. ކިއާރާ ސަމާހް އާއި އެއްވަރަށް ހިނގާލާފައި އާރޓިފިޝަލް ބީޗާއި ދިމާލަށް ދިޔައެވެ. ސަމާހްވެސް ޖީބަށް އަތް ލައިގެން ހުރެ ހިނގަމުންދިޔައެވެ. ކިއާރާ ކުއްލިއަކަށް ސިހުނީ އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ. ކިއާރާ ސަމާހް އާއި ކައިރިވެލާފައި އިސްއުފުލާލާ ބަލައިލިއިރު ކުރިމަތީ ހުރީ އަޔާން އާއި އިޝާންއެވެ. ކިއާރާ އާއި އަޔާން އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. އަޔާންގެ އެ ބެލުމާއި ހެދި ކިއާރާއަށް ތަފާތު އެހެންކަމެއް އެ ދެލޮލުން ފެންނަން ފެށިއެވެ. އަޔާން އިސްޖަހާލައިފާ ހިނގައިގަތެވެ. ކިއާރާ އަޔާން ފަސްއެނބުރި ހިނގައިގަންނަން ދެން ބަލަންހުރީ މޭގައި އަތް އަޅާލައިގެންނެވެ. ސަމާހް ދެބުމަ ގޮށްޖަހާލައިފައި ހުރެވުނީ ބަލަންށެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް އިނގެއެވެ. ކިއާރާ އިސްޖަހާލާފައި ހިނގައިގަތެވެ. ސަމާހް ގެ ސިކުނޑިގައި އެނބުރެމުންދިޔައީ މައިޝާގެ ވާހަކަތެކެވެ.
“ކިއާ އާރ ޔޫ ފައިން؟” ސަމާހް އަހާލީ ކިއާރާގެ މޫނަށް ބަލައިލަމުންނެވެ. ކިއާރާ ބޯޖަހާލިއެވެ. ސަމާހް އަށް އެ ޖަވާބު ކަމަކު ނުދިޔައެވެ. “ކިއާ ހުރިހާ އެއްޗެއްވެސް ޝެއަރ ކުރެވޭނެ އިނގޭ… ބުނެބަ ކިހިނެއްވީ؟” ސަމާހް އަހާލީ ކިއާރާގެ ކޮނޑުގައި ހިފަހައްޓާލަމުންނެވެ. ކިއާރާ ފުންނޭވައެއްދޫކޮށްލިއެވެ. ސަމާހް އަށް އިތުބާރުކުރަން ނިންމިއެވެ. އޭނާއާއި ގާތްމީހުންނާއި ދޮގު ހަދާ އިތުރަށް ފޮރުވާކަށް އޭނާ ބޭނުމެއްނުވެއެވެ. “ސޭމް… ދެންމެ އެ ދިޔައީ އަޔާން….” ކިއާރާ ބުނެލީ މޫދު ކުރިމައްޗަށް ވާ ގޮތަށް ހުރި ހިލަގޮނޑިތަށް މަތީ އިށީނދެލަމުންނެވެ. ސަމާހް ވެސް އިށީނެވެ. “ދެން؟” އޭނާ އެހިއެވެ “އައި ލަވް ހިމް………” ކިއާރާ އެހެން ބުނެލުމާއި ސަމާހްގެ ހިތް އިރައިގެން ދިޔަ ކަހަލަ އިހްސާސް އެއް އޭނާއަށްކުރެވުނެވެ. މަޑު އާހެއް އަނގައިން ނެރެވުނީ ގަބޫލުނުކުރެވިގެންނެވެ. އޭނާ ކިއާރާއަށް ބަލައިލެވުނެވެ.. “އޭނާ ލޯތްބެއް ނުވެ… އެގޮތްވެސް އޯކޭ… ރިޖެކްޝަން…. ކޮޒް އޭނަ މީހެއްގެ ފިރިއެއްކަން އިނގި ހުރެވެސް ލޯބިވެވުނު އިތުރަށް ހަމަ ލޯބިވި، ސޯ ރިޖެކްޝަން އިޒް ނަތިން ފޯރ މީ… އެކަމް އޭނާ.. އޭނާ އިންސަލްޓް ކުރީ މި ލޮތްބަށް.. މި ހިތަށް… ކިއާއަށް…. ލޯބި އޭގެ ހިތިކަން ދައްކައިދިނީ.. 7 އަހަރު ސޭމް… 7 އަހަރު ވެއްޖެ މި ލޯތްބަށް… އެކަމް ހިނދުކޮޅެއް ތެރޭ މި 7 އަހަރު ގެ ލޯބީގެއަގު އޭނާ ދައްކާލި…” ކިއާރާ ބުނެލީ ދެއަތް ދެއަތާއި މޮޑެލަމުންނެވެ. އެއިން ކޮންމެ ލަފްޒެއް ސަމާހްއަށް އަޑުއަހަން އުނދަގޫވިއެވެ. ތަދުވިއެވެ.
…………….
ޑައިނަމޯރ ގައި ކާ އެއްޗަކަށް އޯޑަރ ދީގެން އިން އަޔާންއާއި އިޝާން ތިބިއިރު އެދެމީހުންވެސް އިންތިޒާރު ކުރަމުން ދިޔައީ އެމީހުން މިއަދު ބައްދަލުކުރަން ހަމަޖެހިފައިވާ ކްލައިންޓާއެވެ. އަޔާން މަޑުމަޑުން އިން އިރު އިޝާން އިނީ ފޯނާއި ކުޅެލަ ކުޅެލައެވެ. އަޔާންއާއި ދިމާ އިރު އިރުކޮޅާ އޭނާ ބަލައިލަނީ ކަމެއްވެއްޖެކަން އިނގުނީމައެވެ. “އަޔާން! ކިހިނެއްވެފަ؟” އިޝާން އެންމެފަހުން އަހާލީ ވާގޮތެއް އޮޅުންފިލުވާށެވެ. “ދޮންބެ؟ ދެފަހަރަށް މީހަކަށް ލޯބިވެވިދާނެތަ؟” އަޔާން އެހިއެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ ހަމްނާ ފަރާތުންވެސް ވަނީ އެ ސުވާލުގެ ޖަވާބު ހޯދާފައެވެ. ހަމްނާ ބުނިގޮތަށް ކަންތަށް ވަނީބާއޭ އަޔާން ހިތަށް އަރަންފެށިއެވެ. އިޝާން ހިނިގަނޑެއްޖަހާލިއެވެ. “އަޔާންއަށް ލޯބިވެވުނީތަ ކުއްޖެއް ދެކެ؟” އިޝާން އެހިއެވެ. “ނޫން ދޮންބޭ.. ދެން އަސްލު ނޭނގެ ވާގޮތެއް…. މީގެ އަހަރުތަކެއްކުރިންވެސް މިކަހަލަ އިހްސާސްތަކެއް ކުރި، ޝާހީނާއާއި އެކު އުޅުނުއިރުވެސް އޭނާ ދެކެ ލޯބިވާއިރުވެސް އެކަމް އެއީ އޭނާއަކަށް ނޫން، އެހެން ކުއްޖަކަށް، އައި މީން ލޯބިވީ ޝާހީ ދެކެ އެކަމްވެސް އެހެންކަހަލަ ގޮތެއް ވާންފެށި، އަނެއްކާ ހަމަ އެކުއްޖާ އަހަރުތަކެއް ފަހުންވެސް ދިމާވެގެން ހަމަ އެގޮތަށް ވާންފެށީ… މީ ނޭނގެ ކޯޗެއްކަމެއް…. އައި ޑޯންޓް ނޯ…. މީހުންނަށް ޓްރަސްޓްކުރާކަށް ނުވާނެ، ލޮތްބަކީ ފާޑެއްގެ އެއްޗަކަށް ވާއިރު އަހަރެންވަނީ އޭގެ ހިތި ނަތީޖާ ލިބިފައި ދެން އިތުރަށް އެ މަޅިއަކު ޖެހޭކަށްވެސް ބޭނުމެއްނޫން…” އަޔާން ބުންޏެވެ. އޭނަގެ އަޑުގައިވަނީ ނުތަވަސްކަމާއި މޮޅިވެރިކަމެވެ. އިޝާން ދެކޮޅަށް ބޯ ހަރަކާތްކުރީ އަޔާން ވިސްނާގޮތުން ހިތްހަމަނުޖެހިފައެވެ.
“އަޔާން އަޔާން އަޔާން! މި ދުނިޔޭގައި އުޅޭ އެންމެންނަކީ ޝާހީނާއަށް ނުވާއިރު، އަޔާން އަށް އެކަން ރަނގަޅަށް އިނގޭއިރު އިތުރު މީހަކަށް ޓްރަސްޓް ނުކުރެވެނީ ކީއްވެތަ؟އިނގޭ ޝާހީނާ ދެކެ އަޔާން ލޯބިވިވަރު، އޭނާ ދިޔައީމާ އުޅުނުގޮތް…. އޭރު އެ ހުރި އަޔާން އެއްކޮށް ބަދަލުވިގޮތް… ކައިރިން ދެކުނީމޭ ދޮންބެ.. އެކަމް ބުނަން ޝާހީނާއޭ ކިޔާފައި އަޔާން ގެ އުޅުން ބަދަލުކޮށް އެހެން އަންހެނަކަށް އިތުބާރު ނުކޮށް ލޯތްބަށް އިތުބާރު ނުކޮށް، މީ މޮޔައިން ކުރާކަމެއް، އަޔާން ތީ ވިސްނުން ތޫނު ޒުވާނެއް.. ދޮންބެއަށްވެސް އިނގޭ އަޔާން އިންނަނީ މީދާ ކޭ އުނބެއް ނޫންކަން އެހެންވެގެންތާ މުޅި ބިޒްނަސް މިހުރިހާ އަހަރުތަކުގައިވެސް ބަލަމުން އައީ އެކަމް ލޯބީގައި އަޔާން ތިހާ ގަމާރު ވެދާނެކަމަށް ހިއެއްނުކުރަން… އެންމެ މީހެއްގެ ސަބަބުން މުޅި ލައިފް ބަދަލުކޮށް އެންމެންނާއި ދުރުން އުޅޭ ލޯބި ކިޔާ އެއްޗެއް ވާކަން ވެސް ގަބޫލުނުކޮށް، އަޔާން ތީ ބޯދާ ވިސްނުމެކޭ….” އިޝާން ވިސްނައިދެމުންދިޔައިރު އަޔާން އިނީ މަޑުމައިތިރިކަމާއި އެކު އަޑުއަހާށެވެ. އޭނާގެ ފަރާތުން ވަކި ޖަވާބެއް ނައުމުން އިޝާން އިތުރު އެއްޗެއް ބުނާކަށްނުހެދިއެވެ.
11556 Comments
Comments are closed.
Thanks ???
Hey guys!! Um.. I just wanna say kury part thakuga ayaan bai gina nuviyas ryn ayaan vaahaka huhnaane hama liyefa dheythere dheytherein!! I am trying my best to edit vrh gina parts and make it small may b cx edit kuraa gothun hurihaa parts vx kuran jeheyne so may b 62 parts ah vure madhuvedhaane…. but the thing is i dont have time to do but I will do it in sha Allah. Tc
Noooooo kiaa n samah nugulhuvaathi.. plx plx plx plx ryn
V reethi mi part vx….adhi eh part mirey up kohdheeba ryn…please… Waiting for the next part….
wowww. v v v reethi mi vaahaka.
and konme dhuvahaku 2 part up kuraathee v v v ufaavey.
Any more parts tonight ryn?? ?
ryn. mirey adhi eh part plx
Me first. Vaahaka varah reethi. Emme inthizaaru Kurevey eh vaahaka.thanks ryn.comment nukuriyas abadhuves mi vaahaka kiyan.
Varah rythi. Ekam ayaan and kiyaa gulhuva dhybala.
Anyway tell me how u guys want me to upload the parts?! cx i have already finished the story and i need to edit like looooaaads of parts and add too so that i can make each part a bit longer cx edit khfihya short vaane! So u guys tell how many parts do u want me to up? If i can i wil up atleast 3 per day if editing each part goes well!
3parts or more ❤️
Ebunaahen 3 parts beynun
More than 3 plx plx plx plx plx plx plx plx plx plx plx
Mihaaru mi story kiyaathy vaavarun nunidhr
Abadhu up kureythw beleny ?
Edit kuraane kameh neii…
Hama up kuran v .
Ryn plx .ok 62 ves nuvatha eahvure gina viyas
Edit kuraane kameh neii ..ryn liyun gothah post kurey..
But ayaan n aaliyaa gulhuvahchey…
3 parts khonme dhuwahaku… 62 parts hama viyas nuviyas ok vaane. But aliya n ayaan gulhuvaafa story ninmahchey ingey. U knw wat ryn, ur the best hama. Kudhin kudhi kuh hutas ryn ge stories hama vara reethi. Thi gotha story liyamun gos mustagubaluga hama v molhu liyun theriyakah vaane, in sha Allah.. just keep going
Yes 3 parts.. Plx 1 more part tonite.. No need to edit.. Miharu vx varah reechey
Awesome…. Waiting for the next part ?
V salhiey mi part vx pls Ayaan n kiaara dhuru nukurahchey thanks ryn waiting for next part me first dhw
Ryn mirey adhi eh part up kohlan veenu even kohlan heheheh ???
Dhen story is awesome.. ??
hmm mihaaru an ah visnun eba libey dw hih eba the hey dw hehehe lab dab lad dab lab dab lol ?????
BI bi nights ✌
More than 3 parts I want. Story is really awesome. U r the best story writer . ? keep going ryn. ☺
3 part plssss. Edit koffai kudakoh dhigukohffa ryn plsss
story hama v.salhi.. day aku 3 parts up kohdhyba plxxx
3 part beynumy rynooooo
Wow ???vvvvvvv reethi adi eh part up kohdybaa plxxxxxxxxxxxxxxx ryn
Varah furihama mi part ves.Ryn is the best.keep it up
Run mirey adhi up kohladheeba. Daily three parts or more okay vaane ??☺☺☺
3+…… nice story… plzzzz one more parts to nite
Nimifa viyya 3 per day sounds so cool. If thats not difficult for you. Story is just awesome ❤
Pls 3parts up kohdhee.v nice.
Thankyou guys! Im editing the whole story ehnve kudakh lasvedhaane 28th part up kuran e part vx edit kuraathyve.. So mihn dhw hadhaany morning ga one part night around 7 ga aneh part and around 9 or 10 aneh part… in sha Allah. Thankyou!
rynooo
haadha rangalheyh <3
haadha rangalhey Ryn…..v reethi vaahaka
Thankyu ryn.. You are the best
Thanks ryn…your the best ?
My fav?
3 parts are fine…. by the way mirey kihineh vaanae
What will happen next. Adhi mirey ithuru part eh vs up kohdhy. Plz. I love it. V reethi
Samaah n kiaa nugulhuvaathi eyru story hadi vaane. Knme gotheh viyas ayaan aa gulhuvaa… K vvv nice ma sha allaah..
4
Ryn ah upkohdhevun vareh hama readers in nah ragalhuvaany hama vyhaaves ginaeh..rait….hehe……atlyst 3 ryn..ok tha?. N thank u dear……ur the best…☺☺???
3 part ok v reethi mi partves
Wowww nice keep it up
Vvvvvvvvvvvvvvvvv reethi stry.. 3 prts dhoo..??? Hihi.. Plx plx plx plx plx plx plx adhi eh part up koh dhyba mirey… ????????
Coment nukurevunas Ryn ge stories thah abadhuves kiyan n varah salhi…….kyp it up ryn..hop mirey adi 1part kiyaalan libeyne kamah……
3 part ah vure ginaviyas ok..vaahaks hama habeys ..ginain up kuraathy v kiyaahihvey mi story
Kalhu handi ves beynumee 3 partu…???
Plx ryn adhi eh part up koh dheeba. Alah mi comment kuree ekamaku mi story kiyan vv rythi
Ryn u r best …. I love it…. Ryn story up kuraagoy v habeys…. Dhn vx ryn liyaa vaahakaeh vihyaa hurihaa vaahaka eh vx kiyaanan ….
3 parts plx.. luv yuh ???
Oww salhi. . thankx.. rynoo is the bst. ..
ryn . adhi up kolladheeba mirey 1 part. please
Mi part ves v vvvv salhi… I love it.. Hope mirey adhi 1 part kiyaalan libeyne kamah….☺☺☺
You seem a friendly person ryn. ? I really appreciate your hard work. The best thing about you is that you try to make your readers happy ??
I love your stories. I’m very sure that you can do much better than this. Wish you all the best ❤
Thz part is soooooo awesome.. Waiting for next part
Ryn haadha reehchey story❤❤❤❤❤…3 parts ok but alhe mirey 1part up koh dhybala pls pls
Vvvv nice I am reading this story from 1st day but this is my first comment u are great nice story ??wait for next part
haadha reethi vaahaka ekey.. kiaa aa samaah nugulh vaathi.. ayaan ah gulhuvaa