Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (އެގާރަވަނަ ބައި)

Shax Lyn
December 21, 2016
8 Mins Read
67 Views
37 Comments

ދެމީހުން އޯޑަރ ކުރި އެއްޗިހި މޭޒުމައްޗަށް ގެނެސްދިނުމުން އިކާން އަވަސްވެގަތީ ރޮށިކޮޅަކާއެކު މަސްހުނިކޮޅެއް ޖައްސައިގެން ކާށެވެ. “ދެން އިކާނަށް ޖޮބެއް ލިބިގެން ސެޓްް ވެވުނީމަ ޒިވީ ކައިރިއަށް އެނބުރި ދާނަންތަ؟… މިދެން އަހާލީ އިނގޭ…”

އަނގައިގަ ހުރި ކާއެތިކޮޅުތައް ދިރުވާލުމަށްފަހު ފިޒާމް ކުރި ސުވާލަށް ރައްދުދޭން އިކާން ވާހަކަ ދެއްކިއެވެ. “ދެން ދާނަމެކޭ ނޫން.. ބަޓް އަހަރެން ޒިވީ ދެކެ ވަރަށް ލޯބިވިން… އެކަމަކު މަށާ ދޭތެރޭ ޒިވީ ކަންތައް ކުރިގޮތުން މަ ބޭނުންވަނީ ޒިވީ އަހަރެން ބޭނުންވެގެން ތެޅޭތަން ބަލަން… އަހަރެން ދޫކޮށްލި މީހެއް ކައިރިއަށް އަހަރެން އަނބުރާ ނުދާނަން… ދެޓްސް މައި ސްޓައިލް…”

*** *** *** *** *** ***

“އިކާން… މި ޓީޝާޓް ރީތިތަ؟.. މީ އެކޮޅުން ގައިން އެއްޗެއް…” ރީތިވާ މޭޒު ކުރިމަތީ ހުރެ ލޯގަނޑުން ފަރި ބަލަމުން ތާރާ ސުވާލުކޮށްލީ އިކާނަށެވެ.

އިކާންގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް ވާހަކަ ދެއްކީ ތާރާއެވެ. “އިކާން.. ކޮންތާކަށް ދާނީ؟… އަހަރެން ވަރަށް ހައި…” އިސްތަށިގަނޑު ނަގާ ހުޅިއެއްގޮތަށް ބޮލުމެދަށް ހަރުކޮށްލުމަށްފަހު ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ހާކާލިއެވެ. ޓީޝާޓަށް ހިފާ ދަމާލަމުން އެނދާ ދިމާއަށް ތާރާ އެނބުރިލިއިރު އިކާން އޮތީ ނިއްމަތީ އަތް ބާއްވާލައިގެން ފުން ވިސްނުމެއްގައި ކަން ތާރާއަށް އެނގުނެވެ.

އެނދުގެ މަގަތުގައި އިށީންނަމުން އިކާންގެ ކަކޫމަތީ ތާރާގެ އަތް ބާއްވާލުމަށްފަހު އިކާނަށް ގޮވާލިއެވެ. ސިހިފައި އިކާނަށް ބަލާލެވުނީ ތާރާގެ މޫނަށެވެ. ދެއަތަށް ބޯ ހޫރާލަމުން އިކާން އެނދުމަތީން ތެދުވެ ޑްރެސިންގް ޓޭބަލް ކައިރިއަށް ހިނގައިގަތެވެ. އިސްތަށިގަނޑު ރީތި ކޮށްލަމުން ދާންވީހޭ އިކާން ބުނެލީ މަޑުމަޑުންނެވެ. އިކާން ކަމަކާ މާބޮޑަށް ވިސްނަނީ ބާއޭ ތާރާގެ ހިތަށް އެރިއެވެ. ފަހަރުގައި މަސައްކަތުގައި ދިމާވެފައިވާ ކަމަކާވެސް ވިސްނާފާނޭ ތާރާގެ ހިތަށް އެރިއެވެ.

ދެމީހުން އެކީ ސީ ހައުސަށްގޮސް ވަނީ އެއީ ތާރާގެ ފޭވަރިޓް އެއް ރެސްޓޯރަންޓަށް ވީމައެވެ. ތާރާމެންގެ އޯޑަރ ނެގުމަށްފަހު ވެއިޓަރ މޭޒާ ދުރަށް ޖެހިލުމުން ތާރާއާ ދިމާއަށް އިކާން ބަލާލިއެވެ. ކަޅި ޖަހާނުލާ އިކާން ބަލަން އިން ގޮތް ފެނުމުން ތާރާއަށް އުނދަގޫ ވާގޮތް ވިއެވެ. ވަށައިގެންވާ މޭޒުތަކާ ދިމާއަށް ތާރާ ބަލާލީ ލަދުން ހަލާކުވާތީއެވެ. އިކާން ނުބަލާނެ ގޮތެއް ހަދަން ތާރާ ބޭނުންވިއެވެ. އިސް ޖަހައިގެން އިން ތާރާ ވާހަކައެއް ފަށަން ވިސްނާލިއެވެ. ދައްކާނެ ވާހަކައެއްވެސް އެވަގުތު ތާރާގެ ސިކުނޑިއަކަށް ނައެވެ. އިކާން ކުޅެފައިވާ ވީޑިއޯ ލަވައިގެ ވާހަކަ ހަނދާންވީ އެވަގުތެވެ. އުލްފާ އޭރު ދެއްކި ވާހަކަ ހަނދާންވުމުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ތާރާ ނިންމިއެވެ.

ވާހަކަ ދައްކަން ތާރާ އަނގަ ހުޅުވާލިތަނާ ތާރާގެ ދޫބަންދުވީ ދުރުގައި ހުރި މޭޒެއްގައި ތިބި އަންހެން ކުދިންތައް އެ މޭޒާ ދިމާއަށް މިސްރާބު ޖެހިތަން ފެނުމުންނެވެ. އެ ހުރިހާ އަންހެން ކުދިންގެ ނަޒަރު ހުއްޓިފައި ވަނީ އިކާނާ ދިމާއަށެވެ. ތާރާ ހިނިތުންވަމުން ދުރަށް ބަލާކަން އިކާނަށް ފާހަގަވުމުން ފަސް އެނބުރި ތާރާގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ބަލާލިއެވެ.

“ހޭއި…” އިކާންމެން ތިބި މޭޒާ ދިމާއަށް ފިޔަވަޅު އަވަސްކޮށްލަމުން އެތަނުން އަންހެން ކުއްޖެއް އަތް ހަނާ އަޅާލިއެވެ. އިކާން ހިނިތުން ވެލަމުން ތާރާގެ މޫނަށް ބަލާލިއެވެ. އެ އަންހެން ކުދިންގެ ގްރޫޕް އައިސް އެމޭޒު ދޮށަށް ހުއްޓުނު އިރު އެތާ ތިބި ހުރިހާ ކުދިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

“އިކާން… ކޭން ވީ ޓޭކް އަ ސެލްފީ… ޕްލީސް… އިކާންގެ ލަވަތައް ހާދަ ރީއްޗޭ…” އެއް ކުއްޖެއް ވާހަކަ ދައްކަމުން ދިޔަ އިރު އެކަމަށް ތާއީދު ކުރުމުގެ ގޮތުން ދެން ތިބި ކުދިިން ބޯ ޖަހާލިއެވެ. ހިނިތުންވެލަމުން އިކާން ސެލްފީއެއް ނަގަން އެއްބަސް ވިއެވެ. ފަހަރަކު ކުއްޖެއް ވަކިވަކިން އިކާނާ އެކީ ސެލްފީ ނަގަމުން ދިޔައެވެ. އެއަށްފަހު އެ ހުރިހާ ކުދިން ގްރޫޕް ސެލްފީއެއް ނަގަން ބޭނުންވިއެވެ. އެވަގުތު އިކާން ތާރާއާ ދިމާއަށް ބަލާލިއެވެ.

“ގްރޫޕް ސެލްފީއެއް ދޯ… މީޓް މައި ބިއުޓިފުލް ވައިފް ތާރާ… ތާރާވެސް ޖޮއިން ކުރަން ވާނެ.. އާދޭ…” އިކާން އަތުން އިޝާރާތްކޮށްލުމުން ގޮނޑިން ތެދުވެ އިކާން ގާތުގައި އައި ތާރާ ހުއްޓުނެވެ. އެ ސެލްފީ ނެގުމަށްފަހު އެ ކުދިން އެތަނުން ދިޔައީ އިކާންގެ އަންހެނުންގެ ރީތިކަމަށް ތަޢުރީފް ކޮށްފައެވެ.

އިކާންމެން ދިން އޯޑަރަށް ކާ އެއްޗެހި ގެނައުމުން އިކާނާ ތާރާ ކާން ފެށިއެވެ. ކާން އިން އިރު ތާރާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިކާންގެ ސަޕޯޓަރުންނަށް ތާރާ ތައާރަފްކޮށްދިން ގޮތް އޭނާގެ ލޯމައްޗަށް ސިފަވަމުން ދިޔައެވެ. ތާރާ ދެކެ އިކާން ލޯބިވާ ވަރު އެނގުމުން ތާރާގެ ހިތަށް ލުއިކަމެއް ލިބިގެން ދިޔައެވެ. ކާން އިންދާ އިކާންގެ ފޯނު ރިންގްވާން ފެށުމުން މޭޒުމަތީ އެއްފަރާތެއްގައި އޮތް ފޯނު އިކާން ނަގާ ސްކްރީނަށް ބަލާލިއެވެ. އެ ކޯލަށް ޖަވާބު ދޭން އިކާން ބޭނުމެއް ނޫނެވެ. ނަމަވެސް ޖަވާބު ނުދީފިއްޔާ ތަކުރާރުކޮށް ގުޅާނެކަން އެނގުމުން އިކާން އެ ފޯނަށް ޖަވާބު ދޭން ކޯލް ނަގާ ކަންފަތުގައި ޖަހާލަމުން ގޮނޑިން ތެދުވިއެވެ. އަދި މޭޒާ ދުރަށް ހިނގައިގަތެވެ. އިކާން އެ ފޯނަށް މާގިނަ ވާހަކައެއް ނުދައްކައެވެ. އިކާން ފޯނުގައި ހުރިތަން ބަލަން އިން ތާރާގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ.

ފޯނު ކަނޑާލުމަށްފަހު އިކާން އައިސް ގޮނޑީގައި އިށީންނަމުން ތާރާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތިން ކުރިން ފެންނަން ހުރި ހިނިތުންވުން ވަނީ މިލާ މޯޅިވެފަކަން އިކާނަށް އެނގުމުން އެ ފޯނަކީ ސްޓޫޑިއޯއިން އައި ކޯލެއްކަމަށް ބުނެ އިކާން ދޮގު ހެދިއެވެ. މޭޒުމަތީ ހުރި ޖޫސްތަށިން އެތިފޮދެއް އިކާން ބޯލީ އޭނާގެ ކަރުހިއްކުން ފިލުވާލާށެވެ.

*** *** *** *** *** ***

ފޯނަށް ވާހަކަ ދައްކަމުން ލިފްޓުން ނުކުތްމީހާއާ ދިމާއަށް ސައްތާރު ބަލާލިއެވެ. ދެބުމަ ގޮށް ޖަހައިގެން ހުރެ ސައްތާރު ލިފްޓަށް އެރުމަށްފަހު އަށްވަނަ ފަންގިފިލާއަށް ދާން ސްވިޗަށް ފިތާލިއެވެ. ލިފްޓުގައި އިން އިރު ސައްތާރުގެ ސިކުނޑިއަށް އުނދަގޫވަމުން ދިޔައެވެ. ގޭތެރެއަށް ވަދެގެން ދިޔަ ސައްތާރު ހަމަޖެހިލީ ސިޓީންގް ރޫމުގައި ހުރި ހުދު ކުލައިގެ ސޯފާގައި އިށީންނަމުންނެވެ. ސައްތާރުގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން އާމިރާގެ ލޮލުގައި އަޅައިގަތެވެ. ބަދިގޭތެރޭގައި ހުރި ރަޖްނީގެ އަތުގައި ކޮއްޓާލަމުން ފެންތައްޓެއް އަޅައިދިނުމަށް ބުނަމުން އާމިރާ ގާތްވެލީ ސިންކު ކައިރިއަށް އަތް ދޮވެލާށެވެ.

ތުވާލިކޮޅުން އަތް ފޮހެލައިގެން އާމިރާ ބަދިގެއިން ނުކުމެ ސިޓިންގް ރޫމަށް އައިސް ސައްތާރު ކައިރީ ސޯފާގައި އިށީނެވެ. އޭރު ރަޖްނީ ދެ ފެންތަށި ތަބަކަކަށް ލައިގެން އައިސް ސޯފާ ކުރިމަތީ ހުރި މޭޒުމަތީ ބެހެއްޓިއެވެ. “ރަޖްނީ… ދެންދޭ މައްޗަށް… އިކާންގެ އެޕާޓްމަންޓް ސާފު ކުރަން…” ރަޖްނީ ބޯ ޖަހާލުމަށްފަހު އެތަނުން ނުކުމެގެން ދިޔުމުން އާމިރާ މޭޒުމަތީ ހުރި ދުފާތަށި ނަގަމުން ވާހަކަ ދައްކަން ފެށިއެވެ.

“ސައްތާރޫ… އަހަރެން ބޭނުން ރަށުގަ ތިބި ކޮއްކޮމެންނަށް ރަނގަޅު ހަދިޔާތަކެއް ފޮނުވަން… މީ ހިތާނީ ދުވަސްވަރެއްނު… އަހަރެން ރަށަށް ނުދިޔަކަސް އެއްޗެއް ފޮނުވަން ވާނެއްނު…” އަނގަޔަށް ފޯއްފޮއްޗެއް ލަމުން އާމިރާ ވާހަކަ ދެއްކިއެވެ. އާމިރާ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސައްތާރުގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ހިޔާލުވަނީ މުޅިން އެހެން ހިސާބެއްގައެވެ.

“ސައްތާރު.. ކިހިނެއްވެފަ ތިއިނީ؟…” ސައްތާރުގެ ކޮނޑުގައި ހިފާލަމުން އާމިރާ އަހާލިއެވެ.

“އިކާން އަދިވެސް އެކަންތައް ނުހުއްޓާކަން އާމިރާއަށް އިނގޭދޯ… މިހާރު އިކާން މީހަކާ އިނދެގެންއުޅޭ އިރު އެއީދެން ކޮންކަމެއް؟.. އަހަރެން ދެންމެ ދެކުނިން އެ އަންހެނާ މިތަނުން ނުކުމެގެން ދިޔަތަން… ރޭ ހަތަރުދަމުއްސުރެ މިތާ އުޅެފަ އެ ދިޔައީ… ގަޑިން ބަލާބަލަ.. މިހާރު ދޭއް ޖެހީ… މިކަން ތާރާމެން އާއިލާއަށް އެނގިއްޖިއްޔާ ވާނެ ގޮތް ވިސްނާލިންތަ؟.. އަހަރެން ބޭނުން މިކަމާ އިކާނާ ވާހަކަ ދައްކަން.. އެ އުޅުން ހުއްޓާލާފަ އަމިއްލަ ދިރިއުޅުމައިގެން އުޅެންވީ…” ސައްތާރު ދައްކަމުން ދިޔަ ވާހަކަތަކުން އާމިރާގެ ބޮލަށް އުނދަގޫވާން ފެށި ކަހަލައެވެ.

“ސާބަސް ސައްތާރަށް… އިކާނަކީވެސް ކުޑަ ކުއްޖެއް ނޫން.. އިކާނަށް އެނގޭނެ އުޅެންވީ ގޮތާ ނޫޅެންވީ ގޮތް… އޭނާގެ އަމިއްލަ ދިރިއުޅުމަށް އަހަރެމެން ފާޑު ކިޔާނެ ކަމެއް ނެތް… ކުރިން މަސައްކަތެއް ނުކޮށް އުޅުނު އިކާންގެ ސަބަބުން މިގެ މި ފެންވަރަށް ހަދާ އަހަރެމެންނަށް މުއްސަނދި ތަނަވަސް ދިރިއުޅުމެއް ލިބުނީ.. އެ ސޮރު އުޅޭނެ ގޮތަކަށް އުޅެން ބަހައްޓާ.. އަހަރެމެން އެއްޗެއް ބުނާނެ ކަމެއް ނެތް….” އާމިރާގެ ވިސްނުން ހުރި ގޮތުން ސައްތާރު ހައިރާން ވިއެވެ. އާމިރާގެ މި ނިންމުމުގެ އަޑީގައި ނުބައެއް އުޅޭކަން ސައްތާރަށް ފާހަގަ ވިއެވެ.

އިތުރު އެއްޗެއް ނުބުނެ ސައްތާރު ސޯފާއިން ތެދުވެ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

*** *** *** *** *** ***

އާ ދުވަހަކަށް އިރު އެރީއެވެ. ތާރާގެ ލޯ ހުޅުވާލެވުނީ އޭނާގެ ހަށިގަނޑުގައި އިކާން ބައްދާލުމުންނެވެ. މަޑުމަޑުން އިކާން ދުރަށް ޖައްސާލުމުން އިކާން އެއް އަރިއަކަށް އެނބުރި ބާލީހެއްގައި ބައްދާލިއެވެ. ތާރާ މަޑުމަޑުން އެނދުމަތިން ތެދުވިއެވެ. ރޭގައި ހިނގާ ދިޔަ ކަންތައް އޭނާގެ ސިކުނޑީގައި އެނބުރުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އިކާންގެ އެ ބީހުންތަކާ ފިރުމުންތައް އޭނާއަށް އިހްސާސްވާ ކަހަލައެވެ. ގަދައަށް ނިދާފައި އޮތް އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ. އިކާން ހޭލުމުގެ ކުރިން ތާރާ ފެންވަރައިގެން ތާޒާވެލަން ބޭނުންވިއެވެ. ކައިވެންޏަށްފަހު އެ ދެމެދުގައި ގާތް ގުޅުމެއް ބޭއްވުނު ފުރަތަމަ ރެއަށް ވުުމުން ތާރާ ހުރީ ވަރަށް އުފަލުންނެވެ.

އިކާނަށް އޭނާގެ ބަރުވެފައިވާ ލޯ ހުޅުވާލެވުނީ އެނދުމަތީ އޮތް ތާރާގެ ފޯނު ރިންގްވާ އަޑަށެވެ. ފޯނުގެ ސްކްރީނަށް އިކާން ބަލާލިއެވެ. ސްކްރީނަށް އަރާފައިވާނަން ފެނުމުން އިކާން ތާރާއަށް ގޮވާލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ފޯނު ކެނޑުމުުން އިކާން ފޯނު ދުރުގައި ބޭއްވިއެވެ. އެވަގުތު ފާޚާނާ ތެރެއިން ތާރާ ގޮވާލި އަޑު އިވުނެވެ. “މި ނުކުންނަނީ… ފެންވަރަން މީނީ…”

އެނދުގައި ހަމަޖެހިލަމުން އިކާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ދެލޯ މަރާލައިގެން އެނދުގައި އޮތް އިރު އޭނާގެ ލޯ މައްޗަށް ސިފަވެގެން ދިޔައީ ތާރާއާ އެކު ރޭގައި ހޭދަވީ ވަގުތުކޮޅެވެ. އެހެން އަންހެން ކުދިންނާ ތާރާ ތަފާތެވެ. ލަދުރަކި ހަރަކާތްތަކުގެ ޖާދޫގައި އިކާން ހިތް ޖެހެމުން ދިޔަކަން ޚުދު އިކާނަށްވެސް ވަނީ ނޭނގިފައެވެ. ތާރާ ނުކުންނަން ވާއިރަށް އެނދުން ތެދުވަން އިކާން އުޅުނު ވަގުތު އިކާންގެ ފިޔަވަޅު މަޑުޖެހުނެވެ.

ފާޚާނާއިން ތާރާ ނުކުތް އިރު އޭނާގެ ހަށިގަނޑު ނިވާ ވެފައިވަނީ މޭމަތިން ފެށިގެން އޮޅާލާފައިވާ ތުވާލިންނެވެ. ތާރާގެ އަތުގައި ހިފާ އިކާނާ ދިމާއަށް ދަމައިގަތެވެ. ތާރާގެ މޫނަށް އިކާން ބަލަމުން ދިޔައިރު ތާރާ މަޑުމަޑުން އިސް ޖަހާލިއެވެ. “ތާރާ… ކީއްވެ ތާރާ ނުބުނީ… ތާރާއަކީ…” އިކާންގެ ދުލުން ނުކުތް ޖުމްލަ ހުއްޓުނީ ތާރާގެ އެ ރީތި ބޮޑު ދެލޮލުން އިކާނާ ދިމާއަށް ބަލާލުމުންނެވެ.

“އިޓް ވޯޒް މައި ފަސްޓް ޓައިމް… ވަރަށް ބިރުގަތް… އެކަމަކު އައި ވޯޒް ރެޑީ…” ތާރާގެ ބަސްތައް އަޑުއަހަން އިކާން ހުރީ ބަސް ހުއްޓިފައެވެ. މިޒަމާނުގަ އެހާ ރަނގަޅު ކުދިން އުޅޭ ހެއްޔެވެ. ކައިވެންޏާ ހަމަޔަށް ދާއިރު މިގޮތަށް ހުންނާނީ މަދު ކުއްޖެކެވެ. މުއްސަނދި އާއިލާ އަކަށް އުފަން ތާރާގެ ފަރާތުން މިކަހަލަ ކަމެއް ފެނުމުން އިކާން ހައިރާން ވިއެވެ. އިކާންގެ ހިތުގައި ތާރާއަށް ދެވިފައިވާ މަގާމް ވަރަށްވެސް މަތިވެރިއެވެ.

އިކާން ރީތިވެގެން ނުުކުތް އިރު ތާރާ ކޮޓަރީގައި ނެތުމުން އިކާން ބޭރަށް ނުކުތެވެ. އޭރު ތާރާ އިނީ ސިޓިންގް ރޫމް ސޯފާގައި އިށީނދެގެން ލެޕްޓޮޕް ހުޅުވައިގެންނެވެ. އިކާން ފެނުމުން ތާރާ އަތް ހަނާ އަޅާލަމުން އަންނާށޭ ބުނެލިއެވެ. އިކާންއައިސް ތާރާގެ މަގަތުގައި އިށީން އިރު ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔައީ އިކާނާ ތާރާގެ ކައިވެނި ކުރެވުނު މަންޒަރެވެ.

“ކޮންއިރަކު ތި ވީޑިއޯތައް ލިބުނީތަ؟..” އިކާން އަހާލީ ހައިރާންކަމާ އެކީގައެވެ.

“އިއްޔެ އުލްފާ ގެނެސްދިން ޕެންގަ ހުރީ… އެއް ފޯލްޑަރގަ ހުރީ ފޮޓޯތައް.. އަނެއް ފޯލްޑަރގަ ހުރީ ވީޑިއޯ.. ބަލަ ކައިވެނި ކުރިި އިރު މަންމަ.. ޝީޒް އޯލްމޯސްޓް ކްރައިންގް…” ތާރާ ލެޕްޓޮޕަށް އިޝާރާތްކުރަމުން ވާހަކަ ދެއްކިއެވެ.

ކުއްލިއަކަށް އެޕާޓްމަންޓްގެ ބެލް ޖެހުނު އަޑަށް ތާރާގެ މޫނަށް އިކާން ބަލާލިއެވެ. އިކާން އުނގަށް ލެޕްޓޮޕް ލުމަށްފަހު ތާރާ ދޮރު ހުޅުވަން އަވަސް ވެގަތެވެ. ހައިރާންވެފައި ތާރާ ދިޔަ ދިމާލަށް އިކާން ބަލަން އިނެވެ. ދޮރު ހުޅުވާލުމަށްފަހު ތާރާ މީހަކާ ވާހަކަ ދައްކާ ހެން ހީވުމުން އިކާން ލެޕްޓޮޕްގައި އަޅުވާފައިވާ ވީޑިއޯގެ އަޑު މަޑުކޮށްލިއެވެ. އޭރު ތާރާ އެމީހަކާ އެކީ ގޭތެރެއަށް ވަންނަނީއެވެ.

“މީ ސީތާ… މިގޭގަ މަސައްކަތް ކުރަން އައި މީހާ… ސީތާ މީ އަހަރެންގެ ފިރިމީހާ އިކާން… އާދޭ.. ސީތާ ހުންނަ ކޮޓަރި ދައްކާލަނާން…” ތާރާގެ ފަހަތުން އެތެރެއަށް ވަދެގެން ދިޔަ ސީތާގެ ކަޅި އަމާޒްވެފައިވަނީ އިކާނާ ދިމާއަށެވެ. އިކާނާ ދިމާއަށް ބަލަމުން އޭނާގެ ދަބަސް ހިފައިގެން ތާރާގެ ފަސްފަހަތުން ހިނގާފައި ދިޔައީ ކުރިން ކަމްލާ އުޅުނު ކޮޓަރިއާ ދިމާއަށެވެ.

ސީތާއަށް ކޮޓަރި ދައްކާލުމަށްފަހު ތާރާ އެދުނީ ހެނދުނުގެ ސައި ތައްޔާރު ކޮށްދިނުމަށެވެ. “ބޭނުންވާ ސާމާނުތައް ބަދިގެ ކަބަޑުތަކުގައި ހުންނާނެ… އިތުރު އެއްޗެއް ގަންނަން ބޭނުންވަންޏާ އަހަރެން ކައިރީ ބުނޭ… ސައި ހަދާފަ ގޮވާލާ… އަހަރެމެން މިތިބީ ސިޓިންގް ރޫމުގަ…” މިހެން ބުނުމަށްފަހު ބަދިގެއިން ތާރާ ނުކުމެގެން ސިޓިންގް ރޫމަށް ދިޔައެވެ.

ލެޕްޓޮޕްގެ ސްކްރީނަށް ކަޅި ހުއްޓައިގެން އިން އިކާން ފެނުމުން ތާރާގެ ފިޔަވަޅު ހުއްޓުނެވެ. އިކާންގެ މޫނަށް ވެފައިވާ ގޮތުން ހީވަނީ ބިރެއް ފެނިފައި އިންހެނެވެ. ތާރާ އަވަހަށް އައިސް ސޯފާގައި އިށީނދެ ލެޕްޓޮޕްގެ ސްކްރީނަށް ބަލާލިއެވެ. އޭގެން ފެންނަމުން ދިޔައީ ތާރާ ލަވަ ކިޔަމުން ދިޔަ މަންޒަރެވެ. “ހޫން އިކާން… މަ ހީކުރީ ކޯއްޗެއް ފެނިގެން ބާއޭ ދެ ބުމަ ގޮށްޖަހައިގެން ތީނީ… ތި ލަވަ ދުއްވާލާ…” ތާރާ އަވަސްއަރުވާލާފަ ވާހަކަ ދެއްކީ ބޮޑާ ހާކަމުންނެވެ.

“ތާރާ ލައްވާ ރެކޯޑިންގް އެއް ހަދަންވީ.. އަސްލުވެސް ޔޯ ވޮއިސް ވަރަށް ރީތި… އަދި ވޯކަލްސް ހަދާލީމަ ވަރަށް ރީތިވާނެ…” އިކާން މިހެން ބުނެލަމުން އެ ވީޑިއޯ ކުރިއަށް އޮޅާލިއެވެ.

“އަނެއްކާ އެލަވަ އަޅުވަންތަ ތި އުޅެނީ.. ނޯ އިކާން… އަހަރެން ލަދުގަނޭ…” ތާރާގެ ދެއަތުން މޫނު ފޮރުވާލަމުން ސޯފާ ތެރޭ ކުޑަވެލިއެވެ.

“ވެއިޓް… ޖަސްޓް ޓެލްމީ މީކާކު.. އައި ނެވަރ މެޓްހާ ޕާޓީ ތެރެއިން… އެންޑް ޝީޒް ވިތް ހިމް…” ވިޑިއޯ ޕްލޭ ކޮށްލަމުން އިކާން ބުނި ޖުމްލަ އަޑު އިވުމުން މޫނުމަތިން ތާރާގެ އަތްނެގުމަށްފަހު ސްކްރީނަށް ރަނގަޅަށް ބަލާލިއެވެ. އަދި އެއަށްފަހު އަނެއްކާ އެހިސާބަށް ވިޑިއޯ ކުރިއަށް ޖައްސާލިއެވެ.

“އެއީ އަހަރެންގެ ދައްތަ… ބުނީމެއްނު ދައްތައެއްގެ ވާހަކަ ވަރަށް ކޫލްވާނޭ… ހަނީމޫނު ޓްރިޕްވެސް ދިނީ ދައްތައޭ…” ތާރާ މިހެން ބުނެލި އިރު އިކާން އިނީ ވީޑިއޯއަށް ރަނގަޅަށް ބަލާށެވެ. ތާރާގެ ހަށިގަނޑުގައި ބައްދާލުމަށްފަހު ޒުމްރާ ތާރާއާ ވާހަކަތަކެއް ދައްކައެވެ. އެއަށްފަހު އާތިފްގެ އަތުގައި ހިފައިގެން ޒުމްރާ މިސްރާބު ޖަހަނީ ލިފްޓާ ދިމާއަށެވެ.

“ބައްޕަ އަތުގަ ހިފައިގެން ހުރީމާ…” އިކާން ހައިރާވެ އިނދެ އަހާލިއެވެ.

“އޯ… އަސްލު ސްޓޯރީ ނޭނގޭތީ ހައިރާންވެފަ ދޯ ތިހުރީ… އެއީ ބައްޕަގެ ފަސްޓް ވައިފް… ދައްތައަށް ކުދިން ނުލިބޭތީ ދައްތަ ބުނެގެން ބައްޕަ މެރީ ކުރީ މަންމައާ.. އޭރު އަހަރެން ވަރަށް ކުޑަވާނެ… ދެން މަންމައާ ބައްޕައަށް ލިބުނީ އަޒްކާ… ދައްތައެއީ ހަމަ ދެވަނަ މަންމައޭ ބުންޏަސް ދޮގަކަށް ނުވާނެ…. ޗީޒް ސޯ ނައިސް… ވަރަށް މީހުންނަށް ރަނގަޅުވާނެ… ހާރ ސްޓައިލް… ހީވެސް ނުވޭދޯ އެހާ އޯލްޑްހެން… ތާރާގެ މަންމައަށް ވުރެވެސް ދުވަސްވާނެ… ބަޓް ޝީޒް ސޯ ޔަންގް އެންޑް ބިއުޓިފުލް…” ޒުމްރާއަށް ކުރަމުން ދިޔަ ތައުރީފްގެ ބަސްތައް މެދުކެނޑުނީ ބަދިގެ ފަރާތުން ސިޓިންގް ރޫމަށް ނުކުތް ސީތާ ގޮވާލުމުންނެވެ.

“ހިނގާ ސައިބޯންދާން…” ތާރާ މިހެންބުނެ ސޯފާއިން ތެދުވެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ލެޕްޓޮޕް މޭޒުމަތީ ބެހެއްޓުމަށްފަހު ތާރާގެ ފަހަތުން އިކާން ހިނގައިގަތް އިރު އޭނާގެ ސިކުނޑި އެނބުރެމުން ދިޔަ ކަހަލައެވެ. ހިތާ ސިކުނޑިއަށް ވަނީ އުނދަގޫތަކެއް ވެފައެވެ. ތާރާގެ ބުނި ބައެއް ލަފްޒުތައް އިކާންގެ ކަންފަތްދަށުގައި ގުގުމާ ކަހަލައެވެ.

“ދައްތަ އެއީ ދެވަނަ މަންމައޭ ބުންޏަސް ދޮގަކަށް ނުވާނެ… ދެވަނަ މަންމައޭ…މަންމައޭ…”

ކިތަންމެ ބަނޑުހައި ވެފަ އިން ނަމަވެސް އިކާނަށް ކެވޭ ގޮތެއް ނުވިއެވެ. ތާރާ ކުރިމަތީ ހުންނަން އިކާނަށް އުނދަގޫ ވަމުން ދިޔައެވެ. އެތަނުން ދާން އިކާން ބޭނުންވިއެވެ. ނަސީބު އަތުގަ ހިފީ އިކާނަށް އައި ފޯނު ކޯލަކުންނެވެ. ފިޒާމްގެ ކޯލެއްކަން އެނގުމުން ފޯނު ނަގާ އިކާން ވާހަކަ ދެއްކިއެވެ. ތާރާ ހެނދުނުގެ ނާސްތާ ކަމުން ދިޔައިރު ދޭތެރެއަކުން ސީތާއާ ދިމާއަށް ބަލާލުމަށްފަހު ކެއުން ވަރަށް ރަނގަޅުކަމަށް ބުންޏެވެ. އަދި މެންދުރުފަހުން ގެއަށް ބޭނުންވާ ބައެއް ސާމާނުތައް ގަންނަން ދާން ތައްޔާރުވެގެން ހުުންނަން ސީތާ ގާތު އެދުނެވެ.

އިކާން ގޮނޑިން ތެދުވެ ސިންކު ދޮށަށް ގާތްވެލީ އަތް ދޮވެލާށެވެ. “އިކާން ހާދަ މަދުން ތިކެއީ… ކަމު ނުދިޔައީތަ؟…” ތާރާ ސުވާލުކޮށްލުމުން އިކާން ދެއަތަށް ބޯ ހޫރާލިއެވެ. “ނޫނޭ.. ކުއްލިއަކަށް ސްޓޫޑިއޯއަށް ދާން ޖެހިއްޖެ… ދަނީ އިނގޭ…” މޭޒުމަތީ ހުރީ ޓިޝޫ ފޮށިން ޓިޝުލެއް ނަގަމުން އިކާން އެ އެޕާޓްމަންޓުން ބޭރަށް ދާން ހިނގައިގަތެވެ.

ސްޓޫޑިއޯ ތެރެއަށް ވަދެ ދޮރު ތަޅުލުމަށްފަހު މޭޒުކައިރީހުރި ގޮނޑީގައި އިކާން އިށީނެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ވެދިޔަ ކަންތައް އޭނާއަށް ބަދަލެއް ނުކުރެވޭނެކަން އެނގެނެވެ. އެކަންތައް ހިނގާ ދިޔައީ އިކާނަށް ނޭނގިއެވެ. ޒުމްރާއާ ތާރާއާ ދެމެދުގަ އޮތީ ކިހާވަރެއްގެ ގުޅުމެއްކަން އިކާނަށް އެނގޭ ނަމަ ތާރާއާ ކައިވެންޏެއް ނުކުރާނެއެވެ. އައިސްފައި ހުރި ރުޅިން އިކާންގެ ދެއަތް ތުރުތުރުލަމުން ދިޔައެވެ. ދެން ކަންތައް ކުރާނެގޮތަކާ މެދު އޭނާއަށް ވިސްނަން މަޖުބޫރެވެ.

ފޯނު ނަގާ ޒުމްރާގެ ނަންބަރު ޑައަލްކޮށްލިއެވެ. ސްކްރީނަަށް އެކްސް-އޯގެ ނަން އެރުމުން އެނަމަށް ފިއްތާލަމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ. ދެބުރަކަށް ގުޅި އިރުވެސް ޒުމްރާ އެކޯލަށް ޖަވާބެއް ނުދެއެވެ.  އިކާންގެ ރުޅި ދިޔައީ ފަހަރެއް ފަހަރެއް ގަދަވަމުންނެވެ.

*** *** *** *** *** ***

ކޮޓަރިން ނުކުމެގެން ޒުމްރާ މިސްރާބުޖެހީ އެގޭ ބިތް ދޮށް ފަރާތުގައިވާ ޕޫލާ ދިމާއަށެވެ. ޕޫލް ކައިރީގައިވާ ގޮނޑިއެއްގައި އިށީންނަމުން މޭޒުމަތީހުރި ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ. ޒުމްރާގެ ފޯނުގެ ސްކްރީން ދިއްލިފައިވާތީ އޭގެ ސްކްރީނަށް އޭނާ ބަލާލިއެވެ. ފަސްވަރަކަށް މިސްޑް ކޯލް އިންތަން ފެނުމުން އެއީ ކާކުގެ މިސްޑް ކޯލެއްތޯ ބަލާލަން ފޯނުގެ ލޮކް ޒުމްރާ ހުޅުވާލިއެވެ.

“އިކާން… މިގަޑީގަ..” ޒުމްރާއަށް ވައި އަޑުން އެހެން ބުނެވުނީ އިކާން އާންމުގޮތެއްގައި މިގަޑީ ނުގުޅާނެކަން އިނގޭތީއެވެ. އިކާންގެ ނަންބަރަށް ޒުމްރާ ގުޅާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އަތްގަނޑުމަތީ އެއް އަތް އަޅުވައިގެން އިންއިރު އެއް ފައިމައްޗަށް އަނެއް ފައި އަރުވައިގެން އިނީ ޝާހީ ގޮތަކަށެވެ.

“އިކާން… މިސްވީތަ؟…” ޒުމްރާގެ މަސްތީ އަޑުން އެބަސްތައް ބޭރުކޮށްލީވެސް މަސްތީ ގޮތަކަށެވެ.

“މިސްވީހޭ… ކަލޭ އަހަންނަށް މަކަރުހެދީ… ކަލޭ ތީ ކޮންކަހަލަ އަންހެނެއް؟… ކަލެއަށް އިނގޭ އަހަަރެން އިނީ ތާރާއާ ކަން… އެކަން އެނގި ހުރެވެސް ކަލޭ މިކަން ނުހުއްޓާ ކުރިއަށް ގެންދިޔައީ.. ޗީ… ކީއްވެ މިހެން ހެދީ…” އިކާންގެ ރުޅިވެރި ބަސްތައް ތީރުތަކެއްހެން އައިސް ހެރެމުން ދިޔައީ އޭނާގެ ހިތަށެވެ. ދެލޯ  ބޮޑު ކޮށްލަމުން ޒުމްރާއަށް އެ ގޮނޑިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

“އިކާން.. ހަމަޖެހިބަލަ…” ޒުމްރާ ބޭނުންވީ އިކާނަށް ވިސްނައިދޭށެވެ. ރުޅިއައިސްގެން ނެގޭ ފިޔަވަޅަކުން ދެމީހުންގެ ދިރިއުޅުން ހަލާކުވެދާނެތީއެވެ.

“ހަމަޖެހޭށޭ… ކިހިނެއް މަހަމަޖެހޭނީ.. ޒުމްއަކީ ތާރާގެ ދެވަނަ މަންމައޭ ބުނީ… ބޯ ހަލާކު.. ދެން މަށަށް ނުގުޅާތި… ދިސް އިޒް އޯވާރ…” އިކާން ފޯނު ކަނޑާލި އިރުވެސް ޒުމްރާ އިނީ ކަންފަތުގައި ފޯނު ޖަހައިގެންނެވެ.

“އިކާން… އިކާން.. ފޯނު ކަނޑާ ނުލާތި.. އޭ.. ބަލަ އަހަރެން ކޮށްދިން ކަންތައް ހަނދާން ނެތުނީތަ.. އިކާން… އިކާން މީހަކަށް ހެދީ އަހަރެން.. އަހަރެމެންނާ ނުލާ އިކާނަކީ އެއްވެސް މީހެއް ނޫން…” އިކާން ފޯނު ކަނޑާލިކަން އެނގުމުން ޒުމްރާގެ އަތުގައިވާ ފޯނު އަތުކޮޅަށް ހޫރާލިއެވެ.

“އިކާން.. ޔޫ ކަންޓް ޑޫ ދިސް ޓުމީ… އަހަރެން ބޭނުން އެއްޗެއް އަހަރެން ހޯދާނަން… ހާސިލް ކުރާނަން…” ޒުމްރާ މިހެން ބުނުމަށްފަހު ކައިރީ ހުރި ޕޫލްގެ ތެރެއަށް ފުންމާލިއެވެ.

(ނުނިމޭ)

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ޢަޞްރު (ވިހިވަނަ ބައި)

Next

ހިތް އެކީ ދެވިއްޖޭ….28

Next
December 21, 2016

ހިތް އެކީ ދެވިއްޖޭ….28

Previews
December 21, 2016

ޢަޞްރު (ވިހިވަނަ ބައި)

37 Comments

  1. Shaxxuu says:
    December 21, 2016 at 8:26 pm

    .mi part vx nice.but mistakes vx huri.

  2. omg says:
    December 21, 2016 at 8:37 pm

    XUMRAA akee XO….. Wow.. dhen vaanee kihineh baaaa????…. 😛

  3. Manje says:
    December 21, 2016 at 8:37 pm

    Whattt ???? ???? Ajaibu vehje .. Xumra cheeeee eoh muskulhi golaa.. yuckk.. ikaan dheke fakuruves ganehje????

    1. pinker says:
      December 22, 2016 at 2:34 pm

      Lol???? ikan kairiah vanna e dhon han omaan moonuge veriyaky xumraatha hama….looool??????im dead?????

  4. the the the says:
    December 21, 2016 at 8:45 pm

    mihen ulhey meehunvez ulheyey dhoa… dhen vane gothay hitha arany… haqeeqaiy ingaiy dhuvahun tharaaa BREAK vane dhoa… I feel so sorry for her

  5. Thaara says:
    December 21, 2016 at 8:47 pm

    Alsuves. Haadha cheep golaekey ikaan mee. Haadha meehunnakaaey nahama gulhumeh baavaafai evanee. Thaaraa ah dheragotheh nahadhaathi ikan ah konmme gotheh hedhiyas. Alhey dhen ekamaku dho cheedi ????

  6. sib says:
    December 21, 2016 at 8:56 pm

    this story is like fiftyshades of grey. same stuffs happening

  7. Izu says:
    December 21, 2016 at 9:01 pm

    I thought ex-O ei azka kamah. Hykuri gothaa mulhin idhikolhah mivy. Ekam ikan ves dho. Story is beautiful ?
    Can’t wait to read the next part. Please try to update it soon ??

  8. mansha says:
    December 21, 2016 at 9:08 pm

    shaaxx kobhaa mansha 2…

  9. Malaa says:
    December 21, 2016 at 9:12 pm

    Huh ulhey vahtharu chee cheee mom o what the…

  10. hahaha says:
    December 21, 2016 at 9:35 pm

    Xumraa mee varehgge anhenehthaaa

  11. what the says:
    December 21, 2016 at 9:38 pm

    She knew tharaa marry kuree ikaan aa kan. N she was sleeping with ikaan. Hw diagusting. Story varah habeysss

  12. ramy says:
    December 21, 2016 at 10:12 pm

    varah salhi mi part ves ekamaku neyva hifahattalaa kahala seen eh naadhey but nice next part pls soon

  13. Nish says:
    December 21, 2016 at 11:54 pm

    Chheedi xo

  14. Ican says:
    December 22, 2016 at 12:10 am

    The most interestin episode yet… waiting for next…

  15. maai says:
    December 22, 2016 at 12:45 am

    Wow… This part is awesome. U can do it shax.love ur stories

  16. reader says:
    December 22, 2016 at 2:04 am

    ehenveema icaan ah bodu ge eh alhaidheegen ican gengulheny zumra dho? mifaharu lha firihensoreh ganelaigen ulhey rich woman eh dho miulheny.. v.nice

  17. MEE says:
    December 22, 2016 at 2:22 am

    ahcheedi dhn. ikan ves bodu muskulhigandaka huh, e zumra ves dho dhn, yuck,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  18. anu says:
    December 22, 2016 at 12:32 pm

    Wow sis… hee nukuraa kahala twist eh e ai…. the story is awesome… i wonder what will happen next…

  19. Gutt Ammadey says:
    December 22, 2016 at 5:10 pm

    fifty shades of Ikaan. lol 😀

    1. mary says:
      December 22, 2016 at 7:06 pm

      hahaha! thedhe hama thi i. vaahakige nan mi namah badhalu kuran fenani ??

  20. nira says:
    December 22, 2016 at 7:56 pm

    mee haadha foohi vaahaka ekey… hodulavaa

  21. nadhaa says:
    December 22, 2016 at 9:24 pm

    acheedi… mio vaahaka eh… ladhevez nuganey liyaaka

  22. Ashaa says:
    December 22, 2016 at 11:13 pm

    baivaru mistake ebahuri. mulhi vaahakaiga nahama gulhun hingun.

  23. PornStar says:
    December 22, 2016 at 11:23 pm

    Shazulynu took the matters to the extreme today by describing Adultery. Our society is so damned but does writers have to present everything they see in society. Do they have to write like how its done, how it felt, how feelings arises, how to satisfy, how much is satisfied… This is how writers do the devils work. They deny it coz Satan himself denies everything.
    #PornStar

  24. fornication says:
    December 22, 2016 at 11:24 pm

    Shazulynu took the matters to the extreme today by describing Adultery. Our society is so damned but does writers have to present everything they see in society. Do they have to write like how its done, how it felt, how feelings arises, how to satisfy, how much is satisfied… This is how writers do the devils work. They deny it coz Satan himself denies everything.

  25. fornication says:
    December 22, 2016 at 11:29 pm

    Foshifelhiye buneema shazulyna haadha vareke vee. Meehaku hageega haama kuree dhw. Ehenve kehnuvegen tha comment kuree. Thimaage kusheneykan haama kuraan baarey dhuvaigaile. Ithuru ehche bunumuge kurin eynage anga bandhukuran beynun vee dhw. LOL. Hama foshifelhieema eyothee bunefa foshifelhiye.

  26. xo says:
    December 23, 2016 at 1:46 am

    Komme bayehves kiyan vaane. Hadiyas. Hama ehbayeh thi negative comment kurany. Hahaha. Thihen comment kureema vaahaka kiyaameehun ginavaane. Lol

    1. riu says:
      December 23, 2016 at 11:30 am

      comments fenifa story nukiya dhookolaa kudhin vez eba thibi. like me & my friends.

  27. zee says:
    December 23, 2016 at 11:16 pm

    ok shazlyn. i loved your stories. kadufen and mansha is your best works. eves hama 18+ but was within a limit. mi vaahaka mihaaru dhen maa bodah limit in beyruvefa mi vani. mikahala naajaiz gulhun hingaa kan igey ekamu mi gotha mikan liyan ninmi iru ehves varakah visnaalintha. i do like you as a writer. varah molhu liyun theri eh thi ee. ekamu this is just beyond disgusting and way out of the limit to write about such relationships. meega ziney kurumaa faahish amaluthakan e firihen kujaa erun noon kame novey. dhen mihaaru evaru kuda vegen umurun ehaa dhoshee meehaka eku. well its just too inappropriate to write. Shazlyn you should think about these things before writing. I’m not calling you out for writing 18+ stories. ei massala eh noon. there are writers who write these gener of books and stories. every writer is different. and you are one of the telented ones at this. but this what you have written is just shameful. think about your reputation as well. good luck and hope you will make wise and better choice in future.

  28. ? says:
    December 24, 2016 at 12:46 am

    Shax ekani viyyaa mikahala stories liyany.. heybali vegen thiulheny enmmen.. dhn ves up kuraa irah kiyaafa comment kuran thibey.. ingey kiyaane kan ves.. keehkuraany.. ehchchehi kiyas kiyaa hiyy vey viyyaa.. mashah heevany mi story ga ekanyeh noon kanneinge mikahala gulhin thah mi dhakkuvaidheny.. meehakaa zaathee gothun jassaaliyas boduvaru thee

    1. Rigour says:
      December 24, 2016 at 9:02 pm

      Have some decency and watch your mouth. It need a really good cleanser. No matter what you say. People will still share their thoughts. Will talk about the Author as well. So try to learn to accept them and respect them. If you think this story is good for you then you comment by saying its “good for you”. No need to disrespect others who share their opinion. Stop been an arrogant yourself. Seems like Author believes she’s the best when she’s not. Face the reality.

  29. vbcx says:
    December 25, 2016 at 10:33 am

    haters will hate n jealous… Shaz keep it real…. u r the best

  30. Ikaan says:
    December 25, 2016 at 10:35 am

    story v v v furihama
    hama kuriah gendhan v gadha ah… 18 n above once again…

    thanks

  31. pornsar says:
    December 25, 2016 at 10:37 am

    who the fcuk re u

  32. zeen says:
    December 25, 2016 at 10:40 am

    kaleah kon kameh Zee

  33. Sal says:
    December 26, 2016 at 12:49 pm

    Hi shax..
    Hama comment nukohllaa neendhevunee… Society ga hingaa kanthah liyumakee massalaeh nun… Thi negetive comment liyaa meehun nah bunelan othy dont be too quick to judge eh… Shaxlyn aky unique and amilla style eh gengulhey liyuntherieh… Konme story eh ga ves thafaathu concept eh use koffa inna kan faahaga kurevey… So far ur not like these typical writers who always writes same things in all stories… Keep up the good work… thee thafaathu liyuntherieh… Story kuriah gendhaa gothaa dheytherey hiy hama jehey… Ekahala kanthah kuraa bayaka kamaku nudhaane dhw evaahaka liyuneema… Ppl hajam pls this is what happens in our society in day light ekanthah vaahaka yakun kiyan veema ekani tha massala akah vany?????

Comments are closed.

All Right Reserved!