Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 18

Axoo Level 310 Stories100 Comments100 Login
December 21, 2016 5 Mins Read
24 Comments

ވެހެމުންދާ ވާރެއަކަށް ބެލުމެއްނެތި ހިބާ މަގުއޮތްގޮތަށް ދުވަމުން ދިޔައީ ޔާނިޝް އާއި އޭނާގެ ބައިވެރިން ފަހަތުން އަންނާތީއެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަމުން ގޯޅިއެއް އެޅިވަގުތު ފިރިހެނެއް ގައިގާ ޖެހިފައި ހިބާ ވެއްޓުނެެވެ. ކަޅު ވާރޭ ކޯޓެއްލައިގެން ހުރި އެފިރިހެން މީހާ ވަރަށް ރަނގަޅަށް ހިބާއަށް ބަލާލިއެވެ. ހިބާ ތެދުވަމުން އެހީއަކަށް އަމީހާ ކައިރިން އެދުނެވެ. ނަމަވެސް އެފިރިހެންމީހާ ކަޅިޖަހާވެސް ނުލާ ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އޭރު ޔާނިޝްމެން ދުވަމުން އެދިމާއަށް އާދެއެެވެ. އެމީހާގެ ފަރާތުން އެހީއެއް ނުލިބޭނޭ ހިތަށް އެރުމުން ހިބާ ކުރިއަށް ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އެފިރިހެންމީހާ ހިބާގެ ކުރިއަށް އަތް ހުރަސްކޮށްލުމުން ހިބާ ހުއްޓުނެވެ. އަދި އޭނަ ދިޔަދިނުމަށް އެދި އާދޭސް ކުރަންފެށިއެވެ. ފިރިހެންމީހާ އަތުގެ އިޝާރާތުން އޭނާގެ ފުރަގަހަށް ދިއުމަށް އިޝާރާތް ކޮށްލިއެވެ. ހިބާ އަވަހަށް ބުނިގޮތް ހެދީ ޔާނިޝްމެން އަރާ ހަމަވުމުންނެވެ.

” ކަލޭ ތީ ކާކު.. އޭނަ ހަމަމިހާރު އަހަރުމެންނާ ހަވާލުކުރޭ” ޔާނިޝް ހަޅޭއްލަވައިގަންނަމުން ބުންޏެވެ.

” ނުކޮށްފިއްޔާ…” އެޒުވާނާ ބުނެލިއެވެ.

” ނުކޮށްފިއްޔާ ކަލެއަށް ކުޅި ދައްކާލާނަން..” ކައިރީގައި ޔާނިޝްއާއި އެއް ހަމައެއްގައި ހުރި ޒަހީން ބުނެލިއެވެ.

” އެހެންވިއްޔާ ގެންދޭ.. އަހަރެން ބޭނުމެެއްނޫން ކަލޭމެން ދައްކާ ކުޅި ބަލާކަށް” އެއްކައިރިއަށް ޖެހިލަމުން އެޒުވާނާ ބުނެލިއެވެ. ހިބާ ކައިރިއަށް އައި ރުޅިން އެ ޒުވާނާއާއި ދިމާއަށް ބަލާލިއެވެ. އަދި އަނެއްކާވެސް ކުރިއަށް ދުއްވައިގަތެވެ. މާދުރަށް ނުދެވެނީސް ހިބާއަށް ހުއްޓި ފަހަތް ބަލާލީ ޔާނިޝްގެ ހަޅޭކުގެ އަޑަށެވެ. އޭރު ޔާނިޝް އޮތީ ތިރިއަށް ވެއްޓިފައެވެ. ދެން ފެނުނީ އެޒުވާނާ ފާޑެއްގެ ލަކުޑި ބުރިއަކުން ޔާނިޝް ގައިގާ ތަޅަންފެށިތަނެވެ. އޭނާ ހުއްޓުވަން ޒަހީން ކުރިއަށް ޖެހިލުމާއެކު ޒަހީންގެ މޫނުމަތީގައި އޭގެއިން ޖެހިއެވެ. އެއާއެކު ޒަހީންވެސް އަނބުރައިގަނެގެން ޔާނިޝް ކައިރިއަށް ވެއްޓުނެެެވެ. ދެން އެޒުވާނާ ބަލާލީ ތުރުތުރުއަޅާ ހާލު ހުރި ހަކަމްއަށެވެ. އެވަގުތުން ހަކަމް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އައިކޮޅަށް ދުއްވައިގަންނަމުން ހޭއަރުވާލާނަން ކަމުގައި ޒުވާނާއާއި ދިމާއަށް ބުންޏެވެ. ހިބާ ބާރަށް ހިނގާފައި އައިސް އަޒުވާނާ އަތުއޮތް ލަކުޑިބުރި އަތުލިއެވެ. އެއަށް ރަަނގަޅަށް ބަލާލުމާއެކު އެއީ ކްރިކެޓު ކުޅޭ ބެޓެއް ކަން އެނގުނެވެ. އެއަށްފަހު ހިބާ އެ ބެޓުން ގައިގެ ހުރިހާ ބާރެއްލާފައި ޔާނިޝްއާއި ޒަހީން ގައިގާ ތަޅަން ފެށިއެވެ. އެޒުވާނާ ގަދަކަމުން ހިބާއަތުން ބެޓް އަތު ނުލިނަމަ ހިބާ އެމީހުން މަރާލީސްކަން ޔަގީނެވެ. އޭރުވެސް ބޯކޮށް ވެހެމުންދިޔަ ވާރެއަށް އެއްވެސް ބަދަލެެއް ނާދެއެވެ. އެއަށް ފަހު އެޒުވާނާ ދާން ހިނގައިގަތުމުން ހިބާވެސް އެޒުވާނާ ފަހަތުން ހިނގައިގަތެވެ.

” ކީއްވެ އަހަރެން ފަހަތުން ތިއަންނަނީ..” ހިބާއަށް ބަލާލަމުން ޒުވާނާ ބުނެލިއެވެ.

” ޕްލީޒް އަހަރެން ގެއަށް ލައިދީބާ.. އަހަންނަަކަށް ނުކެރޭނެ އެކަނިން ދާކަށް” ހިބާގެ ޖުމްލައާއި އެކު އެޒުވާނާ ބާރަށް ހޭންފެށިއެވެ.

” ގެއަށް ލައިދޭށޭ.. ހަހަހހަހހ… އަހަރެން ކައިރީ ތިބުނީ..ހައްހަހަހަަަަހާ” ހެމުން ހެމުން ޒުވާނާ ބުނެލިއެވެ.

” އާނ ކިހިނެއްވީ.. ޖޯކެއްތަ މަށައް މިކިޔުނީ” ރުޅިއައިސްހުރެ ހިބާ ބުނެލިއެވެ.

” އާނ ދެން ތިއަށްވުރެ ބޮޑު ޖޯކެއް ކިޔޭނީ.. ފުރަތަމަ އަހަރެން މިއުޅެނީ މަގު އޮޅިގެން.. ދެން ކިހިނެއް އެހެން މީހަކު ގެއަށް ލައިދޭނީ” ވާރެއިން ހިޔާވުމަށް ފިހާރައެއްގެ އަސްކަނި ދަށައް ވަންނަމުން ޒުވާނާ ބުނެލިއެވެ.

” މާލޭގަ ހިނގަން ނޭނގޭތަ” ހިބާވެސް އަހާލިއެވެ. ފިހާރައިން އެޅިފައިވާ އަލިން ހިބާއަށް ރަނގަޅަށް އެޒުވާނާގެ މޫނު ފެނުނެވެ. މޫނުމަތިން މައުސޫމުކަމެއް ފެންނައިރު ބައިމަތި ފުޅާވެފައި ދޮނެވެ. ލޮލުގެ ކުލަ މަޑު ނޫކުލައެއް ހުރިއިރު މަތިމަސް ތުނިވެފައި ވަރުގަދަ ތުނބުޅިއެއްހުއްޓެވެ. މީ އަނެއްކާ ރާއްޖޭ މީހެއްބާއޭވެސް ހިތަށް އެރިއެވެ. ފުރަތަމަ ނަޒަރުންވެސް އެޒުވާނާއަށް ހިބާގެ ހިތްކިއެވެ.

” މާލެއަށް އަދި އަލަށް މިއައީ.. އަހަންނަކީ ހާފް ޕާކިސްތާން.. ރިޒްވާން ކިޔަނީ” ރިޒްވާން ހީލަމުން ބުނެލިއެވެ.

” ހިބާ.. އަހަންނަކީ މާލޭ ކުއްޖެއް” ސަލާމަށް އަތް ދިއްކޮލަމުން ހިބާ ބުނެލިއެވެ. ނަމަވެސް އެޒުވާނާ އަތާއަތް ޖޯޑުނުކޮށް ވައަލައިކުމް ސަލާމްއޭ ބުނެލިއެވެ.

” ވަރަށް ބޮޑަށް ތެންކިއު އަހަރެން ސަލާމަތްކޮށްދިނީތީ.. މިކަމުގެ ބަދަލުދޭނެ ގޮތެއްވެސް އަހަންނަކަށް ނޭނގޭ..” ހިބާ ބުންޏެވެ.

” އަހަންނަށް އެނގޭ.. އަހަންނަށް މިއެޑްރެސް ބުނެދީ..” އަތުގައި އޮތް ގަނޑުކޮޅު ދައްކާލަމުން ރިޒްވާން ބުނެލިއެވެ. އެގަނޑުކޮޅުގައި އޮތީ ހެންވޭރު ސަމާހިޔާ އެވެ. ހިބާއަށް ފެނުމާއެކު މޫނުމައްޗަށް ފޫހިކަންވެރިވެގެން ދިޔައެވެ. އެހެނީ އެގޭގައި އުޅެނީ ހިބާއަށް އެހާ ކަމުދާ ބައެއް ނޫނެވެ.

” ތީ އަހަރުމެން ގެއާ ޖެހިގެން ހުންނަ ގެ.. ރިޒްވާން ކިހިނެއް އެމީހުން ދަންނަނީ” ހިބާ އަހާލިއެވެ.

” އަލްހަމްދުލިﷲ.. ނަސީބެއްނު.. އެއީ އަހަރެންގެ ބައްޕަގެ ގެ” ރިޒްވާންގެ ޖުމްލައިން ހިބާ މޫނުމަތީގައި އެތިފަހަރެއް ޖެހިކަހަލައެވެ. މިހާރިތި ކުއްޖެއް އެއާއިލާގެ ކުއްޖަކަށް ވާންވީ ކީއްވެ ހެއްޔެވެ. ވާރޭ ހުއްޓާލުމުން ހިބާ ޓެކްސީއެއް ހޯދުމަށްފަހު ގެއާ ދިމާއަށް ދަތުރު ފެށީ ރިޒްވާންވެސް ގޮވައިގެންނެވެ.

ގެ ކައިރިއަށް ޓެކްސީ ހުއްޓުމުން އެންމެ ފުރަތަމަ ފޭބީ ހިބާއެވެ. އެއަށްފަހު ރިޒްވާންއެވެ. އަތުގައި ވޮލެޓް ޖީބަށް ލަމުން އެގެ ކޮބާތޯ ރިޒްވާން ސުވާލުކޮށްލިއެވެ. ހިބާ އަތުގެ އިޝާރާތުން ސަމާހިޔާ ރިޒްވާންއަށް ދައްކާލިއެވެ. ރިޒްވާން ޝުކުރުއަދާ ކުރުމަށްފަހު އަވަހަށް ދާން ިހނގައިގަތެވެ.

” ރިޒްވާން..” ހިބާގެ ތުއި އަޑުން ގޮވާލިއެވެ.

” ޔެސް…” ރިޒްވާން ފަހަތް ބަލާލަމުން ހިިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެހިނިތުން ވެސް ހިބާގެ ހިތުގައި ބިންވަޅުނެގުނު ކަހަލައެވެ.

” ވަރަށް ބޮޑަށް ތެންކްސް ހިބާ ސަލާމަތްކޮށްދިނީމަ.. ހީކުރަން އަދިވެސް ދިމާވާނެ ކަމަށް” ހިބާ ބުނެލިއެވެ. ރިޒްވާން ވަކި އެއްޗެއް ނުބުނެ ހީީލަމުން ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.

ގޭގެ ދޮރުގައި ޓަކިޖަހާ އަޑަށް ކާން ހެދުމުގައި އަވަދިނެތި އުޅުނު ނީމާ ދިޔައެވެ. ދޮރުހުޅުވާލުމާއެކު ފެނުނު މޫނަކުން ހުރިހާ ދަތެއް ފެންނަވަރަށް ނީމާއަށް ހީލެވުނެވެ. ދަރިފުޅާއޭ ކިޔާ ބައްދާލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.

” ހާރޫން… އައިޝާ.. އީޝޫ…” ރިޒްވާން އެތެރެއަށް ވައްދަމުން ނީމާ އެންމެނަށް އެއްފަހަރާ ގޮވާލިއެވެ.

ހާރޫނާއި އީޝަލްއަށް ނިކުމެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ނީމާ ކައިރީގައި ހުރި ފިރިހެން ކުއްޖާ ފެނުމުން އީޝަލް އަވަހަށް ވަދެ ބުރުގަލެއް އެޅިއެވެ. އަދި ކިޔަވަކިޔަވާ އިން ހަތިމު ބާއްވާފައި ނިކުންނަން އުޅުނު އައިޝާކައިރީގައިވެސް ގޭގައި ފިރިހެނަކު އައިސް އުޅޭ ވާހަކަ ބުންޏެވެ. އައިޝާ އާއި އީޝަލް ނިކުތްއިރު ހާރޫނާއި ނީމާގެ މެދުގައި ރިޒްވާން އިނެވެ. އީޝާލްމެން ފެނުމުން ކައިރިއަށް އައުމަށް ހާރޫނު އަތުން އިޝާރާތްކޮށްލިއެވެ.

” މީނީ ރިޒްވާން…. ރިޒްވާން މިހިރީ ދަރިފުޅުގެ ކޮއްކޮ އީޝަލް.. ދެން ދޮންތަ އައިޝާ” ރިޒްވާން ފަހަރަކު މީހަކާ ދިމާއަށް ބަލާލާފައި ހީލައެވެ. އީޝަލް ހީލަމުން ރިޒްވާން ކައިރިއަށް ދާން އުޅުމުން އައިޝާ އީޝަލްގެ އަތުގައި ހިފަހައްޓާ އެކަން މަނާ ކުރިއެވެ.

” ރިޒްވާން ކީއްވެ ދޮންތަމެންނަށް ނުގުޅާ ތިއައީ.. ބުނިނަމައެއްނު ރިސީވްކުރަން ދެވޭނީވެސް.. ” އައިޝާ ގާތް ގޮތަކަށް ބުނެލިއެވެ.

” ސޮރީ ދޮންތާ.. އެ ބައްޕަގެ ރޭވުމެއް.. ބައްޕަ ބޭނުންވީ އަޅުގަނޑު މަންމައަށް އަދި ދޮންތަމެންނަށް ސަޕްރައިޒެއް ދޭން..” ރިޒްވާން ހާރޫނަށް ބަލާލަމުން ބުންޏެވެ. އެވަގުތު ނީމާ ހާރޫނަށް ބަލާލާފައި ކަޅި އަޅާލިއެވެ.

” ތެދެއް ބައްޕަ.. އެހެން ހަދާކަށް ނުވާނެއްނު.. ބައްޕަގެ ސަބަބުން ރިޒްވާންބެ އެއައީ މިއޮށް ވިއްސާރައިރު އެކަނިންނެއްނު..” އީޝަލް ބުނެލިއެވެ.

” ބައްޕަގެ ރިޒްވާނަކީ ނިކަން ހިތްވަރުގަދަ ފަހުލަވާނެއް.. ހެއްދެވި ފަރާތް ފިޔަވައި ރިޒްވާން ބިރުގަންނަ އެއްވެސް ފަރާތެއް ނޯންނާނެ.. ދޯ ދަރިފުޅާ” ރިޒްވާނަށް ދޯ ދެމުން ހާރޫނު ބުންޏެވެ.

” ހިނގާ ދެން އެންމެން ކާން.. އެހެން ނޫނީ އޭގެ ތާޒާ ކަން ކެނޑިދާނެ.. ” ނީމާ ތެދުވެގެން އެދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.

” ދައްތާ އަޅުގަނޑާ އީޝޫ ކާނީ ތަންކޮޅެއް ފަހުން.. މާދަން ރޯދަހިފަން ވެގެން.. އަޅުގަނޑުމެން މިދަނީ ކޮޓަރިއަށް.. ރިޒްވާން ކޮއްކޮވެސް ދެން ކައިގެން އަރާމުކޮށްލާ އިނގޭ ވަރަށް ވަރުބަލިވެފައެއްނު ހުންނާނީ.. އަދި ކަމެއް ބޭނުންވިއްޔާ ދޮންތަ ކައިރީ ބުނައްޗެ” މިހެން ބުނެފައި ހީލަމުން އައިޝާ އީޝަލް އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

” ދޮން.. ކީއްވެތަ އަހަރެން ރިޒްވާންބެ އާ ސަލާމް ކުރިޔަނުދިނީ” އީޝަލް ކުޑަކޮށް ހިތަހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

” އީޝޫ…. އީޝޫއަށް ހަމަ ނުވިސްނެނީތަ.. ރިޒްވާން އިޒް ނޮޓް އަވަރ ރިއަލް ބްރަދަރ.. މިބުނީ ރިޒްވާން އަކީ ބައްޕަމެން އެޑޮޕްޓް ކުރި ކުއްޖެއްނު.. އޭނަ ނުވާނެ އަހަރުމެންހެ މަހްރަމަކަށް.. ސޯ އީޝޫވެސް އޭނަ ކުރިމަތީ އުޅެންޖެހޭނީ ބުރުގާ އަޅައިިގެން.. އޯކޭ” އައިޝާ ނަސޭހަތްތެރިވިއެވެ. އައިޝާ ބަސް ޤަބޫލުކުރުމަށްފަހު އީޝަލް ބޯޖަހާލިއެވެ. އަދި ކިޔަވާ މޭޒު ކައިރިއަށް ގޮސް ކިޔަވަންފެށިއެވެ. ކުޑަ ދޮރުން ބޭރު ބަލާލި އައިޝާއަށް ތޭރަވިލޭރެ ހަނދުފެނުނެވެ. އައިޝާ ލުއިގޮތަކަށް ހީލަމުން ކުޑަދޮރު ކައިރިއަށް ޖެހިލީ އިތުރަށް ހަނދުގެ ފުރިހަމަކަން ބަލާލުމަށްޓަކައެވެ. އެހަނދަށް ބަލާލުމުންވެސް އައިޝާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ.

ކޮޓަރީގެ ބެލްކަނީގައި ހަނދަށް ބަލަހައްޓައިގެ ހުޝާމް ހުރިއިރު ހަނދާނަށް އަންނަމުން ދިޔައީ މިއަދު އައިޝާ ބުނެލި ބަސްތަކެވެ. ތެދެކެވެ. ވައުދު އުވާލީ ހުޝާމްއެވެ. މިއަދު ހުޝާމްއަކީ މުނާފިގެކޭ ބުންޏަސް ގޯހަކަށް ނުވާނޭ ހިތް ބުނަމުން ދިޔައެވެ. އެހެނީ ވައުދު އުވާލުމަކީ މުނާފިގުންގެ ސިފައެކެވެ.

ކޮޓަރިއަށް ވަން ލޫޝާއަށް ބެލްކަނީގައި ހަނދަށް ބަލަހައްޓައިގެން ހުރި ހުޝާމް ފެނުނެވެ. ދެއަތަށް ބާރަށް ފިއްތާލަމުން ލޫޝާ ފުންނޭވައެއް ދޫކޮށްލިއެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ ހުޝާމް އުފާކޮށްދޭން ލޫޝާ ބޭނުންވެޔެވެ. ދިމާވާ ކޮންމެ ކަމަކަށް ލޫޝާ ކެތްކުރާނެއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް ލޫޝާ ހުޝާމްގެ ފަހަތުގައި ހުއްޓުނެވެ. އަދި ފަަހތުން ހުޝާމް ގައިގާ ބައްދާލިއެވެ. ސިއްސައިގެން ގޮސް ހުޝާމްއަށް ހިފުނީ އޭނާގެ ބަނޑުގާއި އަޅުވާލެވިފައިވާ ލޫޝާގެ އަތުގައެވެ.

” ކުރިން ރޭ ވިކަންތަކަށް ވަރަށް ބޮޑަށް ސޮރީ” ލޫޝާ ބުނެލިއެވެ. ހުޝާމް ލޫޝާގެ އަތް ނައްޓުވާލަމުން ލޫޝާއާއި ވީ ފަރާތަށް އެނބުރުނެވެ. އަދި ލޫޝާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެ އެނދުމަތީގައި ލޫޝާ ބައިންދާލިއެވެ. ހުޝާމް ރުޅިއައިސްފައި ހުރި ކަމަށް ލޫޝާ އިނީ ދެރަވެ އިސްޖަހާލައިގެންެނެވެ. އެހެން އިންދާ ލޫޝާ ސިއްސައިގެން ދިޔައީ ހުޝާމް ދެއަތުން ލޫޝާގެ މޫނުގެ ދެފަރާތުގައި ހިފާ އުފުލާލުމުންނެވެ.

” ލޫޝާ އެކަމާ ގިލްޓީ ފީލް ވާނެ ކަމެއް ނެތް.. އަހަރެންގެ ހިތުގަ ލޫޝާއާ މެދު އެއްވެސް ޝަކުވާއެއް ނެތް.. އަހަންނަށް އެނގޭ އަންހެންކުއްޖެއްގެ އިހްސާސްތައް ހުންނާނެ ގޮތް.. ސޯ ޓޭކް ޔޯ ޓައިމް” މިހެން ބުނުމަށް ހުޝާމް  ތެދުވެގެން ދާން ހިނގައިގަތެވެ. އެވަގުތު ލޫޝާ ހުޝާމްގެ އަތުގާ ހިފާލިއެވެ. އަދި ހުޝާމްވެސް އެނދުމަތީ ބައިންދަމުން ކުރިއަށްވުރެވެސް ބޮޑަށް ހުޝާމްއާއި ކައިރިވެލިއެވެ. ލޫޝާގެ ހަރަކާތްތަކުން ހުޝާމްއަށް މިވަގުތުގެ އިހްސާސްތައް ދެނެގަނެވުނެވެ. ހުޝާމްވެސް ގާތްވެލުމުން ލޫޝާ އެއް އަތުން ލައިޓް ނިއްވާލީ ލޫޝާ މޫނުމައްޗަށް އަރާ ފައިބާ ކުލަތައް ހުޝާމްއަށް ނުދެއްކުމަށްޓަކައެވެ.

ކޮޓަރީގައި އެނދުމަތީގައި ބަންޑުން އޮތް ހިބާއަށް ވިސްނެމުން ދިޔައީ މިރޭ ހިނގި ކަންތަކާމެދުގައެވެ. ޔާނިޝް އޭނަގެ ބޭނުން ހިފަން އުޅުނު ގޮތެވެ. ޔާނިޝް ކައިރިން ހިބާ ސަލާމަތްވާންވެގެން ކުރި މަސައްކަތެވެ. އަަދި ރިޒްވާން އެމީހުން ގައިގާ ތެޅި މަންޒަރެވެ. ރިޒްވާންގެ ފިރިހެންވަންތަ އަޑާއި އެ ހެދިހުރި ބައިމަތިފުޅާ ހަށިގަނޑެވެ. އަންހެންކުދިން މޮޔަކޮށްލާފަދަ ހިނިތުންވުމާއި ލޮލުގައި ވާ ނޫކުލައިގެ ކަޅިއެވެ. ހިބާގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ވީއިރު އެއްއަތުން މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅާ ކުޅެލަ ކުޅެލާ އޮތެވެ. ކުއްލިއަކަށް ހިބާގެ ހިނިތުންވުން ފިލައިގެން ދިޔައީ އާދަޔާ ހިލާފަށް ބާރަށް ހިތްތެޅެން ފެށުމުންނެވެ. އަވަހަށް ތެދުވެ އިށީންވަގުތު ނޭވާލާން އުނދަގުވެ ހީވީ ނޭވާ ހޮޅިއަށް އެޅެން އުޅޭހެންނެވެ. ފުންކޮށް ނޭވާލަމުން ހިބާ އިންތަނުން ތެދުވަން އުޅުނުވަގުތު މުޅިމީހާ ގައިގާ ތުރުތުރުއަޅާ ދާހިއްލަން ފެށިއެވެ. މީ ހިބާގެ އެންމެ ފަހުވަގުތުކޮޅޭ ހިތަށް އެރުމާއެކު ރޯންފަށަމުން މަންމާއޭ ކިޔާ ބާރަށް ގޮވާލެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ހިތް އެކީ ދެވިއްޖޭ….28

Next

ފިރިމީހާގެ ހައްގުގައި

Next
December 21, 2016

ފިރިމީހާގެ ހައްގުގައި

Previews
December 21, 2016

ހިތް އެކީ ދެވިއްޖޭ….28

24 Comments!

  1. pinker says:
    December 21, 2016 at 10:08 pm

    Nice

  2. Lovely Pinky says:
    December 21, 2016 at 10:32 pm

    V nice ingey. Deythere maa dury kuriah onna Bai genesdeyleh

  3. lidhoo says:
    December 21, 2016 at 10:40 pm

    Varah reethi

  4. Sweetie says:
    December 21, 2016 at 11:02 pm

    Kihineh vee Hibaa ah.

  5. Khajja says:
    December 22, 2016 at 12:40 am

    Masha allah v rythi n hibaa ah heyovisnundhevvaa rangalhu magah rujooa koh dhevvaa gaafilkamaa bodaa kiburuverikamun dhurukoh dhevvaashi aameen

    1. Araa says:
      December 22, 2016 at 7:49 am

      Aameen

  6. alma.. says:
    December 22, 2016 at 9:13 am

    nice

  7. Aishaaa says:
    December 22, 2016 at 1:58 pm

    Maashaa allah v reethi…..
    Ekam maa kury… unmeedhu kuran dhen genesdhey bai miahvure dhigukoh genesdheyne kamah….

  8. raasi says:
    December 22, 2016 at 4:52 pm

    next part avaskolaa thi
    mi part reethi 🙂
    masha allah

  9. ththa says:
    December 22, 2016 at 11:33 pm

    wow…. kokkoo….. aithila badi eh haggu……. 🙂

  10. Someone says:
    December 24, 2016 at 8:31 pm

    Kobaa next part???

  11. Ravupinky says:
    December 25, 2016 at 1:42 pm

    next part koba hayyu?

  12. Aishaaa says:
    December 26, 2016 at 10:14 pm

    Hayyuuuuuuuuuuu…….. next part kon irakun up kohdheny….

  13. Ravupinky says:
    December 27, 2016 at 1:18 pm

    hayyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
    Next part plxxx

  14. aimin says:
    December 27, 2016 at 2:01 pm

    Kober next part inthizaru kohkoh varubaliveje plxx harry up. …

  15. aisha says:
    December 28, 2016 at 3:14 pm

    koba tha next part??????????????

  16. Fatho says:
    December 28, 2016 at 11:24 pm

    Aisha mivaahakaige episode thah haadhalahey annaleh.

  17. Adhu says:
    December 29, 2016 at 10:50 am

    19 vana baii kn irakun up vaany?

  18. Fatho says:
    December 30, 2016 at 12:00 am

    Haadhalahey mivaahakaige bai thah annaleh?????

  19. Adhu says:
    January 12, 2017 at 10:07 am

    Hayyu koba next part next year ga dhw up vany?

  20. Saj says:
    January 26, 2017 at 6:45 pm

    Next part when???

  21. Raashi says:
    February 1, 2017 at 7:06 am

    Vaahaka kuriah dhaagoeh v reethi mashallah… ? all the best
    -Hayyooo vaahaka nugenes dhevey gotheh viyas bunelaa eyrun engeynee

  22. Raashi says:
    February 1, 2017 at 7:09 am

    Hayyu baleetha anehka

  23. mal-mal says:
    August 31, 2017 at 1:01 pm

    what’s happening to Hiba?????

Comments are closed.

Next Episodeއައިޝާ 19←


All Right Reserved!