Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (11 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
December 22, 2016 7 Mins Read
14 Comments

“ނަޝް… އަހަރެން ބޭނުން އަންޖޫއާ އިންނަން… ދެއަންބަށް…” ދެއަތް ދެއަތާ މޮޑެމުން ރާހުލް އެހެން ބުނެލީ ޖެހިލުންވެހުރެއެވެ. އިވުނު ވާހަކައާ މެދު ޔަޤީންނުވެ ހުރެ ނަޝްފާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ރާހުލްއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެ މޫނުމަތިން ހިނދުކޮޅަކަށް ހައިރާންކަން ފާޅުވާން ހުއްޓެވެ. އެއަށްފަހު ދެން އެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

“އަސްލުވެސްތަ ރާހުލް؟ ހަމަ އަސްލުވެސްތަ؟” ނަޝްފާ ހިނިތުންވެ ހުރެ ރާހުލްގެ ދެ އަތުގައި ހިފާލަމުން އަހާލިއެވެ. ނަޝްފާ އުޅޭ ގޮތުން ހައިރާންވެހުރެ ރާހުލް ބޯ ޖަހާލިއެވެ.

“އޭރުން.. އޭރުން ރިޝްކޮ ހުންނާނީ އަބަދު އަހަރެން ކައިރީގަ ދޯ؟ ވަރަށް އުފާވެއްޖެ…” ނަޝްފާ ރާހުލްގެ ހަށިގަނޑުގައި ބާރަކަށް އޮޅުލައިގަތެވެ. “އަހަރެން އުޅުނީމޭ ރާހުލް ގާތު ބުނަން ވެސް އަންޖޫ އަށް މާފުކޮށްފަ އޭނައާ ދެއަންބަށް އިންނަންވީ ނޫންހޭ ވެސް؟ އެކަމަކު އަހަރެން ރާހުލް ގާތު ދެއަންބަށް އިންނާށޭ ކުރީ ފަހަރުވެސް ބުނީމަ ރުޅިއައީވިއްޔަ… އެހެންވެ ބުނަންް ނުކެރިފަ ހުރީ… އަޅެ ރާހުލް… ރިޝްކާ ދެކެ އަހަރެން ހާދަ ލޯތްބެއް ވެޔޭ… ރިޝްކާ އަހަރެންނާ އިތުރަށް ގާތް ވާތީ ހާދަ އުފާވެޔޭ..” ރާހުލް ގައިގައި ބައްދައިގެން ހުރެ ނަޝްފާ ވާހަކަ ދައްކަމުން ދިޔައީ ޖޯޝާ ފޯރި އެކުލެވޭ ފަދަ ގޮތަކަށެވެ. ރާހުލް ނަޝްފާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލއެވެ. އަދި އެ މޫނަށް ފުންކޮށް ބަލާލިއެވެ. ހިތްހަމަޖެހުމާ އުފާވެރިކަން ނޫން އެއްޗެއް އެ މޫނުމައްޗަކުން ނުފެނެއެވެ.

“ނަޝް ހަމަ އަސްލުވެސް މި ކަމާ އެއްބަސްތަ؟ ނަޝް އެއްބަސް ނޫނިއްޔާ އަހަރެން މިކައިވެންޏެއް ނުކު…” ރާހުލްއަށް އެހާ ހިސާބަށް ބުނެވުނުތަނާ ނަޝްފާ ރާހުލްގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ.

“ޝްޝްޝް.. ރާހުލް.. ޔޫ ސްޓިލް ލަވް ހާރ.. އައި ނޯ ދެޓް… އަހަރެން އެކަމަކާ ހުރަހެއް ނާޅާނަން… އެހެން ނޫނަސް އަހަންނަށް އިނގޭ އަންޖޫ އާ އިނަސް ރާހުލް އަހަންނާ އަންޖޫއާ ތަފާތު ނުކުރާނެކަން… އެއީ ރާހުލްގެ ފުރަތަމަ ލޯބި… އަދި ރިޝްކާ ވެސް ކިހާ އުފާވާނެތަ އޭނާގެ މަންމައާ ބައްޕަ ގުޅުނީމަ… އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތޭ.. އައި ފުލީ ޓްރަސްޓް ޔޫ…” ރާހުލްގެ ތުންފަތުގައި އިނގިލި ޖައްސާލައިގެން އެ ހުރި ގޮތަށް ހުރެ ނަޝްފާ ވާހަކަ ދެއްކިއެވެ.

“ތެންކްސް ނަޝް… ތިހާ އަންޑަސްޓޭންޑިންގ ވީމަ… އައި ލަވް ޔޫ…” ރާހުލް އެހެން ބުނެލަމުން ނަޝްފާ ގެންގޮސް އޭނާގެ މެޔާ ލައި ބޮނޑި ކޮށްލިއެވެ. ހަޤީޤަތުގައި ނަޝްފާ ކަހަލަ އަންބަކު ލިބުނީތީ އޭނާ ފަޚުރުވެރިވެއެވެ. އެހެން އަންހެނަކު ނަމަ އޭނާގެ ފިރިމީހާ ދެއަންބަށް އިންނަން ހުއްދަ ނުދޭނެކަން އޭނާއަށް އެނގެއެވެ.

** ** **

ދެ ހަފްތާ ފަސް…

ރޭގަނޑުގެ ހިތްގައިމު ވަގުތު މާލޭގައި ހުރި މާހިންގެ އަމިއްލަ ގެ ކަމުގައިވާ “މ.ޑްރީމް ވެލީ” ޒީނަތްތެރިކޮށްފައިވާލެއް ފުރިހަމަކަމުން މީހަކު ބަލާ ފޫހިނުވާނެކަން ޔަޤީނެވެ. ކަޅާއި ރަތުގެ މާމެލާމެއްޔާ ފޮތި މުޅި ގޯތިތެރެ ޒީނަތްތެރިކޮށްފައި ވިއެވެ. ރަތް ބޮކި ތަކުން މުޅި މާހައުލަށް ފަނޑު އަލިކަމެއް ގެނެސްދީފައިވީއިރު ބަލާލަން ވަރަށް ހިތްގައިމު ގޮތެއް ހުރެއެވެ.

ހުދުކުލައިގެ “ޓްރަންޕެޓް ވެޑިންގ ޑްރެސް” ގައި އަންޖޫދާ ފެންނަލެއް ވަރަށް ފުރިހަމައެވެ. އަޅައިގެން ހުރި ހުދުކުލައިގެ ބުރުގާ ރީތިގޮތަކަށް ހަދާލެވިފައިވީއިރު އެ ދޮން މޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. އަތުގައި ރަތް ފިނިފެންމަލުގެ މާބޮނޑިއެއް އޮތެވެ. ކައިރީގައި ހުއްޓިލައިގެން ހުރި ރާހުލްގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި އޭނާ ފެންނައިރު ހީވަނީ ބޮލީވުޑްގެ ފިލްމީތަރިއެއް ހެނެވެ. ބޮލުގެ އިސްތަށިގަނޑު މައްޗަށް އަޅާލެވިފައިވީއިރު ހަފްލާއަށް އަންނަ ކޮންމެ އަންހެން ކުއްޖެއްގެ ކަޅިވެސް އޭނާއަށް އަމާޒުވަމުންދެއެވެ. އެ ދެމީހުންގެ އެއްކައިރީގައި ހުއްޓިލައިގެން ހުރި ރިޝްކާގެ ހެދުން ހުރީ ރަތް ކުލައިންނެވެ. ބޮލުގައި ރަތް ބޭންޑެއް އަޅާފައިވިއެވެ. އެ ލޯބި މޫނުން އެންމެ ހިނދުކޮޅަކަށް ވެސް ހިނިތުންވުން ފިލާނުދެއެވެ. އޭނާގެ މަންމައާ ބައްޕަ ގުޅޭތީ އޭނާ ހުރީ ވަރަށްވެސް އުފަލުންނެވެ.

ހަފްލާގެ ހުރިހާ ކަމެއް އިންތިޒާމު ކުރުމުގައި އިސްވެ އުޅުނީ މާހިންއެވެ. ހަފްލާ ބާއްވާނެ ތަނަކަށް އޭނާ ހަމަޖެއްސީ ޚުދު އޭނާގެ އަމިއްލަ ގެއެވެ. ޚަރަދުގެ އެއްވެސް ކަމަކާ ނުވިސްނުމަށް އޭނާ އޮތީ މާކުރިންވެސް ރާހުލް ގާތު ބުނެފައެވެ. އަންޖޫދާއާ ރާހުލްގެ ކައިވެނި ހެދުންވެސް ފަހާ ދިނީ އޭނާގެ އަމިއްލަ ޚަރަދުގައެވެ. އޭގެ އިތުރަށް އޭނާ ވަނީ އޭނާގެ 6 ބުރިއަށް ނަގާފައިވާ ގެއިން 4 ކޮޓަރީގެ އެޕާޓްމެންޓެއް ވަރަށް ހެޔޮ އަގުގައި ރާހުލްމެންނަށް ކުއްޔަށް ދޫކޮށްފައެވެ. އޭގެ ހަފްތާއެއް ކުރިން ރާހުލްމެން އެ އެޕާޓްމެންޓަށް ބަދަލުވިއެވެ. އޭނާގެ ހިތްހެޔޮަކަން ފެނި އަންޖޫދާއާ ރާހުލް ތިބީ އޭނާއަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގިފައެވެ.

ގާތް ގަނޑަކަށް ހަފްލާ ނިމެން ގާތްވެފައި ވަނިކޮށް ރާހުލް އާ އަންޖޫދާގެ ގާތަށް ނަޝްފާ ދިޔައެވެ. އޭނާ ވެސް ހުރީ ރަތާ ކަޅުގެ ޖިލްބާބެއް ލައި ރަތް ޝޯލްއެއް އަޅައިގެންނެވެ. ފުޅާ ހިނިތުންވުމަކާއެކު އޭނާ ރާހުލްމެންނަށް ދިއްކޮށްލީ ޕާރުސަލްކޮށްފައިވާ ފޮއްޓެކެވެ.

“ވަރަށް ބޮޑަށް މަރުހަބާ ދެކުދިންނަށް ވެސް…” ދެމީހުންނާ ސަލާމްކޮށްލަމުން ނަޝްފާ ހިތްހެޔޮކަމާއެކު ބުނެލިއެވެ.

“ތޭންކްސް ނަޝް…” އަންޖޫދާ ނަޝްފާގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ.

“ރާހުލް! މީހަކު ވަރަށް އެބަ ގުޅާ ފޯނަށް… މިހާރު 30 ވަރަކަށް މިސްޑްކޯލް ދީފި… އެހެންވެ ފޯނު މިގެނައީ..” ތިންމީހުންވެސް މާހިންގެ އަޑަށް އެދިމާ ބަލާލިއެވެ. އޭރު ރާހުލްގެ ފޯނު ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް މާހިން އާދެއެވެ. ރާހުލް އަތަށް ފޯނު ލިބުނުއިރުވެސް ރިންގުވަމުން ދިޔައެވެ. އޭނާ ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.

“ނަޝް.. ނަޝް ހަމައަސްލުވެސް އޯކޭތަ އަހަރެން ރާހުލްއާ އެކީ އުޅުނަސް؟” ރާހުލް ދިޔަދިމާއަށް ބަލަން ހުރެ އަންޖޫދާ ނަޝްފާ ގާތު އަހާލިއެވެ. އެވަގުތު ނަޝްފާ ދެއަތް އުނަގަނޑުގައި ވިއްދާލިއެވެ.

“އަންޖޫ.. ކީއްވެތަ އަބަދު ތިހެން ތި އަހަނީ؟ އައި އެމް އޯކޭ ވިތް ދެޓް އޭ… ހަަމަ އަސްލުވެސް އޭ… ދެން ތިސުވާލު އަހަންނާ ނުކުރާތި އިނގޭ… އެކަމަކު ޝަރުތެއް އެބައޮތް… ރިޝްކޮ ގެ ކަންތައް ބަލަހައްޓަން އަހަންނަށް ވެސް ދޭންޖެހޭނެ….” ނަޝްފާ އެހެން ބުނެލުމުން އަންޖޫދާ ހީލާފައި ބޯ ޖަހާލިއެވެ. ކައިރީގައި ހުރި ރިޝްކާވެސް އައިސް ނަޝްފާ ގައިގައި ކުޑަކޮށް ބައްދާލިއެވެ.

“ވަޓް؟ ކީކޭ ހިތާތަ ރިޔާދައްތަ ތިއުޅެނީ؟؟” ކުއްލިއަކަށް ރާހުލް ބާރުބާރަށް ބުނެލި އެއްޗެއްގެ ސަބަބުން އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ނަޝްފާ އާ ޞާބިރާގެ މޫނުމަތިން ހާސްކަން ފާޅުވާން ފެށިއެވެ. ފޯނު ބޭއްވުމަށްފަހު ރާހުލް ނަޝްފާމެންނާ ދިމާއަށް އެނބުރުނެވެ. ތަންކޮޅެއް ދުރުގައި ހުރި ޞާބިރާވެސް އަަވަސްްކޮށްލާފައި އެ ދިމާއަށް އައީ ވީނުވީގޮތް އޮޅުން ފިލުވާށެވެ.

“ރިޔާދައްތަ… އޭނަ އެއަރޕޯޓުގައޯ… ވިޝާންއާއެކު ލަންކާއަށް ފުރަންށޯ އެއުޅެނީ… ގޮސްފަ ކައިވެނި ކުރާނަމޯ ބުނީ….” ރާހުލް ހާސްވެފައިހުރެ ދެކޮޅުދެކޮޅަށް ހިިނގަމުން ވާހަކަދެއްކިއެވެ.

“ދެން ކިހިނެއް ހަދާނީ؟” ނަޝްފާއާ ޞާބިރާއަށް އެހެން ބުނެލެވުނީ އެއްފަހަރާއެވެ. އަންޖޫދާވެސް ކަންބޮޑުވެފައި ރާހުލްއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަހަރެން ދާންވެއްޖެ އެއަރޕޯޓަށް… އަހަރެން ދާން ޖެހޭނެ.. އޭނަ ހުއްޓުވޭތޯ ބަަލަން…” ރާހުލް މޫނުގައި އަތް ހާކާލަމުން ބުނެލިއެވެ. އޭރު އެ ނިތްކުރިމަތިން ދާތިކިތައް ވިދަން ފަށައިފިއެވެ.

“އެކަމަކު ހަފްލާ އަދި ނުނިމެއެއްނު؟” އެވަގުތު އެދިމާއަށް އައި މާހިން އަށް ރާހުލް ދެއްކި ވާހަކަ އަޑުއިވިގެން ބުނެލިއެެވެ.

“އެކަމަކު އަހަރެން ދާން ޖެހޭ… އަންޖޫ… އަހަރެން މިދަނީ އިނގޭ… އޭނަ ހުއްޓުވޭތޯ ބަލަން އެބަ ޖެހޭ…” އަންޖޫދާއަށް ބަލާލުމަށްފަހު ރާހުލް ބުނެލިއެވެ. އަންޖޫދާ މަޑުމަޑުން ބޯޖަހާލިއެވެ. ރާހުލް އެގޭގެ ގޭޓުން ނިކުންނަން އަވަސް އަވަހަށް ހިނގައިގަތެވެ.

“ރާހުލް! މަޑުކޮށްބަލަ.. އަހަރެންވެސް ދާނަން…” ނަޝްފާ ރާހުލްގެ ފަހަތުން ހިނގައިގަންނަމުން ގޮވާލިއެވެ. ރާހުލް އެހާ ލަސްވެފައި ހުރުމުން މާހިން ވެސް އެދިމާއަށް ހިނގައިގަތީ އޭނާގެ ކާރުގައި އެމީހުން އެތަނަށް ގެންދިއުމަށެވެ.

ކާރަށް އެރުމާއެކު ރާހުލް ލައިގެން ހުރި ކޯތު ނަގައި ސީޓުގައި އަޅުވާލިއެވެ. އިރުއިރުކޮޅާ އޭނާއަށް ނުތަވަސްވެފައި ހުރެ ގަޑިއާ ދިމާއަށް ބަލާލެވެއެވެ. ކައިރީގައި އިން ނަޝްފާ ރާހުލްގެ އަތުގައި ހިފާލުމަށްފަހު ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނެލިއެވެ. ހުޅުލޭ ފެރީޓާމިނަލްއަށް މާހިން ކާރު މަޑުކޮށްލުމާއެކު ނަޝްފާއާ ރާހުލް ކާރުން ފައިބައިގެން ފެރީއާ ދިމާއަށް މިސްރާބުޖެހީ ދުވެފައި ކަހަލަ ގޮތަކަށެވެ. ހަފްލާގައި އަދިވެސް ބައިވަރުކަންތައް ނިންމަން ހުރުމާއެކު މާހިން އެނބުރި ގެއާ ވީކޮޅަށް ދުއްވާލިއެވެ.

ހުޅުލެއަށް ދެވުމާއެކު ރާހުލް ފޯނު ނަގައި ރިޔާ އޭރު ގުޅި ނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅުމުންވެސް ފޯނު ނުނެގުމުން އޭނާގެ ހާސްކަން ދެގުނައަށް އިތުރުވިއެވެ. އެއަރޕޯޓުތެރެއަށް ވަދެވުނުއިރުވެސް އޭނާ ދިޔައީ އެ ނަންބަރަށް ގުޅޭތޯ މަސައްކަތްކުރަމުންނެވެ. އެތަށް ފަހަރު ގުޅުމުން އެކޮޅުން ފޯނު ނެގިއެވެ.

“ރިޔާދައްތާ! ކޮންތާކު؟ އަހަރެން މިހުރީ އެއަރޕޯޓުގައޭ! ކޮންތާކު؟” ހާސްވެފައި ހުރިވަރުން ރާހުލްއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ.

“ޗެކިން އަށް ވަންނަން މިއުޅެނީ…” އެކޮޅުން ރިޔާ ބުނެލި އަޑު އިވުނެވެ.

“އިހަށް މަޑުކޮށްބަލަ ޕްލީސް… އަހަރެން އެބަ ދަން…” ރާހުލް އެހެން ބުނެލުމަށްފަހު ނަޝްފާއާއެކު ޗެކިންއަށް ވަދެވޭ ދިމާއަށް ދިޔައީ ދުވެފައެވެ. އެތާ ކައިރީގައި ހުއްޓިލައިގެން ހުރި ވިޝާން އާ ރިޔާ ފެނުމުން ދެމީހުންވެސް އެހިސާބަށް ގޮސް ހުއްޓުނެވެ. ރާހުލް ފެނުމުން ރިޔާ އިސްޖަހާލިއެވެ. ރާހުލްމެންގެ ނުރުހުމުގައި ވިޔަސް ވިޝާންއާ ކައިވެނިކުރަން އޭނާ ނިންމީ ވިޝާން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

“ރިޔާ ދައްތާ… ޕްލީސް… ނުދޭބަލަ… އަހަރެން ތިކައިވެންޏާ އެއްބަސްވެސް ވެދާނަން… އެކަމަކު ތިހެން ނުދޭ….” ރާހުލް ރިޔާގެ ގައިގައި ކުޑަކޮށް އޮޅުލައިގަންނަމުން ބުނެލިއެވެ. އޭނާގެ އަޑުން އޭނާ ދެރަވެފައި ހުރިވަރު ހާމަވެއެވެ.

“ފުރަތަމަ ޝިޔާދައްތަ.. ދެން ރިޔާ ދައްތަ ތަ އަހަންނާ ގެއްލެން ތިއުޅެނީ؟ އަހަރެން ކިހާ އެކަނިވާނެތަ؟” ރާހުލް އެހެން ބުނެލިއިރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ރިޔާގެ ދެލޮލުންވެސް ބޭއިޚްތިޔާރުގައި ކަރުނަ ފޭބިއެވެ. ނަމަވެސް އޭނާ އެ ކަރުނަތައް ފުހެލައި، ހަމަޖެހެން މަސައްކަތްކުރިއެވެ.

“ރާހުލް ހަމަ އަސްލަށްވެސް ގަބޫލުވާނަންތަ؟ އެހެންވިއްޔާ އަހަރެން މިކޮޅަށް އަންނާނަން ވިޝާންއާ ކައިވެނިކޮށްގެން… ކައިވެނީގެ ހުރިހާކަމެއް އެކޮޅުގަ ހަމަޖައްސާފަ އޮތީ … އެހެންވެ މި ދަނީ…” ރިޔާ ރާހުލްގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. ރާހުލް ރިޔާގެ މޫނަށް ދެރަވެފައި ހުރެ ބަލާލިއެވެ.

“ވިޝާން.. މަގޭ ދައްތައަށް ދެރަގޮތެއް ނަހަދާތި..” ވިޝާންއާ ދިމާއަށް ބަލާލުމަށްފަހު ރާހުލްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ވިޝާންއަށް އިތުބާރުކޮށް ރިޔާ ވިޝާން އާ އެކީ ހަމަ ފޮނުވާލަންވީބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް މި ވަގުތު ރިޔާ ހުއްޓުވާފިނަމަ އޭނާއަށް ރިޔާގެ ނަފުރަތު ލިބުން ނޫންކަމެއް ނުވާނެކަން އޭނާއަށް އެނގުނެވެ.

“ދެން ދަނީ ރާހުލް… ފްލައިޓް ނައްޓާލާ ގަޑިވެސް ވަރަށް ކައިރިވެއްޖެ… އޯހް… އެންޑް އުފާވެރި ކައިވެންޏަކަށް އެދެން…” ރިޔާ  އެހެން ބުނެލީ ރާހުލް މިރޭ އަންޖޫދާއާ ކައިވެނިކުރިކަން އެނގޭތީއެވެ. އެއަށްފަހު ވިޝާންއާ ދެމީހުން އެތެރެއަށް ވަދެގެން ދިޔައެވެ. އެމަންޒަރު ބަލަން ރާހުލް ހުރީ ފެންކަޅިވެފައެވެ. ހިތާހިތުން ރިޔާއަށް ރަނގަޅު ގޮތް މެދުވެރިކުރެއްވުމަށް އެދި އޭނާ ދުޢާކޮށްލިއެވެ.

** ** **

ރާހުލްގެ އެޕާޓްމެންޓްގައި އޭނާއާއި ރާހުލްއަށް ޚާއްސަކުރެވިފައިވާ ކޮޓަރީގެ ދޮރު އަންޖޫދާ ހުޅުވާލިއެވެ. ހޮޅިބުރި ދިއްލާލުމާއެކު މުޅި ކޮޓަރިތެެރެ އަލިވެގެން ދިޔައެވެ. ކިންގް ސައިޒް އެނދު ރަތް ފިނިފެންމަލުން ޖަރީކުރެވިފައި ވީތަން ފެނުމުން އޭނާއަށް ހިނިތުންވެލެވުނެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް އެނދުގައި އިށީންދެ ފުންނޭވައެއް ދޫކޮށްލިއެވެ. އެނދުގެ ހެޑްބޯޑް މަތީގައި ބަހައްޓާފައި ހުރި ގަޑިއަށް ބަލާލިއެވެ. 1 ގަޑި ބައިވީއެވެ. އަދިވެސް ރާހުލް ނާންނާތީ އޭނާގެ ހިތް ކުޑަކޮށް ނުތަނަވަސްވިއެވެ. މަޑުމަޑުން އޭނާ ހިނގައިގަތީ އަލަމާރި ކައިރީގައި ބަހައްޓާފައި ހުރި އޭނާގެ ފޮށްޓާ ދިމާއަށެވެ. ރާހުލް އަންނަން ވާއިރަށް ސަރޕްރައިޒެއް ދޭނީއޭ ހިތާ އޭނާ ފޮށި ހުޅުވައި ކުޑަކޮށް ހާވާލުމަށްފަހު އޭނާ ނެގީ ގަދަ ރަތް ކުލައިގެ ނައިޓީއެކެވެ. އެ ނަގައި ބަލާލިހިނދު އޭނާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އޭނާ ލައިގެން ހުރި ބޮޑު ވެޑިންގ ޑްރެސް ބޭލިއެވެ. އަދި ފޮށިން ތުވާލި ނެގުމަށްފަހު މިސްރާބުޖެހީ ފާހާނާއާ ދިމާއަށެވެ.

ފެންވަރައިގެން ނިކުމެ އަންޖޫދާ ހުއްޓެލީ ޑްރެސިންގ ޓޭބަލް ކުރިމަތީގައެވެ. އެ ނައިޓީގައި އޭނާ ފެންނަލެއް ނުލާހިކު ހިތްގައިމެވެ. އެނދަށް އަރައި ހެޑްބޯޑު މަތީގައި ލެނގިލައިގެން އޭނާ އިނީ ރާހުލްގެ އިންތިޒާރުގައެވެ. އެހެން އިންއިރު އިރުއިރުކޮޅާ އޭނާއަށް ފޯނަށް ބަލާލެވެއެވެ.

** ** **

ހަނދުގެ ރިހި އަލި މޫދަށް އެޅިފައިވީއިރު ރާހުލްއަށް ހުރެވުނީ އެދިމާ ބަލަހައްޓައިގެންނެވެ. ޖެހެމުންދާ ފިނިފިނި ވައިރޯޅިތައް އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު ވިހުރުވަމުން ދިޔައެވެ. ކައިރީގައި ނަޝްފާ ވެސް އިނެވެ. މާލެ އައުމަށްފަހު ރާހުލް އައީ ރަސްފަންނު ބީޗަށެވެ. މޫދާ ވީފަރާތަށް ބަލަހައްޓައިގެން ދޮންވެލިގަނޑުގައި އިށީން ގޮތަށް އަދިވެސް އިނީއެވެ. ނަޝްފާގެ އެތަށް އާދޭހާއެކުވެސް އޭނާ އެތަނުން ދާކަށް އެއްބަހެއް ނުވިއެވެ.

ރާހުލްއަށް ވިސްނެމުން ދިޔައީ ރިޔާއާމެދުގައެވެ. ޝިޔާ އޭނާ ދޫކޮށްލާފައި ދިޔަގޮތަށް ރިޔާވެސް ހިނގައްޖެނަމަ އޭނާއަށް ވާނެ ގޮތް އަންދާޒާވެސް ނުކޮށްލެވެއެވެ. އޭނާގެ މަންމައާއި ބައްޕަ، ޝިޔާ އަދި ރިޔާއާ އެކު އޭނާ އޭރު ހޭދަކުރީ ކިހާ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ ބައްޕައާއި މަންމަ މި ދުނިޔެއާ އަލްވަދާޢު ކިޔުމަށްފަހު ވެސް އޭނާ ހީކޮށްގެން ހުރީ ރިޔާ އަދި ޝިޔާއާއެކު އުފާވެރި އާއިލާއެއްގެ ގޮތުގައި އުޅެވޭނެކަމަށެވެ. ނަމަވެސް އޭނާ އާ ރިޔާ ދޫކޮށްލާފައި ޝިޔާ ދިޔައީއެވެ. އެމީހުންނާ މުޅިން ގުޅުން ކަނޑާލީއެވެ. ހަމަ އެގޮތަށް ރިޔާވެސް ގެއްލެނީ ބާއޭ ހިތަށްއެރި ވަގުތު އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

ރާހުލްގެ ދެލޮލުން ކަރުނަ ފައިބަން ފެށުމުން ނަޝްފާވެސް ދެރަވިއެވެ. އޭނާ ދެރަވެފައިވާ މިންވަރު ނަޝްފާއަށް އިހުސާސްވިއެވެ. ކުޑަކޮށް ރާހުލްގެ ހަށިގަނޑުގައި ބައްދާލުމަށްފަހު ނަޝްފާ އެ ދެލޮލުން ފޭބި ކަރުނަތައް ފުހެލަދިނެވެ. އެއާއެކު ރާހުލް ނަޝްފާގެ އުނގުގައި ބޯ އަޅާލިއެވެ. އަނދިރިވެފައިވާ އެ މާހައުލުގައި އެވަގުތު އެދެމީހުން ފިޔަވާ އިތުރު މީހަކު ތިބިތަނެއް ނުފެނެއެވެ.

“ނަޝް… ރިޔާ ދައްތަ އަންނާނެ ދޯ؟” ރާހުލް މަޑުމަޑުން އަހާލިއެވެ. އެއާއެކު ނަޝްފާ ހިނިތުންވާން މަސައްކަތްކުރިއެވެ.

“އާނ.. ރިޔާ ބުންޏެއްނު އަންނާނަމޭ… އަބަދުވެސް ރަނގަޅު ގޮތަށް ވިސްނަންވާނީ…” ރާހުލްގެ އިސްތަށިގަނޑާ ކުޅެލަމުން ނަޝްފާ ލޯތްބާއެކު ވާހަކަދެއްކިއެވެ.

“ނަޝް… ނަޝް ވެސް އަހަރެން ދޫކޮށްފަ ނުދައްޗޭ… އައި ނީޑް ޔޫ…” ރާހުލް އެހެން އޮވެ ނަޝްފާގެ އަތުގައި ހިފާލަމުން ބުނީ ކުރެހިފައިވާ އަޑަކުންނެވެ. ނަޝްފާ ހީލަމުން ބޯ ޖަހާލިއެވެ.

“ނަޝް ދެކެ ވެސް އަހަރެން ހަމަ ވަރަށް ލޯބިވޭ… ނަޝްއަށް ވެސް އެކަން އިނގޭދޯ؟” ރާހުލް އަހާލިއެވެ. ނަޝްފާ ރާހުލްގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

“ރާހުލް… އަހަންނަށް އެނގެއޭ ރާހުލް އަހަރެންދެކެ ވެސް ލޯބިވާކަން… ކައިވެނިކޮށްގެން އުޅުނު މި 7 އަހަރު ތެރޭގަ އަހަންނަށް އެކަން ވަރަށް ރަނގަޅަށް އެނގިއްޖޭ… ސޯ ޕްލީސް… އަހަރެން ރާހުލް ދޫކޮށްފަ ދާނެއޭ ނުވިސްނައްޗޭ ދުވަހަކުވެސް…” ނަޝްފާ ރާހުލްގެ އަތަށް ފިތާލަމުން ޔަޤީންކަމާއެކު ބުނެލިއެވެ. ރާހުލް ނަޝްފާގެ އުނގުން ބޯ ހިއްލާލިއެވެ. އަދި ތެދުވެ ނަޝްފާގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ.

“އަސްލު ރިޝްކާ ނެތް ނަމަ އަހަރެން އަންޖު އާ މެރީ އެއް ނުކުރާނަން އަންޖޫ ދެކެ ކިތަންމެ ލޯބިވިޔަސް..” ރާހުލް ނަޝްފާ ގައިގައި ބައްދައިގެން ހުރެ ވާހަކަދެއްކިއެވެ.

“ރާހުލް.. ކިތައް ފަހަރު މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފިންތަ؟ އަހަންނަށް ހަމަ އޯކޭއޭ ރާހުލް އަންޖޫއާ އިނީމަ… އަސްލު ރިޝްކާ ގާތުގަ ގިނަ ވަގުތު ހޭދަކުރަން އަހަންނަށް ވެސް ލިބުނު ފުރުސަތެއް މީ… ވަރަަށް އުފާވޭ… ރާހުލް ލޯބިވާވަރަށް އަހަރެން ރިޝްކާ ދެކެ ލޯބިވެޔޭ ހަމަ… ރިޝްކާއާއެކު ވަގުތު ހޭދަކުރުމުން އަހަންނަކީވެސް މަންމައެއް ފަދަ އިހުސާސެއް ކުރެވޭ… އިޓްސް އަމޭޒިންގ…” ނަޝްފާ އެންމެ ފަހު ޖުމްލަ ބުނެލީ އުޑުމަތީގައިވާ ހަނދަށް ބަލާލަމުންނެވެ. އެ މޫނުމަތީގައިވީ ފުން ހިނިތުންވުމެކެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ތެދުވެ ގައިން ވެލި ފޮޅާލިއެވެ. އަދި ރާހުލްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ރާހުލް ކުޑަކޮށް ހިނިތުންވެލަމުން ނަޝްފާގެ އަތުގައި ހިފައި ތެދުވިއެވެ.

“ދެން ހިނގާ ގެއަށް ދާން ދޯ… އަންޖޫ މިހާރު ހުންނާނީ ރާހުލް ނައިސްގެން ލަސްވެފައެއްނު؟ ކައިވެނީގެ ފުރަތަަމަ ރޭ ތިހެން ހަދާކަށް ނުވާނެ…” ނަޝްފާ އެހެން ބުނެލުމުން ރާހުލް ހިނިތުންވެލިއެވެ. އަދި ދެމީހުން އެކީގައި މ.ޑްރީމްވެލީ އާ ދިމާއަށް މިސްރާބު ޖެހިއެވެ. މާހިން އެމީހުންނަށް ކުއްޔަށް ދޫކުރި އެޕާޓްމެންޓް ހުންނަ 3 ވަނަ ފްލޯއަށް އަރައި ރާހުލް ގޭގެ ބޮޑު ދޮރު ހުޅުވާލީ އޭނާގެ ޖީބުން ނެގި ތަޅުދަނޑިފަތިންނެވެ. މުޅި ސިޓިންގރޫމަށް ވެރިވެފައިވަނީ މަރު ފަދަ ހަމަހިމޭންކަމެވެ. ނަޝްފާ ފަހު ފަހަރަށް ރާހުލްގެ ހަށިގަނޑުގައި ބައްދާލަމުން އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ނަޝްފާ ދިއުމުން ރާހުލް ހުއްޓެލީ އޭނާއާ އަންޖޫދާއަށް ޚާއްސަކުރެވިފައިވާ ކޮޓަރީގެ ދޮރުމަތީގައެވެ. ތަޅުދަނޑިން އޭނާ ދޮރު ހުޅުވާލީ މަޑުމަޑުންނެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު އޭނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ.

އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ނިދިފައި އޮތް އަންޖޫދާ ފެނި ރާހުލްގެ ހިތް ދެރަވިއެވެ. ކައިވެނީގެ ފުރަތަމަ ރޭ އަންޖޫދާ އެކަނިކޮށްލާފައި އެގޮތަށް ދެވުމުން އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ލައިގެން ހުރި އެއްޗެހި ބާލަމުން އޭނާ ފާހާނާއަށް ވަނީ ފެންވަރާ ތާޒާވެލުމުގެ ނިޔަތުގައެވެ.

އަންޖޫދާއަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭ ކަމުގެ އިހުސާސް ކުރެވިގެންނެވެ. ތެޅިގަނެފައި އޭނާއަށް ފުންމައިގެން ތެދުވެ ދެކޮޅު ހޯދާލެވުނެވެ. ކައިރީގައި ލާނެތް ގޮތަކަށް ހީލައިގެން އޮތް ރާހުލް ފެނުމުން އޭނާގެ ހިތް ބާރަށް ތެޅެލިއެވެ. ވަގުތުން އެ ދޮން މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް – 4

Next

ހިތް އެކީ ދެވިއްޖޭ…29

Next
December 22, 2016

ހިތް އެކީ ދެވިއްޖޭ…29

Previews
December 22, 2016

އަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް – 4

14 Comments!

  1. Liaa says:
    December 22, 2016 at 8:10 am

    Hii guys…. reyga Liaa ah up nukurevunyma srry ingey
    Hope u like this part…
    Loves ?

  2. fau says:
    December 22, 2016 at 8:31 am

    V reethi. Its amazing.. Kon irakun next part

    1. Liaa says:
      December 22, 2016 at 9:46 am

      Thankss fau ☺

  3. Sweetie says:
    December 22, 2016 at 9:08 am

    Dhen Bangaalhieh haadha kaamiyaabey dho?
    Liaa. Anekkaa liyaa ah bangaalheen maa kamudhaneetha? ☺???????

    1. Liaa says:
      December 22, 2016 at 9:45 am

      Hehe.. sweetie ves dhw… bangladhesh meehun viyas eiy hama insaanun dhw.. Hama emeehunge thereyga rangalhu meehun ves ulheyne.. emmen goaheh nuwaane…

    2. Mine says:
      December 22, 2016 at 11:40 am

      Hama dhivehin ge terey ga vs ulhey goas meehun..eyge misaaaleh thi sweetie thi.
      Chee dehn visnaa goi dho..
      Bangladesh meehun ge terey ga ulhey varah rangalhu meehun..ehn noonas mi vaahka eh..hageegee diriulhumeh noon..liyunteriyaa liyani kohnme faharaku eyna ge life ga vaa kantakeh noon..
      Adi vs bunaaani cheeeeedi ey sweetie ge thi visnumah vs..sweetie kiyan laduvs ganey..kale ah kiyan v gui buri????

  4. Ba says:
    December 22, 2016 at 9:57 am

    Bangaalheenaky janavaaruntha?how funny

  5. Ba says:
    December 22, 2016 at 9:59 am

    Haadaha d grade visnumekey dhw sweetie 🙂

  6. Thaathi says:
    December 22, 2016 at 12:05 pm

    Liaa madam vvv reethi story emme kiya hiyyvaa story mee mihaaru v salhi

  7. Sweetie says:
    December 22, 2016 at 12:20 pm

    Wow! Haadha varekey dho?
    Dhen dhivehi maahaulugai dhivehi vaahakaeggai dhivessakahves noolhevey sharafaa izzathugai, geyakah masakkaiy kuran genai meehaku, bitun ehaa kaamiyaabukoh, dhen hama odd. Bat vaahaka varah reethi. Kiyaahivvey. Dhen ok ma gui buriyakas. ???

    1. Manje says:
      December 22, 2016 at 12:22 pm

      sweetie kae hama hisaabah vure kiburuvery .. chee sweetie chee

    2. Izu says:
      December 22, 2016 at 1:22 pm

      Dhivehi fas gandu gandu ga dhivehinnah vureh beyru meehun gina. Dhivehinnah vureh emeehun izzathuga ulhen maa aulaakan bodu. Dhivehi fas gandah ais emeehun nukurany kon kameh. Hurihaa dhaairaa eh ga emeehun kulhey role bodu. Dhivehinnaky foni baeh. Fihaaraige cashier akah inna ves dhivehin ladhu ganey. Ei dhivehinge fenvaraky. Beyru meehun ge therey ga ves ulheyy varah ahulaagu rangalhu saafuthaahiru meehun.

  8. Thaany says:
    December 22, 2016 at 2:30 pm

    Wow liaa mihaar v v reethi vehjje story

  9. naahy says:
    December 22, 2016 at 7:38 pm

    v v reethi mi vaahaka.
    kiyaahithun huttaa nimenee.
    enme massalaeh othee.
    maa gina dhuvahun up kuraathee.

Comments are closed.

Next Episodeއެ ލޯބި އަސްލު ހައްޤޭ (12 ވަނަ ބައި)←


All Right Reserved!