Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް – 4

shixz00
December 22, 2016
5 Mins Read
42 Views
10 Comments

 

އިރުކޮޅެއްވީތަނާ ކުޑަކުއްޖަކު، ރޯއަޑަށް ތެދުވެ އެއަޑު އަންނަދިމާލަށް ބަލައިލީމެވެ. ބަލައިބެލުމަށް 2 އަހަރުވެސް ނުވާ ކުޑަކުއްޖަކު ރޮމުން އަހަންނާދިމާލަށް އަންނަތަންފެނުނެވެ. އަމައެއާއެކު އަހަރެން ގޮސް އެކުއްޖާ އުރާލައި، އެކުއްޖާގެ މައިންބަފައިން ކޮބައިތޯ އެކި ދިމަދިމާލަށް ނަޒަރު ހިންގައިބަލައިލީމެވެ..  ފަހަތުން އަހަރެންގެ ކޮނޑުގައި، މީހަކު އަތްޖައްސާލިއެވެ.. އަހަރެން ފަހަތް އެނބުރި ބަލާލި އިރު އެއީ އަޔާން އެވެ.. އަހަރެން ހުރީ އެވަގުތު ފާޑަކަށް ބޯ އަބުރާތީ، ގެއަށްދާންވެސް ބޭނުންވެފައެވެ.. ނަމަވެސް އެކުޑަކުއްޖާ އޭނާގެ އާއިލާ އާއި ހަވާލުކޮށްފަ ނުނީ ދެވޭކަށްވެސް ނެތެވެ.. އެވަރުގެ ކުޑަކުއްޖަކު އެތަނަށް ދޫކޮށްލާފައި ދާކަށްވެސް ނުކެރޭނެތާއެވެ..

” ތި އީ ކޮން ކުއްޖެއް؟”

”އަހަރެންވެސް މިއުޅެނީ މި އީ ކާކުގެ ދަރިއެއްކަމެއް ނޭނގިގެން” ކުދިފިޔަވަޅު އަޅަމުން އަޔާން އަހަރެންގެ ކަނާތްފަރާތުގައި ހުރެގެން ފެންނަ ކޮންމެ މީހެއްގެ ކައިރީގައި އެކުއްޖާ އާ ބެހޭގޮތުން ސުވާލު ކުރަމުން ދިޔެއެވެ.. އަހަންނަށް ވަރުބަލިކަން މާ ބޮޑަށް އިޙްސާސް ކުރެވެން ފެށުމުން ގަހެއްގެ ކައިރީގައި މަޑުކޮށްލީމެވެ.. އޭރުވެސް އެ ކުޑަކުއްޖާ ހުރީ އަހަރެންގެ އުރުގައެވެ. ކުއްލިއަކަށް އަހަރެންގެ ލޯ ހުއްޓުނީ ކުރިންމަތިން ޒިޔާން އަންނަތަން ފެނުމުންނެވެ. އެނާ އަހަންނާ ދިމާލަށް އަންނަތަން ފެނުމުން އަހަރެންގެ ހިތްނުތަނަވަސް ވިއެވެ.. އެތަކެއް ދުވަހެއްފަހުން ޒިޔާން ފެނުނުނަމަވެސް އަހަންނަކަށް އުފާވެރިކަމުގެ އެއްވެސް އިޙްސާސް އެއް ނުވިއެވެ. ޒިޔާން އައިސް އަހަރެންގެ ކައިރީގައި މަޑުކޮށްލުމުން އަހަރެން ހީކުރީ ޒިޔާން އައީ އަހަރެން ފެނުނީމަ ކަމަށެވެ..

” ޒިޔާން އަހަރެން…….” އަހަރެން އަނގައިން ބަސް ބޭރުވުމުގެ ކުރިން ޒިޔާން އަތް ދިގުކޮށްލީ އަހަރެންގެ އުރުގައި ހުރި ކުޑަކުއްޖާއަށެވެ. އަހަނަށް ހުރެވުނީ، ނޭގުމެއްގެ ތެރޭގައިއެވެ.. ހިތުގައި އެތަކެއް ސުވާުލެއް އުފެދެމުން ދިޔައެވެ. ހަމަ އެވަގުތު އެތަނަށް އިތުރުމީހަކު އައެވެ. އޭނާ އައުމާއި އެކު، އަހަރެންގެ އުރުގައި ހުރި ކުއްޖާ އޭނާނެގިއެވެ.. އަދި އަހަންނަށް ޝުކުރު އަދާ ކޮށްފައި ޒިޔާންގެ އަތުގައި ހިފިއެވެ.. ޒިޔާންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ، ކޮންމެވެސްކަމެއް އަހަންނަށް ސިއްރުކުރަން އުޅޭހެން އަހަންނަށް ހީވެންފެށިއެވެ. އަހަރެން އެއަންހެން މީހާއަށް ގޮވައިލީމެވެ. ދެމީހުންވެސް އަހަރެން ގޮވި އަޑަށް މަޑުކޮށްލިއެވެ.. ” ތި ކުޑަކުއްޖާ އާއި ތި ދެމީހުންނާއި އޮތީ ކޮން ގުޅުމެއް؟ ޖަވާބު ދިނީވެސް ޒިޔާން އެވެ. ” އަހަރެން މީ ބައްޕަ ދެން މިހިރީ މަގޭ ދަރިފުޅުގެ މަންމަ” ޒިޔާން އޭނާގެ ކައިރީގައި ހުރި އަންހެންމީހާއަށް އިޝާރާތް ކޮށްފައި ބުންޏެވެ.. ޒިޔާންގެ އަނގައިން ބޭރުވި ބަސްކޮޅުން އަހަރެންގެ މުޅި ހަޔާތް އަދިރިވެ ފުނޑުފުނޑު ވީކަމަށް ހީކުރެވުނެވެ.. އެވަގުތު ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ.. ހިތް ހަލާކުވެ ކުދި ކުދި ވީއެވެ. އަހަރެން ކުރި ފޮނި އުންމީދު ތަކުގައި ޒިޔާން ކޮޅުފައިން ޖެހީއެވެ.. އަހަންނަށް ހުރެވުނީ ދާނެ ދިމާލެއްވެސް ނޭނގިފައެވެ. ނަމަވެސް ހިނގައިގަންނަން އުޅުނުތަނާ ދެލޯ ފުސްވެ ވެއްޓުނުހެންހީވިއެވެ. ދެންވީގޮތެއް ނޭނގުނެވެ.

ހޭލެވުނުއިރު އަހަރެން އޮތީ، ހުދުކުލައިގެ ބެޑްޝީޓެއް އަޅާފައިވާ ހަނި ހަނި އެނދެއްގައިއެވެ. ބޯ ހިއްލާފައި ތެދުވާން އުޅެނިކޮށް އަތަށް ކަށްޓެއްހެރޭ ހެން ހީވެގެން ބަލައިލިއިރު، އަތަށް އިނީ، އައިވީ ގުޅާފައެވެ. އެހާހިސާބުން އަހަރެން އޮތީ ސިއްޙީ މަރުކަޒުގައިކަން ޔަޤީންވިއެވެ. ” ޝާއިން މިހާރު ކިހިނެއް ؟” އަހަރެން އޮށޯވެ އޮވެގެން އޮތް އެނދު ކައިރީގައި ބަހަށްޓާއި އިން ނޫ ކުލައިގެ ގޮނޑިއެއްގައި އިން އަޔާން އަހަރެން ކުރެން އެހިއެވެ. ” މިހާރު ރަނގަޅު.” އަހަރެން މިހެން ބުނެފައި ތެދުވަން އުޅުމުން އަޔާން އޭނާގެ ދެ އަތުން އަހަރެންގެ ކޮނޑުގައި ހިފައި އެދުމަތީގައި ބާއްވަމުން އިރުކޮޅަކަށް އަރާމް ކޮށްލާށޭ ބުނެލިއެވެ. ނަމަވެސް އަހަރެން ހާސްވެއްޖެއެވެ. ކުއްލިއަަކަށް އަހަންނަށްވީ ކިހިނެއްކަމެއް ނޭގުނީމައެވެ..

” އަޔާން.. މަންމަ….”

” މަންމަ އަކަށް ނާންގަން އަދި ގޭގެ އެކަކަށްވެސް….އަންގައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ!” އަޔާން ވަރަށް ހިތްނުތަނަވަސްވެ ހުރެ މިހެން ބުނުމުން ކޮންމެވެސް ކަމެއްވެއްޖެހެން އަހަންނަށް ހީވާންފެށިއެވެ.

” ކީއްވެ ތިހެންތިބުނީ؟” އަހަރެން އެހެން ބުނިވަގުތަކީ، ޑޮކްޓަރ އައިވަގުތެވެ. ” މަރުހަބާ! ޝީ، އިޒް، ޕްރެގްނެންޓް” ޑޮކްޓަރ އަޔާން އަށް މިހެންބުނުމުން، އަހަންނަށް އެވަގުތު ގޮތްހުސްވިއެވެ، އަހަރެންގެ މުޅިހަޔާން ބަރުބާދުވީނޫންހެއްޔެވެ؟. ޒިޔާން އެދިނީ އަހަންނަށް ކިހާބޮޑު ދެރައެއްހެއްޔެވެ؟. ހިތާއި ހިތުން ސުވާލުކުރެވުނެވެ. އަހަންނަށްވެސް އަޔާން އަށް ބަލައިލެވުނެވެ. އެވަގުތު އަޔާނަށްވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ.

އަހަރެންގެ އަތަށް ގުޅައިފައި އޮތް އައިވީ ހުސްވުމުން، ޑޮކްޓަރ އައިސް ގެއަށް ދިޔަޔަސް އެންމެރަނގަޅުކަމަށް ބުންޏެވެ. ހަމައެއާއެކު، ގަވާއިދުން ބޭސް ކެއުމަށާއި، އަދި ޑޮކްޓަރަށްވެސް ދެއްކުމަށް ނަސޭހަތްތެރިވިއެވެ.

ސިއްޙީ މަރުކަޒުން ގެއަށްދާން ނުކުތްއިރު،  ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އިރުކޮޅެއްވަންދެން ސިއްޙީމަރުކަޒުގައި މަޑުކުރުމަށްފަހު އަނެއްކާވެސް ނުކުތީމެވެ. ނަސީބުކަންދިމާކުރިގޮތުން ހިސާހިތަކު ވެހެމުންދިޔަ ވާރޭ ހުއްޓާލައިފިއެވެ. ނަމަވެސް ކުޑަކޮށް ވިދާލައިފައި މަޑު ގުގުރިއެއްގެ އަޑު ހުރެއެވެ. އަޔާން ސައިކަލުގައި ދުއްވަމުން ދިޔައީ ގެއާއި ދިމާލަކަށްނޫންކަން އަހަންނަށް އިނގުމުން ” އަޔާން؟ އަޔާން… ކޮން… ކޮންތާކަށް… މިދަނީ؟” އަހަރެން ވަރަށް ހާސްވެފައިހުރެ އަހައިލީމެވެ. އަޔާން އަނގައިން ނުބުނެއިދެ ދުއްވަމުން ދިޔައެވެ. އަހަރެން އިނީ ވަރަށް ކަންބޮޑުވެފައެވެ. ” އަޔާން ޕްލީސް ބުނެބަލަ.” ނަމަވެސް އަޔާން އެއްޗެއް ނުބުނެ ކުރިއަށް ދިޔައެވެ. މާގިނައިނައިރެއްނުވެ ސައިކަލް އައިސް މަޑުކޮށްލީ، ގެއެއްގެ ދޮރުމަށްޗަށެވެ. ހައިރާން ވެފައިހުރެ އަަހަރެން މަޑު މަޑުން ސައިކަލުން ފޭބީމެވެ. ” ޝާއިން.. މިރޭ ކޮންމެވެސް އެއްގޮތަކަށް މިކަން ނިންމަންޖެހޭނެ،، ތިހާ ބޮޑު ދެރައެއް ދީފައި އެހާފަސޭހައިން އޭނައަކަށް ސަލާމަތެއްނުވެވޭނެ، އަދި ޝާއިން ހިތާމަ ކުރާތަންބެލުމަކީ، އަހަރެންގެ ހިތަށް ކުޅަދާނަވެގެންވާ ކަމެއްނޫން” އަޔާން ސައިކަލުން ފައިބަމުން ބުންޏެވެ. އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އަޔާން ގޭތެރެއަށް ވަދެގެން ދިޔައެވެ. އަޔާންގެ ފަސްފަހަތުން އަހަރެންވެސް ދިޔައީއެވެ. ” ކާކު؟ ކިހިނެއްވީ؟” ކޮޓަރިން ނުކުތް ފިރާޝާ އަށް އަޔާން ފެނުުމުން އަހާލިއެވެ. އަޔާން ފަހަތުން އަހަރެން އައިތަން ފެނުމުން ހައިރާންވެފައި އަހަންނާ ދިމަލަށް ފިރާޝާ ބަލަންހުއްޓެވެ. ފިރާޝާ އަކީ ޒިޔާންގެ އަންހެނުންނެވެ. ” އަހަރެން ކޮންމެވެސް ތަނަކުން ފެނުނުހަނދާންވޭ!” ފިރާޝާ ބުންޏެވެ. ” އާހް… ކުޑަކުދިންގެ ބަގީޗާއިން، އެދުވަހު ފިރާޝާގެ ދަރިފުޅު……”

” އާން! މިހާރު އިނގިއްޖެ! އެކަމަކު ކިހިނެއްވީ މިގެއަށް ތިއައީ؟.”

” އަހަރެން މިއައީ، ޒިޔާން އާއި ބައްދަލުކޮށްލަން.” އަޔާން މިހެން ބުނުމުން ޒިޔާން ގޭގައި ނެއްކަމަށް ފިރާޝާ ބުންޏެވެ.

” އަދި އަހަންނަކަށް ނަމެއްވެސް ނުއެހުނު އެދުވަހު، ކޮންނަމެއްތަ ކިޔަނީ؟.”

”އަހަންނަށް ކިޔަނީ، އަޔާން! ދެން މީ ޝާއިން،”

އަޔާން އަހަންނަށް ބާލަމުން އިސްވެ ހުރެ ބުނެލިއެވެ.

” އޯކޭ އެހެންވީމަ، އަހަރެން ޒިޔާން ގެއަށް އައިމަ ބުނާނަން އަޔާން ހޯދަން އައިވާހަކަ”

މިހެން ބުނެފައި އިރާޝާ ގޮސްވަނީ، ކޮޓަރިއަށެވެ. އަހަރެންވެސް އަޔާން އާއި އެކު ގެއަށްދާން ނުކުތީމެވެ. އަދި އަހަރެން ބަލިވެ އިންކަން ސިއްރުކޮށްދޭން އެދުމުން އަޔާން އާއެކޭ ބުންޏެވެ.

ގެއަށް ދިޔައިރު މަންމަ ، ބައްޕަ އަދި ބޭބެމެން ތިބީ ސިޓިން ރޫމްގައެވެ. އަހަރެެން ފެނުމާއެކީ، ” އަހަ! މިއޮތް އައީ.. ކޮއްކޮވެސް، އަވަހަށް އާދޭ އެއްޗެހި ޕެކްކުރަން، މިއުޅެނީ މިއަދު ލަންޑަނަށް ފުރަން،”

” ކުއްލިއަކަށް ކިހިނެއްވީ؟.” އަހަރެން މަންމަކުރެން އަހައިލީމެވެ. ” މަންމަގެ ވަރަށް ގާތް ރަށްޓެއްސެއް ވަރަށްބޮޑަށް ބަލިވެގެން އައި ސީ ޔޫ ގައި އޮންނަތާ މިހާރު ހަފްތާއެއް ވެއްޖެ،! އެހެންވެ މިދަނީ،”   ” ދެން މިކޮޅަށް އަންނަނީ؟”    ” އަދިނޭނގޭ އެކޮޅަށް ދެވުނީމަ އިނގޭނީ” މަންމަ މިހެން މިހެން ބުނުމާއިއެކު، އަހަރެން އެކަމާއި ދެކޮޅުހެދީމެވެ.  މަންމަ މެންނާއ އެކީ ހިނގައްޖެނަމަ  ޒިޔާންގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަން މަންމަމެންނަށް އެނގިދާނެތީއެވެ. ” މަންމަމެން ދޭ! އަހަރެން މިކޮޅުގައި މަޑުކުރާނީ، ލަންޑަނުގައި ހުރެފައިއައިތާ މިއުޅެނީ މުޅިން އަދި ހަމައަކަށްވެސް ނޭޅިގެން، އަނެއްކާ އަޔާންވެސް މިކޮޅުގައި ހުންނާނެއްނުން، އެންމެންގޮއްސިއްޔާ ޒީޝަން ވެސް ވަރަށް އެކަނިވާނެ!” ”އެއީ ތެދެއް، ދަރިފުޅު މަޑުކުރޭ އެހެންވީމަ މާލޭގައި..” ބައްޕަ ބުނެލިއެވެ.

މަންމަމެން ފުރުވުމަށް އަޔާން ދިއުމާއި އެކު،  އަހަރެން ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތީމެވެ. އަދި އެނދުގެ ހެޑްބޯޑް ތިރީގައި ހުރި ކުޑަ ލޮކެއްގެ ތެރެއިން، ޒިޔާންގެ ފޮޓޯއެއްނަގައި މޭމަތީގައި ބާއްވައިލުމާއެކު، ހިތަށް އެރިއެވެެ. އަހަންނާއި ދޭތެރޭ ޒިޔާން މިގޮތަށް ކަންތަށް ކުރަންވީ ސަބަބަކީ، ކޮބައިހެއްޔެވެ؟ އަހަންނަށް ކުރެވުނީ ކޮންކުށެއްބާވައެވެ! އޭރުވެސް ލޮނުން ފައިބާ ކަރުނަތަށް ކޮތާފަތް ތެންމަމުން ދެއެވެ. ނިދުނީ ޒިޔާންގެ ހަދާއިނުގައި އޮއްވައެވެ.

ހޭލެވުނީ، މީހަކު ބޮލުގައި ފިރުމާހެން ހީވެގެންނެވެ. ” ޒިޔާން! ” އަހަންނަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. އަދި މޭމަތީގައި އޮތް ޒިޔާންގެ ފޮޓޯ ނަގައި ބާލީސް ދަށަށް ލީމެވެ. އަހަރެންގެ  މަގަތުގައި އިށީދެގެން އިން އަޔާން އޭނާގެ ކަނައަތުން އަހަރެންގެ ބޮލުގައި ފިރުމަމުން  ބުންޏެވެ. ” ޝާއިން ތިކަމާ މާބޮޑަށް ފިކުރުރު ނުކުރޭ! ހިއްވަރު ކުރޭ ޝާއިން، އަހަރެން ދިރިހުރިހާހިނދަކު ޝާއިން އަށް ދެރަގޮތެއް ވިޔަކަށް ނުދޭނަން..”

” އަޔާން.. އަހަންނަށް ތިހާ ރަނގަޅީ ކީއްވެތަ؟ މިއަދު އަޔާން ނެއްނަމަ އަހަރެން މިދުނިޔެއިން ނިމިގެން ދިޔައީސްކަން ކަށަވަރު،،” އެންއަތުން ކަރުނަ ފޮހެލަމުން އަނެން އަތުން އަހަރެންގެ އަހަރެންގެ އަގަމަތީގައި، އަތް އެޅުމަށްފަހު

” ޕްލީޒް، ތިކަހަލަ ވާހަކަ ނުދައްކާ!”

އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހއިލީމެވެ. އެވަގު ޒީޝަން އައިސް  ކޮޓަރިއަށް ވަނެވެ. އަދި ޖޫސްތައްޓެއް ދިއްކޮށްލައިފައި، ހާލު ކިހިނެއްހޭ އަހާލިއެވެ.

” މިހާރު ކުޑަކޮށް ރަނގަޅު ކިހިނެއް އަހަރެން ބަލިވެ އުޅޭކަން އިނގުނީ ޒީޝަން އަށް؟”

” އަޔާން ބުނީ ޝާއިން ހުންއައިސް ގެންނޭ އުޅެނީ، ޖޫސްތައްޓެއް ގެނެސްދެއްޗޯ ދޯ އަޔާން؟”  ޒީޝަން ހިނިތުން ވުމާއިއެކު  ބުނެލިއެވެ. ޒީޝަން އަތުން ޖޫސްތަށި ނަގައި ޝާއިން އަށް ދިއްކޮށްލަމުން ޖޫސްތަށި ބޮއިގެން އިރުކޮޅަކަށް ނިދާލާށޭ ބުނެ އަޔާން ކޮޓަރިން ނިކުމެގެން ދިޔައެވެ. ޒީޝަންވެސް ޖޫސް ހުސްކުރި ތަށިހިފައިގެން ނިކުމެގެން ދިޔައެވެ.

ގައިގެ އެކިތަންތަނުގައި ހިރުވާތީ ނިދޭނެ ގޮތެއްވެސް ނުވިއެވެ.. ފެންވަރާނަމޭ ހިތާ ތެދުވެ، ގޮނޑީގައި އަޅުވާފައި އޮތް ފިޔާތޮށި ކުލައިގެ ތުވާލި ހިފައިގެން ފާޙާނައަށް ވަނީމެވެ. ފެންވަރައި ނިމިގެން މެއާއި ހަމައަށް ތުވާލި އަނދެގެން ފާޙާނައިން ނުކުތްއިރު ކޮޓަރި އަލަމާރިމަތީގައި އޮތްއެއްޗެއް ނަގަން ގޮޑިއަކަށް އަރައި ހުރި އަޔާން ފާޙާނަ ދޮރު ހުޅުވުނު އަޑަށް ބަލައިލެވުނީ އަހަންނާއި ދިމާއަށެވެ. އޭރު އަހަންނަކަށް އަޔާން އެތާނގައި ހުރިކަމެއް ނޭނގެވެ. އަޔާން ހުރީ ކަޅިވެސް ޖަހައި ނުލައި އަހަންނަށް އަށް ބަލަހަށްޓައިގެންނެވެ.. އަހަންނަށް ހިސާބަކަށް އައިސް އަޔާން ފެނުމުން ސިއްސައިގެން ގޮސް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އަޔާން ގޮނޑިން ފައިބަން އުޅުމުގެ ތެރޭގައި ގޮނޑިން ކައްސައިލައިގެން ވެއްޓެން ދަނިކޮށް އަހަރެން ދުވެފައި ގޮސް އަޔާން އަތުގައި ހިފުމާއިއެކު ދެމީހުން ވެއްޓުނީ އެނދުމަށްޗަށެވެ… ހަޅޭއްލަވައިގަން އަޑަށް ޒީޝަން ކިހިނެއްވީހޭ ބުނަމުން ކޮޓަރިއަށް ވަނެވެ. އެވަގުތު އަހަރެން އަޔާންގެ ގައިމަތީގައި އޮތްތަން ފެނުމުން ޒީޝަން ހުރީ ދެލޯބޮޑުވެފައެވެ. އެވަގުތު އަޔާން އަދި އަހަންނަށްވެސް ދެމީހުންގެ މޫނަށް ބަލައިލެވުނެވެ…….

 

– ނުނިމޭ-

 

 

 

 

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shixz00

Other Articles

Previous

ފިރިމީހާގެ ހައްގުގައި

Next

އެ ލޯބި އަސްލު ހައްޤޭ (11 ވަނަ ބައި)

Next
December 22, 2016

އެ ލޯބި އަސްލު ހައްޤޭ (11 ވަނަ ބައި)

Previews
December 21, 2016

ފިރިމީހާގެ ހައްގުގައި

10 Comments

  1. sonaalee says:
    December 22, 2016 at 3:58 am

    Wow..ayaan n saayan..v v v gulhey. .v v v reethi ..mivaahaka… next par kon irakun

    1. shixz00 says:
      December 22, 2016 at 11:15 am

      Thank you sonaalee
      Insha allah genesdheynan v soon

  2. Main says:
    December 22, 2016 at 11:04 am

    Wow story wonderful ?? shixz00 shaain ziyaan kairiah dhiyanudhehchey dhen?
    Keep it up… next part please

    1. shixz00 says:
      December 22, 2016 at 11:13 am

      Hehehe dhen engdhaanehnun dhw.. thanks main

  3. Azu says:
    December 22, 2016 at 1:09 pm

    V v reethi

    1. shixz00 says:
      December 22, 2016 at 1:22 pm

      thank yuh azu

  4. Mikee says:
    December 22, 2016 at 1:54 pm

    asluves varah reethi vaahakaehmi,, mivahaka varahkiyanbeynun dailykoh up kohladheyne kamah heekuran… kiyalanves warahfaseyha .. waiting for the next part..

  5. shy says:
    December 22, 2016 at 1:57 pm

    v nice… next part avahah up kohlaba plx

  6. ashly says:
    December 22, 2016 at 1:59 pm

    v v v v v v nice….

  7. Jeeji says:
    December 22, 2016 at 4:17 pm

    Reethi varah…

Comments are closed.

All Right Reserved!