ކަލާޔާނުލާ ދިރުމެއްނެތެވެ. (2) ”ތިހާ ރީތި އަންހެން ކުއްޖަކު ބުނީމައި އެހީ ނުވާނެ މީހަކު މި އުޑު ދަށަކު ނުހުންނާނެ.” ސަލަފް ގެ މޫނަށް ބަލާލުމަށްފަހު ޝާޔާ އިސްޖަހާލިއެވެ. އެ ބެލުމުގައި ހުރި ތޫނުކަމެއްގެ ސަބަބުން އޭނާގެ ކުރިމަތީ ގައި އިށީދެ އިނުންވެސް ވީ ތަކުލީފަކަށެވެ. ނުރޯން ހިތްވަރުކޮށްގެން އިންދައި ލޮލުން ފާއްދާލި ކަރުނަތައް ނުހިފެހެއްޓިގެން ލޯފުރި ބަންޑުންވިއެވެ. ނޭނގޭފަދަ ބާރުމިނެއްގައި ހިތް ތެޅިލިއެވެ. ސަލަފް ޝާޔާއަށް ބަލާލީ ފުންބެލުމަކުންނެވެ. ޝާޔާލައިގެން އިންހެދުން ބަލާލަން ރީތި ނޫނަސް […]
އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ހިބާ އިނީ ލެޕްޓޮޕް ހުޅުވައިގެން މަސައްކަތެއް ކުރާށެވެ. އެހެން އިންދާ ހިބާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އެހެންކަމުން ފޯނު ސައިލެންޓަށް ލާފައި ހިބާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަނެއްކާވެސް ހަމަ އެ ނަމްބަރުން ގުޅަން ފެށިއެވެ. މިގޮތަށް ތަކުރާރުކޮށް އެތައްފަހަރަކު ގުޅިފަހުން ހިބާ ފޯނުނެގީ މުހިންމު ކޯލަކަށް ވެދާނޭ ހިތަށް އެރުމުންނެވެ. ހިބާ ހެލޯއޭ ބުނުމާއެކު އެކޮޅުން ބުނި އެއްޗަކުން ހިބާގެ ދެލޯ ބޮޑުވެ މުޅި ގައިން ހީބިހި […]
ޒާއިން ހިނިތުންވުމެއް ދެމުން ކިއާރާއަށް ބަލައިލާ ގިޓާ ޖަހަންފެށިއެވެ. “ކައިރިން ދާތީ ބަލަން…. ރުހެވޭތީ ވީ އަހަން…. ހިތް އެދޭތީ ބުނަން… ދެކޭ ހިތްވޭ ނިކަން…” ޒާއިން ކިޔާލައިފައި ކިއާރާއަށް ނަޒަރުހިންގާލިއެވެ.. ކިއާރާ އިސްޖަހާލަމުން ލޯ މެރިއެވެ. “އަންނާނީ ދެން ބަހާރު… ރުހެމުން ދާތީ މިހާރު…. “އެކުގާ ވީ މަ ޔާރު… އުފާ ހިތްވޭ ނިކަން…” ކިއާރާ މަރާލެވިފައިވާ ދެލޯ ކަރުނުން ފުރުނެވެ. އޭނާ މިއަދު ރޯކަށް ބޭނުމެއްނޫނެވެ. ހިތްވަރުގަދަ ކުއްޖަކަށް ވާން އޭނާ ވަނީ އަޒުމް […]
“އަންޖޫދާ އަބްދުއްސައްތާރު… އަހަރެން ކުރާނީ އެންމެ ސުވާލެއް… އެ ސުވާލަށް ތެދަށް ޖަވާބު ދީ……………………..” އަންޖޫދާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ރާހުލް ބުނެލިއެވެ. “އަހަރެން ދެކެ ލޯބިވޭތަ؟” އަންޖޫދާ ސިހިފައި ރާހުލްއާ ދިމާއަށް ބަލާލިއެވެ. އެވަގުތު އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ވެސް ހުއްޓުމެއް އައެވެ. ވަގުތުން އޭނާ އެ އިން ތަނުން ތެދުވެ ރާހުލްއަށް ފުރަގަސްދިނެވެ. “ޖަވާބުދީބަލަ…” ރާހުލްވެސް ތެދުވެލަމުން އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. އޭނާ ލައިގެން ހުރި ފެހި އަތްދިގު ގަމީސް […]
އިރުކޮޅެއްނުވެ ސައީދާގެ ފަހަތުން މީހަކު ހިފަހައްޓާލުމުން އޭނާ ފަސްއެނބުރުނެވެ. ކިއާރާ ކާކުތޯ ބަލައިލިއެވެ. އެއީ އަޔާންއެވެ. އަޔާން ހުރީ ދެބުމަ ގޮށް ޖަހާލާފައެވެ. ސައީދާ އަނގަ ސަކަރާތްވިއެވެ. ނުވާ ކަމަށް ހަދާފައި އަޔާންގެ އާއި ދުރަށް ގޮސް ހިނގައިގަތެވެ. ޒާއިން އޭނާގެ ފަހަތުގައި ހުރެފައި ސައީދާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އަޔާން މެން އައުމުން ކިއާރާ ދޮރު ހުޅުވާލިއެވެ. އަދި ނިކުތްގޮތަށް ޒާއިން ގައިގާ ބައްދައިގަނެފައި އަނެއްކާވެސް ރޯންފެށިއެވެ. “ޒާން.. މަންމަ… އަންނާނެ އަދި.. އަދި […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (1) އޮއްސުނު އިރާއެކު އުދަރަސް ފުރާލީ ފުސްވިލާތަކުންނެވެ. ހަނދާއި ތަރިތަކުން ވިދުން ފަނޑުކޮށްލާ ވިއްސާރައިގެ ކުލަ ގަދަކޮށްލައިފި އެވެ. ޖެހިލާ ފިނި ވައިރޯޅީގެ ބާރުކަމުން ހީވަނީ ތޫފާނެއް ބޯމަތިކުރަން އުޅޭހެންނެވެ. ހިމަފޮދު ވާރޭއަށް ވެހެންފެށި ވާރޭ ބޯކޮށްލީ ކުއްލިއަކަށެވެ. މަގުތައް އޮތީ ހިމޭންވެފަ އެވެ. ދުއްވާ އެއްޗެހީގައި އުޅޭ މަދު ބަޔަކު މެނުވީ މަގުމަތިން ފެންނާކަށް ނެތެވެ. ވިލާތައް ވާރޭއިން ފުރި ދުނިޔޭގެ ބިމަށް އޮހެންފެށިއެވެ. މަގުތަކުގައި ފެންހެދެމުން ދިޔަ އެވެ. ވިދާލާ ވިދުވަރާއެކު […]
ހަމަ އެއާއެކު އެކޮޅުން ދެއްކި ވާހަކައަކުން އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. މާ ގިނައިރެއްނުވެ އައި ރުޅީގައި އޭނަގެ މޫނު ރަތްވެގެން ދިޔަ ހިނދު އޭނަ ކޮޅަށް ތެދުވެ އަތަށް ލެވުނުހާ ބާރަކާއެކީ ފޯނު ބިމަށް ޖަހާލިއެވެ. ފޯނު ތެޅިގެން ދިޔަ އަޑަށް ޝަފަޤް ސިހިގެން ދިޔައިރު މިޝްކާ ހަޅޭއްލަވައިގަންނަމުން ޝަފަޤްގެ ގައިގައި ހިފަހައްޓާލިއެވެ. މިޝްކާގެ ތުރުތުރު އަޅަމުން ހަށިގަނޑުގައި ދެއަތް ވަށާލަމުން ޝަފަޤަށް ވެސް ދެ ލޯ ބޮޑުވެފައި ވިސާމަށް ބަލަން އިނދެވުނީ ބިރުގެންފައިވާ ހިތަކާއެކީގައެވެ. އޭނަ […]
މީގެ އަހަރުތަކެއް ކުރީގެ އެ ހިތި ހަނދާން އާކޮށްލުމާއި އެކު މައިޝާ އަދި ކިއާރާގެ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ. ކިއާރާ އެތަކެއް ފަހަރު މައިޝާއަށް ޝުކުރު އަދާކުރީ އެވާހަކަތަށް ފޮރުވައިދިނީތީއެވެ. އޭނާ ގެ ވައުދު އުވައިނުލީތީއެވެ. އެތަކެއް ފަހަރު ކިއާރާ މާފަށްވެސް އެދުނެވެ. އޭނާއަށް އިތުރުގޮތެއް ނުފެނުނީކަން ބުނެލިއެވެ. އަދި މައިޝާމަތިން ވަރަށް ހަނދާންވި ވާހަކަވެސް ބުނެލިއެވެ. އެ ތިންމީހުންގެ ގުޅުން ވަރުގަދަ ވި ރެއަކަށް އެރޭ ވީއިރު ކިއާރާގެ ހިތުގައި އޮތީ އަޔާންއެވެ. އަޔާން […]