ހުރިހާ ކަމެއް ރަނގަޅު ތޯ ކިއާރާ ބަލާލުމަށްފަހު އަނެއްކާވެސް ޒާއިން އަށް ގުޅިއެވެ. “އާނ އާނ މި ޖެއްސީއޭ..” ކިއާރާ އެއްޗެއް ބުނުމުގެ ކުރިން ޒާއިން އެހެން ބުންޏެވެ. ކިއާރާ ހީލާފާ އޯކޭ އޭ ބުނެފައި ހޯލްގެ ދޮރުމައްޗަށް ނިކުތެވެ. އިރުކޮޅެއް ނުވެ ޒާއިން އާއި ޝުކޫރުގެ އިތުރުން ފަހުމާ ވެސް އައެވެ. ހޯލްތެރެ ފެނިފައި އެމީހުންގެ ލޯ ތަރަ ތަރަ ޖަހައިގެން ދިޔަކަހަލައެވެ. “ވާވް ކިޓީ.. އިޓްސް އޯވސަމް..” ޒާއިން ކިއާރާ އާއި ކައިރިވެލާފައި ބުންޏެވެ. […]
އީރަމް އައް ސިހިގެން ގޮސް ހޭލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ.ތެދުވެ ހަމަޖެހިލި އިރު ކުރިމަތީ ހުރި ނާއިލް ފެނުނެވެ.ތުވާލި އަނދެލައިން ހުރި އިރު ބޮލުގައި ހުރި ފެންތިކިތަކުން ދެންމެ ފެންވަރައިންް ނުކުތް ކަން އިނގެއެވެ.”ސޮރީ ފޯނު ވެއްޓުނީ”ބިންމަތީ އޮތް ފޯނު ނަގަމުން ނާއިލް ހިނގައިގަތީ އިސްތިރި ކޮށްފައި ހުރި ގަމީސް ތަކާ ދިމާލަށެވެ.”ނާއިލް ރޭގަ ގެއަކަށް ނާންނަމެންނު.ގުޅީމަ ފޯނެއް ވެސް ނުނަގާ.ކޮންތާކު އުޅުނީ”އީރަމް އެހެން އަހާލީ ނާއިލް ގެ ފަރާތުން ޖަވާބެއް ނުލިބޭނެ ކަން އެނގި ހުރެއެވެ.”އީރަމް […]
ފަތިހުގެ ތެތް ފިނިކަމުގެ ތެރޭގައި މާމެލާމެލި ވަނީ ޝަބްނަމްގެ ތިކިތަކުން ޖަރީ ކުރުވާފައެވެ. އިރުގެ ދޯދިތަށް ވިލާތަކުގެ ނިވަލުން ޖައްވަށް މަރްހަބާ ކިޔަމުން ދިޔައިރު ދޫނު ސޫފާސޫފީގެ ހިތްގައިމު ރާގުން ހިތްތަކަށް ފިނިކަން ގެނުވައެވެ. ކުޑަދޮރު ކައިރީގައި ތުމުން މަޑު ރާގެއް އަޅުވާލައިގެން ރައިނާ ހުރީ ކޮފީ ތައްޓެއް ހިފައިގެންނެވެ. ކަޅު ކަންގަދަ ބޯ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި ވީއިރު ލައިގެން ހުރީ އަތް ހާމައަށް އޮތް ކުރު ނައިޓީއެކެވެ. އެދޮންފައި ހާމައަށް އޮތް އިރު ޖެހިލާ […]
ނިދިފައި އޮތް އީރަމް އަށް ހޭލެވުނީ ފަތިހު ފޯނު އެލާމް ވާ އަޑަށެވެ.އެލާމް އޮފް ކޮއްލުމަށް ފަހު ތެދުވެ ބަލާލީ ނާއިލް ގެއައް އައިތޯއެވެ.ކައިރީ ނެތުމުން ދެން ހިނގައިގަތީ ބަދިގެެއަށެވެ.ރޭ ކާން ހެދި އެއްޗެހި ހުރީ ހުރި ގޮތަށެވެ.ނާއިލް އަންނާނެ ކަމަށް ވަރަށް އިރު އީރަމް މަޑު ކުރިއެވެ.ފަހުން ގުޅަން ވެސް ގުޅިއެވެ.ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ.އެންމެ ފަހުން އިންތިޒާރުގައި އިނދެ ނިދި އަންނަ ގޮތް ވުމުން ޖައްސާލިތަނާ ނިދުނީއެވެ.ފާހަނާ އައް ވަތް އީރަމް ފެންވަރާ ތާޒާވެލައިން […]
ފަތުހީ އެދިމާ ބަލަން ހުރެފައި ޒާއިންއަށް ބަލައިލިއެވެ. “އާދެ އިށީނދެފަ ބުނެބަލަ ކިހިނެއްވީ؟ މިހާރު ގުޅާ ގުޅާ.. ޒާއިންއަށް ވެސް ގުޅާލިން އެކަމް ބިޒީ… ދެން ކިއާރާ ފޯނުވެސް ބިޒީ ފަހުން ގުޅީމަ ފޯނެއްނުނަގަ؟” ފަތުހީ ބުންޏެވެ. ޒާއިންއޭނާއަށް އިނގޭ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “ކީކޭ؟؟؟؟؟؟؟؟؟؟” ފަތުހީ އަޅާފައި އިން އައިނު ނަގާލަމުން ބުނެލީ ސިހިފައެވެ. “އަލްހަމްދުލިއް ﷲ ކިއާރާ ސަލާމްވީ ހަމަ ޒާއިން ގެ ސަބަބުން.. ތެންކިޔު ޒާއިން.. އެކަމް އަޔާން… އޭނާ… ކީކޭ […]
“އާލިޔާ؟؟ ކަލޭ ކީކޭ ހިތައިގެން ފިލައިގެން ދިޔައީ؟ މަށަށް އޭރުވެސް ހީވިޔޭ ކަލޭ ވައްތަރުހެން..” ސައީދާ ބުނެެފައި ކިއާރާ އާއި ދިމާލަށް އައެވެ.. އަދިވެސް އޭނާ ޔަޤީންކުރަން ބޭނުންވީއެވެ. ކިއާރާ އެއްވެސް އެއްޗެއް ނުބުނެ އެހުރިގޮތަށް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ ސައީދާއަށް ފަސްދީފިނަމަ އޭނާގެ ހަޤީޤަތް ނުފޮރުވޭނެކަން އިނގެއެވެ. މުޅި މާލޭގައި ބަދުނާމް ވާނީ ހަމައެކަނި ކިއާރާއެއްނޫނެވެ. ފަތުހީވެސްމެއެވެ. “ހަމަ މިހާރު ހިނގާ… އަދި މާ ރީތި ވެލައިގެން މާ މުއްސަނދި ވެލައިގެން.. […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (3) އެވަގުތު އެކޮޓަރިއަށް ނަރުސްކުއްޖަކަށް ވަދެވުނުކަން އެއީ ނަޞީބެވެ. އަނީސާގެ ހާލަތު ފެނުމުން އެ ކުއްޖާ ދުވެފައި އައިސް އެތަނުގެ ފޯނުން ނާރސިން ޑިޕާރޓްމެންޓަށް އެކަން އެންގުމުން ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އެތަނަށް އައެވެ. ޝާޔާ އާއި އީރާއަށް ކަމެއް ހިނގައިފިކަން ރޭކާލީ ދެނެވެ. ”އިހަށް ބޭރުގައި މަޑުކޮށްލައްވާ.” ޝާޔާ އަތުގައި ހިފާ ބޭރަށް ދާށޭ ބުނާ ފަދަ ގޮތަކަށް އެ ކުއްޖާ އިޝާރަތްކޮށްލިއެވެ. އަދަބުވެރިކަމާއި އެކު އެކުއްޖާ އެދުމަށް އިޙްތިރާމްކުރުމުގެ […]
* މިއީ، ދެން އެންމެ އަވަހަށް އަޅުގަނޑު ތިޔަ ލޮބުވެތި ކިޔުންތެރިންނަށް، ގެނެސްދޭން އުޅޭ ވާހަކައިގެ ތަންކޮޅެއް، ހީކުރަން މިވާހަކަވެސް ކަމުދާނެކަމަށް، ހެނދުނު ގަޑިން 8.30 ވަނީއެވެ. ހާނިމް އޮފީހަށް ދާން ތައްޔާރުވެގެން ސިޓިންގްރޫމް އަށް ނުކުތް އިރު ހާނިމްގެ އަންހެނުން ރައިބާ އަދި އޭނާގެ ލޯބިވާ އަންހެން ދަރިފުޅު ރައިނާ، ހާނިމް އަންނަންދެން ހެނދުނުގެ ނާސްތާ އަށް ތައްޔާރުވެގެންތިއްބެވެ. ހާނިމް އޮފީހަށް ދާން ލަސްވާތީ،، އަވަސްއަރުވާލައި ކުޑަގޮތަކަށް ސައިބޮއެގެން ނުކުންނަން އުޅެނިކޮށް ދަރިފުޅު ރައިނާ ހާނިމްގެ […]
ޝަކޫރުގެ އެދުމަށް ގެއަށް ދާން ދިޔަ ޒާއިން ކިއާރާއަށް ގުޅާލަން އުޅެފައިވެސް ނުގުޅިއެވެ. އަޔާންއަށް ޝައްކުވިވާހަކަ ބުނަން އޭނާ ބޭނުންނުވީ އޭރުން ކިއާރާ މޮޅު ކަމެއް ކޮށްލައިގެން ނަމަވެސް އަޔާންގެ އެ ޝައްކުފިލުވާލަފާނެތީއެވެ. ޒާއިން ބޭނުމީ އެ ސިއްރު ކޮންމެވެސް ގޮތަކުން ހާމަވާންށެވެ. އެއީ އެ ސިއްރު އަބަދަކު އެހެންނެއް ނޯންނާނެކަން އޭނާއަށްވެސް އިނގޭތީއެވެ. އަޔާން ކިއާރާގެ ގެއަށް ދާން މިޝްރާބްޖެހިއެވެ. އޭނާ ކޮންމެހެންވެސް އެނގެން ބޭނުންވާ ސުވާލުތަކެއްގެ ޖަވާބުއެބަހުއްޓެވެ. ހަމަ މިހާރުން މިހާރަށެވެ. ކުޑައިރުކޮޅެއް ތެރޭ […]