ސިއްސައިގެންގޮސް ނިދިން ހޭލެވުނީ ގަޑި ސޯނާ ވީ އަޑަށެވެ. އެދުން ތެދުވެ ގަޑިބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ގަޑިން އޭރު 7.30 ވަނީއެވެ.
ނޭނގެ 8.00 އަށް އޮފީސް އަށް ދެވޭނެ ކަމެއްވެސް ލަޔާލީއަށް ހިތާއި ހިތުން ކިޔައިލެވުނެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ފާހާނައަށް ވެދެ ފެންވަރައިގެން ނުކުމެ ރީތިވެލިއެވެ. އަދި އެ ރީތި ތުންފަތުގައި މަޑު މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކް ޖައްސާލިއެވެ. އިސްތަށިގަނޑު އަތުން އޮޅާލައި ހުޅިއެއްޖަހާލައި ސެންޓް ގަޔަށް ބުރުވައިލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުރެ ދެފަރާތަށް ހޫރިލާފައި ހިނިގަނޑެއްޖަހާލައި އެނދުމަތީގައި އޮތް އަތް ދަބަސް ނަގައި ކޮނޑުގައި އެޅުވުމަށްފަހު ފޯނުނަގައި ނަންބަރ ތަކަށް އޮބާލައި ކަންފަތުގައި ފޯން ޖެހިއެވެ.
” ހެލޯ… ހެލޯ.. ” ލަޔާލީ މިހެން ބުމާއި އެކު… ” އާން.. އަޑު އިވޭ ލަޔާ ކިހިނެއްވީ؟” ” ޒޭން.. އާދެވޭނެތަ އަހަރެން ލައިދެން ޕްލީސް ގަޑިޖެހެނީ މިއޮށް” އަނެއްކޮޅުން ވާހަކަ ދެއްކީ ފިރިހެން ކުއްޖެކެވެ. ޒޭން އަކީ ލަޔާލީ ވަޒީފާ އަދާކުރަންދާ ތަނުގެ ސުޕަރވައިޒަރ އެވެ. އަދި ލަޔާލީ އަކީ އެއޮފީހުގެ ސެެެކްރެޓަރީއެވެ. ” މިއަދުވެސް އާން.. އޯކޭ..މިދަނީ ނުކުމެ ހުރޭ.” މިހެން ބުނެފައި ޒޭން ފޯން ކަނޑާލަމުން ސައިކަލުގައި ދުންޖަހާފައި ލަޔާލީގެ ގެއާދިމާލަށް މިސްރާބުޖެހިއެވެ. އިރުކޮޅެއްވީތަނާ ސައިކަލު އައިސް މަޑުކޮށްލީ ލަޔާލީ ފައި ބުޑަށެވެ. ލަޔާލީ އިތުރު ވާހަކައެއް ދައްކާކަށް ނަހަދައި އަވަހަށް ސައިކަލަށް އެރިއެވެ. ކޮންމެއަކަސް އޮފީހަށް ދެވުނުރުއިރު ގަޑިން 8 އެއްޖަހައިފިއެވެ.. ޒޭން އާއި ލަޔާލީ އޮފީހަށް ވަން ވަގުތަކީ އޮފީހުގެ މަނޭޖަރ ޝަރީފް އެޑްމިން އޭރިއަރ އަށް ނުކުތް ވަގުތެވެ. ޝަރީފް ގަޑި ބަލާފައި ވަރަށް ހިންހަމަ ނުޖެހި ހުރެ ޒޭން އަދި ލަޔާލީ އަށް ބަލައިލިއެވެ. އެވަގުތު ޒޭން ގޮސް އޭނާގެ ކެބިން އަށް ވަނެއެވެ. ހަމައެއާއެކު ލަޔާލީވެސް މަޑުމަޑުން ލަދުގަންފައި އިސްޖަހައިގެން ހުރެ ގޮސް އޭނާގެ ކެބިންގައި ހުރި ގޮޑިއެއްގައި އިށީންތަނާ އަރިއަޅާލައިގެން ތަޅުން ގަނޑުމައްޗަށް ވެއްޓުނެވެ. އެވަގުތު އެތަން އެންމެ ކައިރިން ފެނުނީ ޝަރީފް އަށެވެ. ޝަރީފް ވަގުތުން އޭނާގެ ދެއަތުން ލަޔާލީގެ ކޮނޑުގައި ހިފަހައްޓައިގެން ތެދުކުރިއެވެ. އަދި ބުންޏެވެ. ” ލަޔާލީ… ބަލައިގެން އުޅެބެލަ ކޮންމެ ކަމަކަށް ތިހާ ކެއާރ ލެސް ވާކަށް ނުވާނެއްނުން.. މިއަދު އޮފީހަށްވެސް ތިއައީ ގަޑިޖެހިގެން” ” ސޮރީ” ލަޔާލީ މިހެން ބުނުމުން ޝަރީފް ގޮސް އޭނާގެ ކެބިން ރޫމްއަށް ވަނެވެ.
”ލަޔާ…” އީމާ އައިސް ލަޔާލީގެ ކޮނޑުގައި އަތް އަޅައިގެން ހުރެ ގޮވައިލިއެވެ. އީމާ ވަޒީފާ އަދާކުރަނީ އެއޮފީހުގައި އެޑްމިން އެއްގެ ގޮތުގައެވެ. އަދި ހަމައެއާއެކު އީމާއަކީ، ލަޔާލީގެ އެންމެ ގާތް ރަހުމަތްތެރިޔާވެސް މެއެވެ. ” އާން.. ކިހިނެއްވީ އީމާ؟ ” އޭތް ނެއްތަ ކަމެއްވެސް އީދު އަންނަނީނުން!.. ” ” އަހަރެން ދާން އޮތީވެސް ވަކިކޮންތާކަށް؟ އަހަރެންގެ މިދުނިޔޭގައި ހުރީވެސްވަކިކާކު؟” ވަރަށް މާޔޫސްވެފައި ހުރެ ލަޔާލީ ބުނެލިއެވެ. ލަޔާލީގެ މަންމަ ކެންސަރު ބަލީގައި ވަނީ ނިޔާވެފައެވެ. ބައްޕައަކީ ކާކުކަމެއްވެސް ޙުދު ލަޔާލީ އަކަށް ނޭނގެއެވެ. އެއްބަނޑު ތިބި 3 ބޭބެއިންވެސް މީހުންނާއި އިނދެގެން ދިރިއުޅެނީ އެމީހުންގެ އަބިންގެ ރަށުގައެވެ… ލަޔާލީ ދިރިއުޅެމުން ދަނީ 3000 ރުފިޔާއަށް ކުއްޔައް ކޮޓަރިއެއް ހިފައިގެންނެވެ.
” އޯ.. އައިއެމް ސޯ ސޮރީ… ”
” އިޓްސް އޯކޭ.. ބުނެ އެންނުން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅައަކަށޭ ” ލަޔާލީ މިހެން ބުނުމުން އީމާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ… ” ލަޔާ ސުވާލެއްކޮށްލަންތަ؟” މޭޒު ކަނުގައި ލެނގިލައިގެން ހުރެ އީމާ ލަޔާލީ ކުރެން އެހިއެވެ. ” ހޫމް.. ބުނެބަލަ…” ” ޒޭން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟ ” ” ކިހިނެއްވީ އަޅައިގަންނަ ގޮތެއް ހުންނަނީތަ؟ އެކަމަކު މަށަކަށް ފާހަގައެއް ނުކުރެވޭ…” އީމާ އެހެން އަހާލުމުން ލަޔާލީ ހިނިތުންވުމަކާއިއެކު އީމާއަށް ބުނެލިއެވެ.. ” އޭ.. ލަޔާ ސީރިއަސް ވެބަލަ އަސްލުގަވެސް ޒޭން އަހަންނަށް ވަަރަށް ރީތި.. ހުރޭހަމަ އަޅައިގަންނަ ގޮތެއް.. ކީއްވެތަ ޒޭން މަށާ ވާހަކަ ނުދައްކަނީ؟ ބަލާލިޔަސް އަޅައެއްވެސް ނުލާނެ.. ތި ދެމީހުން ހާދަ ފްރެންޑް އޭ… ދެން މަށާވެސް ފްރެންްޑް ކޮށްދީބަލަ.. ދެން ފަހަރަކުން މަގޭ ސަލާމް ބުނެލައްޗޭ ”
” ހަމައެކަނި ފްރެންޑްތަ ކޮށްދޭންވީ؟ އާން ސަލާމް ބުނާނަން އީމާ މޮޔަވީތަ؟” ސަމާސާ ރާގަކަށް ހިނިގަނޑެއް ޖަހާފައި ލަޔާލީ ބުންޏެވެ… އިރުކޮޅެއް ވަންދެން މަސައްކަތުގައި އަވަދިނެތި އުޅުމަށްފަހު ތެދުވެގެން ލަޔާލީ ގޮސް ޒޭން ކެބިން ރޫމްގައި މަޑު މަޑުން ޖަހައިލިއެވެ. ” ކަމް އިން..” ޒޭން މިހެން ބުނުމުން ލަޔާލީ އެތެރެއަށް ވަން އިރު ޒޭން އިނީ ފޮޓޯއެއް ނަގައިގެން އެ ފޮޓޯއާއި ދިމާލަށް ބަލަހަށްޓައިގެންނެވެ… ” ޒޭން..” ލަޔާލީ ގޮވާުލުމުން ޒޭން އޭނާގެ އަތުގައި އޮތް ފޮޓޯ ފްރޭމް ވަގުތުން ކަބަޑައް ލިއެވެ. އަދި ބުންޏެވެ… ”ލަޔާ ކޮބާ ކިހިނެއް މިއަދުގެ މަސައްކަތް؟” ” ބަރާބަރު ހަމަ” މިހެން ބުނަމުން ގޮސް ލަޔާލީ ޒޭންގެ ކުރިމަތީގައި އިން ގޮނޑިއެއްގައި އިށީނެވެ. އަދި ނިކަން ރަނގަޅަށް ޒޭންގެ މޫނަށް ބަލައިލިއެވެ. މޫނުމަތީން ފެންނަނީ އުދާސްކަމާއި، ނުތަނަަވަސް ކަމެވެ. ލަޔާލީ އަށް ނީންދެވިގެން އަހާލިއެވެ. ” ޒޭން ކޮންމަކާތަ މާބޮޑަށް ތި ފިކުރުކުރަނީ.. މިއަދު ގަޑިޖެހުނީމަ އެކަމާތަ ؟” ” ނުކުރަން އެއީ… ލަޔާ އަށް ހީވާގޮތް.. އަސްލު މިއަދު ވަރަށް ވަރުބަލި.. އަދި ކުޑަކޮށް ކޮނޑުހުޅުގައި ރިއްސާތީ މިއުޅެނީ…” ” ހެލްޕެއް ބޭނުންތަ؟” މިހެން ބުނެފައި ލަޔާލީ ތެދުވެގެން ގޮސް އޭނާގެ ދެއަތުން ޒޭންގެ ކޮނޑުގައި ހިފާފައި މަޑު މަޑުން ފިއްތާލިއެވެ. އެވަގުތު ޒޭން އަށް ދެލޯ މަރައިލެވުނެވެ.
ލަޔާލީ އަދި ޒޭން އަކީ ވަރަށް ކުރިންވެސް ދަންނަ ދެމީހުންނެވެ. އަދި ވަރަށް ގިނަ ދުވަސް ވަންދެން އެއް ކޮލެޖެއްގައި އެކުގައި ކިޔަވަންވެސް އުޅުނެވެ.. އެހެންކަމުން ލަޔާލީ ވަރަށް ރަނގަޅަށް ޒޭން ދަނެވެ. ޒޭން އަށް ލޯހުޅުވައި ލެވުނީ ދޮރުހުޅުވާފައި އެތެރެއަށް ވަދެގެން އައި އީމާ ފެނުމުންނެވެ. ” އޫޕްސް ސޮރީ.. ގަޑިނިމުމުން ފައިލްތަށް މޭޒުމަތީގައި ބަހައްޓަންކަމަށް އައީ ނޭނގެ އެތެރޭގައި މީހަކު ހުރިކަމަކެއް” ވަރަށް ލަދުންހުރެ އީމާ ބުނެލިއެވެ.
ލަޔާލީ ޒޭންގެ ކޮނޑުގައި ހިފަހައްޓައިގެން އެހާ ކައިރީގައި ހުރިތަން ފެނުމުން އީމާ ހުރީ ހިންހަމަ ނުޖެހިފައެވެ. އަނެއްކާ ލަޔާ އާއި ޒޭން އާ ދެމެދު ގުޅުމެއް އޮތީ ބާއެވެ. ނޫން،… ނޫން.. އޮތްނަމަ ލަޔާ އަހަރެން ގާތުގަ ބުނާނެ…! އެވަގުތު އީމާ އަށް ހިތާއި ހިތުން ސުވާލުކުރެވުނެވެ.
” ހެއި.. އީމާ.. އިޓްސް އޯކޭ.. އަހަރެންގެ ކޮނޑުގައި ކުޑަކޮށް ރިއްސާތީ ލަޔާ ބޭސްކޮށްދެނީ ” ” އަހަ….. މަމިހާރު ޑޮކްޓަރ އަކަށްވެސް ހެދީތަ؟ ނޮޓް ބޭޑް ހާ… ” ހެމުން ޒޭންގެ ކޮނޑުގައި ޖަހާލަމުން ލަޔާލީ ބުނެލިއެވެ. އީމާ ފައިލްތައް މޭޒުމަތީގައި ބަހައްޓާފައި ދާން އުޅެނިކޮށް ” އީމާ ދަނީތަ؟ އަޅެ މަޑުކޮށްލައްޗޭ! މަށާއި އެކީ ދާން” ” އޯކޭ ބޭރުގައި މަޑުކޮށްލާނަން” މިހެން ބުނެފައި އީމާ ނުމެގެން ދިޔައެވެ. ” އޭ.. ޒޭން ދަނީ ދެން އިނގޭ” ލަޔާލީ މިހެންބުނެފައި ދާން ހިނގައިގަތް ތަނާ އެއްޗެއް ހަނދާންވެގެން އެނބުރި ޒޭން އަށް ބަލާލިއެވެ. އަދި ބުންޏެވެ. ” ޒޭން… އީމާ ސަލާމް ބުނި..” ” މަށަށް؟” ހައިރާން ވެފައި އިން ޒޭން ބުނެލިއެވެ. ” އޯކޭ ވައަލައިކުމް ސަލާމް”
ޖެހިގެން އައީ ހުކުރު ދުވަސްކަމުން ލަޔާލީ އީމާ އެކީ، ހަވީރު ހިނގާލަން ނުކުތެވެ. މާލޭގެ ކާރޫބާރޫ ބޮޑުމަގުތަކުން ހިނގަމުން ހިނގަމުން ގޮސް ވަދެވުނީ ރަސްފަންނަށެވެ. ވަރުބަލި ފިލުވައިލުމަށްޓަކައި އެތާނގައި ބަހައްޓާފައިވާ އުދޯއްޔެއްގައި ޖައްސާލަމުން އީމާ ލަޔާލީ ކުރެން އެހިއެވެ.
” ލަޔާ ސުވާލެއް ކޮށްލަންތަ؟ ތެދު ތެދައް ޖަވާބު ދޭނެކަމަށް ހީކުރަން”
” ހޫމް.. އަހާބަލަ..”
” ލަޔާ އާ ޒޭން އާއި އޮންނަނީ ކޮންކަހަލަ ގުޅުމެއްތަ؟ އޮފީސް ތެރޭގައި ވަރަށް ދެކެވޭ ލަޔާ އަދި ޒޭން އުޅެނީ ރައްޓެހިވެގެންނޭ ކިޔައިގެން ” އީމާ ލަޔާ އަށް ބަލައިލަމުން މާޔޫސް ވެފައިހުރެ އަހާލިއެވެ.
” ސާބަސް އަހަންނަށް މާކުރިންވެސް އިނގޭ ތި ސުވާލުކަން ކުރަންތިއުޅެނީ…. އަހަންނާ ޒޭން އޮންނަނީ ހަމަ ރައްޓެހިކަން.. އިތުރު އެއްވެސް ގުޅުމެއް ނެތް.. އަހަންނާއި ޒޭން އަކީ ވަރަށް ކުރިންވެސް ދެ ރަހުމަތްތެރިން.. ޒޭން އަބަދުވެސް ކޮންމެ ކަމެއް ކުރިޔަސް އަހަރެންގެ ބަހެއް ހޯދާނެ.. މިއީ އަދި އީމާ ގާތު އަހަރެން ނުބުނާ ވާހަކައެއް….. ދެން ތިބުނީ އޮފީސްގެ ވާހަކަ އީމާއަށް އިނގޭނެ އެމީހުން ތިބޭނީ އަބަދުވެސް ކޮންމެވެސް މީހެއްގެގައިގައި މަސްކާލަ ކާލަކަން… އަދި އަހަރެން ކުއްޖަކާ ރައްޓެހި ވިޔަސް އެންމެ ކުރިން އިނގޭނެވެސް މީހަކީ ތިއީ…. ” ލަޔާލީ ވަރަށްހަމަޖެހިލާފައި ހުރެ އީމާއަށް އަށް ޔަޤީން ކޮށްދެމުން ބުނެލިއެވެ.
އެވަގުތު އެތަނަށް ޒޭންއާއި އޭނާގެ ރައްޓެއްސެއްކަމަށްވާ ލޫކަސް އައެވެ. ދެމީހުން އީމާ އަދި ލަޔާލީ އާއި ޖެހިގެން ކުރިމަތީގައި ހުރި ޖޯލީގައި އިށީންނަމުން ޒޭން އަހާލިއެވެ…”އޭ ، ކިހިނެއްވެފައި ދެކުދިން ތިތިބީ؟ ”
” ހިނގާލަން ނުކުމެފަ ދެފައި ވާޅުވީމަ އައިސް ޖޯލީގައި ޖައްސާލީ..”
ލަޔާލީ މިހެން ބުނުމުން ލޫކަސްގެ ނަޒަރު ހުއްޓުނީ ލަޔާލީ އާއި ދިމާއަށެވެ.. އަދި އޭނާގެ ހިތައް އެރިއެވެ. ދުވަހަކުވެސް މިހާ ފުރިހަމަ ކުއްޖެއް ނުދެކެމެވެ.. ހާދަރީއްޗެވެ. އެހެރަ ބަލާލާ ކޮންމެފަހަރަކު ހިތް ކުދި ކުދިވާ ކަހަލައެވެ.
” އޭ! ކިހިނެއްވެފަ ތިއިނީ؟ ” ލަޔާލީ އަށް ބަލަހައްޓައިގެން އިން ލޫކަސްގެ ކޮނޑުގައި ޖަހާލަމުން ޒޭން ބުންޏެވެ.. ” ” ޒޭން އަދި ޒޭންގެ ރައްޓެހިން އަހަންނަށް އިންޓްރެޑިއުސް ވެސް ނުކޮށްދެމެއްނުން..” ލޫކަސް ޒޭން އަށް ބުނެލިއެވެ… ” އޯކޭ … އޯކޭ،.. ލޫކަސް… މިއީ މަގޭ ބެސްޓް ފްރެންޑް ލަޔާ، ދެން މީ އީމާ ލަޔާގެ ފްރެންޑް ހަމައެއާއެކު އޮފީސް މޭޓެއްވެސްމެ..” ލަޔާލީ އަދި އީމާ އަށް އަތުން އިޝާރާތް ކޮށްލަމުން ޒޭން ބުނެލިއެވެ. އަދި އެވަގުތު ލޫކަސް ޖޯލިން ތެދުވެ ހިނިތުން ވެލުމާއި އެކު ބުންޏެވެ. ” އަހަންނަށް ކިޔަނީ ލޫކަސް އަހަރެންމީ ޒޭންގެ ގެ ރަޙްމަތް ތެރިއެއް” މިހެން ބުނެފައި އަނެއްކާވެސް ލޫކަސް ޖޯލީގައި އިށީނެވެ. ލޫކަސް އަށް އިރު އިރު ކޮޅަކާ ލަޔާލް އަށް ބަލައިލެވެއެވެ. ހަމަ އެފަދައިން ލަޔާލީ އަށްވެސް ލުކަސް އަށް ބަލައިލައެވެ.
އެކި އެކި ވާހަކަތައް ދައްކަމުން ދަނިކޮށް ލަޔާލް އަށް ހޭވެރިކަން އައީ.. މަޢްރިބަށް ގޮވީމައެވެ. ވަގުތުން ލަޔާލް ތެދުވެ ބުނެލިއެވެ. ” ތިމީހުންގެ ވާހަކައިގަ ޖެހިގެން އިންދާ މަޢްރިބަށް އެއޮށް ގޮވީ.. ހިނގާ ގެއަށް ދަމާދޯ” އީމާގެ އަތުހިފައި ލަޔާލީ ބުނެލިއެވެ.
” ހިނގާފަތަ ދަނީ؟” މިތަނާ އެހާ ދުރެއްނުވާނެ ލަޔާ އުޅޭ ތަނަކާ، އެކަން އީމާ އުޅެނީ ތަންކޮޅެއް ދުރުގައި…” ލޫކަސް އަހާލުމުން ލަޔާލީ ޖަވާބުދިނެވެ.
– ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.



Hope all readers ah mi vaahaka reethivaane kamah ??
Me first
Keehvetha komme vaahaka ehves male’ location akah balaagen liyanyy…
Atoll there ves kihaa hiyy gaimu…gaimu vazeefa thahves ovey viyya hama..n reethi manzaruthahves…
Visnaalahchey mikamaa
Anyways v v reethi feshun..
hehehe asluves dhw will think about it ingey… anywy thanks
Reethi. Negative comments nukoba
thanks faathimath
Vaahaka vrh reeth, bt Mihaarakah ais kohme vaahakaehgaves kiyanee office ah, aslu dhivehin liyaanee ofeehah.
Thanks reem
V reethi.. Next part ahnaany kondhuwahakun ?
V salhi ekamaku haadha kurey
Ma sha allaah….. Vvv nice…. Keep it up shiyaaa?????
Wow
very beautiful story waiting for the next part ingey…
Thanks aaliya suma malak munchkin ashly ?
Reethi vaane hen heevey…whn is the nxt part
next part up kohfai mihaaru vaani
Maash allah v v nice……
Thanks
Reethi