Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

Hiyy eky dhevihjey 40

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 25, 2016 8 Mins Read
47 Comments

އެ ފޮތް އަޔާންއަށް ފެނުނީ ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތިންނެވެ. އެފޮތް ހުޅުވާލަން ބޭނުންވީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ.

ކިއާރާ ކޮޅަށް ތެދުވެފައި ބާރު ހިނގުމެއްގައި އައިސް އަޔާން އަތުން އެ ފޮތް އަތުލަން އުޅުނެވެ. ހުޝިޔާރު ކަމާއި އެކު އަޔާން ކިއާރާގެ އަތް ނުޖެހޭނެހެން އެ ފޮތް މައްޗަށް ނަގާލަމުން ސޯފާއިން ތެދުވިއެވެ. ކިއާރާއަށް ހުރެވުނީ އަޔާންއާއި ދާދި ކައިރީގައެވެ. އެނާއަށް މީގެ ކުރިން ނޭނގޭ ކަމެއް އިނގިގެން ދިޔައީ އެވަގުތުއެވެ. އެއީ ކިއާރާގެ ބޯ އަޔާންގެ ކޮނޑާއި ހަމާއަށް ކިރިޔާ އރާކަމެވެ.. ކިއާރާ އަތް ދިއްކޮށްލީ އެ ފޮތަށެވެ. ނަމަވެސް އެ ފޮތަކަށް އަތެއް ނުފޯރިއެވެ. “އަޔާން.!!!. މީހުންގެ ޕްރައިވެޓް އެއްޗެހި ކިޔާކަށް ނުޖެހޭނޭ…..!” ކިއާރާ ބުނެލީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އޭގައި ލިޔެފައިވާ އެއްޗެއް އަޔާންއަށް ދައްކަން އޭނާ ކޮންމެހެން ބޭނުންނުވީމައެވެ. “ކޮންމެވެސް އެއްނަމަކުން މުހާތަބުކޮށްލަންވީނު.. އަޔާންތަ ނޫނީ ސަރ ތަ؟” އަޔާން ދުރަށް ޖެހިލަމުން ބުންޏެވެ.. ކިއާރާ އެއްޗެއް ނުބުނެ އެ ފޮތް ދަމައިގަނެވޭތޯ އުޅެނެވެ. “އަޔާން ޕްލީސް.. ތީތި ގެނޭ…” ކިއާރާ އެހެން ބުނުމުން އަޔާން ގަސްތުގައި ފޮތް ހުޅުވާ އިތުރަށް ކިޔަންފެށިއެވެ.

“އޭ ސާހިބާ ތިޔަބެލުމާ…

ހިތް ކަތިލާހާ އެ ނަޒަރާ…” އަޔާން ކިޔަމުން ދިޔައެވެ. ކިއާރާ ފުންމާލުމުންވެސް އެ ފޮތް އަތަކު ނުޖެހުނެވެ.

“ޔާރާ އޭ އަޑުއަހާށޭ…

މިހިތަށް ލޯބިދޭށޭ…”

މިފަހަރު އެ ހިސާބު ކިޔާލާފައި އަޔާންއަށް ބަލައިލެވުނީ އެ ބައި ލިޔެފައި އިން ގަނޑުގައި ބޮޑު އަކުރުން އަޔާން ލިޔެފައި އިންތަނެވެ. ކިއާރާ އަނެއްކާވެސް އެ ފޮތް ދަމައިގަންނަން އުޅުމުން އަޔާން ކިއާރާގެ ދެއަތުގައި ހިފަހައްޓާލިއެވެ. އޭނާގެ އެއް އަތުންނެވެ. ކިއާރާ ދެއަތްވެސް އޭނާގެ އެއް އަތަށް ބާރެއްނުދެއްކުނެވެ. ކިއާރާ ކައިރިން ފެންނަމުން ދިޔަ އަޔާންގެ މޫނަށް ބަލަން ހުރެވުނެވެ. އަޔާން ހުރީ ދެބުމަ ގޮށްޖަހާލައިގެން ފޮތަށް ބަލަހައްޓައިގެންނެވެ.

“ގަބޫލުނުކޮށް ލޯބި އެޅުވީ އިލްޒާމް…….” އަޔާން އިތުރަށް ނުކިޔާ ކިއާރާއަށް ބަލައިލިއެވެ. އިތުރަށް ލިޔެފައި ހުއްޓަސް އޭގައި ވަނީ ކިއާރާ ކުރަހައިގަނެފައެވެ. ނުވެސް ކިޔޭނެހާވަރަށެވެ. އަޔާން ކިއާރާ އަތުން ދޫކުރަމުން އަނެއްގަނޑަށް އެއްލިއެވެ. “އަޔާން އަޔާން އަޔާން…..!!” އަޔާން ކިޔަމުންދިޔައެވެ. ކިއާރާ ހިޔާލީ ދުނިޔެއަކުން ފޭބުނީ އެވަގުތުއެވެ. އަނެއްކާވެސް ފޮތް ދަމައިގަންނަން  އުޅުނެވެ. “އައި ލަވް ޔޫ…!” އަޔާން ކިޔާލީ ފޮތުގައި ލިޔެފައި އިން އެއްޗެއް ކިއާރާއާއި ދިމާބަލާލަމުން މާނަ ފުން ގޮތަކަށެވެ. ކިއާރާ ހަރަކާތްހުއްޓި އަޔާންގެ ފުން ކަނޑެއްހާ ދެލޮލުގެ ތެރެއަށް ފީނައިގަނެވުނެވެ. “އަޔާން! އަޔާން އަޔާން..! އައި ލަވް ޔޫ.. އަޔާން..ޝާހީ………….” އަޔާން އަނެއްކާވެސް ކިޔަމުން ގޮސް މަޑުޖައްސާލީ “ޝާހީނާ” ގެ ނަން ލިޔެފައި އިނުމުންނެވެ. “ޝާހީނާ…..؟” މަޑުމަޑުން އެހެން ބުނެފައި އަޔާން ކިއާރާއަށް  ބަލައިލިއެވެ.

“ފޮތް ގެނޭ އަޔާން..!” ކިއާރާ އަނެއްކާވެސް ބުންޏެވެ. “މަޑުކޮށްބަ… ކޮން ޝާހީނާއެއް؟” އަޔާން އެހިއެވެ.. ކިއާރާ ލޯ ހަނިކުރިއެވެ.. “ތިހިތުގެ ރާނީގެ ނަންވެސް ހަނދާންނެތުނީތަ..” ކިއާރާ އެހެން ބުނެލީ ރުޅިގަދަވެފައެވެ. އަޖައިބެއް ފަދަ މީހެކެވެ. “ނޫން އެހެނެއްނޫން މިތާ ޝާހީނާ ގެ ނަން އިންނަންޖެހުނީ ކީއްވެހޭ ވާހަކައަކީ..” އަޔާން އޮޅުންފިލުވަން ބޭނުންވިއެވެ.. “ތި ހުރިހާ އެއްޗެއް އަޔާން ނުޖެހޭނެ ބަލާކަށް… ފޮތް ގެނޭ..” ކިއާރާ ކޮރާލަމުން ބުނެލިއެވެ. އެވަގުތު އޭނާ ގެ ފައި އެޅުނުގޮތަކުން އަރިއަޅާލިއެވެ. ކުރިމަތީ ހުރި އަޔާންގެ ޓީޝާޓުގައި އޭނާއަށް ހިފަހައްޓާލެވުނީ ހަމަ ކުއްލިއަކަށެވެ. އެކަމަށް ތައްޔާރު ނުވެ ހުރި އަޔާން އާއި ކިއާރާ ވެއްޓުނީ އެކު އެކީގައެވެ. ކިއާރާ ގޮސް ކާޕެޓް މައްޗަށް ވެއްޓުމާއި އެކު އަޔާން ވެއްޓެމުންދިޔަ މަންޒަރު ފެނި އޭނާ ދެލޯ ބޮޑުވިއެވެ. ބިރުންގޮސް މޫނު އަނބުރާލާ ކިއާރާ ދެލޯ މަރާ ތަގުޅިކޮށްލިއެވެ. ނަސީބެއްކަންނޭނގެއެވެ. އަޔާން ދެއަތުން ތަޅުންގަނޑުގައި ހިފަހައްޓާލެވުނެވެ. އޭނާ އޮތީ ކިއާރާ ގެ ގައިގާ ނުޖެހި ކިރިޔާއެވެ. ކިއާރާ އޭރުވެސް އޮތީ ލޯ މަރައިގެންނެވެ. އަޔާން އަށް އެހާ ކައިރިން ކިއާރާގެ މޫނު ފެނުމާއި އެކު ބަލަހައްޓައިގެން އޮވެވުނެވެ. ކިއާރާ ދެލޯ ހުޅުވާލީ އަޔާން ވެއްޓުނު އިހްސާސްނުވެގެންނެވެ. އެއާއި އެކު އޭނާގެ މޫނާއި ދާދި ކައިރިން އަޔާންގެ މޫނު ފެނުމުން ކިއާރާ ބާރަކަށް ހަޅޭލަވައިގަތެވެ. “އައުޗް.. ކަންފަތް..” އަޔާން އަށް އެހެން ބުނެވުނީ ކުއްލިއަކަށެވެ. “ތެދުވަންވެއްޖެ އެއްނު..” ކިއާރާ ބުނެލީ އަޔާންގެ މޭގައި އަޅާ ކޮށްޕާލަން އުޅެފައެވެ.

“އަޔާންންން!” ދެންވެސް އަޔާން ނުތެދުވުމުން ކިއާރާ ހިތްހަމަނުޖެހިފަިއ ގޮވިއެވެ.. “ޕްލީސްސް..” އޭނާ ހިތްހަމަނުޖެހުނުކަން އަންގާލަމުން ލޯ އެޅިއެވެ. އަޔާން ނިއް އަރުވާލުމަށްފަހު ތެދުވިއެވެ.. އަދި ކިއާރާ ތެދުވަމުން ކާޕެޓް މަތީ އޮތް ފޮތް ނެގުމުގެ ކުރިން އަވަސް އަވަހަށް އެ ފޮތް އަޔާން ނެގިއެވެ. މިއަދު އަޔާން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ މޮޔަ ވީ ކަންނޭނގެއެވެ. ކިއާރާ ކުދި ކިޔަމުން ގޮސް އެނދުމަތީ އިށީނީ އަޔާން އަތުން ފޮތް ދަމައިނުގަނެވޭނެކަން އިނގޭތީއެވެ. އަދި އޭގައި ވަކި އަޔާން އަށް ނޭނގޭ އެއްޗެއް ނޯންނާނެކަންވެސް އިނގޭތީއެވެ.

“މި އަޔާން އޭ ކިޔާ ކުއްޖާ ހާދަ ލަކީ ވާނޭ ދޯ ކޮންމެ ގަނޑެއް ގައި އަޔާން އަޔާން އަޔާން…” އަޔާން އެހެން ބުނިއިރުވެސް ކިއާރާ އިނީ މޫނު ކުނިކޮށްގެންނެވެ. ” މިއަދު ކީއްވެގެންތަ ތިއުޅެނީ އަޔާން؟ އެއްޗެހި ކިޔާފައި މި ކިއާރާގެ މޫނުވެސް ބަލަން ބޭނުމެއް ނޫނޭ ކިޔާފަ ފަސް އެނބުރުނު އަޔާން އެއްނު ތީ… މިއަދު ކީއްވީ ކުއްލިއަކަށް؟ އާނ! ޒާން މެން ބުނީ ދޯ ކިއާ ހެޕީ ކުރާށޭ… ވަރަށް ސޭޑް ވެގެން އުޅެނީއޭ…ލައިކް ދެޓް ޑޭ… އެކްސިޑެންޓްވެގެން އުޅުނުއިރުވެސް….. އައި ނޯ… ބަޓް އެމީހުން ބުންޏޭ ކިޔާފައި އަޔާން ކުރަން ބޭނުން ނުވާ ކަމެއް ކޮންމެހެން ކުރާނެކަމެއް ނެތޭ…. އެމީހުންނަށްވެސް މަޖުބޫރެއް ނުކުރެވޭނެ.. އެމީހުން ކައިރި ބުނާތި އަޔާން ގެނެސް ވާހަކަދެއްކުވިޔަސް ތިހެން އުޅުނަސް މި ކިއާރާއަކާއި މިހާރު ނުބެހެވޭނޭ…. އަދި ބުނާތި އަޔާން ލައްވުވާ އިތުރު ކަމެއް ކުރާނެވެސް ކަމެއް ނެތޭ…” ކިއާރާ އެހެން ބުންޏެވެ.. އަޔާން ފޮތް ހިފައިގެން އިށީނީ ބުނާނެ އިތުރު އެއްޗެއް ނޭނގުމުންނެވެ. އޭނާ މަޑުން އިނދެގެން އެ ފޮތުގެ ކޮންމެ ގަޑެއްގައި ލިޔެފައިވާ އެއްޗެހި ކިޔަމުންދިޔައެވެ. ކޮންމެ ސޮފްހާއެއްގައި ލިޔެފައިވާ ކޮންމެ ބައިތެއް ނުވަތަ ލަވައިގެ ތަންކޮޅެއްވެސް ރަމްޒުކޮށްދެނީ ކިއާރާ އަޔާން ދެކެ ވާ މަތިވެރި ލޮތްބެވެ.

ޒާއިން ދޮރު ހުޅުވިއިރު ދެމީހުން ދެތާ ތިބިތަނާއި އަޔާންއާއި ކިއާރާގެ މޫނު ފެނި އެއްވެސް ކަމެއް ރަނގަޅަށް ނުދިޔަކަން އިނގުނެވެ. މިފަހަރު ރަނގަޅަށް ބޮން އަންނާނެކަން ޒާއިންއަށް އިނގުނެވެ. އޭނާ ނިތްކުރިމަތީ ޖަހާލިއެވެ. “ޒާން މެން ތިއުޅެނީ މޮޔަވެގެންތަ؟ ހީކުރީތަ އަޔާން މިތަނަށް ގެނެސްގެން ކަމެއް ވާނޭ..؟ ތީތަ ޒާން އަށް ކުރަން އިނގުނު ކަމަކީވެސް.. ބުނަން ރަނގަޅުވާހަކައެއް ޒާން.. މިހިރަ އަޔާން އަކީ މިހާރު އެއްވެސް މީހެއް ނޫން.. އިނގިއްޖެ އެއްނު…. މީނަ ނުވާނެ ދެން މިތަނަށް ގެނެސްގެން… ޒާން މެންގެ މޮޔަ އައިޑިޔާސް ތަކުން ހީވަނީތަ ކަމެއްވާނެހެން.. ޒާއިން ޝަކޫރު! ބުނަން ވާހަކައެއް…! މީ ފަހު ފަހަރު ބުނާ!.. ލޯބިވިން ލޯބިވަން އަދި ވާނަން އެކަމް މިހިރަ އިންސާނާ ދެކެއެއްނޫން މި ފެންނަ އަޔާން ދެކެއެއްނޫން ވީކީ އެހެންވީމަ މީނަ ގެނެސްގެން މިތާނގައި މޮޔަ ކަންތަށް ކޮށް ތިކަހަލަ ފްލޮޕް އައިޑިޔާސް ހަދައިގެން ވާނެ ކަމެއް ނޯންނާނެ…… ދެން އަޔާން! އޯކޭ ގަބޫލުކުރަން އެމީހުން ބުނީމަ ކަން ތި ހުރިހާ ކަމެއް ތި ކުރަނީ.. އޯކޭ ފައިން.. އެކަމް ތި ސިކުނޑިއަކަށް ނޭނގޭތަ އެއްވެސް އެއްޗެއް؟ އަޔާން އެއްނޫންތަ ….އަޔާންއެއްނޫންތަ ނަފްރަތު ކުރީ އާލިޔާއަށް.. ކިއާރާއަށް.. ރިމެމްބަރި އަމް އަ ޑިސްގަސްޓިން ވުމަން ރައިޓް؟؟؟

ޝާހީނާ ކަހަލަ މީހަކާ އެއްވަރުކޮށްލީ، އާނ ޝާހީނާ ފަދައިން އެތަކެއް މީހުން މި ހަށިގަނޑުގައި ބީހުނު އެކަމް އޭނާ ހާ ދަށުދަރަޖައަކަށް ނުވެއްޓެން.. ހަޤީޤީ ލޯބިވީ، އެވެސް އަޔާން ދެކެ، ލާރި ގަނޑު ދެކެއެްއނޫން.. އަޔާން ހަނދާންނެތުނީތަ އަމިއްލައަށް ބުނި ބަސްތަށް.. އޯކޭ… ކިއާ އެބަހުރި އޭ ހަނދާން… ހަނދާންކޮށްލަދޭންވީތަ؟ އަޔާން ބުނީ ދެން ކިއާރާ ކުރިމައްޗަށް ނާރާނަމޭ.. އަމް ޑިސްގަސްޓިންއޭ…. ޔޫ ނޯ ވަޓްސް ޑިސްގަސްޓިން.. ދިސް ހޯލް އައިޑިޔާ….. ދެން ޒާން! ކިތަންމެ ކަމެއް ކުރިޔަސް މިހިރަ އިންސާނާ ދެން މިތަނަށް ނުގެނެސްވޭތޯ ބަލާތި… ކޮންމެހެން އޭނާ ކުރަން ބޭނުން ނޫން ކަމެއް ކުރުވާނެކަމެއްވެސް ނެތޭ…!” ކިއާރާ ރުޅި އައިސްގެން ކިޔޭ ނުކުޔޭވެސް ނޭނގެއެވެ. އޭނާ ތުންފަތް ދިޔައީ ތުރު ތުރުލަމުންނެވެ. ފުންނޭވާތަކެއްލަމުން ދިޔައީ ރުޅި މަޑުވޭތޯއެވެ.

އަޔާން ޒާއިންއަށް ބަލައިލިއިރު ޒާއިން ހުރީ ކިއާރާއަށް ބަލަހައްޓައިގެންނެވެ. އަޔާންވެސް އަދި ޒާއިންވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަޔާން އަތުގައި އޮތް ފޮތަށް ބާރުކޮށްލުމަށްފަހު އެތަނުން ދާން ހިނގައިގަތީ އެ ހިތަށް ތަދުވިލެއް ބޮޑުވެގެންނެވެ. “އަޔާން!!! އަޔާންގެ އެއްޗެއް މިތާ އޮތިއްޔާ އެ ހިފައިގެން ދޭ… އެކަމް އެހެން މީހުންގެ އެއްޗެހި ހިފައިގެން ދާނެކަމެއް ނެތް… ތި ފޮތަކީ އަޔާން އެއްޗެއް ނޫން ހަމަ މިހާރު ތި އޮތްތާ ބާއްވާފައި.. އަޔާން ގެ އެއްޗެއް އޮތިއްޔާ މިތަނުން ނެރޭ…” ކިއާރާ އަޔާންއާއި ދިމާލަށްވެސް ބުނީ ނުރުހިފައެވެ. އަޔާން ގޮތް ދޫނުކުރަންވެގެން ފޮތް ހިފައިގެން ޒާއިންއާއި ހަމާއަށް އެރިއިރުވެސް ޒާއިން ހުރީ ކިއާރާއަށް ބަލަހައްޓައިގެންނެވެ. އެ ރުޅިގަނޑުފެނި އެނާވެސް ހައިރާންވީކަންނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. އެ ދިނީ ބޮޑު 2 މިނެޓްގެ ލެކްޗަރެކެވެ. ކިއާރާ އެހާ ރުޅިއައިސްފައި ހުރިތަނެއް ޒާއިން މިނޫނީ ދުވަހަކުވެސް ނުދެކެއެވެ. އެއިންވެސް ކިއާރާ އަށް އައިއްސާހުރި ބަދަލު އޭނާއަށް ފާހަގަވެގެންދިޔައެވެ.

“އަޔާން! އަޑެއް ނީވޭތަ ތި ފޮތް ގެންނާށޭ..” ކިއާރާ އަޔާންއާއި ދިމާލަށް ދަމުން ބުންޏެވެ. އަޔާން އަތުން ކިއާރާ ފޮތް ދަމައިގަންނަން އުޅުމުންވެސް ދަމައެއް ނުގަނެވުނެވެ. “އަޔާންގެ އެއްޗެއް ވިއްޔާ އެ ހިފައިގެން ދާންވީ އޯ ޒާއިން..!” އަޔާން އެހެން ބުނުމުން ޒާއިން ކުއްލިއަކަށް އަޔާންއަށް ބަލާލާފައި ބޯ ކަހާލިއެވެ. “ދެން އަޔާންގެ އެއްޗެއްވިއްޔާ ގެންދޭ..” ޒާއިން ލާނެއް ހިނިތުންވުމަކާއި އެކު ބުންޏެވެ.. ކިއާރާ އެ ދެމީހުން އެ ބުނި އެއްޗެއް ނޭނގުމުން އެމީހުންނަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު އަނެއްކާވެސް އަޔާންގެ ފޮތް ދަމައިގަންނަން އުޅުނެވެ. “ޒާއިން!…ކިއާރާ ނެރެވޭތަ ކިއާރާގެ ކޮޓަރިން.. އެ ހިފައިގެންވެސް ދެވޭނެތަ؟” އަޔާން ބުނެލީ ލާނެއްފާޑަކަށް ހިނިގަނޑެއް ޖަހާލާފައެވެ. ޒާއިން ހޭންފަށައިފާ އަޔާންއަށް ޓަޗެއް ދިނެވެ. ކިއާރާ ވާނުވާގައި ހުރެފައި ދެމީހުންނަށް ލޯ އަޅައިގަތެވެ. “މަޖަލެއްނޫނޭ.. މިތަނުން އަޔާންއަށް ދެވޭނީ ފޮތް ދީފައި..” ކިއާރާ ބުނެލީ ފޮތަށް ބަލާލަމުންނެވެ. ޒާއިން ދޮރުގައި ލައްގަނެލީ އެދެމީހުންގެ އެ ކޯޅުންގަނޑު ބަލަންށެވެ.

“ކިއާ..! ހާދަ ރުޅިއައިސްގެން ތި އުޅެނީ..” ކިއާރާ ގެ އަޑުއިވިގެން ތިރީގައި އިން ފަތުހީވެސް އައެވެ. އެހެނީ ކިއާރާ ރުޅިއައިސްގެންވެސް މިއަދު ނޫނީ  އެހާ ބާރަށް ވާހަކަ ދެއްކި ދުވަހެއް ނޯންނާނެއެވެ. “ޑޭޑް އިނގޭތަ މި ޒާން މިތަނަށް އަޔާން ގެނެސްގެން.. ކޮން މޮޔައެއްވާންތަ؟ ޑޭޑްވެސް ހުރީތަ އޭނާ އަޔާން ވައްދަންދެން؟ ޕިސް ޕިސް.. ދެން އަޔާން! އެ ފޮތެއްވެސް ނުދިނޭ… ދެރަކަމެއް މީ..” ކިއާރާގެރުޅިގަނޑު ފެނިފައި ފަތުހީވެސް ހުރީ ހައިރާންވެފައެވެ.

“ދަރިފުޅު ރުޅި މަޑުކޮށްފާ ނިކަން ރީއްޗަށްވެސް ބުނެބަލަ…… އަޔާން މިތަނަށް އައީމަ އުފަލެއް ނުވޭތަ ހަމަ؟” ފަތުހީ އެހިއެވެ. “ނުވޭ އުފަލެއް.. އެއްވެސް އުފަލެއް ނުވޭ.. އިތުރަށް ދެރަ ތި ކުރަނީ..” ކިއާރާ ބުނެލީ އެމީހުންނަށް ފަސްދީފައެވެ. އޭނާ ލޯމަރާލާފައި ތުންފަތުގައި ދަތްއެޅިއެވެ. އެނާ އެއްވެސް ވަރަކަށް އަސްލު އިހްސާސްތަށް ނެރޭކަން ބޭނުމެއްނުވެއެވެ. އޭގެ ބަދަލުގައި ރުޅި އިސްކުރަނީ އެހެންވެގެންނެވެ. “ކިއާ ހަނދާންވޭތަ… މި އަޔާންގެ ވާހަކައޭ ކިއާ މުޅި ދުވަހު ދައްކާ ދައްކާ ފޫހިނުވަނީ..! މިއަދު އެ އަޔާން އާއި ވާހަކަ ދައްކާލަންވެސް ކިއާ ތި ފަސްޖެހެނީ ކީއްވެ؟ ކޮބާ މައްސަލައަކީ… އޭނާ މިތާ އެ ހުރީ ކިއާ އާއި ވާހަކަ ދައްކަންވެގެންނޭ…. ކިއާ މިހާރު ބައްޕައަށްވެސް އޮޅިއްޖެ ކިއާ ބޭނުންވާ ކަމެއް… ދަރިފުޅު އަޔާން ދެކެ ލޯބިވޭ… އަޔާން ބޭނުންވޭ.. ދެން މިއަދު ކީއްވެ ތި އެކަމަށް އެއްބަސްނުވަނީ؟” ފަތުހީ ކިއާރާ ކައިރި މަޑުކޮށްލަމުން ބުނެލީ އޯގާތެރިކަމާއި އެކުގައެވެ.

“ޑޭޑްވެސް އޭނާ ފަޅިއަށްތަ.. އެހެންވިއްޔާ އެންމެންވެސް އަޑުއަހާ……  ލޯބިވީ މިހިރަ އަޔާން ދެކެ އެއްނޫން.. މި އަޔާން އެއްގެ ވާހަކަ ދައްކައިގެންނެއް ނޫން މުޅި ދުވަސް ހޭދަކުރީކީ.. އެ އަޔާން މިހާރު ބަދަލުވެފައި އެ ހެރީ މިހިރަ ފެންނަ އިންސާނާއަށް… އެއްބަސްވާނަން ޑޭޑް.. ލޯބިވޭ ވަރަށް ލޯބިވޭ އަޔާން ދެކެ… އެކަމް މީ އެ އަޔާން ނޫންވީމަ އަޅުގަނޑު ކީއްކުރަން އުޅެންވީކީ މި އަޔާން ފަހަތަކުންނެއް…؟ ފޯރ ހިމް މީ ޑިސްގަސްޓިން މީހެކޭ… ދެން އިތުރު ވާހަކައެއް ދައްކާނެ ކަމެއް ނެތް.. ޕްލީސް އެކަކުވެސް ދެން ވާހަކަ ނުދައްކާތި އަޅުގަނޑާއި…” ކިއާރާ ބުނީ ކުރިންވެސް އެ ބެހެއްޓި ރުޅިވެރިކަން އަޑުގައި ބަހައްޓަމުންނެވެ. އޭނާ ހުރީ ވަރަށް ކެތްކޮށްލައިގެންނެވެ. އެވަގުތު އެ ކޮޓަރި އެއްކޮށް އަޑުމަޑުވިފަދައެވެ. އެންމެންނަށްވެސް ތިބެވުނީ ކިއާރާއާއި ދިމާ ބަލަހައްޓައިގެންނެވެ. ކިއާރާ ފަސް އެނބުރެލާ ދެލޯ މަރާ ތަގުޅިކޮށްލިއެވެ. މެއަށް ތޫނު ތަދެއް އެރިކަހަލަ އިހްސާސްއެއް ވިއެވެ. މި މީހުން ތިބުމުން އޭނާ ދެރަވާކަން ފޮރުވަން ބޭނުންވީއެވެ. ކިއާރާ ފުން ނޭވާތަކެއް ލަމުން ދިޔައެވެ. ކުއްލިއަކަށް އޭނާވެސް އަދި އެހެން މީހުންވެސް ސިހުނީ އެ މަޑުމައިތިރިކަން ފިލުވާލި ކިއާރާގެ ފޯނު ރިންގް ވާ އަޑަށެވެ. ކިއާރާ ފޯނާއި ދިމާލަށް ގޮސް ބަލާލިއިރު އެއްކަލަ ނުދަންނަ ނަމްބަރެވެ. އޭނާ އެހެން ހުރެފައި ފޯނު ނެގިއެވެ.

އަޔާން ޒާއިންއަށް ބަލައިލިއެވެ.. “އޭރުވެސް ބުނިން ޒާއިންމެން ކައިރި އޭނާއަށް ލިބޭނީ އިތުރު ދެރައޭ ކުރިމަތި ލައިގެން.. ބަޓް އައި ޓްރައިޑް މައި ބެސްޓް ޒާއިން… އޭނާ އާއި ވާހަކަދައްކަން މަސައްކަތްކުރިން އެކަމް އޭނާ އެކަން ހުއްޓުވަނީ…” އަޔާން ބުނެލީ ސިއްރުންނެވެ.

“އާލިޔާ!!” ކިއާރާ ދެލޯ ބޮޑުވެފައި އަނގަމަތީ އަތްއަޅާލެވުނެވެ. އާއެކެވެ. އެއީ ދެވެނަ އެހެން މީހެއްގެ އަޑެއްނޫނެވެ. އެއީ ސައީދާގެއެވެ. ކިއާރާ ތުރު ތުރުލައިގަތެވެ. އަދިވެސް ކަންފަތަށް ގަބޫލެއްނުކުރެވުނެވެ. ޒާއިން އެމީހުން ފުލުހުންނާއި ހަވާލުކުރި ވާހަކަ ބުންޏެއްނޫންހެއްޔެވެ.؟ ކިއާރާ އަނގައިން މަޑު އާހެއް ނުކުތެވެ. “ހީކުރީތަ ޖަލަށް ލެވޭނެކަމަށް؟ ބަލަ ކަލެއަށް އަދިވެސް އަހަރެމެންނެއް ނޭނގޭ ދޯ… ތަހުޤީޤު ކުރިޔަސް އެކަން ސާބިތު ނުވާހާ ހިނދަކު އަހަރެމެން މީ މިނިވަނުން.. އެކަން ސާބިތެއްވެސް ދެން ނުވާނެ…. އަދި ބުނަން ކަލެއަށް ފިލައިގެންވެސް ނޫޅެވޭނެ…. މިއަދު ނަމްބަރު މާދަމާ ކަލޭ…” އެކޮޅުން ދެންވެސް އިވިގެން ދިޔައީ ގަބޫލުކުރަން އުނދަގޫވި ބަސްތަކެކެވެ. ފަތުހީ ފަސްއެނބުރި ޒާއިންއަށް ބަލައިލާފައި ކޮނޑު ހިއްލާލީ ކިއާރާ ފޯނު ނެގިކަމުގައި ވިޔަސް ޖަވާބެއް ނުދޭތީއެވެ.

ކިއާރާ ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގެން ދިޔައެވެ. ސައީދާ އޭރު ބުލޫސް ވެސް ހޯދިއެވެ. އޭނާއަށް އެއީ ކަށިގޮއްވާލާފަދަ ފަސޭހަކަމެއް ކަން ކިއާރާ ދަނެއެވެ. “ދެން އެއްޗެއް ނުބުނެ ހުންނާނެ ކަމެއް ނެތް…. ހަނދާން ބަހައްޓާތި ކަލޭ ތީ އަހަރެންގެ ދަރިއެއް… މުޅި ދުނިޔެއަށް އެކަން އަންގައިގެންވެސް ކަލޭ ގެންނާނަން.. މި ހުރިހާ ދުވަހަކު ފިލިއްޖެ އެއްނު…. ބަލާ ތަޤުދީރު ކަންކުރި ގޮތް.. 7 އަހަރުފަހުންވެސް ކަލޭގެ ތެދު އެ އިނގުނީ…” ސައީދާ އެހެން ބުންޏެވެ. “ކަލޭ ޖެހޭނީ އަހަރެން ކައިރިއަށް އަންނަން…… އަހަރެން ބޭނުން ގޮތެއް ހަދަންދެންހުންނަން…. ތައްޔާރުވޭ..” އެހެން ބުނެފައި އެކޮޅުން ސައީދާ ފޯނު ކަނޑާލިއިރުވެސް ކިއާރާއަށް ހުރެވުނީއެވެ. ޔަޤީންކުރަން ދަތިވެފައެވެ. މާތް ﷲ އެފަދަ އިމްތިހާނެއް އޭނާއަށް ކުރިމަތި ކުރުވަނީ ކީއްވެހެއްޔެވެ؟ އޭނާ ލޯބިވާ މަންމައާއި އިދިކޮޅަށް އުޅޭނީ ކިހިނެއްހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް އެއީ އޭނާ ވިހޭ މަންމަތާއެވެ. މިދުނިޔޭގެ އަލިކަން ފެނުމުގެ ނަސީބު ދެއްވީ އެ މަންމަގެ ރަހިމުގެ ތެރެއިންނެއް ނޫންހެއްޔެވެ؟

ކިއާރާ ހުރިތަނަށް ތިރިވެވުނީ ފައިން ވެސް ހަކަތަ ހުސްވެގެންނެވެ. މިހެން އުޅުމަށްވުރެ ނިމިދިޔުން މާ ރަނގަޅެވެ. އެ މަންމައާއި ދެކޮޅަށް އުޅެވޭނީ ފަހެ ކިހިނެއްހެއްޔެވެ؟ އޭނާ އެ މަންމައަށް ދެރަގޮތެއްމެދުވެރި ވެދާނެތީވެ 7 އަހަރު ދުރުގައި އުޅެފިއެވެ.

ފަތުހީ ދެބުމަ ގޮށްޖަހާލަމުން ކިއާރާ އާއި ކައިރިވެ ގުދުވިއެވެ.. މޫނު ފެނި ކަމެއް ގޯސްވެއްޖެކަން ފަތުހީއަށް އިނގުނެވެ. ޒާއިން އަދި އަޔާންވެސް ކިއާރާ އާއި ދިމާލަށް އައެވެ. “ކިހިނެއްވީ.. ދަރިފުޅާ… ކިއާ!!” ފަތުހީ ބުނެލީ ކިއާރާ ރޯންފެށުމުންނެވެ. ދެތިން ފަހަރު ކިއާރާ ގެ ކޮނޑުގައި ހިފައިފާ ފަތުހީ ތަޅުވައިލުމުންވެސް ކިއާރާ ދިޔައީ ރޮމުންނެވެ. ޒާއިން އަޔާން ކައިރި އިޝާރާތްކުރުމުން އަޔާން ވެސް ތިރިވިއެވެ. “ކިއާ… ކިހިނެއްވީ؟ ކާކު ގުޅީ؟؟” އަޔާން ތަޅުންގަނޑުމަތީ ދެކަކޫ ޖައްސާލަމުން އެހިއެވެ.. ކިއާރާ އަޔާންއަށް ބަލައިލިއެވެ. ރަތްވާން ކައިރިވެފައިވާ އެ ދެލޮލުން އަޔާންއަށް ވަރަށް އަސަރުކޮށްފިއެވެ. ކިއާރާއަށް އަޔާންގެ ގައިގާ ބައްދައިގަނެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާއަށް ހިތްވަރަކަށްވެސް ނުވަތަ ކަރުނަތަށް ފޮހެލަންވެސް އެދެވެވޭނީ ލޯބިވާމީހެއްގެ ކައިރިއެއްނޫންހެއްޔެވެ؟ އެ މީހަކީ އަޔާންއެއް ނޫންހެއްޔެވެ؟

ކިއާރާ އަޔާންގެ ގައިގާ ބައްދާލައިގެން ހުރީ ނުލާހިކު ބާރަށެވެ. ހީވާގޮތުން މީހަކު އޭނާ ދަމައިފައި ގެންގޮސްދާނެތީ އުޅެނީއެވެ. ފަތުހީ އަޔާންއަށް ބަލައިލިއެވެ. އަޔާން އިނީ ގުޑިވެސްނުލައެވެ. “ކިޓީ… ކިހިނެއްވީ؟” ޒާއިންވެސް އިށީނދެލާފައި ސުވާލުކުރަންފެށިއެވެ. ކިއާރާ ދެކޮޅަށް ބޯހަރަކާތްކުރަމުންދިޔައެވެ. “ދަރިފުޅާ ކިއާ.. ނުރޮއެ ބުނަބަލަ ވީ ގޮތް..” ފަތުހީ ވެސް ހާސްވާންފަށައިފިއެވެ. “ކާކުތަގުޅީ؟؟” ފަތުހީ އެހިއެވެ. ނަމަވެސް ކިއާރާ ދިޔައީ ދެކޮޅަށް ބޯ ހަރަކާތްކުރަމުންނެވެ. އެއްޗެއް އަނގައިން ނުބުނެވުނީ ހަށިގަނޑުތެރޭ އުފެދުނު އޮއިވަރުގެ ސަބަބުންނެވެ. އެ ނެރޭނެގޮތެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. އޭގެ އެއްބައި ކަރުނައިގެ ސިފައިގައި ފައިބަމުން ދިޔައެއް ކަމަކު އޭނާ ހަށިގަނޑުތެރޭ ހީވަނީ ހޫނު ފެންއެއްޗެއް އަޅާލައިގެން އުޅޭހެންނެވެ. “ކިއާ.. ކިހިނެއްތަ ވީ؟؟” އަޔާން އަހާލީ ކިއާރާގެ ކޮނޑުގައި ހިފާލާ އޭނާ ދުރަށްލާން އުޅެފައެވެ. ނަމަވެސް ކިއާރާ ނޫން އޭ ކިޔާފައި އިތުރަށް އަޔާންގެ ގައިގާ ބައްދައިގަތެވެ. ޒާއިން ކިއާރާގެ ފޯނު އަތުލިއެވެ. އަދި ފަރިތަކަމާއި އެކު ޕާސްކޯޑް ޖަހާލުމަށްފަހު ކޯލް ލޮގް ހުޅުވިއެވެ.. ނުދަންނަ ނަމްބަރެކެވެ. ކުރިންވެސް ގުޅާފައި އެބަހުއްޓެވެ.

“ކިއާ މީ ކާކު؟” ޒާއިން ދެންވެސް އެހުމުން ކިއާރާ ޖަވާބެއްނުދިނެވެ. “ކިއާ މީ ކާކުހޭ؟” ޒާއިން އަނެއްކާވެސް ތަކުރާރުކުރިއެވެ. އަޔާން އިނީ ކިއާރާއެ އަތުތެރެއަށް ލާންވީތޯ ނުވަތަ މިހެން އިންނަންވީތޯ އަމިއްލަ ހިތާއި ސުވާލުކޮށްލަ ކޮށްލައެވެ. އެހެނީ އަޔާންގެ ގައިގާ ބައްދާލައިގެން އިނީ ކިއާރާއެވެ. އަޔާންއެއް ނޫނެވެ. “މަ…މަންމަ…” ކިއާރާ އަނގައިން އުނދަގުލަކުން އެ ނަން ނިކުތެވެ. އެންމެންގެ ދެލޯ ބޮޑުވިއެވެ. “ވަޓް؟؟؟؟” ޒާއިން އަދި އަޔާންއަށް އެއްފަހަރާ އެހެން ބުނެލެވުނުއިރު ފަތުހީ އަށް އިނދެވުނީ އެއްޗެއް ނުވެސް ބުނެއެވެ. “ކިއާ… ދަރިފުޅާ… މަންމަ… ކީ…ކޭ ބުނީ؟” ފަތުހީ ހައިރާންކަމާއި އެކު އެހިއެވެ.. ކިއާރާ އެއްޗެއް ނުބުނުމުން އަޔާން ކިއާރާ ގަދަކަމުން ދުރަށްލީ އިތުރަށް ރުއިމުގެ ފުރުސަތު ނުދޭށެވެ.  އަޔާން ކިއާރާގެ އަތުގައި ހިފަހައްޓާލާފައި ވީ ގޮތް ބުނުމަށް އެދުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޢަޞްރު (ބާވީސްވަނަ ބައި)

Next

ހިތް އެކީ ދެވިއްޖޭ….41

Next
December 26, 2016

ހިތް އެކީ ދެވިއްޖޭ….41

Previews
December 25, 2016

ޢަޞްރު (ބާވީސްވަނަ ބައި)

47 Comments!

  1. Ryn says:
    December 25, 2016 at 10:30 pm

    Hey guys! Uh! Again i didn’t check it and upload mi kuryy network ok vaairah. Sorry for making u guys wait.! Tc. Ly and nights. ???

  2. Shau says:
    December 25, 2016 at 10:32 pm

    Me first dww..kiyaa hithun keii madhu vefa huhtaa thi up kohly..thnkx ryn..

  3. Azuna says:
    December 25, 2016 at 10:32 pm

    V salhi. Iru iru kolhaa chech kohlevey up kurey tho. Thanx Ryn

  4. Ninni says:
    December 25, 2016 at 10:38 pm

    Alheyy.. Haaadhr reehchey.. nxt part kn irakun?? Avahah up kohdheeebr

  5. zee says:
    December 25, 2016 at 10:41 pm

    wow ? alhey next part vex up kohdheyn vi nu… cant wait for the next part ?

  6. Iman says:
    December 25, 2016 at 10:46 pm

    Sooooooo beautiful… Alhe adhi eh part up kohdheeba mirey

  7. maiha says:
    December 25, 2016 at 10:50 pm

    alhey…kon irakuntha nxt part…hama moyavany…?

  8. Faathee says:
    December 25, 2016 at 10:54 pm

    V reethi part.. accident part ah fahu enme touch vi part mee. Keep going girl

  9. Ayaan says:
    December 25, 2016 at 10:55 pm

    Kobaa saeedhaa?? Hurey.. kaley hykury myhun thibi thanaa myhun ge mauloomaathaa eythi mythi hoadhey ny kaleah ekani kamah tha? Hykuraa goii dhw? Hurebala nikan… mihaaru ahahnaa kiaa aa ves mee ekaku.. dhw kia bby doll… mmwah.. saeedhaa aharun ves kaley hodhaanan… thihen thihen magey doll akaa nubehe veyne mihaaraku.. ehn noonas kaley kihineii proof koh dheyny e e kaley ge dhari ehkan.. dhn take care ingey saeedhaa. Kae masahkathaa gen kuri ah dheybala.. kaley noonas aharun ves rahtehin thibey.. gang stars ah ves veveyne aharun nah..

  10. Ikhan says:
    December 25, 2016 at 11:02 pm

    Woww!! Ryn please aneh part Mirey up kohdhyba alhe please please please. This story is fab

  11. boahalaaku says:
    December 25, 2016 at 11:04 pm

    Then mi vaahakaaga myhun rulhi ayas nayas dhe buma gohjahaa vareh dho… huvaa hama boah govaafi

    1. 我 says:
      December 25, 2016 at 11:49 pm

      Meega ekani tha meehun buma goijahany..boa goviya kiyny keekurn.. nukiyaa madun hureba…

  12. Fathuhee says:
    December 25, 2016 at 11:13 pm

    Saeeedhaa kae heeekurany tha kaley beynun haaa gotheh kiara ah hedheyne ey??? Kia hoadhumuge kurin mashaaa kurimathi laaaa!! Kaleyah nikan dhuniye dhahkaaalaanan.. Ryn avahah upkohdhehchey please!! Vvvvv reeethi mi vaahaka

  13. Afy-mode says:
    December 25, 2016 at 11:14 pm

    Mi eeee hama ehvanaige story eh, mi story kiaaa hithun lolah nidhi vz naadhey! Abadhu mi storage inthizaarugai.. Ryn you are the best

  14. Aroosha says:
    December 25, 2016 at 11:16 pm

    Ryn ah hama saaabas dhen!! Mi story miee varah reeethi story eh… Ryn mirey adhi eh part upkohladhyba

  15. Fin says:
    December 25, 2016 at 11:20 pm

    Wow.. Vv nice.. Adhi vx kiya hiy vany hama

  16. bell says:
    December 25, 2016 at 11:28 pm

    Woooooow..haadha riihchey story

  17. ޒާން says:
    December 25, 2016 at 11:31 pm

    ކިޔާ އަވަހަށް އަޔާންއާ މެރީ ކުރަންށޭވީ ނޫނީ ސިއްރު ފަޅާ އަރުވާލަންވީ ހެހެހެ ވަރަށް ރީތި ހަމަ އިންތިޒާރުގައި ރީން ކިޓީއަށް ދެރަގޮތެއް ނަހަދައްޗޭ

  18. chum chum girl says:
    December 25, 2016 at 11:35 pm

    waitin for the next prt.. i love it.. but saeedhaa gandah Kia nudhey thi… Ayaan… Zain… Mai.. fathuhee…plzz doo som thin… kiaa ah dhera gotheh nuhadhaathi.. and Afy-mode buny thedheh! hama huvaa nunidhigen mi ulhenee.. dhen Ryn loabi sisyy kolhu next part avas koh dheeba.. and i don’t think i can sleep tonight… hama hithah aranee dhen kihineh baa ey vaanee…. Ayaan aa Kia aa gulhey ne baa ey.. dhen mihen gos baivaru ehchis hithah araane….. BTW Bye and Good Night Sissyyyy…. Sweeet Dreamsss.. Love You.. mwahhhhhhhhhhh……………..

  19. saeedharr says:
    December 25, 2016 at 11:50 pm

    kobaa ma bunymeh nunn aaliyaa ah salaamatheh nuveveyne ey magey athun heyovaru bodi eh dheynan mifaharu…. hahahaahahabababa

    1. nimaal says:
      December 25, 2016 at 11:53 pm

      haas nuvey saeedha mireah ekani 30 myhun readyga eba thibi n ma ves ohhhh mi re ah ekani ethah lakka eh…

    2. fathuhee says:
      December 25, 2016 at 11:56 pm

      ma ves beynumeh noon beyzaaru vaakah thi gothah hadhaa

    3. saeedharr says:
      December 25, 2016 at 11:58 pm

      shukuriiyaa fathuhee…. kale ah 1 rey dheynan

    4. Kiaa says:
      December 26, 2016 at 12:45 am

      Daddy?? Daddy ves tha? Daddy ves beynumy dhuniyey ge ladhun salaamaii vaan? Ok daddy.. Ayaan help me.. i luv u so mch.. come and save me..

    5. Kitty ge yaan says:
      December 26, 2016 at 2:17 am

      Ma dhaanan maadamaa kaiveni kuran foam hifaagen kitty ready vegen hunnaathi

    6. ayaan says:
      December 26, 2016 at 2:32 am

      ma ves ladhuganey…. sorry i cant…

    7. aaliyaa says:
      December 26, 2016 at 2:37 am

      sorry im not ready yaan. i love my mom n beynumy mom bunaa goii hadhan. no need of u guys… aharen mamma hiyy furey varah laari hoadhadheynan.. bye 4 u guys….

    8. ayaan,fathuhee,zaain,maaisha,samaah,hamna says:
      December 26, 2016 at 2:53 am

      bye bye bye……

    9. anaan says:
      December 26, 2016 at 2:58 am

      i love u sis i will not let u go…..??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    10. aaliyaa says:
      December 26, 2016 at 3:05 am

      Ayaan…. Mamma.. Noon.. Aharen salaamaiy kohdhy.. Heyo nuvaane… Ahannah visniije.. Zaain mai dad yaan ahannah maafu kurey

    11. saeedha says:
      December 26, 2016 at 3:24 am

      koahcheh visnigen ey thi ulheny mirey kale ah rangalah maafu koh dheynan… alhe nimaal myna hey jahsa dhyba……………..

    12. fathuhee says:
      December 26, 2016 at 3:27 am

      saeedhaa aharen beynun kale aa 2firi ah innan……

    13. POLICE says:
      December 26, 2016 at 3:35 am

      mission failed!! PLAN FAILED!!!!

  20. kiara says:
    December 25, 2016 at 11:50 pm

    Ayaan i love y sooooooo much…… :* :*

    1. Ayaan says:
      December 26, 2016 at 2:08 am

      Love you much much more my doll… ?

  21. Ibilee says:
    December 25, 2016 at 11:53 pm

    Haadha kurey

    1. Anonymous says:
      December 26, 2016 at 12:17 pm

      ibilees* ????

  22. eu says:
    December 26, 2016 at 12:02 am

    Hey Ryn baiby, oops loabi ryn, ohhh euge ryn nooooo lovely story thakuge raany , reygadhuge nidhi gehluvaala cuty pai. vaahaka nukiya nuni deyne.miss u swity.Ohhh magey ryn heheheee.I really love this story.all wayxx waiting ur story. Uuuuwah?????

    1. Booooo says:
      December 26, 2016 at 9:56 am

      alheyy ryn vvv happy vaane thi comment kiyaafa.. balahchey nikan

  23. Shaff says:
    December 26, 2016 at 1:03 am

    Alhey v v v reethi . Waitin 4 the next part ???????

  24. Prettyy says:
    December 26, 2016 at 1:36 am

    Kiara ehn ayaan gaathu rovunas yageen hama visnun libey shock filyma ayaan ah bavaanekan… vaahaka dhaagothun hyvany ehn.. but i hope kia n yaan gulheyne nama avahah.. i jst luv them.. n saeedha ah ehvx kameh nukureveyne kamah i hope..
    Cnt wait to read nxt episode :* :*
    N yes i jst luv ur stories ryn may allah bless u..

  25. Shaaheenaa says:
    December 26, 2016 at 2:10 am

    Ayaanoo ahannah maafu kurey.. Aharen ayaanuaaa v goas koh kanthah kurevuny

    1. ayaan says:
      December 26, 2016 at 2:42 am

      aan shaaheenaa ah aharen maaf kohfin.. i love u shahee darling. kiyaa/aaliyaa is nothing for me i hope u adhives ehn ulheyne kamah firihenun vehdhiyas mashah ok. cx i love u

    2. ayaan says:
      December 26, 2016 at 2:47 am

      shahee mifaharu kurin fenunuhen fenunas alhaeh nulaanan ok ehhnun shahy beynun gothakah ulhen vy. vagah ekan kuraane kameh neii ok room ah vehdhiyas….

  26. kiara says:
    December 26, 2016 at 6:55 am

    hunna goiy kudakan Ayaan..shaheena gasthuga ekahala amalu hinhiyas ok..ekm ma thun fuhsakah v ma dw kamu nudhany..kaley vx aharenge mamma Saeedha ekey ehvarehnu..hhuh huh

  27. Thaara says:
    December 26, 2016 at 7:12 am

    Alhe ayaan aai aaliyaa aa marry kuruvaa. Pls pls pls. Aliya ah dheragotheh nuhadhaathi

  28. Hemdhey says:
    December 26, 2016 at 11:12 am

    sis don’t hurt kiaaa AGAIN
    Love you?

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ….41←


All Right Reserved!