Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލަކާ (2ވަނަ ބައި)

Saandy
December 26, 2016
6 Mins Read
64 Views
14 Comments

އެންމެފަހުން އާލިމްއާ އެންމެންވެގެން ސޯފާގައި ހުރި ކުދި ބާލީސްތަކުން ތަޅަންފެށުމުން އިޒްޔާން ސަލާމަތްވާންވެގެން ތެދުވެ ދުއްވައިގަތެވެ. ދުވެފައި ދިޔަ އިޒްޔާން މަގުމައްޗަށް ނުކުތްތަނާ ކުއްޖެއް ގައިގައި ލައިގަނެފައި ވެއްޓުނެވެ. އެކުއްޖާ “އާހް” އޭ ބުނެލިއެވެ. ފަހަތުން ދުވަމުން އައި އާލިމްމެންވެސް ހުއްޓުނީ ފެނުނު މަންޒަރުންނެވެ. ވެއްޓިފައި އޮތް އިޒްޔާންގެ ގައިމައްޗަށް ވާގޮތަށް އަންހެންކުއްޖަކު އޮތެވެ. އެކުއްޖާގެ ބޮލުގެ އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި އޮތުމުން އެއީ ކޮން ކުއްޖެއްކަމެއް އާލިމްމެންނަކަށް ނޭނގުނެވެ. އެންމެން އަވަސްއަވަހަށް އިޒްޔާންއަށް އެހީވުމަށް ކުރިއަށް ޖެހިލި ވަގުތު އެކުއްޖާ ތެދުވިއެވެ. އިޒްޔާންވެސް އަވަސްއަވަހަށް ތެދުވެ މަފަށް އެދުނެވެ. އެއަންހެންކުއްޖާ އިސްތަށިގަނޑު ރީތިކޮށްލާފައި ވޫލްކޮޅު ޖަހާލިއެވެ. ނިތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އޮތީ ދޫކޮށްލާފައެވެ. އެވަގުތު އިޒްޔާންއަށް ލިބުނު ހައިރާންކަމުން ދެލޯ ބޮޑުކޮށްލެވުނެވެ. ޔަޤީން ނުވެފައި އިޒްޔާން ބަލަން ހުއްޓާ އެކުއްޖާ ވާހަކަދެއްކިއެވެ.

“އެހެން މީހުންވެސް އުޅޭކަން ދަނެގެން އުޅެބަލަ.” އެއަންހެންކުއްޖާ ލޯއަޅާލަމުން އިޒްޔާންއަށް ބަލާލާފައި ދާން ހިނގައިގަތެވެ. އެވަގުތު ކުއްލިއަކަށް އިޒްޔާންއަށް އެކުއްޖާގެ އަތުގައި ހިފުނެވެ. އާލިމްއާ ދެން ތިބި އެހެން މީހުންވެސް ތިބީ އެއްޗެއް ނުބުނެ ބަލަހައްޓައިގެންނެވެ. އިޒްޔާންގެ އަތުތެރޭގައި އޮތް އޭނާގެ އަތަށް ބަލާލާފައި އިޒްޔާންގެ މޫނަށް ބަލާލިއެވެ. އެކުއްޖާ އަތުން ދޫކޮށްލާށޭ ތަކުރާރުކޮށް ބުނަމުން ދިޔަނަމަވެސް އިޒްޔާން ހަމަ ބަހެއްވެސް ނުބުނެ އެކުއްޖާގެ މޫނަށް ބަލަން ހުރީއެވެ. އެއީ ހަމަ އެރީތި ރާނީއެވެ. އެދެލޯ ބޭޤަރާރުކަމާއެކު ހޯދަމުންދިޔަ އަންހެންކުއްޖާއެވެ. އެތައްއިރަކު އެގޮތުގައި ހުރުމަށްފަހު އިޒްޔާންއަށް ބުނެވުނީ ހަމައެކަނި “ހާދަ ރީއްޗޭ” އެވެ. އިޒްޔާންގެ އަނގައިން އިތުރު ބަހެއް ބޭރުވުމުގެ ކުރިން އާލިމް އައިސް އޭނާ ހުއްޓުވިއެވެ. އޭނާ އަވަސްއަވަހަށް އެއަންހެންކުއްޖާގެ އަތުން ދޫކޮށްލިއެވެ. އެއަންހެންކުއްޖާ އާލިމްއާ ދިމާލަށް ބަލާލަމުން އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.

“އަހަރެން ބޭނުންވަނީ ހަމަ އެންމެ ކަމެއް. އެއީ ކޮންކުއްޖެއްކަން އެނގެން.” ކޮޓަރިއަށް އައިސް ވަތްގޮތަށް އިޒްޔާން އާލިމްއާ ކުރަމުންދަނީ އެންމެ ސުވާލެކެވެ. އެއީ ކޮން ކުއްޖެއްތޯއެވެ.

“އިޒް! ދެން އެކުއްޖާގެ ވާހަކަ ނުދައްކަބަލަ. އެނޫނަސް މިރަށުގައި ކުދިން އެބަތިބި. އަހަރެމެން މިތިބީ އިޒް ބޭނުން ކުއްޖެއް ހޯދައިދޭން ތައްޔާރަށް.” ޝިޒާން އައިސް އިޒްޔާންގެ ކޮނޑުގައި އަތް ބާއްވާލަމުން ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.

“އަހަރެން ބޭނުންވާ ކުއްޖަކު ހޯދައިދެންޏާ އެކުއްޖާ އަހަރެންނަށް ހޯދައިދީ.” އިޒްޔާން ޝިޒާންގެ އަތް ނައްޓުވާލަމުން ބުންޏެވެ. އާލިމް ކުރިއަށް ޖެހިލަމުން އިޒްޔާންގެ ކުރިމައްޗަށް ހުއްޓުނެވެ. އާލިމް ބުނެލި ވާހަކަތަކުން އިޒްޔާންގެ ހިތަށް ވަރަށް ތަދުވިއެވެ. ކުޑައިރުއްސުރެ އެކުގައި އުޅުނު އެކުވެރިންނާ ވަކިވާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. ނަމަވެސް އިޒްޔާންއަކަށް އޭނާގެ ހިތުން އެފަރި ރާނީ ނެރެލެވޭކަށްވެސްނެތެވެ.

“އިޒް! އަހަރެމެން ބުނާނެ އިތުރު އެއްޗެއް ނެތް. ހަމައެކަނި ބުނެލަން ބޭނުމީ އަވަހަށް ތިކަން ހުއްޓާލާށޭ. އެހެންްނޫނީ އިޒް ފަހުން ހިތާމަކުރަން ޖެހިދާނެއޭ.” އެހެން ބުނެފައި އާލިމް ނުކުމެގެން ދިޔައީ ވަރަށް ހިތްހަމަނުޖެހި ހުރެއެވެ. އާލިމްގެ ފަހަތުން ޝިޒާންމެންވެސް ނުކުތެވެ. އިޒްޔާން ވަރަށް ވިސްނުމަށްފަހު ނިންމީ ރައްޓެހިންނާ ވަކިވާން ޖެހުނުނަމަވެސް އެއަންހެންކުއްޖާ ހާސިލްކޮށްފައި ނޫނީ ހުއްޓާނުލުމަށެވެ.

އިޒްޔާންގެ އުޅުމަށް އަންނަމުންދާ ބަދަލާއިމެދު ވިސްނާ މީހަކު ނޫޅެއެވެ. ދުވާލު ހަތަރުދަމު އޭނާ އުޅެނީ ކޮންތާކުތޯ ބަލާނުލާތާ އޭނާ ހުރީ ކައިގެންތޯވެސް ބަލާލާ މީހަކު ނޫޅެއެވެ. މިކަން ވެގެންދިޔައީ އިޒްޔާންއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެއަތިރިމައްޗަށް ކޮންމެ ދުވަހަކު އިޒްޔާން ދަނީ އާ އުންމީދަކާއެކުގައެވެ. މިހެން އަތިރިމައްޗަށް ދިޔަ ދުވަހެއްގައި އިޒްޔާން ސައިކަލުން ފައިބައިގެން ހިނގަމުން ދަނިކޮށް ތަންކޮޅެއް ދުރުގައި، ރުކެއްގައި ލެނގިލައިގެން ހުރި އަންހެންކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. މަޑު ނޫކުލައިގެ ގަމީސް ޓޮޕްކޮޅެއްގައިހުރި އެއަންހެންކުއްޖާ ހުރީ ޓައިޓެއް ލައިގެންނެވެ. އެހާ ދުރުން ފެނުމުންވެސް އިޒްޔާންއަށް އެއީ އޭނާގެ ހިތުގެ އަރާމާއި ހަމަޖެހުން ލިއްބައިދޭ ހިތުގެ ރާނީކަން އެނގުނެވެ. އަވަސަ ފިޔަވަޅުތަކެއްގައި އޭނާއަށް އެހިސާބަށް ދެވުނުއިރު ހިތް ތެޅޭވަރުން ހީވަނީ އެތެރެހަށިން ފުންމާލަފާނެހެންނެވެ. ހިތް ތެޅެމުން ދިޔައީ އެހާވެސް ބާރަށެވެ.

އިޒްޔާން ގޮސް އެކުއްޖާގެ ކުރިމަތީ ހުއްޓުނުއިރު އެކުއްޖާ ހުރީ ލޯމަރާލައިގެންނެވެ. އެހެން ހުރިއިރު ބަލާ ފޫހިނުވާނެއެވެ. އެހާވެސް އެއަންހެންކުއްޖާ ދޮންވެފައި ރީއްޗެވެ. އެރީތިކަމުގެ ޖާދޫގައި ޖެހި ފަނާވެގޮސްފައިވަނީ ކިތައް ހިތްބާވައޭ އިޒްޔާންގެ ހިތަށް އެރިއެވެ. އެއޮމާން ދޮން މޫނުމަތިން އެތައް އަސަރެއް ފެންނަން ހުރިއިރު، އެ ދެތުންފަތުގައިވާ މަޑު ތުރުތުރުން އިޒްޔާންގެ ހިތުގައި ޖަޒުބާތީ އޮއިވަރެއް ހިނގާލިއެވެ. އެއްވެސް މޭކަޕަކާއިނުލާ ހުރިއިރުވެސް އެދެތުންފަތް ހީވަނީ ލޭކޮޅެއްހެންނެވެ. ދިގު އެސްފިޔަތަކަށް ބަލާލުމުން އޭނާ ހައިރާންވިއެވެ. އެރީތި ދިގު އެސްފިޔަތައް ވަނީ ތެމިފައެވެ. އެމޫނުމަތީގައިވާ އަސަރުތަކާއި ތެމިފައިވާ އެސްފިޔަތަކުން އެއަންހެންކުއްޖާ ރޮނީކަން އިޒްޔާންއަށް އެނގުނެވެ. އެވަގުތު އިޒްޔާންގެ ހިތް ކުދިކުދިވި ކަހަލައެވެ.

މީހެއްގެ ހިލަން ވީހެން ހީވެގެން އެއަންހެންކުއްޖާ ލޯހުޅުވާލިއެވެ. އެވަގުތު އެލޮލުގައި ގިނަވެފައިވާ ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގަތެވެ. ހައިރާންވެ ދެލޯ ބޮޑުކޮށްގެން އެކުއްޖާ ބަލަންހުރީ ޖެހި ބުދެއްހެންނެވެ. އެއަންހެންކުއްޖާގެ ލޮލުން އޮހެމުންދާ ކަރުނަތައް ފެނިފައި އިޒްޔާންއަށް އޭނާގެ ހިއްސުތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. މަޑުމަޑުން އަތް އުފުލާލާ ކަރުނަތައް ފޮހެލަދޭން އުޅެވުނެވެ. އެރީތި އަންހެންކުއްޖާ ރޯތަން ބަލަން ހުންނަން އެހިތަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟ މަޑުމަޑުން ގޮސް ކޯތާފަތުގައި ބީއްސާލެވުނު ހިނދު އިޒްޔާންގެ މުޅި ގަޔަށް ފިނިގަނޑެއް އަރައިގެން ދިޔައީ އެކޯތާފަތުގައިވާ މަޑުކަމާއި އޮމާންކަމުންނެވެ. އެވަގުތު އެއަންހެންކުއްޖާ އޭނާގެ އަތް ދުރަށް ވިއްސާލުމަށްފަހު ދުއްވައިގަތެވެ. ނަމަވެސް އިޒްޔާން ހުޝިޔާރުކަމާއެކު ކުއްލިއަކަށް އެއަންހެންކުއްޖާގެ އަތުގައި ހިފާ ދަމާލުމާއެކު އެކުއްޖާ އައިސް ލައްވީ އޭނާގެ މޭމަތީގައެވެ. އެވަގުތު އެކުއްޖާގެ ދެލޮލުން ފެނުނު ވޭނާއި ކެކުޅުން އިޒްޔާންގެ ހިތަށް ތަދުކޮށްލިއެވެ. މަޑުމަޑުން އެރީތި މޫނުގެ ދެފަރާތުގައި ހިފަހައްޓާލީ އެއޮމާން ދޮންމޫނަށް ކިރިޔާވެސް ކޫރުމެއް އެޅިދާނެތީ ވަރަށް މަޑުމަޑުންނެވެ.

“ތިދެލޮލުން ކަރުނަ އޮހުމަކީ މިހިތަށް ކެތްވާވަރުގެ ކަމެއްނޫން.” އިޒްޔާން ދެފަރާތަށް ބޯހޫރާލަމުން ހިނިތުންވެލުމަށް ބުނެލިއެވެ. އިޒްޔާންގެ އޯގާތެރި ބަސްތަކުން އެކުއްޖާގެ ރުއިންވީ އިތުރެވެ.

“ޕްލީޒް. އަހަރެންނަށްޓަކާ ނުރޮއި ހުރެދީބަލަ. އަހަރެންނަށް ކިޔަނީ އިޒްޔާން.” އިޒްޔާން އޭނާގެ ނަން ބުނެލިއެވެ. މިހާރު އޭނާ ހުރީ އެއަންހެންކުއްޖާއާ ދުރަށް ޖެހިލައިގެންނެވެ. އެކުއްޖާ އަމިއްލައަށް މޫނު ފޮހެލާ ނޭފަތް ދަމާލާފައި މީހާ ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. އެކުއްޖާގެ ނަން ނުބުނުމުން އިޒްޔާން އެކުއްޖާއަށް ނަމެއް ދިނެވެ.

“ނަން ނުބުންޏަސް އޯކޭ. އަހަރެން ކިޔާނީ މަލަކާ. އަހަރެންގެ މަލަކާ.” އިޒްޔާންގެ ލާނެތް ސަމާސާ ވާހަކަތަކުން މަލަކާގެ މޫޑްވެސް ރަނގަޅުވެ ހިނިތުންވެލިއެވެ.

އިޒްޔާންއާއި މަލަކާއާ ދެމީހުން ބައްދަލުވެ އުޅެނީ އެރީތި ދޮންވެލިތުނޑިންނެވެ. އިޒްޔާންގެ މިޒާޖުގެ ސަބަބުން މަލަކާ ވަރަށް ގަޔާވެއެވެ. އެއޯގާތެރިކަމާއި އަޅާލުމާއި ލާނެތް މިޒާޖު ވީ މަލަކާގެ ހަޔާތަށް ލިބިގެންދިޔަ މުޅިން އާ ތަޖުރިބާއަކަށެވެ. އާ ހިތްވަރަކަށެވެ. މިހާރު މަލަކާގެ މޫނުމަތިން ހިނިތުންވުން ފިލާނުދެއެވެ. މަލަކާ އޭނާއާ ގަޔާވާކަން އިޒްޔާންއަށްވެސް ފާހަގަވެއެވެ. ކުރިން އިޒްޔާންއަށް އެތައްއިރަކު މަލަކާއަށް އިންތިޒާރުކުރަން ޖެހެއެވެ. ނަމަވެސް މިހާރު އިޒްޔާން އަންނައިރު މަލަކާ ހުންނަނީ އަތިރިމަތީގައި އިޒްޔާންގެ އިންތިޒާރުގައެވެ. މަލަކާއާބެހޭ އެއްވެސް ކަމެއް ނޭނގިހުރެ ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ކުރިއަށެވެ. އިޒްޔާންގެ ލޯބީގެ ބަގީޗާގައި މާތައް ފޮޅި އެމާތަކުގެ ވަސް މުޅި ޖައްވަށް ފެތުރެންފެށީ އޭނާއަށް އެނގުމެއްނުވާހާ އަވަހަށެވެ. ދުވަސްތައް ފާއިތުވެ އިޒްޔާންއާ މަލަކާގެ ގުޅުން އެހިސާބަށް ދިޔައިރުވެސް އިޒްޔާން މަލަކާދެކެ ލޯބިވާ ވާހަކައެއް ނުބުނެއެވެ. އިޒްޔާންގެ ލާނެތް މިޒާޖުގެ ސަބަބުން މަލަކާއާ ގާތްވެވެމުން ދިޔައީ އެއްވެސް ވިސްނުމެއް ފިކުރެއްނެތިއެވެ.

އިޒްޔާން ގެއަށް އައިސް ވަތްތަނާ އަޒްފާ ގޮވާލާފައި އޭނާގެ ކޮޓަރިއަށް އައިސްދިނުމަށް އެދުނެވެ. އޭރު ގަޑިން ނުވައެއް ޖަހަނީއެވެ. އިޒްޔާން އުފާވެރި ހިނިތުންވުމެއްގައި ގޮސް ވަނީ އެއްވެސް ފިކުރެއް ޚިޔާލެއްނެތިއެވެ. އެތެރެއަށް ވަތްއިރު އަޒްފާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. އިޒްޔާން ގާތު އިށީންނަން ބުނުމުން އައިސް އަޒްފާ ގާތު އިށީނދެލިއެވެ.

“ޔާން! މިހާރު ކޮންތާކު ތިއުޅެނީ؟ ކައިވެންޏަށް ތައްޔާރުވާއިރު ދައިފުޅު އެއްވެސް ކަމެއްގަ އުޅޭތަނެއް ނުފެނޭ.” އަޒްފާ ވާހަކަދެއްކީ ވަރަށް ލޯތްބާއެކުގައެވެ.

“މަންމައަށް އެނގެއެއްނު. ހާދަ ދުވަހެއް ފަހުންނޭ ރަށަށް މި އާދެވުނީ. ދެން ރައްޓެހިންނާ އެކުގަ އުޅެލަންވެސް މިލިބެނީ މިދުވަސްކޮޅު.” އިޒްޔާން ހީލަމުން އަޒްފާގެ އަތުގައި ހިފާލިއެވެ. އަދި ކުޑަކުއްޖަކު ލޯބިން މަންމަގެ އުނގުގައި ބޯއަޅާލާހެން އޭނާ އަޒްފާގެ އުނގުގައި ބޯއަޅާލާފައި ދެލޯ މަރާލިއެވެ. މަންމަގެ އުނގުގައި ބޯއަޅާލުމުން އެލިބޭ ހިތްހަމަޖެހުން ބަޔާންކޮށްދޭނެ އިބާރާތެއްނުވެއެވެ. އެހާވެސް ހިމާޔަތާއި ލޯބި އެއުނގުން ލިބިގެންދެއެވެ.

“ދަރިފުޅު މިހާރު އުޅެނީ ކޮން ރައްޓެހިންނަކާ އެކުގަތަ؟ މިހެން މިއެހީ ދަރިފުޅުގެ ހުރިހާ ރައްޓެހިން މިތާގަ އުޅޭތަން ފެންނާތީ.” އިޒްޔާންގެ ފަން އިސްތަށިގަނޑާއި ކުޅެލަމުން އަޒްފާ ބުނެލިއެވެ. އަޒްފާ އެހެން ބުނުމުން އިޒްޔާންއަށް ތެދުވެވުނީ ކުއްލިއަކަށެވެ. އޭނާއަށް އަޒްފާއާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު އަޒްފާގެ ދެލޮލުން ފެނުނު އަސަރަކުން ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް ދެނެގަނެވުނެވެ. އަނެއްކާ މަންމައަށް މަލަކާގެ ވާހަކަ އެނގުނީބާވައޭ އޭނާގެ ހިތަށް އެރިއެވެ.

“މަންމާ! މީހަކު އެއްޗެކޭ ކީތޯ؟” ތެޅިތެޅި އޮތް ހިތަކާއެކު އިޒްޔާން ސުވާލުކޮށްލިއެވެ. އަޒްފާ ހިނިތުންވެލާފައި އެކަހަލަ އެއްވެސް ކަމެއް ނުވާކަމަށް ބުންޏެވެ. އިޒްޔާން ކަންކަމާއި ދުރުގައި އުޅޭތީ ބައްޕަ އެވާހަކަ ދެއްކީކަމަށާއި ދާއިން އުޅޭގޮތަށް އިޒްޔާންވެސް ބައްޕައަށް އެހީތެރިވެ އުޅެން ބައްޕަ ބޭނުންވާކަމަށް ބުންޏެވެ.

“ޔާންް! ދަރިފުޅު ގާތު މަންމަ ކަމަކު ކިޔަން މިއުޅެނީ. އެއީ ކުރިއަށް މިއޮތް ދެތިން ދުވަހު އެއްވެސް ތަނަކަށް ނުގޮސް، މިކައިވެނީގެ ކަންތައްތައް ނިމެންދެން ބައްޕައަށް އެހީތެރިވެދޭން އުޅެންވީނު. ބައްޕަ އެހުންނަނީ މިކަންކަން ނުވެދާނެތީ ވަރަށް ހާސްވެ ކަންބޮޑުވެފަ.” އަޒްފާ އެހެން ބުނުމުން އިޒްޔާންއަށް ކުޑައިރުކޮޅަކު ހިމޭންކަމާއެކު ބަހެއްވެސް ބުނެނުލާ ވިސްނާލަން އިނދެވުނެވެ. މިހާރު އެންމެ ހިނދުކޮޅަކަށްވެސް މަލަކާ ނުފެނި ނޫޅެވޭއިރު، ތިންދުވަސް ވަންދެން މަލަކާ ނުފެނި އޭނާއަށް ކެތްކުރެވިދާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް މަންމަގެ އެދުމަކަށް ނޫނެކޭ ބުނުމަކީ އިޒްޔާން ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. އިޒްޔާން އެއްޗެއް ނުބުނެ އިނުމުން އަޒްފާ ވީކީއްތޯ ސުވާލުކުރިއެވެ. އިޒްޔާން ހިނިތުންވެލާފައި ތެދުވިއެވެ.

“މަންމަ ބުނެފިއްޔާ ޔާންއަށް ނުވާނެކަމެއް އޮންނާނެތަ؟ އައިމް ރެޑީ.” އިޒްޔާން ދެޖީބަށް އަތް ޖަހާލަމުން ސްޓައިލިޝް ގޮތަކަށް ހުއްޓިލުމުން އަޒްފާއަށް ހެވުނެވެ. އަދި އިޒްޔާންއަށް ތައުރީފުކޮށްލިއެވެ.

“މީ މަންމަގެ އެންމެ ބަސްއަހާ ދަރި.” އަޒްފާ ބުނެލިއެވެ. އަބަދުވެސް އަޒްފާ އިޒްޔާންއާ މުޚާތަބުކޮށް ހަދަނީ ކުޑަކުއްޖަކާ މުޚާތަބުކުރާ ގޮތަށެވެ. އެހާވެސް ލޯތްބާއެކުގައެވެ. އިޒްޔާންއާ އެކަންޏެއް ނޫނެވެ. އަޒްފާގެ ހުރިހާ ދަރިންނާވެސް އޭނާ ވާހަކަދައްކަނީ ނުހަނު ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. އެހެންކަމުން އެހުރިހާ ކުދިންވެސް އަޒްފާއާ ވާހަކަދައްކަނީ އިޙްތިރާމާއެކުގައެވެ.

އިޒްޔާން ނިދާފައި އޮއްވާ އަޒްފާ ގޮވާފައި އޭނާއާއެކު ބާޒާރުކޮށްލަން ދާން ބުންޏެވެ. އިޒްޔާން ތެދުވެ ތައްޔާރުވެލައިގެން ނުކުތްތަނާ ރައުދާއާ ދިމާވިއެވެ. ރައުދާ ހީލާފައި އައިސް ވާހަކަދައްކަން ފެށިއެވެ. މިހާރު ރައުދާއަށް އިޒްޔާން ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންކަމުން ރައުދާ ހުންނަނީ ވަރަށް މާޔޫސްވެފައެވެ. އިޒްޔާންދެކެ އެވަރަށް ލޯބިވާއިރުވެސް އިޒްޔާންއަށް އެކަމުގެ ޚަބަރެއްވެސް ނުވާކަހަލައެވެ. އެކަމަކުވެސް ރައުދާ އިންތިޒާރުކުރާނެއެވެ. އިޒްޔާންގެ ލޯބި ލިބޭނެ ދުވަހެއް އަންނާނެކަމުގެ ފޮނި އުންމީދުގައެވެ.

“އިޒް! ހާދަ ނުފެނެއޭ. ބަލީތަ؟” އިޒްޔާންގެ މޫނުމަތިން ފެންނަންހުރި ނުތަނަވަސްކަން ރައުދާ ދެނެގަތެވެ. “ނޫން. ކޮބާ މަންމަ؟” އަޒްފާ ފެންނަން ނެތުމުން އިޒްޔާން ސުވާލުކޮށްލިއެވެ. އަޒްފާ ބަދިގޭގައި އުޅޭކަމަށް ރައުދާ ބުނުމުން އިޒްޔާން ގޮސް ބަދިގެއަށް ވަނެވެ. ފަހަތުން ރައުދާވެސް ވަނެވެ.

“ރައު! އަވަހަށް ޔާންއަށް ކޮފީއެއް ހަދާލަދީބަލަ.” އަޒްފާއާއި އާއިލާގެ އެންމެންވެސް އެދެނީ އިޒްޔާންއާއި ރައުދާ ގުޅުމެވެ. އެހެންކަމުން އިޒްޔާންއާ ރައުދާ ގާތްވާނެ ގޮތަކަށް ކަންކަން ކުރުމަށް އެމީހުން ވަނީ ރާވާފައެވެ. އެގޮތުން ޔާނާގެ ކައިވެނީގެ ކަންތައްތައް ނިމެންދެން ރައުދާ އެގޭގައި އުޅޭގޮތަށް އެގެއަށް ބަދަލުކުރިއެވެ. މިކަމުގެ ކުޑަވެސް ޚަބަރެއް އިޒްޔާންއަކަށް ނޭނގެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ތިންދުވަސްވެސް ނިމިއްޖެއެވެ. ވޭތުވެދިޔަ ތިންދުވަސް އިޒްޔާން ހޭދަކުރީ ހިތްދަތިކަމާއެކުގައެވެ. ކޮންމެ ސިކުންތެއްވެސް ހޭދަކޮށްލަނީ މަލަކާގެ ހަނދާނުގައެވެ. ވޭތުވެދިޔަ ތިންދުވަސް މަލަކާއާ ދުރުގައި ހުރުމުން ލިބުނު ހިތްދަތިކަމާއެކު ރައުދާގެ ކަންތައް ވެގެންދިޔައީ އިޒްޔާންގެ ބޮލުގެ ރިހުމަކަށެވެ. ރެއްސިއެއްހެން އިޒްޔާން ދާހާ ތާކަށް ރައުދާ ދެއެވެ. އަދި ބޭނުމީ ކޮންކަމެއްތޯ، ކޮފީއެއް ހަދަންވީތޯ އަހައެވެ. މިކަމުގެ ސަބަބުން އިޒްޔާން މަސައްކަތްވެސް ކުރާހިތް ކެނޑި ފޫހިވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ކެތްކޮށްލައިގެން އުޅުނީ އޭނާގެ މަންމައާއި އާއިލާއަށްޓަކައެވެ.

މިރެއަކީ އެންމެން ކުރަމުންދާ އިންތިޒާރުގެ ނިމުން އަންނަ ރެއެވެ. ޔާނާގެ ކައިވެނި ކުރެވޭ ރެއެވެ. އިޒްޔާންގެ ހިތްވަނީ އަވަސްވެފައެވެ. އޭނާގެވެސް އިންތިޒާރުގެ ނިމުން އަންނާތީއެވެ. ހެނދުނު ހޭލީއްސުރެ އިޒްޔާންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއްވެއެވެ. ކޮންމެވެސް ކަމެއް ވާންއުޅޭ ކަހަލަ އިހުސާސެއް ކުރެވޭތީ ދެތިން ފަހަރަކު އިޒްޔާން އަޒްފާއާވެސް ސުވާލުކޮށްފިއެވެ.

އިޒްޔާން ކޮޓަރީގައި ހުރެގެން ތައްޔާރުވަމުން ދިޔައެވެ. އިޒްޔާންގެ ކޮއްކޮ ދާއިންވެސް އުޅެނީ ތައްޔާރުވާށެވެ. އެކަކަށްވުރެ ކުރިން އަނެކަކު ތައްޔާރުވެގެން ދާން ބޭނުންވާތީ އިރުއިރުކޮޅާ ދެމީހުން ހިފައިގަނެއެވެ. މީ އަބަދުވެސް އިޒްޔާންއާއި ދާއިންގެ އާދައެވެ. ދެމީހުން އެއްގަޑިއަކަށް ތަނަކަށް ދާން ޖެހިއްޖެއްޔާ ތުއްތު ކުދިންހެން އެކަކަށްވުރެ ކުރިން އަނެކަކު ލޯގަނޑު ކުރިމައްޗަށް ދެވޭތޯ ބަލައެވެ.

“ކޮބާ އަދިވެސް ނުނިމޭތަ؟” އަޒްފާ އައިސް ވަތްއިރު ފެނުނު މަންޒަރުން އަޒްފާއަށް ހުއްޓެވުނެވެ. އިޒްޔާން ފުނާއަޅަން އުޅޭއިރު ދާއިން އިޒްޔާންގެ އަތްދަށުން ދެމިގަނެގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ރީތިވާން އުޅެނީއެވެ. ދާއިންގެ އުނަގަނޑުގައި ހިފާ ލޯގަނޑު ކުރިމަތިން ދުރުކުރަން އިޒްޔާން އުޅުނެވެ.

“އެންމެން ދާއިރުވެސް ތިދެކުދިންނަށް ދެވޭނެބާ؟ ތަނަކަށް ދަންޏާ ކުރިން ތައްޔާރުވާން އާދަކޮށްބަލަ. އޭރަކުން ތިހެނެއް ނުވާނެއެއްނު.” އިޒްޔާން އައިސް މަންމަ ގާތު ހުއްޓި ހިނިތުންވެލަމުން އެހެންމީހުން ކޮބައިތޯ އަހާލިއެވެ.

“އެންމެން ދާން ނުކުމެއްޖެ. ތިދެކުދިން ލަސްވެގެން މަންމަ މިއައީ ބަލާލަން.” އަޒްފާ ލޯބިން ފުރިގެންވާ ނަޒަރަކުން ދެކުދިންނާ ދިމާލަށް ބަލާލިއެވެ.

“އައިމް ރެޑީ.” ދާއިން އައިސް އަޒްފާގެ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. އެންމެން އެކުގައި ހިނގައިގަތީ މިރޭގެ އުފާވެރި ހަފުލާއަށް ދިއުމަށެވެ. މިރެއަކީ އަޒްފާގެ އާއިލާއަށް ވަރަށް ޚާއްސަ ރެއެކެވެ.

ޕާޓީ ތެރޭގައި އިޒްޔާން އުޅެންޖެހުނީ ރައުދާއަށް ފިލައިގެންނެވެ. އިޒްޔާންގެ ރީތިކަން ފެނި އާޝޯޚުވަނީ ހަމައެކަނި ރައުދާއެއް ނޫނެވެ. ޕާޓީއަށް އައިސްތިބި އަންހެންކުދިންގެ ތެރޭގައި ދެކެވެނީ އިޒްޔާންގެ ރީތި ވާހަކައެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ އިޒްޔާންގެ ހަޔާތުގެ ބައިވެރިއަކަށްވާށެވެ.

“ކޮބާ؟ ސައު ބުނީމެއްނު ވަރަށް ސަޅިއޭ. އަޅެ ރީއްޗެއް ނޫންތަ؟” ރިޝްތާ ގާތު މަޑުމަޑުން ސައުޝަން ބުނެލިއެވެ.

“ރިޝް ހިއެއް ނުކުރަން އެހެން ބުންޏަސް އެހާ ރީތިވާނެ ކަމަކަށް. ހީވަނީ ބޭރުގެ ފިލްމް ސްޓާރެއްހެން. އަޅެ މަށަށް ލިބޭނެނަމަ. ހާދަ ލޯތްބޭ. އަދި ހީލާއިރު ހާދަހާ ރީއްޗޭ. މުޅި އުމުރަށް މިހެން ބަލަން އިނދެވޭނެނަމަ.” ރިޝްތާ ދެއަތް މެޔާ ގާތްކޮށްލަމުން ބުނެލިއެވެ. ޕާޓީ ފެށިގެން ނިމެންދެންވެސް އިޒްޔާން އުޅެންޖެހުނީ އެއަންހެންކުދިންގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ. ޕާޓީ ނިމުމުން އިޒްޔާންގެ ބައްޕަ ރައޫފް އިޢުލާންކޮށްލި ޚަބަރުން މުޅި މާހައުލު ހަލަބޮލިވެގެން ދިޔައެވެ. އެޚަބަރު ވެގެންދިޔައީ އެތައް އަންހެންކުދިންނެއްގެ ހިތް ޒަޚަމުކޮށްލި ޚަބަރަކަށެވެ. އިޒްޔާންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބައްޕަ ކުއްލިއަކަށް މިކަހަލަ ކަމެއް ކޮށްފާނެއެކޭ އޭނާގެ ހިތަކަށްވެސް ނާރައެވެ. އެންމެން މަރުޙަބާ ކިޔަމުންދިޔައެވެ. އަންނަ އަހަރުގެ ޑިސެމްބަރުގައި އިޒްޔާންއާއި ރައުދާގެ ކައިވެނި އިޢުލާނުކޮށްލިއިރު އެންމެ ފަހަރަކުވެސް އޭނާ ގާތު ބުނެލާފައެއްނުވެއެވެ. މިކަމާ އިޒްޔާން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް ބައްޕަގެ ނިންމުމަށް ފާޑުކިޔުމަކީ އިޒްޔާން ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. ހިނިތުންވެގެން އެންމެންނާ ބައްދަލުކޮށް ހަދަމުން ދަނިކޮށް އާލިމް އައިސް ކުރިމައްޗަށް ހުއްޓުނެވެ.

“ކޮންގްރޭޓްސް!! ވަރަށް އުފާވެއްޖެ އިޒްގެ ޚިޔާލު ބަދަލުވީތީ. ރައުއަކީ ވަރަށް ރަނގަޅު ކުއްޖެއް. އިޒްގެ ލައިފްއަށް ރައުއަކީ ހަމަ އެންމެ ބެސްޓް ކުއްޖާ.” އާލިމްގެ ވާހަކައަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އެއްވެސް ބަހެއް ނުބުނެ އިޒްޔާން ގޮސް ހުއްޓުނީ އަޒްފާ ގާތަށެވެ.

(ނުނިމޭ)

30
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ހިތް އެކީ ދެވިއްޖޭ….41

Next

ހިތް އެކީ ދެވިއްޖޭ…42

Next
December 26, 2016

ހިތް އެކީ ދެވިއްޖޭ…42

Previews
December 26, 2016

ހިތް އެކީ ދެވިއްޖޭ….41

14 Comments

  1. Kiyun theriyaa says:
    December 26, 2016 at 9:44 am

    Vaahaka varah reethi..komme dhuvahaku part eh up kolla dhinun edhen.

    1. Saandy says:
      December 26, 2016 at 7:25 pm

      ޝުކުރިއްޔާ ކިޔުންތެރިޔާއަށް… އިޜާދަކުރެއްވިއްޔާ ކޮންމެ ދުވަހަކު ބައެއް އަޕްކޮށްލަދޭނަން

  2. negative says:
    December 26, 2016 at 9:47 am

    kamaku nudhey …… hadi vaahaka eh..

    1. Saandy says:
      December 26, 2016 at 7:26 pm

      ޝުކުރިއްޔާ ނެގެޓިވް

  3. SoMeOnE says:
    December 26, 2016 at 10:05 am

    kithah part meega ehkoh innany

    1. Saandy says:
      December 26, 2016 at 7:29 pm

      ސަމްވަން! އަދި ނޭނގެ ކިތައް ބައިކަމެއް… ބައިތައް ވަކިނުކޮށް ހުރީމަ… އެކަމު ހީވަނީ 15 އަށްވުރެ ގިނައެއް ނުވާނެ… ވިޔަސްވާނީ އެއަށްވުރެ ކުރު

  4. Zoya says:
    December 26, 2016 at 10:36 am

    vv reethi vaanehen hyvey mi vaahaka mi kiyun 2part vx v salhi

    1. Saandy says:
      December 26, 2016 at 7:32 pm

      ޝުކުރިއްޔާ ޒޯޔާ

  5. chum chum girl says:
    December 26, 2016 at 12:33 pm

    omg saandy plzz.. miadhu next part up kohdhee baaa… waitin 4 the next part…

    1. Saandy says:
      December 26, 2016 at 7:36 pm

      ޝުކުރިއްޔާ ޗަމްޗަމް ގާރލް! ސޮރީ އިނގޭ… ވަރަށް ބިޒީކޮށް މިއުޅެނީ… އެހެންވެ ދުވާލަކު 2 ބައި ގެނެސްނުދެވޭނެ ވާހަކަ ވަރަށް މާފާއެކު ބުނެލަން… އެކަމަކު އިރާދަކުރެއްވިއްޔާ ދުވާލަކު ބައެއް ގެނެސްދޭނަން

  6. Appy says:
    December 26, 2016 at 8:10 pm

    Malakaa ge hageegaii ingey hithun kei madhuvefa hehe …..dhn in part ah inthizaaruga. …saandy ge story eh noonas saandy post kuraathy appy v kiyaahithun mikiyany cx appy v support kuraa writer eh v ma

    1. Saandy says:
      December 27, 2016 at 9:10 am

      ޝުކުރިއްޔާ އެޕީ ތިދެއްވާ ސަޕޯޓަށް.. މާލަހެއްނުވެ މަލަކާގެ ހަޤީޤަތްވެސް އެނގިގެންދާނެ

  7. Saamin says:
    December 27, 2016 at 3:41 pm

    varah furihama…. nain ge mivahaka adhi mi kiyai levuny

    1. Saandy says:
      December 27, 2016 at 7:19 pm

      ޝުކުރިއްޔާ ސާމިން

Comments are closed.

All Right Reserved!