Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…39

Ryn
December 25, 2016
7 Mins Read
121 Views
42 Comments

“އެކަމް…..” އަޔާން އެހެން ބުނެލުމުން އެއްޗެއް ބުނަން އުޅުނު މައިޝާ ހަމަހިމޭންވިއެވެ. ހިތުގެ އުފާތަށް ހިނދުކޮޅަކަށް ހުއްޓުނެވެ. “މިހާރު މާ ލަސްވެއްޖެ….. ސަމާހް ހުއްޓަސް ނެތަސް.. ކިއާރާ ގެ ހިތުގައި މިހާރު ނެތް އެއްވެއް އެއްޗެއް… ލޯބިވިޔަސް މި އިންސާނާ ދެކެ އޭނާ ކުރަނީ ނަފްރަތު…” އަޔާން ބުނެލުމުން މައިޝާ އިސްޖަހާލިއެވެ. އެއީ ތެދެއްކަން އޭނާއަށްވެސް އިނގެއެވެ. “ސަރ… އެންމެ ފަހަރަކުވެސް ޓްރައި ކޮށްލަންވީނުންތޯ….. ސަމާހް ވެސް ހުރީ އެގޮތަށް ކަންކުރަން ނިންމައިގެން.. އަޅުގަނޑުމެން ތިން މީހުންނަށްވެސް މުހިންމީ ކިއާރާ ގެ އުފާ…. އެ އުފަލަކީ ސަރ……” މައިޝާ ބުންޏެވެ. “މައިޝާ!!….. އޭނާއަށް އިތުރަށް ވޭން ދޭންތަ؟؟ ޔޫ ނޯ އަމް ގުޑް ފޮރ ނަތިން….. އެއްވެސް ކަމެއް ދުވަހަކުވެސް ރަނގަޅަކަށް ނުކުރެވެ… ކިއާރާ އަށް ހުރިހާ އަނިޔާ އެއް ދިނިން…އޭނާއަށް ޑިސަރވް އެއް ނުވާނެ މިކަހަލަ މީހެއް….  އަމް ސޮރީ އައި ކާންޓް ހެލްޕް..” އަޔާން އެހެން ބުނެފައި ތެދުވެ  އެތަނުން ހިނގައިގަތެވެ. މިވަގުތު އެކަނިވެލަން އޭނާ ބޭނުންވީއެވެ. ހިތުގައި އުފެދިގެން އައި ތޫފާނުގަނޑު ކޮންމެވެސް ގޮަތަކުން ހިންދާލަން ބޭނުންވީއެވެ. މިކަމާއި ހެދި މިވަގުތު ނިންމޭނެ ނިންމުން ރަނގަޅު ނުވެދާނޭ އަޔާން ހިތަށް އެރިއެވެ. މައިޝާ އަށް އަޔާން ހުއްޓާކަށް ނުކެރުނެވެ.

އަޔާން ދިޔަތަން ފެނި ސަމާހް އަދި ޒާއިންވެސް މައިޝާ ކައިރިއަށް އައިސް ސުވާލުތަށް އޮއްސާލިއެވެ. މައިޝާ އިނީ މޫނުމަތީ އަތް އަޅާލައިގެން ދެ ކަކޫ މައްޗަށް ދެއަތް ލައިގެންނެނެވެ. އެހެން އިނދެ އޭނާއަށް ބުނެވުނީ އަޔާން އެކަމަށް އެއްބަސް ނުވި ވާހަކަ އެކަންޏެވެ. އިތުރަށް ނުބުނެވެނިސް އޭނާއަށް ރޮވުނީ ދެން ހަދާނެގޮތެއް ނޭނގުނީމައެވެ. ކިއާރާ އަށް އެއްވެސް އުފަލެއް ހަމަ ހައްޤުނޫނީބާއެވެ؟ ޒާއިން މައިޝާ ގައިގާ ކުޑަކޮށް ބައްދާލުމަށްފަހު ވީ ގޮތް ބުނާށޭ ބުންޏެވެ “ޒާން.. ހީ … ހީ ލަވްސް ހާރ… އައި ނިއު އިޓް… އެންމެ ކުރިން ފަށައިގެންވެސް އޭނާ އެލީ.. އައި މީން ކިޓީ އަށް ބާއްވާ އެ ގާތްކަން… ވަރަށް ކެއަރ ކުރޭ ކުރިންވެސް……… އޭނާ ބުނީ ކުރިންވެސް އެލީ ވަރަށް ސްޕެޝަލް އޭ އޭނައަށް…. .. ހީ ލަވްސް ހާރ ބަޓް އޭނާ ބުނީ ކިޓީ ޑިސަރވް އެއް ނޫނޯ އަޔާންއެއް….. އޭނާ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވެޔޭ…. އިތުރަށް ކިޓީ ދެރަކޮށް އަނިޔާ ދޭންހެއްޔޭ އޭނާ ކައިރިއަށް ދަނީ…. އެން ހީ ސެއިޑް ހީ ކާންޓް ހެލްޕް އެން އޭނާ ދިޔައި…” މައިޝާ ރޮމުން ރޮމުން އެހެން ބުނެފައި އިތުރަށް ރޮއެގަތެވެ. ސަމާހް އަދި ޒާއިންއަށް އެއްފަހަރާ ފުން ނޭވައެއް ދޫކޮށްލެވުނެވެ.

“ޔާ ﷲ..! މިހާރު ހުރިހާ ކަމެއްވެސް އިބައިލާހަށް ދޫކޮށްލައިފިން… ކިއާރާ އަށް އެއްވެސް ދެރަގޮތެއް މެދުވެރި ނުކުރައްވާ އަދި އޭނާއަށް ހުރިހާ އުފަލެއްވެސް މިންވަރުކުރައްވާށި… އާމީން.. ” ޒާއިން ފެންނަމުން ދިޔަ އުޑަށް ބަލަހައްޓައިގެން އިނދެ ދުއާ ކުރިއެވެ. “ދެން އިތުރަށް އަހަރެމެން ކަމެއް ކުރަން ހަދާނެކަމެއް ނެތް.. ކޮންމެ ކަމެއްގައިވެސް ހިކުމަތެއް ވާނެ.. މިކަމުގައި ވެސް އެވީ.. ވެދާނެ އަހަރެމެންގެ ލޯބި ލޯބި ކިއާރާއަށް އެއަށްވުރެ ރަނގަޅު ގޮތެއް މިންވަރުކުރައްވަން ކަމަށް މިގޮތަށް ކަންތަށް އެ ދިމާވަނީ…. އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ….” ޒާއިން އެހެން ބުނެފައި މައިޝާ ގޮވައިގެން ތެދުވެލީ އޭނާ ގެ ކަރުނަތަށް ފޮހެދެމުންނެވެ. އޭނާ ބޭނުންވީ ލޯބިވާ މައިޝާ ހިތްހަމަޖައްސާލާށެވެ. ސަމާހްވެސް ގެއަށް ދާން ހިނގައިގަތީ އޭނާގެ ޗެކިން ދެގަޑިއިރު ތެރޭ ފެށޭނެތީ ތައްޔާރުވެ ހަދާލާށެވެ.

………

އެނދު މަތީ ފުން ހިޔާލެއްގައި ގެއްލިފައި އޮތް ކިއާރާ ސިހުނީ ފޯނަށް މީހަކު ގުޅަންފެށުމުންނެވެ. އެ ކޮޓަރީގެ ހަމަހިމޭންކަން ފިލުވައިދީފައިވަނީ “ކޯލްޑް ވޯޓަރ” އެ ލަވައިންނެވެ.. ކިއާރާ ލަވަ ނިއްވާލަމުން ފޯނު ނަގައި ބަލާލިއިރު އެއީ ސަމާހްއެވެ. ސަމާހް ފުރަން އުޅެނީކަމަށް ބުންޏެވެ.. “މާ ގިނައެއްކޮށް ޓޯކް އެއް ނުކުރެވޭނެ އިނގޭ އެކޮޅުގެ އުޅޭއިރު… ބަޓް އައި ވިލް ޓްރައި މައި ބެސްޓް އިނގޭ ޕްރިންސެސް…” ސަމާހް ބުނެލިއިރުވެސް އަޑުގައިވަނީ މާޔޫސްކަމެވެ. “އޯކޭ…އައި ވިލް މިސް ޔޫ ސޭމް.. ކަމް ބެކް ސޫން…” ކިއާރާ ބުނެލީ ފޯނު ކަނޑާލަމުންނެވެ. ތެދެކެވެ. އޭނާ ސަމާހް މަތިން ކިތަންމެހާވެސް ހަނދާންވާނެއެވެ. އެކަނިވެރިކަން ހަޤީޤަތުގައި ފިލައިފާވަނީ ސަމާހްއާއި ހެދިއެއްނޫންހެއްޔެވެ. އޭނާ ލޯބިވެރިއެއްގެ ގޮތުން ކުރެވޭނެ ހުރިހާ ކަމެއް ކުރެއެވެ. މައްސަލައަކީ ކިއާރާގެ ހިތެވެ. ކިއާރާ ފޯނު ކަނޑާލުމާއި އެކު ހިނިތުންވުން ފިލައިގެން ދިޔައެވެ. އަނެއްކާވެސް ލަވަ ޖަހާލަމުން އެނދުމައްޗަށް ވެއްޓިގަތީ ބާލިހެއްގައި ބައްދާލަމުންނެވެ. އެއަށްފަހު އަތުގައި އޮތް ފޯނު ސައިލެންޓަށް ލާ ބާލިހުގެ އަޑިއަށް ލިއެވެ. “އަޔާން..!! މި ހިތުން ފިލާބަ ޕްލީސް… ދޭބަ މި ސިކުނޑިންނާއި ހިތުން ދުރަށް.. ކީއްވެތަ ހުރިހާ ތާކު ތި ރަސްކަން ކުރަނީ؟” ކިއާރާ ފެންކަޅިވެފައިވާ ހާލު އެހެން ބުންޏެވެ.. ދެލޯ މަރާލުމާއި އެކު ކަރުނަތަށް ފައިބައިގެން ދިޔައެވެ. އޭނާގެ ދެލޮލަށް ސިފަވަމުން ދިޔައީ އަޔާން އެވެ. އޭނާއަށް އެންމެ ފުރަތަމަ އަޔާން ފެނުނު ދުވަހެވެ. އޭނާ އަށް ނިދުނީ އެހެން އޮއްވައެވެ.

….

ކިއާރާގެ ކޮޓަރި ދޮރުމަތީ ހުރެ ދެތިން ފަހަރު ޓަކި ޖަހާލުމުންވެސް އެކޮޅުން ދޮރެއް ނުހުޅުވިއެވެ. އެންމެފަހުން ތަޅުގައި ޒާއިން ހިފަހައްޓާލީ ހުޅުވާފައި ހުރިކަމަކަށް ނޫނެވެ. އޭނާ ހީކުރީ ހުންނާނީ ތަޅުލާފަ ކަމަށެވެ. އެވެސް ނަސީބުތާއެވެ. ޒާއިން މަޑުމަޑުން އެތެރެއަށް ބޯ ދިއްކޮށްލިއިރު ޖަހާފައިވާ ލަވަ އޭނާއަށްވެސް އިވުނެވެ.

އެ ލަވައިގެ ސަބަބުންނާއި ކިއާރާއަށް ވާނެ ގޮތް އިހްސާސްވުމުން ޒާއިންގެ ހިތް ހަލާކުވެސް ނުވީ ކިރިޔާއެވެ. އޭނާއަށް ފެނުނީ ބާލިހެއްގައި ބައްދާލައިގެން ނިދާފައި އޮތް ކިއާރާއެވެ. އައިގޮތަށް އައިސް ފުރަތަމަވެސް ލަވަ ނިއްވާލިއެވެ. އަދި އެނދު ކައިރި އިށީނެވެ. މަޑު މަޑުން ކިއާރާ ގެ މޫނުމަތީ ފިރުމާލުމާއި އެކު އޭނާއަށް ޖެހުނީ ކިއާރާ ގެ މޫނުމަތީ ނުހިކި ހުރި ކަރުނަތަކެވެ. ވަގުތުން އޭނާ އަތް ނެގިއެވެ. “ބޭބީ ގާލް……. ކީއްވެތަ؟؟” ޒާއިން އަށް ބުނެވުނީ އެވަރަށެވެ. ހިތުން އެތަކެއް ޝަކުވާއެއް ކުރީ އަނގައިން ބަހެއްނުނިކުތުމުންނެވެ.

ޒާއިން ނިންމީ އަޔާންއަށް ގުޅާށެވެ. އަދިވެސް އެ ނިންމުން ބަދަލުކުރުވޭތޯއެވެ. “އާދެވިދާނެތަ ކިއާރާ ގެއަށް؟” ޒާއިން ބުނެލީ ދޮރާއި ހަމާއަށް ނިކުމެފައެވެ. ” އަޔާން.. ޕްލީސް… ޕްލީސް … ޕްލީސް އާދޭސް މިކުރަނީ.. އާނ! ގަބޫލުކުރަން… އަހަރެން ބުނިން ކިއާރާ އާއި ވައިވެސް ނޭޅެއްޗޭ.. އެކަމް އަމް ސޮރީ… އަޔާން ނޫން މީހަކަށް މިކަމެއް ނުވާނެ… ޕްލީސް… އޭނާ…” ޒާއިން އެހެން ބުނެފައި ފަސް އެނބުރި ނިދާފައި އޮތް ކިއާރާއަށް ބަލައިލިއެވެ. “އޭނާ ނިދާފަ…. އަންނަނީތަ؟ އަޔާން.. ތެންކިޔު..” ޒާއިން އެހެން ބުނެފައި މަޑުމަޑުން ކިއާރާ ގެ ކޮޓަރިން ނިކުތީ އަޔާން އަންނަ ވާހަކަ ސިޓިން ރޫމްގައި އިން ފަތުހީ ކައިރި ބުނާށެވެ. އޭނާ ފަތުހީ ކައިރި މިއަދު އަޔާންއާއި ދެމެދު ހިނގި ވާހަކަ ހިއްސާކުރުމުން ޒާއިންއަށް ލިބުނީ ހައިރާންކަމެވެ. އެހެނީ ފަތުހީއަށް އެއީ އާ ވާހަކައަކަށް ނުވުމުންނެވެ. ފަތުހީ އަށް ކުރިން އިނގޭކަމާއި އަޔާން އެވާހަކަ ނުބުނުމަށް އޮތީ ބުނެފައިކަމުން ފަތުހީއަށް ނުބުނެވުނީއެވެ. އޭރު ބުންޏަސް ވަކި ފައިދާއެއްނުވާނެކަން ފަތުހީއަށްވެސް އިނގޭތީއެވެ.

އިރުކޮޅެއްނުވެ އަޔާން ގުޅާލުމުން ޒާއިން އަދި ފަތުހީ އެކީ ބޮޓު ދޮރުން ނިކުތެވެ. އަދި އަޔާން ކާރުން ފައިބައިގެން އަންނަންދެން ތިއްބެވެ. އަޔާން އަށް ފަތުހީ ފެނުމުން ހީކުރީ ޒާއިން ފަތުހީ ލައްވުވާ އެވާހަކަ ފަށުވަން އަނެއްކާވެސް އުޅެނީކަމަށެވެ. ތެޅި ތެޅި އޮތް ހިތާއެކު އޭނާ އެމީހުންނާއި އެއްވަރުކޮށްލިއެވެ. ފަތުހީ އަޔާންއަށް ރީތި ހިނިތުންވުމަކާއި އެކު ސަލާމްކުރިއެވެ.. އަދި އެތެރެއަށް ވަންނަން ދައުވަތު އެރުވިއެވެ. އަޔާން ގޮސް ސޯފާގައި އިށީނީ އެމީހުން އިށީންނަމުން އޭނާ ކައިރިވެސް އިށީންނަން އެދުމުންނެވެ. “ޝާލީ…. ބްރިންގް ސަމް ސްނެކްސް އެން…. ކޮފީއެއް ތަ ދެމީހުން؟… އެން 2 ކޮފީ ވިދް ވަން ޓީ…” ފަތުހީ ޝާލީއަށް އިވޭވަރަށް އެހެން ބުނަމުން ޒާއިން އަދި އަޔާންއަށް ގެންނަން ވީ އެއްޗެހި އަހާލުމަށްފަހު އަނެއްކާވެސް ޝާލީއަށް ގެންނަންވީ އެއްޗެހި ބުނެދިނެވެ.

އިރުތަކެއް ނުވެ ޝާލީ އައިސް އެ އެއްޗެހިތަށް ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒު މަތީ ބެހެއްޓިއެވެ.. އަޔާން ކޮފީތަށި ނެގީވެސް ފަތުހީގެ އެދުމުގެ މަތިންނެވެ. ފަތުހީ އެހެން އިނދެގެން އަޔާން ކައިރި ކިއާރާގެ އެތަކެއް ވާހަކަތަކެއް ދެއްކިއެވެ. ކިއާރާ މެލޭޝިޔާގައި އުޅުނު ގޮތްތަކުގެ ވާހަކައެވެ. އެއިން ވާހަކަތަށް ހަނދާންކޮށްލާއިރު ފަތުހީގެ ލޮލުގައި ވަނީ ކަރުނައެވެ. “އެކަމް މިހާރު އެ ކުއްޖާ ފުޅު… އެއްކޮށް ބަދަލުވެއްޖެ…….” ފަތުހީ އެހެން ބުނެލީ ލޮލުން ވެއްޓުނަ ނުދީ ކަރުނަ ފޮހެލަމުންނެވެ. އަޔާން އިސްޖަހާލައިގެން އިނީ ކުށްވެރިއެއް ފަދައިންނެވެ. “އަޔާން އެއްވެސް ކުށެއްނެތް…. ބޭބެ އެއްވެސް ވަރަކަށް އަޔާން ކުށްވެރިއެއް ނުކުރަން… އޭރުވެސް އެ ހުރިހާ ކަމެއް ވީއިރުވެސް… އެއީ ކޮންމެ މީހެއްގެ ވެސް ސަބަބުތަކެއް އޮންނާނެތީ.. ކިއާވެސް އަމިއްލަ އަސްލާއި ނަސްލު ބަދަލު ކޮށްލީ ބޮޑު ސަބަބަކާއި ލައިގެން…. އަޔާންވެސް އެގޮތަށް ކަންކުރެވުނީ ސަބަބަކާއި ލައިގެންކަން ބޭބެއަށް އިނގޭ…. އަޔާންއަށްވުރެ ބޮޑަށް އަދި މި އެންމެންނަށްވުރެ ބޮޑަށް ބޭބެ ދުނިޔެ ދެކިފަ ހުންނާނީ…… އެކަމް މިހާރު ބުނެލަން އޮތީ… އަޔާން އަށް ކުށެއްކުރެވޭނޭ ކިއާދެކެ ލޯބިވާއިރުވެސް ތިހެން ހުރެއްޖެއްޔާ….އަދި ކިއާ ވެސް ލޯބިވާކަން އިނގޭއިރު….” ފަތުހީ ބުންޏެވެ.. އަޔާން އެއްޗެއް ނުބުނެ ކޮފީތަށި ހުސްކޮށްލުމަށްފަހު ގެނައި ޓްރޭގައި ބޭންދިއެވެ.

. “އަޔާން އާދެބަލަ…” ޒާއިން ކޮޅަށް ތެދުވެލަމުން ބުންޏެވެ. އަޔާން ތެދުވީ ދެބުމަ ގޮށްޖަހާލާފައެވެ. ޒާއިން ފަތުހީގެ ހުއްދައަކަށް އެދެމުން އަޔާން ގޮވައިގެން ދިޔައީ ކިއާރާ ކޮޓަރިއަށެވެ. “ޒާއިން.. އާރ ޔޫ ޝުއަރ؟ ނުކެރޭނެ ކުރިމައްޗަށް އަރާކަށް…” އަޔާން ބުނެލީ ކިއާރާގެ ދޮރު ކުރިމައްޗަށް އަރާލާފައެވެ. “ޑޫ ވަޓް ޔުއަރ ހާޓް ސޭސް.. ލިސެން ޓު އިޓް… އަޔާން ސިކުނޑި އިހަކަށް ދޫކޮށްލާފަ ހިތް އެދޭ ގޮތަށް ކަންކޮށްލަބަ… އަޔާން ވަދެބަލަ ނިކަން މި ކޮޓަރިއަށް.. ކިއާރާ ތެދުވަންދެންވިޔަސް އިރުކޮޅަކު އިނދެބަލަ ކިއާ އަށް ބަލަހައްޓައިގެން… އެ މޫނު… އެ ކިއާރާ ގެއްލިއްޖެ އަޔާން…. ފަހަރުގައި ކިއާރާ ފެނިފައިވެސް އަޔާން ގެ ނިންމުން ބަދަލުވެދާނެ..” ޒާއިން މަޑުމަޑުން ދޮރުހުޅުވާލަމުން ބުންޏެވެ.. އަޔާން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އެތެރެއަށް ވަނީ  ޒާއިންއާއި އެކުގައެވެ.

ޒާއިން އެތެރެއަށް ދެމިގަތް ގޮތަށް ދޮރުގައި އިން ތަޅުދަނޑި ހިފައިގެން ބޭރަށް ނިކުތީ ވަރަށް އަވަހަށެވެ. ހަމަ އެ ބާރުމިނުގައި އޭނާ ދޮރު ބޭރުން ތަޅުވެސްލިއެވެ. އެއީ ތަޅުދަނޑިން ނޫނީ ނުވެސް ހުޅުވެވޭނެ ދޮރެކެވެ. އަޔާން ގެ މޭގަނޑުއަތަށް ނައީ ކިރިޔާއެވެ. އޭނާ ވަގުތުން ދޮރުގައި ތަޅަން ފެށީ ކިއާރާއަށް ބަލާލާފައެވެ. “ޒާއިން.. ހުޅުވަބަ ހެޔޮ ނުވާނެ… ކިހިނެއް މިތާ….. އަދި ކިއާ ކީކޭ ހިތަށް އަރާނީ؟؟ ޒާއިން ހުޅުވާ…” އަޔާން މަޑުމަޑުން ގޮވަންފެށިއެވެ.. “ތި ދެމީހުންނަށްވެސް ވިސްނޭނީ އިރުކޮޅަކު ތިހެން ތިބީމަ…..” ޒާއިން އެހެން ބުނެފައި ހިނގައިގަތް އަޑުއިވުމުން އަޔާން ދެލޯ ބޮޑުވިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އޭނާ އެނބުރުނެވެ.

އޭނާއަށް ފެނުނީ ނިދާފައި އޮތް ކިއާރާއެވެ. އެދިމާލަށް ދެވުނީ އިހްތިޔާރަކާއި ނުލައެވެ. އަޔާން އަށް ކިއާރާ މޫނު ފެނުމާއި އެކު އެ މޫނުމަތީގައި ހިފަހައްޓާލާ ހިތްވިއެވެ. ލޯބިކޮށްލަން ބޭނުންވިއެވެ. އެ މައުސޫމް މޫނުގައި ފިރުމާލަން ހިތްއެދުނެވެ. އޭނާއަށް ކުއްލިއަކަށް ސިފަވަމުން ދިޔައީ މީގެ އަހަރުތަކެއް ކުރީގެ އާލިޔާއެވެ. އޭނާ އަށް ދިމާވި ހާދިސާތަށް އޭނާ ސިފަކުރަމުން ދިޔުމާއި އެކު އޭނާ ތުރު ތުރުލައިގަތެވެ. އަމިއްލަ ބަނޑުއަޅާ ވިހޭ މައިމީހާ އެފަދަ ދަރަޖައެއްގެ ކަމެއް ކުރަން ހެޔޮވެސް ވާނެބާއޭ އޭނާ ހިތަށް އެރިއެވެ. އަޔާން ތުރު ތުރުއަޅާހާލު ކިއާރާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ކިއާރާ ފުރޮޅިލުމުން އަޔާން ވަގުތުން އަތް ދަމައިގަތެވެ. ކިއާރާ ކުޑަކޮށް އަތް ދަމާލުމަށްފަހު ކުޑަކޮށް ހަމަޖެހުނެވެ. ކިއާރާ ހޭލަފާނެތީ އޭނާއަވަހަށް އެނދާއި ދާދި ކައިރި ކާޕެޓް މަތީ އިށީނީ އޭނާ ހޭލުމުގެ ކުރިން ޒާއިން ދޮރު ހުޅުވާތޯ ދުއާކުރަމުންނެވެ.

………

ދެކޮޅަށް ފުރޮޅިލުމަށްފަހު ކިއާރާ ލޯ ހުޅުވާލާ ސީލިން އާއި ދިމާ ބަލައިލިއެވެ. އަދިވެސް ބޮލުގައި ރިހުން ހުއްޓެވެ. ކިއާރާ އަދިވެސް ނިދާލަންވީއޭ ހިތާ ހަމަޖެހިލަން އެނބުރިލި ވަގުތު ލޮލުގައި އަޅައިގަތީ ތަޅުންގަނޑުމަތީ ފޯނާއި ކުޅެން އިން އަޔާންއެވެ. އޭނާ އިނީ ދެފައި ވައްކޮށްލައިގެން ފޯނާއި ދިމާ ބަލަހައްޓައިގެންނެވެ. ކިއާރާ ދެފަހަރު ލޯ ތަޅުވާލީ ހުވަފެނެކޭ ހިތާއެވެ. އޭނާއަށް ހިނިތުންވެވުނީ މާ ގަދަޔަށް އަޔާންއާއި މެދު ވިސްނުމުން ހުވަފެނުގައިވެސް އަޔާން ފެންނަނިއްޔޭ ހިތާއެވެ. ކިއާރާ ބާލިހުގައި ބައްދާލަމުން ލޯ މަރާލިއެވެ. އަނެއްކާވެސް ލޯ ހުޅުވާލީ މީ ހަޤީޤަތްކަން ހިތަށް ނަގައިގަނެވުމުންނެވެ. ދެބުމަ ގޮށްޖަހާލުމަށްފަހު އޭނާ އެނދުން ކޮޅަށް ޖެހިލީ ކުއްލިއަކަށެވެ. އަޔާންވެސް ދިޔައީ ސިއްސައިގެންނެވެ. އަތުގެ އިޝާރާތުން އޭނާ ހަމަޖެހުމަށް އެދުނެވެ.

ކިއާރާ އެނދުގައި އިށީނދެ އަޔާންއަށް ބަލަން އިނީ ރިއްސަމުން ދިޔަ ބޮލުގެ ދެފަރާތުގައި ހިފަހައްޓާލައިގެން އިނދެއެވެ. މިހާރު އެއީ ހަމަ އަސްލު އަޔާންކަމާއި މީ ހުވަފެނެއް ނޫންކަން އޭނާއަށް ނަގައިގަނެވުނެވެ. “މިތާ…..؟” ކިއާރާއަށް ބުނެލެވުނީ އެވަރަށެވެ. އަޔާންގެ ޖަވާބަކަށް އޭނާ އިންތިޒާރުގައި އިނެވެ. “ޒާއިން ބޭރުން ދޮރު ތަޅުލާފައި ދިޔައީ……” އަޔާން ދޮރު ދައްކާލާފައި ބުންޏެވެ. އޭނާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކިއާރާ ޕިސް ޕިސް ޖަހާލިއެވެ. ވަރެއްގެ ބައެކެވެ. މިހާރު އަޔާން މިތަނަށް ލައިގެން އެ އުޅެނީ ކީއްކުރަންހެއްޔެވެ؟ އަޔާން ގެންނަން ޖެހޭހެއްޔެވެ؟ އެހާ ހާލުން އޭނާ އަޔާން މަތިން ހަނދާން ނައްތާލަން އުޅޭއިރުވެސް އެމީހުން އަޔާން އެ ގެނައީ ވިއްޔާއެވެ. ކިއާރާ އެނދުން ތެދުވެލުމަށްފަހު ފާހަނައާއި ދިމާލަށް ދިޔައީ އޭނާއަށް ވިސްނާލެވޭނީވެސް ކުޑަކޮށް ނިދި ފިލުވާލީމަކަން އިނގޭތީއެވެ. ދެން މިތާ އަޔާން އިނިއްޔޭ ކިޔާފައި އޭނާ ކުރަންވީ ކަންތަށް ނުކޮށެއް ނީންދެވޭނެނުންހެއްޔެވެ؟ އެ ދޮރު ހުޅުވާނެ އިރެއް ނޭނގެއެވެ.

ކިއާރާ ގޮސް ފާހަނައަށް ވަނުމުން އަޔާން އަނެއްކާވެސް ފޯނާއި ކުޅެންފެށިއެވެ. އޭނާ އިނީ ހަމްނާއާއި މެސެޖްކުރާށެވެ. އޭރު މައިޝާ މެންނާއި ބައްދަލުކުރުމަށްފަހު ހަމްނާ ކައިރިއަށް ގޮސް ހުރިހާ ވާހަކައެއް އަޔާންއަށް ކިޔައިދެވުނެވެ. ކިއާރާ ގެއަށް އަންނަން ޖެހުނު ވާހަކަ ބުނެ ހަމްނާއަށް މެސެޖް ކުރީ އޭނާ އާއީ ހަމްނާ ކައިރި ނުބުނެ ކަމަށްވާތީއެވެ. ހަމްނާ ކީއްކުރަންތޯއާއި ހުރިހާ އެއްޗެއް އޮޅުން ފިލުވަމުން ދިޔައެވެ. އަދި އަޔާންއަށް ވިސްނައިދެމުންދިޔައެވެ. ކިއާރާ އަކީ ރަނގަޅު ކުއްޖެއްކަމަށާއި ހިތްހެޔޮ ކުއްޖެއްކަމުގައެވެ. އޭނާއަށް ދެރަގޮތެއް ވިޔަ ނުދިނުމަށާއި އެމީހުން އެ ކުރާ ކަމަކީ ހަމްނާވެސް ކުރުވަން ބޭނުންވާކަމެއްކަން ބުންޏެވެ.

ކިއާރާ ފާހަނައިން ނިކުތެވެ. އޭނާއަށް ފެނުނީ އަޔާންގެ ފަހަތެވެ. އޭނާ ހިޔާލަކަށް ގެއްލޭކަށް ބޭނުމެއްނޫނެވެ. އިތުރަށް އެ އިހްސާސްތަށް ކޮނެނަގަން ބޭނުންނުވާތީ ދެކޮޅަށް ބޯހަރަކާތްކޮށްލުމަށްފަހު އައިސް އެނދުގައި އިށިީީނެވެ. “ސޯފާ އިސް ދެއަރ..” އޭނާ އިށީނދެ އިނީ ތަޅުންގަނޑުމަތީ ކަމުން ކިއާރާ ސޯފާގައި އިނުމަށް އިޝާރާތްކޮށްލިނަމަވެސް ސީދާ އެހެނެއް ނުއެއްބުނެއެވެ. އަޔާން ކިއާރާއަށް ބަލައިލުމަށްފަހު ގޮސް ސޯފާގައި އިށީނެވެ. ކިއާރާ އެނދުމަތީ އިނދެ ފޯނާއި ކުޅެންފެށިއެވެ. ފޯނު ހުޅުވާލުމާއި އެކު ފެނުނީ ނުދަންނަ ނަމްބަރަކުން 5 ފަހަރު ގުޅާފައި އޮތް ތަނެވެ. ކިއާރާ އެ ނަމްބަރަށް ގުޅަން ނުހެދީ އެ މީހަކު ދެން ގުޅާނެ ނޫންހޭ ހިތާއެވެ. ކިއާރާ އަކީ އެހެން ނުދަންނަ ނަމްބަރަކުން ގުޅިއަސް އަނބުރާ ގުޅާމީހެއް ނޫނެވެ. އެމީހާ ދެންވެސް ގުޅީމާ އިނގޭނީ ސައިލެންޓް މޯޑް އޮފް ކޮށްލީމާ ކަމުން ކިއާރާ އޮފް ކުރިއެވެ.

އިރު އިރުކޮޅާ އޭނާ އަޔާންއަށް ބަލާލެވެއެވެ. ލައިގެން ހުރި އާދައިގެ އެއްޗެހީގަވެސް އޭނާ ހާދަ ސްމާރޓެވެ. ލޮތްބެވެ. ކިއާރާ ބަލަން އިންދާ އަޔާންވެސް ކިއާރާ އަށް ބަލައިލިއެވެ. ކިއާރާ އަވަސް އަވަހަށް އިސްޖަހާލުމުން އަޔާން ކައިރިއަށް ހިނިއައެވެ. “ވާހަކައެއް ބުނަންތަ؟” އަޔާން ބޭނުންވީ ހަމްނާ ބުނިގޮތަށް ކަންކުރަންށެވެ. ހަމްނާ ބުނިގޮތަށް ކިއާރާ ހިތްހަމަޖެހޭ ކަހަލަ ވާހަކައެއް ދައްކާށެވެ. ކިއާރާ އަޔާންއަށް ބަލައިލިއެވެ.

“އައި ސްޓިލް ރިމެމްބަރ އާލިޔާގެ ސުޕަރ ޑްރާމާ…” އަޔާން އެހެން ބުނެލުމުން ކިއާރާ ތުންފަތުގައި ދަތް އަޅާލިއެވެ. “އެން އައި ރިމެމްބަރ އެންމެ ފުރަތަމަ ވައިބަރ ފައިޓްވެސް…” އަޔާން އިތުރުކުރިއެވެ.. ކިއާރާ އެ ދުވަސްތަށް މަތިން ހަނދާންވުމުންވެސް ލިބުނީ ހުސް ވޭނެވެ. “ޕްލީސް ސަރ…. މިތާ އިނަސް ޔޫ ޑޯންޓް  ނީޑް ޓު ޓޯކް ޓު މީ…. މިތާ އިނީ ޒާން ދޮރުހުޅުވާނެ އިރަކަށް…. ޒާން ދޮރު ހުޅުވީމަ ޔޫ ކޭން ގޯ.. ގަދަ މަޖުބޫރަކުން ޓޯކް ކުރާނެކަމެއް ނެތް.. ނޯ ވަން ވިލް ފޯރސް ޔޫ… އަދި ޒާންމެން ކޮންމެ އެއްޗެއް ކިޔަސް އެމީހުން ބުނާހާ ކަމެއް ކުރާނެކަމެއްވެސް ނެތް…. ހޮޕް ޔޫ އަންޑަސްޓޭންޑް……” ކިއާރާ އެހެން ބުނެފައި އަނެއްކާވެސް ފޯނަށް ނަޒަރު ހިންގާލިއެވެ. އަޔާންގެ ދުލުގައި ޓޭޕެއް އެޅުނުފަދައެވެ. ކިއާރާ ބުނީވެސް “ސަރ” އޭވިއްޔައެވެ. އަޔާން އަވަސް އަވަހަށް އޭނާ މަންމަ ކައިރި އެވާހަކަ ބުންޏެވެ. “އަޔާން…. ދެން މަންމައަކަށް ނޭނގެ.. އަޔާން އަށް ފެންނަ ގޮތެއް ހަދާ… މީ ކަންނޭނގެ ފުރުސަތަކީ.. ލޯބި ހޯދުން ނޫނީ ލޯބި ގެއްލުން… ޔޫ ކޭން ޗޫސް…” ހަމްނާގެ މެސެޖް ކިޔާލުމާއި އެކު އަޔާން އަށް ބަލާލެވުނީ ކިއާރާއަށެވެ.

ކިއާރާ އިނީ ދޮރުހުޅުވާނެ އިރަކަށެވެ. އެހެނީ އޭނާގެ އިހްސާސްތަށް ބޭޒާރުވެދާނެތީއެވެ. މިހާރުވެސް އެ އިންނަނީ ވަރަށްހާލުންނެވެ. އަޔާންގެ ބިޔަހަށިގަނޑުގައި ގޮސް ބައްދާލާ އެތަކެއް ޝަކުވާއެއް ކުރަން ހިތް އެދެމުން ދިޔައެވެ. ނަމަވެސް އޭނާ އިނީ ކެތްކޮށްލައިގެންނެވެ.

“ކިއާ…..!” އަޔާން ވަރަށް މަޑުމަޑުން ގޮވާލިއެވެ.. ކިއާރާ އަޔާންއަށް ބަލައިލީ ދެބުމަ ގޮށްޖަހާލާފައެވެ. “ވާހަކައެއް ބުނަންތަ؟” އަޔާން ބުބުންޏެވެ. ކިއާރާ ދެންވެސް އެ އިންގޮތަށް އިނީއެވެ. “އަސްލު ސޮރީ އޭ ބުނަންވެގެން……” އަޔާން ކިއާރާ އާއި ދިމާ ބަލައިލީ ފުން ނަޒަރަކުންނެވެ. ކިއާރާ އިސްޖަހާލިއެވެ. އަޔާން އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ އެ އިންގޮތަށް އިނީއެވެ.

” އޭ ސާހިބާ ބޭޤަރާރު ވެއްޖޭ..

އޭ ޔާރާ ލޯބިވެސް ވެވިއްޖޭ”

އަޔާން މަޑުމަޑުން ކިޔާލީ ކިއާރާއަށް އިވޭނެވަރަށެވެ. ކިއާރާ އަޔާންއަށް ބަލައިލީ ސިހިފައެވެ. އެހެނީ އެއީ ކިއާރާ ގެންގުޅޭ ފޮތެއްގައި ވަރަށް ކުރިން ލިޔެފައި އޮތް ބައިތެކެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެ ފޮތް ހިފައިގެން އަޔާން އިންތަނެވެ. އެ ފޮތް އަޔާންއަށް ފެނުނީ ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތިންނެވެ. އެފޮތް ހުޅުވާލަން ބޭނުންވީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ.

113
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ވޭނީ ކަރުނަ -1

Next

ޢަޞްރު (ބާވީސްވަނަ ބައި)

Next
December 25, 2016

ޢަޞްރު (ބާވީސްވަނަ ބައި)

Previews
December 25, 2016

ވޭނީ ކަރުނަ -1

42 Comments

  1. Ryn says:
    December 25, 2016 at 6:50 pm

    Hi! I couldn’t re check … Beyruga hurefa mi up kuryvx… Tc and thankxx for u guys ge support.. Will upload 3rd vana part asap ??

  2. Dheem says:
    December 25, 2016 at 6:52 pm

    Me first dhw…up kureythw balabala

  3. Ibilees says:
    December 25, 2016 at 7:01 pm

    Haadha kirey dhen

  4. Yash says:
    December 25, 2016 at 7:04 pm

    Merayga innane dhw adi eh ba

  5. afu says:
    December 25, 2016 at 7:06 pm

    Varah salhi keep it up

  6. Iman says:
    December 25, 2016 at 7:13 pm

    Guddd jpbbb … Keep it upp…?

  7. Malyy says:
    December 25, 2016 at 7:19 pm

    Wow.. v v v reethi.. dhen thi room in ayaan aa kiyaa gulhigen nikunnahchey.. v beynun emyhun gulhen.. keep it up ryn.. next part ah inthixaaru kurany mi.. ?????

  8. Someone says:
    December 25, 2016 at 7:20 pm

    Mirey adhi 2 part please

  9. Maixshy Aimix says:
    December 25, 2016 at 7:22 pm

    Niums Lathyph nukerey vahaka kiyan ?

  10. Rauna says:
    December 25, 2016 at 7:24 pm

    Ryn!!!!!! Avahah next part up kohdhyba!! This is so nice

  11. ... says:
    December 25, 2016 at 7:32 pm

    Just wow. I just cant help rereading each part. And now this is getting really interesting. Love this story ??

  12. ASH CHUM says:
    December 25, 2016 at 7:32 pm

    Mi hama habeys vaahaka ah.I LOVE.
    Keep it up Ryn

  13. haako says:
    December 25, 2016 at 7:39 pm

    Ryn please please please please next part up kohdheeba avahah…. Mihaaru mi part ves 2times kiyaifin up kuri fahun.. It so nice….. N ryn ur the best???

  14. Hemdhey says:
    December 25, 2016 at 7:42 pm

    hey sis good to see you back with a nice twist!!!!
    hope kiaa gets her love❤
    How are you? hope your fine?
    Good night my lovely sis?❤??

  15. shaat says:
    December 25, 2016 at 7:56 pm

    Mihaaru up kohdheynveenu.can’t wait.v nice ryn ge vaahaka

  16. Saeedha says:
    December 25, 2016 at 7:59 pm

    kaaku dheke kon loabeh vaakah bala ma mi hury nun neygey tha aaliyaa akee ma beynun gotheh hadhan ufan kuri kujjeh kan????????

    1. Saeedha says:
      December 25, 2016 at 8:04 pm

      J/J ingey ryn ur the best. v v reethi ingey.☺☺☺

    2. fathuhee says:
      December 25, 2016 at 8:06 pm

      ur the best ryn…..

    3. zaain says:
      December 25, 2016 at 8:08 pm

      ur the no1 ryn im proud of u…..

    4. Ayaan says:
      December 25, 2016 at 10:10 pm

      Ryn avahah kiyaa nd me gulhuvabala.. u are the bst.

  17. Nooo says:
    December 25, 2016 at 8:02 pm

    Varah reethi masha allah

  18. Faxoo says:
    December 25, 2016 at 8:04 pm

    alhey… haadha kurey mibai.. reethi kamun heevi gotheh kanneynge dhw 😀 Ryyn, MaShaAllah yuh are the best! kiyaa kiyaa foohi nuvey. yuh have improved a LOT! desperately waiting for the next part!

  19. ? says:
    December 25, 2016 at 8:09 pm

    Part ga ves mi hageegee haadhisaa ehtha

  20. Mamolhu says:
    December 25, 2016 at 8:19 pm

    Ryn mihaaru maa murukoh thi genesdhenee????
    Heyo vaanetha kiyuntherinnah mihen hadhan?

  21. Fin says:
    December 25, 2016 at 8:20 pm

    Check nukuriyas varah perfect.. Mi part vvv salhi

  22. Miya says:
    December 25, 2016 at 8:21 pm

    Ryn it’s awesome. Ryn plx plx plx mirey adhi 2 parts up kohdhybala pleeeeeeeeeeeeèeeeexxxxxx. Maadhan varah buxy vaane ehenve kiyaakah time eh nulibeyne. So plx mirey 2 parts upkohdhybala I’m begging u. Plx ? I’m curious to read next parts.

  23. Hooooo? says:
    December 25, 2016 at 8:22 pm

    Ryn. Can’t wait for next part. Pls make it sooonn. ??????
    Okay check nukuriyas.

    1. Booooo says:
      December 25, 2016 at 8:40 pm

      Ryn. I’ll wait for next part. Bt pls make it sooonn. ??????
      Okay check kohllaafa up kuriyas.

  24. Niusha says:
    December 25, 2016 at 8:41 pm

    Please please mirey adhi up koh dhehchey.. reethikan overloaded.. luv u to da max .. keep it up my dear .. ???

  25. Faathee says:
    December 25, 2016 at 8:47 pm

    Mirey adhi 1 part up kuraanan dhw. Waiting waiting

  26. Jee says:
    December 25, 2016 at 9:15 pm

    Kihaa irakun next part up kohladheynee Ryn???

  27. Ryn says:
    December 25, 2016 at 9:28 pm

    Guys I’m still beyruga and won’t b able to up it soon. I’m sorry. Tc

  28. me says:
    December 25, 2016 at 9:29 pm

    Waiting……………..

  29. Ryn says:
    December 25, 2016 at 9:30 pm

    And I will up it as soon I b free beyruva huhtas cx here network is not that good… So will up it in she Allah

  30. Mop says:
    December 25, 2016 at 9:47 pm

    Ok ryn.. Waiting

  31. maiha says:
    December 25, 2016 at 9:48 pm

    yeah..avaskohdhee hama keh nuvegen miulheny…Ayaan n Kiaa ge hiy thelhey varah kiyuntheringe hiyvx thelheny a…maaikalako???

  32. Shaff says:
    December 25, 2016 at 9:59 pm

    Alhey ryn . Hama roveny ey. V reethi mi story . Hama cant wait anehbayah. V v v reethi mi bai vx . Lv u rynn?????????

  33. Hello says:
    December 25, 2016 at 10:07 pm

    Mi episode dhevana faharah mihaaru ki ijje
    Waiting for next part ♥

  34. Faathee says:
    December 25, 2016 at 10:14 pm

    Waiting waiting

  35. Azuna says:
    December 25, 2016 at 10:20 pm

    Waiting…….

  36. Nish says:
    December 26, 2016 at 12:07 am

    Mioh ulhey Zaain eh dhw! Mashah fennany eyna kiyara as innan, heevany moya vegen ulheyhen

  37. Niums Lathyph says:
    December 26, 2016 at 10:01 am

    hahhahah nuney kiyameyy kuriah baarah??

Comments are closed.

All Right Reserved!