Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް…. 2 ވަނަ ބައި

Shiya
January 13, 2017
5 Mins Read
37 Views
10 Comments

 

އެއީ ދަންނަ އަޑެއްހެން ޝިޔާޒް އަށް ހީވިއެވެ. ނަމަވެސް އެއީ ކާކުގެ އަޑެއްކަން އެވަގުތު ޝިޔާޒްގެ ހަނދާނަކަށް ނައެވެ.

” ތީ.. ކާކު؟…” ޝިޔާޒް އެހިއެވެ.  ” އަހަރެން މީ ކާކުކަން ޝިޔާޒް މިހާރު ހަނދާން ނެތިދާނެ ….. އެކަމަކު ކުރިން އަހަންނަކީ ޝިޔާޒްގެ ވަރަށް ގާތް މީހެއް….. ޝިޔާޒް ދުރުގައި އުޅެން އުނދަގޫވި މީހެއް…. އެމީހަކާނުލައި ޝިޔާޒް ނޭވާއެއްލާންވެސް ދަތިިވި މީހެއް… މިވަރުން މިހާރު އަހަންނަކީ ކާކުކަން ޝިޔާޒް އަށް ވިސްނިދާނެ…” އެކުއްޖާ ބުންޏެވެ. ޝިޔާޒްގެ ހިތް ނުތަނަވަސްވިއެވެ. ފޯނުގައި ބާރަށް ހިފަހައްޓައި ލެވުނެވެ.

”ތީ… ޖުމާނާ… ޖުމާނާތަ؟…” ޝިޔާޒް އެހިއެވެ. މިހާރު ޝިޔާޒްގެ ހިތް ވަނީ އަވަސްވެފައެވެ. މޫނުމަތިން ފެންނަމުންދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ” އަ… އާނ!… ޝިޔާޒްގެ ޖުމާ މީ…” ޖުމާނާ އެހެން ބުނެފައި އަވަހަށް ފޯން ކަނޑައިލިއެވެ. ޝިޔާޒް އިން ގޮނޑިން ފުންމައިގެން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވިއެވެ. އެވަގުތު ސެޝަންގައި ތިބި މުވައްޒަފުންގެ ސަމާލުކަންވެސް ޝިޔާޒަށް ހުއްޓުނެވެ. ޝިޔާޒް ހުރީ ވަރަށް ހާސްވެފައެވެ. ޝިޔާޒް ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ. ” ކިހިނެއްވީތާ ޝިޔާޒް؟….” ޝިޔާޒް ކައިރިއަށް އަންނަމުން މާހިން އެހިއެވެ. މާހިންއަކީ އޮފީހުގައި ޝިޔާޒްގެ އެންމެ ގާތް އެކުވެރިޔާއެވެ. ޝިޔާޒް މާހިން އަށް އެއްވެސް ޖަވާބެއް ނުދީ ސެކްޝަނުން ނުކުންނަން ހިނގައިގަތެވެ. ހައިރާންވެފައި މާހިން ހުރީއެވެ. ޝިޔާޒް ދިޔައީ އޮފީހުގެ ހުސް ބިންކޮޅުގައި ހަދާފައިވާ ބޮޑު ގަހުގެ ހިޔަލަށެވެ. އެގަހުގެ ވަށައިގެން ހަދާފައިވާ ވަށްބުރު މަތީގައި ޝިޔާޒް އިށީނެވެ. އެތަނުގައި އިނދެ ޝިޔާޒް ވިސްނަމުން ދިޔައީ ޖުމާނާއާ ދޭތެރޭގައެވެ. ހިތުން ފޮހެލާފައިވާ ޖުމާނާގެ އެތައް ހަނދާންތަކެއް ޝިޔާޒްގެ ހިތަށް އުނދަގޫ ކުރުވަމުން ދިޔައެވެ. އެއީ މިހާރު ޝިޔާޒް ކުރަން ބޭނުންވާ ހަނދާންތަކެއް ނޫނެވެ. ނަމަވެސް ބޭއިޙްތިޔާރުގައި ޝިޔާޒްގެ ހިތަށް  އެ ހަނދާންތައް އުނދަގޫ ކުރުވަމުން ދަނީއެވެ. ފަސް އަހަރު ފަހުން ޖުމާނާ ޝިޔާޒްގެ މަތިން ހަނދާން އެވީ ކީއްވެ ކަމެއް ޝިޔާޒް އަކަށް ނުވިސްނުނެވެ.

ޖުމާނާގެ ހިޔާލުތަކަށް ޝިޔާޒް ގެއްލިފައި އިންދާ މޯބައިލް ފޯން ރިންގ ވާން ފެށިއެވެ. ގުޅަނީ ކުރިން ގުޅި ނަންބަރުންނެވެ. އެއީ ޖުމާނާގެ ނަންބަރެވެ. ފޯނަށް ޖަވާބު ނުދީ ޝިޔާޒް ފޯނަށް ބަލަހައްޓައިގެން އިންދާ ފޯން ކެނޑުނެވެ. އިރުކޮޅަކުން އަނެއްކާވެސް ފޯން ރިންގ ވާން ފެށިއެވެ. މިފަހަރުވެސް ގުޅަނީ ޖުމާނާއެވެ. ފޯން ނެގުމާއިނެދު  ދެ ޙިޔާލެއްގައި  އިނދެފައި ޝިޔާޒް ފޯން ނަގައި  ކަންފަތުގައި ޖައްސާލިއެވެ.

” ހަލޯ!” ޝިޔާޒް ބުންޏެވެ.

” ޝިޔާޒް!” ޖުމާނާ ބުންޏެވެ.

” ކިހިނެތްވީ؟… މިއަދު ކީއްވެ ކުއްލިއަކަށް އަހަރެންގެ މަތިން ހަނދާންވެގެން ތިއުޅެނީ؟….” ޝިޔާޒް ހިންހަމަ ނުހިފައިވާ ރާގެއްގައި އެހިއެވެ.

” މިއަދު އެކަންޏެއް ނޫން ޝިޔާޒް މަތިން ހަނދާން ވަނީ….. އަބަދުވެސް ހަނދާންވޭ…” ޖުމާނާ ބުންޏެވެ.

” ތީ ދޮގު… ޖުމާނާ އަހަރެން މަތިން ހަނދާނެއް ނުވާނެ… ހަނދާނެއް ނުވާނެ… ތިއުޅެނީ ކޮންމެވެސް އަމިއްލަ އެދުމެއްގަ…. ތީ ވަރަށް އަމިއްލަ އެދުން ބޮޑު އަންހެނެއް… ހީނުކުރާތި ކުރިން  ބޭނުން ގޮތެއް ހަދާލިހެން މިހާރު އަހަންނަށް ބޭނުން ގޮތެއް ހަދާލެވިދާނޭ….. ތި ޖުމާނާގެ ފަހަތުން ދެން ދުވަހަކުވެސް މި ޝިޔާޒެއް ނުދާނަން…” ރުޅިއައިސްފައި ތަންކޮޅެއް ބާރަށް ޝިޔާޒް  ބުންޏެވެ.

” ނޫން…. ޝިޔާޒް…  އަހަންނާ ދޭތެރޭ ޝިޔާޒް ތިހީކުރަނީ ރަނގަޅަކަށް ނޫން…. އަހަރެން އަދިވެސް ޝިޔާޒް ދެކެ…”  ޖުމާނާ އަށް ރޮވޭ ގޮތް ވިއެވެ. ޝިޔާޒް ފޯން ކަނޑައިލުމަށްފަހު ފޯން ނިއްވައިލިއެވެ. އޭރު މާހިން ހުރީ ޝިޔާޒްގެ ފުރަގަހުގައި ޝިޔާޒް އަށް ބަލަހައްޓައިގެންނެވެ. ޝިޔާޒް ދެއްކި ހުރިހާ ވާހަކައެއްވެސް މާހިން އަށް އަޑުއިވުނެވެ. ފޯން ޖީބަށްލަމުން ޝިޔާޒް ތެދުވެ ފަހަތަށް އެނބުރުނެވެ. އެވަގުތު މާހިން ފެނުމުން ޝިޔާޒް ކޮންމެވެސް ވަރަކަށް ސިހުނެވެ. ނަމަވެސް މާހިން ހުރީ ހިނިތުންވެފައެވެ.

” ޖުމާނާ އަކީ ޝިޔާޒްގެ ކާކު؟…” މާހިން ޝިޔާޒް ކުރެން އެހިއެވެ.

މާހިން އަށް އެއްވެސް ޖަވާބެއްނުދީ ޝިޔާޒް އިސްޖަހައިލިއެވެ. އެވާހަކަތަށް  މާހިންއާ ހިއްސާ ކުރާކަށް ޝިޔާޒް ބޭނުމެއްނުވެއެވެ. ” އަހަންނަށް ކިޔާނުދީ ސިއްރު ކޮށްގެން އުޅެންޏާ، ދެން އަހަންނަށް އަޑު އިވުނު ވާހަކަތަށް  ނަޖޫއަށް ކިޔައިދޭނަން….” މާހިން އެހެން ބުނުމުން ޝިޔާޒް ހިނިތުން ވެލިއެވެ. ”ތި މާހިން..” ޝިޔާޒް ބާރަށް ހީގަތެވެ.

” އަހަރެން މާހިން ވަރަށް ރަނގަޅަށް ދަންނަމޭ….. އަހަންނަށް އިނގޭ ތިހެން ބުންޏަސް، މާހިން އެއްވެސް ވާހަކައެއް ނަޖޫ އަށް ކިޔާނުދޭނެކަން… އެހެން ތިބުނީ އަހަރެން ބިރުގަނޭތޯ އެއްނު…”

” ހާދަވަރަކަށް އަހަންނަށް ތި އިތުބާރު ކުރަނީ..” މާހިންވެސް ހިނިތުންވެލަމުން ބުންޏެވެ. ” ހިނގާ ސައިބޯން ދާން…. ވަރަށް ބަނޑުހައިވެއްޖެ… ” ޝިޔާޒް ބުންޏެވެ.

” އާހ… ހިނގާ… އަހަރެންވެސް ވަރަށް ބަނޑުހައިވެފަ މިހުރީ؟… ބޭރައްތަ ދާނީ؟…”

” ނޫނޭ! މި ވަގުތު ދިއުން ރަނގަޅެއްނުވާނެ… އިރުކޮޅަކުން ބޮސް ގުޅާފާނެ… މިތާ ކެންޓީނަށް ދާނީ..” ޝިޔާޒް އެހެން ބުނެފައި ޖީބުން ފޯނު ނަގާފައި ފޯން އޮން ކުރިއެވެ. ދެމީހުން އެކުގައި އޮފީހުގެ ކެންޓީނާ ދިމާއަށް ހިނގައިގަތެވެ.

*******************************

ޖުމާނާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ޖުމާނާ މިހާރު ދެތިންފަހަރު ޝިޔާޒް ފޯނަށް ގުޅައިފިއެވެ. ނަމަވެސް ޝިޔާޒް ފޯނެއް ނުނަގައެވެ. ޖުމާނާ ޝިޔާޒް އަށް ފޮނުވަން މެސެޖެއް ލިޔަން ފެށިއެވެ. އެވަގުތު އިމްރާން ފާހާނާއިން ނުކުތެވެ. ޖުމާނާ އަވަހަށް ފޯނު ބާލިސް ދަށަށް ލިއެވެ. އެމަންޒަރު އިމްރާނަށް ފެނުނެވެ. ތުވާލިން މޫނު ފޮހެމުން އައިސް އިމްރާން ޖުމާނާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. ޖުމާނާ ހުރީ ބިރުންނެވެ. އިމްރާން ބަލަމުން ދިޔައީ ބާލިހާއި ދިމާއަށެވެ. އިމްރާން ކުއްލިއަކަށް ބާލީސް ނަގާފައި ދުރަށް ހޫރާލިއެވެ. ޖުމާނާ އަވަހަށް ފޯނުނަގަން އުޅުނެވެ. ނަމަވެސް އިމްރާން މާ ހުށިޔާރެވެ. ޖުމާނާ އަށްވުރެ ކުރިން އިމްރާން ފޯން ނަގައިފިއެވެ.

” ޕްލީޒް… އަހަންނަށް މާފްކުރޭ!….” މެސެޖްގައި ލިޔެފައިފާ އެ ޖުމްލަ ޖުމާނާ އަށް އަޑުއިވޭވަރަށް ބާރަށް އިމްރާން ކިޔައިލިއެވެ. ޖުމާނާ ހުރީ ވަރަށް ހާސްވެ އަދި ބިރުގެންފައެވެ. ” މީ.. ކާކަށް ފޮނުވަން ލިޔުނު މެސެޖް އެއް؟….” އިމްރާން ހުރީ ވަރަށް ރުޅިއައިސްފައެވެ. ޖުމާނާ، އިމްރާނަށް އެއްވެސް ޖަވާބެއް ނުދީ ފަހަތަށް ޖެހިލިއެވެ. އިމްރާން ކުރިއަށް ޖެހިލިއެވެ. އަދި ޖުމާނާގެ ބޮލުގައި އަތްއަޅައި ދުރަށް ކޮށްޕާލިއެވެ. ޖުމާނާ އަށް ރޮވޭ ގޮތް ވިއެވެ.

” އަހަރެން މިއަހަނީ…. މީ..ކާކަށް ފޮނުވަން ލިޔުނު މެސެޖެއްހޭ؟….” އިމްރާން ހަޅޭއްލަވައިގަތެވެ. ” ތީ…ތީ… ” ބިރުން ހުރިވަރުން ޖުމާނާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އިމްރާން ފޯނު ފާރާއި ދިމާއަށް ހޫރައިލިއެވެ. ” މިހާރު އޮންނާނީ… ރަނގަޅަށް މެސެޖް ފޮނުވިފަ….” އިމްރާން ބުންޏެވެ. ޖުމާނާ އަށް ރަނގަޅަށްވެސް ރޮވުނެވެ. ޖުމާނާ ގޮސް ފޯނު ނެގިއެވެ. ފޯނު އޮތީ ހަލާކުވެފައެވެ. އިރުކޮޅެއްވަންދެން ފޯނަށް ބަލަން ހުރެފައި ޖުމާނާ އިމްރާން ފެނޭތޯ ބަލާލި އިރު، އިމްރާން ކޮޓަރިން ނުކުމެގެން ދަނީއެވެ.

” ދެން ޖެހޭނީ… އާ ފޯނެއް ގަންނަން…” ލިމްޔާ އާ ވާހަކަ ދައްކަމުން ޖުމާނާ ބުންޏެވެ. ލިމްޔާ އަކީ ޖުމާނާގެ ބެސްޓް ފްރެންޑް އެވެ. ދެމީހުން ވާހަކަ ދައްކަން ތިބީ އަތިރިމަތީގައެވެ. ޖުމާނާގެ ހުރިހާ ސިއްރެއް އިނގޭ މީހަކީ ލިމްޔާއެވެ. އިމްރާން ޖުމާނާ އާ ދޭތެރޭ ކަންތައް ކުރާގޮތުން ލިމްޔާ ވަރަށް ދެރަވެއެވެ.

” އަހަރެން ހިތަށް އަރާ އިމްރާން ހާދަ ގޯހޭ….” ދެރަވެފައި ލިމްޔާ ބުންޏެވެ.

”އިމްރާންގެ ގޯސް ވާހަކަ ނުދެއްކުން ރަނގަޅުވާނީ……….. ލިމް އަށް އިނގޭނެ އަހަރެން އިމްރާންގެ އަނިޔާތަކަށް ކިހާ ކެއްކުރާކަން..” ” އިނގެއޭ… އެހެންވެ އެއްނު.. އަހަރެން އެހާ ބޮޑަށް ދެރަވަނީވެސް…. ޖުމާ ކީއްތަވާނީ އެއްފަހަރުވެސް އޭނަ ކައިރިން ސަލާމަތްވާން މަސައްކަތް ކުރިއްޔާ…” ލިމްޔާ ބުންޏެވެ.

” ތިއީ… އެހާފަސޭހަ ކަމެއްނޫނޭ ލިމް…..” ޖުމާނާ ފުން ނޭވާއެއްލިއެވެ. ”ލިމް އަށް ހަމަރަނގަޅައް އިނގޭނެ އަހަންނަށް މިދިރިއުޅުމާއި ކުރިމަތި ލާން ޖެހުނު ގޮތް، ޝިޔާޒާއި ވަކިވާން ޖެހުނީވެސް އިމްރާންގެ ސަބަބުން….. އަހަރެންގެ އުފާވެރިކަން ހިތާމައަށް ބަދަލުވީވެސް އިމްރާންުގެ ސަބަބުން……”

ނަޖުވާ ހުރީ މަލްޝާ ރީތިކުރާށެވެ. އޭރު ޝިޔާޒް އިނީ ޓީވީ ބަލާށެވެ. ނަމަވެސް ޝިޔާޒްގެ ހިޔާލުތަޢް ދަތުރު ކުރަމުން ދިޔައީ އެހެން ދިމާއަށެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް، މިއަދު ޝިޔާޒްގެ މޫނުމަތިން ފެންނަމުން ދަނީ ހިތާމަވެރި އަސަރުތަކެކެވެ. މަލްޝާ ރީތިކޮށް ނިމިގެން މަލްޝާ ގޮވައިގެން ނަޖުވާ ގޮސް ޝިޔާޒް ކައިރީގައި އިށީނެވެ. ޝިޔާޒް ނަޖުވާގެ މޫނަށް ބަލައިލިއެވެ. ޝިޔާޒްގެ މޫނުން އެއްވެސް އުފާވެރިކަމެއް ނުފެނުމުން ނަޖުވާގެ ހިތުގައި ސުވާލު އުފެދުނެވެ.

” ޝިޔާޒް…. ކިހިނެއްވެފަ މިއަދު ތިއިނީ؟….  ހީވަނީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ދެރަވެފައި އިންހެން..” ނަޖުވާ ބުންޏެވެ.

” ކަމެއްނުވޭ…. މިއަދު ކުޑަކޮށް ބޮލުަގައި ރިއްސަނީ……” ” ބޭސް ކާން ވީނުން؟…” ނަޖުވާ، ޝިޔާޒްގެ ބޯ މޮޑެދޭން ފެށިއެވެ. ”ބޭސް ކެއުމަށްވުރެ، ނަޖޫ ތިގޮތަށް ބޯ މޮޑެ ދިނީމަ ބޮލަށް މާބޮޑަށް ލުއިކަން ލިބޭ……. ވަރަށް އަރާމް” ޝިޔާޒް ނަޖުވާގެ އަތްތިލައިގައި ފިރުމާލިއެވެ. ނަޖުވާ ހިނިތުންވެލިއެވެ.

” ތިހާ ލޯބިން އުޅެފަ، އަހަންނާ ވަކިނުވައްޗޭ!….” ނަޖުވާ އެހެން ބުނުމުން ޝިޔާޒް ސިހުނެވެ. ޝިޔާޒް އިރުކޮޅެއް ވަންދެން ނަޖުވާގެ މޫނަށް ބަލަން އިނެވެ.

” ކިހިނެއްވީ؟… އަހަންނަށް ގޯސް އެއްޗެއް ބުނެވުނީތަ؟…” ނަޖުވާ އެހިއެވެ. ”އުހުނ…”  ޝިޔާޒް ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނަޖުވާގެ މުނަށް ވެރިވީ ހައިރާންކަމެވެ. ކޮޓަރިއަށް ވަދެ ޝިޔާޒް އެދުގައި އޮށޯވެލިއެވެ. ފަސް އަހަރު ކުރީގެ ހަނދާނެއް ޝިޔާޒްގެ ހިތުގައި އާވިއެވެ.

އަތިރިމަތީގައި ޝިޔާޒް އޮތީ ޖުމާނާގެ އުނގުގައި ބޯ އަޅައިގެންނެވެ. ޖުމާނާ ވަރަށް ލޯބިން ޝިޔާޒްގެ ބޮލުގައި ފިރުމަމުން ދިޔެވެ. ޝިޔާޒްގެ އަތް އޮތީ ޖުމާނާގެ އަތުގެތެރޭގައެވެ. ދެމީހުންގެ ހަރަކާތްތަކުން ދޭހަވަނީ، ދުވަހަކުވެސް ދެމީހުން އެކަކު އަނެކަކާ ވަކިވާން ބޭނުން ނުވާކަމެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާކަމެވެ. ޝިޔާޒް ތެދުވެ ޖުމާނާގެ މޫނުގައި ބޮސްދިނެވެ. ޖުމާނާ ހެމުން ހެމުން ޝިޔާޒާއި ދުރަށް ދިޔެވެ. ޝިޔާޒް ގޮސް ޖުމާނާ އަތުތެރެއަށް ގެނެސް ޖުމާނާ ގައިގަ ވަރަށް ބާރަށް ބައްދާލިއެވެ.

” ތިހާ ލޯބިން އުޅެފައި އަހަންނާ ވަކިނުވައްޗޭ!….” ލޯބީގެ އުފާވެރި ވަގުތުކޮޅަކަށްފަހު ޖުމާނާ ބުންޏެވެ. ޖުމާނާ ހުރީ  ޝިޔާޒްގެ މޭމަތީގައި ބޯ އަޅާލައިގެންނެވެ.

” އަހަރެން ދުވަހަކުވެސ ޖުމާ އާއި ވަތްކެއް ނުވާނަން… ޖުމާ ނިކަން ވިސްނާލަބަލަ؟.. އަހަރެން ޖުމާ އާ ވަކިވެގެން ކިހިނެއް އުޅޭނީ؟… ޖުމާ އަކީ އަހަރެންގެ ދިރިއުޅުން… އަހަރެންގެ ހުރިހާވެސް އުފަލަކީ ޖުމާ… އަހަރެން އެހެން އަންހެނެއްދެކެ ދުވަހަކުވެސް ލޮތްބެއް ނުވާނަން… އަހަރެން ލޯބިވާނީ އަދި ލޯބިވަނީވެސް ހަމައެކަނި ޖުމާދެކެ… ހަމައެކަނި ޖުމާދެކެ.. ޖުމާ އަބަދުވެސް މިކަން ހަނދާން ކުރާތި….” ޝިޔާޒް ވަރަށް އަސަރާއިއެކު ބުންޏެވެ.

ޖުމާނާ ހުރީ ޝިޔާޒްގެ ދެލޮލަށް ބަލާށެވެ. ޝިޔާޒްގެ ދެލޮލުންވެސް ޖުމާނާ ދެކެ ޝިޔާޒް ލޯބިވާ ވަރު ޖުމާނާ އަށް ފާހަގަ ކުރެވުނެވެ. ޖުމާނާ މަޑު މަޑުން އިސްޖަހާލިއެވެ. ޝިޔާޒް ޖުމާނާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލިއެވެ.

” ޖުމާ؟…” ޝިޔާޒް ބުންޏެވެ. ޝިޔާޒް މަޑު މަޑުން ޖުމާނާގެ މޫނާއި ޝިޔާޒްގެ މޫނު ކައިރި ކުރަމުން ދިޔައެވެ. ” ޝިޔާޒް ކީއްވެ އަހަރެންދެކެ ތިހާ ބޮޑަށް ލޯބިވަނީ؟…” ޖުމާނާ ބުންޏެވެ.

” ޖުމާ އަހަންނަށް ރަނގަޅުވީމަ…… ޖުމާވެސް އަހަރެންދެކެ ލޯބިވާތީ އަދި ޖުމާ އަހަންނަށް ވަރަށް ރީތިވީމަ…” ޖުމާނާގެ މޫނުގައި ފިރުމަމުން ޝިޔާޒް ވާހަކަ ދެއްކިއެވެ.

” އަހަރެން ހަމަ އެހާ ރީތިތަ؟…” ޖުމާނާ އެހިއެވެ. ” ”އާނ… އަހަންނަށް ވަރަށް ރީތި އަހަރެން ނޫނަސް އެހެންމީހުންވެސް ބުނެއެއްނު، ޖުމާގެ ރީތިވާހަކަ…” ޝިޔާޒް އެހެން ބުނުމުން ޖުމާނާ ހިނިތުން ވެލިއެވެ.

ނަޖުވާ ކޮޓަރިއަށް ވަންއިރުވެސް ޝިޔާޒް އޮތީ ޖުމާނާގެ ހިޔާލުތަކުގެ ތެރޭގައެވެ. ނަޖުވާ ކޮޓަރިއަށް ވަންކަމެއް ޝިޔާޒް ނުދެނެހުއްޓެވެ. ޝިޔާޒްގެ މޫނަށް ބަލަންހުރެފައި ނަޖުވާ ގޮސް އެނދުގައި އިށީނެވެ.

” ޝިޔާޒް؟..” ނަޖުވާ ގޮވާލިއެވެ. ޝިޔާޒް ސިހުނެވެ. އަދި އަވަސް އަވަހަށް ނަޖުވާގެ މޫނަށް ބަލައިލިއެވެ. ” މިއަދު ކޮންހިޔާލެއް ކުރާ ދުވަހެއް؟…” ނަޖުވާ އެހިއެވެ. ” އަހަރެން އެބަ ހިޔާލެއް ކުރޭތަ؟…” ތެދުވެ އިށީންނަމުން ޝިޔާޒް ސުވާލު ކުރިއެވެ.  ” ނޭނގެ … މިއަދު ޝިޔާޒް އުޅެނީ ވަރަށް ފާޑަކަށް… އަހަންނަށް ހީވަނީ ޝިޔާޒް މިއަދު ކޮންމެވެސް ޙިޔާލެއް އެބަ ކުރޭހެން… އަހަންނަށް ކަމެއް ސިއްރު ކުރަނީތަ؟…” ނަޖުވާ އިނީ ހިސާބަކަށް ހިންހަމަ ނުޖެހިފައެވެ.

” އަހަރެން ނަޖޫ އަށް ކޮންމަކެއް ސިއްރު ކުރާނީ؟….. އަހަރެން ނަޖޫ އަށް އަބަދުވެސް ހުރިހާ ވާހަކައެއް ކިޔައިދެމެއްނު…. އަހަރެންގެ އެއްވެސް ކަމެއް ނަޖޫ އަށް ސިއްރެއްނުކުރަން..” ޝިޔާޒް ބުންޏެވެ.

” ޝިޔާޒް އަހަންނަށް ދޮގުނުހަދައްޗޭ!… އަހަރެން ޝިޔާޒް ދެކެ ވަރަށް ލޯބިވޭ….” ނަޖުވާ ޝިޔާޒް ކައިރީގައި އިށީދެ، ޝިޔާޒްގެ ކޮނޑުގައި ބޯ އަޅާލިއެވެ. އެވަގުތު ޝިޔާޒް އަށް ފުންނޭވާއެއް ލެވުނެވެ.

 

– ނުނިމޭ-

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shiya

Other Articles

Previous

އިންތިހާޔަށް (12ވަނަ ބައި)

Next

މަލަކާ (16ވަނަ ބައި)

Next
January 13, 2017

މަލަކާ (16ވަނަ ބައި)

Previews
January 12, 2017

އިންތިހާޔަށް (12ވަނަ ބައި)

10 Comments

  1. m says:
    January 13, 2017 at 7:48 am

    v reethi story…

  2. hyny says:
    January 13, 2017 at 8:32 am

    kurin up kuri vaahaka up kurunn huttaaly thrr????

  3. Viina says:
    January 13, 2017 at 8:40 am

    Reethi

  4. Brainless says:
    January 13, 2017 at 8:50 am

    I think huhtaalee kan neynge..??
    Anyways mi vaahaka reethi..

  5. nadhy says:
    January 13, 2017 at 11:20 am

    Dhenn kniraku aneh bai nikunn naanii
    V reethi MI vaahaka ????

  6. Zayan says:
    January 13, 2017 at 11:41 am

    Shiya Love u babes, mail Id kiyaalabala

  7. Bad girl says:
    January 13, 2017 at 1:50 pm

    Not bad

  8. faathun says:
    January 13, 2017 at 11:01 pm

    Haadha lahey vaahaka upload kuraaleh mihaaru Thi vaahakaage inthixaar ga MI hunn nanii

  9. fathun says:
    January 14, 2017 at 8:00 am

    V reethi dhn kn irakun up kuranee

  10. Dhondhooni says:
    January 14, 2017 at 7:35 pm

    Vafaatheri maveemey story keehve up nukurany? miveegothu mivaahakaves hiehnuve kiyaalan libeyneheneh….anekkaa ves new srory eh hen heevany up kuraany…

Comments are closed.

All Right Reserved!