Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެވިއްސާރަ ރޭ… ހަތަރުވަނަބައި

nizam
January 14, 2017
3 Mins Read
36 Views
13 Comments

ނަސީބު އެހީވި ނިޝާމު އާ އެއްކޮޅަށެވެ. އެއްމަސް ދުވަހުގެ ޗުއްޓީ އޮފީހުން ހަމަޖެހިގެން ދިއުންވީ ނީޝާމުގެ އިތުރުން އަހަރެންގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނު ކަމަކަށެވެ. އަދި ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެ ދުވަހުން ދުވަހަށް ދަތުރުގެ ހުރިހާ ކަމެއް ނިންމާ ދަތުރަށް ތަތްޔާރު ވީމެވެ.

އެގޮތުން ޖެހިގެން އައި ރޭ އަހަރެމެން ނ.މަނަދޫ އަށްދާން ދަތުރު ފެށީމެވެ. ވައި މަޑު ހަނދުވަރު ދޭ ރީތި ކަނޑު މަޑު ރެއެއް ނަމަވެސް ހިސާބަކަށް އުޑުމަތީ ވިއްސާރަ ކުލަވަރު ހުރުމުން އަހަރެން އެކަމާ ދެރަވެ ކަން ބޮޑުވިއެވެ. އެހެނަސް އުފާކުރީމެވެ. އެއީ ނީޝާމުގެ މަންމަމެންނާ ބައްދަލު ވެވޭތީ އެކަމުގެ އުފަލެވެ. އަހަރެން އިނީ ބަލިވެ ކަމުން ނީޝާމު އަހަރެން ނަށް ވަރަށް ވެސް ރަނގަޅެއެވެ. އެންމެ ވަގުތު ކޮޅަކަށް ވެސް އަހަރެންގެ ގާތުން ދުރަކަށް ނުދެއެވެ.

އަހަރެންނަކީ ކަނޑު މައްޗަށް ބަލި މީހެއްކަން ކުރިން އެނގިފައި އޮތުމުން ހޮޑުލެވޭ ކޮންމެ ފަހަރަކު ފެން ގެނެސް ދީ ހަދައެވެ. އެފަދަ ދަނޑި ވަޅެއްގައި ފިރިއެއްގެ ފަރާތުން އަތްބަކަށް ލިބެން ޖެހޭ ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމަ ގޮތުގައި އަހަރެންނަށް ނީޝާމު ދެމުން އައީ އެއްވެސް ޝަކުވާ އެއް އަދި ފޫހިކަމެއް ވެސް ނެތިއެވެ. އެއީ ނަމޫނާ ފިރި އެކެވެ.

ނީޝާމު ފަދަ ފިރިން މިޒަމާނުގަ ދުނިޔެ މަތީ މަދު ވާނެއެވެ. އަހަރެން ނީޝާމު އާ ދޭތެރޭ ފަޚުރުވެރި ވަމެވެ. އަދި ނީޝާމު ކަހަލަ އޯގާތެރި އިޚުލާސްތެރި ރަނގަޅު މީހަކު ޚަޔާތުގެ ބައިވެރި އެއްގެ ގޮތުގައި އިޚުތިޔާރު ކުރެވުނީތީ ހެއްދެވި ފަރާތަށް އަހަރެން ޝުކުރު ކުރީމެވެ.

ނަމަވެސް މަންޒަރު ބަދަލު ވީ ހަމަ ކުއްލި އަކަށެވެ. ހަނދު ވަރުގެ ރީތި އަލިން ޖަރީވެފައި އޮތް އުޑުމަތި ނުސާފުވެ ވައިބާރު ކޮށްލުމާ އެކު ވިއްސާރަ ވިލާ ތަކުން މުޅި އުދަރެސް ވަށާލިއެވެ. ހިނދު ހިނދު ކޮޅަށް ގަދަ ވަމުން ދިޔަ ކަނޑާއި ބާރު ވަމުން ދިޔަ ވައިގެ ނަތީޖާ އަކަށް ވީ ވާރޭ ވެހެން ފެށުމެވެ. ކަނޑު ގަދަކަމުން ހީވަނީ ދެންމެ ދެންމެ ދޯނިވެސް ބަންޑުން ޖަހައިލަފާނެ ހެންނެވެ. އެހިނދު ބައްދާ ލެވުނީ ގާތުގައިން ނީޝާމު ގެ ގައިގައެވެ. އެވަގުތު ކެއްތެރި ވުމަށް ނީޝާމު އަހަރެންނަށް ހިއްވަރު ދިނެވެ. ދެރަގޮތެއް މެދުވެރި ނުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

އެހެނަސް ކަންތަށް ނިމިގެން ދިޔައީ ބަސް ބުނާހާ އަވަހަށެވެ. މީހުންގެ އިތުރުން ފިލައިން ބަރު ކުރެވިފައިވާ ދޯންޏަށް ވެސް ކިޔަމަން ނުވެ ހުޅިލައި ނަގަމުން ދިޔަ ކަނޑުގެ ބިޔަ ރާޅުތަށް ކަފަމުން ކުރިޔަށް ދުވެ ދުވެ އޮތް ދޯނި ކުއްލި އަކަށް ހުއްޓުނެވެ. ވާން މިއުޅެނީ ކިހިނެއް ކަމެއް ނޭނގޭ ހާލު ދޯނީގައި ތިބި އެންމެން ކަހަލަ ގޮތަކަށް ބަސް ހުއްޓިފައި ތިބި އިރު ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހާސްކަމާ ނުތަނަވަސް ކަމެވެ. އެ މީހުންނެކޭ އެއްފަދައިން އަނގަ އިން ބަސް ހުސްވެ ބުނާނެ އެއްޗެއް ނޭންގިފައި އަހަރެންނަށް ވެސް އިނދެވުނީ ހުއްޓުން އަރާ ފައެވެ. އެވެސް ކުޑަ ހިނދު ކޮޅަކަށެވެ.

އަޑުން އަޑު ނަގައި ރޮއެ ގަނެވުނީ ދޯނީގެ ކެޔޮޅު ބުނި އެންމެ ޖުމުލަ އެއްގެ ސަބަބުންނެވެ. ދޯނީގެ އިންޖީނު ހަލާކުވެ ދޯނީގެ މައި ވަތުގެ އުނގުރި ލުހި ދިޔަވަމުން ދާތީ ކޮންމެ މީހަކުވެސް އެ މީހެއްގެ ސަލާމަތް ހޯދުމަށް ބުނުމުންނެވެ. އެ ވަގުތު މީހުންތަށް ތެދުވެ ދޯނިގެ އެކި ކޮޅު ކޮޅު މަތީ ހަރަކާތްތެރި ވާންފެށިއެވެ. އަދި ކެޔޮޅުގެ އެދުމަށް ފަޅުވެރިން ވެސް ދިޔަ ހިއްކުމުގައި އަވަސްވެ ގަތެވެ. ނަމަވެސް ފަޅުވެރިންނަށް އެއް ކަމެއްވެސް ނުކުރެވުނެވެ. ކުއްލި އަކަށް ނެގި ބިޔަ ރާޅު ދޯނި ތެރެޔަށް ބިންދާ ލުމާއެކު އިތުރަށް ދޯނި ތެރެ ފެން ބޮޑުވެ ދޯނި އަޑިޔަށް ދާންފެށިއެވެ. ކާކުގެ ބަދު ނަސީބެއް ކަމެއް ވެސް ނޭންގެއެވެ. ދޯނީގަ ސަލާމަތީ އެއްވެސް އެއްޗެއް ނެތެވެ.

އެހެންކަމުން ދޯނީގައި ތިބި އެންމެން ވެސް ޚިޔާރު ކުރީ އޭރު ދޯނި ތެރޭގަ ތަރުތީބެއް ނެތި ދެކޮޅަށް އޮޔާ ވަޔާ ދުވެ ދުވެ އޮތް ފިލައި ތަކުން ފިލައި ގަނޑެކެވެ. ހާލަތު ނިޔާ ކުރި ގޮތުން އަހަރެން ވެސް އެތަނުން ފިލައި ގަނޑެއްގެ އެހީ ހޯދީމެވެ. އޭރު ނީޝާމު ވެސް އޮތީ ފިލައި ގަނޑެއްގެ އެހީގައި އަހަރެންގެ ކައިރީ އަހަރެންގެ އަތުގައި ހިފައިގެންނެވެ.

އެގޮތުގައި ތިބެވުނީ ކިހާ އިރަކު ކަމެއްވެސް ނޭންގެއެވެ. އެހެނަސް އެނގުނު ހާވެސް ކަމަކީ އަހަރެން އަދި ނީޝާމަށް ވެސް މި ތިބެވެނީ މާސިންގާ ކަނޑު މަތީ ކަމެވެ. އަދި އަހަރެމެން ދަތުރު ކުރި ދޯންޏާ ދޯނިން އައި އެއްވެސް މީހެއްގެ ޚަބަރެއް އަދި ހިލަމެއް ވެސް އެތާ ކައިރިން ނުވާ ކަމެވެ.

އޭރުވެސް ވެހެމުންދާ ވާރެޔަކަށް ބަދަލެއް ނާދެއެވެ. ވިދާލައި ކޮންމެ ފަހަރަކު ޖަހައިލައި ގުގުރިން ކަންފަތް ފަޅައިގެން ދާވަރު ވެއެވެ. ގުގުރާލާ އިރު އެ ވިދާލާ ވިދުވަރުގެ އަލި ފިޔަވައި ދުރުން ވިއަސް އަލި ކަމުގެ ކަންފުޅެއް ވެސް ނުވެއެވެ. އެހެންކަމުން ޖެހެމުންދާ ބާރު ވަޔާއެކު ވެހެމުންދާ ބޯ ވާރެ ތެރޭ ކަނު އަނދިރީގަ މާސިންގާ ކަނޑު މަތީ ދެވޭ ނުދެވޭ ތަނެއް ނޭނގި އަހަރެމެން ތިބީމެވެ. ތަޤުދީރާ ދެކޮޅަށް ކުރެވާނެ އިތުރު ކަމެއް ނެތީމައެވެ.

ކުއްލި އަކަށް ވިދާލި ވިދުވަރާ އެކު ޖަހާލި ގުގުރިން ސިއްސައިގެން ގޮސް ނީޝާމުގެ އަތުން އަހަރެންގެ އަތް ދޫވިއެވެ. އެހިނދު ނީޝާމު އަހަރެންގެ އަތުގައި ހިފަން ވަރަށް މަސައްކަތް ކުރިއެވެ. އަހަރެން ވެސް އަތަށް ބާރުލައި ކުރިޔަށް ޖަހައި ގަތީމެވެ. އަހަރެން ބޭނުންވީ ކޮންމެ ޚާލެއްގައި ވިޔަސް ނީޝާމު އާ ވަކި ނުވުމަށެވެ.

އެހެނަސް އަހަރެން ބަލަ ބަލާ އޮށްވާ އެކަނު އަނދިރި ތެރެއިން އަހަރެންނަށް ނީޝާ ގެއްލުނީއެވެ. އެހިނދު އަހަރެންގެ ގައިން ވަރު ދޫވާހެން ހީ ވިއެވެ. ލޯ ފުސްވަމުން ގޮސް ވަރު ބަލި ކަމާއެކު ދެ ލޯ މެރުނީ ހިތާ ދެކޮޅަށެވެ. އެހިނދު ވީ ގޮތެއް ޚުދު އަހަރެން ނަކަށް ނޭންގުނެވެ.

ނުނިމޭ

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

nizam

Other Articles

Previous

ވޭނީ ކަރުނަ…2 ވަނަބައި

Next

ވީލޯބިން (1)

Next
January 14, 2017

ވީލޯބިން (1)

Previews
January 14, 2017

ވޭނީ ކަރުނަ…2 ވަނަބައި

13 Comments

  1. Nn says:
    January 14, 2017 at 10:53 am

    Kuru viyas bodu varu dhen mee.. dhamakun badi eh jahaa hen update kuraa vahaka eh..ekam kuraa iru ves fukeh varuge than kolheh..nuvaa varun dhen nukuran v nu

  2. ♥♥♥♥♥ says:
    January 14, 2017 at 11:00 am

    Haadha kureyy..
    Vaahaka vrh nice.. dhigukoh liyedhybr please

  3. mary says:
    January 14, 2017 at 11:46 am

    Nn thi bunee v rangalhu vahakaeh damakun badieh migotha vahka niliuneeyaa vanee rangalhu

  4. maree says:
    January 14, 2017 at 12:01 pm

    V reethi vaahaka

  5. sssss says:
    January 14, 2017 at 12:32 pm

    Vrah foohi nuliyebala liyan nukerenyaa

    1. Anonymous says:
      January 14, 2017 at 1:10 pm

      VV reethi mi vaahaka thihen nubuneveyne nuliyaashey foohivanyaa nukiyaa meemivaahakaige furathama part noon 4 vana part 1 part kiyaaleemaves engeyne dho foohikan

  6. Shaai says:
    January 14, 2017 at 1:43 pm

    Anonymous bunaHen vaahka ryrhi…

    Masssalayaki liyefa in than kolhuves ma kuri.

  7. Mimmi says:
    January 14, 2017 at 4:17 pm

    Vaahaka reethi..ekam maa bodah vs kureee ehaaa dhuvahun update kuraairuga..good luck

  8. Samee says:
    January 14, 2017 at 6:22 pm

    Haadha kurey

  9. naan says:
    January 14, 2017 at 6:29 pm

    Vaahaka v reethi kuda thankolheh vaahaka dhigu kohlevi dhaanetha

  10. mary says:
    January 14, 2017 at 8:33 pm

    V reethi.

  11. nizam says:
    January 14, 2017 at 11:59 pm

    hurihaa kiyuntherin thi faalhukurevvi hiyaalu fulhu thakah fahfashun shukuriyyaa. iraadha kureviyyaa kuriyah oih bai thah dhigu kureveythoa balaanan…

  12. afzalzenith30 says:
    January 15, 2017 at 12:58 pm

    Maakury thankolheh dhigukohlun edhen. Mee abadhves kurevey suvaaleh hithutherey. Ekam mifaharu hama keh nuvehen faalhukohly

Comments are closed.

All Right Reserved!