Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެވިއްސާރަ ރޭ… ހަތްވަނަބައި

nizam
January 21, 2017
4 Mins Read
39 Views
1 Comment

ލީޝް ތެދު ވުމަށްފަހު ފުރަތަމަ ވެސް އޭނަގާތު އޮތް ޝާހިރުގެ ގައިގާ ބައްޕާ އޭ ކިޔާ ބައްދައި ލިއެވެ. ޝާހިރަށް ލީޝް ކިޔަނީ ބައްޕަ އެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައި އިރުވެސް ލީޝް އަށް ފެންނަމުން އައީ ޝާހިރު ކަމަށް ވެފައި މިހާރު އޭނަގެ ބައްޕަގެ މަޤާމު ގައި ހުރި މީހަކީ ވެސް ޝާހިރު ކަމަށް ވީތީއެވެ. ޝާހިރު ދަރިފުޅާ ލޯބި ކޮށްލުމަށް ފަހު ގޮސް ވަނީ ފާހަނަ އަށެވެ. އަހަރެން ދިޔައީ ދަރިފުޅު ގޮވައިގެން ބަދިގެ ފަރާތަށެވެ.

ހަވީރުގެ ވަގުތެވެ. ދެ އަވަށު މީހުންގެ މެދުގައި ފުޓުބޯޅަ މެޗެއް ކުޅޭތީ ޝާހިރު ވީ ޓީމާ އެކީ ދަނޑަށް ގޮހެވެ. ޝާހިރަކީ ދިވެހި ފުޓުބޯޅަ ޔަށް މަރު ދޭ މީހެކެވެ. ރަށުގައި އެހެން ހުންނަ ދުވަސް ދުވަހު ވެސް ހުންނާނީ ހަވީރު ނުވެގެންނެވެ. ގަޑިން ހަތަރެއް ޖަހާނީ ދަނޑު ގައި ހުއްޓައެވެ. ފުޓުބޯޅަ ޔަށް ޝާހިރުގެ ހިތުގައި ދެވިފައި ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

އަހަރެން ވެސް ރީތި ވެލުމަށް ފަހު ދަރިފުޅު ގޮވައިގެން ދިޔައީ މެޗު ބަލައި ލުމަށެވެ. އޭރު ޓީމަށް ހިއްވަރު ދިނުމަށް ޓަކައި ދެ އަވަށުގެ އެކި ފުރަ ފުރައިގެ މީހުން ދަނޑު ވަށައިގެން ތިއްބެވެ. އަހަރެން ވެސް ކުޅޭތަން ފެންނާނެ ހެން ދަނޑު ކައިރިން ހުސްޖާގަ އެއް ހޯދާ ލުމަށް ފަހު އެތާ މަޑު ކޮށްލީމެވެ.

ދެ ޓީމުން ވެސް ކުޅެމުން ދިޔައީ ވަރަށް ޖޯޝުގައެވެ. އެއް ވެސް ބަޔަކު ތިބީ އަނެއް ބަޔަކަށް ދޫ ދޭ ގޮތަކަށް ނޫނެވެ. ކޮންމެ ބަޔަކު ވެސް ބޭނުން ވަނީ އެ ބަޔެއްގެ ޓީމް މޮޅު ވުމަށެވެ. ހަމަ އެހެންމެ ދެ އަވަށުގެ މީހުން ވެސް އެ ބައެއްގެ ޓީމަށް ސަޕޯރޓު ކޮށް ހިއްވަރު ދެމުން އައީ ވެސް ހަމަ އެހާމެ ފޯރީގައެވެ.

ދެ އަވަށުގެ މެދުގައި އޮންނަ ވާދަ ވެރި ކަމެއްގެ ބޮޑު ކަމުން ވެސް ކަން ނޭންގެއެވެ. ބައެއް ފަހަރު ހީވަނީ ދެ ޓީމުގެ ސަޕޯރޓަރުން ވެސް އެއްބަޔަކު އަނެއް ބަޔެއްގެ ގަޔަށް އަތްލައި ދެންމެ ދެންމެ ހިފައި ގެންފާނެ ހެންނެވެ. އެހާ ވެސް ފޯރި ގަދައެވެ. އެ ކަން އަހަރެންނަށް ވީ މަޖާ ކަމަކަށެވެ. އަދި އެ މަންޒަރު ފެނިފައި ލީޝް ވެސް ހުރީ މަޖާ ވެފައެވެ.

އިރު ކޮޅެއްނުވެ ފުރަތަމަ ހާފު ނިމުނުކަން އިޢުލާން ކުރިއެވެ. އެހެން ކަމުން އަހަރެން ދަރި ފުޅު ގޮވައިގެން އެތަނުން ދުރަށް ދިއުމަށް ޓަކައި ފަހަތަށް އެނބުރިލީ ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންނާ ޖެހިގެން ކަހަލަ ގޮތަކަށް ތިބި ދެ ފިރެހެނުންނެވެ.

އޭރު އެތަނުން އެކަކު ހުރީ ކަޅި ވެސް ޖަހައި ނުލައި އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން އަޅާވެސް ނުލަމެވެ. ނޭންގޭ ކަމަށް ހަދާފަ ދަރިފުޅު ގޮވައިގެން މީހުން ގަނޑުގެ ތެރެއިން ނުކުމެ ބާރު ބާރަށް ހިނގާފައި ގޮސް ދަނޑާ ތަންކޮޅެއް ދުރުގައި ހުރި މިދިލި ގަހެއްގެ ދަށުގައި އަހަރެން މަޑު ކޮށްލީމެވެ.

އަދި އެ މީހަޔަށް ނޭންގޭނެހެން ދަނޑާ ދިމާލަށް ބަލާ ކަމަށް ހަދާފަ ވައް ކަޅިން އެ މީހަޔަށް އަހަރެން ބަލައި ލީމެވެ. އޭރުވެސް އެމީހާ ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައި ގެންނެވެ.

އަހަރެން ކުޑަކޮން ބިރު ގަނެ ހާސްވާ ގޮތް ވިއެވެ. އެމީހާ އެވަރަށް އަހަރެންނާ ދިމާލަށް އެ ބަލަނީ ކިހިނެއްވީ ބާ އޭ އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ އެ މީހަކު އަހަރެން ދަންނަނީ ބާވަ އޭ ވެސް ހިތަށް އެރިއެވެ.

އެހެން ހިތަށް އަރާ ހުއްޓާ އެމީހާ އަހަރެންނާ ދިމާލަށް ހިނގައިފައި އަންނަ ތަން ފެނުމުން އިތުރަށް އަހަރެން ހާސް ވާން ފެށިއެވެ. ހަދާނެ ގޮތް ހުސްވިއެވެ. ނިއްކުރި މަތިން އޮށްދާ ހިއްލަން ވެސް ފެށިއެވެ. އެއީ އަނެއްކާ ކާކު ބާއެވެ؟ އެއީ ކޮންމެ މީހަކަށް ވިޔަސް ހެވެ.

އަހަރެން އޭނައެއް ނުދަންނަމެވެ. އަދި ހިތުގައިވާ ބިރުވެރިކަމާ ހާސްކަން ފިލުވާލައި ނިއްކުރި މަތީ ހުރި ދާތައް އަތުން ފުހެލަމުން އަހަރެން ހަމަ ޖެހިލާ ކަމަށް ހަދައި އެމީހަޔަށް ނުބަލަން ވެގެން އަނެއް ފަރާތައް އެނބުރި ލީމެވެ.

ނަމަވެސް އޭރު ވެސް އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ނަސީބެއް ވެސް ކަން ނޭންގެއެވެ. ހަމަ އެވަގުތު ދަރިފުޅު ގެޔަށްދާން ރޯންފެށިއެވެ. އެހެން ކަމުން އެތާ މަޑު ނުކޮށް އަހަރެން އަވަސް އަވަހަށް އައީ ގެޔަށެވެ.

ގަޑިން ނުވަގަޑި ބައި ވެސް ބޮޑުވެ ހިނގައްޖެއެވެ. ދަރިފުޅު ނިންދަވައި ލުމަށް ފަހު ކޮޓަރީގަ ހުރި ޖަގު ހިފައިގެން ޖަގަށް ފެން އެޅުމަށް ޓަކައި ބަދިގެޔަށް ވަތް ވަގުތު ހެނދުނަށް ރޮށި ފިހާނެ ފުއް ނެތްކަން ހަނދާން ވުމުން ޖަގު ބަދިގެ ތެރޭގަ ބަހައްޓައި ލުމަށް ފަހު ފިހާރަތަށް ބަންދު ކުރުމުގެ ކުރިން އަހަރެން ދިޔައީ ފުއް ގަންނަން ގެ ކައިރި ހުރި ފިހާރަ ޔަށެވެ. ހަނދުވަރުގެ ރީތި އަލިން މުޅި ރަށުތެރެ އޮތީ އެކީ އެކަށް ޗަކަށް ދިއްލައި އަޅައި ފައެވެ.

ވަގުތުގެ ގޮތުން މަގުމަތީ މީހުން ވެސް ވަރަށް މަދެވެ. އެހެނަސް މަދު މަދުން މީހުން މަގުމަތިން ފެނެއެވެ. ފުއްގަނެގެން ފިހާރައިން ނުކުމެ ދެތިން ފިޔަވަޅު ވެސް އަހަރެން ނަކަށް ނޭޅެއެވެ. ކުއްލި އަކަށް އަހަރެންގެ ކުރި މަށްޗައް މީހަކު އައިސް ހުއްޓުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

އެވަގުތު އަހަރެން އެ މީހަޔަށް ބަލައިލި އިރު އެއީ މިއަދު ހަވީރު ވެސް ދަނޑު ކައިރިން ފެނުނު މީހައެވެ. މިފަހަރު ބިރު ގަތުމުގެ ބަދަލުގަ އަހަރެންގެ ގާތަށް އައީ ރުޅިއެވެ.

“ކޮބައިތަ ކަލޭގެ ބޭނުމަކީ؟ ކިހިނެއް ވެގެންތަ ތިއުޅެނީ އަހަރެންގެ ފަހަތުން އަޅައި ގަނެގެން ނެއްޓެއް ނޭންގިގެން؟ މަ ނޫނީ މިރަށުން ހައްދާލައިނެ ކުއްޖަކު ނުފެނުނީތަ؟ ތަނަކުން ރީތި އަންހެން ކުއްޖަކު ފެންނަ އިރަށް ކަލޭމެން ނަށް ހީވަނީ ދޯ ކަލޭމެން ފުއްޓަތްކެއް ޖަހާލާ އިރަށް ކަލޭމެންގެ ފަހަތުން އެކުއްޖަކު ދާނެޔޭ؟”

އެވަގުތު އަހަރެންނަށް ހިއްވަރު ލިބުނީ ކިހިނެތް ކަމެއް ވެސް ނޭންގެއެވެ. އެ މީހަޔަށް އެއްޗެއް ބުނާނެ ފުރުސަތެއް ވެސް އަހަރެން ނުދެމެވެ. އަހަރެން ބޭނުން އެއްޗެއް ކިޔައި ލުމަށް ފަހު އެ މީހަޔާ ދިމާލަށް ބަލައިލި ވެސް ނުލައި ބާރު ބާރަށް ހިނގައިފައި އަހަރެން އައީ ގެޔަށެވެ.

*** *** ***

ދުވަސްތައް ހަލުއި ކަމާއެކު ފާއިތު ވަމުން ދެއެވެ. މިހާރު އަހަރެން މީނީ ޝާހިރުގެ ދަރި އަކަށް ބަލި ވެއެވެ. އެކަމާ ޝާހިރުގެ އާއިލާ އަހަރެންނަށް މަރުޚަބާ ކިއެވެ. އުފަލުން ގޮސް ޝާހިރަށް ވެސް ހެދޭ ނުހެދޭ އެއް ވެސް ނޭންގެއެވެ.

މީރުހެން ހީވާ އެއްޗެހި ގެނެސް އަހަރެންނަށް ކާންދޭން ފެށިއެވެ. މޭވާ އާ ތަރުކާރީ އެވެ. ފަލަމަޑީގެ ބާވަތް ތަކާއި ހަށިގަނޑަށް ފައިދާ ވާ ކަހަލަ ބުއިން ތަކެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ.

ދަރިފުޅާއި މައިމީހަގެ ސިއްޚަތު ރަނގަޅު ކޮށް ބެހެއްޓުމަށް ޓަކައި ބޭނުން ވާނެ ހެން ހީވާ ހުރިހާ އެއް ޗެކެއެވެ. ޝާހިރު އެހެން އުޅެން ފެށުމުން އަހަރެންގެ ގާތަށް ހިނި ވެސް އައެވެ. ޑޮކުޓަރެއް ވެސް އެހާ ތަފުސީލު ކޮށް މާބަނޑު މީހަކަށް ބޭނުން ވާނެ ތަކެތީގެ ލިސްޓެއް ނުދޭނެ ކަން އަހަރެން ނަށް ހަމަ ޔަޤީނެވެ.

ނުވި ތާކަށް އަހަރެން ގޭގަ ކުރަމުން އައި މަސައްކަތް ތަށް ވެސް ކުރުން އަހަރެން ނަށް މަނާ ކުރިއެވެ. އަދި އެ ހުރިހާ މަސައްކަތް ތަކާއި ލީޝް ގެ ވެސް ހުރިހާ ކަމެއް މަންމަ ޔާ ހަވާލު ކުރި އެވެ. މާ ބޮޑަށް ހެލި ފެލި ވެ އުޅެން ހަދައިގެން ބޭބީ އަށް ގޮތެއް ވެދާ ނެ ކަމަށް ބުނެއެވެ. ޝާހިރު ބޭނުން ވަނީ އަހަރެން ވިހާ ގަދަ ވަންދެން އެއްވެސް މަސައްކަތެއް ނުކޮށް އަރާމު ކުރުމަށެވެ.

އެހެނަސް އެގޮތެއް އަހަރެން ނަކަށް ކަމަކު ނުދިޔައެވެ. ޝާހިރުގެ އެ ނިންމުމަށް މަންމަޔާ ބައްޕަގެ އެއްވެސް ޝަކުވާ އެއް ނެތް ނަމަވެސް ގޭގަ ކުރަން ޖެހޭ ހާ މަސަތް ކަތެއް ކޮށްފައި އަނެއް ކޮޅުން ލީޝްގެ ހުރިހާ ކަމެއް ކުރަން ޖެހުމުން މަންމަ ޔަށް ވާނެ އުނދަގޫ އަހަރެން ނަށް އިހުސާސް ކުރެވޭ ތީ އެވެ.

އަންހެނުންނަކީ ހަށިގަނޑު ގެ ގޮތުން ބެލި ޔަސް ވެސް ނިކަމެތި ބަޔެކެވެ. ދުވާލު ދާ ހަތަރު ދަމު ހަށިގަނޑަށް އެއްވެސް އަރާމެއް ނުދީ ހުއްޓާ ނުލައި ސައުވީސް ގަޑި އިރު ފިރެހެނުން މަސައްކަތް ކުރި ޔަސް އެ ގޮތަށް އަންހެނުން ނަކަށް މަސައްކަތެއް ނުކުރެވޭނެއެވެ.

އެހެންކަމުން ބުރަކޮން މަސައްކަތް ނުކުރި ނަމަވެސް ބަދިގެ ތެރޭގައި މަންމަ ޔަށް ކުދި ކުދި ކަން ކަމުގައި އަތް ގާތް ކޮށްދީ ހަދަން އަހަރެން އެދުނީމެވެ. އެކަމާ ވެސް ޝާހިރު ހިތްހަމަ އެއް ނުޖެހުނެއެވެ. އެހެނަސް އަހަރެން ކުރު ނުކޮށް ކިޔަން ފެށުމުން އާ ބަސް ބުނީއެވެ. ނަމަވެސް ބޭބީ އަށް އެއްވެސް ގޮތަކުން ކަމެއް ވެގެން ނުވާނެ ކަމަށް ޝަރުތު ވެސް ކޮށްފައެވެ.

ހުކުރު ދުވަހެއްގެ މެންދުރު ވަގުތެވެ. އާދައިގެ މަތިން މަންމަ އުޅުނީ ޝާހިރުމެން ހުކުރުން ފައިބައިގެން އަންނަންވާ އިރަށް ކާ އެއްޗެއް ތަތްޔާރު ކުރުމުގައި ބަދިގެ ތެރޭގައި އަވަދި ނެތިއެވެ. އޭރު ލީޝް އިނީ ސިޓިންރޫމު ތެރޭގަ ކުޅޭށެވެ. ކެއްކު މައިގެން މަންމަ އުޅުނު އިރު އަހަރެން އުޅުނީ ކާގެ ތެރެޔާއި މޭޒުމަތި ހަމަޔަކަށް އެޅުވުމު ގައެވެ.

ކުއްލި އަކަށް ސިޓިންރޫމު ތެރޭގަ ކުޅެން އިން ލީޝް ރޮއެގަތް އަޑަށް ދަރިފުޅާ އޭ ކިޔާ ދުވެފާ ކަހަލަ ގޮތަކަށް ކާގެ ތެރެއިން އަވަހަށް ނިކުންނަން ހަދައިގެން އަހަރެންނަށް ފައި އެޅުނު ގޮތަކުން ކަހާލައިގެން މުށިތައް މަށްޗަށް ވެއްޓެން ދާން ދިޔަ ބާރު މިނުގަ އަހަރެންގެ އަތުންޖެހި މޭޒު މަތީ ބަހައްޓައިފަ ހުރި ބިއްލޫރި ތަށިތައް ވެއްޓި ތަޅައިގެން ގޮސް މުޅި ތަނަށް ބިއްލޫރި ތައް ބުރައިގެން ދިޔައެވެ. އެ އަޑަށް މަންމަ ވެސް ދުވެފައި އައިސް ކާ ގެ ތެރެޔަށް ވަނެވެ. އެވަގުތު ފެނުނު މަންޒަރުން މަންމަޔަށް ހުރެވުނީ ހައިރާންވެ ދެ ލޯ ބޮޑު ވެފައެވެ.

ނުނިމޭ

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

nizam

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (11)

Next

ހިތް ބޭނުމޭ… 17

Next
January 21, 2017

ހިތް ބޭނުމޭ… 17

Previews
January 21, 2017

ފިރިމީހާގެ ހައްޤުގައި (11)

One Comment

  1. cham says:
    January 22, 2017 at 9:43 am

    Nice….

Comments are closed.

All Right Reserved!