އޭނަ ޢުމުރުގެ ގޮތުން ޒުވާން ވިޔަސް ﷲ ގެ ޙަޟްރަތަށް އަނބުރާ ދާ ދުވަސް ނުހަނު ގާތްހެން އޭނައަށް ހީވާން ފެށީތީވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝިޔާއަށް ދީނާއިމެދު އިތުރަށް އުނގެނެން ވެސް ފެށިއެވެ. އުނގެނެމުން ދިޔަ ވަރަކަށް އޭނަގެ ތަޣައްޔަރުވެފައިވި ވިސްނުން ވެސް ސާފުވަމުން ދިޔައެވެ. އޭނައަށް ހީވީ އޭނައަށް މި ހުރިހާ ދުވަހު އޭނަގެ ވަށައިގެންވި ދުނިޔެ ފެންނަމުން ދިޔައީ ފުސްކޮށްހެންނެވެ. އެހެނަސް ﷲ ގެ ބަސްފުޅު އުނގެނެން ފެށުމުން އޭނައަށް ހުރިހާ ކަމެއް ސާފުކޮށް ފެންނަން ފެށިއެވެ. ހެވާއި ނުބައިގެ ތަފާތު ދުވާލާއި ރޭގަނޑު ފަދައިން ފެންނަން ފެށިއެވެ. އޭނައަށް މި އަގުހުރި ހިދާޔަތް ދެއްކެވީ ހަމައެކަނި ﷲ ކަން އެނގުންވާ ހިނދު ﷲ އަށްޓަކައި ވެސް ޝިޔާގެ ހިތުގައި ލޯތްބެއް އުފެދެމުން ދިޔައެވެ. އެކަލާނގެއާއިމެދު އިތުރަށް އުނގެނެމުން ދިޔަ ވަރަކަށް އެ ލޯބި ފުންވަމުން ގޮސް އޭނަގެ މުޅި ހިތް އެ ލޯބިން ފުރިގެން ދިޔައެވެ. އެއަށްފަހު އޭނަ ޙަޔާތުގައި އަޅާ ކޮންމެ ފިޔަވަޅެއް އަޅަން ބޭނުންވީ އެންމެ މަޤްޞަދަކަށްޓަކައެވެ. ﷲ އަށްޓަކައެވެ.
އެހެންކަމުން ދުވަސްކޮޅަކަށް ޝިޔާ އައިމަން މަތިން މުޅިންހެން ހަނދާން ނެތޭ ގޮތްވިއެވެ. އަމިއްލައަށް ހެޔޮ ކަންތައްކޮށް އެހެން މީހުންނަށް ވެސް ހެޔޮ ބަހެއް ފޯރުކޮށްދިނުމުގައި އަވަދިނެތިވެގެން ދިޔުމުން އެ ހަނދާންތަކާއި ދުރުވެވުނީއެވެ. ދޭތެރެއަކުން އެފަދަ އިޙްޞާޞްތައް ހިތުގައި އުތުރު އެރިޔަސް ޝިޔާ މަދަދަށް އެދެނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނަގެ ހިތަށް ސާބިތުކަން ދެއްވުމަށް އެދި އޭނަ ﷲ އަށް ދުޢާ ދަންނަވައެވެ. އަދި އޭނަގެ ހިތުގައި އެކަލާނގެ ރުހިވޮޑިގެންނުވާ އެއްވެސް މީހަކަށްޓަކައި ލޯތްބެއް ނުލެއްވުމަށް އެދި ދުޢާ ކުރެއެވެ. އޭނަ ފަހަކަށް އައިސް ވިސްނަން ފެށުމުން އައިމަނާއެކީ އޭނަ އެ ގުޅުން ކުރިއަށް ގެންދިޔަނަމަ އޭނައަށް އެއިން ލިބޭނެ ހެވެއް ނޯންނާނެކަން އޭނައަށް އެނގުންވާން ފެށިއެވެ. އައިމަނަކީ ރަނގަޅު ކުއްޖަކަށްވިނަމަ އައިމަން އެހާ ގާތްކޮށް އޭނައާއި ވާހަކަ ނުދެއްކީހެވެ. ލަދުކުޑަ ސަމާސާތައް އޭނައާއި ޙިއްސާ ނުކުރީހެވެ. މަންމަމެން ގާތު ދޮގު ހެދި ވާހަކަ ބުނުމުން އެކަމަށް ހިތްވަރު ނުދިނީހެވެ. ނަމާދު ގަޑީގައި ވެސް އޮންލައިންގައި ހުރެ އޭނައާއި ވާހަކަ ނުދެއްކީހެވެ. މިފަދަ ޚިޔާލުތަކުން އޭނަގެ ނިންމުމާމެދު ޝިޔާއަށް ހަމަޖެހުމެއް ލިބުނަސް އޭނަގެ އެ ހަމަޖެހުން ނެތިދަނީ އޭނަ ފަދައިން މިހާރު އައިމަން ވެސް ތައުބާވެދާނެބާވައޭ ހިތް ބުނާ ދުވަސްދުވަހުއެވެ. އެހެނަސް އޭނަ އެފަދަ ޚިޔާލުތައް ސިކުނޑިން ފޮޅުވާލަނީ އެއީ އޭނައަށްޓަކައިވާ އިމްތިޙާނެއްކަން އެނގުންވާތީވެއެވެ. އަދި އެފަދަ ޚިޔާލުތަކުން އޭނަ ﷲ ގެ ހަނދުމައިން ދުރުވެގެން ދާތީވެސްމެއެވެ. ޝިޔާ ދެންވެސް އޭނަގެ ހިތްހަމަޖައްސާލަނީ އޭނައަށް އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ ﷲ ކަން ހަނދުމަކޮށްގެންނެވެ. އަދި އޭނަގެ ޙަޔާތުގައި ވާންއޮތް މީހަކު ދުވަހެއްގެ ކޮޅުން ވެސް އޭނައާއި ދުރުގައި ނުވާނެކަން ޔަޤީންކޮށްގެންނެވެ. އެ ޔަޤީންކަމާއެކީ ޝިޔާ ދުވަސްތައް ގުނަންފެށީ އުފާވެރި ހިނިތުންވުންތަކާއެކީގައެވެ. އެ ހިނިތުންވުންތައް ފަނޑުވެ ޝިޔާގެ ހިތް ގެނބެމުން ދިޔައީ އޭނަގެ މަންމައާއި ބައްޕަ ދެންވެސް އޭނައަށް އިތުބާރު ނުކުރާކަން އޭނައަށް ޔަޤީންކޮށްދޭ ބަސްތަކެވެ.
“ޝިޔާ މިހާރު ވަރަށް ރަނގަޅުވެއްޖެ ދޯ މާ ޝާ ﷲ! އެކަމަކު އަދިވެސް އޭނައަށް މާ ބޮޑަށް މިނިވަންކަން ދޭން އަހަންނަށް ނުފެނޭ. ޝިޔާ ކޮންމެ ރެއަކު ނިދީމަ ޒުހުރާ އޭނަގެ ލެޕްޓޮޕުން ހިސްޓްރީ ބަލާލައްޗޭ. ހަމަ ނޭނގޭނެ އެހެން ކުއްޖަކާ ރައްޓެހި ނުވާނެކަމެއްވެސް. މިހާރުވެސް ނުވާކަމެއް ނޭނގޭ އަހަރުމެންނަށް ފޮރުވައިގެން. ބިރުގަނޭ އޭނަގެ ދައްތައަށް ޖެހުނު ފަދަ ޙާލެއް އޭނައަށް ޖެހިދާނެތީ.” އެއްރެއަކު ޝިޔާ އޭނަގެ މަންމައާއި ބައްޕަގެ ކޮޓަރީގެ ހުޅުވިފައިވާ ދޮރާއި ހަމަވި ވަގުތު ބައްޕަ ބުނެލި އަޑު އިވުނެވެ. ބައްޕަގެ ވާހަކައިގެ ކުރީކޮޅުން ބައްޕަ އޭނައަށް ކުޑަވެސް އިތުބާރެއް ނުކުރާކަން އެނގުމުން ޝިޔާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ މަންމައާއި ބައްޕަގެ ބަސް އެހުމަށްޓަކައި ވި ޤުރުބާނީގެ ބޮޑުކަން ބައްޕަމެންނަށް އިޙްޞާޞް ނުކުރެވޭ ކަމުގެ ޝަކުވާ ހިތުގައި އުފެދުނެވެ. އެހެނަސް ބައްޕަ ކުރެހިފައިވާ އަޑަކުން ބުނެލި ފަހު ޖުމްލަ އެ ޝަކުވާގެ މައްޗަށް ބާރު ހޯދިއެވެ. ހަމަ އެއާއެކު ބައްޕަ އެވާހަކަތައް ބުނެލީ ވަކި އޭނައަށް އިތުބާރު ނުކުރާތީވެއެއްނޫންކަން އެނގުންވިއެވެ. ބައްޕައަށް އެގޮތަށް ވާހަކަތައް ދެކެވެނީ ދައްތައަށް ކަންތައްވީ ގޮތުން އޭނައަށްޓަކައި ބިރުގަންނާތީވެކަން ޝިޔާއަށް ޤަބޫލުކުރެވުނެވެ. އޭނަ ވިސްނުމެއްގެ ތެރޭގައި ހުއްޓާ މަންމަ ވާހަކަ ދެއްކި އަޑު އިވުނެވެ.
“ނާސިރު، އަހަންނަކަށް ހިއެއްނުވޭ ތިހެން ވެސް ޝިޔާ ހުއްޓުވޭނެ ހެންނެއް. ހަމަ ނޭނގެއެއްނު އަހަރުމެންނަށް އޮޅުވާލަން ނޫންކަމެއް ވެސް ދީންވެރިވެގެން އެ އުޅެނީ؟ ނޭނގޭނެއޭ މި ޢުމުރުގެ ކުދިންގެ ގޮތެއް. އަހަންނަށް ފެންނަނީ މިހާރުއްސުރެ ޝިޔާގެ ކައިވެންޏާ ބެހޭގޮތުން ޝިޔާއާ ވާހަކަ ދައްކަން ފަށަން. ޝިޔާއަށްޓަކައި މިހާރުއްސުރެ އަހަރުމެން ދަންނަ ރަނގަޅު ކުއްޖަކު ހޮވަން. ވަކި ކައިވެނި ކުރުވާކަށް ނޫން. ޝިޔާއަށް ދެ ޢާއިލާއާ އެކީ އެކުއްޖަކާ ވާހަކަ ދެއްކޭ ގޮތަށް ހެދީމަ އަހަރުމެންނަށް ޔަޤީންކަމެއް އޮންނާނެއެއްނު ޝިޔާގެ އިޙްޞާޞްތައް އުފެދެނީ އަހަރުމެން ރުހޭ ކުއްޖަކާމެދުކަން؟” މަންމަ ދެއްކި ވާހަކައަކުން ޝިޔާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު އޭނައަށް އެ ދޮރާއި ދިމާލަށް ބަލާލެވުނެވެ.
“އެކަމަކު……ޝިޔާ ތިކަމާ ދެކޮޅެއް ނަހަދާނެތަ؟” ބައްޕަ އަހާލި އަޑު އިވުނެވެ.
“ދެކޮޅެއް ނަހަދާނެ. ޝިޔާއަށް ކަމުދާ ކަހަލަ ރީތި ކުއްޖަކު އަހަރުމެން ހޯދާނީ.” މަންމަ އެހެން ބުނެލުމާއެކު ބައްޕަ ކޮންމެވެސް ޢާއިލާއެއްގެ ވާހަކަތައް ދައްކަން ފެށިއެވެ. އެހެނަސް ޝިޔާއަށް އިތުރަށް އެ ވާހަކަތަކަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ދެންމެ އިވުނު ވާހަކަތަކުން އޭނަގެ ބޮލަށްވަނީ އެނބުރުން އަރާފައެވެ. އޭނަގެ ދިރިއުޅުމުގަ ދެން ކަންތައްވާނެ ގޮތަކާމެދު ހިތުގައި ބިރުވެރިކަމެއް އުފެދެން ފެށުމާއެކު އެ ހިތް ﷲ މަތިން ހަނދުމަ ކުރިއެވެ. ﷲ އޭނައަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނެކަމަށް ހިތް ބުނުމުން ޝިޔާއަށް ސާބިތުކަމެއް ލިބުނެވެ. އޭނަ އިތުރަށް މަންމަމެންގެ ވާހަކަތައް އަޑުއެހުމެއްނެތި ދުރަށް ހިނގައިގަތީ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އޭނަ ﷲ އާއި ގާތްވެވޭނެ ގޮތެއް މެދުވެރިކޮށްދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ.
ޝިޔާ ހީކުރި ގޮތާއި ޚިލާފަށް ބައްޕަމެން ހުރިހާ ކަމެއް އޭނައަށް ސިއްރެއް ނުކުރެއެވެ. އަދި ހަރުކަށި ކަމުގެ ބޭނުން ކޮށްގެން އޭނައަށް މަޖުބޫރު ކުރާކަށް ވެސް ނުއުޅުނެވެ. އޭނަގެ “ކައިވެންޏަށް” ބައްޕަމެން ކުއްޖަކު ހޮވައި އެކުއްޖާ އޭނައަށް ތަޢާރަފު ކުރުމުގެ ކުރިން ބައްޕަ އޭނައާއި ވާހަކަ ދެއްކިއެވެ.
“ޝިޔާ، ބައްޕަމެން މިހެން މި ހަދަނީ ހަމަ ޝިޔާއަށް ރަނގަޅަކަށް. ޒައިދްއަކީ ވަރަށް ރަނގަޅު ކުއްޖެއް. ބައްޕަގެ އެކުވެރިއެއްގެ ދަރިފުޅެއް. އެ ޢާއިލާއަކީ ޤަދަރުވެރި ޢާއިލާއެއް. އެކަމަކު ޝިޔާއަށް ޒައިދް ކަމުނުދިޔައިއްޔާ ބައްޕަ ކައިރި ބުނޭ. ބައްޕަ އެހެން ކުއްޖަކު ހޯދާނަން. އަދި މިހާރު ވެސް ޝިޔާއަށް އެއްވެސް ކުއްޖަކު ކަމުގޮސްފައިވާނަމަ ޒައިދް ގެނައުމުގެ ކުރިން އެކުއްޖަކު ބައްޕަމެން ކައިރިއަށް ގެނެސްދީ. އެކަހަލަ ވާހަކަތައް ޝިޔާ ބައްޕަމެންނާއި ޙިއްސާ ނުކުރާހާ ހިނދަކު ބައްޕައަށް ޝިޔާއާމެދު ފިކުރު ކުރެވޭނެ. ޝިޔާއަށް މާ ރަނގަޅަށް ވެސް އެނގޭނެ އެއީ ކީއްވެކަން. މާޒީ ތަކުރާރުވިޔަ ނުދިނުމަށްޓަކައި މި ފިޔަވަޅުތައް އަޅަން ބައްޕައަށް މަޖުބޫރު. ޝިޔާއަށް ވިސްނޭނެ ކަމަށް އުއްމީދުކުރަން.” ބައްޕަ އެއްދުވަހަކު ސިޓިންގް ރޫމުގެ ސޯފާގައި މަންމައާއެކީ އިނދެ އޭނައާއި ދެއްކި ވާހަކަތަކުން ޝިޔާގެ ލޮލަށް އެތައް ހާސް ކަރުނަތައް ޖަމާވެގެން ދިޔައީ އޭނަގެ މަންމައާއި ބައްޕަ އޭނަދެކެ ވާ ލޯބި އިޙްޞާޞް ކުރެވުމުންނެވެ. ބައްޕަ ބޭނުންވިނަމަ ތިމަންނަ ބުނާ ގޮތަށް ހަދަންޖެހޭނެއޭ ބުނެ ހަޅޭއްލަވައި އޭނައަށް މަޖުބޫރު ކުރެވުނީހެވެ. އޭނައަށް އެތައް އަދަބެއް ދީ އޭނަ މި ކައިވެންޏަށް އެއްބަސް ކުރެވުނީހެވެ. ބައްޕަ އޭނައަށްޓަކައި ވިސްނާހާ ވިސްނުންތަކުގައި ހުރެ އެފަދަ ކަމެއް ކުރެވުމަކީ ވެސް ބައްޕަގެ ތަބީޢަތުގައި ވެދާނެ ކަމެކެވެ. އެހެނަސް ބައްޕަ މަޑުމައިތިރިކަން ޚިޔާރު ކުރި ގޮތުން ޝިޔާގެ ހިތް ވިރިގެން ދިޔައެވެ. އޭނައަށް ކަމުދާ ކުއްޖަކު ހުރެއްޖެނަމަ ބުނާށޭ ބުނި ހިނދު ޝިޔާގެ ހަނދާނަށް ވަގުތުން އައީ އައިމަނެވެ. އައިމަންގެ ވާހަކަ ބުނަން ބޭނުންވިއެއްކަމަކު ޖެހިލުންވީ އައިމަނަކީ އަދިވެސް ދީނާއި ދުރު ކުއްޖަކަށް ވެދާނެކަމަށް ހިތް ބުނީތީވެއެވެ. ޙަޤީޤަތަކީ އެއީ ކަމަށްވާނަމަ ޚުދު އޭނަވެސް އައިމަނާއެކީ ވާކަށް ބޭނުމެއް ނޫނެވެ. ހެއްދެވި ފަރާތަށް ޝުކުރު ނުކުރާ މީހެއްގެ ފަރާތުން އޭނައަށް ޙަޤީޤީ ލޯތްބަކަށް އުއްމީދު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލާއެކު ﷲ ގެ އިރާދަފުޅުގައި ވަނީ އޭނަގެ ޙަޔާތް އާ ފެށުމަކުން ފެށުންކަމަށް ޝިޔާއަށް ނިންމުނެވެ. އަދި ބައްޕަމެން އޭނައަށްޓަކައި ޚިޔާރު ކުރި ކުއްޖާއާއި ބައްދަލުކުރަން އެއްބަސްވިއެވެ.
ޒައިދްއަކީ 18 އަހަރުގެ ޒުވާނެކެވެ. އަޅައިގަންނަފަދަ ރީތި ސޫރައެއްގެ ވެރިއެކެވެ. މުއްސަނދި ވިޔަފާރިވެރިއެއްކަމަށްވާ ދިވެހި ބައްޕައަކާއި ލަންކާއަށް އުފަން މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދެ ޢާއިލާއާއެކީ ބައްދަލުވި ފުރަތަމަ ދުވަހުވެސް ޒައިދް ޝިޔާއަށް ހަދިޔާކޮށްލީ ލާނެތް ހިނިތުންވުމެކެވެ. އޭގެ ސަބަބުން އެންމެ ފުރަތަމަ ވެސް ޝިޔާއަށް ޒައިދްއާ ބެހޭގޮތުން ނުބައި ހީކުރުންތައް ހީކުރެވެން ފެށިއެވެ. އެހެނަސް އޭނައަކީ ފަސްއިރު ފަސް ނަމާދު ކުރާ ވަރަށް ދީންވެރި އަދަބުވެރި ކުއްޖެއްކަމަށް ޒައިދްގެ މަންމަ ބުނަމުން ދިޔަ ގޮތުން ޝިޔާ އޭގެ އިދިކޮޅަށް އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. ޒައިދްއާއެކީ މުޅި ޢުމުރު ހޭދަކުރުމުގެ ޚިޔާލާމެދު މަސްހުނި އިޙްޞާޞްތަކެއް ހިތުގައި އުފެދެން ފެށުމުން ޝިޔާ އިސްތިޚާރާ ނަމާދު ކުރަން ފެށިއެވެ. އޭނަގެ އާޚިރަތަށާއި ދުނިޔެއަށް އެންމެ ރަނގަޅު ވާނީ ޒައިދްއާއެކީ ވުންތޯ ނުވަތަ ނޫންތޯ އޭނައަށް ދައްކަވައި ދެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ. އެއަށްފަހު ވެސް ޝިޔާއަށް ޒައިދްގެ ފަރާތުން ފެންނަން ފެށީ އިތުރު ނޭދެވޭ ސިފަތަކެވެ. ޢާއިލާއާއެކީ އޭނައާއި ބައްދަލު ކުރަން އައި ތިންވަނަ ދުވަހު އޭނައާއި ވަކިން ވާހަކަ ދައްކަން ބޭނުންވެއޭ ބުނުމުން ޝިޔާއަށް އިންކާރު ކުރެވުނީ ނުރުހުންވެފައި ހުރެއެވެ. އެކަން އެތާތިބި އެންމެން ސަމާސާއަކަށް ހަދައި ހޭންފެށިއެއްކަމަކު ޝިޔާއަކަށް ނުހެވެއެވެ. އެދުވަހު މެންދުރު ކެއި ގަޑީގައި ސިޓިންގް ރޫމުގައި ޒައިދް ބާއްވާފައި އޮތް ފޯނު ރިންގުވީ ހިނދު އެ ސްކްރީނުން ކޮންމެވެސް އަންހެން ކުއްޖެއްގެ ނަމަކާއި ފޮޓޯއެއް ފެނިގެން ދިޔުމުން ޝިޔާގެ ނިތަށް ރޫގިނަވިއެވެ. އެދުވަހު ގެއަށް ދާންވީ ވަގުތު ވެސް އެންމެންގެ ކުރިމަތީގައި ޝިޔާގެ ނަންބަރު ހޯދަން ޒައިދް އެދުނު ގޮތުން އޭނަގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ.
“ބައްޕާ އަހަންނަށް ޒައިދް ކަމަކުނުދޭ!” އެރޭ ކާމޭޒުދޮށުގައި އިނދެ ޝިޔާއަށް ޝަކުވާ ކޮށްލެވުނެވެ. އެއާއެކު މަންމަ އޭނައަށް ދިނީ އޭނަ ބިރުގަންނަވާލާ ފަދަ ނަޒަރެކެވެ. އެހެނަސް ބައްޕަ އެއީ ކީއްވެތޯ ސުވާލުކުރުމުން ޝިޔާ ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. ބައްޕަ އޭނަގެ ވާހަކަތައް ޤަބޫލު ކުރިއެވެ. އެހެނަސް ދެންވެސް ޒައިދްއަށް ވިސްނައިދެވޭތޯ ބަލަންޖެހޭނެ ނޫންހޭ ބުންޏެވެ. އޭގެ އަނެއްދުވަހު ބައްޕަ ޒައިދް އެގެއަށް ގެނެސް އެވާހަކަތައް ދެއްކުމުން ޒައިދް އެ ވާހަކަތަކާ އެއްބަސްވިއެވެ. އަދި އެ އުޅުން އޭނަ ބަދަލުކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ. އެހެނަސް ޒައިދް އެ ބަހާއި އެއްގޮތަށް ޢަމަލެއް ނުކުރެއެވެ. ދެންވެސް އޭނަގެ ސިއްރުވެރި ނަޒަރުތަކުން ޝިޔާއަށް އުނދަގޫވަމުން ދިޔައެވެ. އެއްވެސް މީހަކަށް ނުފެންނާނެހެން ޝިޔާއަށް އެއްލޯ މަރަމުން ދިޔަ ގޮތުންނާއި ބައެއްފަހަރު އޭނަގެ އަތުގައި ވެސް ހިފަމުން ދިޔަ ގޮތުން ޝިޔާގެ ހިތުގައި ޒައިދްއަށްޓަކައި އޮތް ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. އެއްރެއެއްގެ ދަންވަރު ވަގުތެއްގައި ޒައިދް އޭނައަށް ގުޅާފައި އޭނައަށް ގޮވާލި ނަމަކުން މޭ ނުބައި ކުރި ވަރުން ޝިޔާއަށް އަތުގެ ކޮޅަށް ފޯނު ހޫރާލެވުނެވެ. އޭނަ ހަމަ އެރޭ އެނދުން ތެދުވެގެން ގޮސް މަންމަމެންގެ ކޮޓަރީގައި ޓަކި ޖެހިއެވެ. އަދި ދެންމެ ކަންތައްވީ ގޮތް ކިޔައިދިނެވެ. އޭނަ ވާހަކަ ކިޔައިދީ ނުނިމެނީސް މަންމަ ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“ޝިޔާ ކޮންކަމެއް ސާބިތުކޮށްދޭންތަ ތިއުޅެނީ؟ މި އޮތް ވަގުތެއްގަ އަހަރުމެން ހޭ ލައްވައިގެން ތި ވާހަކަތައް ތި ދައްކަނީ އަހަރުމެން ޒައިދްއަށް ނަފްރަތު ކުރާނެކަމަށް ހީކޮށްތަ؟ ކުރީ ފަހަރުވެސް ޝިޔާ ތިފަދަ އިލްޒާމްތައް ޒައިދްގެ ބޮލުގަ އެޅުވީމަ އެކުއްޖާ އެކަންތައް ޤަބޫލުކޮށް ތިމަންނަ އިޞްލާޙުވާނަމޭ ބުނީ. ޝިޔާ ކަންތައް ކުރާގޮތުން އަހަރުމެން ލަދުން ބޯހަލާކުވާވަރުވޭ. ކީއްކުރަންތަ ތިގޮތަށް ތިއުޅެނީ؟ އަދިވެސް އެއްކަލަ އައްޑޫ ކުއްޖާ މަތިން ހަނދާން ނުނެތެނީދޯ؟” މަންމަ ބުނި ކޮންމެ ޖުމްލައެއް ދުނި ތީރުތަކެއް ފަދައިން ގޮސް ޝިޔާގެ ހިތަށް ހެރުނެވެ. މަންމަ ރާގަކަށް ބުނެލި އެންމެ ފަހު ޖުމްލައިން ޝިޔާގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް އަސަރު ކުރިއެވެ. ޝިޔާ ފެންކަޅިވެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގަންނަން ނެގީ ސިކުންތުކޮޅެކެވެ. އެއާއެކު ޝިޔާ މަންމަމެންނަށް ފަސްދީފައި އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ބައްޕަ ފުރަގަހުން އޭނައަށް ގޮވާލިއެއްކަމަކު ޝިޔާ އިތުރަށް ބެލުމެއްނެތި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އޭގެ މާ ގިނައިރެއްނުވެ ޝިޔާއަށް ގިސްލަގިސްލާފައި ރޮވެންފެށިއެވެ. މަންމަ މިފަހަރު ބުނެލި ބަސްތަކުން އޭނަ ދުވަހަކުވެސް ހިތްދަތި ނުވާވަރަށް ހިތްދަތިވިއެވެ. މަންމަ އޭނައަށްވުރެ ބޮޑަށް އޭނައަށް އަނިޔާވެރިވަމުންދާ މުޖުރިމަކަށް އިތުބާރު ކުރުމާއެކު އޭނަ މިހާ ދުވަސްވަންދެން ހުއްޓުމެއްނެތި ހަނދާން ނައްތާލަން މަސައްކަތް ކުރި މީހެއްގެ ވާހަކަ ދެއްކުމުންނެވެ. އައިމަނަކީ ގޯސް ކުއްޖެއްކަމަށް ބުނެ އޭނަ އަމިއްލަ ނަފްސަށް ވިސްނައިދޭން އެތައް ވަރަކަށް މަސައްކަތް ކުރެއެވެ. އެހެނަސް ޒައިދްގެ ފަރާތުން ނޭދެވޭ ސިފަތައް ފެންނަ ކޮންމެ ފަހަރަކު މިއަދު އައިމަން ތައުބާވެފައިވާނަމަ އައިމަން މިއަށްވުރެ މާ ރަނގަޅުވީހޭ އޭނަގެ ހިތް ބުނެއެވެ. ނަމަވެސް އެ ޚިޔާލާއި ވެސް ދުރުވެވޭތޯ ޝިޔާ ބަލައެވެ. އައިމަން ހަނދާން ނައްތާލަން އޭނަ ހިތާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދާއިރު ވެސް މަންމަ އެފަދަ ޖުމްލައެއް އެ ބުނެލީ ހާދަ ފަސޭހައިންނެވެ. އެ ޖުމްލައިގެ ސަބަބުން އޭނަގެ ސިކުނޑި އައިމަންގެ ހުރިހާ ހަނދާނެއް އެއްފަހަރާ އޭނަގެ ލޯމަތިން ސިފަކޮށްދޭން ފެށިއެވެ. އެހެނަސް އެ ހަނދާންތަކާއި ދުރުވުމަށާއި ހިތަށް ވެރިވެފައިވި ހިތާމަވެރިކަން ފިލުވުމަށްޓަކައި ޝިޔާ ވަގުތުން ނަމާދުކުރަން އަވަސްވެގަތެވެ. އޭނައަށް އެ ދެ ރަކުޢަތުގެ ނަމާދުގެ ތެރޭގައި ވެސް އެތައް ދުޢާއެއް ހިތާހިތުން ކުރެވުނެވެ. ޒައިދްގެ ކިބައިން އޭނަ ސަލާމަތް ކޮށްދެއްވުމަށާއި މަންމަމެންނަށްޓަކައި އޭނަގެ ހިތުގައި ނުރުހުންތެރިކަމެއް ނުލެއްވުމަށްއެދި އޭނައަށް އެތައް ފަހަރަކު ދުޢާކުރެވުނެވެ. އެ ދުޢާތަކުގެ ތެރެއިން އައިމަނަށް ހިދާޔަތް ދެއްކެވުމަށް އެދި ދުޢާ ދެންނެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
އޭގެ އަނެއްދުވަހުން ފެށިގެން ވެސް އޭނަގެ ދުޢާތައް އިޖާބަވާން ފެށިފަދަ އިޙްޞާޞެއް ޝިޔާއަށް ކުރެވެން ފެށިއެވެ. ބައްޕަ ޒައިދްގެ ޢާއިލާ މީހުންގާތު ދެން އެމީހުންނާއި ބައްދަލުކުރުން މެދުކަނޑާލުމަށް ބުނެލީ ޝިޔާގެ އިމްތިޙާންތައް ގާތްވާ ވާހަކަ ބުނަމުންނެވެ. އެދުވަހަށްފަހު ޒައިދް މުޅިންހެން ގެއްލިގެން ދިޔުމުން ޝިޔާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ. އޭނަ ކާމިޔާބު ކަމާއެކީ އެ އަހަރުގެ އިމްތިޙާންތައް ނިންމާލީ މަތީ ވަނަތައް ޙާސިލުކުރަމުންނެވެ. އެ އަހަރުގެ ޗުއްޓީ ތެރޭގައި އަނެއްކާވެސް ޒައިދްގެ އުނދަގޫތަކާއި ޝިޔާ ކުރިމަތިލާން ޖެހުނެވެ. ޒައިދް އޭނައާއި ވަކިން ބައްދަލުކުރަން މަންމަމެން އެއްބަސް ނުވާކަމީ އޭނަގެ ނަސީބޭ ޝިޔާގެ ހިތަށްއަރައެވެ. އެ ނޫންނަމަ ޒައިދް އޭނައަށް ޖައްސަފާނެ ޙާލެއް ޝިޔާއަށް އަންދާޒާކޮށްލެވެއެވެ. އެހެނަސް ޝިޔާ ދެން އިތުރަށް ޒައިދްއާ ދެކޮޅަށް ވާހަކަ ދައްކަން ޖެހިލުންވީ މަންމަ އޭނަ ދިފާޢުކުރި ގޮތުންނެވެ. އަދި ފަހުން ބައްޕަވެސް އޭނަގެ ޚިޔާލު ހޯދަން ނުއުޅުނު ގޮތުންނެވެ. ވާނީވެސް އެހެންތާއެވެ. ޒައިދްއަކީ ދަޅަ ދައްކަން އެހާ ވެސް މޮޅު މީހެކެވެ. އެހެނަސް ޝިޔާ އޭނައަކަށް ބިރެއް ނުގަނެއެވެ. އޭނަގެ ރައްކާތެރިއަކީ ހުރިހާ ބާރެއްގެ ވެރި ﷲ ކަން ހަނދާން ހުންނާތީވެއެވެ.
އާ އަހަރެއް ފެށިގެން ދިޔުމުން ޝިޔާ އަނެއްކާވެސް އުފާވީ ޒައިދްއާއި ވަކިވާން ޖެހުމުންނެވެ. އޭނަ އާދައިގެ އަންހެން ކުއްޖެއް ފަދައިން އޭނަ އަބަދުވެސް ބޭނުންވި ގޮތަށް އެއްވެސް ފިރިހެން ކުއްޖެއްގެ ޚިޔާލެއްނެތި އުޅެން ފެށިއެވެ. އަހަރުގެ ފަހު ކޮޅަށް ދިޔުމުން އާދައިގެ މަތިން ލަންކާއަށް އޭނަގެ ތިމާގެ މީހުންއައެވެ. އެމީހުންގެ ސަބަބުން ވެސް ޒައިދްއާއި އޭނަ ބައްދަލުކުރަންޖެހޭ ޖެހުން ލަސްވެގެން ދިޔުމުން ޝިޔާއަށް ހުރެވުނީ އުފާވެފައެވެ.
ޚިޔާލުތަކެއްގެ ފުން ކަނޑެއްގެ ތެރެއިން ޝިޔާއަށް ނިކުމެވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށެވެ. ޝިޔާ އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެލަމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
“ތަންކޮޅެއް އަވަހަށް ނިދަން އުޅޭ. މާދަމާ ހެނދުނު 7 ޖަހާއިރު ދަތުރު ފަށަން ނިންމައިގެން މިތިބީ. ހެދުންތައް ފޮށްޓައް އަޅާ ތައްޔާރުކޮށްލާ.” ދޮރުމަތީގައި ހުރި ޒުހުރާ ބުނެލިއެވެ. އެވަގުތު ނާސިރު ދުރުން ވާހަކަ ދެއްކި އަޑު އިވުނެވެ.
“ޒުހުރާ އައިމަންއަށް އެނގޭތަ އަހަރުމެން ދާ ގަޑި؟” ނާސިރު އަހާލި އަޑު އިވުނެވެ.
“ނޫން އަހަރެން ނުބުނަން. ބުނެލާ އޭނަ ކައިރިވެސް.” ޒުހުރާ އެދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އެއަށްފަހު ދެންވެސް ޝިޔާގާތު ދަތުރަށް ތައްޔާރުވުމަށް ހަނދާން ކޮށްދެމުން ދާން ހިނގައިގަތެވެ. ޝިޔާ އިސްޖަހާލަމުން ދޮރު ލައްޕާލިއެވެ. އަދި ކޮޓަރި ތެރެއަށް ދަމުން އޭނަގެ ފޮށާ ނަގައި އޭތި ފަށްޖަހަން ފެށީ އަނެއްކާވެސް ވިސްނުމެއްގެ ތެރެއަށް ގެއްލުމުންނެވެ. ޒައިދްއަކީ އޭނައާއި އިންނަން ބައްޕަމެން ނިންމައިގެން އުޅޭ ކުއްޖާކަން އެނގުމުން އައިމަނަށް ވާނީ ކިހިނެއްތޯ ޝިޔާގެ ހިތް ސުވާލުކުރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







Mi part ga mabodu kameh nuvyma ehaa kamaku nudhey.. ekam vahaka v reethi..
bodu kanthahthavves adhivaan eba huri. Alhamdhulillah! (All praise and thanks belong to Allah) 🙂
Umm kobr shafag n visaam…
Salhi dhn vahaka
Emeehun adhi annaane ey. Emeehunnah muhimmu vaane kanthahthah mihaaru mi hingany. Alhamdhulillah! 🙂
Varah reethi
Alhamdhulillah! 🙂
varah salhi ekam thankolheh kuree☺…hope to read a longer part next time….anyways nice work jana?
mi dhuvaskolhu dhigukoh nugenesdheveythy jana ves dhera ebavey. ekamaku balaanan kommeves eh dhuvahakun dhigu baeh genesdheveytho In Sha Allah. 🙂 Alhamdhulillah! 🙂
Aslu ibaarai kurun ehaa kamaku nudhey..thankolheh bodah dhivehi foithah kiyan feney…good luck
jana ves qabool kuran ibaaraaithah molheh noonkan. hehe…..mikamuge thereyga gina dhuvasveema kanneynge ibaaraaiy thah reethi vegen annaany In Sha Allah. Jazakallah Khairan for the tip 🙂
Vaahaka mihaaru varah foohi. Shafag n visaam ge baeh netheema ehaa kiyaa hitheh nuvey ummeedh kuranée next part rangalhu vaane kamah. Good luck Jana.
In Sha Allah adhi rangalhu vaane 🙂 Jazakallah Khairan for the support. next part angaara dhuvahu In Sha Allah. mi dhuvaskolhuge thereyga jana ah nugenesdhevi huri fb post thah genesdheynan In Sha Allah. hurihaa kiyuntherinves mi page ah ziyaaraiy koh e post thah kiyaalumaky varah bodu edhumeh. aa fb post thah annaany mireyge vaguthegga In Sha Allah 🙂
https://www.facebook.com/Asr-1445208739121696/
Masha allah varah furihama .. varah iburaiytheri.. jana ge vaahakayah abadhuves varah inthixaarukurey .. coment nukuriyas baraabarah kiyah .. jana a varah meetkohllaa hih vey .. umeedhkuran life konmes hisabakun jana a meetkohleveyne kamah . jana ge mivaahakaige sababun dheenah ithurah loabi ufedhey.. Jana ah liyun theikamuge rogun kaamiyaabu kan dhevaashi .. ameen ..Gud luck jana.. ☺☺☺ Jazakallah Khair
hehe….In Sha Allah dhimaavaane. mi dhuniyeyga dhimaa nuviyas suvarugeah dhevunu dhuvahakun dhemeehun meet kollan vaane ingey In Sha Allah 😉 hehe……Alhamdhulillah! Barakallah Laka! Maai Allah alhamenge hurihaa faafa eh fussavai alhamennah jannatul firdaus dhevvaashi. Ameen! 🙂 <3 <3 <3
Jana aiman fahun islaahu vaane dw?
May god bless you jana,?
dhen balaalama jana eyna ah hadhaa gotheh 😛 May Allah bless you more. Ameen! 🙂
keekuran genai zaidh eh, i dont want to read about him now, ? ?
but story v reethi ingey kuriah dhaa goh.. cant wait for more parts 🙂 ?
hmm…jana ves vaki ekahala meehegge vaahaka liyaahitheh nuve ey. 😛 hehe…Alhamdhulillah! 🙂 <3
FB Post:
Moms are strict not because they hate us, but because of the love they have for us. #Selfreminder
FB Post:
Just because we start learning about deen and wear jilbaab and grow beards doesn’t mean we will no longer be tested. That doesn’t mean we would become free from temptations. We will surely be tested like everyone else. Either through people around us or through emotions deep inside of our ownselves. And there will always be choices that we will have to make where choosing the right thing will become extremely difficult. At that very moment of difficulty, remember this, my dear brothers and sisters. There is nothing in this world that is worth more than the love of Allah. There is nothing this world could offer you that is better than the contentment you will have in Jannah. And there is no other pleasure that can be compared to the happiness you will get when you realize that Allah is pleased with you when you leave a sin.
“The bigger desire you have for a sin, the greater your iman is if you leave it” Sheikh Ibn Uthaymeen
#Selfreminder
FB Post:
As muslims, we don’t need to flip a coin or play rock, paper, scissor or pluck petals uselessly off of a rose in order to take a decision. We have a much more reliable and a beautiful way out of it. And that is the prayer of isthikhaara. A 2 rakat prayer after which you ask the Allah, the Knower of the unseen, to facilitate the decision that is best for you in this world and in the next. Subhanallah it’s seriously a thing of beauty when Allah Himself helps you through a decision.
Note: Though isthikhaara is usually talked about in relation to marriage, isthikhaara can be prayed even for the smallest of decisions. Details of how the isthikhaara can be done is in the video below
https://www.youtube.com/watch?v=h1y49PIeBe8
kamaku nudhey dhn mihaaru
Varah reethi konirakun next part
Avaxxx lol
Janaa! Baleetha? haadh lahey up kollaale.
Alhugandu mihiry inthixaaruga vahaka up vaane irakah