Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (20)

layaal Level 310 Stories100 Comments
January 20, 2017 11 Mins Read
28 Comments

އޭނާ މިތަނަށް އައިރު އެއްވެސް ވަރަކަށް މިކަހަލަ ވާހަކައެއް އަޑުއިވޭނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއް ނުކުރެވެ. އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އެނަގައި ބަލާލިއިރު ގުޅަނީ ރިއުމާންއެވެ. އޭނާ ބަލާދާ ގަޑި ޖެހުނީކަން އިނގުމުން އައްޔާދް ހަދާނެ ގޮތް ހުސްވިއެވެ. އެއްފަހަރު އާޒިމަށް އަނެއްފަހަރު ފޯނަށް ނަޒަރު ހުއްޓާލާއިރު ރިއުމާން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ. ނަމަވެސް އަމިއްލަ ބައްޕަ ހަދަހަދައިގެން އެފަދަ ވާހަކައެއް ނުދައްކާނެއެވެ. އޭނާ ގޮނޑީގައި އިށީނދެ ކަކުލުގައި އުޅަނބޮށި ވިއްދާލަމުން އަތުން ބޮލުގައި ހިފައްޓާލި އިރު ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ.

“ހަލޯ.. އާނ. މިދަނީ.” ފޯނަށް ޖަވާބު ދިނުމަށްފަހު އައްޔާދް އިންތަނުން ތެދުވެގެން ހިނގައިގަތުމުން އާޒިމް އޭނާ ހުއްޓުވިއެވެ. “ކޮންތާކަށް ތި ދަނީ؟” އައްޔާދްގެ ކުރި ބައްދަމުން އާޒިމް އަހާލިއެވެ. “ރިއުމާން ކައިރިއަށް..” އެ އަޑުގައި ރުޅިވެރިކަން ވީއިރު އޭނާ އަވަސްވެގަތީ އެތަނުން ނިކުންނާށެވެ.

“ކީކޭ؟ ބަލަ ދެންމެ ދެއްކި ވާހަކަ އަޑެއް ނީވުނުތަ؟ އައްޔާދް!” އާޒިމް ތަންކޮޅެއް ބާރަށް ބުނެލުމުން އައްޔާދް ވަގުތުން އޭނާއާއި ދިމާއަށް އެނބުރުނެވެ. “ރިއުމާން ނުކުރާނެ އެކަހަލަ ކަމެއް.. ތީގައި ކޮންމެސް ގޯހެއް އެބައުޅޭ.. އަހަރެން ޤަބޫލެއް ނުކުރާނަން.” އައްޔާދް ހަރުކަށިކަމާއި އެކު ބުނެލިއިރު އެލޮލުން ނަފްރަތު ފާޅުވާން ހުއްޓެވެ. “އަހަރެން މި ދެލޮލުން ދުށީމޭ އެ މުޑުދާރު އަމަލު ކުރަނިކޮން.. މިހާރު އަމިއްލަ ބައްޕަގެ ބަހަށްވުރެ ތި އަންހެންކުއްޖާ މާ މުހިއްމު ވީ ދޯ!” އާޒިމްގެ ހިތްހަމަނުޖެހިފައި ބުނެލިއެވެ. އޭނާ އެވަރަށް ބުނީމަ ވެސް އައްޔާދް ޤަބޫލު ނުކުރީއެވެ.

“ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަޤީޤަތަކަށް ނުވެދާނެ.. ރިއުމާން ނުކުރާނެ އެހައި ދަށް ފެންވަރުގެ ކަމެއް. އައި ނޯ ހާ” އައްޔާދް ވެސް އޭނާގެ ގޮތުގައި ހިފައްޓަލާއެވެ. އަމިއްލަ ޒަމީރު ބުނަމުން ދިޔައީ ރިއުމާން އެކަހަލަ ޢަމަލަކަށް އަރައި ނުގަންނާނެ ކަމެވެ. އެކަމުގައި އަދިވެސް ވަންހަނާ ވެފައިވާ ސިއްރުތަކެއް ވާކަމެވެ.

“ޔޫ ނޯ ހާ؟ އެހެންތަ.. ކޯއްޗެއް އިނގެނީ އައްޔާދަށް؟ އޭނަ ކިޔާދިން އެއްޗެއް އިނގޭނީ. އެކަހަލަ އަންހެންކުދިން ނިކަން މޮޅުވާނެ ފިރިހެނުން ދަލުގައި ޖައްސަން. އައްޔާދް އޭނާގެ އަވައިގައި ޖެހުނަކަ އަހަރެން ނުދޭނަން! އަޑުއިވިއްޖެ.” އާޒިމް ޝަހާދަތް އިނގިލި ދިއްކޮށްލި އިރު އެއަޑު މުޅި ކެބިން ތެރޭގައި ހިފާލިއެވެ. އިރުކޮޅަކު ދެބަފައި އެކަކު އަނެކަކަށް ބަލަން ހުރުމަށްފަހު އައްޔާދް ހަރު ފިޔަވަޅުތަކެއްގައި އަތުގެ ކޮޅަށް ދޮރު ޖެހުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ.

****

ދުއްވާ އެއްޗެހި ތޮއްޖެހިފައި އޮތް މަގުގެ އެއްކޮޅުގައި ހުއްޓިލައިގެން ހުރި ރިއުމާންގެ ހިތް އަވަސް ވަމުން ދިޔައެވެ. އަތުކުރި ގަޑިއަށް އިރި އިރުކޮޅާއި ބަލާލާއިރު އޭނާ އައްޔާދް ފެނޭތޯ މަގުގެ ދެކޮޅު ބަލާލައެވެ. ލައިގެން ހުރި ގަދަ މެރޫން ކުލައިގެން ހެދުން ކަކުލަށްވުރެ މައްޗަށް އަރައި އިރު ފަސްބައިގައި ލޭޒްފޮތިން ފަރުމާ ކުރެވިފައި ވިއެވެ. އަތްކުރިން އުޅަބޮއްޓާއި ހަމައިން ތިރިއަށް ފުޅާވެފައި ތިރިއަށް އެލިފައި އޮތް އިރު އޭގައި ކުދިކުދި އެސް ތަކެއް ހުއްޓެވެ. އަޅައިގެން ހުރި މަޑު ކްރީމް ކުލައިގެން ޝޯލް މޭމަތިން ދެފަރާތަށް ވާގޮތަށް ވައްޓާލެވިފައި ވާއިރު ލައިގެން ހުރީ މަޑު ނޫކުލައިގެން ޖިންސެކެވެ.

ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައީ މަގުގެ ކޮޅުން ދައްކާލި އައްޔާދް ލޮލުގައި އަޅައިގި ގަތުމުންނެވެ. ރިއުމާން ފުންނޭވާއެއް ލުމަށްފަހު ހިފައްޓައިގެން ހުރި ކުޑަ ދަބަސް އެއްފަޅިއަކަށް އަޅާލަމުން ތުންފަތުގައި ދަތް އަޅާލިއިރު އެހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ސައިކަލުގައި އައިސް ރިއުމާން ކައިރިއަށް މަޑުކޮށްލަމުން އައްޔާދް އޭނާއަށް ނަޒަރު ހުއްޓާލިއެވެ.

އެލޯ އަނދުނުން ފަވާލެވިފައި ވީއިރު ތުންފަތުގައިވީ ގަދަ ރަތް ކުލައިން އެމޫނުގެ ރީތިކަން އިތުރުކޮށްދެއެވެ. އެހެންނޫނީ ރިއުމާން ފެންނަ އިރު މާބޮޑު މޭކަޕެއް ނުކުރާއިރު މިއަދު އެހުރި ގޮތް ފެނިފައި އައްޔާދަށް ކަޅި ޖަހާނުލައި ބަލަހައްޓައިގެން ހުރެވުނެވެ. މިއީ ހަމަ ރިއުމާންބާއޭ އޭނާ ހިތަށް އެރިއެވެ. “ހާއި..” ރިއުމާން ހިނިތުންވެލުމުން އައްޔާދަށް ހޭވެރިކަން ވިއެވެ. “ޔޫ.. ޔޫ ލުކް ބިއުޓިފުލް.” އައްޔާދް އާޝޯޚުވެފައި އިނުމުން ރިއުމާން ރަކި ގޮތަކަށް އިސްޖެހިފައި ހުރެ ސައިކަލު ފަހަތަށް އެރިއެވެ.

ސައިކަލު ދުއްވާލުމުން ރިއުމާން ކައިރިއަށް ޖެހިލައި ދުރަށް ނަޒަރު ހުއްޓާލިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުން އެޝޯލް ވަޔާއި ދާތީ އޭނާ އެއްއަތުން ޝޯލްގެ ކަނެއްގައި އަތް އަޅާލިއެވެ. ކުރީގައި އިން އައްޔާދް ބަހެއް ނުބުނި ނަމަވެސް އޭނާ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އާޒިމްގެ ބަސްތަކެވެ. ހުންގާނުގައި ބާރަށް ހިފައްޓާލައިގެން އިންއިރު އެކަމާއި ވިސްނި ވަރަކަށް ހީވަނީ ގޮތްނޭނގޭ ފުން ކަނޑަކަށް ގެނބިގެން ދާހެންނެވެ.

ބޭނުންވި މަންޒިލާއި ހަމައަށް ދެވެންދެން ވެސް އެދެމެދުގައި އިތުރު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު އައްޔާދް ރިއުމާންއަށް ކުރިން ދާން ތަންދައްކަމުން ދެމީހުން އެކީގައި ގޮސް ރެސްޓޯރަންޓަށް ވަނެވެ. ސިޑިން މައްޗަށް އެރުމަށްފަހު އައްޔާދް ހާއްސަކޮން އެމީހުންނަށް ތައްޔާރު ކޮށްފައި ހުރި މޭޒާއި ދިމާއަށް ދިޔައެވެ. އަދި ރިއުމާން އިށީންނަށް ގޮނޑި ދަމާލަ ދިނުމުން އޭނާ ހިނިތުން ވެލާފައި އިށީނެވެ.

މޭޒު ކައިރީގައި ހަމަޖެހިލަމުން އައްޔާދްގެ ނަޒަރު ރިއުމާންއަށް ހުއްޓުނެވެ. ހަނދުގެ ރިހި އަލި އެމޫނަށް އެޅިފައިވާ އިރު އިތުރަށް ފުރިހަމަ ކަމަށްދައްކައެވެ. މިހާ މައުސޫމް ރީތި ކުއްޖަކު އެފަދަ ކަމެއް ކޮށްފާނެ ކަމާއި މެދު އެހިތް ޤަބޫލެއް ނުކުރެއެވެ. ރިއުމާން ކައިރިން އެކަން އޮޅުން ފިލުވަންވީބާއޭ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. “ކިހިނެތްވި މާ މަޑުން ތި އިންނަނީ؟” އައްޔާދް ހިމޭނުން އިނުމުން ރިއުމާން އަހާލިއެވެ.

“ހަމަ ތި ރީތި މޫނަށް ގެއްލިފައި މި އިނދެވެނީ..” އައްޔާދް ހަޤީޤަތް ހާމަ ނުކުރާން ހިނިތުންވެލިއެވެ. އެރޭ ކުރިއަށް ދިޔައީ މަޑުމައިތި ކަމާއި އެކުއެވެ. އެދެމެދުގައި އެކި ވާހަކަ ދެކެވުނު އިރު އައްޔާދް ކޮންމެ ވެސް ކަމަކާއި އުނދަގޫވެފައި އިން ކަހަލަ އިހުސާސެއް ރިއުމާންއަށް ވިއެވެ. އެކަން އޮޅުން ފިލުވާލަން އުޅެފައި ވެސް ފަސްޖެހެވެނީ އަހަން ނުކެރިގެންނެވެ. “ރިއުމާން ރަށަށް ދާ ހިތެއް ނުވޭތަ؟” އައްޔާދް ހިމޭނުން އިނދެފައި އަހާލި ސުވާލުން ރިއުމާން ހިތް ތެޅެލިއެވެ.

“ދެން މިކޮޅުގައި މިހައި ބިޒީ އިރު ނުދެވޭނުން..” ރިއުމާން އެ ސުވާލަށް ސީދާ ޖަވާބެއް ނުދިނެވެ. “އެކީއްވެ؟ ގޮސްލަންވާނުން..ގެ ކިހައި ފަޅުވާނެ ރިއުމާން ނެތީމަ” އައްޔާދް މޭޒުގައި އިނގިލިތައް ޖަހާލަމުން ވާހަކަ ދެއްކިއިރު ހީވަނީ ކަމެއް ތަހުޤީޤު ކުރާހެންނެވެ. ރިއުމާން ޖަވާބުގައި ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ފެންތަށި ނަގައި ތުމުގައި ޖައްސާލިއެވެ. “ބައްޕަ މަތިން ހަނދާނެއް ނުވޭތަ؟” ކުއްލިއަކަށް އައްޔާދް ކޮށްލި ސުވާލުން ރިއުމާން ފެންބޯން އިނދެފައި ކޮށިއެރިއެވެ.

އައްޔާދް އަވަސް އަވަހަށް ޓިޝޫއެއް ދިއްކޮށްލަމުން ރަނގަޅުތޯ އަހާލިއެވެ. ގޮނޑީގައި ހަމަޖެހިލަމުން ރިއުމާން އޭނާއަށް ނަޒަރު ހުއްޓާލިއެވެ. “ކީއްވެ ކުއްލިއަކަށް ތިވާހަކަ ތިދައްކަނީ..” ރިއުމާން އޭނާގެ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. “ނަތިން.. ޖަސްޓް ގެޓިން ޓު ނޯ ޔޫ.. ކަމެއް ފޮރުވަނީތަ އަނެއްކާ އަހަންނަށް.” އައްޔާދް ސީރިއަސްވެލާފައި ސުވާލު ކޮށްލުމުން ރިއުމާންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. އައްޔާދް މިގޮތަށް އެވާހަކަ ދައްކަނީ ކޮންކަމެއް އެނގިގެން ބާއޭ އޭނާގެ ޒަމީރު ބުނެލިއެވެ. “ހާދަ ހާސްވި… ރިއުމާން ހުންނާނީ އަހަރެން ސުވާލެއް ކޮށްލާއިރަށް ހަމަ ވިރިވިރި..” އައްޔާދް ހެމުން މިހެން ބުނެލި ނަމަވެސް ރިއުމާންގެ މިޒާޖަށް އެއައި ބަދަލު އޭނާއަށް ފާހަގަވިއެވެ.

“ޔޫ ހެވް ދެޓް އިފެކްޓް އޮން މީ..” ރިއުމާން ހަމަޖެހިލަމުން ބުނެލިއިރު އައްޔާދްގެ ނަޒަރު އޭނާއިން ވަތްކެއް ނުވެއެވެ. “ގްލޭޑް އައި ހެވް ދެޓް.. ހިނގާ ދަމާ.” ކެއުން ނިމުމުން އައްޔާދް ހީލިފައި ބުނެލިއެވެ. ދެމީހުން އެކީގައި ރެސްޓޯރަންޓުން ނިކުމެގެން ދިޔައިރު އެދެމީހުންނަށް ބަލާލާފައި އެކަކު އަނެކަކައި ނުގުޅެއެކޭ އެކަކުވެސް ނުބުނާނެއެވެ.

އިރުކޮޅަކު ދުއްވާލުމަށްފަހު ރިއުމާން ގެ ކުރިމައްޗަށް ހުއްޓާލަމުން އައްޔާދް އޭނާ ފައިބަންދެން މަޑުކޮށްލިއެވެ. “ތޭންކްސް..” ރިއުމާން ހިނިތުންވެލިއެވެ. އޭނާ ހުރީ އައްޔާދް އެހައި ފުރިހަމަކަމާއި އެކު އެރޭ ކުރިއަށް ގެންގޮސް ދިނީތީ ހިތްހަމަޖެހިފައިއެވެ. “ނޫނޭ.. އިޓް ވޮޒް ލަވްލީ. ގުޑް ނައިޓް ރިއުމާން..” އައްޔާދް ހިނިތުންވެލުމުން ރިއުމާން އެގޯޅި ގަނޑުތެރެއިން ލާފައި ގެއްލެންދެން އައްޔާދް ސައިކަލު މަތީގައި އިނެވެ.

މިރޭ ރިއުމާންއާއި ކުރިމަތީގައި އޭނާގެ ބައްޕަގެ ވާހަކަ އަހާލުމުން އޭނައަށް އެވީގޮތް އަދިވެސް ސިކުނޑީގައި ބިންވަޅު ނެގިފައި ވިއެވެ. އާޒިމް ދެއްކި ވާހަކައާއި ރިއުމާންއަށް އެވީގޮތް ފެނި މިކަމުގައި ކޮންމެސް ގުޅުމެއް ވާކަމަށް އޭނާ ނިންމިއެވެ. ސައިކަލު ދުއްވާލި އިރު ވެސް އޭނާގެ ޚިޔާލުތައް ފުނިޖެހެމުން މިރޭ ހިނގާދިޔަ ކަންތަކުންނެވެ.

****

ދުވަސްތައް ހަލުވި ކަމާއި އެކު ފާއިތު ވަމުން ދިޔައިރު ރިއުމާން އުޅުނީ ވެބްސައިޓް ތަޢާރަފް ކުރުމަށް ބޭއްވޭ ހާއްސަ ހަފްލާއަށް ތައްޔާރު ވުމުގައި އަވަދި ނެތިއެވެ. އައްޔާދްއާއި އޮތް ގުޅުމަށް ބަދަލެއް ނައި ނަމަވެސް އޭނާގެ އުޅުން މިހާރު ކުރިއަށް ވުރެ ތަފާތުކަމަށް ރިއުމާންއަށް ފާހަގަވިއެވެ. ދޭތެރެއަކުން ރިއުމާން ކުޑައިރުގެ ވާހަކަ ދައްކާ އޭނާގެ ކުރީގެ ދިރިއުޅުމުގެ ކަންތައް އޮޅުން ފިލުވަން އުޅޭހެން ވެސް ހީވެއެވެ. ނަމަވެސް ރިއުމާން އޭނާއަކަށް މާބޮޑު ކަމެއް ކިޔައެއް ނުދެއެވެ. އަދި އެވަރުގެ ކަމެއް ހާމަކުރާހައި ހިސާބަކަށް އެމީހުންގެ ގުޅުން ނުދާތީއެވެ.

“އަދި ތަންކޮޅެއް މައްޗަށް ޖައްސާލަ..” ދަރުބާރު ގޭގެ ފާށަނާ މާލަމްގައި ހުރެ ރިއުމާން އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މީހުންނަށް އިރުޝާދު ދެމުން ދިޔައެވެ. އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ބައިވެރިވެ މި ޚަފްލާއަށް ތައްޔާރު ވަމުން ދިޔައިރު ދުރުގައި ލައިބާ އިތުރު އެހެން ބަޔަކާއި އެކު އުޅެއެވެ.

“ޔާ އޯކޭ މިހާރު..” މަތީގައި ހަރުކުރަމުން ދިޔަ ފަރުމާކުރުންތައް ހިތްހަމަޖޭހަ ވަރަށް ހުރުމުން ރިއުމާން އުނުގައި އަތް އަޅުވާލައިގެން ހުރެ ބުނެލިއެވެ. އޭރު ލައިބާ ގަނޑުތަކެއް ހިފައިގެން އައިސް އޭނާ ކައިރީގައި މަޑުކޮށްލަނީއެވެ. “އޭ ވަރަށް ރީތި އިނގޭ މިތަން..” މައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެ ލައިބާ ބުނެލިއެވެ. އޭނާގެ ފަން އިސްތަށިކޮޅު ފަހަތަށް އައްސާލެވިފައި ވާއިރު ލައިގެން ހުރީ އާދައިގެ ޓިޝާޓަކާއި ޖިންސެކެވެ.

“ތޭންކްސް..” މިހެން ބުނެފައި ރިއުމާން ދުރަށް ޖެހިލި އިރު އެތަނަށް އިތުރު މުވައްޒަފުން ވެސް އައިސްފިއެވެ. “އޭ ހިނގާ ސައިބޯދާން.. ވަރަށް ހައިވެއްޖެ. ހެނދުނު އައި ގޮތަށް ވިއްޔަ މިއުޅެނީ.” މުވައްޒަފުންގެ ތެރެއިން އެކަކު މިހެން ބުނުމުން ލައިބާ އެކަމާއި އެއްބަސްވެ ހަވީރު ސައިބޯން އެންމެން އެކީގައި ނިކުތެވެ. ރިއުމާން އޭނާއައި ސައިކަލާއި ދިމާއަށް ދަމުން ލައިބާ ކައިރީގައި އައުމަށް އެދުނެވެ. “ތިމީހުން ދޭ.. އަހަރެން ދާނަން ރިއުމާންއާއި އެކީ ސައިކަލުގައި.” ލައިބާ މިހެން ބުނެފައި ސައިކަލު ފަހަތަށް އެރުމުން ރިއުމާން ދުއްވާލިއެވެ.

“އެބައޮތޭ ވާހަކައެއް ބުނަން ވެފައި.. އެއްކަލަ ގާއިގެ.” ލައިބާ ފަހަތުގައި އިނދެ މިހެން ބުނެލުމުން ރިއުމާން ހިނިތުންވެލިއެވެ. “އޯ ޔެސް. އެކަންތައް ކިހިނެތްތަވީ؟ ޑިޑް ހީ ސޭ އިޓް؟” ސައިކަލު ދުއްވަމުން އިނދެ ރިއުމާން އަހާލިއެވެ. ހަވީރުގެ ފިނި ވައިރޯޅިތައް ޖެހެމުން ދިޔައިރު އާދައިގެ މަތިން މަގުތައް ވަނީ ދުއްވާއެއްޗެހިން ގިނަވެފައެވެ.

“ނޫން.. އަހަރެން ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ކަންތައްވީ. ކުރީ ދުވަހު މަންމަ ވަރަށް ސީރިއަސްވެފައި ބުނެފި ކައިވެނި ކުރާކަށް ނުވޭހޯ.. ދެން އަހަރެން ވަކި އެއްޗެކޭ ނުބުނަން.” ލައިބާގެ ވާހަކަ މެދު ކަނޑާލަމުން ރިއުމާން ވާހަކަފެށިއެވެ. “ނުބުނަންތަ ކަމުދާ ކުއްޖެއް ހުރެއެކޭ.. އަނެއްކާ އެހެން މީހަކާއި ކައިވެނި ހަމަޖައްސާފިއްޔާޔޯ؟” ރިއުމާން ސުވާލު ކޮށްލަމުން ރަތް ލައިޓަށް މަގުގެ އެއްފަރާތެއްގައި މަޑު ކޮށްލިއެވެ. “ހަމަޖައްސާފިޔޭ.. އެއީއެއްނުން މިވެގެން އުޅޭ ގޮތަކީ.. ބަޓް ޔޫ ވޯންޓް ބިލީވް ހޫ އިޓް އިޒް. މަންމަ އެންމެ ފުރަތަމަ އެހެން ބުނާއިރަށް އަހަރެން ބުނެފިން ނޫނެކޭ.. ނޫޅެމޭ އެރޭންޖް މެރިޖެއް ކުރާކަށް.” ލައިބާ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން އިން ރިއުމާން ސައިކަލު ކުރިއަށް ދުއްވާލިއެވެ.

“ދެން ބުނެފި އެރޭންޖެ މެރިޖެއް ނޫނޯ..” ލައިބާ މިހެން ބުނުމުން ރިއުމާންއަށް އޮޅުނެވެ. “އެރޭންޖް މެރިޖެއް ނޫނޭ؟ އެކީއްވެ؟ އެމީހުންނެއް ނޫންތަ ކައިވެނި ހަމަޖެއްސީ.. އެދެން މިޒަމާނުގައި ކުރާ ކަހަލަ ކަންތައްތަ.” ރިއުމާން ދެފަރާތަށް ބޯ ހޫރާލަމުން ބުނެލިއެވެ. “އިޓްސް ނޮޓް އެރޭންޖެ ބިކޮޒް ވީ އޯލްރެޑީ ނޯ އީޗް އަދާ. މަންމަ ދެއްކީ އެއްކަލަ ކުއްޖާގެ ވާހަކަ. އިޓްސް ހިމް..” ލައިބާ މިހެން ބުނުމުން ރިއުމާން ކުއްލިއަކަށް ސައިކަލު ހުއްޓިއެވެ.

“ވަޓް؟ އެކިހިނެތް ވާނެ ކަމެއް؟ މަންމައަށް ކިހިނެތް އޭނަ އިނގެންވީ؟” ރިއުމާން ހައިރާންވެފައި އިނދެ އަހާލިއެވެ. “ވީ އާ ފެމެލީ ފްރެންޑްސް.. ބުނީމެއްނުން އޭނަގެ ކޮއްކޮއާއި ރައްޓެހި ވާހަކަ. އެހެންވެ ދެން ފެމެލީ ވެސް ގާތްވީ. އޭނަގެ ބައްޕަ އައިސް މަންމަމެން ކައިރި އެވާހަކަ ދެއްކިއްޔޯ. އޭނަ ބުނެގެން ކަންނޭގެ ރަނގަޅަށް ވިއްޔާ.” ލައިބާ ހިނިތުންވެފައި އިނދެ ބުނެލިއެވެ. “އޯ.. ސީދާ މެރިޖްއަށް ދޯ.. ރަނގަޅު ދެން. ކީކޭ ލައިބާ ބުނީ؟” ލައިބާ ޝައުޤުވެރިކަމާއި އެކު އަހާލިއެވެ.

“އޮފްކޯސް ޔެސް. އޭނައަށް ކުރިމައްޗަށް އައިސް ބުނަން ނުކެރުނީތަ ހަމަ..” ލައިބާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “މޭބީ ހީ އިޒް އޯލް ވިންޓޭޖް ރޮމޭންސް.. އެހެންވެ އެއްނުން ބައްޕަ ފޮނުވިއްޔެ..” ރިއުމާން ސައިކަލު ދުއްވާލަމުން ބުނެލިއެވެ. “އޯ ޕްލީޒް.. އަދި މި ވީކްގައި ދެފެމެލީ އެއްކޮން ޓޯކް ކުރަނީ.. ހީވަނީ އެއްކަލަ އިންޑިއަން ސީރީޒެއްގައި އުޅެވޭހެން..” ލައިބާ މިހެން ބުނުމުން ދެމީހުން އެކީގައި ހޭންފެށިއެވެ.

“އަދިވެސް ތި ޕްރިންސްގެ ނަމެއް ނުބުނެވޭ މިހާ ދުވަސް ވީއިރު..” ރިއުމާން ހެމުން ބުނެލިއެވެ. ތެދެކެވެ. އަދިވެސް އައްޔާދްގެ ނަން އޭނާއަށް ހާމައެއް ނުކުރެވެއޭ ލައިބާ ހިތާހިތާ ބުނެލިއެވެ. “ސީދާ މީޓް ކޮށްލަން ވާނީ އޭނަޔާ.. އަހާނަން މިރޭ އޮތް ވެބްސައިޓް ލޯންޗިން ސެރެމޮނީއަށް އަންނަން. އޭރުން ދިމާ ވެސް ވެވުނީނުން. ޔޫ ވިލް ސީ ހިމް ޓުނައިޓް” ލައިބާ އަދި ނަން ހާމަކުރަން ބޭނުންނުވީ މިވަގުތު އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ރިއުމާން ރަޚްމަތްތެރިއާގެ އުފަލުގައި ބައިވެރި ވީއިރު ކަމުގެ ހަޤީޤަތް އަދި މިވަނީ ފޮރުވިފައެވެ.

****

“އަހަރެން ނަޒީރުއާއި ވާހަކަ ދައްކައިފިން.. އެމީހުން ހަމަ މިކަމާއި ރުހި ޤަބޫލު.” ކޮފީތަށި ގިރާލަ ގިރާލަ އިން އާޒިމް ހިނިތުންވެފައި އިނދެ ބުނެލިއެވެ. އޭރު މާރިއާ ހަވީރުގެ ފިނި ވައިރޯޅި ޖެހެމުން ދިޔައިރު އެބޮޑު ބެލްކަނީގައި ހުރި ޖޯލީގައި އިށީނދެލަމުން އަނގަޔަށް ބިސް ކޯދެއް ލިއެވެ. “އެހެންތަ..” އޭނަ ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.

“ހާދަ ނޫން ގޮތަކަށް ތިބުނީ.. އަނެއްކާ މާރިއާ ލައިބާއާއި ދޭތެރޭ ހިތްހަމަ ނުޖެހެނީތަ؟” ދުންއަރަމުން ދިޔަ ކޮފީތަށްޓަށް ފުމެލުމަށްފަހު އާޒިމް ކޯވަރެއް ބޯލިއެވެ. “ނޫނޭ. ލައިބާ އެއީ ހަމަ ވަރަށް ހިތްހެޔޮ ރަނގަޅު ކުއްޖެއް. އެކަމަކު އަހަރެން ސުވާލު އުފެދޭ ކަމަކީ އައްޔާދް ތިކަމާއި ހަމަ ޤަބޫލުބާއޭ.” ޚިޔާލަށް ގެއްލިފައި އިނދެ މާރިއާ އަހާލިއެވެ.

ކޮފީތަށި ދުރަށް ލަމުން ޖޯލީގައި އޮށޯވެލި އާޒިމް ފުންނޭނާއެއް ލިއެވެ. “އާނ.. އޭނާ މިކަމަށް އެދުނީ ވެސް.” ހިތާ ދެކޮޅަށް އާޒިމް ދޮގު ހަދާލިއެވެ. މިވަގުތު ހަޤީޤަތް ހާމަ ކުރުމަށްވުރެ ދޮގެއް ހަދައިގެން ވެސް އެއަންހެންކުއްޖާއާއި އައްޔާދް ދުރުކުރަން ޖެހެޔޭ އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ. ކަންތަން މިހާރު ވަމުންދާ ގޮތަށް ދޫކޮށްލައިފި ނަމަ އެދެމީހުންގެ ދެމެދުގައި އިތުރު ގުޅުމެއް އުފެދި ފަހުން އެކަން ހުއްޓުވަން އުނދަގޫ ވެދާނެއެވެ. ވީމާ އެހިސާބަށް ދިއުމުގެ ކުރިން އައްޔާދް ހަމަ މަގަށް އަޅުވަން އާޒިމް ބޭނުންވިއެވެ. ރިއުމާން ކަހަލަ އަންހެންކުއްޖަކާއި ގުޅިގެން އެއާއިލާއަށް ލަދުވެތިކަމާއި ބަދުނާމުވުން ނޫންކަމެއް ކުރިމަތި ނުވާނެއޭ އާޒިމްގެ ސިކުނޑި އޭނާއަށް ވިސްނައި ދެމުން ދިޔައެވެ.

“އެހެންތަ؟ އަހަރެން ނުދެނެ ހުރިން އެދެކުދިންގެ މެދުގައި ތިކަހަލަ ގުޅުމެއް އޮތް ކަމެއް.. އައްޔާދް ނުބުނޭ އަހަރެން ކައިރި އަކު..” މާރިއާގެ ހައިރާންކަން ފާޅުވިއެވެ. “އެމީހުން އެކީގައި ބޭރަށް ގޮސް ވެސް އެހަދަނީނުން.. އަހަރެން ނުލާހިކު ދެކެން ލައިބާ މިގެއަށް އައިސް ދެމީހުން އެކަނި މިތަނުގައި ވާހަކަ ދައްކަން ތިބޭތަން. ދެން އައްޔާދް ބުނެފި އަވަހަށް މިކަން ނިންމާލަން ބޭނުންވާ ވާހަކަ.. އެހެންވީމަ ރަނގަޅެއްނުން.” އާޒިމް ބެލީ ވީހާވެސް ޤަބޫލު ކުރެވޭފަދަ ގޮތަކަށް މާރިއާއަށް އެކަން ކިޔާ ދެވޭތޯއެވެ.

“ހޫމް.. ދެން އެކުދިން އެގޮތް ބޭނުން ވަންޏާމު މައްސަލައެއް ނެތްތާ.. އައްޔާދް ވެސް ދެން މިހާރު މީހަކާއި އިނދެގެން އާއިލާއެއް ފަށާވަރު ވެފައި އެހުރީ..” މާރިއާ ހިނިތުންވެލަމުން އެކަމާއި އެއްބަސް ވިއެވެ. “އެހެންވީމަ މި ހަފްތާ ބަންދުގައި އެމީހުންނަށް ދަޢުވަތު ދީފިން މިގެއަށް ކެއުމަށް އަންނަން. އޭރުން ދެއާއިލާ އެއްކޮން ކައިވެނީގެ ކަންތައް ހަމަޖައްސާލެވި ދާނެތާ ދޯ..” އާޒިމް މިހެން ބުނުމުން މާރިއާ ޖަވާބުގައި ހިނިތުންވެލިއެވެ.

މާގިނައިރެއް ނުވެ އޮއްސެމުން ދިޔަ އިރުން ރަތްވިލާގެ ދަޅަ މުޅި ޖައްވުގައި ފަތުރާލިއެވެ. ޖޯލީގައި އިން އާޒިމް ކޮފީތަށި ހުސްކޮށްލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އަދި މިއިން އެއްވެސް ކަމެއްގެ ޚަބަރު އައްޔާދްއަށް ނުވާއިރު މިރޭ އެންމެ ފުރަތަމަ ކަމަކަށް ވެސް އައްޔާދްއާއި އެވާހަކަ ދައްކަން ނިންމިއެވެ.

****

އެނދުގައި ބަންޑުން އޮށޯވެލައިގެން އޮތް އައްޔާދްގެ ދެލޯ ވަނީ މެރިފައެވެ. ޓީޝާޓެއް ނުލައި ހުސްގަޔާއި އޮތް އިރު އޭސީގެ ފިނިކަން މުޅި ކޮޓަރީގައި ހިފާލާފައި ވިއެވެ. އިރު އޮއްސި ރަތްވިލާތަށް ފޭދިގެން ދިޔައިރު އެކޮޓަރިއަށް ވަނީ ވޮށުއަނދިރިކަން ވެރިވެފައެވެ. ހުޅިވިފައި ހުރި ކުޑަ ބެލްކަނީގެ ދޮރުން ފިނިވައި ޖެހިލާއިރު ދޮރު ފޮތިގަނޑު ވިހުރިލައެވެ. ފުން ނިންޖަކަށް ގެނބިފައި އޮތް އައްޔާދަށް ހޭވެރިކަންވީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށެވެ. ނިދީގައި އޮވެ ބާލިސް ކައިރީގައި އަތް ހާކަމުން ގޮސް ފޯނު ނަގައި ކަންފަތުގައި ޖަހާލި އިރު ވެސް ލޯ ހުޅުވާނުލައެވެ.

“ހަލޯ..” އައްޔާދް ނިދި ބަރުވެފައިވާ އަޑުން ވާހަކަ ދެއްކި އިރު އެކޮޅުން އެއްވެސް ޖަވާބެއް ނައެވެ. އަނެއްކާވެސް ދެވަނަ ފަހަރަށް ގޮވާލުމުން އެކޮޅުން ލައިބާ އޭނާގެ ނަންކިޔާލިއެވެ. އޭރުވެސް ނިދީގައި އޮތް އައްޔާދް ރަނގަޅަށް ހޭވެރި ކަމެއް ނުވެއެވެ. “އައްޔާދް.. އައި ލަވް ޔޫ..” ލައިބާ މަޑުމަޑުން މިހެން ބުނެލި އިރު އައްޔާދް ނިދީގައި އޮވެ ހިނިތުންވެލިއެވެ. “ލަވް ޔޫ ޓޫ..” އައްޔާދް ފުންނޭވާއެއް ލަމުން މިހެން ބުނެލިއިރު އެކޮޅުން ފޯނުގައި ހުރި ލައިބާއަށް ހީވީ އެހިތް އުދުއްސައިގެން ދިޔަ ހެންނެވެ. އެ ނިދި އަޑުން އޭނާ ލޯބިވާކަމަށް ހާމަ ކުރިއިރު އެބަސްތަށް އެހިތުގައި ބިންވަޅު ނެގުނެވެ.

“މިރޭ އަހަންނާއި އެކީ ވެބްސައިޓް ލޯންޗިން ސެރެމަނީއަށް ދާނަން ދޯ. އައްޔާދް.. އައްޔާދް ހޭލަބަލަ.” އިރުކޮޅަކު ހިމޭނުން ހުރެފައި ލައިބާ ގޮވާލުމުން އައްޔާދް މޯޅިއަކަށް ދެމިލުމަށްފަހު މެރިފައިވީ ލޯ ހުޅުވާލިއެވެ. “ހޫމް.. ކީކޭ.” ދެލޯ އުނގުޅަމުން އެދުގައި ދެމިލަމުން އައްޔާދް އަހާލިއެވެ. “ދާނަން ދޯ އޭ މިރޭ..” ލައިބާ ދެވަނަ ފަހަރަށް ތަކުރާކު ކޮށްލިއެވެ. “ލައިބާތަ؟ ކޮންތާކަން ދަނިއްޔޭ؟” އައްޔާދް ތެދުވެ އެނދު ފަޑީގައި ލެނގިލި އިރު މުޅި ކޮޓަރިއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ހަވީރު ޑިއުޓީ ނިންމާފައި އައި ގޮތަށް އައިސް އޮށޯވެލި ތަނާ ވެފައި ހުރި ވަރުބަލިން ނިދުނީއެވެ.

ލައިބާ އޮޅުން ފިލުވާދެމުން ދިޔައިރު އައްޔާދް އަތް ދަމާލާފައި ލައިޓް ޖައްސާލުމާއި އެކު އަލިވެގެން ދިއުމުން އޭނާ ދެލޯ މަރާލިއެވެ. “ޕްލީޒް.. އަހަރެން ބޭނުން އައްޔާދް އަންނަން. ދިސް އިޒް ވެރީ އިމްޕޯޓަންޓް ޓު މީ.. މިއީ އަހަރެންގެ ފުރަތަމަ މަސައްކަތް. ޔޫ މަސްޓް ބީ ހިއާ.” ލައިބާ ޖޯޝާއިއެކީ އޭނާ ކައިރި އަންނަން އެދުމުން އައްޔާދްއަށް އިންކާރު ކުރާކަށް ނުކެރުނެވެ.

“ޔާ އޯކޭ.. އެއިޓްއަށް ދާނަން.” އައްޔާދް ފޯނު ކަނޑާލަމުން އެނދުން ދެފައި ބޭލުމަށްފަހު މަގަތުގައި އިށީނދެލިއެވެ. ލައިބާ ކޮންމެސް ކަމެއް ތަޢާރަފް ކުރުމުގެ ޚަފްލާއަކަށް ދާން ކީކަން އެގުނު ނަމަވެސް ނިދި މޯޅީގައި ހުރުމުން އެކަން އޭނާއަށް ރަނގަޅަށް ފަހުމެއް ނުވިއެވެ. ފޯނުން ގަޑި ބަލާލިއިރު ހަތެއް ޖަހައި ދިހައެއް ހިނގީއެވެ. އޭރު އެނދުން އެއްބައި ބިންމައްޗަށް އެލިފައި އޭނާގެ ފުލުސް ޔުނީފޯމް އޮތް އިރު އޭނާ  އިނީ ފަޓުލޫނާއި އިސްޓާކީނަށް ވެސް އަރައިގެ ގެންނެވެ.

ލޯ އުނގުޅާލަމުން އައްޔާދް ފޯނުން ރިއުމާންއަށް ގުޅާލީ އޭނާ ކޮބައިތޯ ބަލާލުމަށްށެވެ. “ހަލޯ.. ހޭ އައި އެމް ވެރީ ބިޒީ މިގަޑީގައި.” ފޯނު ނެގުމާއި އެކު އެކޮޅުން ރިއުމާން ބުނެލި އަޑުއިވުނެވެ. “މިގަޑީގައި ކީއްކުރަނީ؟” އައްޔާދް އަތުން ކަނދުރާ މޮޑެލަމުން ވާހަކަދެއްކިއެވެ. “ބުނީމެއްނުން އެއްކަލަ ޕްރޮމޯޝަނަލް ކަންތައް ލޯންޗު ކުރާ ވާހަކަ.. މިރެއޭ އެކަން އޮތީ.. ވޮޗް މީ އޮން ޓީވީ.” ރިއުމާން އޮޅުން ފިލުވައި ދިނުމުން އައްޔާދަށް ލައިބާ ދެންމެއަކު ގުޅާފައި އެދެއްކި ވާހަކަ ފަހުމްވިއެވެ.

އެހެންވީމަ ލައިބާއާއި ރިއުމާން އެ މަސައްކަތް ކުރަނީ އެކުގާކަން އޭނާއަށް އިނގުނެވެ. އޭނާ ވެސް މިރޭ އެތަނަށް ދާނެ ވާހަކަ ބުނަން އުޅުން ތަނާހެން ރިއުމާން އޭނާ މެދުކަނޑާލިއެވެ. “ބާއި އިނގޭ.” ރިއުމާން ފޯނު ކަނޑާލުމުން އައްޔާދް އަލުން އޭނާއަށް ގުޅާކަށް ނަހަދައެވެ. މިރޭ ލައިބާއާއި އެކީ ގޮސް ރިއުމާންއަށް ސަޕްރައިޒެއް ދޭނީއޭ ހިތައި އެނދުން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ތުވާލި ހިފައިގެން ފެންވަރަށް ފާޚާނާއަށް ވަނެވެ.

****

އަށެއްގެ ޚަބަރު އަންނަން ވާއިރަށް ޓީވީ ހުޅުވާލަމުން ސޯފާގައި އިށީނދެލި އާޒިމް ކައިރީގައި މާރިއާ ވާހަކަފޮތެއް ހިފައިގެން އައިސް އިށީނދެލިއެވެ. “ކޯއްޗެއް މިހާރު ތިކިޔަނީ؟” މާރިއާ އަތުގައި އޮތް ފޮތަށް ނަޒަރު ހުއްޓާލަމުން އާޒިމް އަހާލިއެވެ. “މިއީ މިއަދު ކޮޓަރީގައި ހުރި ކަބަޑު ސާފު ކުރަނިކޮން ފެނުނު ވާހަކަ ފޮތެއް.. ކޮބާތަ އައްޔާދް؟ ހަވީރު އައިގޮތަށް އަދިވެސް ނުނިކުމޭ. ނިދުނީ ކަންނޭގެ. އަންނާނަން ގޮވާލާފައި.” މާރިއާ މިހެން ބުނެފައި ފޮތް ބާއްވާފައި ތެދުމުން އާޒިމް އެފޮތް ނަގައި ހުޅުވާލިއެވެ.

ކޮޓަރީގެ ތަޅުގައި ހިފާލަން އަތްލި ތަނާހެން އެތެރެއިން ދޮރު ހުޅުވާލާފައި އައްޔާދް ނިކުތެވެ. ގަދަ ނޫކުލައިގެ ގަމީސް ބެގީ ޖަހާލާފައި ވީއިރު އުޅަބޮއްޓާއި ހަމައަށް އަތްކުރި އޮޅާލެވިފައި ވިއެވެ. “އަހާ.. ކޮންތާކަށް ދާން ތިދަނީ މާ ތައްޔާރު ވެގެން.؟” އައްޔާދް ފެނިފައި މާރިއާ ސުވާލުކޮށްލިއެވެ. އެވަގުތު ފޮތަށް ގެއްލިފައި އިން އާޒިމް އިސްއުފުލާލާ އައްޔާދަށް ނަޒަރު ހުއްޓާލިއެވެ.

“މިދަނީ ލައިބާއާއި އެކީ އޭނާގެ ވެބްސައިޓް ލޯންޗިން ސެރެމަނީއަށް.. ޓިވީ ދައްކާނެހެން ހީވަނީ.” އައްޔާދް ގޮސް ގޮނޑީގައި އިށީނދެ ބޫޓަށް އަރަމުން ވާހަކަދެއްކިއެވެ. އޭރު ސޯފާގައި އިން އާޒިމް މާރިއާއަށް ބަލައިލުމަށްފަހު ބުމަ އަރުވާލީ ލައިބާއާއި އެކީ ދާތީ އެކަން އަންގާލަންށެވެ. “ނުކާނަންތަ؟” މާރިއާ އައިސް އައްޔާދް ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ. “ނޭނގެ.. ފަހަރެއްގައި ބޭރުން ވެސް ކައިފާނަން. އަންގާލާނަން.. އޯކޭނުން.” ހިނިތުންވެލާފައި އައްޔާދް ނިކުންނަށް ދިޔައިރު އާޒިމަށް ބަލާލީ ފިނިގޮތަކަށެވެ. އެރެއަށްފަހު އޭނާ އާޒިމްދެކެ ހުންނަނީ ހިތްހަމަނުޖެހިފައެވެ. އައްޔާދް ނުކުތުމުން މާރިއާ ދޮރު ތަޅުލުމަށްފަހު އައިސް ސޯފާގައި އިށީނދެލިއެވެ. “ކޮބާ.. އަހަރެން ބުނީމެއްނުން.” އާޒިމް ހިނިތުންވެލުމުން މާރިއާ ވެސް ހެމުން އެކަމާއި އެއްބަސް ވެލިއެވެ.

****

ދަރުބާރުގެ ކައިރީގައި އެތަށް މީހުންނެއް ޖަމާވެފައި ވީއިރު އައްޔާދް ސައިކަލު ޕާކު ކޮށްލުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. ފޯނުން ލައިބާއަށް ދެފަހަރަކު ގުޅާލި ނަމަވެސް ޖަވާބެއް ނުލިބުމުން އޭނާ އެތެރޭގައި މަޑުކޮށްލީ ހަފްލާ އޮތްތަނެއް ހޯދާލާށެވެ. އެވަގުތު ދުރުން އޭނާގެ ގޮވާލި އަޑަށް އައްޔާދް ފަސް އެނބުރުނު އިރު ލައިބާ ހިނިތުންވެފައި ހުރެ އެދިމާއަށް އާދެއެވެ.

އޭނާ ލައިގެން ހުރި ކަކުލާއި ހަމައަށް އަރައި ރަތް ހެދުން ތިރިއަށް ހިމަވެފައި ވީއިރު އެދޮން އަތް ވަނީ ލޭޒްފޮތިން ފޮރުވާލެވިފައެވެ. އަޅައިގެން ހުރި ރިހި ކުލައިން ބަބުޅަމުން ދިޔަ ފަށުން އެމޭމަތީގެ ފަޅުކަން ފިލުވާދެއެވެ. އިސްތަށިކޮޅު އެއްފަރާތަށް ފުނާ އަޅާލެވިފައި ވީއިރު އެތުންފަތް ގަދަ ރަތްކުލައިން ފަވާލެވިފައި ވިއެވެ.

“ހޭއި..” އައްޔާދް ހިނިތުންވެލުމުން ލައިބާ އައިސް އޭނާ ގައިގައި ކުޑަކޮން ބައްދާލިއެވެ. “ހިނގާ އެތެރެއަށް ދާން..” ލައިބާ މިހެން ބުނެފައި އައްޔާދްގެ އަތުގައި ހިފައިގެން ހަފްލާ ބޭއްވުމަށް ޒީނަތްތެރި ކުރެވިފައި އޮތް ފާށަނާ މާލަމަށް ވަދެގެން ދިޔައެވެ. ވަށައިގެން ހުރި މޭޒުތައް ކައިރީގައި ގޮނޑިތައް ޖަހާފައި ހުރިއިރު ފަހަތުގައި ކެއުން ތައްޔާރު ކުރެވިފައި ވިއެވެ. އެތަން އެއްކޮން ފަރުމާ ކުރެވިފައި ވީއިރު ކުޑަ ސްޓޭޖެއްގެ މަތީގައި ޕޯޑިއަމް އާއި ސްކްރީނެއް އަޅުވާފައި ހުއްޓެވެ. އައްޔާދްގެ ނަޒަރު ހޯދަމުން ދިޔައީ ރިއުމާންއެވެ. ލައިބާ ކައިރި އޭނަ ކޮބައިތޯ އަހާލަން އުޅެފައި ވެސް އެކި މީހުންނާއި ދިމާވެ ވާހަކަދެކެވެމުން ދާތީ އެފުރުސަތެއް ނުލިބުނެވެ.

ސްޓޭޖްގެ ފުރަގަހުގައި ހުރި ރިއުމާން ދިޔައީ އޭނާ އަޅައިގެން ހުރި ޝޯލްގައި ކުއްޖެއް ލައްވާ ޕިނެއް ޖަހަމުންނެވެ. ލައިގެން ހުރި ހުދު ކުލައިގެ ހެދުން ބުޑަށް ބާރުވެފައި ތިރިއަށް ދޫކޮށްލެވިފައި ވާއިރު އެ ރީތި ބައްޓަށް ފާޅުވެއެވެ. އަޅައިގެން ހުރި ރަތް ކުލައިގެން ލޭޒް ޝޯލްއާއި އެކު ރީތިވަރަކަށް މޭކަޕު ކޮށްލާފައި ހުރުމުން އެރީތިކަން ފުރިހަމަކުރުވައެވެ. ޝޯލް ރަނގަޅު ކޮށްލުމުން އޭނާ އަވަހަށް ސްޓޭޖްގެ ފުރަގަހުން ނިކުމެ އެންމެންނާއި ކުރިމަތި ލިއެވެ. ވެބްސައިޓްގެ އިސް ދެތިން ވެރިއަކާއި ވާހަކަދައްކާލަން މަޑުކޮށްލި އިރު ދުރުގައި ލައިބާއާއި އެކު ހުރި އައްޔާދެއް އޭނާއަކަށް އަދި ނުފެނެއެވެ.

އެމީހުންނާއި ވާހަކަ ދައްކާލުމަށްފަހު ހިނގައިގެން ވަގުތު ދުރުގައި ހުރި ލައިބާ ފެނި އޭނާ އެދިމާއަށް ދާން މިސްރާބުޖެހިއެވެ. އޭރު ލައިބާއާއި ތަންކޮޅެއް ދުރުގައި ފަސްދީގެން އިތުރު މީހަކާއި ވާހަކަ ދައްކަން ހުރި ޒުވާނާ ފެނި އެއީ މިހާ ދުވަސް ވަންދެއް ލައިބާ އެމީހެއްގެ ވާހަކަ ދެއްކި ޒުވާނާ ބާއޭ އޭނާ ހިތަށްއެރިއެވެ. އެވަގުތު އޭނާއަށް ވެސް އައްޔާދް ގޮވައިގެން އެތަނަށް އާދެވުން ނަމައޭ ހިތުގެ ކަނަކުން ބުނެލިއެވެ.

“ލައިބާ.. ހޭއި.” ރިއުމާން ގޮވާލުމުން ލައިބާ ހިނިތުންވެލާފައި އޭނާގެ އަތުގައި ހިފާލިއެވެ. “ވާއޮ.. ޔޫ ލުކް ގޯޖިއަސް.” ރިއުމާން ފެނި އޭނާގެ ރީތިކަމަށް ލައިބާ ތަޢުރީފް ކޮށްލިއެވެ. “ޔޫ ޓޫ.. މި ފަށް ވަރަށް ގުޅޭ ލައިބާއާއި.” ލައިބާ ކަރުގައި އޮތް ބޮޑުފަށުގައި އަތްލަމުން ރިއުމާން ބުނެލިއެވެ. “ދޯ.. ތިއެއްނޫނޭ. ހީ އިޒް ހިއާ.” ލައިބާ ފަހަތުގައި ހުރި ޒުވާނާއަށް ނިތް އެއްލަމުން ބުނެލިއެވެ. ރިއުމާން ހިނިތުންވެލާފައި އަވަހަށް ތަޢާރަފް ކޮށްދިނުމަށް އެދުނެވެ.

“ހޭއި.. އައި ވޯންޓް ޔޫ ޓު މީޓް ސަމްވަން..” އައްޔާދް ކައިރިއަށް ޖެހިލާ ލައިބާ މިހެން ބުނެލުމުން އޭނާ ވާހަކަ ދައްކަން ހުރި މީހާއާއި ސަލާމްކޮށްލުމަށްފަހު އައްޔާދް ފަސްއެބުރުނެވެ. އެވަގުތު ކުރިމަތީގައި ހުރި ރިއުމާން ފެނި އޭނާ އާޝޯޚުވިއެވެ. އެހުދު ހެދުމުގައި އޭނާ ހުރިގޮތް ފެނި އައްޔާދްގެ ނަޒަރު އޭނަ އިން ވަތްކެއް ނުވިއެވެ.

ކުރިމަތިން ފެނުނު ސޫރައިން ރިއުމާންއަށް ހީވީ ހިނދުކޮޅަށް ވަށައިގެންވީ މާހަލު ހުއްޓުނު ހެންނެވެ. ލައިބާގެ ހިތުގެ ރާޖާއަކީ މިއީ ހެއްޔެވެ؟ މިހާ ދުވަސް ވަންދެން އައްޔާދް އޭނައަށް ފޮނި ހުވަފެން ދައްކާ އުއްމީދުގެ ހުޅުކޮޅު ދިއްލީ އަމިއްލަ އަތުން އެހިތުގައި ރޯކޮށްލަން ހެއްޔެވެ؟ އެލޮލަށް ކަރުނައިގެ ދިލަ ހޫނަ އިހުސާސް ވީއިރު އަމިއްލަ ޒަމީރު އޭނާއާއި އެތަށް ސުވާލެއް ކުރަމުން ދިޔައެވެ. “މިއީ ރިއުމާން.. މައި ކްލޯޒެސްޓް ފެރެންޑް.. ރިއުމާން މިއީ އައްޔާދް. މައި ޓު ބީ ހަޒްބަންޑް.” ލައިބާގެ ދުލުން އެބަސްތައް ބޭރުވުމާއި އެކު އައްޔާދް ސިހުނެވެ. އެބުނީ ކީކޭ ހެއްޔެވެ؟

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

މިދެހިތް ވާތީ ( ދެވަނަ ބައި )

Next

އަބަދަށް އެކީގާ… (06)

Next
January 20, 2017

އަބަދަށް އެކީގާ… (06)

Previews
January 20, 2017

މިދެހިތް ވާތީ ( ދެވަނަ ބައި )

28 Comments!

  1. layaal says:
    January 20, 2017 at 10:59 pm

    Hey all. Enjoy reading and do let me know what you think.
    Will this misunderstanding take their relationship into an unknown path?

    1. Hoooooo says:
      January 21, 2017 at 9:23 am

      No pls.

  2. sallu says:
    January 20, 2017 at 11:04 pm

    v nice

  3. milli says:
    January 20, 2017 at 11:07 pm

    wow! the ending was intense!! hama neyva hifataa laigen mi ini. bust vaane baaey nuvaane baaey? fenaane baaey nufenaane baaey? and it happened!! oh my god! i” speechless huvaa. layaaaaaa loabi gadaa haadha molhey hama anthareees vejje. dhen kihine baa vani??? sifakurun hama obi ❤️?

  4. Orchid says:
    January 20, 2017 at 11:12 pm

    Bust V!! i am like “bust v bust v bust” ey kiyamun gey therey fumeni mi. dhen manam bunani kihine heyo vi and i’m like “manmaaa bust viyyee” ??? vvvvvv salhi! adhi mivaruge vaahaka eh nukiye! nuves nidheyne mirey dhen. hama eneme reethi hisaabun thi ninmaali. can’t wait for tomorrow ??

  5. zami says:
    January 20, 2017 at 11:20 pm

    varah reeethi. dhen alhey ayaadh ah angaa ves nulaaa. magey fakeeru kihine vaani dhen

  6. Kaiydha says:
    January 20, 2017 at 11:24 pm

    Emanje Keekey tha alhe ebunee??

  7. ley kokaa says:
    January 20, 2017 at 11:31 pm

    ayaadh ah vaani mihen iegy “laiba u say waaaaaaaaaaat?? ??” ??

  8. sonaalee says:
    January 21, 2017 at 12:01 am

    V salhi.when next prt

  9. iyya says:
    January 21, 2017 at 12:15 am

    wow! varah furihama. alhey poor riuman ehen nahadhaa eyna ya! lovee this story. maadhan avaha up kohdhechey.

  10. Snow flake says:
    January 21, 2017 at 1:07 am

    OmG. Waaau. Loabi Varah mibaivess. Alhey Varh Foohi Vey laiba Dheke Please Ahyaadh and Riu gulhuvahcheyy. Heskiyaafa Loabi vey Layaaa.?

  11. shy says:
    January 21, 2017 at 7:07 am

    Alhey riumaan fakeeru hiy halaaku thi kohlly….thihen nahadhaa layaa loabi ….speechless ingey…varah reethi mi part ves.

  12. Yax says:
    January 21, 2017 at 7:11 am

    Alhey why riu have to face all the sadness!!
    No matter what anyone say riu will get ayaadh at the end! Right layaa!!!
    And they will live happily ever after
    Love the story layaa?

  13. Faathee says:
    January 21, 2017 at 8:33 am

    Maasha Allah. Sifa kurun tha vara salhi. Avaha Riumaan ge hageegai khonmes gothakaha ayyadh ah inguniyaa kan neynge dhen rangalhu vaani

  14. loo says:
    January 21, 2017 at 9:41 am

    Konirakun next part. Time???

  15. loo says:
    January 21, 2017 at 9:43 am

    Sifakurun v furihama masha allah. Heevanee.hama.emeehun.kurimathy huregen manzaru balailevey hen. Keep it up layaa 🙂

  16. loo says:
    January 21, 2017 at 9:44 am

    Sifakurun v reethi masha allah. Heevanee.hama.emeehun.kurimathy huregen manzaru balailevey hen. Keep it up layaa 🙂

  17. ali says:
    January 21, 2017 at 10:56 am

    sifakurun hama vvvvvv salhi. dhen kohine vaani alhey. hiy thalhu vaalaafa abadhuves ninmaa lani. can’t wait to see ayaadh’s reaction

  18. Gina says:
    January 21, 2017 at 12:02 pm

    OMG… dhen thihen nahadhaa layaa… Ayaad and riuman and laiba is going to be ?? at the end… riu+ayaad , laiba+some one else… it has to be like that…

    1. yax says:
      January 22, 2017 at 12:52 pm

      how about
      laibaa+aadil

  19. layaal says:
    January 21, 2017 at 3:28 pm

    Hey all. thank you so much for the sweet comments. Do let me know if there is anything to correct. I would like to improve my writing. Next episode tomorrow because i’m a bit busy today.
    Love ❤️

  20. Ul says:
    January 21, 2017 at 3:34 pm

    Alhey… dhen riu ah thihen nuhadhaa.. curious to know what happen next….

  21. Rsy says:
    January 21, 2017 at 5:30 pm

    VVVVVVVVVVVV reethi….
    riu and ayad guluvafa eha avaha stry nimanula thi kurin stry ga hedi gotha pls layaaaa

  22. Chum handi says:
    January 21, 2017 at 10:10 pm

    mi laiba mee keehvegen ulhey ehcheh tha?BTW story habeys ingey.. bt riu aa ayaadh aa gulheny… riuge hageegaii ayyaadh ah kiyaidhee fa ayyaadh ok koh ba n ayyaadh ge dad vex…… see ya tmorw.. mirey 12 ga maadhan vaane. so, mirey up koh dheeba…

  23. Liu says:
    January 22, 2017 at 1:30 pm

    Kobaa tha anehbai? hàadha dhigu inthizaarekey?????

  24. Snow flake says:
    January 22, 2017 at 4:37 pm

    Dheyyyyn Layaaaaa. Avahah Upload Kohbala.
    Atleast Bunelaba Up kuraane gadi Bbg.??
    Dhen Ekam Keh ves nukureveythee Vaagotheh Kanneyge me.?
    Abadhu beleny Up vefa thoa.
    Ehennu vaane Ehaa heart touching vihyya.
    But Avahah kohlahcheyyyy
    Miadhu dho nest part?
    ??????????

  25. Snow flake says:
    January 22, 2017 at 4:39 pm

    Next.*** :)?

  26. aisha says:
    January 23, 2017 at 9:27 pm

    pls kiyaaladhyba vaahakaige furathama part hoadhaane gotheh kohmmes kuhjjeh.

Comments are closed.

Next Episodeވަންހަނާ (21)←


All Right Reserved!