އަނދިރިފަރާތް (4 ވަނަ ބައި)
އެހެން ހުއްޓައި ކުއްލިއަކަށް އަހަރެން ސިހުނީ އަހަރެންގެ ފޯނު ރިންގުވާ އަޑަށެވެ. އަވަސް ހަރަކާތަކާއެކު ފޯނުނަގައި ބަލާލިއިރު އަހަރެންގެ ނިތަށް ރޫތަކެއް ޖަމާވީ އެ ގުޅާ ނަންބަރު ފެނިފައެވެ. އެއާއެކު ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ. ނަންބަރު ދިގުކަމުން ފޯނުގެ މުޅި ޑިސްޕްލޭ އޮތީ ފުރިފައެވެ. ޖެހިލުންވެ ހުރެ އަހަރެން ފޯނު ނަގައި ކަންފަތުގައި ޖަހާލީމެވެ.
“ހެލޯ… ވަރަށް ބިރުން ހުރެ ދޯ ތި ފޯނު ނެގީ..” އެއީ އަރޫންގެ އަޑުކަން އަހަންނަށް އެނގުނެވެ. ބޮލުގައި އަޅާފައިވާ މާސްކު ނަގަމުން އަހަރެން އެނދުގައި އިށީނީމެވެ.
“އަހަރެން ބިރުގަންނާނެތަ؟” ބިރުނުގަންނަކަމަށް ހެދިފައި އަހަރެން ބުނެލީމެވެ. އެއާއެކު އެކޮޅުން އަރޫން ހީލި އަޑު އިވިގެން ދިޔައެވެ.
“ފެނިއްޖެތަ ސުއިޓް؟ ހެޔޮވަރުތަ؟” އަރޫން އެހެން ބުނުމުން އަހަރެން އާއެކޭ ބުނެލީމެވެ.
“އަސްލު އަހަރެން ނުޖެހޭނެ ހެޔޮވަރުތޯ އަހަންވެސް… ތީ ހަމަ ޝުބާއަށް ޚާއްސަ އެއްޗެއް… ދެން ދަބަހުގައި ހުރި އެހެން އެއްޗެހި ބަލައިފިންތަ؟” އަރޫން އެހެން ބުނުމުން އަހަރެން ދަބަހުގެ ޒިބު ބޮޑަށް ހުޅުވާލައި އެތެރެ ބަލާލީމެވެ. އޭގައި ހަތަރެސްކަނަށްދާ އެއްޗެއް އޮތެވެ. އަހަރެން އޭތި ނަގައި އޭގައިވާ ސުވިޗަށް ފިތާލުމާއެކު އެގޮތް މިގޮތަށް ނިއުޅެމުން ގޮސް އަރޫން ގެންގުޅުނު ކަހަލަ ވީބީ ބޯޑަކަށް ބަދަލުވިއެވެ.
“ވާއޮ؟ މި ބޯޑު އަހަންނަށްތަ؟” އަހަރެން ހިނިތުންވުމަކާއެކު ބޯޑަށް ބަލާލަމުން އަހާލީމެވެ.
“ޔޭސް… އެންޑް ޝުބާ ޖެހޭނެ މާދަމާ ރޭ 12 ޖަހާއިރު މިކޮޅަށް އަންނަން… ވީބީ ބޯޑް އޮތީމަ ފަސޭހަވާނެއްނު؟ ސޯ ސީ ޔޫ ޓުމޯރޯ ނައިޓް..” އަރޫން އެހެން ބުނެފައި ފޯނު ބާއްވަން އުޅުނު ވަގުތު އަހަރެން ވާހަކަދެއްކީމެވެ.
“12 ޖަހާއިރޭ؟ ބަޓް އަހަރެންމީ ހެނދުނު ސްކޫލަށްދާ ކުއްޖެކޭ…” އަހަރެން ހިތްހަމަނުޖެހިހުރެ ބުނެލީމެވެ. އެއާއެކު މާދަމާރޭ އައުމުން އެކަންތައް ހަމަޖެހޭނެކަމަށްބުނެ އަރޫން ފޯނު ބޭއްވިއެވެ. މޭޒުމަތީގައި ފޯނު ބާއްވާލުމަށްފަހު އަހަރެން އެނދުމައްޗަށް ވެއްޓިގަތީމެވެ. އޭރުވެސް އަހަރެންގެ ސިކުނޑީގައި ތަފާތު ޝުޢޫރުތައް އުފެދެމުން ދިޔައެވެ. އަނެއްކާ މިއީ ހުވަފެނެއް ނޫންބާއޭވެސް ހިތަށް އަރަމުން ދިޔައެވެ. އަހަރެން ފަދަ އާދައިގެ ކުއްޖަކަށް ސީކްރެޓް އެޖެންޓަކަށް ހަމަ ވެވިދާނެ ހެއްޔެވެ؟
އޭގެ އަނެއްރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށް އަހަރެން އެންމެންނާ ސިއްރުން ގެއިން ނިކުތީ އަރޫން ދިން ސުއިޓު ލައިގެންނެވެ. ވަލުތެރެއިންލާފައި އަތިރިމައްޗަށް ނިކުންނަން ޖެހުމުން އަހަރެން ހުރީ ފުދޭވަރަކަށް ބިރުންނެވެ. ވައިރޯޅިއާއެކު ގަހެއްގެ ފަތެއް ހެލިލިޔަސް އަހަރެން ދަނީ ސިހިގެންނެވެ.
ވީބީ ބޯޑު ދުއްވަމުން އަހަރެން ވިނަދޫއާ ދިމާއަށް މިސްރާބުޖެހިއިރުވެސް ހުރީ ބިރުންނެވެ. ފައި ކައްސާލައިގެން ކަނޑަށް ވެއްޓިއްޖެނަމަ އަހަރެން މަރުވާނެކަން ޔަޤީނެވެ. ވިނަދޫއަށް ދެވުނުއިރު ރަށުގެ އަތިރިމަތީގައި އަހަރެންގެ އިންތިޒާރުގައި އަރޫން ހުއްޓެވެ. މާސްކުއަޅައި މޫނު ނިވާކޮށްގެން ހުރި ނަމަވެސް އޭނާގެ ދެލޯ އަހަންނަކަށް ނޯޅޭނެއެވެ.
އެރެއަށްފަހު އަހަރެންގެ ޓްރެއިނިންގ ފެށިގެން ކުރިއަށް ދިޔައެވެ. އޭނާގެ އެހުންނަ އެކުވެރި ގޮތެއްގެ ސަބަބުން އަަރޫންގެ ފަރާތުން ކަންކަން ދަސްކުރުންވީ ފަސޭހަކަމަކަށެވެ. 6 މަސް ދުވަހުގެ ޓްރެއިނިންގ ނިމުނުއިރު އަހަރެން ބައެއް ކަންކަމުގައި އަރޫންއަށްވުރެ ވެސް ކުޅަދާނައެވެ. އަހަރެންނަށް އައި ކުރިއެރުމުގެ ސަބަބުން އާރިފް ސާރ ވެސް އަހަންނަށް ތަޢުރީފުކުރިއެވެ. ބައެއް ފަހަރު ޖައްސާ ފައިޓުތަކުގައި އަހަރެން އަރޫންވެސް ބަލިކޮށްލަމެވެ.
އެޖެންސީގައި އެހާ ދުވަސްވީއިރުވެސް އާރިފް ސާރ އަަހަރެން “މިޝަން” އެއްގައި ނުފޮނުވާތީ ވަރަށް ގިނައިން ޝަކުވާވެސް ކުރަމެވެ. ސާރ އޭރު އަބަދުވެސް ބުނަނީ އަހަރެން މިޝަންއަކަށް ފޮނުވާ ވަރަށް “ފިޓް” ވުމުން ފޮނުވާނެކަމަށެވެ. އެންމެންފަހުން މި ދުވަސްވެސް އައީއެވެ. އެހެން މީހުން ފަދައިން އަހަރެންވެސް މިޝަން އެއްގައި ސާރ ބައިވެރިކުރީއެވެ.
#
އެ ޚިޔާލުތަކަށް ގެއްލިފައި ހިނިތުންވެލައިގެން އަހަރެން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުއްޓާ ސިހުނީ މީހަކު އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އެނބުރި ބަލާލިއިރު ވޮޝްރޫމް ދޮރުމަތީގައި ރައުފާ ހުއްޓެވެ.
“ކްލާސް ގަޑި ޖެހޭއިރުވެސް ފާހާނާގަ ވިއްޔަ ތި އޮންނަނީ.. އަވަހަށް ހިނގާ ދާން..” ރައުފާ އެހެން ބުނުމުން އަހަރެން ދެއަތުގައި ހުރި ފެންތައް ފޮޅާލުމަށްފަހު އޭނާއާއެކު ކުލާހާ ދިމާއަށް މިސްރާބުޖެހީމެވެ. އޭރުވެސް އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ. އަހަރެން ހުރީ މިރޭ އެޖެންސީއަށް ނުދެވިގެން ލަސްވެފައެވެ.
** ** **
“މީ ކާކުކަން ޝުބާއަށް އެނގޭ ދޯ؟” ސްކްރީން އިން އަޅުވާފައިވާ ފޮޓޯއަކަށް އިޝާރާތްކުރަމުން އާރިފް ސާރ ވާހަކަދެއްކިއެވެ. އަހަރެން ކަޅިވެސް ޖަހާނުލާ އެއަށް ބަލަން ހުރީމެވެ. ކިޔަންވީ ކީކޭ ކަމެއް ވެސް އަހަންނަކަށް ނޭނގުނެވެ. އެ ފޮޓޯގައި އެ ހުރި މީހަކީ އަހަންނަށް ކެމިސްޓްރީ ކިޔަަވައިދޭ ސާރ އެވެ. ރާޖް ސާރއެވެ.
“ތީ.. ތި.. ތީ ރާޖް ސާރ..” އަހަރެން ހައިރާންކަމާއެކު އާރިފް ސާރ އަށް ބަލާލަމުން ބުނެލީމެވެ.
“މީ ޝުބާމެންނަަށް ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރު… އެހެންނު؟” އާރިފް ސާރ އެހެން ބުނުމުން އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. އަދި އަރޫންގެ މޫނަށް ބަލާލީމެވެ. މަޝްވަރާ ރޫމްގައި އަހަންނާ އަރޫންއާ އާރިފް ސާރ ނޫން އިތުރު މީހަކު އެގަޑީގައެއް ނެތެވެ.
“އެކަމް.. ސާރ.. ކީއްވެތޯ ރާޖް ސާރ ގެ ފޮޓޯ ތި ދައްކަނީ؟” އަހަރެން ހިތުގައި އޮތް ސުވާލުކޮށްލީމެވެ. އެވަގުތު ސާރ އަހަންނަށް ދެލޯ ހަނިކޮށްލިއެވެ.
“މީ އަހަރެމެންގެ ސަސްޕެކްޓެއް..” އާރިފް ސާރ އެހެން ބުނި ގަޑީގައި އަހަންނާ އަރޫންއަށް ވަޓް އޭ ބުނެލެވުނީ އެއްފަހަރާއެވެ. ރާޖް ސާރ އަކީ ކުޑަކޮށް ރުޅިގަދަ ގޮތެއް ހުންނަ ޓީޗަރެއް ނަމަވެސް އޭނާ އަބަދުވެސް މަސައްކަތްކުރަނީ ކުދިންގެ މޮޅަށެވެ. ކުދިން މޮޅުކުރުމަށް އޭނާ ކުރާ މަސައްކަތް އެންމެ ގާތުން ފެންނާނީ އަހަރެމެންނަށެވެ.
“މީނަ އަކީ މިއަހަރު އިރުދޭފުށި ތަޢުލީމީ މަރުކަޒަށް ކިޔަވައިދޭން އައި އިންޑިޔާގެ ރައްޔިތެއް…” އާރިފް ސާރ ދެކޮޅަށް ހިނގަމުން ވާހަކަ ދައްކަން ފެށިއެވެ. އަހަންނާ އަރޫން ސާރ އެކިޔާ އެއްޗެއް ކަނުލާ އަޑު އަހަމުން ދިޔައީމެވެ.
“ރާޖް ނާޔަރު ގެ ނަމުގައި މީނަ އެ ސްކޫލަށް އައީ… ކިޔަވައިދޭ މާއްދާއަކީ ކެމިސްޓްރީ… މީނަ ކިޔަވައިދޭލެެއް ރަނގަޅުކަމަށް ސްކޫލުގެ ޕްރިންސިޕަލްވެސް ބުނަނީ….” އާރިފް ސާރ ބުނެލިއެވެ.
“ދެން ކީއްވެގެންތޯ އޭނައަށް ތި ސަސްޕެކްޓް ކުރަނީ؟ ތި ބުނީ ނޫންތަ އޭނައަކީ ވަރަށް ރަނގަޅު ޓީޗަރެކޭ… އެންޑް އައި ނޯ ހީ އިޒް… ހީ ޓީޗަސް މީ..” އަހަރެން ބުނެލީމެވެ. މިވާން އުޅެނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަދި އާރިފް ސާރ ރާޖް ސާރ އަކީ ސަސްޕެކްޓެކޭ އެބުނަނީ ކީއްވެ ކަމެއްވެސް އަހަންނަކަށް ނުވިސްނުނެވެ.
“ޝުބާ… އަހަރެން ވާހަކަ ދައްކައެއް އަދި ނުނިމެއޭ..” އާރިފް ސާރ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު އަހަރެން ހިމޭންވީމެވެ.
“މީނަ ކިޔަވައިދޭލެއް ރަނގަޅު އާނ.. އެކަމަކު މީނަގެ ނަމަކީ އަސްލުު ރާޖް ނާޔަރެއްވެސް ނޫން… މީނަގެ ނަމަކީ ޑެނީ ޗާލްސް… މީނަ އަކީ ނަންވެސް އޮޅުވާލައިގެން ސެޓެފިކެޓްތައް ވެސް އޮޅުވާލައިގެން އައިސް ހުރި މީހެއް… އެކަން މިހާރު އަހަރެމެންނަށް ކަށަވަރު ވެއްޖެ… އެހެންކަމުން އަހަރެން މިހާރު ބައެއް މީހުން ލައްވާ ސްކޫލުގައި ސީސީ ޓީވީ ކެމެރާ ހަރުކޮށްފައި ހުންނާނީ… އެތަނުގައި ހިނގާ ކަންތައް އަހަރެމެންގެ ޓީމަކުން މޮނިޓާރ ކުރަމުން ދާނެ…” އާރިފް ސާރ ކިޔައިދިނެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. އޭރުވެސް އަހަރެން ހުރީ ރާޖް ސާރ އެވަރުގެ ކަމެއް ކޮށްފާނެކަމަށް ޤަބޫލުކުރަން ދަތިވެފައެވެ.
“ސާރ! ސާރ! އައިޓީ ސެކްޝަނަަށް ވަރަށް އަވަހަށް ދުރުވެބަލަ.. ދޭ ފައުންޑް ސަމްތިންގް…” ކުއްލިއަކަށް އަހަރެން ސިހުނީ ދޮރު ކަހާލާފައި ކުއްޖަކު އެހެން ބުނުމުންނެވެ. އޭރު އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. އާރިފް ސާރ އޭނާގެ ފަހަތުން އައިޓީ ސެކްޝަން ހުންނަ ބަޔަށް ބާރު ހިނގުމެއްގައި ދާން ފެށިއެވެ. އަހަންނާއި އަރޫންވެސް ވާނުވާ ނޭނގި ހުރެ ސާރ ގެ ފަހަތުން ދިޔައީމެވެ.
އެ ބަޔަށް ވަދެވުނު އިރު އެތަނުގެ ތެރޭގައި އެކި މީހުން ހަރަކާތްތެރިވަމުން ގެންދެއެވެ. އެތައް ކޮންޕިއުޓަރަކުން މުޅިތަން ފުރާލެވިފައިވީއިރު އާރިފް ސާރ އެކުއްޖާއާއެކު ދިޔައީ އެތަނުން އެންމެ ބޮޑުކޮށް ހުރި ކޮންޕިއުޓަރު ސްކްރީނާ ދިމާއަށެވެ. އޭރު ސްކްރީން އިން ފެންނަން ހުރީ ކޮންމެވެސް ރަށެއްގެ ޗާޓެކެވެ.
“ސާރ..! މި ރަށުން ސަސްޕެކްޓަކު ޑިޓެކްޓް ވެއްޖެ…” ކޮންޕިއުޓަރު ދޮށުގައި އިށީންދެގެން އިން ކުއްޖާ އާރިފް ސާރ ފެންނައިރަށް ބުނެލިއެވެ. އޭރު އޭނާ ކީބޯޑުގެ ފިތްތަކަށް ފަރިތަކަމާއެކު ފިތަމުން ދިޔައެވެ. އެއީ މާޒްކަން އަހަންނަށް ފާހަގަވީ ތަންކޮޅެއް ކައިރިއަށް އާދެވުނު ފަހުންނެވެ. މާޒް އަކީ މުޅި ޓީމުގައިވެސް ހުރި ކޮންޕިއުޓަރުގެ ކަންތައް ކުރަން އެންމެ މޮޅު އެކަކެވެ.
“ކާކު؟” އަޑަށް ބާރު ލާފައި އާރިފް ސާރ އަހާލިއެވެ.
“ރާޖް ނާޔަރުގެ ނަމުގައި ރާއްޖެ އައިސް އުޅޭ މީހާ… އިރުދޭފުށީގެ ޓީޗަރަކަށް އުޅޭ މީހާ…” ކީބޯޑުން އަތް ދުރަށްލުމެއްނެތި މާޒް ބުނެލިއެވެ.
“ތީ ކޮން ރަށެއް..؟” އާރިފް ސާރ އަނެއްކާވެސް ސުވާލުކުރިއެވެ. އޭރު އޭނާގެ ނަޒަރު ސީދާ ސްކްރީނަށް ހުއްޓިފައިވިއެވެ.
“މީ އޮޅަގިރި.. ބ. އަތޮޅުގެ ރަށެއް…” މާޒް ބުނެލިއެވެ.
“އޭނަ އެރަށުގައިތަ އަދިވެސް… ކޮން ހިސާބަކުތޯ ސީދާ ކޮން ދިމާލަކުތޯ ބަލާބަލަ..!” އާރިފް ސާރ ގެ މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ.
“ނޭނގެ ސާރ… އަޅުގަނޑު މި ހޯދަނީ..” މާޒް ބުނެލިއެވެ. އެއާއެކު އާރިފް ސާރ އަހަންނާ އަރޫން ހުރި ދިމާއަށް އެނބުރުނެވެ.
“ޝުބާ.. އަރޫން… އޮޅަގިރިއަށް ދާން ރެޑީވޭ… މި މީހާ މިރޭ އަތުލައިގަނެވެން ޖެހޭނެ…!” އާރިފް ސާރ ގެ އަޑުގައި ޖޯޝެއްވިއެވެ. އަހަންނާ އަރޫން ބޯ ޖަހާލުމަށްފަހު އެތަނުން ނުކުމެގެން ދިޔައީ ހަލުވި ފިޔަވަޅުތަކެއް މަތީގައެވެ. އޭރު އަހަރެންގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައެވެ. އަހަރެން އަތުލައިގަންނަން މިއުޅެނީ ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރުކަން ހަނދާންވާ ކޮންމެ ފަހަރަކު މެެއަަށް ފިނިވެގެން ދެއެެވެ.
ބޭނުންވާ އެއްޗެހި ހިފައިގެން އަހަންނާ އަރޫން ވަގުތުން އޮޅަގިރިއާ ދިމާއަށް މިސްރާބުޖެހީމެވެ. މޫދުގައި ދުއްވާ ސައިކަލު ދުއްވަން އަރޫން އިންއިރު ފަހަތުގައި އިނީ އަހަންނެވެ. ދެމީހުންވެސް ތިބީ މާސްކު އަޅައި މޫނު ނިވައިކޮށްގެންނެވެ. ސައިކަލުގައިވާ ޖީޕީއެސް އިން އަހަރެމެން ދާން ޖެހޭ މިސްރާބު ދައްކައިދެމުން ދިޔައެވެ.
ގާތްގަނޑަކަށް 30 މިނެޓުގެ ދަތުރަކަށްފަހު އަހަރެމެންނަށް އޮޅަގިރިއަށް ދެވުނެވެ. ރަށުގެ އަތިިރިމައްޗަށް ފައިބައި އަހަރެން ކޮޅުކޮޅު ހޯދާލީ ޖެހިލުންވެ ހުރެއެވެ. ރަށުގެ ގަސްބޯ ވަލާ ދިމާއަށް ހިނގައިގަތްތަނާ އަރޫން އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
“އިއަރ ފޯން އޮން ކޮއްފިންތަ؟” އަރޫން އެހެން އަހާލުމުން އަހަރެން މާސްކު އަޑިން ކަންފަތަށް ޖަހާފައިވާ އިއަރ ފޯނު އޮން ކޮށްލީމެވެ. އެއާއެކު އާރިފް ސާރ ގެ އަޑު އިވެން ފެށިއެވެ.
“އާރ ޔޫ ދެއާރ؟” އާރިފް ސާރ އަހަމުން ދިޔައެވެ.
“ޔެސް.. މިހާރު އޮޅަގިރީގަ… ވީ އާރ ގޮއިން އިން…” އަހަރެން ކަންފަތުގައި އަތް އަޅާލަމުން ވާހަކަދެއްކީމެވެ. އާރިފް ސާރ އޯކޭ ދިނުމުން އަހަރެމެން ދެމީހުން ވަލުތެރެއަށް ވަނީ މަޑުމަޑުންނެވެ. އަރޫން އާ އެކު އެކި ކޮޅުކޮޅަށް ނަޒަރު ހިންގަމުން ވަލުގެ އެންމެ ގަސްބޯ ހިސާބަށް އަހަރެން ހިނގަމުން ދިޔައީމެވެ. ބައެއް ފަހަރު ހޯރަ ގޮވާ އަޑު އިވެމުން ދިއުމާއެކު އަހަންނަށް އެ ވާ ސިފަކުރެވުނީ ވަރަށް ނާމާން ގޮތަކަށެވެ.
އެހެން ހިނގާތާ އިރުކޮޅެއް ފަހުން ކުއްލިއަކަށް އަހަރެންގެ ފަހަތުގައި ހުރި ގަސް ހެލެލިހެން ހީވިއެވެ. ފަހަތުގައި ހުރި ގަހުގެ ގޮފިތަކަށް ބަލާލިއިރު އެތަނުން ގޮތްޕެއްގައި އިން މީހާގެ ހިޔަނި އަހަންނަށް ރީތިކޮށް ފެނުނެވެ. އަރޫންގެ ގައިގައި އަހަރެން ކޮއްޓާލިއިރު އޭނާވެސް ހުރީ އެދިމާ ބަލަހައްޓައިގެންނެވެ. އެމީހާގެ ކިބައިން އައިސްފާނެ ހަމަލާއަކަށްޓަކާ ދެމީހުންވެސް ސަމާލުވެގެން ތިބީމެވެ.
“އެއީ އެމީހާ… އަރޫން އާ ކައިރީގައި ހުރި ގަހުގަ އޭނަ އެބަހުރި… އަވަހަށް އެޓޭކް ކުރޭ! ޑޯންޓް ލޫޒް ހިމް!” އާރިފް ސާރ އެކޮޅުން ބުނެލި އަޑު އިވުމުން އަހަރެން އަވަސް ހަރަކާތަކާއެކު އަޅުވައިގެން ހުރި ދަބަހުން ފަންސޫރެއް ވަރުވާ ދަނޑިކޮޅެއް ނެގީމެވެ. އޭގައިވާ ސުވިޗަށް ފިތާލިތަނާ އޭތި ދިގު ދަނޑިބުރިއަކަށް ބަދަލުވިއެވެ. އަހަރެން އަރޫން އާ ދިމާ ބަލާލިއިރު އޭނާވެސް ހުރީ އަތަށް ވެޕަން އެއް ހެޔޮވަރުކޮށްލައިގެންނެވެ.
“ވަން… ޓޫ… ތްރީ…” އަރޫން ވައިއަޑުން އެހެން ބުނެލުމާއެކު ދެމީހުން އެއްފަހަރާ އެގަހަށް އަރަންފެށީ ހަލުވިކަމާއެކީގައެވެ. ނަމަވެސް ވަކި ހިސާބަކަށް އެރުމަށްފަހު އަހަރެންގެ ހަރަކާތްތަަކަށް ހުއްޓުންއެރީ ގަހުގެ ތިރީގައިވެސް މީހަކު ހުރި ކަމުގެ އިހުސާސްވެގެންނެވެ. ތިރި ބަލާލިއިރު އޭނާ ހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަޅި ފާޑަކަށްދާ ސުއިޓެއް ލާފައިވީއިރު ދެލޯ ފެންނަވަރަށް މާސްކެއް އެމޫނުގައި އަޅާފައިވިއެވެ. އަވަސް ހަރަކާތަކާއެކު މަތި ބަލާލިއިރު އަރޫން މަތީގައި ހުރި މީހާ ގައިގައި ހިފައިގަނެގެން އުޅޭތަން އަހަންނަށް ފެނުނެވެ. އަރޫން އެކަންޏަށް އެމީހާ ހިފެހެއްޓޭނެކަމަށް އަހަރެން ހީކުރީމެވެ. އެހެންކަމުން އަހަރެން ގަހުން ފުންމާލީ ތިރީގައި އެހުރީ ކާކުތޯ ބެލުމުގެ ބޭނުމުގައެވެ.
އަހަރެން ހަމަ ފުންމާލިތަނާ ތިރީގައިހުރި މީހާ ދުންކަނޑާފައި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ. އަހަރެންވެސް ބަލާކަށް ނުހުރެ އެމީހާގެ ފަހަތުން ދިޔައީމެވެ.
“ޝުބާ! ޝުބާ! ވަޓް އާރ ޔޫ ޑުއިންގް؟ ކޮންތާކަށް ތި ދަނީ؟ އަރޫން ނީޑްސް ޔުއަރ ހެލްޕް!” އާރިފް ސާރ ގެ ބަރު އަޑު އިއާރ ފޯނުގެ ތެރެއިން އަހަރެންގެ ކަންފަތަށް ގުގުމާލިއެވެ. އަހަރެން ގައިގައި ޑިޓެކްޓަރެއް ހަރުކޮށްފައި ހުރުމުގެ ސަބަބުން ސާރ މެންނަށް އަހަރެން ދާ ދިމާ އެނގޭނެއެވެ. އަރޫން އާ އެ ގަހުގައި ހުރި މީހާ އާ ދުރަށް އަހަރެން ދާކަން ސާރ މެންނަށް އެނގުނީއެވެ. އެހެންމީހަކު އެބަ އުޅެއޭ ބުނަން އަނގަހުޅުވާލިތަނާ އަހަންނަށް އެރުނީ އެ މޫނު ނިވާކޮށްގެން ހުރި މީހާގެ ކުރިމައްޗަށެވެ. އެހެންކަމުން އިތުރަށް އެއްޗެއް ބުނަން ނުހަދާ އަހަރެން ދަނޑިބުރި އަތަށް ހެޔޮވަރުކޮށްލީމެވެ.
“ތީ ކާކު؟” އަހަރެން އަޑަށް ބާރުލާފައި އެމީހާ ގާތު އަހާލީމެވެ. ނަމަވެސް އެމީހާ އެއްޗެކޭ ނުބުންޏެވެ. އަހަރެން ބަލާކަށް ނުހުރެ އެމީހާ ގައިގައި ދަނޑިބުރިން އަޅުވާލަން އުޅުނީމެވެ. ނަމަވެސް އޭނާ ފަރިތަކަމާއެކު އެއްއަތުން ދަނޑިބުރީގައި ހިފެހެއްޓިއެވެ. އަދި ދަނޑިބުރިއާއެކީ އަހަރެން ފަހަތަށް ކޮއްޕާލިއެވެ. އެދިޔަ ބާރުމިނުގައި އަހަރެންގެ ބޯ ގޮސް ޖެހުނީ ފަހަތުގައި ހުރި ގަހެއްގެ ބުޑުގައެވެ. ވީތަދެއްގެ ބޮޑުކަމުން އަހަންނަށް ބޮލުގައި އަތް އަޅައި ލޯ މަަރާލައިގެން އިރުކޮޅަކު އޮވެވުނެވެ.
ކުޑަކޮށް ރަނގަޅުވުމުން ދެލޯ ހުޅުވާލި ގަޑީގައި އެމީހާ އަހަންނަށް ފުރަގަސްދެނީއެވެ. އަހަރެން އޮތީ ހޭނެތިފަހެން އޭނާއަށް ހީވީ ކަންނޭނގެއެވެ. ހިތްވަރެއް ލާފައި ތެދުވެ އަހަރެން ދަނޑިބުރިން އެމީހާގެ ފައިގައި އަޅުވާލީމެވެ. ނުވިސްނާ ހުރުމުގެ ސަބަބުން އޭނާ އަނގަވަތައް ބިންމައްޗަށް ވެއްޓުނެވެ. އެއާއެކު އޭނާގެ އަނގައިން ވޭނީ އާހެއް ނިކުތެވެ. އަހަރެން އަވަސް އަވަހަށް އޭނާގެ ދެއަތުގައި އަތުން ލޮކް އެޅުވީ އޭނާއަށް ނުތެދުވެވޭނެ ހެންނެވެ. އޭނާ ގަދަ ހަދަމުން ދިޔަ ނަމަވެސް އަހަރެން އޭނާއަށް އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރަމެވެ. އަހަރެން އޭނާގެ ބޮލުގެ ފުއްކިބައިގައި ބާރަކަށް އަޅުވާލުމާއެކީ އޭނާ ހިމޭންވިއެވެ. އެއްއަތުން އޭނާގެ ދެއަތުގައި ހިފެހައްޓައިގެން ހުރެ އަހަރެން އޭނާގެ ބޮލުގައި އޮތް މާސްކު ދަމައިގަތީ ހުޝިޔާރުކަމާއެކީގައެވެ. އެއާއެކު އޭނާ ސިހުނުކަން އަހަންނަށް އެނގުނެވެ. އަހަރެން އެފަދަ ކަމެއް ކޮށްފާނެކަމަށް ނުވިސްނައި ހުރުމުން ކަމުގައި ވެދާނެއެވެ.
އޭނާ ބޯ އަރިކޮށް އަހަންނާ ދިމާއަށް ބަލާލި ގަޑީގައި އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގެ ސަބަބުން އަހަންނަށް އޭނާގެ އަތުންވެސް ދޫކޮށްލެވުނެވެ. އެއްއަތުން އޭނާގެ މާސްކު ހިފައިގެން ދެލޯ ބޮޑުކޮށްގެން އަހަރެން ބަލަން ހުއްޓާ އޭނާ އުނދަގޫ ގޮތަކަށް ބިންމަތިން ތެދުވިއެވެ. އޭރުވެސް އަހަންނަށް ހުރީ ކުރިމަތީގައި އެހުރީ ކާކުކަން ޤަބޫލުކުރަން ދަތިވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.







Hii.. Mi bai liaa ah liyevunu goi ehaa reecheh noon… bt ummeedhu kuran shaugaa eku kiyaalaane kamah 🙂
LOves <3
Its v good
Very nice.. Keep it up!! ❤
Vvvvv reethi aneh part konirakun vvv salhi ?????????????
I guess its shaakin
Nice. Kaaku baa ei.. Avahah anei part up kohdhehchay
Is that the boy from the class… Varah curious to know who it is….
Varah salhi
Mi ee EJ12 in libunu idea eh tha
Nooney… I never watched that dear 🙂
Nice
is that is that the boy who shub has feelings
or ehkala fire suit laigen huri agenteh tha!!!
feeling curious liaaa☺☺
liaa did you watch kingsmen
cause somtimes when i read it i feel like rewinding it in front of me!!!!
Nun.. Liaa eh nubalan
liaa buxy kamun dhw miadh lahun up kurevuni..stry up kurytho 10 varakah faharu esfiya belin miadh..v ufaavehje up kuryma..im ur bigest fan..love tha story..hihihi
Mivaahaka haadha vahtharey japanese cartoon series kimashu aa. E cartoon in hiyaalu hoadhaafa huri kan faahagavey. Ekam ves varah reethi. Keep it up
Alhey v gina cartoons aa hama mi story vathareetha? Liaa nubalan thi cartoon eh ves…
Miadhu fehty mi vaahaka kiyan. Such a unique one. This is awsome. ?
Konmes kujjaku bunedhyba mee kon kahala kihineh vaa vaahaka ehkan
Shafu… story kiyaaleema ves neyngunu tha vaanuvaa eh?
Thankyow hurihaa kudin for the lovely commentz ..
Loves <3
Alheyy this story dho this is very nice liaa.mi vaahaka daily koh up kuraatyee varah ufaavey .❤️✨
Ma bunantha mi story vahtaree koachakaa kn?
Richelle mead ge vampire academy. Shuba is Rose and Aroon is Dimitri
No Naavi.. Liaa nuwes kiyan thi story eh..
yeah naavi i also think so
but liaa i am not saying your copying
but iam saying those concepts also goes like this but somewhere it twists
so i have a very high hope for you that you wont let us down
luv u
gud night and tc?
Arrow aa ves vahtharu….
Interesting… 🙂
Intresting.
avahah up kohdhehchey.
Hama best thidhaa goi v interesting keep it up!
next part plz soon Liaa
Lia can I have ur private phone number.. Beynun lia aa vaahaka dhahkaalan..
how can i give u Dk? comments are public
Thankyw all.. But mi story akee Liaa ge amilla hiyaalah liyunu vaahakaeh..
Shukuriyyaa thi dhey support ah
very nice