Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (24)

layaal
January 30, 2017
5 Mins Read
71 Views
60 Comments

“އަހަރެން މި ދަނީ އެތެރެއަށް.. ލައިބާ އައިސް ވަކި ގޮތެއް ނިންމާ. އައި އެމް ސޮރީ އަގައިން. އެކަމު މިހިތުން ލައިބާއަށް ޖާގައެއް ނުދެވުމަކީ އަހަރެންގެ ކުށެއް ނޫން. ގަދަކަމަކުން ލޯތްބެއް ނުވެވޭނެ.” އައްޔާދް މިހެން ބުނެފައި އެތެރެއަށް ވަނުމުން ލައިބާ ދެލޯ މަރާލިއިރު ކަރުތެރެއިން ގިސްލުމެއްގެ އަޑު ބޭރުވިއެވެ.

އައްޔާދް އައިސް ސޯފާގައި އިށީނދެލައި ނިއްކުރީގައި އިނގިލިތައް ހާކާލަމުން ފުންނޭވާއެއްލިއެވެ. ބޮލު ތެރޭގައި އުދާސްކަން ފެތުރިފައި ވީއިރު މާރިއާ އަދިވެސް އިނީ ފާޑަކަށް އައްޔާދަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭރު ލައިބާ އައިސް އެތެރެއަށް ވަނުމުން އެންމެންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. އައްޔާދް ނޭވާ ހިފައްޓާލައިގެން އިންއިރު އޭނާ ހިތާހިތުން ދުޢާ ކުރަމުން ދިޔައީ ލައިބާ ކައިވެންޏަށް އިންކާރު ކުރުމަށެވެ.

އައްޔާދްގެ ފަރާތުން އެއްވެސް ލޯތްބެއް ނުލިބޭނެ ކަމަށް ބުނީ ވެސް ލައިބާ އެންމެ ބޭނުންވާނީ އޭނާގެ ލޯބިކަން އިނގޭތީއެވެ. އެކަން ވާން ނެތިއްޔާ ދެން ކައިވެނީގެ ގުޅުމުން ގުޅުމެގެ ބޭނުމެއް ނެތްކަން ލައިބާއަށް ވިސްނަދޭށޭވެ. އެހިތުން އެހެން މީހަކަށް ޖާގަ ދިން ވާހަކަ ބުނީ އެއްގޮތަކަށް ވެސް ލައިބާ ދެރަކުރާކަށް ނޫނެވެ. ނަމަވެސް ލައިބާ އަމިއްލައަށް އެކައިވެނި ހުއްޓުވާތޯއެވެ.

ކޮޅަށް ހުރި ލައިބާ އައްޔާދްއާއި ހަތަރު ކަޅި ހަމަކުރިއިރު އެލޮލުން އެއްވެސް ހަމްދަރުދީއެއްގެ ނިޝާނެއް ނުފެނެއެވެ. އައްޔާދް ނުރުހުމުގައި މިކައިވެނި ކުރާކަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. ނަމަވެސް އެހިތް މިހާ ދުވަސް ވަންދެން އިންތިޒާރު ކުރިފަރާތް ލިބެން އޮށްވާ އެކަމަށް ފަސްދީ ދާކަށް ވެސް އޭނާ ނޭދެއެވެ. އައްޔާދްގެ ހިތުން ލައިބާއަށް ޖާގައެއް އަދި ދެވެން ނެތް ނަމަވެސް އެއީ ނުވެދާނެ ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ.

އޭނާއަކީ ވެސް އަންހެނެކެވެ. އެއްވެސް ކަމެއް އުނި ނުވާއިރު އައްޔާދަށް އެހިތުގައި އޭނާއަށްޓަކައި ލޯބި އާލާ ނުވާންވީ ސަބަބެއް ނެތެވެ. “އަޅުގަނޑު މިކައިވެނި ކުރަން ތައްޔާރު..” ލައިބާގެ ނަޒަރު ސީދާ އައްޔާދަށް ހުއްޓިފައި ވީއިރު އެބަސްތަކުން އައްޔާދަށް ހީވީ މީހަކު ގޮށް މުއްކަވާފައި ޖެހިހެންނެވެ.

ލައިބާ އެބުނީ އެއްވެސް ވަރަކަށް އޭނާ އުއްމީދު ކޮށްގެން ހުރި ބަސްތަކެއް ނޫނެވެ. އެއްވެސް ލޯތްބެއް ނެތް ކަންދެއްކުމުގެ ކައިވެންޏަކާއި ލައިބާ ކަހަލަ ހަރުދަނާ ވިސްނޭ އަންހެން ކުއްޖަކު ޤަބޫލުވީތީ އޭނާ ހައިރާންވިއެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ ލޯތްބަކީ އިންސާނާ މޮޔަ ކޮށްލާއެއްޗެއް ކަމަވެ. ބައެއްފަހަރު އެއީ އެމީހެއްގެ އަމިއްލަ ހަލާކެވެ. އެލޯބި ހާސިލް ކުރުމަށް ކޮންމަދަ ކަމެއް ކުރަން ވެސް އިންސާނުން ޖެހިލުން ނުވާއިރު ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ.

އާޒިމް ހިނިތުންވެ ހުރެ ނަޒީރުއާއި ސަލާމް ކޮށްލަމުން ތެދުވެ ލައިބާގެ ބޮލުގައި ފިރުމާލިއެވެ. އޭރު ޒުލްފާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ނުކެނޑޭއިރު މާރިއާގެ މޫނުމައްޗަށް ހީވަނީ މާޔޫސްކަމުގެ ސާލެއް އޮޅާލެވިފައި ވީހެންނެވެ. “އަހަރެމެންގެ ދަރިފުޅު ދެން މި ހަވާލުކުރީ މާރިއާ އާ” ޒުލްފާ މިހެން ބުނުމުން މާރިއާ ގަދަކަމުން ހީލަމުން ލޮލުގެ ކަނަކުން އައްޔާދަށް ބަލައިލިއިރު އޭނާ އަނގައިން ވެސް ނުބުނެ ސޯފާގައި އެއިންގޮތަށް އިނެވެ.

“އައްޔާދް..” ނަޒީރު ގޮވާލުމުން އައްޔާދް ސިހިފައި އޭނަގެ މޫނަށް ނަޒަރު ހިންގާލިއެވެ. “ލައިބާ ރަނގަޅަށް ބަލާތި.. އެއީ އަހަރެމެންގެ ހުރި ހަމައެކަނި ފުރާނައަކީ. ދެލޮލުގެ ނޫރުހުން ބަލައި ބޮޑުކޮށް މިހާރު އައްޔާދަށް މިހަވާލު ކުރަނީ.” ނަޒީރު ހިނިތުންވެ އިނދެ މިހެން ބުނުމުން އައްޔާދް މާޔޫސްކަން ފޮރުވަމުން ހިނިތުން ވެލާފައި ނަޒީރުގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“އަޅުގަނޑު ލައިބާއަށް އެއްވެސް ކަމެއް އުނިވިއަކަ ނުދޭނަން.” އައްޔާދް ހިނިތުންވެ ހުރެ ހިތާއި ދެކޮޅަށް މިހެން ބުނިއިރު ލައިބާ އައްޔާދް ދެއްކި ކޮންމެ ލަފްޒެއް ހަނދާނުގައި ހުއްޓެވެ. އޭނާގެ ކޮންމެ ޝަރުތަކާއި ރުހި ޤަބޫލު ވެގެން މިކައިވެންޏަށް އެއްބަސް ވި ނަމަވަސް އައްޔާދްގެ ހިތުން އަދި ޖާގައެއް ލިބޭނެ ކަމަށް އޭނާ އުއްމީދު ކުރިއެވެ.

****

ދުނިޔެއަށް އަލްވަދާޢު ކިޔަމުން އިރު ދިޔައީ އެ ގަދަ ނޫކުލައިގެން ކަނޑުގެ ފަހަތުން އޮއްސެމުންނެވެ. އެއިރުގެ ރަން ދަޅަ އޮމާން މޫދަށް އެޅިފައި ވީއިރު ރަންކުލައިން ލޮނުގަނޑު ބަބުޅަމުން ދިޔައެވެ. ރަތްވިލައިން އުޑުމަތި ފަވާލެވިފައި ވީއިރު ރިއުމާންގެ މޫނަށް ވަނީ އޮއްސެމުން ދިޔަ އިރުގެ ދަޅަ އެޅިފައެވެ. އަޅައިގެން ހުރި ގަދަ ފެހި ކުލައިގެ ޝޯލް ވަޔާއި ވިހުރިލާއިރު އެއްއަތުން އޭގެ ކަނެއްގައި ހިފައްޓައިގެން ހުރިއިރު ލައިގެން ހުރީ ގަޔަށް ދޫ ކަޅު ގަމީހެކެވެ.

ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އިރުގެ ރަން އަލިން ވިދަމުން ދިޔައިރު ހީވަނީ އޭނާގެ ހުއްދައާއި ނުލައި އެކަރުނަތަށް ލޮލުން ބޭރުނުވާން ހުރިހެންނެވެ. އުޑުމަތީ ދަތުރު ކުރަމުން ދިޔަ ވިލާތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާއަށް ސިފަވަނީ އައްޔާދެވެ. އެހިތްގައިމު ހީލުމާއި އެތޫނު ދެލޯ ފާޅުވަމުން ދިޔައިރު އެހިތަށް އިތުރު އަނިޔާތަކެއް ވިއެވެ. ނުވިސްނަން މަސައްކަތް ކުރި ނަމަވެސް އެނޫން ސޫރައެއް ހިތަކު ނުވެއެވެ.

“ޕޮއް..” ކުއްލިއަކަށް ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތްއަޅައި ކުޑަކޮން ކޮއްޕާލުމުން ޚިޔާލުތަކަށް ގެނބިފައި ހުރި ރިއުމާން ލޮލުގައިވީ ކަރުނަތަށް ހިންދާލިއެވެ. ނިކަން ސިއްރުން ލޯ ފޮހެލަމުން އޭނާ ފަސްއެނބުރި ކައިރީގައި ހުރި އާދިލްގެ ކޮނޑުގައި ޖަހާލަމުން ހިނިތުންވެލިއެވެ. “ސިއްސައިގެންނޭ އެދިޔައީ.. މޫދަށް ވެއްޓުން ނަމަޔޯ.” ރިއުމާންގެ އަޑުން ހިތާމައިގެ އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. “ދެން އަހަރެން ފަތާފަ ގޮސް ސަލާމަތް ކުރާނީއެއްނުން.” އާދިލް ހީލުމުން ކޮލަށް އަޑިކޮޅެއް އެޅިގެން ދިޔައެވެ. “އަހަންނަށް އިނގެޔޭ ބަލަ ފަތަން.” ރިއުމާން ޖެއްސުމަށް މިހެން ބުނެފައި ހިނިގަނޑެއް ޖަހާލުމުން އާދިލް ކަޅި ޖަހާނުލައި އޭނާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.

“ކިހިނެތްވީ މާވަރަށް ތިލޯއަޅަނީ؟” އާދިލް އެގޮތަށް ބަލަން ހުރުމުން ރިއުމާން ބުނެލިއެވެ. “ކަމެއް ނުވޭ. އައި ޖަސްޓް މިސްޑް ޔޫ.. ވަރަށް ދުވަހަށްފަހު ރިއުމާންގެ ތިހުނުން އަޑު އިވުނީ މި.” އާދިލް ހީލިއެވެ. އިރުކޮޅަކު ރިއުމާން ހިމޭނުން ހުރުމުން އާދިލް ތަންކޮޅެއް ކައިރިއަށް ޖެހިލަމުން އޭނާގެ އަތުގައި ހިފާލިއެވެ. “ރިއު.. އަހަރެން.” އާދިލް ވާހަކަ ދައްކަން ފަށައިފައި ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ކަރުކެހިލަމުން އޭނާ ރިއުމާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭރު އޮއްސެމުން ދިޔައިރުގެ ރަތް ދަޅަ އެމޫނަށް އެޅިފައިވީ އިރު ވަރަށް ހިތްގައިމެވެ.

“އަހަރެން މިވާހަކަ ދައްކަން އުޅޭތާ ވަރަށް ދުވަސް ވެއްޖެ.. ހިތަށްއެރި ކިތަންމެ ފަހަރަކު ބުނަން ވެސް. އެކަމަކު ރިއުމާން ދޭނެ ޖަވާބެއް ނޭނގޭތީ ނުކެރެނީ. އަހަރެން ވަރަށް ބޭނުން ރިއު.. އައި ލަވް ޔޫ. ވިލް ޔޫ ބީ މައިން.” އާދިލް އުއްމީދުން ފުރިގެންވާ ނަޒަރަކުން ރިއުމާންއަށް ބަލައިލި އިރު އޭނާ ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ. އޭރު އޮއްސުނު އިރާއިއެކު ރިއުމާންގެ ހިތްވެސް އޮއްސުނު ކަހަލައެވެ. ހިތް އެދޭ ފަރާތް ކެހި ދީފައި ދިޔައިރު އާދިލް މިހުރީ އޭނާގެ ހިތް ރިއުމާންއަށް ދީގެންނެވެ.

ދޭނެ ޖަވާބެއް ނޭނގި ރިއުމާންގެ ދޫ ބަންދު ވިއިރު އައްޔާދް އޭނާއަށް އެދިން އަނިޔާ އެހެން މީހަކަށް ދޭން އޭނާ ނޭދެއެވެ. އެއްގޮތަކަށް ވިސްނާނަމަ އާދިލްއަކީ ހިތްހެޔޮ، ރިއުމާން އެންމެ ބޭނުންވި ވަގުތު އޭނާ ކައިރީގައި ހުރި ހަމައެކަނި އެކަކެވެ. ނަމަވެސް ލޯބި ނުވާ މީހަކަށް އެއުއްމީދު ދީގެން އުޅެވިދާނެ ބާއޭ އޭނާ ހިތަށް އެރިއެވެ. އެކަމު ލޯބި ވެވޭނީ އެންމެ ފަރާތެއްދެކެ ނޫންކަމަށް އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ. “އަހަރެން..” ރިއުމާނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. “ހޭއި އިޓްސް އޯކޭ.. އަހަރެން އަދި ޖަވާބެއް ބޭނުމެއް ނޫން. ޓޭކް ޔުއާ ޓައިމް.. އައި ވިލް ވެއިޓް ފޯ ޔޫ.” އާދިލް ހިނިތުންވެލުމުން ރިއުމާން ވެސް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.

“ހިނގާ ދާން.. ފެރީ އައީއެ.” ހަމްނާގެ އަޑަށް ރިއުމާން ފަސް އެނބުރި ބަލާލިއިރު ފާތުމައާއި ނަދާ ފެރީޓާމިނަލްއަށް ވަންނަނީއެވެ. “ހިނގާ..” އާދިލް އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތުމުން ރިއުމާން ވެސް އޭނާގެ ފަހަތުން ދިޔައެވެ. ފެރީގައި އިނދެ ބޭރަށް ނަޒަރު ހުއްޓާލިއިރު ޖެހެމުން ދިޔަ ވައިރޯޅިތަކުގައި ލޮނުގެ އަސަރު ވިއެވެ. ލޮނުގަނޑު ކަފަމުން މާލެއަށް ފެރީ ދަތުރު ކުރަމުން ދިޔައިރު ރޭގަނޑުގެ ކަޅު ވިލާތަކުން ޖައްވު އަނދިރި ކުރުވައިފިއެވެ. މާލޭގެ މަލަމަތިން ދިއްލާފައިވާ އިމާރާތްތަކާއި ދޯނިފަހަރުން ކުދި ބޮކިތަކެއްހެން ދުރަށް ފެންނަން އޮތްއިރު ޚިޔާލުތަކަށް ގެއްލިފައި އިން ރިއުމާންގެ ހިތުގައި އެތަށް ކަންތައްތަކެއް އުތުރި އަރަމުން ދިޔައެވެ. އޭރު ވެސް ފޯނަށް އައްޔާދް ދެތިން ފަހަރަކު ގުޅާފައިވާއިރު ދުރުގައި އިން އާދިލް އިނީ މާސިންގާ ކަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަށިފުރައި ނޭވާއެއްލަމުން ރިއުމާން ދެލޯ މަރާލީ ހިނދުކޮޅަކަށް މި ޚިޔާލުތަކާއި ދުރަށް ދިއުމަށްށެވެ. ހަދަނީ ކިހިނެތްކަމެއް ޚުދު އޭނާއަކަށް ވެސް އަދި ނޭނގެއެވެ.

****

“ކިހިނެތްތަ ތިހެދީ؟” މާރިއާ ސުވާލުގެ ނަޒަރަކުން އައްޔާދަށް ބަލަން ހުރިއިރު ގޭގައި އެމީހުން ފިޔަވައި އިތުރު ބަޔަކު ނުވެއެވެ. އަނާ ރައްޓެހިންނާއި އެކު ހަވީރު ބޭރަށް ދިޔަގޮތަށް ނާންއިރު އޮފީސް ކަމަކު އާޒިމް ވެސް ވީ ބޭރުގައެވެ. ބެލްކަނީގައި ހުރި ޖޯލީގައި އޮތް އައްޔާދްގެ ނަޒަރު ވަނީ ކަޅު އުޑަށް ހުއްޓިފައެވެ. އޭރު ބެލްކަންޏަށް ނިކުއިން މާރިއާ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓެވެ.

“އައްޔާދް.. ވާހަކަ ދައްކަމޭ އެބަ. މަންމަ ކައިރި އިންނާކަށް ބޭނުމެއް ނޫނޭ ކިޔާފައި ކީއްތަ ތިކުރީ؟” މާރިއާ ތަންކޮޅެއް ހަރުކަށިކޮން ސުވާލު ކޮށްލުމުން އައްޔާދް ތެދުވެ ޖޯލީގައި އިށީނދެލަމުން އިސްޖަހާލިއެވެ. “އިނގޭ މިކުރެވުނީ ކީއްކަން.. އެކަމު މަންމަ ބުނެބަލަ ކިހިނެތް އެގޮތަށް އެމީހުން ކުރިމަތީގައި އިންކާރު ކުރާނީ. އަޅުގަނޑު ލަދުން ވެސް ނުކެރުން ބުނާކަށް.. އަނެއްކާ އެގޮތަށް އެމީހުން މިގެއަށް ގެނެސް އެހުރިހާ ކަމެއް ކޮށްފައި އިންކާރު ކުރަންވީމަ އެމީހުން ވެސް ކިހާ ލަދު ގަންނާނެ. ނުލާހިކު ގާތް ބައެއް އެއީ.” އައްޔާދްގެ އަޑުގައި މާޔޫސްކަން އެކުލެވިގެން ވިއެވެ.

“އެހެންވެ އަޅުގަނޑު ލައިބާއަށް ވިސްނައިދިނިން.. ބުނިން ލޯތްބެއް ނުވެއޭ ވެސް. އަސްލު ހީކުރީ އެހިސާބުން އޭނާ ކައިވެނި ކުރަން ބޭނުން ނުވާނެ ކަމަށް. އެކަމަކު.. ދެން ވީކަމެއް ނުވާކަމަކަށް ނުހެދޭނެ. ދިސް އިޒް މައި ފޯލްޓް.” އައްޔާދް އޭނާގެ އިސްތަށިކޮޅުގައި އިނގިލިތައް ހިންގާލަމުން ބުނެލިއެވެ. މާރިއާ އައިސް މަޑުމަޑުން އައްޔާދްގެ ބޮލުގައި ފިރުމާލިއިރު އެދަރިފުޅަށް މިއަދު ކުރިމަތި މިވީ އުނދަގޫ އޭނާއަށް ވިސްނުނެވެ.

މާރިއާ އައިސް އައްޔާދާއި ޖެހިގެން އިން ޖޯލީގައި އިށީނދެލަމުން އޭނާގެ ކޮނޑުގައި އަތް އަޅާލިއެވެ. “ދަރިފުޅާ.. މަންމަ ބުނަންތަ ވާހަކައެއް. ލޯބިވާ ކޮންމެ މީހަކު ނުލިބޭނެ.. އަދި ލިބޭ ކޮންމެ މީހެއްދެކެ ލޯތްބެއް ވެސް ނުވެވޭނެ. އެއީ މީހެއްގެ ކުށެއް ނޫން. އެކަމު އެކަމާއި ހެދި އާއިލާ ބަދުނާމުވެ އެތަށް ބައެއްގެ ދިރިއުޅުމަށް އަސަރު ކުރާނަމަ އެންމެ ރަނގަޅު ގޮތަކީ އަމިއްލަ އެދުންމަށްވުރެ ބޮޑަށް ހާލަތަށް ބަލައި އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރުން.” މާރިއާ ވިސްނައިދެމުން ބުނެލިއެވެ.

“އެކަމު އަޅުގަނޑު ބޭނުންވަނީ ރިއުމާން.. ކުރިން ވެސް މިހާރު ވެސް. ލައިބާއަށް ދުވަހަކު ވެސް އެލޯތްބެއް ނުދެވޭނެ..” އައްޔާދް އިސްއުފާލާ މިހެން ބުނިރު އެލޮލުގައި ވީ ކަރުނަތަށް މާރިއާށް ފެނި ހިތުގައި ޖެހުނެވެ. މިނޫނީ އައްޔާދް މިގޮތަށް އޭނާ ކުރިމަތީގައި ރޮއެފައެއް ނުވެއެވެ. “މަންމާ..” އެއްވެސް އިޚްތިޔާރަކާއި ނުލައި އައްޔާދް ހިފެއްޓި ކަރުނަތަކަށް އެކޮތާފަތަށް ފޭބިއެވެ.

އޭނާއަކީ އެހައި ފިނޑި މީހެއް ނޫން ނަމަވެސް ކެތްވާނީ ވަކި ވަރަކަށްށެވެ. މާރިއާގެ އުނގުގައި ބޯ އަޅާލިއިރު އޭނާއަށް ސިފަވީ ކުޑައިރުގެ ހަނދާންތަކެވެ. ދެރަވުމުން މަންމަ ކައިރިއަށް އުނގުގައި އޮވެ ރޯލުމުން ހިތްހަމަ ޖެހުން ލިބެއެވެ. އައްޔާދްގެ އިސްތަށިކޮޅުގައި އިނގިލިތައް ހިންގާލަމުން އޭނާގެ ބުރަކަށީގައި މާރިއާ ފިރުމާލިއެވެ. “މައްސަލައެއް ނޫނޭ ރުއިމަކީ.. ރޯން ވެސް ވާނެ. އޭރުން ހިތުގެ އުދާސްތައް ބޭރުވާނީ.. މަންމަ މިހުރީނުން ދޯ.” މާރިއާ ނިކަން ލޯބިން ވާހަކަދެއްކި އިރު އައްޔާދްގެ ލޮލުން ފޭދުނު ކަރުނައިން އެހިތަށް އަސަރު ކުރުވިއެވެ. މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައިރު އައްޔާދް ހިތަށް ލުއިކަމެއް ލިބެންދެން ރުއެވެ.

-ނުނިމޭ-

33
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ސަފްހާ

Next

ފިރިމީހާގެ ހައްޤުގައި (15)

Next
January 30, 2017

ފިރިމީހާގެ ހައްޤުގައި (15)

Previews
January 30, 2017

ސަފްހާ

60 Comments

  1. layaal says:
    January 30, 2017 at 10:14 am

    Hey all. I know this part is short. Maadhan part dhigu vaane igey. And i also know what happened in this episode is not what you all were expecting but wait for it. This is just the beginning ?

  2. Yaani says:
    January 30, 2017 at 10:15 am

    Varah foohi garunaku ehfaharu up kurairuves eyhaakuru mikanves kuranya thankolheh rangalhah kuran feyney

    1. layaal says:
      January 30, 2017 at 10:20 am

      I’m sorry but garunaku ehfaharaku noon kaneyge mi vaahaka up vani. iyye up nukoh dhevuni ma miadhu atleast kurukon namaves mi ko dhinee. And i think i updated regularly and even if i can’t i do tell you all. My apologies that it got delayed. No offense ?

    2. Orchid says:
      January 30, 2017 at 10:23 am

      Thedhe. Layaa update regular kon. nuviyas bunaane unlike some writers here. These readers need to appreciate it. And layaa mi bai ves salhi.

    3. Anonymous says:
      January 30, 2017 at 1:19 pm

      True yaani

  3. Chapii says:
    January 30, 2017 at 10:21 am

    V salhi but maa kuru

  4. Eyna says:
    January 30, 2017 at 10:23 am

    Midhen koncheh. Mihaaru thidhaagoi kamaku nudhey. Ehaalahun genna iruves fukeh. V foohivey

    1. layaal says:
      January 30, 2017 at 12:16 pm

      Thanks. will try to improve ?

  5. Shaai says:
    January 30, 2017 at 10:24 am

    Layaa haadha dhigu inthixaarekey mi kurevuni. Vvvvvvvvvv nice.. alhe adhi kithah episode adi eba in

    1. layaal says:
      January 30, 2017 at 12:17 pm

      Thanks. adhi neyge kitha episodes kame. ?

  6. inaa says:
    January 30, 2017 at 10:26 am

    Seriously readers. E buni dhw iyye up nuvima miadhu koh dhiniye. Didn’t you guys read her comment on last part. Konme dhuvahaku up kuraa iru mi meehunan nikan kamu dhaane. dhne hama delay eh vaaira dhen evi ehchehi kiyan. dhen kurey dhigey kiyaane. Ragalhu eh goi ves nethe nun dhw. Grow up.

  7. pinky says:
    January 30, 2017 at 10:28 am

    alhey Ayaadh ??. dhera vejje. ok next part dhigu kurachey igey layaa dhooni ??

    1. layaal says:
      January 30, 2017 at 12:18 pm

      Thanks.

  8. lifaz says:
    January 30, 2017 at 10:29 am

    hee nukuraa gothah mi vanee.. story reethi

    1. layaal says:
      January 30, 2017 at 12:18 pm

      Thanks. ?

  9. nuha says:
    January 30, 2017 at 10:31 am

    v nice. layaa aky aamu koh dhigukoh avahah up kohdey writer eh , baeh faharu las vx vaane kuru vx vaane, effaharu mihen vius ei abadhu mihen hadhaa writer egge fenvarah vetteyne kameh nun,, thnkx laya for the lovly story keep it up

    1. layaal says:
      January 30, 2017 at 12:18 pm

      Thanks you ?

  10. Hanni says:
    January 30, 2017 at 10:32 am

    Ok mi part kuran dhen. Sifakurun varah reethi konme akas. And bae readers in eba huri kurey kiyaafa. Layaal comment kohafa ebain kanneyge kuru vaane ye ves. Adhi garunaku ehfarau yo up kurani ?? naahama thede. Mi vaahaka kiyaa kudhina igeyne mi hama gavaaidhun up vaa vaahaka eh kan. She wrote before too and was a regular writer. thi beyfulhun hama jehen v noon tho. just saying.

    1. layaal says:
      January 30, 2017 at 12:19 pm

      Thanks you ?

  11. Aree says:
    January 30, 2017 at 10:37 am

    Aslu ves heekuri gothe noon mi vi. But lets see dhw. Dhen kuriye kiyaa shakuvaa kuraa kudin ulheyne abadhu ves. But we know layaal isn’t one of those writers who disappear. Kuri vaahaka ga ves kame dhimaa vegen up nuve dhiya. ekamu hama bunaane vi goi. mi vaahkaa gai vea dhiya dhuvas kolhe up nuve. But she came back. Konme dhuvahaku up kuri ireh ves dhiya. Dhen understand vaan jehyne dhw readers ves. masha hama gaimu ves understand vey. Layaa keep it up. meehun kiyaane ehen.

  12. Enaash says:
    January 30, 2017 at 10:40 am

    Alhey e laibaa gandu maraalabala v foohivehje eyna dheke. Comment nukuriyas gavaaidhun story kiyan bt mi part hama comment eh kohnulaa nuvegen mi kolly… am a big fan of layaa kyp it up

    1. layaal says:
      January 30, 2017 at 12:19 pm

      Thank you ?

  13. its me says:
    January 30, 2017 at 10:42 am

    insaanun hithakee furey ehcheh nun…ehnvyma vaa goiyy aee..layaa ge massakathaaigen kuriah dhey..meehun kiaa konme konme ehchakah visnaane kameh neyy…enmen russan ulhey meehakah gina faharu dhera goiyy dhimaavaanee…

    1. layaal says:
      January 30, 2017 at 12:19 pm

      Thank you ?

  14. Almaa says:
    January 30, 2017 at 10:55 am

    Nice mi part vx thanks

  15. leez says:
    January 30, 2017 at 11:04 am

    Varah furihama sifa kurun thake. Loves how ayaadh broke down. Aslu firihena kas no one is that strong. Have to cry it out sometimes. And mi line varah reethi. “loabivaa konme meehe nulibeye adhi libey konme meehe dheke loabeh ves nuveveyne.” its very true aslu. Layaal you are awesome. Anekaa layaa ha loabi v meehaku nuki buneethe. hehe. just kidding. waiting for next part. meehun kiyaa ehchesa alhaa nulaa. dhuvakku hiy nufurey meehun ei. Love you ❤️

    1. layaal says:
      January 30, 2017 at 12:20 pm

      Thank you

  16. mishel says:
    January 30, 2017 at 11:13 am

    Salhi…..waiting for the next part..???

  17. Dhooni says:
    January 30, 2017 at 11:30 am

    Iya balaa bala nukura up a miyadhu mi kuri than kolha nuvanee yaaaa nuko thi baaaa kurine ves mi kamaa hedhi yaaa esfiya in vahaka kiyun hutta leeves anakaa fashi maa ves Hama mi vaneeee mi varu bodu kame?. Story v nice thankolha avaha liya vey tho balaaa

    1. layaal says:
      January 30, 2017 at 12:21 pm

      Thank. will try to improve ?

  18. Shai says:
    January 30, 2017 at 11:31 am

    Alsuves varah reethi konme dhuhuku up kohdheveynama

  19. Maahaa says:
    January 30, 2017 at 11:56 am

    Alheyy… Story varah reethi… K don’t comment everyday. But I do read this story and check for updates regularly.. ❤
    Miee varah kiyaaa hithun kiyaaa story eh…
    Faaadu kiyumaky libey kurierumeh layaa..
    Alhaanulaaa… ?
    I just love this story ?

    1. layaal says:
      January 30, 2017 at 12:15 pm

      Thanks dear ?

  20. shau says:
    January 30, 2017 at 12:00 pm

    MashaAllah. Varah reethi mi vaahakaige hurihaa parteh ves. Keep it up layaa

  21. layaal says:
    January 30, 2017 at 12:14 pm

    Thanks all. I appreciate all types of comments and will let you know if there is a delay. See you tomorrow ?

  22. Anonymous says:
    January 30, 2017 at 12:34 pm

    reethi mi baives.
    meehun dhuvahaku hithe nufureyne. heevani layaa alah hen vaahaka eh liyani. we all know she is not like other writers. mi site ga aanmu kon vaahaka liyaa meehun shine and layaa men kahala kudhin naki. so no need to over react.

  23. maiha? says:
    January 30, 2017 at 1:16 pm

    haadha kurey layaaa…..?

  24. sharu says:
    January 30, 2017 at 1:18 pm

    Haadha kurey

  25. Snow flake❄ says:
    January 30, 2017 at 1:43 pm

    Best Story Ever.?
    Layaaaalu Bab Your the bestt.!!!?
    And I am Your Biggest Fan…?
    Just love You Very Much.?
    Waiting Eagerly For The Next Amazing Part.??❤???????

  26. Snow flake❄ says:
    January 30, 2017 at 2:08 pm

    But Layaaal Thankolheh Dhigu Kohlli nama.?✌
    Anyways Thibuneenu Next Part Dhigu Vaane eyy.??
    Komme Gotheh Vias Riumaan? And Ahyaadh?? Gulhuvahcheyyy.???✨
    Cux They Be my Favvv!!?
    Dhen Maadhan Next Part.?….:)???
    Dhen Ketheh Ves Nuveyyy….!?
    Cox Its Just Sooo Fab.?
    TBH Your The Queen of Dhivehi Storyysss.??
    Esfiya Site Ge Vess One Of The Best Writer…???
    You Are Awesome.????
    Love Youh Loadss.?
    ~SnowFlake~❄

    1. Layaal Ge fan says:
      January 30, 2017 at 2:15 pm

      Snowflake Thee Dhen Haadha Bodu Fan eh Layaal Ge.!?
      I am Also….

    2. layaal says:
      January 30, 2017 at 2:17 pm

      Thanks a bunch ??

  27. Snow flake❄ says:
    January 30, 2017 at 2:21 pm

    Layaal Ge Fan?
    Yes yes.?
    Agreed?
    I Am her Fan.
    One Of the Biggest.?

  28. fany says:
    January 30, 2017 at 2:25 pm

    Baeh faharu hama writer’s vx kanthah kuraa gothun dhw reader’s vex agothah coment kurani bxy vx vedhaane akam baehfaharu dhey hama ginadhuvas thakeh vaahakaage habareh nuve.

    1. Miroo says:
      January 30, 2017 at 2:41 pm

      thedhe thi buni. ekamu iyye up nuvegen mi varah shakuvaa kohfa mi othy. layaa he vaahaka tha kiyaa kudhin na igeyne eyne kame nuve up nukoh nuhunaane kan. nuviyas bunaane. so evarun layaa readers ah angaa hadhaa iru mihen bunevigen nuvaane. esfiya ga ves liyan fashaafa gehley kudhin ulhey. keekurani dhw.

  29. Unknown says:
    January 30, 2017 at 2:27 pm

    Mihaaru ehaa lahun up kuraathee v dhera? dhen thankolheh avahah up kurahchey layaa?
    I have been reading this story from the first part lov it vvvvvv muvh

  30. sallu says:
    January 30, 2017 at 2:38 pm

    story toooooo short sad????

  31. Faathee says:
    January 30, 2017 at 3:25 pm

    I knew mi hen kan vaanee. Hehe waiting for the next part

  32. Sharu says:
    January 30, 2017 at 4:00 pm

    Ayyadh n Laiba no way.. v foohi vehje mihaaru.. Ayyadh n Laiba gulhunihya v vai vee.. Layaa Ayyadh n Riumaan gulhuvabala.. mihaaru midhaa gothun v foohi..

  33. niha says:
    January 30, 2017 at 5:07 pm

    VVVVVVVVVVVVVV hadi dha riu and aayadu nulibathi….
    Layaa stry a positive comment libathi balabala vahaka genda goe …
    kamaku nuda…hadi

  34. liu says:
    January 30, 2017 at 5:08 pm

    kamaku nuda da gotha…
    Riuman and aayadu gulani..pls

  35. Maih says:
    January 30, 2017 at 6:27 pm

    Woww vrhh reethi??
    Bt please miahh vuren dhigukn up khhdhyba if u can?

  36. Aan says:
    January 30, 2017 at 6:48 pm

    v reethi. haads kurey.

  37. sudha says:
    January 31, 2017 at 9:11 am

    lol. bae readers ah vaa goi. kihine the igeni adhi kuri ah huri bai thakuga vaane gothe. eh falhi kiyaafa shakuvaa kurey avaha. thi meehun beynun vi gotha adhi ayaadh a riu nugulheythi kada. ? hama mi readers vare aruvaali eh nun Ifaau ge vaahaka copy ey kiyaafa. mihaaru heevani evaahaka reethi vegen ehen kame hen. meega ves adhi thihen vani. keh madhu bae huvaa. ?

  38. hahaha says:
    January 31, 2017 at 9:24 am

    kihinebba dhen vaanee. Laibaa dhen Riumaan faleehai kollaanee kanneynge dho emeehinge web site ga ayyadhge bappa aa dhemeehun vegen. varah dhera dho

  39. Pinker says:
    January 31, 2017 at 11:44 am

    Oh haadha emotional ey ? …. Ayyaadhoo nuroe huttaalaa ….. Ayyaadh ge Riu ayyaadh libeyne dhw LayaaL ….. Ayyaadh & Riu ah dhera gotheh nahadhaathi, e 2 lovebirds separate nukuraathi …

  40. Pinker says:
    January 31, 2017 at 11:45 am

    Oh haadha emotional ey ? …. Ayyaadhoo nuroe huttaalaa ….. Ayyaadh ge Riu ayyaadh ah libeyne dhw LayaaL ….. Ayyaadh & Riu ah dhera gotheh nahadhaathi, e 2 lovebirds separate nukuraathi …

  41. Aish says:
    January 31, 2017 at 2:39 pm

    Kobathr storrryyyyyyy

  42. Pinker says:
    January 31, 2017 at 3:57 pm

    Layaal buny mi story up kuraany komme Sunday, Tuesday & Friday eh ga ey…

  43. Zubeyru. says:
    February 2, 2017 at 1:03 am

    Layaaaluuu Next Part Friday Ga?
    Alheyyyyy Can’t wait.?
    Make It long.?
    Bye bye

Comments are closed.

All Right Reserved!