Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދެޙަޔާތުން

thaadhi
January 29, 2017
7 Mins Read
58 Views
18 Comments

ސުނޭގެ ޙަޔާތުން.

އަހަރެންގެ ނަޒަރުގައި ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. އެއް ފަހަރު ނޫނަސް ލޯބި ވެވިދާނެއެވެ. ލޯބިވީ މީހާދެކެ ފަހުން ފޫހިވެސް ވެދާނެއެވެ. އަދި ލޯބި ވިޔަސް ވަކިވާންވެސް ޖެހިދާނެއެވެ.

އަހަރެންގެ ނަމަކީ އަހުމަދު ސުނާނެވެ. އަހަރެންގެ އުމުރުން މިހާރު 20 އަހަރު ވެއްޖެއެވެ. ހިއްސާ ކުރަން ގަސްތު މިކުރަނީ މީގެ ގާތް ގަނޑަކަށް 2 އަހަރުން ކުރިން އަހަންނާ ދިމާވި، އަހަރެއްވީ ލޯބީގެ ކުޅިސަމާގަނޑެއްގެ ވާހަކައެވެ.

އޭރު އަހަރެންގެ އުމުރުން ކިރިޔާ 18 އަހަރު ވާނީއެވެ. ގާނޫނީ ގޮތުން ކިރިޔާ ބޮޑުވީއެވެ. ކިޔަވަމުން ދިޔައީ ސީ.އެޗް.އެސް.އީ ގައެވެ. އިމްތިހާނު ގާތްވަމުން ދާތީ ގްރޫޕް ސްޓަޑީ ހަދަން އަހަރެންގެ ކްލާސް ދެކުއްޖަކާއެކު އެތަނުން އެއް ކުއްޖެއްގެ ގޭގައި އަހަރެން އިނީމެވެ. އެއީ ސީދާ ކޮންދުވަހެއް ކަމެއް ހަނދާނެއްނެތެވެ. ގްރޫޕް ސްޓަޑީގެ ނަމުގައި ފޮތްތައް ހުޅުވައިގެން ތިބި ނަމަވެސް 60 އިންސައްތަ ހޭދަވާނީ ބިޓުންގެ ވާހަކަތަކާ ސަކަރާތުގައެވެ. އެވަގުތު އަހަރެންގެ ގާތުގައި އިން ކައިސްގެ ފޯނަށް މެސެޖެއް އައެވެ. ކައިސްއަށް އަހަރެމެން ލޯބިން ކިޔަނީ ކޫބެއެވެ. ކޫބެއަކީ ކިޔެވުމަށް ދެން މާވަރެއް ހުންނަ މީހެކެވެ. އޭނާ މޮޅަށް ކިޔަވާ އަހަރެމެންނަށް ކިޔަވަން ނަސޭހަތްދީ ހަދާތީ އެކަމާ އަހަރެމެން އޭނާޔާ ދިމާކޮށް ހެދި ނަމަވެސް އޭނާ ފަދަ ކިޔެވުމަށް މޮޅު ކުއްޖަކު އަހަރެމެންގެ ސްކޮޑްގަ ހުންނާތީ އެކަމާ އަހަރެން ފަހުރުވެރިވެސްވޭމެއެވެ.

ކޮންމެއަކަސް މެސެޖު އައިކަންވެސް ނުދަނެ ކޫބެ އިނީ އޭނާ ހަދަމުން ދިޔަ ފިލާވަޅަށް ގޮސް ހުސްވެ ނިމިފައެވެ. މެސެޖުގެ އަޑު އިވުނީއްސުރެ އަހަރެންގެ އަތް މުނިމުނި ކަވަމުން ދިޔައީ އެ މެސެޖު ބަލާލާ ހިތުން ކެތް މަދުވެފައެވެ. ކޫބެ އެބަލާލާތޯ ފަސް ސުކުންތެއްވަރު ކެތްކުރެވިއްޖެއެވެ. އަހަންނަށް ނީންދެވިގެން ފޯނު ނަގާ މެސެޖު ބަލާލީމެވެ. އަދި މެސެޖުގައިވާ އެއްޗެއް އެންމެނަށް އަޑު އިވޭ ވަރަށް ކިޔާލީމެވެ. “މައި ނިއު ނަމްބަރ. -މިންނު-”

މިންނުގެ ޙަޔާތުން.

ސުނޭ ދެއްކި ވާހަކަ ކަނުލާ އަޑު އަހައިފީމެއްނުން ހެއްޔެވެ. ދެން އަހަރެންގެ ޑައިރީންވެސް ކިޔާލާށެވެ. މީގެ ދެއަހަރު ކުރިން ފަށާށެވެ.

އަހަންނަކީ އައިޝަތު މިންނާ ސައީދެވެ. އަހަންނާ ސުނޭއަކީ އުމުރުގެ ގޮތުން އެއްވަރުގެ ދެމީހުންނެވެ. އަހަރެން ނަމްބަރު ބަދަލު ކުރުމާއެކު ކޮންޓެކްޓް ލިސްޓުގައި ހުރި ހުރިހާ އެންމެނަށް މެސެޖަކުން އެކަން އެންގީމެވެ. ކައިސްއަށް މެސެޖު ފޮނުވާލުމާއެކު އަހަންނަށް ސުނޭގެ ނަމްބަރުން އައީ މެސެޖެކެވެ. އެއީ 15 އޯގަސްޓް 2014 ވަނަ ދުވަހުގެ ރޭގަނޑު 9 ގަޑި 2 މިނެޓުގައެވެ. ސުނޭ ހަނދާން ނެތަސް އަހަރެން ހަނދާން އެބަހުއްޓެވެ. އޭރު އަހަންނަށް މި ސުނޭއަކީ ދުނިޔޭގައި ހުރި މީހެއްކަންވެސް ނޭނގެއެވެ.

“ހެލޯ މިންނު.” އަކުން ފެށުނު މެސެޖުގެ ސިލްސިލާތައް ދެމިގެން ގޮސް ފަހުން ފޯނު ކޯލުތަކަށް ބަދަލު ވެގެންދިޔައެވެ. ސޯޝަލްމީޑިއާގެ ތެރެއިން ވައިބަރއާ ފޭސްބުކުން ދިރިއުޅުމުގެ ކަންތައްތައް ހިއްސާ ކުރެވި ސްނެޕްޗެޓުން ޒާތް ޒާތުގެ ފޮޓޯ ހިއްސާ ކުރެވި، ލޯ މަރައިގެން އިނދެ ސުނޭ ކުރަހާލެވޭ ވަރަށް އަހަންނަށް ސުނޭގެ ސޫރަ ހިތުދަސްވިއެވެ. ހަމައެކަނި ތަންކޮޅަކީ ދެމީހުން ބައްދަލުނުވާ ތަންކޮޅެވެ.

އަހަރެން އަބަދުވެސް ބުނާނަމެވެ. ސުނޭއަކީ ހަމަ ވަރަށް ތަފާތު މީހެކެވެ. ބުނާ ހިތް އޮތީ އެއީ ޖާދޫގަރެކޭއެވެ. އޭނާ ޖާދޫ ނުހަދާ ނަމަ އަހަރެން މިވަރަށް އޭނާއާ ހެދި ދީވާނާ ވާނެ ހެއްޔެވެ. މެސެޖުތަކުގައި އޭނާ ފޮނުވަނީ މަސްތެވެ. ފޮޓޯތަކުން އޭނާ ކުޅެނީ އަހަރެންގެ ހިތާއެވެ. އަތްނުލާ އަހަރެންގެ އިހުސާސްތަކާ ކުޅެލައެވެ. ފަހުންފަހުން އައިސް އޭނާގެ މެސެޖުތަކަށް އިންތިޒާރު ކުރެވެންފެށީއެވެ. މެސެޖެއް ނުލިބި ކިރިޔާ ލަސްވެލިޔަސް އަހަރެންގެ މޫޑު އޮފްވާން ފެށީއެވެ. ދެން ނަސީބެއް ތޯއްޗެކެވެ. ސުނޭ ވަރަށް އޯގާތެރިއެވެ. މާގިނަ އިރު މެސެޖު ނުކޮށެއް ނުހުރެއެވެ. އޭނާ އަހަންނަށް އެވަރަށް އެ އަޅާލަނީ ކީއްވެބާއެވެ.

ސުނޭގެ ޙަޔާތުން.

އަހަރެން މިންނުއަށް އޯގާތެރިވެ އަޅާލީ މިންނުއަށް އެހީތެރިވުމުގެގޮތުންނެވެ. ހިތްދަތިކަން ލިބިފައިވާ އަންހެން ކުއްޖަކަށް ހިތްވަރަކަށްވާން އަހަރެން ބޭނުންވީތީއެވެ. ނަމަވެސް ހިތްކިޔާ ގޮތެއް މިންނުގެ ހުރެއެވެ. ލޯތްބެއް ނޫން ތޯއްޗެކެވެ. އަސްލު އަހަންނަކަށް ލޯބި ކިޔާދޭކަށް މާ ރަނގަޅަކަށް ނޭނގެއެވެ. އެކަމަކު ކުދިންނަށް އަހަރެންގެ ހިތްކިޔައެވެ. މިންނުގެ ކުރިން އަހަރެން ގުޅިގެން އުޅުނު ސަރާއަށް އަހަރެންގެ ހިތްކީވެސް ނޭނގި ހުއްޓައެވެ. އޭނާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަ ވެގެން ދިޔައެވެ. ސަރާއަކީ ދެން ވަރަށް މަޖާ މިޒާޖެއްގެ އެންމެންނާވެސް ގުޅޭ އަންހެން ކުއްޖެކެވެ. އެއީ އަހަންނަށް ވަރަށް ކަމުދާ ސިފައެކެވެ. ރިލޭޝަން ދިޔައީ ވަރަށް ރީތިކޮށް އޮމާންކޮށެވެ. ނަމަވެސް ދުވަސްކޮޅަކުން އަހަރެން ހަމަ ފޫހިވީއެވެ. ކީއްވެތޯ ނާހާށެވެ. ތި ސުވާލުގެ ޖަވާބު ދޭކަށް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެއީ ދެން މީގެ ވަރަށް ކުރިއެވެ. ހަނދާންވާ ގޮތުން އެއީ އެންމެ ސީނިއަރ ގްރޭޑްގައި އަހަރެމެން ކިޔަވަމުން ދިޔަ ދުވަސްވަރެވެ. ގްރޭޑް 9 އެއް ނޫނީ 10ގައެވެ. އަހަންނާ ސަރާއަކީ އޭރު ކްލާސް މޭޓްސްއެވެ. އެކަމެއް ހިނގީ އަހަރެންގެ ފުރާވަރުގެ އެންމެ ލާނެތް ދުވަސްވަރެވެ. އެހެންވީމާ ކަމަށްވެސް ވެދާނެއެވެ. ކުރީގާ ކުރެވިފާހުރި މޮޔަ ކަންކަން ހިތަށްއަރާފައި މިހާރު ދެރަވެއެވެ. ސަރާގެ ކުށެއްނެތި އޭނާ ހިތުގާ ޖެއްސުނީތީވެސް މިހާރު ދެރަވެއެވެ. މާފަށް އެދެންވެސް ބޭނުމެވެ.

ސަރާއަށްވުރެ މިންނު ރީތިވާނެއެވެ. ސަރާއަކީ ކަޅު ކުއްޖެކެވެ. މިންނު ދޮނެވެ. ޒަމާނަށް ވަރަށް ލޯބި ކުރާނެއެވެ. ފެޝަނަށް ހެދުން އަޅަން ދަނެއެވެ. އަޅައިގަންނަ ކަހަލަ ސިފަތައް ސަރާއަށްވުރެ ގިނައީ މިންނުގެ ކިބައިގައެވެ. އިންނަނީ އެންމެ ތަންކޮޅެކެވެ. އެއީ މިންނު ދެން ވަރަށް ހިކިވާނެއެވެ.

މިންނުއާ ވާހަކަ ދައްކަން ކިތަންމެ ގިނައިރަކުވެސް އޮވެވިދާނެއެވެ. އެއް ވާހަކައެއްގެ ތެރެއިން ކުރި ފަޅައިގެން ހެދި އިތުރު ވާހަކަތައް ދިގުދެމިގެންދާ ގޮތެއްވެސް ނޭނގެއެވެ. ވާހަކަ ދައްކަން އޮވެފައި ގަޑިއަށް ބަލާލާއިރަށް ދަނީ ސިއްސައިގެންނެވެ. ކުރަން ހުންނަ ގިނަ ކަންކަން ހަނދާންނެތޭ ފަހަރުވެސް އާދެއެވެ. ވާހަކަ ހުސްނުވާނެއެވެ. ގިނަ ފަހަރަށް ނިދެނީވެސް ކަންފަތް ކައިރީ ފޯނު އޮއްވައެވެ.

މިންނުގެ ޙަޔާތުން.

22 ސެޕްޓެމްބަރ 2014 ވަނަ ދުވަހުގެ ހަތަރުގަޑި ފަނަރައިގައި ފުރަތަމަ ފަހަރަށް އަހަރެމެން ބައްދަލު ކުރީމެވެ. އުސްފަސްގަނޑުގެ ހިތްގައިމު މާހައުލުން އަހަރެމެން ބައްދަލު ކުރީ ސުނޭގެ އެދުމުގެ މަތިންނެވެ. ބައްދަލުކޮށްލަން އަހަރެންވެސް ހުރީ ނުހަނު ބޭނުންވެފައެވެ. އެރީތި އަޑާ އެ ހިތްގައިމު ސޫރައިގެ ވެރިމީހާ ހަމަ ލޮލުން ދެކިލަން އަހަރެން ހުރީ ކެތްމަދުވެފައެވެ. އެވަރަކުން އަހަރެން އެތަނަށް އައީވެސް އެހެންވެއެވެ. އައިހަމްގެ ހަނދާންތަކާ ދުރަށްދެވި ސުނޭއަށް އަހަރެންގެ ހިތްކީތާ މިހާރުކިތަންމެ ދުވަހެކެވެ. އައިހަމްއަކީ އަހަރެންގެ ކުރީގެ ބައިވެރިޔާއެވެ. އޭނާ އަހަންނަށް ކެހިދިނީއެވެ. އަހަރެންގެ އެއްވެސް ކުށެއް ނެތި އަހަރެން ދޫކޮށްލާފައި ދިޔައީއެވެ.

ސުނޭއާ ދިމާވީ ހިތް ކުދިކުދި ވެފައިވަނިކޮށެވެ. ދެން ވިސްނާލާށެވެ. ސުނޭ ކަހަލަ އޯގާތެރި މީހަކަށް ހިތްނުކިޔާ ހުންނާނެ ހެއްޔެވެ. އަހަރެން ސުނޭއަށް ފޯލްވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އެއީއެވެ. ނަމަވެސް ފަހުން އޭނާ އަހަންނަށް ވަރަށް ޚާއްސަ މީހަކަށްވިއެވެ. އޭނާއާ ނުލާ ނޫޅެވޭ ވަރަށެވެ. ވޭތުވެ ދިޔަ އެއްމަސް ދުވަހުގެ ތެރޭގައި އަހަރެންގެ ހިތް ކިތަންމެ ކަމެއް ތަޖުރިބާ ކޮށްފިއެވެ. ކެރިހުރެ އަހަރެން ބުނާނަމެވެ. އަހަންނަށް ސުނޭދެކެ ލޯބި ވެވުނީއެވެ.

ކިޔާފައިވާ ގަޑީގެ މާކުރިން އަހަރެން ގޮސް އުސްފަސްގަނޑުގައި އިނީ ގޭގައި އިންނަން ހަމަ އުނދަގޫވެގެންނެވެ. އިރުއިރުކޮޅާގަޑިއަށް ބަލާލެވެނީ ދިގު އިންތިޒާރެއް ކުރާ ފަދައިންނެވެ. ހަތަރުގަޑި ފަނަރަވީތަނާ އަހަންނަށް ދިއްކޮށްލަނީ އަތެކެވެ. އައްސަލާމްއަލައިކުމް އޭ ބުނެލަމުންނެވެ. އެއީ ހަމަ ސުނޭގެ އެ ހިތްގައިމުއަޑެވެ. އަހަރެން އިސްއުފުލާ ބަލާލީމެވެ. ހިނިތުންވެލާފައި ސަލާމް ބަލައިގަންނަމުން ސަލާމް ކޮށްލީމެވެ. ސުނޭގެ އަތުގައި ހިފުނު ވަގުތު އަހަރެންގެ ހަތަރެއްސަފައި ފިނިވި ކަހަލައެވެ. މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދެމީހުން ކައިރީގައި ތިބެގެން ވަރަށްގިނަ ވާހަކަ ދެއްކީމެވެ. ސުނޭ ގާތުގައި އިންނަން ލަދުގެން ނަމަވެސް އަހަރެން ހިތްވަރުކޮށްފައި އެކަމެއް ނުދައްކަމެވެ. އޭނާގެ ސަމާސާތަކަށް ހީ، ޖެއްސުންތަކުގައި ބައިވަރުވަމުން އަހަރެންވެސް ގެންދިޔައީމެވެ. ސެލްފީ ނަގާ، އެތާ ހުރި ގާޑިޔަލަކުން އަނބު މަޖާވެސް ގަނެގެން ކޭމެވެ. ދުރުން ބަލާ މީހަކަށް އަހަރެމެންމީ އަލަށް ދިމާވި ދެމީހުން ކަމެއް ނޭނގޭނެއެވެ.

އޭގެފަހުން ކިތަންމެ ފަހަރަކު އަހަރެމެން ބައްދަލުކުރީމެވެ. ހީސަމާސާކޮށް މަޖާ ކުރީމެވެ. 14 ފެބްރުއަރީ 2015 ވީ ލޯބިވެރިންގެ ދުވަސްއެއީ އެންމެ ޚާއްސަ ބައްދަލުވުމެވެ. އެރޭ އަހަރެން ކޮލެޖުގައި އިންދާ އައީ ސުނޭގެ މެސެޖެކެވެ. ސަޕްރައިޒެއް އޮތް ކަމަށް ބުނެ ކްލާސް ނިންމާފައި ބައްދަލުކޮށްލަން އެދިއެވެ. އަހަރެން ކްލާސް ނިމުމުން ސުނޭއާ ބައްދަލު ކުރީމެވެ. އޭނާ އަހަންނަށް ދިއްކޮށްލީ ޕާރްސަލް ކޮށްފައިވާ ހަދިޔާއެކެވެ. އޭގައިވާ އެއްޗެއް އަހަރެން ގެސް ކުރީމެވެ. ޓެޑީ ބެއަރއަކީ އަހަރެން އެންމެ ބޭނުންވާ ހަދިޔާ ކަމުން ފުރަތަމަވެސް ސިކުނޑިއަށް އައީ ބެއަރއެވެ. ސުނޭ ހިނިތުންވެލާފައި އެދުނީ ގެއަށް ގޮސް އޭތި ކެނޑުމަށެވެ.

ގެއަށް ގޮސް ލަހެއް ފަހެއްނެތި އަހަރެން ހަދިޔާ ކެނޑީމެވެ. އޭގައި އޮތީ ހިތުގެ ބައްޓަމަށް އޮތް މަޑު މަޑު ރީތި ރީތި ކުޝަންއެކެވެ. ޓެޑީއެއް ނޫނަސް އެ ކުޝަންވެސް އަހަންނަށް ވަރަށް ކަމުދިޔައެވެ. އޭގައި އިތުރު އެއްޗެއްވެސް އޮތެވެ. ފަށް ޖަހާފައިވާ ކަރުދާސްކޮޅެކެވެ. އަހަރެން އެކަރުދާސްކޮޅު ހުޅުވާލީމެވެ. އޭގައި އޮތީ “ވިލް ޔޫ ބީ މައިން؟” މިހެންނެވެ.

ސުނޭގެ ޙަޔާތުން.

އާއެކެވެ. އަހަރެން މިންނުއަށް ޕްރޮޕޯސް ކުރީއެވެ. އަހަރެންވެސް މިންނުދެކެ ލޯބިވީއެވެ. އިޝްޤީ ލޯތްބަކީ ކޮބައިކަން އަހަންނަށް ދަސްވީ އެހާ ހިސާބުންނޭވެސް ބުނެވިދާނެއެވެ. އެރޭ މިންނު އަހަރެންގެ ހަދިޔާ ކަނޑާނެހާ އިރުކޮށްފައި އަހަރެން ގުޅީމެވެ. ވިސްނާލާފައި ފަހުން ޖަވާބެ ދޭނެކަމަށް މިންނު ބުންޏެވެ. ނަމަވެސް ކެތްމަދުވެފައިވާ އަހަރެންގެ ހިތް ޖަވާބެއް ބޭނުންވީ އެރެއެވެ. ލޯބިވެރިންގެ ދުވަހަށްވީތީއެވެ. ކޮންމެއަކަސް އަހަރެން ތެޅުވުމަށްފަހު މިންނު އާއެކޭ ބުންޏެވެ. އެރޭ އަހަރެން ވަރަށް އުފާވިއެވެ.

ރިލޭޝަންގެ ކުރީކޮޅު ދިޔައީ ވަރަށްވެސް ރަނގަޅަށެވެ. ވަރަށް ލޯބިން ދެމީހުން އުޅުނީ އެއްވެސް މައްސަލައެއް ނުޖެހި ޝަކުވާއެއްވެސް ނެތިއެވެ. ނަމަވެސް މީހުން ބުނެ އުޅެއެއްނުން ހެއްޔެވެ. މީހެއްގެ ގޮތް އެނގޭނީ އެއްއޮޑިން ދަތުރުކޮށްލީމައެވެ. މިންނު ދަސްވަމުން ދިޔަ ވަރަކަށް މިންނުގެ ކިބައިގައި ހުރި ބައެއް ސިފަތަކަކީ އަހަރެން އެހާ ގަޔާވާ ސިފަތަކެއް ނޫނެވެ. މިންނު އަބަދުވެސް ބޭނުންވާނީ ގުޅައިގެން ހުންނާށެވެ. ނަމަވެސް ކަމެއްނުކޮށް އަބަދު ގުޅައިގެން ހުންނާނީ ކިހިނެތް ހެއްޔެވެ. އަހަރެންގެ ކަންކަމަށާއި އަހަރެންގެ ރައްޓެހިންނަށް ޓައިމް ނުދެވެއެވެ. އަހަރެން ހިތްހަމަނުޖެހިގެން އެއްޗެކޭ ބުނެފިއްޔާ ދެން ފަށާނީ ރޯށެވެ. އެގޮތަށް ދެން ހަތަރުމަދުވެސް ރޮއެފާނެއެވެ. މިންނުގެ ކިބައިގައި ހުންނަ ކަޑަ އަނެއް ސިފައަކީ އެއީއެވެ. މިންނު ކޮންމެކަމެއްވެސް ކުރަން ބޭނުންވަނީ ރޮއެގެންނެވެ. ނުކައި ނުބޮއެވެސް އޮވެދާނެއެވެ. އަހަރެން އެންމެ ހިތްހަމަ ނުޖެހެނީ އެހެންވެއެވެ. ހިކިކޮށް ހުންނަ މީހަކު ނުކައި އޮންނަން ވެއްޖެއްޔާ ވާނީ ކިހިނެތް ހެއްޔެވެ. ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ލިބުން ނޫން ކަމެއް ނުވާނެއެވެ. އަހަރެން ކިތަންމެ ވަރަށް ކިޔަސް އޭނާ ނުކަހާނެއެވެ. ނުކާނެއެވެ. ބައެއް ފަހަރު ރުޅިވެސް އާދެއެވެ. އަހަރެން ބުނާ ބަސް މިންނު ނާހާތީއެވެ. ގޮތް ދޫނުކުރާތީއެވެ. މިންނުއަށްޓަކާ އަހަރެން ޤުރުބާނީތަކެއްވީމެވެ. އަހަރެންގެ ރައްޓެހިންނާއެކު ކުރެވުނު ކިތަންމެ ޕްލޭނެއް އަހަރެން ކެންސަލް ކުރީމެވެ. މިންނުއަށް ވަގުތު ހުސްކުރުމަށެވެ. މިންނު ހިތްހަމަޖެއްސުމަށެވެ. މިންނު ދެރަނުކުރުމަށެވެ. ރައްޓެހިންގެ މަލާމާތާ ހިތްހަމަނުޖެހުމުގެ ބަސް ރައްދުވީ ނަމަވެސް މިންނުއަށްޓަކާ އަހަރެން ކެތްކުރީމެވެ. ހިތާމައަކީ މިންނު އެކަން ނުދަންނަކަމެވެ.

މިންނުގެ ޙަޔާތުން.

އަހަރެން ނުދަންނަނީއެއް ނޫނެވެ. ނުދަނެވެނީ ކަންނޭނގެއެވެ. އަހަރެން ސުނޭދެކެ އިންތިހާއަށް ލޯބިވެއެވެ. އިތުރު މީހަކު ސުނޭއަށް ވައިއެޅިލާންވެސް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ޤަބޫލުކުރާ އެއް ކަމެއް އޮވެއެވެ. “ވަޓްސް މައިން އިސް މައިން”. އަހަރެންގެ އެއްޗަކީ ހަމައެކަނި އަހަރެންގެ އެއްޗެކެވެ. އެހެން މީހަކު އެއަށް ބަލާލައިގެންވެސް ނުވާނެއެވެ.

އަހަރެން އެންމެ ފޫހިވަނީ ސުނޭމެން އެހަދާ ގެޓްޓުގެދާއެވެ. ނޭވަޔަކު ދެކޮޅު އެމީހުންގެ ކުރީގެ ކްލާސް މޭޓުންގެ ގެޓްޓުގެދާއެއް ހަދާނެއެވެ. ގުޅުން ބަދަހި ކުރުމުގެ ގޮތުންނޭ ސުނޭ ބުނާނެއެވެ. އަހަރެން ސުނޭ އެތާކަށް ނުފޮނުވަމެވެ. އެއީ އެ ކްލާސްމޭޓްސްގެ ތެރޭގައި އޭނާގެ އެކްސް ސަރާވެސް ހުންނާނެއެވެ. ސަރާއާ ކޮންމެހެން ގުޅުން ބަދަހި ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ސުނޭގެ ފޭސްބުކާއި އިންސްޓާގްރާމުން ސަރާ ބްލޮކް ކޮށްލީވެސް އެހެންވެއެވެ. ރޮއެގެންވެސް އެއެއްޗެހީގެ ޕާސްވޯޑް އަހަރެން އަތުލީ އަހަރެމެން ދެމީހުންނަށް ރަނގަޅަކަށެވެ. މިގުޅުމަށް އެއްވެސް ކަހަލަ ބުރޫއެއް އަރަން އަހަރެން ބޭނުން ނުވާތީއެވެ.

އަހަރެން ސުނޭ ފިއްތައިގެން ގެންގުޅެނީ ކަމަށް ބުނެ ކައިސް އަހަންނާ ދިމާލަށް އެއްޗެހިވެސްކިއެވެ. އެދުވަހު ކައިސް ބުނި ވާހަކަ އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. “ތިޔަހެން އުޅެނިކޮށް ސުނޭ ދޫކޮށްލާފައި ގޮސްވެސްދާނެއެވެ.”

ސުނޭގެ ޙަޔާތުން.

ބުރޫ އަރާކަށް އަހަރެންވެސް ބޭނުމެއް ނުވިއެވެ. ނަމަވެސް ދެން ކަންތައްވީ ދެމީހުންކުރެ އެކަކުވެސް އުންމީދު ކުރި ގޮތަކަށް ނޫނެވެ.

އައިސްކްރީމް ބޯން އަހަރެމެން ސްކޫޕްގައި ތިބި ދުވަހެކެވެ. އައިސްކްރީމް ބޮއެ ނިމިގެން އަހަރެންގެ ވޮލެޓް ހިފައިގެން މިންނު ދިޔައީ ބިލް ދައްކާށެވެ. މޭޒުމަތީގައި އޮތް އޭނާގެ ޕާސް އަހަރެން ހުޅުވާ ބަލާލީމެވެ. އޭގެ ތެރެއިން ފެނުނު އެއްޗަކުން އަހަރެންގެ ހިތް ބިރުން ތެޅިގަތެވެ. މިންނުއަކީ ތެލެސީމިއަރ ކެރިއަރެކެވެ. އަހަރެން ބިރުގަތީ އަހަރެންގެ ބޭބެއަކީވެސް ތެލެސީމިއަރ ކެރިއަރަކަށްވެފައި އަހަރެންވެސް ތެލެސީމިއަރ ކެރިއަރަކަށް ވެދާނެތީއެވެ. އޭރު އަދި އަހަރެން ތެލެސީމިއަރ ޓެސްޓެއް ނުހައްދަމެވެ.

އެރޭ އަހަރެމެން ދެމީހުން އެކަމާ ވަރަށް މަޝްވަރާކުރީމެވެ. މިންނުއާ ވަކިވާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. މިންނު އަދި އަމުދުން އެގޮތެއް ނޭދެއެވެ. މިންނު ދެރަވެދާނެތީ އަހަރެންގެ ބޭބެއަކީ ތެލެސީމިއަރ ކެރިއަރެއް ކަމަކަށް އަހަރެން މިންނު ގާތަކު ނުބުނަމެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށާއި އަހަންނަށް ލިބޭނީ ހުދު ކާޑެއް ކަމަށް މިންނުއަށް އަހަރެން ވިސްނައިދެމުން ދިޔައީމެވެ.

ލަހެއް ފަހެއް ނުކޮށް އަހަރެން ތެލެސީމިއަރ ޓެސްޓު ކުރީމެވެ. އަހަންނަށް ހަމަ ޝައްކު ވާތީއެވެ. މިގުޅުން ކައިވެންޏަކާ ހަމައަށް ދިއުމަށްފަހު ވަކިވާން ޖެހިއްޖެ ނަމަ ދެމީހުން ކުރަންޖެހޭނެ ހިތާމަ މާ ބޮޑުވާނެތީއެވެ. ނަތީޖާ ލިބުން ދުވަހު ދިޔައީ އަހަރެން އެކަންޏެވެ. މިންނުއެއް ނުގެންދަމެވެ. ނަތީޖާ އަތަށް އެރުމުން އަހަރެން ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. އެއަށްފަހުވީ ދެރައެވެ. ކަރުނަ ނިރާލީ އެތަނުގެ ގޮނޑީގައި އިންދައެވެ. އަހަރެންވެސް ވީ ތެލެސީމިއަރ ކެރިއަރަކަށެވެ. އެހިތާމަވެރި ޚަބަރު މިންނުއަށް ދޭނީ ކިހިނެތްބާއޭ ހިތަށްއެރިއެވެ. ނަމަވެސް ދޭންޖެހޭނެ ނުންހެއްޔެވެ.

ހިތްވަރުކޮށްފައި އަހަރެން އެހަބަރު މިންނުއަށް ދިނީމެވެ. މިންނުއަށްވާނެ ގޮތް ކިޔާ ނުދިނަސް އެނގޭނެއެވެ. އަހަރެން މިންނުއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް މިންނު ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އެފަދަ ހާލަތެއްގައި އެކަކަށްވެސް ރަނގަޅަކަށް ނުވިސްނޭނެއެވެ. އެހެންކަމުން މިންނު ހަމައަކަށް އެޅުމުން ވިސްނައިދިނުމަށް އެވަގުތު ފޯނު ބޭއްވީއެވެ.

ނަމަވެސް ފަހުންވެސް މިންނުއަކަށް ވިސްނޭގޮތެއް ނުވިއެވެ. މިންނު ހުރީ އެއްގޮތަކަށްވެސް ގަބޫލު ކުރާކަށް ތައްޔާރަކަށް ނޫނެވެ. މިންނު ބުނާގޮތުން އޭނާ ޑީ.އެން.އޭ ޓެސްޓެއް ހަދަންދެން މަޑުކުރާށެވެ. ނަމަވެސް ޑީ.އެން.އޭ އަކުން ނަތީޖާ ބަދަލުވެދާނެ ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. އަހަރެމެން ދެމީހުންގެ މުސްތަގްބަލަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ދެން އަހަރެމެން ވަކިވުން ކަމަށް އަހަންނަށް ވިސްނުނީތީ، އަހަރެން ބޭނުންވަނީ އެގޮތް ކަމަށް އަހަރެން މިންނު ގާތު ބުނީމެވެ. އަހަރެމެން ދެމީހުންނަކީ ކެރިއަރުންކަން އެނގުނު ހިސާބުން އަހަރެންގެ އާއިލާވެސް މިގުޅުން އިތުރަށް ކުރިއަށް ގެންދާކަށް ގަބޫލެއް ނޫނެވެ.

މިންނުގެ ޙަޔާތުން.

ސުނޭ ދައްކާ ވާހަކަ އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ވާހަކަ ދައްކަނީ ދެއަނގައިންނެވެ. އެއްފަހަރު ވަރަށް ލޯބިވެޔޭ ބުނެފާނެއެވެ. ވަކިވާކަށް ބޭނުމެއް ނޫނޭ ބުނެފާނެއެވެ. އަނެއް ފަހަރަކު ބޭނުންވަނީ ވަކިވާށޭ ބުނެފާނެއެވެ. އަހަރެން ގަބޫލު ކުރާނީ ކޮން ވާހަކަ އެއް ހެއްޔެވެ. ކެރިއަރުންނަށް ވިޔަސް އަހަރެން ވަކިވާކަށް ބޭނުމެއް ނޫނެވެ. މިހާރު މިއޮތީ ޒަމާން ބަދަލުވެފައެވެ. ކެރިއަރުންނަށްވެސް ކައިވެނިކޮށްގެން އުނދަގުލެއްނެތި މިހާރު ދިރިއުޅެވޭނެއެވެ. އަމިއްލަ ދަރިން ނުހޯދިޔަސް އެޑޯޕްޓްކޮށްގެން ވެސް ކުދިން ގެންގުޅެވި ދާނެ ނުންހެއްޔެވެ.

ދެން އެ ދައްކަނީ އާއިލާގެ ވާހަކައެވެ. ސުނޭއަކީ ފިރިހެން ކުއްޖާއެވެ. އާއިލާ ނުގަބޫލު ވީނަމަވެސް ސުނޭއަށް އަހަންނާ އިނދެގެން އުޅޭކަށް އުނދަގުލެއް ނުވާނެއެވެ. އެގޮތަށްވެސް ދަތިވާނީ އަހަރެން ނަމަތާއެވެ. ސުނޭ އަހަރެންދެކެ ލޯބި ވާނަމަ ކޮންމެ ހާލެއްގައިވެސް އަހަންނާއެކު އުޅޭނެއެވެ. ސުނޭ މިހާރު އަހަރެންދެކެ ލޯބި ނުވަނީއެވެ.

ބައެއްފަހަރު އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސުވެސް ކުށްވެރިކުރެވެއެވެ. އެދުވަހު ކައިސް ބުނިބަސް ހަނދާންވާ ކޮންމެ ފަހަރަކު މިހެން ކަންތައް މިދިމާވީ އަހަންނަށް ކަންތައް ކުރެވުނު ގޮތުންބާއޭ ހިތަށްއަރައެވެ. ނަމަވެސް އަހަރެން އެގޮތަށް ކަންތައްކުރީ އަހަރެން ސުނޭދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަހަރެންގެ ލޯތްބަކަށް ދެންވެސް ބަދަލެއް ނާދެއެވެ. އެއްއަހަރާ ފަސްމަހާ ދިހަދުވަސްވީ މިގުޅުން އެހާ ފަސޭހައިން ހަނދާން ނައްތާލެވޭނީ ކިހިނެތް ހެއްޔެވެ.

ސުނޭގެ ޙަޔާތުން.

މައިންބަފައިންގެ ނުގަބޫލުގައި ކައިވެނިކޮށްގެން އުޅެން ދަތިވާނީ އަންހެން ކުއްޖާއަށޭ ބުނާ ބުނުން އެއީ ކުށްހީއެކެވެ. ކޮންމެ މީހަކަށް ވިޔަސް އެމީހެއްގެ ކައިވެނީގައި މައިންބަފައިންގެ ހިތްހަލާލު އޮތުން ބޭނުންވާނެއެވެ. އަހަރެން ހަމަގައިމުވެސް އެގޮތް ބޭނުމެވެ. އެހެންނޫނީ ކައިވެނީގައި ބަރަކާތެއް ނުލައްވާނެއެވެ.

އަހަރެންވެސް ގަބޫލު ކުރަމެވެ. ފަހުންފަހުން އައިސް ރިލޭޝަން މަތިން އަހަރެން ފޫހިވާންފެށިއެވެ. އެއީ ތެދެކެވެ. އެއީ ކޫސަނި ކުދި ކުދި ކަންތައްތައް ބޮޑެތި މައްސަލަގަނޑަކަށް ވެގެން ދާތީއެވެ. ދެމީހެއްގެ ގުޅުމެއްގައި ނަމަ ކުނޑިކޮޅުކޮޅު ޖެހޭނެ ކަމަށް އަހަރެންވެސް ގަބޫލު ކުރަމެވެ. ނަމަވެސް މިންނުގެ ހުންނަ ގޮތަކުން އަހަންނަށް އަހަރެންގެ ރައްޓެހިންނާއެކު މަޖާކޮށް ހީސަމާސާ ކޮށްލާނެ ވަގުތެއްވާ ކަމަކަށް ނުވެއެވެ. ފަހަރެއްގައިވެސް މިހެން ވާނެ ކަމަށް އަހަރެން ހިޔެއް ނުކުރަމެވެ. މިގޮތަށް މިކަން ދިމާވީތީ އަހަރެން އުފަލެއްވެސް ނުވެއެވެ. ދުވަހަކުވެސް މިންނުއަށް ބޭވަފާތެރިވުމުގެ ހިޔާލެއް އަހަރެން ނުގެންގުޅެމެވެ. އަހަރެންވެސް ވަރަށް ދެރަވިއެވެ. ހިތާމަވެސް ކުރީމެވެ. ނަމަވެސް މިވަކިވުމަކީ ހެޔޮ ބަދަލެއްގެ ފެށުން ކަމުގައި މިންނުވެސް ދެކެން އަހަރެން ބޭނުމެވެ. ދެމީހުންނަށް އަމިއްލަ ދަރިން ލިބެން އޮއްވާ އެޑޯޕްޓް ކުރުމުގެ ބޭނުމެއް ކޮބާހެވެ. މިންނުވެސް ދެން މޫވް އޮން ކުރާށެވެ. އަހަރެންވެސް ދެން އެހެން ކުއްޖަކު ހޯދާނީއެވެ. ދުނިޔޭގައި އުޅެވޭނީ ވަރަށް ކެތްތެރިވެގެންނެވެ. އަމިއްލަ ނަފްސު ކުށްވެރިކުރުން މިންނުވެސް ދޫކޮށްލާށެވެ. މިހާލަތުގައި މިންނު އަންޑަރސްޑޭންޑް ވާން އަހަރެން ވަރަށް ބޭނުމެވެ. އުނދަގޫވާނެވަރު އަހަންނަށް އިހުސާސް ކުރެވެއެވެ. ނަމަވެސް މިންނު ހިތްވަރު ކުރާށެވެ. ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައި އަހަރެން އަބަދުވެސް ހުންނާނަމެވެ. ތިޔަބޭފުޅުންވެސް މިންނުއަށް ވިސްނަދޭށެވެ. އަހަރެމެން ދެމީހުން ފަދައިން ވަކިވާން މަޖުބޫރުވީކިތަންމެ ބަޔަކު މިދުނިޔޭގައި އުޅޭނެއެވެ. ތިޔަބޭފުޅުންގެ ރައްޓެހިންގެ ތެރޭގައިވެސް އުޅޭނެއެވެ. އަދި މިންނު ފަދައިން އެކަންތައް ބަރުދާސްތު ކުރަން ދަތި މީހުންވެސް އުޅޭނެއެވެ. އަހަރެންގެ އެދުމަކީ އެކުދިންނަށް ވިސްނައިދިނުމެވެ.

-ނިމުނީ-

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

thaadhi

Other Articles

Previous

އެވިއްސާރަ ރޭ… ފަހުބައި

Next

ސަފްހާ

Next
January 30, 2017

ސަފްހާ

Previews
January 29, 2017

އެވިއްސާރަ ރޭ… ފަހުބައި

18 Comments

  1. Boo says:
    January 29, 2017 at 7:50 pm

    Varaha Thafaath.. Varah Salhi

  2. Aish says:
    January 29, 2017 at 7:59 pm

    Ehves reecheh noon

  3. doll says:
    January 29, 2017 at 8:01 pm

    Haadha kuru vaahaka eh v kada maa avahah nimunee

  4. i_far says:
    January 29, 2017 at 8:11 pm

    Reehcheh noon. But varah visney firihen soreh.

  5. RiMu says:
    January 29, 2017 at 8:19 pm

    salhi… hama asluves vygoiytha? dheradhw.. insha allah fahun ragalhuvaane dhekudhinnahves, kehkuranvaane..

  6. Mary says:
    January 29, 2017 at 8:52 pm

    Stry b nyce bt mi ah vure rythi koh mi hushahalhau dheveyne kanneyge if u tried. Any ways u r da writer. U knw better than me. Ithuru vaahakayakah inthizaaru kurevey.

  7. Ayna says:
    January 29, 2017 at 8:55 pm

    vaahaka varah salhi.. Keep it up Thaadhi.. Sara ge bai ves thankolheh detail koh in nama adhi varah salhi vees.. Dhera gotheh dhekudhinah ves thi v.. In sha allah hurihaa kameh ves ok vaane adhi.. ?
    Be positive both.. ???

  8. Nish says:
    January 29, 2017 at 10:14 pm

    Varah ibraiyytheri filaavalheh libigen hingahjje… v nyc

  9. Nash says:
    January 29, 2017 at 10:59 pm

    sara ah vure Minnu reecheve.Sara akee kalhu kujjekeve Minnu dhoneve..varah racist..reecheh.noon..

  10. Milaa Kamaal says:
    January 29, 2017 at 11:28 pm

    Varah salhi

  11. Saandy says:
    January 30, 2017 at 5:53 am

    ވަރަށް ރީތި… ސާންޑީއަށް މި ވަރަށް ކަމުގޮސްފި

  12. kaish says:
    January 30, 2017 at 8:16 am

    minnu eii kaaku kan egunyma minnu ah vissnadheynaan.. anyways reethi story.. waiting for another..keep it up..

  13. minha says:
    January 30, 2017 at 8:28 am

    husha elhun hama obi

  14. Sinappe says:
    January 30, 2017 at 12:15 pm

    V salhi ❤???
    Keep it up!!?

  15. aysh says:
    January 30, 2017 at 1:49 pm

    baeh faharu hithah araa thi kiyaadhenee aharenge vaahakabaa eyves. thfaathakee theleseemia keriar akanuvaakan. vaahaka varah thafaathu.ehaame salhi.

  16. ham says:
    January 31, 2017 at 11:50 am

    V v thafaathu ingey……vahaka ah medhu visnaalafi meehakah ibreh their filaavalheh libigen dhaane.umeedhu kuran kuri ah oi thanugaves mi fadha vaahaka tah kiyaalan libeyne kamah

  17. cher says:
    February 3, 2017 at 12:38 pm

    Vaakaha hama habeys..but saraa ge bai thankolheh detail koh oiy nama adhi maa salhi vys kanneynge..anyways keep it up

  18. Eekko 11 says:
    July 28, 2020 at 12:11 pm

    Hama obi❤️❤️

Comments are closed.

All Right Reserved!