Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (އަށުތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 29, 2017 7 Mins Read
39 Comments

“ހެހެ…….ނަން ބުނީމަ ޔަޤީނުންވެސް އެނގޭނެ……މާޒިން.” އިވުނު ނަމަކުން ޝަފަޤްގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ނެގިއެވެ. އޭނައަށް ފޯނާއި ދިމާލަށް ބަލަން ހުރެވުނީ ނިތަށް ރޫ ގިނަވެފައި ހުރެއެވެ. މާޒިންގެ ވާހަކަ އަޒާން އޭނައަށް އެންގިފަހުން ވެސް އޭނަ އެވާހަކަ ވިސާމްގާތު ބުނެފައެއް ނުވެއެވެ. އެއީ އަޒާނަށް ހީވި ހީވުމަކަށް ވެސް ވެދާނެކަމަށް ފަހަކަށް އައިސް އޭނަގެ ހިތް ބުނަން ފެށީތީވެއެވެ. އަދި އަމުދުން މާޒިންގެ ވާހަކަ ފެންމަތި ކުރުމުން އަނެއްކާވެސް އޭނައާއި ވިސާމްގެ ދެމެދުގައި ފާރެއް ލެވިދާނެކަމުގެ ބިރު ހީވީތީވެއެވެ. އެހެނަސް މިރޭ މި ފޯނު ކޯލު ލިބުމަކީ އޭނަ ވިސާމްގާތު އެވާހަކަ ބުނަންޖެހޭ ކަމުގެ ނިޝާނެއް ހެއްޔެވެ؟ އެ ސުވާލާމެދު ވިސްނަން ފެށި ވަގުތު އަނެއްކާވެސް މާޒިން ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“އައްދެ! ކާކުކަން އެނގުނީމަ އާގަމަވީ ދޯ؟ ހެހެހެ…..ހޮނިހިރު ދުވަހު އަންނާނަން ތިގެއަށް. ކޭކުތައް ރެޑީކޮށްފަ ބަހައްޓައްޗޭ އިނގޭ ޑާރލިންގް؟ އަންނާނެ ގަޑި ބުނާނަން އަދި ފަހުން.” މާޒިން އެހެން ބުނުމަށްފަހު ޝަފަޤަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލައިފިއެވެ. އޭގެ ދެވަނަ ސިކުންތުގައި ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޝަފަޤަށް އެދިމާލަށް ބަލާލެވުނެވެ. އެވަގުތު އެ ދޮރު ހުޅުވި ވިސާމްގެ ނަޒަރު އޭނައަށް ހުއްޓުނު ހިނދު އޭނަ ލުއި ހިނިތުންވުމެއް ޝަފަޤަށް ހަދިޔާ ކޮށްލިއެވެ. އެހެނަސް އޭގެ ބަދަލުގައި ޝަފަޤަށް ހިނިތުންވެ ނުލެވުނެވެ. ދެންމެ އިވުނު ވާހަކަތަކުން ސިކުނޑި ހާސްވެފައިވި މިންވަރުންނެވެ. އެކަން ވިސާމަށް އޭނަ ކައިރިއަށް އައިސް ހުއްޓުނު ވިސާމަށް އެނގުންވިއެވެ.

 

“ކިހިނެއްވީ؟” ވިސާމް ދެންވެސް ޝަފަޤާއި ކައިރިއަށް އެއްފިޔަވަޅު އަޅާލަމުން އެއްއަތުން ޝަފަޤްގެ އިސްތަށިގަނޑު ކަންފަތުގައި އަޅުވާލަދިނެވެ. ފަހަކަށް އައިސް އެފަދަ ޙަރަކާތްތައް އޭނައަށް ކުރެވެމުން ދަނީ އޭނަގެ އިޚްތިޔާރުން ބޭރުގައެވެ. އޭނައަށް ޝަފަޤާއިމެދު އެހާ ބޮޑަށް އަޅާލެވެނީ ކީއްވެކަމެއް ޚުދު ވިސާމަކަށް ވެސް ސާފެއްނޫނެވެ. މި ވަގުތުވެސް ޝަފަޤްގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނާތީ އޭނަގެ ހިތް ވަނީ ހަމަ ނުޖެހިފައެވެ.

 

“ވިސާމް…….” ޝަފަޤް އިސްއުފުލާލަމުން ހުރިހާ ވާހަކައެއް ކިޔައިދޭން އުޅުނެވެ. އެހެނަސް އޭނަ އެކަމަށް ނުކުޅެދުނީ ނުހަނު ކައިރިން ވިސާމްގެ މޫނު ފެނިފައެވެ. އެ މޫނުމަތިން އޭނައަށްޓަކައިވި ކަންބޮޑުވުމެއް ފެނިފައެވެ. އެދެމީހުންގެ ގުޅުން މިހާ ހިސާބަށް އައީ އޭނަގެ ހާދަ ގިނަ މަސައްކަތުންނެވެ. ހާދަ ގިނަ ދުވަހެއް ވަންދެން ވިސާމް އޭނަ ދެރަވާފަދަ ކަންތައް ކުރުމުން ވެސް އެކަންތައްތަކަށް ކެތްކޮށްގެންނެވެ. މިހާ ހިސާބަށް އައިސްފައިވަނިކޮށް އަނެއްކާވެސް ވިސާމްގެ މާޒީގެ ވާހަކަ ދައްކައިފިނަމަ މި ގުޅުން ހީނަރުވެގެން ދާނެކަން ޔަޤީނެވެ. އެހެނީ ވިސާމްގެ ހިތް ހަރު ކުރުވާ އެންމެ ބޮޑު އެއްސަބަބަކީ އެ ކެހިވެރިކަމުން ފުރިގެންވި މާޒީއެވެ. ޝަފަޤް ވިސާމަށް އެ ހިތި ހަނދާންތަކުގެ މަތިން ހަނދާން ކޮށްދޭކަށް ބޭނުމެއްނުވިއެވެ. އޭގެ ބަދަލުގައި އޭނަ ބޭނުންވީ ވިސާމް ރައްކާތެރި ކުރާށެވެ. ޠޫފާނެއް އަންނަން އުޅޭކަން ވެސް ނޭނގޭނެވަރަށް އޭނަގެ އަތުތެރެއިން ހިޔާވަހިކަމެއް ވިސާމަށް ފޯރުކޮށްދޭށެވެ. އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަމެއް ނެތެއްކަމަކު އެގޮތަށް ކަންތައް ކުރަން ޝަފަޤަށް އިތުރަށް ބާރު އެޅީ ވިސާމްގެ މާޒީގައި ވި މަންސޫރުގެ ވާހަކަތަކެވެ. ޝަފަޤް ވިސާމަށް އަދި އަމުދުން މަންސޫރު މަތިން ހަނދާން ކުރުމުގެ ފުރުޞަތެއް ދޭކަށް ބޭނުމެއް ނުވިއެވެ.

 

“ހެލޯ……” ޝަފަޤަށް ހަމަހޭވެރިކަމެއް ލިބިގެން ދިޔައީ ވިސާމް އޭނަގެ ލޯކުރިމަތިން އެއްއަތް ހިންގާލުމުންނެވެ. ޝަފަޤް ރަނގަޅަށް ވިސާމްގެ މޫނަށް ބަލާލި ވަގުތު ވިސާމް އަތުގެ ޢިޝާރާތުން ކިހިނެއްވީތޯ އަހާލިއެވެ.

 

“ކަމެއްނުވޭ.” ހިނިތުންވުމެއް ފަތުރާލަމުން ޝަފަޤް ބުނެލިއެވެ.

 

“ދޮގު! ކޮންމެވެސް ކަމެއްވެއްޖެ…..އަނެއްކާ އަހަންނަށް ޝަފަޤް ފެނިފަ އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ނާންނާތީތަ ތި ހިތްހަމަނުޖެހުނީ؟ މަޑުކުރޭ އިނގޭ މިހާރު ކަރުނަ އަންނާނެ. ކަރުނަ އޮން ދަ ވޭ.” ވިސާމް އެހެން ބުނެ އާދައިގެ މަތިން އޭނަގެ ލޮލުގެ ކަޅީގައި ކުޑަކޮށް އިނގިލި ޖައްސާލަމުން މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. އެ މަންޒަރު ބަލަން ޝަފަޤަށް ހުރެވުނީ ކޮންޓްރޯލް ކުރެވިފައިވި ހިނިތުންވުމެއްގައެވެ.

 

“ޝަފަޤް އައި ލަވް ޔޫ ސޯ މަޗް. އަހަރެން……..ވަރަށް ވަރަށް ލޯބިވޭ ޝަފަޤްދެކެ.” ވިސާމް އެހެން ބުނެ އެއީ ފިލްމެއްގެ އިޝްތިހާރެއްހެން ހީވާ ފަދައަކުން ލަވައެއް ކިޔަން ފެށިއެވެ. ހަމަ އެއާއެކު ޝަފަޤަށް ހީގަންނަމުން ވިސާމްގެ ކޮނޑުގައި ޖަހާލެވުނެވެ. ޝަފަޤްގެ އެ ޙަރަކާތުން ވިސާމަށް ވެސް ލަވަ ކިޔުން ހުއްޓާލަމުން ހީލެވުނެވެ.

 

“ވަކި އެކްޓް ޖައްސައިގެނެއްނޫނޭ އަމިއްލަ ވައިފް ފެންނައިރު އުފާވެރިކަމުގެ ކަރުނަތައް އަންނާނީ. ﷲ އަށް ދުޢާ ދެންނެވުމުން އެކަންވާނެ އޮޓޯއިން އިން ޝާ ﷲ. އެދުވަހު ކިޔައިދިނީމެއްނު އެ ދުޢާ؟ ކިހާ ރީތި ދުޢާއެއްދޯ އެއީ؟ މި ދުނިޔޭގަ ވެސް އަހަރުމެންނަށް އެހެން މީހެއްގެ ފަރާތުން ފުން ލޯތްބެއް ލިބިދާނެކަމުގެ އުއްމީދު އަހަރުމެންނަށް އެއިން ލިބެނީ. ކިހާ ބޮޑަށް ލޯބިވާތީދޯ އެ މީހަކު ފެންނައިރަށް ވެސް ލޮލުން ކަރުނަ ހިލޭނީ؟” ޝަފަޤް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ. ވިސާމް ނުހޭން ހުރެފައި ވެސް ހީގަތް އަޑު އިވިފައި ޝަފަޤަށް އޭނައާއި ދިމާލަށް ބަލާލެވުނެވެ.

 

“ތިއީ ހުސް ފޭކް. ތިއީ ވާނެ ކަންތައްތަކެއްނޫން.” ވިސާމް އެ ހުރިހާ ވާހަކައެއް ސަމާސާއަކަށް ހަދާލަމުން ބުނެލިއެވެ. އޭނަގެ އެ ވާހަކައިން އޭނަގެ ވިސްނުން ހުރިގޮތް އެނގިފައި ޝަފަޤް ހިސާބަކަށް މާޔޫސްވިއެވެ.

 

“ވިސާމް، ތިހެން ބުނާކަށް ނުވާނެ. ﷲ ގެ ފަރާތުން އިޚްލާޞްތެރި ހިތަކާއެކު ކަމަކަށް އެދެފިނަމަ އެކަލާނގެ އެކަމެއް ދެއްވާނެ. އަދި އަމުދުން އެ ދުޢާއަކީ ޚުދު އެކަލާނގެ އަހަރުމެންނަށް ދަސްކޮށްދެއްވި ދުޢާއެއް.” ޝަފަޤް ވިސްނައިދޭން އުޅޭ ފަދައަކުން ވާހަކަ ދެއްކުމުން ވިސާމްގެ ހިނިތުންވުން ފަނޑުވެ އެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. އިރުކޮޅެއް ވަންދެން ޝަފަޤަށް ބަލަން ހުރުމަށްފަހު ވިސާމް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“ކޮންމެ ގޮތެއްވިޔަސް އިންސާނުންވާނީ އިންސާނުންނަށް. ކޮންމެ މީހަކީ ވެސް ކޮންމެވެސް ވަރެއްގެ ކެހިވެރިއެއް. އަހަންނަށް މި ދުނިޔެއިން ލޮލުގެ ފިނިކަމަށް އުއްމީދު ކުރެވެންޏާ ކުރެވޭނީ ހަމައެކަނި އަހަރެންގެ ދަރިފުޅުގެ ފަރާތުން. އެ ނޫން ކޮންމެ މީހެއްގެ ފަރާތުން އަހަރެން ލޯތްބަކަށް އުއްމީދު ކުރި ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ތަދުވުން ނޫންކަމެއް ނުވޭ. އަސްލު…….ޝަފަޤް ކައިރީގަ ވެސް މި ވާހަކަ ބުނެލުން ކަންނޭނގެ ރަނގަޅުވާނީ. އަހަރެން ޝަފަޤާއި ކިތަންމެ ގާތްކޮށް އުޅުނަސް ޙަޤީޤަތުގަ އަދިވެސް ޝަފަޤަށް އިތުބާރެއް ނުކުރަން. އަހަރެން މިހާރު ވެސް މިހިރީ ޝަފަޤް އަހަންނަށް ބޭވަފާތެރިވެ އަހަރެން ދޫކޮށްދިޔައިއްޔާ އެފަދަ ކަމަކަށް ހިތާއި ސިކުނޑި ތައްޔާރުކޮށްގެން. އަހަންނާއި ދެކޮޅަށް ރޭވުންތައް ރޭވުމަކީ އަހަރެންގެ ދުޝްމިނުން އަބަދުވެސް ކުރާނެކަމެއް. އެމީހުންގެ އެންމެ ބޮޑު އަމާޒު ފަތްގަނޑަކަށްވާނީ އަބަދުވެސް އަހަރެންގެ އަނބިމީހާ. އެއީ އެމީހުންނަށް އެނގޭ އަހަންނަކީ އަހަންނާ ގުޅުމެއް އޮންނަ ކޮންމެ މީހަކަށް ލޯ މަރައިގެން އިތުބާރު ކުރާ މީހެއްކަން. އެކަމަކު އެގޮތަށް ކަންތައް ކޮށްގެން ލިބުނު ނަތީޖާ ވަރަށް ހިތި. އެހެންވީމަ ދެން އެހެން ހެދޭކަށް ނެތް. އައިމް ރިއަލީ ސޮރީ ޝަފަޤް. ޝަފަޤްދެކެ ލޯބިވާ ކަމަށް ހެދެން އަހަންނަށް ޖެއްސޭނީ ހަމައެކަނި އެކްޓު. މި ހިތުގައި ދެން އިތުރަށް އެ ލޯތްބެއް ވުމުގެ ޤާބިލުކަމެއްނެތް.” ވިސާމަށް އެ ހުރިހާ ވާހަކައެއް ދެކެވުނު ގޮތް އޮމާންކަމުން ޚުދު އޭނައަށް ވެސް ހުރެވުނީ ޙައިރާންކަން މަތީގައެވެ. މި ނޫނީ އޭނަ ދުވަހަކުވެސް އޭނަގެ ހިތުގެ ޙާލަތު މިހާ ތަފްޞީލުކޮށް މީހަކަށް ކިޔައިދީފައެއް ނުވެއެވެ. އޭނައަށް މިހާ ފަސޭހައިން ޝަފަޤްގެ ކުރިމަތީގައި އެ ވާހަކަތައް ދެކެވުނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ކުރިމަތީގައި ހުއްޓި ހުރި ޝަފަޤްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ އެ ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިތަން ފެނިފައި އޭނަގެ ހިތަށް އުނދަގޫވަނީ ކީއްވެ ހެއްޔެވެ؟ ކީއްވެ ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. އެނގުނު ކަމަކީ އޭނަ ދެންމެ ދެއްކި ވާހަކަތަކުގެ އެއް މަޤްޞަދަކަށްވެފައިވީ ޝަފަޤް އަނދިރީގައި ނުބެހެއްޓުން ކަމެވެ. ޝަފަޤަށް ޙަޤީޤަތަށް އޭނަގެ އިޙްޞާޞްތައް އަންގައިދިނުންކަމެވެ. ޝަފަޤްގެ ލޮލުން ކަރުނައެއް ފައިބައިގެން އައިތަން ފެނިފައި ވިސާމް އޭނަގެ އަތުތެރެއަށް ޝަފަޤް ގެންނަން ބޭނުންވިއެވެ. ނަމަވެސް އޭގެ ކުރިން ޝަފަޤް ކުރިއަށްޖެހި އޭނަގެ ގައިގައި ބައްދާލި ގޮތުން ވިސާމްގެ ހިތަށް ސިހުމެއް ލިބުނެވެ. އޭނައަށް ޝަފަޤްގެ ގައިގައި ބައްދާލަން ވެސް ނޭނގިފައި ހުރެވުނެވެ.

 

“އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ވިސާމް.” ޝަފަޤް އޭނަގެ މޭމަތީގައި ބޯ އަޅައިގެން އޮވެ ބުނެލި ވާހަކައިން ވިސާމްގެ ހިތަށް ވެރިވި ޙައިރާންކަމާއެކީ އެ ހިތް ވިރިގެން ވެސް ދާން ފެށިއެވެ. ޙައިރާންވީ ދާދި ދެންމެއަކު އޭނަ ޝަފަޤް ދެރަވާފަދަ ބަސްތައް ބުނުމުން ވެސް ބަދަލުގައި ޝަފަޤް އޭނައަށް ހިތްވަރު ދިނުމުންނެވެ. މިއީ ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ އޭނަ ކުރިން އަންހެން ކުއްޖަކާމެދު ވެވުނުހާ ގޮތަކުން ރަނގަޅުވުމުން ވެސް އެ އަންހެން ކުއްޖާ އޭނައަށް ޤަދަރެއް ނުކުރެއެވެ. އެ އަންހެން ކުއްޖާގެ ފަރާތުން އޭނައަށް ލޯތްބެއް ނުލިބެވެ. ނަމަވެސް ޝަފަޤް މި އުޅެނީ މުޅިން އިދިކޮޅަށެވެ. އޭނަގެ ފަރާތުން ޝަފަޤަށް ރުޅިވެރިކަމާއި ނަފްރަތު ފެންނަހާ ވަރަށް ޝަފަޤްގެ ފަރާތުން އޭނައަށް ތަޖުރިބާ ކުރެވެމުން ދަނީ ލޯތްބާއި އަޅާލުމެވެ. ކީއްވެ ހެއްޔެވެ؟ އެ ސުވާލާމެދު ވިސްނަން ހުރެ ވިސާމް އޭނަގެ އަތުން ޝަފަޤްގެ ގައިގައި ވަށާލަމުން ދެލޯ މަރައި ޝަފަޤްގެ އިސްތަށިގަނޑަށް ބޮސްދިނެވެ. އެ ހިނދު ދުނިޔޭގައި ވާހާ އުފަލެއް ޝަފަޤަށް ލިބުމަށް އޭނައަށް އެދެވުނީ ވެސް ބޭއިޚްތިޔާރު ގައެވެ.

 

އެރެއަށްފަހު ދުވަސްތައް ފާއިތުވާންފެށީ އޮމާންކަމާއެކީގައެވެ. ޝަފަޤް އެރޭ އަމިއްލަ ނަފްސަށް ވަޢުދުވީ ގޮތަށް ވިސާމް މި އަންނަން އުޅޭ ޠޫފާނުގެ އިންޒާރުތަކުން ވެސް ސަލާމަތް ކުރަން ބޭނުންވިއެވެ. އެކަމަށްޓަކައި މާޒިން އޭނައަށް ގުޅުމުން އޭނަ އެދުނީ ހޮނިހިރު ދުވަހުގެ ހަވީރު ކޭކުތައް ބަލައި އައުމަށެވެ. އެދުވަހު ހަވީރު ވިސާމް މިޝްކާ ގޮވައިގެން ޕާކަށްދާން ރޭވުމުންނެވެ. ޝަފަޤް ބޭނުންވީ މާޒިން ވިސާމަށް ނުވެސް ފެނި މި ބާބު ނިމިގެން ދާށެވެ.

 

ނަމަވެސް ކަންތައްވެގެން ދިޔައީ ޝަފަޤް އުއްމީދު ވެސް ނުކުރާފަދަ ގޮތަކަށެވެ. ހޮނިހިރު ދުވަހުގެ ހަވީރު ޝަފަޤް މާޒިން ގާތު އަންނަން ބުނެފައި އޮތީ 4:30 އަށެވެ. އޭގެ 8 ވަރަކަށް މިނެޓް ކުރިން ވިސާމް މިޝްކާއާއެކީ ކާރުގައި ނައްޓާލިއެވެ. ޝަފަޤް ނުދާ ވާހަކަ ބުނުމުން މިޝްކާ އެތައް ބޮޑާއެއް ހޭކިއެއްކަމަކު ޝަފަޤް ވިސަމަށް ވެސް ބަހަނާއެއް ދައްކާލީ ކޭކު ގަންނަން އުޅޭ މީހަކަށް ތިމަންނަ ތެދުވެރި ވާންޖެހޭނެ ނޫންހޭ ބުނަމުންނެވެ. ވިސާމްމެން ދިޔަތަނާހެން ޝަފަޤަށް އަވަސްވެފައިވި ހިތަކާއެކީ ގަޑި ބަލަމުން އޭނަ އެޅި ކޭކުތައް ފޮށްޓަކަށް އެޅެމުން ދިޔައެވެ. އޭނަ ހުރީ އޭރުއްސުރެ ޖިލްބާބް ލައި ބުރުގާވެސް އަޅައިގެންނެވެ. އެންމެ ފަހު ކޭކު ފޮށްޓައް އެޅުނުތަނާހެން ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ޝަފަޤް ފިނިވެގެން ދިޔަ އަތް ފަޔާއިއެކީ ކުޑަކޮށް ދުވެފައި ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނަ ޙައިރާންވިއެވެ.

 

“މިޝީގެ ރުމާ ބާއްވާފަ ދެވުނީ. އޭތި ނަގަންވެގެން މިއައީ.” ދޮރުމަތީގައި ހުރި ވިސާމް އެހެން ބުނެ ހިނިތުންވެލަމުން ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ. ވިސާމް ދިޔަ ދިމާލަށް ބަލަން ހުރެ ޝަފަޤަށް ސިޓިންގް ރޫމުގެ ގަޑިއަށް ނަޒަރު ހުއްޓާލެވުނެވެ. އެވަގުތު 4:31 ވެފައިވި މަންޒަރު ފެނިފައި ޝަފަޤްގެ ހިތް ތެޅިލިއެވެ. އޭނަ ދޮރު ލައްޕާލުމަށްފަހު އަނެއްކާވެސް އަވަސްއަވަހަށް ބަދިގެއަށް ގޮސް އޭނަ ނަގަން ހަނދާން ނެތުނު ކޭކު ފޮށި ނަގަން ދިޔައެވެ. ފޮށި ހިފައިގެން ބަދިގެއިން އޭނަ ނިކުތް ވަގުތަކީ މިޝްކާގެ ކޮޓަރިން ވިސާމް ވެސް ނިކުތް ވަގުތެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު އަނެއްކާވެސް ގޭގެ ބެލް ޖަހާލި އަޑަށް ދެމީހުންނަށް ވެސް ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެ ހިނދު ޝަފަޤްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

 

“އޮހް! އެ އައީއެއްނު ޝަފަޤްގެ ލޯބިވާ ކަސްޓަމަރު؟ އަވަހަށް ތީތި ދީފަ ހިނގާ މިޝީއާއެކީ ޕާކަށް. އަދިވެސް އެކުއްޖާގަނޑު މަގޭ ސިކުނޑި އެބަ ކާލާ މަންމި ނައީ ކީއްވެތޯ ކިޔަކިޔާފަ.” ވިސާމް އެހެން ބުނެލަމުން ކުރިއަށް ހިނގައިގަތެވެ.

 

“ވިސާމް މަޑުކުރޭ! އަހަރެން ހުޅުވާނަން.” ޝަފަޤަށް އަވަސްއަވަހަށް އެހެން ބުނެލަމުން ވިސާމާއި އެއްހަމަ ކުރިއެވެ. އެއަށްފަހު ވިސާމަށްވުރެ ކުރިއަށް އަރައިގެން ގޮސް ދޮރާއި ހަމަކޮށް ދޮރު ކުޑަކޮށް ހުޅުވާލީ ދެންވެސް ވިސާމަށް ޙަޤީޤަތް ސިއްރު ކުރެވޭތޯއެވެ. އެހެނަސް ހަމަ އިސާހިތަކު އެ ދޮރު ކުއްލިއަކަށް ބޮޑުކޮށް ހުޅުވިގެން ދިޔައީ ބޭރުގައި ހުރި މީހަކު އޭތި ކޮއްޕާލުމުންނެވެ. ޝަފަޤަށް އެ ދޮރާއި ދުރުވެވުނީވެސް ކިރިޔާއެވެ. ދުރުގައި ހުރި ވިސާމަށް ދޮރުމަތީގައި ހުރި މީހަކު ފެނުނު ތަނާހެން އޭނަ ހުއްޓުންއެރިއެވެ. އެއީ ކާކުކަން އެނގުންވީ ވަގުތު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ އަލަތު ޒަވާޖީ ޙަޔާތް ބަރުބާދުވެގެން ދިޔަގޮތް އޭނަގެ ލޯ ކުރިމަތިން ސިފަވެގެން ދިޔައެވެ. ހަމަ އެއާއެކު މިވަގުތު ވެސް އޭނައަށް ފެންނަމުން މިދަނީ އެ މާޒީ ތަކުރާރުވާން އުޅޭފަދަ މަންޒަރެއްކަން ވިސާމަށް އެނގުންވިއެވެ. ދޮރުމަތީގައި އަޅިކުލައިގެން ޓީޝާޓަކާއި ޖިންސެއްގައި ހުރި ބިޔަ ހަށިގަނޑެއްގެ ވެރިއަކީ އޭނަގެ ޙަޔާތް އެފުށްމިފުށަށް ޖަހާލި ފަރާތެވެ. އޭނައާއި ދާދި ގާތުގައި ހުއްޓި އެހެރީ އޭނަގެ މިހާރުގެ އަންހެނުންނެވެ. ދެން ކަންތައްވާނެ ގޮތާއިމެދު ހިތް ސުވާލުކުރުމުން ވެސް މުޅި މީހާ ތުރުތުރު އެޅިއެވެ. އެހެނަސް…..

 

“މި….މިއީ ތިބޭފުޅާ އޯޑަރު ދެއްވި ކޭކު.” ޝަފަޤް ކުރިއަށް ޖެހިލަމުން އޭނަ ދެއަތުން ހިފަހައްޓައިގެން ހުރި ފޮށި އިސްޖަހައިގެން ހުރެ މާޒިނަށް ދިއްކޮށްލިތަން ވިސާމަށް ފެނުނެވެ.

 

“ޝުކުރިއްޔާ.” މާޒިން އެހެން ބުނެލަމުން ޖެހިލުމެއްނެތި ހިފާލީ ފޮށީގެ ދެކޮޅުން ޝަފަޤްގެ ދެއަތުގައެވެ. އެ ހިނދު ވިސާމަށް ކުރިއަށް ފިޔަވަޅެއް އެޅެން އުޅުނު ވަގުތު ޝަފަޤް ކުއްލިއަކަށް އޭނަގެ އަތް ދަމައިގެންފިއެވެ. މާޒިން ދެންވެސް ޝަފަޤަށް ބަލަމުން ވޮލެޓް ނެގިއެއްކަމަކު ޝަފަޤް ހުރީ އިސްޖަހައިގެންނެވެ. މާޒިން ފައިސާ ދިއްކޮށްލުމުން ވެސް ޝަފަޤް ހިފާލީ އެ ނޫޓުތަކުގެ ކޮޅުގައެވެ.

 

“ހެހެ…..އަދިވެސް އެއްފަހަރު އަންނާނަން ޝަފޫ ކައިރިއަށް ކޭކު ގަންނަން އިނގޭ. މިއަދަށްފަހު އަހަރުމެންމީ ފްރެންޑްސް، ދޯ؟” މާޒިން އެހެން ބުނެލަމުން ޝަފަޤާއި ދިމާލަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ދުރުގައި ހުރި ވިސާމް ހީކުރީ ޝަފަޤް މާޒިންގެ އެ އަތުގައި ހިފާނެކަމަށެވެ. އޭނަގެ ހަނދާނަށް ކުއްލިއަކަށް އައީ މާޒިން ސަލާމަށް އަތްދިއްކުރުމުން މެހެނާޒް އެ އަތުގައި ހިފުމުން މާޒިން އެ އަތަށް ބޮސްދިން ގޮތެވެ. އެ ދުވަސް ހަނދާން ވެފައި ވިސާމަށް ތިރި ބެލެން ފެށިއެވެ. އެހެނަސް މާޒިން ޝަފަޤް ނަމުން ގޮވާލި އަޑަށް ވިސާމަށް އިސްއުފުލައި ބަލާލެވުނެވެ. އޭރުވެސް ޝަފަޤް މާޒިންގެ އަތުގައި ނުހިފައެވެ. ވިސާމް ބަލަބަލާ ހުއްޓާ ޝަފަޤް އިސްޖެހިފައިހުރެފައި އިސްއުފުލައި މާޒިނަށް ބަލާލިއެވެ.

 

“އެކުވެރި ނުވިޔަސް ވިޔަފާރި ކުރެވިދާނެ. ވަރަށް ސަލާމް.” ޝަފަޤް ސީރިއަސްކަމާއެކީ ބުނެލިއެވެ. އެއާއެކު މާޒިންގެ މޫނުމަތިން ނުރުހުންތެރިކަމުގެ އަސަރުތައް ފެނިފައި ވިސާމްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މާޒިން އިތުރަށް މަޑުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ. މާޒިން ގޭޓުން ނިކުތްތަން ބަލަން ހުރެފައި ޝަފަޤް ވިސާމަށް ބަލާލިއެވެ.

 

“ހިނގާ ޕާކަށް.” ޝަފަޤް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ވިސާމް ޝަފަޤާއި ދިމާލަށް ބަލަމުން ބަލަމުން އޭނަގެ ކައިރިއަށް އައިސް މަޑުކޮށްލިއެވެ.

 

“ސުވާލެއްކޮށްލަންތަ؟” ޝަފަޤަށް ފުން ނަޒަރަކުން ބަލަމުން ވިސާމް އަހާލިއެވެ. ޝަފަޤް ހޫންލައްވާލިއެވެ. އޭނަ ކުރާނީ މާޒިންއާ ބެހޭ ސުވާލެއްހެން ހީވި ހިނދު ޝަފަޤްގެ ހިތް ނުތަނަވަސްވިއެވެ. އެހެނަސް އޭނަ އެކަން ފޮރުވޭތޯ ބެލިއެވެ.

 

“ދެންމެ އެމީހާއާ ސަލާން ނުކުރީ ކީއްވެ؟” ވިސާމް ކޮށްލި ސުވާލުން ޝަފަޤަށް ލުއި ގޮތަކަށް ހީލެވުނެވެ.

 

“ހާދަ ހަނދާން ބައްޔޭ. އަހަރެން ވިސާމާއި އިނުމުގެ ކުރިން ވިސާމް ވެސް ސަލާމަށް އަތްދިއްކުރުމުން ސަލާން ނުކުރަމެއްނު؟” ޝަފަޤް ހަނދާންކޮށްދިނެވެ. އެއާއެކު ވިސާމްގެ އެ ހަނދާން އާވެގެން ދިޔައެވެ. އެދުވަހު ޝަފަޤް އޭނައާއި ސަލާން ނުކުރުމުން އޭނަ ޝަފަޤްގެ މަތިން ވީ ފޫހީގެ މަތިން ވެސް ހަނދާންވިއެވެ. ނަމަވެސް މިއަދު މިވީ ކިހިނެއްހެއްޔެވެ؟ ޝަފަޤްގެ ހަމަ އެ ޙަރަކާތުން އޭނަގެ ނަޒަރުގައި ޝަފަޤްގެ ޤަދަރު އުފުލިއްޖެއެވެ.

 

“ވިސާމް ރުހޭނެތަ އަހަރެން އެގޮތަށް އެހެންމީހަކާ ސަލާންކުރަން؟” ޝަފަޤް ދެންވެސް އަހާލިއެވެ. އެއަށް ވިސާމަށް ބޯހޫރުވާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާނުލައެވެ. ބޯ ހޫރުވާލެވުނު ގޮތާއިމެދު ވެސް އޭނަ ޙައިރާންވިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ ޝަފަޤްގެ “ބޯދާ” އުޅުން އޭނައަށް ވެސް ކަމުދާން ފެށީ ހެއްޔެވެ؟

 

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އިންތިހާޔަށް (21ވަނަ ބައި)

Next

އަނދިރިފަރާތް (4 ވަނަ ބައި)

Next
January 29, 2017

އަނދިރިފަރާތް (4 ވަނަ ބައި)

Previews
January 28, 2017

އިންތިހާޔަށް (21ވަނަ ބައި)

39 Comments!

  1. Princess says:
    January 29, 2017 at 12:17 am

    Kithah part indheii tha mi story ga..??
    Hama v reethi nge..

    1. Jana says:
      January 30, 2017 at 6:28 pm

      Alhamdhulillah! (All praise and thanks belong Allah) 🙂 dhen onnaany 10 noony 15 varakah bai In Sha Allah. mi rate in dhanya evaruhen jana ah heevany. adhives varah gina kanthah vaan eba huri In Sha Allah 🙂

  2. Hoooooo says:
    January 29, 2017 at 12:30 am

    So happy Visaam men ge part ey kiyan libuni ma.

    1. Jana says:
      January 30, 2017 at 6:29 pm

      Hooooooo ge shauquverikan mihaahisaabah dhemehettunukan engunyma ufaavejje Alhamdhulillah! 😀

  3. Same says:
    January 29, 2017 at 12:36 am

    Haadha kurey… Ekam hama v reethi

    1. Jana says:
      January 30, 2017 at 6:32 pm

      ey mi dhuvakolhu kan oiy gothun genesdhevey varu same….adhi dhigu kuraanan kommeves ehdhuvahakun In Sha Allah. Alhamdhulillah! 🙂

  4. Pearl says:
    January 29, 2017 at 12:45 am

    Yesss shafaq ge bai athuvejje v reethi mi bai ves.. 😉

    1. Jana says:
      January 30, 2017 at 6:33 pm

      hehe…..dhen mihaa hisaabakun komme baeggaves emeehunge bai himeneytho balaanan ingey Pearl In Sha Allah 😀 kiyuntherin ehaavarah torture kuraakah nuvaane kanneyge 😛 hehe….Alhamdhulillah! 😀

  5. Eleesha says:
    January 29, 2017 at 9:08 am

    Oh finally visaam and shafaq ge part… Wooow… ??

    1. Jana says:
      January 30, 2017 at 6:34 pm

      hehe….Alhamdhulillah! 😀

  6. Hana says:
    January 29, 2017 at 9:27 am

    Dhen konirakun tho next part innanee??
    Masha Allah mivaahaka vvvvvvv reethi…
    Alhugandah v reethi Jana ge visnun thi huri goiy….aslu rangalhu meehakah mifadha pure vaahaka eh liyeveynee….masha Allah…

    1. Jana says:
      January 30, 2017 at 6:40 pm

      Alhamdhulillah! 🙂 hehe…..Hana ah neyngey jana aky kaakukan. ehenve jana mee rangalhu meehekey thi buny 😛 hama asluves…jana ge uni sifathah emme molhah dhenevodigen vany Allah swt. adhi ekanthah engeyne jana ge ‘aailaa meehunnashaai jana aa emme gaai koh masakkaiy kuraa meehunnah ves. jana vaki mihiry heyo kanthah kurumuge theege therein evves kiyuntheriakaa maa mathee maqaamegga eh noon. mi vaahakain jana thamseel kohdheyn mi masakkaiy kurany Allah swt jana ah dhevvi kuda ‘ilmakaai hikmathegge minvareh. Shafaq vaki gothakah kanthah kuriyas eyge maana eh noon jana efadha haalathegga kanthah kuraany ehenney. jana ah ves kureveyny masakkaiy rangalhu meehakah veveytho. varah masakkaiy kuran hurihaa kameh Allah ruhivodigen vaagothah furihama ah kureveytho. ekamaku komme meehaku fadhain jana ves vaki hurihaa vaguthegga ekamuga kaamiyaabeh nuvey. hehe….anyways next part angaara dhuvahu In Sha Allah 🙂

    2. Hana says:
      February 1, 2017 at 2:47 pm

      Ahahah… Ok ?? vaahaka hama v habu…. V reethi

  7. raayas says:
    January 29, 2017 at 10:11 am

    reethi

  8. raayas says:
    January 29, 2017 at 10:12 am

    reethi varah

  9. raayas says:
    January 29, 2017 at 10:12 am

    hadi

    1. Jana says:
      January 30, 2017 at 6:41 pm

      hehe….raayas ge kon commenteh jana balaigannanvy? 😀

  10. Kudakamana says:
    January 29, 2017 at 11:43 am

    Masha allah, v reethi mi part ves, al hamdh lillah…

    1. Jana says:
      January 30, 2017 at 6:42 pm

      Alhamdhulillah! 😀

  11. rainaa says:
    January 29, 2017 at 2:14 pm

    Wow.. mikahal vaahaka gina kuran vee. Thank u jana..

    1. Jana says:
      January 30, 2017 at 6:42 pm

      Alhamdhulillah! 😀 In Sha Allah adhi ginavegen dhaane 🙂

  12. Mersh says:
    January 29, 2017 at 3:40 pm

    Alheyyy so reethi hehe?❤️

    1. Jana says:
      January 30, 2017 at 6:44 pm

      Alhamdhulillah! 😀 haadha varakah heveny Mersh? 😀

  13. yax says:
    January 29, 2017 at 4:25 pm

    masha allah
    varah reethi
    my god bless you jana?

    1. Jana says:
      January 30, 2017 at 6:45 pm

      Alhamdhulillah! May Allah bless you more. Ameen! <3

  14. Shahoo says:
    January 29, 2017 at 7:03 pm

    Maasha allah.. Jana sis ur da bst. I like ur stories.?

    1. Jana says:
      January 30, 2017 at 6:47 pm

      this is one of the best parts of carrying out these projects. 😀 getting called “sis” and feeling the love even from sisters who have never seen you before. Alhamdhulillah! 😀 <3

  15. xaara says:
    January 29, 2017 at 9:11 pm

    ma sha allah v furihama vaahakaeh ☺?

    1. Jana says:
      January 30, 2017 at 6:48 pm

      Alhamdhulillah! 😀

  16. Li Dhoo says:
    January 29, 2017 at 9:30 pm

    Varah reethi kiyaahithun ohvanimunee maabodahves kuree

    1. Jana says:
      January 30, 2017 at 6:49 pm

      Alhamdhulillah! 😀 dhigu kureveytho balaanan kommeves dhuvahakun In Sha Allah 🙂

  17. girl :))) says:
    January 29, 2017 at 9:57 pm

    masha allah v furihama. miadhun miadhah mikiyaalli ep.1 in fashaigen. v furihama <3

    1. Jana says:
      January 30, 2017 at 6:50 pm

      Alhamdhulillah! 😀 girl fb post thah balaalahchey. fb post thakaky vaahakaige muhimmu baeh. vaki hisaabakun fb post thakaai vaahaka aa gulhilaamehigen dhaane In Sha Allah 😀

  18. Jana says:
    January 29, 2017 at 11:03 pm

    Assalam’alaikum. dhen oiy bai jana ah genesdheveyny angaara dhuvahu In Sha Allah. Sunday aa monday aky jana extra koh busy vegen dhaa dhuvasthakah veema. kureefaharu ves sunday ga up kuri bayaa medhu jana hiy hama eh nujehey. ehenveema avas aruvaalaakah beynumeh noon. ekamaku mi dhe dhuvas thereyga ves fb post thakuge therein thiya kiyuntherinnaai ekee veveytho balaanan In Sha Allah 🙂 vaahaka alah kiyan feshi kiyuntherinnah varah bodah maruhabaa. thiya hurihaa kiyuntherinves thireegai mi oiy linkah ziyaaraiy kollun edhen. mi page gai jana mi dhany vaahakain libey filaavalhuthah tafseel kuramun. fb ga noolhey kiyuntherinnattakai e post thah comment thakuge zariyyaain foaru kohdheveyne In Sha Allah. maadhamaa comment thakah reply kohdheynan In Sha Allah. mirey mi eh fb postaa eky mi dhookollany 🙂

    https://www.facebook.com/Asr-1445208739121696/

  19. Jana says:
    January 29, 2017 at 11:05 pm

    FB Post:

    You could watch a movie based on a love story and feel depressed over the fact that it would never be for real. But when you come across an ayah where Allah Himself teaches us to ask Him for love, then you know for sure that you could have it. And Subhanallah the type of love that Allah describes is much more beautiful and intense than any movie or song could describe.

    Rabbanaa hablanaa min azwaajinaa wa zuriyyaathina qurratha a’yunin
    “Our Master! Grant us from our spouses and our future generations of children, coolness of the eyes……..” Suratul Furqan, ayah 74 <3 <3 <3

    We are asking Allah to make us so happy with our spouses and our children that we get tears of joy every time we see them. Because the world outside the house is a huge storm and the only refuge you can find is with your family.

    Note: This short video describes this ayah only to a certain extent. There is so much more beauty to this ayah but i will keep this post short. Nonetheless I would say that this ayah by itself could be a motivation for someone to learn Arabic and Tafseer. *sigh* So beautiful! <3 _ <3

    https://www.youtube.com/watch?v=RL572ctgI68

  20. Jana says:
    January 30, 2017 at 6:52 pm

    FB Post:

    A beautiful relationship is only made when you are willing to sacrifice. When you can think more about your responsibilities than your rights. When you seek to be someone’s refuge from a storm more than you want to be rescued from a storm. All of us must remember that we are supposed to do whatever we do for the sake of Allah. So the next time you are on the verge of getting into a fight with someone you love, stop and ask yourself. What would be the most beautiful thing I can do at this very moment? And when you get the answer, do exactly that. Not necessarily because you are trying to make the person in front of you happy. But because you want to please Allah. You might be losing the fight but you are successful in the sight of Allah if you could choose the most peaceful way In Sha Allah <3
    #Marriage

  21. Jana says:
    January 30, 2017 at 6:52 pm

    FB Post:

    People who appreciate the laws of Allah the most are the people who were victimized when they did not follow those laws. So when you see people who are refuting those laws, instead of showing hatred, try reasoning with them. Chances are that they don’t know any better. Chances are that they themselves are victims without even realizing. Chances are that their hearts are going to melt when they come to know the wisdom behind those laws. Always try to bring people close instead of seeing them as distant people. If we keep them at distance, they will stay at distance from us, and also from the deen. May Allah grant us the ability to advice each other with wisdom. Ameen!
    #Selfreminder

  22. ... says:
    January 31, 2017 at 10:14 pm

    jana kobaatha vaahaka… mihaaru kiyaahithun hurevenyky noon..

  23. Shaxu182 says:
    January 31, 2017 at 11:02 pm

    Jana. Mi vaahaka kuriah gen dhaagoih v reeethi maasha allah. Thigothuga kuriah gos fiyyamun molhun liyun theriaka vevidhaane insha allah. Beynumee hihvaru.I used to read binma, aisha and laara ge vaahaka thah. Ekm i heard about this story and kiyan feshee ehn vaahaka thakaa thafaathukoh reethi ragalhu ibrah thakeh libeyney vaahaka eh kama fennaathyy.. faahaga vee e liyuntherina eh hamaehga nethas mibunee ibaaraahthakaa vaahaka genes fa i goihh,Kiyuntherinna kamudha gothah ragalhah gennan v massakah kohffa inna kan. ? adhi beynumee kuda hihh varehh ekm vaahaka v reethi. Dhn avahah vaahaka up kolladhy ??

Comments are closed.


All Right Reserved!