Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެޕާރޓްމަނޓް 4ބީ (ދެވަނަބައި)

shama shuaib
February 19, 2017
4 Mins Read
42 Views
21 Comments

ގެއަށްވަދެ ހަމަނޭވާއެއްވެސް ނުލެވެނީސް ފަރްހީންއަށް ފޯނެއް އައެވެ. ވަރަށް މުހިއްމު ކަމަކު އޮފީހަށް ކޮންމެހެންވެސް އައުމަށް ބުނުމުން ފޮތް މޭޒުމަތީ ބޭއްވުމަށްފަހު އޮފީހަށްދާން މިސްރާބުޖެހިއެވެ. އޭރުވެސް އެފޮތްކިޔާހިތުން ފަރްހީންއަށް ހުރެވެނީކީ ނޫނެވެ. ހިތަށްއަރަމުން ދިޔައެވެ. ” އެއީ ކޮން ފޮތެއްބާވައެވެ..”

އޮފީހަށް ދިޔުމުން އެންމެ ފުރަތަމަވެސް ފަރްހީންއަށް ކުރިމަތިލާން ޖެހުނީ ޝަމްހާންއާއެވެ. އެއްފަހަރާ އެތައްސުވާލެއް އޭނާ ކުރިނަމަވެސް ފަރްހީން ހިނިތުން ވުމަކުން ފުއްދާލީއެވެ. އަދި ކުރަންއައި މަސައްކަތް އަވަސްކަމާއެކު ކުރަމުން ދިޔައެވެ. އެފޮތް ކިޔުމަށް ކެތްމަދުވެފައިވާ ހާލުއެވެ. އެކައުންޓްސް ތައް ބެލެންސް ނުވުމުން އިތުރަށް ފަރްހީން ފޫހިވާ ގޮތް ވިއެވެ. އަނެއްކާ ހަދަން ޖެހުމުން ފޫހިވެފައި އިން ފަރްހީން ފޫހިކަމާއެކު މަސައްކަތް ކުރަމުން ދިޔައެވެ. އޮފީހުގެ ރަސްމީގަޑި ނިމި ގިނަ މީހުން ގެއަށް ދިޔައެވެ. ފަރްހީންއަށް ހުރިހާ މަސައްކަތްތަކެއް ނިންމާލެވި ގެއަށް ދެވުނު އިރު ހައެއްޖަހައިފިއެވެ.

ވަރުބަލި ކަމާއެކު ގެއަށްގޮސް ސޯފާގައި އޮށޯތުމާއެކު ފަރްހީންއަށް ފޮތްމަތިން ހަނދާންވިއެވެ. ނަމާދުކޮށް ފެންވަރައިން އައިސް ކޮފީއެއް ހެދުމަށްފަހު ބެލްކަނީގައި އިން މޭޒުކައިރީ އިށިންދެ އެފޮތަށް ރަނގަޅަށް ބަލާލިއެވެ. އާދައިގެ މޮނީޓަރު ފޮތެކެވެ. ބަނޑޭރިގަނޑު ހަލާކު ވެފައިވާއިރު އެއީ އާ ފޮތެއްނޫންކަން އިނގެއެވެ. ފުރަތަމަ ސޮފްހާ ގައި ލިޔެފައި އޮތީ ބިސްމި އެކަންޏެވެ. ހައިރާންވެ އިނދެ ފަރްހީން ފޮތްކިޔަން ފެށިއެވެ.

****************************************************************

އަހަރަކީ 2000 ވަނަ އަހަރެވެ. އަހަރެންނާ އަހަރެންގެ އާއިލާ ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. މަންމައާ ބައްޕަ މަސައްކަތް ކޮށްގެން އަހަންނާ އަހަރެންގެ ކޮއްކޮ ބޭނުންވާ ހުރިހާއެއްޗެއް ހޯދަދެމުން ދިޔައެވެ. އަހަރު ފެށޭ ކޮޅުކަމުން އަހަރެން ވެސް ސްކޫލަށްދާން ތައްޔާރުވަމުން ދިޔައިމެވެ. ބޭނުންވާ ހުރިހާ އެއްޗެއް ގަތީމެވެ. ޓެލެޓަބީސް ކާރޓޫން ޖެހި ދަބަހަކާ ބޫޓާ އިސްޓާކީނުވެސް ގަތީމެވެ. އަހަރެން އެންމެ ލޯބިވަނީ އަހަރެންގެ  ފަސްއަހަރުގެ ކޮއްކޮ ދެކެއެވެ. އުމުރުން ފަސް އަހަރުވެފައިވާއިރު އެއީ ވަރަށް ވިސްނޭ އަދި ބަސްއަހާ ކުއްޖެކެވެ. އަހަރެމެންގެ އުމުރުގެ ފަރަގަކީ ފަސް އަހަރު ކަމުގައި ވިޔަސް އަހަރެމެން އުޅެނީ ވަރަށް އެކުވެރި ކޮށެވެ. ދުވަސްތައް އޭގެ ދުވެލީގައި ދަތުރުކުރަމުން ގޮސް ސޮކޫލު ހުޅުވެން ގާތްވެފައި ވަނިކޮށް އަހަރެން އެންމެ ލޯބިވާ ތިއްތަ ރަށަށް އައެވެ. އެމީހުން އުޅެނީ މާޅޭގައި ކަމުން ބައިވަރު ހަދިޔާވެސް ގެނަސްދިނެވެ. މިދަތުރު އައީ ހަމަ އެކަނި ތިއްތަ ކަމުން ތިއްތަ ހުރީ އަހަރެމެންގެ ގޭގައެވެ. ދެދުވަސް ފަހުން ފުރާ ވާހަކަ ބުނުމުން އަހަރެން ދެރަވިނަމަވެސް އެއްރެއަކު މަންމަ މެން ދައްކަން ތިބި ވާހަކަ އަކުން އަހަރެން ތިއްތަ ފޮނުވާޅަން ބޭނުންވިއެވެ.

“ނަޒީ..އަހަރެމެންގެ ޝަމްހާ ރަނގަޅަށް ބަލައްޗޭ. އަދިވެސް އެމަންޖެ ކައިރީ ނުބުނެވިގެން މިއުޅެނީ. އޭނަ ނުދާން އުޅެފާނެ. އެހެންވެ.” މަންމަ މެން އަހަރެން ފޮނުވާލަނީހެވެ؟ މަންމަމެން އަހަރެން ދެކެ މިހާރު ލޯބި ނުވަނީހެވެ؟ އެރޭ އަހަންނަށް ރަނގަޅަށް ނުވެސް ނިދިއެވެ. އުމުރުން ކިތަންމެ ހަގަސް ވާނުވާ އިނގެއެވެ. އަނެއްދުވަހު މަންމަ ވަރަށް ވާޙަކަ ދެއްކިއެވެ. އަހަރެން ކިޔަވަސް މާލެ ފޮނުވަން އުޅޭވާހަކަ ބުންޏެވެ. އަހަންނަށްވެސް ވިސްނުނެވެ. އަހަންނާ އަހަރެންގެ ކޮއްކޮގެ މުސްތަޤުބަލް އުޖާލާ ކުރެވޭނީ އަހަރެން ރަނގަޅަށް ކިޔަވައިގެންނެވެ. އެންމެ ފަހުން މާލެ ދާން އަހަރެން އެއްބަސްވީމެވެ. މާދަމާ ފުރަންވީއެވެ. ހިތަށް އަރައެވެ. މީ މަންމަ ފެންނާނެ އެންމެ ފަހު ފަހަރެވެ. ނަމަވެސް އަހަރެން ހިތްވަރު ކުރީމެވެ.

ހަމަހިމޭންކަމާ އެކީ ދުވަސް ނިމި އާދުވަހަށް އިރު އެރިއެވެ.

****************************************************************

ކައިރީގައި އޮތްފޯނު ވައިބްރޭޓުވުމުން ފަރްހީއަށް ފޮތުގެ ތެރެއިން ނިކުމެވުނެވެ. ގަޑިބަލާލެވުމާއެކު ފަރްހީންއަށް ފުންމައިގެން ތެދުވެވުނެވެ. ގަޑިން ބާރަގަޑި ބައިވަނީއެވެ. އޭރު ކޮފީތަށިވެސް ވަނީ ފިނިވެފައެވެ. ފޮތްކިޔަން ފެށުމުން އޭގެ މަތިންވެސް ހަނދާން ނެތުނީއެވެ. ކިތަންމެ ކިޔާހިތްވި ނަމަވެސް ނިންޖަކީ ވަރަށް މުހިންމު އެއްޗެއްކަމަށް ފަރްހީން ގަބޫލު ކުރެއެވެ. ފޮތް ހަރުގަނޑުގައި އެފޮތް ބޭއްވުމަށްފަހު ފަރްހީން ނިދަން އޮށޯތެވެ.

އާދުވަހަކަށް އިރު އެރުއަރާ ވަގުތު އެހެންޏާ އަބަދުވެސް ބެލްކަނީގައި ހުންނަ ފަރްހީން މިއަދަކު ނެތެވެ. ހީވާގޮތުން ރޭގައި އެހާ ލަހުން ނިދުމުގެ ސަބަބުން ނުހޭލެވުނީއެވެ. އޭނާ ހޭލިއިރު ގަޑިން ނުވައެއް ޖަހައިފިއެވެ. ލޯހުޅުވާލެވުމާއެކު އެންމެ ފުރަތަމަވެސް ފަރްހީން އޭނާގެ އޮފީހުގެ މެނޭޖަރަށް ގުޅާލިއެވެ.”އައްސަލާމު އަލައިކުމް ސާރ. އަޅުގަނޑު މިއަދު ކުޑަކޮށް ބޮލުގަ ރިއްސާތީ ސަލާމް ބުނެލަން ބޭނުން.” ފަރްހީން ސަބަބާއެކު އޮފީހަށް ސަލާމްބުންޏެވެ. އަދި ވަރަށް ހަމަޖެހިލުމަށްފަހު ފެންވަރާލައިން ސައިބޮއެގެން ފޮތްނަގާ ކިޔަންފެށިއެވެ.

****************************************************************

އާދުވަހަކަށް އިރު އެރިއެވެ. އަހަރެން ދަބަހަށް ހެދުންތައް އަޅާ ފޮށި ތައްޔާރު ކޮށްލީމެވެ. މުޅީދުވަސް މަންމަ މެންނާއެކު ހޭދަކުރީމެވެ. އުފާވެރިކަމާ އެކުއެވެ. ނަމަވެސް ފުރާގަޑި ޖެހުމުން އަހަންނަށް ރޮވެންފެށުނެވެ. ކިތަންމެ ހިތްވަރު ކުރިޔަސް މީ މަންމަޔާ ދުރަށްދާ ފުރަތަމަ ފަހަރުކަމުން އަހަރެންގެ ހިތްވަނީ ކުދިކުދި ވެފައެވެ. އަހަރެންނަށް މަންމަޔާ ނުލާ އުޅެވިދާނެ ހެއްޔެވެ؟ ކޮއްކޮއާއި ބައްޕަ ނުފެންނަންޏާ ނިދޭނެ ހެއްޔެވެ؟ ނަމަވެސް އަހަރެންގެ ކޮއްކޮގެ މުސްތަގްބަލަށްޓަކާ އަހަރެން ދާނަމެވެ.

ލޯންޗު ދުއްވާލުމާއެކު އަހަންނަށް ތިއްތަގެ ގައިގައި ބާރަށް ބައްދާލެވުނެވެ. އެވަގުތު ރަށުގައި ހޭދަކުރި ހުރިހާ އުފާވެރި ވަގުތުތަކެއް އަހަރެންގެ ކުރިމަތީގައި ވަށާލިއެވެ. ހުރިހާ އުފާތަކާ ދުރަށް ދާންޖެހުމުން އަނެއްކާވެސް ރޮވެންފެށުނެވެ. ތިއްތަ ލޮއެއްބާއެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ނިދުނު ގޮތަށް ހޭލެވުނީ މާލެ ދެވުމުންނެވެ. ވަރަށް އާވެފައި ހުރެ އަހަރެން ތިއްތަ އަތުގައި ހިފައިގެން ހުރެ ލޯންޗުން ފޭބީމެވެ. އޭރު ތިއްތަބެ އަހަރެމެން ބަލާއައިސް ހުއްޓެވެ. އެގެއަށް އެޅި އެންމެ ފުރަތަމަ ފިޔަވަޅާ އެކުވެސް ޒީޝާ ގެ އަޑުއިވުނެވެ. އެއީ ތިއްތަގެ 5 އަހަރުގެ ދަރިފުޅެވެ. އަހަރެމެން ދެމީހުން އެހާ ގަގިނައިން ބައްދަލު ވެފައި ނެތަސް، އަބަދުވެސް ގުޅައިގެން ވާހަކަ ދައްކާހަދަމެވެ. އަހަރެން ވަނުމާއެކު ދޮންތީއޭ ކިޔާގޮވަމުން އައިސް ބައްދާލިއެވެ.

އެއީ ވަރަށް ފުރިހަމަ ގެއެކެވެ. ދެކޮޓަރިއާ މެދުމިނެއްގެ ސިޓިންގް ރޫމެކެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ސްކޫލު ހުޅުވުނެވެ. އެންމެން ވެސް ވަރަށް ރަނގަޅެވެ. އަހަރެންވެސް ހިތްވަރާއެކު ކިޔަވަމުން ދިޔައީމެވެ. ފުރަތަމަ ޓާމުގައި ރަނގަޅު ނަތީޖާއެއް ހޯދައިފިނަމަ ރަށަށް ދާނެކަމަށް ބުނުމުން އިތުރު ހިތްވަރަކާއެކީ ކިޔަވަމުން ގެންދިޔައީމެވެ. ތަިތްތައާއި ތިއްތަބެ ވެސް ޒީދެކެ ވާލޯބި އަހަރެންދެކެ ވެސް ވެއެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ތިއްތަބެ އެކްސިޑެންޓްވެ އަތްމަތި ދަތިވިއެވެ. އެންމެފަހުން އަހަންނާ ޒީ އުޅުން ކޮޓަރި ކުއްޔަށް ދިނުމަށްފަހު އަހަރެމެން ތިއްތަމެން ކޮޓަރިއަށް ބަދަލުވީމެވެ.

އެހާދިޘާގެ ފަހުން ތިއްތައާ ޒީ ގިނަ ވަގުތު ހޭދަކުރަނީ ހޮސްޕިޓަލުގައެވެ. އަހަރެން އިންނަނީ ގޭގައެވެ. އަލަށްއައި ނިޒާމްބެ ގާތުގައެވެ. ޓެސްޓު ފެށެން ގާތްވެފައިވާތީއެވެ. އަހަރެން އެގޮތަށް ބައިންދަން ތިއްތަ އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އިތުރު ގޮތެއް ނެތީއެވެ. އާއްމުކޮށް އަހަރެން ގިނަ ވަގުތު ހުންނަނީ މަންމައަށް ގުޅައިގެންނެވެ. މަންމަ އާ ވާހަކަ ދައްކާލުމުން އަހަރެންގެ ބިރުވެސް ފިލައެވެ. ނަމަވެސް ކޮއްކޮ އަކާ ވާހަކަ އެއްނުދެއްކެއެވެ. ވާނީވެސް އެހެންތާއެވެ. އަދިވެސް އަހަރެންގެ ލޯބިވާ ކޮއްކޮއަކަށް ވާހަކައެއް ނުދެއްކެއެވެ. އެއީ އަހަރެމެން އެންމެން ވެސް ވަރަށް ކަންބޮޑުވާކަމެކެވެ. ޑޮކްޓަރުންވެސް ބުނަނީ މައްސަލައެއް ނެތް ކަމުގައެވެ. އަދި ވާހަކަ ދައްކާނެމަށެވެ. އާދައިގެ މަތިން މަންމަ ގުޅައިގެން ހުރި ދުވަހެކެވެ.” ދަރިފުޅާ..ވަރަށް ދެރަދޯ ތިއްތަބެ އަތާ ފައި ބިންދައިން ދިޔައިމަ. ހާސް ނުވޭ. އަންނަ ހަފްތާ ދޫކޮށްލާނެ. އޭރުން ތިހެން އެކަނި ހުންނާކަށް ނުޖެހޭނެ.” މަންމަގެ ވާހަކައަށް ރައްދުދެމުން އަހަރެންވެސް މަންމަ އަށް ވިސްނާދިނީމެވެ.” މަންމާ. އަޅުގަނޑު އުމުރުން ކިތަންމެ ކުޑަޔަސް  އަޅުގަނޑަށް ވެސް ވިސްނެޔޭ. އެހެން ނޫނަސް ނިޒާންބެ އާއެކު ހުންނަން ވަރަށް މަޖާ. 19 އަހަރަސް ހިޔެއްނުވޭ ބޮޑު މީހެއް ހެނެއް. އަޅުގަނޑާއެކު ކުޅެން ވެސް އުޅޭނެ. އެކަމު މިބަންދުގަ ރަށަކަށް ނުދެވޭނެ. މަންމަމެން އެހާ ކަންބޮޑު ނުވާތި. އެންމެނަށް ސަލާމް.”

ފޯނު ބޭއްވުމަށްފަހު އަހަރެން ސޯފާގައި އޮށޯވެލީ ކާޓޫނެއް ބަލާލާށެވެ. ހުރިހާ ފިލާވަޅެއްހަދާ ނިމިފައި ހުރުމުން ކުރާނެ އިތުރު ކަމެއް ނެތީމައެވެ. އިރުކޮޅަކުން ނިޒާންބެ ވެސް އައެވެ. އަދި ވަރަށް ލޯބިން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި އަހަރެން ގެ ފައި ނިޒާޏްބެ އުނގަށް ލުމަށްފަހު ސޯފާގައި އިށީންދުނެވެ. އަހަރެންވެސް ހީލައިފައި ކާޓޫނު ބަލަން އޮތީއެވެ. އިރުކޮޅެއްނުވެ އަހަރެންގެ ފައިގައި ނިޒާންބެ ފިރުމަންފެށިއެވެ. އެއީ ނިޒާންބެ ވަރަށް ގިނައިން ކުރާކަމެކެވެ. އެއީ އަހަރެމެން މަސާޖު ކުރާ ހޮސްޕިޓަލް ކުޅޭއިރއުވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ނިޒާންބެ އަހަރެންގެ ފަލަމަހުގައި އަތްލާންފެށިއެވެ. ނަމަވެސް އަހަރެން މާބޮޑުކަމަކަށް ނުހަދާ އޮތީ އެކައްޗެއްވެސް ނޭންގޭހާލުއެވެ.

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shama shuaib

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ޢަޞްރު (ސަޔާޅީސްވަނަ ބައި)

Next

ފުން ލޯބި (17)

Next
February 19, 2017

ފުން ލޯބި (17)

Previews
February 19, 2017

ޢަޞްރު (ސަޔާޅީސްވަނަ ބައި)

21 Comments

  1. ella says:
    February 19, 2017 at 6:54 am

    Heeve v v v reethivaanehen adhi hdigu kohgenes hdiiba eyrunnu bodah reethivaanii

    1. imagination says:
      February 19, 2017 at 1:45 pm

      okey in sha allah next part miahvure dhiguvaane. <3

  2. Inu says:
    February 19, 2017 at 7:13 am

    Abadhuvess aa dhuvaha kah iru ara araa innany yyyy? Ekam vess story nice v kuru dho dhigu kohlla bala

    1. imagination says:
      February 19, 2017 at 1:48 pm

      ebai rangalhu kohllaanan ingey. dhigu ves kohlaa dheynan ingeyy. thanks <3

  3. Anonymous says:
    February 19, 2017 at 10:58 am

    haadha kurey vaahka.. bt vv reethi vaane.. waiting for another part.. knme dhuvahaku update kohdenyaa rangalhu.. 🙂

    1. imagination says:
      February 19, 2017 at 1:59 pm

      komme dhuvahaku upload nukoh dheveyne. n m really sorry about that. thank you <3

  4. aysh says:
    February 19, 2017 at 1:55 pm

    alheyy…haadha ryhchey…kn irakun next part up kohdheyny…vrh kiyaa hithun myndhy…avahah up kohdhehchey…but first give preference to your studies…aslu 10 ge year ga vrh bxy vaane…i can understand…n gud luck with your studies…

    1. imagination says:
      February 19, 2017 at 2:01 pm

      alheyy… <3 <3 that was lovely. yeah studying is my first priority.. thank you vv bodah <3 <3

  5. Nn says:
    February 19, 2017 at 8:37 pm

    Vvvv obi..kiyaa hithun mi hury mihaaru.waiting for the next part

    1. imagination says:
      February 19, 2017 at 9:40 pm

      <3 <3

  6. Mary says:
    February 20, 2017 at 12:56 am

    Meyzu nueh inaane hunnaney

    1. Imagination says:
      February 20, 2017 at 6:17 pm

      Hehe. Sorry no thanks for the correction ❤

  7. Pinkish Pinker says:
    February 20, 2017 at 6:17 am

    E diary liyaa kujjaa ah kithah aharutha eyru? Story v salhi…waiting 4 next prt…

    1. Imagination says:
      February 20, 2017 at 6:21 pm

      Thank u ?. She is thirteen. Adhi age vess hama kohlan an. Ekm since u asked. Heheh

  8. naaya says:
    February 20, 2017 at 3:27 pm

    Vaahaka varah intresting. Ekamu ibaaraaiy kurun adhi rangalhu kuran feney.

    1. Imagination says:
      February 20, 2017 at 6:23 pm

      Thanks? in sha Allah I’ll try my level best

  9. Meemi says:
    February 21, 2017 at 10:58 pm

    Next part up vaany kon irakun tha. Haadha lahey mihaaru kiyaa hithun hureveny ky noon.

    1. imagination says:
      February 22, 2017 at 8:51 pm

      every wed n sat’s

  10. imagination says:
    February 22, 2017 at 10:07 pm

    guyss. i have submitted the next part ekam ves adhivves upload nuvey. sorry for the inconvenience ingeyyy.

  11. Manha says:
    February 25, 2017 at 9:10 am

    Where is the 1 st part

  12. naaila says:
    March 18, 2017 at 12:01 am

    Vara reethi mi vaahaka akam adhi kudako kuru

Comments are closed.

All Right Reserved!