Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ސަޔާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 19, 2017 6 Mins Read
23 Comments

ވިސާމްގެ ގާތަށް އައި ސިނގު ރުޅިއާއެކީ އޭނައަށް ޗޮއްކަނޑާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަންހެން ކުއްޖާއާއި ދިމާލަށް އެނބުރިލަން އުޅުނު ވަގުތު ބިންމަތިން ސިޓީ އުރައެއް ފެނިފައި އޭނަ ހުއްޓުން އެރިއެވެ. އޭނަ އަޖާއިބުވީ އޭގެ ބޭރުގައި އޮތް ނަމެއް ފެނިފައެވެ.

 

“މެހެނާޒް.” އެ ނަން ވިސާމަށް ކިޔާލެވުނީ ވައި އަޑުންނެވެ. ސިޓީ އުރައިގެ މެދުގައި ބޯ އިނގިރޭސި އަކުރުތަކުން ލިޔެވިފައިވީ އެ ނަމެވެ. އެތައް ޖަޒުބާތެއް ވިސާމްގެ ހިތަށް އަރައި ފައިބަމުން ދިޔަ ވަގުތު އަންހެން ކުއްޖާ އެ ސިޓީ އުރަ އަނބުރާ ފޮތުގެ ތެރެއަށް ލައި ތެދުވުނެވެ. ސިޓީ އުރަ މުޅިން ފޮތުގެ ތެރެއަށް ގެއްލުނު ހިނދު ވިސާމަށް ވާހަކަ ދެކެވުނެވެ.

 

“އެއީ ކޯޗެއް؟” ވިސާމަށް އެހެން އަހާލެވުނީ ތެޅިތެޅި އޮތް ހިތަކާއެކީގައެވެ. އެ ހިނދު އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. ބޭއިޚްތިޔާރުގައި ނަމަވެސް އެ ނަމަށްޓަކައި އޭނަގެ ހިތުގައި ޝައުޤުވެރިކަމެއް އުފެދިފައިވީތީވެއެވެ. އެ ނަމުގެ ވެރިޔާ އޭނައާއިމެދު ކަންތައް ކުރިހާ އިހާނެތި ގޮތްތަކަށް ފަހުވެސްމެއެވެ.

 

“އޮހް! ސޭމްއަށް ހަމަ ނޯޓިސްވެއްޖެ ދޯ އޭތި؟ ސޭމް އޭތި ބަލަން ބޭނުންވޭތޯ ބަލާލަންވެގެން މި ހުރިހާ އެކްޓެއް މި ޖެއްސީ………ނާޒްއަކީ އަހަރެންގެ ވަރަށް ކްލޯޒް ފްރެންޑެއް. މިއީ ނާޒް މަރުވުމުގެ ކުރިން ސޭމްއަށް ދޭށޭ ކިޔާފަ އަހަންނަށް ދިން ލެޓާރއެއް.” އަންހެން ކުއްޖާ ސީރިއަސް ވެލަމުން އޭނަގެ އަތުގައި އޮތް ފޮތް ހުޅުވައި އޭގެތެރެއިން އެ ސިޓީ އުރަ ނަގައި ވިސާމަށް ދިއްކޮށްލިއެވެ. ނުހަނު ކައިރިން މީގެ އަހަރުތަކެއް ކުރިން އޭނަގެ ނަމާއި ގުޅިފައިވި ނަން ފެނިފައި ވިސާމްގެ އަތް ފައި ފިނިވިއެވެ. މިއީ އޭނަގެ އަލަތު އަނބިމީހާ އޭނައަށްޓަކައި ދޫކުރި ފަހުބަސްތަކެއްކަން އެނގުންވީ ހިނދު އޭނަގެ ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ ކެތްމަދުވެސްވިއެވެ. އޭނަ އެކުއްޖާ އަތުން ސިޓީ އުރަ ހޯދައި އޭތި ކަނޑާލީ ކުއްލިއަކަށެވެ. އުރައިގެ ތެރެއިން ސިޓީ ނަގައި އޭތި ނިއުޅަކުން ދިޔައިރު އޭނަގެ ދެއަތް ތުރުތުރު އެޅިއެވެ. އެ ގަނޑު ރަނގަޅަށް ހުޅުވާލި ވަގުތު ވިސާމަށް ދެލޯ މަރާލެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ދެލޯ ހުޅުވައި އޭތި ކިޔަން ފެށިއެވެ. ސިޓީގައި އެންމެ ފުރަތަމަ ވެސް ވަނީ ވިސާމަށް “ލޯބިވާ”ގެ ނަމުން މުޚާތަބު ކުރެވިފައެވެ. އެއަށްފަހު އޭނަ މެހެނާޒް މަތިން ހަނދާން ހުރިތޯ ސުވާލުކޮށްފައިވިއެވެ. ދެން ބުނެފައިވަނީ އޭނަ އެމީހުން އެކީގައި ހޭދަކުރި ރޭތައް ހަނދާންހުރި ވާހަކައެވެ. އެއަށްފަހު މުޅިންވެސް ހުރީ އެފަދަ ރޭތައް ސިފަކުރެވިފައެވެ. މެހެނާޒާއި އެކީ ހޭދަކުރެވުނު އުފާވެރި ދުވަސްތައް ލޮލަށް ސިފަވަމުން ދިޔަދިޔަހެން ވިސާމްގެ މޭގައި ރިހުމެއް ވެސް އުފެދުނެވެ. އެ އުފާވެރި ދުވަސްތައް ނިމުމަކަށް އައިގޮތް އެ ހިތް ހަމަ އެ ހިނދު ހަނދާން ކުރަމުން ދިޔައީތީވެއެވެ. އެކަން އެގޮތަށް ވާންވީ ކީއްވެތޯ ސުވާލުކޮށް ހިތް ޝަކުވާ ކުރަން އުޅުނުތަނާހެން ސިޓީގައި ލިޔެވިފައިވި އެއްޗެހީގެ ރާގު ބަދަލުވިއެވެ.

 

“މަ އެ ހުރިހާ ކަމެއް ކުރީ ކަލޭދެކެ ލޯބިވެގެންހެން ކަލެއަށް ހީވަނީތަ؟! ހުނ! ކަލޭދެކެ ލޯބިވާނީ ބޮޑު މޮޔައެއް. ކަލޭ ތިއީ ބޮޑު ގަމާރެއް. މަ ކަލޭގެ ލޯ ކުރިމަތިން ކަލެއަށް ލަނޑުދެމުން ދިޔައިރު ވެސް ކަލެއަކަށް ނުފެނުނު. އަދި ހިތުން މާ ރަނގަޅު މީހަކަށް ވާންވެގެން ދޯ އެ ދަރިފުޅު މަރާނުލީ؟ އެ ދަރިފުޅުގެ ސަބަބުން ހުރިހާ ތުރާލެއް ވާނީ ކަލެއަށް. ސްޓޭޖަށް އަރަން ޖެހޭނީ ވެސް ކުއްޖާ އުރުގައި ޖަހައިގެން. ކަލޭ ހިތުން ކަލޭ ވަރިކުރީމަ މަ އުޅެނީ ވަރަށް ނިކަމެތިކޮށްދޯ؟ ހެހެހެ…….މަށަށް މިހާރު ވެސް މަށަށް ބޭނުންވާހާ އުފަލެއް ލިބޭ. މަ ކަލެއަކަށް ބޭނުމެއްނުވާނެ ދުވަހަކުވެސް. ބޭނުންވިއްޔާ ވާނީ ކަލޭ. އެހެން މީހެއްގެ ދަރިއަކާއެކީ ކަލެއާ އިންނާނީ ކާކު؟ އިނިއްޔާ އިންނާނީ އިންނާނެ މީހަކު ނުލިބިގެން ހުރި މުސްކުޅި އަންހެނެއް. އޭނަގެ ފަރާތުން ކަލެއަށް އުފަލެއް ލިބޭނީއެއްނޫން……..” އެ ހުރިހާ ވާހަކައެއް ކިޔަމުން ދިޔަދިޔަހެން ވިސާމްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވެ އެ އަލިފާންގަނޑު ބޮޑުވަމުން ދިޔައެވެ. އެ ބަސްތަކަށްފަހު ދެން ހުސްވެސް ހުރީ ހުތުރު ބަހުން އޭނައަށާއި އޭނައަށް “ލިބޭނެ” އަންހެނުންނަށް އެއްޗެހި ގޮވާފައެވެ. އޭގެތެރެއިން ގިނަ ބަސްތައް އަމާޒުވަމުން ދިޔައީ ޝަފަޤަށްކަން އެނގުންވީ ހިނދު ވިސާމް ދެ ދަތްޕިލަ ޖައްސާލަމުން ވަގުތުން އެ ސިޓީ ވީދަން ފެށިއެވެ. އިތުރަށް ނުވީދޭ ވަރަށް ކުދިކުދި ވުމުން ވިސާމް ކުއްލިއަކަށް ކުރިމަތީގައި ހުރި ކުއްޖާއާއި ދިމާލަށް އެ ކަރުދާސްކޮޅުތައް އުކާލިއެވެ. ކަރުދާސްކޮޅުތައް އުދުހެމުން ގޮސް ބިންމަތީގައި ޖެހުނު ވަގުތު ވިސާމް ވާހަކަ ދެއްކިއެވެ.

 

“އޭނަ ދަންނަ މީހަކުވެސް ކަލެއަށް އެނގެންޏާ އެމީހެއް ކައިރި ބުނާތި މި ވިސާމެއް ދުވަހަކުވެސް އޭނަ މަތިން ހަނދާނެއް ނުކުރާނެއޭ!” ރުޅިން ތުރުތުރު އަޅަމުން ދިޔަ އަޑަކުން ވިސާމް އެހެން ބުނެލީ ދެލޯ ރަތްވެފައި ހުރެއެވެ. އެއަށްފަހު އޭނަ އެ އަންހެން ކުއްޖާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ ގޮސް އޭނަގެ ސައިކަލަށް އަރައި ސްޓާޓް ކޮށްލިއެވެ. އެއަށްފަހު ފަހަތް ބެލުމެއްނެތި ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާލިއެވެ. އެ ހިނދު އެ މަންޒަރު ބަލަންހުރި އަންހެން ކުއްޖާ އޭނަގެ ފޯނު ހިއްލައި ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ޖައްސާލިއެވެ.

 

“ޑަން! އޭނަ ދެން މެހެނާޒްގެ ނަން އޮންނާނެ އެއްވެސް އެއްޗަކާ ކައިރިވާނެހެނެއް ހިއެއްނުވޭ.” އަންހެން ކުއްޖާ ބުނެލިއެވެ. އެއަށްފަހު އެކޮޅުން އިވުނު ވާހަކަ އިވިފައި އޭނަގެ މޫނުމައްޗަށް ވެރިވީ އެއްމިޔަކަނުގެ ހިނިތުންވުމެކެވެ.

 

ހައިޖާނެއް އުފެދިފައިވި ހިތަކާއެކީ ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ދިޔައެއްކަމަކު ވިސާމަށް ސަލާމަތުން ގެއާއި ހަމައަށް ދެވުނެވެ. ގެއަށްގޮސް އޭނަ ޖީބުގައި އޮތް ތަޅުދަނޑިން ސިޓިން ރޫމުގެ ދޮރު ހުޅުވާލި ތަނާހެން އެ ދޮރު އެތެރެއިން ހުޅުވިގެން ދިޔައެވެ.

 

“ޕޮއް!” ޝަފަޤް ދެއަތް ހިއްލައި ފުއްމައިގަންނަމުން ބިރުވެރި އަޑަކުން ބުނެލިއެވެ. އޭނަގެ އެ ޙަރަކާތުން ވިސާމް ސިހުންވާ ގޮތްވިއެވެ. އެއާއެކު ޝަފަޤް ހޭންފެށިއެވެ. ޝަފަޤްގެ އެ މައުސޫމް ހުނުމުގެ އަޑު އިވެން ފެށުމުން ވިސާމްގެ ތެޅެމުން ދިޔަ ހިތް މަޑުމަޑުން ލަސްވެ އެ ހިތް ހަމައަކަށް އެޅުނެވެ. ޝަފަޤް ދެލޯ މަރައި ތަގުޅި ކޮށްގެން ހުރެ ހިތް ފުރެންދެން ހެމުން ދިޔަ މަންޒަރު ބަލަން ހުރެފައި ވިސާމަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ދެންމެ އޭނަގެ ހިތުގެ ހަމަޖެހުން ނަގަމުން ދިޔަ ޚިޔާލުތަކާއި އޭނައަށް އެ ވަގުތުކޮޅު ދުރުވެވުނީ ކުއްލިއަކަށެވެ. ޝަފަޤާއި އެއްވެސް ހިތި ހަނދާނެއްގެ ވާހަކަ ދައްކައި އެ ވަގުތުކޮޅު ޚަރާބު ކުރަން އޭނަގެ ހިތް ނޭދުނީއެވެ.

 

“ޕިސް ޕިސް! ތިހާ ވަރަށް ހޭކަށްނުވާނެ. ތި އުޅެނީ މާދަމާ ރޯންވެގެން.” ވިސާމް މަޑުމަޑުން ޝަފަޤްގެ ބޮލުގައި އެއްއަތް އަޅައި ކޮއްޕަމުން ގޭގެ ތެރެއަށްވަނެވެ. އެއަށްފަހު އޭނަ ދޮރު ލައްޕާލިއެވެ.

 

“ހެހެހެ…….ދެން ހެވޭނެއެއްނު ބޮޑު މާ ސިންގާ ފިރިހެނަކު ކުޑަކުއްޖެއްހެން ސިއްސައިގެން ދިޔައިމަ؟” ޝަފަޤް ދެންވެސް ހެވިފައިހުރެ ބުނެލިއެވެ.

 

“ހިހިހިހި! މިހާއިރު ނުނިދާ ހުރީ ކީއްވެޔޯ؟ ކައިފިންތަ މިރޭ؟ ނުކައި ހުރިއްޔާ އަނެއްކާވެސް މާދަމާ ބޯއަނބުރައިގެން އުޅެންޖެހޭނީ. ދެން އަހަރެން ކައިރި ނުބުނާތި އެހެންވެގެންނޭ ކިޔާފަ.” ވިސާމް އެންމެ ފަހު ޖުމްލަ ބުނަމުން ކޮޓަރިއަށް ދާން ހިނގައިގަތީ ޝަފަޤް އޭނަގެ ފަހަތުން އަންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ޝަފަޤް ހުރިތާ ހުރެ ވާހަކަ ދެއްކިއެވެ.

 

“ކެޔަސް ނުކެޔަސް މިއީ ދެން ވާނެ ގޮތް. ނިދިވެސް އަންނަނީއެއްނޫން އުފަލުން ގޮސް!” ޝަފަޤް އުޖާލާކަން ވެރިވެފައިވި މޫނަކާއެކީ ބުނެލިއެވެ.

 

“އެޔޯ؟” ވިސާމް ޙައިރާންކަމާއެކީ ފަހަތް ބަލާލަމުން އަހާލިއެވެ. އެއާއެކު ޝަފަޤް ތިރީ ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލި ވަގުތު އެ މޫނު ރަތްވިއެވެ. ވިސާމް ދެންވެސް ވާނުވާއެއް ނޭނގި ބަލަން ހުއްޓާ ޝަފަޤް ލަސްލަހުން އޭނަގެ ކަނާތް އަތް ހިއްލައި ބަނޑުގައި އަތްޖައްސާލަމުން ވިސާމަށް ބަލާލިއެވެ. ޝަފަޤްގެ އެ ޢިޝާރާތުން ވިސާމްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އެ ޢިޝާރާތުގެ މާނަ ނަގައިގަނެވުނުތަނާހެން ވިސާމަށް ލުއި އާހެއްގެ އަޑަކާއެކީ ހިނިތުންވެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ފެންކަޅިވަމުން ދިޔަ ދެލޮލާއެކީ ޝަފަޤްގެ ކައިރިއަށް ގޮސް އޭނަގެ ގައިގައި ބައްދާލިއެވެ. ހަމަ އެ ހިނދު ވިސާމްގެ ހަނދާނަށް އަންނަން ފެށީ އެންމެ ފުރަތަމަ އޭނައަށް މިފަދަ ޚަބަރެއް ލިބުނު ދުވަހެވެ. އެފަހަރު މި ޚަބަރު އެންމެ ފުރަތަމަ ލިބިފައިވަނީ އޭނައަށެވެ. އޭނަ އެ ޚަބަރު ޙިއްޞާކުރީ އުފާވެރި ޙަޔާތެއްގެ ހާދަ ގިނަ އުއްމީދުތަކާއި އެކީގައެވެ. އެހެނަސް އޭރު އޭނަގެ އެންމެ ގާތުގައި ހުރި ބައިވެރިޔާ އެހުރިހާ އުއްމީދުތަކުގައި ކޮޅުފައިން ޖަހައި ފުނޑުފުނޑުކުރިއެވެ. އޭނައަށް އޭނަގެ އުފަލާއި ހަމައަށް ވާސިލުވާން ދަތިކުރުވިއެވެ. ނަމަވެސް މިއަދު އޭނަ ކައިރީގައި މިހިރީ އެފަދަ ބައިވެރިއެއްނޫންކަން އެނގުންވީ ހިނދު ވިސާމްގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. ހިތުގައި ޝަފަޤަށް ޝުކުރުވެރިވުމުގެ ޝުޢޫރެއް އުފެދުނެއްކަމަކު ވިސާމް ހިތާހިތުން އެންމެ ފުރަތަމަ ވެސް ޙަމްދުކުރީ ﷲ އަށެވެ. އޭނަގެ ޙަޔާތުގައި ހިތާމަވެރި ދުވަސްތަކަކަށްފަހު މިފަދަ ބައިވެރިއެއް ލެއްވީ ހަމައެކަނި ﷲ ކަން ހަނދާންވުމުންނެވެ. އެއަށްފަހު އޭނަގެ ޙަޔާތަށް އަނދިރިކަން ގެނައި ބައިވެރިއެއް އޭނައާއި ދުރުކުރެއްވި ކަމަށްޓަކައި ވެސް ޙަމްދުކުރެވުނީ އެ އިންސާނާއަށްޓަކައި ނަފްރަތު ކުރާ ޙާލުގައެވެ. މިރޭ ދިމާވި ޙާދިސާއަށްފަހު އޭނަގެ ފަރާތުން ލިބޭނެ ހަމަ އެއްވެސް ހެވެއްނެތްކަން ޔަޤީންކުރާ ހިތަކާއެކީގައެވެ.

 

**

 

ކޮލޮމްބޯއަށް އެރޭ 10:17 ވީ ވަގުތު ޝިޔާއާއި އޭނަގެ މަންމައާއި ބައްޕަ ތިބީ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާރޕޯޓުގައެވެ. ޑިޕާޗާރގެ ގޮނޑިތަކުގައި އެމީހުން ތިބިއިރު ތިން މީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ވާނީވެސް އެހެންތާއެވެ. ތިން މީހުން މި ކުރަން އުޅޭ ދަތުރު ކުރަން ނިންމާފައިވަނީ އެތައް ދެބަސްވުންތަކަށްފަހުއެވެ.

 

 

“ބައްޕާ އަޅުގަނޑު ބޭނުން އައްޑޫއަށްދާން.” ޝިޔާ އެހެން ބުނެލީ އެއްރެއަކު ތިން މީހުން ސިޓިންގް ރޫމުގައި ޓީވީ ބަލަން ތިއްބައެވެ. އެވަގުތު އޭނަގެ މަންމަގެ މޫނުމައްޗަށް ވަގުތުން ރުޅިވެރިކަން ވެރިވިއެއްކަމަކު ބައްޕަ އަޅާލުމަކާއެކީ ވާހަކަ ދެއްކިއެވެ.

 

“ދަރިފުޅު ހަމަ ސީރިއަސްކޮށްތަ ތިކަމަށް ތި އެދެނީ؟ ބައްޕަ އެއްފަހަރު ބުނީމަ ނޫންކަމަށް ހަދައިގެން މިހިރީ ދަރިފުޅު ސަމާސާއެއް ކުރަނީ ކަމަށް ހީކޮށް.” ނާސިރު ދެބުމަ ކައިރިކޮށްގެން ހުރެ ބުންޏެވެ.

 

“ސަމާސާއެއް ނޫން އޭނަ އެ ކުރަނީ! މަށަށް ހަމަ ޔަޤީނޭ އެއްކަލަ ފިރިހެން ކުއްޖާ މަތިން ހަނދާން ނައްތާނުލެވިގެންކަން!” ޒުހުރާގެ ރުޅި ގަދަވިއެވެ. ނާސިރު އޭނަގެ ނަމުން ގޮވާލަން އުޅުނު ވަގުތު ޝިޔާ ވާހަކަ ދެއްކިއެވެ.

 

“ފިރިހެން ކުއްޖެއްގެ ސަބަބުންނެއްނޫން. އަޅުގަނޑު ބޭނުންވަނީ ރަނގަޅަށް ކިޔަވަން. މިކޮޅުން ލިބޭ ސެޓްފިކެޓަށްވުރެ އެކޮޅުން ލިބޭ ސެޓްފިކެޓް މާ މޮޅުވާނެ ވާހަކަ ބައްޕަވެސް އަޑުއެހީމެއްނޫންތަ؟” މަންމަގެ ވާހަކައިން އައިމަންގެ ހަނދާންތައް އާ ނުވަނީސް ޝިޔާ ވާހަކަ ދެއްކިއެވެ. މިފަހަރުވެސް ނާސިރަށް ވާހަކަ ދެކެވުމުގެ ކުރިން ޒުހުރާ ވާހަކަ ދެއްކިއެވެ.

 

“އައްޑޫއަށްވުރެ މާ މޮޅަށް މާލެއިން ކިޔެވޭނެ. ކީއްވެ މާލެއަށް ހިނގާށޭ ނުބުނީ؟” ޒުހުރާ ދެންވެސް ނުރުހުންތެރިކަމާއެކީ އަހާލިއެވެ.

 

“އަޅުގަނޑު ހީކުރީ މަންމައަށް އެތަންކޮޅު ވިސްނައިގަނެވޭނެ ކަމަށް. މާލޭގެ މާޙައުލު އެހާ ރަނގަޅެއް ނޫން. އަހަރެން މާލޭގެ ކިޔަވަން އުޅުނުއިރު މަންމައެއްނޫންތަ ބުނީ އަހަރެން ކުލާހުގަ އުޅޭ އެ ކުދިންނާ މާ ގާތް ނުވާށޭ؟ އެއީ ރަނގަޅު ކުދިންނެއްނޫނޭ؟ ހަމަ އަސްލުވެސް މާލެއިން އަހަންނަށް ލިބޭނީ އެހާ ރަނގަޅު އެކުވެރިންނެއްނޫންހެން އަހަންނަށް ހީވަނީ. އައްޑޫގަ ކުދިން މަދުވެފައި ގިނަ ކުދިން އުޅެމުން ދަނީ އެމީހުންގެ އަމިއްލަ މައިންބަފައިންނާ އެކީގަ ވީމަ އެކުދިން ފުދޭވަރަކަށް ރަނގަޅުވާނެހެން ހީވަނީ. ކީކޭ ބައްޕަ ބުނަނީ؟” ޝިޔާ ވިސްނުންތެރިކަމާއެކީ ވާހަކަ ދައްކަމުން ބައްޕަގެ ޚިޔާލު ހޯދިއެވެ. އެއަށްފަހު މަންމައާއި ބައްޕަވެސް އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ތިއްބެވެ. އެ ހިމޭންކަން ނެތިދިޔައީ ބައްޕަ ފުން ނޭވައެއް ދޫކޮށްލުމުންނެވެ.

 

“އެންމެ ރަނގަޅު ޝިޔާ. ޝިޔާ ބޭނުންގޮތެއް.” ނާސިރު އެހެން ބުނެލީ އޭނަގެ ދަރިފުޅަށްޓަކައެވެ. އެ ވާހަކައާއެކީ އަނެއްކާވެސް ޒުހުރާގެ އަޑުގަދަ ވާން ފެށުމުން ނާސިރު ނުރުހުންވެފައި ޒުހުރާއާއި ދެކޮޅު ހެދިއެވެ. އަދި އެ ވާހަކަ ނިންމާލީ ޝިޔާގެ މުސްތަޤްބަލާއިމެދު ވެސް ވިސްނަންވާނެ ކަމަށް ބުނަމުންނެވެ.

 

އެދުވަސް ހަނދާންވެފައި ޑިޕާޗާރގެ ބެންޗުގައި އިން ޝިޔާއަށް ދެލޯ މަރާލަމުން އެތެރެއަށް ނޭވައެއް ދަމާލެވުނެވެ. އޭނައާއި ހެދި އޭނަގެ މަންމައާއި ބައްޕައާއި ދެމެދު ނުތަނަވަސްކަމެއް އުފެދިގެން ދިޔުމުން އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެހެނަސް އޭނަ މިގޮތަށް ކަންތައް ކުރަން މަޖުބޫރެވެ. އޭނަގެ އަތުގައި އޮތް އަގުހުރި އަމާނާތެއް އޭގެ ވެރިފަރާތާއި ޙަވާލު ކުރުމަށެވެ. ބޭއިންސާފުން ވެފައި އޮތް ބޮޑު ކުށަކަށް އިންސާފު ހޯދައިދިނުމަށެވެ. އެކަން މަންމަމެންނަށް އޭނަ އަދި ނާންގަން ނިންމައިގެން ހުރީ ވެސް ވަކި މަޤްޞަދަކަށްޓަކައެވެ. ވަގުތު އައިސް ޖެހުމުން އެންމެންގެ ކުރިމައްޗަށް ޙަޤީޤަތް އަންނާނެއެވެ. އޭގެ ކުރިން އޭނަ ޖެހޭނީ ފަރުވާތެރިކަމާއެކީ ފިޔަވަޅުތައް އަޅާށެވެ.

 

 

އެމީހުންގެ ފްލައިޓްގެ ބޯރޑިންގްގެ ވާހަކަ އިޢުލާން ކުރެވެން ފެށުމުން ތިން މީހުން އެކީގައި ކޮޅަށް ތެދުވިއެވެ. އެއަށްފަހު ކައުންޓަރު ދޮށުން ބޯޑިންގް ޕާސްގެ ހޯދައި އެމީހުންގެ ފްލައިޓާއި ދިމާލަށް މިޞްރާބު ޖެހިއެވެ. ފްލައިޓަށް އަރައިގެން ގޮސް ޝިޔާ އިންނަން ޖެހުނީ ކުޑަދޮރު ކައިރީގައި ވަކިން އިން ސީޓެއްގައެވެ. އޭގެ މާ ގިނައިރެއް ނުވެ ކެބިން ކްރޫ ފްލައިޓް ތެރޭގެ ކަންތައް ކިޔައިދީފައި އިށީންނަން ދިޔައެވެ. ފްލައިޓް ރަންވޭ މަތިން ބާރު ސްޕީޑެއްގައި ދުއްވައި މައްޗަށް އަރައިގެން ދިޔަ ވަގުތު ޝިޔާއަށް ކުޑަދޮރުން ބޭރު ބަލައިލެވުނެވެ. އޭނަ މި ދޫކުރި މަންޒިލް ލޮލުން ފެންނަމުން ދިޔައިރު އޭނަ މި ދާންއުޅެނީ ކޮން މަންޒަލަކަށްކަން އެ ހިތް އޭނައަށް ހަނދާން ކޮށްދިނެވެ. ހަމައެއާއެކު އޭނަ މިދާން އުޅެނީ އޭނަގެ ހިތް އެކަމަށް އެދި އެދި އޮތް ތަނަކަށްކަން އެނގުންވީހިނދު އޭނަގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ. އެ ހިތުގައި ބިންވަޅު ނެގިފައިވި ނަމުގެ ވެރިޔާގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވާން ފެށުމުން ޝިޔާއަށް ކުރިމައްޗަށް ބަލާލަމުން ދެބުމަ ކައިރި ކޮށްލެވުނެވެ. އޭނަ އޭނަގެ އުނގުމަތީގައި އޮތް އަތް ދަބަސް ހުޅުވާލީ އެ ޚިޔާލުތަކާއި ދުރުވާން ކަންނޭނގެއެވެ. އެ ދަބަސްތެރެއިން އޭނަ ނެގީ ސިޓީ އުރައެކެވެ. އޭތި ލަސްލަހުން ނަގައި އޭނަ އެއަށް ނަޒަރު ހުއްޓާލިއެވެ. އޭގެ މެދުގައި “މެހެނާޒް”ގެ ނަން އިނގިރޭސި އަކުރުން ލިޔެވިފައި އޮތީ ފަނޑު ނޫކުލައަކުންނެވެ. އެއަށް ނަޒަރު ހުއްޓައިގެން އިނދެފައި ޝިޔާ އޭތި ގެނެސް މޭގައި ޖައްސާލަމުން ސީޓަށް ލެނގި ދެލޯ މަރާލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ލޯބިވޭ (1)

Next

އެޕާރޓްމަނޓް 4ބީ (ދެވަނަބައި)

Next
February 19, 2017

އެޕާރޓްމަނޓް 4ބީ (ދެވަނަބައި)

Previews
February 18, 2017

ލޯބިވޭ (1)

23 Comments!

  1. sidd says:
    February 19, 2017 at 12:49 am

    Varah reeethi.

    1. Jana says:
      February 19, 2017 at 6:15 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  2. ?shue? says:
    February 19, 2017 at 12:56 am

    Varah reeethi… emme kiyaaaa hithun kiyaaa vaahaka mee… waiting for the next part… thankz jana..

    1. Jana says:
      February 19, 2017 at 6:16 pm

      Alhamdhulillah! next part tuesday ga In Sha Allah 🙂

  3. Sweetie says:
    February 19, 2017 at 12:57 am

    Oh no. Wisaam! Mi sitee nukiyaa veedhaa nulaathi!!!

    1. Jana says:
      February 19, 2017 at 6:17 pm

      hehe……Wisaam aa hama ah thi msg foarukohdheynan sweetie 😛

  4. Pinky says:
    February 19, 2017 at 1:00 am

    Alhey….. haadha kureyyyyyy.
    Jana! Plz thankolheh avas avahah upload kohdheeba. Plz plz:

    1. Jana says:
      February 19, 2017 at 6:18 pm

      mi dhuvaskolhu vaagothey ey Pinky. really sorry for that. next part tuesday ga In Sha Allah 🙂

  5. Pinky says:
    February 19, 2017 at 1:01 am

    Alhey….. haadha kureyyyyyy.i
    Jana! Plz thankolheh avas avahah upload kohdheeba. Plz plz:

  6. 404Error says:
    February 19, 2017 at 3:26 am

    varaah reeeethi.. waiting 4 nxt part..

    1. Jana says:
      February 19, 2017 at 6:18 pm

      Alhamdhulillah! Next part tuesday ga In Sha Allah 🙂

  7. fathun says:
    February 19, 2017 at 6:48 am

    e sitee oi eche egen beynun vany. please visaam lavva e sity kudhi nukurathi please. fahun mehenaaz badhalu vaane dho. ekamaku maazin men eyna maraalaany dho. Shafag preg vyma vv.happy

    1. Jana says:
      February 19, 2017 at 6:20 pm

      hehehe…..ey keevvebaa Mehenaaz badhaluvaanvy? ey keevvebaa Maazin eyna maraalanvy? suvaalu suvaalu suvaalu. 😛 hehe…..dhen balamaa vaagotheh In Sha Allah 😀

  8. Addu manje says:
    February 19, 2017 at 7:14 am

    Varah kiyaahithun hutta mi nimunee.. Mibaives varah reethi.. Im sooo curious to know what is written in that letter.. 🙂

    1. Jana says:
      February 19, 2017 at 6:21 pm

      Alhamdhulillah! 😀 hehe…..me too 😛

  9. Pinkish Pinker says:
    February 19, 2017 at 10:00 pm

    Mi story up kuranee dhedhuvahun ehdhuvahu tha Jana…v v v v reethi mi baives…?

  10. Dhiraasa says:
    February 20, 2017 at 12:15 pm

    Haadha kurey Jana ekamu v reethi

  11. 404Error says:
    February 20, 2017 at 2:34 pm

    kuryge letter eii zaid ge bappa kuruvi kamehhen heewanii…..☺

    1. 404Error says:
      February 20, 2017 at 2:50 pm

      salhi gotheh mi vee ehnvyma.. zaid ah siyamen huttuvey gotheh nuvee thaa..? hehe

  12. Fat says:
    February 20, 2017 at 2:39 pm

    Ibrah therivahaka ey. Varah ufaavey migotahh.vaahaka liyathee . Jazakallah khairan.

  13. Aikko says:
    February 20, 2017 at 3:49 pm

    Alheyy I want e sitee ga liyefa othy konchehh thw balann.?
    Varah reethi mi part ves ❤
    Waiting for the next part ?

  14. Shile says:
    February 20, 2017 at 8:45 pm

    Best story ever. Smooth and easy to read.

  15. Asra says:
    February 21, 2017 at 12:00 am

    V salhi

Comments are closed.

Next Episodeޢަޞްރު (ސަތާޅީސްވަނަ ބައި)←


All Right Reserved!