Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ފުން ލޯބި (15)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
February 17, 2017 7 Mins Read
54 Comments

” ބޭބީ އަޅެ އަހަރެންނާ ވާހަކަ ދައްކަބަ.. ދެމީހުން ވާހަކަ ދައްކައިގެން ހިތްހަމަ ނުޖެހޭ ކަމެއް  އޮތިއްޔާ ރަނގަޅު ކުރާނީ.. އަހަރެންނަށް އިނގޭ ބޭބީވެސް އަހަރެންދެކެ ލޯބިވާކަން.. ހަމަ އެހާ ފަސޭހަތަ ތިހެން ބްރޭކްއަޕްވާން” އަހަރެން މެސެންޖަރއިން ޔާނުއަށް މެސެޖެއް ކޮށްލީމެވެ.

” ޔަލްއަށް އިނގޭތަ އަހަރެން ބްރޭކްއަޕްވި އަސްލު ސަބަބު” ޔާނު ރިޕްލައި ކޮއްލިއެވެ.

އެއީ މިހާރުވެސް ޔަލް ތިވަރަށް ދެރަވެގެން ރޮއެ އާދޭސް ކުރާއިރު އަހަރެންގެ ހިތަށް އެކަށްޗެއްވެސް ނާރާތީ.. އަހަރެންނަށް ހެޔޮ ޔަލްއަށް ކޮންމެ ގޮތެއްވިޔަސް… އެކައްޗެކޭވެސް ހިތަށްނާރާނެ.. އެއްވެސް އެއްޗެއް ރިގްރެޓްއެއްވެސް ނުކުރާނަން.. ގުޑް ބާއި ޔަލްްވީ.. އަހަރެންނަށް ދެން އިތުރަށް އުނދަގޫ ނުކުރާތި” އެހެން ބުނުމަށް ޔާނު މެސެންޖާ އަދި ވައިބާރ އިންވެސް އަހަރެން ބްލޮކް ކޮށްލިއެވެ. ޔާނުގެ ފަހު މެސެޖް އަހަރެން އެތަށް ފަހަރަކު ކީމެވެ.

?????.?????.?????.

ޝަކުވާ ހިތާ ކުރީމޭ ނަސީބެއް ނެތުނީމާ

ތަގުދީރުގާ އަހަންނަށް މިހެން ދިމާ ވީމާ

ގޮތް ހުސްވެގެން ދަނީއޭ އެކަނިކޮށްލީމާ

ދެރަވޭ އަދު މަ ބާކީ ވާންވީމާ

ހީވޭ ބެދޭހެން ދާންވީީ ދިމާ

ވީމޭ މިދުނިޔޭން މާޔޫސް ވެފާ

ލޯބީގެ ތަރިތަށް ވީ އޮއްސިފާ

ލޯބީގެ މަންޒިލް ވީ ގެއްލިފާ

ބޭނުން ވެޔޭ ހިތް ލޮއެއްބާ އުފާ ~

?????.?????.?????.

އަދިވެސް އަހަރެންނަށް ޔާނު ދެއްކި ވާހަކަތަށް ގަބޫލު ކުރަން ދަތި ވަނީއެވެ. އެދުވަސްކޮޅު އަހަރެންނަށް އައި ބަދަލު އެންމެ ބޮޑަށް ފާހަގަ ވާނެ އެކަކީ  މަންމައެވެ. ނަމަވެސް މަންމައަށް އަހަރެން ފެންނަަކަމަށްވެސް ނުހަދައެވެ. އަހަރެން ނުކައި ހުއްޓަސް  މަންމަގެ ފަރުވާލެއް ނެތެވެ. ޔާނުގެ ކުލާސްކުއްޖެއް އަތުން އޭނައާ ގުޅޭނެ އެހެން ނަމްބަރއެއް ލިބޭތޯ މަސައްކަތްކުރީމެވެ. ޔާނު މިހާރު އުޅެނީ ނަމްބަރ ބަދަލުކޮށްގެން ކަންވެސް އަހަރެންނަށް އިނގުނީ އެކުއްޖާ ޔާނުގެ ނިއު ނަމްބާރއޭ ކިޔާފަ ދިނީމައެވެ. އަހަރެން ވަގުތުން ޔާނުއަށް މެސެޖް ކޮށްލީމެވެ. ނަމަވެސް އޭނައަށް އަހަރެންގެ މެސެޖްއެއްކަން އިނގުނު އިރަށް އެ ބުލޮކްކޮށްލީއެވެ.

އެންމެ ފަހުން ހިތަށް ކެތްނުވެގެން ބައްޕަ އޮންލައިންގަ އިންތޯ ބަލާފަ ވައިބާރައިން ބައްޕައަށް ގުޅީމެވެ. ބައްޕައަށް އަހަރެން ހުރިހާ ވާހަކައެއް ކިޔާނުދިން ނަމަވެސް ޔާނު އަހަރެން ދޫކޮށްލިވާހަކަ އާ އޭނަ ލޯބި ނުވާވާހަކަ ކިޔާދިނީމެވެ. އަހަރެން ރޮއެފަ އެވާހަކަތަށް ކިޔާދިނުމުން ބައްޕައަށްވެސް ހުރީ ވަރަށް އަސަރުކޮށްފައެވެ.

” ދަރިފުޅާ… ދަރިފުޅު ނުޖެހޭނެ މީހަކަށްޓަކައި ތިހެން ކަރުނައަޅާކަށް.. މީހަކު ފަހަތުން ރޮއެ އާދޭސް ކުރަމުން ދުވާކަށް.. އެޔަށްވުރެ ބައްޕަގެ ޕްރިންސެސް މާ ބްރޭވް ވާނެ.. ބައްޕައަށް އިނގޭ މިހެން ބުންޏަސް ދަރިފުޅަށް ޔާމިން މަތިން ހަނދާން ނައްތާލަން އުނދަގުވާނެކަން… އެކަމް ލޯބި ނުވާމީހަކު ފަހަތުން ރޮއެ އާދޭސް ކުރުމުގެ ބޭނުމެއް ނެތެއްނު.. ދަރިފުޅަށް ތި ގެއްލުނީ ދަރިފުޅު ދެކެ ލޯބި ނުވާ މީހެއް.. އެކަމް ޔާމިންއަށް އެ ގެއްލުނީ އޭނަ ދެކެ އިންތިހާއަށް ލޯބިވާ މީހެއް.. އެހެން ވީމަ މިތާ ދެރަވަން ޖެހޭނީ ދަރިފުޅެއް ނޫނޭ.. ދެން ނުރޮއެ ހުއްޓާލާ.. ބަސްއަހައިގެން ކިޔާވާ މޮޅުކުއްޖަކަށް ވެބަލަ ނިކަން.. އޭރުން ޔާމިންއަށްވެސް އިހްސާސްވާނެ އޭނައަށް މި ގެއްލުނީ ޖަވާހިރެެއްކަން…” ބައްޕަގެ ވާހަކަ ތަކުން އަހަރެންނަށް ހިތްހަމަ ޖެހުން ލިބުނެވެ. ބައްޕައާ ވާހަކަ ދައްކަން އިނުމަށްފަހު އަހަރެން ފޯނު ބޭއްވީ ހިތްހަމަ ޖެހިލައިގެންނެވެ. އެދުވަހަށްފަހު އަހަރެންގެ ހަޔާތުގެ ޔާނުގެ ސަފްހާ ނިންމާލީމެވެ. މެސެޖްކޮށް އާދޭސްކޮށްށެއްވެސް ނުހަދަމެވެ. އޭނައަށް މިއަދު އަހަރެންނަށް ދެރަދީފަ އެހެން އުޅެވުނަސް ކޮންމެވެސް ދުވަހަކުން އޭނައަށް އެކަން އިހްސާސްވާނެއެވެ.

ދުނިޔެއަކީ ތޮށަލިދުޅައެއްހެން ހިނގާ އެއްޗެކޭ މާމަ އަބަދުވެސް ބުނެއުޅެއެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ތެދު ހަގީގަތެއްކަން މި އިނގެނީ ދިރިއުޅުމުގެ މައިދާނަށް ނިކުމެވުނީމައެވެ. ޔާނުގެ ހަނދާންތަކާ ދުރަށްދާން ކިތަންމެ މަސެއްކަތެއް ކުރި ނަމަވެސް އެ ކަޅު މާޒީ ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ރޮއްވާލައެވެ. ޔާނު އަހަރެންދެކެ ލޯބި ނުވާއިރު އަހަރެންނާ އެފަދަ ގުޅުމެއް ހިންގަންވީ ކީއްވެހެއްޔެވެ؟ އަހަރެންވެސް އޭނައާ ހެދި މޮޔަވެފަ ހުރި ވަރުން ވިސްނާނުލެވުނީއެވެ. މިކަަހަލަ ދުވަހެއް އައިސްދާނެ ކަމަށް އަހަރެންނަށް ވިސްނާލެވުނު ނަމައެވެ.

 

 

އަހަރެން ހައިކަލްއަށް ޔާނުގެ ވާހަކަތަށް ކިޔާދީ ނިމުނުއިރު އިނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ހައިކަލްއަށް މި ހަގީގަތް އިނގުމުން އޭނަވެސް އަހަރެން ދެކެ ފޫހިވާނެ ކަންނޭންގެއެވެ.

” ޔަލް ދެން ހުއްޓާލާ…. ޔަލްގެ އަޑުން އިނގޭ ރޯކަން.. މި ދުވަސްކޮޅު ރުއިންއެއީ އެހާ ރަނގަޅޫ ކަމެއް ނޫން… ދެން ފަހުން ތިކަމާ ވާހަކަ ދައްކާނީދޯ…” ހައިކަލްގެ އެ ބަސްތަކުން އަހަރެންގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ. ހައިކަލްއަށްވެސް މިގަޑީ ވާހަކަ ނުދެއްކެންވީ ކީއްވެ އެއްޔެވެ. ހައިކަލްގެ ހިތުގަ ވާ އެއްޗެއް ބަލަން އަހަރެން އިނީ ކެތްމަދުވެފައެވެ.

” ހައިކް.. ތެދަށް ބުނެބަ؟.. ހައިކްވެސް ތިއިނީ އަހަރެންދެކެ ފޫހިވެފަ ދޯ ހަޤީގަތް އިގުނީމަ.. ޔަލް މިވާހަކަ އެކަކާވެސް ޝެއާއެއް ނުކުރަންއަދި.. އެކަމް ކަންތަށް ވާގޮތުން ފީލްވީ ހައިކްއަށް އިނގުން މުހިންމުކަން..” އަހަރެން ވާހަަކަ ދެއްކީމެވެ.

” ސްޓިލް އައި ޑިޑްނޮޓް ގެޓް އޭން އާންސާ” ހައިކަލް ބުނެލިއެވެ.

” ޔޫ މީން ” ހައިކަލް އެ ބުނި އެއްޗެއް ނޭންގިގެން އަހާލީމެވެ.

” ޔަލް  ޕާސްޓް ކިޔާ ދިނުމުގެ ކުރިން އައި އާސްކްޑް  ޔޫ ސަމްތިންގް” ހައިކަލް އެހެން ބުނުމުން އަހަރެން ވިސްނާލީމެވެ.

” އާން ޔެސް.. ހައިކްއެހީ ލޯބިވޭ ހެއްޔޭ ދޯ އަދިވެސް.. ލޮއެއްބެއް ނުވޭ އެކަމް އަދިވެސް ހަނދާން ނައްތާލަން އުނދަގުވަނީ.. އަދި މިހާރު ވަކިން އޭނައާ ފޭސް ކުރަން ޖެހޭތީ ވަރަށް އުނދަގޫވޭ.. ކިތަންމެ މަސައްކަތް ކުރިޔަސް އެ މާޒީ ހަނދާން ނައްތާލެވޭ ގޮތެއް ނުވޭ” އަހަރެން ހަގީގަތް ހާމަ ކުރީމެވެ.

 

ހައިކަލް އިތުރު އެއްޗެއް ނުބުނެ އިނުމުން އަހަރެންނަށް އުނދަގޫވިއެވެ.

” ރުޅި އައިސްފަތަ ތި އިނީ ހައިކް” އަހަރެން އިސްނަގާ ވާހަކަ ދެއްކީމެވެ.

” ނޫން.. ރުޅިއެއް ނާދާ.. ޔަލްކައިރީ ބުނީމެއްނު ޕާސްޓްގަ ކަންވެފަ އޮތްގޮތަކުން އަހަރެން ޔަލް ދެކެ ރުޅިއެއް ނާންނާނަމޭ.. ކޮންމެ މީހަކަށްވެސް މިސްޓޭކްސް ހެދޭނެ.. އަހަރެންނަށް އިނގޭ ޓީނޭޖްގަ އެކަހަލަ މިސްޓޭކްތަށް ހެދޭނެކަންވެސް.. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށޭ ބުނެއެއްނު.. އެހެން ވިސްނައިގެން ދިރިއުޅުމައިގެން ކުރިޔަށް ދިޔައީމަ ރަނގަޅުވާނެ.. އެކަމް އަހަރެންނަށް ނުވިސްނެނީ ޔާނު އެހެން ހަދަން ޖެހުނު ސަބަބެއް.. ޔާނު އެހާ ރަހުމު ކުޑަ މީހަކަށް ވާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން” އަހަރެންދެކެ ރުޅި އައުމުގެ ބަދަލުގަ ހައިކް ރުޅިިއައީ ޔާނު ދެކެއެވެ. އެއީ އަހަރެން އެންމެ ބޭނުން ނުވާ ކަންތަކެވެ. އަހަރެންނާ ހެދި އެ އާއިލާގަ މައްސަލައެއް ޖެހޭކަށް އަހަރެން ބޭނުމެއްނުވެއެވެ.

” ހައިކް ޕްރޮމިސް މީ ހައިކް ޔާނުއާ ދިމާލަށް އެކަށްޗެއްވެސް ނުބުނާނެ ކަަަމަށް.. އެންޑް މި ވާހަކައިގެ ސަބަބުން ތި ދެމީހުންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަަމަށް” އަހަރެން އާދޭހުގެ ރާގަކަށް ބުނެލީމެވެ.

” އުނދަގޫވާނެ.. އެކަމް އައި ވިލް ޓްރައި މައި ބެސްޓް.. އައި ޕްރޮމިސް” ހައިކަލް އެހެން ބުނެލަމުން އަހަރެންގެ އަތުގަ ހިފާލިއެވެ.

” ހިނގާ ނިދަން ދޯ މިހާރު ވަރަށް ލަސްވެސް ވެއްޖެ” ހައިކަލް އެހެން ބުނުމުން އަހަރެންވެސް ނިދޭތޯ މަސައްކަތް ކުރީމެވެ.

ނަމަވެސް ނިދިވެސް އަހަރެންދެކެ ރުޅިއައިސްފަ ވާކަހަަލައެވެ. އުޅެ އުޅެ  ނިދޭގޮތެއް ނުވިއެވެ. ނުނިދިގެން ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އަހަރެން އޮތީމެވެ.

” ޔަލް ކިހިނެތް ވީ.. ނުނިދެނީތަ.. ކައިރިން ހައިކަލްގެ އަޑުއިވުނެވެެ.

” ޔާ ނުނިދިގެން މިއުޅެނީ.. ނޭންގެ ކީއްވެކަމެއް.. ހައިކްވެސް ނުނިދައެއްނު ތިއުޅެނީ” އަހަރެން ހައިކަލްވެސް ނުނިދާއުޅޭތީ އެހެން ބުނެލީމެވެ.

” ޔަލް ނުނިދިގެން އުޅޭ މަންޒަރު ފެނިފަ މީހަކު ދެރަވެގެންވެސް ނުނިދޭނެކަން ޔަގީން” ހައިކަލް ސަމާސާ ރާގަކަށް ބުނެލިއެވެ.

ހައިކަލް އައިސް އެނދުކައިރީ އިން ގޮޑީއިށީންދެފަ މަޑު މަޑުން އަހަރެންގެ ބޮލުގަ ފިރުމާލަ ފިރުމާލާއިނެވެ. އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. ހައިކަލްހާދަ ކެއަރިނގްއޭ ހިތަށްއެރިއެވެ.

” ޔަލް.. ޔަލް.. ސައިބޯން ތެދުވެބަ.. މިއަދު މީ އަދި ބޭސް ގަނޑުވެސް ނަގާ ދުހެއްނު..” އަހަރެންނަށް ހޭލެވުނީ ޔާޝާ ގޮވާއަޑަށެވެ. އަހަރެންގެ އިންތިޒާރުގެ ނިމުންއައީއެވެ. މިއަދު އިރާދަކުރެއްވިއްޔާ އަހަރެންނަށް ހައިކަލް ފެންނާނެއެވެ.  އަހަރެން ފެންވަރައިގެން ނިކުތުމުން ޔާޝާ ސައި ހަދާދިނެވެ.

” ކޮބާ ހައިކް” އަހަރެން ސައިބޯން އިނދެ ސުވާލް ކޮށްލީމެވެ.

” މޯނިންގް އައިސްފަ ތިއްތިގެޔަށް ފޮނުވާލީ ރެސްޓްކޮށްލަން.. ރޭގަ ނުވެސް ނިދާ ހޭލާ ކަންނޭންގެ އިނީވެސް.. އަހަރެން އައި އިރުވެސް މިގޮޑީ އިށީންދެގެން އިނީ” ޔާޝާ ބުނެލިއެވެ. ދިހައެއް ޖެހި ހާއިރު  ޑޮކްޓަރުން ތަކެއް އައިސް އަހަރެން ލޮލުގަ އިން ބޭސްގަނޑު ނަގަންއުޅުނެވެ. އަހަރެން ނޭވާ ހިފަހައްޓާލައިގެން އިނީ އަހަރެންގެ ލޮލަށް ފެންނާނެތޯ ހިތަށް އަރާފައެވެ. މިވަގުތު ހައިކަލް އަހަރެން ކައިރީ އިންނަމައެވެ. އޭރުން ފުރަތަމަވެސް އަހަރެންނަސް ފެންނާނީ ހައިކަލްގެ މޫނެވެ. ހައިކަލްދެކޭ ހިތުން އުޅޭތާވެސް ކިހާ ދުވަހެއް ވެއްޖެހެއްޔެވެ.

” އޯޕެން ޔުއާ އައިސް ޑިއާ” ޑޮކްޓަރ ލޮލު ގަ އިން ބޭސްގަނޑު ނަގަމުން ބުނެލިއެވެ. އަހަރެން އިނީ ލޯ ހުޅުވަން ނުކެރިފައެވެެ.  ނަމަވެސް މަޑު މަޑުން އަހަރެން ލޯ ހުޅުވާލީމެވެ.

އެވަގުތު އަހަރެންގެ ހިތަށް އެތަށް އަސަރު ތަކެއް ކުރުވިއެވެެ.

? ނުނިމޭ ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

ޢަޞްރު (ފަންސަޔާޅީސްވަނަ ބައި)

Next

ފުން ލޯބި (16)

Next
February 17, 2017

ފުން ލޯބި (16)

Previews
February 17, 2017

ޢަޞްރު (ފަންސަޔާޅީސްވަނަ ބައި)

54 Comments!

  1. pretty says:
    February 17, 2017 at 4:50 pm

    Guys really sorry iyyega upkoh nudhevunyma. ? Aslu varah dheravey ithubaaru nukurevey kiyaafa comment kohfa huhtaa fenunyma. ? Bxykoh ulhemunves varah time hoadhaigen story mi liyany. So ehdhuvahu upkoh nudhevunas e understand vaane kamah heekuran ? Dhen meege fahun Story upkohdheynan weekly 5daysga.. Cx dailykoh up kohdheyn bunyas baeh faharu kan dhimaavaa gothun up nukurevives dhey. But will try my best to upload daily ? Mirey 10ga adhi eh episode upkohdheynan in Sha Allah ?

    1. shelly says:
      February 17, 2017 at 6:59 pm

      haadha kureyy ekam varah reethi my dear pretty ……….

    2. pretty says:
      February 17, 2017 at 7:53 pm

      Thankx Shelly ?

  2. Ahoo says:
    February 17, 2017 at 5:00 pm

    Alhey haadha reechey…????

    1. pretty says:
      February 17, 2017 at 5:48 pm

      Thankx Ahoo ?

  3. Mal mal says:
    February 17, 2017 at 5:06 pm

    Pretty this part is awesome ingey next part ga yal ah fehnaaane dhw

    1. pretty says:
      February 17, 2017 at 5:56 pm

      Thankx Mal. Keep on reading you’ll find out from tonight’s part ?

  4. jee says:
    February 17, 2017 at 5:22 pm

    wow mi part v varah salhi. unmeedhu kuran yal ah dheragotheh nuvaane kamah. She tolerated enough shit. Just make her happy pretty

    1. pretty says:
      February 17, 2017 at 5:58 pm

      Thankx Jee . Keep on reading ?

  5. shiu says:
    February 17, 2017 at 5:26 pm

    pretty its ok dailykoh nukurevunas. Ingey varah bxykohkan thiulheny. Thihaa bxykoh ulheyiruves upkohdheythi varah happy vey. mi part varah salhi. waiting for tonight’s part. Love you & your stories

    1. pretty says:
      February 17, 2017 at 6:06 pm

      Thankx Shiu. Lym ?

  6. Kamana says:
    February 17, 2017 at 5:30 pm

    Pretty..Thanx. Vaahaka kiyaa hiyvaathy egotha buneveny…

    1. pretty says:
      February 17, 2017 at 6:03 pm

      Thankx kamana. Its okey ?

  7. ReeXa says:
    February 17, 2017 at 5:38 pm

    Loabikan… varah furihama.. keep it up pretty:-)

    1. pretty says:
      February 17, 2017 at 6:03 pm

      Thankx Reexa ?

  8. Nish says:
    February 17, 2017 at 5:41 pm

    Aslu v v v reethi mi story thi genesdhey goii.. akam mi hithah arany mee hama aslu real story eh baaey… v nice

    1. pretty says:
      February 17, 2017 at 6:02 pm

      Thankx nish ? Yalvee lolah fenumaa hamayah ae real story nimuny. Aslu storyga yalvee e kiyaa kujja lolah fenigen haikal aa mrrykohgen ulheyni. Ekam mi Storyga chngkohlaafa innaany.

  9. Anonymous says:
    February 17, 2017 at 5:42 pm

    V reethi.. Alhe yal ah fehnaane dhw.. Dhera gotheh nuhadhahchey yal ah.. Waiting 4 next part.. ???

    1. pretty says:
      February 17, 2017 at 6:04 pm

      Thankx Anonymoum. In Sha Allah dheragotheh nuvaane. keep on reading ?

  10. layaal says:
    February 17, 2017 at 6:18 pm

    v v v v salhi..waiting for da next part dear ?

    1. pretty says:
      February 17, 2017 at 7:54 pm

      Thankx layaal ?

  11. Hunaa says:
    February 17, 2017 at 6:33 pm

    Wooowww..v lwbi story eh mi.. keep it up.. v.luuuurrvvvv inge dhn.

    1. pretty says:
      February 17, 2017 at 7:55 pm

      Thankx hunaa ?

  12. Ohhh says:
    February 17, 2017 at 6:40 pm

    Tak tak tak dan dan dan….heart beat vany so fast….yalvee ah fennane baaey…

    1. pretty says:
      February 17, 2017 at 7:56 pm

      Dhw. Lets see what happens ?

  13. Aish says:
    February 17, 2017 at 6:51 pm

    Yal a haikal gulhuvahchey plx . Story v nice

    1. pretty says:
      February 17, 2017 at 8:16 pm

      Thankx Aish ?

  14. Naash says:
    February 17, 2017 at 6:55 pm

    V interesting. This is one of the best story. V inthizaarukurevey storyeh mee.?❤

    1. pretty says:
      February 17, 2017 at 8:11 pm

      Dhw naash ?

  15. Azu says:
    February 17, 2017 at 7:10 pm

    Alhey….din din din…..yal ah fennaane baa….???

    1. pretty says:
      February 17, 2017 at 8:11 pm

      Dhw Azu ? Varah curious veyeba.. yalge lolah nufenunu namaves haik yaldheke vaa loabah badhaleh naannaaneye. So ehn v ma okey ehnu ?❤️

  16. Aisha says:
    February 17, 2017 at 7:11 pm

    Haadha shalhu yei please v v avss kohlachey

    1. pretty says:
      February 17, 2017 at 8:04 pm

      Thankx Aisha ? In Sha Allah Tonight ?

  17. Xaan says:
    February 17, 2017 at 7:52 pm

    V reethi

    1. pretty says:
      February 17, 2017 at 8:02 pm

      Xaan ?

  18. Aliya says:
    February 17, 2017 at 8:28 pm

    Pretty v reethi mi part ves , i love u

    1. pretty says:
      February 17, 2017 at 8:48 pm

      Thankx Aliya. Lym ?

  19. Saadhu says:
    February 17, 2017 at 8:28 pm

    V best story e. v v inthijaaru ebakurevay

    1. pretty says:
      February 17, 2017 at 8:49 pm

      Thankx Saadhu ?

  20. Reehan says:
    February 17, 2017 at 8:39 pm

    V furihama ninmalaa goi v salhi. Dhen innane part intizaaru kuran jehey goatakah thi ninmalanininiii.keep it up

    1. pretty says:
      February 17, 2017 at 8:50 pm

      Thankx Reehan ?

  21. Hykal says:
    February 17, 2017 at 8:45 pm

    Hyk kobaatha you, aharen lo hulhuvaalanee mi, avahah aisbala enme kurin dheken beynunvaa moonakee thee, plz aadheba, aharenge hih roe aadheys kuranee lo hulhuvaala iru aharennaa loabin vaahaka dhahkaa gothah hama ehaa loabin Hyk aharenge moonah balahattaigen hunna loabi loabi manzaru hama lolun dhekilaasheve.

    mibaives………….bunaane ehcheh den neh,

    1. pretty says:
      February 17, 2017 at 8:53 pm

      Thankx Hykal ? was waiting for your comment ?

  22. Faathee says:
    February 17, 2017 at 8:46 pm

    Alhe haik n yal.. e meehun dhuru nukurahchey pls. Vara hiy thelhey hisaabakun thi ninmaalee. Waiting

    1. pretty says:
      February 17, 2017 at 8:55 pm

      Thankx Faathee ? Keep on reading ?

  23. Anaan? says:
    February 17, 2017 at 9:00 pm

    Wow this part is realy nice.. ❤❤

    1. pretty says:
      February 17, 2017 at 9:22 pm

      Thankx Anaan ?

  24. Aisha says:
    February 17, 2017 at 9:05 pm

    Alhey kieehvetha thalhuvaniee.. Pretty eiee dhen ???

    1. pretty says:
      February 17, 2017 at 9:23 pm

      Hehe keep on reading aisha darling ?

  25. Rozaina says:
    February 17, 2017 at 9:05 pm

    Vvv reethi mi paatves pretty haadha molhay dhw v bodah shukuru adhaa kuran thihaa burakoh ulhemunves aharumennah thivaruge iskameh dhaytheeve ekamaa v ufaa kuran egay thihaa busy koh ulhayiruga komme dhuvahaku up nukohdhevaynekanves ekamuves ginakudhin aslu mivaahaka kiyaahithun kehmadhuvefa thibaytheeve shakuvaa kureveny dhen v bodah shukuru adhaakuran thikuraa masahkathah

    1. pretty says:
      February 17, 2017 at 9:27 pm

      Thankx Rozaina ? Trying my best to make readers happy.. Aslu ingey kiyaahithunkan ehn comment kury. ekam e kiyaafa dhera v ma aslu ehn bunely ? Thank you for supporting me ?

  26. pretty says:
    February 17, 2017 at 9:51 pm

    Guys I will upload the story at 11ga ? Sorry for the delay ?

  27. Mifu says:
    February 17, 2017 at 10:16 pm

    Vara reethi story

    1. pretty says:
      February 17, 2017 at 10:55 pm

      Thankx mifu ?

Comments are closed.

Next Episodeފުން ލޯބި (16)←


All Right Reserved!