Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވޭ (1)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
February 18, 2017 4 Mins Read
27 Comments

ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. މުޅި ދުނިޔެވެސް ނިދާފަ ވާކަހަލައެވެ. ނަމަވެސް މަގު މަތިން ދުއްވާއެއްޗެހީގެ އަޑު އިވި އިވި ހުއްޓެވެ.  ދަންވަރުގެ އެ ހިތްގައިމު ވަގުތު ކޮޓިރީ ބެލްކަނީގަ ހުރި ގޮނޑިއެއްގަ އޮށޯވެލަިގެން އަލްޔާ އޮތީ އެފްބީގައެވެ. ނިއުސްފީޑް ސްކްރޯލް ކުރަމުން ދިޔައިރު ބައެއް އަންހެންކުދިންގެ ތުއި ފޮޓޯތަށް ފެނުމުން ހިނިވެސް އާދެެއެވެ. އަލްޔާ އަކީ އެއްވެސް އިރެއްގަ އެހާ ދެއްކުންތެރިކަން ބޮޑު ކުއްޖެއް ނޫނެވެ. އެހެން ކަމުން އެފްބީ އައްވެސް އަލްޔާގެ އެއްވެސް ފޮޓޯ އެއް ނުލައެވެ. މިހެނވެ ގިނަ މީހުން ހީ ކުރަނީ އަލްޔާ އަކީ ފޭކު އައިޑީ އެއް ކަމަށެވެ.

 

ފްރެންޑު ރިކުއެސްޓް ތައް ބަލާލި އިރު މާއިން ދި އަންލަކީ ކިޔާ ކުއްޖަކު ރިކުއެސްޓް ކޮއްލާފަ އިނެވެ. ވަރައް ހިތާމަވެރިކޮއް އުޅޭ ކުއްޖެއްކަން ޕްރޮފައިލް ބަލާލީމަވެސް އިނގުނެވެ. އެހެން ކަމުން އަލްޔާ އެޑް ކޮއްލިއެވެ. އެޑްކޮށްލިތާ މާގިނައިރެއްނުވެ އޭނަ ހާއި ޖަހާލިއެވެ. އަލްޔާވެސް މި ގޮތްނޭންގޭ ޒުވާނާގެ ހިތާމަތައް ދެނެގަތުމުގެ ޝައުގުގަ ވާހަކަ ދެއްކިއެވެ. އެހެން މީހުންހެން މާއިންވެސް އެހީ ފޭކް އައިޑީ އެއް ތޯއެވެ. ފޮޓޯ ލާހިތް ނުވަނީ ކަމުގަ އަލްޔާ ބުންޏެވެ. ދެމީހުންވެސް އެކި ކަހަލަ ވާހަކަ ދެއްކުމުގަ ތިއްބާ އިވެންފެށީ ފަތިސް ނަމާދައް ބަންގި ގޮވާ އަޑެވެ. މާއިން ނަމާދައް ދަނީ ކަމައް ބުނެފަ އޮފްލައިންވިއެވެ.

 

އަލްޔާވެސް ތެދުވެ ބެލްކަނިން ބޭރުބަލާލަން މަޑުކޮއްލައިގެން ހުއްޓެވެ. ފަތިހުގެ އެ ހިތްގައިމު ފިނި ވައިރޯޅިތައް އައިސް ގައިގަ ބީހިލުމުން ބުނަން  ނޭނގޭ ފަދަ އިހުސާސް ތަކެއް ކުރެވެމުން ދިޔައެވެ. ކުއްލިޔަކައް އަލްޔާގެ ނަޒަރު ހުއްޓުނީ ކުރިމަތީ ހުރި ގެއިންް ނިކުތް ޒުވާނާ އަށެވެ. އެ ފިރިހެންވަންތަކަމައް އަލްޔާއައްވެސް ތައުރީފްކޮއްލެވުނެވެ. ތުނބުޅިވެސް ރީތިވަރަކައް ދިގުކޮއްލެވިފަ ވެއެވެ.. އެ ވަގުތު އެ ޒުވާނާގެ ނަޒަރުވެސް އަލްޔާއައް އަމާޒު ވިއެވެ. އަލްޔާ ކުޑަކޮއް ލަދުވެސް ގަތެވެ. ލައިގެން ހުރި ކުރު ސޯޓު މަތިން ހަނދާން ވީ މައެވެ. އެހެނަސް އެ ތޫން ނަޒަރު އަލްޔާގެ ހިތުގެ އެންމެ ފުނައް އަސަރު ކުރިއެވެ.

 

” ޕްރިންސެސް އަދިވެސް ނުނިދަން ދޯ.. ދޭ އަވަހައް ނަމާދުކޮއްލައިގެން ނިދަން..” އަލްވިންގެ އަޑު އެހާ ގާތުން އިވުމުން އަލްޔާ ދިޔައީ ސިއްސައިގެންނެވެ.

 

” ދެން ދޮންބެއައްވެސް އިނގެއެންނު އަލްއައް ދަންވަރު ނުނިދޭކަން…” އަލްޔާވެސް ޅަގޮތަކައް ބުނެލިއެވެ.އެއީ ކޮންމެ ރެޔަކުވެސް އަލްވިންގެ އާދައެވެ. މިސްކިތައް ދިއުމުގެ ކުރިން އޭނާގެ ދެ ކޮއްކޮއަށް ނަމާދު ކުރަން ގޮވާނެއެވެ. މައިންބަފައިންގެ ފުރިހަމަ ތަރުބިއްޔަތާއެކު ބޮޑު ކުރެވިފަ ވުމުގެ ނަތީޖާއެވެ.

 

”  ދޮންބެއައް އެކަން އިނގޭތީއޭ މި ބުނީ އަވަހައް ނަމާދު ކޮއްގެން ނިދަން ދާށޭ… ދޮންބެވެސް މިދަނީ ނަމާދައް ދާން… ދެންދޭ އަވަހައް ނަމާދު ކުރަން…” މިހެން ބުނެފަ އަލްވިން ދިޔުމުން އަލްޔާވެސް ކޮޓްރިއަށް ވަންނަން އުޅެފަވެސް އެއްޗެއް ހީވެގެން ބެލްކަނިން ބޭރު ބަލާލިއެވެ. އޭރުވެސް އެޒުވާނާގެ ތޫނު ނަޒަރު ހުރީ އަލްޔާ އައް އަމާޒުވެފައެވެ. އަލްޔާ ކުޑަކޮށް ހައިރާންވިއެވެ. އެ ޒުވާނާ އަދިވެސް ބަލަން ހުރީމައެވެ. ނަމަވެސް ދެވަނަ ސިކުންތުގަ އެ ޒުވާނާ ގޮސް ވަނީ ކައިރީ ޖެހިގެން ހުރި މިސްކިތަށެވެ. ހާދަ މާތް ޒުވާނެކޭ އަލްޔާގެ ހިތް ބުނެލިއެވެ. ރޭގަނޑުގެ އަރާމު ނިދި ނަގާލާފަ މިސްކިތައްދަނީ މިހާރު މަދު ޒުވާނެކެވެ. މިހެންކަމުން އެޒުވާނާއައް މާތް ގަދަރެއްދެވުނެވެ.

 

ނުނިދާ ހުރުމުގެ ސަބަބުން ބޮލުގަ ރިއްސާފަދަ އިހުސާސްއެއްވާން ފެށުމުން އަލްޔާވެސް ގޮސް ނަމާދުކޮއްލައިގެން ނިދީއެވެ.

 

” އަލް ބޭބީ.. ދެން ތެދުވެބަ.. ކުޑަބެ ބްރޭކަށް މިއައީ..” އަލަމް އަލްޔާއަށް ތަފާތު ޖެއްސުން ކުރަމުން ދިޔައެވެ. މި މަންޒަރު ބަލަން ދޮރުމަތީ ހެވިފަ އާލިމާ ހުއްޓެވެ.

 

” ދަރިފުޅުދޭ ކާން ތައްޔާރުވެގެން އަންނަން.. މަންމަ އަލްޔާ ގޮވައިގެން މިދަނީ” އާލިމާ މިހެން ބުނުމުން ބަސް އަހާ ކުއްޖެއްހެން އަލަމް ނިކުމެގެން ހިނގައްޖެއެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އަލަމް އާ އަލްވިންގެ އާދައެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ވުމުން އެންމެންވެސް އަލްޔާދެކެ އިންތިހާއަށް ލޯބިވެއެވެ. އަލްޔާއާ ވަކިން އަލަމް އާ އަލްވިންއަކަށް ނުވެސް ކެވޭނެއެވެ. ތިން ދަރިންވެސް އެކަކު އަނެކަކާވަކިން ނޫޅެވޭ ވަރަށް ލޯބިވާތީ އާލިމާ އާއި ޝިޔާމު ތިބެނީ ނުލާހިކު އުފަލުންނެވެ. އެދެމީހުންގެ ދަރިން ތަރުބިއްޔަތު ކުރެވިފައިފާ ފުރިހަމަ ކަމާމެދު ފަހުރުވެވިވެފައެވެ.

 

އާލިމާ ގޮވަންފެށީމަ އެންމެ ފަހުން އަލްޔާވެސް ތެދުވެ  މިދަނީ ކަމުގަ ބުނެ ފާހާނާއަށް ވަދެއްޖެއެވެ. އަލްޔާ ތިރިޔަށް ފޭބި އިރު ޝިޔާމް އާ އަލްވިން އަދި  އަލަމް ކާމޭޒު ދަށުގަ އަލްޔާގެ އިންތިޒާރުގަ ތިއްބެވެ.

“ދަރިފުޅު ހާދަ ކަންނެތް ވެއްޖެޔޭ ދޯ މިހާރު..” އަލްޔާ އައިސް އަލްވިން އާ އަލަމްގެ މެދުގަ އިން ގޮނޑީގަ އިށީންދެލުމުން ޝިޔާމް ބުންޏެވެ.

“އެހެންވެޔޭ އަހަރެން މިބުނަނީ އަލްކޮވެސް ބައްޕަގެ ބިޒްނަސްއަށް ޖޮއިންކުރުވަން.” އަލަމް ޝިޔާމްގެ ވާހަކައާ ގުޅުވާލައިގެން ބުނެލިއެވެ.

” އަލް އިހަށް ދުވަހު އެ ނިކުނީ ކިޔަވާ.. މިދުވަސް ކޮޅުގަ ދެން ހަމަ ރެސްޓް ކުރަންވީނު.. އެއީ ކަންނެތް ވުމެއް ނޫނޭ ދޯ ދަރިފުޅާ..” އާލިމާ ވާހަކަ ދެއްކީ އަލްޔާގެ ކޮޅަށްބުރަވާގޮތަށެވެ.

“މަމް އިޒް ރައިޓް.. އަލް ބޭނުމެއްނޫނޭ ޖޮއިންވާކަށް.. އަލް އަދި އޭލެވެލް މި ނިމުނީއެއްނު.. ދެން ކުޑަ ބްރޭކެއް ނަގާލާފަ އަލް ބޭނުމީ ބިޒްނަސް ދާއިރާއިން ޑިގްރީ ހަދަން.. އެޔަށްްފަހު ބައްޕަގެ ކޮމްޕެނީ އާ ޖޮއިންވާން” އަލްޔާ ޝިޔާމަށް ބަލާލަމުން ބުނެލިއެވެ.

“ދަރިފުޅައް ފެންނަ ގޮތެއް ހަދާ. ބައްޕައަށް އިނގޭ ދަރިފުޅު ކޮންމެ ކަމެއްވެސް ކުރާނީ ރަނގަޅަށް ވިސްނާފަކަން” ޝިޔާމް މިހެން ބުނެލުމުން އަލްޔާ އަލަމް އާ ދިމާލައް ދޫ ނެރެލިއެވެ. އެތަން ފެނިފަ އާލިމާ ގާތައް ހިނިވެސް އައެވެ. އެ ދެމަފިރިންގެ ދަރިން އެދެމީހުން ތަރުބިއްޔަތު ކޮއްފައިވަނީ އެންމެ ފުރިހަމައައްްށެވެ. އެކަމްގެ ފޮނި މީރުކަން މިއަދު އެދެމަފިރިންނަށް އިހްސާސް ކުރެވެމުންދެއެވެ.

އަލަމްމެން އޮފީހަށް ދިޔުމުން މަންމައާއެކު ބަދިގޭގަ ކުރަންޖެހޭ މަސައްކަތް ނިންމާލާފަ އަލްޔާ ދިޔައީ ކޮޓަރިއަށެވެ. ކޮޓްރީގަ ހޭދަ ކުރާ ގިނަ ވަގުތު އަލްޔާ ބެލްކަނީގަ ހޭދަ ކުރާތީ ޝިޔާމް ވަނީ އެތަން ހިތްފަސޭހަކޮށް ހަދާދީފައެވެ. ތަފާތު މާގަސްތަކުން އެ ބެލްކަނި އޭރިޔާ ފަޅުފިލުވާލާފަ ވާއިރު މާ ވެހެލިން ރެއިލިން ވަނީ ފަޅު ފިލުވާލާފައެވެ. އަލްޔާ އޮތީ ލެޕްޓޮޕް ހިފައިގެން ބެލްކަނީގަ ހުރި ގޮނޑީގައެވެ. ހިތްފަސޭހަ ލަވައެއްޖަހާލުމަށް ފަހު އެފްބީއަށް ވަދެލީ މާއިން އޮންލައިންގަ އިންނާނެ ކަމަކަށް ނޫނެވެ. ނަމަވެސް އޮންލައިންގަ އިންތަން ފެނި އަލްޔާ ވާހަކަ ދައްކާލާ ހިތްވިއެވެ. އަލްޔާ ވާހަކަ ދައްކަން ފެށުމުން މާއިން ބީޒީ ކަމުގަ ބުނެލިއެވެ. އެހެންކަމުން ފޫހިވެގެން އެކި ކަންކަމުގަ ވަގުތު ހޭދަ ކުރަމުން ދަނިކޮށް އިރުއޮއްސިއްޖެއެވެ.

އަލްޔާ ސިޓިންރޫމަށް ދިޔައިރު އަލްވިން ޓީވީއިން އަންނަ އިނގެރޭސި ފިލްމެއް ބަލަންއިނެވެ.

“ދޮންބޭ ހިނގާބަ އަލްއާ އެކު ސްކޫޕަށް. އަލް މިއުޅެނީ ފިނިއެއްޗެއް ބޯހިތުން.” އަލްޔާ އައިސް އަލްވިން ކައިރީ އިށީންދެލަމުން ބުނެލިއެވެ.

“ދޮންބެ އިޝާ ނަމާދު ކޮއްލައިގެން އަންނާނަން އަލްކޮދޭ އެހާއިރަށް ރެޑީ ވެލަން” އެހެން ބުނެ އަލްޔާގެ ބޮލުގަ ފިރުމާލާފަ އަލްވިން ދިޔާއީ މިސްކިތަށެވެ. އަލްޔާވެސް ކޮޓްރިއަށް ވަދެ ނަމާދުކޮށްލައިގެން، ނިކުމެ މަޑުކޮށްލައިގެން ހުރީ ބޭރު ދޮރުކައިރީގައެވެ. އަލްވިން އޭރު މިސްކިތުން ނިކުމެގެން އައިސް އަލްޔާއާ އަރާ ހަމަވަނީއެވެ. އަލްޔާއަށް ބަލާލެވުނީ އަލްވިން ކައިރީގަ ހުރި ޒުވާނާއަށެވެ. ރޭފަތިހު ފެނުނު ޒުވާނާއެވެ. މިހާރުވެސް އެއަންނަނީ މިސްކިތުންނެވެ. ހާދަ ރަނގަޅު މާތް ޒުވާނެކޭ އަލްޔާގެ ހިތް އަނެއްކާވެސް ބުނެލިއެވެ. ކަޅު ޓީޝާޓަކާ ޖިންސެއް ލައިގެން ހުރި އިރު އެޒުވާނާފެންނަލެއް ނުހަނު ރީއްޗެވެ. އެހާ ކައިރިން އެ ޒުވާނާ ފެނިލުމުން އަލްޔާއަށް ބުނެދެން ނޭންގޭ އިހުސާސް ތަކެއްވާންފެށިއެވެ. އެ ޒުވާނާގެ ތޫނު ނަޒަރުވެސް ހުރީ އަލްޔާއަށް އަމާޒުވެފައެވެ. އެ ޒުވާނާ އަލްޔާއަށް އެވަރަށް އެބަލަނީ ކީއްވެބާއޭ އަލްޔާގެ ހިތައް އެރިއެވެ.

? ނުނިމޭ ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

އަނދިރިފަރާތް (11 ވަނަ ބައި)

Next

ޢަޞްރު (ސަޔާޅީސްވަނަ ބައި)

Next
February 19, 2017

ޢަޞްރު (ސަޔާޅީސްވަނަ ބައި)

Previews
February 18, 2017

އަނދިރިފަރާތް (11 ވަނަ ބައި)

27 Comments!

  1. pretty says:
    February 18, 2017 at 3:39 pm

    Here comes my very first story.. I have uploaded This story on Esfiya using my another ID. Now I am uploading the story with some changes. Hope you all will like it ?

    1. Nafa says:
      February 18, 2017 at 3:48 pm

      Exciting! <3

  2. R says:
    February 18, 2017 at 3:48 pm

    Which id is that

    1. pretty says:
      February 18, 2017 at 3:50 pm

      E ID delete kohlaafa innaany mihaaru admin kairy bunegen. Cx eyge pass handhaan nethigen pretty ID hedhyves..

  3. Na Ahmed says:
    February 18, 2017 at 3:49 pm

    Pretty ge fun loabi up kohdheebah please ?

    1. pretty says:
      February 18, 2017 at 3:52 pm

      Mirey upkoh dheynan In Sha Allah

  4. lilly says:
    February 18, 2017 at 3:52 pm

    I really like the story.when will be the next part

    1. pretty says:
      February 18, 2017 at 4:01 pm

      Thankx Lilly ? In Sha Allah maadhan upkohladheynan ?

  5. Zoaeee says:
    February 18, 2017 at 3:55 pm

    Vvv rythi.. Nxt kn irakun?? N ys Maain dhw eii?? ????

    1. pretty says:
      February 18, 2017 at 4:02 pm

      Thankx Zoaeee ? In Sha Allah maadhan upkohladheynan.. Keep on reading ?

  6. Aakee says:
    February 18, 2017 at 4:04 pm

    mivaahaka yakee kurin kiyaafa in vaahaka e

    1. pretty says:
      February 18, 2017 at 4:08 pm

      Yah mi kurin upload kuri vaahaka eh.. Mi esfiya ah furathama upload kuri story. Alun mi upkohlany with some changes ?

  7. Hunaa says:
    February 18, 2017 at 4:09 pm

    Vvvv. Reethi..
    Fun loabi upkhdheyni kn irakun..
    Can’t wait to read it…

  8. pretty says:
    February 18, 2017 at 4:12 pm

    Thankx hunaa ? In Sha Allah mirey 11 haairu upkohladheynan ?

  9. jinni says:
    February 18, 2017 at 5:53 pm

    jinni eh avalaany dhw alyaa ah

  10. Mifu says:
    February 18, 2017 at 5:54 pm

    Mi story ves vara reethi avaha next part up koladheythi

  11. Dhondhooni says:
    February 18, 2017 at 6:20 pm

    mivaahaka kurin keehandhaanvey..

  12. Anjee says:
    February 18, 2017 at 6:40 pm

    Maain tha kiyani boy ah bt heevani girl name eh hn. …mi part reethi..

  13. Anu says:
    February 18, 2017 at 7:10 pm

    Nice….. ??

  14. mine says:
    February 18, 2017 at 9:12 pm

    salhi

  15. aysh says:
    February 18, 2017 at 9:58 pm

    vrh salhi

  16. Pinkish Pinker says:
    February 18, 2017 at 10:41 pm

    Wow varah reethi vaanehen heevany…

  17. naju says:
    February 19, 2017 at 5:10 pm

    mi kiyaafa in story eh

  18. Brainless says:
    February 20, 2017 at 7:25 pm

    Oh woww.. This story is also very beautiful…?? Avahah up kohladhyba 2 vana part

  19. pretty says:
    February 22, 2017 at 3:02 pm

    Guys mi story upload kuran fashaanan fun loabi nimunyma.. ?

  20. Inn says:
    February 22, 2017 at 8:35 pm

    Mi story ah varah faadu ky mi story ninmi gothun eyru dho. Hope this time this will be great. All the best

  21. Afoo says:
    March 6, 2017 at 1:48 pm

    Mi story v v v nice .

Comments are closed.

Next Episodeލޯބިވޭ (2)←


All Right Reserved!