Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް (11 ވަނަ ބައި)

Liaa
February 18, 2017
6 Mins Read
38 Views
31 Comments

“މިޔަދު އަހަރެން ލަވް މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ކިޔައިދޭން.. އެއްވެސް މީހަކަށް ނޭނގޭ ހަގީގަތެއް ބުނެދޭން ވެގެން.. ލަވްއަށް ކޮންމެހެން މިވާހަކަތައް އެނގެންޖެހޭ ކަމަށް އަހަރެން ގަބޫލުކުރަނީ.. ބިކޯޒް އައި އެމް ސީރިއަސް ވިތް ޔޫ.. އަހަރެން ބޭނުން ވީހާވެސް އަވަހަށް ލަވް އާ މެރީ ކުރަންވެސް..” ޝާކިން އެހެން ބުނެލުމުން އަހަރެން ބޯ ޖަހާލީމެވެ. އަދި ލައިގެން ހުރި ސްކިނީ ޖީބަށް އަތް ލުމަށްފަހު ރިކޯޑަށް ޖައްސާލީމެވެ. އޭނާ ދެން އެ ދައްކަން އެއުޅޭ ވާހަކައަކީ ކޮންމެހެން އާރިފް ސާރ މެންނަށް އެނގެންޖެހޭ ވާހަކައެއްކަން އަހަރެންގެ ސިކުނޑި ބުނަމުން ގެންދިޔައީތީއެވެ.

“އަހަރެން ވަރަށް އުފާވޭ ޝާކިން ކަހަލަ މީހެއް ލިބުނީތީ.. ޝާކިން އަހަރެން ދެކެ ލޯބިވާތީ..” ހިނިތުންވެ ހުރެ އަހަރެން ބުނެލީމެވެ. ޝާކިންވެސް ހިނިތުންވެލިއެވެ.

“ދެން ކިޔައިދީބަަލަ ތި ވާހަކަ.. ޔޫ ނޯ ޔޫ ކެން ޓެލް މީ އެނީތިންގް..” އަހަރެން ޝާކިންގެ އަތަށް ފިތާލަމުން ބުނެލީމެވެ. އެއާއެކު އޭނާ ބޯ ޖަހާލިއެވެ.

#

އެންމެ ކުޑައިރުއްސުރެ ޝާކިން އުޅެމުން އައީ އެކަނިވެރި، ހިތް ދަތި ދިރިއުޅުމެކެވެ. އޭނާގެ މަންމައާއި ބައްޕަގެ އިތުރު ދަރިޔަކު ނުހުންނާތީ އޭނާއާއެކު ކުޅެލާ، ހީލާ، ސަމާސާކޮށްލާނެ ކުއްޖެކުވެސް ނުހުރެއެވެ. ގޭތެރޭގައި އޭނާއަށް އަބަދު އިވެމުން ދަނީ އޭނާގެ މަންމައާއި ބައްޕަ ޒުވާބުކުރާ އަޑެވެ. އެހެންކަމުން ގޭތެރޭގައި ގިނަވަގުތު ހޭދަކުރުންވީ އޭނާގެ ހިތަށް ނުތަނަވަސްކަން ގެނުވައިދޭ ކަމަކަށެވެ. އެހެންކަމުން އޭނާ ގިނަވަގުތު ހޭދަކުރަންފެށީ ބައްޕަ ފަރާތު ބޮޑުބޭބެއެއް ކަމުގައިވާ އާމިރުގެ ގޭގައެވެ. އާމިރުގެ ވެސް ދަރިޔަކު ނުހުންނާތީ އޭނާވެސް ޝާކިން ދެކެ ވަރަށް ލޯބިވެއެވެ. އޭނާ ޝާކިންއާމެދު ކަންތައްކުރަނީ އަމިއްލަ ދަރިޔަކާމެދުވެސް މީހަކަށް ކަންތައް ނުކޮށްދެވޭހާ ރަނގަޅަށެވެ.

އާމިރަކީ ސިޔާސީ ކަންތަކާ ވަރަށް ފޯރި ނަގާ މީހެކެވެ. ވަކި ޕާޓީއަކަށް ސަޕޯޓު ނުކުރިނަމަވެސް އޭނާ އަކީ އެއިރެއްގައި ވެރިކަންކުރަން ހުންނަ މީހެއްގެ އުނި ސިފަތައް ދައްކަން އެއްވަނައެވެ. ތަންގަނޑު މީހުންތައް އެއްކޮށްގެން އޭނާ އެފަދަ ވާހަތައް ދެއްކުމުގައި އެތައް އިރެއް ހޭދަކުރެއެވެ. މިކަމާ ބައެއް މީހުން އޭނާ ދެކެ ވަރަށް ރުޅިވެސް އާދެއެވެ. އެގޮތުން ޝާކިންގެ މަންމައާއި ބައްޕަވެސް އޭނާދެކެ ވަރަށް ނުރުހެއެވެ. ޝާކިންއަށްވެސް އާމިރު ދައްކާ ވާހަކަތައް އަޑު އިވެއެއެވެ. އޭރު އޭނާ އާމިރު ދައްކާ ކޮންމެ ވާހަކައެއްވެސް ޤަބޫލުކުރަނީ އާމިރަށް ކުރާ ޤަދަރެއްގެ ބޮޑުކަމުންނެވެ.

ގްރޭޑް ފަހަކަށް ޝާކިން ދާން އޮތް އަހަރު ޝާކިންގެ މަންމަ އޭނާ ގޮވައިގެން އަމިއްލަ ރަށް ދޫކޮށް އިރުދޭފުށްޓަށް ބަދަލުވީ އޭނާއަށް ރަނގަޅު ތަޢުލީމެއް ދިނުމުގެ އުންމީދުގައެވެ. ފުރަތަމަކޮޅު އޭނާއަށް ކޮންމެ ދުވަހަކު އާމިރު ގާތަށް ނުދެވޭތީ ދެރަވި ނަމަވެސް މަޑުމަޑުން އޭނާ އެކަމަށް ހޭނެމުން ދިޔައެވެ. އޭނާ އާ މަންމަ އިރުދޭފުށްޓަށް ބަދަލުވިނަމަވެސް ބައްޕަ އުޅެނީ އޭނާގެ ރަށް ކަމުގައިވާ މީދޫގައެވެ. ނަމަވެސް ހަފްތާއަކު އެއްފަހަރު އޭނާގެ ބައްޕަ އޭނާ އާ މަންމަ ގާތަށް އާދެއެވެ. އެ އަންނަ ދުވަސް ދުވަހު އޭނާގެ ބޯ ހުންނަނީ ގޮވާފައެވެ. ބައްޕަ އާ މަންމަގެ ޒުވާބު ހޫނުވެގެން ގޮސް ބައެއް ފަހަރު ބައްޕަ މަންމައަށް އަނިޔާ ކުރާތަން ވެސް ފެނެއެވެ. ކަންތައްތައް މިގޮތަށް ދިމާވާން ފެށުމުން އޭނާ މައިންބަފައިން ދެކެ ފޫހިވާން ފެށިއެވެ. ކުލާހަށް ގޮސްފަވެސް އޭނާއަށް ހުރެވެނީ ފާޑަކަށް ނެގިމަޑުވެފައެވެ. ކުދިން ވާހަކަ ދެއްކި ނަމަވެސް އޭނާ ވާހަކަ ދައްކާ ހިތް ކެނޑެން ފެށިއެވެ. ކޮޓަރީގައި އެކަނި މާއެކަނި ހޭދަކުރާ ވަގުތު ގިނަވާން ފެށިއެވެ.

ގްރޭޑް 7 އަށް އައި ފަހުން ކިރިޔާވެސް ޗުއްޓީއެއް ލިބޭއިރަށް ޝާކިން ރަށަށް ދެއެވެ. ރަށަށް ގޮސް އާމިރުއާއެކު ވަގުތު ހޭދަކުރުމުން އޭނާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބެއެވެ. ނަމަވެސް ފަހުން އާމިރު މާލެ ބަދަލުވީފަހުން އަނެއްކާވެސް އޭނާގެ ދިރިއުޅުން އެކަނިވެރިވިއެވެ. މާލެ ގޮސް އާމިރު ވަރަށް ގިނައިން މުޒާހަރާތަކުގައި ބާއިވެރިވެ އުޅޭކަން އޭނާއަށް އެނގުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ބައެއް ދުވަސްދުވަހު އާމިރު އޭނާއާ ގުޅައިގެން ވާހަކަ ދައްކާއިރު މުޒާހަރާގެ ބައެއް ވާހަކަތައް އާމިރު ކިޔައިދެއެވެ. ރާއްޖޭގައި މިއުޅެނީ ވެރިކަން ކުރަން ހެޔޮވާވަރުގެ ބައެއް ނޫންކަމަށާއި މިތަނުގައި އުޅެނީ ހުސް ކޮރަޕްޓު ވެފައިވާ މީހުން ކަމަށް ބުނެ އޭނާ ޝާކިންއަށް ވިސްނައިދެއެވެ.

އޭގެ އަހަރެއްހާ ދުވަސްފަހުން ޝާކިންއަށް އާމިރު ހައްޔަރުކުރި ވާހަކަ އަޑުއިވުމުން އޭނާ ވަރަށް ދެރަވިއެވެ. އާމިރަކީ ގޯސްކަމެއް ކުރާނެ މީހެއް ނޫންކަމަށާއި އާމިރު ޖަލުން ސަލާމަތް ކުރުމަށްއެދި އޭނާ ބައްޕަ ގާތު އާދޭސްކުރުމުން އޭނާގެ ކޯތާފަތަށް އެރީ ބައްޕަގެ އަތުގެ ހޫނު ހަމަލާއެކެވެ. އާމިރަކީ ދުވަހަކުވެސް ތާކުންތާކުޖެހޭ ވާހަކަ ދައްކާ މީހެއް ނޫންކަމަށާއި އެއީ ހިސާބަށްވުރެ ނުބައި މީހެއްކަމުގައި އޭނާގެ ބައްޕަ ބުންޏެވެ. ބައްޕަ އެގޮތަށް ކަންތައް ކުރުމުން ޝާކިން ބައްޕައަށް އިންތިހާއަށް ނަފުރަތު ކުރަން ފެށިއެވެ. އަދި މަންމަވެސް ބައްޕަ ދައްކާ ވާހަކައަށް އެއްބަސްވުމުން އޭނާ މަންމަ ދެކެވެސް ރުޅިއައެވެ. އޭނާއާމެދު އަޅާލާ މީހަކީ ހަމައެކަނި އާމިރުކަމުގައި އޭނާއަށް ވިސްނުނެވެ.

ޝާކިން ގުރޭޑު ދިހައެއްގައި ކިޔަވަމުން އައި ދުވަސްކޮޅު ލިބުނު ޚަބަރަކުން އޭނާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. އާމިރު ޖަލުގައި ބަހައްޓާފައި ވަނިކޮށް ނިޔާވި ޚަބަރު ލިބުމުން އޭނާ ވަގުތުން އާމިރުގެ މޫނު ބަލަން ދާން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ބައްޕަ އެކަމަށް ހުރަސްއެޅިއެވެ. ޖަލުބަލަހައްޓަން ތިބޭ މީހުން އާމިރަށް އަނިޔާކޮށް މަރާލީކަމުގައި އޭނާ ބުނުމުންވެސް އެކަކުވެސް އެކަން ޤަބޫލެއް ނުކުރިއެވެ. އޭގެ ފަހުގައި އޭނާއަށް ރޭގަނޑަކަށް ނުވެސް ނިދެއެވެ. ދެލޮލުން ކަރުނަ ފައިބާ ހާލު އޭނާ ހޭލާ އޮންނައިރު އޭނާއަށް ހިތްވަރު ލައިދޭނެ އެކަކުވެސް ނެތެވެ. އާމިރު ނިޔާވުމުން އޭނާ ފިޔަވާ ހިތާމަކުރާ އެކަކުވެސް ނެތެވެ. އޭނާގެ ބައްޕަވެސް ފެންނަނީ ވަރަށް ހަމަޖެހިގެން ދިރިއުޅޭތަނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޝާކިންގެ ހިތުގައިވި ހިތާމަ ފުންވަމުން ދިޔައެވެ. އޭނާ ބޭނުންވީ އާމިރުގެ މަރުގެ ބަދަލު ހޯދާށެވެ. ނަމަވެސް އެކަމުގައި އޭނާއަށް އެހީވެދޭނެ މީހަކު ނެތިއްޔާ އޭނާ ކުރާނީ ވަކި ކީއް ހެއްޔެވެ؟ ކޮންމެ ރެޔަކު އެކަމާމެދު ވިސްނުމުގައި އޭނާ އެތައް އިރެއް ހޭދަކުރެއެވެ. އެންމެފަހުން އޭނާ އަށް ވިސްނުނީ އާމިރަށް އިންސާފު ހޯދައިދެވޭނީ އެންމެ ގޮތަކުން ކަމެވެ. ރާއްޖޭގެ ވެރިކަން ބަދަލުކޮށްގެން ކަމެވެ. ނަމަވެސް ރާއްޖޭގައި ވެރިކަން ކުރަން އެކަށީގެންވާ ވަރުގެ މީހެއް ނޫޅޭ ކަމަށް އާމިރު ވަނީ ބުނެފައެވެ. ދެން އޭނާއަށް އައި އެންމެ ރަނގަޅު ޚިޔާލަކީ ބޭރުބަޔަކާ ގުޅިގެން ރާއްޖެއަށް ހަމަލާ ދިނުމެވެ.

ފޭސްބުކް ގައި ފޭކު އެކައުންޓެއް ހުޅުވައި އޭނާ ރާއްޖެއާ ދެކޮޅު އެކި އެކި ޕޯސްޓުތައް ޝެއާ ކުރަމުން ދިޔައީ އެ ދުވަސްކޮޅު ހިތަށް ވެރިވެފައިވާ ރުޅިއެއްގެ ބޮޑުކަމުންނެވެ. އެގޮތުން އެއްދުވަހަކު ނުދަންނަ މީހަކު އޭނާއަށް ފޭސްބުކްއިން ކޮށްފައިވާ މެސެޖެއް ފެނުމުން އޭނާވެސް އެއަށް ރިޕްލައިއެއް ލިޔެލީ މާ ބޮޑު ވިސްނުމަކާ ނުލައެވެ. އެމީހާ ބުނިގޮތުން އޭނާ އަކީ އިންޑިޔާގެ ޖަމާޢަތެއްގެ މީހެކެވެ. އަދި އެ ޖަމާޢަތުން ބޭނުންވަނީ ރާއްޖެ ހިފުމަށް ކަމުގައިވެސް ބުނެދިނެވެ. ނަމަވެސް ޝާކިން އެހާ ފަސޭހައިން އެވާހަކަތައް ޤަބޫލެއް ނުކުރިއެވެ. ފޭކް އައިޑީއެއް ހަދައިގެން ވެސް މީހަކު އެގޮތަށް އޭނާއާ ވާހަކަދައްކައިފާނެތީއެވެ. އޭނާ އެމީހާ ގާތު ބުނީ އެއީ ފޭކު ބައެއް ނޫންކަން ސާބިތުކޮށްދީފިނަމަ އޭނާ އެމީހުންނަށް އެހީވާނެ ކަމަށެވެ.

އެ އަހަރު ލިބުނު ކުޑަ ޗުއްޓީއެއްގައި ޝާކިން އިންޑިޔާއަށް ދާން ފުރީ އެމީހާ ބުނި ބުނުމަށެވެ. އޭނާ އެމީހާ ބުނި އެޑްރެސްއަށް ޓެކްސީއެއްގައި ގޮސް މަޑުކޮށްލިއިރު ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އެ ހިތަށް ވަދެފައިވިއެވެ. އެމީހުން އޭނާއަށް ކޮންމެ ފަދަ ގޮތެއް ވެސް ހަދައިފާނެއޭ ހިތަށް އަރަމުން ދިޔައެވެ. ޓެކްސީއިން ފައިބައި ކުރިމަތީގައި ހުރި އާދައިގެ ގެއަށް ނަޒަރު ހުއްޓާލައިގެން އޭނާ ހުރީ ދެޚިޔާލެއްގައެވެ. އެމީހުންނާ އެއްބައިވެގެން އަނެއްކާ އޭނާއަށް ލަނޑެއް ނުލިބޭނެބާއޭ ހިތަށް އަރަމުން ދިޔައެވެ. އޭނާ އެތަނުގައި ހުންނަތާ މާ ގިނައިރެއްނުވެ އެގޭގެ ދޮރު ހުޅުވާލުމަށްފަހު ނިކުތީ ޖާނުން ވަރުގަދަ ފިރިހެނެކެވެ. ބިޔަކޮށް ހުރި އެމީހާގެ ބޮލުގެ އިސްތަށިގަނޑު ކޮނޑާހަމައަށް ދިގުކޮށްފައިވީއިރު ތުނބުޅި މަތިމަސްވެސް އަނގަމަތި ނުފެންނަ ވަރަށް ދިގެވެ. އެމީހާ ޝާކިންއަށް ބަލާލަމުން ހިނިތުންވެލިއިރު އޭނާގެ ހުރިހާ ދަތެއް ފެނެއެވެ. ބައެއް ދަތްތައް ފަނިކައި ކަޅުވެ ހަލާކުވެފައިވީއރު ޝާކިންގެ މެއަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ބަލަބަލާ ހުއްޓާ އެމީހާ އައިސް ޝާކިންގެ ކުރިމަތީގައި ހުއްޓުނެވެ.

“ހަލޯ.. އަހަރެންމީ ފަރްޒާދީ.. ތީ މިސްޓާރ ޝާކިން ދޯ؟” އެމީހާ ސަލާމަށް އަތް ދިއްކޮަށްލަމުން އިނގިރޭސިބަހުން ސުވާލުކޮށްލިއެވެ.

ލައިގެން ހުރި ކަޅު ކޯޓުގެ ދެޖީބަށް އަތް ޖަހައިގެން ހުރި ޝާކިން އެމީހާއާ ދިމާއަށް ފާޑަކަށް ބަލަން ހުއްޓެވެ. މަޑުމަޑުން އެއް އަތް ޖީބުން ނަގައި އެމީހާގެ އަތުގައި ހިފައި ސަލާމްކޮށްލި ނަމަވެސް އެމޫނުމަތީގައި އެއްވެސް ހިނިތުންވުމެއް ނުވިއެވެ.

“އަހަރެންމީ ޝާކިންއާ ފޭސްބުކްއިން ވާހަކަ ދެއްކި މީހަކީ.. ޝާކިން ބޭނުންވަނީ އަހަރެމެންނަށް ރާއްޖެ ހިފޭނެ ކަމުގެ ޕްރޫފް އެއްނު ދޯ؟ އެ ހުރިހާ އެއްޗެއް ލިބޭނެ.. އާދޭ އެތެރެއަށް..” ފަރްޒާދީ ހިނިތުންވެލަމުން ޝާކިން ގާތު އެތެރެއަށް ވަންނަން އެދުނެވެ. ޝާކިން ބޯ ޖަހާލުމަށްފަހު އެމީހާގެ ފަހަތުން އެ އާދައިގެ ގޭގެ ދޮރުގެ އެތެރެއަށް ވަދެގެން ދިޔަައެވެ. އެތެރެއިން ފެންނަން ހުރީ އާދައިގެ ކުޑަ ސިޓިންގްރޫމެކެވެ. ތަނަށް ނަޒަރު ހިންގަމުން ޝާކިން ފަރްޒާދީގެ ފަަހަތުން ދިޔައެވެ. ފަރްޒާދީ ގޮސް އެތަނުގެ ތެރޭގައި ހުރި ދަގަނޑު ދޮރެއް ހުޅުވާލިއިރު ދަބަރު އަޑެއް ކިޔައިގެން ދިޔައެވެ. އޭނާގެ ފަހަތުން ޝާކިން އެތަނަށް ވަދެ އެތެރެއަށް ނަޒަރު ހިންގާލިއިރު އޭނާއަށް ލިބުނީ ހައިރާންކަމެވެ.

ތަނުގެ ބިތްތަކުގައި ދަގަނޑު ޖަހާފައިވީއިރު މުޅިތަނުގައި އެކި މީހުން ހޭލަމޭލަވެ އުޅެމުން ދާތަން ފެނެއެވެ. އެއް ބަޔަކު އެއްފަރާތެއްގައި ބަހައްޓާފައިވާ ކޮންޕިއުޓަރުތަކުގެ ކީބޯޑުތަކަށް ހަލުވިކަމާއެކު ފިތަމުން ދިޔައިރު އަނެއްބަޔަކު ގޮނޑިތަކެއްގައި ތިބެގެން ބާރުބާރަށް ދެބަސްވަމުންދާތަން ފެނެއެވެ. އެއްފަރާތެއްގައި ހުރި ޝެލްފުގައި އެކި ކަހަލަ ބަޑިތައް އަތުރާފައިވީއިރު ޝާކިންއަށް ހިންދިރުވާލެވުނެވެ. އޭނާއަށް މި އާދެވުނީ އާދައިގެ ބައެއް ކައިރިއަށް ނޫންކަން އިހުސާސްވީ ހިނދު އޭނާ ބޭނުންވީ އެތަނުން ދުވެ ނިކުންނާށެވެ. ނަމަވެސް ފަރްޒާދީ އެވަގުތު ބާރަކަށް ތިން ފަހަރު އަތްބަޑި ޖަހާލިތަނާ އެންމެން ހިމޭންވެ އޭނާއަށް ނަޒަރު ހުއްޓާލިއެވެ. އެ ބޮޑު ކޮޓަރިއެއް ފާޑުތަނުގައި ފަންސާހަކަށް މީހުން ތިބޭނެކަމަށް އޭނާއަށް އަންދާޒާކޮށްލެވުނެވެ. އެއެންމެންގެ ލޯތައް އޭނާއަށް ހުއްޓިފައިވީތަން ފެނުމުން އަތްފައި ފިނިވަން ފެށި ނަމަވެސް މޫނުމަތިން އޭނާ އެހުރީ ހާސްވެފައިކަން ނުދައްކާ ވޭތޯ ބަލަމުން ގެންދިޔައެވެ.

“އެންމެންނޭ…! މީ މިސްޓާރ ޝާކިން.. މީނަ އަހަރެމެންނަށް އެހީވާނެ ދިވެހިރާއްޖެ އަތުލައިގަތުމަށްޓަކާ..” ފަރްޒާދީ އެހެން ބުނުމުން އެންމެން އަތްބަޑި ޖަހަން ފެށިއެވެ. ޝާކިން ގަނޑުވެފައި އެ ހުރި ފިޔަވަޅުތަކު މަތީގައި ހުއްޓެވެ.

“ވެލްކަމް މިސްޓާރ ޝާކިން..” އެތަނުން މީހަކު އައިސް އޭނާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

އެމީހުންނާ އެއްބައިވެގެން ޝާކިން މަސައްކަތް ފެށީ އެދުވަހުން ފެށިގެންނެވެ. އެމީހުންނަކީ ބާރު ހުރި ބައެއްކަން އޭނައަށް އެނގެއެވެ. އަދި އެމީހުންނާ އެކު މަސައްކަތްކުރެވިއްޖެނަމަ ރާއްޖެ ކަހަލަ ކުޑަކުޑަ ތަނެއް ހިފުމަކީ އެހާ އުނދަގޫ ކަމެއް ނޫންކަން އޭނާއަށް އެނގުނެވެ.

ޝާކިން އިންޑިޔާއިން ރާއްޖެ އަންނަން އޮތް ދުވަހު އޭނާއާއެކު ފަރްޒާދީ އެއާރޕޯޓަށް އައެވެ. ނަމަވެސް ފަރްޒާދީ އައީ އޭނާ ހީކުރިގޮތަށް ހަމައެކަނި އޭނާ ފުރުވާލާކަށްވެސް ނޫނެވެ. ފަރްޒާދީ އައީ އޭނާއަށް ދޭން ބޮޑު އިންޒާރެއް ހިފައިގެންނެވެ.

“މިހާރު ކަލޭ ތީ އަހަރެމެންނާ އެއްބައިވެގެން އުޅޭ މީހެއްކަން ހަނދާންކުރާތި! ނަމަނަމަ ކަލޭ އަހަރެމެންނަށް ދޯކާ ދޭން ނުވިސްނާތި! ކަލޭ އެހެން ހަދައިފިނަމަ އަހަރެމެން ކަލޭ މަރާލަން ފަސްނުޖެހޭނެކަން ހަނދާންކުރާތި!” ރުޅިވެރިކަމާއެކު ފަރްޒާދީ ޝާކިން ގާތު ބުނެލި ބަސްތައް އަދިވެސް އޭނާގެ ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ. ފަރްޒާދީ އެބުނީ ތެދެއްކަން ވިސްނުނު ހިނދު އަނެއްކާވެސް އޭނާގެ ސިކުނޑީގައި ކުޑަ ބިރުވެރިކަމެއް އުފެދިގެންދިޔައެވެ.

ފްލައިޓަށް އަރާފައިވެސް އޭނާއަށް އިނދެވުނީ ވިސްނުމެއްގެ ތެރޭގައެވެ. އޭނާ މި މީހުންނާ ގުޅުނީ އަމިއްލައަށެވެ. ނަމަވެސް މިމީހުންނާ ގުޅެފިނަމަ ދެން ވަކިނުވެވޭނެކަން އޭނާއަށް ކުރިން ވިސްނުނު ނަމައެވެ. އަދި މިކަމަކީ އޭނާގެ ފުރާނައަށްވެސް ހުރި ނުރައްކަލެއްކަން ކުރިން ވިސްނުނުނަމައެވެ. ނަމަވެސް ނަމަނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެކަން އޭނާ އަމިއްލަ ސިކުނޑިއަށް ވިސްނައިދިނެވެ.

އެނބުރި އިރުދޭފުއްޓަށް އައިސް ހިތުގައި ގަދަ ޢަޒުމެއް ކަނޑައެޅިއެވެ. ރާއްޖެ ހިފައި ރާއްޖޭގައި އުޅޭ އެންމެން އަޅުވެތިކޮށްފައި ނޫނީ އޭނާގެ މަސައްކަތް ނުހުއްޓުމަށެވެ. މި މަސައްކަތުގައި އުޅެމުން އޭނާގެ ފުރާނަ ޤުރުބާން ކުރަން ޖެހުނަސް ހެވެވެ. މިއީ ހަމައެކަނި އޭނާގެ ނިޔާވި ބޮޑުބޭބެއަށްޓަކާ ކޮށްދޭ ކަމެކެވެ.

** **

ޝާކިންގެ ވާހަކަ ނިމުނުއިރު އަހަރެންގެ ދެލޯ ހުރީ ބޮޑުވެފައެވެ. އަދިވެސް އޭނާ އެދެއްކީ ތެދު ވާހަކައެއްކަން އަހަރެންގެ ހިތަށް ޤަބޫލުކުރަން ދައްޗެވެ. ދިވެހިރާއްޖެއަށް އުފަން ދިވެހި ދަރިޔަކު އެފަދަ ގޮތަކަށް ރާއްޖޭގެ މީހުންނަށް ހެދުމަށް ހަމަ ވިސްނައިފާނެ ހެއްޔެވެ؟ އަދި އެވެސް މަރުވެފައިވާ މީހަކަށްޓަކައެވެ. ޝާކިންގެ ޚިޔާލު ހުރި ގޮތުން އަހަރެންނަށް ދެއަތް މުއްކަވާލެވުނެވެ.

“ޝާކިން.. ތީ ހަމަ ބޮޑުބޭބެއަށްޓަކާ ކޮށްދޭން ފެނުނު އެންމެ ރަނގަޅު ކަންތައްތަ؟ ބޮޑުބޭބެ ވެސް ބޭނުންވާނީ ތިގޮތްތަ؟ އަހަންނަށް ވަރަށް ހީނުވޭ..” އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އަހަރެން ބެލީ ޝާކިންއަށް ވިސްނައިދެވޭތޯއެވެ.

“މިއީ ގޯސްކަމަކަސް ރަނގަޅު ކަމަކަސް އަހަރެން ޖެހޭނީ ހަމަ މިކަން ކުރާށޭ ލަވް.. އެހެންނޫނީ އެމީހުން އަހަރެން މަރާލާނެ.. ސޯ އަހަރެން ހަމަ ބަލާނީ މިއީ ބޮޑުބޭބެއަށްޓަކާ ކޮށްދެވޭ ރަނގަޅުކަމެއް ކަމަށް.. ޕްލީސް ޓްރައި ޓު އަންޑަސްޓޭންޑް މީ ލަވް.. އަހަރެން ހީކުރީ ލަވްއަށް އަހަރެން ދައްކާ ކޮންމެ ވާހަކައެއްވެސް އަންޑަސްޓޭންޑް ވާނެ ކަމަށް..” ޝާކިން އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެެވެ. އެ ދެލޮލުގައިވާ ރިހުން އަހަންނަށް ނަގައިގަނެވުނެވެ. ނަަމަވެސް އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ ޝާކިން އެކުރަނީ ރަނގަޅުކަމެކޭ އަހަރެންގެ މި ދުލުން ބުނަންވީ ހެއްޔެވެ؟

(ނުުނިމޭ)

26
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އިންތިޒާރުގައި ހުރިން (3)

Next

ލޯބިވޭ (1)

Next
February 18, 2017

ލޯބިވޭ (1)

Previews
February 18, 2017

އިންތިޒާރުގައި ހުރިން (3)

31 Comments

  1. Liaa says:
    February 18, 2017 at 10:51 am

    hey guys.. i know v las vejje kan.. but let me tell u wat heppaned ingey..
    Liaa aslu annan ulhunu dhuvahu naadhevuny liaa e rashah dhiyaee family kujjakaa eku.. dhen e kujjaa ah dengue jehunii… So liaa ah ves jehunee eyna kudakoh ok vandhen wait kuran.. Sorry guys for the late 🙁
    Miyadhu miay… Aiy gothah liyefa mi up kollee..
    Next part tomorrow Insha Allah..

    1. Liaa says:
      February 18, 2017 at 10:54 am

      I am really sorry guys.. Last part ge comments kiyaafa Liaa vv dhera vejje.. dhen balaanan ehen nuwey thw… vv bodah sorry..

  2. afu says:
    February 18, 2017 at 11:02 am

    Varah nice mi part…

  3. Fathu says:
    February 18, 2017 at 11:15 am

    Its k riya. V nice story

    1. Fathu says:
      February 18, 2017 at 11:17 am

      Its k liaa .V nice story

  4. Lovely girl says:
    February 18, 2017 at 11:16 am

    Wooow
    So nice

  5. Rifu says:
    February 18, 2017 at 11:16 am

    Varah reethi ☺

  6. Aff says:
    February 18, 2017 at 11:17 am

    Don’t be sorry liaa. Its ok. ☺ this part is also nice. Keep going don’t give up ?

  7. AkkO_AngeL says:
    February 18, 2017 at 2:13 pm

    Thnkiu liyA… Thihaa bisy kohvx mi part up kohdhinythy v bodah thnks… Gws both of yah… ? n yuh dont hv tu b sorry dear

  8. 404Error says:
    February 18, 2017 at 3:21 pm

    wow v nice mi part ves ???

    1. Shaa says:
      February 18, 2017 at 4:02 pm

      Nice

  9. Brainless says:
    February 18, 2017 at 3:58 pm

    Heyy Liaa yuh are back dhw..
    I missed yuh and this story a lot eyy.. And this part is hama amazing..❤

  10. Hunter says:
    February 18, 2017 at 4:22 pm

    Its ok Liaa.. Finally… Mivahaka new ep.. ????

  11. Dk says:
    February 18, 2017 at 5:13 pm

    Huvaa Liaa hunna goiy varah balaalan beynun.. <3

    1. Yaalu says:
      February 19, 2017 at 12:19 pm

      haha
      ^-^ *^^*

  12. Shy beauty says:
    February 18, 2017 at 9:11 pm

    Wow…awesome….when nxt part??waitinggggggg for the nxt ep..?☺

  13. ham says:
    February 19, 2017 at 7:39 am

    OK …konmme meehakah ves dhimaa vedhaane kameh dhw Bali e ey……ekam story v v nice

  14. AkkO_AngeL says:
    February 20, 2017 at 2:03 am

    Liaa kolhu.. Kobaa next part… Cant wait eythi kiaalan?this stroy is soo habbu… Sometimes hithah araa stry liyun anekkaa cx continue kuran vee ey?avahah up kohdhehchey

  15. Harry says:
    February 20, 2017 at 4:05 pm

    Woooww???

  16. Kai says:
    February 20, 2017 at 7:24 pm

    next part up kohdhyba avaha

  17. Lovely girl says:
    February 21, 2017 at 1:51 pm

    Mihaaru up eh nukurantha

  18. Lovely girl says:
    February 21, 2017 at 1:52 pm

    Kon iraku tha den up kuraany

  19. 404Error says:
    February 21, 2017 at 2:31 pm

    haaaadha lass vanyyyy eyyyyy liaaaaaaa
    ?
    ??
    ???
    ????
    ?????
    ??????
    ???????
    ????????
    ?????????
    ??????????
    ?????????
    ????????
    ???????
    ??????
    ?????
    ????
    ???
    ??
    ?
    ??
    ???
    ????
    ?????
    ??????
    ???????
    ????????
    ?????????
    ??????????

    1. ? says:
      February 22, 2017 at 7:53 pm

      404 haada bura masakarekey mioty kohfa

  20. Nain Niny says:
    February 22, 2017 at 2:40 pm

    Liaa. please avas konbala. vara reethi mistory .so i cant wait to read next part Liaa. please hurry up

  21. Boki says:
    February 22, 2017 at 5:18 pm

    Maaadan mulinves annaaneee tikan nuvannaa huttalan fennanee

  22. Nee says:
    February 22, 2017 at 7:37 pm

    Boki. Dhen hama busy vedhaane dhw. ??????

  23. ?zu? says:
    February 22, 2017 at 8:01 pm

    Hey liaa!!! As per da info in esfiya u registerd for esfiya on 12 march 2016 n u hav uploaded 91 episodes… so u hav 18 o mayb 17 ? days fo ur first aniverssary in esfiya… n to hit 100 eps 9 is left… liaa plz hit 100 eps by ur first aniversary at esfiya… i would b really happy if that hapenns as a true fan of urs..? love ur stryzzz…??

    1. Liaa says:
      February 23, 2017 at 5:43 pm

      Thanks zu.. 🙂 I will try ingey <3

  24. Aikko says:
    February 24, 2017 at 2:54 pm

    Yay. Update vehjje finally. Varah reethi mi part ves Maashaa Allah.
    But liaa rangalhu kohllan jehey thankolheh ebain. Manma aa bappa ge badhaluga mamma aai bappa beynun kurachey ingey cux ethanuga ehnneh use eh nukureveyne. Anyways good luck ?

  25. KJ says:
    February 27, 2017 at 9:16 pm

    Alhey liyaaa.. it’s ok.. I understand :-* Thi kuraaa hiyyvarah hama saaabas.. vrh lurvs :-* ♡♡

Comments are closed.

All Right Reserved!