ހިތުގެ އެދުމޭތީ (1ވަނަބައި)
ބަހާރުމަގު ގުލްޒާރުގެޔަށް ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. އެކިކުލަ ކުލައިގެ ބޯކިތަކުން މުޅިގެވަނީ ދިއްލާލާފައެވެ. އަދިވެސް ގޭތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތައިގެން އެކި ގުރޫޕް ގުރޫޕް ހަރަކާތްތެރި ވަމުންދެވެ. ކޮންމެމީހެއްވެސް އެމީހެއްގެ މަސައްކަތް ކުރަމުން ދަނީ ނުހަނު ހަލުވިކަމާއި، ފުރިހަމަކަމާއެކުގައެވެ. ކައިވެނި ޕާޓީގެ އިންވިޓޭޝަން ކާޑުތައް ބަލަށްހުރި އަޔާން އިރުކޮޅު ކޮޅުން ފޯންނަގާ ކަންފަތުގައި ޖައްސާލައެވެ. މީހެއްގެ އިންތިޒާރުގައި ހުރިކަހަލައެވެ.
ކުޑައިރުކޮޅެއްފަހުން ގުލްޒާރުގޭ ދޮށަށް މަޑުކޮއްލި ކާރަކުން ޒުވާންފުރައިގެ ފިރިހެން ކުއްޖަކު ފޭބިއެވެ. އިސްކޮޅުންދިގު ދޮން ޒުވާނެކެވެ. ކަޅުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖީންސެއްލައިގެން ހުރިއިރު އެޒުވާނާ ފެންނަމުންދަނީ ވަރަށް ފުރިހަމަކޮށެވެ. ދިގުފާން އިސްތަށިކޮޅުގައި ކުޑަތެއްކަމެއް ހުއްޓެވެ. އަތުގައިއޮތް ފޯނު ޖީންސުގެ ޖީބަށްކޮއްޕާލަމުން ގޭތެރެއަށް ވަންނަން ހިގައިގަތެވެ.
“އަޔާން….”
އެޒުވާނާގެ އަޑު ޖެހުމާއެކު އަޔާން ހިނިތުންވެލަމުން ފަހަތަށް އެބުރި ބަލާލިއެވެ.
“ޔާނިޝް…… އާދެވިއްޖެ ދޯ…….”
ޔާނިޝް ހިނިތުންވެލަމުން އައިސް އަޔާންއަށް ސަލާމް ކޮއްލިއެވެ.
“ކޮންގްރޭޓްސް މޭން……. ވަރަށްވެފަދޯ…. މެރީ ކުރެވޭތީ…..”
ޔާނިޝް ދިމާކޮއްލުމުގެ ގޮތުން ބުނެލިއެވެ.
ޔާނިޝްއާއި އަޔާން މަސައްކަތް ކުރަމުންދަނީ އެއްއޮފީހެއްގައެވެ. އެހެންކަމުން ދެމީހުންގެ ދޭތެރޭވަނީ ގާތްއެކުވެރި ގުޅުމެއް އުފެދިފައެވެ.
“އަންނަ ހަފްތާގެ ބުދަ ދުވަހު މެރީކުރާ ގޮތަށްއޮތީ………”
އަޔާން އާއި ޔާނިޝް ތިބީ އަޔާންމެންގޭ ޓެރަސްމަތީއެވެ.
“ރައުމެން ގޭ މީހުންވެސް ފުރީވަނީ އެދުވަހު…… ރައުވެސް ބޭނުންވަނީ އެގޮތް……”
އަތުގައިން ކޮފީތަށި ބޯލަމުން އަޔާން ބުނެލަދިނެވެ.
“އާނ… ދެންރައު ބުނާގޮތަކަށްދޯ އަޔާން ހަދާނީ…… އަހަރެމެންދެންމި ބާކީވީތާ…….”
ޔާނިޝް ހީލަމުން ބުނެލިއެވެ.
“ނޫނޭ…… އަސްލުއެއީ އަހަރެމެންގެ އެނިވަރސަރީއޭ……..”
އަޔާން އިތުރަށް ބުނެލަ ދިނެވެ.
“އޯ….. ހާދަފިލްމީ އޭ ދޯ…….”
ދެއެކުވެރިން ވަރަށް ލަސްވަންދެން ވާހަކަ ދައްކަން ތިއްބެވެ. ހިޔާލު ހޯދުމުގައްޔާއި، ކަންކަން ރޭވުމުގައެވެ.
” ހިނގާ ނިދަންދާން….. ވަރަށް ލަސްވެއްޖެ އެއްނު……”
އަތުކުރީއޮތް ގަޑިއަށް ބަލާލަމުން އަޔާން ބުނެލިއެވެ. އަޔާން އާއި ޔާނިޝް ވާހަކަ ދައްކަމުން އައިސް ގޭތެރެއަށް ވަނެވެ.
“ޔާނިޝް ދޭ ގެސްޓް ރޫމް ކައިރިއަށް…… އެބައަންނަން ތަޅުދަޑި ހިފައިގެން…..”
އަޔާން ޔާނިޝް ކޮޑުގައި އަތް އަޅާލަމުން ބުނެލިއެވެ. ފޯނާކުޅެލަމުން ޔާނިޝް އާނއެކޭ ބުނެ ހިނގައިގަތެވެ. މަޑުހިނގުމެއްގައި ފޯނާ ކުޅެމުން ޔާނިޝް ގެސްޓްރޫމް އާދިމާލަށް ދިޔާއެވެ. ޒުވާން އަންހެން ކުއްޖެއްގެ އަޑު ޔާނިޝްގެ ކަންފަތުގައި ޖެހުނެވެ. ޔާނިޝް އިސްއުފުލާ ބަލާލި ވަގުތު ފަހަތަށް ބަލަމުން ދުވެފައައި ކުއްޖެއް ޔާނިޝްގެ ގައިގަ ޖެހުނެވެ. ޔާނިޝްގެ ނަޒަރު ހުއްޓުނީ އަންހެން ކުއްޖާގެ މޫނަށެވެ. ފާންދިގު އިސްތަށިގަޑުން ބައެއް އެހަންހެން ކުއްޖާގެ ދޮންމޫނަށް އެޅިފައޮތެވެ. އެރީތި ދެލޮލުން ބަލަމުންދަނީ ޔާނިޝްއަށެވެ. މަޑުނޫކުލައިގެ ކަޅިން އެރީތިލޮލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކުއްލިޔަކަށް އެއަންހެން ކުއްޖާ ޔާނިޝްގެ ގައިން ދޫކޮއްލުމަށްފަހު އިސްޖަހާލިއެވެ. ލަދުރަކި ގޮތަކަށްށެވެ. ކަޅިޖަހާނުލާ ޔާނިޝްއަށް ހުރެވުނީ އޭނާއަށް ބަލާށެވެ. ބާރު ހިނގުމެއްގައި އެއަންހެން ކުއްޖާގޮސް އޮބާލި އިރުވެސް ޔާނިޝް އަށް ހުރެވުނީ ބަލާށެވެ.
“މިއޮތީ ތަޅުދަޑި……”
ޔާނިޝް ސިހުނީ އަޔާންގެ އަޑަށެވެ.
މެންދަމުން އަލިވެ 3 ޖަހައިފިއެވެ. އަދިވެސް ޔާނިޝްއަށް ނިދޭ ގޮތެއް ނުވެއެވެ. ލޯމެރިލިޔަސް ފެންނަނީ އެރީތި އަންހެން ކުއްޖާއެވެ. ކަންފަތް ދޮށުގައި މިއުޒިކެއްހެން އިވެމުންދަނީ އެރީތި ހީލިމުގެ އަޑެވެ. މިހިޔާލް ތަކުގައި އޮއްވާ ޔާނިޝްއަށް ނިދުންގަޑިއެއްވެސް ނޭނގެއެވެ.
ޔާނިޝްއަށް ހޭލެވުނީ އަޔާން ގޮވާއަޑަށެވެ.
“ޔާނިޝް……. ޔާނިޝް….. އަހަރެން ކައިވެނީގެ ތައްޔާރީވާންތަ އައިސް ތިހުރީ….. ނޫނީ ޕިކްނިކް ހަދަންތަ….. މިހާރު އެހެރަ 1 ޖެހީވިޔަ…… އަދިވެސް ތިއޮތީ ނިދަން”
އެއްފަރާތަކަށް ފުރޮޅިލަމުން ޔާނިޝް ފޯންނަގާ ގަޑިބަލާލިއެވެ.
“ވަޓް……. 1 ޖެހީ……..”
ޔާނިޝް ފުންމައިގެން ތެދުވިއެވެ.
“ދެންވެސް އަވަހަށް އާދެބަލަ ރެޑީވެގެން……”
އަޔާން ދިއުމުން ޔާނިޝް އަވަސް އަވަހަށް ތައްޔާރުވެލައިގެން ބޭރަށް ނުކުތެވެ. އަޔާން ޔާނިޝްއަށް މަސައްކަތްތައް ކިޔައިދީ، އެކިއެކި ގުރޫޕްތަކުގެ މަސައްކަތް ބެލެހެއްޓުމަށް ބުންޏެވެ. ނަމަވެސް އެއްވެސް ކަމަކަށް ޔާނިޝްގެ ވިސްނުމެއްނެތް ކަހަލައެވެ. އެކިކޮޅުކޮޅު ހޯދެނީ ރޭފެނުނު ޕަރީއެއްފަދަ އަންހެން ކުއްޖާ ފެނޭތޯއެވެ. އެހެނަސް ހަވީރުވީއިރުވެސް ޔާނިޝްއަށް އެކުއްޖާ ފެންނަގޮތެއްނުވިއެވެ. ދޭތެރެއަކުން އަޔާން އައިސް ޔާނިޝްއަށް ކަމެއް ހަވާލުކުރެއެވެ. އަޔާންގެ ވާހަކަތައްވެސް ޔާނިޝްއަށް އަޑުނީވޭކަހަލައެވެ. އެއްފަހަރަކު ޔާނިޝް ހިތަށް އެރިއެވެ. އަނެއްކާއެއީ ރޭގަ ނިދިއައިންސަ ހުރިވަރުން ހީވިލެއްބާވައެވެ.
“އެކަމަކު ހާދަ ރީންޖޭ……..”
ބޭއިހްތިޔާރުގައި ޔާނިޝްއަށް ބުނެލެވުނެވެ.
“އޫނ………..”
ޔާނިޝްގެ ޖުމްލައިން އަޔާން ހައިރާންވިއެވެ. ޔާނިޝްއަށް އަޔާން ހުރިކަންވެސް އެގުނީ ދެނެވެ.
“މިބުނީ ތިޑިޒެއިންތައް ވަރަށް ރީއްޗޭ…..”
ޔާނިޝް އޮޅުވާލިއެވެ.
“ޔާނިޝް….. ކޮންސެންޓުރޭޓް…… މިކިޔަނީ ހެދިކާތަކުގެ ވާހަކައޭ……”
އަޔާން ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ.
“އިރުކޮޅަކުން ރައުވެސް އަންނަވާހަކަ ބުނި………”
އަޔާން އިތުރަށް ބުނެލަދިނެވެ.
ޔާނިޝްހުރީ ގޭތެރޭ މާފަތިދަމާ ގުރޫޕްގެ މަސައްކަތްތައްބަލާ، މަސައްކަތް ކުރިޔަން ގެންދަންވިގޮތް ކިޔައި ދޭށެވެ. އެކިމާފަތި ތަކަށްބަލަމުންގޮސް ޔާނިޝް ދޮރާދިމާލަށް ބަލާލިއެވެ. ވެވަގުތު ޔާނިޝްގެ ހިތްބާރަށް ތެޅިގަތެވެ. ދޮރުން ވަދެގެން އެއަންނަނީ އެއިންސާނެއް ފެނޭތޯ ޔާނިޝްގެ ލޯތެޅިފޮޅެމުންދާ އިންސާނާއެވެ. އެއީހަމަ ރޭގަ ޔާނިޝްއާ ބައްދަލްވި ކުއްޖާއެވެ. އެފާން އިސްތަށިގަނޑެވެ. އެދޮން ހަށިގަނޑެވެ. އެރީތި ދެލޮލެވެ. ގަދަފެހި ކުލައިގެ އިސްކޮޅަށް ފަހާފައިވާ ހެދުމެއް ލައިގެންހުރިއިރު އޭނާ ނުހަނު ރީއްޗެވެ. ޔާނިޝްއަށް އެރީތި ކުއްޖާ ފިޔަވައި އިތުރުމީހަކު ފެންނަހެންވެސް ހީނުވެއެވެ……
ނުނިމޭ
1433 Comments
Comments are closed.
Wow… Intresting… ?
Thanks….
Nice when next part
Thanks Maarsha…… Insha allah Tuesday ga next part….
Varah reethi
Waiting for next part………..
Thanks Rifu…..
Nice….next part awaha up kohdhehchey
inshaa allah mi week ga next part upload kohladheynan…. thank u all…
Nice
Thanks some 1……
Nice ingey
Thanks Green handi……
Nice
Thanks E manje…..
vrh vrh nice…waiting for the next part…avahah up kohdhehchey..
Thanks aysh…..
Varah kuh gina. Ehenve kiyan v undhagoo. Pls correct those mistakes
v Bodah sry….. Insha allah next part ga will take care…
އެކިކުލަކުލައިގެ ބޯކިތައް
ދިގުފާން އިސްތަށިގަނޑު
ގެސްޓުރޫމާ ދިމާލައް ދިޔާއެވެ
ނިދިއައިސްސަ ހުރިވަރުން ހީވިލެއްބާވައެވެ
އެކަމަކުހާދަ ރީންޖޭ
މިއީކޮން ބަހުރުވަޔެއް
Thee aahja faahja bahuruva…. Vari Hama vaahaka kiyan neygunas… Type kuran ingunyma liyany nun….lol
Kai ah hyvany yaanish ah fenigen e ulhey reethi kujjaky ayaan ge rau hen… By the way stry is the best.. ???
Thanks Kai…..
story ga jehifa huri kuh thakah v bodah maafah edhen…. inshaa allah next part ga will take care…..
Very nice. Pls upload 2nd part soon
Thanks Leesh……
Wow….. Varah reethi, Masha Allah. Waiting 4 the next part????
Thanks Someone……
Faaan dhigu ves rangalhu kohlahchey next part ga..rangalhu gothakee fan dhigu isthashigandu
ok Nn……… Thanks…..
maahee name fenunyma i feel sad…..
why…………???
because….alhugandu ge crush ah kiyanii maaheen…..and he likes my bestfriend….it just makes me remember him….sorry…but i donot have anyone to share….soo….hama bunevuny…..
🙁
Woooowwwww…????????????????vvvv interesting