Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން 7

Ryn
February 28, 2017
8 Mins Read
105 Views
18 Comments

 

ޔައިނާ ގޮސް ކޮޓަރިއަށް ވަނުމަށްފަހު މޭޒުމަތި ހުސްކުރިއެވެ. ޔާއިން އަންނާނެ އިރަކަށް އޭނާއަށް ނީންދެވޭނޭ މިހާރު މަސައްކަތް ފެށުމުން ފަސޭހަވާނޭ ހިތާ އޭނާ އެކަމާއި އުޅުނެވެ. މޭޒުމަތީ ހުރި ހުރިހާ ފޮތްތަކާއި އިތުރު އެހެނިހެން ސާމާނުތަށް އެނދުމަތީ އެއްފަޅިއަކަށް ބަހައްޓާލުމަށްފަހު މުހިންމު ސާމާނުތަށް މޭޒުމަތީ ބެހެއްޓިއެވެ. ޕްރޮޖެކްޓްގެ ގޮތުން އެއްވެސް ލިޔުމެއް ޕްރިންޓް ކުރެވިފައި އޮންނަން ނުޖެހޭތީ މުޅި އެތި ޖެހޭނީ އަތުލިޔުމުން ލިޔާށެވެ. ހުއްދަ އޮތީ ހަމައެކަނި ޕްރިންޓް ކުރި ފޮޓޯތަށް ޖެހުމުގައެވެ. ޔައިނާ ކުޑަގޮތަކަށް ފަށާނެ ގޮތާއި ލިޔާނެ އެއްޗެހި ބޭކާރު ފޮތެއްގައި ލިޔަމުން ދިޔައީ ލައިބްރަރީއިން ގެނައި ފޮތަކުން ބަލައިގެންނެވެ. އިރުކޮޅެއްނުވެ މީހަކު ދޮރުގައި ޓަކި ޖެހިއެވެ. ޔާއިންކަމަށް ހިތާ ގޮސް ދޮރު ހުޅުވިއިރު އެއީ ސުމާއެވެ. “ދަރިފުޅު! މައިލޯ ތަށްޓެއް ގެނެސްދެންތަ؟” ސުމާ އެހުމުން ޔައިނާ އަވަސް އަވަހަށް އާއެކޭ ބުނެފައި ދޮރު ލައްޕާލުމަށްފަހު ކުރަންހުރި މަސައްކަތަށް ރުޖޫއަވިއެވެ. ގެނައި ފޮތްތަށް ކިޔަމުން މުހިންމު މައުލޫތަށް ލިޔަމުން އޭނާ ދިޔައިރު ނިދިއައިސްގެންވެސް ވެއްޓޭވަރުވެއެވެ.

ދޮރުގައި ޓަކިޖެހި އަޑަށް އެއީ ސުމާކަމަށް ހިތާ ވަނުމަށް ޔައިނާ ބުނެލީ ފޮތްތަކަށް ގެއްލި އިނދެއެވެ. “ގޮވާލިނަމަ….” ޔާއިން ކައިރި އައިސް ހުއްޓިލާފައި އެހެން ބުނެލުމުން ޔައިނާ ސިހިފައި ގޮނޑިންވެސް ނުވެއްޓުނީ ކިރިޔާއެވެ. އޭނާ އިނީ ގޮނޑި ކުޑަކޮށް އަރިކޮށްލައިގެންނެވެ. އަވަހަށް ހަމަޖެހޭ ގޮތް ދައްކަމުން އޭނާ ތެދުވެ ޔާއިންއަށް ގޮނޑިއެއް ކައިރިކޮށްދިނެވެ. ޔާއިން އެގޮނޑީގައި އިށީނެވެ. “އެހެންމަ މިރޭ ކީއްކުރަންވީ؟ އެކްސްޕެރިމެންޓްތަށް ފަހުން ހަދަންޏާ އެއަށް ސްޕޭސް ދީފައި މިތާނގައި ކުރަހަންފަށަންވީ ކަންނޭނގެ…” ޔާއިން ބުންޏެވެ. “ފޮޓޯ ޕްރިންޓް ކުރިއަސް އޯކޭވާނެ…” ޔައިނާ ޔާއިންއަށް އުނދަގޫކުރަން ބޭނުންނުވާތީ ބުންޏެވެ. “ކުރެހިޔަސް އޯކޭވާނެއެއްނު.. މި އެންމެ ބެސްޓް އެއްޗަށް ހަދަންޖެހޭނެއެއްނު….” ޔާއިން އެހެން ބުނުމުން ޔައިނާ ހީލިއެވެ. އަދި އޭނާ ފާހަގަ ކުރިތަންތަނުން ކުރަހަން ޖެހޭ އެއްޗެހި ދައްކަމުން އޭނާވެސް މަސައްކަތް ފެށިއެވެ.

……

ސުމާ ނިދަން ދިޔުމުގެ ކުރިން ޔާއިންއަށް ގެނައި ކޮފީތަށި ބޯލަމުން ކުރަހަމުން، މޭޒުގެ އެއްކަނެއްގައި އިން އިރު އަނެއްކަނުގައި ޔައިނާ އިނެވެ. އޭނާ ނިދިގެން ދެލޯ މެރެންވެސް އުޅެއެވެ. މަންމަ ދިން މައިލޯތަށީގެ އެއްވެސް އަސަރެއް ނުކުރިއެވެ. މޭޒުމަތީ ދެފޮތް ހުޅުވާލެވިފައި އޮތް އިރު އެއްފޮތް އޮތީ އަތުގައެވެ. އަނެއްފޮތް އޮތީ ފައިމަތީގައެވެ. ފައިމަތީ އޮތް ފޮތުގައި އޭނާ ދިޔައީ އަތުގައި އޮތް ފޮތުން ކިޔައިގެން ލިޔަމުންނެވެ. ޔައިނާ އާފުރިލަމުން ޔާއިންއަށް ބަލާލިއިރު ޔާއިން ގެ ޝައުގުވެރިކަން ހުރީ ފޮތުގައި އިން ކުރެހުމަށެވެ. އޭނާ އަކީ މޮޅު ކުރެހުންތެރިއެއްކަން ޔައިނާ ކައިރި މީހަކު ބުނެދޭކަށް ނުޖެހޭނެއެވެ. އެންމެ ކުޑައިރުންފަށައިގެންވެސް އޭނާ އަކީ މޮޅު ކުރެހުންތެރިއެކެވެ. މޮޅެތި ޑިޒައިންތަށް ކޮށްލާއިރު މިވަރެއް ނެތޭ ޔައިނާ އަބަދުވެސް ހިތަށްއަރައެވެ.

ކެތްތެރިކަމާއި އެކު 1 ޖަހަންދެން އޭނާއަށް އިނދެވުނެވެ. ޔައިނާ ނިންޖާއިވެގެން އަތުގައި އޮތް ފޮތާއި އެކު މޭޒުމަތީ ބޯ އަޅާލެވުނީ އިތުރަށް ކެތް ނުވެގެންނެވެ. މޭޒުމަތީ ބޯ ޖެހުމާއި އެކު ފުންނިންޖަކަށް ގެނބުނެވެ. އެއިން އެއްވެސް ކަމެއް ނޭނގޭ ހާލު ޔާއިން ހުރީ ކުރެހުމައިގެންނެވެ.

ކުއްލިއަކަށް މާ ބާރަށް އެއްޗެއް ވެއްޓިގެން ޔައިނާއާއި ދިމާ ބަލާލިއިރު އޭނާ އޮތީ ނިދާފައެވެ. ވެއްޓުނީ ޔައިނާގެ ފައިމަތީ އޮތް ފޮތެވެ. ޔާއިން ހިނިއައިސްފައި ހުރެ އެފޮތް ނަގައި މޭޒުމަތީ ބޭއްވިއެވެ. ކުރަންހުރި މަސައްކަތަށް ރުޖޫއަވީ ޔައިނާއާއި ދިމާލަށް އިތުރަށް ނުބެލުމަށެވެ. އެތަށް އިރެއްފަހެވެ. ކުރަހަން އިން ޔާއިންވެސް ނިންޖައިވެގެން މޭޒުމަތީ ބޯ އަޅާލެވުނެވެ. އަދި ފުން ނިންޖަކަށް ގެނބުނެވެ.

…..

ހެނދުނު 7 ޖަހާއިރަށް ކޮށްފައިވާ އެލާރމް އަށް ޔައިނާއަށް ނުހޭލެވުނީ ފޯނު މާ ދުރުގައި އޮތުމުގެ ސަބަބުންނެވެ. އެތަށް އިރެއްވީފަހުން ޔައިނާގެ ހަބަރެއްނުވެގެން ސުމާ ދޮރު ހުޅުވިއެވެ. މާޒިންވެސް ބޯ ދިއްކޮށްލިއިރު އެ ދެމީހުންވެސް ތިބީ ހޮސްޕިޓަލަށް ދާން ތައްޔާރުވެގެންނެވެ. ސައިބޮއެ ނިމުމަށްފަހު ގެއިން ދިޔުމުގެ ކުރިން ޔައިނާ ކޮބައިތޯ ބަލާލީއެވެ. “ބަލާބަލަ… މިހާރު އެހެރަ 8 ޖަހާ ބޮޑުވީ… ކޮލެޖަށް ދާން ޖެހޭނެވިއްޔަ… އަހަރެމެންނަށް ނުބެލުނު ނަމަ ނޭނގެ ވާނެ ގޮތެއްވެސް.. މިތިބީ ގަދަ ނިދީގައި….” ސުމާ ބުނެލީ ދެއަތް އުނަގަނޑުގައި އަޅުވާލަމުންނެވެ. މާޒިން ހޭންފެށިއެވެ. “މަގޭ ސުމް ގެ ދެދަރިންވިއްޔަ. ވާނީ އެހެނެއްނު..” މާޒިން ބުންޏެވެ. “ހޫން… ދެން ތިބުނަނީ އަހަރެން ނިދިގަދައޭތަ…” ސުމާ އެހެން ބުނެފައި މޭޒާއި ކައިރިވިއެވެ. ދެމީހުން ތިބީ ދެކަނެއްގައި ކަމުން ސުމާ އައިސް ހުއްޓިލީ ސީދާ މެދުގައެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ދެމީހުންވެސް ކޮށްފައިވާ މަސައްކަތެވެ. އެއްބައި ނިމިފައި އޮތަސް ކިތަންމެހާވެސް ފުރިހަމައެވެ.

ސުމާ ދެމީހުންނަށް ގޮވަންފެށިއެވެ. “ދަރިފުޅާ ޔަނާ… ޔާން… އެހެރަ 8 ޖަހާ ބޮޑުވީ… ޔަނާ!! ޔާން!!” ސުމާ ގޮވަންފެށިއެވެ. ޔައިނާ މޭޒުމަތިން ބޯ ނެގީ ރަނގަޅަށް ލޯވެސް ނުހުޅުވައެވެ. ހުޅުވާލެވުނު ލޮލު ކުރިމައްޗަށް ފެނުނީ މޭޒުމަތީ ނިދާފައި އޮތް ޔާއިންއެވެ. އެއާއި އެކު އޭނާ ދެލޯ ބޮޑުވިއެވެ. އެއަށްފަހު ބަލާލެވުނީ ސުމާއާއި ދިމާލަށެވެ. “ބަލާބަލަ ގަޑި… މިހާރު ގަޑިޖެހެނީ އެހެރަ.. މަންމަ މެން މިދަނީ ހޮސްޕިޓަލަށް ދާންވެގެން… ނަސީބެއްނު ބަލާލެވުނުކަންވެސް…” ސުމާ ބުންޏެވެ. ޔައިނާ ގަޑި ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އޭނާ ގޮނޑިން ތެދުވެފައި ދުއްވައިގަތީ ތުވާއްޔާއި ހެދުމަކާއި ހިފައިގެން ފާހަނައަށެވެ. ސުމާ ޔާއިންއަށް ގޮވާނެކަމަށް ހީކޮށެވެ.

“ޔާން.. ދަރިފުޅާ…!” ސުމާ ގޮވަންފެށިއެވެ. ނަމަވެސް ޔާއިން ހޭލާކަށް ނޫޅުނެވެ. “ދެން ހިނގާދާން… ސުމް ބުނީމެއްނު އޭނާ ލައިސެންސް ބަލައި ދާވާހަކަ… 10 ޖަހާކަށް ހާއިރު ސުމް އޭނާއަށް ގުޅާލާނީ ނުހޭލައިފިއްޔާ ޖެނީމެން ކައިރި ބުނާނީ… ” މާޒިން ބުނެލީ އޭނާއަށް ލަސްވާތީއެވެ. ސުމާވެސް ހޫމްމް އޭ ބުނެފައި ހިނގައިގަތެވެ.

ވީ އެންމެ އަވަހަކަށް ފެންވަރާލައިގެން ޔައިނާ ނިކުތް އިރު ޔާއިން ހަމައެ އޮތްތާ އޮތެވެ. އޭނާ ނުހޭލީކަންވެސް ޔައިނާއަށް އިނގުނެވެ. އޭނާ ލަސް ފިޔަވަޅުތަކެއް ގައި ގޮސް ލޯގަނޑުކުރިމަތީ ހުރެ ތައްޔާރުވެލިއެވެ. މާ ބޮޑަށް ތައްޔާރުނުވީ ލަސްވެފައި ހުރުމުގެ ސަބަބުންނެވެ. ދިޔުމުގެ ކުރިން ކަބަޑުތެރޭ އޭނާ ގެންގުޅޭ އެލާރމް ގަޑި ނަގާ 10 ޖަހާއިރަށް އެލާރމްކޮށްލުމަށްފަހު ޔާއިން ކައިރި މޭޒުމަތީ ބައިންދާފައި ދިޔައެވެ.

……………

އެލާރމް ވަމުން ދިޔަ ގަޑިއާއި އެކު ސިހިފައި ޔާއިންއަށް ހޭލެވުނެވެ. މޫނުމަތީ އަތް ހާކާލަމުން އޭނާ ތެދުވެ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ނިދުނީ ޔައިނާ ކޮޓަރީގައި ކަން އެނގި ޔައިނާ ކޮބައިތޯ ބެލިއިރަކު އޭނާއެއް ނެތެވެ. ނިންޖައި އެކު ނިއްވާލެވުނު އެލާރމް ގަޑިއަށް ބަލާލިއިރު 10 ޖެހީއެވެ. އެއީ ޔައިނާ ކުރިކަމެއްކަން އޭނާއަށް ވަގުތުން އިނގުނެވެ. އޭނާ ލައިސެންސް ބަލައި 11 ޖަހާއިރު ދާން ޖެހޭކަން ޔައިނާއަށް އިނގުނީ ރޭ އެމަސައްކަތުގައި ތިއްބާ އައި ފޯނު ކޯލެއްގެ ސަބަބުންނެވެ. ކޮންމެޔަކަސް އޭނާ އެވެދިނީ ވަރަށް ބޮޑު އެހީއެކެވެ. ދެފަރާތަށް ކަރު އަނބުރާލަމުން އޭނާ ކޮޓަރިން ނިކުމެ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ފޯނު އޭރުވެސް ޖީބުގައި އޮތެވެ. ބެލިއިރު ސުމާވެސް ގުޅާފައި އޮތެވެ. ފަހުން އޮވެވުނީ ސައިލެންޓަށް ލާފާކަން ހަނދާންވީ ދެނެވެ.

 

………

ދުވަސްތަށް ހަލުވިކަމާއި އެކު ދެއެވެ. ކޮންމެ ރެއެއްގެ ނިދާގަޑިއާއި ޖެހެންދެން އެމީހުން ތިބެނީ އެ މަސައްކަތުގައެވެ. ކުރިންދުވަހު ވީގޮތަށް ވިޔަ ނުދިނުމަށް ސުމާ އެދުނީ އެންމެ ލަސްވަންދެން 12 ޖަހަންދެން ތިބުމަށެވެ. ޔާއިން އާއި ޔައިނާ ދޭތެރޭ މާ ބޮޑު ގާތްކަމެއް ނޫފެދެއެވެ. އެއީ ދެމީހުންވެސް ބަހައްޓަން ބޭނުންވި ދުރުކަމެކެވެ. ނަމަވެސް އެ ދެމީހުންގެ ހިތުގައި އުފެދެމުންދިޔަ އޮއިވަރުތަށް ހިންދައެއްނުލެވުނެވެ. ޔާއިން ލައިސެންސް ލިބުމުގެ ސަބަބުން މާޒިންގެ ކާރުގައި ވަރަށް ގިނައިން މާލެވަށާ ބުރުޖަހާ އެކި ތަންތަނަށް ދުއްވާ ހަދައެވެ. އޭނާ ގޭގައި އޮވެގެން ވަނީ ފޫއްސެވެ. ވަޒީފާއަށް ދާން ބޭނުންވަނީވެސް މިހާރު ނިމެން ގާތްވެފައި އޮތް ޔައިނާގެ ޕްރޮޖެކްޓް ނިމުނީމައެވެ.

ޔައިނާ އަށް އަބަދުވެސް އެ މަގުން ފެންނަ ޕާޓޭންގެ އުނދަގޫ ބޮޑުވީ އެރޭ ޔާއިން އާއި އެކު އޭނާ ދިޔުމަށްފަހުގައެވެ. ޔައިނާ ހީކުރިގޮތަށް އެމީހުންނަށް ހީވެފައި އޮތީ އެއީ ޔައިނާގެ “ބިޓު”ކަމަށެވެ. ޔައިނާ އަކީ އޭނާގެ ހައްޤެކޭ ކިޔާ އޭނާއާއި ފޮށޭ ޕާޓޭ މީހާ ހުންނަނީ ރުޅިއައިސް ރަތްވެފައެވެ. އެތަކެއް ފަހަރު ޔައިނާއަށް އިންޒާރުވެސް ދިނީ ޔައިނާ އެނާ މިލްކު ކުރާނެކަމަށް ބުނެފައެވެ. ޔައިނާ މާ ބޮޑޫ ފަރުވާލެއް ނުބަހައްޓަނީ އެމީހުން ކިޔާ އެއްޗެއް އަނގައިން ކިޔާތީއެވެ. އެމީހުން އެއީ އެހާ ކެރޭބައެއްނަމަ މިހުރިހާ ދުވަސް ވީއިރު ޔައިނާއަށް ގޮތެއްނުހަދާ ނުދާނެއެވެ. ޔައިނާ އެހާ  ހަމަޖެހިފައި ހުންނަނީ އެހެންވެއެވެ. ސުމާ މެން ކައިރިވެސް އެވާހަކަ ބުނާކަށް އޭނާ އެހާ މުހިންމުކަމަކަށް ނުދެކެއެވެ.

އެއްރެއެވެ. ކޮލެޖުން ނިކުމެފައި ޔައިނާ ސުމާއަށް ގުޅީ ނިކުތުމަށް ބުނާށެވެ. ސުމާ ނިކުންނާނެކަމަށް ބުނެފައި ފޯނު ކަނޑާލުމުން ޔައިނާ ހިނގައިގަތެވެ. އާންމުކޮށް މަގުމަތީ އެތިބޭ ޕާޓޭން މިރޭ ފެންނަން ނެތުމުން ޔައިނާ ފުންނޭވައެއް ދޫކޮށްލެވުނެވެ. އަދި ހިނގައިފައި ދިޔައީ ޕްރޮޖެކްޓްގެ ކަންތަށް ރާވަމުންނެވެ. މިރޭ ނިމިއްޖެއްޔާ، މާދަން ހަވާލުކޮށްލެވޭނެއެ ހިތަށް އެރިއެވެ. އޭރުން އޭނާގެ ބޮލުން ބޮޑު ބުރައެއް ލުއިވެގެން ދާނެއެވެ. ޔައިނާ ސިހުނީ ކުއްލިއަކަށް އޭނާ ގެ ކުރިމައްޗަށް އެރި އެއްކަލަ ޕާޓޭ މީހާ ފެނިފައެވެ. ޔައިނާ ލޯ އަޅާލަމުން އޭނާއަށް ފަސްދީ ހިނގައިގަތްވަގުތު އެމީހާ ޔައިނާގެ އަތުގައި ހިފެހެއްޓިއެވެ. ހިފަހައްޓާލިލެއް ބާރުކަމުން ޔައިނާގެ އަތަށް ތަދުވެސްވިއެވެ.

“އަހަރެން ނުބުނަންތަ އަހަރެންނަށް މަންޖެ ވަރަށް ރީއްޗޭ… އަހަރެންގެ ކެތްތެރިކަން ކޮޅުންލައި ނުދަނިސް އަހަރެންގެ މީހަކަށް ވޭ އެހެންނޫނީ…” އިތުރަށް އަތަށް ބާރުކުރަމުން އެމީހާ ބުންޏެވެ. ޔައިނާގެ ދެލޮލުން ކަރުނަތަށް ފައިބައިގަތީ ގަތް ބިރެއްގެ ސަބަބުންނެވެ. އެވަގުތު ޔާއިން ހުރިނަމައެވެ. އޭނާގެ ހިމާޔަތަކަށް އެދެވުނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ.

ޔައިނާ އޭނާގެ އަތަށް ތަދުވިލެއްބޮޑިވެގެން މަޑު އާހެއް އަނގައިން ނިކުތެވެ. “ދޫކުރޭ…!” ޔައިނާގެ އަޑު ކުރެހިގެން ދިޔައެވެ. “އަޑެއްނީވޭތަ؟؟؟ އަހަރެން މަންޖެ ހާސިލްކުރާނަން ކޮންމެ ގޮތެއްވިޔަސް…. ހަނދާން ބަހައްޓާތި..” އޭނާ އެހެން ބުނެފައި ކުއްލިއަކަށް އޭނާއާއި ދިމާލަށް ޔައިނާ ދަމައިގަތެވެ. ޔައިނާ ގޮސް ޖެހުނީ އޭނާގެ ގައިގައެވެ. އޭނާ ޔައިނާގެ ކޮލުގައި އަތް ބީއްސާލިއެވެ. “ތީ އަހަރެންގެ ހައްޤެއް…. އަހަރެން މަންޖެ ހޯދަން ކޮންމެ ކަމެއްވެސް ކުރެވޭނެ.. މަރައިވެސްލެވިދާނެ.. އަހަރެންގެ ކެތްތެރިކަން އިމްތިހާންނުކޮށް އަހަރެން ގެ މީހަކަށް ވޭ..” އެމީހާ އިންޒާރެއް ދިނެވެ. ޔައިނާ އޭނާއާއި ދުރަށް ޖެހިލަމުން އޭނާގެ އަތްވެސް ދަމައިގަތެވެ. “ދުވަހަކުވެސް ނުވާނަން….” ޔައިނާ އެހެން ބުނެފައި ދުއްވައިގަތެވެ.

އެ މީހާ ޔައިނާއާއި ދިމާލަށް ގޮސް އޭނާ ކޮށްޕާލަމުން ފާރާއި އޭނާއާއި ދޭތެރޭ ފިއްތާލިއެވެ. އަދި ކުރިންވެސް ހިފެހެއްޓި އަތުގައި ވަރަށް ބާރަށް ހިފަހައްޓާ ބާރުކޮށްލިވަގުތު ޔައިނާއަށް ރޮވުނެވެ. “އަހަރެންނޫން މީހަކަށް ތިމާ ލިބުނަކަ ނުދޭނަން… ތީ ހަމައެކަނި އަހަރެންގެ މަލެއް… ތި މާ ބިންނާނީ އަހަރެން…. އަހަރެންގެ ކުރިން ބިނދެފިމީހެއް މަރުވާނީ މަގޭ މިދެއަތުން..” އެމީހާ ކުއްލިއެއް ޖަހާލަމުން އެހެން ބުނެލީ ނިކަން ބާރަށެވެ. އެއަށްފަހު އޭނާ ޔައިނާގެ އަތުން ދޫކޮށްލާފައި އެތަނުން ދިޔައެވެ. ޔައިނާ އަށް ރޮވެންފެށުނެވެ. ނަމަވެސް ސިހުނީ ފޯނަށް ސުމާ ގުޅުމުންނެވެ. އަވަސް އަވަހަށް ކަރުނަތަށް ފޮހެލުމަށްފަހު ޔައިނާ ހަމަޖެހެން ފެށިއެވެ.

“ހަލޯ… ލައްބަ.. ކައިރިވެއްޖޭ..” ޔައިނާ އެހެން ބުނެފައި ހިނގުން ތަންކޮޅެއް ބާރުކުރިއެވެ. ކަރުނަތަށް ފޮހެމުން ފޮހެމުން ދިޔައެއްކަމަކު ދެލޯ ފުރިގެން ފައިބަނީއެވެ. މަންމައަށް ދައްކާނީ ކޮން ބަހަނާއެއްބާއޭ އޭނާ ހިތަށް އެރިއެވެ. އެމިހާގަނޑު ހިފެހެއްޓި ތަނުން ދިލަވެސް ނަގައެވެ. ޔައިނާ އަވަސް އަވަހަށް ބަހަނާއެއް ހަނދާންވެގެން ފޯނުން އެއްޗެއް ހުޅުވާލަމުން އެއަށް ނަޒަރު ހިންގާލައިގެން ހިނގަންފެށިއެވެ. އޭރުވެސް ކަރުނައިގެ އަސަރު ލޮލުންނާއި މޫނުމަތިން ފެންނަމުންދިޔައެވެ.

ސުމާ މަގުމަތީ ހުރިތަން ފެނި އޭނާގެ ހިތްއަވަސްވީނަމަވެސް ފޯނުން ނަޒަރު ދުރަށްނުލައެވެ. ސުމާ އާއި ހަމާއަށް އަރާފައިވެސް އެނާ ހުރީ އެހެންނެވެ. ފޯނުގެ އަލިން އެ މޫނުމަތި ސުމާއަށް ފެނުނެވެ. “ދަރިފުޅާ!! ކިހިނެއްވީ؟؟؟ ރޮވެފަތަ؟؟” ސުމާ ކަންބޮޑުވެލަމުން އެހިއެވެ. ޔައިނާ ގަދަކަމުން ހިނިތުންވެލަމުން ސުމާއަށް ބަލައިލިއެވެ. “މި ވަރަށް ދެރަވާ ވާހަކައެއް ކިޔަނީ، އެހެންވެ ރޮވުނީ.. މިދުވަސްކޮޅު ބިޒީވީމަ ވާހަކައެއްވެސް ނުކިޔެ، މިއަދު ހިތަށް އެރީ ކިޔާލާނީއޭ..” ޔައިނާ ބުންޏެވެ. ސުމާގެ ސުވާލުތަކުން އެންމެ ފަސޭހައިން ރެކެވޭނެ ގޮތަކީ އެއީއެވެ. އެންމެ ކުޑައިރުންސުރެވެސް އޭނާއަކީ ވާހަކަކިޔަން ވަރުހުންނަ ކުއްޖެއްކަން ސުމާއަށްވެސް އިނގެއެވެ.

“ހުމްމް އެއްކަލަ އެސްފިޔައިގެ ރާނީއޭ ދޯ މީ….. އަސްލުވެސް ވަރަށް ކުޅަދާނަ ލިޔުންތެރިން އުޅޭ އެސްފިޔައިގެ ވާހަކަތަށް ކިޔާލީމަ އެކަން ރަނގަޅަށް ހާމަވޭ..” ސުމާ ބުންޏެވެ. ޔައިނާ ހުމްމް އޭ ބުނެފައި އިތުރު އެއްޗެއް ނުބުނެއެވެ. ޔައިނާ ފޯނަށް ނަޒަރު ހުއްޓާލައިގެން ހުއްޓެއްކަމަކު ހިތުގައި އަދިވެސް ވަނީ އެކަމެވެ. އެ ބަސްތަށް އިވުމާއި އެކު ރޫރޫ އަރައިގެންދެއެވެ.

ސުމާ އާއި އެކު ޔައިނާ ވަދެފައި އޭނާ ދުއްވައިގަތީ އިތުރު މީހަކަށް އެ މޫނު ފެނިދާނެތީއެވެ. ދުވެފައި ގޮސް ސިޑިން އަރައިގެން އޭނާ ދިޔަތަން ބަލަން ސޯފާގައި ޔާއިން އާއި މާޒިން އަދި ޔާއިލް އިނެވެ. ފުންވިސްނުމެއްގައި ހުރި ސުމާވެސް އައިސް ސޯފާގައި އިށީނެވެ. “ކިހިނެއްވީ؟ ޔަނާވެސް ބަލައިވެސްނުލާ ދުވެފައި އެދިޔައީ.. ކަމެއް ގޯސްވީތަ؟” މާޒިންއަށް އެއްޗެއް ނަގައިގަނެވިގެން އެހިއެވެ. “ޔައިނާއަށް ކަމެއްވެއްޖެ…  ރޮއެފަކަން އެ މޫނަށް ބަލާލާފައިވެސް އިނގޭ…. އަހަރެން އެހީމަ ބުނީ ދެރަވާކަހަލަ ވާހަކައެއް ކިޔާތީވެގެންނޭ… އެކަމް އަހަރެންނަކަށް ހިއެއްނުވެ އެ ތެދުހެންނެއް. ހަމަ ހީނުވަނީ… އޭނާ މޫނުމަތިން ރީއްޗަށް ސިހުމެއް ފާޅުވޭ… އެހެންނެއް ނޫން އެކަމް ވާހަކަކިޔައިގެން ދެރަވެސް ވެދާނެ އެކަމް އިތުރު ކަމެއް އެބައޮތޭ ހިތްބުނަނީ.. އޭނާ ދޮގު ހެދީކަން ޔަޤީން..” ސުމާ ބުންޏެވެ. ޔާއިން ގެ ހިތުގައި ސުވާލުތަށް އުފެދުނެވެ.

“މިހާރު ޔަނާވެސް އެހުރީ ބޮޑުވެފައި.. އޭނާ ނުބުންޏަސް އެ އުމުރުގެ ކުދިން އުޅޭނީ މިހާރު ހަމަ ރައްޓެހިވެގެން ކުއްޖަކާ.. އެކަހަލަ ކަމެއްތަ އަނެއްކާ؟” މާޒިން އެހިއެވެ. “ނޫން މާޒިން..! އޭނާ އެކަހަލަ ކަމެއްގަ ދޮގެއް ނުހަދާނެ.. ވަރަށް ސާފު ސީދާކޮށް އެއްދުވަހު ބުންޏެއްނު ތިމަން ބޭނުމެއްނުވެޔޭ ތިކަންކަމާއި މިދުވަސްކޮޅު ވިސްނާކަށެއް… ކިޔަވާށޭ ބޭނުމީ… އެކަހަލަ ކަމެއް އޮވެއްޖެއްޔާ ފުރަތަމަވެސް ބުނާނީ އަހަރެމެން ދެމީހުން ކައިރިއޭ. އެކަހަލަ ކަމެއްނަމަ އޭނާ ފަރާތުންވެސް އެކަހަލަ އެތަށް ކަމެއް ފެންނާނެ… ނުފެނެއެއްނު… ދެން ނޭނގެ.. ހަމަޔަކަށް އެޅުނީމަ ވާހަކަދައްކަންވީ ކަންނޭނގެ….” ސުމާ ބުނުމުން މާޒިން އެއްބަސްވިއެވެ. އެ ދެއްކި ވާހަކައަކުން ޔާއިން ބޮލަށްވެސް އެނބުރުން އަރައިގަތެވެ. ކީއްވެކަމެއް ނޭނގެއެވެ. ހިތުގައި ޖެހުނީއެވެ. ޔައިނާ އެހެން މީހަކާއި ރައްޓެހިވެދާނެބާއޭ ހިތަށް އަރަނީއެވެ. މިހާ ދުވަސްވީއިރު ގައިމުވެސް ކޮންމެވެސް މީހަކަށް ހިތުގައި ކޮންމެވެސް ކަހަލަ އިހްސާސްއެއް އާލާވާނެއެވެ. މިހާރު އެހުރީ ޒުވާން ކުއްޖަކަށް ވެފައިތާއެވެ. އެކަމަށް އޭނާގެ ހިތް ނޭދެނީ ކީއްވެހެއްޔެވެ؟ ބޭބެއަކު ވިސްނަންޖެހޭ ގޮތާއި މުޅިން ހިލާފަށް މިވިސްނެނީ ކީއްވެހެއްޔެވެ؟

“ދެން މިހިރީ މިގޭ ޕްރިންސް… މިހާރު 25 އަހަރުވީއިރު މިގެއަށް އާ މެހެމާނެއް ގެންނަންވެސް މީނާ ބޭނުމެއްނުވެޔޭ..” ވިސްނުމެއްގައި އިން ޔާއިންގެ ގައިގާ ޖަހާލަމުން ސުމާ ބުނެލީ ހާސްކަން ކަނޑުވާލާށެވެ. “ތެދެއް.. އުމުރު ހުސްވެދާނެއެއްނު ތިހެން ހުރެގެން…އެކަހަލަ ކަމެއް އެބަ ރާވަންތަ؟” މާޒިންވެސް ބައިވެރިވިއެވެ. ގޭމް ކުޅެން އިން ޔާއިލްއަށް މީހަކު އެއްޗެކޭ ކިޔައިހެންވެސް ހީނުވެއެވެ.

“ދެން… މަމް ޑޭޑް ޕްލީސް! އަޅުގަނޑު ބޭނުމެއްނޫން އެކަހަލަ ކަމަކާއި އަދި އުޅޭކަށެއް…” ޔާއިން ބުނީ އެކަމުން އަވަހަށް ރެކެންވެގެންނެވެ. “އަދި އުޅޭކަށެއް ބޭނުމެއްނޫނޭ؟ ދެން ކޮންއިރަކުން އުޅެންތަ؟ މުސްކުޅިވީމަ އިނާޔަތް ލިބޭއިރުންތަ؟ މިއިން ބޮޑު އެއްދަރިއެއްވެސް އުޅޭކަށެއް ބޭނުމެއްނުވޭ… އެކަކު ކިޔަވަންދެން… ދެން ޔާން ކީއްކުރަންދެން؟ ވަޒީފާ އިން ކެނޑެންދެންތަ؟ހަހަހަ” ސުމާ އެހެން ބުނެފައި ހިނިގަނޑެއް ޖެހިއެވެ. “އަދި އުއްމީދު ކަނޑައިނުލާ.. ނޭނގެއެއްނު މިގޭ ކުޑަ ޕްރިންސް އުޅޭނެގޮތެއް… އަވަހަށް މީހަކު ހޯދައިވެސް ފާނެއެއްނު..” މާޒިން އެހެން ބުންޏެވެ. ޔާއިލް އެދެމީހުންނަށް ފާޑަކަށް ބަލައިލިއެއްކަމަކު އެ ބުނި އެއްޗެއް އަޑެއް ނީވެއެވެ. ޔާއިން އިތުރަށް އެތާ ނީންނަން އަވަހަށް ހިނގައިގަތީ ކޮޓަރިއަށް ދާށެވެ.

މަންމަމެންކައިރި ބުނާނީ ވަކި ކީކޭހެއްޔެވެ؟ މިވީހާ ދުވަހު އެހެން ނަޒަރަކުން އަންހެންކުއްޖަކަށް ބެލުނީވެސް އެއްބަނޑު އެއްބަފާ ކޮއްކޮއާއި ދިމާލަށެވެ. ހާސިލްކުރެވޭނީވެސް އެއްވެސް ގުޅުމެއް ނެތިއްޔާތާއެވެ. އަނެއްކާ ޔައިނާއަށް ލައިގަނެގެން އެއުޅެނީ ކޮންކަމެއްބާއޭވެސް އޭނާ ހިތަށްއެރިއެވެ.  ޔާއިން ގޮސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ.

…..

އެނދުމަތީ ޔައިނާ ރޯން އޮތް އިރު ދަބަސް އޮތީ މާ ދުރަށް އެއްލާލާފައެވެ. ކޮޓަރިއަށް އައިސް އަތަށް ބަލާލިއިރު އެ އަތުގައި އޭނާ ހިފެހެއްޓީ ނިޝާން ރަނގަޅަށްވެސް އިނގެން އެބަ ހުއްޓެވެ. ހުރީ ރަތް އަރާ ފާޑަކަށް ނޫފައިގަނެފައެވެ. ފާރުގައި އެ ދެއަތް ޖެއްސި ގޮތުން މަށައިގެން ގޮއްސަވެސް ހުއްޓެވެ. ސުމާމެން މީހަކަށް ފެނިއްޖެނަމަ ޔަޤީނުންވެސް އެމީހުންނަށް އެއްޗެއް އިނގި ސުވާލުކުރާނެއެވެ. އަތަށް ތަދުވާވަރަށްވުރެ ބޮޑަށް ތަދުވަނީ ހިތަށެވެ. އެވަގުތުވެސް ޔާއިންގެ ހިމާޔަތަކަށް އެދެވުނީއެވެ. އެހާ ދަށުދަރަޖައަކަށް އޭނާ ވެއްޓުނީމައެވެ. އަމިއްލަ ބޭބެ އާއި މެދު ވިސްނުމުގެ ނުބައިކަން އޭނާއަށް އިނގެއެވެ. ކޮންމެ ދުވަހަކު އެފަދަ ގޮތަކަށް ވިސްނޭތީވެ ތައުބާވެ އެ ފާފަ ފުއްސެވުމަށް ދުޢާ ދެންނެވިއެއްކަމަކު އެ ހިތަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ.

އެހެން އެތަށް އިރަކު އޮތުމަށްފަހު ޔައިނާ ތެދުވެ ނަމާދުކޮށްލައިގެން މާތް ﷲ އަށް ދުޢާ ދެންނެވިއެވެ. އެ ހިތުގައި އެ ހިނގާ ޖަޒުބާތު ނައްތާލުމަށެވެ. ނޫންނަމަ އެ ޖަޒުބާތުތަށް ފޮރުވާލެވޭނެ ވަރުގެ ބާރާއި ހިތްވަރު ދިނުމަށެވެ. އަނެއްކާވެސް އޭނާ ގޮސް އޮށޯވެގެން އޮވެ އެތަށްކަމަކާ ވިސްނިއެވެ. އޭނާ ސިހުނީ ދޮރުގެ ތަޅުގައި މީހަކު ހިފުމުންނެވެ. އޭނާ އަވަސް އަވަހަށް މޫޑް ރަނގަޅުކޮށްލަމުން ދޮރު ހުޅުވިއިރު ހުރީ ޔާއިލްއެވެ. “ދޮންތީ.. އާދޭ ކާންދާން…. މަންމި އާއި ބައްޕި ހޮސްޕިޓަލަށް ދާންޖެހޭތީވެ މިގަޑީގައި އެންމެން ކާން އަންނާށޭ ބުނީ.. ދެން ބުނީ ލަސްވާނެޔޯ މަންމަމެން.. އެންމެން ކާން އަންނާށޯ.” ޔާއިލް ބުންޏެވެ.

“ނޫން.. ދޮންތި ކާހިތެއްނެތް… ޔާލް ދޭ ކާން އެންމެންނާއިއެކު..” ފޫހިގޮތަކަށް ޔައިނާ އެހެން ބުނެފައި ދޮރު ލެއްޕީ ޔާއިލް ދިޔުމުންނެވެ. ކިތަންމެ ބަނޑުހައިވެގެން ކާން ބޭނުންވިޔަސް އޭނާ ނުދިޔައީ އޭނާގެ އަތުގައި އިން ނިޝާން ފެނި އެމީހުން ސުވާލުތަށް ކޮށްފާނެތީއެވެ. ހަޤީޤަތް އިނގިއްޖެނަމަ މަންމަމެން ބިރުގަނެގެން އޭނާ އެކަނި ކޮލެޖަށްވެސް ނުފޮނުވާނެއެވެ. އެގޮތް ޔައިނާއަށް ކަމަކުނުދެއެވެ.

……….

“ޔައިނާ!! ޔައިނާ!!… މިއައީ ކާން ބަލައި.. 11 ޖަހާ ބޮޑުވެއްޖެ… ޔައިނާ!!” ޔާއިން ގޮވަމުންދިޔައެވެ. ޔައިނާ ދެފަހަރު ތެޅިލަމުން ފުރަތަމަވެސް ހިއްލާލީ އޭނާ ބުޑުކޮޅެވެ. އެވަގުތު ޔާއިންއަށް ސިފަވީ ޔައިނާ ކުޑައިރެވެ. އޭނާ ކައިރިއަށް ހިނިވެސް އައެވެ.

ލޯ އުނގުޅަމުން އޭނާ ބޯ ހިއްލާލާފައި ތެދުވިތަނުން ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީ އެނދު ކައިރި ޔާއިން ހުރިތަން ފެނި އޭނާގެ ނިދިވެސް ފިލައިފިއެވެ. “ކާން ތެދުވޭ.. މަންމަ ބުނީ ޔައިނާ އަށް ގޮވައިގެން ކާންދޭށޭ.. އެހެންވެ މިއައީ.” ޔާއިން ބުނެފައި ނިކުމެގެން ދިޔައެވެ. ޔައިނާ ދެލޯ އުނގުޅަމުން ފާހަނައަށްވަދެ މޫނު ދޮވެލައިގެން ކާންދިޔައިރު ޔާއިން އިނީ ތައްޔާރުގައެވެ.

އޭނާ ގޮސް އިށީނުމާއި އެކު ކާން ފެށިއިރު ޖެނީ އެމީހުންނަށް އެއްޗެހި ގާތްކޮށްދެން ހުއްޓެވެ. އެއަށްފަހު އެމީހުން ކާންފެށުމުން ހިނގައިގަނެއްޖެއެވެ. “ކިހިނެއްވީ މިއަދު؟” ޔާއިން ދިޔައީ ސީދާ ޕޮއިންޓަށެވެ. ޔައިނާ ދެލޯބޮޑުވީ ޔާއިންއަށް އެއްޗެއް އިނގުނީކަމަށް ހިތާއެވެ. އޭނާ ވަގުތުން މޭޒުމަތީ އޮތް އޭނާގެ ވާ އަތް ތިރިކޮށްލީ އެކަން ހަނދާންވެގެންނެވެ. ޔާއިންއަށް އެ މަންޒަރު ވަރަށް ސާފުކޮށްފެނުނެވެ. ޔައިނާ އިސްތިރިކޮށްލަމުން އަތަށް ބަލައިލިއިރު އެ ނިޝާން އަދިވެސް އޭނާ އަތުގައި ހުއްޓެވެ. އެމީހާގެ ނުރައްކާ ރަމްޒުކޮށްދޭ މިނިޝާނުން އޭނާގެ ހިތް ބިރުގަންނަން އަނެއްކާވެސް ފެށީއެވެ. “ޔައިނާ! ކިހނެއްވީ މިއަދު؟” ޔާއިން ސުވާލު ތަކުރާރުކުރިއެވެ. “ކަމެއް..ކަމެއްނުވެ..” ޔައިނާ އެހެން ބުނެފައި ކާންފެށިއެވެ.

“ބީއެފް އެއް ހުރޭތަ؟ މައްސަލައެއް ޖެހުނީތަ؟” ޔާއިން ސީދާ ޕޮއިންޓަށް ވާހަކަދައްކަންފެށިއެވެ. އެއްވެސް ޖެހިލުމެއްނުވެއެވެ. ޔައިނާ އަނގަޔަށް ލީ ބަތްކޮޅުވެސް ބޭރަށް ނައީ ކިރިޔާއެވެ. ކޮށިވެސް އެރިއެވެ. އޭނާ ފެންފޮދެއް ބޮމުން ޔާއިންއަށް ބަލައިލި އިރު އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. ޖަވާބަށް އިންތިޒާރުކުރާކަމެވެ. “ނުހުރެ.. މައްސަލައެއްވެސް ނުޖެހެ..” ޔައިނާ ބުންޏެވެ. “ޔަޤީން؟؟” ޔާއިން ބުނެލުމުން ޔައިނާ ބޯ ޖަހާލިއެވެ.

ޔައިނާ އަވަސް އަވަހަށް ކައި ނިންމިއެވެ. އެޅީ ކުޑަ ބަތްކޮޅެއްކަމުން އެ އެތިކޮޅޫ ހުސްވާކަށް މާ ގިނައިރެއްނުވެއެވެ. އިތުރު ސުވާލުތަކެއް ކުރިމަތި ވެދާނެތީ ޔައިނާ ތަށި ހިފައިގެން އަވަހަށް ދިޔައީއެވެ. އެއަށްފަހު އަތާއި ތަށީ ދޮވެ ދާން ހިނގައިގަތެވެ. “ޕްރޮޖެކްޓް ގަ އިނީ ކުޑަތަންކޮޅެއްނު، އެތަންކޮޅު ހަދާލެވޭނެ އެކަނިން.. އޯކޭ ނަޔަސް.. އެން ތެންކިޔު ފޯރ ހެލްޕިން މީ ” ޔައިނާ އެހެން ބުނެފައި ހިނގައިގަތެވެ. ޔާއިން އެއްޗެއް ނުބުނެ ކެއުން ކުރިއަށް ގެންދިޔައެވެ.

ޔައިނާ ދިޔަގޮތަށް ގޮސް ފެންވަރާލުމަށްފަހު ނިދާ އެއްޗެހި ލައިގެން އެނދުމަތީ އޮތީއެވެ. އެއްވެސް ކަމެއް ކުރަން ބޭނުންނުވާއިރު އޭނާ ވިސްނަމުންދިޔައީ މިއަދު ހިނގި ކަންތަކާއި މެދުގައެވެ. ޔައިނާ އަށް ރޮވުނެވެ. ޔައިނާ މޫނުމަތީ ބާލިސް އެޅިއެވެ. އެތަށް އިރަކު އޭނާ ރޯން އޮތުމަށްފަހު ހަމަޖެހޭ ވަރުވުމުން ގޮސް ޕްރޮޖެކްޓް ނިންމުމުގައި އުޅުނެވެ. މާދަމާ ހަވާލުކުރަން ޖެހޭތީއާއި އެކު އޭނާ ބޭނުންވީ ހުރިހާ ކަމަކާއި ނުވިސްނާ އެކަން ނިންމުމަށެވެ. އަނެއްކޮޅުން ޔާއިން ގޭމް ކުޅެން އިންއިރު ވިސްނެމުންދިޔައީ ޔައިނާއާއި މެދުގައެވެ. ކަމެއްފޮރުވާކަން އެ މޫނު ރަނގަޅަށް ހެކިވެއެވެ. ނަމަވެސް އެއީ ކޮންކަމެއް ބާއެވެ.

90
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހުވަފެން (4)

Next

ތުއްތު ކުދިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދިއުމުގައި ސަމާލުވުން.

Next
February 28, 2017

ތުއްތު ކުދިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދިއުމުގައި ސަމާލުވުން.

Previews
February 28, 2017

ހުވަފެން (4)

18 Comments

  1. Aasha says:
    February 28, 2017 at 3:29 pm

    Yes me first vvvv reeethi waiting for next part

  2. Aasha says:
    February 28, 2017 at 3:30 pm

    me first dho vvvv reeethi waiting for next part

    1. Ryn says:
      February 28, 2017 at 3:37 pm

      Yap ?? Thankyou and tc 😉 ? ?

  3. Ryn says:
    February 28, 2017 at 3:31 pm

    Heyy guys!!! Afternoon. ??
    So I have a great news for u guys. I got an offer to write a story for radio drama ah. And unfortunately I don’t know which one ga kameh on air kureveny. I mean I know but not sure so can’t tell na? ?? but all I know is that it’s on every Mondayge night ga. ???? so last night it was the first episode. And eyge name is “thi loihbahtakaa” if u guys heard it last night do tell me how it is and in sha Allah I will find out which station kn ingey. and let u guys know. ? tc

  4. irooo says:
    February 28, 2017 at 4:02 pm

    ekam mi page ga stry up kohdheynan dhw Ryn.wen nxt prt. all da bst Ryn

    1. Ryn says:
      February 28, 2017 at 4:22 pm

      Yap thinking to do that. Ekm jeheyne vrh bodu changes gehnan… Like i will have to add more sifakurun dhw. cx drama ga huhnaany bodah dialogues ehnu.. But ryn e story up kuran fashaanan drama nimunyma and ehkh badhaluthah genevunyma. tc and next part thurs ga 😉 thankx ??

  5. Addu manje says:
    February 28, 2017 at 4:14 pm

    Varah reethi.. keep it up Ryn!!
    ☺☺☺☺

    1. Ryn says:
      February 28, 2017 at 4:22 pm

      thankyou ??

  6. sha who says:
    February 28, 2017 at 4:51 pm

    I love yur story..thankxx for sharing it..n i wish yuh all the best..

  7. 404 Error! says:
    February 28, 2017 at 5:05 pm

    wow ???
    haadha reechey…….
    haadha salhiey…..
    haadha chaaley …….
    haadha nalaey ……
    hahaha… aslu ves varah salhi..????
    keep it up..,,Ryn
    ❤❤

  8. naaanu says:
    February 28, 2017 at 6:28 pm

    Hey ryyn.congra inge ??you got an offer thats a great chance to go ahead in this field..god bless you.vaahaka varah reethi inge.❤❤❤and miss you even though idk you.hope to meet you someday ?

  9. Ulya says:
    February 28, 2017 at 7:02 pm

    Very nice ??????

  10. Someone says:
    February 28, 2017 at 11:01 pm

    Haadha lahey ryn avas nuvaanetha ….it’s too heart touching

  11. BlackPink says:
    March 1, 2017 at 3:34 pm

    Congra?

  12. ely says:
    March 1, 2017 at 6:48 pm

    Haadha kuri erun naahna story ekey. Emmen ulheny abadhuves kaan. E noon kameh nuvey. Boring ? m really dissapointed. Hope next part will b more happenning n nice ? all the best ?

  13. Brainless says:
    March 1, 2017 at 8:52 pm

    Wow.. Varah salhi..
    Dhn Alhe yainaa and yaain ge love story fehteynee kihinehbaa..??❤ Can’t wait..??????

  14. Shahu says:
    March 1, 2017 at 10:34 pm

    Nice…next part when?

  15. nunnu says:
    March 8, 2017 at 5:23 pm

    vvvv reethi

Comments are closed.

All Right Reserved!