Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން ލޯބި (27)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
February 28, 2017 5 Mins Read
34 Comments

ެ. ކައިރީގަ ތިބި މީހަކަށް ބެލުމެއްނެތި އަހަރެންގޮސް އަތުގަ ހުރި ޖޫސްތަޓި އެ ކުއްޖާ މޫނަށް ޖެހީމެވެ.

” ވަޓް ދަ ހެލް..” އެކުއްޖާ ރުޅި ވެރި ކަމާއެކު އަހަރެންނަށް ބަލާލަމުން ބުނެލިއެވެ.

ބަލާކަށް ނުހުރެ އޭނަ އަތު ހުރި ޖޫސް ތަށިވެސް އަހަރެން މޫނަށް ޖެހިއެވެ. އަދި އިތުރަށް ހައިކަލްއާ ގާތްވެލިއެވެ. ހައިކަލްވެސް ހެވިފަ އަހަރެންނަށް ބަލަން ހުއްޓެވެ. އަހަރެން ރުޅިގަދަވެގެން އިތުރު ގޯހެއް ނުހެދެެނީސް އެތަނުން ދާން ހިނގައިގަތީމެވެ. އެއް ފަރާތެއްގަ މަންމައާ ބައްޕަ ހެވިފަ އަހަރެންނަށް ބަލަހައްޓައިގެން ތިއްބެވެ. އަހަރެންނަށް މިކުރެވުނު ކަންތައް އިހްސާސްވި އިރު މީހުންގެ ލޯތައްވަނީ އަހަރެންނަށް އަމާޒުވެފައެވެ. ދުވެފަގޮސް ކޮޓަރިއަށް ވަދެ ތަޅުލީ އަހަރެން ފަހަތުން އައިސް އައިސް ހުރި ހައިކަލް ފެނިފައެވެ.

” ޔަލް.. ދޮރު ހުޅުވަބަ..” ހައިކަލް ދޮރުގަ ޖަހަމުން އަހަރެންނަށް ގޮވަމުން ދިޔައެވެ. އަހަރެން ބަހެއްވެސް ނުބުނެ  ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ އެނދުގަ ޖައްސާލީމެވެ. އަދިވެސް އަހަރެން މިހިރީ ހިތްހަމަ ނުޖެހިފައެވެ. ހައިކަލްވެސް އެހެން އަންހެން ކުދިންނާއެކު ސަމާސާ ކޮއްފަ މަޖާކުރަން ޖެހޭ ހެއްޔެވެ. ހައިކަލް ސަކަރާތް ޖަހާ މަޖާ ކުރަން އަހަރެން ނުފުދެނީ ހެއްޔެވެ.  ހައިކަލް ހެވިފަ ހުރިމަންޒަރު ފެނިފަ އިތުރަށް ރުޅިގަދަވާން ފެށިއެވެ. ކުރެވުނު ކަންތަކާ ލަދުވެސް ގަންްނަން ފެށިއެވެ. އެންމެން ކުރިމަތީ މި ކުރެވުނީ ކިހާ ދަށުދަރަޖައިގެ ކަމެއް ހެއްޔެވެ. މަންމަ ބޭރުން ގޮވާލި އަޑު އިވުމުން އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ.

” ދަރިފުޅާ.. ދަރިފުޅު ހިތްހަމަ ނުޖެހުނަސް އަސްލު ތިކުރީ ރަނގަޅު ކަމެއް ނޫން.. ދަރިފުޅަށް އިނގޭތަ އެއީ ކާކުކަން..” މަންމައައިސް އެނދުގަ އިށީންނަމުން އަހަރެންނާ ވާހަކަ ދެއްކިއެވެ.

އަހަރެން އިސްދަށަށް ޖަހާލައިގެން އިނީ ކުރެވުނު ކަންތަކާ ދެރަވެ ލަދުންނެވެ.

” އިނގޭތަ.. އެއީ ޒައިންގެ ކޮއްކޮއޭ.. ހައިކަލް ޒައިންއާއެކު އުޅޭތީ ޒާޔާއާވެސް ވަރަށް ފްރެންޑްވާނެ.. ޒާޔާވެސް މިދޭތެރެއިން ޗުއްޓީއެއްގަ ގޮސް ޒައިންއާ ހައިކަލްއާއެކު އުޅުނު..  އޭނަ ކިޔަވަން މެލޭޝިޔާގަ ހުންނަނީ.. ޒައިން ވެޑިންއަށް އައިސް އެހެރީ.. އަދި ދަރިފުޅުވެސް ތައާރަފް ކޮއްނުދެވިގެން އުޅެނިކޮއް އެހެން ތި ކަންކުރީ.. ”

” ސޮރީ މަމް.. އައި ނޯ ވަރަށް ކަޑަ ކަމެއްކަން މިކުރެވުނީ.. ދެން ނުކެރޭނެ ޒައިން ކުރިމައްޗަށްވެސް ދާކަށް..” އަހަރެން މަންމަ ކޮނޑުގަ ބޯއަޅާލަމުން ބުނެލީމެވެ.

” ޒާޔާ..” މަންމަ ތަންކޮޅެއް ބާރަށް ޒާޔާއަށް ގޮވާލިއެވެ. ޒާޔާ ދުވެފަ އައިސް ކޮޓަރިއަށްވަން އިރު އަހަރެން ފެނިފަ އޭނަގެ މޫނު ކުލަވަރު ބަދަލުވިތަން ފެނުނެވެ.

” ސޭ ސޮރީ ޔަލް.. ވަޓް ޔޫ ޑިޑް ވޯސް ނޮޓް ނައިސް..” ޒާޔާ އައިސް މަންމަ ކައިރީ ހުއްޓިލުމުން އަހަރެންނާ މުހާތަބުކޮއް މަންމަ ބުނެލިއެވެ.

” ސޮރީ ޒާޔާ..” އަހަރެން ޒާޔާއަށް ބަލާލަމުން ބުނެލިއިރު އޭނަ ހުރީ އަދިވެސް ރުޅިއައިސްފައެވެ.

” ޒާޔާ.. ޝީ އިޒް ދަ ވަން އައި ޓޯލްޑް ޔޫ އެބައުޓް..” މަންމަ އެހެން ބުނުމުން ޒާޔާ ހައިރާން ކަމާއެކު ބަލާލިއެވެ.

” އިޓްސް އޯކޭ ސިސް.. ވެލްކަމްއެއް ދިނީ ދޯ..” މަންމައެހެން ބުނުމުން ޒާޔާގެ މޫނުމަތީ ހުރި ރުޅިވެރިކަން ފިލާ ގޮސް އުފާވެރި ހިނިތުން ވުމަކާއެކު އަހަރެންނާ ވާހަކަ ދެއްކިއެވެ.

” ތިހެން ބުނީމަ ޒާއަށްވެސް ވައްތަރު ވެއްޖެ.. އަޅޭ ފައިނަލީ އައި ގޮޓް އަ ސިސް.. ސޯ ހެޕީ..” އެހެން ބުނެލަމުން އައިސް އަހަރެން ގައިގަ ކުޑަކޮށް ބައްދާލިއެވެ.

އަހަރެންވެސް  ވީ ކަންތައް ހަނދާން ނައްތާލާފަ ޒާޔާއާ ވާހަަކަ ދެއްކީމެވެ. ޒާޔާއާ ހައިކަލް ދެއްކީ އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭ ވާހަކަކަން އިނގުމުން އުފާވި ނަމަވެސް ކުރެވުނު ކަންތަކާ ދެރަވިއެވެ. މަންމަވެސް ޒާޔާއާ ދެމީހުނަށް ވަގުތުކޮޅެއް ދީފަ ނިކުމެގެން ދިޔައީއެވެ. ޒާޔާ އަހަރެންނާ އެތައް ވާހަކައެއް ހިއްސާ ކުރިއެވެ. ދެމީހުންގެ އެކުވެރިކަން ބަދަހިވެ ދެންމެ ދިމާވި ދެމީހުނޭވެސް ހިތަށް ނާރާ ކަހަލައެވެ. ޒާޔާ ދިޔުމުން އަހަރެން ކޮޓަރިން ނުނިކުމެ  އޮތީ ކުރެވުނު ކަންތަކުން އެހެން މީހުންގެ ކުރިމައްޗަށް އަރަން ނުކެރިގެންނެވެ. ބައްޕަވެސް އައިސް ވަރަށް ނަސޭހަތް ދިނެވެ. އަހަރެން ކުރެވުނު ކަންތަކަށް މާފައް އެދުނު ވާހަކަ ބުނުމުން ބައްޕަ ހުރީ ވަރަށް އުފާވެފައެެވެ.

ހައިކަލްްގެ އެއްވެސް ހަބަރެއް ނުުވުމުން އަހަރެން ހިތް ނުތަނަވަސް ވިއެވެ. ފޯނު ނަގައިގެން މާފަށް އެދިފަ މެސެޖްކޮއްލީމެވެ. ނަމަވެސް ސީން އަރުވާފަ ހައިކަލް ރިޕްލައި ނުކުރުމުން ހިތުގަ ޖެހުނެވެ.

ރޭގަނޑުގެ ވަގުތެވެ. ޒައިންއާ އައިޝާވެސް ހަނީމޫނަށް ދާން ފުރުމުން ގޭތެރެ އޮތީ ފުދޭވަރަކަށް ފަޅުކޮއްށެވެ. މަންމަމެންވެސް ކައިގެން އަވަހަށް ނިދަން ދިޔައީ މިއަދު މާ ބުރަކޮއް އުޅުނީމަ ކަންނޭންގެއެވެ. އަހަރެންނާ ޒާޔާއާ ތިބީ ޓީވީއިން އަންނަމުން ދިޔަ ފިލްމެއް ބަލާށެވެ.

” ޒާ ހައިކްބެ ކޮބާ.. ފަހުން ނުވެސް ދެކެެން..” އެންމެ ފަހުން ކެތް ނުވެގެން ސުވާލު ކޮއްލީމެވެ.

” ނޭންގެ ޒާވެސް ނުދެކެން..” ޒާޔާއިނީ ފިލްމަށް ގޮސް ހުސްވެފައެވެ.

އަހަރެން ފޯނު ބަލާލީ ހައިކަލްގެ މެސެޖެއް އައިސްފަ އިންތޯ ބާލާލުމަށެވެ. ހައިކަލް އަނެއްކާ އަހަރެން ދެކެ ރުޅި އައީ ހެއްޔެވެ؟ އެކަމް މިއަދުވެސް އަހަރެންނަށް ބަލަން އިނީ ހެވިފައެވެ. އަނެއްކާވެސް ހައިކަލް އަށް މެސެޖެއް ކޮއްލީމެވެ.

” ބޭބީ.”

” ސްޓިލް އެންގްރީ؟”

” އައި އޭމް ރިއަލީ ސޮރީ..”

” ޕްލީސް ޓޯކް ޓް މީ…” އަހަރެން މެސެޖަކަށް ފަހު މެސެޖެއް ކުރަމުން ދިޔައީމެވެ. ކުއްލިޔަކަށް ފަހަތުން މީހަކު އަހަރެންގެ އަތުގަ އޮތް ފޯނު ޖަހައިގަތެވެ. ފަހަތުގަ ހެވިފަ ހުރި ހައިކަލް ފެނިފަ އުފާވި ނަމަވެސް މޫނު މަތިން އެކަމެއް ނުދައްކަމެވެ.

” ހާދަ ވަރަކަށް ތި މެސެެޖް ކުރަނީ.. ” އަހަރެން ކައިރީ ސޯފާގަ އިށީންނަމުން ހައިކަލް ބުނެލިއެވެެ.

” ހޫމް.. ކީއްކުރާނީ ރިޕްލައި ނުލިބެންޔާ މެސެޖް ކުރާކައްނު ޖެހޭނީ..” އަހަރެން ހައިކަލް އަތުއޮތް ފޯނު އަތުލަމުން ބުނެލީމެވެ.

” އެ އައީނު ހައިކްބެ.. ޔަލްދައްތަ އުޅެފި ހައިކްބެ ނުފެނިގެން މިރޭ..” ހައިކަލް ފެނުމުން ޒާޔާވެސް ބުނެލިއެވެ.

” ވަޓް.. ނޫޅެން.. ފެންނަން ނެތީމަ އަހާލީނު..” އަހަރެން ނޭންގޭ ކަމަށް ހަދާލީމެެެވެ.

ހައިކަލް އަހަރެންގެ އަތުގަ ހިފައިގެން ތެދުވިއެވެ.

” އަދިވެސް ރުޅި އައިސްފަތަ އެންގްރީ ބާޑު؟..” ހައިކަލް އަހަރެންގެ ކޮޓަރި ބޭރުގަ މަޑުކޮއްލަމުން ސުވާލުކޮއްލިއެވެ.

” ސޮރީ..” އިސްދަށަށް ޖަހައިގެން ހުރެ ބުނެލީމެވެ.

” އިޓްސް އޯކޭ ބޭބީ… ގުޑް ނައިޓް.. ދެން ދޭ ނިދަން..” އެހެން ބުނެފަ ހައިކަލްވެސް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ނިދަން އޮށޯނި ތަނާ ހައިކަލްގެ ފޯނެއް އައެވެ. ދެމީހުން ވަރަށް ގިނައިރު ވަންދެން ފޯނުގަ ތިބީމެވެ. އަހަރެންނަށްްކުރެވުނު ކަންތަކާ ހައިކަލް ވަރަށް ދިމާކޮއް ހެދިއެވެ. އަދި މިއަދު އޭނަ އެހެން ކަންކުރީ އަހަރެން ހަދާގޮތް ބަލަން ކަމަށްވެސް ބުނެލީމެވެ.

” ބޭބީ.. އައި ވޯނަ މެރީ ޔޫ.. މިހެން ކައިވެނި ނުކޮއް އުޅުން އެއީ ރަނގަޅު ގޮތެއް ނޫނެއްނު.. އަނެއްކާ ޗުއްޓީވެސް ހަމަ ވަނީ ދެ ދުވަސް ތެރޭ ފުރަން ޖެހޭ.. ދެން ޔަލް އަކަށްވެސް އައިސް އަހަރުން ގޭގަ ނޫޅެވޭނެ އެއްނު..” ހައިކަލް ވާހަކަ ދެއްކިއެވެ.

” ޔަލްވެސް ބޭނުމީ މެރީ ކުރަން އަވަހަށް.. އެކަމް މަންމަމެން ހިޔެއް ނުވޭ އެހާ ގަބޫލު ވާނެހެނެއް.. މިހާރުވެސް މާ ބޭބީކޮއް ގެންގުޅޭތީ ހިނިވެެސް އާދޭ.. ” އަހަރެންވެސް އެންމެ ވިސްނޭ ކަމަކީ އެއީއެވެ.

” ދެން ފަހުން ގޮތެއް ވިސްނާނީދޯ.. ލެޓްސް ސްލީޕް ވަރަށް ސްލީޕީ..” ހައިކަލް އެހެން ބުނެލުމުން ގުޑް ނައިޓް ކިޔާފަ އަހަރެންވެސް ނިދީއެވެ.

****ދެދުވަސް ފަސް****

 

ހައިކަލްއާއެކު ފުރަން ބައްޕަވެސް ޓިކެޓް ނެގިއެވެ. މަންމައާ ބައްޕައާ ތިން މީހުން މިހެން ދަތުރު ކޮއްލެވޭތީ އަހަރެން ހުރީ ވަރަށް އުފާވެފައެވެ.  ކުއްލިޔަކަށް ބައްޕަ މާލެ ދާން ނިންމުމުން އަހަރެން ސުވާލުވެސް ކުރީމެވެ. ބައްޕަ ބުނީ ނިންމަންޖެހޭ ބައެއް ކަންތަން ހުރުމުން ކަމަށެވެ.  މާލެ އާދެވުނު އިރު ހުރީ އެދުވަހު މެންދުރުވެފައެވެ. ކާރަށް އެރުމަށްފަހު ބައްޕަ ގޭގެ ނަން ބުނުމުން އަހަރެން ހައިރާން ވިއެވެ.

” ކީއްވެ ހައިރާން ތިވީ.. އެއީ ބައްޕަގެ ބުރަމަސެއްކަތުން ދަރިފުޅަށްޓަކައި ހަދައިދިން ގެ.. ދަރިފުޅު ބޭރުކޮއްފަ އެމީހުނަށް ވަކި އުފަލުގަ އެގޭގަ ނޫޅެވޭނެ..” ބައްޕަ އެހެން ބުނެލުމުން ހައިކަލްވެސް އެކަމާ އެއް ބައިވެލިއެވެ. ބައްޕަ މެން ސިޑި ކައިރީ މަޑުކޮއްލައިގެން ތިއްބެވެ. އަހަރެން ގޮސް ބެލް އަޅާލުމުން ދޮންމަންމަ ދޮރު ހުޅުވާލިއެވެ. އަހަރެން ފެނިފަ މަންމަގެ މޫނު ކުލަ ބަދަލުވެގެން ދިޔަ ތަން ކިތަނމެ ރީއްޗަކަށްވެސް އަހަރެންނަށް ފެނުނެވެ.

” މަންމާ.. މިއައީ ރަނގަޅުވެގެން.. މިހާރު އަހަރެންގެ ލޮލަށްވެސް ފެނޭ..” ބައްޕަ ބުނެފަ އިން ގޮތަށް އަހަރެން ބުނެލީމެވެ.

” ދެން މަށަށް ކީއް ކަލޭ ލޮލަށް ފެނުނަކަސް.. ކަނުވި ގޮތަށް އެއްކޮއް ކަނުވި ނަމަ.. ކަލޭ ކައިރީ ބުނެފީމެއްނު މިގެޔަށް ނާންނާށޭ.. ކަލޭގެ މަންމައެއް ބައްޕައެއް ނެތޭ މިތާކު..” މަންމަގެ އެ ހަރުކަށިކަން ދައްކާލިއެވެ.

” އެކަމް ތީ އަހަރެންގެެ ބައްޕަގެ ގެޔެއްނު.. އަހަރެން ބޭނުން ވީމަ ގެޔަށް އާދެވޭނެ..” ބައްޕަމެން ބުނެފަ އިން ގޮތަށް އަހަރެން ދޮންމަންމައާ ވާހަކަ ދައްކަމުން ދިޔައީމެވެ.

” ކަލޭގެ ބައްޕަގެ ގެޔޭ.. ލަދެއް ނުގަނޭތަ ތިހެން ބުނާކައް..މީ މިހާރު މަގޭ ގެޔެއް..ކަލޭ ގެ އުނދަގޫ އަނެއްކާ ޖެހުނީ ދޯ.. ” މަންމަ ރުޅިގަދަ ވާން ފެށިއެވެ.

” ސިރުމީނާ ކަލޭ ލަދެއް ނުގަނޭތަ ތިހެން އަހަރެންގެ ދަރިފުޅާ ވާހަކަ ދައްކާކައް.. ތީ އޭނަގެ ގެޔޭ.. އަމިއްލައަށް ތަނަށް ވެރިވެގެން އުޅޭ އިރު.. އަހަރެން ހީ ކުރީ އަހަރެން ނެތް ދުވަހު ސިރުމީނާ އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލާނެ ކަމަށް.. އެކަމް އެދަރިފުޅު އެކްސިޑެންޓްވެ ނުކުޅެދޭ މީހަކަށް ވި ދުވަހު ސިރުމީނާ ކަން ކުރިގޮތް ޑޮކްޓަރ ވަނީީ ކިޔާދީފަ.. ތީ ތިހާ ރަހުމު ކުޑަ މީހެއްކަން އިނގުނު ނަމަ ކައިވެނިވެސް ނުކުރީސް.. އެކަމް މިހާރު އިނގިއްޖ ސިރުމީނާގެ ހުރި ވަރު.. ހަމަ މިހާރު މިގެއިން ނިކުމޭ… އެންމެ ހިނދުކޮޅަކުވެސް ކަލެ އަކަށް ދެން ނުހުރެވޭނެ..” ބައްޕަ ކެތްނުވެގެން އައިސް ދޮންމަންމައާ ދިމާލަށް ބުނެލިއެވެ. ގަބޫލު ނުކުރެވިފަ ފާޑަަކަށް ބައްޕައަށް ބަލަހައްޓައިގެން ބަސް ހުއްޓިފަ ދޮންމަންމަ ހުއްޓެވެ.

? ނުނިމޭ ?

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

ރޯލީމޭ (04)

Next

ހުވަފެން (4)

Next
February 28, 2017

ހުވަފެން (4)

Previews
February 28, 2017

ރޯލީމޭ (04)

34 Comments!

  1. ❤️ Mimmi ❤️ says:
    February 28, 2017 at 1:50 am

    Here is the 27th part. ? I will upload the last part Wednesday ? Enjoy reading ? Good night all ??

  2. sunshine says:
    February 28, 2017 at 2:02 am

    Woww.. Me first dhw… Mi part ves v vv rythi thnkx..?Vaahaka nimeythy v dhera very…?

  3. Khajja says:
    February 28, 2017 at 2:07 am

    Wow masha allah v rythi

  4. Xoa says:
    February 28, 2017 at 2:10 am

    Story awesome ? ?

  5. 404 Error! says:
    February 28, 2017 at 2:39 am

    ???woww ????
    stry hama habeys ???
    keep it up dear,
    waiting for nxt part…. …

  6. Shai says:
    February 28, 2017 at 6:05 am

    Wow it’s perfect. Keep it up waiting for next part.❤❤❤

  7. Axee says:
    February 28, 2017 at 6:54 am

    Ninmaalanytha? Kobaa yaanu ge bey n yaanu parents nahves egen jeheynehnu yaanu yalv ah kanthah kuri gothaa etc…ebey vx himanaa lyma adi maa nice vaane…story is awsm☺☺☺

  8. Star says:
    February 28, 2017 at 9:16 am

    haadha kurey mi part. ekamves your writing is amazing. keep it up.

  9. Lovely girl says:
    February 28, 2017 at 2:31 pm

    Its beautiful mimmi
    I love it
    Masha allah
    Keep up the good work

  10. Faathee says:
    February 28, 2017 at 8:35 pm

    Maasha Allah. V v reethi

  11. Kamana says:
    March 1, 2017 at 3:28 pm

    Mimmi koba tha last episode.. Avha up kohlabala

  12. Shaz says:
    March 1, 2017 at 6:17 pm

    Mirey kihaairakutha story up kohladheynee kiyaahithun iru iruklhaa balaalevey

  13. Hykal says:
    March 1, 2017 at 6:43 pm

    Its really wonderful? & just waiting for tonights last episode.

    Den, Pretty or Mimmi ah ithurah bunaane ehcheh neh. ?

  14. Maahy ❤ says:
    March 1, 2017 at 6:45 pm

    Adhi kihaa ireh vandhen inthixaaru Kiran jeheyny mihaaru varubali vejje inthixaar koh Koh avahah up kohba last episode

  15. reehan says:
    March 1, 2017 at 10:49 pm

    mimmi nidy thr

  16. 404 Error! says:
    March 1, 2017 at 11:15 pm

    kobaarrr thrrr vaahaka??? mirey up vaane tha??
    waiting ❤

  17. Aakee says:
    March 1, 2017 at 11:50 pm

    miadhu up kohla dheynamey bunefa dho othee … ekamu mihaaru 12 vanee

  18. Hykal says:
    March 2, 2017 at 12:01 am

    haha mimmi upload the last part as soon as possible, due to some readers were out of their control, hah hah haaaa ???

    Love you Yal my Jaan ?❤

  19. Sanko says:
    March 2, 2017 at 12:02 am

    Mihaaru wednesdayves nimunee mioh. Kon wednesday ehge vaahakatha bunee

  20. Crazi says:
    March 2, 2017 at 12:53 am

    Mimmi ehbunee annah week saabas..kehkohlabah…inthizaarakee vrh foni eache

  21. Lee says:
    March 2, 2017 at 12:41 pm

    Bunaa bahuga ehves ithubaareh nuhurey.

  22. Shaaa says:
    March 2, 2017 at 1:18 pm

    Mimmi kobaatha story????

  23. Eyna says:
    March 2, 2017 at 1:41 pm

    alhey haadha inthizaarekey kuran mijeheny.. ?

  24. Anonymous says:
    March 2, 2017 at 5:06 pm

    VARAH FAKE MIMMI VES MIHARU

  25. Maahy ❤ says:
    March 2, 2017 at 7:58 pm

    Kobaaa tha story ge emme fahu part adhives Wednesday nujeheny tha

  26. Aakee says:
    March 2, 2017 at 8:58 pm

    fahu episode heevey varah rom vaane hen … avahah up kohla dheebaa pls pls

  27. Chapii says:
    March 2, 2017 at 11:17 pm

    ?????

  28. Sham cham says:
    March 3, 2017 at 12:10 am

    Kobaa next part…haadha lahey

  29. thashah says:
    March 3, 2017 at 12:20 am

    Dear kba ta last part?? Hama kiyaa hithun kehnuvegn ahaaly ingey…

  30. Nee says:
    March 3, 2017 at 4:35 pm

    Wednesday adi naadhey bala ???anehkaa mi story mi gothah huhtai lhaanee e noon

  31. ?shi? says:
    March 3, 2017 at 6:31 pm

    Keehve lassvany alhe v kiyaahithun mihaaru hureveny akee ehnoon ?

  32. 1323 says:
    March 3, 2017 at 7:11 pm

    Kobaa tha next part… Kon irakun

  33. ❤️ Mimmi ❤️ says:
    March 3, 2017 at 10:58 pm

    Guys really sorry for the delay ? I will upload the story tonight ❤️ Thankx for the lovely comments ❤️

    1. re nyn says:
      March 5, 2017 at 7:29 pm

      gud

Comments are closed.


All Right Reserved!