އެހެން ނަމަވެސް ތަންކޮޅެއް އަވަހަށް އަހަރެންނަށް އާދެވުމުން އަޔާނީގެ މަންމަމެން އަދި ގޭގައި އުޅޭނެތީ އެ ގެޔާ ތަންކޮޅެއް ދުރުގައި ހުރި ފުނަ ގަހެއްގެ ކައިރީ މަޑުކޮށް ލައިގެން ހުރީމެވެ.
އެހެން ހުރި އިރުވެސް އަހަރެން ހުރީ ފުރުސަތަކަށް ބަލަ ބަލަ އެވެ. މިގަޑި އަކީ އާންމުކޮން އަޔާނީގެ މަންމަ ކޮއްކޮ ގޮވައިގެން ބޭރަށްދާ ގަޑިކަން ކުރިން އަހަރެންނަށް އެނގިފައި އޮތުމުން ދެން ގޭގައި އުޅޭނީ އަޔާނީ އެކަނިކަން އަހަރެންނަށް ޔަޤީން ވާތީއެވެ.
ހަވީރި ވިވީ ހެން ޖައްވުގެ ތެރޭގައި ވި ފިނިކަން ވެސް އައީ ގަދަ ވަމުންނެވެ. އަތްކުރު ޓީޝާޓެއް ލައިގެން އާދެވުމުން ވެސް ކަން ނޭނގެއެވެ.
އެހެން ހުރި އިރު ޖެހިލައި އެ ފިނިފިނި ވައި ރޯޅިން އެ ފިނީގެ އަސަރު އަހަރެންނަށް ވެސް ދިޔައީ ކުރަމުންނެވެ. ނަމަވެސް އެކަމަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ.
ސަބަބަކީ އަޔާނީގެ ހައްޤުގައި މި ގޮތަށް ކޮޅަށް ކިތައްމެ ގިނަ އިރެއް ފިންޏާއި ހޫނުގައި ހޭދަ ކުރަން ޖެހުނު ކަމުގައި ވިޔަސް އަހަރެންނަށް އެއްވެސް މައްސަލައެއް ނެތް ކަމަށް ވާތީއެވެ.
އެހެނަސް އެގޮތު ގައި މާ ގިނަ އިރަކު ހުންނާ ކަށް ވެސް ނުޖެހުނެވެ. ކުއްލި އަކަށް ފެނުނީ އަޔާނީ ގެ ކޮއްކޮ ޔާ އެކު އޭނަ ގެ މަންމަ ވެސް ގެއިން ނުކުތް ތަނެވެ. އަދި އެމީހުންގެ ފަހަތުން އިތުރު ދެ އަންހެނަކު ވެސް ނުކުތެވެ.
އެވަގުތު އެއީ ކޮން ބައެއް ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެން ހިތަށް އަރައި އެބަޔެއް ބެލުމަށް އަހަރެން މަޑުކޮށް ލައިގެން ހުރި ކާނި ގަސްދަށުން އެމީހުންނަށް އަހަރެން ނުފެންނަ ވަރަށް ތަންކޮޅެއް ނުކުމެލީމެވެ. އެހެނަސް އެމީހުންގެ މޫނު ރަނގަޅަށް ނުފެނުމުން އެއީ ކޮންބައެއް ކަމެއް ނޭނގުނެވެ.
މި ދިމާވާ ކަންތައް ތަކުން އަހަރެން ކުޑަކޮން ބިރު ގަންނަން ވެސް ފެށިއެވެ. އަނބުރާ ގެޔަށް ދާންވީއޭ ވެސް ހިތަށް އެރިއެވެ.
އަނެއްކާ ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ ރަށަށް އައި ފުރަތަމަ ރޭ އެންމެ ގާތް އެކުވެރިޔާ އާ ދިމާވުމުން ކަންތައް ވީގޮތެވެ. އަނެއްކާ މިހާރު ފެންނަމުން މިދާ މަންޒަރުން……
އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ. އެހެނަސް އެވަގުތު އަހަރެން ފިނޑި އަކަށް ވާކަށް ވެސް ބޭނުމެއް ނުވިއެވެ.
އެހެން ކަމުން ކަމުގެ ހަޤީޤަތް ހޯދާފަ ނޫނީ ގެޔަށް ނުދާން އަހަރެން އަޒުމް ކަނޑައެޅީމެވެ. އަދި ހިތުގައިވި ބިރުވެރިކަން އެއްފަރާތް ކޮށްލަމުން ހަމަ ޖެހިލީމެވެ.
*** *** ***
އަހަރެން ހުރީ ދަނޑި ވަޅަކަށް ބަލަ ބަލާ ކަމުން އަޔާނީގެ މަންމަ މެން ގޮސް ޖެހިގެން އޮތް ގޯޅި އަށް އަޅައި ލުމާއި އެކު އަހަރެން މަގުގެ ދެކޮޅަށް ނަޒަރު ހިންގައި ލުމަށް ފަހު މީ ހަކަށް ނު ފެންނާނެ ހެން އަވަސް އަވަހަށް ގޮސް އެ ގެޔަށް ވަދެ ފީމެވެ.
އެވަގުތު ކަން ފަތުގައި ޖެހުނީ ޤަބޫލު ކުރަން ދަތި އަޑެ ކެވެ. ލޮލަށް ފެނިގެން ދިޔައީ ދެކެން ބޭނުން ވި މަންޒަރެއް ވެސް ނޫނެވެ. އަހަރެންނަށް ހީވީ މީހަކު އަހަރެންގެ ކަން ކަށި މަތީ ބާރު އެތި ފަހަރެއް އެޅި ހެންނެވެ.
އަހަރެންނަށް ހުރެވުނު ތަން ވެސް ނޭނގުނެއެވެ. ވަޤުތުން މީހާ ހޫނު ވެގެން ދިޔައެވެ. ހަށިގަނޑު ގެ ތެރޭގައި ހިނގަ ހިނގާ ހުރި ލޭ ތައް ވެސް ކެކި އަރައި ގަތީ އަމަށަކު ތިޔަ ހެނެއް ނޫނެވެ.
ރުޅި ގަދަ ވެގެން ގޮސް ދަތް ތައް ފިއްތާ ބާރު ކޮށްލެވުނު އިރު އަހަރެންގެ އަތް ވެސް މުށް ކަވައި ލެވުނެވެ.
އޭރު އަޔާނީ ގެ އަތުގައި ހިފަހައް ޓައިގެން ހުރީ ބިޔަ ފިރެހެނެކެވެ. އިސްކޮޅުން ދިގު ކަޅު މީހެކެވެ. ބަލާ ބެލުމަށް އެމީހަގެ އުމުރުން ސާޅީހަކަށް އަހަރު ވެދާނެއެވެ.
އެއީ އަހަރެން މީގެ ކުރިން ރަށުން ނުދެކޭ މީހެކެވެ. ހީވަނީ ބީރައް ޓެއްސެއް ހެންނެވެ.
އެ މީހާ އަޔާނީ ގެ އަތުގައި ބާރަށް ހިފަހައް ޓައިގެން ހުރެ ކޮޓަރިއާ ދިމާލަށް ދަމަމުން ކަހަލަ ގޮތަކަށް ގެންދަން މަސައްކަތް ކުރަމުން ދިޔައެވެ.
އޭރު އަޔާނީ ނުދިޔުމަށް ގަދަ ހަދަމުން އަތުން ދޫ ކުރާށޭ ކިޔައި ހަޅޭއް ލަވަމުން ގެން ދިޔައެވެ. އިސްތަށިގަނޑު ހޭވިފައި އޮތް އިރު ރަތްވެފައި ހުރި ދެލޮލުން ރޮއެފައި ހުރިކަން އެނގެއެވެ.
އެ ރީތި ދޮން މޫނަށް ވެފަ ހުރި ވަރު ފެނިފަ އަހަރެންގެ ހިތަށް ކުރި ފުން އަސަރުން އަހަރެންނަށް ވީގޮތް ބުނެދޭން ވެސް ދައްޗެވެ.
އައިސް ހުރި ރުޅީ ގައި ހަޅޭއް ލަވައި ގަނެވުނެވެ. އެ އަޑަށް ސިއްސައިގެން ގޮސް ދެ މީހުން ވެސް އެއް ފަހަރާ އަހަރެންނާ ދިމާލަށް ބަލައި ލިއެވެ.
އޭރު އަޔާނީ ގެ މޫނު މަތިން ހައިރާން ކަމުގެ އިތުރުން ބިރުވެރި ކަމުގެ އަސަރު ތައް ވެސް ފެންނަން ހުއްޓެވެ.
ކުއްލި އަކަށް އަހަރެން ފެނުނީ މާ ވެސް ކަން ނޭންގެ އެވެ. އެ މީހަޔާ ދިމާލަށް ބަލައި ލުމަށް ފަހު އަޔާނީ ހުރީ ބުނާނެ އެއްޗެއް ވެސް ނޭންގި ފައެވެ.
އެ ވަގުތު އެ މީހާ އަހަރެންނާއި ކުރި މަތި ވާ ގޮތަށް އަޔާނީގެ ކުރި މަށްޗައް އަރައި ފަހަތުން އަޔާނީގެ އަނެއް އަތުގައި ހިފައި އޭނަގެ ގަޔާ ކައިރި ކޮށްލި އެވެ.
އެ މަންޒަރު ފެނުމުން އަހަރެން ނަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އަހަރެން ބަލާކަށް ނުހުރެ ދުވެ ފައި ގޮސް އެ މީހަގެ ގިރުވާނު ގައި ހިފައި އަޔާނީ އާ ދުރަށް ކޮށްޕައި ލީމެވެ.
ވާނީވެސް އެހެން ތާއެވެ. އަހަރެން ނޫން އިތުރު މީހަކު އެއް ވެސް ނަޒަރަކުން އަމުދުން އަޔާނީގެ ނުރުހުމުގަ އަޔާނީގެ ގައިގާ އިނގިލި ކުރި ވެސް ޖައްސައި ލައިކަށް އަހަރެން ނޭދެމެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް މީހަކަށް ނުވެސް ދޭނަމެވެ.
އޭރު އަހަރެންގެ ރުޅި ހުރީ އިންތިހާ ދަރަޖަ އަށް ގޮސް ފައެވެ. ބަނޑު ހައިވެ ފައިވާ ސިންގާ އެއް ފަދައިން އަހަރެން އޭނަޔަށް ހަމަލާ ދިނީމެވެ.
އަހަރެން އޭނަގެ އަނގަ މަތީގައި ބާރު އެތި ފަހަރެއް އެޅީމެވެ. އޭރު މި ކުރެވެނީ ކީއް ކަމެއް ޚުދު އަހަރެންނަށް ވެސް ނޭނގެއެވެ. ފަހުން ވެދާނެ ގޮތަކާއި މެދު ވިސްނައި ކަށް އެ ވަގުތު އަހަރެން ބޭނުމެއް ވެސް ނުވިއެވެ.
އަޔާނީ އަހަރެން ހުއްޓުވުމަށް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އޭނަޔަށް އަނިޔާ ނުކުރާ ށޭ ތިޔަހެން ނުހަދާ ށޭ ގޮވައި ހަޅޭއް ލަވަމުން ނެވެ.
އެ މީހަގެ ދިފާޢު ގައި އަޔާނީ ހަޅޭއް ލަވަން ފެށުމުން އަހަރެން ހައިރާން ވެސް ވިއެވެ. އަދި ކުޑަކޮން މަޑުވެސް ޖެހިލެވުނެވެ.
އެހެނަސް އަހަރެން އެ މީހަޔަށް ނޭވާލާނެ އެއް ވެސް ފުރުސަތެއް ނުދެމެވެ. އަޔާނީގެ އަތް ފޮޅުވާ ލަމުން ކައިރީ ގައި ހުރި ދަގަނޑު ގޮނޑި ނަގައި އެ މީހައިގެ ގައިގާ ޖެހުމަށް އަހަރެންގެ ބޯ މަށްޗައް ގޮނޑި ދަމައި ލީމެވެ.
އަޔާނީ ލަވަމުން ދިޔަ ހަޅޭކާއި ފަހަތު ގައި ހުރެގެން ކުރަމުން ދިޔަ އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުންނެވެ.
ވެއްޓި ފައިވާ އެ ކާކު ކަން ނޭނގޭ މީހާގެ މޫނު މަތިން ވެސް އޭރު ފާޅު ވަމުން ދިޔައީ ހައިރާން ކަމާއި ބިރުވެރި ކަމެވެ. އޭނަގެ ނޭފަތާއި ތުންފަތް ވަނީ ފަޅައިގެން ގޮސްފައެވެ.
އޭރު ހޯސް ލައިފައި ލޭތަށް އޭނަގެ ނޭފަތުންނާއި އަނގަ އިން އަންނަމުން ދެޔެއެވެ. އެވަރުން ވެސް އަހަރެންގެ ހިތްހަމަ އެއް ނުޖެހުނެވެ.
އަހަރެންގެ ބޯ މައްޗަށް ދަމާ ލައިފައި ހުރި ގޮނޑި އަތަށް ބާރުލައި އެ ނުދަންނަ މީހާގެ މޫނާ ދިމާޔަށް ތިރި ކޮށްލީމެވެ. އެ މީހަގެ ބޯ މައްޗަށް ގޮނޑި ތިރިވީ ނުލާހިކު ބާރު މިނު ގައެވެ. އެވަގުތު އޭނަގެ ބޯ ފަޅައިގެން ދިޔައެވެ.
މުޅި ތަނުގަ ލޭގެ ކޯރެއް ހެދުނެވެ. އެހިނދު އަރު ތެރޭން ނުކުތް ވޭނީ ހަޅޭކު ގެ އަޑާއި އެކު އެމީހާ ހޭނެތިގެން ދެމުނެވެ.
އެ ވަގުތު އަޔާނީގެ ދުލުން ބޭރުވި ޖުމުލަ އިން އަހަރެން ގަނޑު ކޮށް ލިއެވެ.
ނުނިމޭ
524 Comments
Comments are closed.
hey, alhuganduge vaahakathakah saport kuravvaa hurihaa beyfulhunge kibain varah bodah maafah edhen mi part thankolheh kuru kon genes dheyn jehunythy… ahen v mi part vaki hisaabakun ninmaalan beynun v ma…. hykuran mi part kiyaalaafa ves comenteh dheyne kamah……
v reethi…ekam maa kuri
thanks thu…. iraadha kureviyyaa fahun adhi rangalhuvaane….
Nuliyevenyaa nuliyebala. Mi dhn koachah
thank u sooooooooooooooooooooooooo much thi dhevvi comentah aik…….. alhugandah libeny hama ithurah hihvaru……. iraadha kureviyyaa 5 part varah avaha up kuraanan… epartah ves komenteh dheyne kamah ummeedhukuran….. adhi ves ahfaharu thi kurevvi comentah thank u sooooooooooooooooooooooooooo much aik………
Mi faharu ge part haadha kurey adhi dhigu kohlaa eyrun salhi vaani mihaaru vx vara salhi next part ahvaha genes dhey bala vara kiyaa hithun meeni☺☺☺❤
thanks esfiya….. dhigu koh avaha up kureveythoa mibalany dhen oih part…
Nizam thi kuraa hiyy varah saabas “Aik” ehmeeyhakah liye vey varakun liye veyni hadiyaa nukiya Aik
Kae thy adhi kaak maa velaign
adhi ves ah faharu esfiyah ah thanks….
V kiaa hithun indha vahaka thi kuru kohly v reethi
thanks naan….. fahun adhi rangalhuvaane….
vaanuvaa negenis nimeythy v foohi.dankolheh digukohlaa.
thanks aan…. fahun adhi rangalhuvaane…
vrh salhi…
thanks aysh
Dad kahneyge
thanks aish…
Emeeha hama heynathaaly ekam nizam haadha majaley ehenves vey tha
jehi jehynun neh noon innaaneeky…. anekkaa jehyma vaguthun neh noon dhoa haynethuny ky ves….. dhen hiyaalee ahchehy ga ahen ves hama vedhaane…… ok dhen….. akamaku ves thi dhevvi komentah varah bodah shukuriyyaa……
vrh salhi ingey… aanmu koh vaahaka thakah comment kosheh noolhen.. ekam mi vaahaka riithi kamun comment koh nulaa hiyhama nujehunii… hama habeys ingey mi vaahaka.. avahah next part up kohdheyne kamah unmeedhu kuran…….
thanks thi dhevvi komentah een… varah avahah up kohdheynan iraadha kureviyyaa een…..
Nizam ehme rangalh gothaky id in vadhegen comment kuriyyaa. Thihen ulhenikoh nizam namuga myhaku kithahme goas ehcheh kiyas kiyuntherinakah neygeyne aee nizam noon kameh.. vaahaka v ves kuru.. digukoh up kuryma myhun shakuvaa nukuraany. Nizam thibunany nizam ah libeny hiy varey negative comnts kuryma.. ehen veema e hiyvaruga vaahaka digokohbala.. kohme myhehge vx shakva aee.. hama ekani hiyvarey libeny kiyakas nuvaane..
thabks thi kurevvi comentah rain….. dhen bunelan othy alhugandu (nizam) ge vaahaka thakah coment curaa ehves beyfulhakah hadi bahakun coment ge rahdheh nudheynan iraadhakureviyyaa…. coment thakah rehdhudhyfa hunnaany mihaathanah rythi bahun hama alhugandug (nizam) ge id in vadhehen…. dhen ves dheynee hama agothah rythi bahun…. dhen nizam ay kiyaagen alhuganduge nunmathyga thi beyfulhun kurahvaa coment thakah hadi bahun ahen myhaku rahdhu dhinumaky alhugandu kuraanekameh noon…..