“ކޮބައިތަ އެ ނުބައި ހައިވާނަކީ؟ މަށަށް އެހައިވާނު ފެންނަ ދުވަހަކީ އޭނަގެ އެންމެ ފަހު ދުވަސް.” ހުޒާމް ކައިރީގައި ހުރި ބޮޑު ޖަނބުރޯލު ގަހަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. އޭރު އޭނާ ރުޅިއައިސްގެން ތުރުތުރުއަޅައެވެ. ސާރާއަށް އެހެން ހެދި މީހަކު އެނގިއްޖެނަމަ އޭނާ އެމީހަކު ދުލެއް ނުކުރާނެއެވެ. ސާރާއަކީ އޭނާގެ ފުރާނައަށްވުރެވެސް ލޯބިވާ ކުއްޖެކެވެ. އެހެންވީއިރު ސާރާއަށް އެފަދަ ދެރަގޮތެއްވާން އޭނާއަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟
ދުވަސްތައް ފާއިތުވަމުން ދާވަރަކަށް މަޑުމަޑުން ސާރާ ހަމައަކަށް އެޅެމުން އާދެއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ ނާއުއްމީދުގެ އަސަރެވެ. ކުރިން މަދުން ނަމަވެސް ހިނިތުންވުން ފެންނަ އެމޫނުމަތިން ފެންނަނީ ހިތާމައާއި ވޭނެވެ. އެރޭގެ ހާދިސާއަށްފަހު ސާރާއާއި ހުޒާމްއާ ދެމެދު ފާރެއް ލެވިއްޖެއެވެ.
ހުޒާމް އަޒީމްގެ ރަށަށް އައިތާ މަސްދުވަސްވީއެވެ. އޭނާ މިރަށް އައިފަހުން ރިޒްނާގެ ޚަބަރެއް ނުވެއެވެ. އޭނާވެސް ރިޒްނާއަކަށް ނުގުޅައެވެ. އެއީ ރިޒްނާ އެދިފައިވާ ގޮތްކަމަށް ވާތީއެވެ. އަނެއްކޮޅުން މިހާރު ކަންތައްތައް ދިމާވެފައިވާ ގޮތުން އޭނާ ރިޒްނާގެ މަތިން ހަނދާންވެސް ނެތީއެވެ.
ސާރާގެ ކަންތަކުގައި ހުޒާމް ހުންނަނީ ފާޑަކަށް ބޯގޮވާފައެވެ. ސާރާއަށް ހަދާނެ ގޮތަކާއިމެދު އޭނާ ވިސްނަމުންދިޔައެވެ. މިހާރު އޭނާގެ މާލެ ދާ ދުވަސް ޖެހުނީއެވެ. އެއްގޮތަކީ ސާރާ ގޮވައިގެން ދިއުމެވެ. އަނެއްގޮތަކީ ސާރާ އަމިއްލަ ހާލަށް ދޫކޮށްލާފައި ދިއުމެވެ. ސާރާ ދޫކޮށްލާފައި ދާކަށް އޭނާގެ ހިތް އެއްބަހެއްނުވެއެވެ. އަނެއްކޮޅުން މިހާރު ސާރާއަށް ދިމާވެފައިވާ ގޮތުން އޭނާ ބަހައްޓާފައި ދާކަށް ހުޒާމް ބޭނުމެއް ނޫނެވެ. ސާރާއަށް އެހެން އެދިމާވީ އޭނާގެ އިހުމާލުންކަމުގައި އޭނާއަށް އިހުސާސްކުރެވެނީއެވެ. އެގޮތަށް ކަންތައް ކޮށްފިނަމަ އޭނާ ވާނީ އަނިޔާވެރިއަކަށެވެ. އަނެއްކޮޅުން އޭނާ މިހާރު ސާރާ ދޫކޮށްލާފައި ގޮސްފިނަމަ އޭނާއާ ދިމާލަށް ތުހުމަތުގެ އިނގިލި ދިއްކުރާނެކަންވެސް ގައިމެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާގޮތެއް ނޫނެވެ.
ވިސްނާ ވިސްނާވެސް ހުޒާމްއަކަށް ގޮތެއް ނުނިންމުނެވެ. އެންމެފަހުން އޭނާ ނިންމީ ރިޒްނާއަށް ގުޅާށެވެ. ރިޒްނާ އޭނާ ގާތުގައި ނުގުޅަން ބުނެފައި އޮތްނަމަވެސް މިވަގުތު އޭނާ ރިޒްނާގެ އެހީ ބޭނުމެވެ. މިވަގުތު އޭނާއަށް ރިޒްނާގެ އެހީއެއް ހޯދޭނީވެސް ފޯނުން ގުޅައިގެން ނޫންހެއްޔެވެ؟ އެހެންކަމުން އޭނާ ފޯނު ނަގާފައި ރިޒްނާގެ ނަންބަރަށް ގުޅާލިއެވެ.
“މަޢާފްކުރައްވާ! ތިޔަ ގުޅުއްވި ފަރާތުގެ ފޯނު މިވަގުތު ވަނީ ނިއްވާލާފައި. ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގައި. ފަހުން…” ހުޒާމް ވީފޫހިން ފޯނު ކަނޑާލިއެވެ.
“ރިޒޫއަށްވެސް ފޯނު ނިއްވާލަން އެނގުނީ މިގަޑީގައިތަ؟ ދެން ކިހިނެއްތަ ހަދާނީވެސް؟” ހުޒާމް ކުދިކިޔައިގަތެވެ. އެވަގުތު އޭނާގެ ޚިޔާލަށް އައީ އަޒީމްއަށް ގުޅާށެވެ. ދެތިންފަހަރު ގުޅިފަހުން އަޒީމް ފޯނު ނެގިއެވެ.
“ކޮންތާކުތަ ތިއުޅެނީ؟ ކީއްވެތަ ފޯނު ނުނަގަނީ؟” ހުޒާމް ނުރުހުން ފާޅުކުރިއެވެ.
“މިއުޅެނީ ކުޑަކަމެއް ލައިގަނެގެންނޭ. ފަހުން ދާނަން. އިހަށް…” އަޒީމްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އިވުނީ އޭނާގެ ހަގު އަނބި ބަދޫރާގެ އަޑެވެ.
“ފަހުން ދާނަމޭ!! ނިކަން ދޭބަލަ. މިހާރު ކޮން އަންހެނަކަށް ގުޅައިގެން ތިއުޅެނީ؟ ދެއަނބިންވެސް ކަލޭއަށް މަދީ ދޯ؟” ބަދޫރާ ހަޅޭއްލަވައިގަތެވެ. އެއާއެކު ހުޒާމް ފޯނު ކަނޑާލިއެވެ.
“ބަދޫރާ! ކިހިނެއްތަ ވެގެން ތިއުޅެނީ؟ ހުޒާމްއޭ ގުޅީ. އޭނަ ކީކޭ ހީކުރާނީ؟ ލަދުން ބޯހަލާކުވާވަރުވޭ. އެއްޗެކޭ ބުނުމުގެ ކުރިން ނިކަން ވިސްނާލަބަލަ މިބުނެވެނީ ކީކޭކަން.” އަޒީމް ހަޅޭއްލަވައިގަތެވެ. އޭނާ ހުރީ ރުޅިއައިސްފައެވެ. އަޒީމްގެ މިއަމަލުން ބަދޫރާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަޒީމް އަވަސްވެގަތީ އަވަހަށް އެތަނުން ދާށެވެ. ބަދޫރާއަށް ހޭވެރިކަންވުމުގެ ކުރިން އެތަނުން ދާން އޭނާ ބޭނުންވިއެވެ. އަޒީމް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޭ ދޮރާއި ހަމަވިތަނާ ބަދޫރާ ހަޅޭއްލަވައިގަތެވެ.
“އޭތް…!” ބަދޫރާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ގޭގެ ފާރުތައްވެސް ގުޑައިގެން ދިޔަހެން ހީވިއެވެ. ބަދޫރާގެ އަޑަށް ސިހިފައި އަޒީމްއަށް ބަލައިލެވުނެވެ. އެވަގުތު ބަދޫރާ ހޫރާލި އޭނާގެ މޯބައިލް ފޯނު އައިސް ޖެހުނީ އަޒީމްގެ ނިތްކުރީގައެވެ. ވީ ތަދުންނާއި ގަތްބިރުން އަޒީމް ދެފަޔަށް ބާރުލައި ދުއްވައިގަތީ އިތުރު ހަމަލާއެއް ނުލިބެނީސް އެތަނުން ސަލާމަތްވުމަށެވެ. ސިޓިންރޫމުގައި ހުރި ބައްތިރީސް އިންޗީގެ ޓީވީވެސް އޭނާއާއި ދިމާލަށް ހޫރާލާނެހާ ބާރު ބަދޫރާގެ ގައިގައި މިވަގުތު ހުންނާނެކަން ކަށަވަރެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަވެފައެވެ.
އަޒީމް އެގެއިން ނުކުމެގެން ދިޔައީ އޭނާގެ ގެއަށެވެ. އޭރު އޭނާގެ ނިތްކުރީގައި ފޯނު ޖެހުނުތަން ހުރީ ދުޅަވެ އަރާފައެވެ. އޭނާ ގެއަށް ވަންނަން ދިމާކުރި ވަގުތު ނަޒްލާ ފިހާރައަށް ދާން ނުކުންނަނީއެވެ.
“ހޫމް. މިއަދުވެސް ދޯ؟ އަޒީމް ދޭ އެތެރެއަށް. މަ އެބަ އަންނަން ފިހާރައަށް ގޮސް ބިސްކޮޅެއް ގަނެގެން. އަދި މިއުޅެނީ މެންދުރަށް ނުކެއްކިގެން.” ނަޒްލާއަށް އަޒީމް ފެނުމާއިއެކު ވީގޮތް އެނގުނެވެ. އެހެންކަމުން އޭނާ އެކަމާއި ބެހޭގޮތުން އަޒީމްއަކާ އެއްވެސް ސުވާލެއް ނުކުރެއެވެ.
އަޒީމް ސޯފާގައި އިންދާ އެތަނަށް އޭނާގެ މަންމަ ފަރީދާ އައެވެ. އޭނާއަށްވެސް އަޒީމް ފެނުމާއިއެކު އެއައީ ބަދޫރާއާއި ކޮންމެވެސް ކަންތައްގަނޑެއް ހިންގާލާފައިކަން އެނގުނެވެ. އެހެންކަމުން އޭނާވެސް އެކަމާ ސުވާލެއް ނުކުރެއެވެ.
“ދަރިފުޅާ އަޒީމް! ސައި ބޮއިފިންތަ؟” އަޒީމް ބޯހޫރާލިއެވެ.
“އެކަމަކުވާ ދޯ؟ މިހާރު އެހެރަ މެންދުރު ބާރަ ޖަހަނީއޭ. މިއަދުވެސް އެގޭގަ ސައި ނުހަދަނީ ދޯ؟” ފަރީދާ އެހެން ބުނެލުމުން ލަދުވެތިކަމާއެކު އަޒީމް ބޯޖަހާލިއެވެ.
“ނޫނޭވާ އަޒީމަށް ތިހިރީ ރަނގަޅު މީހަކާ އިނދެވިފައި. ހިތްމޮޅުކަމުން މީހަކާ އަނގައިން ބުނަން ނުކެރޭ. ކަންނެތްކަމުގެވެސް އިންތިހާ. އޭނައަކަށް ނޭނގޭ ދޯ ފިރިމީހާއަށް ކައްކާ ކާންދޭން ޖެހޭނެކަމެއް.” ފަރީދާގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އަޒީމްއަކަށް ނޭނގެއެވެ. އޭނާއަށް ދެވޭނެ ޖަވާބެއް އޮންނާނެ ހެއްޔެވެ؟ ފަރީދާ އެބުނީ ކަން އޮތްގޮތެވެ.
“ހިނގާ ސައިބޯން.” ފަރީދާ އެހެން ބުނުމުން އަޒީމް ބޯހޫރާލިއެވެ. އެއަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ އެދިޔައީ ހިތްހަމަނުޖެހިގެންކަން ފަރީދާއަށް އެނގެއެވެ. ނަމަވެސް އެއީ ކޮންމެ މަޔަކަށްވެސް ވާނެ ގޮތެވެ. އެމީހާގެ ދަރިއަށް އެފަދަ ހާލެއް ޖައްސާއިރު ހިތަށް އަސަރުކުރާނެއެވެ. ހިތްހަމަވެސް ނުޖެހޭނެއެވެ.
“މަންމާ! ކޮބާ އަޒީމް؟ ދިޔައީތަ؟” ގޭތެރެއަށް ވަދެގެން އައި ނަޒްލާ އަހާލިއެވެ.
“އުހުނ. ވަދެއްޖެ ކޮޓަރިއަށް. ދަރިފުޅު އޭނަ ގާތު ބުނެބަލަ ސައިބޯން އަންނަން. މިހާރު އެހެރަ ބާރަ ޖަހަނީ. އަދި އެއުޅެނީ ހެނދުނު ސައި ނުބޮއި. މަންމަ އެކަމާ އެއްޗެކޭ ބުނީމަ ހިތްހަމަނުޖެހިގެން އެވަނީ.” ފަރީދާ ބުނެލިއެވެ.
“މަންމަވެސް ދޯ ދެން. ހަމަ ރީތިކޮށް ސައިބޯން ހިނގާށޭ ބުނިނަމަ މާ ހާސަރުތައް ނުދަމާ.” ނަޒްލާ ގަނެގެން ގެނައި ބިސްކޮތަޅު ހިފައިގެން ބަދިގެއަށް ވަންނަމުން ބުނެލިއެވެ.
“އޭނަ އެއުޅޭ ހާލު ފެނުނީމަ މަށަކަށް ކެތެއް ނުވޭ. ކާކު ބޭނުންވާނީ އެމީހެއްގެ ދަރި އެހެން އުޅެން. މީގެ ކުރިން އޭނައަކީ އެންމެ އިރަކުވެސް ނުކައި ހުންނަންޖެހޭ ކުއްޖެއް ނޫން. އެކަމަކު އޭނަ އެ ބަދޫރާއަކާ އިނދެގެން އެގެއަށް ބަދަލުވިފަހުން އެގާރަ ބާރަ ޖަހާއިރުވެސް އޭނައަށް ހެނދުނުގެ ސައި ނުބޮވޭ.” ފަރީދާގެ އަޑަށް ހިތާމައިގެ އަސަރު ވެރިވިއެވެ.
“މަންމަ ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ އިނގޭ. އަހަރެން މިއަދު އަޒީމްއާ ތިވާހަކަ ދައްކާނަން. އަހަރެންނަށްވެސް އެނގެޔޭ މަންމަ ވަރަށް ދެރަވާނެކަން. އެކަމަކުވެސް ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ އިނގޭ. އެހެންނޫނީ މަންމަ ލޭ މައްޗަށްދާން ފަށައިފާނެ.” ނަޒްލާ ވަރަށް އޯގާތެރިކަމާއެކު ފަރީދާއަށް ވިސްނައިދިނެވެ.
“ދެން ދޭ އަވަހަށް އޭނަ ގޮވައިގެން ގޮސް ސައިދޭން.” ފަރީދާ ނަޒްލާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“އާނ މިދަނީ. އެކަމު ދެން ނޭނގެ ސައިބޯން އަންނާނެ ކަމެއްވެސް. ވަރެއްގެ ފިރިހެނެއް އިނގޭ މަންމައަށް ބޮޑުކުރެވިފަ އެހެރީ.” ނަޒްލާ ކޮޓަރިއަށް ދަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ. އޭނާ އަބަދުވެސް ފަރީދާއާ ސަމާސާކުރެއެވެ.
“އަޒީމް! ހިނގާ ސައިބޯން.” ނަޒްލާ އެހެން ބުނުމުން އަޒީމް ބަލައިލިއެވެ. އޭނާއަށް ނަޒްލާގެ ހިތުގައިވާ ވޭން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ނަމަވެސް ނަޒްލާ ކޮންމެ ފަހަރަކުވެސް އޭނާއާއި ކުރިމަތިލަނީ ހިނިތުންވުމަކައިގެންނެވެ. އެދެމީހުންގެ މެދުގައި ދުވަހަކުވެސް ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ނުޖެހެއެވެ. އެއީ ނަޒްލާގެ ހެޔޮލަފާކަމެވެ. ނަޒްލާ ކަހަލަ ހެޔޮލަފާ ޞާލިހު އަނތްބަކު ލިބުމުންވެސް ދުނިޔޭގެ ދަޅައަށް ހެއްލިގެން ބަދޫރާއާއި ކައިވެނިކުރެވުނީތީ މިހާރު އަޒީމް ހިތާމަކުރެއެވެ. އޭނާ ބަދޫރާއާއި ކައިވެނިކުރަންވެގެން އެވާހަކަ ނަޒްލާ ގާތުގައި ދެއްކި ދުވަހު ނަޒްލާ ކުރި އާދޭހަށް ބީރު ކަންފަތެއް ދިނުމުގެ ހިތި ނަތީޖާ މިއަދު އަޒީމްއަށް ފެނިއްޖެއެވެ. އެދުވަހު ނަޒްލާއާއި އޭނާގެ މަންމަގެ ދިން ނަސޭހަތުގައި ކޮޅުފައިން ޖެހުމުގެ ސަބަބުން މިއަދު އޭނާގެ ދިރިއުޅުން ވަނީ ނަރަކައަކަށް ވެފައެވެ.
“އޭތް އަޒީމް. ދެން ހިނގާބަލަ ސައިބޯން. މަންމަ އެހެން ބުންޏަސް އެކަމާ އެހާ ބޮޑަށް އަޅާނުލާބަލަ. އުމުރުން ދުވަސްވީމަ އަނގަގަދަވެސް ވާނެ. އެހެންނޫނަސް މަންމަގެ ހުރި ހަމައެކަނި ދަރިއަކީވެސް ތީ. އެހެންވީމަ އަޒީމް ތިހެން އުޅެންޏާ މަންމައަށް ކިހާ އަސަރެއް ކުރާނެ. އެއީކީ މަންމަ ރުޅިއައިސްގެން ކިޔާ އެއްޗިއްސެއް ނޫނޭ. އެއީ ދެރަވީމަ ވާގޮތް. ދެންމެ އަހަރެން ގާތުގައިވެސް ވަރަށް ދެރަވެފައި އެވާހަކަ ދައްކައިފި. އަޒީމްވެސް ތިއަށްވުރެ ބޮޑަށް މަންމައާ ދޭތެރޭ ވިސްނަންވެއްޖެހެން އަހަރެންނަށް ހީވަނީ. މިހާރު މަންމަ އެއިނީ މުސްކުޅިވެ ގައިބާރު ދެރަވެފައި. މާބޮޑަށް ވިސްނަން ވެއްޖެއްޔާ ކަމަކު ނުދާނެ. ނިކަން ވިސްނަބަލަ.” ނަޒްލާ އަޒީމްއަށް ވިސްނައިދިނެވެ.
“ކިހިނެއްވީ މާވަރަކަށް ތިބަލަނީ؟” އަޒީމް މާވަރަކަށް ބަލާތީ ނަޒްލާ އަހާލިއެވެ. އަޒީމް އެއްޗެކޭ ނުބުނެއެވެ. އަޒީމް އެގޮތަށް ބަލަން އޮއްވާ އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.
“ނަޒޫ! އަހަރެންނަށް މަޢާފްކުރޭ! އޭރު އަހަރެންނަށް ނުވިސްނުނީ. އެދުވަހު ނަޒޫއާ މަންމަގެ ނަސޭހަތް އަޑުއެހުނުނަމަ މިއަދު މިހެންނެއް ނުވީސް.” ކުއްލިއަކަށް ނަޒްލާގެ ގައިގައި ބައްދައިގަންނަމުން އަޒީމް ރޯންފެށިއެވެ.
“އޭތް އަޒީމް. ހުއްޓާލާ. އެކަން އެނިމުނީއޭ ދެން. ދެން ހިނގާ ސައިބޯން. މިހާރު އެހެރަ މެންދުރުވީއޭ.” ނަޒްލާ ބުންޏެވެ.
“ނެތް ސައިބޯހިތެއް.” އަޒީމް ބުނެލިއެވެ.
“އުހުނ. އެއްގޮތަކަށްވެސް ތިހެން ހަދައިގެން ނުވާނެ. ހިނގާ ސައިބޯން.” ނަޒްލާ އެހެން ބުނުމުންވެސް އަޒީމް ދާ ޚިޔާލެއް ނުކުރިއެވެ.
“ދެން ތިޔަހެން ނޫޅޭ. ހިނގާ ދާން. ކުޑަކުދިން އުޅޭހެން ނޫޅޭ. ކުރީގައި ގޮތަކަށް އުޅެވުނޭ ކިޔާފައި ނުކައި ނުބޮއި އުޅުނީމަ ގޮތަކަށް ނޫޅެވުނުކަމަށް ވާނެތަ؟ ނުވާނެއެއްނު ދޯ. އެހެންވީމަ ތަޢުބާވެފައި އެކަން އިސްލާހުކުރީމަ އެނިމުނީ. އެހެނޭ ކިޔާފައި ނުކައި ނުބޮއި ހުރީމަ އަމިއްލަ ނަފްސަށް ގެއްލުން ލިބުން ނޫންކަމެއް ނުވާނެ. އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ފާފައެއް. އެހެންނު. އެހެންވީމަ ހިނގާ. ނޫނީ މަންމަވެސް ކިހާ ދެރަވާނެ. މަންމަ އިންނާނެ މިހާރު އަޒީމްގެ އިންތިޒާރުގައި.” ނަޒްލާ ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިން އަޒީމްއަށް ވިސްނައިދިނެވެ.
“އަހަރެން ދެން އޭނައާ އެކީ އުޅޭކަށް ބޭނުމެއްނޫން. އަހަރެން ވީ އެންމެ އަވަހަކަށް އޭނަ ވަރިކުރާނަން.” އަޒީމް ދެލޯ ފޮހެލަމުން ބުނެލިއެވެ.
“ނޫނޭ. ތިއީކީ އަދި ރަނގަޅު ގޮތެއްނޫން. އޭނައަށް ވިސްނައިދީ އޭނަ އިސްލާހު ކުރެވޭތޯ މަސައްކަތްކުރޭ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތުންވެސް އޭނައަށް ވިސްނައިދީ ނަސޭހަތްދީ. ވަރިއާއި ހަމައަށް ދާންވާނީ އެހެން އެއްވެސް ގޮތެއް ނެތިއްޔާ.” ނަޒްލާއަކީ މިފަދަ ޒަމާނަކަށް ބަލާއިރު ހަމަ ރަންގަނޑެކެވެ. ޖަވާހިރެކެވެ. މާވަހަރެކެވެ. އޭނާއަކީ އަމިއްލަ އެދުން ބޮޑު މީހެއްނަމަ ވަގުތުން ބަދޫރާ ވަރިކުރުމަށް ބުނީހެވެ. އޭނާއަށް ލިބިފައި އެވާ މަތިވެރި އަޚްލާޤަކީ އޭނާގެ މައިންބަފައިންގެ ފުރިހަމަ ތަރުބިއްޔަތެވެ. ނަޒްލާފަދަ މާތް އަންހެނަކު ލިބުމީ އަޒީމް ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ﷲއަށް ޙަމްދުކުރުން ގިނަކުރަންޖެހޭ ކަމެކެވެ. އެހެނީ ޞާލިހު އަނތްބަކު ލިބުމަކީ ދުނިޔޭގައި ފިރިހެނަކަށް ލިބޭނެ އެންމެ މަތިވެރި އެއް ނިޢުމަތެވެ.
އެތައް ވާހަކައެއް ދެއްކުމުން އަޒީމް ބަދިގެއަށް ދިޔައެވެ. އޭނާ ސައިބުއި ގަޑީގައި ފަރީދާގެ ކިބައިން މަޢާފަށް އެދުނެވެ. ބަދޫރާއާއި ނުއިނުމަށް ދިން ނަސޭހަތުގައި ކޮޅުފައިން ޖެހުނީތީއެވެ. ބަދޫރާއާއި އިނުމަށްފަހު އޭނާއަށް މަންމައަށް އިހުމާލު ވެވުނީތީއެވެ. އަދި އެފަދަ ކަމެއް ދެން ތަކުރާރު ނުކުރާނެކަމަށް ވަޢުދުވިއެވެ. އަޒީމް ސައިބޮއިގެން ނުކުތުމުން ނަޒްލާ އޭނާގެ ނިތްކުރިން ދުޅަވެފައިވާ ތަނުގައި ގަނޑުފެން ޖައްސާ ބޮނޑިތާން ކޮށްދިނެވެ. މެންދުރު ނަމާދު ބަންޤި ގޮވުމުން އަޒީމް ދިޔައީ މިސްކިތަށެވެ. ނަމާދުން ފައިބައިގެން އޭނާ އަނެއްކާވެސް އައީ އޭނާގެ ގެއަށެވެ. ގެއަށް އައި މަގުމަތީގައި އޭނާ ހުޒާމްއަށް ގުޅާފައި އެގެއަށް އައުމަށް ބުންޏެވެ.
“ހުޒާމް! ސާރާވެސް ގޮވައިގެން ދޯ ތިއައީ. ހިނގާ ކާން.” ހުޒާމްއާއި ސާރާ ފެނުމުން އަޒީމް ބުންޏެވެ. އޭރު ނަޒްލާއާއި ފަރީދާ ވީ ބަދިގޭގައެވެ.
“އަނހާ ހުޒާމް. ސާރާ. އަވަހަށް އިށީނދޭ ކާން.” ނަޒްލާ ހިނިތުންވެލާފައި ބުނެލިއެވެ. ނަޒްލާ އަތްމަތި އަވަސްކޮށްލާފައި އެންމެންނަށް ކާން ހަދައިދިނެވެ. އެއަށްފަހު އޭނާވެސް އިށީނެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް ކެއުމުގެ ކަންތައް ނިމިއްޖެއެވެ. ސާރާ އިނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. ބީރައްޓެހިވެފައެވެ. ކައިގެން ބަދިގެއިން ނުކުމެ އަޒީމްއާއި ހުޒާމް ތިބީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ގޯތިތެރޭގައި ހުރި ބޮޑު ހިރުނދު ގަހުން ވަނީ ޖޯލިފައްޗަށް އެއްކޮށް ހިޔާ އަޅާފައެވެ.
“ހޫމް. ކިހިނެއްވީއޭ އެހާ ވަރަކަށް ގުޅީ؟” ހުޒާމް ގާތުގައި އަޒީމް އަހާލިއެވެ.
“މިހާރަކު ނޫން. މިއަދު ހަވީރު އާދޭ ވޮލީކޯޓު ކައިރިއަށް.” ހުޒާމް ބުނެލުމުން އަޒީމް އެއްބަސްވިއެވެ.
“ތިއެއް ނޫނޭ. ނިތްކުރިއަށް ކިހިނެއް ހަދައިގެން ތިއުޅެނީ؟” ކުޑަކޮށް ދުޅަކޮށް ހުރިތަން ފެނުމުން ހުޒާމް އަހާލިއެވެ.
“މީ އެއްކަލަ އިރު ހުޒާމް ފޯނު ކުރީމަ ލިބުނު ބޮނޑިއެއް. ބަދޫރާގެ ކަންތައް. ޝައްކު ބަލިން ފޯވެފައިވިއްޔަ. ކީއްކުރާނީ؟ ނުވިސްނާ ކުރެވޭ ކަންކަމުން ވާގޮތްގޮތް މީ.” އަޒީމް ދެރަވެލާފައި ބުންޏެވެ.
“ދެން އެވާހަކަ ބާއްވާ. ހަނދާންކޮށް މިއަދު ހަވީރު ވޮލީކޯޓު ކައިރިއަށް ދައްޗޭ. ވަރަށް މުހިންމު އިނގޭ.” ހުޒާމް އެހެން ބުނުމުން އަޒީމް އެއްބަސްވިއެވެ. ދެން އޭނާ ސާރާ ގޮވައިގެން ދިޔައީ ގެއަށެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތުގައި ހުޒާމްއާއި އަޒީމް ތިބީ ވޮލީކޯޓު ވަށާ، އެތެރެ ފެންނަވަރަށް ރަނާފައިވާ ފާރުބުރި މަތީގައެވެ.
“މީ ވަރަށް ވަރަށް ސީރިއަސް ވާހަކައެއް އިނގޭ. ޖޯކަކަށް ނުހަދާތި.” އަޒީމްގެ މިޒާޖު ރަނގަޅަށް އެނގޭތީ ހުޒާމް ފުރަތަމަވެސް ބުނީ މިހެންނެވެ. އަޒީމް ބޯޖަހާލިއެވެ.
“މަބުނީ މިރޭ ފަތިހު މަ ފުރަންޖެހޭނެ. ދެން މަ ދާއިރު ސާރާއަށް ހަދާނެގޮތެއް ނޭނގިގެން މިއުޅެނީ.” ހުޒާމް ބުނެލިއެވެ.
“އޭނަޔާ ހިތާވީ ދޯ؟ އޭނަޔާ އިންނަންވީނު. އޭރުން އޭނަ ގޮވައިގެން ދާނީ. އެހާވަރަށް ވިސްނާ އެއްޗެއް ނޫނޭ.” ސަމާސާ ރާގެއްގައި އަޒީމް އެހެން ބުނުމުން ހުޒާމް ސިހިފައި ބަލާލިއެވެ. ހުޒާމް ހާސްވެއްޖެއެވެ. ހަވީރުގެ އެ ފިނި ވަގުތުގައިވެސް ދާހިއްލާ ފޯވެއްޖެއެވެ. ހުޒާމްއަށް ވީގޮތް ފެނިފައި އަޒީމްއަށް އެއްޗެއް ވިސްނިއްޖެއެވެ. އަދިވެސް އޭނާގެ ހިތުން މާޒީގެ ހަނދާންތައް ނުފޮހެވެނީއެވެ. އަޒީމް ހުޒާމްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“ހުޒާމް! މާޒީއާއި ދޭތެރޭ ވިސްނާ ފިކުރުކުރުމުގެ ބޭނުމަކީ ކޮބާ؟ މާޒީ ހަނދާން ނައްތާލެވޭތޯ މަސައްކަތްކުރޭ! އޭރުން ފެންނާނީ އުޖާލާކަން. އަދި ހުޒާމްގެ ދިރިއުޅުން ނިމުނީކީ ނޫން. އުމުރުން ސާޅީސް އަހަރު ވިޔަކަސް ބަލައިލާފައި އެކަކުވެސް ނުބުނާނެ ތީ އުމުރުން ދުވަސްވެފައި ހުރި މީހެކޭ. ތީ އަދިވެސް ބަލައިލަން ޒުވާނެއް. އަދި ހުޒާމަށްވެސް އިންނާނެ މީހުން ވާނެ. އަހަރެންގެ ވާހަކައެއް އަޑުއަހަންޏާ ހުޒާމްވެސް އަލުން ދިރިއުޅުމެއް ފަށާ! އޭރުން ރޫނާގެ ހަނދާންތަކާ ދުރަށް ދެވިދާނެ.” އަޒީމް ހުޒާމްއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
“ސާރާއަކީ ވަރަށް ރަނގަޅު ކުއްޖެއް. މުޅި ރާއްޖޭގައި އަތްފުނާ އެޅިޔަސް ހުޒާމްއަކަށް އެއަށްވުރެ ރަނގަޅު ކުއްޖަކު ލިބިދާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. އަހަރެން މިހެން ބުނީމަ ހުޒާމް ހިތަށް އަރައިފާނެ އަހަރެން މީ ހާދަ ވިޔާނުދާ މީހެކޭ. ސާރާއަކީ ތިމަންނާއާ ބަލާފައި ކުޑަކުއްޖެކޭ. އެކަމަކު އެހެނެއް ނޫން. އަހަރެންނަށް ހަމަ ޔަޤީން ހުޒާމްގެ ހިތުގައި ސާރާއާ ދޭތެރޭ ތިވަނީ އާދައިގެ އިހުސާސްތަކެއް ނޫން. އެހެންނޫނަސް ލޯބިވުމަކީ ކުށެއްނޫން. އުމުރުން ކިތަންމެ ތަފާތުވިޔަސް ލޯބިވާނަމަ އެއީ މައްސަލައެއް ނޫން. އަހަރެންގެ މަންމައާއި ބައްޕަ އޭގެ ހެއްކަކަށް ފުދޭނެ. އެމީހުންގެ އުމުރުގައި ވިހި އަހަރު ހުރޭ. ބައްޕަގެ މަރު ދުވަހާ ޖެހެންދެންވެސް އެލޯބި ބަދަލެއްނުވޭ.” އަޒީމްގެ ވާހަކަތައް ޝައުޤުވެރިކަމާއެކު ހުޒާމް އަޑުއެހިއެވެ.
އަޒީމްއަކީވެސް އަޖައިބެއް ކަހަލަ މީހެކޭ ހުޒާމްގެ ހިތަށްއެރިއެވެ. އަނެއްކާ އަޒީމްއަކީ ޖާދޫގަރެއްބާއެވެ. އޭނާ އެހާވަރުން ފޮރުވައިގެން އުޅުނު ލޯބިވެސް އެހޯދީއެވެ. އަނެއްކޮޅުން އެއީ ސާރާ ދެކެކަންވެސް އޭނާއަށް އެނގިއްޖެއެވެ. ހިތަށް އަރަމުންދިޔަ ޚިޔާލުތަކުން ހުޒާމްއަށް ހެވުނެވެ.
“ކީއްވެ ތިހެނީ؟” އަޒީމް ހައިރާންވެފައި އަހާލިއެވެ.
“ކަމެއްނުވޭ. އަސްލު މަ ހީކުރި ވަރަށްވުރެ ކަލޭ މާ ހޭޖެހޭ. މާ ބޯ ރަނގަޅު.” އަޒީމްގެ ކޮނޑުގައި ޖަހާލާފައި ހުޒާމް ބުނެލިއެވެ.
“ދިރިއުޅުމުގައި ގިނަ ތަޖުރިބާ ކުރެވޭ ވަރަކަށް ހޭޖެހޭ ފަހަރު ގިނަވާނެ.” އަޒީމް ބުނެލިއެވެ.
“ހޫމް. ދެން ބުނެބަލަ. ކިހިނެއްތަ ހަދާނީ؟” ހުޒާމް އަހާލިއެވެ.
“ހުޒާމް ތިއުޅެނީ އަމިއްލައަށް އޭނައާ ހަވާލު ވެގެނެއްނު. އެހެންވީމަ އޭނަ ގޮވައިގެން ދޭ. އޭރުން ދޯ އޭނައަށް އެހީއެއްވެސް ވެވުނުކަމަށް ވާނީ. އެހެންނޫނަސް އޭނަ ގޮވައިގެން ދިޔައިމަ ދޯ ގުޅުން ބަދަހި ކުރެވޭނީވެސް. އަހަރެން ވަރަށް ދެކެން ބޭނުންވޭ ހުޒާމް ދިރިއުޅުމެއް ފަށައިގެން އުފަލުގައި އުޅޭތަން.” އަޒީމް ބުނެލިއެވެ.
“ހުޒާމް ދެން ވިސްނާފައި ގޮތެއް ނިންމާ. އަހަރެން ދޭން އޮތް ޚިޔާލަކީ ހުޒާމް ސާރާ ގޮވައިގެން ގޮސް އޭނައާއެކީ ދިރިއުޅުމެއް ފެށުން. ދެން މިވަގުތު ދަނީއޭ. އަދި ފަހުން ދިމާވާނެ. އިންޝާ ﷲ!” އަޒީމް ދާން ހިނގައިގަތެވެ.
“އޭތް. މަބުނި ކަންތަކާ ވިސްނާލައްޗޭ. މީ ރަނުގެ ފުރުސަތެއް.” ތަންކޮޅަކަށް ގޮސް ފަސްއެނބުރި ހުޒާމަށް ބަލައިލާފައި އަޒީމް ބުނެލިއެވެ. ހުޒާމް ބޯޖަހާލިއެވެ.
ހުޒާމް ގެއަށް ދިޔައީ އިރުވެސް އޮއްސުނު ފަހުންނެވެ. އޭރު ކުޑަދޮރު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެ ބޭރު ބަލަން ސާރާ އިނެވެ. އެއް ދިމާއަކަށް ނަޒަރު ހުއްޓާލައިގެން ހަރަކާތް ހުއްޓިފައި އިންއިރު ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ޚިޔާލީ ކުރެހުމެއްހެންނެވެ. އެ މައުސޫމު މޫނާއި ޖާޒުބީ ހަށިގަނޑު އެއަށްވުރެވެސް ފުރިހަމައެވެ. ހުރިހާ ކަމަކީވެސް މާތް ﷲގެ ކުޅަދުންވަންތަކަމެވެ. ކިތަންމެ އަވަސްއަވަހަށް ސާރާ ފެނުނަސް ހުޒާމްގެ ހިތަށް އެހެން އަރައެވެ. ޤުދުރަތުން އޭނާގެ ސިފައަށް އެހާ މުއްސަނދިކަން ދެއްވާފައިވާއިރުވެސް އޭނާގެ އެ ހިތްދަތި ދިރިއުޅުމާއި ދޭތެރޭ ހުޒާމް ހަމްދަރުދީވެއެވެ. ދާދި އިހަކަށް ރޭ ހިނގި ހާދިސާގެ ފަހުން ސާރާ ހުންނަނީ ނެގިމަޑުވެފައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ.
“ސާރާ!” ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ހުޒާމް ގޮވާލިއެވެ. ހުޒާމް ގޮވާލުމާއިއެކު ސާރާ ބަލައިލިއެވެ. ހީވީ ހުޒާމްގެ އިންތިޒާރުގައި އިންހެންނެވެ. ހުޒާމްއާ ހަތަރުކަޅި ހަމަވި ވަގުތު ސާރާގެ އެ ރީތި ބޮޑު ދެލޮލުގައިވާ ވޭނުގެ އަސަރުތައް ހުޒާމަށް ފެނުނެވެ. އޭނާ އަވަހަށް އެހެން ދިމާލަކަށް ނަޒަރު ހުއްޓާލީ އެމަންޒަރު ބަލަން އޭނާއަށް ކުޅަދާނަ ނުވެގެންނެވެ.
“އަހަރެން ބޭނުން ސާރާ ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކާލަން.” ހުޒާމް ދުރު ބަލަން އިނދެ ބުނެލިއެވެ. އެއާއިއެކު ސާރާ ހުޒާމަށް ބަލައިލިއެވެ. އޭނާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ.
“އަހަރެންނަށް އެނގޭ ކުރިންރޭ ކަންތައް ވީގޮތުން ސާރާއަށް ވަރަށް އަސަރު ކުރާނެކަން. އެކަމަކުވެސް އަހަރެން ވަރަށް ދެރަވޭ ސާރާ ތިހެން ހިތާމަކުރާތަން ފެންނާތީ.” ހުޒާމްގެ އަޑު ވަނީ ކުރެހިފައެވެ. ނަމަވެސް އޭނާ އަޑު ކޮންޓްރޯލުކުރަން މަސައްކަތްކުރަމުން ވާހަކަދެއްކިއެވެ. ހުޒާމްއާ ދިމާލަށް ބަލަން އިން ސާރާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އޭނާގެ ތުނިތުނި ތުންފަތުގައި މަޑުމަޑު ތުރުތުރެއް އުފެދުނީ ހުޒާމްގެ ހިތުން އޭނާއަށް ޚާއްސަ މަޤާމެއް ދެވިފައިވާކަން ކަށަވަރުވުމުންނެވެ. އެހެންނަމަވެސް މިހާރު މާބޮޑަށް ލަސްވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ.
“ދެން ސާރާއަށް އެންމެ ރަނގަޅުވާނެ ގޮތް އަހަރެން ބުނަން؟” ހުޒާމް ސާރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ހުޒާމް އެ ބުނަންއުޅޭ އެއްޗެއް ނޭނގޭތީ ސާރާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ.
“ހިނގާ އަހަރެންނާއެކު މާލެ ދާން.” ސާރާއަށް އިނދެވުނީ ޤަބޫލު ނުކުރެވިފައެވެ. އޭނާއަށް މި އަޑުއިވުނީ ރަނގަޅަށްބާއޭ ހިތަށް އަރަމުން ދިޔައެވެ. ސާރާ ބަލަން އިންގޮތުން، އޭނާ އެއިނީ އެވާހަކަ ޤަބޫލުނުކުރެވިފައިކަން ހުޒާމަށް އެނގުނެވެ. ސާރާގެ އަތުގައި ހިފާލަމުން ހުޒާމް ބޯޖަހައިލީ އެއީ ހަޤީޤަތެއްކަން އިތުރަށް ޔަޤީންކޮށްދިނުމުގެ ގޮތުންނެވެ. ކުއްލިއަކަށް ސާރާ އަތް ދަމައިގަތެވެ. ސާރާގެ މި ހަރަކާތުން ހުޒާމް ކަންބޮޑުވިއެވެ. ސާރާ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ދެންވެސް ވާހަކަދެއްކީ ހުޒާމްއެވެ.
“އަހަރެންނަކަށް ނުކެރޭނެ ސާރާ އެކަނި ބަހައްޓާފައި ދާކަށް. އަހަރެންނަކަށް އެހާ ގިނަ ވަގުތެއް ނެތް. އަހަރެން މިރޭ ފަތިހު ފުރަން.” ހުޒާމް އެހެން ބުނުމުން ސާރާއަށް ތެޅިގަނެވުނެވެ. މިހާރު އޭނާ ހުޒާމްއާ ދުރަށް ދާކަށް ބޭނުމެއްނޫނެވެ.
“އަހަރެން ވިސްނާލަން ބޭނުން.” ސާރާ އިތުރަށް އެތާނގައި މަޑުނުކޮށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
(ނުނިމޭ)
20 Comments
Comments are closed.
Yey
Mi partves varah varah reethi ?
Keep it up saandy ❤
Waiting for next part ☺
Baby girl ves saandy ge vaahaka ah comment kuraniy saandy akiy boy akah viyma dw
Mine is different case. I like aandy’s stories. And i am in love with his imagination. haadha hyveye anonymous namuga ryn commnt kuranyhen.
Awesome. ???
Beautiful ❤
Thivaahaka two akaa three akaa no connection…i dnt knw..i m confused…kihineh mi v…so tell me…
wow…vrh rythi mi part ves…next part avahah up kolladhehchey…
Vahaka ragalha kiyaaa aaarun vy goi ingey na 2. Ga adi3 ga ves. Nice stry ?
Kurin genes dhi vaahakaeh dhww
ޔެސް!! މީ އެފްބީ ގްރޫޕެއްގަ ތަންކޮޅެއް ކުރިން ސާންޑީ ގެނެސްދީފަ އޮތް ވާހަކައެއް.. އެކަމް މިހާރު މި ގެނެސްދޭއިރު ވަރަށް ތަފާތުވާނެ
vrh riithi mi story…. medhu kandaa nulaa up kohdhehchey… vrh kiyaa hiy vey..
aishwariyaatha saraa akyy
pary eh..
reeeethi mi prt ves….
nooney Saandy…… saabas… thee alhe facebook “story group” ga “Thari” namuga liyunu vaahaka ehnu. mihaaru mi page ga thi liyanee ehen namegga alhe aa vaahaka eh genes dheebala. guys balaaba mee dhogehtho facebook story group ga saand ge namuga liyefa huri vaahaka thah.
ދޮންތި!! އެއީ ސާންޑީ ލިޔެފަ އޮތް ވާހަކައެއް… އެފްބީގަ ނޫޅޭ ވަރަށް ގިނަ ކުދިން މިތާވެސް އުޅޭނެ… އަދި މިހާރު މިވާހަކަ އަޕްކުރާއިރު ވަރަށް ގިނަ ބައި އިތުރުވެފަ ހުންނާނީވެސް
Admin please remove such commnts
އެއްވެސް ކުއްޖަކު މިތާ ޒުވާބު ނުކުރުމަކީ ސާންޑީ ވަރަށް ބޮޑަށް އެދޭކަމެއް
vvvvv salhi…
okay dhen..:)