Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (26)

shafu
February 27, 2017
10 Mins Read
75 Views
22 Comments

” މެހެކް ދަރިފުޅާ” ޝިއާމައްތަ އައިސް މެހެކް ގެ ގާތުގައި ހުއްޓިލިއެވެ.

” ދަރިފުޅު ތި ހުންނަނީ އެކައްޗެއްވެސް ނުކާ މިއަދުވެސް. ކޮންމެވެސް އެއްޗެއް ކާލަން އުޅޭ”. މެހެކްގެ ބޮލުގައި ފިރުމާލަމުން ޝިއާމައްތަ ބުނެލިއެވެ.

” ޝިއާމައްތަ އަށް އެނގޭތަ؟ މިއަދަކީ…. އަހަންނާއި އާހިލްގެ ކައިވެންޏަށް ހަތް މަސްވީ ދުވަސް. ވަރަށް ހަނދާންވޭ އާހިލް މަތިން”. މެހެކް އިސްޖަހާލަމުން ބުނެލިއެވެ.

އެއަޑު އިވިފައި ޝިއާމައްތަ ވެސް ދެރަވިއެވެ.

” ދަރިފުޅާ ހިނގާބަލަ އެއްޗެއް ކާލަން..”. ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު ހުރުމަށް ފަހު އަނެއްކާވެސް ޝިއާމައްތަ ބުނެލިއެވެ.

އެވަގުތު މެހެކް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

” ދަރިފުޅާ ޝިއާމައްތަ ވާހަކައެއް ބުނަންތަ؟ އާދެބަލަ މިތާ އެނދުމަތީގަ އިނދެލަން ތިތާ ނުހުރެ”. މެހެކް ބޭރަށް ބަލަހައްޓައިގެން ހުރުމުން ޝިއާމައްތަ އެނދުމަތީގައި އިށީއިންނަމުން ބުނެލިއެވެ.

” ދަރިފުޅާ. މީ ޝިއާމައްތަ ނުވެސް ދައްކާ ވާހަކައެއް..” މެހެކް އެނދުމަތީގައި އިށީއިނދެލުމާއެކު ޝިއާމައްތަ އިސްޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.

“އަސްލު.. އަސްލު ޝިއާމައްތަ ވެސް ވަރަށް ހިތާމަކުރަން ޝިއާމައްތަގެ އެއްވެސް ކުއްޖެއް މި ދުނިޔޭގަ ނެތީމަ.. އެކަމަކު.. ދަރިފުޅަކީ ޝިއާމައްތަގެ އަމިއްލަ ދަރިއެއް ގޮތުގައި މިހާރު އިހްސާސް ކުރެވެނީ.. ކުރީގައި ވަރަށް ހިތާމަކުރިން ޝިއާމައްތަގެ ދަރިފުޅު މި ދުނިޔެ ދޫކުރި ފަހުން އިތުރު ކުއްޖެއް ނުލިބުނީމަ.. އެކަމަކު ވަރަށް ހިތްވަރު ކުރިން.. ދަރިފުޅާ… ދުޢާ ކުރަމުން ހިތްވަރުވެސް ކުރަން ޖެހޭނެ ބޮޑެތި ކަންކަން ދިމާވީމަ.. ދުނިޔޭގައި އުޅޭއިރު ވަރަށް ބައިވަރު އިމްތިޚާންތައް އަންނާނެކަން ހަނދާން ކުރަންވާނެ”. ޝިޔާމައްތަ މެހެކްގެ ބުރަކަށީގައި ފިރުމާލަމުން ހިތްވަރު ދިނެވެ.

އެއަޑުތައް އަހަން އިނދެފައި މެހެކް އަށް ރޮވޭގޮތްވިއެވެ. އޭނާ ޝިއާމައްތަގެ ގައިގައި ބާރަށް ބައްދާލިއެވެ.

” ޝިއާމައްތާ.. މި ދުނިޔޭގައި އަހަރެން އެކަނިވިދުވަހު ޝިއާމައްތަ އާއި ނަސީރުބޭގެ ފަރާތުން އަހަންނަށް ތިދޭލޯބި ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ. އިރާދަކުރެއްވިއްޔާ އަހަރެން ހިތްވަރު ކުރާނަން..”. ރޮމުން ދިޔަ ނަމަވެސް، މެހެކްއަށް އުފާވެރިކަން އިޚްސާސްވިއެވެ.

” ދަރިފުޅާ ޝިއާމައްތަ އާއި ނަސީރުބޭ މިއުޅެނީ މިތާ ތަންކޮޅެއް ދުރުގައި ހުރި ޝޮޕިންގް މޯލް އަކަށް ގޮސްލަން ކަމަށް.. ދަރިފުޅު ވެސް ތައްޔާރުވެބަލަ ދާން “. މެހެކްގެ ކަރުނަތައް ފޮހެލަދެމުން ޝިއާމައްތަ މަޢުލޫއު ބަދަލުކޮއްލިއެވެ.

” އަހަރެން ގޭގައި މަޑުކޮއްލާނީ.. ޝިއާމައްތަމެން ގޮސްލާ އިނގޭ”. ވަރަށް ލޯބިން ޝިއާމައްތަގެ އަތުގައި ހިފާލަމުން މެހެކް ބުނެލިއެވެ. އޭނާ އެއްވެސް ތާކަށް ގޮސް އުޅޭހިތެއް ނުވެއެވެ. ޚާއްސަކޮށް މީހުން ގިނަ ތަންތަނަށް ގޮސް އުޅެން އޭނާ މިހާރު ފޫހިވެއެވެ.

” އެންމެ ރަނގަޅު.. އެކަމަކު ޝިއާމައްތަމެން އަންނަންވާ އިރަށް ދަރިފުޅު ހުންނަންވާނީ ކޮންމެވެސް އެއްޗެއް ކައިގެން.. ހުންނާނެ ތަރުކާރީ ރިހަ އާއި ބަތާ.. ކުރިން ދަރިފުޅަށް ނުލާހިކު މީރު އެއްޗެހި..”.

ޝިއާމައްތަ އެހެން ބުނެލުމާއެކު މެހެކް އާ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ހިނިތުންވަމުންނެވެ. ހަޤީޤަތުގައި އޭނާ ކިހާ ނަސީބުގަދަ ހެއްޔެވެ؟ އޭނާ ދެކެ އެހާ ލޯބިވާ ބަޔަކު އެކަނިވީ ދުވަހު އޭނާއަށް ލިބުނީއެވެ. އެއީ މާތް ރަސްކަލާނގެ ލެއްވި ކިހާ ބޮޑު ރަހުމަތެއް ހެއްޔެވެ؟ އެމީހުންގެ ހިތުގައި އޭނާއަށް ވަނީ ދަރިއެއްގެ ޤަދަރު ދެވިފައެވެ.

” މިދަނީ ތައްޔާރުވާން އިނގޭ.. މިހާރު ވާރޭވެސް އެއްކޮށް ހުއްޓައިފި ދޯ؟” ކުޑަ ދޮރުކައިރިއަށް ހުއްޓިލަމުން ޝިއާމައްތަ ބޭރުބަލާލިއެވެ. ދެން އޭނާ ކޮޓަރިން ނުކުތުމަށް މިސްރާބު ޖެހިއެވެ.

ޝިއާމައްތަ ނުކުމެ ދޮރު ލެއްޕުމާއެކު މެހެކް އެނދުގައި އޮށޯއޮވެލިއެވެ. އިރުކޮޅަކު އެހެން އޮވެފައި އޭނާ ތެދުވިއެވެ. އެދިޔަ ގޮތަށް ގޮސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އެތެރެއިން އޭނާ ނެގީ އާހިލްގެ ޓީޝާޓެވެ. މެއާއި ގާތްކޮއްލުމަށްފަހު އޭގައި އޭނާ ބޮސްދިނެވެ.

” ވަރަށް ވަރަށް ލޯބިވޭ އާހިލް. ތިޔަ އިންތިޒާރުގައި ހަތަރުމަސް ފާއިތުވެ ދިޔައީ. އަހަރުމެންގެ ކައިވެންޏަށް ހަތް މަސް ވީ”. މެހެކް ލޯ މަރާލަމުން މަޑުމަޑުން ބުނެލިއެވެ. އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

 

ގަޑިއެއްހާއިރު ފަހެވެ. މަޑުމަޑުން ކޮޓަރި ދޮރުގައި ޓަކި ޖަހާލުމާއެކު މެހެކް ދޮރު ހުޅުވާލިއެވެ.

” ދަރިފުޅާ މިދަނީ ދާން އިނގޭ”. ނަސީރުބޭ ބުނެލިއެވެ.

މެހެކް އާއެކޭ ބުނެލުމާއެކު ދެމަފިރިން އެކީގައި ގެއިން ނުކުތެވެ. އޭރު ގަޑިން ހަތެއް ޖެހީއެވެ.

ފާހާނާއަށް ވަދެލުމަށް ފަހު މެހެކް ފެންވަރާ ތާޒާވެލިއެވެ. އޭނާ ލީ އާހިލްއަށް އެންމެ ރީތި ހެދުމެވެ. އެއީ ކަޅުކުލައިގެ ރީތި ގަމީސްމަތިކޮޅެކެވެ. ދުރުގައި ހުރި ނަމަވެސް އާހިލް އަބަދުވެސް ގާތުގައި ހުންނަހެން އޭނާއަށް އިޚްސާސްވެއެވެ. ވާނީވެސް އެހެންތާއެވެ. އާހިލްގެ ހަނދާންތައް އެންމެ ސިކުންތަކުވެސް އެހިތުން ފިލައިގެން ނުދެއެވެ.

މަޢުރިބު ނަމާދު ކޮށްލައިގެން ދުޢާ ކުރުމުގައި އޭނާ އިނެވެ.

އެއަށްފަހު، ތެމިފައިވި ދިގު އިސްތަށިގަނޑުގައި އަތް ހިންގަމުން މެހެކް ސިޓީންގް ރޫމަށް ނުކުމެލިއެވެ. ދެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށް ފަހު ކައްކާ ބަޔާ ދިމާއަށް ހިނގައިގަތެވެ. ޝިޔާމައްތަމެން އައުމުގެ ކުރިން އެއްޗެއް ކާލަން އޭނާ ބޭނުމެވެ.

ކާ އެއްޗެހި ތައްޓަށް އަޅައިގެން ކާމޭޒުކައިރީގައި މެހެކް އިށީ އިނދެލިއެވެ. އޭރު ބަނޑުހައި ވެގެން ގޮސް ހަށިގަނޑުގައި ވަރުނެތް ކަހަލަ އިޚްސާސެއް ކުރެވެމުން ދިޔައެވެ. އެވަރުވުމުން ނޫނީ އެންމެ ފަހަރަކުވެސް ކާ އެއްޗެއް އަނގައަށް ލާ ހިތެއް އޭނާ ނުވެއެވެ.

ގޮނޑީގައި ރަނގަޅަށް ހަމަޖެހިލެވުނު ވަގުތު މީހަކު ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ.

އެވާނީ އެގޭތިރީގައި އުޅޭ ޝިއާމައްތަގެ ރައްޓެހި ޝާހިދާއަށެވެ. ޝާހިދާ އަކީ ޑޮކްޓަރަށް ދައްކަން އައިސް އުޅޭ މީހެކެވެ. އެހެން އުޅެނިކޮށް ޝިއާމައްތަ އާއި މާބޮޑަށް ރަހުމަތްތެރިވެ އޭނާ ކޮންމެ ރެއަކުހެން އެގެއަށް އާދެއެވެ.

ފުން ނޭވާއެއްދޫކޮއްލަމުން ގޮނޑިން ތެދުވެގެން ގޮސް މެހެކް ދޮރު ހުޅުވާލިއެވެ. ވަރަށް ކުޑަކޮށެވެ. އޭނާ ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. އެކަކުވެސް ދޮރުކައިރީގައި ފެންނާކަށް ނެތެވެ. ހިތަށް ވަދެގެން ދިޔަ ބިރުވެރިކަމާއެކު އަވަސް އަވަހަށް އޭނާ ދޮރު ލައްޕާލަން އުޅުނެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރު މައްޗަށް އެރިއެވެ. ލިބުނު ސިހުމާއެކު ގަތް ބިރުން މެހެކް އަށް ހަޅެއްލަވައިގަނެވުނެވެ. ދޮރުގައި ހިފަހައްޓަމުން އޭނާ ރަނގަޅަށް ބަލާލިއެވެ.

އެވަގުތު ދޮރު ކައިރީގައި ހުރި މީހާ ފެނި އޭނާގެ މެއަށް ފިނިވެގެންދިޔައެވެ. ހައިރާންވެ އަންތަރީސްވިއެވެ. ހަމަ އެ ސިކުންތުގައި އިންތިހާއަށް ރުޅިގަދަވެ ދެބޮމަ ގޮއްޖަހާލެވުނެވެ. އެ ސިފަ ފެނި އޭނާގެ މޫނުމަތި ބަނަވިއެވެ. އެއީ މި ދުނިޔޭގައި މިހާރު އޭނާ އެންމެ ނަފްރަތު ކުރާ ސިފައެވެ. އާއެކެވެ. ދޮރުމަތީގައި އެހުރީ އިވާންއެވެ.

އިސްޖަހައިގެން ހުރެފައި ފުން ނަޒަރަކުން މެހެކްގެ މޫނަށް އިވާން ބަލާލިއެވެ.

އެންމެ ފަހުން މެހެކް އުޅޭތަނެއް ހޯދައިގެން އެތަނަށްވެސް އިވާން އެއައީއެވެ. އައި ރުޅީގައި މެހެކް ދޮރު ލައްޕަން ހިފާލި ވަގުތު ދޮރުގައި އިވާން ހިފަހައްޓާލިއެވެ.

މެހެކް މާބޮޑަށް ބިރުގަންނަން ފެށުމުން އޭނާއަށް ރޮވޭގޮތް ވިއެވެ. އިވާންގެ ކުރިމަތީގައި އޭނާއަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟

އިވާން އެއްގޮތަކަށް ވެސް ދޮރުން ދޫކޮށެއް ނުލިއެވެ.

” އިވާން ކިހިނެއް ވެގެން ތިއުޅެނީ؟ ކުރެވުނު އަނިޔާ ކުޑަ ވެގެންތަ؟ ” ބާރުބާރަށް މެހެކްއަށް ބުނެލެވުނެވެ. ރޮވެން ފެށުމުން އޭނާގެ އަޑުގައި މަޑު ތުރުތުރެއް އެފެދިފައި ހުއްޓެވެ.

އިވާން އެއްވެސް ބަހެއް ނުބުނެއެވެ. އެންމެ ފަހުން މެހެކް އަށް ރޮއިގަނެވުނެވެ. އޭނާ ދޮރުން ދޫކޮއްލިއެވެ. ގައިން އެއްކޮށް ވަރު ދޫވީއެވެ. ދޮރު އެއްކޮށް ނުހުޅުވެނިސް މެހެކް ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. އަވަސް އަވަހަށް ކޮޓަރި ތަޅުލުމަށް ފަހު ނަސީރުބޭ މެންނަށް ގުޅަން އޭނާ ބޭނުމެވެ.

 

ދުއްވައިގަން ވަގުތު ކުއްލިއަކަށް ފިނިވެފައިވާ އަތަކުން މެހެކްގެ އަތުގައި ހިފާލިއެވެ. އެއަތް އޭނާގެ އަތުގައި ޖެހުމާއެކު ހުއްޓުން އެރިއެވެ. ދެފައިގައި ހިލިހިލާގަނޑެއް އެޅުނު ކަހަލައެވެ. އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. ހިންދިރުވާލަމުން ލޯމަރާލެވުނެވެ. ހިތުގެ ވިންދު މާބޮޑަށް އަވަސް ވެއްޖެއެވެ. ހިނިތުންވުމަކާއެކު އެދުލުން ބުނެވުނީ އެންމެ ނަމެކެވެ.

” އާހިލް”. ވައި އަޑަކުން މެހެކްއަށް ބުނެލެވުނެވެ. އެއީ އާހިލްގެ އަތެވެ. ހަމައެކަނި އެބީހިލުމުންވެސް އޭނާގެ ލޯބިވާ ފިރިމީހާ އޭނާއަށް އެނގޭނެއެވެ. އާހިލް އައީ ހެއްޔެވެ؟

މަޑުމަޑުން މެހެކް މޫނު އަނބުރާލިއެވެ. އެވަގުތު ކުރިމަތިން ފެނުނީ އޭނާ އެންމެ ހިތްއެދޭ ސޫރައެވެ. ސުބްހާނައްﷲއެވެ. އެއީ ހަމަ އާހިލްއެވެ. މެހެކްގެ ލޯބިވާ ފިރިމީހާއެވެ. އަނެއްކާ މީ ފެންނަ ރީތި ހުވަފެނެއް ނޫންބާއެވެ؟

އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ޖިންސްގައި އާހިލް ހުރިއިރު އޭނާގެ ރީތި އިސްތަށިގަނޑު ހުރީ މައްޗަށް ނަގާލާފައެވެ. ޓީޝާޓްގެ އަތް މައްޗަށް ދަމާލާފައި ހުރުމުން އެރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ހިކިފައި ހުރި ހަށިގަނޑުވެސް ވަނީ ބަދަލުވެފައެވެ. ތަޢުރީފުކޮށް ހުސްނުވާހާ ވެއެވެ.

ފެންކަޅިވެފައިވާ އާހިލްގެ ދެލޮލުން މެހެކްގެ މޫނަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވީ އެވަގުތުއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލަން އިރުކޮޅަކު ތިބެވުނީއެވެ. ހުރިހާ ވާހަކައެއްވެސް ދައްކަމުން ދިޔައީ އެދެމީހުންގެ ހިތެވެ.

މެހެކް އަކަށް އެންމެ ބަހެއްވެސް ނުބުނެވުނެވެ. އެތެރެ ހައްޓަށް ގިސްލެވެން ފެށުމާއެކު، އާހިލްގެ ގައިގައި އޮޅުލައިގަނެވުނެވެ. އާހިލްވެސް މެހެކް ގެނެސް އޭނާގެ ގަޔާލާ ބޮނޑިކޮއްލިއެވެ. އެވަގުތު އާހިލްގެ ހިތުގެ ތެޅުމުގެ އަޑު މެހެކް އަށް އިޚްސާސް ކުރެވުނެވެ. އެއަރާމު ބީހުމާއި އެކު އަބަދުވެސް އޭނާ ޖަހާ ސެންޓްގެ މީރުވަސް ދުވަން ފެށުމުން މެހެކްގެ ހިތަށް ލިބުނީ ބަޔާން ކުރަން ނޭނގޭ ކަހަލަ އުފާވެރިކަމެކެވެ. މެހެކް މަޑުމަޑުން އާހިލްގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އިތުރަށް އާހިލް އޭނާއާ ގާތް ކޮށްލަން ހިތް އެދުނުވަރުންނެވެ. މުޅި އުމުރަށް އެހެން ހުރުމަށް އޭނާގެ ހިތް ގޮވަމުން ދިޔައެވެ.

އެގޮތުގައި ލޯމަރާލައިގެން ހުރިއިރު މެހެކްގެ ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. ދެންމެ ދޮރުމަތީގައި ހުރީ އިވާން ނޫން ހެއްޔެވެ؟ ފެންނަ ފެނުމަށް އާހިލްގެ ސިއްހަތު އިރާދަކުރެއްވިއްޔާ މުޅިން ރަނގަޅެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އިވާން އާއި އާހިލް މިއައީ އެކުގައިބާއެވެ؟ އެކައްޗެއް ވެސް އޭނާއަކަށް ނުވިސްނުނެވެ.

ބޭނުންނުވި ނަމަވެސް އާހިލްގެ މެއިން ބޯނަގާ އެމޫނަށް މެހެކް ނަޒަރު ހިންގާލިއެވެ. އޭރު ވެސް އޭނާ ހުރީ އާހިލްގެ ގައިގައި ހިފަހައްޓާލައިގެންނެވެ.

” މެހެކް މަގޭ ރާނީ… އަހަންނަށް މަޢާފް ކުރޭ”. މެހެކްގެ މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން އާހިލް ބުނެލިއެވެ. އެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ.

މެހެކް ބޯ ހޫރުވާލަމުން އާހިލްގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

” ނޫން އާހިލް… އާހިލް މަޢާފަށް ނޭދޭ.. އަހަންނަށް މަޢާފް ކޮށްދީ…”

ދެމީހުންނަށް އަނެއްކާވެސް ބައްދާލެވުނެވެ. އިރުކޮޅަކު އެހެން ހުރެފައި އާހިލް މެހެކް އާއި ދުރުވެލިއެވެ. ފުރަގަހަށް އެނބުރި ދޮރާ ދިމާއަށް ނަޒަރު ހިންގާލިއެވެ. މެހެކްގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ އެދިމާއަށް އާހިލް ހިނގައިގަތެވެ. އޭރު ދޮރުމަތީގައި އިސްޖަހައިގެން އިވާން ހުއްޓެވެ.

” މެހެކް”. އާހިލް ވަރަށް ލޯބިން ގޮވާލިއެވެ.

” އިވާން އަށް….އިވާން އަށް މަޢާފް ކޮއްދީބަލަ”. ކުއްލިއަކަށް އާހިލް ބުނެލި ޖުމްލަ އާއި އެކު މެހެކް ސިހުނެވެ. އޭނާ ހުރީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. އަނެއްކާވެސް އިވާން ކޮންމެވެސް އެހެން ކުޅިވަރެއް ކުޅެނީ ނޫން ބާއެވެ؟ ޔަޤީނެވެ. އިވާން އެއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މެހެކްގެ ހިތް ހޯދާށެވެ. އިވާން އަށް އޭނާ މަޢާފް ކުރާނީ ކިހިނަކުން ހެއްޔެވެ؟

“ކިހިނެއް އަހަރެން އިވާން އަށް މަޢާފް ކުރާނީ؟” ރޮވިފައި ހުރެ އިސްޖަހާލަމުން މެހެކް ބުނެލިއެވެ.

” އެންމެ ރަނގަޅު.. އަހަރެން މިހެން މިބުނީ ކީއްވެ ކަން މެހެކް އަށް ވަރަށް ތަފްސީލުކޮށް އަހަރެން ކިޔައިދޭނަން”

އޭރުވެސް އިވާން ހަމައެހުރިގޮތަށް ހުރީއެވެ. އިސްނަގަން ނުކެރިފައި ކަންނޭނގެއެވެ.

ވެދިޔަ ގޮތް އާހިލް ކިޔައިދޭން ފެށިއެވެ. މެހެކް ހުރީ އެވާހަކަތައް އަޑުއަހާ ހިތުން ކެތްމަދުވެފައެވެ.

********

” މެހެކް އަހަރެން އެދުވަހު މެހެކް ދޫކޮށްލި ނަމަވެސް ކޮންމެ ދުވަހެއްވެސް މިއަދާ ހަމައަށް ޖެހެންދެން އަހަރެން ވެއަތުކުރީ ވަރަށް ވަރަށް ވޭނުގައި.. ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތެއްވެސް އަހަރެން ހޭދަކުރީ ތި ހަނދާނުގައި… އަހަރެން ވަރަށް ހިތާމަކުރިން މެހެކްއަކީ ބޭވަފާތެރިއެއްކަން އެނގުނީމަ. އޭރު އަހަންނަށް ވިސްނިފައި ހުރީ އެގޮތަށް.. ”

“އަހަންނާއި ކާފަ އުޅެމުން އައީ ދުރުތާ ތިމާގެ މީހެއްގެ ގެއެއްގައި. މާލޭގައި…”

އެހާލުގައި އުޅެމުންވެސް އަހަރެން މެހެކްގެ ޚަބަރު ބަރާބަރަށް ބަލަން. އެކިގޮތް ގޮތުން. ކާފަ އެކަމަށް އެންމެ ބޮޑަށް އެހީވީ..

އެގޮތުން އަހަރުމެން ވަކިވިތާ އެއް ހަފްތާ ފަހުން އަހަންނަށް ލިބުނީ މެހެކްގެ މަންމަ ނިޔާވި ޚަބަރު. އެދުވަހު އަހަރެން ވަރަށް ވަރަށް ބޮޑަށް ދެރަވި. ހިތްވަރުކޮށްފައި އުޅުނު ނަމަވެސް އަހަރެންގެ ހާލުވެސް ދަށަށް ދާން ފަށާފަ އޭރު ހުރީ. އަހަންނަށް އެދުވަހު ވިސްނުނު މެހެކް ރޯނެ ވަރު. އަހަރެން ހިތުގައި އަޒުމު ކަނޑައެޅިން އަނެއްކާވެސް އެނބުރި މެހެކްގެ ގާތަށް ދިއުމަށް. ހުރިހާ ކަމަކަށް މަޢާފްކޮށް އެކީގައި އުޅުމަށް…އެކަމަކު…އެދުވަހު މަންމަގެ މޫނު ބަލަން އަހަރެން ދިޔައީ އެއަޒުމުގައި. ނަމަވެސް އެތަނަށް ވަން ވަގުތު އަހަންނަށް ފެނުނީ މެހެކް އާއި އެންމެ ގާތުގައި އިވާން ހުރިތަން.

އެތަން ފެނި އަހަރެންގެ ހިތަށް ވަރަށް އަސަރުކުރި. އެތާނގައި ހުރެގެން އަހަރެން ރުއިން. މެހެކް އަށް ބޭނުންވަނީ އިވާންގެ އެހީ ކަމަށް ނިންމާފައި އެދުވަހު އަހަރެން އެތަނުން ނުކުތީ ހިތްފަޅައިގެން ދާ ހާލުގައި ހުރެގެން.

ވަރިކުރާނަމޭ ބުނި ނަމަވެސް އެހިތްވަރެއް އަހަންނަކަށް ނުލިބުނު.

އެހާލުގައި އަހަރެން އުޅޭތަން ބަލަން ހުންނަނީ ކާފަ.. ކާފަ ވަރަށް ހިތާމަ ކުރޭ.. އަހަރެންގެ ބައްޔަށް އެހީއެއް ލިބޭތޯ ތަންތަނަށް ގޮސް އާދޭސް ކުރާކަން އަހަންނަށް އެނގޭ..

އަނެއްކާވެސް ހަފްތާއެއް ފާއިތުވެ ދިޔަފަހުން އެއްރެއަކު ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފި… އެވަގުތު އަހަންނަށް ބޭރުބަލަން ހުރެވުނީ މެހެކް މަތިން ހަނދާންވިލެއް ބޮޑުކަމުން.. ކިތަންމެ ވަރުދެރަވެ ބަލިވެފައި ހުރި ނަމަވެސް އަހަރެން ވާރެ އާއި ތެމިލާ ހިތްވި.

ވާރެއާއި ތެމިގެން އަހަރެން މަޑުމަޑުން ހިނގަމުން ދިޔައީ އާޓިފިޝަލް ބީޗަށް. އެއީ އަހަރުމެން ދެމީހުން ފުރަތަމަ ދިމާވި ދުވަސް ހަނދާން ކޮއްލާ ހިތުން.. އޭރު މެންދަމުން އަލިވެ ދޭއް ޖަހަން ކައިރިވެދާނެކަން އަހަންނަށް ޔަޤީން..

ޚިޔާލުތަކުގައި އެތާނގައި ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއް އަހަންނަކަށް ނޭނގުނު.. ކުއްލިއަކަށް މާގަދަޔަށް ހީކަރުވަން ފެށުމުން އަހަރެންގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަކަށް ކެތެއްނުވި. އޭރު މަޑުމަޑުން ބޮލުގައި ރިއްސަންވެސް ވަށައިފި.

ހިނގަމުން ގޮސް މަގަށް އެޅުނު ވަގުތު އަހަންނަށް ފެނުނީ ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް. އޭރު އެސައިކަލާ ދިމާލުގައި ދާދި އަހަންނާއި ގާތުގައި މީހަކު ހުރި.. އަހަންނަށް ސައިކަލަށް ބަލާލުމަށް ފަހު އެމީހާއަށް ބަލާލެވުނު…އެތަން ފެނި އަހަރެންގެ ހިތް ބިރުވެރިކަމުން ފުރިއްޖެ. ސައިކަލު އައިސް ޖައްސައިފިނަމަ އެމީހަކަށް ވަރަށް ބޮޑަށް އަނިޔާވާނެކަން ނޫނީ އެމީހެއްގެ ފުރާނަ ސަލާމަތް ނުވާނެކަން އަހަންނަށް ޔަޤީންވި… އެވަގުތު ފަޔަށް ލެވުނިހާ ބާރެއްލާފައި އަހަންނަށް ދުއްވައިގަނެވުނު ވަގުތު އެމީހާގެ މޫނު، މަގުގައި ހުރި ހޮޅިބުރީގެ އަލީގައި އަހަންނަށް ވަރަށް ރީއްޗަށް ފެނުނު. ކުއްލިއަކަށް އެއީ އިވާން ކަން އެނގި އަހަރެންގެ ފިޔަވަޅު މަޑުޖައްސާކަށް ބޭނުމެއް ނުވި. ކޮންމެ މީހަކަށް ވިޔަސް އެމީހެއްގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރުން އަހަރެންގެ އަޒުމަކަށްވީ.. ބާރުބާރަށް އިވާންގެ ގައިގައި ހިފާފައި އަހަރެން ޕޭވްމަންޓާއި ދިމާއަށް ދަމަގަތީ. އެވަގުތު ޖެހުނު ގޮތަކުން އަހަރެންގެ ބޮލަށް އެނބުރުންގަނޑެއް އަރައިގަން. ދެން ވީ ގޮތެއް ނޭނގުނު”.

އާހިލް ހުއްޓާލަމުން މެހެކްގެ މޫނަށް ބަލާލިއެވެ.

” ދެން ވީ ގޮތް އަހަރެން ކިޔާދެންތަ؟” އިސްނަގާލަމުން އިވާން މަޑުމަޑުން ބުނެލިއެވެ. މެހެކް ރޮވިފައި ހުރެ އިވާން އާއި ދިމާއަށް ބަލާލުމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

” މެހެކް އަށް އެނގޭތަ؟ އެރެއަކީ މެހެކް އަށް ހުރިހާ ހަޤީޤަތެއް ފަޅާއެރި ރޭ.. މެހެކް އަހަންނާއި ދިމާއަށް ބުނެލި ބަސްތައް އަހަންނަށް އިހްސާސްވީ ހިތަށް ހެރިގެން ދިޔަ ތޫނު ތީރުތަކެއްގެ ގޮތުގައި.. އަހަރެންގެ ރޭވުން ފެނަށް ދިއުމުން ހިތްވެސް އެއްކޮށް ފުނޑު ފުނޑު ވި ކަހަލަ”.

” އެރޭ ފުރަތަމަ ފަހަރަށް އަހަންނަށް އަހަރެންގެ ކުށް އިޚްސާސް ކުރެވުނު. ގަދަ ކަމުން ލޯބި ނުހޯދޭނެކަން އަހަންނަށް ވިސްނުނު. އެފިކުރުތަކުގައި ކާރުވެސް އޮތް ތާނގައި ބޭއްވުމަށް ފަހު ވަކި މިސްރާބެއް ނެތި އަހަރެން ފައިމަގުގައި ހިނގަން ފެށީ.. ވެހެމުން ދިޔަ ވާރޭގައި ތެމެމުން ދިޔައިރު އަހަންނަށް ދުއްވާ އެއްޗެއްގެ އަޑުވެސް އިޚްސާސެއް ނުވޭ. އެހާވެސް އަހަރެންގެ ހިތުގެ ހާލުބޮޑު..

” އެހެން ހިނގަމުން ދަނިކޮށް ކުއްލިއަކަށް އަހަރެން ސިހުނީ މީހަކު ގައިގައި ހިފާފައި ދަމައިގަން ވަގުތު. ޕޭވްމަންޓް މައްޗަށް އަހަރެން ޖެހިފައި އެމީހަކު ޖެހުނީ ތަންކޮޅެއް ދުރަށް. ސިހިފައި އަހަންނަށް މާނޭވާ ލެވެމުން ދިޔަ ވަގުތު ކާރިން އަޅާލާފައި ދިޔަ ސައިކަލް ބަލާލުމެއް ނެތި ބާރު ސްޕީޑްގައި ދުއްވާފައި ދާތަން އަހަންނަށް ފެނުނު”. ސައިކަލު ގޮސް އޮބާލުމާއެކު އަހަންނަށް ބަލާލެވުނީ ކައިރީގައި އޮތް މީހާއަށް. ކާކުކަން ނޭނގުނު ނަމަވެސް އެވަގުތުވެސް އަހަރެންގެ ހިތް އެމީހަކަށްޓަކައި ރަހުމުން ފުރުނު. އަހަރެންގެ ފުރާނަ ސަލާމަތް ނުކޮށްދިން ނަމަ ވާނީ ކިހިނެއްބާ އޭ ހިތަށް އެރި. މަޑުމަޑުން ކައިރިވެފައި އެމީހަކު ފުރޮޅާލި ވަގުތު އަހަރެންގެ މެއަށް ފިނިވެގެން ދިޔަ.. ހުއްޓުން އަރާފައި އިރުކޮޅަކު އެމޫނަށް ބަލަން އަހަންނަށް އިނދެވުނީ ފެންކަޅިވެފައި..

އަހަރެން ގެ ފުރާނަ ސަލާމަތް ކޮއްދިނީ އެމީހެއްގެ މަރަށް ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރު ކުރަމުން ދިޔަ އާހިލް… އެ މޫނު ފެނި އަހަންނަށް ލަދުވެތިކަން އިޚްސާސްވި. އަހަންނަށް ބޮލުގައި އަތް އަޅާލެވުނު. އޭރު އާހިލްގެ ހެޔެއް ނެތް.. އަވަސް އަވަހަށް އެންބިއުލާންސް އަށް ގުޅައިގެން އައި.ޖީ އެމް ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރ ބުނީ އާހިލްގެ ހާލު ވަރަށް ސީރިއަސް އޭ. ޓެސްޓުތައް ހެދުމަށް ފަހު ބުނީ ކިޑްނީ ބަދަލު ކުރުމުގެ އޮޕްރޭޝަން އަވަހަށް ނުކުރެވިއްޖެ ނަމަ އާހިލް ފުރާނައަށް ގެއްލުން ވާނެކަމަށް…

” އޭރު އަހަންނަށް މެހެކްގެ ނަންބަރަށް ގުޅުނު ޢަދަދެއް ވެސް ނޭނގެ.. ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ އިރު އަރާނެ ވަގުތަކަށް.. ލަދުން ހުރެވެސް ބޮޑުބޭބެމެން ގެއަށް ދާން އަހަރެން ނިންމިން. އިރުއެރީ އަހަރެން އެގޭ ދޮރުކައިރީގައި ހުއްޓާ. ބޮޑުބޭބެ ހެނދުނު ގެއިން ނުކުތުމާއެކު ލަދުން ހަލާކުވާ ހާލު ހުރެގެން އަހަރެން މެހެކް ކޮބައި ތޯ ސުވާލު ކުރިން.. އެވަގުތު ބޮޑުބޭބެ ބުނީ މެހެކް ގެއިން ނުކުމެގެން ދިޔަ ވާހަކަ.. ނަމަވެސް ދިޔަ ތަނެއް ނޭނގޭ ކަމަށް..”

” އެވަގުތު ލަދުން ރޮވިފައި ހުރެގެން އަހަރެން ހުރިހާ ވާހަކައެއް ވަރަށް ތަފްސީލުކޮށް ބޮޑުބޭބެ އަށް ކިޔާދިނިން.. އަހަރެން ރޭވި ރޭވުންތައް ކިޔަދިނުމަށް ފަހު ކުއްވެރިއަކީ އަހަރެން ކަމުގައި ބުނިން..

އެއަޑުތައް އަހާފައި ބޮޑުބޭބެ ވެސް އަހަރެން ދެކެ ވަރަށް ރުޅިއައި. ރޯންވެސް ރުއި.. އެކަމަކު ވަރަށް އާދޭސް ކޮށްގެން އަހަންނަށް މަޢާފް ކުރުމަށް ފަހު ހޮސްޕިޓަލަށް ވެސް ދިޔަ..”

އެދުވަހު އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވިން މެހެކް އާއި އާހިލް ބައްދަލު ކުރުވަން.. އާހިލް ހެޔޮ ހާލުގައި މެހެކްގެ ގާތަށް ގެނެސްދިނުމަށް އަހަރެން އަޒުން ކަނޑައެޅިން.. ”

ބޮޑުބޭބެ ގާތުވެސް އެވާހަކަ ބުނުމަށް ފަހު އާހިލް ގޮވައިގެން ކާފަ އާއިއެކު އަހަރެންދިޔައީ ތައިލެންޑްގެ ބެންކޮކަށް… އެހިސާބުން މިއަދާ ހަމައަށް ޖެހެންދެން އަހަރެން މާތް ރަސްކަލާނގެއަށް ދުޢާ ކުރިން މި ދުވަސް ދެއްކެވުމަށް.. އަހަރެން ދުޢާ ﷲ އިޖާބަކުރައްވައި އާހިލްއަށް ރަނގަޅު ސިއްހަތެއް ދެއްވައިފި..”

” މެހެކް ބޭނުންވީ އަހަރެން އާހިލްގެ ބޭސް ފަރުވާގައި އެހީވާށެއްނު.. ހެޔޮ ރަހުމަތުން އާހިލް ހެޔޮހާލުގައި ތިހުރީ މެހެކްގެ ކުރިމަތީގައި” އިވާން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަސަރާއެކު ބުނެލިއެވެ. އަހަރުމެން ދެން ވަރަށް ގޮތް ގޮތުން ހޯދައިގެން މިތަނަށް މިއައީ”.

 

އިވާންގެ ވާހަކަ ނިމުނުއިރުވެސް ހުއްޓުން އަރާފައި މެހެކްއަށް ހުރެވުނީއެވެ. ޤަބޫލުކުރަން ދަތިވެފައެވެ.

” ދެން އަހަންނަށް މަޢާފް ކޮށްދީފާނަންތަ؟” އިރުކޮޅަކު ހުރުމަށްފަހު އަނެއްކާވެސް އިވާން ބުނެލިއެވެ.

މެހެކް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ފެންކަޅިވެފައި ހުރެ ހިނިތުންވަމުންނެވެ.

“އަދި ސަދޫގެ ވާހަކަވެސް މެހެކް ގާތު ބުނެބަލަ”، އާހިލް ވަރަށް ގާތް ގޮތަކަށް އިވާން އާއި ދިމާއަށް ބަލާލިއެވެ. ދެމީހުންގެ މޫނުމަތިން ފެނުނު ހިނިތުންވުމުގައިވެސް ވަނީ ގާތްކަމާ އެކުވެރިކަމެވެ.

” އާ މެހެކް.. އަހަރެން އަދި ސަދޫ އަށް ގުޅައިފިން. އޭނަ ހުރީ އަދިވެސް އަހަރެންގެ އިންތިޒާރުގައި.. ހުރިހާ ވާހަކައެއް ކިޔާ ދިނުމުންވެސް މަޢާފް ކޮއްދީފި.. އެއީ އަހަރެން ދެކެ ހަޤީޤީ ލޯބިވާ ކުއްޖަކީ.. އަހަންނަށް ކުރިން އެކަން ނުވިސްނުނީ… މެހެކް އާއި ދިމާވި ވަގުތަކުން ގުޅާލާށޭވެސް ބުނި”

އިވާން ފޯން ނަގާފައި ސާދުނާއަށް ގުޅާލިއެވެ. ފޯން ނެގުމާއެކު އިވާން ގެނެސް މެހެކް އަތަށް ދިނެވެ.

” ހެލޯ މެހެކް” ސާދުނާގެ އަޑުގައި ވަނީ ލަދުވެތިކަމެވެ.

” މެހެކް ކިހިނެއް ހާލް؟ އަ.. އަހަންނަށް މަޢާފް ކުރޭ.. އޭރު ދެން އެހެން ދިމާވީ.. ހިނގާ އަލުން ރަހުމަތްތެރިކަން ބާއްވަމާ ދޯ”

ސާދުނާ އެހެން ބުނެލުމާއެކު މެހެކް ހީލިއެވެ. އުފަލުން މޮޔަވާވަރު ވިއެވެ.

“އާ ހިނގާ ކުރިއަށް ދަމާ”.

އިރުކޮޅަކު ސާދުނާ އާއި ވާހަކަ ދައްކާލުމަށްފަހު، އިވާން އަތަށް އޭނާ ފޯން ދިނެވެ. ދެން ހިނިތުންވަމުން އާހިލްގެ ގައިގައި ބައްދާލިއެވެ. އެވަގުތު މެހެކްގެ ލޮލުން ފޭބި ކަރުނަތައް އާހިލް ފޮހެލަދިނެވެ.

އެއަށްފަހު އިވާން އާއި ދިމާއަށް އާހިލް ބަލާލީ ޝުކުރުވެރިކަމުން ފުރިފައިވި ނަޒަރަކުންނެވެ.

” އަހަރެން ދެން ދަނީ އިނގޭ..އަހަރެންގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ އިރާދަކުރެއްވިއްޔަ. ސަދޫ ހުރީ ލަންކާގަ އަދިވެސް.. އަހަރެން ވެސް ދެން ދާނީ ލަންކާއަށް. އެކޮޅުން އަހަރެން ރާއްޖެ ދާނީ.. ސަދޫ އާއި އެކު..”.

” ދިމާވާން ވާނެ އިނގޭ މާލެގޮސް. އިންޝާ ﷲ ގުޅާނަން”. އާހިލް އިވާން އާއި ސަލާމް ކޮށްލަމުން ހިތްހެޔޮ ކަމާއެކު ބުނެލިއެވެ.

” ދެމަފިރިންނަށް ހެޕީ ލައިފަކަށް އެދެން. ކުރިއަށް ދޭ އަވަހަށް”. އެހެން ބުނެލުމަށްފަހު، އިވާން އަވިއައިނު ލޮލުގައި އަޅާލިއެވެ. ދެޖީބަށް އަތް ޖަހާލަމުން އެގެއިން އޭނާ ނުކުތީ ހިނިތުންވަމުންނެވެ.

” ކޮބާ ކާފަ؟” ކާފަ މަތިން ހަނދާން ވެގެން މެހެކް އަހާލިއެވެ.

” ކާފަ ދޯ.. ކާފަ ވީ މާލޭގަ މިހާރު”. އާހިލް ފުންނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ.

“އެ ކީއްވެ؟”

” އަސްލު ވީ ގޮތެއް އެނގޭތަ؟ އަހަރުމެން ތައިލޭންޑްގައި ތިބީއިރު އަހަރުމެން ތިބި ގޭ މީހުން ކާފައަށް ވަރަށް ގުޅާނެ އަހަރެންގެ ހާލު ބަލަން. އެއްދުވަހު ކާފައަށް ގުޅާފަ އެމީހުން ބުނީ ޝަބާނާ ދައްތަ އެބަހުއްޓޭ އެގޭގައި. އޭނާގެ ފިރިމީހާ ނިޔާވެއްޖެ އޭ. އެހެންވެ ކާފަ އާއި ބައްދަލު ކޮށްލަން ބޭނުންވެގެން، ކާފަ ހޯދަން މުޅި މާލޭގަ ހިނގައޭ އެބަ. ޝިމްނީވެސް ދައްތަ ދޫކޮއްލާފަ މީހަކާ އިނދެގެން ދިޔައީ…އެހެންވެ ދައްތަ ވަރަށް އެކަނިވެގެން ކާފަ އާއި އަހަރެން ހޯދަން އެއައީ… ދެން އެދުވަހު އެމީހުން ދައްތަ އާއި ކާފަ ވާހަކަ ދައްކުވާ ދިނީ.. ދައްތަ ވަރަށް ރުއި ކާފަ ކައިރީ..މަޢާފަށްވެސް އެދުނު.. ދެން އޭރު ނަސީބަކުން އަހަރެން އޮޕްރޭޝަންކޮށް ހުރިހާ ކަމެއް ނިމި އަހަރެންގެ ހާލުވެސް ވަރަށް ރަނގަޅުވެއްޖެ.. އަހަރެން ބުނީ ކާފަ ކާރީ ދާށޭ މާލެ.. އޭރު އަހަރުމެން ނިންމާފައި އޮތީ ރާއްޖެ ނުގޮސް ސީދާ އިންޑިއާ އަންނަން. މެހެކް ގޮވައިގެން ރާއްޖެދާން.. އެއްވެސް ކަމެއް ނާންގާ މިބޮޑު ސަޕްރައިޒް ދޭން ވެގެން މިއައީ..”

އެނގޭތަ؟ މެހެކް ދޮރު ލައްޕަން އުޅެން ފެށީމަ ދޮރުގައިވެސް ހިފެއްޓީ އަހަރެން.. އިވާން އެއް ނޫން.. އަހަރުމެން މިތަނަށް އައި އިރު ޝިއާމައްތަމެން ބޭރުގަ ތިއްބާ އަހަންނަށް ދެއްކި އިވާން.. އެމީހުން ދިޔައީ ތަންކޮޅެއް ދުރުގައި ހުރި ހިސާބަކަށް.. އިވާން ވަރަށް ފިލި އެމީހުންނަށް.. އަސްލު ކުއްލިއަކަށް ކުރިމައްޗަށް އަރަން އުނދަގޫވާނެ ދޯ..”

ދެން ބުނި މާރަނގަޅަކަށް ނޫންހޭ މި ދިމާވީ.. މެހެކް އެކަނި ކަންނޭނގެއޭ މިހާރު ގޭގަ ހުންނާނީ.. އަހަރެން ވެސް ވަރަށް ހިތް ހަމަ ޖެހުނު އެހެން ހިތަށް އަރާފަ”. ބޭނުންވި ގޮތަށް ސާރޕްރައިޒް ދެވުނީމަ” އާހިލް ހިނިތުންވަމުން މެހެކްގެ ގައިގައި ބައްދާލިއެވެ.

މަޑުމަޑުން އެކަކު އަނެކަކު ގައިގައި ބައްދާލައިގެން ތިބެ ލޯބިކުރަންފެށިއެވެ.

ފަނަރަ ވަރަކަށް މިނެޓް ފަހެވެ. ކުއްލިއަކަށް ގޭ ދޮރު ހުޅުލި އަޑާއެކު ދެމީހުންނަށް ހޭވަރިކަންވިއެވެ. ދޮރުމަތީގައި ތިބި ޝިއާމައްތަ އާއި ނަސީރުބޭ ފެނި އާހިލް ހިނިތުންވެލިއެވެ.

އޭރުވެސް އެދެމީހުން ހައިރާންކަމާއެކު ބަލަން ތިބީ އާހިލް އާއި ދިމާއަށެވެ. ދެމީހުންގެ އަތުގައިވެސް ވިޔަފާރި ކޮއްގެން ގަނެގެން ގެނައި ސާމާނުން ފުރިފައި ހުރި ދެކޮތަޅު ހުއްޓެވެ.

” ޝިއާމައްތާ، ނަސީރުބޭ” މެހެކް ގޮސް އެދެމީހުންގެ އަތުގައި ހުރި ކޮތަޅުތަކުގައި ހިފިއެވެ.

” މީ އާހިލް”. މެހެކް ހިނިތުންވަމުން ތަޢާރަފް ކޮށްދިނެވެ.

” އާ އެނގިއްޖެ..ދަރިފުޅުގެ މޫނު ފެނުމާއެކު ވެސް އެނގިއްޖެ.. ދަރިފުޅު ތިހާ އުފާވެފަ ހުރިސްތަ މީ އާހިލް ނޫން ނަމަ”. ޝިއާމައްތަ ހުރީ އުފަލުން ރޮވިފައެވެ.

ނަސީރުބޭވެސް އަވަސް އަވަހަށް އާހިލް އާއި ސަލާމް ކޮށްލިއެވެ. ނަމަވެސް އެމީހުން ތިބީ އެތައް ސުވާލެއްގެ ޖަވާބު ބޭނުންވެފައިކަން މެހެކް އަށް ދެނެގަނެވުނެވެ. ވަގުތުން މެހެކް ހުރިހާ ވާހަކައެއް އެދެމީހުންނަށް ކިޔާދިނެވެ.

” މާތް ރަސްކަލާނގެ ތިދެކުދިން އަބަދުވެސް އުފަލުގަ ލައްވާށި”. ފެންކަޅިވެފައި ހުރެ ނަސީރުބޭ ބުނެލިއެވެ.

” މިހުރީ ކާން ނެގި ތަށިވެސް”. ކުއްލިއަކަށް މޭޒުމަތީގައި ހުރި ތަށިފެނި ޝިއާމައްތަ ދެލޯ ބޮޑުކޮއްލިއެވެ.

” އާހިލް ނިކަން މެހެކް އަށް ކާންދީބަލަ.. މިއަދުވެސް އެކައްޗެއްވެސް ނުކާ އެހުރީ”. ޝިއާމައްތަ ސަމާސާ ރާގެއްގައި ބުނެލުމާއެކު އެންމެން ގާތަށް ހިނިއައެވެ.

” ދެކުދިން އަވަހަށް ކާ އިނގޭ. ޝިއާމައްތަމެން ދެން މިދަނީ ކޮޓަރިއަށް”. މެހެކް އާއި އާހިލް އަށް އަވަހަށް ވަގުތުދެމުން ޝިއާމައްތަމެން ކޮޓަރިއަށް ދިމާއަށް ހިނގައިގަތެވެ.

ކައިނިމިގެން އާހިލް އާއި މެހެކްވެސް ވަނީ ކޮޓަރިއަށެވެ.

” އަދިވެސް އަހަންނަކަށް ޤަބޫލެއް ނުކުރެވޭ، ހީވަނީ ފެންނަ ހުވަފެނެއްހެން”. މެހެކް އާހިލްގެ މޫނަށް ބަލާލަލުން ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ.

އެވަގުތު އާހިލް މަޑުމަޑުން މެހެކްގެ އަތުގައި ހިފާލިއެވެ.

އަދިވެސް ޤަބޫލެއް ނުކުރެވޭތަ؟ މަސްތީ ގޮތަކަށް ބަލާލަމުން މެހެކްގެ އިނގިލީގައި އާހިލް ދަތް އަޅާލިއެވެ.

” އައުޗް”. ހެމުން ހެމުން މެހެކް އާހިލްގެ ގައިގައި ބައްދައިގަތެވެ.

” މިހާރު ވަރަށް ދުވަހު ކެތްކުރެވިއްޖެ.. ދެން ކެތެއް ނުވާނެ”. މެހެކް އަތް ދަނޑިމަތީގައި އުހުލާލަމުން އާހިލް ވައި އަޑަކުން ބުނެލިއެވެ.

އެދެމަފިރިންނަށް ހީވީ ޒަވާޖީ ޚަޔާތް އާ ފެށުމަކުން ފެށުނު ހެންނެވެ. އެތައް ހިތާމަތަކަކަށް ފަހު ލޯބީގެ އާ ދުވަސްތަކެއް އަނެއްކާވެސް ފެށުނީއެވެ. އެފަދަ ބޮޑު ނަސީބެއް ލިބޭނީ ކިތައް އިންސާނުންނަށް ހެއްޔެވެ؟ ހިތަށް ނުކުޅަދާނަ ވާވަރަށް އުފާތައް ހިތުގައި ތޮއް ޖެހެމުން ދިޔައެވެ. އަރާމު ބީހުންތައް ދެމަފިރިން އިޚްސާސް ކުރަމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ.

(ނުނިމޭ)

 

37
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

ރާއްޖެ ތަރައްޤީ ވެފައިވާތީ…

Next

އަނދިރިފަރާތް (13 ވަނަ ބައި)

Next
February 27, 2017

އަނދިރިފަރާތް (13 ވަނަ ބައި)

Previews
February 27, 2017

ރާއްޖެ ތަރައްޤީ ވެފައިވާތީ…

22 Comments

  1. mau says:
    February 27, 2017 at 2:27 pm

    Me first dhw?? wow emmefahun aahil fenuny.. Vvvvv reethi mipart vx…. Pls pls dhn aahil n mehek dhuru nukurahchey…. Vvvvvv salhi…. Thanx a lot ????

    1. shafu says:
      February 28, 2017 at 5:46 pm

      Thank u mau.. labba dhen duru nukuraanan.. ?

  2. Isra says:
    February 27, 2017 at 2:30 pm

    Vaakahaka v v reethi

    1. shafu says:
      February 28, 2017 at 5:46 pm

      Thank u isra ?

  3. Petite says:
    February 27, 2017 at 2:34 pm

    Varah varah varah reeeethi ??❤❤❤

    1. shafu says:
      February 28, 2017 at 5:49 pm

      Thank u petite ?

  4. thu says:
    February 27, 2017 at 2:51 pm

    nimunitha

    1. shafu says:
      February 28, 2017 at 5:47 pm

      Adi nunimay ?

  5. 404 Error! says:
    February 27, 2017 at 2:56 pm

    wowwww ????? varah vry nice ???❤
    Good work dear,,
    keep it up!?
    stwry nimenii dhw??
    whn nxt part??

    1. shafu says:
      February 28, 2017 at 5:48 pm

      Labba nimeny.. thanks 404 error ?

  6. ReeXa says:
    February 27, 2017 at 3:54 pm

    Mi vaahaka kiyaigen ufalun moya vehjje cox Aahil is back… varah reethi

    1. shafu says:
      February 28, 2017 at 5:51 pm

      Thank u reexa.. Ahil dhen nudhaane.. hehe ?

  7. Dhondhooni says:
    February 27, 2017 at 5:38 pm

    v reethi…

    1. shafu says:
      February 28, 2017 at 5:52 pm

      Thank u dhondhooni ?

  8. shelly says:
    February 27, 2017 at 6:32 pm

    oh my god reethikannnnn …………………………………………

    1. shafu says:
      February 28, 2017 at 5:53 pm

      Thank u shelly ❤❤

  9. Sham cham says:
    February 27, 2017 at 7:49 pm

    Varah reethi

    1. shafu says:
      February 28, 2017 at 5:54 pm

      thank u sham cham❤❤

  10. jasmeen says:
    February 28, 2017 at 12:17 am

    V. Asarugada rovihj

    1. shafu says:
      February 28, 2017 at 5:55 pm

      Thank u jasmeen.. ❤❤

  11. Petite says:
    March 2, 2017 at 12:12 am

    Waiting waiting ??? ????❤❤❤❤ Love this story ❤

  12. naureen says:
    April 19, 2017 at 3:23 pm

    V v v v v reethi ❤❤❤❤❤

Comments are closed.

All Right Reserved!