Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން (9)

Ryn
March 4, 2017
8 Mins Read
101 Views
27 Comments

ޔާއިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރުޅިއާދެވުނީ އެ ޕާޓޭ މީހާއަށްވުރެ ބޮޑަށް ޔައިނާ ދެކެއެވެ.

ނަމަވެސް ކުރިމަތީ ޔާއިލް އިންގޮތް ފެނި އޭނާ ފުންނޭވައަކާއި އެކު ރުޅި މަތަކުރިއެވެ. “އެހެންތަ.. އެހެންވިއްޔާ ދޮންބެ ތިކަން ބަލާނަން އިނގޭ.. ދޮންތި އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ދޮންބެ ކައިރި ބުނައްޗޭ.. އެންޑް ޔެސް ދޮންބެއަށް އެއްވެސް އެއްޗެއް ނުފޮރުވާތި އިނގޭ..” ޔާއިން ޔާއިލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޔާއިލް ހަމަޖެހެވުނީ ދެނެވެ. ހިތުގައިވާ އުދާސްތަށް ފިލިއެވެ. އަދި ޔާއިން އެކަން ބަލާނޭ ބުނުމުން ޔައިނާ އެކަމުން ސަލާމަތްވާނޭ ޔާއިލް ހިތަށްއެރިއެވެ. “ދެން އަވަހަށް ނިދަން އޮވޭ އިނގޭ ހޭންޑްސަމް.. މިހާރު ދޮންބެ އެކަމާ މި ހަވާލުވީނު ދެން މާ ބޮޑަށް ނުވިސްނާ ނިދަން އުޅޭ.. ގުޑް ނައިޓް..” ޔާއިން އެހެން ބުނެފައި ދޮރާއި ދިމާލަށް އެނބުރުނީ ދަތްކުނޑި ވިކާލަމުންނެވެ. ޔައިނާ އިއްޔެ އަތް ފޮރުވިގޮތް ޔާއިންއަށް ސިފަވަމުންދިޔައެވެ.

ޔާއިލްއަށްވުރެ ޔައިނާ ޅަވެފައި މޮޔައެއްހެން ހީވެއެވެ.. އެކަހަލަ ކަމަކީ ފޮރުވާކަހަލަ ކަންކަންހެއްޔެވެ؟ ހަމަމިވަގުތު ގޮސް ޔައިނާއަށް އެއްޗެހި ކިޔައިގަންނަން ޔާއިން ބޭނުންވިއެވެ. އެހެންކަމުން ދިޔަ ގޮތަށް ގޮސް ޔައިނާގެ ކޮޓަރި ދޮރު ހުޅުވިއިރު އޭނާއެއް ނެތެވެ. “ޔައިނާ!!” ޔާއިން ގޮވަމުން ކޮޓަރިން ނިކުތެވެ. ޓެރެސް ބަލާލަން ދިޔައީ އޭނާ އެތާ އުޅޭނެކަމަށެވެ. ކަންވީވެސް އެހެންނެވެ. ޓެރެސް ދޮރު ހުޅުވާފައި ހުރިއިރު ޔައިނާ އެތާނގައި ކަންވީ ޔާއިންއަށް ހަމަ ޔަޤީނެވެ.

ރުޅި ކޮންޓްރޯލްކުރަމުން އޭނާ ގޮސް ޓެރެހަށް އެރިއިރު ޔައިނާ ރެއިލިންގައި ހިފަހައްޓާލައިގެން ހުއްޓެވެ. ފަހަތުން ބަލާލިއެއްކަމަކު އޭނާ ރޮނީކަން ރަނގަޅަށް ޔާއިން އަށް އިނގުނީ އިރު އިރުކޮޅާ މޫނުމަތި ފޮހެލާތީއެވެ. އަދި ނޭފަތް ދަމާލާތީއެވެ.

“ޔައިނާ!!! ކީކޭ ހިތަށް އަރައިގެންތަ ތި ހުންނަނީ މަންމަ މެން ކައިރި އެވާހަކަ ނުބުނެ؟” ޔައިނާ ސިހުނީ ޔާއިން ނިކަން ބާރަށް އެހެން ބުނުމުންނެވެ. އޭނާ ގަތް ބިރުން ފަހަތަށްވެސް އެނބުރެންހުރީ ނުކެރިފައެވެ. ޔާއިން އޭނާއާއި ދިމާލަށް އަންނަކަން އިނގޭތީ އަވަސް އަވަހަށް މޫނުފޮހެލާ ހަމަޖެހުނެވެ. “ކޯޗެއްތަ؟” ޔައިނާ އެހިއެވެ. ޔާއިން އައި ރުޅީގައި ޔައިނާގެ ދެއަތުގައި ހިފަހައްޓާލުމަށްފަހު އަލި އެޅޭހިސާބަށް ގެންގޮސް ރަނގަޅަށް ބެލިއެވެ. ޖުމާހް މިރޭ ހިފެހެއްޓިތަން ރީއްޗަށްވެސް އިނގެން އެބަހުއްޓެވެ. ޔައިނާ އަވަހަށް އަތް ދަމައިގަތެވެ. ޔާއިން ޔައިނާގެ މޫނަށް ބަލައިލިއެވެ. “ކީއްކުރަން؟؟ ތީތަ ދައްތައަކަށް ވެ ހުރެ ކޮއްކޮއަކަށް ދައްކާނެ ނަމޫނާ؟؟ އޭ؟ ތިއީތަ ދެން ދަސްކޮށްދޭނެ ކަންތަކީ؟؟؟ އޭނާ އެ ހުންނަނީ ބުނަން ނުކެރިފައި…. ދެން އިނގޭތަ ފަހުން ކަންތަށް ވާނެގޮތް.؟؟ ޔާއިލް ވެސް ފޮރުވަން ފަށާނެ… ކިތަށްމެ ގޯސްކޮށް ކަމެއްވިޔަސް ހިތަށް އަރާނެ ދޮންތި ވެސް ފޮރުވީއޭ ތިމަންނައަށްވެސް ފޮރުވޭނޭ.. އެކަމް އިނގޭ ޔާލް އަށް އެހެން ނުހުރެވޭނެކަން.. ޔައިނާ ހާ މޮޔަ ވިސްނުމެއް އޭނާ ނުހުރެއޭ…” ޔައިނާގެ ކޮނޑުގައި ހިފައިފާ ތަޅުވާލަމުން ޔާއިން އެހެން ބުނި ވަގުތު ޔައިނާގެ ދެލޮލުން ކަރުނަތަށް ފައިބައިގަތެވެ.

އެ ކަރުނަތަށް ފެނި ޔާއިންގެ ރުޅިގަނޑު ފިނިވިކަހަލައެވެ. އެސްފިޔަތަށް ފޫ އަޅުވާލާފައި ވެއްޓޭ ކޮންމެ ކަރުނައާއި އެކު ރުޅިގަނޑަށް ފެން އެޅޭކަހަލައެވެ. ޔާއިލް ފަދައިން ހަމަގައިމުވެސް ޔައިނާ ހުންނާނީ ބިރުގަނެފައެވެ. މިއީ އޭނާ އަށް ރުޅިއައިސްގެން ރުޅި އިސްކުރާނެ ގަޑިއެއްނޫނެވެ. ވިސްނުނީ ވާކަމެއް ވިފަހުންނެވެ. ޔައިނާ އަށް އިތުރަށް ރޮވުނެވެ. އެންމެންވެސް ކުށްވެރިކުރާނީ އޭނާއެވެ. ޔާއިންވެސް އެކުރީ އޭނާއެވެ.

ޔައިނާ ޔާއިންގެ ދެއަތް އޭނާގެ ކޮނޑުން ނައްޓުވާލުމަށްފަހު ދުވެފައި ޓެރެސްއިން ފައިބައިފިއެވެ. ޔާއިން ރެއިލިންގައި ދެތިން ފަހަރު އަތުން ޖެހިއެވެ. ރުޅިގަނޑާއި މެދު އެތަކެއް ފަހަރު ޝަކުވާކުރަމުންނެވެ. ނަމަވެސް ވަކި ކުރާނީ ކީއްހެއްޔެވެ؟ ޔައިނާ އަށް ކަމެއް ވެއްޖެނަމަ އޭނާ އުޅޭނީ ކިހިނެއްހެއްޔެވެ؟ ޔައިނާ އެކަން ފޮރުވުން ވާނީ އޭނާގެ ގެއްލުމަކަށެވެ.

ޔައިނާ ދޮރުން ވަދެގެން ގޮސް އެނދުމައްޗަށް ބަންޑުން އޮވެ ރޯންފެށިއެވެ. ޔާއިން ޓެރެސްއިން ފޭބުމަށްފަހު ޔައިނާގެ ކޮޓަރި ދޮރު ހުޅުވާލަމުން ވަނެވެ. އަދި ރޯން އޮތް ޔައިނާއަށް ބަލާލިއެވެ. ޔައިނާގެ ގިސްލުމުގެ އަޑާއި އެކު އެ ހިތުގައި ކޫރުތަކެއް އެޅޭފަދައެވެ. “ޔައިނާ!!” ޔާއިން ގޮވާލުމާއި އެކު ޔައިނާގެ އަޑު ކެނޑިގެންދިޔައެވެ. “ޖަސްޓް ގޯ!!” ޔައިނާ ބުނެލީ ކުޑަކޮށް ބޯ ހިއްލާލާފައެވެ. ނަމަވެސް އެ މޫނެއް ޔާއިންއަކަށް ނުފެނެއެވެ. ޔާއިން ހިތްވަރުކޮށްލިއެވެ. ހަމަޖެހުނެވެ. ބުނަން މިއުޅެވޭ ބަހަކީ އޭނާ ބުނަން ބޭނުންނުވިއެއްކަމަކު ބުނަންޖެހޭނެ ބަހެކެވެ. “އިނގެޔޭ ބިރުގަނެފައި ކަން ތިހުރީ، ރުޅި އާދެވުނީ ދޮންބެވެސް ބިރުގަތީމައޭ…. ސީރިއަސްކޮށް.. އަމް ސޮރީ….” ޔާއިން ގޮނޑިއެއް ގެނެސް ޔައިނާ އޮތް ދިމާ އެނދު ކައިރި ބައިންދަމުން އިށީނެވެ. ޔައިނާ އެއްޗެއް ނުބުނެއޮތެވެ. އަޑެއްވެސް އޭނާ ލައްވައިނުލައެވެ.

“އެކަމް، އެކަހަލަ ކަންތަކަކީ ފޮރުވާކަހަލަ ކަމެއް ނޫނޭ.. މިއަދު ޔާލް އަށް ނުފެނުނުނަމަ ޔާލް ނުބުނިނަމަ އިނގޭތަ ޔައިނާއަށް ވާނެ ގޮތް؟ ޔައިނާ ތީ ކުޑަކުއްޖެއްވެސް ނޫނެއްނު… ތިހެން ހެދީމަ ޔައިނާ އަށް އެހީއަކަށް ބޭނުންވާއިރު އެކަކުވެސް ނުހުންނާނެއެއްނު، އޭރުން އޮންނާނީ ވާކަމެއް ވެ ނިމިފައި… ކޮންމެކޮންމެ ވާހަކައަކީ ސިއްރު ކުރާކަހަލަ ވާހަކައެއް ނޫނޭ…” ޔާއިން ވިސްނައިދެމުންދިޔައެވެ. ބޭބެއަކު ކޮއްކޮއަށް ވިސްނައިދޭ ފަދަގޮތަށެވެ. ޔައިނާ މަޑުން އޮތުމުން އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ޔާލް ގެ ފަރާތުން މަންމަމެންނަށް އިނގުނުނަމަ އިނގޭތަ ވާނެ ގޮތް؟ މަންމަމެން ކިހާ ދެރަވާނެ… ޔައިނާ އަށް އިނގޭދޯ ވާނެގޮތް؟” ޔާއިން އެހިއެވެ. ޔައިނާ ބޯ ހިއްލާލަމުން ޔާއިންއާއި ދިމާލަށް އެނބުރި ތެދުވިއެވެ. އަދި އިސްޖަހައިގެން އިނެވެ. “އެކަމް ބިރުގަތީ، އޭނާ… އޭނާއަށް އިނގޭ ނަންވެސް.. މިހާރު ހުރިހާ މައުލޫމާތެއް ނުހޯދާކަމެއްވެސް ނޭނގެ..” ޔައިނާ ބުންޏެވެ. “ކުރިން އެވާހަކަ ސިއްރުނުކޮށް ބުނިނަމަ އޭނާއަކަށް ނުކެރޭނޭ ތިހެން އުނދަގޫކުރާކަށް…..” ޔާއިން ބުނީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. “ކޮންނަމެއް ކިޔަނީ އޭނާއަށް؟ ކީއްކުރީ އޭނާ؟” ޔާއިން ސުވާލުކުރިއެވެ. ޔައިނާ ފުންނޭވައެއް ދޫކުރިއެވެ. “ޖުމާހް…. އޭނާ އަތުގައި ވަރަށް ބާރަށް ހިފަހައްޓާފައި ބުނަނީ އެއްވެސް މީހަކަށް ލިބުނަ ނުދޭނަމޯ އޭނާއަށް ނުލިބިއްޖެއްޔާ އެކަކަށްވެސް ނުލިބޭވަރު ކުރާނަމޯ.. އެގޮތަށް ވަރަށް ގިނަ ފަހަރު އިންޒާރު ދީފަ ބުނަނީ އޭނާގެ މީހަކަށް ވާށޭ.” ޔައިނާ ބުނެލީ އޭނާގެ އަތަށް ބަލާލަމުންނެވެ. ޔާއިން ކައިރިއަށް ރުޅިއައެވެ. އެމީހާ ހިތަށް އަރައިގެން އެ އުޅެނީ ކީކޭހެއްޔެވެ؟ މާދަން ފެނިއްޖެނަމަ ރަނގަޅުވަރުގެ ލަނޑެއް ދޭނަމެވެ.

“މާދަން ކޮލެޖަށް ލައިދޭންވެސް، ބަލައިވެސް ކޮލެޖް ދޮށަށް ދާނަން… ….” ފުން ނޭވައެއް ލުމަށްފަހު ޔާއިން އެހެން ބުންޏެވެ. ޔައިނާ ބޯ ޖަހާލިއެވެ. “ދެން އަވަހަށް ނިދާލާ…” ޔާއިން ތެދުވިއެވެ. ދެމީހުންގެ ހިތްވެސް އެވަގުތު އެދެމުން ދިޔައީ އިތުރު ވަގުތުކޮޅަކަށެވެ. އަދި ކުޑައިރުކޮޅަކު ތިބެލުމަށެވެ. ނަމަވެސް މީ އެކަމަށް އެކަށީގެންވާ ވަގުތެއްވެސް ނޫނެވެ. އަދި ތަނެއްވެސްނޫނެވެ. އިތުރަށް އިނދެގެން ސިއްރު ބޭޒާރުވުން ނޫންކަމެއްނުވާނެއެވެ. ޔާއިން ނިކުންނަން ދެން ޔައިނާ ބަލަން އިނުމަށްފަހު ކަރުނަތަށް ފޮހެފައި އަނެއްކާވެސް ބާލިސް ތެރޭ މޫނު ފޮރުވިއެވެ.

…….

އަނެއްދުވަހު ހެނދުނެވެ. އެންމެންވެސް ގޭގާއި ތިއްބެވެ. ސުމާގެވެސް ޑިއުޓީ އިނީ މެންދުރެވެ. މާޒިންގެ އިނީ 11 ޖަހާއިރުއެވެ. އެހެންކަމުން ޔާއިލް ފިޔަވާ އެހެން އެންމެން ކާންއެރިއެވެ. ޔައިނާ މަޑުން އިނދެގެން ކަމުންދިޔައެވެ. ޔާއިންވެސް އަވަހަށް ހޭލާ އިނީ ޔައިނާ ލާންދާންވެގެންނެވެ. “ޔަނާ ބުނީމެއްނު ކޮލެޖްގައި ކިޔަވައިގެން 4 ވަނަ އަހަރަށްވީމަ ޓްރާންސްފަރ ކުރާވަހާކަ އެހެން ގައުމަކަށް؟ އެވާހަކަ މިހާރު ކޮލެޖްއިން ދައްކައިފިތަ؟” މާޒިން އެހިއެވެ. އެއާއި އެކު ޔާއިން ޔައިނާއަށް ބަލައިލިއެވެ. “ލައްބަ، އޮސްޓްރޭލިޔާއަށް ޓްރާންސްފަރ ކޮށްދޭނެ މި އަހަރު ނިމޭހާއިރު…އިއްޔެ އެވާހަކަ ދެއްކި، ހަނދާން ނެތުނީ ބުނަން… ކުލާހުން 10 ކުދިން ހޮވިއިރު އަޅުގަނޑުވެސް އޭގައި ހިމެނޭ…. އޮސްޓްރޭލިޔާ އިން 3 އަހަރު ކިޔެވީމަ ދެން އެ ނިމުނީ…” ޔައިނާ މަޑުމަޑުން އިނދެ ބުންޏެވެ. “ދެން އަހަރު ނިމޭކަށް ނެތެއްނު މާ ގިނަ ދުވަހެއް.. 3 މަސް މީނީ…” ސުމާ ބުންޏެވެ. “ދަރިފުޅު، ހާދަ ހީވޭ ކަމެއްވެގެން އުޅޭހެން؟ ކިހިނެއްވީތަ؟” ސުމާ އެހެން އެހުމާއި އެކު ޔައިނާއާއި ޔާއިން އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ. ޔައިނާ ކަމެއްނުވެޔޭ ބުންޏެވެ. “ޔަނާ މާ ދެރަވީދޯ  ކިޔަވަން ދުރަށް ދާންޖެހޭވާހަކަ އިވުނީމަ؟” މާޒިން ސުވާލުކުރުމުން ޔައިނާ އާއެކޭ ބުންޏެވެ. “މަންމަ ހީކުރީ ބޮއިފީގެ ކަމެއްކަމަށް…” ހީލަމުން ސުމާ އެހެން ބުނި ވަގުތު ޔައިނާ ދެލޯ ބޮޑުވިއެވެ. ވަގުތުން ޔާއިންއަށް ބަލާލެވުނެވެ. ޔާއިންއަށް އޭނާއަށް ވީގޮތް ފެނި ހިތުގައި އޮތް ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ޔައިނާ ޔަޤީނުންވެސް ކުއްޖެއްދެކެ ލޯބިވަނީއެވެ. “ބޮއިފްރެންޑް” އެއް ނުހުއްޓަސް ލޯބިވާ ކުއްޖެއް ހުރެދާނެތާއެވެ.

“ނު..ނޫން.. މޮމް… ބުނީމެއްނު.. ނު..ނުހުރެޔޭ…” ޔައިނާ ތެޅިގަނެފައި އެހެން ބުނެލުމުން ސުމާއާއި މާޒިން އެކީ ހޭންފެށިއެވެ. “ދެންތިވަރު ނުވިޔަސް ވެދާނެޔޭ… ބަލާ ދޮންބެ.. ވަރަށް ކޫލްވެލާފައި ބުނަނީ އަދި ނުވެޔޯ ކުއްޖެއް ހޯދާކަށް.. އެކަމް މަންމައަކަށް ނޭނގެ ހުރެދާނެ ދޯ ހޯދަން އުޅުނަސް ނުހޯދޭ ކުއްޖެއް..” މަޖަލަކަށް ހަދާލާފައިވެސް ސުމާ އެ ބުނީ ޔައިނާ އާއި ޔާއިންގެ ހާލެވެ. ދެމީހުން އެކީ ކޮށިއެރިއެވެ. ސުމާއަށް އިތުރަށް ހެވުނެވެ. އެ ހަރަކާތުން ސުމާ ނިންމީ އެދެމީހުންވެސް ކޮންމެސް ކުއްޖަކާއި މެދު ވިސްނާކަމެވެ. އަދި ދެމީހުންނަށްވެސް އެކަމުން ކުރި ނުހޯދޭކަމެވެ. ޔައިނާގެ މޫޑް ވަގުތުން ގޯސްވިއެވެ. ތެދެކެވެ. ޔާއިން މިހާރު 25 އަހަރުވީއެވެ. ކުއްޖެއް ނުހޯދާ ނުހުންނާނެއެވެ. އޭނާ އަކީ ކުރިންސުރެވެސް އެހާ ރީތި އަންހެންކުދިން އަޅައިގަންނަ ސިފަތަށް ހުންނަ ކުއްޖެކެވެ. ޔަޤީނުންވެސް ކުއްޖެއް ގެންގުޅޭނެއެވެ. މިހާރު ނުގެންގުޅުނަސް ގެންގުޅެފައި ހުރެދާނެއެވެ. ހިތުގައި ވަރަށް ބޮޑަށް ޖެހުނަސް އޭނާ އެކަން ނުދައްކަވޭތޯ ދެއްކިއެވެ. ޔާއިންވެސް އިނީ އެފަދަ ހާލެއްގައެވެ. ސިއްރު ފަޅާ އަރާފާނެތީ މަޑުން އިނެއްކަމަކު މަންމަ އެބުނީ ކިތަންމެހާވެސް ތެދަށެވެ.

“ދެން އެމީހުން ހޯދާއިރަކުން ހޯދާ… އަހަރެންނަށް ޔަޤީން ޔާލް އެކަމުގައި މި މީހުންނަށްވުރެ ކުރިއަރައިގެން ދާނެކަން..” މާޒިން ބުންޏެވެ. “އާނ އަސްލުވެސް… އަދި އުމުރުން އެންމެ 10 އަހަރު، އެކަމް ކުރިންދުވަހުވެސް ސުކޫލަށް ބަލާދިޔައިރު މީނާ އައީ އަންހެންކުދިންތަކަކާއި އެކު ހަތަރު ވަރަކަށް ކުދިންތިބި، ނޫންކަމަށް ހަދާފަ ކޮންބައެއްހޭ އެހީމަ ބުނީ، ކަމޯން މަމް، ދޭ އަރ ޖަސްޓް މައި ބެސްޓީސް” ސުމާ ޔާއިލް ބުނާ ގޮތަށް ޅަވެލާފައި އެހެން ބުނެލުމުން ޔާއިންވެސް ޔައިނާވެސް ހޭންފެށިއެވެ.

…..

ކައި ނިމިގެން ޔައިނާ ނިކުންނަން ހެދުމުން ޔާއިންވެސް ނިކުތެވެ. “މަމް، މިދަނީ ބޭރަށް ދާންވެގެން….” ޔާއިން ނިކުންނަމުން ބުނެލީ ތަންކޮޅެއް ބާރަށެވެ. ޔައިނާ އާއި ދެމީހުން އެއްވަރަށް ހިނގާފައި ދިޔައިރު ބައެއް މީހުން އެދެމީހުންނަށް ބަލަމުންދިޔައެވެ. ޔައިނާ ހުރީ އިސްޖަހާލައިގެންނެވެ. “މިއަދު ވާނެ މަމްމެން ކައިރި ހުރިހާ ވާހަކައެއް ބުނަން…. ކަންތަށް ގޯސްވެގެން އެކަން ފޮރުވީމަ މަމްވެސް ރުޅިއަންނާނެ..” ޔާއިން ބުނެލީ ސޯއްޓުގެ ދެޖީބަށް އަތް ޖަހާލައިގެން ޔައިނާއާއި އެއްވަރަށް ހިނގަމުންނެވެ. އެ ޕާޓޭ ގުރޫޕުގަނޑު ފެންނާކަށް ނެތެވެ. ޔައިނާ ކޮލެޖާއި ހަމާއަށް އަރާފައި ޔާއިންއަށް ބަލައިލީ ޝުކުރު އަދާކުރަންވެގެންނެވެ. ހަމަ އެވަގުތު އޭނާގެ ކުލާސްކުއްޖެއް އެތަނަށް އަރާ ހަމަވީއެވެ. “އޯ ޔައި ބުނި ނުހުރެޔޭ، އެކަމް މިހިރީނު ބިޓުސޮރު… ނިކަން ގުޅެޔޭ…” އޭނާ ބުނެލުމާއި އެކު ޔައިނާއާއި ޔާއިން އެ އަންހެންކުއްޖާ އާއި ދިމާލަށް ބަލައިލީ ސިހިފައެވެ. އެ އަންހެންކުއްޖާ ހިނިގަނޑަކާއި އެކު އެ ދެމީހުންނަށް ބަލަންހުރީ އެއީ ކޮން ގުޅުމެއް ހިއްސާކުރާ ދެމީހުންކަން ނޭނގޭ ހާލުގައެވެ.

“ދޮންބެ…” ޔައިނާ މަޑުމަޑުން ބުންޏެވެ. އެ ކުއްޖާ އަނގަމަތީ އަތް އަޅާލެވުނުއިރު ލަދުން ވިރިއްޖެއެވެ. “ސޮރީ!!” އެހެން ބުނެފައި އޭނާ ދުއްވައިގަނެއްޖެއެވެ. ޔައިނާ އަވަހަށް ދަނީއޭ ކިޔާފައި އެތެރެއަށް ވަނެވެ. “އައި ވިޝް…” ޔާއިންއާއި ޔައިނާގެ ހިތުތެރޭ ވީ އެބަސްކޮޅެވެ.

……

ޔައިނާ ކުލާސް ނިމުމުގެ ކުރިން ޔާއިން އަށް އެކަން އެންގިއެވެ. ކޮލެޖުން ނިކުތްއިރު ހިޔާކޮޅެއްގައި ފާރުގައި އެއްފައި ޖައްސާލައިގެން ފޯނާއި ކުޅެން ޔާއިން ހުރިއިރު އެ އަސަރުގަދަ ދެ ލޯ ވަނީ ރޭބަން ކަޅު އައިނަކުން ފޮރުވާލާފައެވެ. އޭނާގެ ބޮލުގެ އަސްލު ކުލަކަމަށްވާ ޗޮކްލެޓް ކުލަ ފާހަގަވަމުން ދިޔައިރު އިސްތަށީގަނޑުގައި ޖައްސާފައި ހުރި ކަޅު ކުލައިގެ ސަބަބުން ފެންނަލެއް ވަރަށް ހިތްގައިމެވެ. ކުޑައިރު އެދެމީހުން އަބަދުވެސް ކުރާ ސުވާލަކީ އެއީއެވެ. ޔާއިންގެ އިސްތަށިގަނޑު އެހެން ހުންނަނީ ކީއްވެހެއްޔެވެ؟ ގައިމުވެސް ޔައިނާގެބޮލެއް ސުމާ އަދި މާޒިންގެ ބޯވެސް ހުރީ އެހެންނެއް ނޫނެވެ. ސުމާމެން ބުނީ އެއީ ސުމާ އާއިލާ އަކީ ބޭރު އާއިލާއަކަށް ވެފައި އެމީހުންގެ ގޮތަށް ޔާއިން އަށްވެސް ވީކަމެވެ. އެއްބައިފަހަރު އެކަހަލަ ކަންތަށް ވާނެކަމަށް ސުމާ އެމީހުންނަށް ވަނީ ބުނެދީފައެވެ. އެމީހުންނަށް ސުމާގެ އާއިލާ އާއި ބެހޭ ގޮތުން މާ ގިނައެއްޗެއްވެސް ނޭނގެނީ ސުމާ އާއިލާގެ އެކަކުވެސް ދުނިޔޭގައި ނެތީމައެވެ. މާޒިންގެ އާއިލާ އެންމެން އެމީހުންނަށް އިނގެއެވެ. ޔައިނާ އަބަދުވެސް ޔާއިންގެ ބޯރީތިކަމާއި މެދު ވާހަކަދައްކާ ޝަކުވާކުރާތި އޭނާ އެންމެ ފަހުން ބޯ ކަޅު ކުރީއެވެ. އޭގެފަހުން އޭނާ އަބަދުވެސް ހުންނަނީ ކަޅުކޮށްފައެވެ. އޭރު އޭނާއަށް އެންމެ 11 އަހަރެވެ. އެދުވަސްތަށް މަތިން ހަނދާންވުމާއި އެކު ޔައިނާއަށް ހެވުނެވެ.

“އޭ ޔައި! ސޮރީ އިނގޭ ނޭނގުނޭ ދޮންބެކަމެއް… މަ ވާ ކަޑަފަށެއްވެއްޖެ..” އޭރު ދިމާވި ކުއްޖާ އައިސް ޔައިނާ ކައިރި އެހެން ބުނެލުމުން ޔައިނާ ހީލާފައި އޯކޭ އޭ ބުންޏެވެ. އެއަށްފަހު ގޮސް ޔާއިންއާއި ހަމައަށް އެރިއެވެ. ޔާއިން ޔައިނާއަށް ބަލާލުމަށްފަހު އެކީ ހިނގައިގަތެވެ.

ޔައިނާއަށް ދުރުން އެ ޕާޓޭ މީހުންތަށް ފެނި ކުޑަކޮށް ޔާއިންއާއި ގާތްވިއެވެ. ޔާއިންއަށް އެކަން އިހްސާސްވުމުން ޔައިނާގެ އަތުގައި ހިފެހެއްޓުމާއި އެކު ޔައިނާތެޅިގަންނަމުން ގުޅިފައިވާ ދެއަތަށް ބަލާލެވުނެވެ. އެއަށްފަހު އިށީނދެ ތިބި ގުރޫޕްގެ ތެރެއިން  އަނދަމުން ދިޔަ ޖުމާހް ފެނުނެވެ. ހިންދިރުވާލެވުނީ އޭނާ މޫނުމަތިން ފެނުނު ރުޅިވެރިކަމުގެ ސަބަބުންނެވެ. ޔައިނާ އަށް ޔާއިންގެ އަތުގައި ހިފަހައްޓާލަމުން ބާރުކޮށްލީ އިސްޖަހާލާފައެވެ. ކައިރިވެވޭވަރަކަށް އޭނާގެ ހިތްދިޔައީ ތެޅެމުންނެވެ. ކުއްލިއަކަށް އޭނާ އިންތަނުން ފުންމާލާފައި އެމީހުންނާއި ދިމާލަށް އައީ ވަރަށް ފޮނި ހިނގުމެއްގައެވެ. ޔާއިންއަށް ބަލަމުންދިޔައިރު އޭނާގެ ދެލޯ ވަނީ ހަނިކޮށްލެވިފައެވެ. ޔައިނާއާއި ކައިރިވުމުގެ ކުރިން ޔާއިން އޭނާއާއި ޔައިނާގެ މެދަށް ވަނެވެ.
“އެސްކިޔުޒް މީ؟؟” ޔާއިން އެހެން ބުންޏެވެ. ޔައިނާ ޔާއިންގެ ފަހަތުގައި މަޑުކޮށްލައިގެން ހުރިއިރު އެ ދެލޮލުގައި ވަނީ ބިރުވެރިކަމާއި ކަރުނައެވެ. “އެސްކިޔުޒް މީ… ތި އަތް މޮޑެ މޮޑެފައި ބާރުކުރަނީ އަހަރެންގެ މީހެއްގެއޭ…” ޖުމާހް ބުނީ ލޯ ކުޑަކޮށްލާފައި ޔައިނާއަށް އިޝާރާތްކުރަމުންނެވެ. ޔާއިން އެއްމިޔަކަނިން ހީލަމުން ޔައިނާއަށް ބަލައިލާފައި އޭނާ ކުރިމައްޗަށް ގެނައެވެ. “ޔަނާ… މީތަ އެ މީހަކީ؟” ޔާއިން އެހުމުން ޔައިނާ ބޯ ޖެހިއެވެ. “ބުނަން ރަނގަޅު ވާހަކައެއް… އަނިޔާއެއް ނުލިބެނިސް ތިކަން ހަމަ މިހާރު ހުއްޓާ….” ޔާއިން ދިނީ އިންޒާރެކެވެ. ޔައިނާ ޔާއިންގެ އަތަށް ބާރުކުރަމުން ދިޔައިރު އެސްފިޔަތަށް ފޫ އަޅުވާލަމުން ކަރުނަތަށް ފައިބައިގެންދިޔައެވެ. މަޑު އާހެއް އަނގައިން ނިކުތްއިރު ރަނގަޅަށްވެސް އޭނާއަށް ރޮވިއްޖެއެވެ.

“މަވެސް ބުނަންތަ ރަނގަޅު ވާހަކައެއް…. އަހަރެން ފަރާތުން އަނިޔާއެއް ނުހޯދަނިސް އަހަރެންގެ މިލްކިއްޔާތުގައި ހުރި މި ކުއްޖާގެ ކައިރިން ދުރަށް ދޭ އަދި އަހަރެންނާއި އޭނާގެ މެދުގައި ފާރެއްހެން ނުހުރޭ… އަހަރެން ތި ފާރު ފުނޑާލާފައި ވެސް އޭނާ ހާސިލްކުރެވޭނެކަން އެންމެ ރަނގަޅަށްވެސް އިނގޭނީ އޭނާއަށް…” ޖުމާހް ބުނެލިއެވެ. “އަހަރެންނަށް ކިޔަނީ ޖުމާހް.. ލޯބިން ޖުމަށްޓެ، އަހަރެންނަށް ރީތިވާ ކޮންމެ އެއްޗަކީ އަހަރެން ހާސިލްކުރާނެ އެއްޗެއް..” ފޮނި ރާގެއްގައި ޖުމާހް އެހެން ބުނެލިއިރު ޔާއިން ރުޅިއައިސްގެން ރަތްވަނީއެވެ. އައިނު ނަގާ ލަމުން އޭނާ ޖުމާހް ގެ ކޮނޑުގައި ހިފަހައްޓާލާ ކޮށްޕާލިއެވެ. އޭނާ ނުވެއްޓި ކޮންޓްރޯލް ވީ ކިރިޔާއެވެ. ޔައިނާ ބިރުގަތެވެ. ޖުމާހް ޔާއިންއަށް ކޮންމެގޮތެއްވެސް ހަދާފާނެއެވެ. އޭނާގެ އެކުވެރި ތިން ޕާޓޭއިން ތިބިތަނުން ތެދުވެފައި އެދިމާލަށް އައުމުން ޖުމާހް މަޑުކުރުމަށް އަތުން އިޝާރާތްކުރިއެވެ. “ޕްލީސް ޕްލީސް ހިނގާ ދާން.. ޕްލީސް..” ޔައިނާ ބުނެލީ ޔާއިންގެ އަތަށް ދަމާލަމުންނެވެ.

ނަމަވެސް އެއަޑު ޔާއިންއަށް އިވުނުހެންނެއް ހިއެއްނުވެއެވެ. ޖުމާހް ޔާއިންއާއި ދިމާލަށް އައިސް ޔައިނާއާއި ވީ ފަޅިއަށް ހިނގައިގަތެވެ. އޭނާގެ ދެލޮލުން ކަނިބުރާކަހަލައެވެ. “ޔައިނާގެ ބިޓު އަހަރެން އަތުން މަރުވާން އެ އުޅެނީ… މަރުވާނީވެސް އަހަރެން އަތުން.. ބުނީމެއްނު، ތިމާ ހާސިލްކުރާނީ އަހަރެންނޭ، އަހަރެންނަށްވުރެ ކުރިން އަތުލައިފި މީހެއް މަރާލާނަމޭ… އަހަރެންނަށް ނުވިއްޔާ އެހެން މީހަކަށްވެސް ނުބިންދެވޭނެ…” ޖުމާހް އެހެން ބުނެފައި ޔާއިންގެ ބަނޑުގައި ގޮށްމުށުންޖެހިއެވެ. އެވަގުތު ޔައިނާއާއި ޔާއިންގެ އަތް ވަކިވެގެންދިޔައެވެ. ޔައިނާ ދެލޯ ބޮޑުކޮށްލާފައި ރޮވުނުއިރު ކައިރި އުޅުނު މަދު މީސްކޮޅުންގެ ނަޒަރު އެތަނަށް ހުއްޓެވެ. އެކަކަށްްވެސް ގާތްވާކަށް ނުކެރުނެވެ. ނަމަވެސް ޕޮލިހުންނަށް ގުޅީ ކޮންމެވެސް ހައްލެއް އެކަމަށް ގެންނާށެވެ.

ޔާއިން ވެއްޓުނެވެ. ޖުމާހް އައިސް ޔާއިންގެ ކުރިމައްޗަށް ހުއްޓުމަށްފަހު އޭނާގެ ފައިނަގައި ޔާއިންގެ އަތަށް އެރިއެވެ. އެވަގުތު ޔައިނާ ދުވެފައި ގޮސް ޖުމާހް ކޮށްޕާލިއެވެ. ޖުމާހް ވެއްޓުމާއި އެކު ޔައިނާ އޭނާގެ ކޮލެޖަށް ގެންދާ ދަބަސް ނަގާ ޖުމާހް ގެ މޫނުމަތީ އެތިވަރެއް ވީއްލާލިއެވެ. އޭނާއަށް އެ ހިތްވަރު ލިބުނީ ކޮންތާކުންކަމެއްވެސް ނޭނގުނެވެ. ޖުމާހް ގެ ތިން އެކުވެރިން އައިސް ޔާއިން ވަށާޅުމުން ޔައިނާ ބިރުގަތެވެ. ޔާއިން ކައިރިއަށް އައިސް ޔާއިންގެ ކޮނޑުގައި ހިފަހައްޓާލަމުން އެ ބިޔަހަށިގަނޑު ތެދުވުމަށް އެހީވެދިނެވެ. ޔާއިންކޮށްޅަށް ތެދުވުމާއި އެކު ޖުމާހްގެ އެކުވެރިއެއް ޔާއިންގެ މޫނުމަތީ ގޮށްމުށުން ޖެހިއެވެ. ވަގުތުން ޔާއިންގެ ތުންފަތް ކައިރިން ލޭ ފައިބަންފެށިއެވެ.

“އޭތް!! ތީ އަހަރެންގެ ޝިކާރައެއް..” ޖުމާހް ތެދުވަމުން އެހެން ބުންޏެވެ. ޔައިނާ ޔާއިންއަށް ބަލާލަމުން އަނެއްކާވެސް ދާން ބުނީ ޖުމާހް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތީއެވެ. ޖުމާހްގެ އެކުވެރިން އެތަނުން ދުރަށް ޖެހުނީ ޖުމާހް އެދިމާލަށް އަންނާތީއެވެ. ޔާއިން ގެ އަނގައިން ލޭފައިބަމުން ދިޔައިރު އޭނާއަށް އެއްވެސް ކަމެއްނުވެސް ވާފަދައެވެ. ޔައިނާ ކޮންމެ ފަދަ ގޮތަކަށްވެސް އޭނާ ހިމާޔަތްކުރަން ބޭނުންވެއެވެ. ޔައިނާ އޭނާގެ ފަހަތަށް ލަމުން ޖުމާހްއަށް ބަލައިލީ އޭނާއާއި ކުރިމަތިލާށޭ ބުނާފަދަ ގޮތަކަށެވެ. ޖުމާހް ފޮރުވައިގެން ނެގި ދަގަނޑު ބުރި ފެނި ޔައިނާ ބިރުގަތެވެ. އޭނާގެ ދެދަތްޕިލަ ވަނީ ޖައްސާ ބާރުކުރެވިފައެވެ.

އައި ގޮތަށް އައިސް ފުރަތަމަ ވެސް އަތުން ޖެހީ ޔާއިންގެ މޫނުމަތީގައެވެ. ޔާއިންވެސް ޖުމާހްގެ ގައިގާ ޖެހިއެވެ. އެ ވަގުތު ޖުމާހް އެ ދަގަނޑު ބުރި ނަގާ ޔާއިންއާއި ދިމާލަށް މަޅާލިއެވެ. ޔާއިންއަށް ކަމެއް ނުކުރެވި އުޅެނިކޮށް އޭނާ އާއި ކައިރިވަމުންދިޔަ ދަގަނޑު ބުރި ބަން ކިޔާފައި ގޮސް ޖެހުނީ އެދެމީހުންގެ މެދަށް ވަތް ޔައިނާގެ ކޮލުގައެވެ. ޔާއިންއަށް ޔައިނާއަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލާފައެވެ. ޖުމާހްގެވެސް ދެލޯ ބޮޑުވި ވަގުތު ދަގަނޑުބުރި އޭނާ އަތުން ދޫވިއެވެ. ޔައިނާ ހަމައެވަގުތު ކަނޑާލި ރުކެއް ވެއްޓޭ މިސާލަށް  އެ ހުރިތަނަށް ވެއްޓުނެވެ. ޖެހުނުގޮތުން ބޯ ފަޅައިގެން ގޮސްލޭތަށް ހޯސްލާފައި ފައިބައިގެން ދިޔައެވެ. އަނގައިންވެސް ލޭތަށް އަންނަންވެށިއިރު ގާތަށް މަތީ ލޭ ރޮނގު ދުވަންފެށިއެވެ.

އެވަގުތު ފުލުހުން އެތަނަށް އައެވެ. އެތަނުން އެއްބަޔަކު ހިނގައިދިޔަ ކަންތަށް އޮޅުންފިލިއިރު އަނެއްބަޔަކު އައިސް ޖުމާހްމެން އަތުލައިގެންފިއެވެ. ޝޮކެއްގައި ހުރި ޔާއިން ހުރީ އަދިވެސް ހަރަކާތްހުސްވެފައެވެ. ޕޮލިހުން އަތުލައިގަނެގެން ގެންދިޔަ ޖުމާހްވެސް ހުރީ އެހާލުގައެވެ. އޭރުވެސް އޭނާ ދިޔައީ ޔައިނާއަށް ބަލަމުންނެވެ. “އޭތް…!!! އޭނާ ހޮސްޕިޓަލަށް ގެންދަން!!” މަގުމަތީ ހުރި މީހަކު ޔާއިންގެ ގައިގާ ތަޅުވައިގަނެފައި އެހެން ބުންޏެވެ. ޔާއިން ހަމަހޭވެރިކަންވީ އެވަގުތުއެވެ. އޭނާގެ މޫނުމަތީ ޖެހިތަން ހުރީ ނޫފައިގަނެފައެވެ. ތަދުވިޔަސް އެކަމަށް ފަރުވާލެއް ނުބަހައްޓާ އޭނާ ޔައިނާއާއި ދިމާލަށް ތިރިވިއެވެ. ޔައިނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ދަގަނޑުގަނޑުން ޖެހިތަން އެ ދޮން ކޯތާފަތުގައި ރަތް އަރާފައި ހުއްޓެވެ.  “ޔަނާ؟؟ ޔަނާ؟؟ އެމްބިއުލަންސަށް ގުޅާބަލަ.. ޕްލީސް..” ޔައިނާއަށް ގޮވަމުން ޔާއިން އެހެން ކިޔަމުންދިޔައެވެ. ޕޮލިހުންގެ އެހީގައި ޔައިނާ އާއި ޔާއިން ހޮސްޕިޓަލަށް ގެންދެވުނެވެ. އެމީހުން ޔާއިންއާއި ސުވާލުތަށް ކުރަން ހުއްޓެއްކަމަކު މިގަޑީގައި ޔައިނާއަށް ފަރުވާކުރަން މުހިންމުކަމުގައި ދެކުނެވެ. އެންމެ ކައިރި ހުރީ އޭޑީކޭ ކަމަށް ވުމުން ޔައިނާ އޭޑީކޭއަށް ގެންގޮސް އަވަސް ފަރުވާ ދޭ ކޮޓަރިއަށް ވެއްދުނެވެ. ޔައިނާ އުފުއްލާލައިގެން އުޅުމުގެ ސަބަބުން އޭނާގެ އަނގައިންނާއި ބޮލުން ފޭބި ލޭތަށް ޔާއިންގެ ޓީޝާޓުގެ އިތުރުން އަތުގައިވެސް ހުއްޓެވެ. ގޮނޑީގައި ގައި އިށީނދެ އިން އޭނާ އިރު ދެއަތަށް ބަލަމުން ދިޔައީ ގަބުއަރާފައި އިނދެއެވެ.

95
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހުވަފެން (8)

Next

އަނދިރިފަރާތް (15 ވަނަަ ބައި)

Next
March 4, 2017

އަނދިރިފަރާތް (15 ވަނަަ ބައި)

Previews
March 4, 2017

ހުވަފެން (8)

27 Comments

  1. Ryn says:
    March 4, 2017 at 8:45 am

    Salaam. ??
    Ehaabodu changes eh story ah nugeneyy cx I’m really busy… Hurihaa kudhim vx bunedhey baivari kanthah rangalhukhlan but nukureveythy sorry. And tc. ???❤

    1. she says:
      March 4, 2017 at 10:29 am

      When next dear

  2. areee says:
    March 4, 2017 at 9:05 am

    V v v v v v salhi. Thanks ryn ???❤

  3. areee says:
    March 4, 2017 at 9:07 am

    I’m first to comment. Yayyy

  4. hadhy says:
    March 4, 2017 at 9:12 am

    V v reethi..

  5. Ulya says:
    March 4, 2017 at 9:20 am

    Very nice ????

  6. Reexa says:
    March 4, 2017 at 9:27 am

    Awesome 🙂 buneveynee hama obinex to the max ey… waiting for next part

  7. Shaya says:
    March 4, 2017 at 9:41 am

    V nice..but haadha kurey

  8. Addu manje says:
    March 4, 2017 at 9:43 am

    Varah reethi.. Thanks Ryn.. Love you!! ?

  9. sha who says:
    March 4, 2017 at 9:50 am

    Mihaaru wes storyy v nyc eyy..kyyp it up…waitng for next part..

  10. Inko says:
    March 4, 2017 at 9:54 am

    Ey mi eba mashah vx reethi vey mihaar

  11. Aishu says:
    March 4, 2017 at 10:07 am

    Ryn ge hurihaa vaahaka thakeh kiyafin…kome vaahaka ehga ves partey eh ulheyny anhen kujja alhaganegen…Suma ge part ga ves ehenvi…dhen thafaathu real ehcheh genan vi nun..

  12. Miny says:
    March 4, 2017 at 10:14 am

    Varah nice. Komme dhuvahaku genes dheyn v nun. Next episode kiyaa hithun hureveny eh noon

  13. Someone says:
    March 4, 2017 at 10:40 am

    Wow… Masha Allah…. Haadha reechey ryn…. Waiting 4 the next part…?☺???

  14. Shy beauty says:
    March 4, 2017 at 10:56 am

    Wow vv reethi..ekam thankolheh kuruhen hyveey…maa bodah kiyaa hithun inyma hyvaa goih kanneyge..??

  15. Naa says:
    March 4, 2017 at 11:20 am

    Dhn inn part konn irakunn……. Avass plx

  16. Hhhhh says:
    March 4, 2017 at 12:15 pm

    Varah reethi
    Always waiting for the next part!!!!!!!
    ???

  17. Kitty?? says:
    March 4, 2017 at 12:16 pm

    Rynn.. sunday ga vxx upp khdhn v nun.. plxx.. n stry vrh nice..

  18. haw says:
    March 4, 2017 at 1:25 pm

    Mashaa Allah asluves v v v reethi mi part ves ,nest part soon plx

  19. Anonymous says:
    March 5, 2017 at 1:39 am

    dhagandu burin koluga jehyma keevvetha boa falhaigen dhiyaee

    1. Pinker says:
      March 5, 2017 at 1:36 pm

      My question!

    2. Ryn says:
      March 5, 2017 at 2:18 pm

      Yanaa vehtifa boa jehifa falhaign dhany.. “Jehunu gothu boa falhaign gos………” ☺?

  20. Ryn says:
    March 5, 2017 at 2:16 pm

    Thank you guys. ?❤

    1. aaraa says:
      March 6, 2017 at 1:13 pm

      ryn gaathu hama ahaalaa hiyvey. ryn keehve shine ge vaahaka ah comment nukuranee. feney saandyge vaahaka ah comment kuraathee. ryn buni handhaaneh vey shine e ee favourite a. ekamaku eheneh hiyeh nuvey. anehka hasadha verikameh otheetha

  21. shew says:
    March 5, 2017 at 4:46 pm

    Koba aneh bai
    Aishu dhn ryn aa jassaaliyas thy fukeh boduvaru
    Gaimu rythi nuun nama ryn ge hurihaa story eh nukyhennu

    Ryn please next part
    Lasvaa thankolhah balaafa dhigukoh gennacchey
    Please

  22. haw shia shaba shi r says:
    March 6, 2017 at 1:02 am

    Konirakun aneh part up kuranee,kiyaa hithun nunidhifa miothee

  23. Isha says:
    March 6, 2017 at 10:51 am

    Hagygathuga myky gotheh noon
    Ethah bayaku wait kuruvaa
    Liyefa oii vaahaka eh
    Kameh kuranya ragalhah kuran hama up kuryma nimunynu

Comments are closed.

All Right Reserved!