Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވޭ (2)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
March 6, 2017 7 Mins Read
38 Comments

“ދެން ގޮސްލީ” އަލްވިންއާ ސަލާމް ކޮއްލަމުން  އެ ޒުވާނާ ބުނެލިއެވެ.  އެ ފިރިހެންވަންތަ އަޑުން އަލްޔާގެ ހިތް ތެޅިލިއެވެ.

“އާނ ވަރަށް ސަލާމް… ކަމެއް ބޭނުވެއްޖިއްޔާ ބުނެލައްޗޭ…” އަލްވިން ބުނެލުމުން ހިތްތައް ކަތިލާފަދަ ހިނިތުންވުމެއް ހަދިޔާކޮއްފަ އެޒުވާނާގޮސް ވަނީ ކުރިމަތީހުރި ގެޔަށެވެ.

“ދޮންބެ ފްރެންޑެއްތައެއީ…” އަލްވިން ދުރުގަ ޕާކުކޮއްފަ އޮތް ސައިކަލަށް އަރައިގެން އައުމުން އަލްޔާ ސުވާލު ކޮއްލިއެވެ. ހަމަ އެންމެ މަގުސަދެއްގައެވެ. އެ ގޮތްނޭންގޭ ޒުވާނާ އާ ބެހޭ އިތުރު މައުލޫމާތެއް ލިބޭތޯއެވެ. ނަމަވެސް އަލްޔާ ހީކުރިގޮތާ ހިލާފައް އަލްވިން މިހާރު ދެން ރައްޓެއްސެކޭ ބުނެފަ އިތުރު އެއްޗެއް ނުބުންޏެވެ. މިހެން ކަމުން އަލްޔާއަށްވެސް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. ސައިކަލު ދުއްވަމުން ދިޔައިރު އަލްވިން ތަފާތު ވާހަކަ ދެއްކިއެވެ. ނަމަވެސް އަލްޔާގެ ހިތް އެދެމުން ދިޔައީ އެ ގޮތް ނޭންގޭ ޒުވާނާގެ މައުލޫމާތު ހޯދުމަށެވެ.

ސްކޫޕައްގޮސްފަ ގެޔަށް އާދެވުނު އިރު ދިހައެއް ޖަހަނީއެވެ. އަލްވިން ގެއަށް ވަންނަން ދާންފެށުމުން ފިހާރަޔައް ދާން އެބަ ޖެހެޔޭ ކިޔާފަ އަލްޔާ މިސްރާބު ޖެހީ ކައިރީގަ ހުރި ކަންމަތީ ފިހާރަޔަކަށެވެ. އެވަގުތު އެތާ ތިބި ޒުވާން ފިރިހެން ކުދިންތަކެއް އަލްޔާ އާ ފޮށިލިތަން ފެނިފަ އަލްވިން ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ދުވެފަ ގޮސް އަލްޔާގެ އަތުގަ ހިފާ ގަޔާ ކައިރި ކޮއްލިއެވެ. މި މަންޒަރު ފެންނަ މީހަކައް ހީވާނީ އެއީ ދެލޯބިވެރިންހެންނެވެ. އަލްޔާއަށް ކުޑަނަމަވެސް ގެއްލުމެއް ލިބޭތަން ބަލާކައް އަލްވިން އަކައް ކެތެއް ނުވާނެއެވެ. އެއީ އޭނަގެ ހުރި ހަމައެކަނި އަންހެން ކޮއްކޮއެވެ. ފުރާނަ ފަދައިން ލޯބިވާ އެ ކޮއްކޮއަށް ކުރިމަތިވާ ކޮންމެ މުސީބާތަކުން އަލްވިން ސަލާމަތް ކޮއްދޭނެއެވެ.

“އަލްކޮ ދޮންބެ ކައިރީ ބުނިނަމަވެސް ދޮންބެ ގަނެދޭނަން ވިއްޔާ. އަންހެން ކުދިން އެކަނި ރޭގަނޑުނުވާނެއްނު ފިހާރަޔައް ދާކަށް” ހިތްހަމަ ނުޖެހިފަ ހުރިނަމަވެސް އެކަން ފާޅުނުކޮއް އަލްވިން ބުނެލިއެވެ.

“އަލް ނުގަނޭ އެއްވެސް ބިރެއް އަލްގެ ކުޑަބެޔާ ދޮންބެ ތިބޭތީ” ފޮނިވެލާފަ އަލްޔާ ބުނެލުމުން އަލްވިންވެސް އުފާވިއެވެ. ފިހާރަޔަށް ވަދެ ޗިޕްސް ދަޅަކާ ކޯކު ފުޅިއެއް ގަނެލައިގެން ގެޔައް ދިޔަ މަގުމަތީ އަލްޔާއަށް އަނެއްކާވެސް އެ ޒުވާނާ ފެނުނެވެ. އެ ޒުވާނާ ހުރީ

އަލްޔާމެންގެ ގޭ ކުރިމަތީ ހުރިގޭގެ ހަތަރުވަނަ ބައިގެ ބެލްކަނީގައެވެ. ކަޅި ޖަހާނުލާ އަލްޔާގެ ކޮންމެ ހަރަކާތަކަށް އެޒުވާނާ ބަލަމުން ދިޔައިރު އަލްޔާ ހިތުގަ ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. އަލްވިން އަތުގަ ބާރަށް ހިފާލިއެވެ.

ގެޔައް ދިޔަ ގޮތައް އަލްޔާ ދިޔައީ ކޮޓަރިއަށެވެ. ފުރަތަމަވެސް ބެލީ  އަލްޔާގެ ބެލްކަނީގަ ހުންނައިރު އެޒުވާނާއަށް ފެނޭ ތޯއެވެ. އަލްޔާ އުޅެނީ ތިންވަނަ ފްލޯގަ ވީމަ އަލްޔާގެ ބެލްކަނި އޭނަޔަށް އެންމެ ރީއްޗަށް ފެންނާނެއެވެ. މިކަމާ އަލްޔާ ޖެހިލުންވެސްވިއެވެ. ކުރިމަތީ ހުރި އިމާރާތައް ބަލާލިއިރު ގާވެފަ ހުރި ބުދެއްހެން އެ ޒުވާނާ އެތާ އަދިވެސް ހުއްޓެވެ.

އެއީ ސިކުނޑި ހަމަޖެހޭ މީހެއްބާއޭވެސް އަލްޔާގެ ހިތަށް އެރިއެވެ. އޭނަގެ އެތޫނު ބެލުންތަކުން އުނދަގޫވާތީ އަލްޔާ ކޮޓަރިއަށް ވަދެ އެނދުގަ އޮށޯވެލިއެވެ. އެފްބީއަށް ވަދެލި އިރު ފުރަތަމަވެސް ފެނުނީ މާއިންގެ ސްޓޭޓަސް އަޕްޑޭޓެވެ.

“އަހަރެންނަކީ ހުރިހާ ގޮތަކުންވެސް ބަދުނަސީބު މީހަކަށް ވާންޖެހުނު ސަބަބު ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު.. ކޮންމެ ދިމާލަކުންވެސް ބަދުނަސީބުވެރިކަން..”

މި ހިތާމަވެރި ސްޓޭޓަސް ކިޔާލާފަ އަލްޔާގެ ހިތައް އަސަރު ކުރުވައިފިޔެވެ. އަދި މާއިންގެ އެ ހިތާމަވެރި ދިރިއުޅުމުގެ ހަޤީޤަތް އިތުރަށް ބަލާހިތްވިއެވެ. ނަސީބު ދިމާކުރި ގޮތުން މާއިންވެސް އޮލްގައިނެވެ. މާއިން އާ ވާހަަކަ ދައްކަން ފެށުމުން އެކޮޅުންވެސް ވާހަކަ ދެއްކިއެވެ. ހާލު ކިހިނެތްތޯ އަހާލުމުން ރަނގަޅުނޫން ކަމުގަ ބުނެލިއެވެ. ކިހިނެތްވީހޭ އަހާލުމުން ބުނީ ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުން ކަމުގަކަމަށެވެ. އަލްޔާ ކެތްނުވެގެން ސްޓޭޓަސް އާ ބެހޭގޮތުން ސުވާލުކޮށްލުމުން ބުނީ އެއީ ވަރަށް ދިގުވާހަކައެއް ކަމަށާ ޗެޓުން ކިޔާދެން އުނދަގޫ ކަމަށެވެ. އަލްޔާގެ ހިތަށް މޮޅު ހިޔާލެއް އައެވެ. މެސެންޖާއިން މާއިންއަށް ގުޅާލީ ޖެހިލުންވެ ހުރެއެވެ. މާއިންވެސް އެހާމެ އަވަހަށް ފޯނަށް ޖަވާބުދިނެވެ. ހީވަނީ ގުޅާތޯ އިންތިޒާރުގަ ހުރި ހެންނެވެ. މާއިންގެ އެ ފިރިހެންވަންތަ އަޑުގަވާ ހިތާމަވެރިކަން ވާހަކަ ދެއްކިގޮތުންވެސް އަލްޔާއަށް އިހުސާސް ކުރެވުނެވެ.

“މާއިން އަލް ވަރަށް ދެރަވޭ މާއިންގެ ޕްރޮފައިލް ބަލާލާފަ… ހުސް ހިތާމަވެރި އެއްޗެސް ޝެއާކޮއްފަ، ހިތާމަވެރި ސްޓޭޓަސް ތަކާ ފޮޓޯތައް… އަސްލު ކޮބާތަ ސިއްރަކީ؟؟؟ އަލް އާ ޝެއާ ކޮއްލަބަ؟؟؟ ބުނެއެއްނު ހިތުގަ ސިއްރުކޮއްފަ ނުބަހައްޓާ މީހަކާ ޝެއާކޮއްލީމަ ހިތްހަމަ ޖެހޭނޭ…” އަލްޔާ މާއިންއަށް ވިސްނަދޭފަދަ ގޮތަކައް ބުނެލިއެވެ.

“ހިތައްއަރާ ވަރަށް މީހަކާ ޝެއާކޮށްލަން… އެކަމް އެވަރުގެ އެކުވެރިއެއްނެތް މާއިންގެއެއް…” މާއިން ދެރަވެލާފަ ބުނެލިއެވެ.

“އަލް މިހިރީނު..” އަލްޔާ ބުނެލިއެވެ.

މާއިން މާއިންގެ ހަޔާތުގެ ހިތާމަވެރި ސަފްހާތައް އަލްޔާގެ ކުރިމަތީ ހުޅުވާލިއެވެ.

މާއިންއަކީ އުފާވެރި ދިރިއުޅުމެއް އުޅެމުންއައި ކުއްޖެކެވެ. މަންމަ އާ ބައްޕަގެ އެންމެ ދޮއްޓަށް މާއިން ހުރިއިރު މާއިންގެ ކުޑަށް ބާރަ އަހަރުގެ މިޝީއާއި އެއްެ އަހަރުގެ ކޮއްކޮ މާން ހުއްޓެެވެ. އޭރު މާއިންގެ ބައްޕަ މަސައްކަތް ކުރަމުން ދިޔައީ  މާލެ ކައިރި ރިސޯޓެއްގައެވެ. ކުއްލިޔަކަށް މަންމަ މާ ބަލިވެގެން ހޮސްޕިޓަލައް ގެންދިޔުމުން ޑޮކްޓަރ ބުނީ ހާލު ވަރަށް ސީރިއަސް ކަމަށާ ދެން ކުރެވޭނެ އިތުރު ފަރުވާއެެއްނެތް ކަމަށެވެ. މަންމަގެ ދެ ކިޑްނީ ފެއިލްވެގެން މަރާ ހަނގުރާމަ ކުރަމުންދާ ކަމަށެވެ. މާއިންއަށް ހީވީ މުޅި ދުނިޔެ އަނދިރިވިހެންނެވެ. އިރުކޮޅެއްގެ ތެރޭގަ ބައްޕަވެސް މާލެ އައިސްފިއެވެ. އޭގެ ގަޑިއެއްހާއިރު ފަހުން މަންމަގެ ހާލު ވަރަށް ދެރަވެ މަންމަ މި ފަނާވަމުންދާ ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. މާއިންއަށް ހަޔާތުގަ ފުރަތަމަ ފަހަރަށް ހިތާމަވެރިކަން އިހުސާސް ކުރެވުނެވެ. މަންމަޔާ ވަކިން އެ ކުޑަ ކުޑަ އާއިލާ ދިރިއުޅޭނީ ކިހިނެތްހެއްޔެވެ؟ އެ ހިތާމައިގެ ސަބަބުން މާއިންގެ ކިޔެވުމަށްވެސް ވަރަށް އަސަރު ކުރިއެވެ. ނަމަވެސް މާއިންގެ ބައްޕަގެ ނަސޭހަތްތަކާއެކު ކަންކަން ހަމަޔަކައް އެޅުނެވެ. ގޭގެ ކަންތައް ބަލަހައްޓަން  ބައްޕަ ދެން ގެނައީ ބޭރު މީހެކެވެ. ކުއްލިޔަކައް މަންމަ އެހެން ވަކިވެގެން ދިޔުމުން މާއިންގެ ދެ ކޮއްކޮއަށްވެސް ވަރަށް އަސަރު ކުރިއެވެ. އެހެންކަމުން މާއިން އަބަދުވެސް ބަލަނީ ކޮއްކޮމެން އުފަލުގަ ބެހެއްޓޭތޯއެވެ.

ދުވަސްތައް މާޒީގެ ސަފްހާތަކާ އެކުވަމުން  ދެއެވެ. މާއިންވެސް މިހާރު ގުރޭޑް ބާރަ ނިންމާފަ ބިޒްނަސް ދާއިރާއިން ޑިގްރީ ކޯސް ހަދަނީއެވެ. ދެން މާއިންއަށް ލިބުނީ ދުވަހަކުވެސް އަޑުއަހަން ބޭނުންވި ހަބަރެއް ނޫނެވެ. މާއިންގެ ބައްޕަ ދަތުރު ކުރި ލޯންޗްގަ އަލިފާންގެ ހާދިސާއެއް ހިނގާ ބައްޕަ މި ދުނިޔެދޫކޮއް ދިޔައީއެވެ. މާއިންނަށް ހަދާނެ ގޮތް ހުސްވިއެވެ. މަންމަ މާއިންމެން ދޫކޮއް ދިޔަތާ އަހަރެއް ވިތަނާ ބައްޕަވެސް މާއިންމެން ދޫކޮއް ދިޔައީއެވެ.

ހިތާމަޔަކައްފަހު ހިތާމަޔެކެވެެެ. ކިޔެވުން ހުއްޓާލާފަ މާއިން ބެލީ ވަޒީފާއެއްލިބޭތޯއެވެ. ނަސީބު ދިމާކުރި ގޮތުން ވަޒީފާއެއް ލިބުނެވެ. ނަމަވެސް އޭގެން މާއިން މިނަށް އުޅެވެނީ ކިރިޔާއެވެ.  ކޮއްކޮމެނަށް ބޭނުންވާ އެއްޗެހި ގިނަފަހަރު މާއިންނަށް ހޯދަ ނުދެވެއެވެ. ގޭ ކުލިދައްކާފަ ގޭގަ ގެންގުޅޭމީހާ އައް ލާރިދީފަ މާއިން އަތަކުއިތުރު ލާރިއެއްނުހުރެއެވެ. ކޮއްކޮމެން އެހާ ނިކަމެތި ހާލުގަ އުޅޭތަން ދެކެން މާއިން އަކައް ފަސޭހައެއްނޫނެވެ. ކޮއްކޮމެން ލާން ގެންގުޅޭ ހެދުންތައްވެސް ހުރީ އެހާ ބާވެފައެވެ. ނަމަވެސް މާއިން އަތަކު ހެދުމެއް ގަނެލަންވެސް ލާރިއެއްނެތެވެ. މާއިންވެސް އޮފީހައްދާން ގެންގުޅޭނީ އެންްމެ ތިން ގަމީހެވެ. މި ހުރިހާ ކަމަކާ މާއިން ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާވަރުވެއެވެ.

އެހުރިހާ ވާހަކައެއް އަޑުއަހަން ހުރި އަލްޔާ ހުރީ ލޮލުން ކަރުން އައިސްފައެވެ. އަލްޔާމެން އެހާ އުފަލުގަ އުޅޭއިރު ހާދަ ހާލުގަ އުޅޭމީހުންވެސް އުޅެޔޭ އަލްޔާ ހިތައްއެރިއެވެ. މާއިންގެ ވާހަކަ ނިމުނު އިރު އޭނަޔައް ހުރީ ހަމަ ރަނގަޅައްވެސް ރޮވިފައެވެ. މާއިން އަކީވެސް ކިޔެވުމުގެ ކުލަގަދަ ހުވަފެން ދެކުނު ކުއްޖެކެވެ. ނަމަވެސް މިހާރު އޭނަގެ މުޅި ހަޔާތް ވަނީ ބަނަވެފައެވެ. ދެކެމުންއައި ހުވަފެންތަކުގަ ކޮޅުފައިން ޖަހާފަ މިއަދު އޭނަ އެވަނީ އާއިލާ ހުރިހާޒިންމާއެއް ނަގަން މަޖްބޫރުވެފައެވެ.

“މާއިންގެ މަންމަ އާ ބައްޕަ ފެމިލީ މީހުން ކޮބާ؟” އަލްޔާގެ ހިތުގަ އޮތް ސުވާލު ކޮއްލިއެވެ.

“މަންމަ އާ ބައްޕަ ކައިވެނިކުރީ ދެ އާއިލާ ނުރުހުމުގަ. މަންމަ އަދި ބައްޕަޔަކީވެސް އައްޑޫ ދެމީހުން. ބައްޕަމެން ޗުއްޓީގަ ރާއްޖޭންބޭރަށް  ދިޔަސް ދުވަހަކުވެސް އައްޑު އަކަށް ނުދާނެ… އެހެންވެ އެ އާއިލާގެ މައުލޫމާތެއް އެއްގޮތަކައްވެސް ނޭންގެ… އެހެން ނޫނަސް މަންމަ ނިޔާވުމުން އެ ހަބަރު ދިނުމުން މޫނު ދެކިލަންވެސް އެ އާއިލާ އެކަކުވެސް ނާދެޔޭ ބައްޕަ ބުނި… އެވަރު ބަޔަކާ މާއިން ބޭނުމެއްނޫން ގުޅުން ބާއްވާކަށް..” މާއިން މާޔޫސް ކަމާއެކު ބުނެލިއެެވެ.

އެކި ގޮތްގޮތުން އަލްޔާ މާއިންއަށް ހިތްވަރު ދިނެވެ. އަލްޔާ އެހީވަން އުޅެން ފެށުމުންވެސް މާއިން ބުނީ މިހާރުވެސް އަލްޔާ ފަރާތުން ތި ލިބުނު ހިތްވަރަކީ ދުވަހަކުވެސް މާއިންއަށް ބައްޕަ ނިޔާވި ފަހުން ލިބިފައި ނުވާ ހިތްވަރެއްކަމުގައެވެ. އެވަރު މާއިންއަށް ފުދޭ ކަމަށެވެ. އަދި މާއިން އަލްޔާ އާ މިވާހަކަ ހިއްސާކުރީ އަލްޔާ އަތުން އެހީއެއް ބޭނުންވެގެން ނޫންކަމަށެވެ. ވާހަކަދައްކާ ނިމިގެން ފޯން ބޭއްވި އިރު މާއިންހުރީ ދުވަހަކު ހިތްހަމަ ނުޖެހޭވަރަށް ހިތްހަމަ ޖެހިފައެވެ. އަދި ކައިރީ ނިދާފަ އޮތް ދެ ކޮއްކޮގެ މޫނުގަ ލޯބިން ފިރުމާލިއެވެ. އިރާދަކުރެއްވިއްޔާ މި ނޫން ދުވަހެއް ފެންނާނޭ ބުނާ ފަދައިންނެވެ.

އަލްޔާ ފޯން ބޭއްވުމައްފަހު ބެލްކަންޔަށް ނިކުމެލި އިރު ހިމަފޮދު ވާރޭ ވެހި ވެހި އޮތެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގަ ވާރޭ ބޯކޮއްލިއެވެ. ދަންވަރު ނަމަވެސް ވާރެޔާ ތެމޭހިތްވިލެއް ބޮޑުކަމުން ދެ އަތް

ފަތުރާލާއިގެންވާރޭއާ ތެމެމުން އަލްޔާ ދިޔައެވެ. އަލްޔާއަށް ނޭންގުނު އެއްޗަކީ އަލްޔާގެ މި ހަރަކާތްތައްބަލަން މީހަކު ހުރިކަމެވެ.

 

 

ވެހެމުންދާ ބޯވާރޭގެ ސަބަބުން މުޅިމާހައުލުގަ ވަނީ ވާރޭގެ މިއުޒިކީ އަޑު ހަރުލާފައެވެ. ލާފަ ހުރި ފިޔާތޮށި ކުލައިގެ ޓީޝާޓާ ކަޅު ކުލައިގެ ސޯޓު ގަޔަށް ހިފާލާފަ ވާއިރު އަލްޔާގެ ލޫޅާފަތި ހަށިގަނޑު ހާމަވެފައިވެއެވެ. އެ ހިތް ގައިމު މަންޒަރުބަލަން ދުރުގަ މީހަކު ހުރިކަން އަދިވެސް އަލްޔާއަކަށް ރޭކާނުލައެވެ.

ކުއްލިޔަކަށް ވައި ބާރުވާން ފެށިއެވެ. ގަދަ ކޮޅިގަނޑެއް އަންނަ ކަމުގެ ފެހި ސިގްނަލް ދިން ފަދައެވެެ. މިއިން އެއްވެސް ކަމެއް އަލްޔާއަށް ރޭކާނުލާ ކަހަލައެވެ. ވިދާލި ވިދުވަރާ އެކު ޖެހި ބާރު ގުގުރިން އަލްޔާ ދިޔައީ ސިއްސައިގެންނެވެ. އަލްވިންއަށް އެތަނަށް އާދެވުނީ އެވަގުތުއެވެ.

“އަލްކޮ މިހާ ދަންވަރުު ވާރެޔާ ތެމޭކަށް ނުވާނެ.. ބޭބީ ބަލިވެދާނެއްނު…” އަލްވިންގެ ޖުމްލަ ފުރިހަމަ ނުވަނީސް އަނެއްކާވެސް ވިދާލިއެވެ. އަލްޔާ ބިރުންގޮސް އަލްވިންގެ ގައިގަ ބާރަށް ބައްދާލިއެވެ. އަލްވިން އަވަހަށް އަލްޔާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އަދި އެއްޗެސް ބަދަލްކޮއްގެން ނިދަން ބުނެފަ ނިކުމެގެން ދިޔައީއެވެ. އަލްވިން ހުރީ ހިތްހަމަ ނުޖެހިފައެވެ. މިއޮއް ދަންގަޑީ އަލްޔާ ވާރެޔާ ތެމުމުންނެވެ. އެއީ އަލްޔާ ވާރެޔާ ތެމިއްޖިއްޔާ ބަލިވާނެކަން އަލްވިން އަށް އިނގޭތީއެވެ. ކިތަންމެ ވަރަކަށް ބުނެދިނަސް އަލްޔާ ވާރެޔާ އެ ހުންނަ ފޯރި ދުވަހަކުވެސް ބަދަލެއް ނުވާނެކަން އިނގެއެވެ.

“އަލްކޮ ތެދުވެބަ..” އަލްޔާއަށް ހޭލެވުނީ އަލަމް ގޮވާ އަޑަށެވެ. ލޯ ހުޅުވާލި އިރު އެ މޫނު މަތިން އެހެންޏާ ފެންނަން ހުންނަ ރީތި ހިނިތުންވުން ވަނީ ފަނޑުވެފައެވެ.އެެ މައުސޫމު މޫނު މަތިން ފެންނަނީ ބަލީގެ އަސަރު ތަކެވެ. ލޯވެސް ހުޅުވާލެވުނީ ކުޑަކޮށެވެ.

“ހާދަ ގަދަޔަށް ހުން އައިސްފަ ތިއޮތީ. ޔަގީން ރޭގަ ވާރެޔާ ތެމުނީ ދޯ… އަޅެ ކުޑަބެ ބުނަމެއްނު ދަންވަރު އެހެން ވާރެޔާ ނުތެމޭށޭ… އަލްބޭބީ ބަލި ވީމަ މާ ދެރައެއްނު…” އަލަމް އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އަލްޔާ އެއްޗެކޭ ނުބުނުމުން އަލަމް ހާސްވާގޮތްވިއެވެ. ލޯވެސް އޮތީ މެރިފައެވެ.

“އަލް ބޭބީ…” އަލަމް ދެތިންފަހަރަކު ގޮވާލުމުންވެސް އަލްޔާގެ ހަބަރެއްނުވިއެވެ.

އަލަމް އަވަހަށް ގުޅީ ފެމިލީ ޑޮކްޓަރަށެވެ. ފަނަރަ މިނެޓް ތެރޭ ޑޮކްޓަރ ހުރީ އެގޭގައެވެ. އަލްޔާގެ ދެފަރާތުގަ އާލިމާ އާ ޝިޔާމު ތިބި އިރު އަލަމް އާ އަލްވިން ތިބީ އެނދުކައިރީ ކޮޅަށެވެ. ޑޮކްޓަރު ބަލާފަ ބުނީ މާ ބޮޑު ކަމެއް ނޫން ކަމަށާއި  މާ ގަދަޔަށް ހުން އައިސްފަ އޮތުމުން ކަމަށެވެ. އަދި ގަޑިން ގަޑިޔަށް ބޭސް ދޭން ބުނެ ބޭސް ސިޓީ އަލްވިން އާ ހަވާލް ކުރިއެވެ.

އަލްވިން ބޭސް ގެނެސްދީފަ އޮފީހަށް ދިޔުމުން އާލިމާ އުޅުނީ އަލްޔާއަށް ސައި ދޭށެވެ.

އަލްޔާއަށް ސައިދީ ބޭސްދީ ހަދާފަ އާލިމާވެސް ދިޔައީ ބަދިގެއަށްް މެންދުރު ކައްކާށެވެ. އަލްޔާވެސް ސައިބޮއެ ހެދުމުން ގައިގަ ވަރު ޖެހުނު ނަމަވެސް ބޮލުގެ ރިއްސުމަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އެންމެފަހުން ފޫހި ވެގެން  އެފްބީއަށް ވަދެލި އިރު އޮތީ ހުސް މާއިންގެ މެސެޖް ތަކެވެ. މާއިން ދިރިއުޅުމުގެ އެހާ ބޮޑު ކަމެއް އަލްޔާ އާ ޝެއާ ކުރުމަށްފަހު އަލްޔާގެ ހަބަރެއް ނުވާތީ މާއިން ހީކުރީ އަލްޔާވެސް މާއިންދެކެ ފޫހި ވީ ކަމަށެވެ. އަލްޔާ އޮލްވި އިރަށް މާއިން މެސެންޖާއިން ގުޅާލިއެވެ.

“އަލް ކީއްވެ ހަބަރެއް ނުވެ ތިއުޅެނީ.. ކޮންމެ ދުވަހަކު މާއިން އޮލްވާއިރު ގުޑް މޯނިންގް ކިޔާފަ އިނދޭ… އެކަމް މިއަދު ބަހެއްވެސް ނުކިޔާ…” ފުރަތަމަވެސް މާއިން ކޮއްލީ ޝަކުވާއެވެ.

“އެހެނެއްނޫނޭ މާއިން އަސްލު އަލް މިއަދު ހޭލި އިރު ކުޑަކޮށް ބަލިވެ އުޅޭތީ އޮލް ނުވެވުނީ އޭ..”

އަލްޔާގެ އެ ބަލި ބަލި އަޑު ކަންފަތުގަ ޖެހުމާއެކު އަލްޔާ އުޅެނީ ބަލިވެކަން މާއިން އަށްވެސް ދެނެގަނެވުނެވެ.

“ކިހިނެތްވީ އަނެއްކާ؟ ބޭސް ކައިފިންތަ؟” އޯގާތެރިކަމާއެކު މާއިން އަހާލިއެވެ.

“ހޫމްމ.. އަލް ބޭސް ކައިފިން..ރޭގަ ވާރެޔާ ތެމުނީމަ ހުންއައީ މާބޮޑު ކަމެއް ނުވޭ…” އަލްޔާ ބުނެލިއެވެ.

” އަލްވެސް ތީ ވާރެޔާ ހެދި މޮޔަވާ ކުއްޖެއްދޯ..” މާއިން ސަމާސަ ކޮއްލިއެވެ.

“ދެން އަޅެ ކާކުތަ ވާރޭ ދެކެ ފޫހިވާނީ.. ކިހާ ހިތްގައިމުތަ ވާރޭ ވެހޭއިރު…” އަލްޔާ ބުނެލިގޮތް ލޯބި ކަމުން މާއިން ގާތަށް ހިނިވެސް އައެވެ.

“މާއިން ވަރަށް އެހެން ކަހަލަ ވާހަކައެއް ބުނަންތަ؟ އެކަމް މިހެން ބުނީމާ މާއިން އާ ދޭތެރޭ ގޯސްކޮށް ނުުވިސްނައްޗޭ… ހިތުގަ ނުބާއްވާ އަލްއާ ޝެއާ ކޮއްލަނީ ހަމަ އައިޑިއާ ލިބޭތޯ…” މާއިން ވަރަށް ވިސްނާލާފަ ބުނެލިއެވެ.

“ޔާ އޮފްކޯޒް.. އަލް ނުވިސްނާނަމޭ ނުބައިކޮށެއް..” އަލްޔާ ބުނެލުމުން މާއިން އޭނަގެ ވާހަކައާގެން ކުރިޔަށް ދިޔައެވެ.

“ބައްޕަ ނިޔާވީމަ އުޅެމުންދިޔަ އެޕާޓްމެންޓް ޗޭންޖްކޮއްލީ އެތާ ކުލި ތަންކޮޅެއް ބޮޑު ވީމަ. ދެން މިހާރު މިއުޅޭގޭ ކުރިމަތީ ހުންނަ އެޕާޓްމެންޓްގަ އުޅޭ މާއިން ވަރަށް ލޯބިވާ ކުއްޖެއް… ފުރަތަމަ ނަޒަރުން މާއިންއަށް އެކުއްޖާ ދެކެ ލޯބިވެވުނީ… މާއިން އަކީ ދުވަހަކު އަންހެންކުއްޖަކާ ދޭތެރޭ އެފަދަ ނަޒަރަކުން ދެކުނު މީހެއްވެސް ނޫން… އެކަމް ފުރަތަމަ ފެނިލުމުންވެސް އެ ސޫރަ ހިތުގަ ބިންވަޅު ނެގުނު… އެކުއްޖާ ގިނަ ވަގުތު ބެލްކަނީގަ ހޭދަ ކުރާތީ މާއިންވެސް ވަރައް ހުންނަށް ބެލްކަނީގަ ބަލަން… މާއިން ބެލްކަނީގަ ހުންނައިރު ވަރަށް ރީއްޗަށް އެކުއްޖާގެ ބެލްކަނި ފެނޭ… އެކަމް މާއިން އަށް ފަހުން އިނގުނީ އެއީ މާއިންގެ ބޮސްގެ އަންހެނުންކަން… ވަރަށް ދެރަވި އެ ހަނދާން ފޮހެލެވޭތޯ ވަރަށް މަސައްކަތް ކުރަން އެކަމް ނޭންގެ މާއިން އަށް ވާގޮތެއް.. ހަމަ ހިތް އެދެނީ އެ ސޫރަ ދެކިލަން… ހިތާ ދެކޮޅަށްވެސް ބެލްކަނީގަ އެ ކުއްޖާގެ ހަރަކާތް ތަކަށް ބަލަން މާއިން އަށް ހުރެވޭ… އަލް ޕްލީޒް ހެލްޕް މީ… އައި ޑޯންޓް ނޯ ވަޓް ޓްޑޫ…” މާއިންގެ ވާހަކަ ނިމުނު އިރު އަލްޔާ އިނީ ފާޑަކަށް ގަނބުވެފައެވެ. އަނެއްކާ މާއިން އަކީ ބެލްކަނީގަ އަލްޔާއަށް ބަލަން ހުންނަ ޒުވާނާބާއޭ އަލްޔާ ހިތައްއެރިއެވެ.

❤ ނުނިމޭ  ❤

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

ހުވަފެން (10)

Next

އިންތިޒާރުގައި ހުރިން (10)

Next
March 6, 2017

އިންތިޒާރުގައި ހުރިން (10)

Previews
March 6, 2017

ހުވަފެން (10)

38 Comments!

  1. ❤️ Mimmi ❤️ says:
    March 6, 2017 at 11:51 am

    As i said mi story akee kurin Esfiyaiga publish kuri My first story. Kudhi kudhi chnges thakaa eku alun mi ID in mi upkurany.. First episode https://www.esfiya.com/25865/ . Enjoy Reading. Dailykoh mi story upkohdheynan In sha Allah ❤

  2. shelly says:
    March 6, 2017 at 12:20 pm

    mi first dhw .. varah reethi

    1. ❤️ Mimmi ❤️ says:
      March 6, 2017 at 3:34 pm

      Thankx shelly ❤️

  3. Saandy says:
    March 6, 2017 at 12:29 pm

    ވަރަށް ރީތި… ސާންޑީއަށް ހީވަނީ މާއިންއަށް ހީވީ ކަންނޭނގެ އަލްވިންއަކީ އަލްޔާގެ ފިރިމީހާ ކަމަށް… 3ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ

    1. ❤️ Mimmi ❤️ says:
      March 6, 2017 at 3:36 pm

      Thankx saandy. ❤️ And Finally dhw ? You know what i mean ?

  4. shaai says:
    March 6, 2017 at 12:40 pm

    V nice vaane hen hiyve.
    Daily koh up kohdheynamey bunima v ufaa vehjje. Keep it up…. mimmi.
    ????

    1. ❤️ Mimmi ❤️ says:
      March 6, 2017 at 3:45 pm

      Thankx Shaai ❤️

  5. Xoa says:
    March 6, 2017 at 12:54 pm

    Nice. Waiting for the next part.

    1. ❤️ Mimmi ❤️ says:
      March 6, 2017 at 3:46 pm

      Thankx Xoa❤️

  6. yus says:
    March 6, 2017 at 12:57 pm

    Varah reethi

    1. ❤️ Mimmi ❤️ says:
      March 6, 2017 at 3:46 pm

      Thankx yus ❤️

  7. Xeesha says:
    March 6, 2017 at 1:21 pm

    Nice.. BT ebain rangalhu kollan jehey Thankolheh.. Sai dheynshekey nukiyaane..aee kuh gotheh.. Sai dheyshey kiyaany.. Kiyamun dhiyairu alhaigathymaa bunely.. Alhugandu menge dhivehi mudharris v ginain bunaane e kuh rangalhu kuran.. Anyways keep up the good work.

    1. ❤️ Mimmi ❤️ says:
      March 6, 2017 at 3:56 pm

      Thankx Xeesha ❤️

  8. Ss says:
    March 6, 2017 at 1:44 pm

    Liumuge kuh v gina but stroy v nice vanehen heevanee gd keep it up den faharakun rangalhu kohlaathi …….

    1. ❤️ Mimmi ❤️ says:
      March 6, 2017 at 4:04 pm

      Thankx Ss. Aslu recheck kohnulaa upkohlevunyma ae.. next part thakuga ebai rangalhukohlaanan ❤️

  9. Afoo says:
    March 6, 2017 at 1:50 pm

    V v v v nice mibaivex .

    1. ❤️ Mimmi ❤️ says:
      March 6, 2017 at 4:04 pm

      Thankx Afoo ❤️

  10. haw shia shaba shi r says:
    March 6, 2017 at 2:01 pm

    Mashaa Allah v v reethi vaanehen heevey,plx up daily

    1. ❤️ Mimmi ❤️ says:
      March 6, 2017 at 4:05 pm

      Thankx Haw ❤️

  11. Maahy ❤ says:
    March 6, 2017 at 2:02 pm

    Maahy emme furathama mi part genesdheny iru hurihaa part eh kin fahun aissa vaahaka up nukurey ehnve hury v sad vefa ? dhn mihaaru anehkaa vaahaka up kuran fettyma v happy vejje ☺ dis story is awesom ? I Lurw this story ❤❤❤

    1. ❤️ Mimmi ❤️ says:
      March 6, 2017 at 4:06 pm

      Thankx maahy ❤️

  12. irooo says:
    March 6, 2017 at 3:36 pm

    kobatha funloabi stry

    1. ❤️ Mimmi ❤️ says:
      March 6, 2017 at 4:08 pm

      Fun loabi story ge part 2 up kuran fashaany Aprilga. Mi story aky kurin genesdheefa in story akah v ma upkohlanee alun.

  13. Lovely girl says:
    March 6, 2017 at 4:35 pm

    Woooow…
    No words mimmi mi vaahaka start kohfa in goi varah reethi I think this one will be more beautiful than the last one
    I mean I think ur improving

    1. ❤️ Mimmi ❤️ says:
      March 8, 2017 at 2:05 am

      Thankx Lovely girl ❤️

  14. Kitty? says:
    March 6, 2017 at 4:52 pm

    Woww…stry vrh reethi.. waiting fr nxt prt.. plxx upload nxt part soon

    1. ❤️ Mimmi ❤️ says:
      March 8, 2017 at 2:07 am

      Thankx Kitty❤️

  15. Mifu says:
    March 6, 2017 at 5:46 pm

    Vara reethi mi story ves next part avaha up kolachey

    1. ❤️ Mimmi ❤️ says:
      March 8, 2017 at 2:08 am

      Thankx Mifu ❤️

  16. kia says:
    March 6, 2017 at 9:06 pm

    daily up kohdhecheyy …… mi story vara salhi

    1. ❤️ Mimmi ❤️ says:
      March 8, 2017 at 2:09 am

      Thankx Kia ❤️

  17. Niyer says:
    March 7, 2017 at 12:29 am

    Saikaleh Park kohfa eh noannaane. Park kohfa hunnaanee. Car pickup fadha echchehi Park kohfa onnaanee.

    1. ❤️ Mimmi ❤️ says:
      March 8, 2017 at 2:10 am

      Thankx ❤️

  18. Khadheeja says:
    March 7, 2017 at 7:40 am

    Mi Story esfiya saittun V dhurah kiyaafa huree ekam mihaaru mi story mihuree 2 paat meeham aheren esfiyain kee story meekihneh mivee alun mi genes dheneetha mimmi

    1. ❤️ Mimmi ❤️ says:
      March 8, 2017 at 2:11 am

      Yah kurin genesdhinin.. Mi first stoy ❤️

  19. Neen says:
    March 7, 2017 at 4:53 pm

    wowww,…. vvv reethi…. knirakun nxt prt?

    1. ❤️ Mimmi ❤️ says:
      March 8, 2017 at 2:12 am

      Thankx Neen❤️

  20. Faathee says:
    March 13, 2017 at 10:35 am

    Wow. Speechless . Vara reethi

Comments are closed.


All Right Reserved!