Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް (15 ވަނަަ ބައި)

Liaa
March 4, 2017
6 Mins Read
56 Views
44 Comments

“އަހަރެން ދެކުނީމޭ ޝުބާ އަތިރިމައްޗާ ދިމާލުން އައިސް ގޭގެ ފުރާޅަށް އަރާތަން..” ރޫޝިން އެހެން ބުނެލުމުން ސިހިފައި އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އޭނާއަށް އެއީ އަހަރެން ކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހުރީވެސް މޫނު ނިވާކޮށްގެން ވިއްޔާއެވެ. ހަދާނެގޮތް ހުސްވެފައި އަހަރެން ރޫޝިންއާ ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ.

“ބުނޭ.. ކޮންތާކުން ތިއައީ؟ އެވެސް މިއޮއް ދަންވަރު ގަޑީގަ.. އަނެއްކާ.. ތީ..ތީ ވަގެއްތަ؟ ތަނަކުން ވައްކަންކޮށްގެންތަ ތިއައީ؟” ހިނދެއް ހިނދަކަށް ރޫޝިންގެ އަޑު ބާރުވަމުން ދިޔައެވެ. ބައްޕަމެން މީހަކު ހޭލަފާނެތީ އަހަރެން ހުރީ ނުލާހިކު ބިރުންނެވެ.

“ޝިން.. ޕްލީސް.. ޝްޝްޝް..” އަހަރެން ކަންބޮޑުވެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލަމުން އަޑުމަޑު ކުރުމަށް ބުނީމެވެ.

“އަހަރެން ކިހިނެއް އަޑު މަޑުކުރާނީ؟ މިއޮއްފަދަ ދަންވަރު ޝުބާ ތިއައީ ކޮންތާކުންކަމެއްވެސް ނޭނގެ.. އަހަރެން ހީކުރީ ތީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށް..” ރޫޝިން ކުރިއަށްވުރެ ވެސް ބާރަށް ވާހަކަ ދެއްކިއެވެ. އަހަރެން އެވަގުތު އޭނާގެ އަތުގެ މުލައްދަނޑީގައި ހިފީމެވެ. އަދި ދަމަމުން ކަހަލަ ގޮތަކަށް އޭނާ ގެނެސް އަހަރެންގެ ކޮޓަރިއަށް ވެއްދުމަށްފަހު ދޮރު ތަޅުލީމެވެ.

“ތިޔޯ؟ އަދިވެސް އެންމެންނަށް މިކަންތައް ސިއްރުކުރަންވީދޯ؟ ހާދަ ބިރަކުންނޭ ތިއުޅެނީ؟ ތިހާ ބިރުން އުޅޭ މީހަކު ކީއްކުރަން މިކަހަލަ ގަޑީގަ ބޭރަށް ދަނީ؟” ހުއްޓުމެއް ނެތި ރޫޝިންގެ ސުވާލުތަށް އަމާޒުވަމުން ދިއުމާއެކު އަހަރެން ހުރީ ބޯގޮވާވަރު ވެފައެވެ.

“ޝިން..ޕްލީސް.. މިތާ އިށީންދެ ހަމަޖެހެބަލަ އިހަށް..” އަހަރެން ރޫޝިންގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދީމެވެ. އެއަށްފަހު އޭނާގެ ކުރިމައްޗަށް ވާގޮތަށް ހުއްޓުނީމެވެ.

“ޝިންއަށް ކިހިނެއް އެނގުނީ އެއީ އަހަރެންކަމެއް؟ އަދި ޝިން މިއޮށް ފަދަ ގަޑީގަ ބޭރުގަ ކީއްކުރީ؟” އަހަރެން އުނަގަނޑުގައި ދެއަތް ވިއްދާލަމުން އަހާލީމެވެ. އެއާއެކު އޭނާ ހިމޭންވިއެވެ. އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

“ޝުބީގެ ދޮންބެ މާ ބާރަށް ފޯނުން ވާހަކަ ދައްކާތީ އަހަންނަށް ނުނިދިގެން ސާފު ވައިކޮޅެއް ހޯދުމުގެ ބޭނުމުގަ ނިކުތީ..” އޭނާ ހަމަޖެހެން މަސައްކަތްކުރަމުން ބުނެލިއެވެ. އަހަރެން ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރީމެވެ.

“ތީ އަހަރެން ކުރި އެއް ސުވާލުގެ ޖަވާބު.. ކޮބާ އަނެއް ސުވާލުގެ ޖަވާބު؟ ޝިންއަށް ކިހިނެއްހޭ އެނގުނީ އެއީ އަހަރެން ކަމެއް؟” އަހަރެން ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލީމެވެ.

“އަހަރެންތަ އަދިވެސްވީ ޝުބީގެ ސުވާލުތަކަށް ޖަވާބުދޭން؟ އަހަރެން ދޯ ފުރަތަމަ ސުވާލުކުރީ؟ ޝުބީ ތިއައީ ކޮންތާކުންހޭ؟” ރޫޝިންގެ އަޑު އަނެއްކާވެސް ބާރުވާން ފެށިއެވެ. އޭނާގެ އަޑުން އެހުރީ ވަރަށް ކަންބޮޑުވެފައިކަން އަހަންނަށް އެނގުނެވެ. އޭނާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އަނެއްކާވެސް އަހަންނަށް ހުރެވުނީ ފާޑަކަށް ގަބުވެފައެވެ. މިވަގުތު އަހަރެންގެ ސިކުނޑިވެސް ރަނގަޅަށް މަސައްކަތްކުރަނީކީ ނޫން ވިއްޔާއެވެ.

“ނުދޭނަންދޯ ޖަވާބެއް؟ ތީ ހަމަ މިއުޅޭ އަންހެން ކުދިންގެ ވައްތަރޭ.. ރޭގަނޑު އެންމެން ނިދީމަ ގޭ އެންމެންނާ ސިއްރުން ބޭރަށް ގޮސް، ޑްރަގް ބޭނުންކޮށް، ފާޑުފާޑުގެ ފިރިހެނުންގެ ތަންމަތި ފަޅު ފިލުވައިދީ..” އަހަންނަށް ކެތްކުރެވުނީ އޭނާ އެހާ ހިސާބަށް ބުނި ތަނާއެވެ. ބާރު އަޑުން އަހަރެން “ރޫޝިން!” އޭ ކިޔައި ގޮވާލީމެވެ. އެއާއެކު އޭނާ ހިމޭންވި ނަމަވެސް އަހަންނާ ދިމާއަށް ބަލަން ހުރީ ދެބުމަ ގޮށް ޖަހައިގެންނެވެ. އަހަރެންވެސް ހުރީ ރުޅިއައިސް ދެރަވެސް ވެފައެވެ. އޭނާ އަހަރެންގެ ބޮލުގައި އަޅުވަމުން އެދަނީ ކޮންފަދަ އިލްޒާމް ތަކެއް ހެއްޔެވެ؟

“ތީ އަހަރެން ދުވަހަކުވެސް އުޅުނު ގޮތެއް ނޫނޭ ޝިން! އަހަރެންގެ ބޮލުގަ ޝިން ތިފަދަ އިލްޒާމްތަކެއް އެޅުވީތީވެސް ދެރަވެއްޖެ!” އަހަރެން ރުޅިމަޑުކުރަން މަސައްކަތްކުރަމުން ވާހަކަދެއްކީމެވެ. ނަމަވެސް އޭނާގެ މޫނުމަތިން އޭނާ އަހަރެން ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާކަން ދޭހަވިއެވެ. މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން އޭނާ ވާހަކަދެއްކިއެވެ.

“އަހަރެން މިދަނީ މިގޭ އެންމެންނަށް ޝުބާގެ ހަގީގަތް އަންގަން.. ހީނުކުރާތި އަހަރެން އަނގަ ބަންދުކޮށްގެން ހުންނާނެއޭ!” އެނދުން ތެދުވެ އަހަންނާ ދިމާއަށް ޝަހާދަތް އިނގިލި ދިށްކުރަމުން އޭނާ ވާހަކަދެއްކިއެވެ. އަދި ކޮޓަރިން ނިކުތުމަށްޓަކާ ދޮރާ ދިމާއަށް މިސްރާބުޖެހިއެވެ. ހަދަންވީގޮތް އަހަންނަށް ވިސްނައިގަނެވުނީ ދެނެވެ. އަވަސް ހަރަކާތާއެކު އަހަރެން އެޖެންސީއަށް ގެންދާ ދަބަހުން ސިރިންޖެއް ފާޑެއްގެ އެއްޗެއް ނެގީމެވެ. އޭގައި ހުރި ފެހި ކުލައިގެ ދިޔައަށް އަވަސް ނަޒަރެއް ދިނުމަށްފަހު އަހަރެން ރޫޝިންއާ ދިމާއަށް ދިޔައީމެވެ. އޭނާ ދޮރުގެ ތަޅުގައި ހިފަހިފާ ހުއްޓާ އަހަރެން އޭނާގެ ބުރަކައްޓަށް އެ ސިރިންޖު ހަރާލީމެވެ. އަދި އޭގައިވާ ދިޔަތައް އޭނާގެ ހަށިގަނޑަށް ފޮނުވާލީމެވެ. ރޫޝިން ކުޑަ ހަޅޭކަކާއެކު އަހަންނާ ދިމާއަށް އެނބުރުނު ވަގުތު އޭނާގެ ކަޅި މައްޗަށް އަރައިފައިވާތަން އަހަންނަށް ފެނުނެވެ. މަޑުމަޑުން އޭނާގެ ހަރަކާތް ހުސްވަމުން ގޮސް ތަޅުންގަނޑު މައްޗަށް ދެމުމާއެކު އަހަރެން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލީމެވެ.

“އައިމް ސޮރީ ޝިން… ބަޓް އައި ހޭވް ޓު ޑޫ ދިސް..” އަހަރެން ތަޅުންގަނޑު މަތީގައި އޮތް ރޫޝިންއަށް ބަލާލަމުން ބުނެލީ ވައި އަޑުންނެވެ.

** **

އޭސީގެ ފިނި މުޅި ތަނުގައި ހިފާލާފައިވީއިރު މޭޒުމަތީގައި ބަހައްޓާފައިވާ ލެޕްޓޮޕަށް ބަލަހައްޓައިގެން މާޒް އިނެވެ. ކައިރީގައިވާ ކޮފީތަށިން އިރުއިރުކޮޅާ އެތި ފޮދެއް ބޯލާއިރު އޭނާ އެހުރީ ވަރުބަލިވެފައިކަން ދޭހަވެއެވެ. ކޮފީގެ ވަސް ކޮންމެވެސް ވަރަކަށް އެތަނުގައި ހިފާލާފައިވީއިރު އަހަންނަށްވެސް ބަނޑުހައިކަން އިހުސާސްކުރެވެމުން ދިޔައެވެ. މާޒްގެ ކައިރީގައި ހުރި ގޮނޑީގައި އަހަރެން އިންއިރު އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައިވާ ބިއްލޫރި ބިތަށެވެ. އެތެރޭގައިވާ އެނދުގައި ރޫޝިން ބާއްވާފައިވީއިރު އޭނާގެ އެއްވެސް ހޭވެރިކަމެއް ނެތެވެ.

ކުއްލިއަކަށް އެތަނުގެ ދޮރު ކެހިގަތް އަޑަށް އަހަރެން އެނބުރި ދޮރާ ދިމާއަށް ބަލާލީމެވެ. އޭރު އާރިފް ސާރ އާ އަރޫން އެތެރެއަށް ވަދެގެން އާދެއެވެ.

“މީ ކިހިނެއްވީކަމެއް؟” އާރިފް ސާރަގެ ހަރުކަށި އަޑުން މުޅިތަނުގެ ހިމޭންކަން ނަގައިލިހިނދު އަހަންނަށް ދެލޯ މަރާލެވުނެވެ. ސާރ އެހުރީ އަހަރެން ދެކެ ވަރަށް ރުޅިއައިސްފައިކަން ޔަޤީނެވެ. ސާރ އަހަންނާ ދިމާއަށް އަންނަން ފެށުމާއެކު އަހަރެން އިންތަނުން ތެދުވީމެވެ.

“ސާރ.. އައިމް ސޮރީ..” އިސްޖަހާލަމުން އަހަރެން ބުނެލީމެވެ. އާރިފް ސާރގެ ދެއަތް މުއްކެވިފައިވީއިރު އެ ވަރުގަދަ ދެބުމަ ގޮށްޖެހިފައިވިއެވެ.

“މާޒް.. މިހާރު ހޯދިއްޖެތަ އޭނައާ ބެހޭ ހުރިހާ މައުލޫމާތެއް؟” އަހަރެންނަށް ސަމާލުކަމެއް ނުދީ ސާރ ވާހަކަދެއްކީ މާޒްއާއެވެ. މާޒް ސާރ އާ ދިމާއަށް އެނބުރެލިއެވެ.

“އަޅުގަނޑަށް ހޯދުނު މައުލޫމާތުތައް މިހުރީ.. މީނާގެ ނަމަކީ ރޫޝިން އަލީ ވަހީދު..އުމުރަކީ ވިހި.. އޭނަގެ މަންމައާ ބައްޕަ ދިރިއުޅެނީ އިންޑިޔާގައި ކަމަށް މައުލޫމާތު ލިބެނީ.. އެންމެ ކުޑައިރުއްސުރެ އޭނަ އުޅެމުން އައީ ބޮޑުބޭބެއެއް ކައިރީގަ މާލޭގަ.. އަމިއްލަ މައިންބަފައިން އޭނަ ބޮޑުބޭބެ ކައިރީ ބަހައްޓާފަ ދިޔަ ސަބަބެއް އެކަމު ނޭނގޭ..” މާޒް ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެ އެއްފައްޗަކަށް ކިޔާލިއެވެ. އެއާއެކު އާރިފް ސާރ އޭނާގެ އެއް އަތުން ދަތް ދޮޅީގައި ފިރުމާލިއެވެ. މާޒް އެކީ މަޢުލޫމާތުގެ ސަބަބުން އަހަންނަށް ލިބުނީ ހައިރާންކަމެކެވެ. ރޫޝިންގެ ބައްޕަ ވީ ނިޔާވެފައެއް ނޫން ހެއްޔެވެ؟ ނަމަވެސް އާރިފް ސާރ އަހަރެން ދެކެ ހިތްހަމަނުޖެހިފައި ހުރުމުގެ ސަބަބުން އަހަންނަށް އެވަގުތު އެއްޗެއް ބުނާކަށް ނުކެރުނެވެ.

“އޭނަގެ ބްލަޑް ސާންޕަލް ޓެސްޓު ކުރަން ދީފިންތަ؟” މިފަހަރުވެސް އާރިފް ސާރ ސުވާލުކުރީ މާޒްއާއެވެ.

“ޔެސް.. ރިޒާމް އެކަމުގަ އެބައުޅޭ..” މާޒް ބުނެލިއެވެ.

“އޯކޭ.. އަދިވެސް އޭނައާ ބެހޭ އިތުރު އެއްޗެއް ހޯދޭތޯ މަސައްކަތްކުރޭ.. އޭނަ ހޭއެރީމަ އަހަންނަށް އަންގާތި..” އާރިފް ސާރ އެހެން ބުނުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އަހަރެން އެއްއަތުން އަނެއް އަތުގެ އުޅަނބޮށީގައި ހިފަހައްޓާލީމެވެ. އަދި އަރޫންގެ މޫނަށް ބަލާލީމެވެ. އާރިފް ސާރ އަހަރެން އެޖެންސީއިން ވަކިކޮށްފާނެތީ އޭރު އަހަރެން ހުރީ ބިރުންނެވެ.

“ޝުބް.. އަސްލު ކިހިނެއްތަ ވީ؟” އަރޫން އެތަނުގައި ބަހައްޓާފައިވާ ސޯފާގައި އިށީންނަމުން އަހާލިއެވެ. ލެޕްޓޮޕުގެ ކީބޯޑަށް ހަލުވިކަމާއެކު ފިތަމުން ދިޔަ މާޒްއަށް ބަލާލުމަށްފަހު އަހަރެން ގޮސް އަރޫން ގާތުގައި އިށީނީމެވެ.

“އަހަންނަކަށް ނޭނގެ.. އަަހަރެން ގެއަށް ދިޔައިރުވެސް ހުރީ މޫނު ނިވާކޮށްގެން ވިއްޔަ.. ދެން އޭނައަށް އެނގެންވީ ކިހިނެއް؟” އަހަރެން ދެރަވެފައި ބުނެލީމެވެ.

“އޭ.. ދެން ތިހާ ކަޑަވާ އެއްޗެއް ނޫނޭ ޝުބް.. އޭނަ ހޭއެރީމަ ވީގޮތް އޮޅުންފިލާފާނެއްނު؟ އެހާ ހާސްނުވެބަލަ..” އަރޫން އަހަރެންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.

“ހާސްވާނެދޯ.. ސާރ އަހަރެން އެޖެންސީއިން ބޭރުކޮށްލާފިއްޔާ ކިހިނެއް ހަދާނީ؟” އަހަރެން ކަންބޮޑުވެ އިނދެ ސުވާލުކޮށްލީމެވެ.

“ޝުބް ހާސްނުވޭ.. ސާރ ޝުބްއެއް ބޭރެއް ނުކުރާނެ.. އެއީ ޝާކިންގެ ކަންތައް އިތުރަށް ހޯދުމަށްވެސް ޝުބްގެ އެހީ ބޭނުންވާނެ..” ލެޕްޓޮޕު ދޮށުގައި އިން މާޒް ސްކްރީނުން ނަޒަރު ވަކިކޮށްލުމެއް ނެތި ބުނެލިއެވެ. އަހަރެން ވިސްނާލީމެވެ. މާޒް އެބުނީ ތެދެކެވެ. އަހަންނާ ނުލާ ސާރމެންނަށް ޝާކިންގެ ހަޤީޤަތް ހޯދުން ވާނީ އުނދަގޫ ކަމަކަށެވެ.

އިރުކޮޅެއް ނުވެ އަވަަސް ފިޔަވަޅުތަކަކާއެކު އެތަނަށް ރިޒާމް ވަދެގެން އައެވެ. އޭނާގެ އަތުގައި ގަނޑުތަކެއް ވީއިރު އެއަށް ބަލަހައްޓައިގެން ހުރެ އަހަރެމެން ކައިރިއަށް އައިސް މަޑުކޮށްލިއެވެ.

“އޭނަގެ އެއްވެސް މައްސަލައެއް އަނެއްހެން ނެތް..” ރިޒާމް ގަނޑުތައް މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ. ލޮލުގައި އަަޅާފައިވާ ނަންބަރު އައިނު ނަގައި ބޮލުގައި އަޅުވާލުމަށްފަހު އޭނާ އައިސް އަހަަރެމެން ގާތު އިށީނެވެ. އެއަށްފަހު އަތުކުރީގައި އަޅާފައިވާ ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ.

“އޭނަ ހޭއަރަން ކައިރިވެއްޖެ.. މާސްކު އަޅައިގެން ތިބުން ބުއްދިވެރީ..” ރިޒާމް އެހެން ބުނުމަށްފަހު އޭނާގެ މާސްކު ނަގައި ބޮލުގައި އަޅުވާލިއެވެ. އަހަރެންނާ މާޒް އަދި އަރޫންވެސް އެފަދައިން ކަންތައް ކުރީމެވެ. ރޫޝިން ހޭއެރުމުން ވާނެ ގޮތެއް ނޭނގޭތީ އަހަރެންގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ.

“އޭނަ މީހުން ކައިރީ ކިޔައިފިއްޔާ ވަރަށް ސަކަރާތް ވާނެ ދޯ؟ ޝުބް އޭރުން ޖެހޭނީ އެޖެންސީއިން ވަކިވާންހެން އަހަންނަށް ހީވަނީ..” ރިޒާމް އޭނާގެ ނިތްކުރިމަތީގައި އަތް ހާކާލަމުން ބުނެލިއެވެ. އެވަގުތު އަހަރެންގެ ހިތްވަރު އެލިގެން ދިޔަ ކަހަލައެވެ.

“ނީންނާނެތަ އޭނާގެ ހަނދާން ނައްތާލެވޭނެ ކަހަލަ ގޮތެއް؟” އަހަރެން އަވަސް އަވަހަށް އަހާލީމެވެ. ރޫޝިން އަހަރެންގެ އެއްވެސް ކަމެއް ހަނދާން ނެތިއްޖެ ކަމުގައިވާނަމަ ހުރިހާ ކަމެއް ދާނީ ރަނގަޅަށެވެ.

“ހުންނާނެ ބޭހެއް.. އެކަމަކު އެ ބޭސް ދީފިއްޔާ އޭނަ ހުރިހާ ކަމެއް އެއްކޮށް ހަނދާން ނެތުމަކީ އެކަށީގެންވާ ކަމެއް.. އަހަރެމެންނަކަށް އެހެނެއް ނުހެދޭނެެދޯ؟” ރިޒާމް ބުނެލިއެވެ. އަހަރެން މަޑުމަޑުން ދެއަތް ދެއަތާ މޮޑެމުން ގެންދިޔައީމެވެ. އިރުއިރުކޮޅާ އަހަންނަށް އެނދުގައި އޮތް ރޫޝިންއާ ދިމާއަށް ބަލައިލެވެއެވެ.

އަހަރެމެން މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ރޫޝިންގެ ހަށިގަނޑަށް އައި ކުޑަ ހަރަކާތާއެކު އޭނާ ފުންމައިގެން ތެދުވިއެވެ. ހައިރާންވެ ހުރެ އޭނާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަމުން ދިޔައެވެ. މާޒް ވަގުތުން ސާރ އަށް ގުޅައި ރޫޝިން ހޭއެރިކަން އެންގިއެވެ. އަހަންނާ މާޒް، އަދި އަރޫންއާ ރިޒާމް ގޮސް ބިއްލޫރިގަނޑުގެ ކައިރީގައި ހުއްޓި ރޫޝިންގެ ހަރަކާތްތަކަށް ބަލަމުން ދިޔައީމެވެ. އޭރު އޭނާ މަޑުމަޑުން ހިނގާފައި އައިސް ބިއްލޫރިގަނޑުގެ އަނެއް ފަރާތުގައި މަޑުކޮށްލަނީއެވެ.

“އަހަރެން މިހުރީ ކޮންތާކު؟” ރޫޝިން އެހެން އަހާލިއިރު އެއަޑުގައި ކަންބޮޑުވުމާއި ބިރުވެރިކަން އެކުލެވިފައިވިއެވެ. އަހަރެމެން ތެރެއިން އެއްވެސް މީހަކު އެ ސުވާލަށް ޖަވާބު ނުދިނުމުން އޭނާ ފަހަރަކު މީހެއްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ބަލާލީ އަހަރެންގެ ދެލޮލަށެވެ. އަހަރެންގެ ބޮލުން ފެށިގެން ފަޔަށް އޭނާ ނަޒަރު ހިންގާލިއިރު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަނެއްކާ އޭނާއަށް މިހާރުވެސް މިއީ އަހަރެންކަން ފާހަގަވީ ހެއްޔެވެ؟

“ޝުބާ..” އެތަށް އިރަކު އަހަރެންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ރޫޝިން ބުނެލީ ދަތްކުނޑި ވިކާލަމުންނެވެ. އެއާއެކު އަހަންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެން އެންމެންވެސް ތިބީ ހައިރާންވެފައިކަން އެމީހުން އަހަންނަށް ބަލަމުން ދިޔަ ގޮތުން އަހަންނަށް އެނގުނެވެ.  އޭނާއަށް އެހާ ފަސޭހައިން އަހަރެން ފާހަގަކުރަން އެނގެނީ ކިހިނެއް ހެއްޔެވެ؟

ދޮރު ކެހުނު އަޑަށް އަހަރެން ފަހަތަށް އެނބުރި ބަލާލީމެވެ. އޭރު އާރިފް ސާރ ހަރުކޮށް ހިނގާފައި މި ދިމާއަށް އަންނަތަން ފެނުނެވެ. ސާރ ވެސް ހުރީ ބޮލުގައި މާސްކު އަޅައިގެންނެވެ.

“ޝުބާ! މީ ކޮންތަނެއްހޭ އަހަރެން މިއަހަނީ؟ އަހަންނަށް ހަގީގަތް އެނގުނީމަ ތިއުޅެނީ އަހަރެންގެ ދުވަސް ދުއްވާލަންތަ؟” ރޫޝިން އަޑު ބާރުކުރަމުން އަހާލިއެވެ. އެއަޑުގައި ރުޅިވެރިކަމާއި ބިރުވެރިކަން އެކުލެވިފައިވިއެވެ.

“ޝުބާއާއޭ އަހަރެން މި ވާހަކަ ދައްކަނީ؟ މޫނުގައި ފާޑެއްގެ އެއްޗެއް އަޅައިގެން ހުއްޓަސް އަހަންނަށް އެނގެއޭ ތީ ޝުބާކަން.. ވާހަކަ ދައްކަން ބޭނުން ނެތިއްޔާ މައްސަލައެއް ނެތް.. އަހަރެން މަރާލިޔަސް މައްސަލައެއް ނެތް..” ރޫޝިން މޮޔަޔަކު ފަދައިން އޭނާ ހިތަށް އެރިހާ އެއްޗެއް ކިޔަމުން ދިޔައެވެ. އޭރު އާރިފް ސާރ ދެބުމަ ގޮށް ޖަހައިގެން ރޫޝިންއާ ދިމާއަށް ބަލަން ހުއްޓެވެ.

“ތީ އަނެއްކާ ޑްރަގް ޑީލް ކުރާ ބައެއްތަ؟ ވަރުގަދަ ބައެއްގެ އަތް ދަށުވެފަ އަހަރެން މިހުރީ..” ރޫޝިން ބުނެލިއެވެ. އެވަގުތު އަހަރެން އާރިފް ސާރއާ ދިމާއަށް އެނބުރެލީމެވެ.

“ސާރ.. އަހަރެން ބޭނުން އޭނައާ ވާހަކަ ދައްކަން.. އެލޯން..” އަހަރެން ބުނެލީމެވެ. ހީކުރިގޮތާ ޚިލާފަށް ސާރ އަހަރެންނާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި އަރޫންމެންނަށް އިޝާރާތެއް ދިނުމުން އެއެންމެން ބޭރަށް ދާން ހިނގައިގަތެވެ.

“ބަޓް މިތާ ހުރި ކެމެރާތަކުން ބެލޭނެ ދެމީހުން ދައްކާ ވާހަކަ..” އާރިފް ސާރ ހަމައެކަނި އަހަންނަށް އަޑުއިވޭވަރަށް ބުނެލިއެވެ. އަަހަރެން ބޯ ޖަހާލީމެވެ. އެއާއެކު ސާރ ވެސް އެތަނުން ނިކުމެގެން ދިޔައެވެ. އަހަންނާ ރޫޝިން އެތަނުގައި އެކަނި ވުމާއެކު އަހަރެން އަޅައިގެން ހުރި މާސްކު ބޮލުން ދަމައިގަތީމެވެ. އަދި އެއްވެސް އަސަރެއް ނެތް ގޮތަށް ރޫޝިންއާ ދިމާއަށް ބަލައިލީމެވެ. އޭނާއަށް އަހަރެންމީ ކާކުކަން އެނގޭއިރު މާސްކު އަޅައިގެން ހުރުމުގެ ބޭނުމެއް ނެތެއް ނޫން ހެއްޔެވެ؟

“ޝިން! އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދީ.. އެހެންނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ.. މިތާ ތިބޭ މީހުން އަތަށް ބަޑިއެއް ހެޔޮވަރުކޮށްލުމަށްފަހު ޝިން ގަޔަށް ޖެހުމަކީ ވެސް މާ ބޮޑު ކަމެއް ނޫން.. އެހެންވީމަ ބުއްދިވެރީ އަހަރެން ބުނާ ގޮތް ހެދުން..” އަހަރެން ހަރުކަށިކަމާއެކު ވާހަކަދެއްކީމެވެ. އެއާއެކު ރޫޝިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދެތިން ފަހަރަކު ހިންދިރުވާލަމުން ހަމަޖެހެން މަސައްކަތްކުރިއިރު އޭނާ ހުރީ ކުރިއަށްވުރެ ވެސް ބިރުގަނެފައިކަން ދޭހަވެއެވެ. ނަމަވެސް އޭނާގެ ކިބައިން އަހަރެން ބޭނުންވާ ޖަވާބުތައް ހޯދޭނީ ހަމައެކަނި އޭނާއަށް ބިރު ދައްކައިގެންކަން އަހަންނަށް އެނގުނެވެ.

“ފައިން..” ކުރިއަށްވުރެ މަޑުން ރޫޝިން ބުނެލި ނަމަވެސް އެއަޑުގައިވާ ރުޅިވެރިކަމަކަށް ބަދަލެއް ނާދެއެވެ.

“އަހަރެން މާސްކު އަޅައިފައި ހުންނައިރުވެސް ރޫޝިންއަށް އަހަރެން ފާހަގަކުރަން އެނގެނީ ކިހިނެއް؟” އަހަރެން ކުރިންވެސް ވާހަކަދެއްކި ހަރުކަށި ރާގުގައި އަހާލީމެވެ. އެއާއެކު އޭނާ އަަވަސްއަވަހަށް ދުރު ބަލާލިއެވެ. އެ ސުވާލުގެ ޖަވާބު އޭނައަށް އެނގުނު ނަމަވެސް އެ ޖަވާބު ދޭން ބޭނުންނުވާ ކަހަލައެވެ.

“ހަމަ އެނގުނީ..” ކުރުގޮތަކަށް އޭނާ ބުނެލިއެވެ. ނަމަވެސް އޭނާ އެހަދަނީ ދޮގުކަން އަހަންނަށް ޔަޤީންވިއެވެ. އަހަރެން ކިތަންމެ ވަރަކަށް އެހި ނަމަވެސް އޭނާ އެ ސުވާލަށް ތެދަށް ޖަވާބު ނުދޭނެކަން އަހަންނަށް އެނގުނެވެ.

“ހަމަ އެނގުނީ؟ ކޮންމެވެސް ގޮތަކުން ދޯ އެނގޭނީ؟ އަދިވެސް ތި މަސައްކަތްކުރަނީ ނުބުނަން ދޯ؟” އަހަރެން ރުޅިއައިސްފައި އަހާލީމެވެ. ރޫޝިންގެ ޖަވާބަކަށް ބެލުމެއްނެތި އަހަރެން އެތަނުގައި ހަރުކޮށްފައި ހުރި ކެމެރާއާ ދިމާއަށް އެނބުރެލީމެވެ. އާރިފް ސާރ ، އަރޫން، ރިޒާމް އަދި މާޒް މިހާރު ހުންނާނީ އަހަރެމެންގެ ހަރަކާތްތަކަށް ބަލަން ކަން އަހަންނަށް އެނގުނެވެ. އަަހަރެން ކެމެރާއާ ދިމާއަށް އިޝާރާތެއް ކޮށްލީމެވެ. އިރުކޮޅެއް ނުވެ އެތަން ތެރެއަށް އަރޫން ވަދެގެން އައެވެ.

“ހިނގާ މީނަ ގަޔަށް ލައި ޑިޓެކްޓާރ ގުޅަން..” އަހަރެން އަރޫންއަށް ބަލާލަމުން ބުނެލީމެވެ. އެއާއެކު ރޫޝިންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާންފެށިއެވެ. އެއޮށް ފިނިތަނުގައި ހުރިއިރުވެސް އެ ނިތްކުރިމަތިން އޮށްދާ ހިއްލަމުން ދިޔަތަން އަހަންނަށް ފެނުނެވެ. ރޫޝިން އެހާ ވަރުން އެ ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟

(ނުނިމޭ)

31
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އިންތިޒާރުގައި ހުރިން (9)

Next

ބިދޭސީ

Next
March 4, 2017

ބިދޭސީ

Previews
March 4, 2017

އިންތިޒާރުގައި ހުރިން (9)

44 Comments

  1. XaRee says:
    March 4, 2017 at 11:13 am

    Not bad… thankolheh vaahaka dhigukohladheebala plx

  2. Lovely girl says:
    March 4, 2017 at 11:17 am

    Aaaaaaah
    Its so beautiful I love it
    Waiting for next part

  3. Vaahaka kiyaa kujja says:
    March 4, 2017 at 12:14 pm

    Who is he

  4. Shinnu says:
    March 4, 2017 at 12:26 pm

    V salhi
    Waiting for next part

  5. Addu manje says:
    March 4, 2017 at 12:33 pm

    Varah reethi.. kon iraku nxt part??

  6. milly says:
    March 4, 2017 at 2:38 pm

    mihaaru vara intresting.. please next part avaha up kohla dheebala.. please

  7. Same says:
    March 4, 2017 at 2:47 pm

    Next pert avahah up kohdhechcheyy plxxxx

  8. Aif says:
    March 4, 2017 at 3:04 pm

    Varah salhi.. Keep it up ! ?

  9. princess says:
    March 4, 2017 at 3:17 pm

    Wow so nice than kolheh avahah next part genes dehchey adi digukoh i love this story

  10. fazaa says:
    March 4, 2017 at 3:37 pm

    reethi but maa kury

  11. Liaa says:
    March 4, 2017 at 4:11 pm

    Hii guys,, Mi part ga maa gina kanthah nuhingaathy heevanii kurey,, But word count hama evvarehga innaanee gaaigandakah… I ll upload next part soon <3
    LOves <3

  12. haw says:
    March 4, 2017 at 5:39 pm

    Mashaa Allah asluves v reethi vaahaka n mi part ves,like to read more

  13. re nyn says:
    March 4, 2017 at 6:03 pm

    Maaash allaahh…… haadha ryyhcheyyy

  14. Ana says:
    March 4, 2017 at 6:21 pm

    Aslu than kolheh lahy up kureveybleh,vvvv chaalu,obinessss to the maxxxxx…
    .

  15. Eanal says:
    March 4, 2017 at 9:13 pm

    Wrh Habu..? Next Part Awahah Up Kwhdheeba..? Cant Wait..❤

  16. Amm says:
    March 4, 2017 at 11:31 pm

    V salhi ?? waiting for next

  17. saamii says:
    March 5, 2017 at 12:46 pm

    ??❤❤

  18. Xyzl says:
    March 6, 2017 at 5:42 pm

    next part avaskohba plx

  19. Lovely girl says:
    March 6, 2017 at 6:29 pm

    Alhey liaa
    Kon irakutha up kohdeyny plx plx plx avahah up koh deiibala

  20. Aif says:
    March 7, 2017 at 1:42 pm

    Liaaaaaaaaa when upload kurany?

  21. KJ says:
    March 8, 2017 at 11:39 am

    Alhey liaa haaadha late eyh up vaaleh 🙁

  22. dinkos says:
    March 8, 2017 at 2:39 pm

    Liaa. please avas kohba..

  23. Same says:
    March 8, 2017 at 5:47 pm

    Alhey liaa… Kobaatha story… Avahah up kohdheeba plxxxxxxx

  24. Laii says:
    March 8, 2017 at 11:03 pm

    Alheyyy avas kohdheeba

  25. Naash says:
    March 10, 2017 at 12:10 am

    Liaa…where is the next part? Haadha lahey?

  26. KJ says:
    March 11, 2017 at 9:13 pm

    Haaadha lahey :-/

  27. sm1 says:
    March 12, 2017 at 2:14 pm

    Might vaahaka up kurun huttaalytha?

  28. sm1 says:
    March 12, 2017 at 2:15 pm

    Mi vaahaka up kurun huttaalytha?

  29. Ahub says:
    March 12, 2017 at 11:09 pm

    Next part kobaa

  30. Xoo says:
    March 13, 2017 at 4:49 pm

    V foohivey

  31. rim says:
    March 13, 2017 at 11:28 pm

    Dhen kommes habareh vebala

  32. Nee says:
    March 14, 2017 at 1:35 pm

    Bodu kamenu. Vaahaka up nukurevenyaa ves bunelhaanama dhw. Eyra kiyun theringe ge shakuva naanaanee

  33. s....f says:
    March 15, 2017 at 2:36 pm

    Dhen huhtaalan v nu nulivenee vihyaa

  34. mimi says:
    March 16, 2017 at 4:06 pm

    Liaa kury vahaka ah vx hedhy mihen
    Dn decade eh v ma buney lap halaaku v ey noony eveni ehchekey
    V foohi vey ?

  35. ވަރަށް ފޫހިވޭ says:
    March 16, 2017 at 7:04 pm

    ލިއާ އަށްވާހަކަނުލިޔެވެނީ ފާރުމަތިން ވެއްޓި އަތްބިންދައިގެން ދިޔާމައޯ!!!!!!!ް މީހަކު ބުނީ

  36. luhan says:
    March 18, 2017 at 6:39 am

    Liaa koba story??alhe avas khbala…

  37. hello Hola hi hey(HHHH) says:
    March 18, 2017 at 7:06 pm

    Huttalytha????

  38. Ellva says:
    March 19, 2017 at 8:25 am

    Liaaa huttalytha. Pls don’t. Everyone is waiting not only me. You did the same last time . And pls don’t repeat it again this story varah salhi eyeee
    If your buzy or anything happend angaala dheeba. So we will know dhw. 🙁

  39. luhan says:
    March 20, 2017 at 1:49 pm

    Kyhve ehaa lasvany??

  40. KJ says:
    March 22, 2017 at 10:52 am

    Liaaa haaadhan dhuvaheh :-/ alhe avas khlaba.. stry nuliyanee tha dhn 🙁

  41. luhan says:
    March 24, 2017 at 10:17 am

    Liaa plx story up kohdhybala..Mi story kiya hithun nuves nidheu..Plx liaa

  42. Sammi says:
    March 24, 2017 at 10:50 pm

    ??

  43. Shaainer says:
    March 28, 2017 at 12:49 pm

    liaa huttalihya huhti vaahaka buneba dhw… its taking too long???

  44. naxu says:
    May 10, 2017 at 4:54 pm

    Kyvethr maalas vany? Mivaahaka ah haadha inthizaareh ebakuramey.. Alhe avahah aneh bai genes dhyba.. Plz plz Ava’s koh….haadha salhi ey mi story..

Comments are closed.

All Right Reserved!