Skip to content
އެސްފިޔަ

ކުއްވެރިޔަކީ؟ (ތިންވަނަ ބައި)

ދިމާވި ސަބަބަކާއި ހުރެ “ކުއްވެރިޔަކީ…..؟  މިވާހަކަ ނުގެނެސްދެވި ގިނަދުވަސް ތަކެއް ފާއިތުވީތީ ކިއުންތެރިންގެ ކިބައިން ނިހާޔަަތަށް މަޢާފަށް އެދެމެވެ. އަދި އަޅުގަނޑުގެ ލިއުންތަކާއި ވާހަކަތަކަށް ޝަޢުޤުވެރިކަން ހުންނަ އެއްމެހާ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ. ލިއުމަށް ލިބޭ އެއްމެ ބޮޑު ހިތްވަރަކީ ތިޔަބޭފުޅުންގެ ޕޮސިޓިވް ކޮމެންޓް ތަކެވެ.

ކުރީގެ ބަޔާއި ގުޅޭ :-

ދޮންތަ ފޯނެއްގައި ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އިރުކޮޅެއްފަހުން ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެންއައި ކޮންމެވެސް މީހަކަށް ފޯނުގެ އަލިކަމުން އިޝަރާތް ކޮށްލަމުން ވަރަށް އުފަލުން ހުރެ އަހަރެން އިން މޭޒާއި ދިމާއަށް ހިނގައި ގަތެވެ. ދޮންތަ އެ އިޝާރާތް ކޮށްލި މީހަކަށް އަހަރެން ފަހަތަށް އެނބުރި ބަލާލީމެވެ.

މޭގަނޑު ހީވީ އަހަރެންގެ އަތަށް އައިހެނެވެ. އަތްފައި އެކުގައި ފިނިވެގެން ދިޔައެވެ. އެތަނުގައިވާ ހުރިހާ އެއްޗެއް އަހަރެންގެ ވަށައިގެން އެނބުރެން ފެށިކަހަލައެވެ. ވާން މިއުޅެނީ ކީއްބާއެވެ؟ ދޮންތަ އަހަރެން މިތަނަށް މިގެނައީ ކީއްކުރަން ބާއެވެ؟ އެތަށް ސުވާލެއް އެއްފަހާރާ އަމިއްލަ ނަފުސާއި ކުރެވެމުން ދިޔައިރު އަހަރެންގެ ނޭވާ ކުރުވެ އަވަސްވަމުން ދިޔައެވެ.

……………………………………………………………………………………………………………………………………………………………….

“ރި….ރިޝްމާ!!” އަހަރެން ފެނުމާއި އެކު ޝިހާމުގެ ދުލުގައި ގޮށެއް ޖެހުނު ކަހަލައެވެ. ބުނާނޭ އެއްޗެއް ނޭންގި ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ކުރަން ދަތިވެފައި އަހަރެންނަށް ގަބުވެފައި ހުރެވުނީއެވެ. އެއްއަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ. ލިބުނު ހާސްކަމާއި އެކު އަތްތިލައިން ދާހިއްލާ ފިނިވަން ފެށިއެވެ.

“ރީޝް…. މިއީ ދޮންތިގެ……” ދޮންތަ އައިސް ޝިހާމުގެ އަތުގައި ހިފާލަމުން އަހަރެން ނާއި ދިމާއަށް ހީލާފައި އެ ބުނި ޖުމްލައިން ހީވީ އަހަރެންގެ ބޮލުގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ.

އަހަރެންނަށް ލިބުނު ހައިރާންކަން ޝިހާމަށްވެސް އައިކަން އަހަރެންނަށް ފާހަގަ ވިއެވެ. އެހެން ނަމަވެސް ޝިހާމްވެސް ބަހެއް ނުބުނެ ބަލަހައްޓައިގެން ހުރީ އަހަރެން ނަކީ ނުދައްނަ މީހަކު ފަދައިންނެވެ.

“ތޭންކިއޫ……………”ޝިހާމް ގެއަތުގައިވާ ފިނިފެންމަލުގައި ހިފިއިރު ދޮންތަ ހުރީ އުފަލުން ފޮޅިފައެވެ. ދޮންތަ މިހާ އުފާވެފައި ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެމެވެ.

ޝިހާމާއި ދޮންތަ އަހަރެންގެ ކުރިމައްޗަށް ވާގޮތަށް މޭޒުގެ އަނެއް ފަރާތުގައި އިށީންނެވެ. ދޮންތަ ވެފައިވާ އުފަލުން ޝިހާމް ގައިގާ ބައްދާލިއެވެ. އެކަމު ދޮންތަ އަށް އުފާވެރިކަން ލިބުނު އިރު ދޮންތަ އަހަރެންނަށް މި ދިނީ ކިހާބޮޑު ހިތާމައެއް ހެއްޔެވެ؟

ކުރިމަތިން ފެންނަމުންދިޔަ މަންޒަރު އެމަންޒަރަކީ ހުވަފެނަކަށް ވާނޭނަމަ ކިހާ ރަނގަޅުހޭ އަހަރެންގެ ހިތައް އެރިއެވެ. ޝިހާމްގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ އެތައް ސުވާލަކަށް ޖަވާބު ބޭނުންވެފައި އިންކަމުގެ ނިޝާންތަކެވެ. އަހަރެންނަށް ވީގޮތެއް ޝިހާމަށް އެނގުނުކަހަލަ އެވެ. ކަމެއް ޤަބޫލު ނުކުރެވިގެން އުޅޭފަދަ ގޮތަކަށް މަޑު މަޑުން ބޯހޫރާލިއެވެ.

“ހޭ…. ވަޓްސް ރޯންގް ރިޝް؟” އަހަރެން މާ މަޑުން އިނުމުން ދޮންތައަކަށް ކަމަކު ނުދިޔައެވެ.

“އިޔެއިން ސުރެ ރިޝްމާއަށް ގޮތެއް ވެއްޖެ” ދޮންތަ ސަމާސާ ރާގެއްގައި ޝިހާމް ކައިރީ އެހެން ބުނިއިރު ހަމަ ހިމޭން ކަމުުގެ ތެރޭގައި ހިނގަމުން ދިޔަކަންތަކުގެ ހިލަމެއްވެސް ދޮންތައަށް ނުވާކަހަލައެވެ.

އަހަރެން ފޯނު ނެގުމަށްފަހުން ދޮންތަމެންނަށް ނުފެންނާނޭހެން ފޯނުގެ ރިންގް ޓޯން އަޑު އިވޭނޭހެން އެލާމެއް ސެޓްކޮށްލީމެވެ. އަހަރެން ބޭނުންވީ އެ މައްޒަރު ބަލަން ނީންދެ އެތަނުންދާށެވެ. އޮފީހުގައި އިއްޔެ ދިމާވި ކަންތަކުން ހިތަށް ލިބުނު ނުތަނަވަސްކަން ނުފިލާ ހުއްޓާ ދޮންތަ އަަހަރެންގެ ހިތަށް މިހާ ބޮޑު އަނިޔާއެއް ދީފާނެ ކަމަށް ހީވެސް ނުކުރަމެެވެ.

އަހަރެންނަށް މި ސަޒާ ދޭންވީ އަހަރެން ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟

“އައްސަލާމް އަލައިކުމް…..އާދެ” ފޯންގެ އެލާމްގެ އަޑު އިވުމާއިކު ނަގާ އެލާމް ނިއްވާލުމަށްފަހު އެއީ އަހަރެންނަށް އައި ފޯންކޯލެއް ކަމަށް ހަދާ ދޮންތަ އާއި ޝިހާމު އާއި ދުރަށް ތެދުވެގެން ދިޔައީމެވެ. ފޯން ކަންފަތުގައި ޖަހައިގެން އެކަނިހުރެ ވާހަކަ ތަކެއް ދައްކަމުން ދިޔައީ އެމީހުނަށް އޮޅުވާލުމަށެވެ. އެހެނަސް އަހަރެންނަށް މިކުރެވެނީ ކީއްހެއްޔެވެ؟ އަހަރެންނަށް މި އޮޅުވާލެވެނީ އަހަރެންގެ އަމިއްލަނަފުސަށެވެ. އަހަރެންގެ ނަފްސު ކޮންޓްރޯލް ކުރަން އަހަރެން މަސައްކަތް ކުރިކަމުގައިވިޔަސް އެކަން އަހަރެންނަށް ކާމިޔާބު ނުވިކަން އެނގުނީ ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ކޯތާފަތްމައްޗާއި ހަމައަށް އައުމުންނެވެ. އެތެރެހަށީގެ ތެރެއިން ގިސްލެވެން ފެށިއެވެ. ހަމައެއާއި އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ނަސޭހަތްވެސް ދެމުން ދިޔައީމެވެ. އަހަރެންގެ ހިތް ބުނަމުންދިޔައެވެ. “ރިޝްމާއެވެ. ނުރޯށެވެ. އެމީހުންގެ ކުރިމަތީގައި ފިނޑި ނުވާށެވެ”

ދޮންތަމެންނަށް ނުފެންނާނޭހޭން އަހަރެންގެ ކަރުނަތައް ފޮހެލުމަށް ފަހު ހަމަޖެހިލީމެވެ.

ފޯން ކޯލް ނިމުނީ ކަމުގައި ހަދާ ދޮންތަ އާއި ޝިހާމްގެ ކުރިމަތީގައި ޑްރާމާއެއް ކުޅުމަށްފަހު އެމީހުން ތިބި މޭޒާއި ދިމާއަށް ހިނގައި ގަތީމެވެ.

“އަޅެ ދޮންތަ… މަ ހަނދާން ނެތުނީއޭ ބުނަން… މަ އެބަޖެހޭ މިރޭ އޮފީހަށްދާން ވަރަށް މުހިއްމު ކަމެއްގަ. ދެންމެ އެ ގުޅީ އޮފީހުގެ ބޮސް ޒިޔާއު ލަސްވެގެން” އަހަރެން އެހެން ބުނެ ދޮންތަ އަށް އޮޅުވާލިޔަސް އަަހަރެން އެހެދީ ދޮގެއްކަން ޝިހާމަށް އެނގޭނެކަންވެސް އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް އަހަރެން ބޭނުންވީ ދޮގެއް ހަދައިގެން ވިޔަސް އެތަނުން ދާށެވެ. ދޮންތަވެސް އަހަރެންނާއި ދިމާއަށް ހައިރާން ކަމާއި އެކު ބަލަހައްޓައިގެން އިނެވެ.

“ދޮންތާ…ރިޝްމާ ދަނީ އިނގޭ… ވަރަށް ބޮޑަށް ސޮރީ..” އަހަރެންނަށް އެހެން ބުނެވުނީ ރޮއެރޮއެ އޮތް ހިތަކާއިއެކު ތުރުތުރު އަޅާ އަޑަކުންނެވެ.

އަހަރެންގެ ފަރާތުން ފެންނަމުން ދިޔަކަންތަކާއި އަހަރެން ހަދަމުން އެދިޔައީ ދޮގުތަކެއްކަން އެނގޭތީ ހައެރާންވެ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ޝިހާމު އިނެވެ. އެހެންނަމަވެސް ޝިހާމު އާއި ހަތަރު ކަޅިހަމަ ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެއީ އަހަރެން މީގެކުރިން ދަންނަ މީހެއްކަމަށްވެސް ހަދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ނަކީވެސް ދަންނަ މީހެއްކަމުގައި ޝިހާމު ނުހެދިއެވެ.

“ވަރަށް ދެރަ… ދެން އިޓްސް އޯކޭ…ދޮންތިމެން ދާނަން އިރުކޮޅަކުން ދޯ ލޯބީ؟” ދޮންތަ ބޭނުން އެވީ ގަސްތުގައި އަހަރެންގެ ހިތް ހަލާކު ކޮށްލަން ހެއްޔެވެ؟ އަހަރެން އަވަސް އަވަހަށް ދިއުމަށްޓަކައި ނިކުތީމެވެ.

ކާރުން ފައިބައިގެން ކޮޓަރިއާއި ހަމައަށް އަހަރެންނަށް ދެވުނީވެސް ރޮމުންނެވެ.

ކޮޓަރީގެ ދޮރު ތަޅުލާ ތަންޑުވެސް އެޅުމަށްފަހު އެދުމަށްޗަށް ވެއްޓިގަތީމެވެ. މޫނުމަތީގައި ބާލީސް އަޅާ ބާރަށް ގިސްލާ ރޯންފެށީމެވެ. އަަހަރެންގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ.

ދޮންތައަކީ އަހަރެންނަށް ދުވަހަކުވެސް ދެރައެއް ނުދޭނެ ކަމަށް އަހަރެން ހީކުރި މީހާއެވެ. ދޮންތަ މިހެން ހަދަންވީ ކީއްވެ ހެއްޔެވެ؟ އަަހަރެންގެ އުފާތައް ފޭރިގަންނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ އެނގޭ މީހަކަށްވެސް ޝިހާމުވެސް ނުހެދީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހިތަށް އަރާ ފައިބަމުންދިޔަ ސުވާލުތަކުން ބޯ ހާސްކުރުވަމުން ދިޔައެވެ.

އަހަރެންގެ ފޯން ރިންގުވަމުން ދިޔައެވެ. އެއްވެސް މީހެއްގެ ކޯލްއަށް ޖަވާބުދޭނެހާ ހިތްވަރެއް އަހަރެންގެ ކިބައިގާ މިވަގުތަކު ނެތެވެ. ތަކުރާރުކޮށް ފޯން އަންނަން ފެށުުމުން އަހަރެން ފޯން ނަގާ ބަލާލީމެވެ. އެއީ ދޮންތަ އެވެ. ދޮންތަގެ 10 ވަރަކަށް މިސްކޯލް އިނެވެ. އެކަމުވެސް އަހަރެން ފޯނުނަގާކަށް ބޭނުމެއް ނުވިއެވެ.

މެސެޖެއް އައުމާއި އެކު ބަލާލި އިިރު އެއީ ދޮންތަގެ އެސް.އެމް.އެސް އެކެވެ. “ރިޝްމާ ޕްލީސް ފޯނު ނަގާބަލަ!” ދޮންތަ ތަކުރާރުކޮށް ގުޅުމުންވެސް އަހަރެން ފޯނު ނުނެގުމުން ފޯނު ނެގުމަށް އެދި ދޮންތަ މެސެޖް ކުރިއެވެ. ދޮންތަ އަހަރެންނާއި އިތުރަށް ދައްކާން އޮންނާނީ ކޮންވާހަކައެއް ހެއްޔެވެ؟ ނޫނީ އަދިވެސް ދޮންތަގެ ހިތްފުރޭވަރު ނުވަނީހެއްޔެވެ؟  ކޮންމެމީހަކު ކޮންމެ ގޮތަކަށް އަހަރެންނާއި މެދުކަންކުރިޔަސް އަހަރެން ނަށް މާ ހެޔޮވެގެން އުޅެވެނީއެވެ. ނޫނީ މި ހުރިހާ ކަމެއްގައިވެސް ކުއްވެރިޔަކީ ހަމަ އަހަރެން ހެއްޔެވެ؟

ފޯނު ނިއްވާލުމަށްފަހު އެދުމައްޗަށް އެއްލާފައި ފާޚާނާއަށް ވަނީމެވެ. ހާސްވުމުން އަބަދުބެވެސް އަހަރެން ބޭނުންވަނީ ގިނަ އިރުވާންދެން ފެންވަރާލާށެވެ.

ފެންހިއްކާލުމަށްފަހު ތުވާލި ގައިގައި އޮޅާލައިގެން ހުރިގޮތައް އަރާ އެނދުގައި އޮށޯތީމެވެ. ވަރަށް ގަދައަށް ބޮލުގައިވެސް ރިއްސަމުން ދިޔައެވެ.

“މިހުރިހާ ކަމެއްނުވެ އަހަރެން މަރުވާނެ ނަމަ މާ ރަނގަޅު” އެކަމު މަރަށް އެދެން ހެޔޮވެދާނެ ހެއްޔެވެ؟ އަހަރެންނަކީ އެހާ އީމާންތެރިކަން ކުޑަ މީހެއްހެއްޔެވެ؟ ދޮންތަ ކުރިމަތިންނާއި އަދި ޝިހާމްގެ ކުރިމަތިންވެސް ދުވަސްކޮޅަކަށް ދިއުމަށް އަަހަރެން ވިސްނަމުން ދިޔައީމެވެ.

“ރިޝްމާ…..ރިޝްމާ…. ދޮރު ހުޅުވަބަލަ!” ދޮންތަ އައިސް ދޮރުގައި ތަޅައިގަތުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް ދޮރު ހުޅުވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދޮންތައާއި ފޭސްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަދި ދޮންތަ ކުރިމަތީގައި ރޯކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. މިވަގުތު ދޮންތަ ކުރިމަތީގައި އަހަރެންނަށް އަހަރެންގެ ނަފުސު ކޮންޓްރޯލެއް ނުކުރެވޭނެއެވެ. އޭރުން އޮންނާނީ ހުރިހާކަމެއް ފަޅާއަރާފައެވެ. ދޮންތަގެ ލޯބިވެރިޔާދެކެ އަހަރެންނަށް ލޯބިވެވުން އެއީ އެކަމު އަހަރެން ކުރި ކުށެއްހެއްޔެވެ؟ އެކަން މިހާތަނަށް އެކަކަށްވެސް ނޭންގޭނެއެވެ.

“ރިޝްމާ…..އަޅެ ޕްލީސް…ދޮރު ހުޅުވަ ބަލަ! ދޮންތި ދެކެ ރުޅިއައިސްފަތަ؟” މިފަހަރު ދޮންތަގެ ގޮވާލުމުގައި ވަނީ ރުއިމުގެ އަޑެވެ. މިއީކީ މީގެ ކުރިން ދުވަހަކުވެސް ދޮންތައަށް އަހަރެންގެ ފަރާތުން ފެނުނު ކަމެއްނޫނެވެ.  އަހަރެން ދޮންތަ ދެެކެ ލޯބި ނުވަންހެއްޔެވެ؟ އަދި ދޮންތަ ވެސް އަހަރެން ދެކެ ލޯބި ނުވޭހެއްޔެވެ؟ ނޫނެކެވެ. ދޮންތަ އަކީ އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އަބަދުވެސް އަހަރެންނާއި އެކު ހުންނަ އެއްމެ ގާތް އަހަރެންގެ ބެސްޓް ފްރޭންޑެވެ. އަދި އެހެން އެއްމެނަށް ވުރެ ބޮޑަށް އަހަރެން ދޮންތަ ދެކެ ލޯބިވަމެވެ. އެހެންނަމެވެސް ޝިހާމުގެ ކަންތައް ދޮންތަ އަހަރެންނަށް ސިއްރު ކުރީ ކީއްވެހެއްޔެވެ؟

އެތައް އިރަކު ދޮރުގައި ތެޅުމަށްފަހު ދޮންތަގެ އަޑު ކެނޑުނެވެ. އެދުގައި ފުރޮޅި ފުރޮޅި ވަރުބަލިވި އިރުވެސް އަހަރެންނަށް މިރޭ ނިދީގެ އަރާމެއް ނުލިބުނެވެ. ލޯ މެރިލާއިރަށްވެސް އަހަރެންނަށް ފެންނަމުން ދިޔައީ ދޮންތައާއި ޝިހާމްގެ ގާތް ގޯޅި މަންޒަރުތަކެވެ. ދޮންތަ ޝިހާމްދެކެ ލޯބިވާ ވަރެވެ.

މިއަދު ކަން ހިނގާދިޔަގޮތް އަހަރެންގެ ޚިޔާލަށް އައެވެ. އެކަމާއިމެދު އަހަރެންނަށް ވިސްނާލެވުނެވެ. އެހެންވީމާ ޝިހާމްވެސް މިއަދު އެ ބުނި ޑިނާއަކީ އެއީއެވެ. އެކަމު ޝިހާމްވެސް ދޮންތައާއި ރައްޓެހިވެގެން އުޅޭވާހަކަ އަހަރެންކައިރީގައި ކުރިން ނުބުނީ ކީއްވެގެން ހެއްޔެވެ؟

ފާޚާނާއިން ނިކުތް ގޮތައް އެނދުމަތީގައި ތުވާއްޔާއި އެކު އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގުނެވެ. އަދިވެސް ބޮލުގެ ރިހުމެއް ނުކެނޑެއެވެ. އެނދުން ތެދުވެގެން ގޮސް ޕެނަޑޯލް ގުޅައެއް އަތުގައި ޖެހޭތޯ ހޭންޑް ބޭގު ހާވާލީމެވެ.

ބޭސްގުޅައެއް ހޯދަން ބޭރަށް ނިކުތުން ނޫން ގޮތެއް ނެތެވެ. ހުސްވެފައި އޮތް ޕެނަޑޯލް ކާޑް ނަގާ ޑަސްބިންއަށް އެއްލުމަށްފަހު ނިދާހެދުން ލައިގެން ބޭރަށް ނިކުތުމަށް ނިންމީމެވެ. އެެހެންނަމަވެސް މިރޭ ކޮޓަރިން ނިކުންނަ ހިތެއްވެސް ނެތެވެ. އެކަމު ބޮލުގައި ރިއްސަމުން ދިޔައީ ބޭސް ނުކައި ވާނެ ވަރަކަށް ނޫނެވެ. ދެހިތެއްގައި ހުރެގެން ގޮސް ދޮރު ހުޅުވާލުމަށްޓަކައި މަޑުމަޑުން ތަޅުގައި ހިފާލީމެވެ. ސިޓިންގ ރޫމްގައި ކޮންމެވެސް މީހަކު އިންކަން އެނގުނީ އިވެމުން ދިޔަ ޓީވީގެ އަޑުންނެވެ. އެކަމު މިހާރު އެހަރަ ދެގަޑި ބައިވަނީއެވެ. “މިގަޑީގަ…….މަންމަ؟…. އަނެއްކާ ދޮންތަ އިނީބާ؟” ދޮންތަ އަށް މިރޭ އަހަރެން ފެނޭކަށް ބޭނުމެއް ނޫނެވެ.

މަޑުމަޑުން ދޮރު ހުޅުވާލާފައި ސިޓިންރޫމް ތެރެއަށް ނަޒަރު ހިންގާލީމެވެ.  ޓީވީ ހުޅުވާފަ ހުރިނަމަވެސް އެއްވެސް މީހަކު ނެތެވެ. ދޮންތަގެ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލީމެވެ. ކައިރިކޮށްލާފައި ހުރިނަމަވެސް ދޮރު ހުރީ ނުލައްޕައެވެ. ދޮންތަ އަދިވެސް ހޭލާ އުޅޭކަން އަހަރެންނަށް ޔަގީންވިއެވެ.

“އަނެއްކާ ދޮންތަ ގެއަށް އެއައީ ޝިހާމް ގޮވައިގެންބާ؟” އަހަރެންގެ ހިތް ޝައްކުވަނީ ކީއްވެބާއެވެ؟

ދޮންތަ ކޮޓަރިން ނިކުތުމުގެ ކުރިން އަވަސް ފިޔަޅުވަޅުތަކެއް ގައި ނިކުތީމެވެ. ބަދިގެއަށް ވަދެ ބޭސްގުޅައެއް ކެއުމަށްފަހު އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނީމެވެ. ދޮރު ލެއްޕުމަށްޓަކައި އެނބުރިލިވަގުތު ދޮރު މަތީގައި ހުރި ދޮންތަ ފެނި އަހަރެން ނަށް ބިރުން ހަޅޭ ލައްވާ ނުގަނެވުނީ ހަމަ ކިރިޔާއެވެ.

އަހަރެން ދޮރު ލެއްޕުމަށްޓަކައި ތަޅުގައި ހިފީމެވެ.

“ރިޝްމާ……މަޑުކޮށްބަލަ!” ދޮންތަ ދޮރުގައި ހިފެހެއްޓިއެވެ. އަދި އަހަރެންނާއި އެކު ދޮރު އެތެރެއަށް ކޮށްޕާލިއެވެ.

— ނުނިމޭ —-

 

Comments (18)

  1. ABC

    Zim.. Haadha dhuvaheh kohlaafa..

    1. Xim
      ABC

      Mihaa dhigu muhdhathakah medhu ken’dunee thee kiun theringe kibain ma’aafah edhen.

  2. Anonymous

    V bodah thnks…mi vaahaka genesdhinyma…vaahaka v reethi Maa Shaa Allah.. Mi vaahaka nimen dhn genesdheyne kmh unmeedhu kuran
    =Tinkerbell=

  3. ...

    next part kn irakun..?

  4. Ha v

    Aneh bai kondhuvahakun genes dheynee.vv reethi mivaahaka

  5. Alvy

    Plxxx avahah anehbai genesdheeba.. vahaka vvvvv reethi maasha allah..

  6. Shaf

    Thank you
    Varah reethi
    Dhen oi bayah varah inthizaaru kurevey

  7. Yaana

    Vaahaka up kuve lus v ma kureebaiga veegoi hundhaanves nethihje ehen ve mivaahaka kiyun varah foohi sorry writer

    1. Xim
      Yaana

      Alhugan’duge liunthakah click kohlehvumun vaahakaige kureege baithah fenivadai gannavaane. Ebeyfulhehge ikhuthiyaarugai vaa kameh kiumaai nukiun eiee.

  8. Xoxo

    Mee binma vaahakeh copy koffa….

    1. Xim
      Xoxo

      Binmaa ge kon nameh tho e vaahaka ah kiyanee?

  9. rim

    V v v v reethi vaahakaeh Kon irakun next part up vaanii plx plx plxxxxxxxxxx konirakun

  10. rim

    Mivaahaka v v v v reethi konirakun next part up vaanii plx plx plxxxxxxxxxxx avas v v v v kiyanbeynun

  11. Ximmmmmmmm plxxxxx

    Mi vahakage first 2 ep koba… Hoadha hoadha nufenunu… Xim ge bai theri aku neiyy… Writer plx mi storyge first 2 ep alun up kohla dheeba… Plxxxxxz. Mihisabun kieema vaanuva eh neyngunu…

    1. Someone
      Ximmmmmmmm plxxxxx

      You can click to Xim and then go to the first page. There you can find. I have also read the first two parts! ???

    2. Ximmmmmmmm plxxxxx
      Ximmmmmmmm plxxxxx

      Nufenunei… 3 page inee.. Eygen ehvex page aku neiyy..Kuhveriyakee kiaa story eh neiyy..Link dheeba.. Plxx

    3. Xim
      Ximmmmmmmm plxxxxx

      Dhimaavi kuda technical mahsala eh ge sababun kureege baithah site in mivaguthu fennan nethee, In Sha Allah alun e baithah kiyaalumah beynunvaa beyfulhun nah libeyne goiy hadhaa dhinumah masahkaiy kuramun mi dhanee.

  12. Naash

    Can see the previous parts. Click the writer’s name.

Comments are closed.