Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހުވަފެން (9)

Saandy
March 5, 2017
8 Mins Read
59 Views
41 Comments

ދުވަސްތައް ފާއިތުވަމުން ދިޔައީ ނިކަން އަވަހަށެވެ. ކުރިން ހުޒާމް ކުރަމުންދިޔަ ހިތާމަ ކުރާތަނެއް މިހާރަކު ނުފެނެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއްގެ އަސަރުތަކެވެ. ނަމަވެސް ބަދަލުނުވީ ކުއްލި ކުއްލިއަކަށް އެއަންނަ ސިނގުރުޅިއެވެ. ކިތަންމެ ކުޑަ ކަމަކާވެސް ރުޅި އައިސްދާނެއެވެ. އަދި އެންމެ ހައިރާންވާންޖެހޭ ކަމަކީ އޭނާ ރުޅިއަންނާނީ ކޮންކަހަލަ ކަމަކާކަން އެކަކަށްވެސް ނޭނގޭކަމެވެ. މީހަކު ނޭވާލާ ގޮތަކުންވެސް ރުޅިއައިސްދާނެއެވެ. މިކަމާ ޝަރީފާ ހުންނަނީ ކަންބޮޑުވެފައެވެ.

ހަފްތާއެއް ފަހުން ހުޒާމްއާއި ރިޒްނާ ސިންގަޕޫރަށް ފުރީ ރިޒްނާގެ މޫނުގެ އޮޕަރޭޝަން ކުރާށެވެ. އެދަތުރުގައި ސާރާއާއި ޝަރީފާވެސް ބައިވެރިކުރިއެވެ. އެއީ އާއިލީ ދަތުރެއްކަމަށް ހެދީއެވެ. އެއީ މިހާރު ހުޒާމްގެ ކުޑަކުޑަ އާއިލާއެވެ. އެއާއިލާ ނުހަނު އުފާވެރިއެވެ. މިދަތުރުގައި ސާރާއާއި ޝަރީފާ ބައިވެރިކުރުމުން ރިޒްނާ ހުރީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް އޭނާ އެކަން ހާމައެއް ނުކުރެއެވެ.

“މީ ހާދަ ވަރުގަދަ ސާރާއެކޭ ދޯ؟ މިހާރު އެ ސާރާއަކާނުލާ ހުޒާމްއަށް ނޭވާއެއްވެސް ލެވޭ ކަމަކަށް ނުވޭ. އަދި އެ ޝަރީފާވެސް ގެނެސްފިވިއްޔަ. ގައިމު އެއްވެސް ގުޅުމެއް ހުރި ބައެއްވެސް ނޫނޭ. ނޫންނަމަ މީ ކިހާ ސަޅި ދަތުރަކަށް ވީސް. މިމީހުންނާ ހެދި ނޯންނާނެ ތަންކޮޅެއް އޯޕަންކޮށް ހުޒާމްއާ ވާހަކަދައްކާލެވޭކަށްވެސް.” ރިޒްނާ މަޑުމަޑުން ކުދިކިޔަމުން ދިޔައެވެ.

“އެކަނި ހުރެ ކޮން ސިމިސިމިއެއްތަ ތި ލައްވަނީ؟” ރިޒްނާ ސިހިގެން ދިޔައީ ދާދި ގާތުން ހުޒާމްގެ އަޑު އިވިފައެވެ.

“މީ… މީ އެއްވެސް އެއްޗެއް ނޫން. މަ… މަ އެބަ އެއްޗެކޭ ކިޔަންތަ؟” ރިޒްނާ އޮޅުވާލެވޭތޯ އުޅުނެވެ. އޭނާ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

“މިހާރަކަށް އައިސް މި ރިޒޫއަށް ކިހިނެއްތަ ވެފަ މިހުންނަނީ؟” ހުޒާމްއަށް މަޑުމަޑުން ކިޔާލެވުނެވެ.

“އޯހ ޝިޓް! ނަސީބެއްނު ޒާމްއަށް އަޑު ނީވުނުކަން.” ރިޒްނާ މަޑުމަޑުން އޭނާގެ ބޮލުގައި ޖަހާލާފައި ބުނެލިއެވެ.

ސިންގަޕޫރަށް ދިޔަތާ ހަފްތާއެއް ފަހުން ރީނާޒްގެ އޮޕަރޭޝަން ކުރެވުނެވެ. އޮޕަރޭޝަން ވަރަށް ކާމިޔާބެވެ. ބޭސްގަނޑު ނެގިއިރު ރިޒްނާގެ މޫނުގެ ސިފަ ވަނީ މުޅިން ބަދަލުވެފައެވެ. އެއީ ރިޒްނާކަން އެނގޭނެ އެއްވެސް ސިފައެއް މިހާރު އެމޫނަކު ނުވެއެވެ. ޤުދުރަތްތެރިކަމާއި އަޅާނުކިޔުނަސް އެއީ ރީތި މޫނެކެވެ. ބޮޑު ދެލޮލެވެ.

ހުޒާމްގެ ކުޑަކުޑަ އާއިލާ އެނބުރި ރާއްޖެ އައީ މަސްދުވަސް ފަހުންނެވެ. ރިޒްނާގެ އުޅުން ވަނީ މުޅިން ބަދަލުވެފައެވެ. ޒަމާނާ އެއްގޮތަށެވެ. ހެދުން އެޅުމުގައިވެސް ގެންގުޅެނީ އެންމެ ފަހުގެ މަޝްހޫރު ގޮތްތަކެވެ. ކުޑައިރުއްސުރެ ފެށިގެންވެސް ފޮޓޯ ނަގަން ފޫހިވާ ރިޒްނާ މިހާރު އެންމެ ކުރާހިތްވާ ކަމަކީ ވަރުގެ ކޮޅަށް ނަލަ ހެދިގެން ސެލްފީ ނެގުމެވެ.

ސާރާއަށް މާބޮޑު ބަދަލެއް ނައިނަމަވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވެއެވެ. ކުރީގައި ފެންވަރައިގެން ނަލަ ނުހެދޭ ސާރާ މިހާރު އަބަދުވެސް ހުންނަނީ ނަލަ ހެދިގެންނެވެ. މިހާރު ކޮންމެވެސް ވަރަކަށް މޭކަޕްވެސް ކުރެއެވެ. މީހާރު ލާ ހެދުންތައްވެސް މާބޮޑަށްވެސް ރީއްޗެވެ. އޭނާ ލާ ހެދުންތަކަކީ މިޒަމާނުގެ ބައެއް ކުދިންނަށް މާ މުސްކުޅި ހެދުމަކަށް ވީނަމަވެސް އެއީ އޭނާއަށް އެންމެ ރީތި ވައްތަރުގެ ހެދުމެވެ. އޭނާ ލާ ދޯޕައްޓާ ހެދުންތައް ވަނީ ރީތި ކުލަތަކުން ޖަރީކޮށްފައެވެ. އެކި ކުލަތަކުން ގުޅުވާލާފައި ހުންނަ ހެދުންތަކުގައި އޭނާ ފެންނަ ކޮންމެ ފިރިހެނެއްގެ ތަލިން ކުޅު ހިކޭހާވެއެވެ. ނަމަވެސް އޭނާގެ ބަދަލުނުވާ މިޒާޖު ފާހަގަކުރެވެއެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. އެހެންމީހުންނަށް ކުރާ އިޙުތިރާމެވެ. މަޑުމައިތިރިކަމާއި ލަދުވެތިކަމެވެ. މިކަންކަމަކީ އަންހެނެއްގެ ކިބައިގައި ހުރުން ވަރަށް މުހިންމު ސިފަތަކެކެވެ.

ފަހަކަށް އައިސް ހުޒާމްއާއި ސާރާގެ ގުޅުން މާބޮޑަށް ބަދަހިވަމުން އަންނަކަން ރިޒްނާއަށް ފާހަގަކުރެވެއެވެ. ދުވަހަކަށްވުރެ ދުވަހެއް އޭނާގެ ހިތުގައި ބިރުވެރިކަން ބޮޑުވަމުންދެއެވެ. ހުޒާމްގެ ލޯބި އޭނާގެ އަތުން ބީވެދާނެތީއެވެ. ރަނގަޅު ވަގުތެއް ހޯދައިގެން ހުޒާމްއާ އެވާހަކަ ދައްކަން އޭނާ ނިންމިއެވެ. ނަމަވެސް ހުޒާމް ގާތުގައި އެވާހަކަ ދައްކަން އޭނާ އެދޭފަދަ މިނިވަން ފުރުސަތެއް ނުލިބެއެވެ. އަބަދުވެސް ސާރާއާއި ޝަރީފާއާ ދެމީހުންކުރެ މީހަކު ހުޒާމްގެ ގާތުގައި ހުންނާތީއެވެ. އޭނާ އަބަދުވެސް ސާރާއާ ހަސަދަވެރިވެއެވެ. ޝަރީފާއާމެދު ނުރުހުންވެއެވެ.

މިރޭވެސް ހުޒާމް ބޭރަށް ދިޔައީ ސާރާ ގޮވައިގެންނެވެ. ރިޒްނާވެސް ދާން ބޭނުންކަމަށް ބުނުމުން އެހެން ފަހަރަކުން ކަމަށް ބުނެ ހުޒާމް ރިޒްނާ ނުގެންދިޔައީ އޭނާ ރާވާފައިވާ ބޮޑު ކަމެއް އޮތީމައެވެ. މިރޭ ސާރާގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލަން ހުޒާމް ވަނީ ނިންމާފައެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށެވެ. ހުޒާމް ކާރު ދުއްވަމުން ރޭޑިއޯ ހުޅުވާލިއެވެ. އެޔާއެކު އިވެންފެށީ ޢަލީ ރަމީޒްގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ ލަވައެކެވެ.

“މޫނެކޭ ޖާޒުބީ ވޭ އެހާ ޗާލުކަން

ގައިމޭ ބަހާރު ދާނެ ލަދުން

ހައިރާން މަވަން، ހައިރާން މަވަން، ހައިރާން މަވަން

—–

އާނއެކޭ ޝޯޚުވޭ ލާމަސީލޭ މިދުނިޔޭން

ކުރަނގި ދެލޮލޭ ނޫރުވޭ ދަތްޕިލައިގާވީ މުތޭ

ފަރި ޕަރީޒާދެކޭ ނަން ވިދާ ނަން ވިދާ

މޫނެކޭ ޖާޒުބީ ވޭ އެހާ ޗާލުކަން

ގައިމޭ ބަހާރު ދާނެ ލަދުން ހައެ

ހައިރާން މަވަން، ހައިރާން މަވަން، ހައިރާން މަވަން

—–

ވޭ ދީވާނާ ޖާދުވީ ތުންފަތުން ދޭ ހީލުމުން

ދޯރު ކަނދުރާ ހަން އޮމާނޭ މަސްތުވޭ ސިހުރީ އަޑުން

ލޯބިވަން އޭ ހަނދާ މަރްޙަބާ މަރްޙަބާ

މޫނެކޭ ޖާޒުބީ ވޭ އެހާ ޗާލުކަން

ގައިމޭ ބަހާރު ދާނެ ލަދުން ހައެ

ހައިރާން މަވަން، ހައިރާން މަވަން، ހައިރާން މަވަން

—–

މަލުގެ ފިނިފެން މީރުވަސްދޭ އާދެ ޖިސްމުން ނާޒުކީ

ދޯދިތައް ރަން ފާޅުވޭ ކޯތާފަތުން މާ ރީތިވީ

ވޭ ގަޔާ ހިތް މަގޭ ގެންދަވާ ގެންދަވާ

މޫނެކޭ ޖާޒުބީ ވޭ އެހާ ޗާލުކަން

ގައިމޭ ބަހާރު ދާނެ ލަދުން ހައެ

ހައިރާން މަވަން، ހައިރާން މަވަން، ހައިރާން މަވަން”

ލަވަ ނިމުމާއެކު ހުޒާމްއަށް ސާރާއަށް ބަލާލެވުނެވެ. އެލަވައަކީ ސާރާއަށް ޚާއްސަކޮށް ހަދާފައިވާ ލަވައެއް ފަދައެވެ. އެލަވައިގައި ކީ ހުރިހާ ސިފައެއް ސާރާގެ ކިބައިގައި އެބަހުއްޓެވެ. ކާރު ދުއްވަމުން ހުޒާމްއަށް އިރުއިރުކޮޅުން ސާރާއަށް ބަލާލެވެއެވެ. ހުޒާމް އެހާވަރަށް ބަލާތީ ސާރާ އިނީ ލަދުންނެވެ.

“ޒާމް! އެހާ ވަރަށް ނުބަލަބަލަ. އަހަރެން އެބަ ވަރަށް ލަދުގަނޭ.” ސާރާ އެންމެފަހުން ބުނެލިއެވެ.

“ބަލަނީކީ ނޫން. ރީތިކަމުން ހަމަ ބެލެނީ.” ހުޒާމް ހިނިތުންވެލިއެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ހުޒާމްއަށް އިރުއިރުކޮޅުން ސާރާއަށް ބަލާލެވެއެވެ. އޭނާއަށް އަމިއްލަ ނަފްސަށް ބާރު ނުފޯރުވެނީއެވެ.

“ކޮންތާކަށް މިދަނީ؟” ކާރު ތެރެއަށް ވެރިވެފައިވާ ހިމޭންކަމުން ސާރާއަށް އުނދަގޫވިއެވެ. އޭނާ ހުޒާމްއާ ވާހަކަދައްކާ ހިތްވެއެވެ. އަބަދުވެސް އެ ފިރިހެންވަންތަ ރީތި އަޑު އަހާލާ ހިތްވެއެވެ.

“ވަކި ތާކަށް ނޫން. ހަމަ ސާރާ ގޮވައިގެން ދުއްވާލަންވެގެން.” ހުޒާމް ބުނެލިއެވެ. އޭރުވެސް ހުޒާމް އިނީ ސާރާއަށް ބަލަހައްޓައިގެންނެވެ.

“ޒާމް! ކުރިއަށް ބަލައިގެން ދުއްވަބަލަ. ތަނެއްގަ ޖެހިދާނެ.” ހުޒާމްގެ ނަޒަރު ގިނަ ވަގުތު އޭނާއަށް އަމާޒުވެފައި ހުންނާތީ ބިރުން ސާރާއަށް ބުނެވުނެވެ. އެހެން ބުނެލުމާއެކު ހުޒާމް ސިހިފައި ކުރިމައްޗަށް ބަލާލިއެވެ.

“ސާރާ! އަހަރެން ވާހަކައެއް އަހާލަންތަ؟” ހުޒާމްގެ އަޑަށް ސާރާ ބަލާލިއެވެ. އަދި އާނއެކޭ ބުނެލިއެވެ.

“ސާރާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟” ހުޒާމް ވަރަށް އާދައިގެ ގޮތަކަށް އަހާލިއެވެ.

“ނޫން. ހުޒާމްއޯ؟” ވަރަށް ޖެހިލުންވެފައި ސާރާ އަހާލިއެވެ.

“ނޫން.” ހުޒާމްގެ ޖަވާބު ކުރެވެ.

“ދެން ރިޒޫއޯ؟” ސާރާ އެހެން އަހާލުމުން ހުޒާމް ގާތަށް ވަރަށް ހިނިއައެވެ.

“ޔާރައްބީ! ތިހެން ހިތަށް އަރުވާކަށްވެސް ނުވާނެއެއްނު. އަހަރެން އޭނަޔާ ދޭތެރޭ އެކަހަލަ ގޮތަކަށް ނުވެސް ދެކެން. އެއީ އަހަރެންގެ ބެސްޓް ފްރެންޑް. ބެސްޓް ފްރެންޑަށްވުރެވެސް ބޮޑަށް އަހަރެން ދެކެނީ އެއީ އަހަރެންގެ ކޮއްކޮއެއްކަމަށް.” ހުޒާމް އެހެން ބުނެލުމުން ސާރާ ވަރަށް ލަދުގަތެވެ. ހުޒާމް ހިތަށް އަރާނީވެސް ކީކޭބާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ހިތުގައި އުފާވެރިކަމުގެ ރަނގަބީލެއް ޖެހެންފެށީ ހުޒާމް ހުއްސަރިބައިކަން އެނގުމުންނެވެ. މިހާރު އޭނާއަށް ކޮންމެވެސް ފުރުސަތެއް އޮވެދާނެކަމަށް އޭނާއަށް އުންމީދު ކުރެވުނެވެ.

“އަހަރެން ހީކުރީ ރިޒޫ އެއީ…”

“އެއީ އަހަރެންގެ ލޯބިވެރިޔާކަމަށް ދޯ؟” ހުޒާމް އެހެން އަހާލުމުން ސާރާ ލަދުން އިނދެ ބޯޖަހާލިއެވެ.

“ރޫނާ ވަކިވެ ދިޔަފަހުން އަހަރެން އެކަހަލަ ޚިޔާލެއްވެސް ނުކުރަން. އެކަމަކު މިހާރު އަހަރެންގެ ޚިޔާލު ބަދަލުވެއްޖެ. ވަރަށް ކަމުދާ ކުއްޖަކު ފެނިއްޖެ.” ހުޒާމް އެހެން ބުނަމުން ސާރާއަށް ބަލާލިއެވެ. ސާރާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ވިސްނަމުން ދިޔައީ ކޮން އެއްޗެއްކަމެއް ނޭނގެއެވެ.

“ސާރާ!” ހުޒާމްގެ އަޑަށް ސާރާ ދިޔައީ ސިހިގެންނެވެ.

“ކޮން އެއްޗެއް ތި ވިސްނަނީ؟” ހުޒާމް އަހާލިއެވެ.

“އަނެއްހެން މާބޮޑު އެއްޗެއް ނުވިސްނަން. ހިތަށް މިއަރަނީ ތި ނަސީބުވެރި ކުއްޖަކީ ކޮބައިބާއޭ. ކޮންތާކު އެކުއްޖާ އުޅެނީ؟” ޝައުޤުވެރިކަމާއެކު ސާރާ އެހެން އަހާލުމުން ހުޒާމް ބަލާލިއެވެ.

“އެކުއްޖާ ދޯ؟ އެކުއްޖަކީ…” ކުއްލިއަކަށް ގޯޅިއަކުން އެމަގަށް ލަނބާލި ކާރު ފެނިފައި ސާރާއަށް ހަޅޭއްލަވައިގަނެވުނެވެ. ހުޒާމްއަށް ސިހިފައި ކުރިއަށް ބަލާލެވުނުއިރު މާ ލަސްވެއްޖެއެވެ. ދެކާރު ޖެހިފައި ހުޒާމްގެ ކާރު އެނބުރެމުން އެނބުރެމުން ދިޔަ ވަގުތު ސާރާ އިން ފަރާތުގެ ދޮރުފަތް ހުޅުވުނެވެ. އެވަގުތު ހުޒާމް ސާރާ ބޭރަށް ކޮއްޕާލިއެވެ. ސާރާ ސަލާމަތްކުރުމުގެ ބޭނުމުގައި އޭނާއަށް ކުރެވުނީ އަދި މާ ނުރައްކާތެރި ކަމެކެވެ. އެވަގުތު އެމަގުގައި ދުއްވާ އެއްޗެހި މަދުނަމަވެސް މާލެފަދަ ބައިބޯ ތަނެއްގެ މަގުމައްޗަށް އެގޮތަށް މީހަކު ކޮއްޕާލުމަކީ ރައްކާތެރި ކަމަކަށް ނުވާނެއެވެ. ހުޒާމް އޭނާ އިން ފަރާތުގެ ދޮރު ހުޅުވާލި ނަމަވެސް ފުންމާނުލެވެނީސް ކާރު ގޮސް ޖެހުނީ ޓްރެފިކް ލައިޓް ދަނޑީގައެވެ. ސާރާއަށް އެމަންޒަރު ފެނުނީ ފުސްކޮށެވެ. ބިރުގަނެ ހާސްވެފައިވުމުގެ ސަބަބުން އޭނާގެ ހެޔަށް ގޮތްވީއެވެ. ދެން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.

ސާރާ ހޭއެރިއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. އޭރު އޭނާގެ ބޮލުގައި ރިހުމެއް ހުއްޓެވެ. އޭނާގެ ނިތްކުރިން ފަޅައިގެން ގޮސްފައިވާ ތަނުގައި ވަނީ ބޭސް އަޅާފައެވެ. ނަމަވެސް އެވަގުތު އޭނާ ހުޒާމްގެ މަތިން ހަނދާންވިއެވެ. އޭނާއަށް އެންމެފަހުން ފެނުނު މަންޒަރަކީ ހުޒާމްގެ ކާރު ގޮސް ޓްރެފިކް ލައިޓް ދަނޑީގައި ޖެހުނު މަންޒަރެވެ. މިހާރު ހުޒާމްގެ ހާލަކީ ކޮބައިބާއޭ ހިތަށް އެރުމުން އޭނާ އަވަސްއަވަހަށް އޭނާ އޮތް ރޫމުން ނުކުތެވެ. ވަރަށް މަދުން ނޫނީ ބޭރަށް ނުނިކުންނަ ސާރާއަށް މިތަންވީ މުޅިން އާ ތަނަކަށެވެ. ދުވަހަކުވެސް ނާންނަ ތަނެއްގައި، މީހުން ފުރިފައިވި ނުދަންނަ ތަނެއްގައި އޭނާއަކަށް ދާންވީ ދިމާއެއް ނޭނގުނެވެ. އޭނާ ހާސްވެއްޖެއެވެ. ދަންނަ އެއްވެސް މީހަކު ނެތުމުން އެއިން މީހަކު ގާތު އަހާލާކަށްވެސް ނުކެރުނެވެ. އެތަނުގައި ތިބި ގިނަ ބަޔަކު އޭނާއަށް ބަލަމުން ދިޔައެވެ. މީހުންގެ ބެލުންތަކަށް ކެތްނުކުރެވޭ ހާލު އޭނާ ދާން ހިނގައިގަތެވެ.

ހާސްވެފައިވާ ސާރާއަށް ދާދި ފަސޭހައިން ސިޑިއާއި ދިމާއަށް ދެވުނެވެ. ސިޑިން ފައިބައިގެން ގޮސް ބޭރު ދޮރާއި ހަމައަށް ފޯރިއިރު އޭނާ ހުރީ ވަރުބަލިވެފައެވެ. އޭނާ އެތާ ހުރި ގޮނޑިބަރީގައި އިށީނދެލީ ވަރުބަލި ފިލުވާލުމަށެވެ. އޭރު އޭނާގެ ނިތްކުރިން ފަޅައިގެން ގޮސްފައިވާ ތަނުގައި ރިއްސަމުން ދިޔައެވެ. ވަރުބަލި ފިލުވާލައިގެން ބޭރަށް ނުކުތީ ގެއަށް ދިއުމަށެވެ. އޭނާ ބޭނުންވީ އަވަސްވީ ގޮތަކަށް ޝަރީފާއާއި ރިޒްނާއަށް އެޚަބަރު އަންގާށެވެ. އޭނާއަށް އެކަނި އެތަނުގައި އުޅެން ނޭނގޭނެތީއެވެ.

ދޮރުމަތިން ސާރާއަށް ރިޒްނާއާ ދިމާވިއެވެ. ރިޒްނާ ފެނުމާއެކު ސާރާއަށް ހުއްޓެވުނެވެ. ރިޒްނާއަށް ބަލަހައްޓައިގެން ހުއްޓާ އައިސް ސާރާގެ ގާތަށް ހުއްޓުނެވެ. އިރުކޮޅަކު ސާރާއަށް ބަލަހައްޓައިގެން ހުރެފައި އަތް ދަމާފައި ސާރާގެ ކޯމަތީގައި ބާރު އެތިފަހަރެއް އަޅުވާލިއެވެ. މިފަދަ ކަމަކަށް ނުވިސްނާ ހުރި ސާރާގެ މޫނުމައްޗަށް އަނދިރިވެގެން ދިއުމާއެކު އަރިއަޅާލިއެވެ. ނަމަވެސް ނުވެއްޓި ސަލާމަތް ވެވުނެވެ. ސިހުމާއެކު ރިޒްނާއަށް ބަލާލެވުނުއިރު ރިޒްނާ ހުރީ ރުޅިއައިސް ރަތްވެފައެވެ.

“ރިޒޫ!” ސާރާއަށް މަޑުމަޑުން ގޮވާލެވުނެވެ.

“ކޮން ރިޒޫއެކޭ ކިޔާކަށް. އޭނ. މިހުރިހާ ކަމަކީވެސް ކަލޭގެ ސުންޕާކަން. ކަލޭ އައިފަހުން ޒާމް އަހަރެންނާ މުޅިން ދުރުވެއްޖެ. ކަލޭ އައިތާ ގިނަ ދުވަހެއްނުވެ އެއޮތީ އޭނައަށް ޖައްސާފަ އޮތް ހާލު. ކިރިޔާ ދުނިޔޭގަ އޮތްކަން.” ރިޒްނާގެ ރަޙުމުކުޑަ ބަސްތައް ސާރާގެ އެ ނިކަމެތި ހިތަށް ހެރިގެން ދިޔައީ ވިހަގަދަ ތީރުތަކެއް ފަދައިންނެވެ. އެއްވެސް އިޚްތިޔާރަކާނުލާ އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހުޒާމް ވަނީ އޭނާގެ ހިތުން ޖާގައެއް ކަށަވަރު ކޮށްފައެވެ. ހުޒާމްއާ އޭނާއާ ދެމެދު އުމުރުގެ ގޮތުން ކިތަންމެ ބޮޑު ފަރަޤެއް ވިޔަސްވެހެވެ. އޭނާގެ އެއްވެސް ކުށަކާނުލާ ހުޒާމް އެއޮތް ހާލުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުވުން ވެގެންދިޔައީ އޭނާއަށް ކެތްކުރަން ދަތިވި ކަމަކަށެވެ.

“އަހަރެންނޭ! އަހަރެން ކީއްކުރަން އޭނައަށް އެހެން ހަދަންވީ؟ އެއީ އަހަރެންނަށް މިދުނިޔޭން ރަޙުމެއްކުރި ހަމައެކަނި މީހާއޭ. އެހާ ހެޔޮ އިންސާނެއް އަހަރެން ދުވަހަކުވެސް ނުދެކެން. ވީއިރު އަހަރެން އޭނައަށް ދެރަ ގޮތެއް އެދޭނެތަ؟ އެހެންނޫނަސް އަހަރެން އޭނަދެކެ ލޯބިވެޔޭ. އަހަރެންނަށް އޭނަ ލިބުނަސް ނުލިބުނަސް އަހަރެން ދުވަހަކުވެސް އޭނައަކަށް ދެރައެއް ނޭދޭނަން.” ސާރާ ވަރަށް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.

“ލޯބިވެޔޭ!! ބަފާ އުމުރުގެ މީހެއްދެކެ. ޗީ!! ތިވަރުގެ މީހަކު ފަހަކަށް ނުޖެހޭނެ ތިމާގެ ބަފާ ގަޔަށް އަރާކަށްވެސް.” ރިޒްނާގެ ވާހަކަތައް މިހިސާބަށް ދިއުމުން ސާރާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާއަށް ރިޒްނާގެ މޫނަށް ހޫނު އެތިފަހަރެއް އަރުވާލެވުނީ ރިޒްނާ އެދެއްކި ހުތުރު ވާހަކަތަކެއްގެ ސަބަބުންނެވެ.

“ރިޒްނާއަކަށްވެސް އަހަރެންނާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ނުކިޔޭނެ. އަހަރެންގެ މައިންބަފައިންނަކީ ކޮން ބައެއްކަން އަހަރެންނަށް ނޭނގުނަސް، އަހަރެންގެ މައިންބަފައިންނާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ކިޔާކަށް އަހަރެން ފުރުސަތެއްވެސް ނުދޭނަން. އެނގިއްޖެތަ؟” ސާރާއަށް ހަޅޭއްލަވައިގަނެވުނެވެ. ރިޒްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސާރާއަށް އެފަދަ ހިތްވަރެއް ލިބިދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ.

“ކިހިނެއްވީ؟ ހަޤީޤަތަށް ބުނީމަ އެކަން ހަޖަމެއް ނުކުރެވުނު ދޯ؟ ނޫންނަމަ ކަލޭ ހުޒާމް ކަހަލަ މީހަކާ ނުގުޅޭނެ. ކަލޭ ތީ ރާއްޖެތެރޭ އަޅާލާނެ އެއްވެސް މީހަކު ނެތް ބޮޑު ނިކަމެއްޗެއް. ތިކަހަލަ މީހަކު ހުޒާމް ކަހަލަ މުއްސަނދި މީހަކާ ނުގުޅޭނެ ރަނގަޅު ނިޔަތެއްގައެއް. ތިކަހަލަ މީހުން ބޭނުންވާނީ މުދަލާ ފައިސާ. ތިއުޅެނީ އޭގެ ދަހިވެތިކަމުގަ. އަހަރެން ދިރިހުއްޓާ ކަލެއަކަށް ލާހިކެއް ނޫން އެކަން ކުރާކަށް. އެއީ އަހަރެން ކަލޭ އެކަން ކުރިޔަ ނުދޭނީ.” ރިޒްނާ ބޭނުންވީ ވީހާވެސް ބޮޑަށް ސާރާ ހިތުގައި ޖައްސާލާށެވެ. އޭނާގެ މަލާމާތާއި ފުރައްސާރައަށް ކެތްނުވެގެން އެގެއިން ނުކުމެގެން ދާވަރު ކޮށްލާށެވެ. ހުޒާމްގެ ހަޔާތުން މުޅި އުމުރަށް ސާރާގެ ނަންވެސް ފޮހެލާށެވެ. ދުލަށް އައިހާ އެއްޗެއް ސާރާއާ ދިމާއަށް ކިޔަމުން ދިޔައީ އަމިއްލަ އެދުމުން ފޯވެގެންނެވެ. ކޮންމެފަދަ ހާލެއްގައިވެސް ހުޒާމް ހާސިލްކުރަން ބޭނުންވާތީއެވެ.

“މާތް ﷲ ގަންދީ ބުނަން. އަހަރެންނަކީ ހުޒާމްގެ މުދަލަށް ދަހިވެތިވެގެން އުޅޭ މީހެއް ނޫން. އަހަރެން ހުޒާމްގެ ގެއަށް އައީ މަތިންބައިން ޖެހިގެންނެއްވެސް ނޫން. ހުޒާމް އަހަރެން ގާތު އެދުނީ އޭނައާއެކު މާލެ އަންނަން.” ސާރާ ރޮވިފައިހުރެ ބުންޏެވެ.

“ހުހް. ބޭކާރު ވާހަކަ. ބުނަން ރަނގަޅު ވާހަކައެއް. މީގެފަހުން ކަލެއަކަށް އެގެއަކު ނުހުރެވޭނެ. އެގެ ކީއްކުރަން؟ މި ދިވެހިރާއްޖެއަކުވެސް ނުހުރެވޭނެ.” ސާރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއަދު މިފެނުނީ މީގެކުރިން ރިޒްނާގެ ފަރާތުން ނުފެންނަ ސިފައެކެވެ. މީހުން ބުނަނީ ހަމަ ތެދެކެވެ. ކިތަންމެ ދުވަހަކު އެކުގައި އުޅުނަސް މީހެއްގެ ގޮތެއް ދަހެއް ނުވާނެއެވެ.

“އެހެންތަ؟ އެއީ ހުޒާމްގެ ގެ. އަހަރެން އެގެއަށް ގެންދިޔައީ ހުޒާމް. އެހެންވީމަ ހުޒާމް ނޫން މީހަކަށް އަހަރެން އެގެއަކުން ނުވެސް ނެރެވޭނެ. އަދި ބުނަން. މީ އަހަރެންގެވެސް ޤައުމު. އެހެންވީމަ އެގެއިން ނެރެލިޔަސް ރިޒްނާއަކަށްވެސް އަހަރެން މިޤައުމަކުން ފޮނުވައެއް ނުލެވޭނެ.” މިފަހަރު ސާރާގެ ގާތަށްވެސް ރުޅިއައެވެ.

“އެހެންތަ ހީވަނީ؟ ކަލެއަށް ތިއުޅެނީ އަދި އަހަރެމެންގެ ހަޤީޤަތް ނޭނގިގެން. ހުޒާމްއަކީ އަހަރެންގެ ވާންއުޅޭ ފިރިމީހާ. އޭނަ ވަނީ އެގެއަށް މީހުން ވެއްދުމާއި ނެރުމުގެ ބާރު އަހަރެންނަށް ދީފަ. އެނގިއްޖެތަ؟” ރިޒްނާގެ ވާހަކައިން ސާރާއަށް އެއްޗެއް ވިސްނިއްޖެއެވެ. ރިޒްނާ ހުޒާމްދެކެ ލޯބިވަނީއެވެ.

“ތީ ކަނޑައެޅިގެން ދޮގެއް. ހުޒާމް އަހަރެން ގާތު ބުނީ ތީ އޭނަގެ ބެސްޓް ފްރެންޑޭ. އެއަށްވުރެވެސް ބޮޑަށް ދެކެނީ ކޮއްކޮއެއް ގޮތަށޭ. ދެން އެހެންވީއިރު ތިވާހަކަ ދެކޮޅެއް ނުޖެހޭ. އަހަރެންނަށް ޔަޤީން ހުޒާމް އަހަރެންނަކަށް ދޮގެއް ނުހަދާނެކަން.” ސާރާ ބުންޏެވެ.

“ހުޒާމް އެހެނެއް ނުބުނާނެ. ކޮންމެ ގޮތެއްވިޔަސް ކަލޭ ޖެހޭނީ ދާން. ހުޒާމްގެ ފުރާނަ ސަލާމަތްކުރަން ބޭނުމިއްޔާ އަވަހަށް ފުރަން ތައްޔާރުވޭ! އަދި ބުނަން. ކަލޭ ދާތަން އެއްވެސް މީހަކަށް އެނގިގެން ނުވާނެ! އަދި މިދެއްކި އެއްވެސް ވާހަކައެއް މީހެއް ގާތު ބުނެގެންވެސް ނުވާނެ! ބުނެފިއްޔާ ދެން ވަރަށް ދެރަ.” ރިޒްނާ އެހެން ބުނެލުމުން ސާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރިޒްނާއަކީ ހަމަ މިހާ ނުރައްކާތެރި މީހަކީބާއެވެ. މިހާރު ސާރާ ރިޒްނާދެކެ ބިރުގަންނަން ފަށައިފިއެވެ. އޭނާއަށް ހުޒާމްގެ ލޯބި ނުލިބުނަސް ހުޒާމްގެ ފުރާނަ ސަލާމަތްކުރަން ބޭނުމެވެ.

“އެންމެ ރަނގަޅު. އެކަމަކު އަހަރެންނަށް ހަމަ އެންމެ ކަމެއް ކޮށްދީފާނަންތަ؟” ސާރާ އެހެން ބުނެލުމުން ރިޒްނާ ނިތް އަރުވާލީ އެއީ ކޮންކަމެއްހޭ ބުނާފަދަ ގޮތަކަށެވެ.

“ދެން އަހަރެންނަށް ހުޒާމް ފެންނާނެ ކަމެއްވެސް ނޭނގެ. އެހެންވީމަ އަހަރެން އެންމެފަހު ފަހަރަށް އޭނަ ދެކިލަން އޭނަ ފެންނަ ހިސާބަށް ގެންގޮސްދީ. ޕްލީޒް!” ސާރާ އާދޭސްކުރިއެވެ. މުޅި އުމުރަށް ހުޒާމްގެ ހަޔާތުން ސާރާ ވަކިވާނެކަމުގެ ޔަޤީންކަން ލިބުމުން ރިޒްނާ އެކަމަށް އެއްބަސްވިއެވެ. އޭރު އެމޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ދެން އޭނާއާއި ހުޒާމްއާ ދެމީހުންގެ މެދުގައި އެއްވެސް ހުރަހެއް ނޯންނާނެއެވެ.

ރިޒްނާ ސާރާ ގޮވައިގެން ދިޔައީ އައިސީޔޫ އަށެވެ. ބިއްލޫރިގަނޑުން އައިސީޔޫގެ އެތެރެ ފެނުމާއެކު ސާރާގެ ހަރަކާތް ހުއްޓުނެވެ. މުޅި ގަޔަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ހަޔާތުގައިވެސް މިހާ ބިރުވެރި މަންޒަރެއް އަދި ނުދެކެއެވެ. ހުޒާމްގެ އެތަން މިތަނަށް ގުޅާފައިވާ ހޮޅިތައް ފެނުމުން އޭނާގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. އަނގަޔަށް ހޮޅި ގުޅާފައިވާއިރު ހުޒާމް ފެންނަނީ އެއްވެސް ދިރުމެއް ނެތްފަދަ ގޮތަކަށެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ރޮއިގަނެވުނެވެ. އޭނާއަށް އެމަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ. އޭނާ ދުވަމުން ބޭރަށް ނުކުތެވެ. ބޭރަށް ނުކުމެފައިވެސް އޭނާއަށް އެތައްއިރަކު ރޮވުނެވެ.

ދަންވަރުގެ ވަގުތުކަމުން ޓެކްސީއެއް ހޯދުންވީ ވަރަށް ދަތި ކަމަކަށެވެ. ވަރަށް މަސައްކަތުން ޓެކްސީއެއް ހޯދައިގެން އޭނާ ދިޔައީ ގެއަށެވެ. އޭރު ޝަރީފާ ވީ ކޮޓަރީގައެވެ. ހަމަޖެހުމުގެ ނޭވައެއްލަމުން އޭނާ އަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝަރީފާއާ ދިމާވިނަމަ އެތައް ސުވާލެއް ކުރިމަތިވީހެވެ. އޭރުން އޭނާގެ ކެތްތެރިކަން ކޮޅުންލައި ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ކިޔައިދެވިދާނެއެވެ. އޭރުން ހުޒާމްގެ ފުރާނަ ނުރައްކަލާ ކުރިމަތިލާން ޖެހޭނެއެވެ. ފަހަރެއްގައިވެސް އެހެން ވާކަށް އޭނާ ބޭނުމެއްނޫނެވެ.

ޖެހިގެން އައި ދުވަހު ޝަރީފާއަށް ޝައްކެއްވެސް ނުވާނެހެން ސާރާ ފުރުމުގެ ކަންތައް ރިޒްނާ ހަމަޖެއްސިއެވެ. ޝަރީފާ މެންދުރުފަހު ދޭއްގެ ޚަބަރު ބަލަން އިންދާ ސާރާ ކޮޓަރިން ނުކުތެވެ. ސާރާ ހިފައިގެން ހުރި ފޮށި ފެނިފައި ޝަރީފާއަށް ކޮޅަށް ތެދުވެވުނެވެ.

(ނުނިމޭ)

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ޢަޞްރު (ފަންސާސްވަނަ ބައި)

Next

ހިތުގެ އެދުމޭތީ (7 ވަނަބައި)

Next
March 5, 2017

ހިތުގެ އެދުމޭތީ (7 ވަނަބައި)

Previews
March 5, 2017

ޢަޞްރު (ފަންސާސްވަނަ ބައި)

41 Comments

  1. Aish says:
    March 5, 2017 at 7:33 am

    Mee copy kohfa in vaahaka eh.. Knme myhaku knme ehchekey kiya heyo.. Mee YASHFA liyefa in vaahaka eh.. Copy kuran fisaari molhu myheh thy ingeyy.. Btw yashfa ge mi vaahaka vrhh reethi ❤

    1. Fathu says:
      March 5, 2017 at 8:50 am

      Copy nun vaahaka eh liyeba . myhunaa jassaalius body varey.sandy aky ehaa dhashu dharajaige writer eh nun copy kuran. Den ehen vaahaka egga oiyy baheh beynun kohlius copy. Copy nun gotakah nuliyeveyne eyrah

    2. Anonymous says:
      March 5, 2017 at 10:00 am

      Ma nukiyan mi vaahaka eh kuri akun… Mi vaahaka kiyaalan libeyne gotheh bunedhybala.. Aaish

  2. KIYAA KUJJA says:
    March 5, 2017 at 8:11 am

    YASHFA GE MI VAAHAKA IGE NAMAA KIYAALAH LIBEYNE GOTHEH BUNEDHYBALA AISH

  3. Anonymous says:
    March 5, 2017 at 8:16 am

    vvv reethi ehkkala bai gandhu feshey dho copy ey kiyaafa dhen Saandy kaalanveenun Rola mi site vaahaka Liyaa Meehun abadhu jassalaafa thibenee dhuvahakuves copy ehche adhuves naahaa copy ehche nubalaa kudhinney miulhenee fonivias thee bodhuvaru

  4. Maree says:
    March 5, 2017 at 8:47 am

    VV reethi mi baives mi site enmeh reethi vaahaka liyanee Saandy aa shine aa dhemeehun gaboolu kurias nukurias mee thedhu

    1. Fahu says:
      March 5, 2017 at 9:18 am

      Mary thibuny thedheh shine and saandy vareh neh. Ekama jelas vegen copy ey kiyany vx .v fuhivey efaadah ulheythy.

  5. sh says:
    March 5, 2017 at 10:23 am

    Hmmm aharn ves keen mivaahaka mini kohmes vrakah badalhu kih fa dhww…foohi dhn hama copy.hama copy foohi dhen liyan neygenyaa nuliye

    1. Aish says:
      March 5, 2017 at 9:18 pm

      Yeahhh.. Aslu vaahaka liun kuhjaa dhera kuraakah buni ehcheh nun.. Aish kiin mi vaahaka n this story ehbai than than badhalu kohfa ebahuri

  6. Yaana says:
    March 5, 2017 at 10:34 am

    Kopy vaahaka yakah viyus dhen kee kaleymen kiyus ni vaahaka nukiyaa meehunah hama new

  7. Lee says:
    March 5, 2017 at 10:35 am

    Saandy is the best

  8. mau says:
    March 5, 2017 at 10:43 am

    Ehenviyya evaahakaige name bunebala… Copy nukura meehaku ulheytha??? Midhen boduvaru ehgoyy story vx liyevidhaane dhw.. Dhn copy eh viyya nukyma v ennu… Shine n saandy v neh hama.. Jahsaaliyas midhen boduvaru Kane..saandy kuriah kuriah baarah kuriah… Vvvv reethi ipart love u ????????????????????

  9. Lee says:
    March 5, 2017 at 10:46 am

    Meega ebahuri e bunaa vaahaka akaai v v eggoig kanthahthah.caahakaige plot hama writer ge boluga iny e waahakayaa eggothahhen heevanee.ehnveema ehn gothakah kiyan undhaguvanee… dhen vedhaane saandy aky yashfa ahves dhw. Ehnviyas dhevaahakaeh mix kurevifa miothy. Yashfage vaahakaiga ulheynee inax eh huzamge cerecter ga. Saaraa ey huzaam athun kandah gellunu kujja. Maama ah nubeligen ehnmehaku bLaafa vikkaalaafa e hury saara. Saaraage dad ey roona rape kuri gangmeeheh. Ehnve beyru kujjakaa vahthary.. mivaahakaiga huzaam jalun salaamaih viyakas aneh vaahakaiga saara r huzam dhimaavany jalun nd ethanuga jalu meehun saara raoevx kuraane. Ethanun dhemeehun salaamaih vanyves v haalun. Badhalukohfa hury huzam ah mom eh libunugothaa riznage firimeeha maraaligoih. Adhikiriyaa saara jalah fonuvan e ulheny kandu mathin e dhimaavaa haadhisaa adhi kandufeyrey meehun ana baives hama ehves thafaathehneh yashfage vaahaka akaa. Hama same. alhe vaagoih balan thibebala .

    1. Anonymous says:
      March 5, 2017 at 11:31 am

      Mi vahakagai vex sara vaanee roona kujjaa ah balan hunnaathi… Ehen noonee copy ey gova varun change vex kollafaaane kihineh ingenee.. Lets see what happens.. Dhen mi vahaka mee eeramge sequel eh kamah balama dhw… Saandy ehbas vias ok ee evahaka kiagen idea eh libunee eii… Saandyge ehen vahaka thah varah salhi aslu.. Ekam mi vahaka eeram aa eha same vee ma.. Kada…

    2. Anonymous says:
      March 5, 2017 at 11:41 am

      Dhe vahaka eh bahun bahah akurun akurah, jumlathah hama e huri gothah, etharutheebun, ehen meehehge sikundiah aisgen liyumakee coincidence ehtha. .. Haadha gabool nukurevey..

  10. lubo says:
    March 5, 2017 at 10:54 am

    copy kuri story ge nan bunedheeba ihgey kuhjake

  11. Aish says:
    March 5, 2017 at 10:56 am

    Varah sali

  12. Lee says:
    March 5, 2017 at 11:05 am

    ޔަޝްފާގެ ވާހަކަ އަށް ކިޔަނީ އީރަމް

    1. Fahu says:
      March 5, 2017 at 11:33 am

      Iran kin .but mivaahaka thafaath. Konme story eggs vx ehgoiy kan kan hurey.

  13. maree says:
    March 5, 2017 at 11:44 am

    hajam wiyas nuwiyas mee hama copy eh.thankolheh boduwaru dhen.waahaka liyah neyngehyaa nuliyebala.meehunge waahakathah copy kohgeh liyany..mi copy eh noon kamakah nuwaane kithame warakah thelhunas.mashah fehnany waahaka liyun huhtaalah.amihla meehaa ah waahaka liyah neyngenyaa?????????????????????????

  14. liu says:
    March 5, 2017 at 11:51 am

    yas ge story ey copy kohfa mee.dhen v foohi copy kohgeh liyefa huri iruves ehaa hama nujehey.liyah neyngenyaa nuliyah feney meehunge storys copy nukoh.meehaku ehen meehaku liyefa in story eh balaageh ehcheh liyefaane bt mee dhen boduvaru mulhi storys e othy hama copy kohlaafa?????? vaahak liyaane kamehneh geyga reechah innah fehnany?????

    1. Nysha says:
      March 5, 2017 at 1:48 pm

      Mivaahaka kiyan liben I koan sitakun

  15. shine ge fan says:
    March 5, 2017 at 11:57 am

    adhi mi kahala meehaka shine aa hama kuraathee foohivanee…shine liyetha copy stories….mee huss copy stories liyaa firiheneh

  16. Ammuty says:
    March 5, 2017 at 12:03 pm

    Enmen ehaa varah copy ey kiyaairu sandy ge ehves baheh mi nufennany konmea sababeh vegen dho? Sandy dhen ehchekey bunan vehje ehnu

  17. KIYAA KUJJA says:
    March 5, 2017 at 12:28 pm

    yasfa ge vaahaka kiyaalah libeyni kihineh kohthaakun

  18. KIYAA KUJJA says:
    March 5, 2017 at 12:32 pm

    lee koh sateh ga tha eeram vaahaka publish kohfa iny

    1. Pooh bear says:
      March 6, 2017 at 8:24 am

      E vaahaka bookshop thakun libeyne.

  19. Pinker says:
    March 5, 2017 at 1:20 pm

    Copy copy kiyaa comment kuraa iru heevanee Copy nukuraabaeh hen mee dhen… Mashah varihama mee copy vaahaka akah viyas, ekaku nukiyas aharen mivaahaka kiyaanan…

  20. Kiyaa Meehaa says:
    March 5, 2017 at 1:52 pm

    V salhi… v heevey eki nan namuga mi comment kurany ekakuhen… Comment thakah balaaleema eba heevey ekehge comment thakehhen

  21. Saandy says:
    March 5, 2017 at 2:31 pm

    މިހާރު ކޮމެންޓްތައް މާ ހުތުރުކޮށް ލިބެމުން ދާތީ މިވާހަކަޔާ ބެހޭގޮތުން ސާންޑީ އެބަޖެހޭ އެއްޗެއް ބުނަން… އެފަދަ ކޮމެންޓްތައް ޑިލީޓް ކޮށްލާނެ ވާހަކަވެސް ބުނެލަން… ސާންޑީއެއް ތިބުނާ އީރަމް އެއް ނުކިޔަން… ސާންޑީއަކީ ފޮތް ގަނެގެން ކިޔާ މީހެއް ނޫން… އެކަމަކު މިވާހަކައަކީ ސާންޑީގެ ފްރެންޑެއް ދިން އައިޑިއާ އެއް… ދެން ޤަބޫލުކުރާ ކުދިން ކުރަންވީ… ނުކުރާ ކުދިން ނުކުރަންވީ… ވަރަށް ބޮޑަށް ޝުކުރިއްޔާ ވާހަކަ ކިޔާލާތީ

    1. yashfa ge fan says:
      March 5, 2017 at 2:48 pm

      come on saandy. tell the truth. saandy vaahaka nukiyas. saandyge friend evaahaka saandyah kiyaadhinee.ehen vma koba thafaathakee. saandy heekuree enmen ves saandy haa gamaaruvaane kamahtha

    2. Saandy says:
      March 5, 2017 at 3:00 pm

      ޔަޝްފާގެ ފޭންއަށް ބުނެލަން އޮތީ ކިތަންމެ އެއްޗެއް ކިޔަސް ސާންޑީ ކުރި ކަމަކަށޭ އެއްބަސްވެވޭނީ… ނުކުރާ ކަމަކަށް މަރާލިޔަސް އެއްބަހެއް ނުވާނަން… ސާންޑީއަކަށް އެއްވެސް ކުއްޖަކު ތިބުނާ އީރަމް ވާހަކަ ކިޔައެއް ނުދޭ… ސާންޑީގެ ފްރެންޑެއް ބުނީ މިހެން މިހެން ވާހަކައެއް ލިޔެފިއްޔާ ވަރަށް ސަޅި ވާނެޔޭ… އޭރަކުވެސް ނުބުނޭ ވާހަކައެއްގަ ވާގޮތެކޭ… ބުނިނަމަ ނުލިޔުނީމުސް… ސޯ ސްޓޮޕް އިޓް… ހުރިހާ ކަމެއް އެނގޭނެ ދުވަހެއްވެސް އަންނާނެ… ވަރަށް ސަލާމް

    3. Unee says:
      March 5, 2017 at 4:26 pm

      Anyway, mi vaahaka varah reethi, so up kohlladheythi, nukiyaa kudhinves ulheyne

  22. kiaa says:
    March 5, 2017 at 4:54 pm

    Mivaahaka evvess varakah reecheh noon… mimeehun nakan neygeyne amilla gothakah vaahakaeh liyakah ehen meehunge vaahaka than hadi kuran mimeehun nan ingeyny so sad..???

  23. yashfa ge fan says:
    March 5, 2017 at 5:02 pm

    will not stop it. thee hama cpy saandy. echcheh liyan neyguneema enme mashooru liyuntheringe stories copy kohlanee. hithun maa molhu liyuntheriakah vaan vegen. adhi shine aa yo mi vaadha kuranee. huh dnt even try

    1. Baby girl says:
      March 6, 2017 at 2:36 am

      ???annanee

  24. Me says:
    March 5, 2017 at 5:13 pm

    Yasfa missge life gaathun fenifa huri dharivarehge haisiyyathun bunelan othee im proud of her.. Cux others are really inspired by her now.. Which proves that she is one of the best writer in our country.. Already ethah awardehvex miss vanee vahaka liumuge dhaairaa in hoadhafa… So im proud of her.. N mi vahaka liaa writer ah bunelan othee mi vahaka nimendhen genesdheyne kamah ummeedhu kuramey.. Cux i wanna see the difference between both stories.. \(○^ω^○)/

  25. sannu says:
    March 5, 2017 at 9:23 pm

    dhihavanabey beynun

  26. Aish says:
    March 6, 2017 at 12:15 am

    Vaahaka nukiyaa kudhin kiyaalan beynun genes dhehche

  27. Baby girl says:
    March 6, 2017 at 2:42 am

    Wow ❤️
    Beautiful ?
    Speechless?
    Talented writer ?
    Meehaku kuri araa dhanya j vaa meehunves ulheyne. Emyhu kiyaa ehchakah nuvisnaa kuriyah dhiyaima rangalhuvaane ?

  28. xeyboo says:
    March 16, 2017 at 3:05 pm

    salhi .:)

Comments are closed.

All Right Reserved!