އަކްރަމް އެނދުމަތީ އިށީދެލަމުން ދެއަތުން މޫނުމަތީ ހުރި ދާތިކިތައް ފޮހެލިއެވެ. އަދި އަވަސް އަވަހަށް ބޭރަށް ނިކުމެ އަޑުއިވޭ ހިސާބުގަ މީހަކު ހުރިތޯ ދެކޮޅު ހޯދާ ބަލާލިއެވެ. މީހަކު ފެންނަށް ނެތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. މުޅިރޭހެން ޔާނިޝް ހޭދަކުރީ ގެއިންބޭރުގައެވެ. އެބައްޕަގެ މޫނުވެސް ދެކެންބޭނުން ނުވާކަހަލައެވެ.
“އައްސަލާމް އަލައިކުމް………”
އަމަރް ސަލާމްގޮވާލީ ސިޓިންރޫމްގަ ތިބި ޔާނިޝްއާއި އަޔާން ފެނުމުންނެވެ.
“އަހަނ އަމަރް……… ކޮންއިރަކު ރަށަށް އައީ………… އާދޭ އިށީނަން”
“އިއްޔެއައީ…….. މިއަދު މީޝާ ޓޭސްޓްގެ ރިޒަލްޓް ލިބުން ވާހަކަ ބުނީމަ ކޮންގުރާ ކިޔަންމިއައީ………….”
އަޔާންގެ ސުވާލަށް ޖަވާބުދެމުން އަމަރް އިތުރަށްބުނެލިއެވެ. އަމަރް އުންމީދުކޮއްގެންހުރީ އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް މީޝާ އެއްވަނަ ގެންނާނެކަމަށެވެ.
“މިފަހަރުވެސް އާޔާ ފާހެއްނުވޭދޯ…………….”
އާޔާއާއި މީޝާ އަންނަތަން ފެނުމުން އަޔާން އަހާލިއެވެ.
“ނޫން ދޮންބޭ………. މިފަހަރު އަހަރެން ފާސްވި……….. ޔެސް ދޮންބޭ….. އައި ޑިޑް އިޓް………..”
އާޔާހުރީ އުފަލުން ފޮޅިފައެވެ. ޔާނިޝް މީޝާގެ މޫނަށް ބަލާލިއެވެ. އެރީތި މޫނުމަތިން ފެންނަނީ މޮޅިވެރިކަމާއި، މާޔޫސްކަމެވެ.
“މިފަހަރު މީޝާއަށް ފުލް މާކްސް ލިބޭނެ އެހެންވިއްޔާ……. އާޔާ ޕާސްވާނީ ވަރަށް ފަސޭހަވީމަ…………….”
އަޔާން މީޝާއަށް ބަލާލަމުން ބުނެލިއެވެ.
“ދޮންބޭ……. މިފަހަރު…… މިފަހަރު މީޝާ ފާހެއްނުވޭ……….”
އާޔާ މަޑުމަޑުން ބުނެލިއެވެ.
“ވަޓް………….. މީޝާ ފާހެއްނުވެއޭ…………….”
އަމަރް މީޝާގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. މީޝާ އިސްއުފުލާ އަމަރްއަށް ބަލާލިއެވެ. އަދި ޔާނިޝްގެ މޫނަށް ބަލާލިއެވެ. އޭރު ޔާނިޝްވެސް އިނީ މީޝާއަށް ބަލާށެވެ. މީޝާގެ ޖަވާބަކަށް އެދިއެދިއެވެ. މީޝާ އަނެއްކާވެސް އިސްޖަހާލިއެވެ.
“މީޝާ މިފަހަރު ކިހިނެއްތިހެދީ…….. ދެންފަހަރަކުން ވަރަށް މަސައްކަތްކުރާތި ފާސްވޭތޯ އިނގޭ………”
އަޔާން މިހެން ބުނުމުން އާނއެކޭ ބުނެ ބޯޖަހާލަމުން މީޝާ ދިޔައީ ކޮޓަރިއާ ދިމާލަށެވެ. ޔާނިޝް އަދިވެސް އިނީ މީޝާއަށް ބަލާށެވެ.
“ކޮބާ އަހަރެންގެ ގިފްޓް……….”
ޔާނިޝް ސިހުނީ އާޔާ ވާހަކަ ދެއްކުމުންނެވެ.
“ކޮން ގިފްޓެއް…………”
ޔާނިޝް ކުޑަކޮން ހައިރާން ވެލަމުން ބުނެލިއެވެ.
“އަޅޭ………….. އަހަރެން ފާސްވީމަ ގިފްޓް ދޭންޖެހޭނެ އެއްނު………..”
އާޔާ މިހެންބުނުމުން ޔާނިޝް ކުޑަކޮން ހީލިއެވެ. ޔާނިޝް އަދިވެސް އިނީ މީޝާ ފާސްނުވި ސަބަބެއް ބަލަންބޭނުންވެފައެވެ.
އަމަރް އާޔާއަށް ކޮންގުރާ ކިޔާލުމަށްފަހު ދާންހިނގައި ގަތެވެ. އަމަރްއަށް ހުރީ ގަބޫލް ކުރަށްދަތިވެފައެވެ.
“މީޝާ………. ޓެންކި ޔޫ ސޯ މަޗް………. އަހަރެންބުނި ގޮތަށް ކަންތައް ކުރީމަ……..”
އާޔާ މީޝާއާ ވާހަކަ ދެއްކީ ކޮޓަރީ ހުރެގެންނެވެ.
“އަހަރެންގެ ޕޭޕަރގަ މީޝާގެ ނަންޖަހާފަވެސް ހިތަށްއެރި މީޝާ އަހަރެންގެ ނަމެއް ނުޖަހާނޭ….. އެކަމަކު މީޝާ އަހަރެން އުންމީދު ކުރި ވަރަށް ވުރެންވެސް ރަގަނޅު…………”
އާޔާ މީޝާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ. މީޝާގެ ހިތްކުރާ ހިތާމަ އާޔާއަށް ނޭނގޭ ކަހަލައެވެ.
“އިއޮތީ ގިފްޓު…………….”
އާޔާ ސިހުނީ ޔާނިޝްގެ އަޑަށެވެ. އަވަސް އަވަހަށް މީޝާއާ ދުރުވެ ޔާނިޝްއަށް ބަލާލިއެވެ.
“ޔާނިޝް……….. އަހަރެމެން ދެއްކި ވާހަކަ އިވުންތަ ޔާނިޝްއަށް………..”
އާޔާއަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ.
“ކޮންވާހަކައެއް…………..”
ޔާނިޝްއަށް އެއްވެސް ވާހަކައެއް އިވުންހެންނެއް ހިޔެއް ނުވެއެވެ. އާޔާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލީ ޔާނިޝްއަށް އަޑުނީވޭކަން ޔަގީން ވުމުންނެވެ.
“ކޯޗެއް މީ………….”
ޔާނިޝްގެ އަތުގައިން ޕާރުސަލްގަ ހިފާލަމުން އާޔާބުނެލިއެވެ. މީޝާވެސް ހުރީ އެޕާރުސަލްއަށް ބަލާށެވެ. އެވަގުތު ޔާނިޝް ބަލާލަށް އުޅޭހެން ހީވެގެން މީޝާ އަވަސް އަވަހަށް އިސްޖަހާލިއެވެ.
ޔާނިޝްއަށް ޖަވާބެއް ނުދެވެނިސް އާޔާ ޕާރުސަލް އެނދުމަތީ ބައިންދާފަ ކަޑާލިއެވެ.
“ވާއު………. އިޓްސް ސޯ ބިއުޓިފުލް………….”
ޕާރުސަލްގައޮތް ރަތްކުލައިގެ ހެދުންނަގާ ގައިގަ ޖައްސާލަމުން އާޔާ ބުނެލިއެވެ.
“އެބައަންނަން މިހެދުން ލައިގެން……. ޔާނިޝް މަޑުކުރައްޗޭ…………..”
ޔާނިޝް ހިނިތުން ވެލުމުން، އާޔާ ހެދުން ހިފައިގެން ފާހާނާއަށް ވަނެވެ.
“މީޝާ ކީއްވެ މީޝާގެ ޕޭޕަރގަ އާޔާގެ ނަންޖެހީ………”
ޔާނިޝްގެ ސުވާލުން މީޝާ ސިހުނެވެ. ޔާނިޝް ހުރީ ސީދާ މީޝާގެ މޫނަށް ބަލާށެވެ. އެދެލޮލުން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ.
“ޔާނިޝް….. އަހަރެންޖެހީ ހަމަ އަހަރެންގެ ނަން………….”
މީޝާ ޖެހިލުންވެހުރެ ބުނެލިއެވެ. ޔާނިޝްއަށް އެގިއްޖެކަން މީޝާއަށް ޔަގީންވާތީއެވެ.
“މީޝާ އަހަރެންދެކެ ލޯތްބެއްނުވޭ ދޯ……. އެހެންވެ އެއްނު އަހަންނަށް ދޮގުތިހަދަނީ…..”
ޔާނިޝް މިހެންބުނުމުން މީޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މީޝާ ޔާނިޝްގެ ކައިރިއަށް ދާން ހިގައިގަތް ތަނާހެން އާޔާ ނުކުތެވެ.
“ރީތި ދޯ…………..”
ތެފަރާތަކަށް އެބުރިލަމުން އާޔާ ބުނެލިއެވެ. ޔާނިޝް ހިނިތުންވެލަމުން ބޯޖަހާލުމަށްފަހު ނިކުމެގެން ދިޔައެވެ.
މެންދުރުގެ ކެއުމުގެ ވަގުތެވެ. އެންމެންވެސް އެކި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ޔާނިޝްއިނީ ވަރަށް ހިމޭންވެފައެވެ. އަކްރަމް ކައިރީގަ އިނުމުން ޔާނިޝްގެ މޫޑު އިތުރަށް އޮފްވިއެވެ.
“އަންނަމަހު 3ގަ ޔާނިޝްމެންގެ ކައިވެނި ކުރުވަން އަހަރެން މިވިސްނަނީ……. އަކްރަމްބެއަށް ކިހިނެއް ހީވަނީ…………….”
އަޔާން މިހެންބުނުމުން ޔާނިޝް ކޮށިއެރިއެވެ. ޔާނިޝް ކެއްސަން ފެށުމުން އަކްރަމް ފެންތަށި ނަގާ ދިއްކޮއްލިއެވެ.
” އަވަހަށް ފެންފޮދެއްބޯލާ………”
އަކްރަމް މިހެންބުނި އަޑުވެސް ޔާނިޝްއަށް ނީވޭ ކަހަލައެވެ. އައިރީއިން ފެންތަށިނަގާ ކުޑަ އެތިކޮޅެއް ބޯލިއެވެ.
” 3 ވެސް ލަސްކަންނޭނގޭ……. ޔާނިޝްއަށް ރަގަނޅުވާނީ މިކައިވެނި އަވަސްވި ވަރެއް…. ދޯ ޔާނިޝް……………”
ކަރުކެހިލަމުން އަކްރަމް ބުނެލިއެވެ. އަކްރަމްގެ ކޮންމެ ހަރަކާތަކުން ޔާނިޝްގެ ރުޅިގަނޑު އިތުރުވެއެވެ. ކާންއިން ތަށި ބޭންދުމައްފަހު ޔާނިޝް ތެދުވެގެން ދިޔައެވެ.
“އަޔާން ޔާނިޝްއާ ވާހަކަ ދައްކާލައިގެން ކައިވެނި އަވަސް ކުރީޔާ ކަންނޭނގެ ރަގަނޅުވާނީ……… ޔާނިޝް ރޭގަވެސް ބޭބެ ކައިރީކި އަވަހަށް ކައިވެނި ކުރަންބޭނުން ވާހަކަ……….”
މިކައިވެންޔަށް ޔާނިޝް ނުރުހޭކަން އަކްރަމްއަށް އެނގޭކަހަލައެވެ. އަކްރަމްގެ ވާހަކަތަކުން މީޝާއަށް ގަބޫލްކުރަން ދަތިވިއެވެ. ޔާނިޝް ހަމަ އެހެން ބުނެފާނެ ހެއްޔެވެ. މީޝާ ބޭނުންވީ ޔާނިޝްއާ އެސުވާލު ކުރާށެވެ. މީޝާ މަޑުމަޑުން ގޮނޑި ދުރުކޮއްލުމައްފަހު ތެދުވެގެން ހިގައިގަތެވެ. އޭނާ ބޭނުންވަނީ ހަމަ މިވަގުތު ޔާނިޝްއާ ބައްދަލު ކުރާށެވެ. މީޝާގޮސް ޓެރަސް މައްޗަށް އެރީ ޔާނިޝް ކޮޓަރީގަ ފެންނަށް ނެތުމުންނެވެ. ޓެރަސްމަތީ ހޮޅިއެއްގަ ލެނގިލައިގެން ހުރި ޔާނިޝް ފެނުމުން ބާރު ހިނގުމެއްގައި މީޝާގޮސް ޔާނިޝްގެ ކައިރިއަށް ހުއްޓުނެވެ.
“ޔާނިޝް ހީވަނީ މިކައިވެނި ކުރަން ކެއްމަދުވެފަ ހުރިހެން………….”
މީޝާ ވާހަކަ ދެއްކިގޮތުން މީޝާހުރީ ހިތްހަމަ ނުޖެހިފަކަން ޔާނިޝްއަށް އެނގުނެވެ.
“މިހާރު ކިހިނެއްވީ………………”
މީޝާއާ ދިމާލަށް އެބުރިލަމުން ޔާނިޝް އަހާލިއެވެ.
“ޔާނިޝްގެ ބައްޕަބުނި ޔާނިޝް ބޭނުންވަނީ މިކައިވެނި އަވަސް ކުރާށޭ……….”
މީޝާ މިހެންބުނުމުން ފޫހިގޮތަކަށް މޫނުހަދާލަމުން ޔާނިޝް މީޝާއަށް ފުރަގަސް ދިނެވެ.
“ކީއްވެތަ ޖަވާބު ނުދެވެނީ………… ޔާނިޝްގެ ބައްޕަ ދޮގެއް ނުހަދާނެ………..”
މީޝާ ޔާނިޝްގެ ކުރިމައްޗަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ.
” މީޝާ……………… ފުރަތަމަ ކަމަކަށް އެއީ އަހަރެންގެ ބައްޕައެއްނޫން…….. ދެވަނަ ކަމަކަށް މިކައިވެއްޔަކީ ދުވަހަކު ކޮޅުންވެސް އަހަރެން ކުރަންބޭނުން ކައިވެއްޔެނޫން……….. މީޝާއަށް ކީއްވެތަ އަހަރެންގެ ވާހަކަތައް ގަބޫލް ނުކުރެވެނީ…………….”
ޔާނިޝް އަޑު ކުޑަކޮން ބާރުވިއެވެ.
“ޔާނިޝްގެ ބައްޕައެއްނޫނޭ…………..”
މީޝާ ހައިރާންވެ ހުރެ އަހާލިއެވެ.
“އެކަމަކު ޔާނިޝް މިކައިވެނި ކޮއްފިޔާ އަހަރެން ބާކީވާނެ……. އަހަރެންގެ ހުރިހާ އެއްޗެއް އަހަރެން އާޔާއަށް ދީފާނަން…… އެކަމަކު ޔާނިޝްތީ ހަމައެކަނި އަހަރެންގެ ހައްގެއް……..” މީޝާ ޔާނިޝްގެ މޭގަބޯ އަޅާލަމުން ބުނެލިއެވެ.
“މީޝާ….. ޓުރަސްޓް މީ……. އަހަރެން މީޝާނޫން އެހެން މީހަކާ މެރީއެއް ނުކުރާނަން….”
ޔާނިޝް މީޝާގެ އިތުބާރު ހޯދޭތޯ މަސައްކަތް ކުރިއެވެ.
“އެކަމަކު ޔާނިޝް…….. އަހަންނަށް ހީވަނީ ބާކީވާނީ އަހަރެންހެން…..”
މީޝާގެ ހިތަށްވަނީ ވަރަށް އަސަރު ކޮއްފައެވެ.
“މީޝާ އަހަންނަކަށް ޓުރަސްޓެއް ނުކުރަންދޯ…………. އޯކޭ……. ކަމް ވިތް މީ………..”
ޔާނިޝް މީޝާގެ އަތުގަހިފާ ހިގައިގަންނަމުން ބުނެލިއެވެ. ޓެރަސްމަތިން ފޭބިއިރުވެސް މީޝާއަށް ހުރީ ޔާނިޝް ދާންއުޅޭ ތަނެއް ނޭނގިފައެވެ.
“ޔާނިޝް….. ކޮންތާކަށް ތިދަނީ……. އަހަރެންގެ އަތުން ދޫކޮއްލާ…… މީހަކަށް ފެނިދާނެ…..”
މީޝާހުރީ މީހަކަށް ފެނިދާނެތީ ބިރުންނެވެ. ނަމަވެސް ޔާނިޝްއަށް އެއްވެސް ފަރުވާލެއްނެތް ކަހަލައެވެ. ޔާނިޝް މީޝާގެ އަތުގަ ހިފައިގެން ގެއިންނިކުތް މައްޒަރު، ކާކޮޓަރި ތެރޭހުރި ރައުފާއަށް ވަރަށް ރަގަނޅަށް ފެނުނެވެ. ނުނިމޭ
926 Comments
Comments are closed.
Ss
March 5, 2017 at 11:52 amThank you thiha digukoh thihaa avas avaha up kuraathee .
Maahee
March 5, 2017 at 11:59 amWelcome……???
Vaahaka kiyaafa comment kurahchey….. hope u all will like it….. thank you…
i'm me!
March 5, 2017 at 12:09 pmv salhi nxt part avas kollachey…
Maahee
March 6, 2017 at 7:55 amThanks i’m me!…….
Tom
March 5, 2017 at 12:44 pmHaadha kurey vaahaka varah salhi
Maahee
March 6, 2017 at 7:56 amThanks Tom…….
haw shia shaba shi r
March 5, 2017 at 1:01 pmMashaa Allah ,asluves v reethi.n thanks mihaa reethi vaahaka eh aharumen naa hama ah genais dhineema
Maahee
March 7, 2017 at 9:19 amThank u haw….???
Pinker
March 5, 2017 at 1:31 pmYea…ehaa dhuvas koffaves maa kurukoh up kolla thi dhiny…dhen faharakun thankolheh dhigu kolla dheythi pls…love this story…?
Maahee
March 6, 2017 at 7:57 amThanks Pinker……….
Yaana
March 5, 2017 at 2:04 pmVarah reethi mivaahakaves
Maahee
March 6, 2017 at 7:57 amThanks Yaana……….
Esfiya
March 5, 2017 at 2:10 pmAdhi vx thankoh leh kuree
Maahee
March 6, 2017 at 8:03 amNext Part thankolheh dhigukon genes dheveytho try kuraanan…. thi Comment ah vx Thanks….
ReeXa
March 5, 2017 at 2:55 pmMi part vx varah salhi… thankolheh vaahaka dhigukoh genesdhyba plx plx plx…
Maahee
March 6, 2017 at 7:58 amThanks ReeXa……….
Sham cham
March 5, 2017 at 3:28 pmV salhi next part up kolladheebaa avahah…plx..
Maahee
March 6, 2017 at 7:59 amThanks Sham cham……..
shau
March 5, 2017 at 5:01 pmVarah reethi mi vaahaka. Ekm thankolheh kuree
Maahee
March 6, 2017 at 8:00 amThanks shau……..
Xum
March 5, 2017 at 5:46 pmhaa dha kurey
Maahee
March 6, 2017 at 8:03 amNext Part thankolheh dhigukon genes dheveytho try kuraanan…. thi Comment ah vx Thanks….
gryny
March 5, 2017 at 10:43 pmnyc
Maahee
March 6, 2017 at 7:59 amThanks gryny……..
Aysha
March 6, 2017 at 9:28 pmMi vaahaka vrh vrh salhi.. Avas kh lahcheyy.. Can’t wait!!! ???
Maahee
March 7, 2017 at 9:20 amThanks Aysha….???